ކުޅުދުއްފުށީގައި ފަޅަށް ހުރީ ކިތައް ގޯތިހެއްޔެވެ؟ އެފަދަ ގޯތިތަކެއް ހުރިނަމަ އެގޮތަށް ފަޅަށް ހުންނަތާ ކިހާދުވަހެއްވެދާނެހެއްޔެވެ؟ މިއީ މިއަދު އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ. ޖަވާބު އެންމެ ފުރިހަމައަށް ނުދެވުނުކަމުގައިވިޔަސް މި ކަމުގައި ދެތިން ކަމެއް ފާހަގަ ކޮށްލަން ބޭނުންވެއެވެ. އާދެ، މިލިޔުމުގައި އެވާ ފޮޓޯއިން އެފެންނަ ގެއަކީ މީގެ 30 ހަކަށް އަހަރު ކުރިން މީހުން އުޅެފައިވާ ގެއެކެވެ. ފާއިތުވެދިޔަ 30 އަހަރު ތެރޭ އެގޭގައި އެއްވެސް އިރެއްގައި މީހުން އުޅެފައެއް ނުވެއެވެ. މިވީ ދިގު މުއްދަތުގައި އެގެ އެހުރީ ފަޅަށެވެ. އަދި ތިރިން އެފެންނަ ފޮޓޯގައި އެވަނީ އެގޭގެ ކުރިމަތީގައި ފަޅަށް އޮންނަ ގޯއްޗެކެވެ. އެގޯއްޗަކީވެސް އެތަކެއް ޒަމާނެއް ވަންދެން ފަޅަށް އޮންނަ ގޯއްޗެކެވެ.
ފަޅަށް ހުންނަތާ އެތައް ޒަމާނެއްވީ ގޯތިތަކާއި ގެތައް މިނޫނަސް ކުޅުދުއްފުށީގައި އެބަހުއްޓެވެ. އެގޯތިތައް އެގޮތަށް ހުންނަން ދިމާވާ ތަފާތު ސަބަބުތަކެއްވެއެވެ. އޭގެތެރޭގައި، ގޯޗެއް ލިބުމަށްފަހު އެގޯތީގައި ގެއެއް އެޅޭނެފަދަ މާލީ ތަނަވަސްކަން ނެތުން، ގޯއްޗަށްކަށް އެދޭއިރު އެލިބޭ ގޯޗަށް ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުން ނުގެންގުޅުން، އާއިލާތެރޭގައި ޖެހޭ ތަފާތު މައްސަލަތަކާއި ހުރެ ވަކި މީހަކަށް “މުސްކުޅި ގޯތި” ދޭން އާއިލާއިން ބޭނުންނުވުން، ޝަރީޢަތުން ގޯތި ބެހިގޮތާއި މެދު ހިތްހަމަނުޖެހުން ހިމެނެއެވެ.
މިގޮތައް ފަޅަށް ހުންނަ ގޯތިތަކުގެ ސަބަބުން ތަފާތު މައްސަލަތަކެއް ކުރިމަތިވެއެވެ. އެގޮތުން އެފަދަ ގޯތިތަކަކީ ސާފުނުކޮށް ހުންނަ ގޯތިތަކަކަށްވާތީ، މަދިރި އުފެދޭފަދަ ތަންތަން އެފަދަ ގޯތިތަކުގައި ގިނަކަން ފާހަގަކުރެވެއެވެ. އަދި މިނޫނަސް އެފަދަ ތަންތަނުގެ ސަބަބުން އެގޯތިތަކާއި އިންވެގެން ހުންނަ ގެތަކުގައި އުޅޭ މީހުންނަށް ތަފާތު އުނދަގޫތައް ފޯރައެވެ. ކުނިގިނަވެ ނުބައިވަސްދުވުމާއި، ރޭގަނޑު ފަޅަށް ހުންނަގޯތިތަކުން އަލިކަމެއް ނުހުންނާތީ ވާ އުނދަގޫ ފާހަގަކޮށްލެވެއެވެ.
ފަޅަށްހުންނަ ގޯތިތަކާއި ގެތަކުގެ އިތުރުން ރަށުގެ އެކި ހިސާބުތަކުގައި އޮންނަ ހުސްބިންތަކަކީވެސް އެތަންތަނުގެ ސަބަބުން އާންމުންނަށް ތަފާތު އުނދަގޫތައް ފޯރާ ތަންތަނެވެ. ސަރުކާރުގެ ބޭނުމަށް ނަގާފައި އޮންނަ ބިންތަކުގެ ހާލު އެނޫން ތަންތަނަށްވުރެ ބޮޑެވެ. މިމަހުގެ 8 ވަނަ ދުވަހު ކުއްޔަށްދޭން ނިންމި ދެ ބިންކޮޅަކީވެސް އެތައް ޒަމާނެއް ވަންދެން “ގޮނޑުކޮށް” އޮންނަ ދެބިމެވެ. އެދެބިމަކީ ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އަށް ދޫކޮށްފައިއޮންނަ ދެބިމެވެ. އަންހެނުންނަށް ފައިދާހުރި މަސައްކަތެއް އެދެބިމުގައި ނުކުރެވުނު ތަނުގައި އެދެބިން ސާފުކޮށް ބެލެހެއްޓުމުގައިވެސް އެ ކޮމެޓީއަށް ވަނީ ނުކުޅެދިފައެވެ. (އެދެ ބިމަކީ ދާރުއްސަލާމު ކުރިމަތިން ނިއުސްޓާރ ކައިރީގައި އެވާ ބިމާއި، ރޫބީއެވެ ކިޔާ ގޯތީގެ އިރުން އެވާ ބިން)
ކުޅުދުއްފުށީގައި ހުރި މިފަދަ ގޯތިތަކާއި ގެތަކާއި މެދު ޕޮލިސީ ލެވެލްގައި ވިސްނުން މުހިއްމެވެ. އެފަދަ ތަންތަން ފަޅަށް ހުރިކަމުގައިވިޔަސް އެ ގޯތިތަކުގެ ސަބަބުން ކައިރީގައި ދިރިއުޅޭ އެހެން ފަރާތްތަކަށް އުނދަގޫ ނުވާނެފަދަ ގޮތްތަކެއް ހޯދަންޖެހެއެވެ. މިކަމުގައި ރަށުއޮފީހުގެ ދައުރު ފުޅާކޮށް އެފަދަ ތަންތަން ބެލެހެއްޓުމުގެ ޒިންމާ ކޮންމެވެސް އެއްފަރާތަކާއި ހަވާލުކުރަންޖެހެއެވެ. ސަރުކާރުގެ ބޭނުންތަކަށް ނަގާފައިވާ ބިންތަކަކީވެސް އެތަންތަނުގެ ސަބަބުން އާންމުންނަށް އުނދަގޫފޯރާފަދަ ތަންތަންކަމުގައި ވެގެންނުވާނެއެވެ. ކުޅުދުއްފުށްޓަކީ ސާފުތާހިރު ރީތި ރަށަކަށްވުމީ ކުޅުދުއްފުށީގެ ކޮންމެދަރިއަކުވެސް ބޭނުންވާނެކަމެކެވެ. މިކަމުގައިވެސް ރައްޔިތުންނާއި ސަރުކާރު ގުޅުވައިދިނުމުގައި ޖަމްއިއްޔާ ތަކުގެ ދައުރު ފުޅާކުރަން ޖެހެއެވެ. އެންމެން އެކުގައި މަސައްކަތް ކުރެވިއްޖެނަމަ ފަޅަށް ގޯއްޗެއް އޮތުމަކުން މިހާރު އެދިމާވާ ހުރިހާ މައްސަލަތަކެއް ދިމާވުން ދުރުވާނެއެވެ. އަދި އާންމުން އެއްވެއުޅޭ ސަރަހައްދު ތަކުގައި ހުރި ހުސްބިންތަކަކީވެސް ސާފުތާހިރު ބަލާލަން ފަސޭހަތަންތަން ކަމުގައި ހެދިދާނެއެވެ.


މުޙައްމަދު ވިދާޅުވީ
ތާރީޚް:16/03/2009
މަތީގައިއެވާފޮޓޯގައި އެވާ ގޯތީގެކަންތަށް ނިންމުމަށް ރަށުއޮފީހުގައި އެދުމުން އެގޯތިވަނީ ލިބޭގޮތްނުވެފައި އެކަމަކުއެގޯތި ވާރުތަ ބިމުގެ ގޮތުގައިއަހަން —ޔަށްނުލިބި އެހެންމީހަކަށްލިބެންޖެހޭނެގޮތެއް ކަމާބެހޭއެއްވެސް ފަރާތަކަށް ދެއްކިފައެއްނެތް
ދެވަނަފޮޓޯގައި އެވާގޯއްޗަކީވެސް ހަމައެގޮތަށް ސަރިއްތުން ނިންމަނުދީފައިވާގޯއްޗެއް އެއީ ދެބެންގެ ދެގޯތި އެދެގޯތީގެ ކަންތައް މިއަދު ނިންމިއަސް އެދެގޯތީގައި އުޅޭނެ މީހުން އެބަތިބި!!!!!!!!!!!މީކަމާބެހޭފަރާތް ތަކުގެ ދޯދިއާކަމުން ނުނިމިހުރިދެ ގޯތި
މޫސަ ވިދާޅުވީ
ތާރީޚް:16/03/2009
ދާރުއްސަލާމުއޭ ކިޔާ ގޯއްޗާއި ކުރިމަތިން ނިއުސްޓާރއޭ ކިޔާ ގޯތީގެ ހުޅަނގުން އޮތް ދެ ބިމުގައި ހަދަންވީ ކުޑަ ޕާކެކެވެ. ރަނގަޅަށް ލޭންޑްސްކޭޕްކޮށް، ގަސްއިންދައިގެން މިފަދަ ބިންކޮޅުތައް އެއީ، ރީތި ކުދި މައިޒާންތަކަކަށް ހެދިއްޔާ ވަރަށް ރަނގަޅުވާނެއެވެ. އެތަނުގައި ކުދިން ކުޅޭނެ ބަޔަކާއި، ބާސްކެޓް ބޯޅަ ވައްޓަން، ހާފްކޯޓެއް ވެސް އެޅިދާނެއެވެ.
ޙުސައިން އަޙްމަދު ވިދާޅުވީ
ތާރީޚް:16/03/2009
ދާރުއްސަލާމުއޭ ކިޔާ ގޯތީގައި ކިޔެއްކުރަން ޕާކު ހަދަންވީ؟ ތިޔާ ބުނަނީ އެގޭ ކުރިމަތިން އޮތް ބިންކޮޅުގެ ވާހަކަ ނަމަ މައްސަލައެއް ނެތް. މަށަށް ވެސް އުދަނގުވޭ އެތަން ގޮނޑުކޮށް އޮންނާތި!
ދޮންބެ ވިދާޅުވީ
ތާރީޚް:16/03/2009
އެބުނާހެން ދާރުއްސަލާމުގައި ކިޔެއްކުރަން ޕާކު ހަދަންވީ އޭރުން ދޮން ހުސޭނުބެ ވަންނާނީ ކޮންތާކަށް!
kalhuhan ވިދާޅުވީ
ތާރީޚް:16/03/2009
ވަންނާނީ ކަޅު ހަން ތެރެއަށް…ކެކެކެކެކެކެ.
ބޯސޮރު ވިދާޅުވީ
ތާރީޚް:16/03/2009
ހުސް ބިންކޮޅުތަކުގެ މައްސަލައަކީ ހަމަ އެކަނި ސަރުކާރު ގެ ކަމާބެހޭ ފަރާތްތައް ދޯދިޔާކަމުން ވާކަމެއް ނޫން! މިފަދަ ތަންތަން ރީތިކޮށް ބާއްވައި މިފަދަ ހުސް ބިންކޮޅުތަކުގެ ބޭނުން ހެޔޮގޮތުގައި ހިޔަން ކުޅުދުއްފުށީގެ ކްލަބް ޖަމްއިއްޔާ ތަކުން އެއްވެސް ކަމެއް ނުކުރޭ! އެމީހުނަށް ހަމައެކަނި އެވީ ކޮންމެވެސް ކުޅިވަރެއް ކުޅެވެނިކޮށް. އެހެންތަ މިތިބަ ކުދިކުދި ރަށްރަށުގެ ކްލަބް ޖަމްއިއްޔާ ތަކުގެ ކަންތައް ހުންނަނީ. ތަނަކުން ބަޔަކު އެހީއެއްވެސް ދޭނީ ފިބުނާ ފަދަ ކްލަބް ޖަމްއިއްޔާ އަކޫން ކަންކަމާއި އުޅިގެން. އމިއްލަ ފަރުދަކު ޖަމާއަތަށް ރަގަޅުކަމެއް ކޮށްދޭން އުޅުނަށް ތަނަކުން އެހީއެއްވެސް ލިބެނީ ވަރަށް އުދަގުލުން. އެހެން ވީމަ ކްލަބް، ޖަމްއިއްޔާ، ޖަމާއަތްތަކުންވެސް މިފަދަ ކަންކަމާ ވިސްނަވާ. ކުޅިވަރުވެސް ކުޅުއްވަމުން.