Share

މާކަނާ ކަލޯ ވާހަކަ

މާކަނާ ކަލޯ ވާހަކަ
ފަންއަރި

މި ވާހަކައަކީ އަޅުގަނޑުމެން ކުޑައިރު މަންމަމެން ކިޔައިދޭ ވާހަކައެކެވެ. ވާހަކައިގެ ޢިބާރާތްތައް ހަނދާނެއް ނެތެވެ. ނަމަވެސް އޭގެ ހާދިސާތައް ކޮންމެސް ވަރަކަށް ހަނދާން އެބަހައްޓެވެ.

މާކަނާ ކަލޯ ވާހަކައިގެ މާލޭ ވަރުޝަނަށް ކިޔަނީ އަޅުގަނޑު ހިތުން، “މާކަނާ ޅިޔަންބެ” އެވެ. ޔަގީނެއް ނޫނެވެ.

މީގައި އުޅެނީ މާކަނާއަކާއި ރާބޮންޖެކެވެ. ކޮންމެއަކަސް މިއީ ދެ ޅިޔަނުންނޯލައެވެ. އެއްދުވަހަކު ރާބޮނދި މާކަނާގޭ ދޮށަށް ގޮސް ގޮވާލާފައި މި ބުނަނީ ރަނގަޅު މަސައްކަތެއް ފަށަންވީ ވާހަކައެވެ. އަދި ދެ ޅިޔަނުން ސައްލާކޮށް، މި ނިންމީ ކައްޓަލަ ދަނޑެއް ހައްދާށެވެ.

ދެޅިޔަނުން ވެގެން ދަނޑުކޮށައި، ފަސްގަނޑު ޖެހުމަށްފަހު ކައްޓަލަ އިންދާތްޕެވެ. އަދި ވަރަށް ރަނގަޅަށް ދަނޑު ބެލެހެއްޓިއެވެ. އެންމެ ފަހުން ކައްޓަލަ ކޮންނަވަރު ވުމުން ރާބޮނދި ބުނެއްޕެވެ.

މިހާރު މިއޮތީ މަސައްކަތުގެ ނަފާ ދެމީހުންނަށް އެއްވަރަކަށް ބަހަންވެފައެވެ. ޅިޔަންބެ ބޭނުން ބައެއް ނަގާށެވެ. އެކަކު ނަގާނީ ބިމުން މައްޗަށް ފެންނަންހުރި ބައެވެ. އަނެކަކު ނަގާނީ ބިމު އަޑިއަށްވާ ބައެވެ.

މާކަނާ ހިތުގައި ޖެހުނެވެ. ބިމުން އަޑިއަށް ހުންނާނީ ހަޑިވެ ވެލިތަތްލައިފައި ހުރި މޫބޮނޑިއެވެ. މަ ނަގާނީ އެހެރަ ނަލަ ފަތްތަކެވެ. މިހެން ހިތާ މާކަނާ ނެގީ ބިމުން މައްޗަށްވާ ބައެވެ. ރާބޮނދި ހުރިހާ ކައްޓަލަތަކެއް ކޮނެގެން ގެންގޮސްފިއެވެ. އެދުވަހު ގެއަށް ދިޔުމުން މާކަނާ އަންހެނުން ވަރަށް ރުޅިއައިސްގެން ބެވިކަމަށް ވެއެވެ.

އަނެއްކާ ވެސް ދަނޑުހައްދާ މޫސުން ލައިގަތީމާ އެއްކަލަ ރާބޮނދި އައިސް ޅިޔަނަށް ގޮވާލިއެވެ. މިފަހަރު ދެމީހުން ސައްލާކުރުމަށްފަހު ނިންމީ ޒުވާރި އިންދާށެވެ. އަދި މިގޮތުގެ މަތީން ޒުވާރި އިންދައި، ގަސްތައް ހެދި، ޒުވާރި އަޅައި، ގޮވާންކަނޑާވަރުވުމުން ރާބޮނދި އަނެއްކާ ވެސް ވަރަށް ހެޔޮއެދޭ މީހެއްގޮތަށް އެއްކަލަ ސުވާލުކޮށްފިއެވެ.

މާކަނާ ހިތަށްއެރިއެވެ. ކުރީފަހަރު މަށަށް ލިބުނީ ލަނޑެކެވެ. އެހެންވީމާ މިފަހަރު މަ ނަގާނީ ބިމުން އަޑިއަށްވާބައެވެ. އަދި އޭނާގެ އިޚްތިޔާރު ރާބޮންޖަށް އިއްވާތްޕެވެ. ރާބޮނދި ހުރިހާ ޒުވާރިކޮޅު ކަނޑާލައިގެން ގެއަށްދިޔައިރު، މާކަނާ ގެޔަށް ގެންދިޔައީ ޒުވާރި ގަހުގެ މޫބޮނޑިއެވެ. މިފަހަރު ވެސް މާކަނާ އަންހެނުން އަރައިގަތް ރުޅިން ހެއްދެވި ނެހެއްދެވިއަށް ގޮވިއެވެ.

***

ވާހަކައިގައި ވަނީ މިކަހަލަ ގޮތެކެވެ. މި ވާހަކައިން ވަރަށް ގިނަ ޢިބްރަތް ލިބިގަނެވިދާނެއެވެ. ފަރުދެއްގެ ޙައިސިއްޔަތުންނެވެ. ރަށެއްގެ ޙައިސިންޔަތުންނެވެ. އަދި ޕްރޮވިންސެއްގެ ޙައިސިއްޔަތުންނެވެ. އަދި ކޮބައިތޯ މާލޭން އުތުރުގެ ޙައިސިއްޔަތުންވެސްމެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން ހުރިހާ ދިވެހިންނަކީ ޅިޔަން ފަހަރިކަމަށް ވުރެ ގާތްބައެއްކަމާއި މިއީ ހައްތާވެސް އަޚުންކަމުގައި މި ފުރުޞަތުގައި ފާހަގަކޮށްލާނަމެވެ.

އެހެންކަމުން، މިއީ އަޅުގަނޑުމެންގެ ކުޑައިރުގެ ހަނދާންއާކޮށްލުމެއްކަމުގައި ތިޔަބޭފުޅުން ހިއްތަވާށެވެ. ވީމާ، ކުއްލިއަކަށް މި ދަނޑިވަޅުގައި މާކަނާކަލޯވާހަކަ ލިޔުމުގެ އެހެން މަޤްޞަދަކާއި އެހެން މާނައެއް އޮންނާނެކަމުގައި ދެކިވަޑައިގެން، އަޅުގަނޑުގެ ލޮކި ބަނޑު ނުފެޅުއްވުން އެދެމެވެ.

‮ ‬7‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކަށްޓަލަ ޅިޔަންބެ‮ ‬ވިދާޅުވީ


    ތާރީޚް:07/04/2009

    އަހަރެމެން އުތުރު މީހުންނަށް ހަމަ ގައިމުވެސް ވެފައި މިތބިބެނީ މާކަނާ ޅިޔަންބެއަށް ވީހެން، އެހެރީ މިހާރު ކަށްޓަލަ ވެލުގެ ފަތްތައްހާ ރީތި ޓީވީއެމް ބިއުރޯއެއް ހަދައިދީފަ. މަވާ ސަލާން.

  2. ދަނޑުމަތި ޅިޔަންބެ‮ ‬ވިދާޅުވީ


    ތާރީޚް:07/04/2009

    ހެހެހެހެ ކައްޓަލަ ޅިޔަންބެ ތިޔާ ބުނީ ތެދެއްދޯ؟ ބިމުން މައްޗަށް ދާހާ މީހަކަށް ފެންނަން ހުންނާނީ އެކަހަލަ ތަންތަން.. އެހަމަ ފަތް ގޯންޏެއް ތިޔާބުނާހެން.. ދެން ކައްޓަލަ ގޯނި ލީ ފަހެ ކޮންތާކަށް؟

  3. މާކަނާ ފަހަރިދައިތަ‮ ‬ވިދާޅުވީ


    ތާރީޚް:07/04/2009

    ތިޔާ ވައްތަރެއް ނުޖެއްސޭނެ.. އަހަރެމެން ގޯއްޗަށް ފަތް ގޯނި ގެނައިމަ ހަދާނެ ގޮތް ވަސް މަ ދަންނަން.. ކައްޓަލަ ފަތުގަ ރިހަޔާ ސަޓަންޏާ ތެލުލިފަތާ އަސާރަޔާ ލައްކަ ސާމާނު ހަދަން މަ ދަންނަން.. މި ކަހަލަ ގަމާރުންނާ އިނދެގެން އުޅޭ އިރު ބޯ ހުރެގެން ދިރިއުޅެވޭނީ..

  4. ރާބޮނދި‮ ‬ވިދާޅުވީ


    ތާރީޚް:07/04/2009

    އާނ. ބަލަންހުރޭ. ކަލޯ އަހަރެމެންނަށް އޮންނާނީ، ޓީވީ ޕްރެޒެންޓަރުންނާއި ނިއުސްކާޓަރުން އަދި ޖާނަލިސްޓުން ތަމްރީނުކުރާ މަރުކަޒު.މާކަނާކަލޯއަށް ތިޔޮތީ ސްޓޫޑިއޮގައި ޚަބަރުކިޔުން. ހީވޭތަ؟ އަހަރެމެން، ރާބޮނދިން މަޑުން ފުދިފައި ތިބޭނެހެން؟

  5. ރެކިދިޔެ‮ ‬ވިދާޅުވީ


    ތާރީޚް:07/04/2009

    މިލިޔުމާއި މީގެ ކުރިން މިސައިޓްގައި ޖެހި، ކުޅުދުއްފުށީ މީހާއެވެ! އަޑުއުފުލާށެވެ.މިލިޔުމާއި މައުޟޫއުގެ ގޮތުން އެއްގޮތް. ބުނަން ނުކެރޭ ފުދިފައި ތިބޭ އުތުރުމީހުނަށް އަބަދުވަސް ލިބޭނީ… “ފަތްގަނޑު”!!

  6. ދަނޑުވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:07/04/2009

    ދަނޑުމަތި ޅިޔަންބެ އަށް:
    ކައްޓަލަގޯނި ފެންނާނީ ދުވަސްކޮޅަކުން، އެހެން ސަރަހައްދަކުން. އަބަދުވެސް ކުޅުދުއްފުއްޓަށް ލައްވާލާނީ، ކޮޅުދާލި. އެހެން އެވަނީ އެކަމާ އަނގައިން ބުނަން ނޭނގޭތީ.

    މިސައިޓްގައި ބޭނުންވާ ކަންތައްތަކާއި ދެކޭ ތަސައްވުރު ލިޔެލަންވީނު.

  7. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:07/04/2009

    ކޮއްކޮމެން ތިކިޔާއެއްޗެއް ބޭބެއަށް ރޭކާލާ ގޮތެއް ނުވިއޭ،ތަންކޮޅެއް ތިލަކޮށް ކިޔައި ދީބަލަ،މާކަނާ ބަހެއް ބޭބެއަކަށް ނޭގެޔޭ.