.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަނބިކަނބަލުން ލައިލާ އަލީ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.
މިއަހަރުގެ އަޟްހާ އީދު ކުޅުދުއްފުށީގައި ހޭދަކުރެއްވުމަށް ރައީސް ނަޝީދު މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ހދ. އަތޮޅު ކައުންސިލްގެ ރައީސާއި ރަށު ކައުންސިލްގެ ބައެއް މެމްބަރުންނެވެ. އަދި އެމްޑީޕީ އަށް ތާއީދު ކުރާ މީހުންވެސް ވަނީ ކުޅުދުއްފުށީ ލޯކަލް ބަނދަރަށް ގޮސް އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. ކުރީގެ ރައީސް ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީގެ އުތުރު ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު، އަބްދުލް ގަފޫރު މޫސާ ވެސް ކުޅުދުއްފުއްޓަށް ވަޑައިގަތެވެ.
އީދުގެ 3 ދުވަސް ރައީސް ނަޝީދު ކުޅުދުއްފުށީގައި މަޑުކުރައްވަން ހަމަޖެހިފައި ވާއިރު މާދަމާގެ އީދު ނަމާދު އެމަނިކުފާނު ކުރައްވަން ނިންމަވާފައިވަނީ ކުޅުދުއްފުށީ ހުކުރު މިސްކިތުގައެވެ. އަދި ނަމާދަށް ފަހު އީދު ސަލާންކުރުން މިސްކިތުގައި އޮންނާނެ އެވެ. ހުކުރު މިސްކިތުގައި މާދަމާ ކުރެވޭ އީދު ނަމާދު ރާއްޖެ ޓީވީން ވަގުތުން ދުރަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފީއިލޮށި ވިދާޅުވީ
ތާރީޚް:25/10/2012
ކުރީގެ ރައީސް (އަންނި) ވެރިކަމުގައިހުންނެވިއިރު ކީއްވެބާ އީދުސަލާމް ކުރައްވަން ވަޑައިނުގެންނެވީ؟ ކެމްޕެއިން ކުރައްވަންވީމައި އީދުސަލާމް. އިސްތިއުފާދެއްވި ރައީސް ނޫންތޯ މައުމޫން އީދުސަލާމް ކުރައްވާތީ އެކަމަށް ހަޖޫޖަހާ މިސްކިތް ސިޔާސީ ބޭނުމަށް ބޭނުންކުރާކަމަށް ވިދާޅުވަމުން ގެންދެވީ. ވެރިކަން ލިބުނީމައި މަގޭ ޕާޓީ. އެއްވެސް ބޭފުޅަކު އިސްތިއުފާދެއްވި ރައީސާއި ނުރުހުންވި ނަމަވެސް މިސްކިތުގައި ޖަދަލުކޮށް ހަމަނުޖެހުމަކަށް ފުރުޞަތު ނުދިނުން އެދެން. މިސްކިތަކީ ސިޔާސީ ހަރުގެއަކަށް އެއްވެސް ބޭފުޅަކު ނުހައްދަވާތި. ހިތްހަމަ ނުޖެހޭނަމަ ނަމާދުކޮށް ނިމިގެން އަވަހަށް މިސްކިތުންބޭރަށް ވަޑައިގަންނަވާނީ. ކިތަންމެ ނުރުހޭ މީހަކުވެސް ސަލާމްކޮށްފިނަމަ އިޖާބަދިނުމަކީ ރިވެތި ސިފައެއް.
ހާޝިމް ވިދާޅުވީ
ތާރީޚް:26/10/2012
ރައީސް ނަޝީދު ކުޅުދުއްފުށީގައި ޢީދު ހޭދަކުރެއްވުމަކީ، ކުޅުދުއްފުށީގެ ރައްޔިތުން އެކަންޏެއް ނޫން، މުޅި ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. ރައީސް ނަޝީދަކީ ދިވެހި ތާރީޚުގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ އިތުރުން، ޓައިމް މެގެޒިންގެ 2009 ވަނަ އަހަރުގެ “ހީރޯ އޮފް ދަ އެންވައިރެމެންޓް” ގެ ޝަރަފުވެރިޔާ. އަދި ހަމަ އެހެންމެ، އދ. ގެ 2010 ވަނަ އަހަރުގެ “ޗެމްޕިއަން އޮފް އަރތް”. އަދި ހަމައެހެންމެ، ނިއުސްވީކްގެ “ވޯލްޑްސް 10 ބެސްޓް ލީޑަރސް” ގައި ވެސް ހިމެނިވަޑައިގެންފައިވާ ބޭފުޅެއް. މި ރާއްޖެ ދުށް ޒަމާނީ ޑިމޮކްރެސީއާއި، ތަރައްޤީއާއި ތަހުޒީބުގެ ބައްޕަ. އަދި މިއަށްވުރެ ވެސް އިތުރަށް، މި ރާއްޖޭގައި ދީނީ ޢިލްމުވެރިންނަށް އެންމެ ފުޅާ ދާއިރާގައި އެ ބޭފުޅުންގެ މަސައްކަތްޕުޅަށް މަގުފަހިކޮށްދެއްވި ބާނީ ވެސް މެ. ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކު ވެސް އެދެނީ، އެ މީހުންނާއެކު ރައީސް ނަޝީދު ހުންނެވުމަށް. އެކަމަކު، މި ޢީދު ދެ ޢީދަށް ވެގެން އެބަދޭ ކުޅުދުއްފުށްޓާއި މަތިއުތުރަށް އެ ބޭފުޅާ ޢީދު އަޅުގަނޑުމެންނާއެކު ހޭދަކުރެއްވުމުން.
ހާޝިމް ގެ ދޮންއަމާ ވިދާޅުވީ
ތާރީޚް:26/10/2012
ހާޝިމް އަދި އިތުރުކޮށްލާ ވެރިކަންކުރަން ކުރަންނޭނގިގެން އިސްތިފާދެއްވި ހަމައެކަނި ރައީސް ވެލާނާގެއިން ވައްކަންކުރި ރައީސް ދިވެހިންގެ އަގުބޮޑެތި ތަރިކަ ނުއަގުގައި ވިއްކާހުސްކުރި ރައީސް ފާޅުގައި މަސްތުވާކަކެތި ބޯންޖެހޭނެކަމަށް ވިދާޅުވި ރައީސް ސްޕަރީމްކޯޓުގައި ތަޅުއެޅުވި ރައީސް ޕާޓީމީހަކުނޫންމީހަކު ކަމަކުބުނެފިއްޔާ ތިމާގެހުރި ނުލަފާކަން ދައްކާލާނަމޭބުނި ރައީސް ބޭރުގައުމަކަށްގޮސް ސޫލާސިރާ ހިއްޕެވި ރައީސް މުލިޔާ ގޭގައި ރާފޮދު ހިއްޕެވި ރައީސް ދިވެހިގައުމު އިނދަޖައްސާލުމަށް ފާޅުގައި ރާއްޖޭގެ ރިސޯޓްތަށް ބޮއިކަޓް ކުރުމަށް ގޮވާލެއްވި ރައިސް ރަށްރަށުގައިހުރި ޕޮލިސްޓޭޝަންތަކާއި ކޯޓްތަކުގައި ހުޅުޖެއްސެވި ރައީސް ދިވެހިން އެއްބަޔަކު އަނެއްބަޔަކާއި ފިތުނަ ކުރެއްވި ފިތުނަ ރައީސް އަދިވެސް އަދިވެސް މިފަދަ ރައީސަކާއެކު އަޟްހާޢީދުގެ އުފާ ހާސިލް ކުރެވިދާނެކަމާއިމެދު ސުވާލު އުފެދޭ
ހާޝިމް ވިދާޅުވީ
ތާރީޚް:26/10/2012
“ހާޝިމްގެ ދޮން އަމާ” ގެ ނަމުގައި ކޮމެންޓްކުރައްވާ ބޭފުޅާއަށް.
ތިޔަ ބޭފުޅާގެ ޖާހިލުކަމާއި ނާތަހުޒީބު ކަމާ މެދު ހައިރާންވެ އަންތަރީސް ވެއްޖެ. އިތުރަށް ބުނާނެ އެއްޗެއް ނެތް. ތިޔައީ ވެސް އިސްލާމެއް ކަމަށް ޤަބޫލުކުރާ ޙާލު، މި ދީނުގައި ވެސް ތިޔަ ޒާތުގެ ފިތުނަވެރި، ނުކިއްސަރު ދައްޖާލުން އުޅޭތީ ހިތާމަކުރަނީ ކޮޅުނެތްކޮލަށް. ތިޔަ ބޭފުޅާއަށ
ހާޝިމް ގެ ދޮންއަމާ ވިދާޅުވީ
ތާރީޚް:26/10/2012
ހާޝިމަކަށް ހަޖަމެއްނުކުރެވުނުދޯ ހެހެހެހެ މީހަމަ ހަޤީޤަތޭ ބަލަގަ މޮޔަޔާ
ހާޝިމް ވިދާޅުވީ
ތާރީޚް:26/10/2012
ނޫން. ތީކީ ޙަޤީޤަތެއް ނޫން، ދުނިޔެއަކީ ތިމާއާއި، ތިމާގެ ޖިފުޓިގަނޑާއި، ތިމާގެ ޖިފުޓިގަނޑާ ޖެހިގެން ހުންނަ ޖިފުޓިގަނޑު އެކަނި ކަމަށް ދެކޭ ބަޔަކަށް ތިއީ ޙަޤީޤަތަކަށް ވެދާނެ. މި ކައުނަކީ، ތިމާއަށް ފެންނަ އިރު ހަނދާއި، ތަރިތައް ކަމަށް ހީވާ ބަޔަކަށް ތިއީ ޙަޤީޤަތަކަށް ވެދާނެ. އެކަމަކު، މިއީ 6 ބިލިޔަނަށް ވުރެ ގިނަ މީހުން ތިބި، މާސިންގާ ދުނިޔެއެއް. މި ރާއްޖެއަކީ، ދިގު ތާރީޚެއް އޮތް ގައުމެއް. ބައެއް ރަޝިޔާ މީހުން ދެކެނީ، ދުނިޔޭގައި އޮންނަނީ ރަޝިޔާ އެކަނި ކަމަށް. ދުނިޔޭގައި އުޅެނީ ވެސް އެމީހުން އެކަނި ކަމަށް. އެ ނޫން ގައުމެއް، ބައެއް އުޅޭ ކަމެއް އެ މީހުންނަކަށް ނުވެސް އެނގޭ. މި ޒާތުގެ ޖާހިލުންނަށް ތިއީ ޙަޤީޤަތަށް ވެދާނެ.
މަރީ ވިދާޅުވީ
ތާރީޚް:26/10/2012
ހާޝިމް ވަރަށް ސަލާން ހާޝިމްގެ ނަޒަރިއްޔާތުގައި ރައީސް ނަސީދު އަކީ މަލާއިކަތެއްބާ؟؟؟؟؟؟
ހާޝިމް ވިދާޅުވީ
ތާރީޚް:26/10/2012
މަރީއެވެ.
ކަމަނާ އަދި މި ޒުވާބުގެ ތެރެއަށް ވަދެވަޑައިގަތުން ބުއްދިވެރިއެއް ނޫނެވެ. ކަމަނާގެ ގޭގައި، އަރާމުގައި އޮންނަވާށެވެ. މި ޢީދުގެ އުފަލުގައި ބައިވެރިވެ ވަޑައިގަންނަވާށެވެ. ބައެއް އިންސާނުންނަކީ ހަމަ އެކަނި ދުނިޔޭގައިވާ އޮކްސިޖަން ބޯން ދުނިޔެއަށް ފޮނުވާފައިވާ އިންސާނުން ކަމަށް އަޑުއަހަމެވެ. އެބައި މީހުންނަށް، ހެވެއް ނުބައެއް، ރަނގަޅެއް ނުރަނގަޅެއް، އެ ގަހު ކޭލެއް މި ގަހު ކޭލެއް ވަތްކެއް ނުވެއެވެ. އެ ކަންކަން ހޯދާން ވެސް އެމީހުން ބޭނުމެއް ނުވެއެވެ. އެހެންވީމާ، ކަމަނާ ހަމަ ރަނގަޅުވާނީ، ގޭގައި މަޑުމަޑުން އިންނެވިއްޔާއެވެ. މި ދައުލަތް ހިންގާ ގޮތާއި، ހިނގާ ގޮތް، ކަމަނާގެ ސިކުނޑިފުޅަށް މޭރުންވާނެ ކަމަކަށް ވެސް އަޅުގަނޑެއް ޤަބޫލެއް ނުކުރަމެވެ.
ވަރަށް ޝުކުރު.
Vathange Ley ވިދާޅުވީ
ތާރީޚް:27/10/2012
އަޅުގަނޑުމެން ކިތަންމެ ގަބޫލުކުރާހިތް ވިޔަސް އަދި ނުވިޔަސް ރައީސް ނަޝިދަކީ ރާއްޖެ ނުދެކޭފަދަ ކުޅަދާނަ ހިންގުންތެރި އަދި ރައްޔިތުންނަށް އޯގާވެރި ރައީސެއް! އެމަނިކުފާނު މިއަދު ވެރިކަމުގައި ހުރުމަށް ﷲ އިރާދަ ކުރެއްވެވިނަމަ، ކުޅުދުއްފުށްޓަކީ ރާއްޖޭގެ ތަރައްގީ އެއް ބަދަރުގެ އިތުރުން މުޅިދުނިޔޭގެ ކުރިމަތީގައި ކުޅުދުއްފުށީގެ އަގު އަރާގެން ދިއުމަށް މަގުފަހިވެގެންދާނޭ ޕްރޮޖެކްޓެއް ހިނަގާނެ ރަށަކަށް ވެގެން ދާނެކަމަށް އެއްވެސް ޝައްކެއް ނުކުރަމެވެ. އިރާދަ ކުރެއްވިއްޔާ އަދި އެމަނިކުފާނު މިގައުމުގެ ހުންގާނުގައި ހިފާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
މުޙައްމަދު ވިދާޅުވީ
ތާރީޚް:28/10/2012
މި ހާސިމް އަކީ ހާދަ މޮޅު މީހެކެވެ. މީނަ ހިތުން އިސްތިއުފާ ދިން ނަސީދު އަކީ މަލާއިކަތެއް. މި ބީތާ އަކަށް ނޭނގޭ ދޯ އަންނި އޭ ކިޔުނު މީހާ މި ގައުމަށް ގެނައި ނިކަމެތި ކަމެއް. އަހަރެން ކުޅުދުއްފުށި މީހަކަށް ވީތީ ލަދު ގަނޭ އޭނަ މިރަށަށް އައީމަ. ދެން އީދު މިރަށުގައި ފާހަގަ ކުރަން އައި މީހަކު އެހާ އަވަހަށް އެދިޔައީ ކީއްވެގެންބާއޭ ހިތަށް އަރާ. 2013 ގައި ވޯޓުގެ ނަތީޖާ ބަލަން މަ މިހުރީ. ދެން ހަޖަމްކޮށްލއިގެން ހުރޭ ގަންޖާބޯ
ހަސަން ވިދާޅުވީ
ތާރީޚް:28/10/2012
ފަހަރެއްގައިވެދާނެ ނަޝީދު ހީކުރީކަމަށް އޭނާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް. އެކަމަކު ކަންވީ އެހެނެއްނޫން. އޭނަޔާއިހެދި މީހުންނެއް ނޫޅުނު އެހާވަރަކުންނެއް.
ހާޝިމް ވިދާޅުވީ
ތާރީޚް:28/10/2012
މުޙައްމަދަށް އަދި ހަސަނަށް.
ޕޮއް.
ސަލާމް.