ރޭ ޓީވީއެމުން ދެއްކި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ ބަޙުޘް ބަލަން ވެގެން އަޅުގަނޑު ތައްޔާރުވަމުން އައީ މީން ޒަމާނަކު ޓީވީ ޕްރޮގްރާމެއް ބަލަން ތައްޔާރުނުވާ ވަރަކަށެވެ. ޕްރޮގްރާމް ބަލަން އިށީނުމުގެ ކުރިން ވެސް ހިތަށް އެރި ވާހަކަތަކެއް ހުއްޓެވެ.
ދިވެހި ރާއްޖޭގެ ތާރީޚްގައި ވެސް މިއީ، ކުޅުދުއްފުއްޓަށް ޚާއްޞަކުރެވިގެން ގޮނޑިއެއް، ނުވަތަ ދެ ގޮނޑި ރައްޔިތުން މަޖިލީހުގައި ބެހެއްޓޭ ފުރަތަމަ ފަހަރު ވިއްޔާއެވެ. ވީމާ މި ތާރީޚީ ފުރުޞަތު ކުޅުދުއްފުށީ ރައްޔިތަކަށް ލިބުމަށް އެދި ހިތުގައި އުފެދުނު މާނައިންފުރިގެންވީ ޝުޢޫރުތަކެވެ.
މި ޝުޢޫރުތައް މިހެން ހުރެމެ، ސިކުނޑީގައި ކޮއްޓާ އެހެން ފިކުރުތަކެއް ވެސް ހުއްޓެވެ. އެއީ، މިކަމުގައި ރަށު ތަޢައްޞުބު ވުމަށް ވުރެން ރަނގަޅީ ރަށަށް ފައިދާހުރި ގޮތެއް ކަނޑައެޅުމެވެ. ރަށުން އެކަމަށް ލާއިޤް މީހަކު ކުރިމަތި ނުލާ ނަމަ، އެކަމަށް އެންމެ ލާއިޤް އެހެން މީހަކު ހޮވުމަކީ ވެސް ނެތްކަމެއް ނޫންތޯއެވެ؟
މިކަހަލަ ކަންކަމުގައި ތަޖުރިބާ ހުރި ރަށު މީހަކު އެބަހަރިބާއެވެ؟ ދެން އެތިއްބެވީ، ޢިލްމާއި ތަޖްރިބާއާއި ނުފޫޒަށް ބެއްޔަސް، ރަށު މީހުންނަށް ވުރެ ކުރީގައި އުޅޭބައެއް ނޫންތޯއެވެ؟
މިކަހަލަ އެތައް ބައިވަރު މަސްހުނި ޚިޔާލުތަކެއްގައި އިނދެ ޕްރޮގްރާމް ބަލަން އިއްތީމެވެ. އެކަކީ ސިޔާސީ ދާއިރާގައި ތަޖްރިބާހުރި، ޤާނޫނީ ރޮނގުން ޑިގްރީ އޮތް، މުޅި ރާއްޖެއިން ހޮވާލެވޭ ވަރު މޮޅު ވާހަކަދެއްކުންތެރިއެކެވެ. ދެން އެހުންނެވީ، އެތައް ސަނަދެއް ނަންގަވައިގެން ހުންނެވި މަޝްހޫރު ޤާނޫނީ ވަކީލެކެވެ. އެޔާ ޖެހިގެން، ދެން އެ ހުންނެވީ ނުހަނު ކާރުސާނާކަން ހުރި ވިޔަފާރިއެއް ހިންގަވާ ބޮޑު މުއްސަންޖެކެވެ.
އެހެންނަމަވެސް ދަންނަވަންތޯއެވެ؟ ކުޅުދުއްފުށީ މަތިފުށުން ވަޑައިގެން ތިއްބެވި ބޭފުޅުން ރޭގެ ބަޙުޘްގައި ދެއްކެވީ އަޅުގަނޑު ހީވެސް ނުކުރާފަދަ ޤާބިލްކަމެކެވެ. އެހެންކަމުން މި ބޭފުޅުންނަށް ހަމަ އައްސަރިބަހާއި ސާބަސް ޙައްޤެވެ.
މިހެން ދެންނެވީމާ، ރަށުމީހުންނާ މެދު މީއްޗަކު މި ދެކެނީ ހާދަ ވާ އެހެންކަހަލަ ގޮތަކަށޭ ހީނުކުރައްވާށެވެ. ހަގީގަތުގައި ދެން އެތިއްބެވި ބޭފުޅުންނަކީ މުޅި ރާއްޖޭގައި “ބޮޑުގުޅަ” ބައެކެވެ. ރަށުން ނިކުންނެވި ބޭފުޅުންނަކީ މިކަހަލަ ދާއިރާއަކުން ކުރިން ފެނިފައި ނެތް ބައެއްކަމުން، މިކަމުގައި އަޅުގަނޑަށް އެބޭފުޅުންގެ ފުށުން މާ ވަރުތަކެއް ފެނިގެންދާނެކަމަށް ބެލެވިފައި ނެތީއެވެ. އެހެންކަމުން، ބަނޑޭރިގަނޑު އެއީ ފޮތުގެ މޮޅުކަން ދޭހަކޮށްދޭ އެއްޗެއް ނޫންކަން އެއީ ޙަޤީޤަތެކެވެ.
ރަޝާދަކީ އަޅުގަނޑު ހިތުން ރަށުގައި ވަރަށް އިވޭ ނަމެކެވެ. އަޅުގަނޑު ކުޑައިރުން ސުރެ ވެސް، ބައްޕަމެން ބޮޑުބޭބެމެން މާ ގިނައެއްކޮށް، ކޮންމެވެސް ‘ރަސާދެއް’ ގެ ވާހަކަ ކިޔާތީ އިވެނީ އެއީ ވަރަށް މުހިއްމު މީހެއްކަން ދޭހަވާ ދަރަޖައަށެވެ.
ދެން އެހުންނެވި އެމްޑީޕީގެ ކެނޑިޑޭޓަކީ ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫން ދެއްތޯއެވެ؟ މިހާރު މި ބޭއްވޭ ދާއިރާ ބަޙުޘްތަކާއި، އަދި ރޭގެ ބަޙުޘް ބެލި މީހަކު ވިއްޔާ ގަބޫލުކުރާނެ ފަދައިން، އޭނާއަކީ ވާހަކަ ނުދެއްކޭ މީހެއް ނޫނެވެ. އަދި ރާއްޖޭގައި ފެށުނު ސިޔާސީ އިޞްލާޙީ ޙަރަކާތްތަކުގައި ވަރަށް ޖޯޝާއި ފޯރީގައި ޙަރަކާތްތެރިވި އެއްބޭފުޅެކެވެ. އާދަމް ވަހީދެވެ.
އިރުދޭމާގޭ ޢަބްދު ﷲ ޢަލީ އަކީ އޭނާ ވިދާޅުވި ފަދައިން، ރަށު އިސްކޫލުގައި ނަންހިނގާލި ދަރިވަރެކެވެ. އޭގެ ފަހުން އޭނާ މަޖީދިއްޔާގައި ތަޢުލީމު ޙާޞިލްކުރެއްވި ދުވަސްވަރު، ޓީވީން ދެއްކި ސްކޫލުކުދިންގެ ޕްރޮގްރާމެއްގައި، މަޖީދިއްޔާ ތަމްޘީލްކުރި ދަރިވަރުންގެ ތެރޭގައި ހިމެނުނުކަން އަޅުގަނޑުގެ ހަނދާން އެބަ ބުނެއެވެ. ޕްރޮގްރާމްގެ ނަމަކީ އަޅުގަނޑު ހަނދާންވާގޮތުން “އުދަރެސް” އެވެ. ޔަގީނެއް ނޫނެވެ. އޭގެ އިތުރުން، ވާހަކަދެއްކުންތެރިކަން އޭނާގެ ކިބައިގައި ހަމަ ރަނގަޅަށް އެބަހައްޓެވެ.
ކޮންމެއަކަސް، ޢަބްދު ﷲ ޢަލީމެން ހދ އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުން ދިޔަ ދުވަސްވަރު، ހަމަ އެ އިސްކޫލު ގްރޭޑް 1 ގައި އަޅުގަނޑާ އެކު ވަރަށް ރަޙްމަތްތެރި މިޒާޖެއްގެ ކުއްޖަކު އުޅުނެވެ. އެއީ ކަނޑޫދޫގޭ ޢަލީ މުޙައްމަދެވެ. އަޅުގަނޑުގެ ރައްޓެއްސެކެވެ.
ރޭގެ ޕްރޮގްރާމްގައި ޢަލީ ހުއްޓާ ފެނުމުން، ހިތަށް އެރީ މީނާ ކިހާވަރަކުން ދާނެބާއެވެ؟ ކްލާސްމޭޓެކޭ ކިޔައިގެން އެތާ އިނދެ ފޮނި ވެސް ކަނޑަން ފެށީމެވެ. ހަގީގަތުގައި ޢަލީ ދެއްކި ވާހަކަތަކުން ސާބިތުވީ އޭނާ އަކީ އެކަމަށް ވަރަށް ޤާބިލް ޒުވާނެއްކަމެވެ. ވާހަކަދެއްކުންތެރިކަން ވެސް އެބަހައްޓެވެ. މާޙައުލުން، އޭނާގެ ވުޖޫދު އިޙްސާސްކުރެވެއެވެ. ހައިބަތަކާއި ޝަޚްޞިއްޔަތެއްވެސް ހުއްޓެވެ. ވީމާ އަޅުގަނޑު ޢަލީއަށް ވޯޓުލިޔަސް ލާނީ އެއީ ރައްޓެއްސަކަށް ވީތީ ދޭ ވޯޓެއް ނޫންކަމުގެ ހިތްހަމަޖެހުމާއެކީއެވެ.
އަޅުގަނޑަކީ އުތުރު ދާއިރާ މީހަކަށްވީ އިރު، މިއިން އެކަކަށް ވެސް ވޯޓުލެވޭކަށް ނުމެ ނެތްމެއެވެ. އެހެންނަމަވެސް، ހިތް އޮތީ މިދެންނެވި ހަތަރު ބޭފުޅުންނާއެކީއެވެ. އަމުދުން މިއިން ބޭފުޅެއްގެ ފަސްބައި ހަޑިވެފައިވާކަމެއް އެނގޭކަށް ނެތެވެ.
ވީމާ މި ތާރީޚީ ފުރުޞަތު ކުޅުދުއްފުށީ ޒުވާނަކަށް ނުދޭންވީ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ. އަދިކިޔެއްތޯއެވެ. އަޅުގަނޑުގެ ނަޒަރުގައި އެއިން ބޭފުޅަކު ހޮވިއްޖެ ނަމަ ރަށަށް ވަރަށް ބޮޑު މަޢުނަވީ ފައިދާތަކެއް ކުރާނެއެވެ. އެއިރުން ކުޅުދުއްފުށީގައި ސިޔާސީ ލީޑަރުން އުފެއްދުމުގެ ފަށަން ބާއްވާލެވުނީއެވެ. އަދި އެއީ ސިޔާސީ މައިދާނަށް ނިކުންނަން ތިބި އެހެން ޒުވާނުންނަށް ލިބޭ ހިތްވަރަކަށް ވެސް ވާނެއެވެ.
އަޅުގަނޑުގެ މި ލިޔުމަކީ ރަށުން ބޭރު ކެނޑިޑޭޓުންނަށް ނެގެޓިވްވާ ގޮތަށް އެއްޗެއްހިތަކެއް ލިޔުމެއް ނޫނެވެ. ގޮނޑިއަކީ ސީދާ ކުޅުދުއްފުއްޓަށް ޚާއްޞަ ގޮނޑިއަކަށް ވެފައި، ކުޅުދުއްފުށިން އެކަމަށް ކަމަރުބަނދެލައިގެން ނުހަނު ހިތްވަރާއެކު ނިކުންނެވި ބޭފުޅުންނަކީ އެކަމަށް ޤާބިލް ބައެއްކަން ސާބިތުކޮށްދީފި ހިނދު، ކުޅުދުއްފުށްޓަށް އުފަންވެ، ކުޅުދުއްފުށީގައި މަސްވަޅުރުކެއް ހުރި، ކުޅުދުއްފުށީ މޫދަށްއެރި، ކުޅުދުއްފުށީ އަވިން ކަޅުވެ، ކުޅުދުއްފުށީ އާބުހަވާއިން ކުލަޖެހިފައިތިބި ޝަޚްޞިއްޔަތުން ދިވެހި ސިޔާސީ މައިދާނުން ފެންނަންވެއްޖެކަމީ މިހާރު ދެން ޒަރޫރީ ކަމަކަށް ވެއްޖޭ ހީވާލެއް ބޮޑުކަމުން މިހެން ލިޔެވުނީއެވެ.



ވަސީމު ވިދާޅުވީ
ތާރީޚް:24/04/2009
ކާކުތަ އެތަނުން އެންމެ ފައްކަލީ؟
ރަށު ލޯބިން މަސްތުވެފައިވާ ޒުވާނާ ވިދާޅުވީ
ތާރީޚް:24/04/2009
އާނ، ތިޔަބުނާ ޕުރޮގުރާމު ބަލާފަ މަ މި ތެޅެނީ ތިޔަހެން ކިޔާނީ ކިހިނެއް ކަމެއް ނޭނގިގެން، ތިޔަ ކިޔަނީ ހަމަ މަގޭ ހިތުގައި ހުރި އެއްޗެހި، ވިއްޔާ ވާނީ އެޔަށް ވުރެ މަދު، ކަލޭދޯ ހާދަހާ ފައްކަލޭ، އަހަރެމެންނަކަށް ދޯ ނޭނގެންޏާ ތިޔަހެން ހިތަށް އަރާހާ އެއްޗެއް ބަޔާންކުރާކަށް، އާނ، ރަށޫގެ ކެރޭ ގާބިލު ޒުވާނުން ތިއްބާ ދެން ކޮންމެހެން އެހެން މީހަކު މި ގޮޑިއަށް ލާނެ ކަމެއް ނެތް، ނަސީދަކީ ރަނގަޅު މީހެއް ވިއްޔާ އޭނަ އެ ގޮނޑިއަށް ނުހޮވިޔަސް އަހަރެމެންނަށް ވެވެން އޮތް އެހީއެއް ވާނެ، ނުބައި މީހެއް ވިއްޔާ ކޮންމެހެން އެގޮނޑިއަށް ލާނެވެސް ކަމެއް ނެތް، ގޮނޑި ދޭންވާނީ ރަށުގައި މިތިބަ ގާބިލު ޒުވާނުންނަށް މައްސލަ ނިމުނީ ރަށު މީހަކަށް ނޫނީ ވޯޓު ނުލާތި، އަނެއްކާ އެތިއްބެވީ ވެސް ޒުވާނުން މަ ހާދަހާ އުފާޥިޔޭ ރޭގަ.
ކުއްޖަމެނޭ ވިދާޅުވީ
ތާރީޚް:24/04/2009
ބަލަ ތިޔައިނަ ފެންނަ ފޮޓޯ ފޮއްޓަށް އެ ބަހުސްގަނޑު ލަގަ ދެން،
ސިކަންދަރުން މުދާބާލަން ނުދާ ސޮރަކު ވިދާޅުވީ
ތާރީޚް:24/04/2009
އެބުނާހެން މަވެސް ވެއްޖޭ އެ ބަލާލަން، ދޮންމަނިކުމެނޭ އެ ބަހސުގަނޑު ފެންނާނެ ގޮތެއް ހަދައިދީބަލަ، ކުޅުދުއްފުށި ރައްޔިތުންގެ ތަރައްޤީއަށް ނަށީދު ވެސް ލޯބިކުރައްވަންޏާ، ކުޅުދުއްފުށި ޤާބިލު ޒުވާނަކަށް ތާއީދުކުރައްވާ!
ވަކީދު ވިދާޅުވީ
ތާރީޚް:24/04/2009
އެވީޑިއޯ ކޮޅު ރިކޯޑު ކޮށްފަ އެއްވެސް ކުއްޖަކު އޮތިއްޔާ އަވަހަށް ޔޫޓިއުބަށް އަޕްލޯޑްކޮށްލާފަ މިތަނުގަ ހަބަރު ވެލަބަލަ. އޭރުން ސައިޓު ކުދިން އެ ތަސްވީރު ފޮށްޓަށް ލައިދޭނެ ހެންހީވަނީ.
މަރިޔަނބު ދައިތަ ވިދާޅުވީ
ތާރީޚް:24/04/2009
އަހަން މަބުނަން.. މިރަށުގަ ދޯ ނަހައްދަވަންޏާ އެ ވީޑިޔޯ ކޮޅު ބެލިކަމަށްވީ މީހެއް ކައްޓަލައެއް ނުފަޅާނެ؟ ދެން އެވަސް ވީ މިޔޮޅެ ތަނުން ވައިކަރޫ ކުއްޖަކު ޔޫޓިޔުބަށް ލައިފަ ކަލެމެނަށް ދައްކަން.. ކިހާ ވަރުގަދަ ކަމެއް މިދެން؟ އާނ އަދި އެބޮތް އުތުރު ދާއިރާ ބަހުސް.. ހަނދާންކޮށް ބަލާތި.. އެ އޮންނާނެ އަށާވީހުގައޔޭ ކިޔާ އަޑު އެހިން..
ޢީސަ ވިދާޅުވީ
ތާރީޚް:24/04/2009
އެރޭ ވާހަކަ ދެއްކިތަނުން މަ ދަންނަނީ ކުއްޓި ނަޝީދު. އޭނައަކީ އޭނާގެ އަމިއްލަ ބްލޮގްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުރި މީހެއް. ދިވެހި ރާއްޖޭގައި ކޮންމެ ދީނަކަށް ފުރުސަތު ދިނުން ފަދަ ހައްދު ފަހަނައަޅާފައިވާ ވިސްނުންތައް މިފަދަ ސެކިލަރިސްޓުން ގެންގުޅޭނެ ކަމީ މަ ޝައްކު ކުރާ ކަމެއް ނޫން. ހީވަނީ މީނަ މިރަށު ދެކުނު ދާއިރާއަށް ކުރިމަތިލީ ވަރަށް ވިސްނާފަހެން. ފަހަރެއްގައި އެ ހިސާބުގަނޑުން މިދިޔަ ރިޔާސީ އިންތިޚާބުގައި މައުމޫނަށް ބޮޑު ތާއިދެއް އޮތީމަ، މީނައަށް ވޯޓު ލިބޭނެ ކަމަށް ހީކޮށް ކަންނޭނގެ. ކުޅުދުއްފުށީ ރައްޔިތުންނަކީ ދީނަށް ލޯބިކުރާ ގަމާރު ނޫން ބައެއްކަން މީނާއަށް ސާބިތުކޮށްދެއްވަވާ!
tq ވިދާޅުވީ
ތާރީޚް:24/04/2009
ފަސްބައި ރީތި މީހުން ވަރަށް ރަނގަޅަށް އެނގުން އެރޭ. ތިޔަބުނާ ކަނޑޫދޫ އަލީ ފަސްބައި ވަރަށް ރީތި. ކިޔެވީ ހދ. އޭއީސީން. އެކަމަކު ސދްކޫލުން ކަނޑާލީ. އަނެއްކޮޅުން އޭނަ ދެއްކި ހުރިހާ ވާހަކައެއް ދެއްކީ ލިޔެފަ އޮތް ކަރުދާސް ގަނޑަކަށް ބަލައިގެން. އެވަރު މީހަކު މަޖުލީހުގަ ވާހަކަ ދައްކާނީ ކިހެނެތް. ދެން ތިޔަބުނާ އަބްދުﷲ އަލީ އޭނައަށް ވާހަކަ ދެއްކޭ ކަމަށް މަވެސް ގަބޫލުކުރަން. އެކަމަކު އޭނަ މިރަށު އަތޮޅުވެރިޔާގެ އެހީތެރިޔަކަށް ހުރިއިރު ރަށަށް އެއްވެސް ފައިދާ ހުރިކަމެއް ކޮށްދިންތަ؟ ވީއިރު އޭނަ ހޮވުނަސް އިތުރު ހެޔޮބަދަލެއް އަންނާނެކަމަކަށް ނުފެނޭ، ދެންތިޔަބުނާ ރަސާދާއި އާދަމް ވަހީދު. އެމީހުންނަށް ކުރާސުވާލަށް ރަނގަޅަށް ޖަވާބުދޭންވެސް ނޭނގޭ. އާދަމްވަދު ދައްކަކަނީ އަބަދުވެސް ޗަކަބިމެއްގެ ވާހަކަ. ތައާރަފް ގަވެސް ޗަކަބިމުގެވާހަކަ. ރަސާދު ހީވަނީ ގަދަކަމުން އެތާ ގެނެސް ބަހައްޓާފަހުރި ބުދެއްހެން. ބަހުރުވަ އެހާ ހުތުރު. މަށެޢް ހަމަ ގައިމުވެސް އައިން މީހަކަށް ވޯޓެއް ނުލާނޏް. އެމީީހުންގެ ފަސްބައި މާބޮޑަށްވެސް ރީތިވީމަ މަށަކަށް ނުކެރޭނެ އެއިން މީހަކަށް ވޯޓްލާކަށް. އަނެއްކާ ފަސްބައިގައި ކިލާކޮޅެއް ޖެހިދާނެ.
މާގަދަ ވިދާޅުވީ
ތާރީޚް:24/04/2009
ހެޔޮނުވާނެ! ރަށުމީހެކޭ ކިޔާފަ ތާކުންތާކު ނުޖެހޭ ގަމާރަކަށް ވޯޓު ވިއްކާ ނުލާތި. ވޯޓު ލުމުގެ ކުރިން ރަނގަޅަށް ވިސަނަވާ. އެއީ އެ ބަހުސް ބޭއްވުމުގެ ބޭނުމަކީ. ބަހުސް ބެލީމީހަކަށް ވިއްޔާ އެނގޭނެ ކަމަށް ގާބިލު މީހުން. ކަލޭމެންވެސް އަނގައަރުވަން ތިބެނީވިއްޔާ! އެކަހަލަ ބަހުސެއް ވެސް ބަލާކަށް ނުކެރޭނެ. އުތުރު ދާއިރާގެ ބަހުސް އޮންނާނެ 4 މޭ ވާ ހޯމަ ދުވަހު 4:30 ގައި. ކޮންމެހެންވެސް ބަލާތި
ދެކުނުދާއިރާ މީހަކު ވިދާޅުވީ
ތާރީޚް:24/04/2009
އަދިއަކުނެތަ ދެކުނުދާއިރާޔަކުން އެގޮނޑީގައި ބައިންދަންކަމުދާކަހަލަމީހަކު އެވަރުމީހަކުއައިދުވަހަކުން އެމީހަކު ބައިނދަންތިބޭ މަރުހެޔޮނުވާނެ އެ އާދަމް ވަހީދަކާ އެރަޝާދަކު އެތަނައްވައްދަން ނަޖީބަކަށްވެސް ވާހަކަދެއްކޭތަފަހެ؟ އަބްދުﷲ މުޙައްމަދެކޯ އަލީމުޙައްމަދުވެސް ހަމައެކަހަލަގޮތެއްދޯ ކިރިޔާވެސް އެ އަބްދުﷲ އަލީ ދޯހުރީރަށުމީހަކަށްވެސް ދެންހުރީ ނަޝީދު އެއީ މުޅި މަޖިލިސް އެއްކޮޅައްޖެހިފް އަނެއްކޮޅުގައި އޭނަ އެކަނިހުއްޓަސް ބަލިނުކުރެވޭނެވަރުގެ މީހެއްނޫން (މިބުނީ ވާހަކަދެއްކުމުގައި)
އަހްމަދު މުހަންމަދު ވިދާޅުވީ
ތާރީޚް:24/04/2009
ބަހުސްގައި މަށަށްވެސް ފާހަގަކުރެވުނީ، ތިންނަމެއް. އެއީ، 1. ޢަލީ މުހަންމަދު، 2. ޢަބްދުﷲ ޢަލީ، 3 އާދަމް ޥަޙީދު ޢަލީ
މި ތިން މީހުންނަކީވެސް ކުޅުދުއްފުށީ ރައްޔިތުން އެމީހުންނަށް ފުރުސަތު ދެއްވައިފިނަމަ، ވަރަށް ކުޅަދާނަ، ސިޔާސީ މީހުންނަށް ވުމުގެ ގާބިލްކަން ހުރި ތިންމީހުން ކަން މަށަށް، ބަހުސް ބަލަމުން ދިޔައިރު ޔަގީންވި.
މަހުޖަނު، އަބްދުﷲ މުހަންމަދު ބުނީ އޭނަ ކުރިމަތިލީ، މިރަށުގެ (ވަކި) ބަޔަކު އެކަން ކުރުމަށް، އެދުނީމާކަމަށް! ވީމާ އޭނާގެ އިޚްލާސްތެރިކަން ހުންނާނެ ގޮތާމެދު އަހަރެންގެ ހިތުގައި ސްވާލު އުފެދުނު. ދެން ހުރީ، މުހަންމަދު ނަޝީދު.
ގާބިލް ތިން ޒުވާނުން ނަށް ޗާންސް ނުދީ ނަޝީދަށް ޗާންސް ދީފިނަމަ އެވާނީ ހެދޭ ގޯހަކަށް.
މާއެނގޭ ވިދާޅުވީ
ތާރީޚް:24/04/2009
ރަށުމީހުނަށް ޗާންސް ދިނީމަ ނިމުނީތަ؟ ހެޔޮ ކުފޫ ހަމަ ނުވިޔަސް! ސާބަސް ހަމަ ކަލޭމެނަށް. ގޮނޑިއަށް ހޮވޭމީހަކީ މަޖްލީހުގަ ވަކާލާތުކުރުމޭ. ދެން ވާހަކަ ނުދެއްކޭ މީހަކަ ހޮވީމަ ވަކަލާތު ކުރެވޭނެތަ؟
އިއްބެ ވިދާޅުވީ
ތާރީޚް:24/04/2009
ޕަބްލިކް ސުޕީކިން ނުވަތަ އާންމު ތަންތަނުައި މީހުންނާއި މުޚާތަބްކޮށް ވާހަކަ ދެއްކުމުގެ ހުނަރަކީ، ބައެއް މީހުންނަށް އުފެދުމުގައި ލިބިފައި ހުންނަ ހުނަރެއް. އެއީ ލިންވިސްޓިކް އިންޓެލިޖެންސް. އަނެއްބައި މީހުން ޖެހެނީ މި ހުނަރު ފަރިތަކޮށްގެން ތަރއްގީކުރަން.
ބަހުސްގައި ވާހަކަދެއްކި އަލީ މުހަންމަދާއި، އަބްދުﷲ ޢަލީ އާއި، އާދަމް ވަހީދު ޢަލީ އަށް އިތުރު ދެތިން ފުރުސަތެއް ދެނިކޮށް ވަރަށް ފަސޭހަކަމާއި އެކު ވާހަކަ ދައްކަން ފަށާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން.
ވާހަކަ ދެއްކުމުގެ ހުނަރުން އެކަންޏެއް ނޫން، މަޖިލިހަށް ބޭނުން ވަނީ. ވާހަކަ ދެއްކުނަސް ގާބިލު ނުވެ ހުރެ ދާނެ. އަނެއްކޮޅުން ތިމާ އަތުގައި 21 ސަނަދު އޮތަސް އަދި ގާބިލު މީހަކަށް ނުވެދާނެ.
ކުރުކޮށް ބުނާނަމަ އަލީ މުހަންމަދާއި، އަބްދުﷲ ޢަލީ އާއި، އާދަމް ވަހީދު ޢަލީ، މީގެ ތެރެއިން ކޮންމެވެސް އެކަކަށް ފުރުސަތުދީފައި މިކަމުގެ ބިންގާ މިފަހަރު އަޅަން އެބަ ޖެހޭ. މި ތިން މީހުންނަށް ވެސް މި ކަން ވާނެ.
ސާބަސް ވިދާޅުވީ
ތާރީޚް:24/04/2009
ހޫން އެބުނާހެން. މަ ނުލާނަން މިރަށު މީހަކަށް ވޯޓެއް.
ލަޠީފު ވިދާޅުވީ
ތާރީޚް:24/04/2009
އިއްބެ ބުނެފައި އޮތް ގޮތަށް ވާހަކަ ދެއްކުން އެއީ ތަރައްގިކުރަން ވަރަށް ފަސޭހަ ހުނަރެއް.
ކުޅުދުއްފުށީގެ ތިން ކެންޑިޑޭޓުންނަށް އެކަން ވާނެ. އެ މީހުން ކުފޫ ވެސް ހަމަވޭ. ވަރަށް މެޗްއާރ އެމީހުން.
އަނެއްކޮޅުން ބަލާއިރު، މަޖިލީހަކީ، ޓީވީއެމްގެ ބަހުސް ޕްރޮގްރާމަށްވުރެ މާ ފަސޭހަ ތަނެއް ވާހަކަ ދައްކަން. މި ބުނީ މަޖިލިސްގައި ވާހަކަ ދައްކާނީ މާ ފުރީ ކޮށޭ. ޓީވީގައި އެހަދާ ގޮތަށް، ސްވާލަކަށް ޖަވާބެއް ނޫނޭ ދޭނީ. އަނެއްކާ އިންތިޚާބްވުމުން ކެމްޕެއިން ސްޓްރެސް ( ހާސްކަން) ވެސް ނެތި މަޖިލިސްގައި ވާހަކަދެއްކޭނެ.
ރަށު ޒުވާނުން ހަގީގަތުގައިވެސް ކުފޫ ހަމަވޭ.
ނަޢީމް ވިދާޅުވީ
ތާރީޚް:24/04/2009
ރަށު މީހަކަށް ވޯޓް ނުލައިފިނަމަ އެދއްކުވައި ދެނީ، މިރަށު މީހުންނަކީ އަމިއްލަ ނަފުސަށް އިތުބާރު ނުކުރެވޭ ވަރަށް ގަޅި، ގަމާރު، ނަފުސާނީގޮތުން ބަލިކަށި ބަޔެކޭ.
ކިޔަވައިގެން މިކަމުގެ ތެރެއަށް މުސްތަގުބަލުގައި ވަންނަން ތިބި ޒުވާނުންގެ މޫނު މަތީ އަހަރެމެން ، މި ޖީލުގެ މީހުން ނުވާނެ ތަލާކަށް. މި ފަހަރު ރަށު މީހަކު ހޮވައިފިއްޔާ، މިހާރު ކިޔަވަމުންދާ ޒުވާނުންނަށް ހިއްވަރު ލިބި ކުރިމަތި ލާނީ!
ކޮލިޓީ ވިދާޅުވީ
ތާރީޚް:24/04/2009
ކުޅުދުއްފުށި ދަރިންނޭ !!! ހޭލާ ތިއްބަވާތި !!!
ނަސާދު ވިދާޅުވީ
ތާރީޚް:24/04/2009
އާނ ނަސިދުމެން ކިތަންމެ ވާހަކަދައްކަން މޮޅަކަސް ތިޔަބުނާޙެން ވަކި ގާބިލު ތަނެއް އަހަރެމެންނަކަށް ނުފެނޭ، މަޖިލިސްތެރޭގަ އެބަހުރި މޮޔަ ގޮވާފަވެސް، މަޖިލިސްތަކާ އެއްޗެހި ބަލަން ނުދަންޏަކާ ނޭނގޭނެ، ހީވަނީ ދޯ ފާޑެއްގެ ލިސްޓެއް ހަދައިގެން ކީމަ ލައްކައެކޭ، ހޮވުނީމަ ނޭނގެ ހުންނާނީ ކޮން ހިސާބެއްގައި ކަމެއްވެސް، އެ ގޮތަށް އަހަރެމެންނަކީ ގަމާރުން ކަމަށް ހަދައިގެން ހަމްދަރުދީ ހޯދާފާޑަށް އަދި ބުންޏޭ ޒާތީ ގޮތުން ބުނިހާ އެއްޗެއް ހިތުން ފުހެފީމޭ، އަހަރެމެން ދަންނަ ކުޅިގަނޑެއް.
ޑީއާރުޕީ ގެ ޒުވާނާ ވިދާޅުވީ
ތާރީޚް:24/04/2009
ނަސީދު އެ އުޅުއުނީ އަހަރެމެން ޕާޓީގެ ގަވައިދާ ޚިލާފަށް ކުރިމަތިލައިގެން، އެވަރު އަމިއްލަ އެދުންބޮޑޫ މީހަކު ދެން ވިސްނާ ކަންތައް ކުރާނެ ގޮތް، ޕާޓީގެ މަސްލަހަތަށް ރިޢާޔަތް ނުކުރެވޭ މީހަކު ރައްޔިތުންގެ މަސްލަހަތަށް ރިޢާޔަތްކުރާނެބާ؟ ކުރެވޭނެބާ؟ އަދި މިހާރު އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމާ ވެސް ވިއްދާލައިގެންނޭ އޭނަ އުޅެނީ، ހިތުން މޮޅުވާނެ ކަމަށްތަ؟ އަހަރެމެން ރައީސް މައުމޫނަށް ވޯޓުދިނީ ކުރިމަތީ ފެންނަން ހުރި ޙަޤީޤަތްތަކަކަށް ބަލާފަ، އެކަމަކު ކަލޭތަ؟ ނަސީދުތަ؟ ހަނދާން ނައްތާލާ!
ކުލާސް މޭޓު ވިދާޅުވީ
ތާރީޚް:24/04/2009
އަލީ މުހައްމަދު އާއި ބެހޭގޮތުން tq ކޮމެންޓުގައި ވަނީ ރޯމަރު ދޮގު އަލީ އޭއީސީން ކަޑާލީކީނޫން އެތަނަށް ނުދިޔައީ .ނަމަވެސް މިހާރުވަނީ އަމިއްލަގޮތން އޯލެވެލް ހަދާފަ.އެއީ ވަރަށް ކެރޭޒުވާނެއް.
lalala ވިދާޅުވީ
ތާރީޚް:24/04/2009
ނަޝީދު ޤަވާއިދާ ޚިލާފަށް ކުރިމަތިލައިފަ އިތިއްޔާ، އެތާ ގަވާއިދާ އެއްގޮތަށް ކުރިމަތިލައފަ ހުރި މީހަކު ނެތޭނުން. އަނިއްލަގޮތުން ކުރިމަތިލިމުގެ އިހުތިޔާރު އެންމެނަށް ވެސް ލިބިގެންވޭ
އަބޯ ވިދާޅުވީ
ތާރީޚް:24/04/2009
އަބްދުﷲ އަލީ ބުނީ އޭނައަށް ތާއީދު ކުރާ މީހުން ކެނޑިޑޭޓް ނަމްބަރ 2 އަކަށް ވޯޓް ލާށޯ
ޒޔާއްޓޭ ވިދާޅުވީ
ތާރީޚް:24/04/2009
މަ ބުނަންތަ މި އަދި އެންމެ ފުރަތަމަ ފަހަރޭ ކަލޭނޭ.. މި ފަހަރު ކޮންމެހެން ބައިނަލް އަގުވާމީ ފެންވަރުގެ މެންބަރެއް މިރަށަކަށް މުހިއްމެއް ނޫން.. މި ފަހަރު މިރަށަށް މުހިންމީ މިރަށު ގާބިލް ޒުވާނަކު އެތަނަށް ކޮއްޕާލުން. އޭރަށް ކުޅުދުއްފުއަޓާ ސިޔާސީ ދާއިރާޔާ ދޭތެރޭގަ މި އޮތް އައިސް ބުރޭކު ކުރެވުނީ.. މި މިހާރު މުޅި ރަށުގަ ތަށިމުށި ޖަހާ ސީލިންގު އެޅީމަށް ވުރެން ވަސް ރަށަށް ބޭނުންތެރިވެފަ އޮތް ކަމެއް.. ރަށުން ކުރިމަތިލީ މީހުންތެރޭން، ތިޔާ ފާހަގަ ކުރާ ތިން މީހުން ހަމަ އެއްގޮތަކަށް ވަސް ގޯހެއް ނޫނޭނުން.. މިހާރު މި އޮތް މަޖިލީހަކު ވަސް ވަކި ނެތޭނުން މާ މޮޅެތި މީހުންނެއް؟ ކަރުން ނާރުނަގާ ފެލުނަކަސް އަދި ދައްކާ ވާހަކައިގަ އޮއްޓަރެއް ހުރިކަމަކަށް ނުވާނެ. ތިޔާ ބުނާ މަޖިލީހުގަ މޮޅަށް ވާހަކަ ދައްކާ ކަމަށް މީހުން ތިޔާ ކިޔާ ގިނަ މީހުންނަކީ އެކަހަލަ މީހުން. އެތަން އޮންނަނީ ނިޒާމީ މަޖިލީހަކަށް ހަދާފަ. ރަށު މީހަކަށް ވޯޓުލާށޭ..
ދޭތެރެ ވިދާޅުވީ
ތާރީޚް:24/04/2009
ޒިޔާ ތިބުނި ވާހަކައިންވެސް ދޭހަވަނީ. މިރަށުން ކުރިމަތިލައިފަ ތިބި މީހުން އެކަމަށް ލާއިގު ނޫންކަން.
ވިސްނާމީހަ ވިދާޅުވީ
ތާރީޚް:24/04/2009
އަހަރެން އެރޭ ވަރަށް ދެރަވެ ލަދުގަތް، އެއީ މިޔޮށް ބޮޑު ރަށުން ތައުލީމީ މީހަކު އެތަނައް ނެރީމަ، މީ ދެހާސް ނުވަޔެއް މީގެ 30 އަހަރު ކުރިޔެއް ނޫން
ޒޔާއްޓޭ ވިދާޅުވީ
ތާރީޚް:24/04/2009
ދޭތެރެޔަށް ތިހެން ދޭހަވިޔަސް ހެވޭ.. ދޭހަވުމުގަ މައްސަލައެއް އޮތިއްޔާ ގޮސް ރަށު މީހަކަށް ވޯޓުލީމަ އެވީ.. އެއިރުން މާ ބޮޑު ވިސްނުންތަކެއް ނުވިސްނަ ހަމަ ސޮއްހަ ވޯޓެއް ލެވުނީ އެ..
ދެން އެރޭ އެތާ ތިބި މީހުން ދެއްކި ވާހަކަޔަށް ބަލާ އިރު ރަށު މީހުންނާ އަޅާބެލޭ ވަރު މީހަކް ހުރީ ނަސީދު.. ދެން ތިބި މީހުން ކަމަކު ނުދޭ.. އެކަމަކު ނަސީދަށް ވޯޓު ލާނިކަމެއް ނެތް.. ރަށު މީހަކަށް ވޯޓުލައި.
ޒޔާއްޓޭ ވިދާޅުވީ
ތާރީޚް:24/04/2009
ވިސްނާ މީހަޔަށް:
ތިހާ ވަރަށް މީހަކު ލަދުން ހަލާކުވާ ވަރުގެ ޖާހިލުންނެއް ނޫން މިރަށުން އަރައި ތިބިއްޔެއް އަނެއްކަޔަކު.. އެހެރީ ދެން ބޮޑުކޮށްލާ ވަރު..
ވިސްނާމީހަ ވިދާޅުވީ
ތާރީޚް:24/04/2009
ޒިޔައްޓޭއައް،
އަހަރެން މިބުނީ އެއީ ތައުލީމީ މީހުނެއް ނޫނޭ
ޒޔާއްޓޭ ވިދާޅުވީ
ތާރީޚް:24/04/2009
ވިސްނާ މީހައަށް:
އާ އެހެން ދޮއްތޮ؟ އާނ އެހެންވިއްޔާ އޯކޭ.. މަށަށް ނޭނގުނީ.. ތައުލީމީ މީހުން ބައިތިއްބާ އިހަށް އެކަޑަމިކް ދާއިރާގަ.. ދެން އަންނަ ބުރުގަ ފަހަރެއްގަ އޭގެ މީހަކު ފެނިދާނެހެން ހީވަނީ.. މިފަހަރު މި ވީ ވަރު ގޯހެއް ނޫން..
ބުނަންތަ ވާހަކައެއް ވިދާޅުވީ
ތާރީޚް:24/04/2009
ރަށު މީހަކަށް ވޯޓުލާކަށް ނުޖެހޭ.. ރަށުމީހަކު ހޮވުނަސް އެގޮނޑި މިރަށަކު ނުހުންނާނެ.. އެރޭގެ ބަހުސަ ދޭތެރޭ އެކަނި ވިސްނާފަ ވޯޓު ލިޔަސް ނަޝީދު ނޫން މީހަކަށް ވޯޓުލާނީ ހާދަ މޮޔަބަޔެކޭ.. ނިކަން ބަލާ ބަލަ މިރަށުން އަރައި ތިބި މީހުން.. އެއީ ރަށު މީހުނަށް ވީތިވެސް ލަދުގަނޭ.. ތައުލީމެއް ތަޖުރިބާއެއް ނއތްތާކު އަޚްލާޤެއް ހުރިބަޔަކުވެސް މަދު.. ކިރިޔާވެސް ކިޔަވައިގެން ހުރީ އަބްދުﷲ އަލީ.. ****(އަބުރަށް އަރާފާ ވުމުން ޑިލީޓް ކުރެވިފައި)****.. ދެން މިހާރު ބޮޑު މުސާރައިގަ ކޮން ހެވެއް އެދިގެން އެއުޅެނީ..ކަލޭމެން ތިތިބި ގަބޫލްކޮށްގެން ދޯ.. ރަށުމީހުން ތެރޭގަ މިހާރު ރަށުގަ އުޅޭ މީހަކުވެސް މަދު.. އެމީހުނަށް އުޅެވޭނެ ރަށަށް ނާރަވެސް.. ބޮޑުމުސާރަ ބޭނުންވެގެން އެއުޅެނީ.. އަނެއްކޮޅުން ނަޝީދު އަކީ މިހާރުވެސް ބޮޑު މުސާރަ ލިބޭ މީހެއް.. އޭނަ ކީއްކުރަން ލާރި އަށް އުޅެންވީ.. ފަސްބައި ހަޑިވެފައެއް ނެތް.. ހިޔާނާތެއް ސާބިތު ވެފައެއް ނެތް.. އެއި މިރަށަށް ލައްވާފައި ހުރި ބޮޑު ނަސީބެއް.. އޭނަ ނުހޮވައިފިނަމަ އަހަރެމެން ފަހުން ހިތާމަ ކުރަން ޖެހޭނެ…
ގާސިމް ވިދާޅުވީ
ތާރީޚް:24/04/2009
ކޮއެފުޅާ..ވަކި ތަޢުލީމީ މީހުންތަ ދެން މިއުޅެނީ؟؟ މިފަހަރު އިރާދަކުރެއްވިއްޔާ ހޮވޭނީ ރަށުމީހުން. އާމީން
މެއްޔަ ދައިތަ ދަރި ވިދާޅުވީ
ތާރީޚް:24/04/2009
ދަރިންނޭ އަލީ މޮހޮންމަދު ދެތިން ފަހަރަކު ގަނޑާ ދިމާލަށް ބަލާލީމަ ވާހަކަ ދައްކަން ނޭނގުން ކަމަށް ތިޔާވީ؟ ގަނޑު ނުބަލަ އެތާ ތިބެގެން އަނގަ ކައިކައިގަ ބޭކާރު ވާހަކަ ދެއްކީމަ އެދެން މޮޅަށް ވާހަކަ ދެއްކުނީ. އަލީ މޮހޮންމަދު ދެއްކި ވާހަކައިގަ ހުރި އޮއްޓަރު. އޭނަ ބުނި ތިމަންނަ ސަރުކާރަށް އެއްބާރުލުން ވަސް ދޭނަމޭ.. ސަރުކާރު ޕުރެސަރު ވަސް ކުރާނަމޭ.. ޖެހިގެން އައި ރައުންޑުގަ ކުއްޓި ނަސީދު ވަސް އެ ޖުމްލަ ކޮޕީކޮށްލި.
ކިތެމެ މޮޅޭ ހީވިޔަސް ރަށުގެ ވިންދެއް ރަށުގަ އުޅި ބޮޑުވި މީހުންނަށް އެނގޭވަރަކަށް އެހެން އެކަކަށްވަސް ނޭނގޭނެ. ރަށުގަ އުޅި ބޮޑުވި މީހަކަށް އެނގޭނީ ރަށު މީހުން ވިސްނާ ގޮތް ވަސް. އެރޭ އެތަނުން ފެނުން ކޮއްކޮ އަބްދުﷲ ޔާ ކަޅުހުއްތު އަލީ ހަމަ ފައްކާ.. މަ މި އުޅެނީ އެތަނުން ކާކަށްތޯ ވޯޓުލާންވީ ނުވިސްނިގެން.
ބިލް އޯ ރެއިލީ ވިދާޅުވީ
ތާރީޚް:24/04/2009
އޭ ހައްދަވާ ގެންގުޅުއްވާ ރަސްކަލާއްކޮ! ދެކުނު ދާޢިރާގެ މީހުނަށް ހެޔޮ ވިސްނުން ދެއްވާންދޭވެ. ރަށު ރައްޔިތުން އަޅަމެންގެ ޚިދުމަތުގައި ލައްވާ ފާންދޭވެ.
ރަށުން ބޭރު މީހާ ވިދާޅުވީ
ތާރީޚް:24/04/2009
ކޮމެންޓްތައް ކިޔާފައި މަށަށް އެއް ކަމެއް ޔަގީންވެއްޖެ.
ކުޅުދުއްފުށީ މީހުންނަކީ ވަރަށް ތައުލީމީ ސެޓްފިކެޓާއި ހެދި މޮޔަވެފައި ތިބޭ ބައެއް. އަތުގައި ހުރި ސެޓްފިކެޓްގެ އަދަދުން ތިމާގެ ގާބިލުކަން ވަޒަންކުރެވޭނަމަ، އެއްކަލަ އަހުމަދު ނަޖީބަށް ވޯޓް ލާންވީ އެއްނު؟ (ހަހަހަހާ!)
ކުޅުދުއްފުށީ މީހުންގެ މި ގަމާރު ބަލިފައި އެނގިގެން ނަޖީބް ގޮވާލީ އޭނާޔަށް ލިބިފައިހުރި ސަނަދުތަކުގެ އަދަދު. އަދި ފޮތެއް ލިޔުނުވާހަކަވެސް ގޮވިޔޭނު. (ހަހަހަހާ!)
މަޖީލީހަކަށް ބޭނުމެއް ނުވޭ ޕީ.އެޗް.ޑީ އާއި ތިޔަބުނާހާ ގިނަ ސަނަދެއް. އެރޭ، އެތާތިބި ތިންޒުވާނުންނަށް އެކަން ކުރެވޭނެ ކަން އެންމެން ކުރިމަތީ އެޔޮތީ ދައްކާފައި.
ޝާޢިރުލް އުތުރު ވިދާޅުވީ
ތާރީޚް:24/04/2009
ކުޅުދުއްފުށީ ޒުވާނުނޭ
ހުޅުހުޅު ހެލޭ ޒުވާނުނޭ
ހުޅު ދަންމަރުގެ ކުރާށެރޯ
ހުޅުވާލެވުނު ދޮރުން ވަދޭ
ކުޅުދުއްފުށީ ޒުވާނުނޭ..
ރަށުން ބޭރު އެހެން މީހެއް ވިދާޅުވީ
ތާރީޚް:24/04/2009
ކުޅުދުއްފުށީ މީހުން އަބަދުވެސް ދައްކާނީ އެރަށުގައި ތައުލީމީ މީހުން ނެތް ވާހަކަޔާއި ގާބިލު މީހުން ނެތް ވާހަކަ. ވަރަށް އަމިއްލަ ނަފުސަށް އިތުބާރު ނޯންނަ ބައެއް އެއީ.
އެހެންވެ، އެމީހުން ގަޅު ހައްދާލާފައި ބީރެއްޓެހިން އައިސް މަޖިލީސް ގޮނޑި ދަމައިގަންނަން އެ އުޅެނީ!
ސިއްރެއް ބުނަން! އަލީ މުހަންމަދު، އަބްދުﷲ ޢަލީ، އާދަމް ވަހީދު ޢަލީ މިއިން މީހަކު ހޮވައިފިއްޔާ ކަލޭމެންގެ ނަފުސަށް މާ ބޮޑަށް ހިތްހަމަޖެހުން ލިބޭނެ.
ކުޅުދުއްފުށީ މީހަ ވިދާޅުވީ
ތާރީޚް:24/04/2009
ކަލޭމެން ލަދެއްވެސް ނުގަންނާނެ ދޯ ، 8000 މީހުން އުޅޭ ރަށެއް ތަމްސިލުކުރަން ބީރެއްޓެހި، ބަޔަކާއި ހަވާލު ކޮށްގެން ދޮހަން ތިބެން!
ކޮމެންޓު ރެފްރީ ވިދާޅުވީ
ތާރީޚް:24/04/2009
ހައްހައްހައްހައް………… ދޮގެއްވާ ނޫން.. ދުންފަތް ނާށި ފޮރުވާ.. މި ޔޮއް ހުރިހާ ކޮމެންޓޫތަކުން ވަސް އެއްވަނަ ލިބުނީ ކުޅުދުއްފުށީ މީހަ ވިދާޅުވި ކޮމެންޓަށް..
ބޮޑު މޮހޮންމަދު ވިދާޅުވީ
ތާރީޚް:24/04/2009
އެންމެ ރަށުގޮތްގަނޑުހުރީ ރަސާދު، މަޖިލިސްތެރެއިން ރަށުގެ ރާގާއި ބަސްމަގު އަޑުއަހާލަން ބޭނުންނަމަ ރަސާދު.
ހަސަނު ވިދާޅުވީ
ތާރީޚް:24/04/2009
މަށަށް ވަރަށް ފައްކާ ކަޅުހުއްތުއައްޔާ އަބުﷲއަލީ. ކިހިނެއްވާނެބާ. އުތުރު ދާއިރާގެ ބަހުސް އެބައޮތް ހަނދުބަލާމަހު 4 ވަނަދުވަހު ހަވީރު 4:30ގަ.
ކުޑަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:24/04/2009
ބޮޑު މޮހޮންމަދާ ރަށަކީ ވަރަށް ބޮޑު ރަށެއް އިނގޭ.. ރަށުގަ ހުރޭ ކިތެމެ ގޮތް ގަނޑެއް.. ރަށު އެއްގަންބުރި ހިސާބުގަ ވަކި ގޮތްގަނޑެއް، އުތުރުކޮޅުގަ ވަކި ގޮތްގަނޑެއް، ހޮޅުއަށީގަ ވަކި ގޮތްގަނޑެއް، އެއް އަރިމަތިން މަގު ކަނޑައިގެން ތިބޭ ކަތީބުންގެ ވަކި ގޮތްގަނޑެއް. މިސްކިތަށް އަރާ މީހުންގެ ވަކި ގޮތް ގަނޑެއް.. ބޯޓު ދަތުރުކުރާ މީހުންގެ ގޮތްގަނޑެއް. ބޯކާ ހާޑުތަކުގަ ރަނބަތަޅަންތިބޭ އަންހެންވެރިންގެ ވަކި ގޮތް ގަނޑެއް.. ޒުވާނުންގެ ވަކި ގޮތް ގަނޑެއް.. ޖިންސުއްލަތީފުންގެ ވަކި ގޮތްގަނޑެއް.. މި ހުރިހާ ގޮތްގަނޑު އެނގޭ ރަށުން ކުރިމަތިލީ ކެނޑިޑޭޓުންނަށް.. އެތަނުން ކޮންމެ ކެނޑިޑޭޓެއްގަ ވަސް އެބަހަރި ރަށުގެ ކޮންމެސް ގޮތްގަނޑެއް.. ރަސާދު ގެ ވެސް އެހެރީ އެތަނުން ގޮތެއް..
ބޮޑު މޮހޮންމަދު ވިދާޅުވީ
ތާރީޚް:24/04/2009
ކުޑަ މޮހޮންމަދާ މަށަކަށް ތިޔާކަމެއްނޭނގޭ. އާނ ނޭގޭނެތާ އަބަދު މިއޮއެވެނީ އަރާ ހޮޅުވަށީގަވިއްޔަ. ތިޔާހެންވިއްޔާ ހަމަ ރަށު އަނެއްދެގޮލާވަސް ރަނގަޅު.
ކަދާމާލި ވިދާޅުވީ
ތާރީޚް:24/04/2009
ބަލަ ރަށުމީހަކު ހޯވައިފިއްޔާނުން ރައްޔިތުންގެއަޑު މަޖިލިހުގަ ނީއްވިޔަސް ދެވަނަފަހަރައް އަތުޖެހޭނީ
ގޮތެއްހަދާލަންވެސް.
ދުރުސޫލް އަޚުލާޤު ވިދާޅުވީ
ތާރީޚް:24/04/2009
“ދުރުސޫލް އަޚުލާޤުގެ ކަންފުޅެއް ވެސް ނެތް” މިއީ ހާސިމު ކޮންތާކުން ދަސްކޮށްގެން އަބަދު ކިޔާ އެއްޗެއްތަ. މިހާރު މަށައް އެބަހީވޭ ތިއީ ކުއްޓި ނަސީދަށް ނޫންކަމައް ކެންޕޭން ކޮއްދޭމީހެން.
އެހެންޏާ ބުނެބަލަ ތިޔާފަހެ ވައިކަރަދޫ އެމްޑީޕީ ގޮފީގެ ރައީސަކަށް އެއުޅޭ ހާސިމުތަ. މީހަކާ ޒާތީކޮށް ޖައްސާލިޔަސް ތިޔާދެން ތަންފުކެއް ބޮޑުވަރެއް ދޫންޏާ.
ހާޝިމް ވިދާޅުވީ
ތާރީޚް:24/04/2009
ހަހަހާހާ، އަދި ކޮބާ އުފަން ދުވަހުގެ ސެޓްފިކެޓް ވެސް އޮންނާނެ ދެއްތޯ
ހައްޤު ގޮތް ވިދާޅުވީ
ތާރީޚް:24/04/2009
އެހެން ރަށްރަށު މީހުން ވަކި ކޮން ފެންވަރެއް ހުރެގެންބާ މިކަމުގައި އެއުޅެނީ؟ މި މީހުނަށް ހީވަނީއޭ މިދެން ވަރަށް ބޮޑެތި ކަންތަކޭ ތިމަންމެނާ އެކަށީގެނެއް ނުވެޔޭ ހީވެގެން ރަށުން ބޭރު ބީރައްޓެހިންނަށް މިކަން ދޭން މިއުޅެނީ..މިފަހަރު ރަށު މީހުން މިކަމުގައި ކުރިއަށް ނުކުމެ އަނގަތަޅުވަން ފަށައިފިއްޔާ ދެން އަންނަ ބުރެއްގައި މާގިނަ މީހުން ކުރިމަތި ލާން ލިބޭނެ..އެކަމަކު މިފަހަރު މިގޮތަށް ނުވެއްޖެންޏާ ދެން ފަހަރަކުންވެސް ދާނީ މިކަހަލަ ގޮތަކަށް..ރަށު މީހުން މި ސިޔާސީ މައިދާނުގައި ރަށު ތަމްސީލް ކުރަން ތިބެން ޖެހޭނީ..މިއީ ފިޑިންގެ ރަށެއް ނޫން..މިއީ އަމިއްލަ ނަފްސައް އިތުބާރު ކުރާ ހިތްވަރުގަދަކަމަށް މުޅި ރާއްޖެ އަށް މައްޝޫރު ކުޅުދުއްފުށި…
އަހްމަދު ވިދާޅުވީ
ތާރީޚް:24/04/2009
މަބުނާނެ ވާހަކައެއް ނެތް. ރަށުގައިވެސް އެބަތިބި މިކަމަށް ގާބިލް ނޫން މީހުން. މިބުނީ އަނެއްކަ ދުނިޔޭގަނެތްވަރުގެ މީހުންގެ ވާހަކައެއްނޫން. ރަށުމީހެއްވިޔަސް ރަށުން ބޭރުމީހެއްވިޔަސް ވޯތުލާން ވާނީ މިރަށާމެދު ވިސްނާ…ރަށަށް ހެޔޮއެދޭމީހަކަށް.
-ޝުކުރިއްޔާ-
ހައްޤު ގޮތް ވިދާޅުވީ
ތާރީޚް:24/04/2009
ރަށަށް ވިސްނާނެ މިއަދު..މާދަމާ ހަބަރެއް ނުވާނެ.ފޯނު ނިއްވާލާނީ ބޮލަށް އުނދަގު ކުރަން ފެށީމަ..މިކިޔަނީއޭނުން ރަށު މީހުނޭ ކަމުދާނީ..ތިޔަބުނާ ރަނގަޅު މީހުން ހައްތަހާވެސް އުޅެނީ..ރައްޔިތުން ކުރިމަތީ ފުއްޕާކަށް ނުކެރޭނެ މިއުޅެ އަންނިއަކަށްވެސް..
ކުޅުދުއްފުށިން ނުކުންނާނީ ކުޅުދުއްފުށި މީހުން. އޯކޭ.
މުނިޔާ ވިދާޅުވީ
ތާރީޚް:24/04/2009
ނޫނޭ ނޫނޭ.. ކުއްޓި ނަޝީދާ އެއްނެން ތި ޖައްސާލައިގެން އުޅޭ ވަރެއްތާ ދޯ.. އޭނަ ބޮޑާވެގެން ކަލޭމެނަށް ކުރީ ކީއްތާ؟ އޭނަ އެހާ ނާޤާބިލް ނަމަ ކަލެމެނާ މިރަށަށް ކުރިމަތި ލާފަ ތިބި ހުރިހާ ކެނޑިޑޭޓުން އޭނަ ދެކެ އެހާ ބިރުގަނެ އެވަރަށް އެޖެހިލުން ވަނީ ކީއްވެބާ؟ މިކަމުންވެސް ވިސްނައިފި ބަޔަކަށް އިބަރަތެއް ލިބޭނެ..
ލަނގޮނޑި ވިދާޅުވީ
ތާރީޚް:24/04/2009
މިވީ ހުރިހާ ދުވަހަކު މިރަށް ހިންގަންތިބީ ހަތަރު ކަށިމަތި މިރަށު މީހުން.. ކޮބާ ކުރިއެރުމެއް ހޯދައިދީފަ.. ނުވިތާކަށް މިރަށް މިހާލަތުގަވެސް މިއޮތީ ހަމަ ތިބުނާ ރަށު މީހުންގެ ހިންގުންތެރިކަމުންނާ ޤާބިލް ކަމުން.. ޗީ ޗީ.. ހަށީގަ ހޭހުއްޓަ ރަށުމީހަކަށް ވޯޓު ލުންވަރުގެ މޮޔަކަމެއް ނުކުރާނަން.. މިރަށު މީހުން ވީމަ އަތްފޯރާ ފަށުގައި ތިބިނަމަ މިރަށް ހިންގަންތިބި މީހުނަށް އަތްފޯރު ކޮށްގެން ހަމަ މަގަށް އެޅުވީހެއްނު.. އިނސިރޭސިވިލަތު މީހަކު އަތްފޯރާ ފަށަށް އަޔަސް މިރަށު މީހަކު މިރަށު މީހުންގެ އަތްފޯރާ ހިސާބަކަށް ނާންނާނެ.. ކުރީގެ އެނާޖީ މިނިސްޓަރު އަތްފޯރާ ފަށަށް އައީ އެއީ މިރަށު މީހަކަށް ވީމަތަ؟
ޅަހުއްތު ވިދާޅުވީ
ތާރީޚް:24/04/2009
ކުއްޓި ދެކެ ބިރަކުން ނޫން މިއުޅެނީ..މިރަށު ބައެއް މީހުންގެ ވިސްނުން ހެޔޮ ފާލަށް ގެންނަން މިއުޅެނީ…
މާލިމީ ވިދާޅުވީ
ތާރީޚް:24/04/2009
ވަރަށް ހެޔޮ ނަސޭހަތެއް ބޭބެ ދީފާނަން.. މިރަށުން ކުރިމަތިލާފަ ތިބި ބައެއް ކެނޑިޑެޓުންނަކީ ފައިސާގެ ދަހިވެތި ކަމުގަ ކުރިމަތި ލާފަ ތިބި މީހުން.. އަނެއްބައި މީހުންނަކީ ކުއްޓި ނަޝީދު ފަދަ ރަށަށް ކުރިއެރުމެއް ހޯދައި ދެވިދާނެ މީހަކު ހޮވުނަ ނުދޭން ޖެއްސުމަށް ރަށު ރައްޔިތުން ގަމާރު ބަޔަކަށް ހެއްދުމަށް ކުރިމަތި ލާފައިވާ މީހުން.. މިސާލަކަށް އާދަމް ވަހީދާ އަލީ މުހައްމަދާ ދެމީހުންނަކީ ކަނޑައެޅިގެން އެމްޑީޕީ ދެ މީހުން.. އެމްޑީޕީ މީހުންގެ އަމާޒަކީ އެމީހުން އަޣްލަބިއްޔަތު ހޯދައިގެން ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުން.. ގަބޫލުކުރިޔަސް ނުކުރިޔަސް މިއީ ތެދު ހަޤީޤަތް.. މިހާރު އަންނިވެސް އެހެން ބުނެފި… ކަލޭމެން ހޭއަރާ.. އޭރުން މަރުދުވަހަށްވެސް މިތާ ރަސްކަންކުރާނީ އެމްޑީޕީ.. އެހެންގޮތަކަށް ބުނަންޏާ އާދަމް ވަހީދުމެން…
އަތޮޅު ގޮފި ވިދާޅުވީ
ތާރީޚް:24/04/2009
ނިމިދިޔަ ރިޔާސީ އިންތިޚާބުން އިބްރަތް ޙާސިލްކޮށް އެމްޑީޕީ ނޫން މީހަކަށް ވޯޓެއްދެމާތޯ… އަދި ކިޔަވައިގެން ހުރި ކަމަށް ޤާބިލް ޤާނޫނުތައް ރަގަޅަށް އެނގޭ މީހަކަށް ވޯޓެއްދެމާތޯ…
ރަށު ލޯބި ވިދާޅުވީ
ތާރީޚް:24/04/2009
ލަނގޮޑި އަށް… އަތްފޯރާފަށުގައި ތިބީ..އެކަމަކު އެނގޭތަ؟؟ ރަށުގެ ބޮޑެއްޗަށް ތިބި މީހުނަށް ކުރީގެ ސަރުކާރު ލައްވާ ކަމެއް ނުކުރެވޭނެ.އަދި ތިބޭނީ ހައްތަހާވެސް މައުމޫން ސުންނަތަށް އުޅޭ މީހުން..އެކަމަކު މިހާރު މިހޮވާ މީހުނަކީ ސަރުކާރުގެ މީހުނެއް ނޫން..ސަރުކާރާ ދެކޮޅު މީހުންވެސް އަހަރެމެން ބޭނުން…އެކަމަކު ޝަރުތަކީ ރަށު ރައްޔިތުންގެ ވިންދާ އިހުސާސް ދަންނަ..ރަށް އެނގޭ.. ރަށު ރައްޔިތައް ކަމުގައި ވުން… އިރާދަކުރެއްވިޔާ ހޮވޭނީވެސް ރަށު މީހުން.ޤިޔާމަތްދުވަހުނ އެއާ މެދު ސުއާލު ކުރެވޭ ވޯޓް ހާއިނުންނަށް ނުދެއްވާތި.ﷲ މިގޮތް އިރާދަކުރައްވާށި.ކުޅުދުއްފުށި ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާށި…..އާމީން..
އަތޮޅު ގޮފި ވިދާޅުވީ
ތާރީޚް:24/04/2009
މި ސައިޓްގެ ލިޔުންތަކަށް ހާޝިމްގެ ނަމުގައި ކޮމެންޓް ކުރަނީ އަންނި ނޫންބާއޭ މަ ހިތައްއަރާ.. ތިވަރަކަށް ދެން ވަކި ކޮޅަކަށް ޖެހެވޭނީ.. މަގާތަށޤ ހާދަ ހިންޏެއް އާދެޔޭ.. ކަލޭމެން ގާތައް ހިންޏެއްވެސް ނާދޭތަ އޭނަ ކުއްޓި ނަޝީދު ދެކެ އެއޮތް ގަންނަ ބިރަކުން…
މާފަލު ފެންގަނޑު ވިދާޅުވީ
ތާރީޚް:24/04/2009
މަ އެއްބައިވެދާނަން ގޮތެއް މަތިން.. ތަންކޮޅެއް ގިނައިން ނަސީދު އަހަރެމްނަށް ދަސްވާ ގޮތަށް އެއްޗެހި ލިޔެ ސައްކު ފިލާ ވަރަށް ދަސްވާންވީ އަދިވަސް.
މަށި ކުޅި ވިދާޅުވީ
ތާރީޚް:24/04/2009
އޭނަ ތިހުރިހާ ކަމެއްވެސް ކޮއްފާނެ.. އެނގޭތަ.. ނަޝީދަކީ ކުރިއަށް އޮތް ދައުރުގަ ރާއްޖޭގެ ވެރިކަން ކުރަން ހުރި މީހަޔޭ.. މިފަހަރު އޭނަ ނުހޮވައިފިއްޔާ ވެރިކަމަށް އެރޭ ދުވަހަކުން އޭނަ އެކަން ހިތުގަ ބާއްވައިފިއްޔާއޯ.. މަ މިހެން ބުންޏަސް ނަޝީދުއަށް ވޯޓު ދޭން ވީ ހަމައެކަނި މިހެންވީމައެއް ނޫން އިނގޭ.. އޭނައަށް ވުރެ ރަނގަޅަށް ޤާނޫނުތައް ދަންނަމީހަކު ނުހުންނާނޭ ބުނެވިދާނެ.. އެއީ މިހާރުވެސް ޤާނޫނުތައް ޑްރާފްޓް ކުރަނީ އޭނާ.. އެހެންވީމަ އޭނަޔަށްވުރެ ވަކިން ބޮޑަށް ޤާނޫނު ހަދަ މަޖިލިހަކަށް ހޮވަން އޭނަޔަށް ވުރެ ވަކިން ޤާބިލް މީހަކު ހުންނާނެތަ؟ ކޮމެންޓްތައް ކުރާ ކުދިންވެސް ހަމަ އޭނަޠަ ޖޭ ވަނީޔޭ..
ލަނގޮޑި ވިދާޅުވީ
ތާރީޚް:24/04/2009
ރަށި ލޯތްބަށް ބުނެލަން އޮތީ މިހާރު އުޅޭނީ އަންނިގެ ސުންނަތަށޭ.. މިރަށު މީހަކު ހޮވައިފިއްޔާ ދެންވެއްޖެ އަނެއްކާ ޝޫލާ ޝިރާޒް ބޯން.. މިބުނީ އައްނިގެ ކެނޑިޑޭޓުން އިނގޭ އަނެއްކާ.. ދެން އަބްދުﷲ އަލީ އަކީ ޑީއާރުޕީ މީހެއް.. އެކަމަކު ނަޝީދަކީ މިހާރު ވަކި ޕާޓިއެއްގައި ހުރި މީހެއް ނޫން.. އަދި ނަޝީދު މެލޭޝިޔާއިން ކިޔެވި އިރު ޓެސްޓްޕޭޕަރު ކޮޕީ ކޮށްގެނެއް ނޫން ފާސްވެފަ އެހުރީކީ… އެކަމަކު އަބްދުﷲ އަލީ… (ލަދުން ބޯ ހަލާކު ރަށު މީހަކަށް ވީތިވެސް)
އަބޫކުރު ކަތީބު ވިދާޅުވީ
ތާރީޚް:24/04/2009
ލައްކަ ކިޔެވެލިތަކައް ބޭނުމެއް ނުވާނޭ މިކަމަކަށް..ހައިރާންވެދާނެ މަބުނަން…ނަޝީދު މޮޅޭ…އެކަމަކު އެޔެއް ކަމެއް ނޫން..ކުޅުދުއްފުއްޓަށް ބޭނުންވާނީ ކުޅުދުއްފުށީމީހުން.
ގަސްބުޑު ޕަރީ ވިދާޅުވީ
ތާރީޚް:24/04/2009
ކުއްޓި ދެކެ ބިރަކުން ނޫން މި އުޅެނިއްޔެއް.. ރަށު ކުދިން ފައްކަލީ ރަށޫން ބޭރުން ކުރިމަތި ލައިފަ ތިބި އަނެއް ދެމިހުނަށް ބަޔަކު ވޯޓެއް ނުލާނެކަން އަހަރެމެނަށް އެނގޭ. އެހެންވެ އެމިހުން ވާހަކަ އެކަކުވަސް ނުދައްކަނީ.
ކިއެވެލިބެ ވިދާޅުވީ
ތާރީޚް:24/04/2009
ކިއެވެލިނުބައި ގޮތުގަ ބޭނުން ކޮއްފިއްޔާ މާނުބައިވާނެ.ކިއެވެލި މޮޅެތި މީހުންގެ މަކަރު މާގަދަވާނެ.
އަބުދުﷲ އަލީ ވިދާޅުވީ
ތާރީޚް:24/04/2009
ލަނގޮޑި ނަމުގައި ކޮމެންޓުކުރި ފަރާތަށް…..އަޅުގަނޑަކީ ޑީއާރުޕީ މީހެއްނޫން.