Share

މީ، މައިސެލްފް އެންޑް އައި

މީ، މައިސެލްފް އެންޑް އައި
ފަންއަރި

ރައީސް މައުމޫނަށް ބިރުދައްކައި ދަތިކުރުމުގެ ޢަމަލުތަކެއް އެމްޑީޕީގެ ބައެއް މެންބަރުންނާއި މިހާރުގެ ސަރުކާރުގައި އުޅުއްވާ ބައެއް މިނިސްޓަރުން ހިންގެވިކަމަށް ވިދާޅުވެ، މިކަންކަން ހުއްޓުވުމަށް އިލްތިމާސްކުރައްވައި އެމަނިކުފާނު، ރައީސް ނަޝީދަށް ސިޓީ ފުޅެއް ފޮނުއްވި ވާހަކަ މީޑިއާގައި އެބަ ދެކެވެއެވެ. މި ސިޓީފުޅު ފޮނުވިކަމަށް ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މިޔާ ވިއްދައި، ރައީސް އޮފީހުގެ ޕްރެސް ސެކެއްޓެރީ، ޒުހައިރު ވިދާޅުވެފައި ވަނީ، މި ޢަމަލުތަކަކީ އެމްޑީޕީ ކުރުވިކަމެއް ނޫންކަމަށާ، މިކަމުގައި ބައިވެރިވި ސަރުކާރުގެ މިނިސްޓަރުން ވެސް ބައިވެރިވީ އެބޭފުޅުންގެ އަމިއްލަ ހައިސިއްޔަތުން ކަމުގައެވެ.

މިއީ ވަރަށް ރީތި މޮޅު ވާހަކަކޮޅެކެވެ. މިނިސްޓަރެކޭ ބުންޏަސް އެބޭފުޅަކު ނުރަސްމީކޮށް ކުރައްވާ އަމިއްލަ ކަންކަން ހުންނާނެއެވެ. މިސާލަކަށް އެބޭފުޅުން އެބޭފުޅުންގެ އަނބިދަރީންނާ އެކު ހޭދަކުރައްވާ ވަގުތުތަކުގައި ޢާއިލާ ކުރިމަތީ އެއީ މިނިސްޓަރުންނެއް ނޫނެވެ. އެވާނީ ބައްޕައަކަށް ނުވަތަ މަންމައަކަށް ނުވަތަ ފިރިމީހައަށް ނުވަތަ އަނބިމީހައަށެވެ.

ކަން މިހެން އޮތް އިރު، ތިމާއަށް ތިމާ ބޭނުންވާ ކޮންމެ ކަމެއް ވެސް “އަމިއްލަ ޙައިސިއްޔަތުން” ކުރެވިދާނެތާއެވެ.

ގާޒީއަކު ވެސް، އޭނާގެ އަމިއްލަ ހައިސިއްޔަތުން، ބަދުއަޚްލާޤީ ޢަމަލެއް ވެސް ހިންގަންވީއެވެ. އެއަށް ފަހު ބުނާނީ، ތިމަންނާ އެ ޢަމަލު ހިންގީ ގާޒީގެ ޙައިސިއްޔަތަކުން ނޫންކަމުގައެވެ. އަދި ކިޔެއްތަ ތިމަންނަ އެއިރު އެކަން ހިންގީ މުސްލިމެއްގެ ޙައިސިއްޔަތަކުން ވެސް ނޫނެވެ. ކޯޓުގައި އިންނަވާ އިރު ތިމަންނާއީ ގާޒީއެވެ.

ޓީޗަރުން ވެސް، ޓިއުޝަން ދިނުން މަނާ ކުއްޖަކަށް ބޮޑު އަގު ނަގައިގެން ޓިއުޝަން ދިނުމަކުން މައްސަލައެއް ނެތެވެ. އިސްކޫލުގެ ރަސްމީ ގަޑި ނިމުމުން އޭނާ އަމިއްލަ ޙައިސިއްޔަތުން ކުރާނެ ކަންތައް ކުރަންވީއެވެ. ޓިއުޝަން ދިނަސް ވަރިހަމައެވެ. އެކަން އޭނާ ކުރީ އެކުއްޖާގެ ކުލާސް ޓީޗަރުގެ ހައިސިއްޔަތަކުން ނޫނެވެ.

މިހެން ގޮސް އަމިއްލަ ހައިސިއްޔަތުން ކޮންމެ ކަމެއް ވެސް ކުރަންވީއެވެ. ރައީސް ނަޝީދު ވެސް އަމިއްލަ ހައިސިއްޔަތުން މަގުމައްޗަށް ނިކުންނަވައި، އާދައިގެ އެހެނިހެން ވެސް މީހަކު ކޮށްލާ ކަހަލަ “ލާނެތް” ކަމެއް ކޮށްލަންވީއެވެ. އަނެއްދުވަހު ރަސްމީ ގަޑީގައި އެއީ ރައީސުލްޖުމުހޫރިއްޔާއެވެ.

އަނގައެއް އޮތިއްޔާ ކިޔާނެ ކިތައްމެ އެއްޗެއް ހުންނާނެތާއެވެ. ޕްރެސް ސެކެއްޓެރީގެ ވެސް އަނގަފުޅެއް އޮންނަންޏާއެވެ. އެކަމަކު އަޑު އަހާ މީހުންނަށް އެ ދައްކަވާ ވާހަކަ ގަބޫލުކުރުމާ ނުކުރުމުގެ “އަމިއްލަ ހައިސިއްޔަތެއް” ވެސް އޮވެއެވެ.

‮ ‬58‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. DOg‮ ‬ވިދާޅުވީ


    ތާރީޚް:23/05/2009

    ވަރަށް ފުރިހަމަ، ތައުރީފް ހައްގު! މިއީ ފަހެ ގައުމެއްގެ ވެރިއެއްތަ ނޫނީ ގްރޫޕެއްގެ ވެރިއްތަ، އަޅުގަނޑަށް އޮޅިއްޖެ. މީނާ އަކަށް ނޯވޭ ގާނޫނެއް ގަވާއިދެއް އުޅޭނެ ގޮތަކަށް އުޅެފަ ބުނާނެ އެއްޗެއް ބުނީމަ ނިމުނީ. އަޅެފަހެ އެހެންނޭނުން މިބުނެވެނީ ކޮންމެ ވަޒީފާއެއްގައިވެސް ހުރޭ އެމީހާ އެވަޒީފާގައި އުޅޭ ހިނދުކުރެވޭ ނުކުރެވޭ ކަންތައްތަކެއް ބަޔާންކޮށްފައި މިހާރު މިވާގޮތުން ކޮންމެ މީހަކުވެސް ރަސްމީ ގަޑީގައި ނޫނިއްޔާ އެގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ އަމަލުކުރާކަށް ނުޖެހޭ، ދެން ކިޔައްވެބާ ސިވިސާރވިސް މީހުން ކެމްޕޭންކުރަނީ އޭ މިކިޔަނީ އެމީހުންނަށްވެސް ރަސްމީ ގަޑި ނިމުނީމާ އަމިއްލަ ހައިސިއްޔަތުން އެކަންކުރެވެން ވާނެ ނޫންބާ، ސިފައިންނާއި ފުލުހުންނަށް އަމިއްލަ ހައިސިއްޔަތުން ޓެކްސީކޮށް ކޮންޓްރެކްޓް މަސައްކަތްވެސް ކުރެވެންވާނެ ނޫންތޯ، އެކަމަކު މިނިސްޓަރަކަށް ނުވާތީ އަރިސް ބޭފުޅަކަށް ނުވާތީ މިއިންކަމެއް ކޮށްފިނަމަ އެމީހާގެ އަމިއްލަ ހައިސިއްޔަތެއް ނޯވޭ، ދެރައީ މިމީހުންނާ ހެދި މަރުދޭ ބަޔަކު މިގައުމުގައި ތިބެގެން ގައުމު އިތުރަށް ހަލާކުކުރަމުން ގެންދިޔަދޭތީ. މައުމޫނަށް 30 ވެރިކަންކުރެވުނޭ ކިޔާފަ އެތަނަށް ކޮންމެވެސް މީހަކު ލާންވެގެން ނާސިރާ ނުލީ ކީއްވެބާ، އެމަންޖެވެސް މިއަށްވުރެ ރަނގަޅުވީސް ތަންދޮރުވެސް އެނގުނީ ހަމައެކަނި މައްސަލައަކަށް ވީޔަސްވާނިކަމަކީ ގައުމުން އެއާރ ފްރެސްނާ ހުސްވުން. ދެން މިނޫން ގޮތެއް ހަމަ ނެތީތަ،

  2. ދޮންބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:23/05/2009

    ހުރިހާ ކުދިންގެ ސަމާލުކަމަށް!
    ދޮންބޭބެ މި އުޅެނީ ވަރަށް ވަރުގަދަ ދަތުރަކު ނައްޓާލަން. އެހެންވީމަ މި ދުވަސްކޮޅު ވަރަށް ނުފެންނާނެ. އާއްސަ އަލުން ބައްދަލުވާނެ އިރާދަކުރެއްވިއްޔާ. މިހެން ބުންޏަސް އަމިއްލަ ހައިސިއްޔަތުން ފަހަރެއްގަ ކޮމެންޓެއް ކޮށްލަފާނަން. އެ އަދި އެހެން ކަމެއްތާ!
    ތިހެން ވިއްޔާ ފަހެ ބޯސޮރު ކޮބައި؟ އޭނަ ނުފެނޭ އެއްގޮތަކަށް ވެސް.

  3. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:23/05/2009

    ދެން ފަންއަރީގެ ތިޔަ ލިޔުމެއްގަ ނެތް މީހަކު ކޮށާ މަށާ، ނޫނީ ދެކޮޅަށް ދައްކާނެ ވާހަކައެއް..”ހައު މެނީ ޕީޕްލްސް އަރ ލިވިން އިން ޔޯ ރޫމް؟..3 ދެޓްސް، މީ، މައިސެލްފް އެންޑް އައި..

  4. DOg‮ ‬ވިދާޅުވީ


    ތާރީޚް:23/05/2009

    މިރާއްޖޭގައި ހެދިފައިވާ ބައެއް ގާނޫނުތަކުގައި ބުނެފައިވާ ގޮތުން ގާނޫނު ތަންފީސްކުރާ މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ މީހުން ފުލުހުން ގާޟީން ސިފައިން އަދިވެސް މިފަދަ މީހުން މަސްތުވާތަކެތި ބޭނުންކޮށް ޒިނޭކުރުމާއި ވައްކަންފަދަ ކަންތައްތައް ކުރުމަކީ އާއްމު ފަރާތަކަށް ލިބޭ އަދަބަށްވުރެ ބޮޑު އަދަބެއް ދިނުމަށެވެ، ނަމަވެސް އެކަންއުކުރީ އަމިއްލަ ހައިސިއްޔަތުން ނަމަ އެއީ ހަމަ އާއްމު މީހެކެވެ، އަދަބު ބޮޑުކުރެވޭނެ ޖާގައެއް ނޯންނާނެއެވެ. މިއިން އެގިގެން އެދަނީ މިހާރު ވެރިކަމުގައި ތިބި މީހުންނަށް ރާއްޖޭގެ ގާނޫނާއި ގަވާއިދުވެސް ނޭނގޭ ކަމެވެ،

  5. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/05/2009

    ފަންއަރީގެ މިލިޔުމުގައި ދެއުޅިއެއްވާ އެންމެ ޖުމްލައެއް ފެނޭތޯ އަޅުގަނޑު މަސައްކަތްކޮށްކޮށް ވެސް އެފަދަ ހަމަ އެންމެ ޖުމްލައެއް، ޢިބާރާތެއް، ލަފްޒެއް ވެސް ނުފެނުނު. އެއީ އަޅުގަނޑު ހިތުން ވަރަށް ހިތާމަހުރި ކަމެއް. އެންމެ ފުރަތަމަ، ލިޔުމުގެ ސުރުޚީގައި އެއޮތް އެއްޗަކާ ލިޔުމުގައި ދެއްކި ވާހަކަ ގުޅުވާނެ ގޮތެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުފެނުނު. މީ، މައި ސެލްފް އެންޑް އައި ކިޔާ އުޅެނީ އިނގިރޭސިބަހުން ތިމާ ވަރުގެ މީހަކު ނެތިގެން އުޅޭ މީހުންނަށް. ތިމާއަށް ވުރެ މޮޅު މީހަކު، ތިމާއަށް ވުރެ މަތީ މީހަކު ނެތިގެން އުޅޭ މީހުންނަށް. އަދި ތިމާއަށް ވުރެ ރީތި މީހަކު، ތިމާއަށް ވުރެ ކެރޭ މީހަކު ނެތިގެން އުޅޭ މީހުންނަށް. މިހެން އަޅުގަނޑު މިދަންނަވަނީ ހަމަ ފަންއަރިއަށް ގޮންޖަހާލަމުން، މިނޫން ގޮތަކަށް މިޢިބާރާތުގެ މާނަ އިނގިރޭސިބަހުން ނުކުރެވޭނެ ކަމަށް ދަންނަވަމުން. އެކަމަކު، ލިޔުމުގައި ދައްކަވާފައި ހުރީ މައުޟޫއާއި އެއްގޮތަކަށް ވެސް ގުޅުމެއް ނެތް ވާހަކަފުޅުތަކެއް. މިއީ މިސައިޓްގައި މިފަދަ އަދަބީ ކުށެއް މިހާ ފާޅުކަން ބޮޑުގޮތެއްގައި ކުރައްވާފައިވާ ފުރަތަމަ ފަހަރޭ އަޅުގަނޑު ދަންނަވާނީ. މިއަށްވުރެ ވަކިން މައުޟޫއާ ދުރު އެއްވެސް ލިޔުމެއް މިސައިޓްގެ ތާރީޚުގައި ވެސް އަޅުގަނޑަކަށް ފެނިފައެއް ނެތް. އަޅުގަނޑަކީ ރިވެތި ދިވެހި ބަހުން އެއްޗެހި ލިޔުމަށާއި، މީހުން ލައްވާ އެއްޗެހި ލިޔުއްވުމަށް ބާރު އަޅާ މީހެއްގެ ހައިސިއްޔަތުން، މިލިޔުމުގެ މިދެންނެވި މައްސަލަ ފާހަގަކުރެވިގެން ހަމަ ދެލޮލުން ކަރުނަ އައިސް ރޮވޭ ވަރުވޭ އިނގޭތޯ. އަޅެ އެންމެ ޕެރެގްރާފެއްގައި ވެސް ނެތީއޭ މައުޟޫއާއި ގުޅުމެއް. އަޅުގަނޑު ހަމަ ތެދެއް މިދަންނަވަނީ، މިއިނީ މިއިން ދުވަހަކު ނުވާހާ ދެރަވެފައި، މިފަދަ ފާޅުކަން ބޮޑު އަދަބީ ކުށެއް ފަންއަރި ކުރެއްވީމާ. ދެން ފަހަރަކުން ރަނގަޅު ކުރައްވާނެ ކަމަށް ވަރަށް އުންމީދުކުރަން. ޝުކުރިއްޔާ

  6. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/05/2009

    ދޮންބޭބެއަށް.

    ދޮންބޭބެގެ ތިޔަ ޚަބަރަކީ، އަޅުގަނޑު ވަރަށް ދެރަވި ޚަބަރެއް. އެއީ، ދޮންބޭބެއަކީ މިސައިޓްގައި ކޮމެންޓްކުރައްވާ ބޭފުޅުންގެ ތެރެއިން އަޅުގަނޑާ އެކި ފަހަރު މަތިން ޚިޔާލު ތަފާތުވިނަމަވެސް، އަޅުގަނޑު އެންމެ ގަދަރުކުރާ، އެންމެ އިޙްތިރާމްކުރާ ބޭފުޅާ. ދޮންބޭބޭގެ ކޮމެންޓްތަކަކީ އަޅުގަނޑު އެންމެ ގަޔާވާ ކޮމެންޓްތައް ވެސް މެ. އެހެންވެ، މާގިނަ ދުވަހު އަޅުގަނޑުމެންނާ ވަކިވެޑައިނުގަންނަވާ އަވަހަށް މިސައިޓަށް ކޮމެންޓްކުރައްވަން ވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަން. ވަރަށް ބޮޑަށް ހަނދާންވާނެ އިނގޭތޯ ދޮންބޭބެގެ ކޮމެންޓްތައް ކުރިއަށް މިއޮތް ދުވަސްތަކުގައި. އެހެންނަމަވެސް، ވަރަށް ކާމިޔާބު، ނިޔާމަ ދަތުރަކަށް އެދެން، ދެން އަޅުގަނޑު ހިތުން މިއީ މިހެން އެކަކު އަނެކަކާ ވާހަކަ ދައްކަން އޮތް މަހެފިލެއް ވެސް ނޫން. އެހެންނަމަވެސް، މިނޫން ގޮތަކަށް މުއާމަލާތުކުރެވޭނެ ގޮތެއް ވެސް ނެތް މިތަނުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ. އެހެންވެ ދެން މިހެން ހުންނަ ވާހަކަތައް ވެސް ދައްކާލުމަކީ މައްސަލައެއް ކަމަކަށް ނުދެކެން އަޅުގަނޑެއް.

  7. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/05/2009

    އަދި ވެސް ހަމަ ހިތަށް ކެތްނުވެގެން އެއްވާހަކަ ތިޔަބޭފުޅުންގެ އިޒުނައާއެކު ދަންނަވާލާނަން. މިއީ ދެން ކޮންމެހެން އަޅުގަނޑު ގަޔާނުވާ ކަހަލަ ވާހަކަތަކެއް މިލިޔުމުގައި ލިޔުއްވީތީ ފަންއަރިއާ ޒާތީގޮތުން އެއްޗެއް ދަންނަވަނީކީ ނޫން. އަޅުގަނޑުގެ ނަޒަރުގައި މިއޮތީ އަދި ބޮޑު ޖަރީމާއެއް ފަންއަރި ހިންގަވާފައި. އެހެންވީމާ، މިކަން ތަކުރާރު ނުކުރެއްވުމަކީ އަޅުގަނޑު ނުހަނު އެދޭ ކަމެއް. މިއީ ދެން ދިވެހިންނަށް އަދަބީ ގޮތުން ފޭރާން ހެޔޮ އެއްޗެއް ކިޔާލައި ބަލާލަން ދޫކުރަން މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ފަންއަރިއަށް އަޅުގަނޑު ދޭ ނަޞޭހަތެއް. ފަންއަރި ލިޔުއްވުމުގެ ދާއިރާގައި ތިޔަ ކުރައްވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން. އެހެންނަމަވެސް، އަޅުގަނޑު ހިތުން ފަންއަރިއަށް ވުރެ މިރޮނގުގައި ގިނަ ދުވަސްވީ މީހެއްގެ ތަޖުރިބާއިން ފިލާވަޅު ހާސިލުކުރުން އެއީ ފަންއަރިއަށް ލިބިވަޑައިގަންނަވާނެ ކުރިއެރުމެއް. އެހެންވެ ތަކުރާރުކޮށް ވެސް މިވާހަކަ މިދަންނަވާލެވުނީ. މިފަދަ އަދަބީ ޖަރީމާއެއް ދެން ފަހަރަކުން ވެސް ނުކުރެވޭނީ މިފަދަ ނަސޭހަތް އަޑުއައްސަވައިގެން. އަޅުގަނޑުމެން ކަހަލަ މީހުންގެ ޒިންމާއެއް އެއީ، އަލަށް ލިޔުންތެރިކަމުގެ ތެރެއަށް ނުކުންނަވާ ކުދިންނަށް އެހީތެރިވުން. އެހެންވެ އެޒިންމާ އަދާކުރެވޭތޯ އަޅުގަނޑު މިމަސައްކަތްކުރީ އިނގޭތޯ. އެއްގޮތަކަށް ވެސް ހިތްބުރަކަމެއް ނުބެހެއްޓެވުން އެދެން.

  8. ތުކިއްޓޭ‮ ‬ވިދާޅުވީ


    ތާރީޚް:23/05/2009

    ޕުރެސް ސެކަޓަރީއަކީ ކޮން ފެންވަރެއްގެ ކާކުކަމެއް ނޭނގެ، އެކަމަކު ވާ ގޮތަކީ ރައީސް ނަޝީދު އެބަ ވިދާޅުވޭ ޚިޔާނާތްތެރީންނަށް އަދަބުދެއްވާނަމޭ، ދެން ހަމަ އެޔާއެކު ރައީސް މައުމޫނު ބިރުފުޅުގެން ވަޑައިގަންނަވަނީ، މީ ކިއެއްވެ ވާ ކަމެއް ކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގިގެން މިއުޅެނީ، އާނ ރައީސް މައުމޫނަކީ ތިރީސް އަހަރުގެ އަމާނާތްތެރިޔާ، ދެން ކީއްވެ ކޮން ކަމަކާބާ ބިރުފުޅުވަޑައިގެން ތަންތަނަށް ސިޓީ ފޮނުއްވަން ޖެހިވަޑައިގަންނަވަނީ، މީ ދެން ހަމަ ޖަވާބުު ނުލިބުނު ސުވާލެއް،
    ދެން އަދި މި މީހުން ދައްކާނެ ކުރީގެ ރައީސަށް އެއްވެސް ޢިނާޔަތެއް ނުދޭ ވާހަކަ ވެސް، ބަލަ އެއްވެސް ގަވައިދެއް އެކަމަށް ނުހަދާ އޮތީމާ ކިހިނެއްތަ، ފައިސާއެއް ދޭނީ، މިހާރު މީ ކުރިން ކުރި ވައްތަރުގެ ރަސްކަމާ ތަންކޮޅެއް ތަފާތު ރަސްކަމަކަށް ވީމާ އޭރު މައުމޫނު ވިދާޅުވި ބަސްފުޅަށް ލާރި ދެވުނަކަސް މިހާރު ވާ ގޮތަކީ ނަޝީދުގެ ވިދާޅު ބަސްފުޅަށް ޢިނާޔަތް ދެމުން ދަނިކޮށް އޮޑިޓަރ ޖެނެރަލް އަންގަވައިފިޔޭ މުޅިން އެހެން ކަހަލަ ވާހަކަތަކެއް، ދެން އެހެން ކަހަލަ އިރުޝާދުތަކެއް ވެސް އެރުވި ކަމަށް ވަނީ،

  9. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:23/05/2009

    ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޚިޔާނާތްތެރިވެވަޑައިގަތް ވާހަކަ އެއް ވެސް އެބަ ދެކެވޭ، އެ އަނއްކަ ކޮން ހައިސްޔަތަކުންބާވައޭ ހިތައިގެން މަ މީނީ

  10. ހާޝިމާއި ދޮންބޭބެއާއި ދިރާސާކޮށްގެން މުނިފޫހި ފިލުވާ މީހަ‮ ‬ވިދާޅުވީ


    ތާރީޚް:23/05/2009

    އެކަމަކުވާ ހާޝިމޫ އަލަށް މި ފަންނުގެ ތެރެއަށް ނުކުންނަވާ ލިޔުންތެރިންނަށް ފާޑުކިއުއްވުމުގައި ހާޝިމްމެން ފަދަ ދުވަސްވީ ހުނަރުވެރިންގެ ޙިކުމަތްތެރިކަން ވެސް ބޭނުންވާނެ އޭނު، ދެން އަޅުގަނޑު ދަންނަވާނީ ހާޝިމްގެ އިތުރުން ހާޝިމްގެ ޅިޔަނެއް ކަމުގައިވާ ދޮންބޭބެ ވެސް އެބަޖެހެޔޭ މި ކަމުގައި ފަންއަރިއަށް ވަރަށް އެހީވާން،

  11. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ކިޔެކޭ ދޮންބޭބޭ، ތިޔަ ކިޔާ އެއްޗެހި ފެންނަ ފަށުގައި އެބަ އިނީމު، އެކަމަކު މި ވަގުތު އިނީ ބޯސޮރުގެ އެހެން ހައިސިއްޔަތަކުން.

  12. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    އަޅުގަނޑަށް މިހާރު ފެންނަނީ ކުރީގެ ރައީސް މައުމޫނު ބިރުފުޅުން އުޅުއްވާތަން އަމާނާތްތެރި ހެޔޮލަފާ ބޭފުޅަކު ހަމަގައިމުވެސް ކުއްވެރިއެއް ނުވާނެ.ރައީސް ނަޝީދުވެސް ވިދާޅެއްނުވޭ މިފަދަ ބޭފުޅުން ހައްޔަރު ކުރާވާހަކައެއް ނިޝީދު ވިދާޅުވި ބައެއް ވާހަކަ މިތަނުގައި ހިއްސާ ކޮށްލާނަން. ވިދާޅުވީ ” އަޅުގަނޑުމެން މިއަދު އެފައިސާއަށް އިއްޔެ ހިޔާނާތްތެރިވެފައިވާ މީހުން ހޯދަން ޖެހޭ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެން ހިޔާނާތްތެރިވިޔަ ނުދިނުމަށް. އަޅުގަނޑުމެން މިސަރުކާރު ހިޔާނާތުން އެއްކިބާވެ އޮވެވޭނީ ކުރިން ހިޔާނާތްތެރިވެފައިވާ މީހުން ހޯދިގެން. އެމީހުންނަށް ހައްގު އަދަބު ދެވިގެން. އޭގެ ބޭނުމަކީ މާޒީގައިވެފައިވާ ކަމެއް ފަހާ ދުވުމެއް ނޫން. އެއީ މުސްތަގުބަލް ސަލާމަތް ކުރުން.“ރައީސް ނަޝީދު ވިދާޅުވީ މިއީ ބަދަލުހިފުމުގެގޮތުން އެމަނިކުފާނު ކުރައްވާކަމެއްނޫންކަމަށް. މިއީ އެމަނިކުފާނު ކުރައްވާފައިވާ ހުވަޔާއި އެއްގޮތައް ކުރައްވާ ކަމެއްކަމަށާއި ދިވެހިރައްޔިތުންނަށާއި ދައުލަތަށް ހިޔާނާތްތެރިވެފައިވާ މީހުން ހޯދާންޖެހޭ އެންމެ ބޮޑު ސަބަބަކީ، މިއަދުގެ ސަރުކާރު ހިޔާނާތްތެރިވިޔަނުދިނުންކަމަށް އެމަނިކުފާނު ވިދާޅުވި.
    ނަޝީދު ވިދާޅުވީ އެކަންކުރަން އެމަނިކުފާނު ނުކުންނަވާއިރުގާ އެކަން ހުއްޓުވުމަށް ކުރިމައްޗަށް ނޭރުއްވޭނެކަމަށް.
    ” ހަމަހަމަކަމާއެކީގައި، އަދި ހަމަ އަޅުގަޑު މިއެދޭ ހިތްތިރިކަމާއެކީގައި އަދި ހަމަ އޅުގަނޑުމެން ބަދަލުހިފުމުގެ ރޫހު ނުލާ، މިބޭނުންވާ ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެ.”
    ” އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން، ކުރިއަށް މި އޮތް ތަނުގައި އަޅުގަނޑުމެންނަށް ބައެއް ބޭފުޅުން ކުޑަ ހިދުކޮޅަކަށް، ކުޑަވަގުތުކޮޅަކަށް، ކުޑަ މުއްދަތަކަށް، ބަންދުކުރަންޖެހޭނެ. އަޅުގަނޑު އެކަންކުރާނަން.” މިހެން ވިދާޅުވީ.މިލިއުމަކީ އަޅުގަނޑުގެ ނަޒަރުގައި ބަލަންވާވަރަށް ނުބަލާ ލިއެފައިވާ ލިއުމެއް.އެއީ މިލިއުމުން ފެންނަނީ މީހަކަށް ހަޖޫ ޖަހާކަހަލަ ގޮތަކަށް.އަދި ލިއުންތެރި ކަމުގެ އަހުލާގީ މިންގަޑުން ބޭރުވެފައިވާ ކަންވެސް އަޅުގަނޑު ފާހަގަކުރަން.

  13. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ދޮންބޭބެ އަށް ނިޔާމަ ދަތުރަކަށް އެދެން.އަދި ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރަން.

  14. ޝިޒް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    އޭ އެޑްޑިމިން ގަނޑޫ ވަރަށް ފޫހި ދެން.. އެހާ އަވަހަށް ކޮމެންޓްސް ޕޭޖް ކްލޯޒް ނުކޮއްބަ.. އަހަރުން އަދި އެތާ އޭންދަ އިޝްގީ ޅެމަށް ކޮމެންޓެއް ވެސް ނުކޮށް ހުއްޓަ ދެން ވަރަށް ފޫހި.. ކްލޯޒް ކުރާނީ ދެން މި ބޯއިޒް ކުދިން މާ ބޮޑަށް ފައިޓްކުރަންޏާމު. އެހެން ނޫނީ ނުވާނެ ކްލޯޒް ކޮއްގެނެން އިނގޭ ހަމަ ނުވާނެ.. ދެން ނުވެސް ވަންނާނަން މި ކުޅުދުއްފުށީ ސައިޓުގަނޑަކަށް އެހެން ހަދަންޏާމަކުންނެއް.

  15. ޒަޢީމު‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    އާ މައުމޫނު ސަރުކާރުން އެބަހަރި ބޮޑެތި ހިޔާނާތްތައް ވެފަދޯ؟ އެކަންތައްތައް ބަލަން ޖެހޭނެ. މި ލިޔުމުގަ މި ދައްކަނީ ދެން އެހެން ވާހަކައެއް ދޯ؟ އެއީ ސަރުކާރުން އެބަ ބުނޭ މައުމޫނަށް އުނދަގޫވާ ކަހަލަ ކަމެއް ސަރުކާރަކުން ނުކުރާނަމޭ. އެކަމަކު ސަރުކާރުގެ ވަޒީރުން އަލިވާގެ ދޮށަށް އެއްވެ މެގަ ފޯނު ބޭނުންކޮށްގެ އަޑުގަދަ ކުރީމަ އުނދަގުވާނެތާދޯ؟ އެއީ ދެން މައުމޫނު ކުރި ހިޔާނާތް ބަލަނީ ކަމަށްވެސް ނުވާނެއްނު؟ އެގޮތަށް އެތަނަށް އެއްވިއަކަސް. އެކަމަކު ޕްރެސް ސެކްރެޓަރީ އެ ބުނީ އެއީ ސަރުކާރުން ހިތްވަރުދޭކަމެއް ނޫނޭ. މިނިސްޓަރުން އަމިއްލަ ހައިސިއްޔަތުން ކުރާ ކަމެކޭ އެއީ. އެހެންކަމަށް ވާނަމަ ފަންއަރި އެ ބުނާހެން. ސަރުކާރުން ހިތްވަރު ނުދީ، ނުރަސްމީ ގޮތުން މުޅި ސަރުކާރު ކެބިނެޓް ވެސް އެތަނަށް ނިކުމެ އަޑުގަދަކުރުމަކުން ނުވާނެތާދޯ ސަރުކާރު ހިތްވަރުދިން ކަމަކަށް. މަށަށް އެބަ މި ދައްކާ ވާހަކަ ދެއުޅި ދިމާވޭ.

  16. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ދޮންބޭބެއަށް! ބަލަގަ އަދި ފުރާ ވާހަކަ ބުނީމަ ނިމުނީއެއް ނޫނޭ، މި ލިޔުމާ މެދު ފަހެ ކީކޭތަ ބުނަނީ، މި ހާޝިމް އެބަކިޔާ މި ލިޔުމުގައި ކޮންމެވެސް އެއްޗެކޭ، ދެން ނޭނގެ، ވަތުއޮޑިއޭ، ފަޅޮލޭ، ދެން ކޮންމެވެސް އެއްޗެއް ދަންނަވާލަ ދެއްވަގަ، އަހަރެމެން ކަހަލަ ގަބުޅީންނަށް މި ވާނުވާ އޮޅުން ފިލާނެވަރު ކޮށްލާދެއްވުމަށް، އުފާވެރި ދަތުރަކަށް އެދެން، އަނބީންނާއި ދަރީންނާ ވެސް ގެންދަވަންތޯ ތިޔަ ވަޑައިގަންނަވާއިރު؟

  17. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    މިލިޔުމާއި ސުރުޚީއާއި ނުގުޅޭކަން އަނެއްކާ ވެސް ފާހަގަކުރަމުން، ލިޔުމަށް ދެތިން ޚިޔާލެއް ފާޅުކޮށްލަން އަޅުގަނޑު ބޭނުން. އެހެންވެ ދަންނަވާލާނީ ސީދާ ލިޔުމަށް ކޮމެންޓްކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީ މިހާތަނަށް ޑޯގޭ. އެނޫން އެހެން ބޭފުޅުންވަނީ، ލިޔުމުން ކުޑަކުޑަ ކުރިއެއް ފަޅުއްވައިގެން އޭގައި ހިއްޕަވައިގެން ދަންމަވަން ފައްޓަވާފައޭ. އުސޫލެއްގެ ގޮތުން، މިތަނުގައި ބެލެވިފައިވަނީ ޚިޔާލު ފާޅުކުރެވެންވާނީ ލިޔުމަށް ކަމަށް. އެހެންނަމަވެސް، ކޮމެންޓްކުރަން ފަށާއިރު އޮންނަނީ ހަމައެކަނި ‘ޚިޔާލު ފާޅުކުރައްވާ’ މިހެން. އެހެންވީމާ، އެއްވެސް ބޭފުޅަކަށް ނޭންގެވޭނެ ވަކި ގޮތަކަށް ނޫނީ ވަކި ކަމަކަށް ޚިޔާލު ފާޅުކުރައްވާށޭ ނޫނީ ނުކުރައްވާށޭ.

    އަޅުގަނޑުގެ ނަޒަރުގައި، މިލިޔުމުގައި ޙައިސިއްޔަތު އޮޅުވާލުމުގެ މިސާލުތަކެއް ހިމަނުއްވާފައި ދައްކަވާފައިވަނީ ހަމަ ރަނގަޅު ވާހަކަފުޅުތަކެއް. މެސެޖް ވެސް ހަމަ ރަނގަޅު. އަދި މިލިޔުން އިތުރަށް ފުރިހަމަކޮށްލައްވަންޏާ އަޅުގަނޑު ދަންނަވާނީ، ޙައިސިއްޔަތު އޮޅުވާލުމުގެ ތާރީޚުގެ ތެރެއަށް ވެސް ކުޑަވަރެއްގެ އައްޔެއް އަޅުވާލުމަކީ ހަމަ ވަރަށް މުނާސަބުކަމެއް. އެކަމަށްޓަކައި މާދުރު ތާރީޚަކަށް ނުދިޔައެއް ކަމަކު މީގެ ހަމަ ހަތަރު ފަސް އަހަރަށް ޚިޔާލުގެ އަސް ދުއްވާލުމުން ފުދޭނެ. އެހެން ހައްދަވައިފިނަމަ، އަޅުގަނޑުމެންނަށް ފެންނަނީ މިފަހުގެ ތާރީޚުގައި ޙައިސިއްޔަތު އޮޅުވާލެއްވުމުގެ އެންމެ ފުރަތަމަ ރެކޯޑް އޮތީ މައުމޫން ޢަބްދުލް ޤައްޔޫމްގެ އަތްޕުޅުގައި ކަމަށް. ސަބަބަކީ ޑީއާރުޕީގެ ޒަޢީމުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން 24 ޖޫން 2005 ގައި ވިލިމާލޭގައި ބޭއްވުނު ޑީއާރުޕީގެ ޖަލްސާއެއްގައި. މިކަން އެނގިވަޑައިގަންނަވާނެ ހަވީރު ނޫހުގެ 25 ޖޫން 2005 ގެ ޢަދަދު ބެއްލެވުމުން. މައުމޫން، ޑީއާރުޕީގެ ޒަޢީމުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ގޮސް، ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާއަށް ވެވަޑައިގެން ‘ސަރުކާރުގައި ބާރު އެބައޮތޭ، ސަރުކާރު އޮތީ ސާބިތުކަން މަތީގައޭ. އެހެންވީމާ ޤާނޫނާ ޤަވާއިދާ ޚިލާފަށް އުޅުމުގެ ފުރުސަތެއް ނުދެއްވާނަމޭ’ ވިދާޅުވި. އަދި އެންމެ ފަހުން ނިންމާލަމުން ވިދާޅުވީ ‘މިވާހަކަކޮޅު މިދަންނަވާލީ އަޅުގަނޑު ހުރި މަޤާމުގެ ގޮތުން. ޕާޓީގެ ގޮތަކުންނެއް ނޫން’. އެކަމަކު ހެއްވާކަމަކީ އެއީ ޕާޓީގެ ޖަލްސާއެއްކަން. އެމަނިކުފާނު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުންނެއް ނޫން ވަޑައިގެން ވިލިމާލޭގައި. މިކަހަލަ ހައިސިއްޔަތު އޮޅުވާލުން ދިވެހިންނަށް ދަސްކޮށްދެއްވީ މައުމޫން. ފަންއަރި ހަމަ ކުޑަކުޑަ ރިސަރޗެއް ހެއްދެވި ނަމަވެސް މިކަން ވަރަށް ރީއްޗަށް އެނގިވަޑައިގަތީސް. އެންމެ ކުޑަމިނުން އަޅުގަނޑުގެ ގާތުގައި އަހާލި ނަމަވެސް ކީއްތޯވާނީ. އެހެންވެ އަޅުގަނޑު ކުރިން ވެސް ދެންނެވީ ދެން ވެސް މިޒާތުގެ ކަމެއް ނުކުރައްވައްޗޭ.

  18. ސިކަންދަރުން މުދާ ބާލާ ކުދިން‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    މިއީ ރީތި ގޮތަކަށް މައުމޫނަށް ޖަހާފައި އޮތް ޖޯކެއް ކަން ހާޝިމަށް ނޭނގުނީތީ މަ މިހުންނަނީ އަންތަރީސްވެފައި، މިއޮތީ އެހެން ނުބުނެ އެހެން ބުނެފައި ، އެކަމަކު ކަލޭމެން އެއްޗެހި ކިޔަނީ ކީމޭ ބުނަންވިއްޔަ

  19. އިބްރާހީމް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ހާޝިމަށް ނޫނީ ނޭނގޭނެ އެއްޗެއް ލިޔާކަށް. އެއީ ހަމަ ހުރިގޮތަށްހުރި ފައްކާ ރޯނު އެދުރެއް. ޅެމުގެ މާނަ އޮންނަނީ ޅެންވެރިޔާގެ ބަނޑުގައޭ ބުނާ އަޑުއަހަންދޯ؟ އެހެންވީމާ، މިތާގައި މިއޮތް ސުރުޚީގެ ޙަޤީޤީ މާނަވެސް އޮތީ ލިޔުންތެރިޔާގެ ބަނޑުގަ ކަމެއްނޭނގޭދޯ ތިޔަ ހާޝިމަކަށް. އެހެން ނޫނަސް މީ ވަރަށް މޮޅު ލިޔުމެއް. މިކިޔާ މީހުންނަށްވެސް މި ރައްދުވޭ. ހީވަނީ ހާޝިމަށްވެސް “މީ މައިސެލްފް އެންޑް އައި” ގެ މާނަ އެނގޭނެހެން.
    މަދެން ވަރަށް ފޫހިވޭ މިހާޝިމަކާ ހެދި މިހާރު މިސައިޓަށް ވަންނަވެސް.

  20. ގަނޑުފިއްލާ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    މިލިޔުމުގަ މައި ސެލްފް އެންޑް އައި އަކީ މީނދަ ފެންނަ އަންނި. މިލިޔުމުގަ ބުނެފައޮތް އެތި ވަރަށް ރަނގަޅަށް އެބައެނގޭ. ހާސިމް ދެން ތިވަރު ތަންފުކެއް ބޮޑު،ކަލޭ ހީކުރީ އަހަރުމެން މިއީ މޮޔައިން ކަމަށްދޯ. ކެތްނުކުރެވިގެން ތިއުޅެނީ ކީތްވެގެންކަންވެސް އެބަ އެނގެޔޭ….. ކަލެޔަށް ވަރަށް ވަރުވާނެ އަންނިޔޭ ކިޔަންޔާ ދޯ ކަލޯ…. އެ…ހެ….ހެ…ހޭހޭހޭހޭ ހާސިމަށް

  21. ޔޫސުފް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ހާޝިމް، ދޮންބޭބެ އަދި ފަންއަރިވެސް އަޅުގަނޑު ދަންނަން. ހާޝިމަށް ނޭގުނަސް، ލިޔުން ލިޔާތާ ގިނަދުވަސްވީ ޙާޝިމަށްވުރެ، ފަންއަރި! ދެން އަޅުގަނޑު ކޮންމެހެން ތަފްސީލަކަށް ދާކަށް ނެތިން.

    ލިޔުން ވަރަށް ރަނގަޅު. މިނިސްޓަރުންނާއި އެފަދަ މަސްއޫލް މަގާމުތަކުގައި ތިބޭ މީހުން ހަމަ ކޮންމެ ކަމެއް ކޮށްފައި އެކަމެއް އެކުރީ އަމިއްލަ ހައިސިއްޔަތުންނޭ ކިޔާ ހަމައެއް ނުދެއްކޭނެ.

    ޕަބްލިކް ފިގަރ އަކަށް ވުމަށް ފަހު، ތިމާގެ ޕްރައިވެޓް ލައިފް ހަނިވެގެން ދާނެ. އަންނި ބުނަނީ، ރައީސް މައުމޫނަށް ޖެއްސުން ނުކުރާނެ ކަމަށް. މާޒީގެ ފަހަތުން ނުދުވާނެ ކަމަށް. އެކަމަކު، އަންނިގެ މިނިސްޓަރުން އެގޮތެއް ގަބޫލެއް ނުކުރޭ. އަމިއްލަ ހައިސިއްޔަތުން ( ތިޔަ ހެނީ ކީއްވެ؟) ޖެއްސުންވެސް އެބަ ކުރޭ.

    އާނ…އެނގިއްޖެ ޖުހާ ދައްކާ ވާހަކަޔަށް ތިޔަ ހެނީ ކީއްވެކަންވެސް… އެއީ ޖުހާއަށް ވާތީ! ޒުހައިރަކީ ރިޔާސީ ޖޯކަރު!

  22. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    އަންނިގެ ގޯސް ވާހަކަ ދައްކަވައިގެން، ނޫނީ އަޅުގަނޑަށް ނޭނގި ޔޫސުފް އަޅުގަނޑު ދަންނާތީއެއް ނޫން އަޅުގަނޑު ކަންބޮޑުވެގެން މިއުލެނީ. ހަމަ ދިމާ ހާމަޔަށް އަދަބީ ބޮޑު ޖަރީމާއެއް ފަންއަރި ހިންގަވާފައިވަނިކޮށް ވެސް އެކަން ފާހަގަ ނުކުރައްވައި، އަދި ނުވިތާކަށް ފަންއަރި ލިޔުއްވި އެއްޗަކާ ވެސް ގުޅުމެއް ނެތް ގޮތަކަށް ކޮމެންޓްތައް ދާތީ، އެކަން އަޅުގަނޑު ފާހަގަކުރީ. ތިޔައިގެ ތެރެއިން އަޅެ އެއްވެސް ބޭފުޅަކަށް ނެތޭ ވިދާޅުވެވިފައެއް، އެލިޔުމާއި ސުރުޚީއާއި ގުޅެއެކޭ. އެހެންނެއް ނުވެސް ދެންނެވޭނެ. އެއީ ސުރުޚީއާއި ލިޔުމާއި ގުޅެމެއް ނެތީމަ. ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ކަންތައްތައް ފާހަގަކުރެވޭނީ ވެސް ބަހާ މެދު ވިސްނައި ބަސްދެކެ ލޯބިވާ ބޭފުޅުންނަށޭ. އަޅުގަނޑު ދަޢުވާ ކުރަނީ އަޅުގަނޑަކީ އޭގެ މީހެއް ކަމަށް. އަޅުގަނޑަށް އެނގޭ ތިޔައިން އެއްވެސް ބޭފުޅަކަށް ވުރެ ބޮޑަށް ބަސް ދެކެ ލޯބިވަނީ އަދި ބަސް ބޭނުންކުރާނެ ގޮތްތައް ހޯދައި، އެކަމާ މަސައްކަތްކޮށް ރިސާޗް ހަދަނީ ވެސް އަޅުގަނޑުކަން. އެހެންވީމަ މިފަދަ ބޮޑު އަދަބީ ޖަރީމާއެއް ދެކެފައި އަޅުގަނޑު ހަމަ އަސްލު ވެސް ވަރަށް ދެރަވި. މިއީ އަޅުގަނޑު ދެއްކި ވާހަކައަކީ ފުރަތަމަ. ދެން ލިޔުމާ ބެހޭ ގޮތުން އަޅުގަނޑު ނުދަންނަވަން ތިޔައީ ގޯސް ލިޔުމެކޭ. ލިޔުމުގެ ސުރުޚީއަކަށް “ހައިސިއްޔަތު އޮޅުން” މިހެން ޖެއްސެވި ނަމަ ވަރަށް ރީއްޗަށް ގުޅޭނެ ލިޔުމާ މައުޟޫއާ. އެހެންވެ ލިޔުމަށް އެއްޗެއް ދަންނަވާލަމުން އަޅުގަނޑު ބުނީ، ހައިސިއްޔަތު އޮޅުވާލުމުގެ ފަހުގެ ތާރީޚުގައި އެކަން ފެއްޓެވުމެގެ އެވޯޑް ދޭން ޖެހޭނީ މައުމޫނަށޭ. އެއީ 24 ޖޫން 2005 ގައި ވިލިނގިލީގައި ޑީއާރުޕީގެ ޒައީމާއި ރައީސުލްޖުމްހޫރިއްޔާ އާ ދެޙައިސިއްޔަތުން ވަރަށް ހާމަކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެވޭ އެއްޗެއް އެނގިވަޑައި ނުގެން އެމަނިކުފާނު އުޅުއްވީމާ.

    ދެން މިތާ ތިއްބެވި އަންނި އާ އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ، އަޅުގަނޑު ކަންބޮޑެއް ނުވެއޭ އަންނިއާއި ތިޔަ ބޭފުޅުން ބެހިވަޑައިގަތަކަސް. އަންނި ވިދާޅުވިއޭ އަޅުގަނޑުމެން އެމަނިކުފާނަށް ފާޑު ކިޔާށޭ. އަދި ނުވިތާކަށް ހަޖޫ ޖަހައި ފުރައްސާރަ ކުރާށޭ ވެސް. އެއީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެތާ ތިއްބެވި ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅެއްގައި. މައުމޫނަކަށް ކެރިވަޑައިއެއް ނުގަންނަވާނެ މިހާ ސާފުކޮށް އެފަދަ އެއްޗެއް ދަންނަވާކަށް. އެހެންނޫންތޯ ވާނީ އެބޭފުޅާ އިންނަވަނީ ހިތްޕުޅުން ކުޑަކަލާނގެ ހެދިވަޑައިގެންފަ ވިއްޔަ.

  23. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ގަނޑުފިއްލާ އާއި އިބްރާހީމަށް. މީ، މައި ސެލްފް އެންޑް އައި ގެ މާނަ އަކީ ލިޔުންތެރިޔާގެ ބަނޑުގައި ބޭއްވެނެ މާނައެއް ނޫން މަޒުމޫނެއްގައި. މަޒުމޫނަކީ ވަކި ސުރުޚީއަކަށް ލިޔާ ބަޔާނެއް. އެހެންވީމަ ސުރުހީއާއި ބަޔާނާއި ގުޅެން ޖެހޭނެ. ބަނޑުގައި މާނަ އޮންނަނީ ޅެންވެރިންގެ. މަޒުމޫނާ އެކަމާ ވާކަމެއް ނޫން. ދެން އަންނި އަކީ މީ، މައި ސެލްފް އެންޑް އައި އެއް ނޫން. މިގޮތަށް ނިކަމެތި ކިޔުންތެރިންނަށް ތިޔަ ބޭފުޅުން އޮޅުވާލައްވާކަށް ނުވާނެ އިނގޭތޯ އެއްގޮތަކަށް ވެސް. އޭގެ މާނަ އެނގިވަޑައި ނުގަންނަވަނީ ކަމެއް ނޫނީ ގަސްދުގައި އޮޅުވާލައްވަނީކަމެއް އަޅުގަނޑަކަށް ނޭނގެ. މާނަ އެނގިވަޑައިނުގަންނަވަންޏާ ތަންކޮޅެއް ކުރިން ކޮންމެ ވެސް ބޭފުޅަކަށް އަޅުގަނޑު ދެންނެވިހެން ތިޔަ ދެބޭފުޅުން ވެސް ވަޑައިގަންނަވަންވީ ފުރަތަމަ ޕްރީ ސްކޫލަކަށް، ދެން އެތަނުގައި 3 އަހަރު އުޅުއްވާފަ ޕްރައިމަރީ ސްކޫލަކަށް 7 އަހަރަށް. އެތަނުން ސެކަންޑަރީ ސްކޫލަކަށް 3 އަހަރު. ދެން ހައި ސްކޫލަށް 2 އަހަރު، ކޮލެޖަކަށް 3 އަހަރު. މިހެން ނުހައްދަވައެއް އަޅުގަނޑަށް ޔަޤީން މިމާނަ އެނގިވަޑައި ނުގަންނަވާނެކަން. ތިޔަ ބޭފުޅުން ބޭނުންފުޅުވާ ނަމަ އަޅުގަނޑު ދަންނަވާފާނަން މީ، މައި ސެލްފް އެންޑް އައި ހެއްދެވިގެން އުޅުއްވާ 2 ބޭފުޅުން ސަބަބާއެކު. އެއީ 1. އިބްރާ، އޭނާ މީ މައި ސެލްފް އެންޑް އައި ހެއްދެވެނީ ތިމާއަށް ނޫނީ ޤާނޫނު ނޭނގޭނެކަމަށާއި، ތިމާއަށް ނޫނީ ވާހަކަ ވެސް ނުދެއްކެވޭނެކަމަށް ޤަބޫލުކުރައްވާތީ. އަދި ތިމާ ފިޔަވާ ދެންތިބީ އެއްވެސް ބައެއް ނޫން ކަމަށާ، ތިމާއާ ހަމައަށް އެހެން މީހުން ޖެހޭނީ އަންނަންކަން ޤަބޫލުކުރައްވާތީ. 2 ވަނަ ބޭފުޅަކީ މައުމޫން، އެއީ ތިމާއަށް ނޫނީ ދީނެއް، ދިވެހި ބަހެއް، ޤާނޫނެއް. ޅެން ހެދުމެއް. ސިފައިންގެ ވެރިކަމެއް، ފަނޑިޔާރުކަމެއް، ވެރިކަމެއް، އިޤްތިޞާދެއް އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ނުހުންނަވާނެކަން ޤަބޫލުކުރައްވާތީ.

  24. ކުޅުދުއްފުށީ ކުއްޖެއް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ހާސިމް ތިވަރެއް ތިވީ އަންނިގެ ވާހަކަ ލިޔެގެން ،މިމީހަކީވެސް މިސައިޓް އާދަކޮށް ކިޔާމީހެއް. ހާސިމް މުޅިންވެސް ދެރަވެ އެލިޔުމެއް ގޯސްވެފައިވަނީ އަންނިއާ ދެކޮޅަށް ލިޔެފައިވާ ތެދުލިޔުން. މިކަން އެގޭނެ މިސައިޓަށް އާންމުކޮށް ވަންނަ މީހުންނަން.

  25. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    އަނެއްކާ ވެސް ހަމަ ކުޅުދުއްފުށީ ކުއްޖާ ވެސް ފައްޓަވައިފި އެއް ވާހަކައެއް. ދެން އަޅުގަނޑު ދޭން އޮތީ ހަމަ އެޖަވާބު. އެހެންވެގެންނެއް ނޫނޭ. ހަމަ ބޮޑު އަދަބީ ޖަރީމާއެއް ހިންގަވާފައިވާތީއޭ. މައުޟޫއާ ލިޔުމާ ނުގުޅޭތީއޭ. ތިޔަ ބޭފުޅުން ދައްކަވަންވީ އަންނި ވަޢުދު ވެވަޑައިގެން 300 މިލިޔަން ޑޮލަރުގެ ވާހަކަ. އެމަނިކުފާނު ވިދާޅުވި އެލިބިއްޖޭ ރައީސްކަން ލިބިވަޑައިގެން ފުރަތަމަ އޮތް ނިއުސް ކޮންފަރެންސްގައި. ދެން އަނެއްކާ 1000 ޓީޗަރުން ބޭރުން ލިބިއްޖެއޭ ވެސް ވިދާޅުވި. ދެން ވިދާޅުވި އިންޑިޔާއިން 30 ޑޮކްޓަރުން ވެސް ހަމަ ދެތިން ދުވަހެއްގެ ތެރޭގައި އެބައާދެއޭ. ހަމަ އެގޮތަށް ވިދާޅުވި ދައުރުގެ މެދުން އިންތިޚާބެއް ބާއްވާނަމޭ ވެސް. މިވާހަކަތައް ތިޔަ ބޭފުޅުން ދައްކަވައި އަންނި ހެއްދެވީ އިތުރުފުޅޭ ވިދާޅުވިއަކަސް އަޅުގަނޑަކަށް ނެތް މައްސަލައެއް. އެއީ ހުސް އިތުރުފުޅުތަކަކަށްވާތީ. އެކަމަކު އެވާހަކައެއް ނޫން ދެއްތޯ މިތާ މިދެކެވެނީ، މިއޮތީ ސުރުހީއާއި މައުޟޫއާ ނުގުޅޭ ވާހަކަ. ކޮންމެހެން އަންނި އާ މެދު ގޯސް ކޮށް އެއްޗެއް ލިޔެފައިވާތީއެއް ނޫނޭ.

  26. ކެޔޮވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ވަރަށް ރަނގަޅު ވާހަކައެއް ހާޝިމް އެ ފާހަގަކޮށްލީ. މަ އެއްބަސްވަން، މި ލިޔުމަކާއި ސުރުޚީއަކާއި އެއްގޮތަކަށްވެސް ގުޅުމެއް ނެތް. މަ ބުނާނީ ލިޔުން ވަރަށް މޮޅޭ، ވަރަށް ރަނގަޅޭ، އެކަމަކު ސުރުޚީއަށް ތަންކޮޅެއް ބޮޑަށް ވިސްނާލިނަމައޭ. ލިޔުމުގައި މިހިރީ ހަމަ ބުނުން ޙައްޤު ވާހަކަތަކެއް.

    ދެން އެކަމަކު ހާޝިމަށް ބުނެލަން ޖެހެނީ އަމިއްލައަށް ތިމާވަރުގެ މީހެއް ނެތް ކަމަށް ދެކިގެން ނޫޅޭށޭ. ކިތަންމެ މޮޅު މީހަކަށްވެސް އޮޅިގެން ޅައެއްޗެއް އެޅިދާނޭ. ފަންއަރި އާ މެދު ބުނަންޖެހެނީ އޭނާއަކީ ހަމަ ލިޔުންތެރިކަމުގެ ރޮނގުގައި ވަރަށް ކުޅަދާނަ ޝަޚްސިއްޔަތެކޭ. އޭނާއަކީ ހާޝިމް ތިޔަ ހީކުރާ ކަހަލަ ޅަފަތުގައި އުޅޭ ލިޔުންތެރިޔެއް ނޫނޭ. މަށަށް ލިބިފައިވާ މައުލޫމާތު ކުށްކަމުގައި ނުވާނަމަ އޭނާ އިނގިރޭސި ބަހުން ޑިގްރީވެސް ޙާޞިލްކޮށްފައިވޭ. އެހެންވީމަ، ހާޝިމްގެ ތިޔަ (ހިތް) މޮޅުކަމާއި އެކުވެސް ތަންކޮޅެއް ރީތިކޮށް ތަހުޒީބުގޮތަކަށް ލިޔުމުގައި ކުށެއް ވާނަމަ ފާހަގަކޮށްލާށޭ. މަ ވަރަށް މޮޅަށް ދިވެހި ބަހަށް ލޯބިކުރާ، މަ ވަރަށް ދިވެހި ބަހަށް މޮޅު، މަ ވަރަށް ދިވެހި ބަހުގައި ރީސާޗް ހަދާ މީހެއް މިތާގައި ނުވާނެކަމަށް ދަޢުވާކޮށްފައެއް ނޫން މީހަކު ކުރާ ކުށެއް ހާމަކުރާނީ. ތަންކޮޅެއް ބޮޑަށް ޙިކްމަތްތެރިވާން ވާނެ ތިޔަ ފަދަ (ހިތުން) މޮޅު ލިޔުންތެރީން.

    އެހެންމީހުން ކައިރީގައި ތިމާ ކޮލެޖްގައި ތިން އަހަރުގައި އުޅުނުކަން އަންގަންވެގެން ބޮޑާކަމާއިއެކު އަބަދު ނާސަރީއަށް ދާށޭ ކިޔާއިރު، ހާޝިމްވެސް ދެން ތިޔަ އުޅެނީ ކުޑަކުއްޖެއްހެން. ނާ އެހެންޏަ މީނައެކޭ ނާސަރީ ކުދީންތަކެއް ކުޅެން އުޅެފައި ފެންބޮވައިގަނެގެން ފެން އިސްކުރުކައިރިއަށް ގޮސް “އެންމެ ބޮޑަށް ފެން ބޮވައިގަނެފަ މިހިރީ މަށޭ، ކަލޭމެން ތެރޭގައި މަ ފެންބޮވައިގަނެފައި މިހިރި ވަރަށް ފެންބޮވައިގަނެފައި ހުރި އެކަކުވެސް ނެތޭ” ބުނާ ކަހަލަ ކުއްޖެއް ފަދަ.

    މިހާރު ދެން މިލިޔުމުގެ ސުރުޚީ ނިސްބަތްވާ ތިން މީހަކު މަ ފާހަގަކޮށްލާނަން.

    1. ހާޝިމް
    2. މައުމޫން
    3. އިބުރާ

    ޝުކުރިއްޔާ

  27. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    އާދެ އެއީ އޭ ފަންއަރީގެ މައްސަލައަކީ، އިނގިރޭސިބަހުގެ ޑިގްރީ އޮވެގެން ކިހިނެއްތޯ ދިވެހިން ރަނގަޅަށް އެއްޗެއް ލިޔާނީ. އަޅުގަނޑު ދަންނަވާނީ ހަމަ އަދިވެސް އިތުރަށް މަސައްކަތްކުރާށޭ އަޅުގަނޑު ވެސް ފަންއަރިއާ އެހީތެރިވާނަމޭ. ފަންއަރިއަށް ސުރުޚީއާއި ލިޔުމާއި ދިމާނުވިކަން މިއޮއް ވަރަށް ބުނެދޭއިރު ވެސް އެނގިވަޑައިނުގަތް އެއްޗެއް ވިދާޅުވާން. މިއީ އަޅުގަނޑު ހިތުން އިނގިރޭސިބަހުގެ ޑިގްރީ ނަންގަވާފައިވާ ބޭފުޅަކަށް އަދި ވަކިން އެނގިވަޑައިގަތުން އައުލާކަން ބޮޑު އެއްޗެއް. އެ އިނގިރޭސި ޑިގްރީއާ އެކު ކީއްވެބާ މީ މައިސެލްފް އެންޑް އައި ގެ މާނަ އެނގިވަޑައިނުގަތީ. އަނެއްކާ ކޮންކަހަލަ ޑިގްރީއެއްބާ އެއީ ކެޔޮވަލޭ ތިޔަ ވިދާޅުވަނީ. އަނެއްކާ ލަކުޑި ޑިގްރީއެއްތޯ ނޫނީ ޕްލާސްޓިކް ޑިގްރީއެއްތޯ؟

  28. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    މާތް ކަލާއްކޯ އޭ!!!! ފަހަތަށް ޖެހިވަޑައިގަންނަވާށޭ!.ހާޝިމް މޮޅޭ..އެވީ އޭ..އެހެންޏާ ފަހެ މިޔޮށް ކަމެއް މަހިތަނީ..ފަންއަރި! ދެންވެސް އެބުނާހެން މިހާ މޮޅު އިބާރަތުން، އަޅުގަނޑު ދެންނެވިހެން، ދޭނެ ރައްދެއް ނެތް ފަދަ ގޮތަކަށް ލިޔުމެއް ނުލިޔުއްވާތި!

  29. ބްލަޑް ކްލޮޓް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ސުރުހީހީގައި ނެތް މައްސަލައެއް…ވަރަށް ކުރުކޮށް ފޮނިކޮށް އެއޮތީ ބުނެލާފަ އިނގިރޭސި ބަހުން. އިނގިރޭސި ބަސް ރަނގަޅަށް އަންޑަސްޓޭންޑް ވާނަމަ ހިޔެއް ނުވޭ ސުރުހީ ނުގުޅެ އެކޭ ބުނާނެ ހެނެއް. ޅިޔުންވެސް ބެސްޓް. މަށަށްވެސް ފާހަގަ ކުރެވޭ ބައެއް މިނިސްޓަރުން ގަޅި ރައްދުތައް ދޭކަން. މިނިސްޓަރުން ދެން ތަންކޮޅެއް ވިސްނަވާފަ އަނގައިން ބުނާނަމަ ދޯ. ވީޓީވީ އަށް އަރާ ބައެއް ސިޔާސީ ބޭފުޅުންވެސް ކުރާ ސުވާލަށް ޖަވާބު ނުދެވިގެން އުޅުއްވާތަން ފެންނަނީ.

  30. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ފުރަތަމަ ބަލާލަން ޖެހޭނީ، މިއީ ކޮންބަހަކުން ލިޔެފަ އޮތް ލިޔުމެއްތޯ. މީގައި މިއޮތީ ދިވެހި ބަހުން ލިޔެފަ،،އަދި ސުރުހީ ވެސް އޮތީ ދިވެހި ބަހުން. އެހެން ވެއްޖެ ކަމަށް ވާނަމަ އިނގިރޭސިން މިބަސް ބޭނުން ކުރާ ގޮތް ނޫން ގޮތަކަށްވެސް ލިޔުންތެރިޔާ އެގެންނަވާފާނެ، މިސާލަކަށް މީގެ މާނަ ނަގަމާ ހިނގާ، މީ މައިސެލްފް އެންޑް އައި އޭ ބުނުމުން އެބަ އެނގޭ ކޮންމެ އެއްޗެކޭ ކިޔަސް ރައްދުވަނީ އެންމެ ނަފްސަކަށް ކަން.. ކުޅުދުއްފުށީގައި ކިޔާ އުޅޭނޭ، “މިފަހެ މަރުގަޔާ ވެގެން އުޅޭ ސޮރެއްހޭ”. މަރުގަޔާ މިބަހަކީ ހިންދީ ބަހެއް، މާނަޔަކީ މަރުވެއްޖޭ..އެކަމަކު މިހެން ބުންޏަސް އަހަރެމެނަކަށް ނޯޅޭ އެކިޔަނީ ކީކޭ ކަމެއް..އެބުނަނީ މިސޮރު މިއުޅޭނީ މަރުވާ ހިތުންހޭ.. ލިޔުންތެރިކަމަކީ ވަރަށް ބޮޑު ފަންނެއް، ހާއްސަކޮށް ފަންއަރި ފަދަ ބޭބޭފުޅުން ލިޔުއްވާ އިރު، ވައްވައް ޖަހަންވާނީ ބަލާލާފައި،”ތިމާ އަށް ނުވިސްނުނު ކަމުގައި ވިޔަސް، ބުއްދިވެރި ބަހެއް ވާނީ ބުއްދިވެރި ބަހަކަށެވެ”

  31. ބޮޑޭ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ޖަރީމާ ތިބުނީ ތެދެއް.. މިއުޅެ ހާޝިމް އަކާ ހުރެ ބޮޑު ނޮހޮރުއްޕާނެއް.. މި ކުޅުދުއްފުށީ މީހުންނާއި މިސައިޓްގެ ކިޔުންތެރިން އެހާ ރުޅިއަރާއިރުވެސް މީނަޔަކަށް ނޭގޭ މަޑުން ދުރުގަ ހުންނާކަން.. ހާޝިމް ކަލޭގެ ގަންޖާ ހުތުބާ ލިޔަން ހަދާފަ އޮންނަ ސައިޓެއް ނޫން އިނގޭ މީ.. ތިއުޅެނީ އޮޅިގެން.. އަމިއްލަޔަށޤ ސައިޓެއް ހަދައިގެން އަންނި ޕޮރޮމޯޓް ކުރޭ.. އޭރުން އަހަރެމެން ނުބެހޭނަން..

  32. ހަމަޖެހިލަފައި‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    މިލިޔުން ހަމަ ވަރަށް ބެސްޓް.. ސުރުޚީ އާ ލިޔުމަވެސް ވަރަށް ގުޅޭ.. މިކަހހަލަ ލިޔުންތައް ގިނައިން ފެންނާނެ ކަމަށް އުއްމީދު ކުރަން.. ފަންއަރިއަށް ޝުކުރިއްޔާ.

  33. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ޖަރީމާ އަށް ބުނެލަން ބޭނުންވަނީ، ކުޅުދުއްފުއްޓޭ، ކިޔާގެން ތިހެން ނޫޅޭށޭ ތިޔައީ ރަށު ތަޢައްޞުބޭ. ހާޝިމް ވެސް އަދި އެހެން ބޭފުޅުންވެސް ލިޔުމުން ކުއް ދައްކަން ޖަހޭނެ. އެކަމަކު ވީހާވެސް ކުރުކޮށް ފޮނިކޮށް، ކޮސް ނުހިމަނަ ލިޔުއްވާނީ، މިސާލަކަށް “އަޅުގަނޑަށް ވުރެ، ކުޅުދުއްފުށި ދެކެ ލޯބިވާ މީހެއް މިތާކު ކޮމެންޓެއް ނުކުރައްވާނެ” މިހެން ބުނުމުން އޭގެން އެދާހަވަނީ އަޅުގަނޑު ރަށާ ދޭތެރޭ ވާ ފަޚުރު. އެކަމަކު ގެނެސްފައި އޮތް ގޮތެކޭ، ނާސަރީ ކުއްޖަކު، މަށޭ ފުރަތަމަ ފެންބޯނީ، މަ މިހިރީ މާ ބޮޑަށް ފެން ބަވައި ގަނެފައޭ، ބުނުމެކޭ އެއްފަދަ..ކެޔޮވަލޭ ވަނީ މި ޕޮއިންޓް ދެންމެ ގެންނަވާފައި..

  34. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ބޯސޮރު ނަމުގައި ކޮމެންޓް ލިޔުނު މީހާ އަށް.
    މަގޭ ނަމުގައި އެހެން މީހުން ކޮމެންޓް ކުރާގޮތް ވަނީ ކީއްވެ! ތި ވަރަށް ދަށު ދަރަޖައިގެ ކަމެއް!

  35. "އޯ" ރޭލީ ފެކްޓާ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ހާޝިމް ބެލިންތަ މި ފިލްމް؟ “މީ މައިސެލްފް އެންޑް އައިރެން” މިފިލްމުގައި ޖިމް ކެރީ އަށް ލިބިފައި ވާނެ، މަލްޓިޕްލް ޕަސަނާލިޓީ. މީނާ މިފިލްގައި ވަރަށް މޯ ވާނެ. މީހުން އޭގެ ނާޖާއިޒް ފައިދާ ނަގަން ފެށީމައި އެންމެ ފަހުން މިބުނި، މަލްޓިޕްލް ޕާސަނާލިޓީ އޭނަގެ ހަށިގަނޑުގައި އުފެދޭނެ. އެއަށްފަހު އޭނަ އުޅޭނެ އެކި މީހުނަށް ވެގެން.ވަރަށް ހަރުކަށިވެސް ވާނެ. ހާޝިމް ވެސް މިހެން ވެއްޖެ ނަމަ، ތިމަންނަ މިއީ ބިލް އޯ ރޭލީ އޭވެސް ހީވާނެ. އެކަމަކު އެހެން ޝަޚްސިއްޔަތެއް އުފެދުމަކީ ވާނޭ ކަމެއް ނޫން. މިއީ ދެން ހޮލީވުޑް ފެންޓަސީ އެއް. އެކަމަކު އަރަބިން ކިޔާ އުޅޭނެ ބައްޔެއްގެ ނަން، “އިންފިސާމް ޝަޚްސިއްޔާ” މިއީ އަސްލު ބައްޔެއްވެސް މެ، ތިމަންނަ މިއީ އެހެން މީހެއް ކަމުގެ އިހުސާސްވުން..ދެން ފިލްމެއްގެ ޓައިޓަލް މަޝްހޫރު ވާނެ ބަހަވީ ގަވަޢިދަކަށް ވުރެން، ދުނިޔޭގައިވެސް. ދެން އެފިލްމުގެ ކޮންސެޕްޓް މަޖާޒީ ކޮށް ނަގައިގެން ވެސް މި ލިޔުން ހަމަ ސުރުހީ އާވެސް ގުޅިފައި އެހާ މޮޅު..

  36. އަހުރަ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ތެދެއް ތިޔަބުނީ. މިސައިޓުގެ ކޮމެންޓެއް ކިޔާނެ ކަމެއްނެއް. ވަކި މީހަކު ކޮމެންޓް ކޮއްފިއްޔާ އެދެން އޭނަޔާ ޖެހިގަންނަންވީ. މިސައިޓަށް ކޮމެންޓްކުރާމީހުންގެ ބޮލުގައި ކިރިޔާވެސް ”ހިކުމަތޭ” މިކިޔާ އެއްޗެއްގެ އަސަރެއްވެސް ހުރިނަމަހީ ، ރުޅިއަންނަ މީހާގެ ކޮމެންޓަ ނުބެހި ނިކަން ޕޮސިޓިވްކޮށް އޭނަގެ ފިކުރާ ދިމާ އިދިކޮޅު ފިކުރެއް ހިމަނާގެން ކޮމެންޓް ކުރީސް. މިހާރު ކަލޭމެން އޭނަ ފަހަތުން ދުވަނީ ……. އޭނަ ކަލޭމެން ފަހަތުން ދުވީސް މަ މިބުނިގޮތަށް ހެދިނަމަ….. އަނެއްކާ މަ މިކީ އެއްޗެއް ދޭހަވާނެ ބާ.

  37. އަމިއްލަ ޙައިޞިއްޔަތުން‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    އަޅުގަނޑު ދަންނަވާނީ މިއީވަރަށް ރަނގަޅު ލިޔުމެކޭ. މިލިޔުމުގައި ބުނެފައިމިވާ ވާހަކަތަކަށް އެބަޖެހޭ ވަރަށް ފުންކޮށްވިސްނަން. ނޫންނަމަ ކޮންމް މީހަކު ވިހިތިރީސް ޙައިޞިއްޔަތު ގެންގުޅެން ފަށައިފާނެ. އޭރުންވާނެގޮތަކީ ފުލުސްމީހާ ޑިޔުޓީ ނިމުމުން ޑްރަގް ވިއްކާމީހެއްގެ ޙައިޞިއްޔަތަށް ބަދަލުވެދާނެ. ހައްޔަރުކުރަން އަންނައިރަށް ފުލުހެއްގެ ޙައިޞިއްޔަތަށް ބަދަލުވެދާނެ. ކިޔަވާކުއްޖާ ސުކޫލުންނިކުމެ ޕާޓޭއެއްގެ ޙައިޞިއްޔަތަށް ބަދަލުވެދާނެ. ރައީސް އޮފީސްނިންމަވާފައި ފަތުރުވެރިއެއްގެ ޙައިސިއްޔަތަށް ބަދަލުވެވަޑައިގެން ހުސްގަޔާ ސޯޓުބުރި ތުރުކުރައްވައިގެން ކޮންމެވެސް އެއްޗެއްވެސް ހިއްޕަވަފާނެ. އޭރުންޖެހޭނީ ޙައިޞިއްޔަތުބަލަން ޒުހެއިރު ހޯދަން ނިކުންނަން ސުވާލުކޮށްލާއިރަށް ވިދާޅުވާނެ މިއީ އަޅުގަނޑުގެ އަމިއްލަ ޙައިޞިއްޔަތޭ މިގަޑީގައި ދެވޭނީ ބަނޑުފުޅުގައި އޮތް ތަރުޖަމާއޭ.

  38. އަމިއްލަ ޙައިޞިއްޔަތުން‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ކޮމެންޓުކުރުމުގެ މަޤްޞަދު ބައެއްފަރާތްތަކުން އޮޅުވާލައްވާތީ ވަރަށްހިތާމަކުރަން. އެއްކަކު ހަމަ އެއްވާހަކައެއް ތިންހަތަރުފަހަރުވެސް ދައްކާ. ލިޔުމަށްވުރެ ދިގު ބައެއްފަރާތްތަކުން ކުރާ ކޮމެންޓުތައް. އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާ މިއީ ތިމާ ނުވަތަ ވަކިބަޔަކު އެކަނި ކޮމެންޓުކުރަން އޮތް ފޯރަމެކޭ. މީގައި ބޭނުމީ ތަފާތު މީސްމީހުންގެ ތަފާތު ޚިޔާލުތައް ހިމެނުން.

  39. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    މިހާއިސާބުން އަޅުގަނޑު ވެސް ތިދެކެވޭ ވާހަކަ އަށް އެއްޗެއް ދަންނަވާލާނަން.ކިއުންތެރިންގެ ހިޔާލުތަކަށް ހުރިހާބޭފުޅުންވެސް އިހްތިރާމް ކުރއްވަން ވާނެ.އަދި ލިއެފައިވައި ލިއުމަށްވެސް. މިދަންނަވަނީ ފާޑުނުކިއާށެކޭނޫން އިގޭތޯ.ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތެރެއިން ކުރެވޭނެ.އަދިނުކުރެވޭނެ ކަންތައްތަކެއް ވެސް ހުންނާނެ.މިހާވަރުން މިދެންނެވި އެއްޗެއްސާފުވެ ވަޑައިގެންފިކަމަށް ހީކުރަން.

  40. ޔޫސުފް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    އަޅުގަނޑު ހިތުން އެންމެ ފުރަތަމަ އަޅުގަނޑު ކޮމެންޓްކުރީ (މައިގަނޑު ގޮތެއްގައި) މި ލިޔުމުގައި ފާހަގަކޮށްފައިވާ ޕޮއިންޓަށް.

    އެކަމަކު މިހާރު، މި ކޮމެންޓް ކުރަނީ ސުރުޚީއިން އަޅުގަނޑު ނަގަން ބޭނުންވާ މާނަ ބުނެ ދިނުމަށް. ލިޔުމުގައި، އަންނިގެ ފޮޓޯ ހިމަނައި، ސުރުޚީ އެގޮތަށް ޖެހީމައި އެދޭހަވަނީ ތިމަންނާ ( އެބަހީ އަންނި) އޭ ހުރިހާވެސް މީހަކީ. ތިމަންނަ ބުނާ ބުނުންތަކާއި، ތިމާގެ ފަރާތުން އެހެން މީހުން (މިސާލަކަށް ޒުހައިރު) ބުނާ ބުނުންތައް ކޮންމެ ގޮތަކަށް ހުއްޓަސް އެއީ ހަމަ ބުއްދި ގަބޫލުކުރާ ހަމައޭ! ސަބަބަކީ ތިމާ އޭ ހުރިހާވެސް މީހަކީ… ތިމާގެ އުސޫލް އެއީ ހަމަޔަކަށް ނުވާ ‘ހަމަ’ އެއް ވިޔަސް ގަބޫލުކުރާށޭ.

    ސުރުޚީ ރައްދުވަނީ އަންނިއަށް…ދެން މިލިޔުމުގައި އަންނިގެ ފޮޓޯއެއް ޖެހީވެސް ސަބަބެއް އޮވެގެން ކަމަށް ފެންނަނީ!! (އެކަމަކު އަންނި ނުދޭ، އަލިވާގެ ދޮށަކަށް!)

    ކެޔޮވަލޭއަށް:
    ފަންއަރި ކަމަށް ހީވެގެން ތިޔައުޅެނީ ނުބައި މީހަކަށް. ފަންއަރިއަކީ މޮޅުމީހެއް. އެކަމަކު އެއީ އަދި ތިޔަ ހީކުރާ މީހާއެއް ނޫން.

  41. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    “އަމިއްލަ ހައިސިއްޔަތުން” ތިޔަ ވިދާޅުވީ ހަމަ ހެޔޮކޮށް. މިތަނުގައި ކޮމެންޓްކުރުމުގެ މަޤްޞަދު މިއޮތީ ހަމަ ވަރަށް ބޮޑަށް އޮޅިފައި ނުވަތަ ބައެއް ބޭފުޅުން އޮޅުވާލައްވާފަ. އޭގެ ބަދަލުގައި މިއޮތީ އަޅުގަނޑާ ދިމާކުރުން. އެއީ ކީއްވެގެންކަން ވެސް ދަންނަވާނަން. އަޅުގަނޑު ކޮމެންޓްކުރީ ސީދާ މިލިޔުމަށް. އަޅުގަނޑު ދެންނެވީ ސުރުޚީއާއި ލިޔުމަކާ ނުގުޅޭ، ދެން ދެންނެވީ ޙައިސިއްޔަތު އޮޅުވާލުމުގެ ފަހުގެ ތާރީޚުގެ ފެށުމަކީ 24 ޖޫން 2005 ވަނަ ރޭ ޑީއާރުޕީ އިން ވިލިމާލޭގައި ބޭއްވި ޖަލްސާގައި މައުމޫން ޢަބްދުލް ޤައްޔޫމް ހައިސިއްޔަތު އޮޅުވާލެއްވުމޭ. އެ ނިމުނީ. ދެން މިބޭފުޅުންނަށް މިވާގޮތަކީ، މައުމޫނޭ ކިޔައިގެން އެއްވެސް އެއްޗެއް މިބޭފުޅުން ޤަބޫލުފުޅެއް ނުކުރައްވާނެ. މިބޭފުޅުންގެ ނަޒަރުގައި އެއީ ކުޑަކަލާނގެ. ދެން އަޅުގަނޑުގެ ވާހަކައަށް ފަސްއަޅައި ދެން ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ދެންނެވި ޙަޤީޤަތް ހާމަވިޔަ ނުދެއްވުމަށް މިބޭފުޅުން މިމަސައްކަތްކުރައްވަނީ. އެއީ މީގެ އަސްލަކީ. މިކަން އަޅުގަނޑަށް އެނގުނު ވަރަށް ރަނގަޅަށް އަޅުގަނޑު ލިޔެ ފޮނުވި “ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެ ތިބާގެ އަބުރު ތިބާއަށް މުހިންމެވެ” މި މަޒުމޫނުން. މިބޭފުޅުން ބޭނުންފުޅެއް ނުވޭ ލޯފުޅުގައި އެޅިފައިވާ ކަޅު ފަރުދާ ކަޝްފުކޮށްގެން ބައްލަވާކަށް. އަޅުގަނޑުގެ މަޤްޞަދަކީ ކޮންމެހެން އަންނި މޮޅުކުރުމެއް ނޫން. އަޅުގަނޑު ދެންނެވިން އަންނި ހެއްދެވި 3 އިތުރުފުޅެއްގެ ވާހަކަ ވެސް. އެކަމެއް ވެސް މިބޭފުޅުނެއް ބައްލަވާކަށް ބޭނުންފުޅެއް ނުވޭ. ހަމަ އަޅުގަނޑާ ދިމާކުރަނީ، މިތަނުގައި މިބޭބޭފުޅުން މަޝްހޫރުވެވަޑައިގަންނަވަން ވެގެން. އެނޫން އެއްވެސް ކަމެއް ނެތް. އަޅުގަނޑު މިތަނުގައި ކޮމެންޓްކޮށް، މަޒުމޫނު ލިޔެ، ޅެން ހަދައި މިފޮނުވަނީ، ދިވެހިބަހަށާއި ލިޔުންތެރިކަމަށް ހުންނަ ޝައުގުވެރިކަމަކުން. މިބޭފުޅުން މިކޮމެންޓްތައް ކުރައްވާއިރު، ނުދައްކަވައޭ ހަމަޖެހޭ ދެއުޅިއެއްވާ އެންމެ ވާޙަކައެއް ވެސް އިނގޭތޯ. މިއީ މައްސަލައަކީ. އެހެންނަމަވެސް ދަންނަވަން، ތިއިން ބޭފުޅަކު ހަޤީޤަތަށް ފަސްލައި ފޮރުއްވަން އުޅުއްވަންޏާ އަޅުގަނޑު އަންނާނަން އެތަނަކަށް އައިސް ދަންނަވާނަން ކަން އޮތް ގޮތް. އަޅުގަނޑު ހުއްޓަކާ ހަމަ ލާހިކެއް ނޫން މިބޭފުޅުންނަށް ތާރީޚު އޮޅުވާލާކަށް އިނގޭތޯ.

  42. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    އަދި ހަމަ އެއް ވާހަކަ ދަންނަވާނަން. މިސައިޓްގައި އަޅުގަނޑު މައުމޫނޭ ކިޔައިގެން ކޮމެންޓް ކުރައްވާއިރަށް، ބައެއް ބޭބޭފުޅުން ފައްޓަވާނެ އެކި ނަން ނަމުގައި ކޮމެންޓްކުރައްވަން. ބޭނުމަކީ މިތަނުގައި ގިނައީ ޕްރޯ-މައުމޫން ބޭފުޅުންކަން ހާމަކުރެއްވުން. ނިކަން ބައްލަވާ މިއަދު ވެސް، އެބައުޅުއްވާ “އަމިއްލަ ހައިސިއްޔަތުން”، “ބޮޑޭ”، “ޖަރީމާ” ، “ބްލަޑް ކްލޮޓް”. ދެން ނުފެންނާނޭ އިނގޭތޯ މިއިން އެއްވެސް “ބޭފުޅަކު” އެއްވެސް އާޓިކަލަށް ކޮމެންޓްކުރައްވާ ތަނެއް. އަޅުގަނޑަށް ވަރަށް ހީވޭ މިއީ “ޑޯގް” ހެން. އޭނާއަށް ކުރީ ދުވަހު އަޅުގަނޑު ދިން ރައްދެއްގެ ސަބަބުން މިކަން ކުރައްވަނީ. ޑޯގް ނަމުން ލިޔުއްވަން ކެރިވަޑައިނުގެން އެއުޅުއްވަނީ ބޮލާފޮށާއެޅުއްވިގެން އިނގޭތޯ. އޭގެ ބަދަލުގައި ބައްލަވާ ބޯސޮރާ، ބިލް އޯ ރެލީ އާ ގަޅިބެ އާ ދޮންބެ. އަޅުގަނޑާ އެބޭފުޅުން ބައެއް ފަހަރު ފަހަރަށް ޚިޔާލު ތަފާތުވޭ. އަދި އެބޭފުޅުން އަޅުގަނޑާ ދެކޮޅު ވެސް ހައްދަވާ. އެކަމަކު ވެސް ގެންގުޅެން ފެށި ނަން އެބަ ގެންގުޅެމޭ. އެހެންވީމާ، މިތަނުގައި އެކި ނަންނަމުން ކޮމެންޓް އެކުރައްވަނީ ކޮންމެހެން މިކަން ސީރިއަސްކޮށް ކުރައްވާކަށެއް ނޫން. ހަމަ އަނގަމަޖަލަށް. އެއީ އަޅުގަނޑު މިކަން ކުރާ ގޮތެއް ނޫން. ޚުދު ބިލް އޯ ރެލީއާއި ގަޅިބެ އާއި ދޮންބޭބެ ފަދަ ބޭފުޅުން ވެސް އެހެން ހަމައެކަނި އަނގަމަޖަލަކަށް ނޫންހެން ހީވަނީ އެކަން ކުރައްވަނީ.

  43. މަ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    މައުމޫނު އެއީ މިހާރުގެ ރައީސްނޫންކަން ފަންއަރިއަށް ހަދާންކޮށްދެން، ކުރީގެ ރައީސްކަމަށް ލިޔޭ

  44. މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ލިޔުން ފަށަމުން “ކުރީގެ” ޖެހުމަށްފަހު، “ރައިސް” އަށް ފަހު ކޮމާ އެއް ގެނައިމަ އަރޓިކަލް ފުރިހަމަ ވީ..

  45. އުމާނާ އިބްރާހިމް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ހާސިމް އަށް

    ހާސިމް އަށް ވެސް ނިކަން “މީ މައިސެލްފް އެންޑް އައި ” ގެ މާނަ އެގެންޏާ ބުނެބަލަ ތިހުރިހާ ފޮނި ބައިސާ ނުކަނޑަ. ހީވަނީ ކަލޭވަރުގެ މީހެއްދެން ނެންހެން.

  46. މުނިޔާ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ކުއްޖަމެނޭ!އަޅުގަނޑުމެންގެ ކުރީގެ ލޮބުވެތި ޒަޢީމް އަވަހާރަވެ ވަޑައިގަތީމަ ވާނެދޯ ޒަމާން ތަކަކަށް ފެނިގެން ދާނެހެން އާސާރު ކުރަން ދުނިޔޭގައި ތިބީވިއްޔާ!ޔަޤީން އެމަނިކުފާނު ރާއްޖޭގެ ރެކޯޑް ފޮތް ކީކުރަން ދުނިޔޭގެ ރެކޯޑް ފޮތުގެވެސް ރައީސުންގެ އެންމެ ކުރީގަކަން އޮންނާނީ އެނަންފުޅު! މިބަހާމެދު ކަލެމެން ކުދިން ކީކޭ ވިދާޅުވަނީ؟

  47. ބްލަޑް ކްލޮޓް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ނޫނޭ ހާޝިމް. އަޅުގަނޑު މީ DOGގެ ނަމުގައި ކޮމެންޓްކުރައްވާ ބޭފުޅާ އެއް ނޫން އިނގޭތޯ. އަޅުގަނޑު މަދު ފަހަރަކު ކޮމެންޓް ކޮށްލަނީ. އެކި އާޓިކަލް އަށް ކޮމެންޓް ކުރުމަށް ބޭނުންކުރަނީ ކޮންމެވެސް ޔުނީކް ނަމެއް. އެހެން ބޭފޫޅެއް ދުވަހަކުވެސް ބޭނުންކޮށްފައި ނުވާނެހެން ހީވާ ނަމެއް. އަޅުގަނޑު ހާޝިމަށް ވަކި ރައްދެއް ދިނީ އަކީ ނޫން އިނގޭތޯ. ލިޔުންތެރިޔާ ސުރުހީގައި ބުނަން ބޭނުންވި އެތި އަޅުގަނޑަށް ރަނގަޅަށް ދޭހަ ވުމުން އަޅުގަނޑަށް ގަބޫލް ކުރެވުނީ ހަމަ ފަހި ސުރުހީ އެއްކަން. އަޅުގަނޑުވެސް އެގޮތަށް ސުރުހީއަށް ނަންދެން ބައެއް ފަހަރު.

    ތި ވިދާޅުވީ ރަނގަޅަށް. ބްލަޑް ކްލޮޓް ދެން ފެންނާނެ ހެނެއް ހިޔެއް ނުވޭ ކޮންމެ ފަހަރަކު އާނަމެއް އަޅުގަނޑު ބޭނުން ކުރާތީ. އެކަމަކު ގަބޫލްފުޅު ނުކުރައްވަންޔާ މި ނަންދެން ބޭނުން ކުރާނީ ހަމަ ހާޝިމަށްޓަކައި. އޭރުން DOG ކަމަށް ނުހީކޮށް ހަމަ ސީދާ އަޅުގަނޑަށް ރައްދު ދެވޭނޭނު.

  48. އިބްރާހީމް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ހާޝިމަކީ ޑރ. ޙަސަން ސަޢީދުތަ؟ ބަލަ ހާޝިމް އެކަނިތަ ކިޔަވައިގެން މިދިވެހިރާއްޖޭގައި ހުރީ. ތިޔަ ދެން ތަންފުކެއް ބޮޑުވަރު އިނގޭ! ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ގޮޅިއަށް ހާޝިމް ގެންދަންޖެހޭ ކަމަށް މިހާރު މަށަށް ޤަބޫލު ކުރެވެނީ. ވަރަށް އަވަހަށް. އެހެން ނޫނީ މިކަލޭގެ ހީވަނީ ދުވަހަކުވެސް ބުއްދި ރަނގަޅު ނުވާ ދަރަޖައަށް ހިނގައިދާނެހެން.

  49. އެނގޭ މީހެއް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ހާޝިމް އެއުޅެނީ ބޭރު ޤައުމަކަށް ކިޔަވަން ދެވިގެން އިނގޭ ތޯ! އޭނަ އަކަށް ނޭގޭ މިސައިޓްގަ ލިޔުއްވާ، ސައިޓް ހެދުމުގައި އުޅެނީ އެމީހުން ކަމެއް. އަޅުގަނޑު ނަންތައް ދަންނަވާކަށް ނެތިން، އެއީ އެބޭފުޅުން ހިތް ހަމަ ނުޖެހިދާނެތީ. ނަމަވެސް، މެލޭޝިޔާ، އޮސްޓްރޭލިއާ، ޗައިނާ،މިސްރު، މިތަންތަނުން ކިޔެވި ބޭފުޅުންނާ ކިޔަވާ ބޭފުޅުން މިސައިޓަށް ހަމަ އިޖްތިމާޢީ، އިގްތިސާދީ، ދީނީ، ދުނިޔަވީ، ސިޔާސީ އެއްޗެހި ލިޔުއްވާ އިނގޭތޯ. ދެން ކޮމެންޓް ކޮށް އުޅޭ މިހެން ބުންޏަސް ލާނެއް ކުދިން ވަރަށް.

  50. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    އެއްވެސް މީހަކަށް ކޮމެންޓް ކުރަނީ ކާކު ކަން ކަނޑައެޅިގެން ނޭނގޭ އިރު ޒުވާބު ކޮށް ރުޅި އިސްކޮށް ޒާތީ ކަންތަކާ ބެހުމަކީ ވަރަށް ނާތަހުޒީބު ކަމެއް. އެހެންނޫން ކާކުކަން އެނގިހުރެ ޒުވާބު ކުރާނަމަ ބުނެވިދާނެ، އާނ އެއީ ވަރަށް ގަޓު ކަމެކޭ. އަމިއްލަ އަށް ވިސްނިގެން ހުއްޓާލާނެ ކަމަށް މުޅީންވެސް ބަލައިން މިހުރެވެނީ. ދެން ޒުވާބު ހަމަ ކުރަންވީ. ޖަދަލުވެސް ކުރަން ވީ އަޅުގަނޑު ދެކޭ ގޮތުގައި. އެކަމަކު ހާޝިމް އޭއްޗެކޭ، މިވެނި މީހަކު އެވެނި ކަމެކޭ. މިއީ ދެން ރަށަށްވެސް ރާއްޖެ ވެސް ބަލަން ބޭނުންވާނެ މުހިންމު ކަންތަކެއް ނޫން. ދެން ކޮން ބޭކާރު ސަކަރާތެއް ޖަހާކަށް.

  51. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ކޮމެންޓް ކުރަންވީ، ލިޔުމަށާއި ކޮމެންޓަށާއި ކޮމެންޓަށް. އެއީ އެކަކު ކިޔާ އެއްޗެއް ނުބައި ކަމަށް ފެންނަންޏާ އޭނަ ދެކޭ ގޮތް ބަޔާން ކުރެވިގެން އިސްލާހެއް ފެންނާނީ. ފަހަރެއްގައިވެސް ފަންއަރީގައި ކިތައް ފަންވަތް އޮތްތޯ އާއި، ހާޝިމްގެ ކިތައްކިތައް އަނބިން ހުންނާނެތޯ ޖަދަލުކޮށް އެޔެއް ބެލުމަކީ ބޭނުން ކަމެއް ނޫން. ދެން ކޮމެންޓްވެސް މިވީ ހެން ހީވަނީ.

  52. ފަންއަރި‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ކޮމެންޓު ކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.
    ސުރުޚީ “މައްސަލައަކަށް” ވީކަމަށްޓަކައި، މާފަށް އެދެން. އަޅުގަނޑުގެ މަޤްޞަދަކީ ކިޔުންތެރިން “މިސްލީޑް” ކުރުމެއް ނޫން ޙަޤީޤަތުގައި. ދެން އަޅުގަނޑު ސުރުޚީ އެގޮތަށް ލިޔުނީ ހަމަ އޭގެ ލަފްޒީ މާނައަށް ބަލާފައި. އެއްގޮތަކަށް ވެސް އޭގެ މުރާދަކަށް ނޫން. އެގޮތަށް މުރާދުކޮށް، މި ލިޔުން ޙަޤީޤަތުގައި ނިޞްބަތްވާ ޕްރެސް ސެކްރެޓަރީ އަކީ އަމިއްލައަށް ފެނިފައި ހުރި ބޭފުޅެކޭ ބުނާކަށް ނޫން އަޅުގަނޑު ބޭނުންވީ. ނުވަތަ ފޮޓޯގައި އެވާ ރައީސް ނަޝީދަކީ ވެސް އެފަދަ ބޭފުޅެކޭ ބުނުމެއް ނޫން.
    އަޅުގަނޑުގެ މަޤްޞަދަކީ، ހަމަ އެކި އެކި ޙައިސިއްޔަތުން ތިމާ ވާހަކަދެއްކިޔަސް އާޚިރުގައި އެވާނީ ހަމަ ތިމާކަމުގައިއޭ ބުނުން. “މީ” އަކީ ވެސް އަހަރެން. “މައިސެލްފް” އަކީ ވެސް އަހަރެން. “އައި” އަކީ ވެސް އަހަރެން. އިނގިރޭސި ބަހުގައި ކޮންމެ މަޤްޞަދެއްގައި މި ބަސް ބޭނުންކުރިޔަސް، އަޅުގަނޑު ބޭނުންކޮށްފައި އެ އޮތީ އޭގެ ބޭރުފުށުގެ މާނައިން ދޭހަވާ މަޤްޞަދަށް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެކަން އެނގިވަޑައިގަންނަވާނެ މި ލިޔުން ކިޔާލީމަ.
    އަދި ވެސް މި ސުރުޚީ ޚިޔާލަށް އައި އެއް ސަބަބު ކޮންމެވެސް ބޭފުޅަކު މިތާ އިޝާރާތްކޮށްލައްވައިފި. އެއީ، އަޅުގަނޑު ބެލި ޖިމް ކެރީގެ ފިލްމެއްގެ ނަމަކަށް އޮންނާނެ “މީ މައިސެލްފް އެންޑް އައިރީން” މި ފިލްމުގައި މީ މައިސެލްފް އަކީ ޖިމްކެރީ. އޭނާ އަކީ މަލްޓިޕްލް ޕާރސަނަލިޓީ ކިޔާ ނަފްސާނީ ބައްޔެއް (މި ފިލްމު ބުނާގޮތުން) ޖެހިފައި ހުރި މީހެއް. އެހެންނަމަވެސް ފިލްމުގެ ފޮރުވިފައިވާ މެސެޖަކީ، ކަލޭ މާ ބޮޑަށް މީހުންނަށް ހެޔޮވެގެން އެމީހުން ހެދިހާ ގޮތެއް ހެދިގެން ނޫޅޭށޭ. އަމިއްލަ ނަފްސަށް ވެސް ކޮންމެވެސް ލޯތްބެއް ބަހައްޓާށޭ. ބޭރުފުށުން މި ދޭހަވަނީ އެކަމަކު އެއް ހަށިގަނޑެއްގައި ދެމީހަކު އުޅޭ މަންޒަރު. އަދި ވެސް، އޮވޭ “މީ މައިސެލްފް އެންޑް އައި” މިހެން ކިޔާ ފިލްމެއް ވެސް. މިފިލްމު އަޅުގަނޑު ނުބަލަން އެކަމަކު މީގައި ވެސް އުޅެނީ މަލްޓިޕަލް ޕާސަނަލިޓީ މީހެއް. ކޮންމެގޮތަކަށް މިކަން އޮތަސް، އަޅުގަނޑުގެ މުރާދަކީ ހަމަ ބޭރުފުށުން ފެންނަ މާނަ “ހައްތާ ވެސް އަހަންނެވެ” މިއީ.
    ދިވެހި ބަހުން ލިޔާ އިރު، އަޑުއިވޭ ބޭރު ބަހެއް ސުރުޚީއަކަށް، މިގޮތަށް ޖަހާ އިރު، އޭގެ އަސްލު މާނަ އަދި ގްރެމާ އެއީ އެހާ ބޮޑު މައްސަލައެއް ކަމެއް އަޅުގަނޑު ނުދެނެހުށިން. މިސާލަކަށް، ރައީސް ނަޝީދު ވިދާޅުވާ އަޑު އިވޭ “ތަހުތިހަލް އަންހާރުގައި” ތިބޭ ބައެއްގެ ވާހަކަ. ތަހްތިހަލް އަންހާރު މިގޮތަށް ބޭނުންކުރީމާ ޢަރަބި ބަހުން އޮންނަ ގޮތާ ދެން އެޔާ ގުޅިގެން ދިވެހިން ބުނާއިރު ނެރެންބޭނުންވާ މާނަ ހަމައެއް ނުޖެއްސޭނެ. އެކަމަކު އެމަނިކުފާނުގެ މަޤްޞަދަކީ ސުވަރުގެ ކަހަލަ މޮޅު ދިރިއުޅުމެއްގައި އުޅޭ ބައެކޭ ބުނުން. އެކަމަކު އެއީ ކޮމާކޯޅީގައި އޮންނަ ސިފަކުރުމެއް ކަމަށް އަޅުގަނޑު ދެކެނީ ބަހަވީ ގޮތުން އެއީ މައްސަލައެއްކަމަކަށް އަޅުގަނޑު ނުދެކެން. ބައެއް ބޭފުޅުން އެއީ ދީނީ ގޮތުން މައްސަލައަކަށް ހެއްދެވިޔަސް އަޅުގަނޑު ނުދެކެން އެއީ ދީނީ ގޮތުން މައްސަލައަކަށް ވާނޭ ކަމެއް ކަމަކަށް ވެސް.
    ދެން ރައީސް މައުމޫނުގެ ނަން ކިޔާ އިރު “ކުރީގެ ރައީސް” މިހެން ކިޔުމާ ނުކިޔުން އެއީ އަދި ވަކި ގޮތަކަށް ނުނިމި އޮތް ކަމެއް. އަޅުގަނޑު “ޜައީސް މައުމޫނު” މިހެން ކިޔާފައި މި އޮތީ ދިވެހިން ނަމޫނާއަކަށް ބަލާ ރިޔާސީ ނިޒާމު އޮންނަ އެމެރިކާގައި އެގޮތަށް ބޭނުންކުރާތީ. ކުރީގެ ހުރިހާ ރައީސުންނަށް ވެސް އެމީހުން ބޭނުންކުރަނީ އެ ލަޤަބު. ރާއްޖޭގައި ވަކި ގޮތަކަށް އެކަން ނިމުނީމާ އެގޮތަކަށް އަޅުގަނޑު ތަބާވާނަން.
    ދެން އަޅުގަނޑު ލިޔާ އިރު ބަލަނީ ހަމަ އެކަނި ކުޑަކުޑަ ވަކި ޕޮއިންޓެއް ނަގައިގެން ލިޔެވޭތޯ. މި ލިޔުން ލިޔެފައި މިއޮތީ މައުމޫނު ފޮނުވި ސިޓީއާ ބެހޭގޮތަކުން ނޫން. ނުވަތަ ޚިޔާނާތާ ބެހޭގޮތަކުން ވެސް ނޫން. އެއީ، ހަމައެކަނީ ޒުހައިރު ދެއްވި ޖަވާބާ ގުޅޭ ގޮތުން.
    އަޅުގަނޑު ލިޔާ އިރު، ބަލަނީ އެވަގުތަކު ހިނގާ ކަމަކާ ގުޅޭގޮތުން ލިޔެވޭތޯ.
    އަޅުގަނޑު ލިޔާ އިރު ވަކި ޕާޓީއަކަށް ވަކި ފަރާތަކަށް ދިމާކުރާ އުސޫލެއް ނުގެންގުޅެން. ޑީއާރުޕީން ވެސް އަޅުގަނޑަށް ގަބޫލު ނުކުރެވޭ ކަމެއް ކުރަންޏާ އެވާހަކަ ލިޔާކަހަލަ ގޮތަކަށް އަޅުގަނޑުގެ އުސޫލު އޮންނަނީ. މިސާލަކަށް މުލިއާގެއާ ބެހޭގޮތުން ޑީއާރުޕީ ނޫހުގައި ހަޑި ގޮތްގޮތަށް ލިޔަންފެށުމުން އެކަމާ ދެކޮޅަށް އަޅުގަނޑު ލިޔުނިން.
    އަޅުގަނޑު ލިޔާއިރު، ބަލަން ލިޔުމުގައި ރަސްމީ ސިފަގަނޑެއް ބެހެއްޓޭތޯ. އެއްވެސް ބޭފުޅަކަށް ހުތުރު ވަނަން ބޭނުންކުރުމާ، އެބޭފުޅެއްގެ މަޤާމާ އެކަށީގެންވާ ގޮތަކަށް، ވާހަކަދެއްކުމުގެ ދަރަޖަތައް ވެސް ގެންގުޅެވޭތޯ ބަލަން.
    ދެން ހާޝިމްއަށް ދަންނަވާލަން، ހާޝިމްގެ ކޮމެންޓުތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ، ހާޝިމްގެ ނަމުގައި މިތާ ކޮމެންޓުކޮށްފައި މިވަނީ ހަމަ އެކަކުތޯއޭ؟ މިހެން މި ދެންނެވީ ފުރަތަމަ ވިދާޅުވީ، މި ލިޔުމުން ދެއުޅި އެއްވާ އެންމެ ޖުމްލައެއް ވެސް ނުފެނުނު ވާހަކަ. އެހެންނަމަވެސް ފަހުން ވިދާޅުވެފައި އެބަ އޮތް، ލިޔުމުގައި ޖަހާފައި ހުރި މިސާލުތަކާއި މެސެޖްވެސް ރަނގަޅުކަމަށް، އޭގެ އިތުރުން ގިނަ މިސާލުތަކެއް ހިމަނާލި ނަމަ އިތުރަށް ފުރިހަމަވީސްކަމަށް.

    ފަހަރެއްގައި މި ކޮމެންޓް އަޅުގަނޑު ލިޔުނު ލިޔުމަށް ވުރެން ވެސް ދިގުވެއްޖެހެން ހީވަނީ.
    ނިންމާލުމުގެ ކުރިން އެޑްމިންއަށް ޚިޔާލެއް ދޭނަން.
    އެއީ މި ލިޔުމުގެ ސުރުޚީއަކާ ހުރެ، ލިޔުމުގައި ކޮމެންޓް ހަނގުރާމައެއް ހިނގައިފި. އޭގެ ސަބަބުން މިޔަށް ވުރެ މާ އޮއްޓަރު ހުރި މާ ރަނގަޅު ލިޔުންތަކަށް ވުރެ ކޮމެންޓްތައް ގިނަވެއްޖެ. އެހެންވުމުން. މި ސައިޓްގެ އެންމެ މަޤްބޫލު ލިޔުމަކީ މިއީ ކަމުގައި އޮޓަމެޓިކުން ކްރެޑިޓްކޮށްފާނެ. އެކަމަކު އޭގެ މާނައެއް ނޫން ގިނަ މީހުން ކިޔައި، ގިނަ މީހުންކައިރީ މަޤްބޫލުވީ މި ލިޔުމެކޭ. އަދި އެއީ ގިނަ މީހުންނަށް ރަނގަޅުވީ ލިޔުންތަކަށް ކުރެވުނު ބޭއިންސާފަކަށް ވާނީ އަޅުގަނޑުގެ ނަޒަރުގައި، އެހެންވީމާ، މިހެން ނުވާނެ ގޮތަކަށް މިކަންތައް ބަދަލުކޮށްލެވިއްޖެއްޔާ ރަނގަޅު. ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް ވެސް.

  53. ތުކިއްޓޭ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    އާނ މިހާރު ސާފުވެއްޖެ، މިއުޅޭ ހާޝިމާ ހުރެޔޭ، އެކޮން ބުނަން މިކަން މިހެން މިވީ އަސްލު ދޮންބޭބެ ރަށުގައި ނޫޅުއްވާތީ!

  54. ވަރުބަލިވެފައިވާ މީހަ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ތިޔާބުނީ ހެޔޮކޮށް، މި ހާޝިމުއަށް ވިސްނައިދެނީ އެމީހަ ވިއްޔާ ކޮންމެ ފަހަރަކު ވެސް، ހާޝިމަކަށް ނޯންނާނެ ވިސްނާލުމެއް، ހަމަ ކިތަންމެ މޮޅެތި ބޭފުޅުން ލިޔުއްވާ އެއްޗެއްސަށް ވެސް ވިސްނައިނުލާ ކޮންމެ އެއްޗެކެ ވެސް ކިޔާފާނެ.

  55. DOg‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ތިކުދިންނަށް ނޭނގެނީ ހާޝިމްގެ ބޭނުން އޭނާ ވަރަށް ފުރިހަމަ އަށް ކާމިޔާބު ކޮށްފި، އެއީ މިސައިޓްގައި ލިޔެފައިވަނީ އަންނިގެ ނިކަމެތިކަމާއި ނާގާބިލިއްޔަތުކަންދޯ ތިއެންމެންނަށް ހާޝިމް އެކިގޮތްގޮތުން ތަފާތު ގޮތްގޮތަށް ކޮމެންޓްކޮށްގެން މިލިޔުމުގައި ލިޔެފައިވާ އެއްޗަކާއި ދުރުކުރަން މަސައްކަތްކުރެވިއްޖެ، އެންމެން ހެން ތިއުޅެނީ ހާޝިމްގެ ކޮމެންޓުން ސަލާމަތްނުވެގެން އެއްވެސް މީހަކަށް މިލިޔުމަށް ކޮމެންޓެއް ދެވޭގޮތްނުވެގެން، ދެން ހާޝިމް ބޭނުންވަނީ މީހުންގެ މަގުބޫލުކަން އެކަންވެސް އެދަނީ ހޯދަމުން، އެއީ އޭނާ ބޭނުމެއް ނުވާނެ އަންނި އާއި ބެހޭ ގޮތުން ދެރަ ބަހެއް އެކަކުވެސް ބުނާކަށް، އެހެންވިޔަނުދީ މިލިޔުން އަޅުގަނޑު ބަލައިގަތީ އަދަބީ ގޮތުން ލިޔުމުގެ ފޭރާން މޮޅުވޭތޯ ބަލާކަށްނޫން މިރާއްޖޭގައި ހިނގަމުންދާ ކަންތައްތަކެއްގެ ހަބަރު އެގިގެންދިޔުމާއިއެކު މީހުން ހޭލުންތެރިކުރުވާ ލިޔުމެއްގެ ގޮތުން، ލިޔުމުގެ މައިގަނޑާއި ސުރުހީ ދިމާކޮށްގެން އޭގައި ރިހަކައްކާކަށް ނޫޅި މިލިޔުމަށް ބަލާ ކޮމެންޓްކުރުން އެއީ ގޮތަކީ.

  56. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ކޮއެފުޅާ ބުނަންތަ؟ މަޝްހޫރު ކިތަންމެ ބައެއް ދުނިޔޭގައި އުޅޭ، އަދި ވެއްޔަށް ވެގެންވެސް ހިނގައްޖެ. މަޝްހޫރު ވަންޏާ ކޮންމެވެސް ގޮތެއް އޮންނަންވާނެތާ، މިބުނީ އެމީހަކަށްޓަކައި އެމީހުންގެ ދަރިފަސްކޮޅު ފަޚުރުވެރިވާކަހަލަ. ހަމަ ސަލްމާނު ރުޝްދީ ނޫނީ ހެޓިލަރަކަށް އަދި ނުވިޔަކަސް.

  57. ޖަރީމާ‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ބުނަން ހާޝިމް ވާހަކައެއް؟ ކިތައްމެ މޮޅޭ ހީވިޔަސް ނޭގޭނެ ކަންތައްވެސް ހުންނާނެކަން ދަންނަންވާނެ.. މަ އެކި ލިޔުންތަކަށް ހުންނާނެ އެކި ނަމުގަ ކޮމެންޓްކޮއްފަ.. އެކަމަކު އެއްލިޔުމަކަށް ނޯންނާނެ ދެނަމެއްގަ ކޮމެންޓް ކޮށްފައެއް.. އެއީ މަ ކޮމެންޓް ކުރަނީ އެ ލިޔުމަކާއި ކޮމެންޓްތަކާއި ގުޅޭ ނަމަކުން.. ދެން މަށަކީ DOG އެއްވެސް ނޫން.. ހާޝިމް ކަލޭ އަމިއްލަޔަށް ފެނިފަ ތިހުންނަވަރުން މަތިން ވަހީ ބާވާލައްވާ ކަމަށްވެސް ކަލޭ ދައުވާ ކޮށްފާނެ..

  58. ނައިލޯނު ދޮން އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:24/05/2009

    ހެދެ ކޮމެންޓު ތަކަށް ނުބަލަ، ގިނައިން މީހުން ހުޅުވި ސޮފުހާއަށް އެއްވަނަ ލިބޭނެ ނިޒާމެއް ނެހެދޭނެ؟ ގިނައިން ހުޅުވީމަ ދެން ބެލިދާނެ ގިނައިން ކީ ކަމަށް ދޮއްތޮ؟ ކިޔޭނީ ހުޅުވައިގެންތާ. ކިޔާފަ ކޮމެންޓު ނުކޮށް ވަސް މީހުން ބަހައްޓާނެ. ދީނީ ލިޔުމެއް ވިއްޔާ އަމުދުން އެޔަށް ކުރާނެ ކޮމެންޓެއް ގިނަ މީހުންނަށް ނުވަސް އެނގޭނެ. އެހެންވީމަ ފަންއަރި އެބުނީ ރަނގަޅު ވާހަކައެއް.