ހިލޭގުޅާލުމާއި އެސްއެމްއެސް ކުރުމާއި އިންޓަރނެޓްގެ ޚިދުމަތް އެއް ޕެކޭޖަކުން ލިބޭ ޚިދުމަތެއް ވަތަނިއްޔާއިން ތައާރަފްކޮށްފި


ޝަމްލާ އިބްރާހިމް

ހިލޭގުޅާލުމާއި އެސްއެމްއެސް ކުރުމާއި އިންޓަރނެޓްގެ ޚިދުމަތް އެއް ޕެކޭޖަކުން ލިބޭ ޚިދުމަތެއް ވަތަނިއްޔާއިން ތައާރަފްކޮށްފި
.

އެންމެ 20 ރުފިޔާ އަށް ހިލޭގުޅާލުމާއި އެސްއެމްއެސް ކުރުމާއި އިންޓަރނެޓްގެ ޚިދުމަތް އެއް ޕެކޭޖަކުން ލިބޭ ޚާއްސަ ޚިދުމަތެއް ވަތަނިއްޔާއިން ތައާރަފް ކޮށްފިއެވެ.

ވަތަނިއްޔާގެ ހެޑް އޮފީހުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޚާއްސަ ހަފްލާއެއްގައި ވަތަނިއްޔާއިން ވަނީ “ލިވް އަންލިމިޓެޑް” އަށް އިތުރު ދެ ޕެކޭޖެއް ތައާރަފްކޮށްފައެވެ. މިޕެކޭޖްގައި ހިލޭގުޅާލުމާއި އެސްއެމްއެސް ކުރުމާއި އިންޓަރނެޓްގެ ޚިދުމަތް ވެސް ހިމެނެއެވެ.

“ޑެއިލީ އަންލިމިޓެޑް 20″ ޕެކޭޖްގައި މުޅި ދުވަހު ހިލޭ ގުޅާލެވުމާއިއެކު ހިލޭ އެސްއެމްއެސް ކުރެވި 100 މެގަބައިޓް ޑޭޓާ ލިބިގެންދާނެއެވެ. އަދި “ވީކްލީ އަންލިމިޓެޑް 139″ ގައި މުޅިހަފްތާ ހިލޭ ގުޅާލެވުމާއެކު ހިލޭ އެސްއެމްއެސް ކުރެވި 700 މެގަބައިޓް ލިބިގެންދާނެއެވެ.

މިޕެކޭޖްތައް ފަސޭހަކަމާއެކު އެކްޓިވޭޓްކުރެވޭނެ ގޮތްތަކެއްވެސް ވަތަނިއްޔާއިން ވަނީ ތައާރަފް ކޮށްފައެވެ. މިގޮތުން “ލިވް އަންލިމިޓެޑް” އެކްޓިވޭޓް ކުރެއްވުމަށް ރިޗަރޖް ކާޑެއް ބޭނުންކުރެވޭނެއެވެ. އަދި ރާސްޓަސް މެދުވެރިކޮށްވެސް މި ޚިދުމަތް އެކްޓިވޭޓް ކުރެއްވޭނެއެވެ. މީގެ އިތުރުން “ލިވް އަންލިމިޓެޑް” ކީވޯޑް 1111 އަށް 20 ޖައްސަވާފައި އެސްއެމްއެސް އެއް ކުރެއްވުމުންވެސް މި ޕެކޭޖް އެކްޓިވޭޓް ކުރެއްވޭނެއެވެ.

މިއީ ރާއްޖޭގައި ފޯނުކުރުމާއި އެސްއެމްއެސް ކުރުމާއި އިންޓަރނެޓްގެ ޚިދުމަތް އެއްޕެކޭޖަކުން ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.




‮ ‬2‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހާޝިމް ގެ ދޮންއަމާ‮ ‬ވިދާޅުވީ


    ތާރީޚް:24/10/2012

    ވަތަނިއްޔާ ހަބޭސް

  2. ޗެލާ ޕިޔާ‮ ‬ވިދާޅުވީ


    ތާރީޚް:24/10/2012

    އަނެއް އޮޕަރޭޓަރ ގެ މީހުން މާގިނަ.. އެ އޮޕަރޭޓަރަށް ހިލޭ އެއް ނުގުޅޭ.. އެހެން ވެއްޖިއްޔާ 10 ވަރަކަށް ރުފިޔާ އިތުރަށް އެބަދޭ… މަހެއްގެ މައްޗަށް ކަލްކިއުލޭޓް ކޮށްލާއިރު 900 ވަރަކަށް ރުފިޔާ ބިލަށް.. ކަޑަ..! ދިރާގު ބެސްޓް ފުރެންޑް ޕްލޭން މާ ރަނގަޅު އަސްލު…

ޚިޔާލު ފާޅުކުރައްވާ