ވިއްސާރައިގެ ސަބަބުން މިރޭ ބާއްވަން ހަމަޖެހިފައިވާ ދަމުހިނގުމުގެ ކުޅިވަރު ކެންސަލްކޮށްފި


ޝަމްލާ އިބްރާހިމް

ވިއްސާރައިގެ ސަބަބުން މިރޭ ބާއްވަން ހަމަޖެހިފައިވާ ދަމުހިނގުމުގެ ކުޅިވަރު ކެންސަލްކޮށްފި

ވިއްސާރައިގެ ސަބަބުން މިރޭ ބާއްވަން ހަމަޖެހިފައިވާ ދަމުހިނގުމުގެ ކުޅިވަރު ކެންސަލްކޮށްފި އެވެ.

އީދު ކުޅިވަރު އިއްތިހާދުން މައުލޫމާތުދޭ ގޮތުގައި ދަމުހިނގުން ކެންސަލްކޮށްފައި މިވަނީ ކުޅުދުއްފުއްޓަށް މެދުނުކެނޑި ވާރެ ވެހެމުންދާތީ އެވެ.

ދަމުހިނގުމުގެ އިތުރުން އުތުރު އަވަށުން އިންތިޒާމް ކުރި ބޮޑުމަސް ބޭނުމުގެ ހަރަކާތްވެސް ވަނީ ކެންސަލްކޮށްފައެވެ. އަދި އިއްޔެ ބޭއްވުމަށް ކުރިން ހަމަޖެހި، ކެންސަލްވެފައިވާ ދިރާގު ކުޑަކުދިންގެ ހަވީރު އަންނަ ހުކުރު ދުވަހު މޫސުން ތަންދޭނަމަ ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ކެންސަލްކުރި ދަމުހިނގުމުގެ ކުޅިވަރު ދެން މިއަހަރަކު ނުބާއްވާނެ އެވެ.

ދަނމުހިނގުމަކީ ހަމައެކަނި ކުޅުދުއްފުއްޓަށް ހާއްސަ ޘަގާފީ ކުޅިވަރެކެވެ. ދަނމުހިނގުން ބާއްވަމުން އަންނަނީ ޢީދުގެ އެންމެ ފަހުގެ ކުޅިވަރެއްގެ ގޮތުގައި އެވެ.




ޚިޔާލު ފާޅުކުރައްވާ