. ޢަލީ ޖިނާޙް
ހދ.ކުރިނބީ ރައްޔިތުންނަކީ ޒަމާނުންސުރެ ލަފާފުރުމުގެ ދަތިކަން ވަރަށް ބޮޑަށް ތަޙައްމަލު ކުރަމުން އައި ރަށެއް ދިރިއުޅެމުން ގެންދިޔަ ރަށެކެވެ. އެގޮތުން ރަށުގެ ޢާބާދީގައި ގާތްގަނޑަކަށް 702 މީހުން ދިރިއުޅެމުން އަންނަ ކުރިނބީ އަކީ މީގެ ކުރިން ރަށުގައި ދުއްވާ ގިނަ ޢަދަދެއްގެ އޮޑިދޯނި ފަހަރާއި މާލެ ދަތުރުކުރާ ދޯނިފަހަރު ގެންގުޅެމުން ދިޔަރަށެއްކަން ފާހަގަ ކޮށްލެވޭ ރަށެކެވެ. ހަމަ އެހެންމެ މިހާރުވެސް ގާތްގަނޑަކަށް އިންޖީނުލީ 07 ދޯނީގެ އިތުރުން 10 ނުވަތަ 12 ބޮއްކުރާ ގެންގުޅޭކަން ފާހގަ ކޮށްލެވެއވެ. އަދި މީގެ ކުރިން އޮޑިދޯނި ފަހަރު ރަށުގެ ބޭރުގައި އަޅައިގެން ބޮއްކުރަލުގައި މީހުންނާއި މުދާބާލަމުން ގެންދިޔުމުގެ ނަތީޖާ އަކަށް ވެފައިވީ މާސިންގާ ރާޅު ތަކުގެ އޮއިވަރުގައި ބޮއްކުރާ ޖެހި، ބޮއްކުރާ ބަންޑުން ޖަހާލައި މީހުންނާއި މީހުންގެ މުދަލަށް ފޫނުބެދޭ އެކިވަރުގެ ގެއްލުންތަށް ވަމުން ދިޔުމެވެ.
ކުރިނބީގައި ބަނދަރެއް ހެދޭނެ ދުވަހެއްގެ ދިގު އިންތިޒާރުގައި ރަށުގެ ރައްޔިތުން މާޒީ ހޭދަކުރަމުން ދަނިކޮށް 2011 ވަނައަހަރުގެ ޖެނުއަރީ މަސްތެރޭގައި ނިމިދިޔަ ސަރުކާރުން 300 ފޫޓް 150 ފޫޓްގެ ބަނދަރެއް ހެދުމުގެ މަސައްކަތް ފަށައި ބަނދަރުގެ ބޮޑުބައެއްވަނީ ނިންމަވާ ދެއްވާފައެވެ. ނަމަވެސް ބަނދަރުގެ ފޮނިމީރުކަން އެންމެ ރަނގަޅަށް ލިބެން ނެތުމަކީ މިހާރުވެސް ރަށުގެ ރައްޔިތުންގެ އަދި ޚާއްސަކޮށް އޮޑިވެރިންގެ މޫނުމަތިން މަޔޫސްކަން ފާޅުވާން ހުރިކަން ރަމްޒު ކޮށްދޭ އަލިގަދަ ހެއްކެކެވެ. ބަނދަރުގެ ބޭރުން ބޮޑު ހިލަ ޖައްސާފައި ނެތުމުގެ ސަބަބުންނާއި ބަނދަރުގެ ފައިކަށި ހެދިފައި ނެތުމުގެ ސަބަބުން ކިރިޔާވެސް ގަދަވެއްޖެނަމަ އޮޑިދޯނިފަހަރު ބަނދަރުގައި ބޭއްވޭނެ އެއްވެސް ގޮތެއް ތަނަވެސް ވެފައި ނެތުމާއި ބަނދަރުގެ އެއްގަމުން ގިރައިގެން ދިޔުމުގެ ސަބަބުން ހީވެސްނުކުރާ ކަހަލަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.
މިމައްސަލައިގައި ޙައްލެއް ހޯދުމަށް ރަށުގެ ކައުންސިލުންވެސް ސަރުކާރުގައި ދަންނަވައިގެން އެދެވޭ ދާޢިމީ ޙައްލެއް ހޯދުމަށް ވާހަކަ ދެކެވެމުންދާކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. އެހެން ނަމަވެސް މިއަދާހަމައަށް އެދެވޭ ޙައްލެއް ނައުމަކީ ރަށުގެ ރައްޔިތުންނާއި ޚާއްސަކޮށް ރަށުގެ އޮޑިވެރިން އެކަމާއި ވަރަށް ހިތާމަ ކުރާނެ ކަމެއްކަން ޔަޤީން ކުރެވެއެވެ.
ހަމއެހެންމެ މުސްތަޤްބަލުގައި ކުރިނބީގެ ބަނދަރަށް އެދެވޭ ހައްލެއް ނުލިބިއްޖެ ނަމަ މާޒީގައި ކުރިނބީ ރައްޔިތުން ތަޙަމްމަލު ކުރަމުން ދިޔަ ހިތްދަތި އުނދަގޫ ތަޙައްމަލު ކުރަން ޖެހުމަކީ ދުރުގައި ވާނޭކަމެއް ނޫނެވެ.

mujey ވިދާޅުވީ
ތާރީޚް:21/10/2012
ސަޅި.. މީ ވަރަށް ބޮޑު ތެދެއް.. މިހާރު އޮތް ސަރުކާރުން މިކަން ކުރަން ނުކުޅެދިއްޖެ ނަމަ އަހަރެމެން ކާރި އަށް 2013 ގަ ނާންނާތި.. ދެވޭނެ އެކަށްޗެއްވެސް ނެތް..
އަޙްމަދު (ކުރިނބީ) ވިދާޅުވީ
ތާރީޚް:21/10/2012
ވަރަށް ރަނގަޅު ޚަބަރެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ މިފަދަ ޚަބަރުތައް ގެނެސްދެމުން ގެންދާތީ
ފައްތާހު ވިދާޅުވީ
ތާރީޚް:21/10/2012
ހަބަރު ވ.ރަނގަޅު.މިކަހަލަ ހަބަރުތައް ގިނަކުރޭ ، މީ ކުރިނބީ ރައްޔިތުންގެ ތަރައްގީއައްއެޅިފައިވާ އެންމެބޮޑު ހުރަސް. ، މީ ކުރިނބީ ރައްޔިތުންގެ އަޑު ، ކުރިނބީގެ ބަނދަރު މިހާވަރައްވެސް ހެދިފާ މިވަނީ ނަސީދުގެ ވެރިކަމުގާ ، ރަށުގެ އިސްވެރިންސް މިހާރު މިއޮއްސަރުކާރު ގެނައުމައްޓަކްއިވަނީ ބުރަމަސަތްކަތްތަކެއްކޮއްފާ ނަމަވެސް ހަދަންފަށާފައިވާ ބަނދަރެއްގެ މަސައްކަތް ނުނިމިހުރިކަން ކުރިނބީ ކައުންސިލަރުން ސަރުކާރުގެ ސަމާލުކަމައް ގެނެވުނުބާ…؟
ހިންދު ވިދާޅުވީ
ތާރީޚް:21/10/2012
އަހަރެން ވަރަށްދެރަވޭ ކުރިނބީގައި ލަފާފުރޭނެބަދަރެއް ނެތުމުން އެރަށަކީވެސް ހަމަ އަހަރެމެންކަހަލަ ރައްޔިތުން ދިރިއުޅޭ ރަށެއް
އައިޝާ ވިދާޅުވީ
ތާރީޚް:21/10/2012
ކުރިނބީ މީހުން ބަދަލު ވާންވީން މިހާރުން މިހާރަށް ނޮޅިވަރަމްފަރަށް. އަވަހަށް ދަންނަވާ ސަރުކާރުގަ
އިބްރާހިމް ( ކުރިނބީ ) ވިދާޅުވީ
ތާރީޚް:22/10/2012
ފައްތާހް އާރޓިކަލް އެއްކޮން ވިދާޅުނުވަނީތޯ؟؟ އޭގަ އެބައިނެއް ނޯންތޯ ރަށުކައުންސިލުން ވެސް ސަރުކާރާ މިކަމަށް ހައްލެއް ހޯދުމައް މަސްވަރާކުރައްވަމުން ގެންދަވާ ވާހަކަ… އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ރައީސް ނަސީދު ގެ ސަރުކާރުން ބަނދަރު ކޮންނަން ފަށާފައިވަނީ ބަނދަރު ބަޖެޓް ގަ ނުހިމަނާ މިކަމުގެ ސަބަބުން ނަސީދުގެ ސަރުކާރުގަވެސް ހިލަ ނުޖހިވަނީ.. އައްނިގެ ވެރިކަން ވެއްޓުނީ ވެސް ބަނދަރު ކޮނެ ނިމުމަށް ފަހު ހިލަ ނުލިބި 6 މަސް ވަރު ވީފަހުން އޭރުވެސް ކުރިނބީ ކައުންސިލުން ނަސީދު ސަރުކާރާ ވާހަކަ ދައްކައިގެންވެސް އެކަން ހައްލުކުރުމަށް މަސައްކަތް ވަނީކޮށްފަ އަދި އޭރުކުރި މަސައްކަތގެ ތަފްސީލްވެސް ވަނީ ރައްޔިތުންނާ ބައްދަލްކޮށް ރައްޔިތުންނަށްވެސް ދީފަ…
ބުލްބުލް ވިދާޅުވީ
ތާރީޚް:22/10/2012
މިހާރު ބަނދަރު ފެނުނަސް ދެރަވޭ! އާބާދީ މަދުވީމަ ވާގޮތް!
ކެޔޮވަލޭ ވިދާޅުވީ
ތާރީޚް:22/10/2012
ލިޔުން ވަރަށް ފުރިހަމަ… ކުރީގެ(ނަޝީދުގެ) ސަރުކާރުން 300ފޫޓް 150ފޫޓް ގެ 2 ބަނދަރު ހެދޭހާ ބޮޑު އަގުގަ ޗާޓުން ބޭރުން، ބަޔަކާ ހަވާލު ކޮށްގެން ކުރަން ފެށި މި ބަނދަރު މިހެން އޮންނަން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ އަދުގެ ސރުކާރަކުން ނޫނޭ… ނަޝީދު ގެންގުޅުނު ޗާޓް ގެއްލުނީމަ ވީގޮތް މީ.. ދެން ލަލަލާ… :ޑީ
އަފްރާހް ވިދާޅުވީ
ތާރީޚް:22/10/2012
އަޅުގަނޑު ދެކޭގޮތުގައި މީ ވަރަށް ބޮޑު ހަގީގަތެއް . މިކަން ވާނީ ސަރުކާރުގެ ސަމާލު ކަމަށް ގެނެވިފައި . މިއަދުގެ ސަރުކަރަށް މިކަން ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރިނބީ ބަނދަރަކީ ބަޖެޓުގައި ނުހިމަނާ ހަދަން ފަށައިފައިވާ ބަންދަރަކަށް ވުން. (އަޅުގަނޑުމެންގެ އުންމީދަކީ އަވަސް މުސްތަޤުބަލެއް ގައި ކުރިނބީ ގެ ބަނދަރު ހަދައި ނިމުން) .
crouch ވިދާޅުވީ
ތާރީޚް:22/10/2012
ރައްޔިތުން ގުޅިގެން މަސައްކަތް ކުރުން ބޭނުންވަނީ. ކުރިނބީގަ މައްސަލައަކީ ކޮންމެމީހަކުވެސް ރަށައްވުރެ ބޮޑައް ޕާޓީ ތަރައްގީ ކުރަން އުޅުން
ޢަލީ ޖިނާޙް ވިދާޅުވީ
ތާރީޚް:22/10/2012
އެކަކު އަނެކަކު ކުށްވެރިކުރުމުގެ ބަދަލުގައި މިކަން ވާނެގޮތަކާއި ދޭތެރޭ ވިސްނުމަކީ ވަރަށް މުޙިއްމުކަމެއް. ހުސް އަންގަ ތެޅުމަކުން ވާނެ ފައިދާ އެއް ނޯންނާނެ.
ބޭބީ ވިދާޅުވީ
ތާރީޚް:25/10/2012
ޗާޓުން ބޭރުން ކޮއްފައި ވާ ކަމެކޭ ބައެއް ކޮމެންޓް ތަކުގައި ބުނެފައި އެބަވޭ، އެއީ ތެދެއްކަމުގައި ވާނަމަ މިހާރު މި އޮތް ސަރުކާރާ މަސްވަރާކުރަމުން ގެންދާނީ ހަމައެކަނި މި ޕްރޮޖެކްޓް ނިންމުމަށް ކަމަކަށް ނުބެލެވޭ… މިފަދަ އެހެން ނުނިމި ހުރި މަސައްކަތްތައް ނިންމަން ޖެހުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ބެލެވޭ.