ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ކުރިން ކޮންމެ ފަރުދަކުވެސް ވިސްނުންބަހައްޓަންވީ ދެތިންކަމެއް ފާހަގަކޮށްލާނަމެވެ. އެހެނީ، މިއީ ކެމްޕޭން ކުރުމުގެ ދުވަސްވަރުކަމަށް ވެފައި ބައެއް ފަރާތްތަކުން މިކުރަން އުޅޭ ކަމެއްގެ ހަޤީޤީ މަޤްޞަދު ހަނދާންނެތިފައި ތިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ވަކި މީހަކަށް ވޯޓު ދޭން އެއްވެސް ފަރާތަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. މިއީ، އެންމެ ފުރަތަމަ އަޅުގަނޑުމެން ހަނދާން ބަހައްޓަންވީ އެއްކަންތަކެވެ. އެއްވެސް ކެނޑިޑޭޓަކު ނުވަތަ އެފަރާތުގެ ސަޕޯޓު ހޯދުމަށް މަސައްކަތް ކުރާ މީހަކުވިޔަސް ވަކި ކެނޑިޑޭޓަކަށް ވޯޓުލުމަށް އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
ރައްޔިތުންގެ މަޖިލީހަކީ ކޮބާ؟ އަދި އެމަޖިލީހުގެ މަސައްކަތަކީ ކޮބާ؟ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހެވެ. އެމަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ޤާނޫނުތައް ހެދުމާއި ޤާނޫނުތައް ބަދަލުކުރުމާއި ޤާނޫނުތައް ބާތިލްކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވާ، ސަރުކާރުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، ކޮންމެ އަހަރަކުމެ އެއަހަރަކަށް ހުށައަޅާ ދައުލަތުގެ ބަޖެޓް ފާސްކޮށް އެއަށް ގެންނަން ފެންނަ އިސްލާހުތައް ގެނައުން ހިމެނެއެވެ. މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކާ ބެހޭގޮތުން ނިންމަންޖެހޭ ކަންތައްތައް ޤާނޫނުގައިވާ ގޮތުގެ މަތިން ނިންމުމަކީވެސް އެމަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސައްކަތްތަކަކީ މިއީ ކަމުގައިވިޔަސް ތަފާތު ހާލަތް ތަކުގައި މަޖިލީހުގައި ކުރާ މަސައްކަތްތައް ތަފާތުވެދާނެއެވެ. މިސާލަކަށް ރައްޔިތުންނާ ގުޅޭ މުހިއްމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭކަމަށް މަޖިލީހަށް ފެނިއްޖެނަމަ އާންމު ވޯޓެއް ނެގުމުގެ ބާރުވެސް މަޖިލީހަށް ލިބިގެންވެއެވެ. (މީގެ އިތުރުންވެސް ވަރަށް ގިނަ ކަންތައްތަކެއް މަޖިލީހެއްގެ ދައުރުގައި ކުރަންޖެހެއެވެ. އެހެނަސް އެކަންތައްތަކަކީ އެކަމެއްގެ ވަގުތު ޖެހުމުން ނުވަތަ އެފަދަ ކަމެއް ކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން މަޖިލީހުން ކުރަންޖެހޭ ކަންތައްތަކެވެ).
މަތީގައިއެވާ ޕެރެގްރާފުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ތައް ކުރުމަށް އެކަމަށް ޤާބިލު މީހަކަށް ވޯޓު ދިނުމަކީ މުހިއްމުކަމެކެވެ. އާދެ، މަޖިލީހަށް މެމްބަރަކު ހޮވަނީ އެމެންބަރެއްގެ ފަރާތުން ކެމްޕޭން ދުވަސްވަރު ފައިސާތަކެއް ހޯދުމުގެ ބޭނުމުގައެއް ނޫނެވެ. އަދި ހަމައެހެންމެ ރަށުގެ އުމުރާނީ ތަރައްޤީއަށް ފަންޑު ކޮށްދޭނެ މީހެއް ހޯދުމަކަށް ވެސް ނުމެނޫންމެއެވެ. ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، އެމެންބަރެއްގެ ދައުރުގައި ރަށުގެ އުމްރާނީ ތަރައްޤީއަށް ފައިސާ ދޭންޖެހޭނެ މީހެއްކަމަށެވެ. އެހެނަސް ހަޤީޤަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، ޤާނޫނު އަސާސީ އާއި ޤާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ މަސައްކަތްތަކެއް ކުރުމަށް ހޮވާ މެންބަރުންތަކެއް ކަމެވެ.
ވޯޓުދޭންޖެހޭނީ އެންމެ ގިނަ ވައުދުތައް ވާ ކެނޑިޑޭޓަށް ހެއްޔެވެ؟ ނުވަތަ އެންމެ ގިނަ ފައިސާ ބަހާ ކެނޑިޑޭޓަށް ހެއްޔެވެ؟ ނުވަތަ އެންމެ ގިނަ ތަކެތި ބަހާ ކެނޑިޑޭޓަށް ހެއްޔެވެ؟ ނުވަތަ ވަކި ޕާޓީއެއްގެ ކެނޑިޑޭޓަކަށް ހެއްޔެވެ؟ ނުވަތަ ތިމާގެ އާއިލާ އާއި ގާތް ގުޅުމެއްހުރި ކެނޑިޑޭޓަށް ހެއްޔެވެ؟ ނުވަތަ ތިމާގެ ރަށަށް އުފަން ރަށުގައި އުޅެ ބޮޑުވި ކެނޑިޑޭޓަށް ހެއްޔެވެ؟ މިހުރިހާ ސުވާލުތަކެއްގެ ޖަވާބަކީވެސް “ނޫނެކެވެ”. އާދެ، ވޯޓު ދޭންޖެހޭނީ މިލިޔުމުގެ ތިންވަނަ ޕެރެގްރާފުގައި އެވާ ކަންތައްތައް ނުވަތަ ޤާނޫނު އަސާސީގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ މަސައްކަތް ތައް ކުރެވޭ ފެންވަރު ހުރި އެކަންތައްތައް ކުރެވޭނެކަމަށް އަމިއްލަ ޡަމީރު ޤަބޫލުކުރާ ފަރާތަކަށެވެ.
ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ހޮވުމަށްފަހު އެމެމްބަރަކު މަޖިލީހުގައި އަބަދުމެ ދައްކަން ޖެހެނީ ކުޅުދުއްފުށީގެ ވާހަކަ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީވެސް “ނޫނެކެވެ”. އެހެނަސް، ކުޅުދުއްފުށީގެ ދެ ދާއިރާއަށް ކުރިމަތި ލާފައި ތިބި ކެނޑިޑޭޓުން މަޖިލީހަށް ހޮވުމަށްފަހު ކުޅުދުއްފުށީގެ ކަންކަމާއި ގުޅޭ ގޮތުން ކުޅުދުއްފުށީގެ ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލުމަކީ ނެތްކަމެއް ނޫނެވެ. އަދި، ކުޅުދުއްފުށީގެ ތަރައްޤީއަށް އަށް ހުރަސްއެޅޭގޮތަށް ނުވަތަ ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްޤަކަށް އުނިކަން އަތުވެދާނެ ކަމެއް ސަރުކާރުން ނުވަތަ އެނޫންވެސް ފަރާތަކުން ކުރަން އުޅޭނަމަ އެކަމާއި ދެކޮޅަށް އެމެންބަރަކު އަޑު އުފުލުމަކީވެސް ހަމަ އެންމެ ރަނގަޅު ކަމެކެވެ. ހަނދާން ބަހައްޓަންވީ ނުކުތާއަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި އެވާ އިބާރާތެވެ. ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ވަނީ “ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުން ކޮށްގެން ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާއްޔަތްކުރާންވާނެއެވެ. ” މިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވަކި ކެނޑިޑޭޓަކަށް ވޯޓު ދިނުމުގެ ކުރިން ކުޑަކުޑަ މައުލޫމާތު ކޮޅެއް ގެނެސްދެވިއްޖެ ކަމުގެ އުއްމީދުގައި މިލިޔުން ކުރުކޮށްލީމެވެ. އަޅުގަނޑުގެ އެދުމަކީ، ކުޅުދުއްފުށީގެ ވޯޓު ދިނުމުގެ ހައްޤުއޮތް ކޮންމެ ރައްޔިތަކުމެ ވޯޓުލުމުގައި ބައިވެރިވުމެވެ. އަދި، ތައުލީމީ ކަމަށް ޤާބިލު،ރައްޔިތުންގެ މަޖިލީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އުފުލޭ ފެންވަރުގެ ކެނޑިޑޭޓަކަށް ވޯޓު ދިނުމެވެ.

ދަރިވަރު ވިދާޅުވީ
ތާރީޚް:08/04/2009
ތިބުނާ ފެންވަރެއް ހުރި މީހަކު އެބައުޅޭތަ ކުރިމަތި ލައިގެން؟ ރައްޔިތުންގެ މަޖިލީހުގެ އިމތިޔާޒުތަކާއި ބެހޭގޮތުން އަޅެ އެއްޗެއް ލިޔެލަދީބަ.
ކުޑަފޫޅާއި އޭނާގެ އެކުވެރިން ވިދާޅުވީ
ތާރީޚް:08/04/2009
“… ކުޅުދުއްފުށީގެ ތަރައްޤީއަށް އަށް ހުރަސްއެޅޭގޮތަށް ނުވަތަ ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްޤަކަށް އުނިކަން އަތުވެދާނެ ކަމެއް ސަރުކާރުން ނުވަތަ އެނޫންވެސް ފަރާތަކުން ކުރަން އުޅޭނަމަ އެކަމާއި ދެކޮޅަށް އެމެންބަރަކު އަޑު އުފުލުމަކީވެސް ހަމަ އެންމެ ރަނގަޅު ކަމެކެވެ.”
ބުނަން ވާހަކައެއް؟ މަތީގައި އެވަނީ، ލިޔުމުން ނަގާފައިވާ ޖުމްލައެއް. އެޖުމްލަ އެޔޮތީ ރަގަޅަކަށް ނޫން.
ރަނގަޅުގޮތަކީ،
“… ކުޅުދުއްފުށީގެ ތަރައްޤީއަށް އަށް ހުރަސްއެޅޭގޮތަށް ނުވަތަ ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްޤަކަށް އުނިކަން އަތުވެދާނެ ކަމެއް ސަރުކާރުން ނުވަތަ އެނޫންވެސް ފަރާތަކުން ކުރަން އުޅޭނަމަ އެކަމާއި ދެކޮޅަށް އެމެންބަރަކު އަޑު އުފުލުމަކީ ވާޖިބެއް، މަޖުބޫރުކަމެއް…”
މިކަމަކު އެއްވެސް ޗޮއިސްއެއް ނޯންނާނެ މެންބަރުންނަކަށް. ތަމްސިލުކުރާ ދާއިރާގެ ހައްގުގައި އަޑުއުފުލުމަކީ މަޖުބޫރުކަމެއް.
ހަސަނު ވިދާޅުވީ
ތާރީޚް:08/04/2009
ހަމައެކަނި ތަޢްލީމީގޮތުން މާމޮޅުމީހަކަށްވުމަކީވެސް، ރައްޔިތުންގެ މަޖިލިހަށް އެމީހަކު ހޮވުމުގެ ސަބަބަކަށް ހެދުމަކީ، ބުއްދިވެރިކަމެއްނޫނެވެ. ރައްޔިތުންގެ މަޖިލިހަކީ، ޤާނޫނު ހަދާ މަޖިލިހެއްކަމުން، އެމަޖިލިހުގައި، އެކި ދަރަޖަތަކާއި، ގިންތިތަކުގެ މީހުން ތިބުމަކީވެސް ހަމަ ވަރަށް މުހިއްމުކަމެކެވެ. މިސަބަބަށްޓަކައި، ބައެއް ޤައުމުތަކުގެ ޤާނޫނު އަސާސީގައި، މުޖުތަމަޢުގެ މުހިންމު ބައެއް ސެކްޓަރ ތައް، މިސާލަކަށް، ދަނޑުވެރިން، ނޫނީ މަސްވެރިން ފަދަ މީސްމީހުންނަށް، މަޖިލިހުގެ ގޮނޑިތަކުން ވަކި ޢަދަދެއް، ރިސާރވުކޮށްފައި ބަހައްޓާފައި ހުންނަކަންވެސް، ފާހަގަކޮށްލަމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި، ތަޢްލީމީ މީހުންނަކީ، ހަމައެކަނި، އަތުގައި ޑިގްރީއެއް އޮންނަ މީހުންނެވެ. ނުވަތަ ޕީއެޗްޑީ އެއް ނަގައިގެން އުޅޭ މީހުންނެވެ. ނުވަތަ ވަކި ޤައުމަކަށް ގޮސް ކިޔަވައިގެން ތިބޭ މީހުންނެވެ. އަޅުގަނޑުގެ ދެކޭގޮތުގައި، ތަޖުރިބާއަކީވެސް، ވަކި އޭންގަލަކުން ބަލާއިރު، ތަޢުލީމެކެވެ. ފަހަރެއްގައި، އަތުގައި ޕީއެޗްޑީ ފާހެއް އޮންނަ މީހަކަށްވުރެ، މިފަދަ ބަޔެއް މީހުން، މުހިންމު ބަޔެއް ދާއިރާތަކުގައި، މާ އިތުބާރުކުރެވޭ ބަޔެއްކަމުގައިވެސް ވެގެން ހިނގައިދާނެއެވެ. އެހެންވީމާ، ވޯޓުދޭއިރު، މިއީވެސް، ވިސްނުން ހިންގާލަން ހަމަ އެންމެ ރަނގަޅު ނުކުތާއެއްނޫންހެއްޔެވެ؟
މުސްތަގުބަލުގަ މަޖިލީހަށް ކުރިމަތިލާނެ ކުއްޖެއް ވިދާޅުވީ
ތާރީޚް:08/04/2009
ސާބަހޭ މުހައްމަދާ. ވަރަށް ފުރިހަމަ ލިޔުމެއް. ދެންވެސް މި ކޮސް އަނގަ ތަޅާ ގުރޫޕަކަށް ނޭނގޭނެ މަޑުން ތިބޭކެއް. ކުޅުދުއްފުށީ ތެރޭގަ އަޑުގަދަކޮށް ހަޅޭ ލެވިޔަކަސް މަޖިލީހަށް ތަސައްރަފެއް ނުފުދޭނެ. ކޮންމެވެސް ތަޢުލީމެއް ހުރެގެން ވާނީ. މިދައްކަނީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވާހަކަ ވިއްޔާ. ތާކުތިބި ގަމާރުންތަކެއް އެތަނަށް ހޮވަން ތިއުޅެނީ ދެން މޮޔަވީތަ. ތިކަމަށް ތަސައްރަފު ފުދޭމީހެއް ތިމީހުން ރުހުނަސް ނުރުހުނަސް ހުރީ އެންމެ މީހެއް. އެއީ ކުއްޓި ނަޝީދު.
މުސްތަގުބަލުގަ މަޖިލީހަށް ކުރިމަތިލާނެ ކުއްޖެއް ވިދާޅުވީ
ތާރީޚް:08/04/2009
ކޮންގައުމެއްގަ ކަންތައް އޮންނަނީ އެހެން. ކޮސް އަނގަ ނުތަޅާ. ތަޖުރިބާއަކީވެސް މުހިއްމު އެއްޗެއް. އެކަމަކު ތިބުނާ މަސްވެރިންނާ ދަނޑުވެރިން މަޖިލީހަށް ލައިގެން ހަޔާތް ގޮވުމާ އެހެން އެއްޗެހި ގޮވަން ފަށާ، މަޖިލީހުގެ ހުރުމަތް ކެނޑުން ނޫންކަމެއް ނުކުރާނެކަން ޔަގީން.
ޑަމީ ވިދާޅުވީ
ތާރީޚް:08/04/2009
މުހައްމަދު އިސްމާއިލް ލިޔުންތެރިޔާ ތިހަދަނީ އަހަރެމެން ނަކީ ތަނެށްދޮރެއް ނޭގޭ ގަމާރު ބަޔަކަށްތަ؟
ގަޅިބެ ވިދާޅުވީ
ތާރީޚް:08/04/2009
ޑަމީއަށް ،މީހުންގެ އަބުރަށް އުނިކަން އަތުވެދާނެ ވާހަކަ ނުދެއްކުން އެދެން.މުހައްމަދު ލިއެފަ އެއޮތީ އޭނައަށް ފެންނަގޮތަށޭ.ލިއުމާދޭތެރޭ މަ ހިޔާލަކީ ތައުލީމެއް ހުއްޓަސް ވިސްނުމާ އިހުލާސް ތެރިކަން ނެއްނަމަ އެމީހަކު މަޖުލީސް ކީއްކުރަން އެއްކަމަކަށް ވެސް ރަގަޅެއްނުވާނެ.ފޮޓޯ ރީތިވިއަކަސް ކަމަކުނުދާނެ.
ސިކަންދަރުން މުދާބާލާ ކުދިން ވިދާޅުވީ
ތާރީޚް:08/04/2009
ޑަމީއަށް އެއޮތީ ކުންހީއެއް ވެވިފަ. އަހަރެމެންނަށް ހީވަނީ ޑަމީއަށް އެވީގޮތަކީ “ވޯޓިން ފޮ ޑަމީސް” ފޮޓޯގަ ޖަހާފަ އިނީމަ ކުޅުދުއްފުށީ މީހުންނާ ދިމާއަށް ޑަމީއޭ ގޮވީކަމަށް. ކޮއްކޯ ޑަމީ ސީރީސްއަކީ ދުނިޔޭގަ ވަރަށް މަޝްހޫރު ފޮތް ސީރީޒްއެއް. ކޮންމެ ކަމަކާ ބެހޭގޮތުންވެސް މައުލޫމާތުތައް އެ ސީރީޒްގަ ގެނެސްދޭ. މިސާލަކަށް “އިންވެސްޓިން ފޮ ޑަމީސް”، “ޓީޗިން ފޮ ޑަމީސް” މިހެން ގޮސް ބައިވަރު ގުނާ އަދަދުނުކުރެވޭ. އޭގެ މާނައަކީ ހަމައެންމެ ބޭސިކުން ފެށިގެން މައުލޫމާތޭ މިހިރީ، ކިޔުއްވާ ލައްވާށޭ. އެއްވެސް ހާލަތެއްގަ އެއީ ސީދާ ގަޅިންނަށް ހުންނަ ފޮތެއް ނޫން. އަދި ކިހިނެތް އެނގެނީ ލިޔުންތެރިޔާ ކަމެއް މިސައިޓުގަ ޖަހާ ފޮޓޯ ހޮވަނީ.
ކޮންމެ ގޮތެއް ވިޔަސް މިފަހަރު ޑަމީ ހަމަ ތިވީ ޑަމީ އަކަށް. އަހަރެމެން ހީކުރީ އަހަރެމެން ކަމަށް މިޔަށް ވަންނަ އެންމެ ގަޅި ބަޔަކަށް ވާނީ.
ހޭޅި ވިދާޅުވީ
ތާރީޚް:08/04/2009
މިއީ މީހުންގެ އަބުރަށް އަރަން އޮތް ތަނެއް ނޫން. ޑަމީ ގޮވައިގެން ޖިނާއީ ކޯޓަށް ދާން ޖެހިދާނެ.