ދާއިރާތަކުގެ ބަހުސްގައި ކުޅުދުއްފުށީގެ ބައެއް މީހުން ހީކުރިވަރާއި ގާތަށްވެސް، ރަށުން ބޭރުން އައިސް އަޅުގަނޑުމެންގެ ގޮޑިތައް އަނެއްކާވެސް ހޯދުމަށް މަސައްކަތްކުރަމުންދާ ފައިސާވެރި ކެންޑިޑޭޓުންނަށް ވާހަކަ ނުދެއްކުނުތަން ފެނިގެން ހިނގައްޖެއެވެ. ހަމައެކަނި ރަށުން ބޭރު، އެބުނާ ފައިސާވެރި، ޢިލްމީ ސަނަދުތައް ގިނަ ކެންޑިޑޭޓުންނަށް، ކުޅުދުއްފުށީގެ ‘ގަބުޅި’ ކެންޑިޑޭޓުންގެ ކުރިމަތީގައި އަނގައިން ނުބުނެވުނީކީއެއް ވެސް ނޫނެވެ، ބޭޒާރުވެސް ވީއެވެ.
އަހަރެން އެންމެ އަޅައިގަތީ، ދެކުނު ދާއިރާއަށް ކުރިމަތިލައިފައިވާ، ކެންޑިޑޭޓް ނަންބަރު 1، ޢަބްދުﷲ މުހައްމަދު ދިން ޖަވާބެއްގައެވެ. އޭނާ ސުވާލުގެ ޖަވާބުގައި ބުނީ ކިޔެކޭ ކަމަށް ހެއްޔެވެ؟ ޖަވާބުގައި ބުނީ، ކުޅުދުއްފުށީގައި ގާތް މީހުން ތިބޭނެ ވާހަކަޔާއި މި ދާއިރާއަށް ކުރިމަތިލީ، ބައެއްގެ އެދުމުގެ މަތީން ކަމުގައެވެ! މި ޖަވާބާއި މެދު ނިކަން ފުންކޮށް ވިސްނާލާށެވެ.
ޖަވާބުގެ ސީދާ ސާދާ ޝަރަހައަކީ، ތިމަންނަ ކުޅުދުއްފުށީ ގެ ގޮނޑިއަށް މިކުރިމަތިލީ އަމިއްލަޔަށް ޚިދުމަތެއް ކޮށްދޭކަށް ނޫނެވެ. އެކަމަކު، ކުޅުދުއްފުށީގައި ހިންގި ތަފާތު މަޝްރޫޢުތަކުގެ ދުވަސްވަރު، ދެކެފަރިތަވި ބައެއްގެ އެދުމުގެ މަތީން އެމީހުންނަށްޓަކައެވެ.
މި ފަދަ ފިކުރެއްގައި، މަޖިލީސްގެ ގޮނޑިއަށް ކުރިމަތިލާ މީހެއްގެ ފަރާތުން ކަންކަން ފެނިގެން ދާނެ ގޮތް އޮތީ ތަސައްވަރުކޮށްލުމެވެ. މިހާރުވެސް، ފިކުރު އެހުރީ، އެކުވެރި ބައެއްގެ މުހުތާދުތަކަށް ހައްލެއް ހޯދައި ދިނުމަށް ހެން ހާދަ ހީވެއެވެ. ޢާންމު، ކުޅުދުއްފުށީ ރައްޔިތުންނަށްޓަކައި، ވަކާލާތުކޮށްދޭ ގޮތަކަށް ހުރެވޭނީ އަމިއްލަ ޒަމީރުގެ އެދުމުގެ މަތިން ކުޅުދުއްފުށީގެ ގޮނޑިއަށް ކުރިމަތިލީ ނަމަ ތާއެވެ.
ރަށުގެ ބައެއް މީހުން އެދިގެން މިގޮތަށް، ކެންޑިޑޭޓުން ރަށަށް ގެނައުން، އެދައްކުވައިދެނީ، ރަށާއި މެދު އެމީހުންގެ އިޚްލާސްތެރިކަމެއް ނެތްކަމެވެ. އެމީހުންގެ އަމިއްލަ ފައިދާ، ރައްޔިތުންގެ ފައިދާގެ މައްޗަށް އިސްކުރުމުގެ ވިޔާނުދާ ސުލޫކެވެ. ހަގިގީ ވިޔާނުދާ މީހުންނަކީ ރަށުން ބޭރު މީހުންނަށް އާދޭސްކޮށްގެން ރަށުގެ ކެންޑިޑޭޓަކަށް ވުމަށް ރަށުން ބޭރު މީހުންނަށް މަޖުބޫރުކުރުވާ މީހުންނެވެ. ރައްޔިތުން ވިސްނަންވީ ރަށުގައި، “ކަމުވޮށި ލޭބަލް” ތަތްކޮށްގެން އުޅޭ މިފަދަ މީހުންނާއި މެދުގައެވެ.
ތެދަށް ބުނާކަމަށްވާނަމަ، ކެންޑިޑޭޓަށް އަހަރެންވެސް އިޙްތިރާމްކުރަމެވެ. ނަމަވެސް އަހަރެންގެ ޝަކުވާއާއި ނަފުރަތު އަމާޒުވަނީ، ދުރުގައިހުރި މުއްސަންޖަކު، ބައެއްގެ އަމިއްލަ ފައިދާއަށްޓަކައި ރަހީނުކޮށް، ކުޅުދުއްފުށީގެ ގޮނޑިއަށް ކުރިމަތިލުމަށް، އޭނާއަށް މަޖުބޫރުކުރުވި، މި ރަށު މީހުންނާއި މެދުގައެވެ. ތިޔަކުރީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގޭނަމަ، ސާފުކޮށް ދެން ހެއްޔެވެ؟ ތިޔަ ވެވުނީ ރަށަށް އަނެއްކާވެސް ޚިޔާނާތެކެވެ. ކެންޑިޑޭޓާއިމެދުވެސް ތިޔަވަނީ އޭނާ ވަލުގައި ބަހައްޓައިގެން، ބޭއިހްތިރާމެވެ. ތިޔަ ފެލާލަނީ ކެންޑިޑޭޓާއި އަމިއްލަ ރަށުގެ އަޚުންނާއި އުޚްތުންނެވެ.
އަލްއަޚް ޢަބްދުﷲ މުހަންމަދުގެ ޖަވާބު އިވިފައި، އޭނާގެ ދޯހަޅި، ކެމްޕޭނު ވަޢުދުކަމަށްވާ، މަޖިލީހަށް ހޮވިއްޖެ ނަމަ، މިރަށުގައި ކޮންޕިޔުޓަރު ކުލާހެއް ހަދައިދޭނެ ކަމަށް އެބުނާ ބުނުމުގެ ހަގީގީ ސަބަބު ސާފުވެގެން މި ދިޔައީއެވެ. އާދެ، ބަޔަކު، މަތިންބައިންޖެހިގެން، އާދޭސްކޮށްގެން، މަޖީލީހަށް ކުރިމަތިލާ މީހާ، ކޮންމެހެން ހަރުދަނާ ވަޢުދެއް ވާންޖެހޭ ހެއްޔެވެ؟
ޔަގީނާ ގާތަށް މިހާރު ލަފާކުރެވެނީ، ކެންޑިޑޭޓްގެ ކެންޕެއިން ލީފުލެޓްގައި އެވާ ވަޢުދަކީ އޭނާގެ ފަހަތުން އާދޭސްކުރަމުން ދުވާ، ކުޅުދުއްފުށީގެ ދެތިން މީހެއްގެ އެދުމަށް ލިޔެފައިވާ ކޮހެއް ކަމަށެވެ. ތިޔަކިޔުންތެރިޔާއަށް އެހެން ހީއެއް ނުވޭހެއްޔެވެ؟
އަނެއްކާ މި އުޅެނީ، އަމިއްލަ އެދުމުން ފޯވެފައި ތިބި ކުޅުދުއްފުށީ ބަޔަކު، މާޒީގެ ހިތި ތަޖުރިބާ އަހަރެމެން ލައްވާ ތަކުރާރުކުރުވަން ހެއްޔެވެ؟

މ އިސްމާއިލް ވިދާޅުވީ
ތާރީޚް:25/04/2009
ވަކިމީހަކަށް ސީދާ ވޯޓު ނުދޭށޭ އެއްވެސް މީހަކަށް ނުބުނެވޭނެ، ކޮމެންޓް ކުރުމުގައިވެސް އެހެންމީހެއްގެ އިންތިހާބީ ހައްޤަކަށް ނޭރުން އެދެން. ކުޅުދުއްފުށީގެ އަޚުންނަކީ ތަޒްހީބީ ބައެއްކަން މިސައިޓަށް ވަންނަ މީހުންނަށް ފެންނަން ޖެހޭނެ،
މަތީގައި އެވާ ލިޔުމުގައި ފާޅުކޮށްފައިވާ ހިޔާލަށް ކޮންމެވެސް ވަރަކަށް ތާއީދު ކުރެވޭ. އަޅުގަނޑުމެން ބަލަން ޖެހޭނީ ރަށު މީހަކަށް ވޯޓު ދެވޭތޯ އެއް ނޫން.، މަޖިލީހުގައި ކުރާ މަސައްކަތް ތައް ކުރުމުގެ ޤާބުލިކަން ލިބިފައިވާ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ދަންނަ، ދައުލަތް ހިންގުމުގެ ނިޒާމު ދަންނަ ޑިމޮކްރަސީ އަށް ލޯ ހުޅުވިފައިވާ އިލްމީ ފެންވަރެއް ހުރި، އަދި މަޖިލީހުގެ މަސައްކަތްތަކުގައި އެހެންމީހުންގެ މައްޗަށް ބަސްވިކޭފަދަ ކެނޑިޑޭޓަކު ހޮވަން. އެ ހެޔޮ ރަށު މީހެއް ވިޔަސް ރަށުން ބޭރު މީހެއް ވިޔަސް. ބަލަންވީ ޤާނޫނު އަސާސީ ގައި އެވާ ޝަރުތު ތައް ހަމަވޭތޯ.
ޖ.ނ.ނ ވިދާޅުވީ
ތާރީޚް:25/04/2009
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުންނަށް ބުނެލަންއޮތީ ތިޔަ ބޭފުޅުންގެ އަޑު ކުރިއަށް މި އޮތް 5 އަހަރު މަޖިލީހުގައި އިއްވަން ބޭނުންފުޅިއްޔާ ކުއްޓި ނަސީދު ހޮވާށޭ،ތިޔަ ދާއިރާ އަށް ކުރިމަތިލާފައިވާ މީހުންގެ ތެރޭގައި ނެތޭ ތިކަޔަ ކަމަކަށް އެއަށްވުރެ ރަގަޅު މީހަކު.ދެން ތިޔަ އާދަމް ވަހީދުގެ ވާހަކަ ނުދެއްކިއްޔާ ރަގަޅު ވާނީ. މިހާރުގެ ރައީސް ވެރިކަމަށް އައުމަށް” ތާހިރު ދިރިއުޅުމަކަށް ” މި ސިއާރުގެ ދަށުން އެންމެފުރަތަމަ މާލެގައި ބޭއްވި ޖަލްސާގައި ތިޔާބުނާ އާދަމް ވަޙީދަކު ދެއްކި ވާހަކަ އަޅުގަނޑު އަޑުއެހިން. އެޖަލްސާއި އަންނި އަށް ބުނެވުނު އެއްޗަކުން މިހާރު ތިޔަ އާދަން ވަހީދަކަށް ކައުންސިލަރުކަންވެސް ދީފައި އެހެރީ.މިހާރުވެސް އެވާހަކަ ތައް ހަނދާންވީމަ ހާސިމޫ ބުނާހެން ނުލަފާ ވައްތަރެއްގެ ހިންޏެއް އަންނަނީ. ދެން މަ ހީ ހީހިހި
ކުޅުދުއްފުށީ މީހަ ވިދާޅުވީ
ތާރީޚް:25/04/2009
މި ލިޔުމުގައި ނެތް އެއްވެސް މީހެއްގެ އިންތިޚާބީ ޙައްގަކަށް އަރައިގެންފައި. އަހަރެން ހިތުން ލިޔުންތެރިޔާ ފާހަގަކޮށްފައި އެވަނި، (ހެއްކާއެކު) ވަރަށް މުހިންމު ނުކުތާއެއް. އެއީ މިރަށުގައި ނަގާކިޔަން އުޅޭ ވަކި ބަޔަކު އެމީހުންނާއި ގުޅުންހުރި ވިޔަފާރިވެރިންގެ ކިބައިން ރަށުގެ ގޮނޑިއަށް ކުރިމަތިލާން އެދުން. މިއީ ރަށަށް ވެވޭ ޚިޔާނާތެއް.
މިގޮތަށް ކަންތައްކުރަނީ، ވިޔަފާރިވެރިޔާގެ އަތުން “ލާރި ދަމަން” !
އަހުމަދު މުހަންމަދު ވިދާޅުވީ
ތާރީޚް:25/04/2009
ޢަބްދުﷲ މުހަންމަދު ވަރަށް ސާފުކޮށް އެ ބުނީ އޭނާ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ކުރިމަތި ލީ ސަބަބު. އެއީ މިރަށުގެ ބަޔަކު އެކަން ކުރުމަށް އޭނާ ގާތު އެދުނީ. އެހެން އިބާރާތަކުން ޝަރަހަކޮށް ދެންޏާ، މިއޮތީ ބިޒްނަސް ޑީލް އެއް ހަދާފައި!
ދަންނަ ވިދާޅުވީ
ތާރީޚް:25/04/2009
ތި ކުޅުދޫފުއްޓެއްގައި ނޫޅޭނެ ކަމެއް ވާ މީހެއް.ހުސް ފިޑިން އުޅޭނީ..ފެންވަރެއްވެސް ނުހުންނާނެ…ނަޝީދަށް ވޯޓް ލައި.
ހުސޭނު ވިދާޅުވީ
ތާރީޚް:25/04/2009
ނަޝީދަކަށްވެސް އަބްދުﷲ މުހަންމަދަކަށްވެސް އަދި ސެޓްފިކެޓް ގިނަ ނަޖީބަށް ވޯޓް ލާންޖެހޭ ސަބަބެއް ނެތް. މިރަށުން ކުރިމަތިލީ މީހުންގެވެސް ޝަރުޠު ހަމަޥޭ. އަދި ގާބިލްކަންވެސް ފެނިގެން ހިނގައްޖެ.
ވިޔަފާރިވެރިން މަޖިލީހުގައި ނިންމާނީ ބިޒްނަސް ޑީލް. ގޮނޑި ހޯދުމަށްވެސް ނިން މާނީ ބިޒްނަސް ޑީލް!
ހުސްނީ ވިދާޅުވީ
ތާރީޚް:25/04/2009
އިސްމާލު ބުނެފައި އެއޮތީ ހައްޤަކަށް ނާރާށޭ. އެރިވާހަކައެއް ނުބުނެއެއްނު.
ކުޅުދުއްފުށީގެ އަޑު މަޖިލީހުގައި އުފުލުމަށް ނަޝީދު ވަރުގެ މީހަކު ނުހުންނާނެ. ކިތައްމެ ރުޅިއަޔަސް އޯކޭ. ނާތަހުޒީބު ރަށެއް ތަހުޒީބު ވާނީ ކޮންދުވަހަކުންބާ. އާބާދީ ބޮޑުވީމަ އެނިމުނީކީ ނޫން. އަޅުގަނޑުގެ އުފަން ރަށާއި މެދު މިފަދަ ވާހަކައެއް ލިޔަން ޖެހެނީމަވެސް ދެރަވޭ. އެކަމަކު މިސައިޓަށް ވަންނަ ކޮންމެ މީހަކަށްވެސް މިސައިޓުގެ ކޮމެންޓް ތައް ކިޔައިފިނަމަ އެނގޭނެ ހަޤީޤީ ކުޅުދުއްފުށީގެ ހާލަތު.
ރަނގަޅަށް ވިސްނާފަ މަޖިލީހުގައި މަސައްކަތް ކުރެވޭ ފަދަ މީހަކު ހޮވުމަތް ނަސޭހަތް ތެރިވަން. ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ކަން ކޮށްފައިވާ އިލްމީ ކަމަށް އެކަށޭނެ މީހެއް. ގޮތެއް ނިންމާނީ ލޮބުވެތި ރައްޔިތުން.
މަ ވިދާޅުވީ
ތާރީޚް:25/04/2009
ކުއްޖަމެނޭ ކުޅުދުއްފުށީގަ މިތިބީ ހަމަ ރަނގަޅު މީހުންނޭ. ތަހު ވަސް ޒީބޭ ހަމަ. އެކޮން ވާ ގޮތަކީ ކުޅުދުއްފުށީ މީހުން އެހާ ފޭކު ވެގެން މި އުޅޭ އިސްޓައިލުގަނޑަށް ނޫޅޭތި މީހުންނަށް ހީވަނީ ތަހުޒީބު ނޫނޭ. އެހެން އިސްޓައިލުވެގެން އުޅޭނިކަމެއް ނުވަސް ނެތް އަނެއްހެން ބުނަންޏަކާ. ކުއްޓި އަކީ މޮޅު މީހެއްތާ ދޯ؟ އެކަމަކު ރަށަށް ހަމަ ދުރު މުސްތަގުބަލަކަށް ބަލާ އިރު މުހިންމު ކަމެއް ރަށު މީހުން އެތަނަށް ލާން މި ލިބުން ފުރުސަތުގަ އެގޮތަށް ހެދުން.
މޫސާ އިބްރާހީމް ވިދާޅުވީ
ތާރީޚް:25/04/2009
ހުސްނީ އަށް
ހުސްނީ އަށް އެކަސީގެންވާ މީހަކު އަދި އެހެން މީހުނަށް އެކަށީގެން ނުވުން، އެއީ ހަމަ ވެދާނެ ގޮތެއް. މަޖިލީސްގެ އަމީން އާންމު ކަންކުރިޔަސް، އަދި ސަނަދު އޮތަސް ގާބިލު މީހަކަށް ވާކަށް ނުޖެހޭ.
ދެން ހުސްނީމެން ކަހަލަ މީހުންގެ އަތްމަތީ ބަހެއް އެއީ ކުޅުދުއްފުށީ މީހުން ތަހުޒީބް ނުވާ ވާހަކަ، ގާބިލު ނޫން ވާހަކަ، ނުކިޔަވާ ވާހަކަ! ތިޔަ ވައްތަރަށް އަހަރެމެން ކިޔަނީ އަނގަފަޖަރާ!
ތަޖުރިބާލިބުމާއި، ގާބިލުވުމަކީ ތިޔަގޮތަށް ރަށުގެ މުޅި ޖަމާއަތަށް ބެވިޔަސް ވާނެ ކަމެއް ނޫން.
އެއީ ފުރުސަތު ހޯދައި ދިނުމުން ވާކަމެއް. މި ފަހަރު މީ މިރަށުގެ ޒުވާނުންނަށް ފުރުސަތު ހޯދައިދޭންވި ފަހަރު!
member ވިދާޅުވީ
ތާރީޚް:25/04/2009
މީގެ ކުރީގަވަސް ހަމަ ރަށު މީހުންނަށް ފުރުސޮތު އޮތޭ. ކިޔެއްވެތަ އޮޅުވާލަނީ. މިފަހަރު އެކަޏެއް ނޫނޭ ރަށު މީހުންނަށް ފުރުސޮތު ލިބުނީޔެއް.
މޫސާ ވިދާޅުވީ
ތާރީޚް:25/04/2009
މިލިޔުމުގައި އިޝާރާތްކޮށްފައިވާ މައްސަލަޔަކީ ވަރަށް ސީރިޔަސް މައްސަލައެއް. އެއީ ރަށުގައި ތިބޭ ވަކި ބަޔަކު ރަށުން ބޭރު މީހުން ގެނެސް އެމީހުން ނަށް ރަށު ގޮނޑި ހޯދައިދިނުން. މިކަން ކުރަނީ އަމިއްލަ ފައިދާ އަށް.
ހދ. ވައިކަރަދޫ ދާއިރާއަށް ޝެއިޚް އިލްޔާސް ހުސެއިން އައްޑޫ އަތޮޅުގައި ހުއްޓާ ގެނެސް ވެއްދި ބައެއްގެ ސިކުނޑީގެ ތެތްކަމާ މެދުވެސް ހައިރާނެއް ނުވޭތަ؟ ރަށުގެ ޒުވާނުންނަށް އޮތް ފުރުސަތެއް އެ ނަގާލެވެނީ.
ވައިކަރަދޫ އަޚުންނޭ… ހުޠުބާ ނުކިޔަސް މިފަހަރު ހޮވަންވާނީ ތިޔަ ރަށު ޒުވާނެއް. ފަހުން ހުޠުބާކިޔާ ޒުވާނުންވެސް ގޮނޑިއަށް ކުރިމަތިލާނީ އޭރުން.
މަ ވިދާޅުވީ
ތާރީޚް:25/04/2009
ކުއްޖަމެނޭ.. ފުރުސޮތު މީގެ ކުރިން އޮތް ހޫން.. އެކަމަކު އެއިރު އޮންނަނީ މުޅި ހާދާލު އަތޮޅަށް އޮން ދެ ގޮނޑި. މި ފަހަރު ވާ މި އޮތީ ކުޅުދުއްފުއްޓަށް ހާއްސަ ދެގޮނޑި ލިބެން. ދެން ކުޅުދުއްފުށީގަ މިކަން ވާ ވަރު ބަޔަކު އެކަން ކުރަން ތިއްބަ އަދި އެޔަށް ވުރެން މޮޅު މީހަކު ލަންޑަނަށް ގޮސް ގެންނަން ޖެހޭ ސަބަބެއް ފަހެ އެބޮތް؟ ނާ މޮޅު މީހަކު ވާ ލިބިދާނެ އަރަބި ކަރައިން ވަސް. ގެނެސް ހަމަ މިރަށޫ މީހުން ޕެޓިސަނެއް ހަދާލާފަ އޭނަ ދިވެއްސަކަށް ހަދާފަ މަޖިލީހަށް ގަންނަވާލީމަ އެވީ. އެކަމަކު ކިޔެއް ކުރަންހޭ މަ މި ބުނީ އެހެން ހަދާކަށް ވީ؟
އެންޓި ކުއްޓި ވިދާޅުވީ
ތާރީޚް:25/04/2009
ހެޔޮކޮން ތިޔަބުނީ
ހާޝިމް ވިދާޅުވީ
ތާރީޚް:25/04/2009
ރަށުގެ ބޭފުޅަކު ނޫނިއްޔާ ހޮއްވަވާނެކަމެއް ނެތް. ސަބަބަކީ، މިއީ ކުޅުދުއްފުށީ ރައްޔިތުންގެ ގޮނޑިއެއް. މިގޮނޑީގައި އިންނަވަން ވާނީ ކުޅުދުއްފުށީގެ ކޮންމެ އަކަ އިންޗިއެއް، އަކަ ފޫޓެއް އެނގިވަޑައިގަންނަވާ ބޭފުޅެއް. މިދެންނެވީ ކުޅުދުއްފުށީގެ ޙާލަތާއި، ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅެކޭ. ނަޝީދަކީ، ޢަބްދު ﷲ މުޙައްމަދަކީ އަދި ނަޖީބަކީ އެފެންވަރުގެ ބޭފުޅުންނެއް ނޫން. ދެން ދަންނަވަންތޯ، ތިމާއަކީ ކޮންމެހެން ޤާނޫނީ ޑިޤްރީއެއް އޮތް މީހަކަށްވާތީ، ގޮނޑިއަކަށް ދަޢުވާއެއް ނުކުރެވޭނެ. އެޑިގްރީ ނެތަސް، މަޖިލީހުގެ މެމްބަރުކަން ކުރެވޭނެ. ކޮބައިތޯ ކަނދޮޅުދޫ ޢަލީ ވަޙީދާއި، ސެންކޯ ޝަރީފާއި، ރީކޯ މޫސަގެ ޑިގްރީ. ނުވަތަ ޢައްބާސް އިބްރާހީމާއި، އިލިޔާސް އިބްރާހީމާއި، ފާތުމަތު ޝީރީންގެ ޑިގްރީތަކަކީ. އަޅުގަނޑު ދަންނަވާނީ މެމްބަރަކީ، ރަށުގެ ރައްޔިތުންގެ ވާހަކަ ގޮސް މަޖްލީހުގައި ދައްކަވަން ހުންނަވާ ބޭފުޅެކޭ. އޭނާ ހައްދަވަން ޖެހޭނީ ރައްޔިތުން ބުނާ ގޮތޭ. މިއުޅުއްވާ މައްޗަންގޮޅީ ރާރޮހިގޭ މުޙައްމަދު ނަޝީދު ވިދާޅުވާނެ، ތިމަންނައަށޭ ޤާނޫނު އެނގެނީ އެހެންވީމާ ކަލޭމެން މަޑުން ތިބޭށޭ. އަދި ލޭޑީމޫން ނަޖީބު ވިދާޅުވާނެ ތިމަންނަ އަތުގައި 21 ސެޓްފިކެޓް އެބައޮތޭ ދެން ރައްޔިތުން މަޑުމަޑުން ތިއްބަވާށޭ. ތިމަންނަ ވޯޓުދޭނަމޭ. އެވައްތަރު ކަމަކު ނުދާނެ. ދެން ޖނނ ވިދާޅުވިހެން، މިކަހަލަ ރަށް އެނގިވަޑައިނުގަންނަވާ ބޭފުޅުން ތިމަންނަ މިއައީ 9 ދުވަހުން ރަށް ދަސްކޮށްފައޭ އެހެންވީމާ ވޯޓުދޭށޭ، 21 ސެޓްފިކެޓޭ ވިދާޅުވީމަ އަޅުގަނޑުގެ ގާތަށް އަންނަނީ ހަމަ ނުބައި ޒާތެއްގެ ހިންޏެއް އިނގޭތޯ.
އަހުސަން (ވީއެލް) ވިދާޅުވީ
ތާރީޚް:25/04/2009
ވައިކަރަދޫއަކީވެސް ‘އާދޭސްކޮށްގެން ކެންޑިޑޭޓެއް ގެނައުމުގެ ޚިޔާނާތެއް!’ ވަމުންދާ ދާއިރާއެއް. އެކަކު ބުނާ ކަހަލަ ‘ތިމަންނަ ކުރިމަތިލީ މާ އިންޓްރެސްޓް ވެގެންނެއް ނޫނެވެ. އަދި ކިޔެއްހެއްޔެ، އެބައި މީހުން އަހުރެން ގާތު އާދޭސް ކުރާވަރުންނެވެ.’ އަނެއް ސޮރަކު ބުނަނީ ‘ތިމަންނާ މިދާއިރާ ހިޔާރުކުރީ ތިމަންނާ އަކީ މާލޭން ދެކުނަށް ނިސްބަތްވާ މީހަކަށް ވެފައި އެދާއިރާ ކުރިއެރި އިރު ތިލަދުންމަތީ ދާއިރާތައް އިނދަޖެހިފައިވާ ވަޅުގަނޑުން ސަލާމާތް ކޮށްދޭނެ މީހެއް އެދާއިރާއިން ނެތަތީއެވެ. އަދި އެފަދަ ފަހުލަވާލަކު އެދާއިރާގައި ނެތުމުން ކެތް ނުވެގެން ކުރިމަތިލީ’ ކަމަށެވެ. އެހެންކަމުން އިސްވެ ދިޔަ ވާހަކަ ތަކުން ފަހުމްވަނީ ‘ތިލަދުންމަތީގައި ސިޔާސީ ގޮތުންނާއި ޢިލްމީ ގޮތުން ވަރުގަދަ ފަހުލަވާނުން ނެތް’ ކަމަށްތޯއެވެ. އެހެނަކުންނެއް ނުނެވެ. އަދިވެސް އެތަށް ބަޔަކު އެބަތިއްބެވެ. ވިސްނާށެވެ. އޮތަޅުގެ ކުރިއެރުމަށް އެހެން ބަޔަކު ނުވިސްނާނެވެ.
ވަގުތު ފާއިތުނުވަނީސް ހޭ އަރާށެވެ. ބަޔާން ކުރަން ގަސްދު މިކުރާ ހާދިސާއެއް ދިމާވެއްޖެނަމަ ކަންތައް ވާނީ ކިހިނެއްބާއެވެ. މިސާލަކަށް މަޖިލިހުގެ ތަޅުމަށް އައި މަސައްކަތަކީ ‘އިންޓަނޭޝަނަލް އެއާރ ޕޯޓެއް އަޅާނީ އައްޑޫގައިތޯ؟ ހަނިމާދޫގައިތޯ؟’ މިސުވާލު ކުރިމަތިކުރުވާ ސިއްރު ވޯޓަކަށް ގޮސްފިނަމަ ކަންތައް ވާނެގޮތް ހިތަށް ގެންނަވާށެވެ. އައްޑޫ މީހާ ‘ސިއްރު ސިއްރުން’ ވޯޓު ލާނީ އެމީހާ ނިސްބަތްވާ ތަނަށް އެ އެއާރޕޯޓް އެޅުމަށް ނޫން ހެއްޔެވެ. ގދ މީހާ ބުރަވާނީވެސް ހަމަ އެކޮޅަށް ނޫންތޯއެވެ. ވާނީވެސް އެހެންތާއެވެ. ދައުރު ހަމަވުމުން ދާން އޮތް ތަނަކީ އެއީއެވެ. އެދުވަހުން ‘ދާއިރާއެއް’ އެމީހުންނަކަށް ނޯންނާނެއެވެ. ދެން އޮތީ ވިޔަފާރިވެރިންގެ ވާހަކައެވެ. އެމީހުން އެބަލަނީ ‘އަންބޮނޑި ބޮޑު’ ކުރެވޭތޯއެވެ. ނަޝީދުމެންނަށް ކުއްލިއަކަށް ކުޅުދުއްފުށި ރާޑަރަށް އެރީ ކީއްވެބާ ހިތަށް އަރާނެ ކިތައްމެ ބަޔަކު ތިބޭނެއެވެ.
ވިސްނާށެވެ. އަތޮޅަށް ބީރައްޓެހި މީހުންނަށް ‘ގޮނޑި’ ނުދެއްވާށެވެ. ކުރިން ގޮނޑި ވެދުމަށް އެރުވި މީހުން ނިމިދިޔަހެން މިއުޅޭ މީހުންނަށް ވުމުގެ ކުރިން ވިސްނައިދެމާ ބަހީއެވެ. ބޮލުގައި އަލިފާން ޖައްސާ ރަށުން ބޭރު ކުރިހެން އެވެރިންނަށް ވުމުގެ ކުރިން ބުނެދޭށެވެ.
ހެޔޮނުވާނެއެވެ. ‘އާދޭސްކޮށްގެން ކެންޑިޑޭޓެއް ގެނައުމުގެ ޚިޔާނާތް!’ ވެވަޑައިނުގަންނަވާށެވެ.
އަނގަފަޖަރާ ވިދާޅުވީ
ތާރީޚް:25/04/2009
ރަށު މީހަކަށް ގޮނޑިދޭން ތިޔާ ދައްކާ ވާހަކަ މުޅިޔަކުން ގޯހެއް ނޫން. އެކަމަކު ރަށު މީހަކަށޭ ކިޔާފަ އާދަމް ވަހީދަށް ވޯޓު ދިނުމަކީ މައެއްގޮތަކަށްވެސް ގަބޫލު ވާނެ ކަމެއް ނޫން. މަޖިލީހަކީ ހަމައެކަނި ބިލުތައް ފާސްކުރަން ވޯޓު ދޭން ބޯހަމަކޮށްފައި ބާއްވާ ތަނެއް ނޫން. ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކަށް، ނުވަތަ ސަރުކާރު ބޭނުންވާހާ ގޮތަކަށް ކަންކަން ފާސްކުރުމުގެ ބަދަލުގައި ރާއްޖޭގެ ހަމަ ކޮންމެ ރައްޔިތެއްގެ މަސްލަހަތަށް ބަލަން އެބަޖެހޭ ކަންނޭނގެ. އެކަން ކުރެވޭނީ ޤާނޫނީ ބުރަދަނެއް ހުރި، ތިމާއަށް އަނގައިން ބުނަން އެނގޭ، ރައްޔިތުންގެ މަސްލަޙަތު ދަންނަ މީހަކަށް. ބަހުސްގައި އާދަމް ވަހީދު ދައްކާފައިވަނީ ބަޔަކު އޭނާގެ އަނގަޔަށް އަޅައިދީފައިވާ ބަސްތަކެއް. އޭނަ މަޖިލީހަށް ހޮވިއްޖެ ނަމަ ކުރެވޭނެ ހަމައެކަނި ކަމަކީ ސަރުކާރާ އެއްކޮޅަށް ވޯޓުދީ، ސަރުކާރުގެ ސިޔާސަތު ހިމާޔަތް ކުރުން. މިހެން ބުންޏަސް ބަޔަކު އޭނާ ލައްވައި، ކުޅުދުއްފުށީ ނަރުދަމާ ކޮބައިހޭ ކިޔާ ސުވާލެއް ނުކުރެވޭނެ އެކޭ ނޫން. އެކަމަކު އެވާނެބާ ސަރުކާރު ޒިންމާދާރު ކުރުމަށް؟ ރައްޔިތުން ޖެހޭނީ މިކުރަން އުޅޭ ކަމެއް، މިވާން އުޅޭ ގޮތެއް ނިކަން ރަނގަޅަށް ވިސްނަން. ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ މަޖިލިސް. ހުށަހެޅޭ ބިލުތަކަށް، ތަޅުމަށް ވަންނަ މައްސަލަ ތަކަށް ފުރިހަމައަށް މިނިވަންކަމާއެކު ވަކާލާތު ކުރެވޭނެ މީހަކު ލާންޖެހޭނީ. ރަށު މީހަކަސް، ރަށުން ބޭރު މީހަކަސް، ހަމައެކަނި ގޮނޑި ހޫނު ކުރަން އިންނަ މީހަކު ޖެހޭނީ ދިރޭ އަޅިކެނޑި އަކަށް ހަދަން. އެއީ ރަށުން ބޭރު މީހަކަށް ވީތީ، ޖަހަން ޖެހުނު ސަކަރާތެއް ނޫން.
ވަސީމު ވިދާޅުވީ
ތާރީޚް:25/04/2009
އަހުސަން (ވީއެލް)ތިޔަ ވިދާޅުވީ މަ ވެސް ހަމަ ހިތުގަ އޮތް ވާހަކަތައް.. މިއަދު އޭޑީކޭ ނާޝިދު ވިދާޅުވިކަމަށް އެބަ އޮތް ޚަބަރެއްގައި، ތިމަން ކުރިމަތި ލައިގެން މި އުޅެނީ “ފަސޭހަ ދާއިރާ” އަކަށޭ.. އޭނާ އެ އިޝާރާތްކުރައްވަނީ ދާލު އަތޮޅުހެން ހީވަނީ. ފަސޭހަ ދާއިރާއަކަށް ބާ ކުރިމަތިލާންވީ؟ އާނ ފަސޭހައިން ގޮނޑި ހޯދަން ބޭނުމިއްޔާ އެހެން ހަދަންވީ. ނަޝީދު ވިދާޅުވަނީ އުނދަގުލުން ކާމިޔާބުކުރާށޯ ކުޅުދުއްފުއްޓަށް ކުރިމަތިލީ.. އަނެއްކާ ވެސް ބުނަން އޮތީ އުނދަގު ދާއިރާއަކަށް ކުރިމަތިލައިގެން، ތިމާ ބޮޑު ޗެލެންޖެއް ކާމިޔާބުކޮށް އަމިއްލަ ޕޮރޮފައިލްގަ އެހެން ލިޔުންތޯ މުހިއްމީ؟ ދެން އާދަން ވަހީދު ކަމު ނުދިޔައިމަ ރަށު މީހުން ހުސްވީބާ؟ އާދަމް ވަހީދު އެކަނިބާ ރަށުން ކުރިމަތިލައިގެން މި އުޅުއްވަނީ؟ މަޖިލީހަށް ބޭނުންވޭ ގާނޫނު އެނގޭ މީހުން ވެސް އެކަމަކު ހުސް އޭގެ މީހުންނެއް ނޫން މަޖިލީހަށް މުހިންމިއްޔެއް. އެއީ ކާކު ދައްކާ ކޮން ފޮތެއްގަ އޮތް ވާހަކައެއްބާ؟ ވަކި ރަށެއް ނުވަތަ ޖަމާޢަތެއް ތަމްސީލްކުރަން އެންމެ ރަނގަޅުވާނީ އެބައެއް ރަނގަޅަށް ދަންނަ އެމީހުންގެ ވިންދު ހިނގާ ސީދާ އެމީހުންގެ ތެރޭން ހިމެނޭ މީހެއް. އެއީ އެންމެ ރަނގަޅު ގޮތަކީ. އެހެން ހެދެން ނެތިއްޔާ ދެން މައްސަލައެއް ނެތް ބޭރު މީހަކު ލިޔަސް.. އަޅެ ދޮގެއް؟
ސާހިދު ވިދާޅުވީ
ތާރީޚް:25/04/2009
އަހަން މި ހިތަނީ ކޮމެންޓު ތައް ކިޔާ އިރު ހީވަނީ ދޯ މިފަހަރު ދެން ހޮވޭނީ ރަށު މީހެކޭ ހަމަ. ހޮވިއްޖެންޏާ ރަނގަޅުދެން. އެކަމަކު ރިޔާ ސީ އިންތި ހާބުގަ ވަސް މީހުން އުޅުން ގޮތުން ހީވީވާ ކޮންމެސް މީހަކަށް ސުމެކޭ ލިބޭނީ.. ފުރަތަމަ ބުރު ވޯޓު ގުނީމަ މި އެނގުނީ ސިއްރު ސިއްރުން ގޮސް މި ކުރި ކަންތައް. ހަމަ ފިސާރި ތެދެއް މި ބުނީ އަހަން މީނީ ތިޔާ ކަމަކާ ބިރުން މިހާރު.
ޖ.ނ.ނ ވިދާޅުވީ
ތާރީޚް:25/04/2009
އަހުސަނު ތިޔާބުޏި މުޅިޔަކުން ދޮގުވާހަކަ އެއްނޫން. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައިޤާނޫނޫ ހަދާމަޖިލީހުގައި ދީނީ އިލްމު ހާސިލްކޮށްގެން ތިބި މީހުންވެސް ތިބެންޖެހޭނެ.އެގޮތުން އިލިޔާސް އަށް ވޯޓު ދޭންވީ.ދެން އިލިޔާސް އޭނާގެ އުފަން އަތޮޅަށް ކުރިމަތި ނުލައްވާ ވައިކަރަދޫ ދާއިރާ އަށް ކުރިމަތިލީ ސަބަބާ ދޭތެރޭ އެއްޗެކޭ ބުނާކަށް ނެތިން. އެކަމަކު މިދަންނަވަނީ އެފަދަ ސެއިޚުން މަޖީލުހަގައި ތިބެގެނޭ އިސްލާމް ދީނުގެ އަސްލުތަކާ އެއްގޮތަށް ގާނޫނުތައް ހެދުމަށް ފަސޭހަވާނީ.ޔޫމެން ބެނަނީ ކިޔަންކައު؟
އަޅިކެނޑި ވިދާޅުވީ
ތާރީޚް:25/04/2009
އެ ކަކުންޏެއް ހޮރު ކޮންނާނީ އެކަކުންޏެއް ވަރުން. ރަށު މީހުން ނެތިއްޔާ އިސާރާތް ނުކޮށް ތިބޭ.. އެހެންޏާ ފަހެ.
ތަލަބޯ ވިދާޅުވީ
ތާރީޚް:25/04/2009
ކޮންމެ ގޮތަކުން ބެލިޔަސް ނަޝީދެ ވަރުގެ މީހަކެ މިދާއިރާއަށް ކުރިމަތިލައިފައެއް ނެތް. އެހެންވީމަ އެންމެންވެސް ބަލަންވާނެ ނަޝީދަށް ވޯޓުލެވޭތޯ. ރަނގަޅު ބަދަލެއް ބޭނުމިއްޔާ ނަޝީދަށް ވޯޓުލާ. ދެން ކޮންމެހަންވެސް ރަށުމީހަކަށް ވޯޓުލާން ބޭނުންވާ މީހުން އަބްދުﷲ އަލީ އަށް ވޯޓުލާ……………
މިޔޮއް ފެންނަ ގޯތި މަރިޔަނބު ދައިތަ ވިދާޅުވީ
ތާރީޚް:25/04/2009
މިޔޮއް މީހަކު މިޔޮއް ދަމާފަ އޮތް ތާކުން ތާކު ނުޖެހޭ ދޮޅި ވަރެއް. މިއެބަވޭ ދެން އެއްޗަކަށް. ނަޝީދަށް ވޯޓު ނުލާނެ މީހަކު ނުލަމިކޮން ވިއްޔޭނުން ތިޔާ ހުރިހާ ކޮހެއް ނުގޮވަ. އަހަން ހަމަ މަބުނަން! އަނގަ ހިމޭނުން ލައިގެން ތާކު އިނަކަވަސް ނުދޭނެ.
ފަހަލަ ވިދާޅުވީ
ތާރީޚް:25/04/2009
ައަޅެތިމީހުންހަމަ ވިސްނާފަ ދައްކާވާހަކަތަމީ؟ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނާއުސޫލުންދޯތިޔާ ވާަކަދައްކަނީ. އަޅެފަހެ ނަޝީދަކީ އަހާރުމެންއެންމެންވެސް ދަންނަމީހެކޭވިއްޔަ. ފިލައިގެން ދެވޭނެ މީހެއްނޫނިއްޔަ. އަޅެރަށަށްލިބޭފަހުރަކީ ރަގަޅުކަމެއްނޫނީދޯ. ރަށުމީހަކުނަގައިގެން ކަމެއްނުވިޔަސް ބުނެވޭނޭއެއްޗެއް ނޯންނާނޭ.ކީކޭ ބުނާނީ؟ ނަޝީދުހޮވީމާ ގައިމުވެސް ރަގަޅުވާނެކަން ގައިމުތާ. އަދި ދޮގުވާހަކަ ފަރުރާމީހުންގެ އަބުރުނަގާލުމަކީ އަހަރުމެންގެ ރަށުގެ އަގާއި އަދި އެމީހާގެ އަގުވެސް ވެއްޓޭނީ. އަދި އެއީ ފިޑިން ކުރާޒާތުގެ ކަންކަން.
ލަނގޮޑި ވިދާޅުވީ
ތާރީޚް:25/04/2009
wahumadhu ތިކުރި ބޭކާރު މަސައްކަތަށް ޝުކުރިއްޔާ.. ކިތައްމެ ވަރަކަށް މަސައްކަތް ކުރިޔަސް ކުއްޓި ނަޝީދުގެ ނާޤާބިލް ކަމެއް ނުދެއްކުނެއްނު.. ތި ދެއްކުނީ ހުސް މައުމޫނުގެ ވާހަކަ.. އެއީ މިހާރު އެންމެނަށްވެސް އެނގި ބާވެފަ އޮތް ވާހަކަތަކެއް.. 30 އަހަރުގެ ޒިންމާ ނަޝީދު އުފުލަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ.. އޭނަ ޔާ ހަވާލުވި ކަންތައްތަކުން ބޮއްސުންލައިފަ އޮތް ކަމެއްގެ ޒިންމާ އޭން ބޮލުގަ އަޅުވާ.. ނުފެނުނެއްނު ދޯ..
ލަނގޮޑި ވިދާޅުވީ
ތާރީޚް:25/04/2009
އާނ އަބްދުﷲ އަލީ ހޮވިއްޖެއްޔާ ކޮއްކޮ އަލީ ގޯތި މީހުނަށް ފައިދާ ހޯދައިދޭނެ.. އާދަމް ވަހީދު ހިވިއްޖެއްޔާ ކޯދު އަލީ ގޯތި މީހުނަށް މޮޅު ވާނެ.. (އެމްޑީޕީ މީހުނަށާ) އަލީ މުހައްމަދު ހޮވައިފިއްޔާ ކަޅުހުއްތު މެނަށް ލައްކަ ލާރިގަނޑު ލިބޭނެ.. އަދި ރަޝާދު ހޮވައިފިއްޔާ ޕާޓޭ ގްރޫޕްކުދިން ވަރަށް އުފާ ކުރާނެ.. އެކުދިންނަށް އެތިކޮޅު ލިބުމުގަ މިހާރަށްވުރެވެސް ފަސޭހަވާނެ.. ދެން ކަލޭމެން ގޮތެއް ނިންމާނީ..
ހައްޕު ވިދާޅުވީ
ތާރީޚް:25/04/2009
ލަނގޮނޑި އަ ބުނާކަށް މަވެސް ރަށު މީހަކު ހޮވަން އެންމެ ބޭނުން ނުވާ ސަބަބަކީ ތީ..
ހޯ ވިދާޅުވީ
ތާރީޚް:25/04/2009
ދޮގެއްވާ ނޫން.. މިހާރު ރަށު އެއްމެން ހަމަހަމަ ވާނެ.. ހުރިހާ އެއްމެނާ ގުޅޭނެ.. އެކަމަކު ހޮވުމަށް ފަހު… އޮޅާލާ.. އެކަން އެނގެޔޭނުން އަބްދުފ އަލީ މެން އަތޮޅުވެރިޔާގެ އިސްއެހީތެރިއަކަށް ހުރި އިރު އެ އާއިލާ މީހުނަށް ދިން ބޮޑެތި މަގާމުތަކުންނާ އެ ހޮދައިދިން މޮޅުތަކުން.. މަވާ ސަލާމް..
އަބޫބަކުރު ވިދާޅުވީ
ތާރީޚް:25/04/2009
ދެން ނޭގުނެއްނު ހަދަން ވީ ގޮތެއް..
ވައިކަރަދޫޓީވީ ވިދާޅުވީ
ތާރީޚް:25/04/2009
ވައިކަރަދޫޓީވީން ކުޅުދުއްފުށީ ބަހުސް ބައްލަވާ…. (ޔޫޓިއުބްގައި)
ހާސްނުވޭ ވިދާޅުވީ
ތާރީޚް:25/04/2009
ނޫނޭ ބަކުރާ ހަދަންވީ ގޮތް މިއޮތް ފެންނަނީ.. އަވަހަށް ކުއްތި ނަޝިދަށް ވޯޓު ލަން ތައްޔާރުވޭ..
އަބޫބަކުރު ވިދާޅުވީ
ތާރީޚް:25/04/2009
މަ ކުރިންވެސް ހުރީ ނަޝީދަށް ވޯޓު ލާ ގޮތަށޭ….
ހާޝިމް ވިދާޅުވީ
ތާރީޚް:25/04/2009
wahumadu ކިތަންމެ ދިގުކޮށް ނަމަވެސް ތިޔަ ވިދާޅުވީ، ހަމަ ރަނގަޅު ވާހަކައެއް. އަޅުގަނޑަށް ޔަޤީން ތިޔަ ބަޔާނުން، މައްޗަންގޮޅީ ރާރޮހިގޭ މުޙައްމަދު ނަޝީދު (ކުއްޓި ނަޝީދު) އަކީ ކޮން ފެންވަރެއްގެ ބޭފުޅެއްކަން އެނގިވަޑައިގަންނަވާނެކަން މިތާ އުޅުއްވާ ބައެއް ބޭފުޅުންނަށް. ފަހަލައާއި، ހައްޕުއާއި ލަގޮނޑި މިބޭބޭފުޅުންނަށް މިހާރު އެނގިވަޑައިގަންނަވަން ޖެހޭނެ އެބޭފުޅުން އެތިއްބެވީ ނުބައި އޮޑިއެއްގައިކަން. ނަޝީދަކީ ހަމަ އެއްވެސް މީހެއް ނޫން! އެބޭފުޅާ ފެނުނަސް، އެހެރަ ބޮޑާކަން ފެނިފައި އަޅުގަނޑުގެ ގާތަށް އަންނަނީ ހަމަ ނުބައި ޒާތެއްގެ ހިންޏެއް.
މޫސާ ވިދާޅުވީ
ތާރީޚް:25/04/2009
ނަޝީދަށް ކެމްފޭނޔކުރާ މީހުނަށް ވަރަށް އަސަރުކޮށްފި!
އަބްދުﷲ މުހަންމަދުގެ ކެމްފޭނުގައި އިސްކޮށްތިބީ ފަސާދަ ބައިގަނޑެއް. ޝަރީއަތަށް ސާބިތުވެ ހުކުމް އައިސް، ނޫނީ ވަޒިފާއިން ވަކިކޮށްފައި ތިބި ބައެއް. ދެން ވިސްނާލާ..ފުންކޮށް
ބައްސާމް ވިދާޅުވީ
ތާރީޚް:25/04/2009
50 ވަރަކަށް ޤާނޫނު އޮތީ ހަދަން ޖެހިފައި. ޤާނޫނު އަސާސީ އިސްލާހުވެ ނިމި މިއަދު އެޤާނޫނު އަސާސީ ގެ ދަށުން ހަދަން ޖެހޭ ޤާނޫނު ތައް ހުރީ އަދި ނުނިމި. ދެން އަންނަ މަޖިލީހުގެ އެންމެ ބޮޑު އެއް މަސައްކަތަކަށް ވާނީ މިދެންނެވި ޤާނޫނު ތައް ހެދުން. މީގެ އިތުރުންވެސް މަޖިލީހަކުން ކުރާ އެހެނިހެން މަސައްކަތްތައް ވެސް ނުކުރާނެއެކޭ ނޫން. ދެން ވިސްނާލަބަ ރަޝާދު، އާދަމް ވަހީދު، ކަނޑޫދޫ އައްޔަ މެން އެތަނުގައި ދައްކާނެ ވާހަކަ. ފުރަތަމަ ދައުލަތަކީ ކޮބައިކަން އެނގެންވެސް ޖެހޭނެ. ރައްޔިތުންނަށް ލިބެންވާ ހައްގުތަކާއި، ސަރުކާރު ފަންކްޝަން ކުރާ ގޮތާއި، އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރު މަސައްކަތް ކުރާ ގޮތް އެނގެން ޖެހޭނެ. ޑިމޮކްރަސީ އަކީ ކޮބައޮކަން މަލްޓި ޕާޓީ ވެރިކަމެއްގައި ދައުލަތް ހިނގާ ގޮތާއި މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ކޮށްދެވޭނެ ކަންތައްތައް އެނގެން ޖެހޭނެ.
މިފަދަ އާދައިގެ އެއްޗެހި އެބޭބޭފުޅުންނަށް އެނގިލައްވާތޯ ސުވާލުކޮށްބަ. ރަނގަޅު ގާނޫނުން ޑިގްރީ އޮންނާކަށް ނުޖެހޭ. އެކަމަކު ބޮޑު ޖޯކަރެއް ކުޅުދުއްފުށީ ރައްޔިތުންގެ ވަކީލަކަށް ހަދާފަ މަޖިލީހަށް ފޮނުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. ރަށު މީހެއް ހޮވައިގެން ވާނެ މޮޅެއް ނޯންނާނެ. މަޖިލީހަކީ އެންމެ މީހަކު ކަންކޮށް ނިންމާ ތަނެއް ނޫން. އެތަނުގައި ހުންނަން ޖެހޭނީ “ކޮންވީންސް” ކޮށްދިނުމުގެ ޤާބިލުކަން ހުރި މީހެއް. މިސާލަކަށް އިބްރާ. އެފަދަ ވަރުގަދަ ބަސްވިކޭ ޝަހްސިއްޔަތެއް ހުރި މީހެއް ހޮވަން ޖެހޭނީ.
ޖ.ނ.ނ ވިދާޅުވީ
ތާރީޚް:25/04/2009
އަހުން ގޯތި އެންމެންނާ ބަސްކިރިޔާވެސް އަހާ މީހަކު ވިއްޔާ ވޯޓު ދޭނީ ނަސީދު އަށް
ސިކަންދަރުން މުދާބާލާ ކުދިން ވިދާޅުވީ
ތާރީޚް:25/04/2009
ހާޝިމަށްވެސް ކަމުދިޔައީ wahumadu އެ ދެމި ދޮޅިވަރު ދޯ. ސާބަހޭ ކަލޯމެންނަށް. އެއީ ކޮންމެވެސް މީހެއްގެ ބުލޮގުގަ ލިޔެފަ އޮތް އެއްޗެއް. އެއީ ޒާތީގޮތުން ޖައްސާލައިގެން އަބުރަށް އަރާފަ އޮތް ލިޔުމެއް. އޭތިގަނޑު އޮތްގޮތަށް ކޮޕީ ޕޭސްޓް ހަދާފަ އެއޮތީ ޖަހާފަ. އެހެންވެ އެޑްމިން އެޔޮތީ އެނަގާފަ މިހާރު. އަހަރެމެންވެސް ދެކުނިން މިބުނާ ބުލޮގު. އެއްޗެއް ލިޔަން ނޭނގުނީމަ ކޮންމެވެސް ކަނޑު ކޮހެއް ކޮށްފަ އޮތް ކަމެއް އެއީ. އަދި ވެސް ހާޝިމުމެން ތިބޭ އެ wahumadu މޮޅުވެފަ. އަހަރެމެން ހަމަ ގައިމުވެސް ވޯޓުލާނީ ނަޝީދަށް.
މޫސާ ވިދާޅުވީ
ތާރީޚް:25/04/2009
މަށަށް ވެސް ނަޝީދު ފާހަގަކުރެވެނީ ކުޅުދުއްފުއްޓަށް ވަރަށް މަލާމާތްކުރާ މީހެއްގެ ގޮތުގައި. 2006 ވަނަ އަހަރު ގުރޭޑް 10 ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދިން ޖަލްސާގައި ބެލެނިވެރިޔަކަށް އަހަރެން އިނިން. މި ޖަލްސާގައި މިނިސްތަރަކަށްހުރެ، ވާހަކަ ދައްކައިގެން ނުވާނޭ ގޮތަށް ކުޅުދުއްފުއްޓާއި އުތުރު މީހުނަށް މަލާމާތްކުރި. ދެއްކި ބައެއް ވާހަކަ ތަކުގައި ކޮންމެވެސް ވަރަކަށް ހަގީގަތް ހުއްޓަސް މުޅި ވާހަކައިގައި ހުރީ ބޮޑާކަމާއި މަލާމާތް ކުރުމުގެ ރާގު.
މި ބުނި ޖަލްސާގެ 1 ދުވަސް ކުރިން އޭއިސީގައި ޖަލްސާއެއް އޮތް. ޖަލްސާފެށުމުގެ ކުރިން، އެތާތިބި ބުރުގާއެޅި އަންހެނުންނަށް އިޝާރާތްކޮށްފައި ބުނީ ހާދަ ބުރުގާތައް ގިނައޭ..މިއީ ސުނާމީގައި އައި އެއްޗެތިތަކެއްހޭ؟ މަލާމާތްކުރާފާޑަށް.
ކަތީބު ވިދާޅުވީ
ތާރީޚް:25/04/2009
އަސްތަގުދިނާ.. ހަމަ ތެދެއް މޫސާ؟ ސިޔާސަތެއް ނޭނގެޔޭ ނުން އެހެންވީމަ؟ ސިޔާސަތު ދަންނަ މީހުން އެތަނެއްގަ އޮންނަ ދީނަކަށް ފުރައްސާރައެއް ނުކުރާނެ.
މޫނިސާ ވިދާޅުވީ
ތާރީޚް:25/04/2009
ކަލޭމެން ހަނދާން އެބަހުރިތަ ޝެއިޚް މުހަންމަދު ރަޝީދު އިބްރާހީމާ ޖެހުނު މައްސަލަ. ޑރ. އަފްރާޝީމާއި ޓީވީއެމާއި މަތީ މަޖިލިސްގެ ކަންތައް ގަނޑު. ކަލޭމެން ހަނދާން އެބަހުރިތަ ފަހެ، ޝެއިޚް މުހަންމަދު ރަޝީދު އިބްރާހީމަށް ތިޔަ ބުނާ ނަޝީދު، މަލާމާތްކުރިއޭ، ޝައިޚް ހުސައިން ރަޝީދު އަހުމަދު ބުނިވާހަކަ!
ގޮށް ރީނދޫ ވިދާޅުވީ
ތާރީޚް:25/04/2009
އާނ ހެޔޮކޮން ތިޔާ ކިޔަނީ. ސޭހު ރަސީދާ ވަސް ވިއްދާލައިގެން އެއިރު މީނަ އުޅުނީ. ދެން ހަމަ މުޅި ރާއްޖޭގެ ހުރިހާ ސޭހުންނަށް ގޮން ޖަހާލާފަ އަފުރާސީމު ޓީވީއަށް ލައިގެންދޯ؟ މަ ވަސް ތިހެން ކީމަ ހަނދާން ވެއްޖެ.
ރުޅިއައިސް ރަތްވެގެން :@ ވިދާޅުވީ
ތާރީޚް:25/04/2009
އަހަން ނުބުނާނަން އެއްޗެކޭ..މިހާވަރުގެ ހުރެ އެއްޗެއް ލިޔުނަސް އެޑްމިން އިން އެފުހެލާނެ..
އެންޓި އަދާލަތު ވިދާޅުވީ
ތާރީޚް:25/04/2009
ކީއްކުރަން އެ ޝޭކު މުހަންމަދު ރަޝީދު އިބްރާހީމާ ވާހަކަ މިތާ ތިފެށީ. އެހަންނަށް އެއްގޮތަކަށްވެސް އެޔެއް ކަމަކު ނުދޭ. އަދި އަދާލަތަކޭ ކިޔާ ފާޑެއްގެ ޕާޓީ ގަނޑެއް ހަދައިގެން. ހީކުރީ ވަރަށް ވެރިކަން ލިބޭނޭ. ލިބިއްޖެއްނު. މަ ވޯޓުލާނީ ނަޝީދަށް. އޭނަ ވަރެއް ނެތް.
އެންޓި ނަޝީދު ވިދާޅުވީ
ތާރީޚް:25/04/2009
ނަޝީދަކީ ދީނަތް ވަރަށް މަލާމާތް ކުރާ މީހެއް…. އެޔެއް ފައްސެއްނޫން އެތާކަށް ހޮވާކަށް…
ހާޝިމް ވިދާޅުވީ
ތާރީޚް:26/04/2009
އަޅުގަނޑު ނުދަންނަވާނަން އަފްރާޝީމަކީ ދެރަ ބޭފުޅެކޭ. ވަރަށް މޮޅު ބޭފުޅެއް އެއީ އަޅުގަނޑުގެ ނަޒަރުގައި. އެކަމަކު، މުޙައްމަދު ރަޝީދު އިބްރާހީމަކީ ހަމަ އެއްވެސް (ތަކުރާރުކޮށް: ހަމަ އެއްވެސް) މީހެއް ނޫން. އެކަމަކު، މޫނިސާ އެވިދާޅުވީ ތެދެއް. އަފްރާޝީމްގެ ކަންތައްގަނޑުގައި މި މައްޗަންގޮޅީ ރާރޮހިގޭ މުޙައްމަދު ނަޝީދު ކުއްޓި އުޅުއްވި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހަށް ގޮންޖައްސަވައިގެން. އަޅުގަނޑު ވެސް ބޭނުންވޭ އަފްރާޝީމްގެ ވާހަކަތައް އަޑުއަހަން. ކުއްޓި ކުރައްވަން ވެސް އުޅުއްވީ ރަނގަޅު ކަމެއް. އެކަމަކު، ކުރައްވަން އުޅުއްވި ގޮތް ކަމުނުދަނީ. އުސޫލެއްގެ ގޮތުން ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާގެ ގަވާއިދު މުގުރައެއް ނުލެވޭނެ. އަދި އެއްވެސް ޤާނޫނެއް ވެސް މުގުރައެއް ނުލެވޭނެ. އެއީ ކިތަންމެ ރަނގަޅުކަމެއް ކުރަން ވިޔަސް އެކަން އޮންނަ ގޮތް. ފުރަތަމަ ޖެހޭނީ އެޤާނޫނީ ހުރަސް، ޤާނޫނީ ގޮތުން ނައްތާލަން. ކުއްޓި އެމަސައްކަތްކުރައްވަން އުޅުއްވި އިރު، އޮވޭ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން ތަންފީޒުކުރާ އޮނިގަނޑެއް. އަދި އޮވޭ ޤާނޫނެއް ވެސް. އެހެންވީމާ، އޭނާ އޭރުވެސް ކަންތައްތައް ކުރެއްވީ ޤާނޫނަށް ގޮންޖައްސަވާފައި. މީގައި އަޅުގަނޑަށް މުހިންމީ މުހައްމަދު ރަޝީދު އިބްރާހީމާ ދެކޮޅަށް ކުއްޓި ދެއްކެވި ވާހަކައެއް ނޫން. އޭނާއަކީ އެއްވެސް މީހެއް ނޫން! ކުއްޓިއަކީ އަދި ވަކިން ޚާއްޞަކޮށް އެއްވެސް މީހެއް ނޫން. އަމުދުން އެހުންނަވާ ބޮޑާ ކިބުރުވެރިކަމަކީ ވެސް ނުހަނު ބޮޑުކަމެއް. ހަމަ ހިލާ ހެޔޮ ނުވާނޭ އޭނާއަށް ކުޅުދުއްފުށީ ގޮނޑިއެއް ދޭކަށް.
ކޮރުއަލިބެ ވިދާޅުވީ
ތާރީޚް:26/04/2009
ޢަބްދުﷲ މުހަންމަދު ކޮމްޕިއުޓަރ ކްލާހެއްގެ ވާހަކަ އެދަށްކަނީ ޢާދިލް ކޮމްޕިއުޓަރ ކްލާހެއް ހުޅުވަން އުޅޭތީ އެކަމާ ވާދަޔަށް
2111 ވިދާޅުވީ
ތާރީޚް:26/04/2009
ކުއްޓި ނަސީދު އާއި އަބުދުﷲ މުހަންމަދާ ދެމީހުން ފެންފޮދަކާ ލައިގެން ދިރުވާލަބަލަ! އެދެމީހުން ނޫނީ ނެތީތަ ބީރެއްޓެހިން މިރަށުގެ ގޮޑިއަކަށް ކުރިމަތިލައިފަ، ކޮބައި ފިނޭއިން ކުރިމަތި ލީ ދެ ޤަފޫރުން ކޮބައި ގޭމަ އާދިލް؟
ވައިކަރަދޫ ކައުންސެލަރު (ހާސިމު) ވިދާޅުވީ
ތާރީޚް:26/04/2009
ގޭމަ އާދިލް ކެމްޕޭން ޖަލްސާގަ ދޮންނަމެސިނާ އައިސް އަލަމާރިއާ ޓީވީ ބަހައިގެން ކެމްޕޭންފެށީ.ކުޅުދުއްފުށީ އުތުރު ދާއިރާގެ ހަބަރުތައް ހާދަ ނުފެނެޔޭ.
ގަމަރޭ ވިދާޅުވީ
ތާރީޚް:26/04/2009
ބައްސާމްގެ ވާހަކައަށް ވަރަށް ސަޕޯޓް އިނގޭ.. ނަޝީދު ނޫން މީހެއް ނެއް ތިތާކު ތި ޤާނޫނުތައް ހަދަން އެނގޭގެ.. އަނެއްކަ އަބްދުﷲ އަލީމެން އެވެސް ކޮޕީ ކަންނޭގެ ކުރާނީ…
ބަހާރު މޫސުން ވިދާޅުވީ
ތާރީޚް:26/04/2009
މި ސައިޓަށް ކޮމެންޓް ކުރާ ހާޝިމް އަށް ރަނގަޅު ވާނެ މައުމޫނާ ކުއްޓި ނަޝީދާ ދެކޮޅަށް ހާޝިމްގެ އަމަޔޭ ކިޔައިގެން މީހަކު ލިޔުނަސް.. ވަރަށް ތާއީދު ކުރާނެ.. މިކަމާ މަގޭ ގާތަށް އަދި މާ ނުބައި ޒާތެއްގެ ހިންޏެއް އާދޭ..
dog ވިދާޅުވީ
ތާރީޚް:26/04/2009
ބުނަންތަ މިއޮއް ހުރިހާ ދުވަހުވެސް މިއަތޮޅު ގޮނޑީގައި ތިބީ މިއަތޮޅު މީހުންތަ؟ މިރާއްޖޭ ވެރިކަމުގައި އެހުރީ މިރާއްޖޭގެ ހުރިހާ ރަށަކަށް ނިސްބަތްވާ މީހެއްތަ؟ ކެބިނެޓްގައި މިރަށުގެ މީހަކު އެބަހުރިތަ؟ ކަސްޓަމްގެ އިސްމަގާމެއްގައި މިރަށު މީހެއް އެބަހުރިތަ؟ ސިފައިންގޭ އިސްމަޤާމެއްގައި މިރަށު މީހެއް އެބަހުރިތަ؟ އާނ އެކަކު އެބަހުރި އަދި އިހަށް ދުވަހު އޮފިސަރަކަށްވީ އެންމެ ސޮރެއް؟ ފުލުހުންގެ މަތީމަޤާމެއްގައި މިރަށު މީހަކު އެބަހުރިތަ؟ ދެން މަޖިލިސްދޯ އެއީ ކިތަމެހާވެސް ކަރާމާތާއި މަތީ ތަނެއް އެކަމަކު ރާއްޖޭން ބޭރުގައި ބޭރު މީހުން ދެކޭގޮތުގައި މިރާއްޖޭގައި އެއީ ހޮޅުއައްޓެއް، އެތަނަށް އެންމެ ރަގަޅުވާނީ އަޅުގަނޑުމެންގެ ދެކުނުދާއިރާގެ ބަހުސްގައި ވާހަކަދެއްކި މީހުންތެރެއިން ދުފައިގެން ދެއަތް ފުރަގަހަށް ހުރި ކެންޑިޑޭޓް، މިރަށަކީ ތަޙްޒީބުވެފައިވާ ރަށެއް ނޫން ބަޔަކު ތަޙްޒީބުވެފައިވީ ނަމަވެސް އެކަންނުފެންނަނީ ނާތަހުޒީބީ މީހުން ގިނަވީމާ، އެކަން އެނގެނީ މިރަށު ބަޔަކު އެދުމުގެ މަތިން އަބްދުﷲ މުޙައްމަދު ކުރިމަތި ލީމާ ލިޔެފައިވާ ލިޔުމުގައި ބުނެފައިވާ އެއްޗަކުން، މިރަށަށް ހެޔޮއެދޭ ބައެއްކަމުގައިވެސް ވެދާނެ ބަޔަކު އެއީ ހިޔާނާތްތެރިން ކަމުގައި އެބަބުނޭ، އެބަޔަކަށް މިރަށުގައި އެވަރުގެ މީހަކު ނެތްނަމަ އެކަންކޮށްދެވޭނެ މީހަކު އެކަމަށް އައްޔަންކުރުން އެއީ ހިޔާނާތެއް ނޫން، އެއީ އެމީހުންގެ ވިސްނުން، އެއީ އެމީހުން ދެކޭ ގޮތް. މިރަށު މީހުން ފައިސާއަށްޓަކައި މިފަހަރު މިއީ އަހުރެމެންގެ ފަހަރޭ ހޮވަންޖެހޭނީ ރަށު މީހެކޭ ބުންޏެއްކަމަކު އަހުރެމެންގެ ފަހަރަށް ވެވޭނީ މޮޅަށް ކުޅެވި މަސައްކަތްތަކެއް ކުރެވިގެން ފުރަތަމަ ބަހުސްގައިވެސް ކިޔަވައިގެން ވާހަކަދައްކާލެވޭ އެންމެ ދަރިއަކު ނޫނީ ނެއް އެއީ އަބްދުﷲ އަލީ އޭނާ އަށް އަހުރެން ސާބަސް ދެން. މުޅި ބަހުސްގައިވެސް ނަޝީދު އާއި އަބްދުﷲ އަލީ ނޫނީ ވާހަކަދެއްކުނު މީހެއް ނެތްއިރު މިރަށު މީހުން ވާހަކަދެއްކިލެއް މޮޅުކަމުގައި ބުނެފައިވާ ބުނުމަކީވެސް ނާތަހްޒީބާއި ވަކި ފަރާތަކަށް ޖެހިފައިވާކަން ރަމްޒުކޮށްދޭ ކަމެއް. ރަށު މީހުންނަށް ވޯޓްދޭށޭ މިހެން ގޮވިޔެއްކަމަކު އިރުކޮޅަކުން ރަށުގެ ގަބުޅިއެއް ހޮވައިގެން އުޅެނިކޮށް މަޖިލިސް ތެރޭގައި މޮޔަވީމާ ލަދުގަންނާނީ ކާކު؟ ކޮން ބައެއް، އިންސާފަށް ބުނާނަމަ ބުނެވޭނީ ކިޔަވައިގެން ހުރި ތަންދޮރު ދަންނަ މީހެކޭ އެތަނަށް ހޮވަންވާނީ، ރަށުގެ ދަރިއެއް މިފަހަރު ހޮވަންޏާ އަބްދުﷲ އަލީ ހޮވާ އެހެންނޫނީ ލަދުން ރަށުގެ ރައްޔިތުން މޮޔަވެދާނެ. ނޫނީ ކޮންމެވެސް ބީރެއްޓެއްސެއް ހޮވާ.
ފޮޓޯ ހިއްޕާކުދިން ވިދާޅުވީ
ތާރީޚް:26/04/2009
މިފަހަރު ހޮވާނީ ރަށުކުއްޖެއް ދެއްތޯ؟