Share

ސްވައިން ފުލޫ ނުވަތަ އޫރު ރޯގާ

ސްވައިން ފުލޫ ނުވަތަ އޫރު ރޯގާ

މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ ސްވައިން ފުލޫ ނުވަތަ އޫރު ރޯގާއަށެވެ. ބައެއް ޤައުމަކުން ސިއްހީގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އަނެއްބައި ގައުމުތަކުންވެސް ދަނީ މިރޯގާ އެގައުމުތަކަށް އެތެރެވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

މިހާރު ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރެމުންމިދާ ރޯގާގެ އަސްލު އަދި ވަނީ ނުހޯދިފައެވެ. ދުނިޔޭގެ ސިއްހީ އިދާރާތަކުން ހާމަކުރާ ގޮތުގައި މިފަހަރުގެ ރޯގާ އަކީ އޭވިއަން ފުލޫ (ދޫނި ރޯގާ) އާއި ސްވައިންފުލޫ އަދި އިންސާނުންނަށް ޖެހޭ ރޯގާ އާއި މަސްހުނިވެގެން އުފެދިފައިވާ ރޯގާއެކެވެ. H1N1 ވައިރަސް (އޫރު ރޯގާ ޖައްސާ ވައިރަސް) އެމެރިކާ ބައްރުން އޭޝިޔާ ބައްރަށްވެސް މިހާރުވަނީ އައިސްފައެވެ. ހަބަރުތައް ލިބެމުންދާ ގޮތުގައި H1N1 ވައިރަސް މިހާރު ކެނެޑާގެ އޫރުތަކަކުންވެސް ފެނިއްޖެއެވެ. އެހެންނަމަވެސް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި މިބަލި އޫރުތަކަކަށް ޖެހިފައިވަނީ އިންސާނެއްގެ ފަރާތުންނެވެ.

ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކުރާ ގޮތުގައި މިބަލި ޖެހުމުން ފެންނަ އަލާމަތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ކަރުތެރެ ބެދި ނޭވާލަން އުނދަގޫވުން، ބޮލުގައި ރިއްސުން ހިމެނެއެވެ.

މިރޯގާއިން ސަލާމަތްވެ ތިބުމަށް އެޅިދާނެ ބައެއް ފިޔަޅުތަކަކީ، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން، ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވެފައި ބެހެއްޓުން، ގޭތެރޭގައި ނުވަތަ ކޮޓަރި ތަކުގެ ވެންޓިލޭޝަން ރަނގަޅުކޮށް ސާފުވައި ލިބޭ ގޮތަށް ބެހެއްޓުން، ހުންއައިސް ބޮލުގަ ރިއްސާ އަދި ހިކި ކެއްސުމަކުން ކެއްސުމާއި އެކު ކަރުތެރެ ބެދި ނޭވާލަން އުނދަގޫވާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން ހިމެނެއެވެ. އަދި ހަމަ އެހެންމެ ކެއްސާ ކިނބިހި އަޅާ މީހުން ނުވަތަ އޫރު ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ މީހުންނާއި އެކު ނޫޅުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެފިޔަވަޅެކެވެ.

,

‮ ‬8‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:05/05/2009

    އޫރަކީ ނަޖިސްތަންތަނުގައި އެތަން ސާފު ކުރަން ގެންގުޅޭ ޖަނަވާރެއް..އެސޮރުމެން ނަޖިސް ކައި އުޅޭނެ..ދެން ކާފަރުން އެކައި އުޅެނީ ސާފު ތަންތުގައި ބޮޑެތި ކޮށްފައި ތިބޭ އެއްޗެއްސޭ ކިޔާގެން..އެކަމާ ބެހޭ ގޮތުން މައްޝޫރު ދީނީ އަދި ސައިންސްގެ މެޑިސިން ދާއިރާގެ ޢިލްމު ވެރިޔެއް ކަމަށްވާ ޒާކިރް ނައިކް ވިދާޅުވަނީ،، އެހެން ވީކަމުގައި ވިޔަސް އެސޮރުމެން އެކަތި އަނެކެތީގެ ނަޖިސް ކައި އުޅޭ ކަމަށް…އެކަމަކު ޔޫރަޕް ފެޝަން ރީތި ވެގެން ރާއްޖެ މީހުންވެސް އެކައި އުޅޭ…

  2. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:05/05/2009

    ޔޫރަޕްގައި ވެސް ހުރޭ ރީތި ފެޝަންތައް..މައްސަލަޔަކީ ދިވެހިންނާ އެކަށީގެން ނުވާ އަމިއްލަ ގޮތާ ފޮތް ގެއްލޭ ގޮތައް އުޅެން ހަދާގެން ކާޅަށް އަސްދޫނި ހިނގުން ރީތި ވެގެން އެގޮތައް އުޅެން ހަދައިގެން ވީގޮތައް ވާތީވެ.. ދެން އިރާދަ ކުރެއްވިއްޔާ މި ރޯގާ އިން ރާއްޖެ ސަލާމަތްވާނެ..

  3. ރަބަރުދޫ‮ ‬ވިދާޅުވީ


    ތާރީޚް:05/05/2009

    މިބަލީގެ މަޢުލޫމޫތު އަދިވެސް ބޮޑަށް އާންމު ކުރަންވީ.

    މިއަދު ހާދަ ލިޔުމެއް އަޕްޑޭޓް ނުކުރެވެޔޭ

  4. ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:05/05/2009

    މިހާރު ކޮމެންޓުތައް މިދަނީ ރަނގަޅު މިސްރާބަކަށް ހެނެއް ހިޔެއްނުވޭ. ވަރަށް ހޭލުންތެރިކުރުވަނިވި ލިޔުމެއް.

  5. ސިސްޓަރ‮ ‬ވިދާޅުވީ


    ތާރީޚް:06/05/2009

    އަވަހަށްމިބަލިން ހުރިހާ އިންސާނުން ސަލާމަތް ކޮއްދެއްވާ ފާނދޭ އަދި މިރާއްޖެއަށް މިބަލި އަޔަނުދެއްވާނދޭ
    އާމީން

  6. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:06/05/2009

    މިބަލި ކޮންޓްރޯލް ކުރެވެމުންދާ ކަމުގެ ޚަބަރާއެކު ހިތްހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެ. އަދި ރާއްޖެއަށް ޓޫރިސްޓަކު މިބައްޔަށް ޝައްކުކުރެވިގެން ހެދި ޓެސްޓްތަކުން ނެގެޓިވްވުމުން، އެކަމާ ވެސް ހިތްހަމަޖެހިއްޖެ. އަޅުގަނޑު ދަންނަވާނީ، ނަޝީދުގެ ސަރުކާރުން މިބާވަތުގެ ކުއްލި ކަންތައްތަކަށް ތައްޔާރުވެފައިވާލެއް ވަރަށް ވެސް ފުރިހަމައޭ. މާލޭ އެއަރޕޯޓުގައި ވެސް ވަނީ ވަރަށް

  7. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:06/05/2009

    މިބަލި ކޮންޓްރޯލް ކުރެވެމުންދާ ކަމުގެ ޚަބަރާއެކު ހިތްހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެ. އަދި ރާއްޖެއަށް ޓޫރިސްޓަކު މިބައްޔަށް ޝައްކުކުރެވިގެން ހެދި ޓެސްޓްތަކުން ނެގެޓިވްވުމުން، އެކަމާ ވެސް ހިތްހަމަޖެހިއްޖެ. އަޅުގަނޑު ދަންނަވާނީ، ނަޝީދުގެ ސަރުކާރުން މިބާވަތުގެ ކުއްލި ކަންތައްތަކަށް ތައްޔާރުވެފައިވާލެއް ވަރަށް ވެސް ފުރިހަމައޭ. މާލޭ އެއަރޕޯޓުގައި ވެސް ވަނީ ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފަ. އަޅުގަނޑު ކަންބޮޑުވަނީ، މިކަމުގެ ސަބަބުން އަނެއްކާ ވެސް ފަތުރުވެރިކަމަށް އަސަރެއް ކޮށްފާނެތީ، ވަކިން ޚާއްޞަކޮށް ދުނިޔެއަށް މިހާ އިގްތިޞާދީ ގޮތުން ތަދު އަހަރެއްގައި.

  8. އޯ ތްރީ‮ ‬ވިދާޅުވީ


    ތާރީޚް:06/05/2009

    އޫރު ރޯގާ އެއި ހަމަ އޭގެ އަސްލު ނަންތަ؟ ތަންކޮޅެއް ކިޔާލަން ފަސޭހަ ރީތި ނަމެއްނެތްތަ؟ ނޫނީ ސޯދުބޭ ލައްވާ ރީތި ނަމެއް ހަދަންވީނުން.

ޚިޔާލު ފާޅުކުރައްވާ