ޝަހީދު ހުސައިން އެވޯޑަކީ ހދ. އަތޮޅުން އޯލެވެލް އިމްތިހާނުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިގެން، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ އޭލެވެލް ކުލާހަށް ވަންނަ ދަރިވަރަކަށް ކޮންމެ އަހަރަކު ދިނުމަށް ހދ. އަތޮޅު އޮފީހުން ހަމަޖެއްސެވި އެވޯޑެކެވެ. މި ދެންނެވި އެވޯޑް އެންމެ ފުރަތަމަ ތާޢާރަފްކުރީ، 2006 ވަނަ އަހަރު، އޭރުގެ އަތޮޅުވެރިޔާ، މުހައްމަދު ދީދީ އެވެ.
2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް ތިން ދަރިވަރަކަށް މި އެވޯޑްގެ ލިޔުން ޙަވާލުކުރައްވާފައި ވެއެވެ. މި އެވޯޑު ޙާސިލްކުރާ ދަރިވަރަށް، އޭލެވެލް އިމްތިހާނަށް ކިޔަވާ ނިމެންދެން ކޮންމެ މަހަކު އެއް ހާސް ރުފިޔާ އަތޮޅު އޮފީހުން ދެއްވާ ގޮތަށް ހަމަޖެހިފައިވެއެވެ.
ނަމަވެސް، އެވޯޑް ޙައްގުވި ދަރިވަރުންގެ ތެރެއިން މިދިޔަ 2008 ވަނަ އަހަރު އެވޯޑް ހާސިލްކުރި ދަރިވަރަށާއި، 2007 ވަނަ އަހަރު އެވޯޑް ހާސިލްކުރި ދަރިވަރަށް މިހާރު އެވޯޑްގެ ފައިސާ ނުލިބޭކަމަށް ވެއެވެ. މިދިޔަ އަހަރު އެވޯޑް ހާސިލްކުރި ދަރިވަރަށް ލިބިފައިވަނީ އެވޯޑް ހަވާލުކުރި ކަމުގެ ލިޔުން އެކަނި ކަމަށް، މަޢުލޫމާތު ލިބިފައިވެއެވެ.
ސްކޫލްތަކާއި ވަރަށް ގާތް ގުޅުމެއް ބޭއްވެވި އަތޮޅުވެރިއެއްގެ ގޮތުގައި ވަރަށް ގިނަ ފަރާތްތަކުން ފާހަގަކުރައްވާ، މުހައްމަދު ދީދީ، ޝަހީދު ހުސައިން އެވޯޑް ތަޢާރަފްކުރެއްވީ ތައުލީމީގޮތުން މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް ހިއްވަރުދެއްވުމަށް ކަމަށް ވެއެވެ.
ނަމަވެސް، ބައެއް ކަންކަމާއި ހިތްހަމަ ޖެހިވަޑައިނުގެން، ކުއްލިގޮތަކަށް އަތޮޅުވެރިޔާ މާލެ ވަޑައިގެންނެވުމާއި އެކު، ޝަހީދު ހުސައިން އެވޯޑް މިވަނީ ހަގީގަތެއްނެތް، އަވާމެންދުރަކަށް ވެފައެވެ. މިހާރު ލަފާކުރެވޭ ގޮތުގައި މުސްތަގުބަލުގައި މި އެވޯޑް ދޭނެ ކަމާއިމެދު ވެސް ޝައްކު ކަމަށް، މި މައްސަލާގައި ސުވާލުދެންނެވުނު ގިނަ ބެލެނިވެރިން ވަނީ ހާމަކުރައްވާފައެވެ.
ޝަހީދު ހުސައިން އެވޯޑަކީ، ހދ. އަތޮޅު އޮފީހުގެ ފަރާތުން، ކިޔަވާ ކުދިންނަށް ތަޢާރަފްކުރި ފުރަތަމަ އެވޯޑެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ވެސް އަތޮޅު އޮފީހުން، އަތޮޅު ކޮމިޓީ އެވޯޑްގެ ނަމުގައި ވަނީ، ކުޅުދުއްފުށީގައި ކިޔަވަން އަންނަ އަތޮޅުގެ އެހެނިހެން ރަށްރަށުގެ ދަރިވަރުންނަށާއި ކިޔެވުމަށް މޮޅު ކުދިންނަށް މި ފަދަ އަވާމެންދުރެއް ސްކޮލަރޝިޕް ތަކެއްގެ ސިފައިގައި ދައްކަވާފައެވެ.
ނަމަވެސް އޭރުވެސް، ސްކޮލަރޝިޕްތައް ހައްގުވި ދަރިވަރުންނަށް، ދެއްވުމަށް އަތޮޅު ކޮމިޓީއިން ވައުދުވި ފައިސާ ބަރާބަރަށް ދަރިވަރުންނަށް ހަވާލުކުރައްވާފައެއް ނުވެއެވެ. އަތޮޅު ކޮމެޓީން ދަރިވަރުންނަށް ފައިސާ ޚަރަދުކުރެއްވުމުގެ ބަދަލުގައި ޓީޗަރުންގެ މުސާރައިން އަތޮޅު ކޮމިޓީއަށް ހަދިޔާކުރުމަށް، ޓީޗަރުންނާއި ބައްދަލުކޮށް އެދުވަސްވަރު އެދިލެއްވިކަމަށް، މައުލޫމާތު ލިބިފައެވެ.
އަތޮޅު އޮފީހުން ކިޔަވާކުދިންނަށް ދެ ފަހަރެއްގެ މަތިން އެވޯޑްގެ ސިފައިގައި ދެއްކި އަވާމެދުރުގެ ސަބަބުން، ހދ. އަތޮޅު އޮފީހަކީ އެއްވެސް އުރަތްޕެއްހުރި ތަނެއް ނޫންކަން، ދަރިވަރުންނާއި ބެލެނިވެރިންގެ ކުރިމަތީ ހާމަވެ، ބޭޒާރުވުން ނޫން އެހެން ކަމެއް، ނުވެއެވެ.

ނިދަން މިޔަރު ވިދާޅުވީ
ތާރީޚް:27/04/2009
ތިޔަ ބުނާ އެވޯޑެއްގެ ވާހަކަ އަލަށް އަޑު ވެސް މި އެހީ..
ހާޝިމް ވިދާޅުވީ
ތާރީޚް:27/04/2009
މިލިޔުމުގައި ތިޔަ ނެންގެވީ ވަރަށް މުހިންމު ނުކުތާއެއް ކަމުގައި އަޅުގަނޑު ދެކެން. މިގޮތަށް ކިތަންމެ ވާހަކައެއް ދެއްކި ކަމުގައިވިޔަސް، އާޚިރުގައި އޭގެ ނަތީޖާއެއް ފެންނާނީ، ތިޔަ ކަމާ ބެހޭ ބޭފުޅުންނާ ހަމައަށް ތިޔަ ޝަކުވާ ފޯރައިގެން ކަމުގައި ވެސް. އެހެންނޫނީ، މިމައްސަލަ މިސައިޓްގައި ލިޔެލާފައި އެކަން ހުއްޓާލާ އުސޫލުން ކަންކަން ގެންދިޔައިމަ މައުމޫނު ސަރުކާރުގެ ވޭތުވެ ދިޔަ 30 އަހަރު ކަންތައްތައް ވަމުން އައި ގޮތަށް ކަންކަން ރުޖޫޢަވާނީ. އަޅުގަނޑު ދެކޭ ގޮތުގައި، މިފަދަ ސައިޓްތަކަކީ ކުދިކުދި ޕްރެޝަރ ގްރޫޕްތަކެއް. އެހެންވީމާ، މިސައިޓް ހިންގަވާ ބޭފުޅުންގެ ޒިންމާއެއް އޮންނާނެ، މިތަނުގައި ދެކެވޭ ވާހަކަތައް ކަމާ ބެހޭ ބޭފުޅުންނާ ހަމައަށް ފޯރުކުރުން. ނުވަތަ އެބޭފުޅުން ގަވާއިދުން ބައްލަވާ ސައިޓަކަށް މިސައިޓް ހެދުން. މިފަދަ ސައިޓްތަކަކީ، ޑިމޮކްރަސީގެ ރޫޙު ރާއްޖޭގައި ވަރުގަދަ ކުރުމަށް މުހިންމު އެއްޗެކަށްވާތީ، މިސައިޓްގެ ބޭފުޅުން ތިޔަ ޝަކުވާ އެހިސާބަށް ގެންދަވާނެ ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަން. މިސައިޓް މެދުވެރިވެގެން ތިޔަ ކަމަށް ޖަވާބެއް ލިބުމަކީ، ނުވަތަ ޙައްލުވުމަކީ ވެސް މިފަދަ ސައިޓްތަކަށް ލިބޭނެ ވަރަށް ބޮޑު ފަޚުރެއް. އެހެންވީމާ، ތިޔަކަމުގެ ޖަވާބެއްގެ އިންތިޒާރުގައި އަޅުގަނޑުމެން މަޑުކޮށްލަމާ
އެހެން ދީދީ އެއް ވިދާޅުވީ
ތާރީޚް:27/04/2009
އެ ކިހިނެއް ހުންނަ އެވޯޑެއްތަ؟…
ހާލަތު ވިދާޅުވީ
ތާރީޚް:27/04/2009
މިހާރުވެސް އަތޮޅު އޮފީސް ރަނގަޅަށް ބަލާލައިފިނަމަ، އެފައިސާހުންނާނީ އަތޮޅުއޮފީހުން ޚަރަދުވެފަ. ކުދިންނަށް ލިބުމާ ނުލިބުމަކީ އަދި އެހެންކަމެއްތާ…އެތަނުގެ ލޯންޗް ސުނާމީގައި ހަލާކުވިފަހުންވެސް ބަރާބަރަށް އެ ލޯންޗަށް އަޅަންޖެހޭ ތެޔޮ ގަންނަ ބިލްތަކަށޤ ބަރާބަރަށް ފައިސާދައްކާފައިހުރޭ… ތެޔޮއެޅިތަނެއް އެނގޭނީ ތެޔޮއެޅިބަޔަކަށް ހަމަގައިމުވެސް އެތަނުގެ ލޯންޗަކަށްނާޅާކަމަށްވަނީ… ދެންއޮތީ އަހަރުތަކެއްކުރިން އަތޮޅުސްޓޯރަށްމުދާ ބަލައިދިޔަ އަތޮޅު އޮފީހުގެ އިސްއެހީތެރިއެއްގެ ފިހާރައެއްހުޅުވި ވާހަކަ..އެފހާރަ މިހާރުނެތަސް އޭރު އަތޮޅު ސްޓޯރަށް ބަލައިދިޔަ ހުރިހާމުދަލެއް ވިއްކާހުސްކުރީ މިދެންނެވި އިސްއެޙީތެރިޔާގެ ފިހާރާގައި….އެހެނވީމާ، ތިޔަބުނާ އެވޯޑްތަކަށް ބަރާބަރަށް ފައިސާ ދާނީ އަތޮޅުއޮފީހުން ޚަރަދުވަމުން ކަންޔަޤީން……
އަހުމަދު މުހަންމަދު ވިދާޅުވީ
ތާރީޚް:27/04/2009
އަތޮޅު އޮފީހަކީ ވަރަށް ދޯދިޔާ އަދި އެހާނެ ފަސާދަބޮޑު ތަނެއް. އެމީހުންގެ ނުހުންނާނެ އިސްނަގައިގެން ކަމެއް ރަނގަޅުކުރުމުގެ ރޫހެއް. ވިދާޅުވިކަމެއް، ކުރެވެން އޮތް އެންމެ ކަންފަސޭހަގޮތަކަށް ކުރީމާ އެ މީހުނަށް އެވީ. ބަރާބަރަށް މުސާރަ ލިބޭނެޔޭނު.
ދެން އެވޯޑް ފައިސާ ނުލިބޭނަމަ، އެވާގޮތެއް ޖެހޭނެ ބަލަން.
ޕޭޕާ ބޮކްސްޑް ގްރޭންޕާ ވިދާޅުވީ
ތާރީޚް:27/04/2009
ތިޔައީ ދުވަހަކު ދިން އެވޯޑެއްކަން އެނގޭނެ މީހަކުވަސް ތިޔާ އަތޮޅު އޮފީހުގައި މިހާރު ނުހުންނާނެ. ހަމަ ހުވާ.. އެހެން ކަން އެކަން މިހާރު އޮންނާނީ!
ކުޅުދުއްފުށިން މީހަކު ވިދާޅުވީ
ތާރީޚް:27/04/2009
ކުރިއަށް އޮތްތަނުގައި ރަނގަޅުވާން ނު މިޔޮތީހެޔޮބަދަލެއްކުރެވިފައެއްނު!!!!!!!!
ދޮންފުތުބެ ވިދާޅުވީ
ތާރީޚް:27/04/2009
ސަހީދު ހުސެން އާދަމު އެއީ މިހާރު ބަތޮލެއް ނޫނޭ މިޙާރު ބަތޮލުން ނަކީ 3 ނޮވެންބަރުގަ ކުލީ ސިފައިން ގޮވައިގެން އަރާ ދިވެހިން މެރިމީހުން، މިހާރު މިޔޮއް ސަރުކާރުގެ އުސޫލް މީ
ދޮންކަމަނަ ރުޅިއައިސްފަ ވިދާޅުވީ
ތާރީޚް:27/04/2009
ދޮންފުތުބެ މޮޔަވީތަ މީހަކު ކޮންމެ އެއްޗެކޭކިޔަސް ޝަހީދު ހުސޭން އެ ހަމަ ބަތަލެއް. މީހަކު ކޮންމެ ގޮތަކަށް ކަންކުރިއަސް ބަތަލެއްވާނީ ބަތަލަކައް. މާފޮނިވެގެން އަނގަގަދަނުކޮށް މަޑުންހުރެވޭތޯ ބަލާ، ބޮނޑިއެއް އަޅާފާނަން
ހަސަނު ވިދާޅުވީ
ތާރީޚް:27/04/2009
ދޮންކަމަނާ ހާދަ ވަރަކަށް ތިޔާ ރުޅިއައީ ދޮންފުތުބެ އެބުނީ ދޮގެއްތަ. ހުސެން އާދަމް މެންގެ ނަމުގެ ކުރިޔަށް “ސަހީދު” ގެނެސްދިން މީހުން މިހާރު އެތިބެނީ ސުޓޭޓް މިނިސްޓަރުންނަށޭނުން. ހާސިމުގާތައް މިކަމާ ނުބައި ފާޑެއްގެ ހިންޏެއް ނާދޭބާ!
އަތޮޅު އޮފީހުން ބޭފުޅަކު ވިދާޅުވީ
ތާރީޚް:27/04/2009
އެއީ މުހަންމަދު ދީދީ ތައާރަފު ކުރެއްވި އެވޯޑެއް ނޫން. އެއީ، އަތޮޅު ކޮމިޓީން އިސްނަންގައިގެން މީގެ އެތައް އަހަރެއް ކުރިން ކުރިއަށް ގެންދެވި އެވޯޑެއް. މިއެވޯޑު ދިނުމުގެ އުޞޫލަށް ބަދަލު ގެނެސް، ޖަލާލުއްދީން ސްކޫލުގެ އޭލެވެލް ދަރިވަރަކަށް ސަރުކާރުން ދެއްވާ އެހީއެއްގެ ގޮތުގައި މިއެވޯޑު ދޭ ގޮތަށް ހަމަޖެއްސެވީ ޑީޑީ އަތޮޅުވެރިޔަކަށް ހުންނެވި ދުވަސްވަރު ކަމަށް ވެދާނެ. އެވޯޑު ލިބުނު ދަރިވަރުންނަށް ފައިސާ ނުލިބޭނަމަ، އެކުދިންގެ ބެލެނިވެރިން، އަތޮޅުއޮފީހުން އެކަން ސާފުކޮށްލެވިދާނެ ކަންނޭނގެ. ދެން، މިސައިޓުގައި މިވާހަކަ ޖެހި އިރު އަތޮޅު އޮފީހުގެ ބަހެއްވެސް ހިމަނާލިނަމަ، ވަރަށް ފުރިހަމަވީސް. އަޅުގަނޑަށް އެނގިފައިވާ ގޮތުން އެއެވޯޑަކީ އެލިބޭ ދަރިވަރަކަށް 2 އަހަރުތެރޭ 25000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާ އެވޯޑެއް. އަދި އެވޯޑަށް ފައިސާ ދެއްވަނީ ކޮންމެ އަހަރަކުވެސް، 4 ފަހަރަކަށް ބަހާލައިގެން. މިއެވޯޑާބެހޭ މަޢުލޫމާތު، ކޮންމެ އަހަރަކުވެސް އޯލެވެލް ނިންމާ ދަރިވަރުންނަށާއި، ރައްޔިތުންނަށް ޢާންމުކުރެވެމުންދޭ ކަންނޭނގެ … ނޭނގޭ ބަޔަކަށް ނޭނގުނަސް.
ޓީޗަރެއް ވިދާޅުވީ
ތާރީޚް:27/04/2009
އަތޮޅު އޮފީހުގެ ބޭފުޅާއަށް.
ކިތަންމެ ނުރުހުނަސް، އަދި އެއް ނުލިބޭ އެވޯޑް ފައިސާއެއް. ތިޔަބުނާ އަތޮޅުކޮމިޓީން އެވޯޑް އެންމެ ފުރަތަމަ ދެމުން އައިގޮތް އަދި ނިމިގެން ދިޔަގޮތް އެޔޮތީ ލިޔެފައި ރިޕޯޓްގައި. ހދ. ރިސޯސް ސެންޓަރަށް އަތޮޅުކޮމިޓީގެ މީހުން އައިސް، ޓީޗަރުންނާއި ބައްދަލުކޮށް، މުސާރައިން ބައެއް ދިނުމަށް ލަދުނުގަނެގެން އެދުނު ބައްދަލުވުމުގައި އިނިން އަހަރެން.
އެ ބައްދަލުވުމުގައި، އަތޮޅުކޮމިޓީގެ މީހުން ގާތު ޓީޗަރުން ބުނި، އޭރުގެ ސްކޮލަރުންނަށް އެވޯޑް ފައިސާ ނުލިބޭ ވާހަކަ.
މިހާރު މިދައްކަނީ ޖަލާލުއްދީނުގެ ގުރޭޑް 12 އާއި 11 ގައި ކިޔަވާ ދެ ކުދިންނަށް އެފައިސާ ނުލިބޭ ވާހަކަ.
ހާދީ ވިދާޅުވީ
ތާރީޚް:27/04/2009
އަތޮޅު އޮފީހުގެ ބޭފުޅާއަށް.
ތިޔައީ މައުލޫމާތެއް ހޯދަން ދިޔަސް ދޭންކެރޭ ތަނެއް ނޫންކަން އެންމެންނަށް އެނގޭ.
އެހެން ނޫނަސް މި ރިޕޯޓް ޖެހީމައި ތިޔަ އޮފީހުގެ ކަމެއް ޢާންމުންނަށް އެކަންވެފައި އޮތްގޮތެއް ސާފުކޮށްދިނުން އެއީ. އިއުލާނެއް ނޫނީ ނޫސްބަޔާނެއް ނެރެން ވީނު. ރިޕޯޓް ދޮގުކޮށްފައި. ނޫނީ ސިޓީއެއް ސައިޓްގެ އެޑްމިންއަށް ފޮނުވާލަން ވީނު…
ރަފީގު ވިދާޅުވީ
ތާރީޚް:27/04/2009
ތިޔާ އެވޯޑު ހޯދުއިދިނުމުގާ ޖަލާލުއްދީނު އިސްކޫލުގެ މެނޭޖުމެންޓާ އަތޮޅު އޮފީސް ވިލަރެސް ވެގެން ކުރިޔަށް ގެންދޭ.. ނުލިބުނީމަ އިސްކޫލުން ޖެހޭނެ އެކަން އޮތް ގޮތް ބަލައިދޭން.. ކުދިންގެ ބެލެނިވެރިންނަށް ވުރެން ބޮޑަށް ތިކަހަލަ ކަންކަމުގަ ކަމެއް ކުރެވޭނީ ވަސް ފަރުދަކަށް ވުރެން ބޮޑަށް މުއައްސަސާއަކަށް. ހަގީގަތުގަ މަ މިހެން ބުނާ އިރު މަށަކަށް ވަސް މާ ބޮޑަކަށް ޔަގީނެއް ނޫން މި ބުނެވުނީ އަދި މާ ރަނގަޅު މޮޅު ބުއްދިއެއްކަމެއް. މަށަށް ދެން ހީވާ ގޮތުން އެކަން ކުރަން އެންމެ ފަހި ގޮތް މި ބުނީ.. އާނ ދެން. ކުޅުދުއްފުށީ ޑޮޓުކޮމަކުން ނުޖެހޭނެ މި ލިޔުމާ އެކުދިންނާ ގޮވައިގެން އަތޮޅު އޮފީހަށް ދުވާކަށް. ސައިޓުގެ ބޭނުމަކީ މިކަން މީހުންގެ ތެރޭގަ ހިލުވާލައިގެން ސަމާލުކަމަށް ގެނައުންތާ.. އެކަން މިއޮތީ ވެފަ. ދެން އޮތީ އެހެން މީހުން ކުރަންޖެހޭ ކަންތައ ކުރިޔަށް ގެންދިޔުން.
ހާޝިމް ވިދާޅުވީ
ތާރީޚް:27/04/2009
ޙަސަނަށް.
އަޅުގަނޑު މިކަމާ މެދު ދެކޭ ގޮތް މިތާ ހާމަކޮށްލައިފިން. އެއީ، މިތާނގައި އެވާހަކަ ގިނަ ނުކޮށް، ސީދާ އެކަމާ ބެހޭ ބޭފުޅުން ގާތުގައި އެކަމަށް ވެފައި އޮތް ގޮތެއް އަހާ ސާފުކުރުން. އަޅުގަނޑު ދެކެން މިސައިޓްގެ ބޭފުޅުންގެ ދައުރެއް އެކަމުގައި އޮންނަން ޖެހޭނެކަމަށް ވެސް. މިއީ ހަމައެކަނި އަނގަތަޅާ ހޮޅުއަށްޓަކަށް ވެގެން ނުވާނެ. މިސައިޓްގެ ބޭފުޅުން ކުޅުއްފުށީގެ ނަން ބޭނުންކުރައްވައިގެން އުޅުއްވަންޏާ، ޖެހިވަޑައިގަންނަވާނެ، މިފަދަ ކަންކަމުގައި އަޑުއުފުލަން. އަޅުގަނޑުމެން ފޮނުވާ މަޒުމޫނު ޝާޢިއުކުރާ ސައިޓަކަށް ހަމައެކަނި މިތަން ވެގެން ނުވާނެ. ދެން ޙަސަނަށް ދަންނަވާލަން ބޭނުންވަނީ މިއީ ނުބައި ޒާތެއްގެ ހިންޏެއް އަންނަ ކަހަލަ ކަމެއް ނޫނޭ އަޅުގަނޑު ގާތަށް. ޙަޤީޤަތުގައި ވެސް މިލިޔުން ލިޔުއްވި ބޭފުޅާ އެނެންގެވީ ވަރަށް ވެސް ރަނގަޅު ނުކުތާއެކޭ. އަޅުގަނޑު ވެސް ޤަބޫލުކުރަން ޝަހީދު ޙުސައިން އާދަމް އެއީ، ކުޅުދުއްފުށީގެ އެކަންޏެއް ނޫނޭ މުޅި ޤައުމުގެ ވެސް ބަޠަލެކޭ. އަޅުގަނޑު ވެސް އޭނާއަށްޓަކައި ފަޚުރުވެރިވަމޭ. ދެން ސްޓޭޓް މިނިސްޓަރުންނާ މިކަމާ ލިންކެއް އަޅުވާކަށް މިތާނގައި އަޅުގަނޑު ބޭނުމެއް ނޫނޭ. މިއީ އެވާހަކަ ދައްކަން އޮތް ފޯރަމެއް ނޫނޭ.
ގާސިމް ވިދާޅުވީ
ތާރީޚް:27/04/2009
މިހާރު ބަޖެޓު ތާށިމަކުންނާ ދުނިޔެއަށް އާސްގެން މި އުޅޭ ހީނަރުކަމުން މަ ވަސް މިޔޮޅެނީ އެވޯޑެއާ މިވޯޑާ ނުހެދިގެން.
އާސިމް ވިދާޅުވީ
ތާރީޚް:27/04/2009
ދެން ސަހީދު ހުސެން އާދަމް އެވޯޑު ގެ ނަން ބަދަލުކުރަންވީ ސަހީދު އީވާން އެވޯޑަށް.
ދިރާގު ސިމް ވިދާޅުވީ
ތާރީޚް:27/04/2009
މަ ތާއީދު.. ސަހީދު އީވާން އެވޯޑު ލިބިވަޑައިގަންނަވާނީ ތިނެއް ނޮވެމްބަރު ބަތޮލެއް ކަމަށްވާ ކެޕްޓަން އަޅޯ ސާހިދު އަތްޕުޅުން
ވަތޮނިއްޔާ ސިމް ވިދާޅުވީ
ތާރީޚް:27/04/2009
ހޯ.. ފަހި ވާނެ ހަމަ
ބާސިމް ވިދާޅުވީ
ތާރީޚް:27/04/2009
އާސިމް ގެ ހިޔާލަށް ބާސިމް ވެސް ތާއީދުކުރަން.. ދިރާގު ސިމްއަށް ދަންނަވާލަން އޮތީ، އަޅޯ ސާހިދަކީ ބަތޮލެއް ނޫނޭ ގިތެލެކޭ..
ޓިޕެކްސް ވިދާޅުވީ
ތާރީޚް:27/04/2009
އަސްލު ތިމައްސަލަ އޮތްގޮތް ބަލައި ތި އެވޯޑް ދަރިވަރުންނަށް ހޯދައިދޭން ޖެހޭނީ ޖަލާލުއްދީން ސްކޫލުން. އެކަމަކު އެތާ މެނޭޖްމެންޓަކީ ވަރަށް ކަންފަސޭހަ މެނޭޖްމެންޓެއް. ކީއްކުރާނީ، މިއަދުގެ ސަރުކާރުން އެމެނޭޖްމެންޓް ބަދަލުކުރަން ވިސަނައިފިއްޔާ ވެދާނެ. ނޫނީ މިހާރުގެ އުސޫލުން ގަދަ ބާރު ދައްކަނަވީ. މިހާރުމީ މުޒާހަރާ ކުރީމަ ހުރިހާ ކަމެއވެސް ވާ ޒަމާނޭ. އެވޯޑް ހޯދަންވެސް ކުރަންވީ މުޒާހަރާ. ސްކޫލުގެ މެނޭޖްމަނަޓް ހަރުދަނާ ކުރުމަށްވެސް ކުރަންވީ ހަމަ މުޒާހަރާ. މިހިޔާލު ރަނގަޅުދޯ
ރަބަރުދޫ ވިދާޅުވީ
ތާރީޚް:27/04/2009
މިހެން ކަންތައް ކުރީމަ ކުދިންގެ ކިޔެވުމަށް ކުރަމުން އައި ހިއްވަރައް ފިނިކަމެއް އަންނާނެ.
އަލީ އަހްމަދު ވިދާޅުވީ
ތާރީޚް:27/04/2009
ސައިޓުގެ މަޤުޞަދަކީ ޕުރެޝަރ އުފެއްދުންކަންނޭގެ. ދެން އެކަމުގެ މައުލޫމާތު އާއްމުންނަށް ލިބި އަދި އެކަމާއި ގުޅުން ހުރި ފަރާތްތަކަށް އިވުނީމަ ތަންކޮޅެއް ބޮޑަށް އެކަމާ އުޅޭނެ. މިސައިޓު ކުޅުދުއްފުށީ ރައްޔިތުންނާއި މިހާރަށް ވުރެ ބޮޑަށް ގުޅިގެން ހިންގާނަމަ ވަރަށް ފައިދާވާނެ ރައްޔިތުންނަށް. އެކަމަކު އެނގޭ މުހައްމަދާއި ބަދުރުވެސް އުޅެނީ މިރަށަކު ނޫންކަން. ވޮލެންޓިއަރުން ހޯދައިގެންވެސް މިފަދަ ކަންތައްތަކުގެ ހަގީގަތް ހޯދުމަތް މަސައްކަތް ކޮށްދިނުމަކީ މި ރަށުގެ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ބޭނުންވާ ކަމެއް. އެބައުޅޭތަ އެކަހަލަ ބަޔަކު؟
ޖަނަވާރު ވިދާޅުވީ
ތާރީޚް:27/04/2009
މަށަށް ވަސް ބުނެވޭނީ އިސްކޫލު މެނޭޖުމަންޓުން ޖެހޭނޭ، ކުދިންނަށް އެ ހޯދައިދޭން މަސްކަތްކުރަން.
ބޮޑު އަނގަ ވިދާޅުވީ
ތާރީޚް:27/04/2009
ތިޔަ ނިދަން މިޔަރު މެނަށް އެނގޭނީ ކޯޗެއްތަ؟ މި އާޓިކަލް ގަ އެބުނީ ހަމަ ތެދެއް. އެކި ތަންތަނަށް ސިޓީ ލައިގެންވެސް އެލާރި ކޮޅެއް ނުލިބޭނެ. އެލާރި ހޯދައިދޭން ޖަލާލުއްދީން ސްކޫލްގެ މެނޭޖްމަންޓް މަސައްކަތް ކޮށްނުދޭ ވާހަކަ ފާހަގަކޮއްލަން. ކަޓު މެނޭޖްމަންޓެއް
ހަސަން ވިދާޅުވީ
ތާރީޚް:28/04/2009
ރަފީޤާ ބުނާކަށް ނޫސްވެރިންގެ ޒިންމާއަކީ އެއްޗެއް ހަމަ ލިޔެ މީހުން ސަމާލު ކުރުވުމެއްނޫން. އެއީ ޒިންމާ ދާރު ނޫސްވެރިކަމެއްނޫން. ދެކޮޅު ބަލާނުލާ ޙަޤީޤަތް ހޯދުނު އެންމެ މަތީ ދަރަޖަޔަކަށް ނުހޯދާ ހަމަ ހީވާ ހީވުމަށް ނުވަތަ ތިލަފަތުގެ ދެކޮޅު ހަމަނުވާ ލިޔުންތައް ލިޔުމުން ރަނގަޅުކުރުވުމުގެ ބަދަލުގައި އުފެދޭނީ ފިތުނަ ފަސާދަ. އަތޮޅު އޮފީހުން ހަމަޖެއްސެވި ކަމަކަށް ވާއިރު އެފަރާތުގެ ބަހެއް ފުރިހަމަޔަށް ގެނެސްދެވެން ޖެހޭނެ. އަދި ތިޔަ އެވޯޑް ލިބުން ކުދިން ނުވަތަ ބެލެނިވެރިންގެ ބަސްވެސް ގެނެސްދެވެން ޖެހޭނެ. އަދި ތިޔަބުނާ ފައިސާއެއް މިހާރު ނުލިބެޔޭ ބުނާއިރު ، ތިކަމެއް ހަމަޖެއްސި ފަރާތަކުން އެންމެ ފުރަތަމަވެސް ޓީޗަރުންނަށް ލިބުނު މުސާރަކޮޅުން ބައެއް އެޅުމަށް ލަދުވެތިކަމެއް ނެތި ބުނަން ކެރުނުއިރު ، އެއީ އެކަމުގެ ދޯހަޅިކަން ހާމަވާކަމެއް. އެހެންވީމަ އެހާ ދޯހަޅި ދެއުޅިއެއްނުވާ ބިންގަލެއްގެމަތީ ފެށުނު ކަމެއް ދަމަހައްޓާނެ ގޮތެއް ބުނެދީބަލަ!މިއާޓިކަލް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ހޯދާލާފަ އަދި އެއްފަހަރު ޖަހާލުމާމެދު ބަހަކީ ކޮބާ!
މުނިޔާ ވިދާޅުވީ
ތާރީޚް:28/04/2009
މީދެން ބޮޑު ޒުވާބު މާލަމެއްދޯ! ކަމާ ނުގުޅޭ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ.