ކުޅުދުއްފުއްޓަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ރަށަކަށް ވީހިނދު ތަފާތު ފިކުރުތަކާ ވިސްނުމުގައިވެސް ތަފާތު ޚިޔާލުތަކެއް ގެންގުޅޭ ރައްޔިތުންތަކަކުން މަސްހުނިވެފައިވާ ރަށެކެވެ. މިގޮތުން އަޅުގަނޑު ކުޅުދުއްފުށީ ދެކުނުގެ މީހަކަށް ވީހިނދު މިތަފާތުތައް ފާހަގަ ކޮއްލަން ބޭނުންވެއެވެ.
ކުޅުދުއްފުށި ދެކުނު ދާއިރާ ކަމަށް ބެލެވޭ މިހިސާބަކީ ޑީއާރްޕީ އަށް ތާޢީދު އޮންނަ ހިސާބެކެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރަށުގެ އެހެނިހެން ހިސާބުތަކާ ޚިލާފަށް މި ސަރަހައްދުގެ ވޯޓް ގިނަ ވޯޓް ފޮށިތަކުން މައުމޫނަށް ލިބިފައިވަނީ އެއްވަނައެވެ. ނަމަވެސް އުތުރު ދާޢިރާއަށް ނިސްބަތްވާ ސަރަހައްދުގެ ވޯޓް ފޮށިތަކުން މިހާރުގެ އާސަރުކާރަށް ގިނަ ވޯޓް ލިބިފައިވެއެވެ. އަދި ބައެއް ފޮށިތަކުން އެއްވަނަވެސް ލިބިފައިވެއެވެ. ނަމަވެސް ދެކުނު ސަރަހައްދަކީ އުތުރާ ހިޔާލުތައް ތަފާތު ބައެއް އުޅޭ ސަރަހައްދެކެވެ. މިމައުލޫ ދިގުކުރާކަށް އަޅުގަޑު ނެތީމެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން ދެކުނު ދާޢިރާއަށް ކުރިމަތިލައްވާ ނަޝީދަކީ ސެކިއުލަރ ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެކެވެ. އެއީ މާތް ރަސްކަލާންގެ މިބިންމައްޗަށް ހިދާޔަތެއް ކަމުގައި ބާވާ ލެއްވި އިސްލާމް ދީން ހަމައެކަނި މިސްކިތްތަކަށް ހާއްސަ ކޮއްލާފަދަ ވިސްނުމެކެވެ. އަދި އެހެނިހެން ކަންކަމުގައި ދީން އޮޅާލުމަށްފަހު ތިމާގެ އަމިއްލަ ބުއްދިއާ ރަޢުޔު ކުރިއަށް ނެރޭފަދަ ވިސްނުމެކެވެ. ކްރިސްޓިއަނުން ފާފަތައް ފުހެލުމަށްޓަކައި މޫސުމީ ގޮތަކަށް ޗާޗް ތަކަށް ދާ އުސޫލުންނެވެ.
ޢަދާލަތު ޕާޓީއަކީ އެއްބައެއްގެ ރަޢުޔުގައި އެހާބުރަދަން ހުރި ޕާޓީ އަކަށް ނުވިއަސް ރަނގަޅު ކަމަކަށް ގޮވާލައިފިނަމަ ޖެހޭނީ ގަބޫލު ކުރާށެވެ. އަދާލަތު ޕާޓީން ޑިސްކޯތަކާ ކްލަބްތައް ހުއްޓުވުމާ ގުޅިގެން މި ނަޝީދުގެ ބްލޮގްގައި ރާއްޖެއަށް ތާލިބާނުންގެ ގޮތް ގެންނަނީއޭ ލިޔުއްވާ ވާހަކަތައް ފަތުރާފައިވެއެވެ. ތާލިބާނުންނާ އިސްލާމްދީނުގެ އަސްލުތަކާ ހުރި ތަފާތު މީނައަށް އެނގޭ ބާއެވެ؟ ފާހިޝް މުންކަރާތްތައް މަނާ ކުރުމަކީ ހަމައެކަނި ތާލިބާނުންގެ ގޮތް ހެއްޔެވެ؟ ސާފްތާހިރު ފުރިހަމަ މި އިސްލާމްދީން ތާލިބާނުންނާ އަޅުވާފައި މީސްތަކުން ޣާފިލްކޮށް ބިންމަތި ފަސާދަ ކުރަން ތިޔައުޅެނީ މާދަމާ އެއިލާހްގެ ހަޟްރަތަށް ދާން ނުޖެހޭނެ ކަމަށް ހެއްޔެވެ؟
ކޮންމެއަކަސް ކުޅުދުއްފުށި ދެކުނާއި އުތުރު ދާއިރާގެ މީހުންގެ ވިސްނުމާ ލައިފްސްޓައިލްގެ ތަފާތުތައް ރަށުގެ ކަމުވޮށިގެން މީހުން ރަނގަޅަށް ދެނެވަޑައިގަންނަވާނޭ ފަދައިން މިފަދަ ތަފާތުތައް ރަށުމީހުންނާ ގުޅިގެން ނަޝީދުވެސް ދެނެ ވަޑައިގަންނަވާނެކަމަށް ފެނެއެވެ. އޭނާ ކުޅުދުއްފުށި ދަސްކުރުމުގެ ނަމުގައި ދަސްކުރީ މިކަހަލަ ކަންތައްވިއްޔާއެވެ. އެކަމަކު މަތީމަގާމުތައް ލިބިފައިހުރި އިރު ދަސް ނުވި ކުޅުދުއްފުއްޓެއް މިއަދު ދަސްވީބާ އެވެ؟
ކުރީގެ ރައީސް މައުމޫނަށް ރަށުގެ މި ހިސާބުތަކުން އެލިބުނު ތާޢިދަކީ ވަކި އެއްޗެއްކަން ހަދާންކުރައްވާށެވެ. އެމަނިކްފާނަށް ލިބުނު ތާއީދެއްވެސް ލިބިފައިވަނީ ދީނަށް ހުރުމަތަތެރިކޮށް ހިތާކަމަށް ރަށުގެ ރައްޔިތުންނަށް ގަބޫލް ކުރެވިގެންނެވެ. އަދި އެބޭފުޅާގެ ތާއީދު ގެއްލިފައިވަނީވެސް ލާދީނީ ފިކުރު ގެންގުޅޭ ކަމަށް ގަބޫލްކުރެވިގެންނެވެ. ވައްﷲ އައުލަމް.
ކުޅުދުއްފުށި ރައްޔިތުންނަކީ އިރެއްގައި ކުރީގެ އަރަބިންފަދަ ޖާހިލް ބަޔަކަށް ވީނަމަވެސް މިރަށު މީހުން މިއަދު މިވަނީ ހޭލާފައެވެ. ނަޝީދަށް ވުރެވެސް ތައުލީމީ މޮޅެތިބޭބޭފުޅުން އަޅުގަނޑުމެނަށް ލިބިދާނެއެވެ. މުޅި ދުނިޔެވެސް މިއޮތީ ނުންތޯ އެވެ. އެކަމަކު ކުޅުދުއްފުއްޓަށްޓަކައި ބީރައްޓެހި ބަޔަކު އެއްވެސް އަމިއްލަ އެދުންފުޅެއްނެތި ނުކުމެދާނެބާއެވެ؟ އަދި ނިކުމެގެންވާނޭ ފައިދާއެއް އޮންނާނެބާއެވެ؟ އަހަރެމެނަށް ނަޝީދު ފެނިފައިވަނީ މައުމޫނަށް އެންމެ ފަހަކާޖެހެންދެންވެސް ސަނާ ކިޔުއްވިތަނެވެ. އެކަމަކު މިއަދު މިރަށަށް ކުރިމަތިލައްވަން ތިޔަ އުޅުއްވަނީ ޑީއާރުޕީ ޔުނިފޯމް ވަގުތީ ގޮތުން ބާލުއްވައިގެން މިސަރުކާރަށް ދުއްތުރާ ކުރަންކަމަށް އެބަ ހީވެއެވެ. އެހެން އެކަން ވެއްޖެނަމަ ހުރިހާވެސް ގެއްލުމެއް އޮތީ ރަށު ރައްޔިތުންނަށް ނޫންތޯއެވެ؟ މިއޮށްހާ ޒަމާން ވީއިރުވެސް މިރަށް ހަމަ އޮތެންނުންތޯއެވެ؟ ހަމަ އެންމެ ނުވަ ދުވަހުން ކަންތައް ނިންމާލެއްވޭނެ ކަމަށް ހީފުޅު ކުރެއްވީތޯއެވެ؟ އަޅުގަޑުމެނަށް ބޭނުންވަނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ރަށަށް އުފަންވެވަޑައިގެންތިއްބެވި ރަށް ދެކެ ލޯބިވާ ބޭފުޅުންނެވެ.
މިރަށު މީހުނަށް މަޖިލިސް އާވާނޭ ކިޔައިގެން ބިރުދައްކަން ނޫޅުއްވާށެވެ. ނަޝީދުގެ ތިހުންނަ ބަސް މޮށުންތެރިކަން މިރަށު މީހުންގެ ކިބާއިން ނުފެންނާނެ ކަމަށް ހީނުކުރައްވާށެވެ. މިރަށަކީ ބަސްމޮށުންތެރިކަމަށް މަޝްހޫރު ތާރީހެއް ލިބިފައިވާ ހަރު އެތައް ބަޔަކު އުފެދުނު ރަށެކެވެ. މަޖިލިސް މިފަހަރު އާވިއަސް މިބުރުގައި ރަށު މީހުން ނުކުތުމުން ދެންފަހަރަކުން ނުކުންނާނެ މާގިނަ މީހުން ވާނެއެވެ. މިރަށުގެ ދެކޮޅުންވެސް އަޅުގަނޑުމެނަށް ބޭނުންވާނީ ކުޅުދުއްފުށީ ލޭ ހިނގާ މީހުނެވެ. އަޅުގަނޑުމެނަކީ ބަޔަކަށް ޑިޕެންޑްވާން ޖެހިފައިވާ ބައެއް ކަމަށް ހީނުކުރައްވާށެވެ.
ކުޅުދުއްފުށި ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވާށި ! އާމީން.

ބެރި ވިދާޅުވީ
ތާރީޚް:25/04/2009
މިއޮތީ އެންޓި ކެމްޕެއިން އިސްޓަންޓެއް ހައްދަވާފަ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުރުސަތު މިސައިޓުން ދީފަ އޮންނާތި އޭގެ ނާޖާއިޖު ފައިދާ ދަމާލާފަ މިއޮތީ. ކޮންމެ އެއްޗެއް ލިޔުނަސް ނަޝީދުއަށް ވޯޓު ދޭނީ ހަމަ.
ގޮށް ރީނދޫ ވިދާޅުވީ
ތާރީޚް:26/04/2009
އެންޓި ކެންޕޭނާ އެއްޗެހި ޖައްސަންވީތާ، ތިޔާ ބުނާ މަނިކުފާނު ކުޅުދުއްފުށީ މީހުން ދަސްކުރަނިއްޔޭ ކިޔައިގެން އޭނާގެ އިންޓަނެޓު ފަންވަތުގަ އެޔޮއްގެން އިނގިރޭސި ލިޔެ ނަގަނީ ވިއްޔާ. ކުޅުދުއްފުށީ ނަމުގަ ބޮޑު ސިންގާ ވެބްސައިޓޫގަނޑެއް ހަދާފަ އޭގަ އެއްވެއް ލިޔަނިއްޔެއް ނޫން. ދެން އެހެން މީހުން އެންޓި ކެންޕޭނޭ ކިޔަން ތިބޭ ކަލެމެން. އަހަންނެއް ވޯޓެއް ނުލާނަން އަހަރެމެންނާ މުހާތަބު ކޮށްލާފަ އެއްޗެއް ބުނެ ނުލާ ރަށުން ބޭރު މީހަކާށް. ކެންޕޭނު ކުރާ އިރު އެއްޗެއް ނުބުނެވޭ މީހަކު ދެން ހޮވުނީމަ ފެންނާނެ؟ ދެން ބުނޭ އެއީ އެބޭފުޅާގެ ތެދުވެރިކަމޭ.
ހާޝިމް ވިދާޅުވީ
ތާރީޚް:26/04/2009
” ކުޅުދުއްފުށީ ދަރިއެއް ” ލިޔުއްވި ލިޔުން ވަރަށް ރަނގަޅު. މިލިޔުމުގައި އަޅުގަނޑު އެއްބަސްނުވާ ކަންތައްތަކެއް ވެސް އެބަހުރި. އެކަމަކު ވެސް މުޅި މައިގަނޑު ޕޮއިންޓަށް އަޅުގަނޑު ހަމަ ހިތުގެ އަޑިން ތާއީދު. އަޅުގަނޑު ވެސް ދެންނެވިން 9 ދުވަސް ތެރޭ ރަށެއް ދަހެއް ނުވާނޭ. މިނިސްޓަރުކަމުގައި ހުންނަވައިގެން އެނގިވަޑައިނުގަތް ރައްޔިތުންގެ ޙާލަތު ދެން މިހާރަކު އެނގިވަޑައެއް ނުގަންނަވާނޭ. ކުއްޓި އެއުޅުއްވަނީ ހަމަ ސީދާ ޑީއާރުޕީގެ ޔުނިފޯމް ބާލުއްވައިގެން، މަޖިލީހަށް ވަންނަވައިގެން. ސަރުކާރަށް ޖެއްސުން ކުރައްވަން. އޭގެ ހުރިހާ ގެއްލުމެއް ވާނީ ރައްޔިތުންނަށް. އަޅުގަނޑު ވެސް ދަންނަވާނީ، ހަމަގައިމު ވެސް އަޅުގަނޑު ދަންނަ ކުޅުދުއްފުށްޓަކީ، ކުއްޓި އެދަޢުވާ ކުރައްވާ މޮޅުކަން ހުރި އެތައް ދަރިންތަކެއް މިހާރު ވެސް ތިބި ރަށެކޭ. މައްޗަންގޮޅީ ރާރޮހިގޭ ބޭފުލަކު ޖެހިވަޑައެއް ނުގަންނަވާނެއޭ ބޮޑު ތިލަދުންމަތީ، ވަކިން ޚާއްޞަކޮށް ކުޅުދުއްފުށީ ރައްޔިތުންނަށް ސިޔާސަތު ކިޔާދެއްވާކަށެއް. ކުއްޓި އުފަންވެސް ނުވަނީސް ކުޅުދުއްފުށީ ބޮޑުމުޙައްމަދު އޮންނާނީ މުޅި ބޮޑު ތިލަދުންމައްޗާއި މާލެއިން އުތުރުގެ ހުރިހާ އެންމެން ގޮވައިގެން މާލެ ވަޑައިގެން ސީދާ މުޙައްމަދު އަމީނަށް ވެސް ސިޔާސަތު ކިޔަވާދެއްވާފައޭ. އެހެންވީމަ، ކުޅުދުއްފުށީ އެއްވެސް މީހަކު ނުޖެހޭނޭ ކުއްޓިއެއް ބުއްޓިއެއް ހޯދާކަށް އެމީހުންގެ އަޑު އުފުލާކަށް. ހަމަ ނުބައި ޒާތެއްގެ ހިންޏެކޭ އަޅުގަނޑުގެ ގާތަށް އަންނަނީ ކުއްޓި ފެނުނީމާ ވެސް.
ރަޝާދު ވިދާޅުވީ
ތާރީޚް:26/04/2009
ނަޝީދު އަކީ ގއ. ކޮލަމާފުށީ މީހަކު ދަރިއެއް، ބައްޕަ މާލެ ވީމާ މާލޭގެ ރަޖިސްޓްރީ އޮތީ!!
ލައްޓި ވިދާޅުވީ
ތާރީޚް:26/04/2009
ތިމާ ތާއީދު ކުރާ މީހުކަށް ނުވިޔަސް ތަންކޮޅެއް އިހްތިރާމާ އެކީ ތާއީދު ނުކުރާ ކަމުގެ ޝުޢޫރު ފާޅުކުރުމަކީ ރިވެހި މަކާރިމުލް އަޚްލާޤް ގެ ގޮތަކީ. ދެން ކުއްޓި ބުއްޓި ކިޔައިގެން ނުލިޔުނަކަސް ކުޅުދުއްފުށީ ގޮނޑިއަށް އޭނާ ނުހޮވަން ޖެހޭ ސަބަބުތައް ކިއިދާނެ ދެއްތޮ؟
މޫނިސާ ވިދާޅުވީ
ތާރީޚް:26/04/2009
މި ލިޔުމަކީ ހަގީގަތުގެ މައްޗަށްވުރެ، ހީއެއްގެ މައްޗަށް ބިނާކޮށް ލިޔެފައި އޮތް ލިޔުމެއް. ތާކުންތާކު ނުޖެހޭ ވާހަކަތައް ވެސް އެބަހުރި. މާ ބޮޑަށް ރުޅިއައިސް އިނދެގެން މި އޮތީ ލިޔެފައި.
ޙާލުގެދުލުން ވިދާޅުވީ
ތާރީޚް:26/04/2009
ކުޅުދުއްފުށީގައި އުޅުއްވާ ފައިސާގެ ދަޅަތަކަށް ހެއްލޭ އަމިއްލަ އެދުން ބޮޑުވެގެން ހަމަ އެކަނި އަމިއްލަ ފައިދާއަށް ވިސްނައިގެން އުޅޭ ބައެއްމީހުންނަށް އަލްއުސްތާޛު މުޙައްމަދު ނަޝީދު ނޭނގުނަސް އަޅުގަނޑަށް ނަޝީދު އިތުރަށް މީހަކު ދަސްކޮށްދޭކަށް ނުޖެހޭނެ، އެއަށްވުރެ މާބޮޑަށް ނަޝީދު ވަނީ އަޅުގަނޑަށް ދަސްވެފައި، ކުރީ ސަރުކާރު ފެތިގެން ޣަރަޤު ވެގެން ދިޔައިރުވެސް އޮޑިންފައިބަން ނޭނގިފައި ހުންނެވި އިއްޒަތްތެރި ބޭފުޅެއް އެއީ އަދި ހަމަ އެހެންމެ ސަރުކާރު ބަދަލުވުމުން ދެން ވަޑައިގަތީ މަންމާފުޅުގެ ރަށްކަމަށްވާ ގއ. ކޮލަމާފުއްޓަށް އެރަށަށްވަޑައިގެން އެރަށުގެ ރައްޔިތުންނަށް މާހެޔޮފުޅުވެގެން އުޅުއްވުމަށްފަހު މާލެ ވަޑައިގަތީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ކޮލަމާފުށި ހިމެނޭ ގޮނޑިއަށް ކުރިމަތިލެއްވުމަށް ނިންމަވާ ގިނަބައެއްގެ ތާޢީދު ހޯއްދެވުމަށްފަހު، ނަމަވެސް ކަންދިމާވީ ވަރަށްވެސް އެހެންކަހަލަގޮތަކަށް ނަޝީދު އަރިހުގައި އެރަށުގައި އިސްކޮށް އުޅުނު މީހެއްގެ ދަރިޔަކު ވަރަށް ޙާލުބޮޑުވެގެން ކުއްލިގޮތަކަށް މާލެ ގެނެސްފި، މިކުއްޖާގެ ބައްޕައަކީ ޢާއިލީގޮތުން ނަޝީދުގެ ތިމާގެ މީހެއް، މީނާގެ އަތްމަތި ދަތިކަމުން އެހީއެއް ލިބޭތޯ ނަޝީދަށް ގުޅަންފެށި، ހަތްފަހަރު ގުޅުމުންވެސް ފޯނެއް ނުނަންގަވާ. ދެން އެކުގައިހުރި މީހެއްގެ ލަފާގެމަތިން ނަޝީދުގެ ފައިންޕުޅުފެނޭތޯ އެގެއަށް ހިނގައްޖެ. ގޮސް ރަނގަބީލުޖެހުމުން ގޭތެރެއިން ނުކުތް ކުއްޖާގާތު ބުނެފި ނަޝީދުއާ ބައްދަލުކޮށްލަން އައިބައެކޭމިއީ. އެކުއްޖާ އެތެރެއަށް ވަދެ ކުޑަހިނދުކޮޅަކުން ދޮރުން ތަންކޮޅެއް ހުޅުއްވާލެއްވުމަށްފަހު ނަޝީދު ވިދާޅުވިކަމަށްވަނީ ” ކަލޭމެންނަކަށް ނޭނގޭހޭ ބޮޑެތިމީހުންނަށް ” އަބަދު ފޯނުކުރަން ނުވާނެކަމެއް؟ މިހިސާބުން އެއކަލަމީހާގެ ބަސްހުއްޓި ލޮލުންކަރުނަހިލިއްޖެ، އެކުގައިހުރި އެކުވެރިޔާގެ ލަފާގެ މަތިން އެގެއިން ނުކުތީ ނުހަނު މާޔޫސްކަންމަތީ ތިބެގެން، އެކުވެރިޔާގެ ލަފާގެމަތިން ދެންދިޔައީ ދެކިފަރިތަ ރައްޓެއްސެއްކަމަށްވާ އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީގެ އަރިހަށް މާރިޔާއަށް ވެގެންއުޅޭގޮތް ކިޔައިދިނުމުން ފައިސާގެ އެހީއެއްދެއްވުމަށްފަހު ރީކޯ މޫސާމަނިކަށްގުޅުއްވާ އެމީހުން މޫސާ މަނިކު ގާތަށް ފޮނުއްވި، މޫސާމަނިކުވެސް އެކަށީގެންވާ އެހީއެއް އެމީހުންނަށްދެއްވި. ދެން އެމީހުން އެނބުރި ހޮސްޕިޓަލަށް އައިސް ނަޝީދު އަށް ގުޅާލުމުން ވަރަށް އަވަހަށް ފޯނު ނެންގެވި ހަމަ އެވަގުތު އެފޯނުންއައީ ވަރަށް ހަރުކަށި އިންޒާރެއް. ” ނަޝީދުއޭ ހަނދާންކުރާށޭ ކޮލަމާފުއްޓަށް އަރައިފިނަމަ، ހަދާނޭގޮތް އެނގޭނީ ތިމަންނާއަށޭ” މި އިންޒާރަށްފަހު އޭނާއަށް މަޖުބޫރުވީ މަޖިލިސް ތެރެއަށް ވަދެވޭނެ އެހެން ދިމާއެ ނުވަތަ ލޯވަޅެއް ވިޔަސް ފެނޭތޯބަލަން. އެގޮތުން ނަޝީދު ޚިޔާރުކުރެއްވީ ފައިސާގެ ދަޅަ އާއި ތިމާގެ އަބުއިކަން ދައްކައިގެން ކުޅުދުއްފުށީ ލޮބުވެތި ރައްޔިތުންގެ ބޮލަށް އެރެވޭތޯބަލަން، މިއީ ހަމަ ޙަޤީޤީ ވާހަކައެއް ޝައްކު ކުރެވޭނަމަ، މާރިޔާ ނުވަތަ ރީކޯ މޫސަ އަށް ގުޅުއްވާ އޭރުން މިއަށްވުރެވެސް ތަފްޞީލްކޮށް އޮޅުންފިލާނެ، މިވަރުން ހީވޭ ނަޝީދުގެ ކުރު ތަޢާރަފެއް ދެވިއްޖެހެން، ކިޔުންތެރިން ބޭނުންފުޅުނަމަ، އިތުރު ބަޔަކާއެކު ބައްދަލު ވުމުގެ އުއްމީދުގައި ވަކިވެލަން. ޝުކުރިއްޔާ!!!!!!!!!!!!!!!!
އ.މ.ކ ވިދާޅުވީ
ތާރީޚް:26/04/2009
ވޯޓް ދޭންވާނީ ހަމަ ރަށުގެ ދަރިޔަކަށް، އެހެންނޫނީ ރަށުގައި ކިޔަވައިގެންތިބިމީހުންނަށް ކުރެވޭ ބޮޑު މަލާމާތަކަށް ނޫނީ ނުވާނެ. މިކަމަށް ގާބިލު ރަށުގެ ދަރިން މިކަމަށް ކުރިމަތިލާފައި އެބަވޭ، މަގޭ ވޯޓްދޭނީ ހަމަ ރަށުގެ ދަރިޔަކަށް. ރަށުގެ ރައްޔިތުންނޭ. ހެޔޮނުވާނެ ކުޅުދުއްފުށީގައި މިކަމަށް ގަބިލުމީހުންތިއްބާ ބީރައްޓެހިންނަށް ފުރުސަތުނުދޭތި. ދީފިނަމަ އެވާނީ ކުޅުދުފުށީގެ ކޮންމެރައްޔިތަކަށް ކުރެވޭ މަލާމާތަކަށް އަދި ބޭއިންސާފަކަށް.
ވައިކަރަދޫލައިވް ވިދާޅުވީ
ތާރީޚް:26/04/2009
ކުއްޓިގެ ބިރުވެރިކަމުން ސަލާމަތްވޭ… އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ނުހިތި މީހަކު ކުޅުދުއްފުއްޓަށް ހުރުމަތްތެރި ވާނެ ހެއްޔެވެ؟ ހަމަ ހިލާ ނުވާނެއެވެ. އެއީ ހަމަ ކުއްޓިއެވެ. ނުވަ ދުވަސް ކީއްކުރަން ހެއްޔެވެ، ނުވަ ދިހަ ދުވަހު ކުޅުދުއްފުށީގެ ހާލަތު ނޭނގޭނެއެވެ. އެހާވެސް ގިނަ މައްސަލަތަތައް އެރަށުގައި ފުނި ޖެހިފައިވެއެވެ. ހަ ފެނުގައި ކެއްކިއަސް ކުއްޓި ވާނީ ހަމަ ކުއްޓިއަށެވެ. ކުއްޓިއަށް ވޯޓު ލުމުގެ ކުރިން ދެވަނަ ފަހަރަށް ވިސްނާލާށެވެ. ރަށު ލޯބި ހުރި ރަށު ކުލުނު ހުރި ރަށު މީހުންނަށް ފިލައިގެން ނޫޅެވޭނެ މީހަކަށް ވޯޓް ލާށެވެ. ފައިދާވާނީ އޭރުންނެވެ. ފަހުން ރޯން ނުޖެހި ހިނިތުން ވެވޭވޭނީ އޭރުންނެވެ. ވަރަށް ފުރިހަމަ ލިޔުމެއް އަދި މިފަދަ ލިޔުމަކަށް އުންމީދު ކުރަން.
ޔޯގަޓް ވިދާޅުވީ
ތާރީޚް:26/04/2009
ސާބަހޭ ރަންގަނޑާ އަނެއްބައިވެސް ލަސްނުކޮށް ގެނެސް ދެއްވާ
ވައިކަރަދޫ ކައުންސެލަރު (ހާސިމު) ވިދާޅުވީ
ތާރީޚް:26/04/2009
އަހަރެމެން ވައިކަރަދޫ މީހުން ނަސީދު ދެކެ ވަރަށް ބިރުގަނޭ. ނޭގެ ހަމަވާގޮތެއް ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އޭނަ ހޮވިދާނެހެން ހީވާލެއް ބޮޑު ކަމުން ވަރަށް ބިރުން މިތިބެވެނީ. އެހެންވެ އަހަރެމެން ވަރަށް ގަދަޔަށް އެންޓި ކެމްޕޭން އެބަޖައްސަން.
ރަށުކުއްޖަކު ވިދާޅުވީ
ތާރީޚް:26/04/2009
ކުއްޓިއާހެދި ހޭދެބައިވެފައިތިބި މޮޔައިންތަކެއް މިރަށުގައި އެބަތިބި. ޚާއްޞަކޮށް އަންހެނުންތަކެއް. މިމޮޔައިންތަކަށް ނުވިސްނެނީބާ މީނަގެ ހަގީގަތް.
ޖ.ނ.ނ ވިދާޅުވީ
ތާރީޚް:26/04/2009
ހާސިމޫ ތިހުންނަނީ ފާޑެއްގެ ރާރޮހި ގަހެއްގައި އަޅައިގަނެގެން ނެއްޓެން ނޭގިގެން. ކުއްޓި، ބުއްޓި ކިޔާނެ ކަމެއްނެތް. ކުޅުދުއްފުށީ ދެކުނުދާއިރާގެ ގޮނޑިޔަށް މިފަހަރު ހޮވާނީ ހަމަ މުހަންމަދު ނަސިދު. ދެން ލަލަލާ.
މީހަކު ވިދާޅުވީ
ތާރީޚް:26/04/2009
މިލިޔުމަކީ ހީއާއި ހަގީގގަތާއި މާޒީއާއި މުސްތަގުބަލުގެ މައްޗަށް ބިނާވެގެންވާ މޮޅު ލިޔުމެކެވެ. މިލިޔުމުގެ މަތުލަބަކީ ރަށުމީހުންނަށް ތާއީދު ކުރުންކަމުގައި ވާނަމަ ރަށުމީހުނަކީ ކޮބައިކަން ބަލަންޖެހެއެވެ. މިންކުރާ މިންގަޑެއް ގެންގުޅުން ރަނގަޅެވެ. އާދިލު މިރަށު މީހެއް ހެއްޔެވެ. އާދަން ވަހީދުގެ މަންމަ ކޮންރަށެއް ހެއްޔެވެ. ނަޖީބުގެ އަންހެނުން ކުޅުދުއްފުއްޓެވެ. ރަޝާދު ދިރިއުޅެނީ ކޮންތާކު؟ އަބުދުއްﷲ އަލީ ރަޖިސްޓްރީ އޮތީ ކޮންތާކު؟ އެހެން ކަމަށްވާނަމަ ކަޑޫދޫ އައްޔާ ބެރުއާދަނު ހޮވަމާ ހިގާ ދޯ.
މަޖިލީހުގެ ރައީސް ވިދާޅުވީ
ތާރީޚް:26/04/2009
ނަޝީދު އަށް ވޯޓް ދޭން ނިއްމާފަ ތިބިމީހުން ވިސްނާލަން ޖެހޭ ، ޢޭނަ އެއީ މަޖިލީހުގަ ކިޔާވާ ކުދިންގެ ފޮތް ލިސްޓް ސަރުކާރުގެ ހަރަދުގައި ދިނުމަށް ދެކޮޅު ހަދާފައިވާ މީހެއް ،އޭނާގެ މިފަދަ ކިތައްމެކމެއް އެބަހުރި……
ދިރޭ އަޅިކެނޑި ވިދާޅުވީ
ތާރީޚް:26/04/2009
ލިޔުންތެރިޔާ ލިޔުއްވާފަ އެއޮތީ ހަމަ ހަގީގަތް. އެހެންޏާ ރަށު މީހުން މަޖިލިހަށް ގާބިލް ނުވާނެ ކަމަށްތަ މި ނަޝީދަކު މިދައުވާ ކުރަނީ؟ ހަމަ އަމިއްލަ އެދުމެއް އޮވެގެން އެއުޅެނީ… އަޅުގަނޑުމެ ލައްވާ ގޯސް ހަދުވާ އަނެއްކާ އަޅުގަނޑުމެންގެ ދަރިންތަކެއް ހައްޔަރު ކުރަން އެއުޅެނީ.. މިރަނުގެ ފުރުސަތު ގެއްލުވާ ލާނެ ކަމެއްނެތް..ރަށުން ވާލެއްވެސް ރަނގަޅު މިއަށް ވުރެން
ޚާސިނާ ވިދާޅުވީ
ތާރީޚް:26/04/2009
ކުއްޓި ނަޝީދަށް ސަޕޯޓް ކުރާ ކުދިންނަށާ ނުކުރާ ކުދިންނަށް
ނަޝީދުގެ ރޭޑިއޯ ސުވާލު ގަޑި 26 އޭޕްރިލް 2009 ވާ އާދިއްތަ ދުވަހުގެ ރޭ 8:30 ގަ، ދިއެފްއެމް ރޭޑިއޯ 95.2 އިން އަންނާނެ… މިއީ ކުޅުދުއްފުށީ ދެކުނު ދާއިރާ ގެ ރައްޔިތުންނަށް ހާއްސަ ޕްރޮގްރާމެއް..
ދިރޭ ލާލް ވިދާޅުވީ
ތާރީޚް:26/04/2009
އޭއި ހޭބަލި ނުވޭ.. ކުއްޓި ނަޝީދެއް ނުބުނެޔޭ މިރަށުން ކުރިމަތި ލައިފަ ތިބި މީހުން ގާބިލް ނޫނެކޭ.. އެހެންވެސް މިކިޔަނީ ހަމަ އަހަރެމެނޭ.. ދެން އެހެން އޭނަ ބުނަޏަސް ނުބުންޏަސް މިރަށުން ކުރިމަތި ލަފަ ތިބި މިކަމަށް ގަބިލް މީހުން ކަމަށް ވާނެތަ؟ މަ ވޯޓު ލާނީ ހަމަ ކުއްޓި އަށް.. އަދި އެއް ފަހަރު .. މަ ވޯޓު ލާނީ ކުއްޓި ނަޝީދަށް … ދެން ލަލަލާ
ބަސްމޮށުންތެރި ވިދާޅުވީ
ތާރީޚް:26/04/2009
އޭއި މަގިނަ ވާހަކަތް ދައްކާނެ ކަމެއް ނެތް.. އަލްއުސްތާދު މުހައްމަދު ނަޝީދު ހޮވަން ހުރިހަ ކުދިން އަތުކުރި އޮޅާލާ.. ކުޚުދުއްފުށްޓަށް ހެޔޮ ނޭދޭ މީހުން ލިޔެފަ ހުންނަ މިކަހަލަ އެއްޗެއްސަށް ނުހެއްލޭ… ނަޝީދު ހޮވުނީމަ ފަހުން އަހަރެމެން އެކަމާ ހިތާމަ ކުރާކަށް ނުޖެހޭނެ.. އޭރުނ
ގޮނޑި ވިދާޅުވީ
ތާރީޚް:26/04/2009
ނަޝީދު ހޯޕް ހޯޕް.. ތިވަރެއް ހަމަ ނުފެންނާނެ.. ނަޝީދު ނުހޮވައިފިއްޔާ މިރަށު ދެކުނު ދާއިރާގަ މިތިބީ ހުސް މޮޔައިން ކަމަށް ރާއްޖޭގެ ވަރަށޤ ގިނަ ބަޔަކު ދެކޭނެ.. ދެން ކުޅުދުއްފުށީގެ ބަސްމޮށުންތެރިކަން މޮޅޭ ކިޔާފަ ކޮމެންޓް ކުރި ކުއަޖާއަށް ބުނެލަން އޮތީ އެރޭގެ ބަހުސްއިން ވެސް ތިކަން ސާބިތު ވެއްޖޭ.. މަމީ ރަށުން ބޭރުގަ އުޅޭ މީހެއް ވީމަ ވަރަށް ގިނަ މީހުން މަގޭ ކައރި ބުނި ބަހުސް ބަލާފަ ތިރަށު މީހުނަށް ކެރިއްޖެ ދޯއޭ ނަޝީދު ކުރިމަތި ލާފަ ހުއްޓަ އޭނަޔާ ވާދަކުރަން ނުކުންނަން.. މަވާ ލަދުން މަރުނުވީ ކިރިޔާ އެމީހުނާ އެކީ ބަހުސް ބެލުނީމަ..
"ގޮނޑި" އަށް ވިދާޅުވީ
ތާރީޚް:26/04/2009
ތިހެން ތިވަނީ ތިމާގެ އެއްވެސް ޣީރަތްތެރިކަމެއް ނެތީމަ..ޣީރަތްތެރިކަން ތިމާގެ އަނބިމީހަ، އާއިލާ، ރަށް ގައުމަށް އޮންނާންޖެހޭނެ.އެއިން އެއްވެސް ކަމެއް ކަލޭގެ ކިބައިގައި ނެތީ..ކީއްތަވާނީ އެހެން ބުނި މީހަ އަނގަ މޮއްކޮއްލިނަމަ..ތިޔައީ ފިނޑި އަމިއްލަ ނަފްސައް އިތުބާރު ނުކުރެވޭ..އަމިއްލަ ވަންތަކަމެއް ނެތް..މީހުން ކުޅެން ގެންގުޅޭ ޕަޕެޓެއް…މީހަ އެމީހަ ރަށަށް ނުވި ލޮތްބަކާ ނުކުރި އިހުތިރާމެއް ބީރައްޓެހި ބަޔަކު ނުކުރާނެ.އޯކޭ
dog ވިދާޅުވީ
ތާރީޚް:26/04/2009
ހުރިހާ އެންޓިކެންޕޭންކުރާ މީހުންނަށް، ބުނަން އޮތްވާހަކައަކީ ނަޝީދު އެއީ ކޮންމެ ރަށެއްގެ ކޮންމެ މީހެއްކަމުގައި ވީނަމަވެސް އޭނާ އަށް ތަޢީދު ކުރާ ބައެއް މިރަށުގައި ނެތްނަމަ މިރަށު ގޮނޑިއަކަށް އޭނާ ކުރިމަތި ނުލީސްކަން ޔަޤީން، އޭނާ އަށް ތަޢީދު ކުރާ ބަޔަކު އެތިބީ އޭނާ އެމީހުންނަށް ރަގަޅުވީމާދޯ، އެމީހުންނަކީ އޭނާގެ އާއިލާގެ ބައެއް ނޫންދޯ، ވީއިރު ކޮލަމާފުށީ އާއިލާ މީހަކަށް ދެރަކަމެއް ވީއިރު އެހީއެއް ނުވެ ހުންނާނެބާ، ގަބޫލެއް ނުކުރެވޭ އަދި އެވެސް ކެންޕޭން ދުވަސް ވަރު، މިރަށުގެ ކިތައް މީހުންނަށް އޭނާ އެހީވަމުން އެބަދޭތޯ، މިރަށުގެ އެއްވެސް ދަރިއަކު (ކެންޑިޑޭޓަށް ކުރިމަތިލީ) އެއްވެސް ކަމެއް އެބަކޮއްދޭތޯ ނުދޭ، މިއީ މީހުންގެ ތަޢީދު ހޯދުމަށް އެވެރިން ހޭބޯނާލައި އުޅޭ ވަގުތު މިވަގުތު ނުވީ އެހީއެއް އަޅާލުމެއް ގޮނޑި ލިބުނީމާ ވާނެބާ، ހަމަ ޔަޤީން ތިއިން އެކަކުވެސް ގޮނޑިލިބެގެން މިރަށަށް ބަލައިވެސް ނުލާނެ، ދެން ރީކޯ މޫސާ އާއި މާރިޔާ ކައިރިއަށް ކުއްޓިގެ ވާހަކައެއް ހޯދުމަށް ދިއުމަށްވުރެ ބުޅަލެއްގެ ވާހަކަ ހޯދުމަށް މީދަލެއް ކައިރިއަށް ދިއުންވެސް ބުއްދިވެރި، ހަތުރަކަށް ދެއްކޭނީ މުޅިންވެސް ކަތުރެއްގެ ވާހަކަ، ވިސްނާފިކުރުކުރޭ، ދެކުނު ދާއިރާއަށް ނަޝީދު ފަދަ ވާހަކަދެއްކޭނެ ކެރޭނެ މީހަކު ކުރިމަތި ލާފައެއ ނެތް، އެސޮރުކަމުދިޔަސް ނުދިޔަސް ޤާބިލު މީހަކު ހޮވަންޏާ ހޮވަންވީ އޭނާ، ދެން އުތުރު ދާއިރާގައި ޤަފޫރު ވަރުގެ މީހެއް ނެތް، ރަށު މީހުންނޭ ކިޔައިގެން ކުރިމަތިލީމާ އެމީހުންނަށް ވޯޓް ދޭނީ ކިހިނެއް، މަގޭ ހިތް ގަބޫލެއް ނުކުރޭ. ދެން އަމިއްލަ ކެންޑިޑޭޓުން މިއުޅެނީ މުޅިންހެން ތިއިން މީހަކު ހޮވިއްޖެނަމަ ޕާޓީ ތަކުން ބޮޑުއަގުގައި އެމީހުން ގަތުމަށްފަހު އެޕާޓީއެއްގެ އަގުލަބިއްޔަތު މަޖިލީހަށް އިތުރު ކުރާނެ، ފައިސާއަށް ތިއިން ކޮންމެ މީހަކުވެސް ވިކިގެންދާނެ. ކެންޕޭނަށް ހޭދަކުރި ފައިސާ ހޯދުމަށްޓަކާވެސް އެގޮތް ނޫން ގޮތެއް އެމީހުންނަކަށް ނެތް. މިރަށުގައި ބޮޑު މުޙައްމަދު އާއި ހިތްވަރުގަދަ ކެރޭ މީހުން ތިބިއިރު ތިބި ނަމަވެސް މިހާރު އެމީހުން އުޅުނޭކިޔޭނީ ކަމަކަށްވާ ފަދަ ކަމެއް ކުރަން ކެރޭނެ އެކަކުވެސް ނެތް. އެހެންނަމައީ މިރަށުގައި ދިމާވެފައި އޮތް އިޖުތިމާއީ މައްސަލައަށް ހައްލެއް ނުހޯދިއެއް ނުހުރީސް، ނޭނގުންދޯ، މަސްތުވާތަކެތީގެ އަވާގައިޖެހޭ ކުދިން މިރަށުގައި އިތުރުވަމުން ދާއަވަސް މިންވަރާއިއެކު ކުށްތައް އިތުރުވަމުން މިދާ މައްސަލަ. މިއީ މިރަށުގައި ތިތިބި މީހުންކުރިމަތީ ހިނގާކަމެއް ވީއިރު ހޭލެވިފައި ތިބިވަރާ ކެރޭ މީހުން ތިބިކަން އެގިއްޖެ. ދެން ބުނަން މަށެއް ނުދޭނަށް އެކަކަށްވެސް ވޯޓެއް ތިއިން އެކަކުވެސް މަށަކަށް އަދި ކަމެއް ނުކޮއްދޭ އެހެންވީމާ.
ފޮޓޯ ހިއްޕާކުދިން ވިދާޅުވީ
ތާރީޚް:26/04/2009
އަހަރެމެން ހޮވާނީ ގިނައިން ލާރިކޮޅު ދޭ ކުދިން. ފޮޓޯތައްވެސް އެއްއަތުން ހިއްޕާފައި އަނެއްއަތުން މިނައްތަމުން ގެންދަނީ. ކުއްޓިއެއް ލައްޓިއެއް ކިޔާނެކަމެއްނެތް މި ވޯޓް ކަންތައް ގަޑަކީ ބޮޑު ފިތުނައެއް ފަސާދައެއް މީހުން މިތިބީ ހޭދެބައިވެފައި. މީގެފައިދާ ވަކިބަޔަކު ޔަނަމުން އެގެންދަނީ. މާތް ﷲ އީ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިވެގެންވާފަރާތް. އަހަރެމެން މިފުނައިން ސަލާމަތް ކޮށްދެއްވާ ދިވެހިރާއްޖެ އަދުލުއިންސާފުވެރި ގައުމެއްކަމުގައި ލައްވާދޭ….. އާމީން.
ހާޓް އޮފް ދަ ނޯތު ވިދާޅުވީ
ތާރީޚް:26/04/2009
ލިޔުންތެރިޔާ އެއޮތީ ބޮޑު ހަގީގަތެއް ފާޅު ކޮއްލައިފައި..އުތުރު ދާއިރާ އަށް ކުރިމަތިލީނަމަ ނަޝީދު ބޮޑު ބަލިވުމަކުން ބަލިވާނެ ކަމާމެދު ޝައްކެއްނެތް..ރަށު މީހެއްވިއްޔާ އެކަން ދަންނާނެ..އަދި ދެކުނަށް ވުރެން އުތުރުގައި ކުޅުދުއްފުށިކަން ގަދަވެފައި މީހުން ހޭލުންތެރިވާނެ..
ވާނިންގް ވިދާޅުވީ
ތާރީޚް:26/04/2009
ކުދިންނޭ މިލިޔުން ނަޝީދުވެސް ކިޔާނެ..ނަމަ ނަމަ ދެން އޭނަ ނުހޮވާތި..ބޮޑުވެގެންވާ ހަސަދަ ފިލުވާލުމަކުން އަހަރެމަނަށް ހަސަދަ ފިލުވާލާނެ.
އެންޓި އަދާލަތު ވިދާޅުވީ
ތާރީޚް:26/04/2009
އަދާލަތު މީހުން ޒުވާނުންނަށް ހުރި ފުރުސަތުތަށް މަނާކުރަން ފެށީމަ ނަޝީދު ހަމަ ހެދީ ރަނގަޅަށް. އޭނާ ބްލޮގުގަ އޮތީވެސް ހަމަ ރަނގަޅަށް. އަދާލަތުން އުޅެނީ މިތަނަށް ތާލިބާނުންގެ ގޮތްގަނޑު ގެންނަން. ތި އަދާލަތު މީހުންގެ އަޑީގަ ވާ އެޖެންޑާ ގަވަނީ އަންހެންނަށް ކުދިން ތައުލީމު ނުދިނުން، ވަޒީފާ ނުދިނުން އަދި ފިރިހެނުން ނާ އަންހެނުން އެއްތަން ވިޔަ ނުދިނުން. އަދި ޓީވީ ޕްރޮގުރާމްތައް މަނާ ކުރުން. ކިހާ ދެރަ ކަމެއް ދެން. ދިވެހި ރާއްޖެ ސަމޫދު ސަހަރަކަށް ވެގެން ދާނެ އެމީހުންގެ އެޖެންޑާ އާއި ހެދި. ނަޝީދު ދެއްކީ ހަމަ ރަނގަޅު ވާހަކަ. ދަނޑި ކޮޅުކޮޅުން ދަތް އުނގުޅާފަ ކާފަރުން އުފައްދާ ފޭރާން ބޭނުން ނުކޮށްފަ، ކޮމްޕިއުޓަރު ބޭނުން ނުކުރަން ވިސްނާ، ދެން ހީވަނީ އެހެން ފަދަ ކަމެއްހެން މިއުޅޭ ބައިގަނޑު. ދެން އެއީ ދީނޭ ، ނަޝީދު އެހުރީ ދީނުން ބޭރުގަޔޭ ކިޔައިގެން މީހުން މަގުފުރަށްދަން މިއުޅެނީ.
ނަޝީދު އެއީ އަހަރެމެންނަށް ލިބުނު ބޮޑު ނަސީބެއް. އޭނަ ނުހޮވައިފި ނަމަ އެވާނީ ކުޅުދުއްފުށީ މީހުން ފަހުން ހިތާމަ ކުރަން ޖެހޭވަރު ކަމަކަށް. ހާދަ ނުވިސްނެޔޭދޯ ކުޅުދުއްފުށީ (ބައެއް) ގަމާރުންނަށް.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:26/04/2009
އަސްލު ލިޔުންތެރިޔާ އެއޮތީ ފާޑަކަށް ދީން ހަތިޔާރަކަށް ހަދައިގެން އެންޓި ކެމްޕެއިން ކުރަން އުޅެފަ. މިއީ ޑީއާރުޕީ އިން ރިޔާސީ އިންތިހާބުގަ އަންނި އާއި ދެކޮޅަށްވެސް ބޭނުން ކުރި އެތި. އެއީ އަންނި އަކީ ދީނުން ބޭރުވެފަ ހުރި މީހެކޭ އެހެން އެއްޗެކޭ ޑީއާރުޕީން ކިއީ ދިވެހިރައްޔިތުން ބިރުގަންނުވަން ވެގެން. ދިވެހިންނަކީ މީހަކު ބުނާ އެއްޗެއް ވަރަށް ފަސޭހައިން ގަބޫލު ކުރާ ބަޔެއް. އަދި ހާއްސަކޮށް ދީނީ ވާހަކަ އެއް ވިއްޔާ މާ ބޮޑަށް ސެންސިޓިވް ވާނެތާ. އެހެންވެ ދިވެހިން ބިރުން އަންނި އާ ދެކޮޅުވާން ފެށީ. މިހާރު ކޮންމެ ވެސް ކަނޑުކޮހެއް މިއޮތީ ނަޝީދު އޭކިޔައިގެން އެކަހަލަ ވާހަކަ ތަކެއް ދައްކާފަ. ދެން މިކިޔާފަ ކުޅުދުއްދުށީ (ދުނިޔެއަށް ލޯނުހުޅުވޭ) މީހުންވީ މިގަބޫލުކޮށް ބިރުން ނަޝީދުއާ ދުރަށް ދާން. ސާބަހޭ.
ނަޝީދު ވަރެއް ނެތް. ކަންކަން ރަނގަޅުކޮށް ކުޅުދުއްފުއްޓަށް ރަނގަޅު މުސްތަގްބަލެއް ބޭނުމިއްޔާ ނަޝީދު އަށް ވޯޓުލާ.
ކޮއިލާ ވިދާޅުވީ
ތާރީޚް:26/04/2009
ތިޔަ ކުޅުދުއްފުށީ ދަރިޔަށް ޒަމާނީ އިނގިރޭސި ނޭގޭ ދޯ؟ ނަޝީދުގެ ބުލޮގުގައި އޮތީ އަދާލަތު ޕާޓީގެ ގިނަވެރިންނަކީ ތާލިބާނިލިޒަމް ހިޔާލު ހުއްނަ ބައެކޭ. ދީނީ ހިޔާލު ހައްދުފަހަނަ އަޅާފަ ތިބި ބައެކޭ. އެއީ އަޅެފަހެ ދޮގެއްތަ؟ ދެން ވޯޓު ދޭންވީ ކަޅުހުއްތު އައްޔަށް ތަ؟
ކޮއިލާ ވިދާޅުވީ
ތާރީޚް:26/04/2009
ނަޝީދު ފަހަތުން އުޅުމަކީ މޮޔަކަޟެއް ކަމައް ބުނި މީހަކައް މަ ބުނަން އޮތީ، ދެން ވާދަކުރާ 6 މެމްބަރުންގެ ތެރެއަން ބަހުސްގަ ލިބުނު ކުޑަ ވަގުތު ކޮޅުގެ ބޭނުން ފުރިހަމަޔަށް ހިފުނީ ކޮން ބަޔަކަށްހޭ ނަޝީދު ނޫނީ؟ ހަމަ އެ ތަފާތު ހުރުމުން ނަޝީދުއަށް މަ ތާއީދުކޮށް ކުމްޕޭންގެ އިސް މުގުލުގައި މި ހުރީ. ޗަކަގަނޑުން އަރާފަ މިހުރީ، ކޮމަންޑު ޖައުފަރަށް މާރުކޭޓު ވިއްކާފަ އާދަން ވަހީދު ހުރޭ ޗަކަ ގަނޑުގަ. ކަޅުހުއްތު އަލީހުރޭ އާއިލާޔާ ރުޅިން މާލޭގަ. ކަލޯ ފަހެ ކުރީ ކޮންކަމެއް ރަށުގެ ތަރައްގީ އަށް؟ އަދިވެސް ވާހަކަ ދައްކައްޗެ؟
ބޮޑު މުހައްމަދުގެ ރޫޙުގައި ވިދާޅުވީ
ތާރީޚް:26/04/2009
ލިޔުންތެރިޔާއަށް ސާބަސް..ކުޅުދުއްފުށި ގޮޑި ނަޝީދުގެ ކިބައިން ސަލާމަތް ކުރައްވާށި. އާމީން.
ޒަމާނީ އިނގިރޭސި އެނގޭ މީހަ ވިދާޅުވީ
ތާރީޚް:26/04/2009
ތާލިބާނިޒަމް އަކީ ތާލިބާނުންގެ ގޮތް. ކިޔެކޭ ތިޔަކިޔަނީ؟ ފާހިޝް މުންކަރާތް މަނާކުރުމަކީ ހަމަ އެކަނި ތާލިބާނުންގެ ގޮތެއް ނޫން..ޑިސްކޯ ނުބާއްވާގެން ފިރިހެން ކުޅި ފެތުރެންޏާ ﷲގެ ވަހީބަސް ފުޅުތަކާއި ރަސޫލާގެ ސުންނަތައްވުރެވެސް ތިޔަ ޒަމާނީ އިނގިރޭސި އަދީބު ތިޔަހުރީ މަތގައި ދޯ؟ ބަލަ އަންހެނުންނާ ފިރިހެނުން އެއްވުމަކީ މައްސަލައެކޭ އެއްވެސް މީހަކު ބުނެފިތަ؟
ބޯހަލާކު ވިދާޅުވީ
ތާރީޚް:26/04/2009
އުސްތާޛް ނަޝީދު ވަރެއް ހަމަނެތް!! ނަޝީދުއަށް ދެއްވާ ވޯޓެއް ބޭކާރުވެގެނެތް ނުދާނެ…ނަޝީދަށް ވޯޓްދެއްވާ
ޕަމޭލާ އެންޑްރޫސަން ވިދާޅުވީ
ތާރީޚް:26/04/2009
އިސްލާމް ދީނޭ ބުނީމަ ބައެއް މީހުންނަށް މިޔޮއް ވާ ގޮތެތާ ދޯ؟ ކޮންޕިޔުޓަރާ ޒަމާނީ ވެފަ ތިޔޮތީ.. ނަޝީދު ބްލޮގުގަ އޮތީ ނިވް ޔާ ގެ ޑިސްކޯ ތައް މަނާކުރަން އުޅުނީމަ އެކަން ހަޖަމު ނުކުރެވިގެން ދަމާފަ އޮތް ދޮޅިވަރެއް. ޑިސްކޯ މަނާކުރުން އެވީ ތޯލިބާނަށްތަ؟ މީހަކު ހައިރާނެއް ފަހެ ނުވާނެ؟ ކެލޭމެންނަށް ތިހަރީ ފިސާރި ޒަމާނީ ދުނިޔެއެއް ފެނިފަ. ތިޔަ ބުނާ ޒަމާނީ އެމެރިކާ މީހުން ވެސް އެމީހުންގެ އުމުރު ހަމަ ނުވާ އަންހެން ދަރިން އެކަހަލަ ތަންތަނަށް ފޮނުވަން ބިރުގަނޭ. އެކަމަކު އެއީ ލިބަރަލް ތަންތަން. ވަރަށް ފާޑުފާޑު މީހުން އުޅޭ ތަނެއް އެއީ. ޒަމާނީ ވެގެން މި އުޅޭ ބައިގަނޑަށް ތަނެއް ދޮރެއް ނޭނގޭކަން މީން އެނގެނީ.. އަޅެ ނިކަން އެމެރިކާ ގެ ހަބަރުތައް ހުންނަ ނޫސަތަކާ ޓީވީ ޗެނަލްތައް ދިރާސާކޮށްލަ ބަލަ. އެއިރުން ފެންނާނެ ތޯލިބާނުން އުޅެނީ ކޮންތާކުކަން. އިހަށް ދުވަހު އުޅެފި، ޒުވާނުން ފަޓުލޫނު ލައިފަ ތިބޭ އިރު އުނަގަނޑު މަތިން ޖަންގިޔަލުގެ ރަބަރު ފެންނާތި އެކަން މަނާކުރާ ގާނޫނެއް ވެސް ބަޔަކު ފާސްކުރަން ވެގެން. މީހެއްގެ އައުރަ ފެނުނިއްޔެއް ވެސް ނޫން. ޖަނގިޔާ ފެންނާތި. އެކަމަކު ރާއްޖޭގަ ބަޔަކު މިކަހަލަ ވާހަކައެއް ބުންޏަސް ވާނީ ތޯލިބާނަށް. އިނގިރޭސި ނޭނގި ގެން އުޅެނީ އެހެން މީހުންނަކަށް ނޫން.
ކޮއިލާ ވިދާޅުވީ
ތާރީޚް:26/04/2009
ފާހިސް ކަމަކަށް ގޮވާފަ އޮތް ލިޔުމެއް އަޅެ މި ސައިޓުގައި ޖަހާލަ ބަލަ. ނަޝީދު ނޯންނާނެ އެހެން ލިޔެފައެށް. ކަލޭ އަޅެ ތި ލިޔުން މި ސައިޓުގަ ޖަހާލަ ބަލަ. މިފަހަރު ހޮވާނީ ހަމަ ނަޝީދު
ބަހުސް ބެލި މީހެއް ވިދާޅުވީ
ތާރީޚް:26/04/2009
ނަޝީދު އެރޭވެސް ބުނީ އިއްޒަތް ތެރި ރައީސް އޭ …އޭނަ ފަހެ ހުރީ ހަމާގައިތަ…އެވެސް އެހެން މީހަކު ބުނި އެއްޗެއް ނަމަ ވަރެއް ވީސް………
ޕަމޭލާ އެންޑްރޫސަން ވިދާޅުވީ
ތާރީޚް:26/04/2009
ހަގީގަތުގަ އަހަރެން ވެސް ނަޝީދަކާ ދެކޮޅެއް ނޫން. އަހަރެން ވަރަށް ތާއީދުކުރަން ނަޝީދަށް. އެކަމަކު ނަޝީދަށް ތާއީދުކުރާ މީހުން، އެހެން މީހުންނަށް ތޯލިބާނު ކިޔާ، ޑީޖޭ ބޭއްވުމާ ދެޖިންސުގެ މައްސުނި ނެށުންތަކަށް ތާއީދުކޮށް “ޒަމާނީ” ވާން މި އުޅޭ ވައްތަރުން ނަޝީދުގެ އަގު ވެއްޓެނީ. އެއީ ނަޝީދު ކުރާ ކަމެއް ނޫން. ނަޝީދު ވިސްނަވާ ގޮތެއް ވެސް ނޫން. ފަހަރެއްގައި މި އުޅޭ ޑީޖޭ މޯލުންނަށް އެހެން ހީވެގެން ނަޝީދަށް ތާއީދުކުރާ ނަމަ އަހަރެން ބުނާނީ އަވާމެންދުރު ނުދެކި ފަލީހަތް ނުވެ މަޑުން ތިބެހެށޭ.
ދެން އަދި މި އުޅޭ ޒަމާނީ ދިވެހިން ބޭރު ގައުމަކަށް ދިޔަސް މި އުޅޭ ވައްތަރެއްދޯ؟ ލަންކާ ޔާ މެލޭޝިޔާއަށާ ނަމުގަ ކިޔަވަން ގޮސްގެން އުޅޭ މީހުން ޑީޖޭތަކަށް ގޮސްގެން ޖައްސާ ވައްތަރުން ލައުނަތް ލެއްވި އިބިލީސް ވެސް ހުންނަނީ ލަދުން ބޮލާފޮށާ އެޅިފަ. ދެން ބުނޭ ކަލޭ ތީ ތޯލިބާނެކޭ. ނާ ކަލޭމެންނަށް ވުރެން ތޯލިބާނުކަން ގަދަ އިބިލީސް ވެސް. ނަޝީދަށް ތާއީދުކުރާ ޒަމާނީކުދިންނަށް އަހަރެން ބުނާނީ މަށަކީ ނަޝީދަށް ތާއީދުކުރާ މީހެކޭ، އެކަމަކު ކަލޭމެންނަކަށް ނެތޭ ނަޝީދުގެ ސިޔާސަތުގެ ދަށުން އެއްވެސް ފުރުސަތެއް.
ޝީން ވިދާޅުވީ
ތާރީޚް:26/04/2009
ކޭލޭމެން ނަޝީދު ދެކެ ހާދަ ބިރުގަނެޔޭދޯ؟ ހާދަ ޖެލުންވެޔޭދޯ؟ އާނ އެހެންވެތާ ކޮންމެ ލޔުމެއްގަ ނަޝީދާ ދެކޮޅަށް ލިޔެފައި މިއޮންނަނީ. ގައިމު ރަށުންބޭރު އެހެން މީހުން ވެސް ކުރިމަތިލައިފަ އެބަހުރި. އެކަމަކު އެމީހުންގެ ވާހަކައެއް ނުދައްކާ އެކަކުވެސް. ރަށު ރައްޔިތުން ނަޝީދާ ދެކޮޅު ހެދިޔަސް މަވޯޓް ލާނީ ނަޝީދުއަށް. މަށަށް ހަމަ ނަޝީދުވަރެއް ނެތް. މަވަރަށް އިހުތިރާމް ކުރާ މީހެއް ނަޝިދަކީ. ﷲ އިރާދަފުޅުން މިފަހަރު ނަޝީދު ހޮވިއްޖެޔާ ވެދާނެ.
ރަބަރުދޫ ވިދާޅުވީ
ތާރީޚް:26/04/2009
މަވެސް ވޯޓްލާނީ ނަޝީދަށް.
ޑީޖޭ މޯލުން ވިދާޅުވީ
ތާރީޚް:26/04/2009
އައްތެ.. ތިޔާވީ ގޮތުން އެމިހަޔަށް ވޯޓު ނުލެވުނީ ދޯ؟
ހާޝިމް ވިދާޅުވީ
ތާރީޚް:26/04/2009
މައްޗަންގޮޅީ ރާރޮހިގޭ މުޙައްމަދު ނަޝީދު (ކުއްޓި) އަކީ އެއްވެސް (ތަކުރާރުކޮށް: ހަމަ އެއްވެސް) މީހެއް ނޫން. އޭނާ އުޅުއްވަނީ ކުޅުދުއްފުށީ ރައްޔިތުންނަށް ހުވަފެން ދައްކަވައިގެން. އެބޭފުޅުންގެ ސަރުކާރު ދިވެހިރައްޔިތުން ވޯޓުން ތަޅާ ވައްޓާލީމާ، އެކަމާ ދެން ކޮފިގަންނަވާނެ ތަނެއް ހޯއްދަވަނިކޮށް ފެނުނީ ކުޅުދުއްފުށީ ގޮނޑި. ނުދައްވައްޗޭ ހަމަ ހިލާ އެގޮނޑި އޭނާއަށް. އޭނާ ދައްކަވާ ގަބުޅި ހުއްޖަތްތަކަށާއި، ބޯތަށި ހަމަތަކަށް ހެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ނޯންނާނެ އިނގޭތޯ ކުޅުދުއްފުށީ ލޮބުވެތި ރައްޔިތުންނަށް. ތިއައީ ބޮޑު މުޙައްމަދުގެ ރަށުގެ ބޭފުޅުން. ކުއްޓިއަކަށް ޖެހިވަޑައެއް ނުގަންނަވާނެ ކުލުދުއްފުށީ ރައްޔިތުންނަށް ސިޔާސަތު ކިޔާދޭކަށެއް. އަދި އޭނާއަކަށް އެނގިވަޑައެއް ނުގަންނަވާނެ ކުލުދުއްފުށީ ރައްޔިތުންގެ އިޙްސާސެއް. ކާކުތޯ ޤަބޫލުކުރާނީ އަޅުގަނޑު ގޮސް ބަންގލަދޭޝްގެ ކޮންމެވެސް ސްޓޭޓޭއްގެ ގޮނޑިއަށް ކުރިމަތިލީމާ އަޅުގަނޑަށް ބަންގލަދޭޝް ރައްޔިތުންގެ އިޙްސާސް އެނގޭނެކަމަށް. ތެދެއް އަޅުގަނޑު ދެކެން މަގުމަތިން އެތައް ބަންގލަދޭޝް މީހުންނެއް. އަދި އަޅުގަނޑަށް ވެސް ދެވިދާނެ 9 ދުވަހު ބަންގލަދޭޝްއަށް ބުރެއް އަޅާލާފައި އަންނަން. އެގޮތަށް ކުއްޓިއަށް ވެސް ކުޅުދުއްފުށީ ރައްޔިތުންނާ ދިމާވެފައި ހުރެދާނެ. 9 ދުވަސްވަންދެން ކުޅުދުއްފުށީގައި ބުރެއް ވެސް އަޅުއްވައިފި. ދެން އެހެނެކޭ ކިޔާފައި އޭނާއަށް ދޭންވީތޯ ކުޅުދުއްފުށީ ގޮނޑި. ނާ ހަމަ ހިލާ ނުދައްވައްޗޭ އެގޮނޑި އޭނާއަށް. މިއީ ކުޅުދުއްފުށީ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ކުރާ އިލްތިމާސެއް.
ދެކުނުން.. ވިދާޅުވީ
ތާރީޚް:26/04/2009
ކުޅުދުއްފުއްޓަކީ މިސަރަހައްދުގެ އެހެން ރަށްރަށަށް ހިދްމަތްދޭން ޖެހިފައިވާ ރަށަކަށް ވުމާއެކީވެސް މި ރަށަށް ނިސްބަތް ނުވާ ބަޔަކަށް މިރަށު ގޮޑި ދެވޭކަށް ނެތް..ރަށުން މީހަކު ހޯދާ..ވާހަކަ ދައްކަންވެސް ފަރިތަވާނެ ރަށުމީހުން. އެއްވެސް ބަޔަކު އަލަށް ކަމެއް ފަށާއިރު ފަރިތައެއް ނުވާނެ. ރާށު ވިންދު އެނގޭނީ ރަށު މީހުނަށް.
ނުބައި ޒާތަކަށް ހިނި އައިސްފައި ވިދާޅުވީ
ތާރީޚް:26/04/2009
ނަޝީދެއް ނުހޮވޭނެ ދަރިންނޭ އިރާދަކުރެއްވިއްޔާ..އިޝާރަތް ނުކުރޭ !
މީހަކު ވިދާޅުވީ
ތާރީޚް:26/04/2009
މި ލިޔުމުގައި މިއޮތީ ރަށު ލޯބިން މަސްތުވެގެން މީހަކު ދައްކާފައި ހުރި ވާހަކަ..ދެން ހާޝިމާ މިކަމާ އޮތީ ކޮން ގުޅުމެއް؟
ހާޝިމް ވިދާޅުވީ
ތާރީޚް:26/04/2009
އަޅުގަނޑަކަށް ނޭނގޭ “މީހަކު” އާ މިކަމާ ހުރި ގުޅުމެއް ވެސް.
ހާޝިމް ވިދާޅުވީ
ތާރީޚް:26/04/2009
ނޫނެކޭ މިއީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ނޫނޭ. ހެލްތު މިނިސްޓްރީ ފައިސާ އާއި ބެހޭ ބޭފުޅުން ފައިސާ ދެއްވިޔަސް، ހިއްޕަވައިގެން ނުވާނެއެއް ނޫންތޯ ޙައްޤު ނޫން އެއްޗެއް. ތިދައްކަވަނީ މައުމޫނު ދައްކަވާ ކަހަލަ ވާހަކަ ޖ.ނ.ނ ވެސް. މައުމޫނު ވިދާލުވީ، ތީމުގެއަށް ދެއްވި ބަޖެޓަކީ މަޖިލީހުން ދެއްވި އެއްޗެކޭ. ހިއްޕަވާއިރު އެނގިވަޑައިގަންނަވަން ޖެހޭނެ ދެއްތޯ މިއީ ޙައްޤު އެއްޗެއްކަން ނުވަތަ ނޫންކަން. އަޅުގަނޑަށް ހީވަނީ ޑރ. ޝީނާ މޫސާއަށް ހެއްދެވިހެން އޯލެވެލްގައި ހިސާބު މާއްދާ. ތިކަހަލަ ވާހަކަ ޖ،ނ.ނ. ދެއްކެވީމާ އަޅުގަނޑުގެ ގާތަށް ވެސް އަންނަނީ ހަމަ ނުބައި ޒާތެއްގެ ހިންޏެކޭ އިނގޭތޯ.
އެހެރ ފެންނަ ގޯތި އާދަނު ވިދާޅުވީ
ތާރީޚް:26/04/2009
ތިޔަ ވީ ގޮތުން ދެން ނަސީދުއަށް ވޯޓުލާކަށް މަށަކު ވާ ނެތީން، އަދި މަ ހީކޮށްގެން މިހުރީ އެވަރު މީހަކު ނެތް ކަމަށް، ހާޝިމޫ ގެ ވާހަކަތަކުން މަށަށް ވިސްނިއްޖެ މިހާރު.
ހަދަންވީ ގޮތް ވިދާޅުވީ
ތާރީޚް:26/04/2009
މިލުޔުންތައް ޕްރިންޓް ކޮށްގެން ބަހާ ރަށް މެދަށް އަޅައިގެންވެސް މީހުން ހޭލައްވަން ވެއްޖެ. އޭރަން މުސްކުޅިންނަށް ދާންދެން ވާނުވާ އެނގޭނެ.
ކުޅުދުއްފުށިން މީހަކު ވިދާޅުވީ
ތާރީޚް:26/04/2009
ގިނަކޮމެންޓްތަކެއް ލިޔެފައި މިހުރީ ނަޝީދުދެކެގަންނަބިރެއްގެސަބަބުން އެމްޑީޕީ އަށް ތާއިދުކުރާ މީހުން މަކުރިންވެސް އަދި މިހާރުވެސް މިބުނަނީ އަދިވެސްބުނާނީ ތިޔާމަޖިލީހަކަށް ވަންނަ އެންމެން އެއްކޮޅުގައި އަނެއްކޮޅުގައި ނަޝީދު އެކަނިހުއްޓަސް ނަޝީދު ކޮޅުގަދަވާނޭ (މިބުނީވާހަކަދެއްކުމުގައި) ގާނޫނުހެދުމުގައި އެޔެއްނޫންތަ އަހަރެމެންނަށް ބޭނުންވާކަމަކީ މިޔޮށްހުރިހާދުވަހުމިރަށުމީހުން މިރަށުގައިތިބެކޮށްދިނީކޮންކަމެއްތަ ރއށުގެތަރައްގީއަށް؟؟؟؟؟؟؟؟؟؟
ވޯޓް ފޯރ ޓޫ ވިދާޅުވީ
ތާރީޚް:26/04/2009
މިފަހަރު މުޅި ރާއްޖޭގެ އެއްވެސް ގޮނޑިއަކަށް ކުރިމަތިލައިފައެއްނެތް ތިބުނާ ކުއްޓިނަޝީދަށްވުރެ އެކަމަށް ޤާބިލްމީހެއެއް. މަވޯޓްލާނީ ހަމަ އޭނައަށް. އިރާދަކުރެއްވިއްޔާ ހޮވެންވެސް ހޮވޭނެ.
ހިރަފުސް ދަޑު ކައިރި ކުދިން ވިދާޅުވީ
ތާރީޚް:26/04/2009
ކުޑަ ކުޑަ ރަށެއް ނަމަ އޯކޭ ނަޝީދަށް ދޭން..އެކަމަކު ދޯ؟ 9000 އެއްހާ އާބާދީ އޭ..ލަދެއްވެސް ނުގަނޭ ދޯ؟ ކޮބައި ބޮޑު މުހައްމަދު ދެއްކި ހިތްވަރު އަހަރެމެން ގައިގަ؟ މި ރަނުގެ ފުރުސަތު ހަމަ ބީރައްޓެއްސަކަށް ދޯ ދޭން ތިޔަހަރީ ފައިވިއްދާފައި؟
ހަންޑި ވިދާޅުވީ
ތާރީޚް:26/04/2009
30 އަހަރުގެ ދިގުވެރިކަމަށް ފަހު ލިބުނު ހަމަ އެކަނި ފުރުސަތުގައިވެސް މިވީ އެވެރިކަން ދަމަހައްޓަން ފައިވިއްދި އެކަކަށް ދޭން..ހައިރާނެއް ނުވާނެ…ރަށު މީހުން ހަމަ އެބަ ތިއްބޭ…ތިޔަބުނާ މޮޅު މީހަ ވަހަކަ ދައްކައިގެން ވާނޭ ކަމެއް ނޯންނާނެ..އޭނަ އަކީ ސަރުކާރަށް ޖެންސުން ކުރާ މީހެއް..އެއީ މިނިވަން މީހެއް ނޫން..އަހަރެމެން ރަށު ލޭ ހިނގާ މިނިވަން ކެނޑިޑޭޓުންނަށް މި ފުރުސަތުދީ ! އަތް ފޯރާ ފަށުގައިވެސް ތިބީ އެމީހުން..
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:26/04/2009
މަގޭނަމުގަ އެހެންމީހެއް އެއޮތީ ކޮމެންޓު ކޮށްފަ. މަށަކީ ނަޝީދު އަށް ތާއީދު ކުރާ މީހެއް.
ހަސަން ވިދާޅުވީ
ތާރީޚް:26/04/2009
މަ ވޯޓު ލާނީ ހަމަ ނަޝީދަށް.. ބޮޑު މޮހޮއްމަދު ވާހަކަ ނުދައްކާ.. މިހާރަކު މިރަށަކު ނޯޅޭ އެވަރުގެ ފަހުލަވާނުންނެއް.. ކުޅުދުއްފުށްޓަކީ މުޅި މިރާއްޖޭގެ ހުރިހާ ރަށަކާ ވާދަކުރަން އޮތް ރަށަކަށް ވީހިނދު އެވަރުގެ ކުޅަދާނަކަމެއް ހުރިހާ ގޮތަކުންވެސް ލިބިފައިވާ މީހެއް ނަޝީދު ނޫނީ ނެތް.. މިރަށު މީހުން ޖެހޭނީ އިހަށް ރައްޔިތުންގެ މަޖިލީހޭ ކިޔަންވެސް ދަސްކުރަން..
ކަތްދަ ވިދާޅުވީ
ތާރީޚް:26/04/2009
ހުނ.މީހަކު ފަހެ ހައިރާނެއް ނުވާނެތަ. ނަޝީދެއް ކާސިމެއް ނޫނީ އީސައެއް ނޫނޭ މުހިންމީކީ. މުހިންމީ އެކަމަކަށް ޤާބިލް އެކަމެއް ކުރެވޭ ވަރުގެ މީހެއް. މިފަހަރު މިރަށުގެ ދެކުނު ދާއިރާއަކަށް ނަޝީދު ނޫނީ އެފަދަ ޤާބިލް ކަމެއް ހުރިމީހަކު ކުރިމަތި ލާފައެއްނެތް. މަށެއް ހަމަ ގައިމުވެސް ނަޝީދުއަށް ނޫނީ ޔަކާ ވޯޓެއް ނުލާނަން. ކަލެމެންވަސް ނަޝީދުއަށް ވޯޓް ލާތުި. އެހެންނޫނީ ފަހުން ހިތާމަ ކުރަންޖެހޭނެ.
އަހަން ހަމަ ހައިރާން! ވިދާޅުވީ
ތާރީޚް:26/04/2009
ކަލޭމެން އަޑުއެހިންތަ އަހަރެމެންގެ ރައީސް ނަޝީދު ރ އަލިފުށީގައި ދެއްކި ވާހަކަ؟ ދެންދޯ… ނުލަފާކަން ދައްކާވަރު ކުއްޖެއްވިއްޔާދޯ؟؟
ނޭނގެ ވިދާޅުވީ
ތާރީޚް:26/04/2009
ނަޝީދު ކިޔައިފިއްޔާ ހަމަ ގޮތް ދޮއްތޮ؟
ނިދަން މިޔަރު ވިދާޅުވީ
ތާރީޚް:26/04/2009
ހާހްހްހްހްހްހްހް……. އަހަން ނިދި ގައްސަވައިގަނެއްޖެ.. ކިޔެކޭތަ ތިޔާ ކިޔަނީ..؟ އެކާކު..؟ އަހަން ނުދަންނަން ނަސީދެއް.. އަހަން ވޯޓުލާނީ ދަންނަ މީހަކަށް…
އެންޓި ހާސިމް ވިދާޅުވީ
ތާރީޚް:26/04/2009
ހާސިމުއަށް:
ހާސިމޫ ކަލޭ ވޯޓްލާންވީ ގޮތް ކިޔައިދީ ވައިކަރަދޫ މީހުންނަށް. ވައިކަރަދޫ ދާއިރާގެ ބަހުސްގައި އިލިޔާސް ހުސެން ހުރިތަން ފެނުމުން މަގާތަށް އައީ ވަރަށް ފާޑެއްގެ ހިންޏެއް.
އިލިޔާސް ވިދާޅުވީ
ތާރީޚް:26/04/2009
އެންޓި ހާސިމްއަށް:
އަހަރެން ވައިކަރަދޫ ދާއިރާއަށް ކުރިމަތި ލައިގެން މިއުޅެނީ ހާސިމު ދެފައި ތަޅައި ރޮއެ އާދޭސް ކޮށްގެން. އޭނަ އާދޭސް ކޮށްފަ އަހަރެން ކައިރީގަބުނި ވައިކަރަދޫގެ ހާލަތު ރަނގަޅުވޭތޯ ކަރާމާތްތެރި މަޖިލިސް ތެރޭގައި ދުވާ ކޮށްދިނުމަށް. ބަލަ މަޖިލިހަށް ވަދެގެން ނޫންތަ މިކަން ކުރެވޭނީ.
ކުޅުދުއްފުށިން ވިދާޅުވީ
ތާރީޚް:26/04/2009
މާތް ކަލާއްކޯ..ނަޝީދު ކަހަލަ ދީނުގެ ކަންފުޅެއް ނެތް މީހުން ލައިގެން ފާޑު ފާޑު ބިލުތައްވެސް ފާސް ވާން ފަށާފާނެ..ހޭލާ ތިބެބަލަ