.
ކުޅުދުއްފުށީގައި ވަރަށް ފޯރިއާއެކު އީދު ކުޅިވަރުތައް ކުރިއަށް އެބަދެއެވެ.
މިގޮތުން އީދުކުޅިވަރުތައް ފެށިފައިވަނީ އީދު ވިލޭރޭ އޮތް ސްޓޭޖްޝޯއިންނެވެ. މި ޝޯގައި ހަރަކާތްތައް ހުށައަޅާފައިވަނީ ކުޅުދުއްފުށީގައި މިއުޒިކް ކުޅޭ ފަރާތްތަކާއި ޘަޤާފީ ކުޅިވަރުތައް ކުޅޭ ގްރޫޕްތަކެވެ. އީދުދުވަހުގެ އީދުނަމާދަށް ފަހު މިތުރު ކޮމްޕެނީގެ ފަރާތުން އުޟްހިޔާ ކަތިލުމުގެ ހަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ. މިގޮތުން 25 ބަކަރި ވަނީ އެދުވަހު ކަތިލާފައެވެ.
ރަށުގެ އެކި ހިސާބުތަކުގައި ޘަޤާފީ ދަނޑިޖެހުމާއި ދަފިނެގުމާއި ކުރުފަލި ޖެހުމުގެ ހަރަކާތް ތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެހެން ނަމަވެސް ފުރަތަމަ އީދު ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައި އޮތް ހިއްޗަށްވަޑައިގަތުން ވަނީ ވިއްސާރައިގެ ސަބަބުން މިއަދަށް ފަސްކުރެވިފައެވެ.
ދެވަނަ އީދުދުވަހުގެ ހަވީރު މަށިމާލި ޕެރޭޑް ވަނީ ވަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސްފައި އެވެ. މިއަދު ހަވީރު ކުޑަކުދިންގެ ސްޓޭޖް ޝޯ އެއް ކުރިއަށް ގެންދިޔުމަށް ހަމޖެހިފައިވާއިރު ހިއްކި ބިމުގެ ދެ ހިސާބުގައި އަޅާފައިވާ ދެ ސްޓޭޖްގެ ޝޯތަކަށް ވިއްސާރައިގެ އަސަރު ކޮށްފައިވި ނަމަވެސް ރައްޔިތުންގެ ފަރާތުން އެދެވޭ ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މިރޭ ދެކުނު އަވަށުގެ ސްޓޭޖްގައި ހަރުބީ ބޮޑުބެރު ގްރޫޕް ޝޯ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ހަވީރު ބޮޑުމަސް ބޭނުމާއި ދިރާގުން އިންތިޒާމް ކުރާ ކުޑަކުދިންގެ ހަވީރެއް ކުޅުދުއްފުށީ ގައި ހުންނަ ޔުނިވާސިޓީ ކެމްޕަހުގެ ހުޅަނގު ހިއްކި ސަރަހައްދުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި ދަމުހިނގުމުގެ ހަރަކާތްތައް މާދަމާރޭ ކުރިއަށްދާނެއެވެ.






mawi ވިދާޅުވީ
ތާރީޚް:28/10/2012
މިފަހަރުވެސް މަށިމާލި ޕެރޭޑްގަ އަންހެންހެދުންއަޅާއިގެން ތިބި ފިރިހެނުން ތިބިހެން ހީވީ ، އަނެއްކާ މީކުއްހީއަކަށް ވިއްޔާ ސޮރީ ، އެކަމަކު ރޯނުވަށަންތިބި މީހުންގެ އަތް ވަރަށް ފިރިހެން ވައްތަރު ވަރުގަދަ ، ހެހެ ދެތިކި ޕީ
ރަފީގް ވިދާޅުވީ
ތާރީޚް:28/10/2012
އުތުރުކޮޅު ސްޓޭޖްކާރި ފުރި ބާރުވެފަ، ލޮލް. ދެތިކި ޕީ