Share

ހ.ދ އަތޮޅު ތަޢުލީމީ މަރުކަޒުގެ 2009 ވަނަ އަހަރުގެ ޕީ.ޓީ.އޭ އިފްތިތާޙްކޮށްފި

ހ.ދ އަތޮޅު ތަޢުލީމީ މަރުކަޒުގެ 2009 ވަނަ އަހަރުގެ ޕީ.ޓީ.އޭ އިފްތިތާޙްކޮށްފި

ހ.ދ އަތޮޅު ތަޢުލީމީ މަރުކަޒުގެ 2009 ވަނަ އަހަރުގެ ޕީ.ޓީ.އޭ އިފްތިތާޙްކޮށްފިއެވެ. މިކަމަށް ބޭއްވި ބައްދަލުވުންއޮތީ 13 މާރޗް 2009 ވީ ދުވަހު ހުކުރު ދުވަހުގެ ރޭ 9:00 ގައި ޖަލާލުއްދީން ސްކޫލް ހޯލްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޕީ.ޓީ.އޭ އިފްތިތާހް ކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ނައިބު އަލްފާޟިލް އަހްމަދު ޒަކީއެވެ.

މި ރަސްމިއްޔާތުގައި ނިމިގެންދިޔަ އަހަރުގެ ޕީ.ޓީ.އޭ ހިނގާ ދިޔަ ގޮތުގެ ރިޕޯޓެއް އިއްވެވުން އޮތެވެ. އެރިޕޯޓްގައި މިދިޔަ އަހަރު ލިބިފައިވާ ފައިސާ ހަރަދުކުރެވިފައިވާ ގޮތާއި ކުރެވުނު މުހިންމު ކަންތައްތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރު އެއްލަކަ އަށް ވުރެގިނަ ރުފިޔާ ލިބިފައިވާ ކަމަށް ހާމަ ކުރެއްވިއެވެ. އަދި މި ރަސްމިއްޔާތުގައި އެ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް އަލިމަނިކު ވާހަކަފުޅު ދެއްކެވިއެވެ.

އަދި މި ރަސްމިއްޔާތުގައި މި އަހަރުގެ ޕީޓީއޭގެ ހިންގާ ކޮމެޓީގެ ބޭފުޅުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ޝަރަފްވެރި މެހްމާނު އަހްމަދު ޒަކީއެވެ. މި ދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރައީސް އަކީ ސްކޫލްގެ އެސިސްޓެންޓް ޕުރިންސިޕަލް އަލަފާޟިލް އަހްމަދު އަލިމަނިކުއެވެ. ނައިބް ރައީސާ އަކީ ވ.ޒިފިޔަސް/ މާލެ އަލްފާޟިލާ ޝަހީދާ އަބޫބަކުރުއެވެ. އަދި މި ރަސްމިއްޔާތުގައި އަހްމަދު ޒަކީ ވާހަކަ ފުޅު ދައްކަވަމުން ވިދާޅުވީ ދަރިވަރުންގެ އަހްލާގު ރަގަޅު ކުރުމަށް ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރު ލުމެއް ބޭނުންވާކަމުގައެވެ.

2009 ވަނައަހަރަށް އިންތިހާބުކުރެވުނު ހދ.އަތޮޅު ތަޢުލީމީމަރުކަޒުގެ ޕީޓީއޭގެ ހިންގާ ކޮމެޓީ

ރައީސް: ސްކޫލްގެ އެސިސްޓެންޓް ޕުރިންސިޕަލް އަލަފާޟިލް އަހްމަދު އަލިމަނިކު
ނާއިބު ރައީސާ: އަލްފާޟިލާ ޝަހީދާ އަބޫބަކުރު ވ.ޒިފިޔަސް/ މާލެ
ކޯޑިނޭޓަރ: ސްޕަވައިޒަރ އަޙުމަދު ފަހީމް ފުރުންމާގެ/ ހދ ވައިކަރަދޫ
ސެކްރެޓަރީ: ޕްރައިމަރީ ޓީޗަރ ޢަލީ އަޙުމަދު ފަރިދޫގެ/ ހދ ފަރިދޫ
ހަޒާންދާރު: އަލްފާޟިލާ ފަޒްނާ ޢަލީ ދިމިސްގު/ ހދ ކުޅުދުއްފުށި

އެކްޓިވިޓީ ކޮމެޓީ

ޗެއަރ ޕާސަން: ސްޕަވައިޒަރ އިބްރާހީމް ޙަސަން ޖާވައްތަގެ /ހދ ކުޅުދުއްފުށި
ސެކްރެޓަރީ: ޕްރައިމަރީ ޓީޗަރ އާއިޝަތު އާދަމް ވެނީލާގެ/ ހދ ކުޅުދުއްފުށި

ހެލްތު އެންޑް ވެލްފެއަރ ކޮމެޓީ

ޗެއަރ ޕާސަން: ޕްރައިމަރީ ޓީޗަރ މަމްދޫހާ ޙަސަން ހަހަކާ/ ހދ ކުޅުދުއްފުށި
ސެކްރެޓަރީ: މިޑްލް ސްކޫލް ޓީޗަރ ޒާހިޔާ ދާއޫދު ފޯޅަވަހި/ ހދ ކުޅުދުއްފުށި

އިތުރުބައިވެރިން

* އަލްފާޟިލާ މަރިޔަމް އިބްރާހިމް ބާދަލާގެ/ ހދ ކުޅުދުއްފުށި
* ޕްރައިމަރީ ޓީޗަރ އައިޝަތު ފަރިޔާލް ސިނަމާގެ/ ހދ ކުޅުދުއްފުށި
* އަލްފާޟިލާ އައިޝަތު އިބްރާހިމް މަހައްލު/ ހދ ކުޅުދުއްފުށި
* ޕްރައިމަރީ ޓީޗަރ ސަމީމާ އަޙުމަދު ޒިއުރިކް/ ހދ ކުޅުދުއްފުށި
* އަލްފާޟިލާ ހަފްސާ މުޙައްމަދު ފެހިވިދުވަރު/ ހދ ކުޅުދުއްފުށި
* މުދައްރިސް އަލްފާޟިލް ޙުސައިން އަޙުމަދު ދާރުއްސަލާމް / ހދ ކުޅުދުއްފުށި
* އަލްފާޟިލާ މަރިޔަމް މޫސާ ގާޑެނިޔާވިލާ/ ހދ ކުޅުދުއްފުށި
* މުދައްރިސް އަޙުމަދު ޝިޔާމް ހައިލައިޓްވިލާ/ ހދ ކުޅުދުއްފުށި
* އަލްފާޟިލާ އައިޝަތު އިބްރާހީމް ސަންރައިޒްގެ/ ހދ ކުޅުދުއްފުށި
* މުދައްރިސް ޝާއިރާ މުޙައްމަދު ސޯސަންވިލާ/ ހދ ކުޅުދުއްފުށި
* އަލްފާޟިލް އަބޫބަކުރު އަލީ ރަނި/ ހދ ކުޅުދުއްފުށި
* މުދައްރިސް މަރިޔަމް އަބޫބަކުރު ޤުލްތަރުޖަމާގެ/ ހދ ކުޅުދުއްފުށި
* އަލްފާޟިލާ ޝިރުމީނާ ޙުސައިން ކުންޑުމަތީގެ/ ހދ ކުޅުދުއްފުށި
* މިޑްލް ސްކޫލް ޓީޗަރ ޚަދީޖާ މުޙައްމަދު ކޮންކޯރޑް/ ހދ ކުޅުދުއްފުށި
* އަލްފާޟިލާ އާމިނަތު މުޙައްމަދު އެކުޅިވަރުގެ/ ހދ ކުޅުދުއްފުށި
* ޕްރައިމަރީ ޓީޗަރ އާމިނަތު އާދަމް ސީރާޒް/ ހދ ކުޅުދުއްފުށި

‮ ‬7‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:15/03/2009

    މި ފަހެ ކިޔެއް ކުރަން ޖަހާ ސަކަރާތެއް! ކޮންމެ އަހަރަކު އެއްރޭ މި ބަޔަކު ހޮވާނެ. ދެން ފަހުން އަޑެއްވަސް ނީވޭނެ. މިހެން ބުންޏަސް ދޭތެރެޔަކުން ކާބޯތަކެތީގެ މައުރަޒެއް ބާއްވާނެ. މަހިތުން ޕީޓީޢޭއިން މިހާރަށް ވުރެ ބޮޑަށް ކުދީންގެ ކިޔެވުމާއި އަޚްލާޤުގެ ކަންތަކުގައި ބައިވެރިވާން ވެއްޖެ.

  2. އިސްދަރިވަރު‮ ‬ވިދާޅުވީ


    ތާރީޚް:15/03/2009

    މޮހޮންމަދާ! ތައުލީމީ މަރުކަޒުގެ ޕީޓީއޭ ވާނެ ރަގަޅު ބަޔަކަށް. ތިޔޮއް ފެންނަ މޮޅު ޖަލާލުއްދީން އިސްކޫލުގެޕީޓީއޭ އެއީ އެއް ގޮތަކަށް ވަސް ހިންގޭ ޕީ.ޓީ.އޭ ޔެއް ނޫން. އެޔަށްވުރެ ފީކަޅާ ޕީޓީއޭ އެއް ނޭނގެ އޮންނާނެ ކަމެއް ރާއްޖޭގެ އެއްވަސް އިސްކޫލެއްގަ!!

  3. ސުނޭ‮ ‬ވިދާޅުވީ


    ތާރީޚް:15/03/2009

    ބަނޑޭރިގަނޑުގަ އެއޮތް ވީޑިއޯ ދުށިންތަ. މިނިވަން ދުވަސް ފާހަގަ ކޮށްފަ އެއޮތީވެސް ޖަލާލުއްދީން ސްކޫލުން.

  4. ޙައްޖަ‮ ‬ވިދާޅުވީ


    ތާރީޚް:16/03/2009

    ސުނޭ އަށް: ތިޔާ ބުނާ ވީޑިޔޯގައި އެނަށަނީ،ޖަލާލުއްދީން ސްކޫލުގެ ބެލެނިވެރިން ދޮއްތޮ؟ އެއީ ޕީޓީއޭއިން ކޮށްފައި އޮތް ކަމެއް ދޮއްތޮ؟ ސުނޭ، އެޔަށްވުރެ ފައިދާއެއްކުރާނެ ގޮތަކަށް މިނިވަން ދުވަސް ފާހަގަކުރަން ނޭނގުނީ،ޕީޓީއޭ އިން ބުނީ ދޮއްތޮ އެޔޭ އެންމެ ރަގަޅުގޮތަކީ، އެކަން ކުރަން؟ ހެދެ، ސުނޭ!

  5. ޖަލާލުއްދީންގެ ދަރިވަރެއް‮ ‬ވިދާޅުވީ


    ތާރީޚް:16/03/2009

    ސުނޭ އަދި ހައްޖަ އަށް:
    އެ ވީޑީއޯގައި އެފެންނަނީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން… އެއީ ހައުސްތައް ގުޅިގެން މިދިޔަ އހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ދަރިވަރުން ބޭއްވި ޝޯއެއް… އެކަމަކާ ޕީޓީއޭ އަކާ ގުޅުމެއްނެތް.. ތި އުޅުއްވަނީ އޮޅިވަޑައިގެން….
    މިފަހަރު މިނިވަން ދުވަސް ރަސްމީކޮށް ފާހަގަ ކުރުން އޮތީ ހދ ކުޅުދުއްފުށީގައި ..މިރަށުގައި…ދެން ނިކަން ރައްޔިތުންގެ ހުރި ވަރެއް ދައްކާލަބަލް… ފައިދާ ހުރި ގޮތަކަށް އެކަން ކޮށް ބަލަ… ހަމަ ގައިމުންވެސް ޖަލާލުއްދީންގެ ދަރިވަރުން އެކަމަށް ފަހެއް ނުޖެހޭނެ… ވީ އެންމެ ފުރިހަމައަކަށް ބައިވެރި ވާނަން…

  6. kureege nooveriah‮ ‬ވިދާޅުވީ


    ތާރީޚް:18/03/2009

    މިއަހަރު ވަރަށް ބޮޑުތަން ރަނގަޅުކުރާނަން އަހަރެންވެސް ވީވަރަކުން ބައިވެރިވާނަން. ޖަލާލުއްދީން ރަނގަޅުކުރަން. ބިނާކުރަނިވިފާޑުކިޔާ. ހުރިހާ ޕީޓީއޭތަށްވެސް މަސައްކަތްކުރޭ. ނަތީޖާނެރެވޭލެއް ކުދަވަނީދޯ. ބައިވއރު ޖަލްސާތަށްބާއްވާ.

  7. ކޫސް‮ ‬ވިދާޅުވީ


    ތާރީޚް:25/03/2009

    އެއީ ޕީޓީއޭ ގެ މައްސަލައެއް ނޫން. އެއީ ސްކޫލުތަކުގެ ވެރެިންގެ މައްސަލައެއް. އެމީހުން ކޮންމެ ކަމެއް ވެސް ފަށައިގަންނާނެ އަހަރު ފެށޭއިރަށް ، އެކަމަކު ހަމަ އެއްކަމެއް ވެސް ރަނގަޅަކަށް ނުކުރެވޭ. އިރުކޮޅަކުނން ބުނާނެ ބަޖެޓެއް ނެތޭ، ބަޖެޓް ނެތިއްޔާ ކަމެއް ނުކޮށް ތިބީމަ ނިމުނީއޭނުން. އަޅެ މީ އަރަތެއްތަ؟