ކުޅުދުއްފުށީގައި ހުރި އޭޓީއެމް ހަލާކުވުމުގެ ސަބަބުން އެހެން އޭޓީއެމް އެއް މިއަދު ގެނެސްފި


އަބްދުލް ވާހިދު ޙަސަން

ކުޅުދުއްފުށީގައި ހުރި އޭޓީއެމް ހަލާކުވުމުގެ ސަބަބުން އެހެން އޭޓީއެމް އެއް މިއަދު ގެނެސްފި

.

ކުޅުދުއްފުށީގައި ބޭންކް އޮފް މޯލްޑިވްސް އިން ބަހައްޓާފައި ހުންނަ އޭޓީއެމް މައްސަލަ ޖެހި ހަލާކުވުމުގެ ސަބަބުން އެހެން ޢޭޓީއެމް އެއް މިއަދު ގެނެސްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ކުޅުދުއްފުށީ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރ ހަބީބާ އަލީ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި މި އޭޓީއެމް ގެނެސްފައިވަނީ މައްސަލަ ޖެހިފައިވާ އޭޓީއެމް މަރާމާތު ކުރުމަށް މަސައްކަތް ކުރުމަށްފަހު، މަރާމާތު ނުކުރެވޭ ފެންނާތީއެވެ. އަދި މިހާރު މި އޭޓީއެމް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މިރޭ ބޭނުން ކުރެވޭވަރު ވާނެކަމަށް ހަބީބާ ވިދާޅުވިއެވެ. ހަބީބާ އިތުރަށް ވިދާޅުވީ ދެމަސްދުވަހުގެ ތެރޭގައި އިތުރު އޭޓީއެމް އެއް ކުޅުދުއްފުއްޓަށް ލިބޭވަރުވާނޭކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކުރިން ބަހައްޓާފައިވާ އޭޓީއެމް ގައި މައްސަލަ ޖެހޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ވަރުވެ ހަލާކުވެފައި ވާތީ، ބޭންކުން ވަނީ ކާޑު ހިފައިގެން ކުޅުދުއްފުށީ ބްރާންޗަށް ދިއުމުން ފައިސާ ދޫކުރުމުގެ ޚިދުމަތް ދީފައެވެ.




‮ ‬5‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:26/10/2012

    ދުނިޔޭގައި އޭޓީއެމް މެޝިނެއްގެ ޚަބަރު ނޫސްތަކާއި، ޓީވީ، ރޭޑިއޯ ތަކަށް އަރާ ގައުމެއް، މި ރާއްޖެ ނޫނީ އަދި މިހާތަނަކަށް އަޅުގަނޑެއް ނުދެކެމެެވެ.

  2. ހަސަން‮ ‬ވިދާޅުވީ


    ތާރީޚް:27/10/2012

    ޙާޝިމު ނޫނަކަސް އަހަރެންވެސް ނުދެކެން. އެކަމަކު އެންމެ އޭޓީއެމް މެޝިނު ގަނޑެއް ހުރެ، އެ ލަގުޒަރީ ސާވިސްއަކަށްވެ، އެ ހަލާކުވީމާ މިހެންވެސް ވަނީ ތޯއްޗެ!

  3. ހަސަން‮ ‬ވިދާޅުވީ


    ތާރީޚް:27/10/2012

    ފަހަރެއްގައި ދޮންނަ މެޝިނާއި، ބަދީގޭގައި ގެންގުޅޭ އަވަން ގަނޑުގެ ވާހަކަވެސް ޚަބަރަކަށްވެދާނެ.

  4. އުމަރު‮ ‬ވިދާޅުވީ


    ތާރީޚް:27/10/2012

    އަހަރެން އަޑުއަހަން ކޮންމެ ވެސް ފިލްމެއްގައި އެފްރިކާ ގައުމެއްގެ މަތިން ބޯޓެއް ދަމުން ކޯކު ހުސްކުރި ދަޅެއް ވައްޓާލީމަ އެއީ މާ ހާއްސަ އެއްޗަކަށް ވެގެން އެގައުމުގެ މީހުން އުޅުނު ފިލްމެއްގެ ވާހަކަ. އެގައުމަށް އަލަށް ކޯކު ކޭހެއް ގެނެސްފިއްޔާ ވާނެ ހަމަ ފަލަ ސުރުހީއަށް އަރާ ވަރުގެ ހަބަރަކަށް.

  5. ކަތްދަ‮ ‬ވިދާޅުވީ


    ތާރީޚް:28/10/2012

    އޭޓީއެމް އަކަސް ދޮންނަމެޝިނަކަސް މިއޮއް ބޮޑު ރަށުގައި އެއްމެ އެއްޗެއް ހުރެ އޭގެ ބޭނުން ނުކުރެވެންޏާ އެންމެނަށް އެކަން އެނގެންވާނެކަމަށް އަޅުގަނޑު ދެކެން…

ޚިޔާލު ފާޅުކުރައްވާ