އިބްރާހިމް ހަމީދު
ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ މެޓާރނިޓީ ވެއިޓިން ހޯމްގެ ބިންގާ އެޅިތާ 8 މަސް ދުވަސް ވެގެންދިޔައިރު ވެސް އެއްވެސް، މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ބުނެ ބައެއް ރައްޔިތުން ޝަކުވާ ކުރަން ފަށައިފި އެވެ.
ކަރިޓަސް އިޓާލިއާނާ ޕުރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީގައި މާބަނޑު މީހުންނަށް ހާއްސަކޮށް އެޅުމަށް ހަމަޖެހިފައިވާ މެޓާރނިޓީ ވެއިޓިން ހޯމްގެ މަސައްކަތް ކުރުމަށް ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ މަތިއުތުރު ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީހަސަން ޒިޔާދު ވިދާޅުވީ، ހުސްވި އަހަރު ގިނަ މަސައްކަތެއް ކުރެވިފައިވާ ކަމަށާއި އެއިމާރާތުގެ މަސައްކަތް ކުރައްވަނީ ސީދާ ހެލްތް މިނިސްޓްރީން ކުރައްވާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އަދި މަތިއުތުރު ގައުމީ އިދާރާގެ ދައުރަކީ އެކަންތައްތައް އިމްޕްލިމެންޓް ކުރުން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ހަސަން ޒިޔާދު ވިދާޅުވީ މިހާރު އޮތީ މެޓާނިޓީ ވެއިޓިން ހޯމް އިމާރާތްކުރަން ފެށުމުގެ އެންމެ ފަހު ސްޓޭޖްގައި ކަމަށާއި އެގޮތުން ފައިނަލް ޑިޒައިނާއި ބީއޯކިޔު އޮފީސް އޮފް ޕުރޮގްރާމްސް އެންޑް ޕުރޮޖެކްޓްސް (އޯޕީޕީ) އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް އޯޕީޕީ އިން އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ވަނީ ސީދާ ކުޅުދުއްފުށީ ކައުންސިލާއި އޯޕީޕީ ގުޅިގެން އަލުން އެއިމާރާތް ކުރުމަށް ބިން ބޮޑުކޮށްދެއްވާނެ ކަމަށް އަންގާ ސިޓީއެއް ކައުންސިލުން އޯޕީޕީއަށް ފޮނުވާފައި އެވެ.
ގައުމީ އިދާރާގެ ސްޓޭޓް ސެކްރަޓަރީ ހަސަން ޒިޔާދު ވިދާޅުވީ ކުރިން އެއިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިމުގެ ސައިޒު ކައުންސިލުން އިތުރުކޮށްފައިވާ ކަމަށާއި އަދި އޯޕީޕީން މަސައްކަތް ނިމުނުހާ އަވަހަކަށް އިމާރާތުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
“މީގެ ކުރިން އަޅުގަނޑުމެން އެއިމާރާތް ކުރުމަށް ދޫކޮށްފައި ވާނީ 3000 އަކަފޫޓްގެ ބިމެއް. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަށް ކައުންސިލުން ސިޓިއަކުންް އަންގަވާފައި އެބައޮތް މެޓަރނިޓީ ވެއިޓިން ހޯމް އިމާރާތް ކުރުމަށް 60 ފޫޓާއި 120 ފޫޓް (7200 އަކަފޫޓް) ބިމެއް ދޭގޮތަށް ނިންމާފައިވާ ކަމަށް. އޯޕީޕީގައި އެއިމާރާތުގެ މަސައްކަތް އޮތީ” ހަސަން ޒިޔާދު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހުޅަނގަށް އޮންނަ ބިމުގައި 2011 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު މާބަނޑު އަންހެނުނަށް ހާއްސަކޮށްގެން އިމާރާތްކުރާ މެޓާރނިޓީ ވެއިޓިންގ ހޯމްގެ ބިންގާ އަޅުވައިދެއްވީ ހެލްތް މިނިސްޓަރ ޑރ އާމިނަތު ޖަމީލާއެވެ.
ހެލްތުމިނިސްޓަރު އެއިމާރާތުގައި ބިންގާ އަޅުއްވައި ދެއްވުމަށްފަހު ވިދާޅުވީ ކުޅުދުއްފުށީގައި އިމާރާތްކުރާ މެޓާރނިޓީ ވެއިޓިން ހޯމަކީ މާބަނޑުވުމާއި އަދި ވިހެއުމާ ގުޅިގެން އެފަދަ ފަރާތްތަށް ކުޅުދުއްފުށީގައި މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ތައްޔާރުކުރެވޭ އިމާރާތެއް ކަމަށާއި އެތަނުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެޕުރޮޖެކްޓުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓަރ އައިމިނަތު ޖަމީލާ ވަނީ ވިދާޅުވެފައެވެ.

އިބުރާހީމް ވިދާޅުވީ
ތާރީޚް:26/01/2012
ހައްތަހާވެސް ސްޓަންޓްަ… އޭ.ސީގެ ހޯލުވެސް ބިންގާ އެޅިތާ އަހަރަކަށްވުރެ ގިނަވީ… ކޮންޓްރެކްޓްގަ ސޮއިކޮށް 24 ޖެނުއަރީގަ ބިމާ ހަވާލުވާން އަންނާނެކަމަށްވެސް މިނޫހުން މަޢުލޫމާތު ލިބުނު… ހަވާލުވީ ކޮންތަނަކާ ބާ؟ ހޮސްޕިޓަލުގެ މެޓާނިޓީ ހޯމް ވެސް އިންވިސިބަލް ވީކަމަށް ވާނީ!
faizaan ވިދާޅުވީ
ތާރީޚް:26/01/2012
ތިޔަހެނެއް ނުކިޔޭނެ
އަހުމަދު ވިދާޅުވީ
ތާރީޚް:26/01/2012
އަދިވެސް މިރަށުގައި މިއުޅޭ އެމްޑީޕީގެ ޒުވާން ކުދިންކޮޅަށް ހީވަނީ ލައްކައެކޭ. ބަލަ އަހަރެމެން އަދި ކޮއްކޮމެންނަށް ވުރެ ސަރުކާރުގެ މާއެތެރެ އެނގެޔޭ. އަހަރެމެންނަށް އެނގެޔޭ ރައީސް އޮފީހުގެ ތެރޭގައި ދުވާލު ދެއިރު ދެދަޅައަށް ތިޔަ ޕްލޭންތަކެއް ބަދަލުވާކަން. ށ. މިލަންދޫގައި ވެސް ބައި އިލެކްޝަނާ ދިމާކޮށް ޖެއްސި ސްޓަންޓް ތައް ވަރަށް ރަނގަޅަށް އެނގެޔޭ. އެކަމަކު ކަލޭމެން ތިތިބެނީ ހަމަ މި “އޯގާތެރި” ސަރުކާރާ މެދު ހޭބަލިވެފައި.
އިބުރާހީމް ވިދާޅުވީ
ތާރީޚް:26/01/2012
މިކަމުގައު ޤަފޫރުގެ ބަހެއް ބޭނުން ….
އަބްދުލްގަފޫރް(އެމް ޕީ) ވިދާޅުވީ
ތާރީޚް:27/01/2012
ހުރިހާބޭފުޅުންގެ ވިސްނުމައްވެސް އިހްތިރާމްކުރަންޖެހޭ.އޭ އީ ސީ ގެ ހޯލުގެ ކޮންޓްރެކްޓްގައި ވަނީ ސޮއިކުރެވިފައި އަދި ޒުވާނުންގެ މަރުކަޒުގެ ކޮންޓްރެކްޓްގައިވެސް ވަނީ ސޮއިކުރެވިފައި .މިދެތަންހެދުމުގެ އެއްބަސްވުމުގައި ސޮއިކޮއްފައިވަނީ އެއްކުންފުންޏަކާ .މަސައްކަތާހަވާލްވިފަރާތުން މިމަހުގެ 24ވަނަދުވަހު ބިމާ ހަވާލްވެ ވީހާ އަވަހަކައް މަސައްކަތް ފަށާނެކަމުގެ ޔަގީންކަންވަނީ ދެއްވާފައި.
ބިންގާ އެޅިތާ 8މަސްދުވަސްވީ އިރުވެސް މެޓާރނެޓީ ވެއިޓިނގް ހޯމް ގެ މަސައްކަތް ފެށިފައިނެތްކަން ގަބޫލް ކުރަންޖެހޭ މިމަސައްކަތް ލަސްވަމުންދާތީ އަޅުގަނޑު ކަމާބެހޭފަރާތްތަކާ ބައްދަޅުކޮއް މައުލޫމާތު ސާފްކުރުމުން އެގުނީ ކުރެހުމުގައި މައްސަލަތަކެއް އުޅޭތީ ލަސްވަމުންދަނީކަމައް.އަޅުގަނޑު ކަމާބެހޭބޭފުޅުންނާ މަސްވަރާކުރުމައްފަހު ކުރެހުމަށްބޭނުންވާ ބަދަލުތަށް ގެނައުމަށްފަހު މިހާރުވާނީ އެކަންކަން ހައްލުކުރެވިފައި އަލުގަނޑު ގަބޫލްކުރާގޮތުގައި ފެބްރުއަރީ 15ގެ ކުރިން އިމާރާތްކުރުމަށްޓަކާ ބިޑައް ހުލުވާލެވޭނެ.މަސައްކަތްތައްލަސްވުމުގައި އިހްމާލްވާފަރާތްތަކެއްވޭ އެކަން އަޅުގަނޑުވެސް ގަބޫލްކުރަން އެހެންނަމަވެސް މިއިމާރާތްވެސް ކުރެވޭނެ.އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންބޭނުންވާކަންކަން އަވަހައް ކުރުމުގެ ރޫހުގައި އަޅުގަނޑަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ތިޔަބޭފުޅުން ހޮއްވަވާފައިވާ އެއްމެމްބަރ އަދި މިސަރުކާރުން އަޅުގަނޑުގެދާއިރާގައި ކުރުމައްނިންމާފައިވާ މަސައްކަތްތަށް ހަމަޖެހިފައިވާ އުސޫލުން ކުރެވެމުންދޭތޯބަލާ ނުދާނަމަ އެކަންކުރެވޭނެގޮތްތަށް ހޯދާ އެކަންކަން ކުރުވުމަކީ އަޅުގަނޑުވެސް މިއަދު ކުރަންޖެހޭނެކަމެށް ބައެއްބޭފުޅުން ހިތްހަމަނުޖެހުނުކަމުގައިވިޔަސް އަލުގަންޑު އެކަންކުރާނަން.ކުރީ ދުވަހެއްގަ ކޮންމެވެސް ބޭފުލަކު ލިއުއްވާފައިވޭ ލައިބްރަރީއެއް ބޭނުންވާކަމަށް އެކަމަކީ ވަރައްބޭނުންތެރިކަމައް.ހޮސްޕިޓަލްގެ ފެންވަރު ވީހާއަވަހަކައް ރަގަޅުކޮއްދެވޭތޯ ސަރުކާރުން ވަރައްބޮޑައް މަސައްކަތް ކުރައްވަމުން އެބަގެންދަވާ .އެސް ޓީ އޯ ގެ ބޭސް ފިހާރަ ނުނިމުނުކަމުގައި ވީނަމަވެސް ވިހާ އަވަހަކައް އެސް ޓީ އޯ ގެ ބޭސްފިހާރައެއް ހުޅުވޭތޯ އެބަމަސައްކަތް ތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާ މިއީ ރައްޔިތުންނަށްޓަކާ ހެޔޮ ނިޔަތުގާ އިހްލާސްތެރިކަމާ އެކު މިސަރުކާރުން ކުރަމުން ގެންދަވާ އިހްލާސްތެރި މަސައްކަތްތަކެއް.މިއަހަރުގެ ތެރޭގައި ގިނަމަސައްކަތް ތަކެއް ކުރެވިގެންދާނެ .ސަރުކާރުން ކުޅުދުއްފުއްޓަށް އަދުލުވެރި އިސްކަމެއްދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތައް ޝުކުރުދަންނަވަން
އަހުމަދު ވިދާޅުވީ
ތާރީޚް:27/01/2012
ގަފޫރު ކުޅުދުއްފުށީގެ ތަރައްޤީ އަށްޓަކައި ކުރައްވާ މަސައްކަތަށް ޝުކުރުވެރިވަން. އެކަމަކު އެމްޑީޕީގެ ގުންޑާ ވިސްނުން އެއްކިބާކޮށް ދިވެހި ޖުމުހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތް ކުރުމުގައިވެސް އެއްވެސް ބަހަނާ އެއް އުޒުރެއް ދެއްކުމެއްނެތި މަސައްކަތް ކުރުމަށް ގޮވާލަން.
ޝުޖާޢު ވިދާޅުވީ
ތާރީޚް:31/01/2012
ޣަފޫރުގެ ދާއިރާވީމާ، އަހަރެމެންނަށް ލިބެން އަންނަ އެތިކޮޅުވެސް ތިޔަ ކަހާލަނީ ކުޅުދުއްފުއްޓަށް. ދިއްދޫ އުތުރުފަރާތުން ބިންބޮޑޮކުރަމަށް ބިން ހިއްކަން އޮތް ބަޖެޓު، ސަމީރުވެސް މަސައްކަތްކޮށްކޮށް ހުއްޓައި، (ޕާޓީއަށް ގިނަމެންބަރުން ލިބޭނޭ) ކިޔައިގެން އެބައި ވެސް އަތުލީ…. ދެން ރަނގަޅު. އެހެން މީހުންގެ ހައްގުތައް ފެލައިލައިގެންވެސް ތިމާމެންގެ ހައގު ހޯދާތި..
ޣަފޫރަށް ވަރަށް ވެދުން…!