. ބޭންކް އޮފް މޯލްޑިވްސްގެ ޓްވިޓަރ އެކައުންޓް ތައާރަފް ކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ހެޑްއޮފީހުގައި ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތެއްގައި، ބޭންކްގެ ޕްރައޯރިޓީ ކަސްޓަމަރ އަދި ސޮނީ ހާޑްވެއަރގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ކަލީމް ތައާރަފް ކޮށްދެއްވި ބޭންކުގެ ޓްވިޓަރ އެކައުންޓަކީ bankofmaldives އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މަޢުލޫމާތު ދޭގޮތުގައި ޓްވިޓަރ އެކައުންޓް ތައާރަފް ކުރުމުގެ މަގްސަދަކީ ސޯޝަލް މީޑިޔާ މެދުވެރިކޮށް މައުލޫމާތު ހިއްސާކޮށް، ބޭންކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ކަސްޓަމަރުންގެ ޚިޔާލުހޯދައި ކަސްޓަމަރުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
ޓްވިޓަރ އެކައުންޓްގެ އިތުރުން މިދިޔަ އޮގަސްޓްމަހު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ފޭސްބުކް ޕޭޖްވެސް ތައާރަފް ކޮށްފައެވެ.

ޕްރޯ އެކްޓިވް މޯޑު ވިދާޅުވީ
ތާރީޚް:22/10/2012
ޓްވިޓަރ އެކައުންޓު ދޯ އަދިވެސް ހުޅުވަންވީ… މިތަނަށް އޭޓީއެމް ގަނޑެއް ނޫން ހޯދަންވީ!
jenee ވިދާޅުވީ
ތާރީޚް:23/10/2012
އާނ ދޯ މިހާރު އޭޓީއެމް ގަނޑު ހަލާކުވެފަ ހުންނަތާ ކޮންދުވަހެއް އަދިވެސް މޮޅެތި އެއްޗެހި ތާރަފް ކުރޭ