ކުރީގެ ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމާ ދިމާކޮށް ކުޅުދުއްފުށީގައި ހަމަނުޖެހުން ހިންގައިފި


ކުޅުދުއްފުށި އޮންލައިން

ކުރީގެ ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމާ ދިމާކޮށް ކުޅުދުއްފުށީގައި ހަމަނުޖެހުން ހިންގައިފި

18:10

ދާދި ދެންމެއަކު އެމްޑީޕީގެ ސަޕޯޓަރެއްގެ ގައިގައި ތަޅައިގަނެ ހަމަނުޖެހުމެއް ހިންގައިފި އެވެ. ރައީސް ނަޝީދާއެކު ކުޅުދުއްފުއްޓައް އައި ހދ މަކުނުދޫގެ އެމްޑީޕީގެ ސަޕޯޓަރެއް ޕިކަޕެއްގައި ދަނިކޮށް ބިންމައްޗަށް ވއްޓާލުމަށް ފަހު އަނިޔާ ކޮށްފައި ވެއެވެ. އެކަންކުރީ ސީދާ ކޮން ޕާޓީއެއްގެ މީހެއްކަން އެނގިފައެއް ނުވެއެވެ. މިހާރު އޭނާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އެސަރަހައްދުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ފަށައިފި.

ރައީސް ނަޝީދު އުތުރުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާއެކު ކުޅުދުއްފުށީ ހިނގާލުމެއް ކުރިއަށް ގެންގޮސްފައި ވެއެވެ.  އަވަސް އިންތިހާބަކަށް ގޮވާލާ ކުރިއަށް ގެންދިޔަ މިހިނގާލުމުގައި ކުޅުދުއްފުށީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

މިއަދު ރައީސް ނަޝީދު ވަޑައިގަތުމުގެ ކުޑައިރުކޮޅެއް ކުރިން ބަނދަރު ސަރަހައްދުގައި ހިންގި ހަމަނުޖެހުމާ  ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަން ކަށަވަރު ކުރެވޭގޮތެއް ވަނީ ނުވެފައި އެވެ.

ކުޅުދުއްފުށީ އެމްޑީޕީގެ އިސް ފަރާތްތަކާ ކުޅުދުއްފުށީގައި ތިއްބަވާ ފުލުހުންނާއެކު ރައީސް ނަޝީދުގެ ދަތުރުފުޅާ މެދު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވެއެވެ.

18:00

އެމްޑީޕީގެ ހިނގާލުން ނިންމާލައިފި. ނަޝީދު ވަޑައިގެންނެވީ ކުޅުދުއްފުށީގައި ހުންނަ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ހންގަމުން އަންނަ ކުރީ ހދ އަތޮޅު ގެ އަށް. ހދ އަތޮޅުގެ މެރިޓައިމް އެކަޑަމީ އަށް ދީފައިވަނީ ރައީސް ނަޝިދުގެ ވެރިކަމުގައި.

17:40

ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށްދާ ހިނގާލުމުގައި، އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލަމުން އެބަދޭ. އަދި ކުޅުދުއްފުށީ އަމީނީ މަގުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައި އެވެ.

17:15

ތަފާތު އެކި ޝުއޫރުތައް ފާޅުކުރަމުން ރައީސް ނަޝިދާއި އެމްޑީޕީގެ ސަޕޯޓަރުން ރަށުގެ އެކި މަގުތަކުން ހިނގަމުން އެބަގެންދޭ. މިހާރު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ. ފުލުހުންވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަގެންދޭ.

17:10

ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަތް ވަގުތު މާބޮޑު ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ. މިހާރު ރައީސް ނަޝީދު އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ހިންގަވާފައި އެބަ ވަޑައިގަންނަވާ.

ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުގެ ކުޑައިރުކޮޅެއް ކުރިން އެމްޑީޕީގެ ސަޕޯޓަރުންނާއި ސަރުކާރަށް ތާއީދު ކުރާ ބަޔަކާ ދެމެދު ހަމަނުޖެހުމެއް ހިންގައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަށް ތައްޔާރުވި ވަގުތު ކުޅުދުއްފުށީގެ ބަނދަރު ސަރަހައްދުގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ސަރުކާރަށް ތާއީދު ކުރާ ބަޔަކާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމަށްފަހު ވެއްޔާއި ގަލުން ހަމަލާ ދީފި އެވެ.

މިއަދު ހަވީރު ކުރީގެ ރައީސަށް ތާއީދު ކުރާ ބަޔަކު ގޮވައިގެން ކުޅުދުއްފުއްޓަށް އައި މަކުނުދޫ ބޯޓެއް ތޮށި ގަނޑާ ކައިރި ކުރަން އުޅުމުން ގަލާއި ފުޅިފަދަ ތަކެތިން ހަމަލާދީފައި ވެއެވެ. އަދި އޭގެ ފަހުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި ކުރީ ސަރުކާރުގެ އިސްވެރިން ތިއްބެވި ލޯންޗެއް ފަޅުތެރެއަށް ވަނުމާއެކު ގަލާ ފުޅިފަދަ ތަކެތިން އެލޯންޗަށް ވެސް ހަމަލާ ދީފައި ވެއެވެ.

(އިތުރު ތަފްސީލް އަންނަނީ)




‮ ‬21‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:27/02/2012

    މިހާރު ކުޅުދުއްފުށީ ރައްޔިތުންވެސް މިތެޅެނީ އައްޑުއަތޮޅު މީހުން ތެޅުނު ގޮތަށް . މީގެ ކުރީގައިވެސް ކުޅުދުއްފުއްޓަކީ އެއިރަކު އޮންނަ ސަރުކާރަކާ ގުޅިގެން މަސައްކަތްކުރަމުން އައި ބަޔެއް. ނަތީޖާއަކަށްވީ ކޮންމެ ވެރިކަމެއްގައިވެސް ކުޅުދުއްފުއްޓަށް އެތަށް ފައިދާއެއްވިކަން. ފެންނަން ތިހުރި ހުރިހާ ސަރުކާރު އިމާރާތްތަކާ އެހެން ޚިދުމަތްތަކަށް ބަލާއިރު ކުރީގެ ދެ ސަރުކާރުން ކޮށްދިން ކަންތައްތަކެއް މަދެއްނޫން. ދެންވެސް ބުނެލަން އޮތީ ވަކިބަޔަކަށް ލިބޭ ފައިސާކޮޅު ގެއްލިދާނެތީ ރައްޔިތުން އުޅޭނެކަމެއްނެތޭ! ކައުންސިލަރުން ޖީބަށް ހުރިހާ ފައިސާތަކެއް ލައިގެން ތިއްބަކަސް ރަށަކަށް ތަރައްގީއެއް ނުލިބޭ! އެއިރެއްގެ އޮންނަ ސަރުކާރަކަށް ތާއީދުކޮށް އެސަރުކާރެއްގެ ފަރާތުން ރަށުގެ ތަރައްގީ އަށް ކަންތަށްތަށް ހޯދުމަށް ވިސްނާ !

  2. ޚާއިނު ނަޝީދު ބިން އިސްތިޢުފާ‮ ‬ވިދާޅުވީ


    ތާރީޚް:27/02/2012

    ދަންނަވަންތޯ، ނަޝީދު ރަށްރަށަށް ވަޑައިގަންނަވަނީ ފަހަތުގައި ލަޝްކަރެއް ލައިގެން. ބޭނުމަކީ، ކޮންމެ ރަށަކުންވެސް ސަޕޯޓް ލިބުނޭ ބުނެ ކެމެރާއަށް ބަޔަކު ދެއްކުން. ރަނގަޅަށް ބަލާއިރު، މި ތިބެނީ ހަމަ އެއް ބައެއް. ކެކެކެކެކެކެ

  3. މޫސާ‮ ‬ވިދާޅުވީ


    ތާރީޚް:27/02/2012

    އަންނި ރަށްރަށަށް އަރއި ހަމަނުޖެހުމަށް މަގުފަހިކުރުމަށް ރަށުތެރޭ ހިނގަނީ. ވަރަށް އަޚްލާގެއްނެތް މީހެއް.

    ކުޅުދުއްފުށީ މީހުންނަށް އޮތީ ދެނެހުރިކަމަށްވެސް ނުހަދައި ތިބުން… އޭރުން ރަކިވެދާނެ. އެކަމަކު މިފަހަރު ކުޅުދުއްފުށީ މީހުންވެސް މިއޮތީ އަންނިގެ މަޅީގައި ޖެހިފައި. މިރޭ ޖަލާލުއްދީން ސްކޫލްގައި އޮންނަ ބައްދަލުވުމަށްވެސް ދާނެކަމެއްނެތް.

  4. ކަހީނު ކޯހުގެ ދަރިވަރެއް‮ ‬ވިދާޅުވީ


    ތާރީޚް:27/02/2012

    ކުދިންނޭ ބުނަން ވާހަކައެއް.. ކެނެރީގޭ ނަޝީދު އެ އުޅުއްވަނީ އޭނާގެ ހިނދުކޮޅުގައި. އެ ހިނދުކޮޅު އޭނާ ދެކެން ބޭނުން ހުވަފެނެއް ދެކުނަދީ.. އޭނަ މިވަގުތު ގެއްލުނު ވެރިކަމުގެ ހިތި ޝުޢޫރުތައް ބޭރުކޮށްލަން ބޭނުންވާނެ. އެކަން ކޮށްލަން ކުޑަ ފުރުސޮތެއް ދިނުމަކީ އިންސާނިއްޔަތަށްޓަކައި މުޅިން ގޯސްކަމެއް ނޫން. މަ އަޑުއަހަން ގޭތެރޭގަ އަރާ ރުޅިގަނޑު ހިލުވާލަން ބޭނުން މީހުނަށް ތަށިތަޅާ މަރުކަޒެއް އިނގިރޭސި ވިލާތުގަ ހުންނަ ވާހަކަ. މީނަޔަށް ރަނގަޅުވާނެ، ހިތްހަމަ ޖައްސާލަން ތަޅާނެ ބާ ތައްޓާ ފުޅިއާ އެއްޗެހި އެއްކޮށްފަ ދޭން.. އެހެން ނޫނިއްޔާ އަންދާލަންވެފަ ހުރި ކުނިބުނި އެއްކޮށްފަ ހަވާލުކުރުން ވެސް ރަނގަޅުވާނެ. ސައިކޮލޮޖިކަލީ އޭނައަށް ރަނގަޅު ފަރުވާއަކަށް އެކަންތައް ވާނެ..

  5. ފަންކާ ހުސެން‮ ‬ވިދާޅުވީ


    ތާރީޚް:27/02/2012

    ވަރައް އަސަރު ކޮއްފިދޯ ދެން ލަލަ ލާ!

  6. ހަސަން‮ ‬ވިދާޅުވީ


    ތާރީޚް:28/02/2012

    ކުޅުދުއްފުށީގައިވެސް ހާދަހާ ރާބޯ ހިތްވާ މީޙުން ގިނަވެއްޖޭ މިހާރު؟ ޒިޔަށްޓޭ އައިތަ؟ އަންބާ ސަފާރީވެސް ހަމަ މިދުވަހަށް ކުޅުދުއްފުއްޓަށް ދާންޖެހެޔޯ ފުޅިތައް ހިފައިގެން،،، އަޅެ އަންބާ ސަފާރީ އޮތްތޯ ޔަގީން ކޮއްލަބަލަ ކޮންމެވެސް ކުއްޖަކު

  7. ffff‮ ‬ވިދާޅުވީ


    ތާރީޚް:28/02/2012

    މިހާރު ނޫނަސް އަންނި އަށް ސަޕޯޓް ނުކުރާމީހުން ކުޅުުދުއްފުށީގަ އުޅޭ……..

  8. މަ‮ ‬ވިދާޅުވީ


    ތާރީޚް:28/02/2012

    މަ ބުނީ ނޫސްތަކަުގައ މަސައްކަތް ކުރާ ރިޕޯޓަރުން ވަކި އަތަކަށް ޖެހިގެން އިންސާފުވެރި ނޫސްވެރިކަމެއް ނުކުރެވޭނެ.މިލިޔުނު މީހެއްވެސް އެނގޭކަށެއް ދެން ނެތް(.) އެކަމަކު ލިޔުނުމީހާއަކީ އަންނި އަށް ގޮސް ހުސްވެފައި ހުރިމީހެއް(.) ރާބޯގެރިން ގިނަވާނެ ލިބެން ހުންނަގޮތްގޮތް ފަހިވަންޖާވެސް(.) ހޫން މިރަށުގެ އާބާދީއާ ބަލާފަ، ސަޕޯޓަރުން މަދުވާނެތީ، މީހުން ގޮވައިގެން އައީ(.) އެއްޑޫ މީހުނަށްވުރެ މިރަށު ހަމާގައި ތިބޭމީހުންގެ ވިސްނުން ރަގަޅުވާނެ!ދެން މިއަށްވުރެ ރަގަޅު ސަން އަދި ހަވީރުގައި އޮތް ހަބަރުތައްވެސް(.) ވަކި އަތަކަށް ނުޖެހި ވިއްޔާ ލިޔެފައި އޮތީ

  9. ޚާއިނު ނަޝީދު ބިން އިސްތިޢުފާ‮ ‬ވިދާޅުވީ


    ތާރީޚް:28/02/2012

    ރޭގައި މި ރާބޯ ވެރިން ދެއްކި އަޚްލާޤީގޮތުން ދަށްފެންވަރުގެ ވާހަކައިގައި ހިމެނޭ ދެއުޅިއެއްނުވާ ގޮވެލިތަކުންވެސް މިމީހުންގެ ފެންވަރު އެނގި އިތުރަށް ފަޟީހަތްވެއްޖެ. މެންބަރު ޣަފޫރުގެ އަސްލު ސިފަވެސް ހާމަވެގެން ހިގައްޖެ. މިބޭފުޅާއަކީވެސް ރައްޔިތުންގެ ވޯޓަށް ޚިޔާނާތްތެރިވެފައިވާ ޣައްދާރެއް. އަޅުގަނޑު އޭނާއަށް ވޯޓު ދިނި މިނިވަން މެންބަރެކޭ ބުނީތީ. އެކަމަކު އަޅުގަނޑުގެ ވޯޓު ބިމާލައި ޖަހާފައި އެވަނީ އެމް.ޑީ.ޕީއަށް ވަދެފައި. އެހެންވީމާ ދެން ޑރ.ވަހީދުއާއި ދިމާއަށް ޣަފޫރަށް ފާޑު ކިޔޭނެތަ؟؟؟؟؟ ފުރަތަމަ ތިމާ ކޮރަޕްޝަނުން ސަލާމަތްވެފައި އިތުރުވާހަކަ ދައްކާ. އަހަރެން އަތުގައި އެބަހުރި ޣަފޫރުގެ ބެލުމުގެ ދަށުގައިވާ ފަޅުރަށަކުން ޣަފޫރުގެ ހުއްދައަށް ކަނޑާފައިވާ ލަކުޑިތަކުގެ ފޮޓޯ އެވިޑެންސް. ވަގުތު ޖެހުމުން ހާމަކުރާނަން މިފަދަ ކިތަންމެ ކަމެއް. އެހެންވެ މީހާރު ބިރުން ތުރުތުރު އަޅައިގެން ވަލު ޖަނަވާރުން އުޅޭ ޒާތަށް އެއުޅެނީ. ވޯޓުގަތީ ރައްޔިތުންނަށް ފައިސާ ބަހައިގެން، އެކަމުގެ ހެކިވެސް އެބަހުރި.

  10. ޚާއިނު ނަޝީދު ބިން އިސްތިޢުފާ‮ ‬ވިދާޅުވީ


    ތާރީޚް:28/02/2012

    ރޭގެ ޖަލްސާ ޓީވީން ބަލަނިކޮށް އިވުނު އެންމެ ހައިރާންކުރަނިވި އެއް ވާހަކަޔަކީ ޑރ. ވަހީދު އެމެރިކާގެ ޕާސްޕޯޓެއް އޮންނަ ވާހަކަ ސަރަނގޭ ބުނިއަޑު. އަދި ބުނި މިހާރު ވެރިކަމުގައި ބަހައްޓައިގެން ތިއުޅެނީ ބިދޭސީ އެކޭ. މިކަމާއި ގުޅިގެން މިކަންމިއީ ތެދަކަށް ވާނަމަ އުފެދޭ ސުވާލަކީ. އެހެންވިއްޔާ 2008 ވަނަ އަހަރު އަންނިގެ ރަނިންގ މޭޓަކަށް ބިދޭސީ އެއް ހޮވައި ދިވެހިންނަށް ޚިޔާނާތްތެރިވީ ރައީސެއްގެ އިންތިޚާބް ޞައްހަވާނެގޮތެއް އޮންނާނެތޯ އޭ؟ އެހެން ވީމާ 2008 ވަނަ ނޮވެމްބަރު 11 އިން ފެށިގެން މިކުރަނީ ޣައިރު ޤާނޫނީ ވެރިކަމެއް ތާއޭ. އެހެން ވީމާ، މިފަދަ ބޮޑު ޖަރީމާއެއް ހިންގި ބަޔަކަށް ދިވެހިން އަނެއްކާ ވޯޓުދޭން ވާނެބާއޭ.
    އެކަމަކު އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ޑރ. ވަހީދު އެމެރިކާގެ ޕާސްޕޯޓެއް އޮވޭ. އެހެންނަމަވެސް ރާއްޖެ އައުމަށްފަހު ވަނީ ދިވެހި ސިޓިޒަންޝިޕް ހޯދާފައި. އެހެން ނޫންނަމަ ކިހިނެތްތޯ އަމިއްލަ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރާނީ. އެހެން ވީމާ އަނެއްކާވެސް ބުނެވޭނީ މިއޮތީ ސަރަނގޭގެ ސޯޓު ބޭލި މިބައިމީހުން ހަދަމުންގެންދާ ދޮގުތައް ބޭޒާރުވެފައޭ. އަންނި އުޅެނީ ބޮލުގައި ޖެއްސި ބަޑިން ސަލާމަތް ނުވެވިގެން އެދޮގު ފޮރުވަން އަރާހާ ރަށަކަށް ދޮގު ހަދަމުން ދުވަމުން.

  11. މޫސާ‮ ‬ވިދާޅުވީ


    ތާރީޚް:28/02/2012

    ކިހިނެއްހޭ އަމީން ފައިސަލްމެން ލައިގެން މިކަން ކުރާނީ؟ ރާބޮމުން ހޮޑުބާލަމުން ދުވަމުން…

  12. ޚާއިނު ނަޝީދު ބިން އިސްތިޢުފާ‮ ‬ވިދާޅުވީ


    ތާރީޚް:28/02/2012

    ދަންނަވަންތޯ؟ ރޭގަ ބޭއްވި ޖަލްސާގައި ކުޅުދުއްފުށީ ބޭކަނބަލެއް ވިދާޅުވި “މިވީ (ވެރިކަން ގެއްލި، މަގުމަތިވެ، ބިކަވުމަކީ) އެމްޑީޕީއަށް ރަނގަޅަކަށްވީ ކަމެކޭ” ދެން ޖުހާގެންނަން މިޖެހުނީ މި ވިދާޅުވި ބަސްފުޅުގެ އަސްލު މާނަކުރުމަށް. އަޅުގަނޑަށް މާނަކުރެވެނީ މިއީ ބައިކޮޅަށް ޖެހުނު ގޯލެއްކަމަށް؟ އެހެން ނޫންނަމަ، ދެން ރަނގަޅު ގޮތްވީމަ، މަޑުން ތިބެންވީނު. އެހެންމީހުނަށް ކޮން ބަލާއެއް؟

    ދެން އޮތީ ސަރަނގޭގެ ވާހަކަ. އޭނާ ވަރަށް ޙަސަދަވެރިވާ ކަމެއްކަމަށްވަނީ، ވަހީދުގެ ދަރިން ބޭރުމީހުންނާ ކައިވެނިކޮށްގެން އެހެން ޤައުމުތަކުގަ އުޅުމާ، ވަހީދުގެ ގެއެއް މެލޭޝިޔާގަ ހުރުމާ، ވަހީދުގެ އަތްޕުޅުގައި އެމެރިކާ ޕާސްޕޯޓެއް އޮތުމަކީ (ބައިދަވޭ، މި ބޭފުޅުންނަކަށް ނޭނގޭނެ ޑުއަލް ސިޓިޒެންޝިޕަކީ ކޯޗެއްކަމެއް). އެހެންނު ވާނީ، ސަރަނގޭ ގޯތި ދޮންމަނިކު އެއީ ފަތްބޯ ކުއްޖަކަށްވެފަ، ސަރަނގޭ އެވަރުން އުޅުނީމަވެސް ނުކުރެވުނު ކަންކަން ވަހީދަށް ނުލާހިކު ފަސޭހައިން ވީމަ. ދެން ޙަސަދަވެރިޔަކު ކިޔާނެ ގިނަ އެއްޗެއްސަކީ ސާބިތު ހިފޭ ވާހަކަތަކެއް ނޫން. މިކަން ހަމަހޭގައި ހުންނަ ކޮންމެ މީހަކަށްވެސް އެނގޭ.

  13. ޚާއިނު ނަޝީދު ބިން އިސްތިޢުފާ‮ ‬ވިދާޅުވީ


    ތާރީޚް:28/02/2012

    އެމްޑީޕީން ޖަލާލުއްދީން ހޯލުގައި އެ ބޭއްވި ޖަލްސާގައި ތިބި މީހުންގެ ޢަދަދު 120 ވުރެ ގިނަވާނެ ކަމަކަށް ނުބެލެވޭ. ޖަލާލުއްދީން ހޯލުގަ ގޮނޑިޖެހުމުގަ އެތައް ދުވަހެއް ހޭދަކުރި މީހަކަށްވީމަ މަ މި ބުނަނީ، އެތަނުގަ ޖެހޭނީ ވަރަށް ޕެކްޑްކޮށް ޖަހާނަމަ، މައްޗާ ތިރިއާ އެއްކޮށް 200 އެއްހާ ގޮނޑި. ދެން، ރޭގަ ގޮނޑި ޖަހަން ފަށާފައިވެސް ހުރީ ހޯލުގެ މެދާ ގާތްކުރާ ހިސާބުންފެށިގެން ސްޓޭޖާ ދުރަށް. ކެމެރާއިން ދައްކަނީ މީހުން ތިބޭ ތަންކޮޅާ ޕޯޑިއަމް. އެދެމެދުގައިވާ ބޮޑު ހުސްތަނެއް ނުދައްކާ. ސަބަބަކީ އޭރުން އެތަނުގަ ތިބި މަދު މީސްކޮޅު އެނގޭނެތީ. މިއީ ހ.އ އަތޮޅުންނާ މަކުނުދޫ އަދި އެހެނިހެން ރަށްރަށުން މީހުން ގެނެސްގެން އޯޑިއެންސް ހަމަކުރެވުނު ވަރު. މިއޮތީވާ ބޮޑު ތާޢީދެއް ލިބިފަ.

  14. Dog‮ ‬ވިދާޅުވީ


    ތާރީޚް:28/02/2012

    އަންނި ޔާއި އެއްވަރަށް ބަޔަކު މޮޔަވާން ވެއްޖެނަމަ މިޤައުމު ހަލާކުވެގެން ހިނގައިދާނެ، ހުރިހާ ރައްޔިތުން ހޭއަރާ މިމޮޔަ މީހާގެ ކިބައިން ސަލާމަތްވުމަށް އަވަސް ވެގަނެބަލަ.

  15. ފު‮ ‬ވިދާޅުވީ


    ތާރީޚް:28/02/2012

    ކުދިންނޭ ހާސްނުވޭ.. ތެޅުން ވަރަކަށް ހުޅުނބު ދާނީ.. އޭނަ އެކުރާ ކަމަކީ ކޮށްފަ ހުރި ޖަރީމާތަކަށް ސަރިއަތް ހިންގަފާނެތީ ބިރުން ކުރާކަމެއް. އޭނަ ހީކުރަނީ އޭނަގެ ސަރިއަތް ހިންގުމަކީ މުޅި ދިވެހިރާއްޖެ ހަލަބޮލިވެ، ގައުމު ބޮޑު ހަމަނުޖެހުމަކަށް ހިނގައިދާނެކަމުގެ ބިރަށް، ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގެ ނަމުގަ ސަރުކާރުން އޭނަޔާ މެދު ސަރިއަތް ނުކޮށް ތިބެންވީއޭ. އެކަމަކު ހަގީގަތަކީ، އޭނަ ހަމައިން ނެއްޓިގެން އެގޮތަށް ތެޅުނު ވަރަކަށް އަތަށް ގޮވާނީ.. ވެރިކަން ވެއްޓުނު ދުވަހު ވެސް ހުސްބަނޑާ ހުރެ ދަމާލި ރާފުޅީގެ ބާކީ ނުބޮވި ހުރިބައި މުލިއާގޭގަ ހުރި ކަނޑާލިގޮތަށް. ރާބުއިމުގަ ހައްދު ފަހަނައަޅާފަ. މިކަލޭގެއަކީ މަށަށް ހީވާގޮތުން އަލްކަހޯލިކް ބަލިޖެހިގެން ފަރުވާ ދޭންވެފަ ހުރި މީހެއް.. އެހެން ނޫނީ ގައުމެއްގެ ރައީސްކަން ކުރަމަކުން ޣައިރު މުސްލިމަކު ވެސް އެވަރަކަށް ނުއެއް ބޯނެ.

  16. އާމިރު‮ ‬ވިދާޅުވީ


    ތާރީޚް:28/02/2012

    ބަގާވާތްކުރުން އެއީ މައްސަލައެއްކަމަށްނުބައްލަވާފަރާތްތަކަށް ބުނެލާނީ އިންސާފުގެ ދަތުރުގެ ސަބަބުތައް އެނޫނަސް އެބަހުރި: 2 އަހަރުކުރިން ހުށައަޅާފައިވާ “މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ” ރެޑްވޭވް ސަލީމުގެ މައްޗަށް ކުށް ސާބިތެއް ނުވި ކަމަށް ކުރިމިނަލް ކޯޓުން ނިންމެވީ 28 ފެބުރުއަރީ 2012. އެމައްސަލާގެ އަޑުއެހުންތައް ނިންމަވާފައިވަނީ ހެކިބަސްދިނުން ނިންމާލާފައިވަނިކޮށް އިތުރުފުރުސަތު 31 ޖެނުއަރީ 2012 ގައި ހުވާކުރުމަށް ފުރުސަތު ދެއްވުމަށްފަހުގައި (.) ނަމަވެސް

    ކޮރަޕްޝަންގެ އަމަލެއް ނުހިންގާ ކަމަށް ހުވާކުރުމުގެ ފުރުސަތު އިސްމާއީލް އަބްދުލް ހަމީދަށް 12 ޖުލައި 2011 ގައި ވަނީ ކުރިމިނަލް ކޯޓުން ނުދެއްވާފައި.

    ނާޒިމްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް 20 ފެބުރުއަރީ 2012 ގައި ކަންޑައެޅުއްވިއިރު ޕްރޮޖެކްޓުގެ ޖުމްލަ އަގަށްވާ 1،425،000ރ ދިވެހި ދައުލަތުގެ މާލިއްޔާއަށް ވަންނަން ނުޖެހެނީބާއެއެވެ. ނާޒިމްގެ މިފަދަ 3 މައްސަލައެއް ހުށައަޅުއްވާއި “ނާޒިމްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް” ކޮންމެ މައްސަލައެއްވެސް ވަނީ ނިންމަވާފައެވެ. ޖުމްލަ އަގު ގާތްގަނޑަކަށް 50 މިލިއަން ރުފިޔާއަށް އަރާނެކަމަށް ޤަބޫލުކުރެވިފައިވޭ.

    އަދިވެސް ސަބަބުތައް ބައިވަރު…

  17. ފު‮ ‬ވިދާޅުވީ


    ތާރީޚް:01/03/2012

    ވަރަށް ގިނަ މީހުން އެބަ ކިޔާ ބަޣާވަތޭ. ބާޣީއޭ.. ހަގީގަތަކީ، މިވާހަކަތައް ދައްކާ މީހުންނަކަށް ނޭނގޭ ބަޣާވާތުގެ މާނައަކީ ކޮބައިކަމެއް.

  18. ބާޣީ‮ ‬ވިދާޅުވީ


    ތާރީޚް:01/03/2012

    ބާޣީ އަންނި މިރަށުން ހަމަ މިހާރު ފައިބާ!!!

  19. ފު‮ ‬ވިދާޅުވީ


    ތާރީޚް:01/03/2012

    ރާފޮދު ހިއްޕަވާކަމަށް މަޝްހޫރުވެފައިވާ ކުރީގެ ރައީސް ނަޝީދުގެ އޯޑަރަށް މިއަދު މުޒާހަރާކުރަން ނިކުތް ގުންޑާއިން މަސްތުވެގެން ތިބެ ދިން ހަމަލާގައި އެންމެ ބޮޑު ގެއްލުމެއް ލިބިގެން ލަންކާއަށް ގެންދިޔަ ސިފައިންގެ ކުއްޖާއަކީ މިރަށު (ކުޅުދުއްފުށި) ކުއްޖެއްކަމުގައި ހަވީރު ނޫހުން ރިޕޯޓުކޮށްފި

  20. ޚާއިނު ނަޝީދު ބިން އިސްތިޢުފާ‮ ‬ވިދާޅުވީ


    ތާރީޚް:01/03/2012

    ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޣަފޫރު (އިއްޒަތްތެރި ކަމަށް ދަޢުވާކުރާ) މެންބަރު މިއަދުގެ ރިޔާސީ ބަޔާން ހުށަހަޅުއްވާ ޖަލްސާއަށް ހުރަސް އެޅުމަށް ކުރި ހަޑިމުޑުދާރު ޢަމަލު އޭނާއަށް ވޯޓުދެވުނު މީހެއްގެ ހައިސިއްޔަތުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ދެން މިދާއިރާއަށް ކުރިމަތިލީ ކަމުގައިވިޔަސް އަޅުގަނޑުގެ ވޯޓު ނުލިބޭނެކަމާއި އަދި އަޅުގަނޑުގެ ޢާއިލާ އާއި އަޅުގަނޑުގެ ބަސްގަބޫލުކުރާ އެއްވެސް މީހެއްގެ ވޯޓް ނުލިބޭނެކަމުގައި ބުނަން. އަދި އެނާއަކީ މަޖިލީހުގެ މެންބަރުކަމަށް ކުފޫ ހަމަނުވާ ޣައްދާރެއް ކަމުގައި ބުނަން. އަދި މިރަށު ފުލުސްކުއްޖާއަށް ލިބުނު ގެއްލުމުގެ ޒިންމާ މެންބަރު ނަގަންޖެހޭ.

  21. ކަހީނު ކޯހުގެ ދަރިވަރެއް‮ ‬ވިދާޅުވީ


    ތާރީޚް:01/03/2012

    އެއީ އަހަރެމެން ގޯތި ދޮށު ކުއްޖެއް. ވަރަށް ހިތާމަވެރި ޚަބަރެއް މިއީ. އަހަރެންގެ ދުޢާއަކީ އޭނާއަށް އަވަސް ޝިފާއެއް ލިބުން. އަދި އޭނާގެ ޢާއިލާއަށް ކެތްތެރިކަމާ ސާބިތުކަން ދެއްވުން. އަދި މި ނޭވާގަ ދިވެހި ސަރުކާރަށް މި ގޮވާލަނީ މި ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް އެމީހުން އެ ހިންގި ޓެރަރިސްޓު ޢަމަލަށް ޙައްޤު އަދަބު ދިނުމަށް.

ޚިޔާލު ފާޅުކުރައްވާ