Share

ކޯސްޓަލް ނެވިގޭޝަންގެ އިތުރު ކޯހެއް ކުޅުދުއްފުށީގައި ފަށައިފި

ކޯސްޓަލް ނެވިގޭޝަންގެ އިތުރު ކޯހެއް ކުޅުދުއްފުށީގައި ފަށައިފި
.
އިބްރާހިމް ހަމީދު

ސަރުކާރުން ފަށާފައިވާ ހުނަރު ޕުރޮގުރާމްގެ ދަށުން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ކޯސްޓަލް ނެވިގޭޝަންގެ އިތުރު ކޯހެއް މިއަދު ފަށައިފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ލެކްޗަރަރ މުހައްމަދު ޒައިދު ވިދާޅުވީ، މިފަހަރުގެ ކޯހަކީ ފުރަތަމަ ބުރުން ޖާގަ ނުލިބުނު ކުދިންނަށް އަމާޒު ކޮށްގެން ހިންގޭ ކޯހެއް ކަމަށާއި މިކޯހުގައި ބައިވެރިވި 17 ކުދިންގެ ތެރެއިން 2 ކުދިން ފިޔަވައި އެހެން ބައިވެރިންނަކީ ކުޅުދުއްފުށީގެ ކުދިން ކަމަށް ޒައިދު ވިދާޅުވި އެވެ.

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ހިންގާ ކޯސްޓަލް ނެވިގޭޝަން ކޯހަކީ ސެޓްފިކެޓް ލެވެލްގެ ކޯހެކެވެ. އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޯސް ނިންމާ ކުދިން ކަނޑު އުޅަނދު ދުއްވުމަށް ލައިސަންސް ނަގާއިރު ތިއަރީ ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް މެރިޓައިމް އެކަޑަމީން ބުނެއެވެ.

މިކޯހުގައި ކިޔަވައި ދެއްވާނީ މައިގަނޑު ހަތަރު މޮޑިއުލެއް ކަމަށް ޒައިދު ވިދާޅުވި އެވެ. މިހަތަރު މޮޑިއުލް އަކީ، ސޭފްޓީ، ނެވިގޭޝަން، ބްރިޖް ވޮޗް ކީޕިން އަދި ޖެނެރަލް ޝިޕް ނޮލެޖް އެވެ.

ކުޅުދުއްފުށީގައި ހުންނަ މެރިޓައިމް އެކަޑަމީގައި މިއަދު ހެނދުނު ބޭއްވިރަސްމިއްޔާތުގައި އެ އެކަޑަމީގެ ސީއީއޯ އާދިލް ރަޝީދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޚިޔާލު ފާޅުކުރައްވާ