Share

ފިރިހެނެއް ހޯދާނީ ކިހިނެއް؟

ފިރިހެނެއް ހޯދާނީ ކިހިނެއް؟
އިބްރާހިމް ޔޫސުފް (ޔޫސުފް)

ތަންކޮޅެއް ދަށު ދަރަޖައަކަށް ވެއްޓިގެން ފިރިހެނެއް ހޯދުން އެއީ ވަރަށް ފަސޭހަކަމެކެވެ. ފިރިހެނެއްގެ ހިތް އަތުލުމާއި ފިރިހެނެއް ހޯދުމާއި އެއީ ވަރަށް ތަފާތު ދެކަމެކެވެ. ފިރިހެނެއްގެ ހިތް އަތުލުން، އެއީ ފަންނެކެވެ. އަންހެންކުދިން ފަރިތަކޮށް ކުރި އަރުވަން ޖެހޭ ފަންނެކެވެ. މި ލިޔުމުގައި، ފިރިހެނެއް ހޯދާނީ ކިހިނެއްހޭ ބުނެ ކޮށްފައިވާ ސުވާލުގެ މާނަޔަކީ، ފިރިހެނެއްގެ ހިތް އަތުލާނީ ކިހިނެއްހޭ އެވެ. އެހެނީ، ފިރިހެނެއްގެ ހިތް އަތުލެވިއްޖެ ނަމަ، މުޅި އުމުރަށް ގެންގުޅެން، ފިރިހެނެއް ކަލެއަށް ލިބުނީއެވެ. ދެން އޮންނާނީ ގެންގުޅުމުގެ ހުނަރު ލިބި ގަތުމެވެ. ފިރިހެނެއްގެ ހިތް ދަމައިގަތުމަށް، ތިރީގައި މިވާ ޕެރެގިރާފުތައް ކިޔަމުން ގެންދާށެވެ.

ލޮލާއި ލޯ ސީދާކުރާށެވެ. ވާހަކަދައްކާއިރު، ފިރިހެނުންގެ ލޮލަށް ނުބެލުން، އެއީ އަންހެނުންގެ ޠަބީޢަތުގައި ހުންނަ ސިފައެކެވެ. އޭގެ ތަފާސް ހިސާބު އަހަރެން ކަލެޔަށް ދައްކައިފިނަމަ، ކަލޭ ހަމަ ކޮސްވާނެއެވެ. ވީމާ، ފިރިހެނުންގެ ހިތް އަތުލަން ބޭނުންނަމަ، ވާހަކަ ދައްކާއިރު، ހަތަރުކަޅި ހަމަކުރާށެވެ.

ހިނިތުންވާށެވެ. ފިރިހެނުން އެންމެ ހިތާވަނީ ހިނިތުންވާ އަންހެނުން ދެކެއެވެ. ހިނިތުންވުމުން މުޅި މޫނު ރޯޝަން ކުރުވައެވެ. ސައެންސް، ސާބިތުކޮށްދީފައިވާ ހަގީގަތަކީ މީހަކު ހިނިތުންވާ މަންޒަރު، ފެންނަ މީހާގެ މޫޑުވެސް ހަމަޖެހޭކަމެވެ. ވީމާ، ހިނިތުންވާށެވެ. އޭރުން ނޭގި ނަމަވެސް ފިރިހެނާއަށް ކަލެޔާ ދޭތެރޭ ޕޮޒިޓިވް ކޮށް ފީލްވާނެއެވެ. ކަލެޔާ ދޭތެރޭ ރަނގަޅަށް ދެކޭނެއެވެ.

ޔަގީން ކަމާއެކު ކުރި މަތިލާށެވެ. ކޮންމެހެން ކަލޭގެ ހަށިގަނޑު މޮޑެލްކުރާ ކުއްޖެއްގެ ބައްޓަމަށް ހުންނާކަށް ނުޖެހެއެވެ. ހަށިގަނޑުގެ ބައްޓަމާއި މެދު ހާސްވެ ޖެހިލުން ނުވާށެވެ. ކޮންފިޑެންސް ނުވަތަ އިތުބާރާއި ޔަގީންކަމަކީ ވަރަށް ސެކްސީ ސިފައެކެވެ. ވީމާ ނަފުސާ ދޭތެރޭ ހިތްމަޖައްސާ އިތުބާރުކުރާށެވެ. އޭރުން މޫނުމަތިން އެކަން އެނގޭނެއެވެ. އަދި ފިރިހެނުން ކަލެޔާ ދިމާލަށް ދަމާނެއެވެ.

ލަޠީފީވާށެވެ. އަންހެންވަންތަ އަންހެނުންނަށް ފިރިހެނުން ހިތްކިޔައެވެ. މީގެ މާނަޔަކީ، އަންހެނުންނާއި ގުޅުވައިގެން ދައްކާއުޅޭ ހުރިހާ ގޮތަކަށް އުޅުމެއް ނޫނެވެ. ނަމަވެސް، ވާހަދެއްކުމުގައި މަޑުމައިތިރިވާށެވެ. ވަރަށް ސޮފްޓް ކޮށް ވާހަކަދައްކާށެވެ. ރީތިކޮށް ސަޅިކޮށް، ގުޅޭގޮތަށް ހެދުން އަޅާށެވެ. ފިރިހެނެއްގެ ރައްޓެހިކަން ބޭނުންނަމަ މިކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިނަސް ފުދިދާނެއެވެ. ނަމަވެސް ކަލޭ ބޭނުންވަނީ، ރައްޓެހިކަމަށްވުރެ އިތުރަށް ކަމަށްވާނަމަ، ކޮންމެހެން ނަމަވެސް، އަންހެންވަންތަ ވާންޖެހޭނެއެވެ.

ޝައުގުވެރިވާކަން ދައްކާށެވެ. މީހުންތަކެއްގެ ތެރޭގައި، މިސާލަކަށް ޕާޓީއެއްގައި  ފިރިހެނަކާ ބައްދަލުވެއްޖެ ނަމަ، އެއް ފަހަރަށްވުރެ ގިނައިން އޭނާއާއި ހަތަރުކަޅި ހަމަކުރާށެވެ. ވާހަކަދައްކަން ފުރުސަތު ލިބިއްޖެނަމަ އޭނާގެ ދިރިއުޅުމާއި، އޭނާ ޝައުގުވެރިވާ ކަންކަމަކީ ކޮބައިތޯ ސުވާލުކޮށް ވާހަކަދައްކާށެވެ. އަމިއްލަ ވާހަކަތައް އެހެން މީހުންގެ ގަތުގައި ދައްކަން ފިރިހެނުން ވަރަށް ޝައުގުވެރިވެއެވެ. ވީމާ، މިއީ ފިރިހެނެއްގެ ހިތް އަތުލަން ވަރަށް ފަސޭހަ ގޮތެކެވެ. ސަބަބަކީ، ކަލޭ އޭނާގެ އަމިއްލަ ވާހަކަތައް ދައްކަން ޗާންސްދޭނަމަ، އެދެވޭ މެސެޖަކީ، ކަލެޔަކީ އަމިއްލައަށް ބޮޑުކަން ދައްކަން އުޅޭ އަންހެން ކުއްޖެއް ނޫންކަމާއި، އެހެން މީހުންގެ ވާހަކަތައް އަޑުއަހާ، އެހެން މީހުންނާއި މެދު  ޝައުގުވެރިވާ މީހެއް ކަމުގެ މެސެޖެވެ.

ފިރިހެނާގެ ކޮންމެވެސް އެއްޗަކަށް ތައުރީފް ކުރާށެވެ. މިސާލަކަށް ހާދަ ރީތި އަތުކުރީ ގަޑިއެކޭ ބުނާށެވެ. ނޫނީ ގަމީސް ރީތިވާހަކަ ބުނާށެވެ. ޓައީ ގުޅޭ ވާހަކަ ބުނާށެވެ. ނޫނީ އައިނު އެޅީމާ ސަޅި ވާހަކަ ބުނެލާށެވެ. ފިރިހެނުން މިބާވަތުގެ ތަކެތި (ޓައީ، އަތުކުރި ގަޑި،އައިނު، ބޫޓް، ބެލްޓް)  ހޯދުމުގައި ވަރަށް ވިސްނާނެއެވެ. ވީމާ ތައުރީފުގެ ބަހެއް ބުނެ ނުލައި ދޫކޮށް ނުލާށެވެ.

ވާހަކަ ދައްކާއިރު ‘ ފޮރުވެން ‘  ނޫޅޭށެވެ. އެހެން މީހަކަށް ހެދިގެން، ތިމާގެ ނެތް ސިފައެއް ދައްކަން ނޫޅޭށެވެ. އެހެން ހަދައިފި ނަމަ ފިރިހެނުންނަށް ވަރަށް ފަސޭހައިން އެނގޭނެއެވެ. ވީމާ، ކޫލްކޮށް، ގޮތްބޮޑުނުކޮށް، ފިރިހެނުންނާއި ވާހަކަދައްކާށެވެ. ވާހަކަދައްކަމުން މަޑުމަޑުން ފިރިހެނުންގެ ގައިގައި ބީހިލުމުން ވަގުތުން ފިރިހެނުންގެ ހިތް އަތުވާނެއެވެ. ނަމަވެސް، މިކަމަށް އަހަރެން ތަރުހީބެއް ނުދެމެވެ. ސަބަބަކީ، ބައެއް ފިރިހެނުން މިއީ، ތަންކޮޅެއް ދަށު ދަރަޖައެއް ކަމަށް ބަލާތީއެވެ. އަދި އެހެން ނޫނަސް ބީހުމަކީ، ހިތް އަތުލަން އޮތް ހަމައެކަނި ގޮތް ނޫންކަން މިހާރުވެސް ކަލެއަށް އެނގޭނެއެވެ.

އަހަރެންގެ ނަސޭހަތަކީ ކައިވެންޏަށްފަހު، ބީހިލަން މަޑުކުރާށޭއެވެ.

‮ ‬17‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތިރިތި އަނަރާ‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    އޭ ހާދަފައްކަލޭ ކަލެޔާނާކަށް.. އާނ..! ދެން އަހެރެމެން މިޥީ ކިހިނެއްތަ ހަދަން އަންހެން ކުއްޖަކު ހިތް އަތުލަންޏާ؟

  2. ދޮން އަލީ‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    ހިތް ހެޔޮ މުރާލި ސާފުތާހިރު ކުއްޖަކަށް ވެފަ މާ ބޮޑަށް އަމައްޔާތް ނުވަނިކޮން މަށަށް އެވީ.. އާނ އަދި މަ ދައްކާ ވާޙަކަ މަޖާ ނޫނަސް ހޭތި..

  3. އައިޝާ‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    މި އެއަ ކަމަކު ނުދޭ، ވަރަށް ލަދު ނުގަންނަ މީހުން އުޅޭ ފާޑެއް ފެންނައިރަށް މާވާހަކަ ގިނަކުރުމަކީ.. މިކަމަށް ބޭނުންވަނީ ލަދުވެތިކަމާ މަޑުމައިތިރިކަމާ ދީންވެރިކަމާ އަބުރުވެރިކަން،، މިކަންކަން އަންހެއްކުއްޖެއްގެ ގައިގައި ހުރިނަމަ ފިރިހެން މާ ހިއްކިޔާނެ، އެއި ކިތަމެ ބައިވަރު ކުދިންނަކާ ފިރިހެނަކު ރައްޓެހިވެފަ ހުއްޓަސް އިންނަން ހަމަ ބޭނުންވަނީ އިއްފަތްތެރި އާ ކުއްޖަކާ

  4. އުމަރު‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    ފިރިހެނަކު ހޯ ދާލަން ހާދަ ފަސޭހަ ގޮތް ތަކެކޭ ތިބުނެދިނީ. ކަލޯޔަށް ހަމަ ސުކުރިއްޔާ!

  5. މީހެއް‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    ތިބުނީ ތެދެއް..މިއެއް ކަމަކު ނުދޭ..މީގައި އެބައިން ރަނގަޅު ޕޮއިންޓެއް…ހިނިތުންވެފަ ތިބޭ އަންހެނުން ފިރިހެނުންނަށް ކަމުދާނެ.

  6. މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    އެކި މީހުންނަށް ކަމުދާނީ އެކި ކަހަލަ ކުދީން. އަޅުގަނޑަކަށް ހަމަ ޔަޤީނުންވެސް ގިނަ މީހުންތަކެއް ތިބޭ ތަނެއްގައި އަންހެނަކު އައިސް ހަތަރުކަޅި ހަމަކުރާކަށް ކަމަކު ނުދޭ. ބައެއް މީހުންނަށް ކުލަ ކުލަ އަރާ ހެދުންލާ ކުދީން ކަމުހިނގައިދާނެ، އަނެއް ބަޔަކަށް ކަމު ނުގޮސްދާނެ. މިގޮތަށް ޖެނެރަލައިޒް ކޮށްލުމަކީ އެހާ ކަމުދާ ކަމެއް ހެނެއް ހިޔެއް ނުވޭ.

    އަނެއް ކަމަކީ މިކަހަލަ ދިރާސާތަށް ކުރެވިފަ ހުންނަނީ ހުޅަނގުގެ ޤައުމުތަކުގަ. އެމީހުންގެ ޘަޤާފަތާ އާދަކާދައިގެ އަސަރު ހުންނާނެ ދިރާސާގެ ނަތީޖާއިން ފެންނަން. އެ އެހާ ފިޓް ނުވެދާނެ ރާއްޖެއަށް.

    އެކަމަކު ރަނގަޅު މައުޟޫއެއް މިއީ ވާހަކަ ދައްކާލާ ދިރާސާއެއް ކޮށްލަން.

  7. އޯ ސަޅި‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    ޔޫސުފްގެ ލިޔުންތަކުން ޢީލްމީ ގޮތާއި ކުލަ ފެންނާތީ އުފާކުރަމެވެ. މަޒުމޫނުގައި ވާފަދައިބް ކޮންމެ ކޮންމެ ފިރިހެނެއްގެ ހިތް އަތުލާނެ ގޮތް ކަމަށް ކިޔާ މީހުންނަށް މެސެޖްދެއްވުމުގެ ބަދަލުގައި ފިރިމީހާގެ ހިތް އަނބިމީހާ ހޯދަންވީ މި ގޮތަށް ކަމަށް ކިޔާ މީހުންނަށް އިޝާރާތްލިބޭ ފަދަ ގޮތަކަށް ލިޔުމުގެ ވައްޓަފާޅިގަނޑު އޮތް ނަމަ މި ލިޔުމަކީ އަހޖަރެމެންގެ މުޖުތަމަޢަށް ދިމާވެފައިވާ ވަރީގެ މައްސަލައަށް ނުހަނު ފުޅާ ހައްލެއް ގެނެސްދެއްވި ލިޔުމަކަށް މިއަށް ވުރެ ބޮޑަށް ވެގެންދާނެއެވެ. ޔޫސުފަށް ޝކުރިއްޔާއެވެ. ލިޔުންތެރިކަމައިގެން ކުރިއަށްވަޑައިގަންނަވާށެވެ. ލިޔުންތެރިކަމުގެ ޢީލްމީ ގޮތާއެކު އިޖްތިމާޢީ އަޚްލާޤާއެކު ތިޔަ ގޮތުގައި ކުރިއަށް ވަޑައިގަންނަވާށެވެ.

  8. ދޮން ހައްޖަ‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    ގަމާރަސް ތިޔަވަރު ފުކެއް ބޮޑު. މިއީ ފިރިހެނުންނަށް ލިޔެފައި އޮތް އާޓިކަލެއް ނޫން. އަންހެންކުދިން ފިރިހެނުން ހޯދަން އެހީތެރިވެފައި އޮތް ލިޔުމެއް މިއީ.

  9. ގުލް މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    މި މައުލޫގަ ޝަރުޚީޒާގެ ހިޔާލެއް މަ ބޭނުން..

  10. ޝަރުޚީޒާ (ޝަރޫ)‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    މިއީ ވަކި ކޮޅަކަށް ޖެހިގެން ހުރެ ލިޔެފައި އޮތް ލިޔުމެއް. ފިރިހެނުން ނޫނަކަސް އަންހެނުންނަކީވެސް ފިރިހެނުންގެ ހިތް ހެޔޮކަމާއި، ހިނިތުންވުން ބޭނުންވާނެ ބައެއް. ލިޔުންތެރިޔާ ދައްކަން އުޅެފައި އެޔޮތީ އަންހެނުން ތައުރީފްކުރަނީވެސް، ހިނިތުންވަނީވެސް އަމިއްލަ އެދުމެއް ހާސިލްކުރަން ކަމަށް.

    ފިރިހެނުން ނަށް އަންހެނުން ފެންނަނީ ލޮއީފު، ލަތީފީ، ނާޒުކު ބައެއް ގޮތަށް. އަބަދުވެސް ފިރިހެނުންގެ ފަސްބައިގައި އެލެން ޖެހޭ ބައެއް ގޮތަށް. ވަރަށް ހެއްވާ ދެން…

  11. ދިރާޝާ‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    ފިރިހެނަކު ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫން. ފިރިހެނަކު ހިތްދަމައިގަންނަން ލިޔެފައިވާ ތި ޕެރަގްރާފުތަކުގެ ތެރެއިން ގިނަ ކަންތައްތަކަކީ ޤަބޫލު ނުކުރެވޭ ކަންތައް

  12. ދިވެހި އަންހެން ކުއްޖެއް‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    މިއީ ހުޅަގުގެ ގައުމުތަކުގެ ޘަޤާފަތަށް ބަލައި ލިޔެފައި އޮތް ލިޔުމެއް. ޔޫރަޕް މީހެއް ސެޓްކުރަން މިގޮތްތައް ރަގަޅުވާނެ. އެކަމަކު ދިވެހި ފިރިހެނުންގެ ހިތް ހޯދަންޏާ މިއީ އެހާ ކާމިޔާބު ގޮތަކަށް ނުވާނެ.

  13. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    އާޓިކަލްގަ އޮތް ވާހަކަތައް މުޅިއަކުން ގޯހެކޭ ނުބުނެވޭނެ. ދިވެހިންގެ ވައްޓަފާޅިއާ ހުޅަނގުގެ ވައްޓަފާޅި ތަފާތު ވާނެ. އެކަމަކު އެތަފާތު ދުވަހެއް ދުވަހަކަށް އެއްގޮތް ވަމުން ދެޔޭ ބުނުމަކުން ދޮގަކަށް ނުވާނެ. ހުރިހާ ކަމެއްވެސް ގްލޯބަލައިޒް ވަނީ. އެހެންވީމާ ދިރިއުޅުމުގެ ވައްޓަފާޅިވެސް އެހެންވާނެ. ކޮންމެ ވައްޓަފާޅިއެއްގެ މީހަކަސް އަހަންނަށް ހީވަނީ މަތީގަ އެހުރި ނުކުތާތައް ހަމަ އެޕްލައިވާނޭ. ދެން އެކިމީހުން ތަފާތުވާނެތާދޯ.

    ދެން ޝަރުޙީޒާ ވެއްޖެއެއްނު ތިހީކުރާގޮތަށް ކުޑަކޮށް ލުޔެއްދޭން. މާބޮޑަށްވެސް ފެމިނިސްޓް ވެފަތިހިރީ. ތިހާ ފިރިހެނުންނާ އެންޓި ވާކަށްނުވާނެ.

  14. ކަޅޭ‮ ‬ވިދާޅުވީ


    ތާރީޚް:29/03/2009

    އާނ އާނ ވެސްޓަން ސަގާފަތޭ ކިޔަން ކަލެމެންގެ މާ ރީތި ތަހުޒީބު ސަގާފަތެއް ވިއްޔާ އޮންނަނީދޯ؟ ދިވެހިރާއްޖޭގަ އަންހެންކުއްޖެއްގެ ހިތް ހޯދަންޏާ ޖެހޭނީ ފަހަތުން ދުވަން. ލަދު ނުގަނެ އެމަންޖެ ނޫނެކޭ ގޮވަގޮވަ އޮއްވަ ގޮސް ބެހެން.. ދެން މި އުޅޭ މަންޖެ މެންގެ ހިތް ދެވެނީ ވަސް އެހެން ލަދު ހަޔާތެއް ނުހުންނަ ސޮރުމެންނަށް.. އެހެން ވީމަ ވެސްޓަން ސަގާފަތޭ ކިޔަން ތިބޭ ކަލަމެން.. މަށަށް ވެސްޓަން ސަގާފަތު އެހެންވީމަ މާ ކަމުގޮއްސި މަ މިދަނީ ޓޮހަކާ އިންނަން.. ދެން ލަލަލާ

  15. ޙަޤީޤްަތަށް ބުނަނީ‮ ‬ވިދާޅުވީ


    ތާރީޚް:30/03/2009

    ޙަޤިޤަތަށް ބުނަންޏާ އާޓިކަލް މުޅިން ގޯހެއްނޫން. ދެން ދުނިޔޭގަ އޮތްހާ ހާސަރެއްވެސް ނުދެމޭނެތާ ދޯ!މާދީނީ ވެގެން މާ ދިވެހިވަންތަވެގެން ވާހަކަ ދައްކާ ކޮމެންޓް ކުރިޔަސް ފަސްކުޅަނދު ހަމަ ނުވާ ފިރިހެނުންނަށް ކަމުދާނީ އަންހެން ކުދިން ޙަޔާތް ކުޑަވިވަރެއް. އެގޮތަށް ވަރަށް ގިނަ ފިރިހެނުން ތަރުޙީބުދޭ. ދެން އަދި އިނުމުގެ ކުރިން ފައްކާތޯ ބަލަންޖެހޭ.އެއީ ވަރިކުރަންޖެހިއްޖެއްޔާ ސަކަރާތް ވާނެތީއޯ. ހުރިހާ އަންހެންކުދިންނޭ! ސަކަރާތިއްޔާ ކުރާ އެއްޗެއް ކޮށްފާނެ. ހާސްވާނެ ކަމެއްނެތް.އެކަމަކު އޯވަރ ވާން ނުހަދާތި. ކަޓަންޏާ ކަޓާފާނެ. އަންހެނުންނަކީ އެމީހުން ކުޅޭނެހާ ގޮތަކަށް ކުޅެން އަތުރާފަ ހުރި ކުޅިބައެއްނޫން. އަންހެނުންގެ އެކަންޏެއްނޫން ޖިންސީ މައްސަލަތައް ހުންނާނީކީއް. ފިރިހެނުންގެ ގިނަވާނީ.އެކަމަކު އެމީހުންނަށް އެމީހުން ވަރެއް ނޯންނާނެ.ރާއްޖޭގައި އުޅެނީ ފުރިހަމަ އިސްލާމުން އުޅެންވާ ގޮތަށް ނޫޅުނަސް އެދީން ޤަބޫލްކޮށްގެން އުޅޭ މީހުން. ވީމާ ބަލަންވީ ސްޓެޕް ބައި ސްޓެޕް ރަނގަޅުގޮރތުގަ އުޅެވޭތޯ މަސައްކަތް ކުރަން. ހިއްސުތައް ސަލަމަތުން ހުރި ފިރިހެނެއްވިއްޔާ އެތެރެގޭތެރޭގައި އޮތަސް އަބުރުވެރި ސާދާ އަންހެންވަންތަ،ގެވެހި، ދީންވެރި،އަޙްލަޤީ ރަނގަޅު ހުރިހާ ސިފަތަކެއް އެކުލެވޭ އަންހެނެއްވިއްޔާ ފިރިހެނުންނާ މަސްހުނި ނުވިޔައް ރަނގަޅު ޙަޔާތުގެ ބައިވެރިޔެއް ލިބޭނެކަން ޔަޤީން.

  16. މުސްލިމް‮ ‬ވިދާޅުވީ


    ތާރީޚް:30/03/2009

    މަގޭ ހިތައް އަރަނި މި ލިޔުން ލިޔެފަ މިއޮތީ ހަމަ މުސްލިމެއް ބާއޭ.. ފިރިހެނުން ނާ ދިމާލަށް ލެނބި ފިރިހެނުން އެމީޙުންނާ ދިމާލަށް ލަންބަން މަސައްކަތް ކުރާ އަންހެނުން ނަށް ހުރި ހުރި އަޒާބު ހަމަ ނޭންގެނީތަ؟
    ނޭންގެންޔާ ތިފަދަ ފާހިޝް ނުބައި ޝައިތޯނީ ކަންތައް ތަކާ ބެހޭ ގޮތުން ދިރާސާތައް ކުރުމުގެ ބަދަލު ދީނުގައި އެފަދަ ކަންތަކަކީ ކިހާ ނުބައި ކަމެއްތޯ ދިރާސާ ކޮށްލަން ނިކަން މި ސައިޓަށް ވަދެ ދިރާސާ ކޮށްލުން ރަނގަޅު ވާން.. http://www.islam-qa.com

  17. ކަދާމާލި‮ ‬ވިދާޅުވީ


    ތާރީޚް:30/03/2009

    އަހަރެން ޤަބޫލު ކުރާގޮތުގަ އަންހެނަކު ނުޖެހޭ ފިރިހެނެއްގެ ހިތް އަތުލަން ލުވާކިއް. އުގޮތައް އުޅުމަކީވެސް

    ހުޅަނގުން އައިއްސައޮތް ކަމެއް.ހުރިހާކަމެއް ގަވެސް އަންމެމޮޅުގޮތަކީ އިސްލާމްދީނުގަ އަންގަވަފައިއޮތްގޮތް.