Share

މިހާރުދެން ރަށަށް އެންމެ ރަނގަޅުގޮތަށް ކަންތައްތައް ކުރަންވެއްޖެ!!!

މިހާރުދެން ރަށަށް އެންމެ ރަނގަޅުގޮތަށް ކަންތައްތައް ކުރަންވެއްޖެ!!!
ނޫރު

ރާއްޖޭގައި އޮތް ‘ޖާހިލިއްޔަ 30 އަހަރަށް’ ނިމުންގެނެސް ‘އަދުގެ ބަތަލުންގެ’ ވެރިކަމުގެ ‘މާތް’ ދުވަސްވަރުވެސް މިހާރު މިވަނީ ފެށިފައެވެ. އަދި ރާއްޖެއަށް ފުރިހަމަ ‘މިނިވަންކަންވެސް’ މިއޮތީ ލިބިފައެވެ. މިހުރިހާ ދުވަސްތައް ވެއަތުވެގެން ދިޔައިރުވެސް ރާއްޖޭގެ ސަރުކާރުގެ ފާހަގަކޮށްލެވޭ މަގާމުތަކުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ ބޭފުޅަކު ހަރަކާތްތެރިވާތަނެއް އެއްގޮތަކަށްވެސް ނުފެނެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. އުތުރުގެ ބޭފުޅުން މަދުންނަމަވެސް ފެންނަމުންދާކަމަށް އަޅުގަނޑުވެސް އެއްބަސްވަމެވެ. އެހެންނަމަވެސް މަތީފެންވަރުގެ ނުފޫޒުގަދަ ހުރިހާ މަގާމުތަކެއްހެން އަބަދުވެސް ފެންނަނީ މާލެއާއި ދެކުނުގެ ބޭފުޅުން ފުރުއްވަމުންގެންދަވާތަނެވެ. މިއީދެން އަޖާއިބުން އަޖާއިބުވާވަރުގެ ކަމެއްނޫންހެއްޔެވެ؟

މިސަރަހައްދުން އެންމެ އާބާދީބޮޑު ރަށަކީ މިރަށެވެ. ނުވިތާކަށް މިއީ މުޅި ރާއްޖެއިންވެސް އެންމެ އާބާދީބޮޑު އެއްރަށެވެ. މިހާ ބޯގިނައިރު، މިފަދަ މަގާމުތައް ފުރާލެވޭވަރުގެ ހިކުމަތްތެރި ސިކުނޑިތަކެއް އުފަންވެފައި ނެތީ، މީފަހެ ހަމަ ގަމާރުފުއްޓަކީ ހެއްޔެވެ؟ ކިޔަވައިގެން ހުރި އެންމެ ސޮރަކުވެސް މަންޖެއަކުވެސް ހަމަ ނެތީހެއްޔެވެ؟

ވާނީވެސް ހަމަ މިހެންތާއެވެ. ވާނެ އެއްޗެއްވާން މިރަށުމީހުން އަނގަނަގައިގެން  ތިބެނީވިއްޔާއެވެ. ކަލޭމެންނަށް ހާޑުހަދައިގެން ބޯކާން، އެހެންނޫނީ ވިއްޔާ ހޮޅުއަށިތަކުގައި ދޮހައިގެން ބިންމައްޗަށް ރަތްކުޅުތަޅަން ތިބެވުނީމާ އެޔޮތީ ވެފައެވެ. ދުނިޔެ އެޔޮތީ ކަލޭމެންނަށް ލިބި މިލްކުވެފައެވެ. އެކަމަކު މިއީ މަގޭ ކާފޮ މަށަށް ކިޔައިދިން ކުޅުދުއްފުއްޓެއް ނޫނެވެ.

ކާފޮ ބުނާގޮތުން މިރަށަކީ ހިތްވަރުގަދަ ބަތަލުންތަކެއްގެ ރަށެކެވެ.ޤައުމުގެ ކޮންމެކަމަކަށްވެސް ‘ބޯކޮއްޕައިގެން’ އެކަމެއްގައި ރަށަށް ގެއްލުމެއްވޭތޯބަލާ، މުލައްދަނޑީގައާއި ފިކުރުގައި ބާރުހުރި، ކެރޭ ފަހުލަވާނުންތަކެއްގެ ރަށެކެވެ. އެކަމަކު މިހާރު ވެފައި މިޔޮތީ ކިހެނެއްހެއްޔެވެ؟ ފިނޑިވެފައި މިތިބެނީ ކީއްވެހެއްޔެވެ؟ މިއީދެން އެބޭފުޅުންނަށްވެސް ކުރެވޭ ކިހާބޮޑު މަލާމާތެއްހެއްޔެވެ؟

މިއަދު އަނެއްކާވެސް މިއޮތީ ރަށާއިގެން ނުކުންނަންޖެހިފައެވެ. މިރަށުގައިވެސް ބަޔަކު އެބަދިރިއުޅޭކަން އަންގާލަންޖެހިފައެވެ. މިކަމަށްޓަކައި އެތަކެއް ދުވަހެއްފަހުން އަލަށް މިވަނީ ކުޅުދުއްފުށީ ދަރިންތަކެއްވެސް އަތުކުރި އޮޅާލާފައެވެ. މިރަށް ތަމުސީލުކުރާށެވެ. މިރަށަށް ކުރިއެރުން ހޯދައިދޭށެވެ. އެހެންނަމަވެސް ތޯއެވެ!!!! މި މީހުން އައްޔަނުކުރަން މިތިބީ އެއްކަލަ ރަތްކުޅުތަޅަން، ބޯކާން ތިބި މީހުންނެވެ. މިމީހުން މިރަށު މީހަކަށް މިފުރުސަތު ދޭން ހިތައްވެސް ނާރުވާކަހަލައެވެ. މިކަން މިސައިޓުގެ ލިޔުންތަކަށް ކުރަމުންގެންދާ ކޮމެންޓުތަކުން އެކަނިވެސް އެބަހާމަވެއެވެ. އަބަދުވެސް މިދައްކަނީ ރަށުންބޭރު ބީރައްޓެއްސަކަށް މިރަށުގެ ގޮނޑިދޭވާހަކައެވެ. އަބަދުވެސް ކޮންމެވެސް ނަޖީބެކެވެ. އެހެންނޫނީވިއްޔާ ނަޝީދެކެވެ.

އަޅެ މިރަށުމީހަކަށް މިފުރުސަތު ދިނީވިއްޔާ ފަހެ ތަންގަނޑެއް އަނދާ ހުލިވަނީހެއްޔެވެ؟ ދެންބުނާނެ އެއްޗެއް މަށަށް އެނގެއެވެ. “މިރަށުން ކުރިމަތިލީ އެކަކަށްވެސް ވާހަކައެއް ނުދެއްކެޔޭ، ތަޖުރިބާއެއް ނެތޭ، ‘ކުފޫ’ހަމައެއް ނުވެޔޭ،  މިކަހަލަ ބަޔަކު ހޮވައިފިނަމަ އެއްވެސް ފައިދާއެއް ނުކުރާނޭ، ވިއްޔާނެކަމަކީ އެތަނަށް އަރާ އަނގަކައިކައިފައި އަހަރެމެން ލަދުންގަންނަވާލުމޭ، އޭރުން ތިބޭނީ ބޮނޑި ބޮވިފަޔޭ، އެހެންނާފަހެ މިއީ ކުޅޭ ކުޅިވަރެއްނޫންވިއްޔާއޭ،…” މިކަހަލަ ހާސަރުތަކެކޭނުން ހެއްޔެވެ؟ އަޅުގަނޑުވެސް ގަބޫލުކުރަމެވެ. ނަޝީދުމެންފަދަ ބޭފުޅުން މަޖިލީހަށް މާ ފަރިތަވާނެއެވެ. އޭނާގެ ދޫވެސް މާފަރިތަވާނެއެވެ. އެޔާއިހިލާފަށް މިރަށުން ކުރިމަތިލީ އަބުދުﷲ އަލީފަދަ ބޭފުޅުން މަޖިލީހުގައި އެއްވެސް ތަޖުރިބާއެއްނެތެވެ. ނަޝީދާއި ގާތްކުރާވަރަށް ވާހަކަދެއްކެވުނުނަމަވެސް ހަމަހަމައެކޭ ނުދެންނެވޭނެއެވެ. ދަންނަވަންތޯއެވެ. ވާހަކަދެއްކުންތެރިކަން ނަޝީދު ހޯދައިގަތީ އޭނާގެ ތަޖުރިބާއިންނެވެ. ހަމަމިގޮތައް އަބުދުﷲ އަލީމެންނަށްވެސް މިހުނަރު ދާދިއަވަހަށް ހޯދައިގަނެވިދާނެއެވެ.

ދެންމިއޮތީ ތަޖުރިބާގެ ވާހަކައެވެ. ދަންނަވަންތޯއެވެ. މިހުރިހާ ދުވަހު ކުޅުދުއްފުށިން މީހަކު މިކަހަލަކަމެއްގައި ނުފެނުނީ ތަޖުރިބާނެތީމައެވެ. މިފަދަކަމެއްގައި ރަށުން ނަމޫނާއަކަށް ބަލާނެ މީހަކު ނެތީމައެވެ. ނަމޫނާއަކަށް ބަލަން މީހަކު ހުންނާނީވެސް އެކަކުނަމަވެސް މިކަހަލަކަމެއްގައި އުޅުނުނަމަތާއެވެ. ތަޖުރިބާއެއްނެތޭ ކިޔާފަ އެންމެން މިތިބެނީ ރަޖާއަޅައިގެން އެނދުގަވިއްޔާއެވެ. ބަލަ، ތަޖުރިބާލިބޭނީވެސް ކަމަކާކުރިމަތިލީމައޭނުންހެއްޔެވެ؟ އެއީ މަތިންބާވާލައްވާ އެއްޗެއްނޫންވިއްޔާއެވެ.

ދެންވެސް ތިޔަބުނަނީ މިކަހަލަކަމަކަށް މިރަށުން މިކުރިމަތިލީ މީހުންހަމަ ހޮވާކަށްނުކެރޭނެއެވެ. މިއީ އަޖުމަބަލަންކަމުދާ ކަހަލަކަމެއް ނޫނޭ އެވެ. ދެންތިހެންވިއްޔާ ތިޔަބުނާ އަޖުމައެއްބަލަން މިރަށުމީހަކު ހޮވާނީ ކޮންއިރަކުންހެއްޔެވެ؟ އަނެއްކާވެސް ފަސްއަހަރު ފަހުންހެއްޔެވެ؟ ބަލަ އޭރުންވެސް ތިބޭނީ ހަމަ ތަޖުރިބާނެތްމީހުންނެވެ. ދެން އޭރުންވެސް އަޖުމަބަލާކަށް ނުކެރޭނެއޭ ކިޔާފަ ހޮވާނީ ހަމަ ބީރައްޓެހިންހެއްޔެވެ؟ މިހެންމިކަން ދާންވެއްޖެންޏާ މިރަށަކުން މީހަކަށްވާކަހަލަ މީހަކު ނުއުފެދޭނެއެވެ. އަބަދުވެސް ތިބެންޖެހޭނީ ބީރައްޓެހިންނަށް ރަށް ހަވާލުކޮށްގެންނެވެ.

މިރަށުން ކުރިމަތިލީވެސް ކިޔަވައިގެންތިބި ގާބިލު މީހުންވިއްޔާއެވެ. މިފަހަރު މިއިންމީހަކަށް ފުރުސަތުދީފިނަމަ ދެންއަންނަ ފަހަރަކު މާމޮޅެތި އަބުތާލުންތަކެއް ކުރިއަށް ނުކުންނާނެއެވެ. މިފަހަރު އަޖުމަބަލާށެވެ. މިޔޮށް ހުރިހާދުވަހުވެސް މިތިބީ ރަށުން ބޭރުބަޔަކަށް، އެހެންނޫނިއްޔާ ހަމައެކަނި ކެންޕޭނަށް ރަށަށް ނިސްބަތްވެގަންނަ ބަޔަކަށް ގޮނޑިދީގެންނެވެ. ވީ މޮޅެއް އެބައޮތްހެއްޔެވެ؟ ހަމަގައިމުވެސް މިޔޮށް ހުރިހާ ދުވަހު ރަށަށް ގެއްލުން ވީވަރަށް، މިފަހަރު ރަށުން މީހަކު ހޮވައިގެން ތިޔަ ހީކުރާހާ ގެއްލުންތަކެއް ނުވާނެއެވެ. ވިއްޔާ ވާނީ ފައިދާއެވެ.

ކޮންމެކަމެއްވެސް ފުރަތަމަ ކުރަންޖެހޭނީ އަލަށެވެ. ނުކުރާހާ ހިނދަކު އާކަމެއްނުކެނޑޭނެއެވެ. ނުބައިކޮށް ކުރެވިދާނެތީ ތިބެންޏާ ވާނީހަމަ ތިބޭހާއެވެ. ނިކަން ބަލާބަލާށެވެ. ޓީވީއެމްގެ މިރަށު ސްޓޫޑިއޯ ހުޅުވުމުން ހަބަރުކިޔަންއެރި އިނާޔަތު އަލީ އާއި ޝަހީދާ އަލީ ނުކެރިފައި ތިބިހެއްޔެވެ؟ އެމީހުންވެސް ޓީވީއަށް އެރީ އަލަށެވެ. އެއީވެސް އަދި މިރަށުމީހަކު ކުރިން ކުރިކަމެއް ނުމެނޫންމެއެވެ. ފުރަތަމަކޮޅު އާކަންވެސް ހުއްޓޭނުންހެއްޔެވެ؟ ކުށްވެސް ކިޔުނޭނުންހެއްޔެވެ؟ އެކަމަކު މިހާރު ބަލާބަލާށެވެ. ލައްކަ ހިނދެއްވެއްޖެހެއްޔެވެ؟ ދެތިންދުވަސްތެރޭ އެތިބީ ހަމަ ފައްކާވެފަނޫންހެއްޔެވެ؟ މިޔޮށް ހުރިހާ ދުވަހު ހަބަރުކިޔަމުންއައި ޓީވީއެމްގެ ވަސީމުއާއި މިހާރު އެދަނީ ފައިހަމަކުރަމުންނެވެ. މިހެންވީއިރު އަބުދުﷲ އަލީމެންނަށް ވެސް މިކަން ނުކުރެވެންވީ ސަބަބެއްނެތެވެ. އެމީހުންވެސް ހަމަ ދެތިންދުވަސްތެރޭ ‘ޅަކަންކެނޑި ދޮންވެ ފައްކާވާނެއެވެ.’ ނަޝީދަށް ކީއްކުރަންހެއްޔެވެ؟ ސޯދުބެއަށް މައުމޫނު އަބުދުލް ގައްޔޫމަށްވެސް ގޮންޖަހާލާވަރުގެ މީހުންނަށްވާނެއެވެ.

ދެން އެހެންވީއިރު މަބުނާނެ ވާހަކައެއްނެތެވެ. ހޮވަންޏާ ހޮވަންވީ ރަށުން މީހެކެވެ. އަހަރެމެންގެ ކުރިޔައޮތް ޖީލުތަކުގެ ހައްގުގައި ނަމަވެސް މިއަދު މިކަންކުރަންވެއްޖެއެވެ. އެހެންނޫންނަމަ ފެންނާނީ ކުރިން ދެންނެވިހެން ދިރުމެއްނެތް ކުޅުދުއްފުއްޓެކެވެ. ނިދާފަނުތިބެ ވިސްނާ ހޭލުންތެރިވާށެވެ. މިހާރު ހޭލަންވެއްޖެއެވެ. ރަށުގެ ދަރިއަކު ހޮވާށެވެ.

(މިލިޔުމުގައި ހަމަ އެކަނި ނަޝީދުގެ ނަމާއި އަބުދުﷲގެ ނަން ބޭނުންކުރީ ވަކި ސިޔާސީ މަގުސަދެއްގައެއްނޫނެވެ. އެންމެ ފުރަތަމަ ހިތަށްއައީ އެދެނަންކަމުގައި ވީތީ ބޭނުންކުރީއެވެ.)

‮ ‬45‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ވޯޓާ ބެހޭ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ރަނަގަޅު. މިހާރު ރަށު މީހުން ހޮވަން ވެއްޖެ. އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ. ރަށު މީހުން ހޮވޭތޯ ބަލަމާ.

  2. ރަށުމީހާ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ރާއްޖޭގައި މިވަގުތު މިއޮތީ ވެރިކަމުގެ ބާރުތަކާއި ގާނޫނީ ބާރާއި އަދި އަދުލު އިންސާފުގެ ބާރު މުޅިން ވަކި ކުރެވިފައެވެ. ރަށުމީހުން ބުނަނީ މަޖިލިހުން މިރައް ތަރައްގީ ކުރާނެ ވާހަކައެވެ. ސިޔާސީ ގޮތުން ކުފޫ ހަމަވާނަމަ ޗަސްބިން ހިއްކުމާއި މަދުގައި ސަތަރި އެޅުމާއި ކިރު ހޮޅި އެޅުން ފަދަ ކަންކަމަކީ ދައުލަތް ހިންގާ ފަރާތުން ކުރަން ޖެހޭ ކަންކަމެވެ. މަޖިލިހުން ކުރަންޖެހޭ ކުރެވޭނެ ކަމެއްނޫނެވެ. ދެން އެއްގޮޑިއަކަށް ވާދަކުރާ ތިން ހަތަރު މީހުން ވަކިވަކިން ވާދަކުރާ ހާލުގައި ކޮންމެ މީހަކު ގޮނޑި ބޭނުންވާއިރު އިއްތިހާދު ހަދައި ބައިއަތު ހިފާނީ ކިހިކުން ކަމާއިމެދު ވިސްނަމާތޯއެވެ. އެވެސް ކުފޫ ހަމަނުވާތީ ހަދާ ގޮތެކެވެ. ދެން ރަށުމީހުން މިއޮތް ކުރިހާދުވަސްވާއިރު މާލޭގައި ތިބި މީހުން އެއްވެސް ކަމެއްގައި ރަށަށް ކުރި އެރުމެއް ހޯދައިދޭން ކުރި ކަމެއް ނޯންނާނެއެވެ. ރަށުގައި ތިބި ބަޔަކުވެސް ކޮށްދިން ކަމެއް ބުނެބަލާށެވެ. ހަމައެކަނި ފިތުނަ ފަސާތައަށް މަގު ފަހިކުރުމާއި ދޮގު ވާހަކަ ފެތުރުންނޫން ކަމެއް ނުކުރެއެވެ. ކުރި އިޖުތިމާއީ ކަމެއް ދައްކަބަލާށެވެ. އެހެން ކަމުން ދެން ކޮމެންޓް ލިޔާނީ މިހިޔާލަކަށް ރައްދު ދީގެނެއް ނޫން އިގޭ.

  3. އާމިނަ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    އާދަން ވަހީދު ކިޔެވި ސުކޫލެއް މިރަށަކުނެއް، އަބުދުއްލޯ އަލީ ގާނޫނު ކިޔަވާތާ ވަރައްގިނަ އަހަރު ވެއްޖެ އަދިވެސް ފާހެއްނުވޭ، އޭއީސީ އާއި އީޕީއެސް އިން ކަޑާލާފަ ހުރިމީހެއް ކަޅުހުއްތު އައްޔަކީ، ދެން ރަސާދު ކިޔެވީ އަމީރު އަމީނު ސުކޫލުން، ދެން މަކިހިނެއް މިއީ ތައުލީމީ ބައެކޭ ބުނާނީ، މަށައްވެސް ރަގަޅީ ރަށު މީހަކު ހޮވުނިއްޔާއޭ

  4. ޗަކަބިން‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ތިޔަބުނާހާ ކިޔެވުން ތަކެއް ކިޔާވާކަށް ނުޖެހެޖޭ ކިހާބޮޑު ކަމެއްތަ މީދެން. މިޗަކަގަޑު މިތާ އޮތަދީބަލަ

  5. ވަތަން އެދޭގޮތައް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ޖަލާލުއްދީނު ގަ މިތިބި ތައުލީމީ ބޭފުޅުން މަޖުލީހައް ކުރިމަތިލީމަ ރަގަޅު ވަނެ ކަމައްފެނޭ، އެއީ އެތާ އެބަތިބި މާސްޓަރ ހަތް ދަވައިގެން ތިއްބެވި ބޭފުޅުންވެސް

  6. އިބްރާހިމް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    އާމިނަ ދައިތަ އަށް

    ދައިތާ! ގާނޫނީ ރޮނގުން ފުރަތަމަ ޑިގުރީ (އެލް.އެލް.ބީ އިން ޝަރީޢާ އެންޑް ލޯވ) ފުރިހަމަކުރުމަށް ނަގާނެ، 4 އަހަރު. ޑިޕްލޮމާ ކޯސް އެންމެ އަވަހަށް ފުރިހަމަކުރެވުނަސް ކުރެވޭނީ 1 އަހަރުން. ނޭނގޭ ވާހަކަ ނުދައްކަ ދައިތަ ގަނޑު އިނދޭ. ދޭބަލަ، ގޯޅިކަންމައްޗަށް ބޮނބި ފިނދަން.. ދެން މަގުންދާ މީހުންގެ ބޯ ހަފާކާން!

    މަސައްކަތުގައި ލިބޭ ތަޖުރިބާ އަކީ ވެސް އެއީ ތަޢުލީމެއް. ދިރިއުޅުމުގެ ތެރެއިން ތިމާގެ ހަރަކާތްތެރިކަން އަންނަ ގޮތުން ވެސް ވަރަށް ގިނަ ކަންކަން އެބަ ދަސްވޭ. ކަޅުހުއްތު އައްޔަކީ އަމިއްލަ ކުންފުންޏެއް ( ކޮޕިއާ ޕްލަސް) ގެ މާކެޓިންގް މެނޭޖަރު. އެމީހުން މިހާރު އެވަނީ ޓޮޝިބާގެ ސޯލް ޑިސްޓްރިބުޓަރ ކަން ހޯދާފައި.

    ތައުލީމް ލިބެނީ ހަމައެކަނި ސްކޫލެއްގެ ހަތަރު ފާރު ތެރެއަކުންނޫން.

  7. ކުޑައަލީ އައިމިނަ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ކުޅުދުއްފުށީ އުތުރު ދާއިރާގައި ކުރިމަތި ލާފައިތިބީ އަދި މާފައްކާބައެއް. އެކަކީ އާންމު އިންތިހާބުގައި ޕީސް ބަހައިގެން ކެންޕޭންކޮށްދޭން އުޅޭމީހެއް. މިމީހާ ކިޔެވިތަނެއް އަދި އެނގިފައެއްނެތް. ސަތަރި ގަނޑު ގަނޑުގައި ކޯޓްފަޓުލޫން ލާފައި ހުންނައިރު ހީވޭ ފިސާރިކަމެކޭ. އަނެކަކީ ފަސްއަހަރުން ފަސްއަހަރުން ކުޅުދުއްފުށީ މީހަކަށްވެގެން އުޅޭމީހެއް. ދާދިފަހަކުން ބޮޑުމަގުގެ އުތުރު ކޮޅުގައި ހުޅުވި ކެންޕޭން އޮފީހެއްގެ ސަބަބުން އެސަރަހައްދު ކުދިންނަށް ނުނިދޭ. ހުސަހަޅާއފައިވާ ކަންކަންހީވަނީ އެމެރިކާގެ ރައީސް އެމެރިކާގެ ރައްޔިތުންނަށް ކޮށްދޭން ހުށަހަޅާފައިވާ މެނިފެސްޓޯއެއްހެން.ހަމަގައިމުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ކުރެވޭނެކަމެއް އޭގެތެރެއަކު ނުހިމެނޭ. އަނެއްކާ މިސޮރު މީގެކުރިންވެސް އެކަހަލަ ތަނެއްގައި އުޅުނުކަމަށްވޭ. ނަމަވެސް މިސޮރު އެތަނަށް ދާންފެށީ އެމަންޒަރު ޓީވީން ދައްކަންފެށީމަ. އުތުރު ދާއިރާގަ މާބޮޑަށް ވަތަނީވެގެން މިއުޅޭ ސޮރަކީ ކުރީސަރުކާރުގައި މަސްތުވާތަކެތީގެ ވިޔަފާރި މާވަރުގަދައަށް ކޮށްއުޅުނު މީގެއްގެ ޕާޓީއެއްގެ ހިލޭހއެހީގައި ސިއްރުން އައިސްފައި ހުރި މީހެއް. ކޮންމެވެސްވަރެއްގެ ތައުލީމެއް ހުއްޓަސް އޭނާގެ އަނގަވަނީ ވިކިފައިކަން ފާހަގަކުރެވޭ. އަބުދުލްގަފޫރަކީތޯއެވެ. ފައިސާ ބެހުމާއި ފައިސާ ހަރަދުކުރުމުގައި ވަކި އިމެއްނެތެވެ. ކޮފީދިނުމާއި ބޭސްފަރުވާދިނުމާއި ގެދޮރު އެލުމަށް އެހީވުމާއި ޕައުންޑޭސަން އެޅުމާއި. ހީވަނީ އެހެންފަދަ ކަމެއްހެން. މަށަށްހީވަނީ މީނަ ހޮވައިފިއްޔާ މީނަބުނާނެހެން އަހަރެން ވޯޓްގަތީޔޭ! އަނެއްކާ ފާހަގަ ކުރެވެނީ މީނާއަކީ ވެއްޓުނު ސަރުކާރުގެ މަނިކުފާނުގެ ބޮޑީގާޑެއްކަން. މިފަހަރު ވޯޓްލާނެ މީހަކުނެއް. ވޯޓްލާން ދާނެކަމެއްވެސް ނެތް. ވޯޓްލާން ބޭނުންނަމަ ކަރުދާސްކޮޅުގައި އަމިއްލަ ނަންޖެހުމަށްފަހު ވޯޓްލުން މާރަގަޅުވާނެ ކަމަށްފެނޭ. ކަލޭމެންގެ ހިޔާލަކީކޮބާ؟

  8. މުހަންމަދު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ޖަލާލުއްދީން ސްކޫލޭ ބުނާ ކޮންމެ ފަހަރަކު މަގާތަށް އަންނަނީ ނުލަފާ ޒާތެއްގެ ހިންޏެއް. މަ ނުދެކެން އެއީ ސްކޫލެއް ކަމަކަށް.

    މާސްޓަޒް ޑިގްރީއެއް އޮތުމުން މީހާ ގާބިލު ނުވާނެ ކަމުގެ ހެކި ތިޔަ ދައްކަނީ ޖަލާލުއްދީން ސްކޫލުން.

  9. މުހަންމަދު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ވަތަން އެދޭ ގޮތަށް:

    މަވެސް މުހަންމަދާ ތިޔަ މާސްޓަޒް ޑިގްރީތަކުގެ މައްސަލާގައި އެއް ބަސް! ވަތަން އެދޭ ގޮތަށް އަދި ނުވިސް ނެނީ ތޯޗެ.

  10. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    އަގަނަގައިގެން ތިބޭނެނުން! ކުޅުދުއްފުށީ މީހުނަކީ މާފުދިފަ ތިބޭ ބަޔެކޭ. ފުރިފަ ހުރިއެއްޗެއް ގުޑުގުޑެއް ނާލާނޭ ބުނާއަޑު ނާހަންތް!

  11. ޗަކަބިން‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    މަވެސް އިބުރާހިމައް ތާއީދު
    އަދި ބުނަން ކިޔަވައިގެން ތިބި ކުދިންވެސް އެބައުޅޭ ޖަލާލުއްދީން ސްކޫލު އޮފީސް ތެރޭ ނޫނަކަސް ހަމަގައިމުވެސް ބަދުރު އެއްބަޑު އެއްބަފާ ދައްތަ އެއްވެސް ހުރޭ އިގިރޭސި ވިލާތުގެ ލީޑްސް އިން މާސްޓަރްސް ޑިގުރީ ހަދައިގެން އެކަމު އެކުދިން އުޅެނީ ކުޅުދޫފުށިއަކުނޫން

  12. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    މި މަޒުމޫނަށް ތާއީދުކުރަން. އަޅުގަނޑު ވެސް ދަންނަވަމުން މިއަންނަނީ މިވާހަކަ. ހޮއްވަވާށޭ ރަށު ބޭފުޅަކު، ފުރުސަތު ދެއްވާށޭ ރަށު ބޭފުޅަކަށް. އޭރުންނޭ ރަށާ މެދު ހަޤީޤަތުގައި ވެސް ވިސްނޭނީ. ދެން ތަޖުރިބާއެއް ނެތޭ ވާހަކައެއް ނުދެއްކެއޭ މިއީކީ ވާހަކައެއް ނޫން. ހަނދުމަފުޅު ހުންނާނޭ މައުމޫންގެ 30 އަހަރުގައި ކާކަށްތޯ ފުރުސަތެއް ދެއްވި؟ ކާކަށްތޯ ކިޔަވައިދެއްވީ؟ ކާކަށްތޯ މަތީ މަގާމެއް ދެއްވީ؟ އާދައިގެ މީހަކަށް ނުދެއްވައޭ އިނގޭތޯ؟ އެމަނިކުފާނުގެ ރައީސް ކަމުގައި ފުރުސަތެއް ލިބުނީ، ޒަކީގެ ބޭފުޅުންނަށާއި (އިސްމާޢިލް ޝަފީޢު)، ހަސަން ޒަރީރުގެ ބޭފުޅުންނަށާއި (ޒާހިޔާ ޒަރީރު) ދެން މީނާޒު ބޭފުޅުން (ޝާހީން، ހަމްދޫން، ހާލާ، ފާތިން، ޝަމްޢޫން). މުޅިން ވެސް އެމަނިކުފާނާ ގާތް ނުވަތަ ރައްޓެހި ބޭފުޅުންނަށް. އެހެންވީމައޭ، އެހެން އެއްވެސް މީހެއްގެ ތަޖުރިބާއެއް ނެތީ. އަނެއްކޮޅުން މަޖިލިސް ވެސް ބަހާލަނީ އެމަނިކުފާނުގެ ކެބިނެޓްގެ މެދުގައި، އެހެންވީމަ. ހއ އަށް ސަމަރޭ، ހދ އަށް އަހުމަދު އަބްދު ﷲ، ށ. މުޙައްމަދު ހުސައިން، ބ އަށް ތަސްމީން، މ އަށް އަނީސާ، ވ އަށް ޝާހިދު ދެން މިކަހަލަ ގޮތަކަށް. އަދި ކިރިޔާ ނޫންތޯ އާންމު ރައްޔިތަކަށް ފުރުސަތެއް ލިބުނީމި

  13. ކަޅުމުހަންމަދު މަސްވިއްކަން ހުރެފަ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    މަވެސް އެއްޗެއް ނުބުނަން ހުރެފަވެސް އަނގައަރުވާލާނަން. ބަލަ ކުއްޓިއަކީ 2 ފަހަރު އެކައްޗެއް ބުނެވޭ މީހެއްނޫން. ރޭގަ މައިޒާން ހޮޅުއަށީގައި އަނގައަރުވަމުން ބުނީ މަނުހުންނާނެއޭ ވަޒީރުންގެ މަޖިލީހަކު މަސައްކަތް ކޮއްފައެއް. އަނެއްފަހަރަކު ބުނާނެ 2 މަޖިލީހުގައިވެސް އެންމެ ބުރަކޮށް މަސައްކަތް ކުރީ ތިމަންނައޭ. މިއީ މިސޮރުގެ ކަންތައް ހުންނަވަރު. މިސޮރުހޮވައިގެން ދުވަހަކުވެސް ކުޅުދުއްފުއްޓަކަށް އަލިވިލުމެއް ނެތް.

  14. ކޮއިލާ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ކަލޯމެނޭ! ކަޅުހުއްތު އައްޔަކީ ޓޮށީބާ ގެ ސޯލް އެޖެންޓު ދޯ؟ ބަލަ ބުނެބަލަ ތިބުނާ ޕުރޮޑަކްޓް މިރަށަށް ތައާރަފު ކޮއްފަ އުތީ ކިހާވަރަކައް ކަން؟ ދެން އަބްދުﷲ އަލީ ދޯ؟ ބަލަ އެއީ ތިބުނާ ކުއްޓި ނަޝީދު ކިޔަވާދޭ ސޮރެއް. އޭނައަށް އެނގޭނީ ނަޝީދު ނަގާދިން ފިލާވަޅެއް. ގާނޫނު ހަދާ މަޖުލީހުގަ އުތުރުގެ ރަންތާޖު ކަމައްވާ މި ލޮބުވެތި ރަށަށް މަލާމާތް ރައްދުވާ ފަދަ ނާތަހްޒީބީ މީހެއް ނުލުމަށް އެންމެހާޭފުޅުންނަށް އިލްތިމާސް ކުރަން. އަބްދުﷲ އަލީ ސިފަވަނީ މަތާރަން މަތީ ހިރަފުސް ބުރާފައި އޮތް ފޮތަކާ……….. ރައްދު ހަމަލާ އަކައް މަ ތައްޔާރު

  15. ރަށުމީހާ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ރަށަށް ފަހުރެއް ލިބޭތޯ ރަށުން މީހަކު ބަލައި ގަންނަން މަވިސްނާލީ
    މަށަށް ވިސްނޭ ގޮތުން ނި ފަސް އަހަރަށް ރަށުން ބޭނުން ނުވާނޭ
    ރަށަށް ފަހުރެއް ކަމަށް ހެދިގެން މުޅިންވެސް ލައްގަނޑެއްޖެއްސީ
    ރަށަށް ކިލަބު ނަންތަކެއް ދިނުމަށް އަހައްމަދު ސިއްތި އާއިލާ އުޅުނީ
    ރަށަށް ރަށު މީހެކޭ ބުނުމަށް ލަދެއް ނުގަތޭ ގޭމަ އާދިލްވެސް
    ރަށުން ބައިކުޅަ ބައެއް ހިއްސާ ކުރުން ކޯދު އާދަނަށާ ނަޖީބަށް މިއޮތީ

  16. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ދެންމެ އަހަރެން ބައްޕަ ގުޅާފައި ބުނި، އެމް ޑީޕީ އިން ކުރިމަތިލަނީ މަސްވެރިންނޭ، ދެން ނަޝީދެއްވެސް ކަމަކު ނުދެޔޭ ހަމަ ރަށު މީހަކޯ ހޮވަން ވީ..އެފަހެ ތެދެއް؟

  17. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ބިލް އޯ ރެލީގެ ތިޔަ ކޮމެންޓްގެ މަފްހޫމު، މަގުސަދު އަދި މުރާދާއި ބޭނުމެއް އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު މިތާ އުޅުއްވާހެންނެއް ހިއެއް ނުވޭ.

  18. ދޮންއައިމިނަ ދައިތަ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ޖަލާލުއްދީނޭ ކިޔައިގެން އަނގަފޭކުރާނެ ކަމެއްނެތް. އެއީ ޑީމޮކުރަސީގެ ނަމޫނާ ތަނެއް. އެތަނުގެ ވެރިޔަކަށްހުރީ އެތަން އުފެދުނީއްސުރެ އެތަނަށް ބަސްބުނަްހުރި މީހާ. މިހާރު އެތަނަށް އެގާރަ އަހަރު ވެއަޖެ. އަދިވެސް އެމީހާ ބަދަލެއްނުވޭ. ޑިމޮކުރަސީއަކީ މިއީ. އަނެއްކާ އަހަރެމެން ބެލެނިވެރިން ބަދަލަކަށް ކެންޕެއިން ކުރަންވީބާ؟

  19. އިބްރާހިމް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ތިޔާ ބުނާ ވަރުގެ ތައުލީމީ ބަޔަކު ނިމިގެންދިޔަ މަޖިލީހުގަވެސް ތިބީ އިނގިލިން ގުނާލެވޭ ވަރަށް.އެކަމަކު އެމަޖިލީހުންވަނީ 17 އަހަރުން ނުހެދުނުވަރުގެ ގާނޫނު އަސާސީއެއްވެސް ހަދާފަ . އަހަރެމެން މިއޮތްހާދހުވަހު ހޮވައިގެން ތިބި އަހައްމަދަކީވެސް ކާތިބުކަމުގެ ސަނަދާއި އަދި އޮންލައިން ޕީއެޗްޑީ ހަދައިގެން ހުރިމީހެއް. ދެން ނިމިދިޔަ މަޖިލީހުގައި އެންމެ މހިއްމު ދައުރެއް އަދާކުރި ރީކޯ މޫސަ އަކީވެސް ތިބުނާ މާސްޓާސް އެއް ހަދައިގެން ހުރިމީހެއްނޫން. އެކަމަކު އެބޭފުޅާ އަކީ މަޖިލީހުގެ ރަންތަރިއެއް. ބުނަނަތަ ޖަވާހިރުުވެސް އޭގެ އަސްލު އަގަށް ވަނީ ހަމަ ބުރަ މަސައްކަތުން ކަނޑާ ނަގައިގެން. މިފަހަރު ރަށުމީހަކަށް ފުރުސަތެއްދެމާ ބަހީދެން. އެރުން ދެންއަންނަ ޖީލުތަކުގެ ދަރިންނަށް ފުރުސަތު ހުޅުވޭނެ. އަހުމަދު މިފަހަރު ލާމު އަތޮޅު މީހުންގެ ބޯކާލަންވެގެން ބުރުމާ ގާސިމުގެ ބާރުގަ ލާމު އަތޮޅު މީހުން އަތ އަޅުވާލަން އއބަ އުޅެޔޯ. ދެން މަ ހީހީ

  20. މަށިކުޅި‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ހީހީވެސް މީހަކު ހަލާކު ނުވާނެތަ؟ މިރަށުގެ ބައެއް މީހުން މިއޮއް ދައްކާ ވަހަކައަކުން.. ތަޖުރިބަ ހޮދަން މަޖިލިހުގެ މެމްބަރު ކަމަށް ރަށު މީހަކު ލާށޯ.. ތިކަމަށް ހަމަ ބުނަން ޖެހެނީ ސޮރީއޭ.. ބަލަ ނަޝީދަކީ އެންމެންވެސް ގަބުލުކުރާ ގޮތުގަ މޮޅު މީހެއް..( އަސްލު އޭނަޔަށް އެންޓި ކެމްޕެއިން ކުރާ މީހުންވެސް ގަބޫލުކުރެޔޭ އޭނަޔަކީ މޮޅު މީހެއްކަން.) ދެން އަހަލަހިތް ވަނީ ނަޝީދު ތަޖުރިބަ ހޯދީ ތިޔަބުނާ މަ ބޮޑުކަމަކަށް ނުވާ މަޖިލީހުގައި މެމްބަރެއްގެ ހައިސިއްޔަތުން ވަކަލަތު ކޮއްގެންހޭ.. އަދި މެމްބަރު ކަމަށް ކުރިމަތި ލައިގެން އެއުޅެނީ އަލަށޭ.. އެކަމަކު އެމަސައްކަތް ކުރަން އެއަށްވުރެ ވަކި މޮޅު، އެކަށީގެންވާ، ޤާބިލް، ކެރޭ، އެކަމަށް ކުފު ހަމަވާ، ތަޖުރިބާ ހުރި، ތައުލިމީ މީހެއް އެ 77 ދައިރާއަށް ކުރިމަތި ލަފައެއް ނެތް.. މިކަމާ ދެކޮޅު ހަދާ ކިތައްމެ ކޮމެންޓެއްކޮށް ހެދިޔަސް މި ހަގީގަތް ބަދަލެއް ނުކުރެވެނެ.. އެހެން ވީމަ މިރަށު މީހުން އިސް މަގާމުތައް ފުރާ ވެރިކަން ކުރަން ބޭނުން ވަންޏާ އެންމެ ފުރަތަމަ އެވަރުގެ މީހަކަށް ވަން މަސައްކަތް ކުރެ.. ތަޖުރިބަވެސް ހޯދާ އިލްމުވެސް ހޯދާ.. އެކަމަކު ބުނަން.. ކަލޭމެން ތަޖުރިބާ ހޯދަން ނޫނީ ބޮޑު މުސާރަ ހޯދަން އެއޮއް މުހިއްމު މަޖިލީހުން މިރަށަށް ދިފައިވަ ދެ ގޮނޑި ބޭކާރު ކޮށް ނުލާ..

  21. ހިތްތިރި‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    މަތިއުތުރާ މަ އެއްބަސް.. މަވެސް ފަޚްރުވެރިވާނެ ރަށު ީހުން ބޮޑެތި މަގާމުތަކުގަ ތިބެންޏާ.. އެކަމަކު ހަމަ ތިބެންވާނީ އެކަމަށް ކުފޫ ހަމަވެ އެކަން ކުރެވޭ ވަރު މީހުން.. އެހެން ނޫނީ ހަމަ ސޮރީ.. ރަށުން ބޭރަކަސް ބަލާނެކަމެއްނެތް އެކަމަށް ގާބިލް ނަމަ ހޮވާފަ އަވަހަށް މަޖިލިހަށް ހޮވަ.. އެއި ގާނޫނު ހަދަ މަޖިލިހެއް.. ތި ބުނަ ރަށު މީހަކު ލިޔަސް ކުޅުދުއްފުށްޓަށް ވަކި މޮޅު ގޮތް ހަދާފަ ގާނޫނު ފަހެއް ނުކުރެވޭނެ.. އަނެއްކާ މިރަށާއި ބެހެ ގޮތުން އަޑު އުފުލަންވެސް އެންމެ ރަނގަޅު ވާނީ ކަމަށް ޤާބިލް ފެންވަރު ހުރި މީހެއް.. ކުދިންނޭ.. ފުރުސަތުގެ ބެނުން ހިފާ.. އެވަރުގެ މީހަކު އެބަހުރި.. އަވަހަށް ނަޝީދަށް ވޯޓެއް ލާ.. ފަހުން މޮޔަ ހީވާކަށް ނުޖެހޭނެ އޭނަ ހޮވައިގެނެއް..

  22. މޫނު ހެދި‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ވަރެއް އެބަހުރި ދޯ ނަޝީދު ހޮވިދާނެތި.. ރަށަށް ރަނގަޅުގޮތެއް ވިޔަ ނުދިނުމަށްޓަކާ މި ސައިޓް މެދުވެރިކޮށް ތި ކުރާ އެންޓި ކެމްޕެނިންތައް ކުއްވެރި ކުރަން.. ކަލޭމެން މިކަހަލަ ސަތެކަހާސް ލިޔުން ލިޔުނަސް ނަޝީދު ނޫން މީހަކު މިފަހަރި ނުހޮޗވާނަން.. ތިބޭ ހަޅޭ ލަވަ ލަވަ.. ދެން ލަލަލާ..

  23. އިލްމު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ލިޔުންތެރިޔާ “ކިޔަވައިގެން ތިބި” މަނަ ކުރަނީ ކޮންގޮތަކަށް ތޯ؟.. އެންޓިކެމްޕެއިން ކުރިޔަސް ދޮގު ނުހަށްދަވާށޭ.. ތިހެން އުޅެގެން ނަޝީދުގެ ހުރި ޤާބިލް ކަން ފޮހެލައި މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ނަޝީދަށް ކުރާ ސަޕޯޓް ފޮހެލެވެނެކަމަށް ހީނުކުރައްޗޭ އިނގޭ.. ނޯ ވޭ.. ނަޝީދު ކުޅުދުއްފުށްޓައިގެން ކުރިއަށް…

  24. ލޮލޯ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    މިސައިޓް ކުއްޓި ނަސީދު ހޮވިދާނެތީ ވަރަށް ބިރުގަނޭ، ނަސީދު ހޮވިދާނެތީ ކުރެވެން ހުރި ހުރިހާ ކަމެއް މިސައިޓުން ކުރާހެން ހީވަނީ

  25. އިލްމު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    އޯ ތްރި އާއި އެއްބަސް ވަނަން މިފަހަރު މަޖިލިހަށް ނަޝީދު ނުހޮވައިފިއްޔާ..

  26. ހިލްމު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ހޫނ.. މިފަހަރު ނަޝީދު ނުހޮވައިފިއްޔާ ކުއްޖަމެން ތިބޭ މިރަށު ހުރިހާ ފާރެއްގަ ގަމާރު ފުށި ލިޔަން ތައްޔާރަށް.. އޭރުން މަވެސް ގަބޫލު ކުރަނަން މިއި ހަމަ ގަމާރު ފުށި ކަމށް.. އެކަމަކު މިފަހަރު އެހެން ވާނެހެނެއް ހިޔެއް ނުވޭ..

  27. ދެކުނުދާއިރާ މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ނަޝީދުވިދާޅުވިއަސް އެއްޗެހިހުރި ގަހަކަށް ބަޅިއުކާނީ ހާދަހާވާބިރެއްގަނެއޭ ދޯ ނަޝީދުދެކެ އިހައްރެއަކުވެސް ކުލުދުއްފުށީގެ ކުރިމަގުގެ ތަރައްގީއަށް ކުރަން ރާވާފައި ހުރިކަން ތަކުގެ މައުލޫމާތު ދެނީއޭކިއައިގެ ރައީސް އޮފީހުން ފޮނުވިދެމީ ހަކު ވަނީ ތިލަދެކުނު ސިނަމާގައި ނަޝީދުއާދެކޮޅަށް އެންޓިކެންޕޭނު ކޮށްފައި ދެންލަލަލަލަލަލަލަ

  28. ބަގަރު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ދެން ކުއްޓިއާ އަބަދު މާ ބޮޑަށް ދިމާކޮށްލައިގެން އުޅުނީމަ އެހާ ރަނގަޅުގޮތެއް ނޫން އެޔެއް. ކުޅުދުއްފުށި އަންހެނުން ހަބަރު ކީ ޓީވީއެމްގަ ވަސް މާކުރިން ވަސް. އެނެމް މީހެއް ދެމީހެއް ނޫން. މިހާރު ވަސް ކަންތަކާ ކުރިމަތިލާ މީހުންނަށް ކަންތައް ވާނެ. މަޖިލީހުށް ލިޔަސް. ރައްޔިތުން މަޖިލީހަކީ ގާނޫނީ މީހުން ލާން އޮންނަ ތަނެއް ވިއްޔާ، ކޮންމެ އަތޮޅަކަށް ގޮނޑިއެއް ހަދާނެކަމެއް ނެތް. ގާނޫނު ދަންނަ ބަޔަކު އެއްކޮށްލާފަ މަޖިލީސް ހެދީމަ ވީ… ވޯޓު ލަންޏާ ލައިފަ ނުލަންޏާ ނުލާ. ދެން ހަމަ އަބަދު ޖާތަށް ގާނޫނޭ ގާނޫނޭ ޑީގުރީއޭ މި ފަހެ ޒިކުރު ތަސްބީހައެއްތަ؟

  29. އޯ ރޭލީ ފެކްޓާ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ރަށުގެ މީހުން ގަމާރު ކަމަށް ބެލެވޭނީ ނަޝީދަށް ފުރުސަތު ދީފިއާ. ނަޝީދު ދެކެ އަދުގެ ސަރުކާރުންވެސް ވަރަށް ރުޅި އަރާ.އެފަދަ މީހަކު ރަށު ނަމުގައި އަޑު އުފުލަން ފުރުސަތު ދޭނެ ކަމެއް ނެތް..އެއީ މިވަގުތު ކަން އޮތް ގޮތް..ސަރުކާރު މައްޗެއްގައިވެސް ދޫ ހެލޭ ތަޢުލީމީ ބައެއް ނެތް..އަދި މިރަށު މީހުންވެސް އެމީހުނާ އަޅާފައި ވަކި ދަށެއް ނޫން…ދެން ވަރަށް މޮޔަކަމެއް ނަޝީދު ހޮވަން އުޅުމަކީ..

  30. ބަގަރު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ހުރިހާ ކޮމެންޓުތަކަށް ބަލާލުމުން މި ވިސްނުނީ ދެކޮޅުން ވަސް މި ދައްކަނީ ހަމަ ވަރަށް ރަނގަޅު ވާހަކަކަން. ދެން ފާހަގަވާ އަނެއް ކަމަކީ ރަށުން ކުރިމަތިލީ މީހުން ފިޔަވާ ދެން އިތުރު މީހަކު ކުރިމަތި ލީކަމެއް ވަސް ގިނަބަޔަކު ސިކުނޑީގަ ނެތް. އެހެންވީމަ ކުއްޓިއެކޭ މިކިޔަނީ އަބަދު. ކުއްޓީގެ އެބަހައްޓޭ ބުރަދަނެއް ދޮއްތޮ؟
    ކުދިންނޭ ކުޅުދުއްފުށީ މީހުންނަކީ އެހާ ގަމާރު ބައެއް ނޫނޭ.. ކުޅުދުއްފުށީ މީހުންގެ ހުންނާނެ ވަރަށް މާތް ސިފައެއް. ފޭކެއް ނުވާނެ. ފޭކު ވެފަ އަތުންފައިން ކަމެއް ނުކޮށް ޓައީ އަޅައިގެން ކޮފީބޯން ތިބޭ މީހުން ނިކަން ނުފެންނާނެ. އެހެން ތިބުމަކީ ބަޔަކު މާ ތައުލީމުވެ ތަހުޒީބުވެފަ ތިބިކަން ރަމްޒުކޮށްދޭ ދަލީލެއް ނޫން.
    ދެން ގާނޫނު ހަދަން ދަންނަ މީހުންގެ ވާޙަކަދައްކާއިރު، އެހެން ރަށްރަށުން އެރަށްރަށުގަ ތިބި ގާނޫނު ނުދަންނަ ރަށު މީހުން ހޮވައިގެން މަޖިލީސް ފުރާލާ ތަންކޮޅު ފޫބައްދަން މި ޖެހެނީ ކުޅުދުއްފުށީމީހުންނަށްތަ؟ ދެން ނަޝީދު ވިދާޅުވާހެން ވަތޮނީ ކާޑު ކުޅޭކަށް ނޫން މިއުޅެނިއްޔެއް. އެކަމަކު މިރަށު ދަރިން ކަންކަމުގެ ތެރެޔަށް ނެރެން މި އުޅެނީ.. އަހަރެމެން ބޭނުމިއްޔާ މެލޭސިޔާގެ ޕްރޮފެސަރެއް ވަސް ގެނެވިދާނެ. އެހެން ނޫނިއްޔާ އިނގިރޭސި ކޮންޒަވެޓިވް ޕާޓީ ގެނެސްގެން ލަފާ ހޯދިދާނެ. މިޔޭ ނުން ދިވެހިން ކަންތައް ކުރާ ގޮތަކީ..؟

  31. އޯ ރޭލީ ފެކްޓާ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    އުތުރު މީހެއް މިއީވެސް، އެކަމަކު މި ކުއްޓި ނަޝީދަކު މިރަށަށް ފާވާން އުޅޭތި އަނގައިން ނުބުނެ ނުހުރެވެނީ. މަ ހާދަ ބިރެއް ގަނެޔޭ މިކަމަކާ، ހަމަ ތެދެއް މިބުނީ ހާދަހާ ބިރެއް ގަނެޔޭ. މި ނުލަފާ ސަރުކާރުން ނަޝީދު ބުނެގެން ކަމެއް ނުކޮއްދޭނޭ.އޭނަ އަނގަ އެރުވި އެރުވިހެން ރަށުގެ ކުރިއރުމަށް ގެއްލުންވާނީ..

  32. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ރައްޔިތުންގެ މަޖިލީސްގެ މެންބަރުންގެ ޒިންމާ އަކީ ރަށުގެ ޗަކަބިން ހިއްކުމާ، ފަޅުކޮނުމާ، ނަރުދަމާ ގާއިމް ކުރުމާ މިބާވަތުގެ ކަންކަމެއްނޫން. ވީއިރު ރައްޔިތުންގެ މަޖިލީސްގެ މެންބަރު ކަމަށް ކުރިމަތި ލާމީހުންގެ ސަރުތަކަށް ކޮންމެހެން ނުޖެހޭ ރަށުގެ ފަޅުކޮނެފަ ހުރިމީހަކަށް ވާކަށް.

    ރައްޔިތުންގެ މަޖިލީސްގެ މެންބަރުންގެ މަގުސަދު ކުޅުދުއްފުށި މީހުންނަށް މިހާރު ހަމަ ރަނގަޅަށް އިގެންވާނެ.

    ހޮސްޕިޓާ ހުރީމަ އަހުމަދު އަބުދުއްﷲ އަށް، އިންޖީނުގެ ހުރީމަ ސުކޫރުއަށް ވޯޓްލީ ދުވަސްވަރު މާޒީވެއްޖެ ނޫންތޯ.

    ވީމާ ރައްޔިތުންގެ މަޖިލީސްގެ މެންބަރު ކަމަށް ހޮވަންވީ ގަނޫނު އަސާސީގެ ދަށުން ހެދޭ ގަނޫނުތައްހަދަން. މިހެދޭ ގަނޫނު ތަކަކީ އެންމެންނަށްވެސް ހަމަހަމަ ގާނުކަމުގައި ހަދައިދޭނެ ބަޔަކުކަމުގައި އެމީހުން ވާންޖެހޭނެ.

    ކުރުގޮތަކަށް ދަންނަވާނަމަ އިހްލާސްތެރިކަން އެމީހެއްގެކިބާގައި ހުންނަންވާނެ.

    ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުން ތަކަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ނިންމުން ކަމުގައި ވާންޖެހޭނެ…

  33. ސިކަންދަރުން މުދާބާލާ ކުދިން‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ޗަކަބިން ހިއްކާށާ، ބަނދަރުހަދަން، އަދި މަގު ހެދުމާ ގަސްއިންދަން މީހެއް ހޮވާފަހަރެއް ނޫން މީކީ ކުދިންނޭ. މިކަންތައްތައް ކުރަން މީހަކު ހޮވާ އިންތިހާބު ދުވަސްކޮޅެއް ފަހުން އެބައާދޭ. އެއީ ރަށު ކައުންސިލާ އަތޮޅު ކައުންސިލަށް މީހުން ހޮވާ އޮންތިހާނު. އެއިންތިހާބުތަކުގަ ހޮވާބަލަ އާދަމް ވަހީދު އާ ދެން ތިއުޅޭ މީހުން.

    މިހާރު މިއުޅެނީ ގާނޫނު ހަދާ މަޖިލީހަށް މީހެއް ހޮވަން. އެތަނަށް އެމްޑީޕީގެ މީހުން ހޮވާ އެމީހުންގެ އަގުލަބިއްޔަތު ހޯދައިފިއްޔާ މުޅިރާއްޖެ ބަދަލު ކޮށްލާނެ. ރަށްތަކުގެ ނަންތައް ވެސް ބަދަލުކުރާނެ. ރާއްޖޭގަ ފައްޅިވެސް އަޅާނެ. އަންނި ބޭނުން ގޮތަކަށް ގާނޫނުތައް ހަދާނެ. ކުދިންނޭ ވިސްނަބަލަ.

    އެތަނަށް ހޮވަން ހަމަ އެންމެ ރަނގަޅީ ނަޝީދު. އެވަރެއް ނެތް.

  34. ނެގިގާގަނޑު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ވާ ގޮތަކީ އެކަކަށް ކުރިއެރުމެއް ލިބުމަށް އަނެކަކު ނޭދެނީ!
    ތި ބުނާ ޕީއެޗް ޑީ އެއް ކޮންމެހެން ބޭނުންވާ ނަމަ އެކަމަށް ސަރުތު ކުރެވުނީސް ދޯ! މިބުނީ މިސާލަކަށް ސަރުކާރު ގިނަ ވަޒީފާތަކަށް އިއުލާން ކުރާ އިރު ލިޔެފަ އޮވޭ ދެ މާއްދާއިން ދައްވެގެން D އަދި ދިވެހިން ދައްވެގެން C ފާސް ލިބުމަށް

  35. އެޑަމް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    އަޅުގަނޑުވެސް ބުނަން އޮތީ ހަމަ އެއްވާހަކައެއް. ކޮންމެކަމަކާ މި ސައިޓާ ނާޅުވާށޭ. މިއީ މިސައިޓުން ލިޔުނު ލިޔުމެއްނޫން. މިއީ ނޫރުގެ ހިޔާލު.
    މިލިޔުމަކީ ނަޝީދުއާއި ދެކޮޅަށް ލިޔުނުލިޔުމެއް ކަމަކަށް އަޅުގަނޑު ނުދެކެން. ލިޔުމުގެ މަތުލަބު އެޔޮތީ ހަމަ ރީއްޗަށް ފެންނަން. މިއީ މިރަށުމީހުން ކުރިޔަށް ނެރުމަށް ހިތްވަރު ދީފައި އޮތް ލިޔުމެއް. ނަޝީދާއި އެންޓިކެންޕޭނު ޖައްސަނީކީއެއްނޫން. މީގަ އެބައޮތް ނަޖީބުގެ ނަންވެސް. އެހެންވީމަ ނަޖީބާވެސް އެންޓިކެންޕޭނު ޖައްސަނީނުން. މީގަ އެބައޮތް ހަމައެކަނި ކެންޕޭނަށް ރަށްވެގަންނަ މީހުންގެ ވާހަކަވެސް. ދެން އެހެންވީ އިރު ކޮން ނަޝީދެކޭ ކޮންމެ މީހަކު ތިޔަ ކިޔަނީ. ހަމަ މީހެއްގެ ނަން އޮތޭކިޔާފަ ތިހެނެއް ނުބުނެވޭނެ އެއްނުން. މީގަ އިނާޔަތާއި ޝަހީދާގެ ވާހަކަވެސް އެބޮތް. އެހެންވީމަ މަބުނާނީ މިއީ އެދެކުދިންނަށް ތަތުރީފުކުރަން ލިޔެފަ އޮތް ލިޔުމެކޭ. އަޅެ މިބުނީ ދޮގެއްތަ؟؟؟

    ދެން ކޮބާތަ އެއްކަލަ ހާޝިމް. ކަލޭ ސީދާ މިލިޔުމަށް ފާޑެއްކިޔާބަލަ. އެބައި ނެތިއްޔާވެސް ކަމަކު ނުދެޔޭ….

  36. ބީރު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ކޮންމެމީހެއްކަމަށްވިއަސް އެންމެފުތަރަމް ބޮންތީގައި ހިފަން ވަރަށް އުދަގޫވާނެކަން ޔަގީނެވެ. އަޅުގަޑުމެންމެ ރަށުން ކުރިމަތިލާފައިމިތިބި ހުރިހާ ބޭފުޅުންނަކީވެސް އެންމެފުރަތަމަ ބޮންތީގައި ހިފުމަށް މަސައްކަތްކުރާ މީހުން ކަމަށްބެލިދާނެއެވެ. ރަށުން މިހާރުމިފެންނަ މީހުންނަކީ ރަށަށް ހެވެން އެދިގެން އުޅޭބައެއްނަމަ މީގެކުރިންވެސް ރަށަށް ހިދުމަތް ކުރަންވީނޫންތޯއެވެ. މިހާރު ފެނިގެން މިއުޅެނީ ރަށެއްނޫނެވެ. މިހާރު މިފެންނައެއްޗަކީ ރައްޔިތުންގެ މިޖިލީހުގައިތިބި ކުފޫހަމަނުވާ މީހުންނާއި އެމީހުންނަށްލިބޭ ބޮޑުމުސާރައެވެ. އެބޮޑުމުސާރައާއި އިއްޒަތާއި ޤަދަރު ބޭނުންނަމަ ފުރަމަ ބޮންތީގައި އެލިގަތުމުގެ ބަދަލުގައި ފުރަތަމަ ރުކުގެ ބުޑުދޮށުގައި ހުއްޓޭށެވެ. އޭގެފަހުން ރަގަޅަށް އިސްއުފުލާ ބޮންތިހުރިހިސާބު ބަލާލާށެވެ. ބޮންތިއާއި ރުކުގެ ބުޑާދެމެދު ވަރަށްދިގު ރާސްތާއެއް އެބައޮތް އެހެންނޫންތޯއެވެ. އެދިގުރާސްތާ ކަޑައްތުކުރެވޭނެގޮތެއް ހޯއްދަވާށެވެ. ޒަމާނީ ވަސީލަތެއްބޭނުންކޮށްގެން ބޮންތިޔާހަމައަށް ނަގައިފިނަމަ ދެރަގޮތެއްވެދާނެކަމަށް ލަފާކުރެވެއެވެ. ވިސްނަވާށެވެ. އެދިގުދެތެރެ ކަޑައްތުކުރުމަށް ބައެއްފަހަރު ބައެއްމީހުންނަށް ޖެހޭނީ އަތަށާފަޔަށްވެސް ޅާނބު ލައްވާށެވެ. އަނެއްބަޔަކު ވަރަށް ފަސޭހަކަމާއެކު އަރާވެސްފާނެއެވެ. އެމީންވާނީ ކޮންމެވެސްގޮތަކުން އެކަމުގެ ތަޖުރިބާ ނުވަތަ ޢިލްމުހޯދާފައިތިބިބަޔަކަށެވެ. ތިވިދާޅުވާ ނަޝީދުވެސް މިއީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލާ ފުރަތަމަފަހަރު ކަންނޭގެއެވެ. އެހެންނަމަވެސް އޭނާ އަރަންއުޅޭލެއްފަސޭހަކަމުން ދެންމިއުޅޭ އަޅުގަޑުވެސް އަޚުން އަސަދަވެރިވަނީއެވެ. ރަށުގެ ތަޢުލީމީ ޒުވާނުން ރަށުގެ ތަރައްޤީއަށް ޚިދުމަތެއްކޮށްދެއްވަން ބޭނުންފުޅުވާނަމަ ރަށުކައުންސިލް ޙިޔާލުކުރައްވާށެވެ. އޭރުން ސީދާ ރަށަށް ޚިދުމަތްކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މިއުފެދެމުންދާ ނިޒާމުގައި ރަށުގެ ތަރައްޤީއަށް އެންމެފުޅާދާޢިރާއެއްގައި މަސައްކަތްކުރޭވޭނެބައެއްކަމަށް އަޅުގަޑު ދެކެނީ ރަށްރަށުގައި އުފެއްދެވުމަށް ހަމަޖައްސަވާފައިވާ ރަށުކައުންސިލް ތަކެވެ. ކައުންސިލްތައް ހަމަޖެގެންދާއިރު 62 ހާސްރުފިޔާ ނުލިބުނަށް ރަގަޅުއެއްޗެއްވެސް ލިބޭނެކަމަށް ފެނެއެވެ.

  37. އަހްމަދު މޫސާ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    މިފަދަ ލިޔުމެއް މިސައިޓުގައި ޖެހުމުން ސައިޓު ކުށްވެރިނުކުރޭ. މިސައިޓު ހިންގަން އުޅޭ ބަދުރު އާއި އިސްމާއިލް ވެސް އެއީ އެހާ ނާތަހުޒީބު ބައެއް ނޫން. ހަބަރު ލިބޭގޮތުގައި އެ އިސްމާއިލު އުޅެނީވެސް މަދަނީ ކޯޓުގައި. އެހެންވެ ހަމަ ރަނގަޅަށް އެނގޭނެ އެންޓި ކެމްޕޭން ކުރުމަކީ ކޮންކަހަލަ ކަމެއްކަން.
    ދެން ނަޝީދު މިކަމަކާއި ހާސްވެ ފިކުރު ބޮޑުވެގެންނެއް ނޫޅުއްވާނެ. އެއީ އެއަށްވުރެ މާ ޤާބިލު ބޭފުޅެއް. އެބޭފުޅާ މިސައިޓާއި މެދު ހިތްބުރައެއް ނުކުރައްވާނެ. އޭގެ ބަދަލު ސައިޓަކީ ކުޅުދުއްފުށީގެ ތަރައްޤީ އަށް މަސައްކަތް ކުރާ ސައިޓަކަށް ވާތީ އެކަމަށް ނަޝީދު ސަޕޯޓުކުރާނެ މިސައިޓަށް.
    ލިޔުންތެރިޔާ ފާހަގަ ކޮށްފައިވާ ކަންކަމަށް އެއްބަސްވަން. އެކަމަކުވެސް މަޖިލީހަށް ހޮވަން ޖެހެނީކީ ރަށު މީހާއެއްނޫން. މަޖިލީހަށް ހޮވަން ޖެހޭނީ މަޖިލީހުގެ މަސައްކަތްތައް ކުރެވޭނެ ފަދަ ޤާބިލުކަން ހުރި މީހެއް. ވަރަށް ފަހުން މުހައްމަދު އިސްމާއިލް ލިޔުނު ލިޔުމެއްގައި ގެނެސްދީފަ އޮތް މަޖިލީހަށް މީހަކު ހޮވުމުގެ ކުރިން ވިސްނަންވީ ކަންތައްތައް. ހަނދާންވާ ގޮތުން އެއީ “ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން” މިހެން އިން ލިޔުމެއް. އަޅެ ކަލޭމެންވެސް މީތި ކިޔާބަލަ އަދި އެއްފަހަރު.

  38. ބަލާމީހާ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ކޮންމެ މީހަކުވެސް ކުޅުދުއްފުށީ ދެކުނު ދާއިރާއޭ ބުނާއިރަށް ހިތައްއަރާނީ ކުއްޓިނަޝީދު.
    ހަޤީޤަތުގައި އެފަދަ ޤާބިލް ބޭފުޅަކު ދެކުނުދާއިރާއަށް ކުރިމަތިލީކަމީ މުޅި ކުޅުދުއްފުށި ފަޚްރުވެރިވާން ޖެހޭކަމެއް.
    މުސްތަގްބަލަށް ވިސްނާއިރު އަހަރެންނަށް ބުނެވޭނީ ކުއްޓިއަކީ އަދި ރާއްޖޭގައި ވެރިކަންކުރާނެ ރައީސްއެކޭ.
    މިފަހަރު ކުއްޓިހޮވައިފިނަމަ އެމަނިކުފާނު ވަރިކަމަށް އަރާދުވަހަކުން މިރަށަށް އިސްކަންދޭނެކަމީ އެއްވެސް ޝައްކެއްއޮތްކަމެއްނޫން.
    އަހަރެންގެ ބަހެއް އަހާކުއްޖެއްނަމަ ކުއްޓިއަށް ވޯޓްލާ ( ކެންޑިޑޭޓް ނަންބަރ 2 )

  39. އިވޭ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ބީރު ލިޔެފަ އޮތް ކޮމެންޓަށް ވަރަށް ތާޢީދުކުރަން.. މަޖިލީހުގަ ގާނޫނުތައް ހެދުމަށްވުރެ ރަށު ކައުންސިލަރަކަށް ހުރެގެން މާ ބޮޑަށްވެސް ރަށާއި ގާރުން ޚިދުމަތްތައް ދެވޭނެ.. ރަށު ކުދިން މަޑުކޮށްލާ އެ އިންތިޚާބް އަންނަދެން.. އަދި އެކި ގޮތްގޮތުން ތައުލީމާއި ތަޖުރިބާ ހޯދައިގެން މަޖިލީހުގެ މެމްބަރުކަމަށް ކުފޫ ހަމަވި ދުވަހަކުން އާދޭ ރަށުން ބޭރުގަ އުޅޭ ރަށު ކުދިންވެސް އިންތިޚާބްގަ ވާދަކުރަން.. އޭރުން މަވެސް ވޯޓު ލާނަން.. އެކަމަކު މިފަހަރު ސޮރީ

  40. ނީވޭ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    އާނ ކުއްޖަމެނޭ މަވެސް މިކިޔަނީ ތިހެނޭ.. ނަޝީދު ފަދަ ބޭފުޅަކު ކުރިމަތި ލަފަ ހުއްޓާ ދެން މަޖިލިހަށް ކިހިނެއް އެހެން މީހަކު ވައްދާނީ.. މުޅި މަޖިލީހުގެ އެންމެން އެއްކޮޅަށް ލައިފަ އަނެއްކޮޅަށް ނަޝީދު ލިޔަސް ބަރުވާނީ ނަޝީދު ހުރި ކޮޅު.. ދެން އެބުނާހެން ރަށު ކުދިން ވާދަކުރޭ ކައުންސިލަރުން ހޮވާ އިންތިޚާބުގަ.. އެންމެ ފުރަތަމަ ބޮންތީގަ ހިފަން އުޅުނީމަ ނޫނީ ބޮޑު މުސާރައަށް އުޅުނީމަ ސަކަރާތް ވެދާނެ.. މިފަހަރަކު ރަށު ވިޔަސް ރަށުން ބޭރު ވިޔަސް ނަޝީދު ނޫން މީހަކަށް ވޯޓެއް ނުލާނަން.. އެހެނެއް ނޫން ނަޝީދު ރަށު ކައުންސިލަރު ހޮވާ އިންތިޚާބްގަ ވާދަކުރަން އައިސް ހުރި ކަމަށް ވީނަމަ އޭނަޔަކަށް ވޯޓެއް ނުލާނަން.. އެކަމަކު މިފަހަރަކު ދެނެތް އިތުރު ޗޮއިސްއެއް…

  41. ނިކަން ރީތި ކުރިރުކެއް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ކުއްޖަމެން ދުށީމުތަ މިރަށަށް ކުރިމަތި ލައިގެން އެއުޅޭ ރަޝާދު މަޖިލީހަށް ހޮވިއްޖެނަމަ މިރަށަށް ކޮށްދޭނެ ކަންތައް ލިޔެފަ އޮތް ގަނޑެއް؟ މަ އެކިޔަފަ ކިރިޔާ ހީހީ ހަލާކު ނުވި.. އެއަކު ނެތް މަޖިލީހުގަ ކުރަ ޒާތުގެ އެއްވެސް ކަމެއް.. މި ރަށު މީހުންގެ ފެންވަރު.. ލަދުން ބޯ ހަލާކު..

  42. މަތިއުތުރު ސްޓޫޑިއޯ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ކަލެމެން ތިބުނަނީ ޓީވީއަށް އަރަލާފަ ހަބަރު ކިޔުމައި ތިންލައްކަ މީހުންގެ މައްޗަށް ތަންފީޒު ކުރަންޖެހޭ ޤާނޫނުތަކެއް ހެދުމާއި އެއްވަރު ވާނޭތަ؟ ނޫނީ އެއްގޮތްވާނޭތަ؟ ހަދަ ބޯގަމާރޭ ދޯ.. އަދި ބުނެލަން މިއީ ހަބަރު ކިޔާ ކުދިންނަށް ތައުރީފް ކުރަން ލިޔެފަ އޮތް ލިޔުމެއް ނޫން.. މިއި ހަމަ ނަޝީދަށް އެންޓި ކެމްޕެއިން ކުރަންވެގެން ލިޔެފަ އޮތް ލިޔުމެއް.. މިކަމުގަ ސައިޓް ކުއްވެރިވެޔޭ އެއްވެސް ގޮތަކަށް ނުބުނަން.. އެކަމަކު ނަޝީދު ދެކެ ތިއޮއް ގަންނަ ބިރަކުންތާ ދޯ.. ތިކަމުން އެކަނިވެސް ނަޝީދުގެ ޤާބިލް ކަން އެބަ ހަމަ ވޭ..

  43. ޣައްސާމް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    މިސައިޓުގައި އެކުދިން އެޖަހަނީ އެކުދިންނަށް މީހުން ފޮނުވާ ލިޔުންތައް. ދެން މިއިން އެނގެނީ ނަޝީދުދެކެ ބައެއް މީހުން މާބިރުން އުޅޭކަން. މައަހާލިން އެމީހުން ކައިރީ ކަލޭމެން ސަޕޯޓް ކުރަނީ ކާކަށްތޯ. ބަލަގަ އެދެމީހުންވެސް ސަޕޯޓު ކުރަނީ ހަމަ ކުއްޓިއަށޭ. ދެން އެކުދިންގެ ހަޖަމުކުރުމުގެ ޤާބިލުކަން މިފެންނަނީ ދޯ.އެކުދިންގެ ހިޔާލާއި ދެކޮޅު ހިޔާލުގެ ބަނދިވަރުތައް ވެސް މީގަ ޖަހާތި،

  44. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ކުރިން ވެސް އަޅުގަނޑު ދެންނެވިން، ކުޅުދުއްފުށީ ރައްޔިތުންނަށް ސިޔާސަތާ، ޤާނޫނާ ކިޔަވާދޭކަށް ބީރައްޓެއްސެއް ބޭނުމެއް ނުވާނެއޭ. އެއީ، މުޙައްމަދު އަމީނަށް ސިޔާސީ ޙަރަކާތް ދައްކާލި ރައްޔިތުން.

  45. އަހުރަ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    މީހަކު ދެންފަހެ މޮޔަ ނުވާނެތަ. މާލެއިން އުތުރުގެ ރަންތާޖޯ…….ވަކީން ޚާއްޞަކޮށް މަތި އުތުރު ޕްރޮވިންސްގެ. އެކަމަކު ދައްކަނި މީގެ 60 ހަކަށް އަހަރުގެ ކުރީގެ ގަމާރަކުވެސް ނުދައްކާހާ ގަމާރު ވާހަކަ. ރަށުސައިޓުގަ ރަށޫމީހުން ، ރަށު މީހުންނަށް ”އާޑު” ކިޔަނީ. ނިކަން އައްޑޫ މީހުންހެން ވެބަލަ. އައްޑޫގެ 6 ގޮޑިއަށް އައްޑޫ މީހަކު ނޫނީ ކުރިމަތި ލާފައެއްނެތް. އަމުދުން ދެފުއްކެރި…..ފަށުވި އިބާރާތުން ވާހަކަދައކާގެން…ތަޖުރިބާއިން މީހުންގެ ބޯކާލަން އުޅޭ ފާޑުގެ ބުރާންތިއަކު ނެތް ކުރިމަތި ލާފަކާ. ނުވެސް ކެރޭނެ ކުރިމަތި ލާކަށް. ނަތީޖާ ބަލާބަލަ. އެންމެ ވާދަވެރި އެންމެ ފޯރިގަދައީ އައްޑޫ ގޮޑިތަކަށް. މުޅިންވެސް ޤާބިލު ތަޖުރިބާހުރި 4 ކަށިމަތި އައްޑޫ މީހުން. ރައްޔިތުންނަށް އެއް ޗޮއިސްއަށްވުރެ ގިނަ ޗޮއިސް އެބައޮއި ކޮންމެ ދާއިރާއަކުންވެސް. ދެން ވަޒީރުންގެ މަޖިލީހުން ރައްޔިތުންގެ މަޖިލިހުން މިނިވަން މުއައްސަސާތަކުން ޤާނޫނީ ވަކީލުން…….. މިހެން ކިޔާނެ ކަމެއް ނެތް. ބުއްދިވެރިން ކުރިމަގަށް ބިންގާ އަޅަނީ މާޟީއަށް ވިސްނައި ޙާޟީރަށް ރިއާޔަތް ކޮށްފަ.