ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރަމުން އައި ދުވަސްވަރު ހުރިހާ ކެނޑިޑޭޓުންވެސް ދިޔައި ތަފާތު ވަޢުދުތައް ރައްޔިތުންނަށް ކުރަމުންނެވެ. އަތްފޯރާ ފަށަށް ދިރިއުޅުމުގެ އަގު ތިރިކުރުމާއި، މާލެއާއި ހުޅުމާލެ އާއި މާލެއާއި ދޭތެރޭ ބްރިޖް އަޅައިދޭނެ ކަމަށް ބުނެ ތަފާތު ކެނޑިޑޭޓުން ދިޔައީ ބޮޑެތި ވަޢުދު ތަކެއް ވަމުންނެވެ.
މިހާރު ރާއްޖޭގެ ވެރިއަކަށް ހުންނެވި ގ ކެނެރީގޭ މުޙައްމަދު ވެސް ދިޔައީ ރައްޔިތުންނަށް ތަފާތު އެތައް ވަޢުދު ތަކެއް ވަމުންނެވެ. އެމްޑީޕީގެ މައިގަނޑު 5 ވަޢުދެއް އޮތް ކަމުގައިވިޔަސް ރައީސް ނަޝީދު އެކި ހަފުލާތަކުގައި ރައްޔިތުންނަށް ވަރަށް ގިނަ ވަޢުދުތަކެއް ވަނީ ވެފައެވެ. މައްސަލައަކީ، ވަޢުދު ވުމެއް ނޫނެވެ. ކުރީގެ ސަރުކާރުގެ މައްސަލައަކީ ވަޢުދު ތައް ނުފުއްދުމެވެ. މިހާރު އޮތް އެމްޑީޕީގެ ސަރުކާރުންވެސް މިފަދަ ގޮތަކަށް ކަންތައްތައް ދާން އުޅޭ ކަމުގެ މަލަމަތި މިހާރުވަނީ ފެންނަން ފަށާފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީގެ ކެނޑިޑޭޓަށް ފަންސަވީހަކަށް ހާސް ވޯޓު ލިބުމުން އެޕާޓީން އެންމެ ބޮޑަށް ބެލީ ޑީއާރުޕީ ފިޔަވައި އެހެން ޕާޓީ ތަކުގެ ތާއީދު ހޯދުމަށެވެ. އެގޮތުން ބައެއް ޕާޓީތަކުން ޝަރުތެއް ނެތި އަނެއް ބައި ޕާޓީ ތަކުން ޝަރުތުތަކަކާއި އެކު އެމްޑީޕީގެ ކެނޑިޑޭޓު ނަޝީދަށް ބައިއަތު ހިފިއެވެ. އެދުވަސްވަރު އެމްޑީޕީ އިއްތިހާދުގެ ސަރުކާރެއްގެ ނަމުގައި ރައްޔިތުންނަށް ދައްކައިދީ އުޅުނެވެ.
ކޮންމެ އަކަސް ރައީސް ނަޝީދު އިންތިހާބުގެ ދެވަނަ ބުރުގައި އެންމެ ހަރު އަޑުން ދެއްކެވި އެއްވާހަކަފުޅަކީ، އެމަނިކުފާނު އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވިއްޖެނަމަ ދައުރުގެ މެދު ތެރެއިން އިންތިހާބެއް ބާއްވާނެ ވާހަކައެވެ. މިވާހަކަ ވެގެން ދިޔައީ ރައީސް ނަޝީދަށް ދެވަނަ ބުރު ކާމިޔާބު ކުރައްވަން ވަރަށް ފަސޭހަފުޅު ވީ ވާހަކައަކަށެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އޭރު ހީކުރަމުން ދިޔައީ ރައީސް ނަޝީދުގެ އެ ވަޢުދު ފުއްދަވާނެކަމަށެވެ.
ރައީސް ނަޝީދަށް ނޫސްވެރިޔަކު އެ ސުވާލު ކުރުމުން ރައީސް ނަޝީދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެއީ ނުދައްކަވާ ވާހަކައެއް ކަމަށް ހައްދަވާށެވެ. އެހެންނަމަވެސް އަދި އެ ވާހަކަ ތަކަކީ މީހަކު ހަނދާން ނެތޭހާ ދުވަސްވީ ވާހަކަތަކަކަށް ނުވާތީ ނޫސްވެރިޔަކު ނަޝީދު އެ ވާހަކަ ދެއްކެވި އިބާރާތުން ސުވާލު ކުރަންފެށުމުން ދެން ނަޝީދު ވިދާޅުވީ މާ ހެއްވާ ވާހަކަފުޅެކެވެ. އާދެ، އެއީ އެމަނިކުފާނު ދައުރުގެ މެދުތެރެއިން އިންތިހާބު ބާއްވަން ވިދާޅުވީ ޑރ. ހަސަން ސައީދުގެ ޕުރެޝަރާހެދިކަމަށެވެ. ބޮޑުވެ ތަޞައްރަފް ފުދި އަދި ގައުމުގެ ވެރިކަން ހޯދަން ކެމްޕޭން ކުރާ މީހަކު ރައްޓެއްސަކު ކުރާ ޕުރެޝަރެއްގެ ސަބަބުން ރައްޔިތުންނަށް ދޮގު ހައްދަވަން ހެޔޮވާނެހެއްޔެވެ؟
އެންމެ ފަހުން ނޫސްވެރިން ރައީސް ނަޝީދުގެ އެވާހަކަތަކާއި މެދު ސުވާލު ކުރަން ފެށުމުން ދެން ވިދާޅުވީ އެއީ (އިންތިހާބެއް ބޭއްވުމަކީ) އެ މަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫންކަމަށެވެ. އިންތިހާބު ތައް ބޭއްވުމަކީ އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ. މިކަން އޭރުވެސް ރައީސް ނަޝީދަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. އެހެންނަމަވެސް ވެރިކަމާއި ހެދި ފެންބޮވައިގަނެފައި ހުރި މިންވަރީ ޑރ. ހަސަނާއި ޤާސިމް އިބްރާހިމްގެ ސަޕޯޓަރުންގެ ތާއީދު ހޯދުމަތް އެންމެންގެ ކުރިމަތީ ދޮގު ހެއްދެވުމެވެ.
އެމްޑީޕީގެ މައިގަނޑު ފަސް ވަޢުދަކީ ކޮބައިކަން ތިޔަ ކިޔުންތެރިންނަށް އެނގިލައްވާނެވެ. އެވައުދު ތައް ފުއްދަވާ ދެއްވާނެ ކަމުގެ އުއްމީދުގައި ނުވަތަ އެ ޔަޤީން ކަމުގައި ވޯޓު ދެއްވީ ކިތައް ބޭފުޅުންހެއްޔެވެ؟ މާދަމާ މީޑިޔާ ގެ ކުރިމަތީގައި ރައީސް ނަޝީދު އަނެއްކާ މި ފަސް ވައުދަކީ ވެސް ޕުރެޝަރާހެދި ކުރި ވައުދުތަކެއް ކަމަށް ވިދާޅުނުވާނެކަމުގެ ޔަޤީން ކަމެއް އެބައޮތް ހެއްޔެވެ؟ އެހެނީ ކެމްޕެއިން ތެރޭގައި ހެއްދެވި ދޮގުތައް މިހިރަދަނީ ފަޅާއަރަމުން ވިއްޔާއެވެ.
ކުރިމަތީގައި އޮތީ ރައްޔިތުންގެ މަޖލީހުގެ އިންތިހާބެވެ. އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދީގެން މިހާރު ދައުރު މެދުތެރެއިން އިންތިހާބެއް ނުބޭއްވޭނަކަން މިއޮތީ ޔަޤީން ވެފައެވެ. އެމްޑީޕީގެ ފަރާތުން ރަށުގެ ދެ ދާއިރާއަށް ކުރިމަތިލެއްވި ދެބޭފުޅުންނަށް މަރުހަބާ ދަންނަވަމެވެ. އެހެނަސް ރަށުގެ ހަރު މީހެއްގެ ނުވަތަ އެމްޑީޕީގެ ބޮޑުންގެ ޕުރެޝަރާހެދި ކުޅުދުއްފުށީގެ ރައްޔިތުންނަށް ދޮގު ނުހެއްދެވުމަށް ވަރަށް އާދޭހާއި އެކު ތި ދެ ކެނޑިޑޭޓުންނަށް ނަސޭހަތް ތެރިވަމެވެ. މިއަދު ތިޔަ ބޭފުޅުން މަޖިލީހުގެ ގޮޑި ހޫނު ކުރެއްވުމުގެ ބޭނުމުގައި ރައްޔިތުންނަށް ދޮގު ހައްދަވާނަމަ އެކަމުގެ ހިތި ނަތީޖާ ފަހުން ފެނިދާނެއެވެ. ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ކުރިން ޤައުމުގެ ސިޔާސީ މަސްރަހުގައި ހިނގަމުން މިދާ ކަންތައްތައް ތަކާއި މެދު ފުންކޮށް ވިސްނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ޖެނީ ވިދާޅުވީ
ތާރީޚް:12/04/2009
ގުލްޒާރުގައި ނަޔާމަގޭ ނޫރާނީ މަލޭ ކިޔައިގެން އެކީލަވަ މިހާރު މިލަވަޔަށް ބަދަލު ކުރަންވެއްޖެ.
ވައުދާ ހުވާ ކުރާނެޔޭ، އެހަނދާން ނެތޭނޭ…
އަދުހަމް ވިދާޅުވީ
ތާރީޚް:13/04/2009
ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅު ތަރުޖަމާކުރުމަށް އާ ރަދީފެއް އެކުލަވައިލަން ޖެހިފައި މިއޮތީ، ބައެއް ފަހަރު އެ ވިދާޅުވާ ވާހަކަ ނިމިގެންދަނީ ފަލްސަފާއަކަށް، އަނެއްބައި ފަހަރު ޕްރެޝަރަކަށް. އެހެންކަމުން، ތިޔަ ވިދާޅުވާ މައިގަނޑު ފަސް ވަޢުދަކީ ކޯޗެއްކަން އެނގޭނީ ދުވަސްކޮޅެއް ފަހުން. އެމަނިކުފާނުގެ ބަންޑާރަ ނައިބަކީ ވެސް އިންތިޚާބުގެ އަމިއްލަ މަޞްލަޙަތަށްޓަކައި ލާނެއް ވާހަކަފުޅުދައްކަވާ ބޭފުޅެއްކަމަށް ވެސް ވިދާޅުވެއްޖެ. އެހެންކަމުން މި ސަރުކާރުގެ މިނިސްޓަރަކަށް ވެސް އިތުބާރުކުރާނެ ގޮތެއް ނޭނގެ. މިފަދަ ލާނެއް ބޭފުޅުންގެ ފަލްސަފާއާއި ޕްރެޝަރާއި ޅެންފަރިހި ޝަރަޙަކުރަން ތިބޭކަށް ޢުމުރަކު ތަނެއް ނެތް.
ހާޝިމް ވިދާޅުވީ
ތާރީޚް:13/04/2009
މުޙައްމަދު ނަޝީދަކީ، މައުމޫނުގެ ޚުދުމުޚުތާރު ސަރުކާރު ފެއަށް ޖައްސަވައި،ރާއްޖޭގެ ރައްޔިތުން މައުމޫނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދިން ބަޠަލެވެ. އޭނާގެ ކެމްޕެއިނަށް، މައުމޫނާއި އުމަރު ނަސީރު ފިޔަވައި، އެހެން ހުރިހާ ރިޔާސީ ކެންޑިޑޭޓުން ގުޅުނީ، އަދި އިއްތިޙާދުވީ، މައުމޫނާއި ގުޅެން ބޭނުން ނުވެގެންނެވެ. އެދުވަސްވަރު، އެހުރިހާ ކެންޑިޑޭޓުންނަށް އެމްޑީޕީ ފިޔަވައި ވަންނާނެ ހަމައެއްވެސް އަސްކަންޏެއް ނެތުނީއެވެ. ދެން ދައުރު މެދު ތެރެއިން ބާއްވަން ބުނި އިންތިޚާބަކީ، އަނެއް ކެންޑިޑޭޓުންގެ އަމިއްލަ އެދުމުގެ ނަތީޖާއެވެ. މިސިޔާސީ ގޭމް ކުޅެން މިވަގުތު މިރާއްޖޭގައި ހުރި އެންމެ މޮޅު މީހަކީ، ނަޝީދެވެ. އެހެން ހުރިހާ ކެންޑިޑޭޓުން އޭނާގެ ފަހަތަށް ވަންނަންޖެހުނީ އެހެންވެއެވެ. މިހާރު، އެކެންޑިޑޭޓުންނަށް ތިމަންނާމެންގެ އަމިއްލަ އެދުމާއިހުރެ ލަނޑު ލިބުނީ ކަން އެނގުމުން އެއުޅެނީ ކިޔާނެ އެއްޗެހި ހުސްވެގެންނެވެ. މިރާއްޖޭގައި، ބަޔަކަށް ސަރުކާރާއި ދިމާއަށް އިނގިލި ދިއްކޮށްލަން ކެރުނީ ވެސް ނަޝީދުގެ މަސައްކަތުގެ ސަބަބުންނެވެ. ހަސަން ސަޢީދަކީ، މައުމޫނު ކުޅުނު ކާޑުތައް ބޭނުން ކޮށްގެން މިގޭމް ކުޅެން އުޅޭ މީހެކެވެ. އޭނާއަށް ނޭނގޭ އެއްޗަކީ، އެކަމެއް ނުވާނެކަމެވެ. އެއެންމެންގެ ތެރެއިން ނަޝީދު ހޮވުނީ، އޭނާގެ ގޭމުގެ މޮޅުކަމުންނެވެ. ދެން އޭނާއަށް 5 އަހަރު ދީގެން އޭނާގެ ވެރިކަން ބަލަން ތިބެންވީއެވެ. ގޯސްކޮށްކަމެއް ކުރިއްޔާ ބާލާނީއެވެ. އޭނާއަށް ވެސް ފުރުޞަތު ދޭން ޖެހޭނެއެވެ.
ބަތޮލު ވިދާޅުވީ
ތާރީޚް:13/04/2009
އެދުވަހު އެހެން ކެނޑިޑޭޓުންނަށް އެކަނި ވަންނާނެ އަސްކަނި ނުލިބުނީއެއް ނޫން ހަގީގަތުގައި، އޮޅުވައި ނުލާ.. އެދުވަހު ވީ ގޮތަކީ އެމްޑީޕީ އަށް ވެސް އެކަނިމާ އެކަނި އެކަން ކާމިޔާބުވާނެ ގޮތެއް ނެތުނީ، އެންމެން އެއްބައި ނުވި ނަމަ މައުމޫނު ފަސޭހަކަމާ އެކު ކާމިޔާބުކުރީސްކަން އެންމެންނަށް ވެސް އެނގި ކަށަވަރުވީ، އެއިރު އެމްޑީޕީއަކީ ތިޔަބުނާ ވަރު ހިޔާވަހިކަމެއް އޮތް އަސްކެންޏެއް ނަމަ، ފަންސަވީސް ޕަސެންޓެއް ނޫން ލިބުނީހީ. އަދި އަމުދުން އެމީހުންނަށް އެކަނި އެކަން ވާން އޮތް ނަމަ އެހެން ބަޔަކާ އިއްތިހާދެއް ނުވެސް ވީސް. އެހެންވީމާ ވީ ގޮތަކީ ރައީސް ނަޝީދު ވިދާޅުވާހެން، އެކަކު އަނެކަކު ގައިން ބާރުލިބިގެން ވެރިކަން ހޯދީ.. އަންނިއަކީ އަހަރެމެންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯއްދަވައިދެއްވި ބަތަލުކަމަށް ވަންޏާ ތިޔަ ބުނާ ބަޠަލު ހޯއްދަވައިދެއްވި ފުރުޞަތުގެ ބޭނުން ދިވެހިން މި ކުރަނީ، އެ ފުރުޞަތުގެ ބޭނުން ހިފައިގެން، އަންނި ހައްދަވާ އިތުރުފުޅު ތައް ފާހަގަކޮށް ތިޔަ ހެއްދެވީ އިތުރުފުޅެކޭ ބުނާ ކޮންމެ ފަހަރަކު، ކަލޭމެންނަށް ތިހެން ތިޔަ ބުނެވެނީ ވެސް އަންނި ބަތޮލު އެ ފުރުސަތު ދިނީމާއޭ ކިޔައި މީ ދެން ކޮންވާހަކައެއްބާ؟ އަންނިއަށް އަޅުކަންކުރަންވީނުން؟ އެހެން ނޫނީ އަންނިއަކީ ދިވެހިންގެ މުޤައްދަސް އެއްޗެއްކަމަށް ފާސްކޮށް، އެއް ވެސް މީހަކު އެމަނިކުފާނާ އިދިކޮޅަށް ވެސް އެއްޗެއް ބުނުން މަނާކުރަންވީނުން. ބޯ ހަލާކުވާވަރު ވޭ ބައެއް މީހުން މި ދައްކާ ވާހަކައިން.
ސަ ވިދާޅުވީ
ތާރީޚް:13/04/2009
ދޮގުހެދުމަށް މިހާރުގެ ރައީސް ވަރު މީހަކު ނުދެކެން.
މަ ވިދާޅުވީ
ތާރީޚް:13/04/2009
މިހާރުގެ ރައީސް ދެއުޅި އެއްނުވާކަން އޭނަގެ ވާހަކައިން ވެސް ސާބިތުވޭ. ދެރަކަމަކީ މީހަކުދައްކާ ވާހަކައެއް ވަސް އޭނަ ގަބޫލު ނުކުރާކަން.
އޭ ވިދާޅުވީ
ތާރީޚް:13/04/2009
ރައީސް ވީ ވައުދު ތަކުގެ ތެރޭން އެއްވަސް ވައުދެއް ފުރިހަމަ ކުރާން މަސައްކަތް ކުރާތަނެއް ނުފެނޭ.
ކިޔުންތެރިޔާ ވިދާޅުވީ
ތާރީޚް:13/04/2009
އަންނި އަކީ އެއްވެސް ގޮތަކުން ރައީސް ކަމަށް ކުފޫ ހަމަވާ މީހެއް ނޫން. އޭނާގެ ވާހަކަތައް ހުންނަ ގޮތުން ލަދުން ބޯ ހަލާކުވާ ވަރުވޭ. އެކަމަކު ހެވޭނުން، އެވަރު މީހެއް ނެތް ކަމަށް ވިއްޔާ އޭނާ އަށް ވޯޓްދިނީ. ދެން ތިހުރިހާ ކޮހެއް ގޮވާނެ ކަމެއް ނެތް. ދެންވެސް ހޭއަރާ. މަޖްލީހަށް ކުރިމަތި ލާފައި ތިބި އެމް. ޑީ. ޕީގެ ބޭފުލުންނަށް ވޯޓް ނުދެއްވާ. މާތް ކަލާކޯ! އަހަރެމެން އަދި ދިރިއުޅެން ބޭނުން. ތިބުނާ އަތްފޯރާ ފަށުގައި އެއްޗެހި ނުލިބުނަކަސް ވަށިހަމަ. މިހާރު އަތް ފޯރާ ފަށުގައި ހުރީ މަސްތުވާ ތަކެއްޗާއި ބަނގުރާ، އެއީ އަހަރެމެން ބޭނުން އެއްޗެއް ނުން.
އޮބާމާ ވިދާޅުވީ
ތާރީޚް:13/04/2009
އޭނަ އެއުޅެނީ މަ ކޮޕީކޮއްގެން..އަހަރެންވެސް ބައެއްފަހަރު ސްޕީޗް ތަކުގައި ގައްޑާ ގޮތް ގަޑު ގެންގުޅެން..ސްލޭންގް ވެސް ބޭނުން ކުރަން..އެކަމަކު އޭނަހެން ފްރީޑަމް އެކޭ ކިޔާފައި މީހުނަށް ލައުނަތް ދީ އެ ޔުނިވާސިޓީތަކަށް ދިވެހިން ދަރާފަ ތިބި ޤަދަރު ވެރި ހުރުމަތްތެރި ވެގެންވާ ތަންތަނަކާ ނުބެހެން..މީ ހުޅަނގު އިނގޭ…ތިއީ ދިވެހިންނާ ގުޅޭ ގޮތެއް ނޫން…ވެދާނެ މައުމޫން ނޫން މީހަކު ފެނިފަ ނެތީމަ އަދި ދިވެހިން މިސްޓައިލް އަށް ނުހޭނެނީ ކަމަށްވެސް…
ހާޝިމް ވިދާޅުވީ
ތާރީޚް:13/04/2009
ރިޔާސީ ކެންޑިޑޭޓުން ރައީސް ނަޝީދުގެ ފަހަތަށް އައީ، ހަމަ ގޮތް ހުސްވެގެން. ގާސިމު އައީ މައުމޫނަށް ވެރިކަން ލިބިއްޖެނަމަ، ޔާމީނު ގާސިމު ފުނޑާލާނެކަން އެނގޭތީ، އެކަމާ ގަންނާ ކުރައްވާ ބިރުން. ހަސަން ސައީދު އައީ މައުމޫނާ ދިމާއަށް އެއްޗެހި ގޮވަގޮވާފަ، އަނެއްކާ ވެސް މައުމޫނު ގާތަށް ދާން ނުކެރިގެން. އަދި ބުނި އެއްވެސް ޝަރުތަކާ ނުލައޭ މިއައީ ވެސް. ދެންކޮބާ އެމްޑީޕީއިން މިމީސްމީހުންގެ ފަހަތުން ގޮސްފަ؟ އިބްރާއަކީ ކުރީގެ އެމްޑީޕީގެ ރައީސް. އޭނާވެސް އައީ މައުމޫނާ އެއްބައި ނުވާންވެގެން. އޭނާގެ ޕާޓީގެ ކާނަލް ނަޝީދު ގޮސް އަނެއްކާ ވެސް ވަނީ އެމްޑީޕީއަށް. ޖުމްހޫރީ ޕާޓީވެސް ބައިބައިވެ، އެޕާޓީގައި ތިބި މީހުން އައީ ވެސް އެމްޑީޕީއަށް. މިޙަގީގަތް އޮޅުވާލެވޭނެހާ ދިވެހިން ގަރަހިތައެއް ނޫން. މިކަން އެނގޭނީ ވެސް މިކަން ދިރާސާ ކުރާ މީހުންނަށް.
ދެން އޮތީ ނަޝީދުގެ ބަސްމަގުގެ ވާހަކަ. އަޅުގަނޑަކަށް ރީއްޗެއް ނޫން މައުމޫނު ކިޔާ “އެއްބައެއްވަންތަ”، “ސަމާޙާތްތެރި”، “އިބްތިހާލުވެ” މިބަސްތައް. އެއަށްވުރެ މާރީތި ނަޝީދުކިޔާ “ޑިމޮކްރަސީ ރާއްޖެއަށް ބަނދަރުކުރުން”، “ކަންކަން މިމަގުން ގޮސް ހަމަޖެހި ހިމުންވުން”، “ކާމިޔާބުގައި ހިތްތިރިކުރުން ނާކާމިޔާބުގައި ހިތްވަރުކުރުން”، “އެކަކު އަނެކެއްގެ ކިބައިން ބާރުލިބިގެން ބިރު ފަހަނަ އަޅައި ކުރިއަށް”، “ސީދާ ޙަރަކާތް”، “އުތުރު އަރުމާޒު”، “އަނެއް ދިވެހިރާއްޖެ”، “އަތްފޯރާފަށުގައި” މިބަސްތައް މާރީތި. ކޮންމެހެން ޢަރަބި ނުވަތަ އިނގިރޭސި ބަހުން ވާހަކަ ދައްކާކަށް ނުޖެހޭ. ނޫނީ ދިވެހިބަހުގައެއް ނޯވޭ ރައީސް ވާހަކަދައްކަން ޖެހޭ ބަސްކޮށާރެއް. މިކަމާ ބަޔަކު މީހުން ބޯހާސްވާކަށް، ދެފައިކައިރި ނުވެގެން އުޅޭކަށް ނުޖެހޭ. އެހެން ނޫނަސް، އެބަޔަކަށް ފެންނާނީ ވެސް ހަމައެކަނި މައުމޫނު. ނާސިރަކީ މާވާޙަކަ ދައްކައި އުޅުނު މީހެއް ނޫން.
ދެން އޮތީ އަތްފޯރާ ފަށުގައި ޚިދުމަތް ނުލިބޭ ވާހަކަ. މިހާރު އުތުރުގައި އެހެރީ ޓީވީ ސްޓޭޝަނެއް ހަދާފަ. ދެކުނުގައި އައިޑީކާޑު، ޕާސްޕޯޓު ހެދޭ. ދުވަސްކޮޅަކުން ލައިސަންސްވެސް ހެދޭނެ. ހަނިމާދޫއިން ފުރައިގެން ސީދާ ޓްރިވެންޑްރަމަށް ދެވޭނެ. މިރާއްޖޭގެ އާބާދީގެ ތެރެއިން މިހާރު އިންޝުއަރަންސް ނުލިބޭ މީހުންނަށް އިންޝްއަރަންސް ވެސް ލިބޭނެ. ކަންތައް ކުރެވޭ ސްޕީޑް ލަސްވެގެން ތެޅޭކަށް ނުވޭ އަދިއެއް. މައުމޫނު ފޭބިއިރު ދައުލަތް 6 ބިލިޔަން ރުފިޔާއިން ދަރުވާނުލާ، ބޮޑު ރިޒާވެއް ބޭއްވި ނަމަ މިއަށް ވުރެ އަވަސްވީސް ކަންކަން ކުރެވޭލެއް. އެކަމަކު އޭނާ ދިޔައީ، މިތަން ހަފުސް އަރުވާލާ. އައިއެމްއެފް އިން ހަޅޭއްލަވަލަވާ އޮއްވާ ގާސިމް އިބްރާހިމް މައުމޫނު ބުނެގެން 12 ބިލިޔަން ބަޖެޓް މަޖުލިހަށް ލައި، މިރާއްޖެ އިންފްލޭޝަންގެ ވަޅުގަނޑަށް ވައްޓާލީ. މިވާހަކަތައް ނުދައްކާތީ ހައިރާންވޭ.
މިމީސްމީހުން އަދި ވެސް މިއުޅެނީ މައުމޫނު ނުގެނެވިގެން. މީހާ މިހާރު 80 އިން މައްޗަށް ދިޔާމަ އަދި ވެސް ޕްލޭނަކީ، މަޖްލިހުގެ އަގުލަބިއްޔަތު ހޯދައިގެން. އިމްޕީޗްމަންޓް (އިތުބާރު ނެތްކަމުގެ ވޯޓް) އަކުން ނަޝީދު ރައީސްކަމުން ވައްޓާލައި އަނެއްކާ އިންތިޚާބެއް ބާއްވައިގެން މައުމޫނު ވެރިކަމަށް އެރުން. ހަމަހިލާ އެކަމެއް ނުވާނެ. މައުމޫނު ދުވަހަކު ވެސް ހިއެއް ނުކުރޭ އޭނާ ވެރިކަމުން ފައިބާން ޖެހިދާނެކަމަށް. އެހެންވެ، އެކަން އަދިވެސް ހަޖަމުނުކުރެވިގެން އެއުޅެނީ. އެކަމަކު މާތް ﷲ ގެ ތަގުދީރުގައި އޮތް ކަމެއް ވާނެ. އޭގައި އޮތީ 11 ނޮވެމްބަރު 2008 ގައި ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރާނީ ގަލޮޅު ކެނެރީގޭ މުޙައްމަދު ނަޝީދޭ. މިކަން މިއޮތީ މިމަގުން ވެފަ. ދެން ޑީއާރުޕީ މީހުން ދަތްބޯލަބޯލާ ހަމަ ތިބެން ޖެހޭނީ.
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:13/04/2009
ކަލޭނޭ އަންނި ރޯމާ ދުވާލު ދޮގެއް ހެދީމަ އެ ހެދީ ދޮގެކޭ ބުނެގެންތަ ހާޝިމު ތިހާ ވަރެއް ވެގެން ތިޔޮޅެނީ؟ އެބުނާހެން ދަގަ އަންނިއަށް އަޅުކަންކުރަންކުރަން.. ނާ އަންނި ދޮގު ހެދީމަ ދޮގެކޭ ވަސް ބުނެގެން ނެތް ވާކަށް.. ކިހާ ހެއްވާ ކަމެއް ތިޔާ އަޅެ؟ ދެން ހަމަ ޒުވާބުކޮށްފާނެ އަންނި ފަހަތުން އެހެން ޕާޓީތައް ދިޔައްޔޭ ކިޔައިގެން ވަސް، ބަލަގަ، އަންނި ވަސް އެހެން ޕާޓީތަކާ އެއްބައި ވިއްޔޭ ހަމަ އެހެން އެއްވަސް ގޮތެއް ނެތިގެން. މައުމޫނު ހޮވިދާނެތިން ބިރުން.. ކިހެނެއްތަ ތިޔާ ދިރާސާކުރީ؟
ދެން ތިޔާ ބުނާ އިބުތިހާލަކާ އެއްބައެއްވަންތަ ކަމާ އެއްޗެހި މައުމޫނު ކީމަ ކަމު ނުދާކަށް ބަލަގަ ދިވެހި ބަހޭ އެ ހަމަ، އަންނި ވަސް ދައްކަނީ ދިވެހިބަހުން، މައުމޫނު ވަސް ވާހަކަދައްކަނީ ދިވެހިބަހުން، ބާޒާރުމަތީގަ ފޯއްވިއްކަން އިންނަ ފަބިއަލި ވަސް ވާހަކަދައްކަނީ ދިވެހި ބަހުން. އަހަރެމެން ގޯތި ދޮށުގަ އެޔޮޅެ އަލިބެ ސިއްސައިގެން ދިޔާމަ ގޮވާ އެއްޗެއް އެ ގޮވަނީ ވަސް ދިވެހިބަހުން.. ހާދަހާޔޭ ދެން ގަމާރީދޯ؟
ގަޅިބެ ވިދާޅުވީ
ތާރީޚް:13/04/2009
ހެހެ..ހާސިމޫ ދޮގެއްވާނޫން.މިމީހުންމިއުޅެނީ މައުމޫނާ،ނަޝީދު އެއްވްރުކުރާނަމޭ ހިތާ ތަ؟މައުމޫނަކީ ދަންނަބޭކަލެއްގެ ލޭބަލުޖަހައިގެން މާމޮޅު އަދަބީ އުސްތާޒެއް ކަމަށް ދައްކައިގެން 30އަހަރު ބަހާ އަމަލާ ދިމާނުވާ ހެދުނު ހާދޮގެއްހަދައިގެން ވެރިކަން ކުރިމީހެއް.އްދި އަހަރެމެން ހަދާނެއްނުތޭ އެކަމެއް.ނަޝީދަކީ މިއާމުޅިން ހިލާފް އަދުލުވެރި ރީތި ހެޔޮ ވެރިކަމެއް ކުރަން އުޅޭ ވެރިއެއް،ނަޝީދުގެ 5 އަހަރު ނުނިމެނީސް ވައުދުނުފުއްދާ ވެރިއެކޭ ބުނުމަކީ ވަރަށް ހެއްވާ ކަމެއް.ފުދިފައިވާ ވައުދުތަށް ލޮލުކުރިމަތިން ފެންނަން އެބަހުރި، އަދިމިވީ 4 މަހެއްވަރު ވެރިކަންލިބުނުފަހުން، މިހާރުތިގޮވަނީ ވައުދެއް ނުފުއްދައޭ،ބަލަން ތިބޭ ގޮޅާ ތަށް މިވެރިކަން މައުނޫނުކުރިގޮތަކަށްނޫން ކުރާނީއެއް، ހިންދިރުވާލަ ދިރުވާލަތިބޭ ދެން.
އެންޓި އަންނި ވިދާޅުވީ
ތާރީޚް:13/04/2009
ހާޝިމް ހާދަ ވަރެއް އަރުވާލައިގެން ތިޔަ އުޅެނީ. އަންނިއަށް ގޮސް ހުސްވިޔަކަސްތީފުކެއްބޮޑުވަރު. އަންނި ހުޅުވާފަ ހުރިގިނަ އޮފީސް ތަކަކީ ހަމަ ނަމަކަށް ހުޅުވާފަ ހުރިތަންތަން. އެއީ ހަމަ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ކޮށްފަ ހުރި ކަމެއް. މިސާލަކަށް ބަލާ މިރަށުގައި ހުޅުވާފަ ހުރި އެޑިޔުކޭޝަން ޔުނިޓް، މިތަން ހުޅުވުމުގެ ބޭނުމަކީ މިޕްރޮވިންސްގެ މީހުންނަށް މާލެ ނުގޮސް ފަސޭހައިން ތަޢުލީމާއި ގުޅޭ ކަންތައްތައް ފޯރު ކޮށްދިނުން. ނަމަވެސް މިއަދާ ޖެހުނުއިރުވެސް މި ޔުނިޓަކަށް ސަރުކާރުގެ ބަޖެޓެއް ނުލިބޭ. މިހެންވެ މިޕްރޮވިންސްގެ ސްކޫލްތަކަށް މިތަނުން ލިބެންޖެހޭ ޚިދުމަތްތަކެއް ނުލިބޭ. އަޅެ މިއީ ދޮގެކޭ މޮޅިއްޔާ އެކަކުވެސް ބުނެބަލަ. ޙާއްޞަކޮށް ތި ދިރާސާ ކުރާ މޮޅު މީހާ ހާޝިމް މިއަށް ޖަވާބެއް ދީބަލަ. ކަލެޔަށް ވެސް އަންނި ހަދާ ކަހަލަ ދޮގު ހެދިދާނެ، އެކަމަކު މީ ހަގީގަތަކީ، އަންނިއަށް އެވީ ރީތިނަން ނަން ކިޔާފަ އޮފީސްތައް ހުޅުވެނިކޮށް. އެތަންތަނުގެ ހާލަތު ހުންނަ ގޮތަކީ މިއީ. މީދެން ކަންތައްހުންނަގޮތް.
މޫސާ މަނިކު ވިދާޅުވީ
ތާރީޚް:14/04/2009
މައުމޫނު ދެކެ އެއްބައި މީހުން މި ރުޅި އަންނަ ގޮތުން މަށަށް ހީވަނީ އެކަން ބައްޔަކަށް ވެދާނެހެން ހަމަ. މައުމޫނު ބޭނުންކުރާ ވޯރޑްސް ދެކެ ވެސް ރުޅިއަރަނީދޯ؟ މައުމޫނު ގުރުއާނުގެ އާޔަތްތައް ވެސް ކިޔައޭނުން؟ މައުމޫނު ވާހަކަދައްކާއިރު ހަމްދު ސޮލަވާތް ކިޔަނީ ވެސް އަރަބި ބަހުން.. އެހެން މީހުން އެބާ ވެސް ކިޔަނީ ދިވެހިން.. ހެޔޮވެރިކަން ކުރާގޮތަކީ އެޔޭނުން