އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ކުޅުދުއްފުށީގައި ޖަލްސާއެއް ބާއްވައިފިއެވެ.
އެމްޑީޕީން ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެން، ރޭ ޖަލާލުއްދީން ސްކޫލުގައި އެޕާޓީން ބޭއްވި ޖަލަސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީީ ކުޅުދުއްފުށީ ކައުންސިލުން މިސަރުކާރު ބަލައިނުގަތުމަށް ގޮވާލާފައި އެވެ. އަދި ކައުންސިލުން އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހުމަށް އެދިވަޑައިގަތެވެ.
“ކުޅުދުއްފުށީ ކައުންސިލްގެ ހިންގުންވެސް އަދި ކައުންސިލްގެ ތެދުވުންވެސް ކުޅުދުއްފުށީ ރައްޔިތުންގެ ހިމާޔަތުގައި ގަދަ އަޑުން އޮންނަންޖެހޭނެ” ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ކުޅުދުއްފުށީގެ އަމަން އަމާންކަން ބަލަހައްޓާނީ ގާނޫނީ ގޮތުން ކައުންސިލުން ކަމަށާއި ފުލުހުން ނޫން ކަމަށް ވިދާޅުވިއެވެ.
“ކުޅުދުއްފުށީގެ އަމަން އަމާންކަން ބަލަހައްޓަނީ ގާނޫނީ ގޮތުން ކުޅުދުއްފުށީ ކައުންސިލުން. ފުލުހުންނެއް ނޫން.” ނަޝީދު ވިދާޅުވިއެވެ. “ފުލުހުން އެހީތެރިވެދޭން ޖެހޭނީ ކުޅުދުއްފުށީ ކައުންސިލަށް”
މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވާހަކަ ދެއްކެވިއެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ ބަޔަކާއި އަތޮޅު ތެރޭގެ އެކިރަށްރަށުން ނަޝީދާެއެކު ކުޅުދުއްފުއްޓައް އައި މީހުންނާއެކު ރޭ ޖަލާލުއްދީން ސްކޫލު ހޯލުގައި ބޭއްވި ޖަލްސާގައި މިހާރުގެ ސަރުކާރަށާއި ފުލުހުންނާއި ސިފައިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.


Dog ވިދާޅުވީ
ތާރީޚް:28/02/2012
އެވަރުންވެސް މޮޔަ ނަޝީދު ހިތްހަމަ ޖެހިއްޖެނަމަ އަހަރެމެންނަށް މައްސަލައެއް ނެތް،
Dog ވިދާޅުވީ
ތާރީޚް:28/02/2012
ދެން ކުޅުދުއްފުށީގައި އުޅޭ މޮޔަ ނަޝީދުގެ ބަސް އަހާ އެއްވެސް މީހަކު އެއްވެސް މައްސަލައަކާއި ގުޅިގެން ޕޮލިހަށް ނައުން އެދެން. ރަށު ކައުންސިލު އެއޮތީ 24 ގަޑިއިރު އެބޭފުޅުންގެ ހިދުމަތުގައި. އަދި މިކަމުގައި ފުލުހުންވެސް ވިސްނާލުމަކީ އެދޭކަމެއް، ބާކީ ތިބި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ފުލުހުން ތިބީމައި ހުންނާނީ ރަގަޅަށް،
boduthila ވިދާޅުވީ
ތާރީޚް:28/02/2012
މޮޔަ ނަޝީދު އާއި އޭނާގެ އަންހެނުން މާރިޔާ ފިދަނަ ސިފައިންނާއި ފުލުހުންނަށް އެއްޗެތި ކިޔާއިރު ލަދެއް ހަޔާތެއް ނެތްކަން މިފޮޓޯ އިންވެސް އެބަފެނޭ، އެހެނީ އެމީހުންގެ ހަށި ރައްކަލަށް މިހާރުވެސް ފަހަތުގައި އެތިބީ ސިފައިންގެ ދެމީހުން، އެހޭ ނަފުރަތު ކުރާބައެއްގެ ސެކިއުރިޓީއަކަށް މަވާ ސަލާން،
ޚާއިނު ނަޝީދު ބިން އިސްތިޢުފާ ވިދާޅުވީ
ތާރީޚް:28/02/2012
ޖަލްސާ ޓީވީން ބަލަނިކޮށް އިވުނު އެންމެ ހައިރާންކުރަނިވި އެއް ވާހަކަޔަކީ ޑރ. ވަހީދު އެމެރިކާގެ ޕާސްޕޯޓެއް އޮންނަ ވާހަކަ ސަރަނގޭ ބުނިއަޑު. އަދި ބުނި މިހާރު ވެރިކަމުގައި ބަހައްޓައިގެން ތިއުޅެނީ ބިދޭސީ އެކޭ. މިކަމާއި ގުޅިގެން މިކަންމިއީ ތެދަކަށް ވާނަމަ އުފެދޭ ސުވާލަކީ. އެހެންވިއްޔާ 2008 ވަނަ އަހަރު އަންނިގެ ރަނިންގ މޭޓަކަށް ބިދޭސީ އެއް ހޮވައި ދިވެހިންނަށް ޚިޔާނާތްތެރިވީ ރައީސެއްގެ އިންތިޚާބް ޞައްހަވާނެގޮތެއް އޮންނާނެތޯ އޭ؟ އެހެން ވީމާ 2008 ވަނަ ނޮވެމްބަރު 11 އިން ފެށިގެން މިކުރަނީ ޣައިރު ޤާނޫނީ ވެރިކަމެއް ތާއޭ. އެހެން ވީމާ، މިފަދަ ބޮޑު ޖަރީމާއެއް ހިންގި ބަޔަކަށް ދިވެހިން އަނެއްކާ ވޯޓުދޭން ވާނެބާއޭ.
އެކަމަކު އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ޑރ. ވަހީދު އެމެރިކާގެ ޕާސްޕޯޓެއް އޮވޭ. އެހެންނަމަވެސް ރާއްޖެ އައުމަށްފަހު ވަނީ ދިވެހި ސިޓިޒަންޝިޕް ހޯދާފައި. އެހެން ނޫންނަމަ ކިހިނެތްތޯ އަމިއްލަ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރާނީ. އެހެން ވީމާ އަނެއްކާވެސް ބުނެވޭނީ މިއޮތީ ސަރަނގޭގެ ސޯޓު ބޭލި މިބައިމީހުން ހަދަމުންގެންދާ ދޮގުތައް ބޭޒާރުވެފައޭ. އަންނި އުޅެނީ ބޮލުގައި ޖެއްސި ބަޑިން ސަލާމަތް ނުވެވިގެން އެދޮގު ފޮރުވަން އަރާހާ ރަށަކަށް ދޮގު ހަދަމުން ދުވަމުން.
naheez ވިދާޅުވީ
ތާރީޚް:29/02/2012
އެއިރަކު އޮންނަ ސަރުކާރަކަށް ތާއީދުކޮށް، ކުޅުދުއްފުށީގެ ތަރައްޤީއަށް މަސައްކަތް ކުރަން މުހިއްމުކަން ދޭންވާނެ..އަދިވެސް ކުޅުދުއްފުށްޓަށް ހާދަ ގިނަ ތަރައްޤިއްެއް ގެނެވިދާނޭ..ހަމަނުޖެހުން ހިންގާ މީޙުންނާ ރެކިގެން އުޅުން ބުއްދިވެރި..
ޚާއިނު ނަޝީދު ބިން އިސްތިޢުފާ ވިދާޅުވީ
ތާރީޚް:01/03/2012
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޣަފޫރު (އިއްޒަތްތެރި ކަމަށް ދަޢުވާކުރާ) މެންބަރު މިއަދުގެ ރިޔާސީ ބަޔާން ހުށަހަޅުއްވާ ޖަލްސާއަށް ހުރަސް އެޅުމަށް ކުރި ހަޑިމުޑުދާރު ޢަމަލު އޭނާއަށް ވޯޓުދެވުނު މީހެއްގެ ހައިސިއްޔަތުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ދެން މިދާއިރާއަށް ކުރިމަތިލީ ކަމުގައިވިޔަސް އަޅުގަނޑުގެ ވޯޓު ނުލިބޭނެކަމާއި އަދި އަޅުގަނޑުގެ ޢާއިލާ އާއި އަޅުގަނޑުގެ ބަސްގަބޫލުކުރާ އެއްވެސް މީހެއްގެ ވޯޓް ނުލިބޭނެކަމުގައި ބުނަން. އަދި އެނާއަކީ މަޖިލީހުގެ މެންބަރުކަމަށް ކުފޫ ހަމަނުވާ ޣައްދާރެއް ކަމުގައި ބުނަން.
ހަސަން ވިދާޅުވީ
ތާރީޚް:02/03/2012
ޣަފޫރަށް އަޅުގަނޑު ވޯޓު ދިނީ އަމިއްލަ މެމްބަރެކޭ ބުނީމަ، އަރެން ވޯޓް ދިނީ އެމް.ޑީ.ޕީ. މެމްބަރަކަށް ނޫން.. “ކޮބާ މަގޭ ވޯޓް”
ޚާއިނު ނަޝީދު ބިން އިސްތިޢުފާ ވިދާޅުވީ
ތާރީޚް:02/03/2012
މަޖިލިސް ހުޅުވަން ބާއްވަން އުޅުނު ޖަލްސާގެ ތެރޭގެ ވީޑިޔޯތައް ފެނުނީހަމައި ހީވަނީ ޖަނަވާރު ކޮށްޓެއްހެން.ރާމާމަކުނުތަކެއް މޭޒުތަކުމަތީގައި އީށީއިނދެ ފުންމާ ދުވާއިރު ކުއްތާތަކެއް ވަށްވަށްޖަހާ އަޑާއި ސީލްތަކެއް ތަޅުންމަތީގައި އޮށޯވެތިބޭ މަންޒަރު. ބޮޑެތި ގޮރިއްލާ ފަދަ ޖަނަވާރުތައްވެސް ކޮޅުކޮޅުމައްޗަށް ދުވާ މަންޒަރު ސިފަވޭ. އަޅުގަނޑު ދެން އެންމެ ދެކެންބޭނުންވާ ދުވަހަކީ އިއްޒަތްތެރި ރައްޔިތުންގެ ޖަނަވާރުކޮށްޓެއް މިދިވެހިރާއްޖޭގައި ޑިމޮކްރަސީ އުސޫލުތަކުން ހޮވާނެ ދުވަހެއް. އޭރުން 77 ދާއިރާއިން ކޮންމެ ދާއިރާއަކުން އިންތިޚާބުކުރާ ޖަނަވާރެއް އެތަނަށް ލާނީ. ކުޅުދުއްފުށީ އުތުރު ދާއިރާއަށް އަޅުގަނޑު ހުށަހަޅާނީ ފިނި ސަރަހައްދުގައި އުޅޭ ވައްތަރުގެ ސީލެއް ގެންނަން. ދެން ވޯޓު ކަރުދާސްކޮޅުގައި ޖަހާނީ 1- ސީ، 2- ރާމާމަކުނު، 3- ؟؟؟ މިފަދަގޮތަކަށް ކަރުދާސްކޮޅުގައި ކެންޑިޑޭޓުން ތަރުތީބުކޮށްފައި ވޯޓުލާނީ. އޭރުން އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް މިހާރު މިއިވޭކަހަލަ އަވަގުރާނަ ގޮވާ މަޖިލީހެއްގެ ބަދަލުގައި، ތަސައްރަފު ފުދިފައިވާ ޑިމޮކްރަސީގެ ރީތި އުސޫލުތަށްދަންނަ ޖަނަވާރުތަކެއް އެކުލެވިގެންވާ ބައިނަލް އަޤްވާމީ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ އިއްޒަތްތެރި ޖަނަވާރުކޮށްޓެއް ލިބިގެންދާނެ.
މަ ވިދާޅުވީ
ތާރީޚް:05/03/2012
ގަދަ އިނގޭ ހާއިނު ނަޝީދު ބިން އިސްތިޢުފާ. މަހަމަ ކަލޭގެ ހުރިހާ ކޮމެންޓަކަށް ތާޢީދުކުރަން(.)އަދި ގަބޯ ބުނެފިއޭނުން ތިމަންނައަށް ވޯޓު ދިނީ އެމްޑީޕީ މީހުންނޭ. ބަލަގަ މޮޔަޔޯ! ކަލޯ(ގަބޯ) އުތުރު ދާއިރާއަށް އަމިއްލަ މީހެއްގެ ގޮތުގައި ކުރިމަތިލީމައޭނުން އެމްޑީޕީ މީހުން ކޮންމެސް އެހެން ޢަބްދުލްޣަފޫރު މޫސާއެއްގެ ނަން ހުށަހެޅޭ(.) އެކަމަކު އެމީހަކީ އެންމެ ފަހަރަކުވެސް މިދާއިރާ ރައްޔިތުން ދުޢްވެސް މީހެއް ނޫން(.) ހަމައެކަނި ބޭނުމަކީ ވޯޓް ލާންދާ ނިކަމެތިނަނަށް އޮޅުވައިލާގެންވެސް ތިޔަ ގަބޯ ނުހޮވޭތޯ ބެލުން. ދެން ކޮން ލަލަލާއެއްތަ؟ ތިޔަ ކިޔަނީ މިރަށު އުތުރު ދައިރާގަ އެންޑީޕީމީހުންނާއެކު