Share

ޑްރަގް ވިޔަފާރި ކުރާމީހުން ހައްޔަރު ނުކުރަނީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވަނީކަމަށް ބަޔަކު ބުނެފާނެތީ!

ޑްރަގް ވިޔަފާރި ކުރާމީހުން ހައްޔަރު ނުކުރަނީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވަނީކަމަށް ބަޔަކު ބުނެފާނެތީ!
މުޙައްމަދު އިސްމާޢިލް

މަސްތުވާތަކެތީގެ މައްސަލަ ހައްލުވެގެންދާނީ މަސްތުވާތަކެތި އެތެރެކުރެވޭ ދޮރުތައް ބަންދުކުރުމުންނެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އޮތީ ހައްލުކުރަން ދަތި ފައްތަރެއްގައެވެ. ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތައް އެގިވަޑައިގަންނަވައެވެ. އެހެނަސް އެކަން ނުކުރެއްވިގެން އުޅުއްވަނީ އިންތިހާބަށް ނުފޫޒު ފޯރުވަނީ ކަމަށް ބަޔަކު ބުނެފާނެތީއެވެ.

ރައީސުލް ޖުމުހޫރިއްޔާ މިހާރު ގއ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި އެއަތޮޅު ދެއްވަދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، މިއަދު މަސްތުވާތަކެތީގެ ހާލަތު އޮތްގޮތުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ނަޝީދުގެ ވާހަކާގައި ޑްރަގް ގެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ ކޮންމެވެސް “ހަމީހެއްގެ” ސަބަބުންކަމަށް ވިދާޅުވިއެވެ. އެހަނަސް އެއީ ކޮންބައެއްކަމެއް ވިދާޅެއް ނުވެއެވެ. އެ ހަމީހުން ހައްޔަރު ނުކުރެވިގެން އުޅޭ ސަބަބު އޮޅުންފިލުވައިދިނުމުގެ ގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މި ހަމީހުން މިހާރު ހައްޔަރުކުރައްވައިފިނަމަ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި، ސަރުކާރާ ދެކޮޅު ފަރާތްތަކެއް ހައްޔަރު ކުރީކަމަށް ވާހަކަދެކެވޭނެކަމަށެވެ.

އިންތިހާބު ބޯމަތި ވެފައިވާ މިދުވަސްވަރުގައި ސަރުކާރުގެ ހިޔާލާ ދެކޮޅު މީހަކު ކިތައްމެ ބޮޑު ކުށެއް ކުރިނަމަވެސް ހައްޔަރު ނުކުރާނެކަމަށް ދޭހަވާ ގޮތައް ރައީސް ވާހަކަދެއްކެވީ ކޮންމަޤުޞަދެއްގައި ބާވައެވެ. ޖިނާއީ ކުށެއް ކުރިކަން އެނގި ހުރެ ނުވަތަ ކުށެއް ކުރަމުންދާކަން އެނގި ހުރެ އެކަން ކަމާބެހޭ ފަރާތްތަކަށް ނާންގަ ހުރުމަކީ ވެސް ކުށްވެރިވާނެކަމެކެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން މީހަކު ހައްޔަރު ކުރެވޭނީ އެމީހެއްގެ މައްޗަށް އެކަށީގެންވާ ވަރުގެ ހެއްކެއް ހުރެގެންނެވެ. ތަހުޤީޤަށްޓަކައި މިގޮތަށް ހައްޔަރު ކުރެވޭ މީހުންވެސް ތަހްޤީޤު ނިމުމާއެކު ދޫކޮށްލަންޖެހެއެވެ. ދޫކޮށްނުލެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަކީ ޝަރުޢީގޮތުންނާއި ޤާނޫނީ ގޮތުންވެސް ބުޑު ކުށެކެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ބަޔަކު ގައުމުގެ އިސްވެރިޔާއަށް އެނގި ހުރެ ހައްޔަރު ނުކުރަންވީ އެއްވެސް ސަބަބެއް އޮންނާނެ ހެއްޔެވެ؟ ކުށެއްކުރިކަން އެނގި ހުރެ އެކުށެއް ކުރި މީހަކު ތަހްޤީޤަށްޓަކައި ހައްޔަރު ކުރުމަކީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުންކަމުގައި ނުވާނެއެވެ.

މަޖިލީހުގެ އިންތިހާބުގެ ކުރިން މިހަމީހުން ހައްޔަރު ކުރާނެކަމާއި މެދު ސުވާލު އުފެދެއެވެ. އެހެންނަމަވެސް މަޖިލީހުގެ އިންތިހާބު ހަމަ ނިމުމާއެކު އެ ހަމީހުން ހައްޔަރު ކުރުމަށް ރައީސަށް ގޮވާލަމެވެ. އެހެންނޫންނަމަ އެކަން ބެލެވިގެން ދާނީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއްކަމަށް ބުނެ އެމީހުންގެ އަގުވާއްޓާލުންކަމުގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމުމާއި އެކު ރައީސް މިކަން ކުރައްވާނެ ކަމަށް އުއްމީދުކުރަމެވެ. އެހެނީ މިއީ މުޅި ގައުމުގެ މަޞްލަހަތާއި ގުޅިފައިވާ ކަމެކެވެ. އެވަރުގެ ބޮޑެތި ކުށްވެރިންތަކެއް މުޖުތަމަޢު ތެރެއަށް ދޫކޮށްލާފަ ތިބޭ ކޮންމެ މިނިޓަކީވެސް އެކަމުގެ ސަބަބުން މައުސޫމް އެތައް ކުދިންނެއް މިވަބާގައި ޖެހި ގެއްލިގެންދާ ވަގުތުތަކެކެވެ.

‮ ‬18‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ތިޔަހެން ރައީސް ބުނުއްވި ހަބަރު މަވެސް އެހިން. އެކަމަކު ފަހަތުގައި އޮތް އިންތިހާބަށް އަސަރުކުރާ ވާހަކައެއް އަދި މި އެހީ. ދެން ތިޔަހެން ބުނިކަމަށް ވަންޏާ އެއީ ވަރަށް ބޮޑު މައްސަލަ އެއް. ކުށްކުރާމީހުން ހައްޔަރުކުރަން ވަކިވަގުތެއް އޮވެގެން ނުވާނެ. އެހެޔޮ ޕާޓީ އެއްގެ ވެރިޔަކަސް.

  2. ޖ.ނ.ނ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ދެން ދުވަސްކޮޅަކުން ޕްރެސް ސެކްރެޓަރީ ވިދާޅުވާނެ މީޑިޔާގައި އެވާހަކަ ހަގީގަތް އޮޅޭ ގޮތަށް ބަޔާންކޮށްފައޭވަނީ. ވިދާޅުވާނެ ރައީސް އެހެން ވިދާޅުވީ އެމާނަ އެއްގައެއް ނޫނޭ. ރައީސް ވިދާޅުވާއެއްޗެއްގެ މާނަ މިއޮންނަނީ ރައީސް ނުވަތަ ޕްރެސް ސެކްރެޓަރީގެ ބަނޑުފުޅުގައި. މިހުންނަނީ ހައްތަހާވެސް ފަލްސަފާ. މިބާވަތުގެ ކޮންމެ ބަސްފުޅެއްގެ މާނަ ހޯދައިބަލަންޖެހޭ ކޮންމެ ފަހަރަކު ރައީސް ނަޝީދުގެ ބަނޑުފުޅު ފަޅަން، ރައްޔިތު އެންމެންވެގެން ދުވުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންކަމުން މިހެން ވެވަޑައިގެންފައިވާ ވަޢުދުތަކާ އަދި ދައްކަވަމުންދާ ވާހަކަފުޅުތަކުގެ ބަނޑުފުޅުގައި އޮތް ހަގީގީ މާނަ ރައްޔިތުންނަށް ތަރުޖަމާކޮށްދީ ހާމަކޮށްދެމުންދާނެ ރިޔާސީ ކޮމިޝަނެއް މިހާރުން މިހާރަށްވެސް އުފެއްދެވުން ވަރަށް މުހިންމުވެއްޖެ ނޫންތޯއެވެ؟ މިކަހަލަ ވާހަކަ ތައް ރައީސް ނަސީދު ދެއްކެވީމަ ނުލަފާ ޒާތެއްގެ ހިންޏެއް އިގޭތޯ ރައްޔިތުންގެ ގާތަށް އަންނަނީ. ހުރިހާ ބޭފުޅުންވެސް ބައްލަވަން ތިއްބަވާ، މިކޮމެންޓަށް ރައްދު ދިނުމުގެ ގޮތުން އެއްކަލަ ހާސިމު ކޮންމެވެސް ކަހަލަ ކޮމެންޓެއް ކުރާނެ.

  3. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ބުއްދި ހަމަޔަށް ހުރި ކޮންމެ މީހަކަށްވެސް ވިސްނޭނެ ރައީސްނަސީދު އެހައްދަވަނީ ދޮގުކަން…

  4. ބަގަރު‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    އައްދެ ޕްރެސް ސެކެއްޓަރީ މިހާރު ރައީސްގެ ވާހަކަފުޅު ތަރުޖަމާކޮށްދީފި. އިނގިރޭސިން ވެސް އޮވެޔޯ ކްއީން އިންގްލިޝް ކިޔާ މާ ރީތި އިނގިރޭސިއެއް. ދިވެހީގަ މިހާރު ރިޔާސީ ދިވެހި ކިޔާ ބާވަތެއް އުފަންވީ ތޯޗެ. ދުވަސްކޮޅެއްވާނދެން ޒުހޭރު އޭތި ތަރުޖަމާކޯށްދިނީމަ މީހުންނަށް ދަސްވާނީ.

  5. ޖ.ނ.ނ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    އަންނި އެއް ވިދާޅުނުވާނެ ދޮއްތޮ އެބޭފުޅާގެ ވާހަކައެއް. އެކަމަކު ތިޔަ ވިދާޅުވި އަނެއް 5 މީހުން އެއީ ރައީސް އެވިދާޅުވި މީހުނަށް ވެދާނެ. 6 ވަނަ މީހަކީ އަޅުގަނޑަށް ހީވާގޮތުން ހަސަން އަފީފު. އަޅެ ހާސިމު ބުނަނީ ކިޔޭކޭތަ މިކަމާ ބެހޭގޮތުން.

  6. އަލީ ރިޒާ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ޞާހިބުއް ދައުލާ ނުވަތަ ރައީސުލް ޖުމުހޫރިއްޔާ ދައްކަވާ ވާހަކަފުޅު ތަކުގެ ސަބަބުން ދިވެހިން މިއަދު ލަދުގަނޭ. “ހުރި ނުބައިކަން ދައްކާލާނަން”، ސައިޒަށް ކަނޑާލުން، އަމިއްލަ އެއްޗަށް ފައިން އެރުން” މިހުންނަނީ މިއަދު ގައުމުގެ ރައީސް ދައްކަވާ ވާހަކަފުޅުތަކެވެ. ރައީސްގެ ތަގުރީރެއް ޓީވީން ލައިވް ކުރަންޏާ މިހާރު އަޅުގަނޑުގެ ދަރިންކޮޅޫ ސިޓިންގްރޫމުން ނެރެންޖެހޭ. ދެން މަންމަ އިންނައިރުވެސް މިހާރު ނުކުރޭ ޓީވީ ހުޅުވާކަށް. އާން ފަހެ މާދަމާ ވިދާޅުވެދާނެ މައުމޫނު އެއުޅެނީ އަމާ ހަނދާންވެގެން ނޭވެސް.

  7. ގަންޖާ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ތިޔާ ބޭފުޅުންގެ މުއްދީގެ އުނިކަމާއެވެ. ފުރަތަމަވަސް ވިސްނަބަލަ އެއްވެސް މީހަކު 24 ގަޑިއިރު ހަމަ ހޭގަ ހުންނަން ބޭނުން ނުވާނެކަމަށް މާތް މަނިކުފާނު ވިދާޅުވީ މައުނަވީ ގޮތެއްގައެވެ. އެކަން އަނެއް ގޮތަށް ވިސްނާލާއިރު ތަބައީ ގޮތުން ދެމެހެއްޓޭނީ މިސަރުކާރުން އިސްވެ އިސް މަގާމް ތަކުން ގަންޖާގެ މަގު ފަހިކޮށްދިނުމުންނެވެ. ހަވަނަ މީހާ މިއޮތީ އޮޅިފަ. އެ ވެދާނެ ޖުހާ (ޒުހައިރު) ނުވަތަ ސިއްކަ ކަމަށްވަސް. އަންނި ދައްކަވާ ހުރިހާ ވާހަކަތަކެއް ބޮޑު މާލޫދަށް ހަދާނެ ކަމެއް ނެތް. ގޮތް ހުސްވީމާ އަތުން ފައިން ގޯސް ހަދާނެއެވެ.

  8. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ގަންޖާ އަށް..ފުރަތަމަ ބުނެލަން ބޭނުން ވަނީ އެއީ އަންނި އެހެން ބުނި އެއްޗެއް ނޫނޭ، ދެވަނަ އަށް ބުނެލަން ބޭނުންވަނީ އެއީ ރައީސެއްގެ ހައިސިއްޔަތުން ބުނި އެއްޗެއް ނޫނޭ..ނިންމާލަމުން ބުނަން ބޭނުމީ އެއީ ފަލްސަފާއެކޭ..

  9. ޝޫލާ ޝިރާޒް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    ކަލެމެނަށް ކެރެނެތަ އެ އަންނި މިރަށަށް އެރިމަ މިނިވަން ކަމާއިއެކު އަޑު އުފުލަން ނުކުންނަން މަށާއި އެކު.. އެބަ އަރަޔޯ މިރަށަށް މިމަހު 5 ގަ..

  10. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    މިހުރިހާ ޚިޔާލުތަކެއް ކިޔާލުމުން، އަދި ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ، ފަޚާމަތުއް ރައީސް، ޞާހިބުއް ދައުލާ، އަލްފާޟިލް މުޙައްމަދު ނަޝީދަށް މިކިޔޭ ފާޑުތައް، ކިޔާލުމުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ސައިކުރާ އިބްރާހިމް ނަޢީމުގެ ޅެމެއް އިނގޭތޯ، އޭގައި އޮންނަނީ:

    ތެޔޮފެން ލެވޭ ހިނދު މާބަނޑުން، ތޮޅެމުން އެދާއިރު ހީވެޔޭ
    ހެޔޮ ކަމުގެ ތިލަފަތް ބަރުކުރާ، ހެވަކަށް މިދަރިފުޅު ވާނެޔޭ

    ހެޔޮކޮށް ހިތާ މަރު ވެސް ބަލާ، ހޭހަން ފަށެއް ކޮށްދޭނަމޭ
    ހެޔޮވާނެތޯ އެހެނަސް މިއީ ކަންތައް ހިނގާ ހަމަ އާދަޔޭ

    ހެޔޮވަރުގެ އިސްކޮޅަކަށް ތިމާ ދެމިލާއިރަށް ބުނެ އަންގަޔޭ
    ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުމެއް ދެން ނޯންނާނެޔޭ

    ދެން މީގެ މާނަ ތިބޭފުޅުން ބޭނުން ގޮތަކަށް ކުރެއްވުން އެދެން.

  11. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:03/05/2009

    * ޗުކީ… ހޭހަން ފަށެއް ކޮށްދޭނެޔޭ، .. މިތަން ކޮޅު ރަނގަޅުކޮށްލީ.

  12. dog‮ ‬ވިދާޅުވީ


    ތާރީޚް:04/05/2009

    ކަލޯމެން އެސޮރު ވަރެއް ނެތިގެން ހޮވީ ކީއްކުރަންތަ؟ ތަނަކު ހުރި މޮޔަޔަކަށް ގައުމުގެ ނާކޮޅު ހުންގާނު ހަވާލުކުރީ ކޮންބައެއް؟ ދެން ތިބޭ ތިންހެން ހަޅޭލަވަން އިރުކޮޅަކުން އެސޮރު ބުނަމުން އެދާ މިނިކާ ރާއްޖެއަށް ތިއެންމެންނާއިއެކު މިނައު ގެންގޮސް ބީއްސާލާނެ. އޭރު އޮންނާނީ ނައުގެ ފަށަން ހަލާކުވެ އިންޖީނުވެސް ހަލާކުވެފައި، އިތުރު މާލިމީ އަކަށް ނައު ފުންކުރެވުނަސް ނުދުއްވޭނެ. ސާބަސް ދިވެހި މޮޔަ ދަރިންނަށް، އެސޮރު މިރަށަށްވެސް އަރާނެ އެއްޗެއް ބުނަން ކެރޭނެ ހަމަ އެކަކުވެސް މިފަސްގަނޑުންވެސް ނުކެރޭނެ ނުކުންނާކަށް. މިއީވެސް ދެން ދުނިޔާގައި އޮތް ތަނެއް. މިތަނުގައިވެސް ބަޔަކު އުޅޭނެ. މިއީ މިހާރުގެ ސިއާރު.

  13. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:04/05/2009

    އަޅުގަނޑު ދެން އެއްވެސް އެއްޗެއް ކިޔަން ބޭނުން ނުވެފައި މިއިންނަނީ ހަޤީޤަތުގައި، އަޅުގަނޑަށް އެބައެނގޭ މިތާނގައި ތިޔަ ބޭފުޅުން ތިޔަ ކުރައްވާ ކޮމެންޓްތަކަކީ މުޅިއަކުން އަދި ސީރިއަސް ކޮމެންޓްތަކެއް ނޫންކަން. އެހެންވީމަ، ހައްޕުކިޔައިގެން އެއްޗެއް ނުބުނެ އިންދާ ވެސް ދެން ދެތިން ބޭފުޅުން އަޅުގަނޑުގެ ވާހަކަ އެއްސެވީތީ، ޅެމަކުން ޖަވާބު ދިނީ. އަޅުގަނޑު އެތާނގައި ލިޔުނީކީ ލޯބީގެ ޅެމެއް ނޫން. އެއީ، ޝުކުރު ނުވަތަ އަޅުގަނޑުމެން އިނގިރޭސިބަހުން ކިޔާ “އެޕްރިސިއޭޝަން” ގެ ޅެމެއް. އާދެ ކަމެއްގެ އަގު ވަޒަންކުރުމުގެ ޅެމެއް.

    ނަޢީމް ވިދާޅުވަނީ، މައިމީހާގެ ބަނޑުގައި ތެޔޮފެންލެވޭ ވަގުތުތަކުގައި، އަދި ބަނޑުގައިވާ ދަރިފުޅު ތޮޅެމުންދާއިރު، އޭނާގެ ހިތަށް އަރައޭ އެދަރިފުޅުވާނީ، އެމަންމައަށް ނުހަނު ހެޔޮ، ދަރިއެއް ކަމުގައޭ. އަދި އޭނާއަށް ހެޔޮކޮށްހިތައި، މަރުމަތީގައި ހޭހަން ވެސް ކޮށްދޭނެއޭ. އެހެންނަމަވެސް، ކަންތައް ހިނގަނީ އެހެނެއް ނޫނޭ. އެދަރިފުޅު ބޮޑުވުމުން، ދެން މަންމަގެ ބޭނުމެއް ނޯވެއޭ، ހަމަވަނީ ކެޔޮގަނޑު ކަނޑާލީމާ ގަހަށްވާގޮތޭ.

    އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިތަނުގައި މިތިއްބެވި ގިނަ ބޭފުޅުންނަކީ، ތިޔަ ބޭފުޅުންނަށް ތިވާހަކަތައް ދައްކަވާލެއްވުމުގެ ފުރުސަތު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅަކީ އަންނިއޭ. އެމަނިކުފާނު ތިޔަ ބޭފުޅުންނަށްޓަކައި ހާދަ ޤުރުބާނީއެއް ވެވަޑައިގަތޭ. ގައުމުގެ މީހުން، އެމަނިކުފާނަށް ފާޑުކިޔައި، ބޮޑުކުށްވެރިޔަކަށް ހަދައި، އެއްޗެހިގޮވަމުން ދިޔައިރުވެސް، މިނިވަންކަމާއި ޑިމޮކްރެސީއަށް ކުރެއްވެވި މަސައްކަތްޕުޅުގެ ސަބަބުންނޭ މިއަދު އަޅުގަނޑުމެންނަށް އަނގަނަގައިގެން މިހެން އެއްޗެއް މިލިޔެލެވެނީވެސް. ފަހަރެއްގައި މިތަނުގައި މިތިއްބެވި ގިނަ ބޭފުޅުންނަކީ ޢުމުރުން އަދި 25 އަހަރު ވެސް ނުވާ ބޭފުޅުންނަށް ވުމަކީ އެކަށީގެންވާ ކަމެއް. އެހެންވިއްޔާ އަމުދުން އެބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާނެ އަންނި ކުރެއްވި ޖިހާދެއް، މައުމޫނުގެ ހަޤީޤީ އަނިޔާވެރިކަމެއް. އެބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާނެ ނޮވެމްބަރު 3 ގެ ކަންތަކުގެ އަޑީގައި ހުންނެވީ އިލްޔާސް އިބްރާޙިމް ކަމެއް. އެބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާނެ އިބްރާހިމް ނާސިރު ރާއްޖެ ދޫކޮށް ވަޑައިގަތުމުން، އެމުޅި ޢާއިލާއަށާއި ހ. ހިކިފިނިފެންމާގޭ ބޭފުޅުންނަށް މައުމޫނު ޖެއްސި އަހުވަ އާއި އައްބާސް އިބްރާހިމް ހެއްދެވި ހުތުރު ލަވަތަކެއް. އަދި އެލަވަތައް ނައިފަރު ދޮހޮއްކޮއާއި، ހާބުރިއާއި ހޮޅުދޫ ޢަބްދު ﷲ ކިޔާފައިވާ ކަމެއް ވެސް. އެބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާނެ، މައުމޫނު ޖަލުގައި އަނިޔާކޮށްގެން ހީރާ ރަޝީދު ކިޔާ މީހަކު މަރާލިކަމެއް ވެސް. އަދި އެބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާނެ މައުމޫނު “އަމާޒު” ކިޔާ މަޖައްލާއެއްގައި ނާސިރާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުން ގެންދެވި ކަމެއް ވެސް. އެބޭފުޅުންނަށް އެނގިވަޑައެއް ނުގަންނަވާނެ 1984 ގެ ގައުމީ މުޤައްރަރު މުޙައްމަދު ޒާހިރު ހުސައިން ލައްވާ ހެއްދެވީ، ދިވެހިރައްޔިތުންގެ ތަޢުލީމު ހަލާކުކޮށްލަންވަން ކަމެއް ވެސް. އެބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާނެ މައުމޫނު ޖަލަށްލައްވައި އަރުވާލެއްވީ ކޮންކަމަކާ ކަމެއްވެސް.

    ހަމަ މިގޮތަށް، އެބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާނެ ހ. މީނާޒު އަބްދު ﷲ ޙަމީދުގެ ބޭފުޅުންނާ ކުއްޓި ނަޝީދާ އޮންނަ ގުޅުމެއް ވެސް. އަދި މ. އާސްތާނާ ބޭފުޅުންނާ އެންދެރިމާގޭ ބޭފުޅުން ގުޅިވަޑައިގެން ހިންގަވާ ކަންތައްތަކެއް ވެސް. ކުއްޓި ނަޝީދާ ޢަބްދު ﷲ ޙަމީދާ އޮންނަ ގުޅުމެއް ވެސް. ބޭރުން ދިން ސްކޮލަޝިޕެއްގައި އޮޅުވާލައިގެން ފާތިން ޙަމީދު ފޮނުއްވި ކަމެއް ވެސް.

    އެބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވާނެ ކޮލި އަލިމަނިކަކީ ކާކުކަމެއް ވެސް. އަދި ކީއްތޯ ޑީއާރުޕީއަކީ ކިހިނެއް ކާކު ހިންގާ އެއްޗެއް ކަމެއް ވެސް. މައުމޫނާ، ތަސްމީނާ، ކުއްޓިއާ، ނިހާނުއާ، އަލްހާނުއާ، ޢަލީ ވަޙީދާ، ދުންޏާ މައުމޫނާ މިއީ ކޮންފަދަ ބޭފުޅުންނެއް ކަމެއް. އަޅުގަނޑަށް މިކަންކަން އެނގޭތީ، ތިޔަ ޑީއާރުޕީއާއި ކައިރިވެސް ނުވާން މިހުންނަނީ، މިތަނުގައި ޑީއާރުޕީއާއި ކުއްޓި ނަޝީދަށް ތާއީދު ކުރައްވާ ޑީއާރުޕީ ބޭބޭފުޅުންނަށް ވުރެ އަޅުގަނޑު، ޑީއާރުޕީގެ މަތީ ވެރިންނާ މާ އަރިސް ވެސް ވާނެ. އެބޭފުޅުންނަށް އަޅުގަނޑަކީ ކާކުކަން ވެސް އެނގިވަޑައިގަންނަވާނެ. ޚުދު މައުމޫން 2008 ގެ ކެމްޕެއިންގެ އެންމެ އެތެރޭގައި ވެސް އަޅުގަނޑު ހުރިން. އެހެންވީމާ އަޅުގަނޑު މިވާހަކަ މިދައްކަނީ، މިހާރު ހީކުރަން ތިޔަ ބޭފުޅުންނަށް އަޅުގަނޑަކީ ކާކުކަން އެނގިވަޑައިގެންފާނެކަމަށް

  14. ފަންވަތް‮ ‬ވިދާޅުވީ


    ތާރީޚް:04/05/2009

    ހާޝިމަށް
    އަޅުގަނޑަށް ތައްބައްދައިގެން ނީނދެވިގެން މި ނުކުތީ!
    މައުމޫނު ޖަލުގައި އަނިޔާކޮށްގެން ހީރާ ރަޝީދު ކިޔާ މީހަކު މަރައެއް ނުލާ! ހީރާ ރަޝީދު މަރާލީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވިލިނގިލީ ޖަލުގައި.

    އަމާޒު ކިޔާ މަޖައްލާއެއްގައި ނާސިރާ ދެކޮޅަށް ކެންޕެއިނެއް ނުކުރައްވާ. ނާސިރާދެކޮޅަށް ކެންޕޭނުކުރީ، ސަންލައިޓް ނޫހުގަ އާއި އާބާރު މަޖައްލާގައި. އެވެސް ނާސިރު ވެރިކަމުން ފޭބި ފަހުން. ވެރިކަމުގައި ހުއްޓާ އެންމެ ބޮޑުވަރަކަށްވެސް ކުރީ މަންދު ޢަބްދުﷲ ވަހީދު މަޒްމޫނެއް އާބާރު މަޖައްލާގައި ލިޔެލުން.

    1984 ގައި ގައުމީ މުގައްރަރު ހެއްދެވީ ތައުލީމު ހަލާކު ކޮށްލާކަށް ނޫން. އޭގެ ކުރިން ގައުމީ މުގައްރަރެއް ނޯވޭ. މައްސަލައަކަށްވަނީ މުގައްރަރު ހެދީމައެއް ނޫން. ހަގީގަތުގައި މައުމޫނުގެ ވެރިކަމުގައި ގައުމީ މުގައްރަރު އެތައް ފަހަރަކު ރިވައިޒްވެސް ކޮށްފި. ތިޔަހެންޏާ އަންނި އެބަ އުޅޭތަ މުގައްރަރު ރިވައިޒްކުރަން؟

    ގޮތް ބޮޑުކޮށްގެން ހާޝިމެއްކަމަކު ލިޔާނިކަމެއް ނެތް!

  15. ކާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:04/05/2009

    ޙަޤީޤަތުގަ އަންނިއަކީވެސް ރަނގަޅު މީހެއްނޫން. އެކަމަކު އަންނި އަށް އެނުލަފާކަންދައްކަން ފުރުޞަތު ލިބުނީ އަންނިއަށްވުރެ ނުބައި މައުމޫނުގެ ސަބަބުން އޭނަވިއްޔާ ވެރިކަމަށް އެރިގޮތަށް 30 އަހަރު ވެގެންދިޔައިރުވެސް ވެރިކަން ދޫކޮށްލަން ނޭގިގެން ވެރިކަމުގައި ބަގުޑިބައްދައިގެން އޮތީ، އަދިވެސް އެއުޅެނީ ހަމަވެރިކަމާހެދި… މައުމޫނު އެހާދުވަހު އެކަމުގައި ބަގުޑިލައިގެން ނުހުރިނަމަ އަންނިމެންކަހަލަ ޖާހިލަކަށް ވެރިކަމަށް އަރާނެ ފުރުޞަތެއް ހަމަޔަޤީނުންވެސް ނުލިބުނީސް… އެކަމަކު މިއަދު އެންމެންވެސް މިދައްކަނީ އަންނީގެ ނުލަފާކަމުގެ ވާހަކަ… އެކަމަކު ކާޝިމް ބުނަން އޮތީ އަންނިއަށް އެފުރުޞަތުދިނީ މައުމޫނާ މައުމޫނުގެ އައުވާނުންނޭ..އެހެންވީމަ ދެން އަންނިއަކީ ނުލަފާމީހެކޭ ވެރިކަމަށް ކުފޫހަމަނުވެޔޭ ނުކިޔާ…ކުރީވެރިކަމުން ރައްޔިތުންނަށް ލިބުނު އަނިޔާއެއް ލިބުނީވެސް މައުމޫނާހެދި. މިވެރިކަމުން ރައްޔިތުންނަށް ލިބޭއަނިޔާއެއްގެ ޒިންމާވެސް އެޅިގެންދާނީ ހަމަ މައުމޫނުގެ އިސްތަށިފުޅުގައި..އެއީ އެކަމަށް މަގުފަހިކޮށްދެއްވި މީހެއްގެ ހައިޘިއްޔަތުން… ކީކޭތަ ފަހެ އެހެން ބޭފުޅުން ވިދާޅުވަނީ؟

  16. ދޮންމަނިކު‮ ‬ވިދާޅުވީ


    ތާރީޚް:04/05/2009

    ހާސިމުއަށް:
    ނޮވެންބަރު 3 ގެ ވާހަކަ ހާސިމުމެން ނުދައްކާ. ތިޔާ ނޮވެންބަރު 3 ގަ މިރަށު ޒުވާނަކުވެސް މިދުނިޔެއާ ވަނީ ވަކިވެގެން ގޮސްސަ. އެހަމަލާ ރާވާހިންގުމުގައި އެންމެ އިސްކޮށް ތިބީ ކޮންބައެއްކަމާ އެމީހުން މިހާރުތިބީ ސަރުކާރުގެ ކިހާހިސާބެއްގައިކަން އަހަރެމެންނަށް އެނގޭ.

    ދެންތިޔާ ބުނަނީ އަހަރެމެންނަށް މިކަހަލަ ވާހަކަ ދައްކަން މިނިވަންކަން ހޯދައިދިނީ އަންނިއޭ އެހެންވެ އޭނަ ކޮންމެ ކޮހެއް ގޮވިޔަސް އަހަރެމެން ޖެހޭނީ ހަމަ ތައްބައްދައިގެން ތިބޭށޭ. ހާސިމުގެ ވިސްނުން ކޮށި ކަމާހެދި އަހަންވަސް ލަދުގަނޭ. ބަލަގާ އަހަރެމެންނަށް ވަނީ ތިޔާ މިނިވަންކަން މީގެ 14 ގަރުނުކުރިންވަސް ލިބިފަޔޭ.

    މަސްތުވާތަކެތި އެތެރެކުރަނީ ކޮންބައެއްކަން އެނގޭއިރު އެކަން ސިއްރުކޮށްގެން އެބޭފުޅާ އެހުންނަވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާކަމަކަށް ވެދާނެތިންނޭ އެބުނުއްވިއިރު އެބޭފުޅާ ހަނދުމަފުޅުނެތުނީތޯ ކެމްޕޭނަށް ނުފޫޒު ފޯރުވާނަމޭ އެމަނިކުފާނު އެންމެންގެ ކުރިމަތީގައި ވަނީ ވިދާޅުވެފައޭނުން.

  17. ރަބަރުދޫ‮ ‬ވިދާޅުވީ


    ތާރީޚް:04/05/2009

    ދެންވެސް އަވަހަށް އެންމެން ވެގެން ނުކުމެ ވެރިކަން ވައްޓާލަންވީ. އެހެންނޫނީ އެބުނާ އަނެއް ދިވެހުރާއްޖެ އަށް ( އަޅުވެތިކަމުގެ ދިވެހިރާއްޖެ އަށް ) ދާންޖެހިދާނެ. އަދި މި އިންތިހާބުގައި އެމްޑީޕީ އަށް އަގުލަބިއްޔަތު ލިބިއްޖެއްޔާ އެދެން ހަތަރެސްކަން ހަމަވީ. މަބުނާނެ ވާހަކައެއްނެތް އެކަކުވެސް އެމްޑީޕީ މީހަކަށް ވޯޓްނުލާތި. ހެޔޮނުވާނެ…

  18. ޝަހީދީ‮ ‬ވިދާޅުވީ


    ތާރީޚް:04/05/2009

    ނޮވެމްބަރު ތިނެއްގެ ވާހަކަ އޮލުވަލަން ހާޝިމް ކިތައްމެ މަސައްކަތެއް ކުރިޔަސް އެކަމެއް ނުވާނެ.. އެދުވަހުގެ ވާހަކަ ބޭނުންހާ ގޮތަކަށް ދައްކާފަ އަހަރެމެނަށް އެނގިގެން މިރަށަށް އަރަން ނޫޅެއްޗެ ހާޝިމް.. މިހާރު ތި ކުޅެނީ ލެޔާ..