. ކުޅުދުއްފުއްޓަކީ މާލެއިން އުތުރުގެ އެންމެ އާބާދީ ބޮޑު ރަށެވެ. އުމްރާނީ ގޮތުން ތަރައްގީވެ ތަފާތު ގިނަ ވަސީލަތްތަކާއި ޚިދުމަތްތަކެއް ކުޅުދުއްފުށިން ލިބެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ކުޅުދުއްފުއްޓަށް ޒިޔާރަތްވެސް ކުރެއެވެ. ކުޅުދުއްފުށީގެ މީހުންނާއި ކުޅުދުއްފުށިން ޚިދުމަތްތައް ހޯދުމަށް އަންނަ ގިނަ ބަޔަކު އެ ޚިދުމަތެއްގެ ބޭނުން ހިފާ އެއް ޚިދުމަތަކީ ބޭންކާއި އޭޓީއެމްގެ ޚިދުމަތެވެ. ނަމަވެސް ކުޅުދުއްފުށި ފަދަ އާބާދީ ބޮޑު އަދި ގިނަބަޔަކު ޒިޔާރަތްކުރާ ރަށެއްގައި އެންމެ އޭޓީއެމް އެއް ހުރުމަކީ ރައްޔިތުން ކުރަމުން އަންނަ ޝަކުވާއެކެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން ކުޅުދުއްފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުޅިވިގެން ދިއުމުން ކުޅުދުއްފުއްޓާއި ސަރަހައްދުގެ ގިނަ ބަޔަކަށް އެކަމުގެ ފައިދާ ކުރަން ފެށިއެވެ. އަދި އޭގެ ފަހުން އާއިމާރާތެއްގައި ބޭންކްގެ ޚިދުމަތް ދޭން ފެށުމުން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދިޔައެވެ. އަދި ބޭންކުން ކޭޝްކާޑް ގެ ޚިދުމަތް ދޭން ފެށިތާ ދެތިން އަހަރު ފަހުން ކުޅުދުއްފުށީގައި ވެސް އޭޓީއެމް މެޝިނެއް ބަހައްޓައި އެޚިދުމަތް ދޭން ފެށުމަކީ ވެސް އެތައްބަޔަކު އެކަމަށް ޝުކުރު ކުރި ކަމެކެވެ.
ނަމަވެސް ބޭންކްގެ ޚިދުމަތްތައް ބޭނުން ކުރާމީހުން ގިނަވެ، އަދި ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ މީހުން އިތުރު ވުމުގެ ސަބަބުން އޭޓީއެމް އަށް ވެސް ވަނީ ބާރު ބޮޑުވާ ގޮތްވެފައި އެވެ. ހާއްސަކޮށް ކުޅުދުއްފުއްޓަށް އެންމެ ގިނައިން މީހުން އަންނަ ހޮނިހިރު ދުވަސްތަކުގައި އޭޓީއެމްގެ ދޮށުގައި ހެދޭ ކިއުއަކީ ދިގު ކިއޫ އެކެވެ. ހަމައެހެންމެ މަސް ފެށޭދުވަސްކޮޅު އޭޓީއެމްގެ ކައިރިން ޖާގައެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ.
“އަސްލު އެންމެ އޭޓީއެމްއަކީ މިވަރުގެ ބޮޑު ރަށަކަށް ފުދޭ ވަރެއް ނޫން. އޭޓީއެމް ކިއޫ ވަރަށް ބޮޑު.” ކުޅުދުއްފުށީގެ އޮފީހެއްގައި މަސައްކަތް ކުރާ ޒުވާނަކު ބުންޏެވެ.
އެންމެ އޭޓީއެމްއެއް ހުރުމުގެ ސަބަބުން ދަތިވުމުގެ އިތުރުން އޭޓީއެމް ހުންނަ ސަރަހައްދަކީ ވެސް ކުޅުދުއްފުއްޓަށް އަންނަ ބައެއް މީހުންގެ ނަޒަރުގައި އެންމެ އެކަށީގެންވާ ތަނެއް ނޫނެވެ. ކުޅުދުއްފުއްޓަށް އަންނަ މީހުންގެ ތެރެއިން ހޮސްޕިޓަލްގެ ޚިދުމަތް ހޯދަން އަންނަ މީހުންނާއި ވިޔަފާރީގެ ބޭނުންތަކަށް އަންނަ ގިނަ ބަޔަކު ބަނދަރު މަތިން ޚިދުމަތްތައް ހޯދާއިރު، ފައިސާ ނެގުމަށްޓަކައި އޭޓީއެމްއަށް ދުރުހިސާބަކަށް ހިނގާފައި ދާންޖެހުމަކީ އެމީހުންގެ ޝަކުވާއެކެވެ.
“އަޅުގަނޑުމެން ކުޅުދުއްފުއްޓަށް އައިސް ބަނދަރު މަތިން ގިނަ ހިދުމަތްތަކެއް އެބަހޯދަން. އަދި ހޮސްޕިޓަލް ވެސް މިހުންނަނީ މިސަރަހައްދުގައި. އެހެންވީމާ އޭޓީއެމް އަށް ލާރި ނަގަން ހިނގާފައި އެއޮއްދުރަށް ދިއުމަކީ ފަސޭހަކަމެއް ނޫން.” ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށްފަހު ނުކުތް ނޮޅިވަރަމްގެ މީހަކު އޭޓީއެމް ޚިދުމަތާ ބެހޭގޮތުން ބުންޏެވެ.
އެންމެ އޭޓީއެމް އެއް ހުރުމުގެ ސަބަބުން އޭޓީއެމްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިއްޖެ ނަމަ ރައްޔިތުންނަށް ތަފާތު ދަތިތައް ވެއެވެ. އަދި ފަހަކަށް އައިސް ޚިދުމަތް ކެނޑޭ ވަގުތުތައް ގިނަ ވެފައި ވުމުން އެހެން އޭޓީއެމް އެއް ހުރުމުގެ މުހިއްމުކަން ވަނީ އިތުރު ވެފައި އެވެ.
ކުޅުދުއްފުށީގައި އޭޓީއެމްގެ ޚިދުމަތް ލިބެން ހުރުމަކީ ކުޅުދުއްފުށީގެ ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުން އުފާކުރާ ކަމެކެވެ. ނަމަވެސް މިހާރު މިވަނީ އެންމެ އޭޓީއެމްއެއްގެ ބަދަލުގައި، އަދި އިތުރު އެހެން އޭޓީއެމްއެއް ބޭނުންވެފައި އެވެ.

ހިންދު ވިދާޅުވީ
ތާރީޚް:22/10/2012
މިގޮތަށް ރަށުގައިހުރި އިޖްތިމާއި ޚަބަރުތައް ގެނެސްދެއްވުމަށް ކުރައްވާ މަސައްކަތަށް ހަމަ އައްސަރިބަހާއި ސާބަސް / ދެން ވިސްނަންވީ ކަމަކީ ބީ.އެމް.އެލް ކުޅުދުއްފުށީ ބްރާންޗް މިމައްސަލައަށް އެއްވެސް ހައްލެއްގެނައުމަށް އެއްވެސް މަސައްކަތެއް މައިބްރާންޗްގައި ދަންނަވައިގެން ކޮށްފައިވޭތޯ، އެމީހުން އެކަން ނުކޮށް އޮވެއްޖެނަމަ އެއީ އެމީހުން ފެއިލަރ އެއް އެހެންވެ މިބުނަނީ މިފަދަ މުއައްސަާތަކުން ރަށާއި އަތޮޅުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ އަގުވަޒަން ކުރާނީ ރައްޔިތުން އިމާރާތް ރީތިވެފައި ފިނިކޮށްފައިހުއްޓކަސް ނުވާނެ، އެއަކަށް ނުކިޔާނެ ތަރައްޤީއެކޭ. އެއަށް ކިޔާނީ ދެއްކުން ތެރިކަން ކުޅުދުއްފުށިގެ ޖީލްއަކީ ބިނާކުރުނިވި ޒިންމާދާރު މަސައްކަތްތަކެއް ކުރަމުން އަންނަ ޖީލަކަށް ހެދުމަށް ޓަކައި މިއަދު ކުުދުއްފުސީގެ ޒުވާނުންނާއި ހަރުމީހުން ގުޅިގެން ޕްރޮގްރާމްތަކެއް ރާވާހިންގުމަށް ގޮވާލަން
ހަސަން ވިދާޅުވީ
ތާރީޚް:22/10/2012
މިހާރު އޭޓީއެމް މެޝިނުހުރީ ހަލާކުވެފައި. ނަމަވެސް ކައުންޓަރުން ކާޑަށް އެބަ ފައިސާދޫކުރޭ.
ދެކުނު ދަރި ވިދާޅުވީ
ތާރީޚް:22/10/2012
ޝަމްލާ ކުރަމުން ތިޔަގެންދާ ބުރަ މަސައްކަތައް އައްސަރިބަހާ ސާބަސް ދަންނަވަން….
މިރިޕޯޓްގައި ކުޅުދުއްފުށީގައި ހުންނަ ބީ.އެމް.އެލް ގެ ބަހެއްވެސް ހިމަނާލާފައި އިންނަމަ ވަރަށް ފުރިހަމަވީސް. އެމީހުން އިތުރު އޭ.ޓީ.އެމް މެޝިނެއް ބެހެއްޓުމަށް މަސައްކަތްކުރޭތޯއާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުން ގެންދަނީ ކޮންކޮން މަސައްކަތްތަކެއްކަން ހިމަނާލުން މުޙިއްމު ކަމުގައި ދެކެން.
ދެން ބުނެލަންއޮތީ ރަށުގެ މިފަދަ ކަންތައްތައް ހައްލުކުރުމަށް ރަށުކައުންސިލުން ކިހާވަރަކަށް މަސައްކަތް ކުރޭބާވައޭ. ކައުންސިލްގައި އެތިބީ ރައްޔިތުންގެ މަންދޫބުން.. ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެފަދަ ފަރާތްތަކާ ކައުންސިލުން އިސްނަގައިގެން ރަސްމީ ސިފައެއްގައި ކޮށްފިނަމަ މާފަސޭހައިން އޮމާންކަމާއިއެކު އެކަމެއްވާނެ ކަމުގައި ދެކެން..
މި ސައިޓްގެ ކިޔުންތެރިންނަށާ އެންމެހާ މުސްލިމުންނަށް ޢީދު މުބާރިކް……..
ކައިރިން ދެކުންމީހަ ވިދާޅުވީ
ތާރީޚް:22/10/2012
ކުޅުދުއްފުށީ ކައުންސިލްގެ ވާހަކަ ހެޔޮވާނީ އިރުއަލިކަންވާ ހިސާބުގައި ނުދެއްކިއްޔާ އެމީހުން ބަލަނީ އަބަދުވެސް އެމްޑީޕީ ޕާޓީގެ ކަންތައް ކުރިއަށް ގެންދެވޭތޯ ގެވަޅުނުލިބިގެން ޒުވާނުގަނޑު ދުވާއިރުވެސް ޕާޓީގެ ހަރަކާތް ހިންގަން ބިންތަށްވެސް ހިތުހުރިގޮތަކަށް ހަޑިފާރޫގުމެންދެމުންދާތަން ރަށުގެ ތަރައްގީއަށް އެއްވެސް ކަމެއްކުރާ ބައެއްނޫން ތިޔައީ ތިބުނާ ކައުންސިލެއް ސަމްލާ އެއްގޮތަކަށްވެސް ތިމީހުން ކައިރީގައި އަހައިގެން އެއްޗެއް އޮޅުމަކުން ނުފިލާނޭ ތިކައުންސިލަކީ ތިމާމަތިން ފައިބަފައި ތިބި ކައުންސިލް މެމްބަރުން
ޝަހީދު ހުސެއިން އާދަމް ގެ ރޫހު ވިދާޅުވީ
ތާރީޚް:22/10/2012
ކައުންސިލަށް ތި ލޮބުވެތި ރައްޔިތުން ހޮއްވަވާފައިވާ ތިއްބެވި އިއްޒަތްތެރި ލޮބުވެތި މީހުންމަރާ ޕާރޓީއަށް ނިސްބަތްވާ ކައުންސިލަރުންނަކީ އަލިފުބާ ވަކިކުރަން ނޭނގޭ ކައުންސިލަރުންކަމަށް މައުލޫމާތު ލިބޭ އަދި އެީހުންނަކީ އެޕާރޓީއާއި ގުޅިގެން އުތުރުގައި ވަރަށް ފުޅާދާއިރާއަކަށް މަސްތުވާތަކެތި ފެތުރުމުގައި ހަރަކާތްތެރިވާ ބައެއްކަން ފާހަގަކުރެވޭ.
ހާޝިމް ގެ ބަފާކަލޭގެ ވިދާޅުވީ
ތާރީޚް:22/10/2012
ވަރަށްފުރިހަމަ ލިޔުމެއް’ ބޭންކް އޮފް މޯލްޑިވްސް ކުޅުދުއްފުށި ބުރާންޗުން ރައްޔިތުންނަށް ފަސޭހަވާ އެއްވެސް ކަމެއްކުރާތަނެއްނުފެނޭ ކިތަންމެ މީހުނެއް ކިޔުގައި ތިއްބަސް 1 ކަުންޓަރުން ޚިދުމަތް ދީފާނެ، ހީވާނީ އަތުގަ ބަނބުކެޔޮކިރު ހާކައިން އުޅޭންހް އެހާތަރަވާނެ އަނެއްކާ ތި އޭޓީއެމް މެޝިން ދުވާލަކު ފަސްދޮޅަސް ފަހަރު މައްސަލަޖެހޭ ކަސްޓަމަރުން ގިނަވެ ދޭންޖެހޭ ޚިދުމަތްތަށް ގިނަވިވަރަކަށް ބޭންކްވެސް ޖެހޭނެ އެކަމަށް ތައްޔާރުވެ ރައްޔިތުންނަށް އެންމެ އެދެވޭޚިދުމަތް ތަކެއްދެވޭތޯބަލަން މިމީހުން ހަމަ މިކަން ފަށައިގަތް އިރެކޭ މިހާރެކޭ ތަފާތެއްނެތް
ހާޝިމް ގެ ދޮންއަމާ ވިދާޅުވީ
ތާރީޚް:22/10/2012
ތިއޭޓީއެމް ބަހައްޓާފަހުންނަ ތަނަށް ބޯކޮށްޕާލަން ނުކެރޭ ބައެއްފަހަރު އެތާތިބޭ ވޮޗަރުން ގައިންދުވާވަހުންނާއި އެމީހުން ބޯ ސިންގިރޭޓް ކުނިވަހުން