މިއަހަރުގެ ތިންވަނަ ކުއާޓަރގައި އެމްޓީސީސީގެ ފައިދާ ދިޔައީ ދަށަށް


ބަދުރުއްދީން ޙަސަން

މިއަހަރުގެ ތިންވަނަ ކުއާޓަރގައި އެމްޓީސީސީގެ ފައިދާ ދިޔައީ ދަށަށް

ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކަށް މިއަހަރުގެ ތިންވަނަ ކުއާޓަރގައި ލިބުނު ފައިދާ އިތުރުވި އިރު، އެމްޓީސީސީގެ ފައިދާ ދަށަށް ހިނގަށްޖެއެވެ.

އެމްޓީސީސީ އިން އާއްމުކުރި ތިންވަނަ ކުއާޓަރގެ މާލީ ހިސާބުތަކުން ދައްކާގޮތުން އެކުންފުންޏަށް ތިންވަނަ ކުއާޓަރގައި ސާފު ފައިދާއަށް ޖެހިފައިވަނީ 3.88 މިލިޔަން ރުފިޔާއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރގައި އެކުންފުންޏަށް ވަނީ 4.23 މިލިޔަން ސާފު ފައިދާގެ ގޮތުގައި ލިބިފައެވެ. ތިންވަނަ ކުއާޓަރގައި އެކުންފުނީގެ އާމްދަނީއަކީ 153 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ތިން ކުއާޓަރ ނިމުނު އިރު އެމްޓީސީސީއިން ވަނީ 405 މިލިޔަން ރުފިޔާގެ ވިޔަފާރި ކޮށްފައެވެ. ހިންގުމުގެ ޚަރަދު އަދި ޓެކްސް އުނިކުރުމަށްފަހު ސާފު ފައިދާގެ ގޮތުގައި ރިޕޯޓް ކޮށްފައިވަނީ 10.4 މިލިޔަން ރުފިޔާ އެވެ.




‮ ‬1‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. މިސާލު‮ ‬ވިދާޅުވީ


    ތާރީޚް:02/11/2012

    މިއީ ދުވަހަކު ކަމެއްވާ ބައެއް ނޫން. ދުވަހަކު ފައިދާއެއް ވާ ކުންފުންޏެއް ނޫން. ހިއްސާދާރުން މިތިބީ ހުވަފެނުން ރިސޯޓްތައް ބަލަބަލައި، ބަނޑަށް ކުޅު ޖަހައިގެން.

ޚިޔާލު ފާޅުކުރައްވާ