ދުޅަހެޔޮކޮށް ތިބުމަކީ އެންމެންގެ ވެސް އެދުމެވެ. ހަށިގަނޑު ފަލަވެ، ސިފަ ހުތުރުވަމުން ދާންފެށުމުން އެކަމާއި ނުވިސްނާ މީހަކު ނުހުރެއެވެ. މައްސަލަ ހައްލުކޮށް ހަށިގަނޑު ރީތިކޮށް، ދުޅަހެޔޮކޮށް ބެހެއްޓުމަށް، ކެއުމަށް ބަދަލު ގެނެސް، ކުރަންޖެހެނީ ކަސްރަތުކަން ނޭނގޭ މީހަކު ނެތެވެ. ކަސްރަތު ކުރާހިތްވެސް ވެއެވެ.
ނަމަވެސް ނުހުންނަނީ ކަސްރަތު ކުރަން ފެށުމުގެ ހިތްވަރެވެ. ބައެއް މީހުން، ނުހަނު ހިއްވަރާއިއެކު ކަސްރަތުކުރަންފަށައެވެ. ނަމަވެސް އެކަމުގައި ދެމިހުރެވެނީ، ދާދި މަދު ދުވަސްކޮޅަކުއެވެ. ކަސްރަތުކުރުމުގައި ދެމިހުރުމަށް، ތިމާގެ ދިރިއުޅުން ދެކެ ލޯބިވުން މުހިންމެވެ. އާއިލާދެކެ ލޯބިވުން މުހިންމެވެ. އެމީހުންނަށްޓަކައި އެކަނިވެސް ފުރިހަމަ ސިއްހަތެއްގައި ހުންނަން އެބަޖެހެއެވެ.
ކަސްރަތުކުރުން އެއީ މާވަރުގަދަ ކަންތައްގަނޑަކަށް ނުހަދާށެވެ. ކޮންމެ ދުވަހަކު، ހިތްހަމަޖެހޭވަރަށް ކަސްރަތުގެ ހަރަކާތްތައް ކުރުމުން ފުދުނީއެވެ.
މި ކިޔާލަދެނީ ވަރަށް ފަސޭހައިން ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްލާ، ރީތިކޮށްލާނެ ހަތަރު ކަސްރަތެކެވެ. ގުނބުހިލެންދެން މާ ވަރުގަދައަށް ފަށައިގަތުމުގެ ބަދަލުގައި މިގޮތަށް ކަންކުރާށެވެ.
ލަންޖް:
ތަސްވީރުގައިވާ ގޮތަށް ތެދަށް ދެއަތަށް ދެ ޑަމްބެލް ލައިގެން ކޮޅަށް ހުންނާށެވެ. ކުރިއަށް ކަނާތުފައި ގެންދާއިރު ބަނޑަށް ވާންކޮށް އެތެރެއަށް ހިފާލަމުން، ފައިތިލަ ހަމައަށް ތަޅުންގަނޑުގައި ޖައްސާށެވެ. ވައަތުފައި ފަހަތަށް ދަމާލާފައި ކަކޫތަޅުންގަނޑުގައި ޖެހޭ ނުޖެހޭވަރަށް ބަހައްޓާށެވެ. އަނެއްކާވެސް، ކުރީގައި ހުރި ގޮތަށް ބަދަލުވާށެވެ.
މިގޮތަށް ކޮންމެ ފަޔަކަށް އަށަކާއި ބާރަ އާއި ދެމެދުގެ އަދަދަށް ރެޕް ހަދާށެވެ.
———-
ޑަމްބެލްރޯ:
ކަނާއަތުން ޑަމްބެލްގައި ހިފާށެވެ. އަދި ތަސްވީރުގައި އެވާ ގޮތަށް، ކަނާއަތާއި ކަނާއަތުފައި ދިގު ގޮނޑީގައި ބާއްވާށެވެ.
ބުރިކަރި ތެދަށް، ހަށިގަނޑުގެ މަތީބައި، ތަޅުންގަނޑަށް ރަހައަށް ވާގޮތަށް އޮވެފައި، ޑަމްބެލްއާއި އެކު ކަނާއަތް އެލުވާލާށެވެ. އެއަށްފަހު ކަނާއަތް، ތަސްވީރުގައި ވާގޮތަށް، އަރިކަށްޓާއި ހަމައަށް ހިއްލާށެވެ. މިގޮތައް ހިއްލާއިރު، ކޮނޑުމަތީގެ މަސްތަކަށްވާންވާން ޖެހޭނެއެވެ.
ކޮންމެ އަތަކަށް ބާރަ ރެޕް ހަދާށެވެ.
———-
ރޯމޭނިއަން ޑެޑްލިފްޓް:
ތަސްވީރުގައިވާ ގޮތަށް ވައަތުފައިމައްޗަށް، ކޮޅަށް ހުންނާށެވެ. މިގޮތަށް ހުންނައިރު، ޑަމްބެލްގައި ހިފައިގެން ހުންނާނީ ވައަތުން، ފައިގެ ފަލަމަސްގަނޑާއި ދިމާލަށް އަތުގެ އެތެރެފުއް ވާގޮތަށެވެ. ތެދަށް، ހުންނާށެވެ.
އެއަށްފަހު އުނަގަނޑުން ތިރިއަށް ލެނބޭށެވެ. އެއާއި އެކު ކަނާއަތް ތިރިއަށް އެލުވާށެވެ. އަތުގެ މަސްތަކަށް ވާންވާކަން އިޙްސާސްވުމުން، މަޑުމަޑުން ތެދުވާށެވެ.
މިގޮތަށް، ކޮންމެ އަތަކަށް ބާރަ ރެޕް ހަދާށެވެ.
———-
ޕުޝްއަޕް:
ތަސްވީރުގައިވާ ގޮތަށް މޫނުވަތަށް، ތަޅުންގަނޑުމަތީ އޮށޯންނާށެވެ. އަތް ވިއްދާފައި ބަހައްޓާނީ ކޮނޑުގެ ފުޅާމިނަށްވުރެ، ކުޑަތަންކޮޅެއް ފެއަށެވެ. އަތުގެ އިނގިލިތައް ބަހައްޓާނީ ކުރިއަށެވެ.
އަތްތިލައަށާއި، ފައިގެ އިނގިލިތަކުގެ މައްޗަށް ހަށިގަނޑުގެ ބަރުދަން، ބަރޯސާވަންދެން ހަށިގަނޑު އުފުއްލާށެވެ.
އެއަށްފަހު، ތަޅުންގަނޑުގައި މޭމަތި ކިރިޔާ ޖެހޭނުޖެހޭ ވަރަށް ހަށިގަނޑު މަޑުމަޑުން ތިރިކުރާށެވެ. އަނެއްކާވެސް ކުރީގައި ބުނެދިން ގޮތަށް ހަށިގަނޑު އުފުއްލާށެވެ.
މިގޮތަށް އަށަކާއި ބާރައާއި ދެމެދުގެ ޢަދަދަކަށް ރެޕް ހަދާށެވެ.
———-
ނޯޓް: ލިޔުމަށް އެހީ ހޯދީ: މެންސް ހެލްތު އިން. ވާކްއައުޓް އުފެއްދީ: މައިކް ރޮބަރޓްސަން.





ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:31/05/2009
މަ ހަދާ ގޮތެއް ބުނެފާނަން. ހިޔާލީ ގޮޑި އެއްގައި އިޝީނދެ ތެދުވާ މީހަކަށް ހެދެނީ. އަތް ޖެހޭނީ ރަސްގެފާނަކާއި ދިމާލަށް ހުންނަ ގޮތަށް ބައިންދަން. ދެން ޕުޝް އަޕް ހަދަން. ފަޔަށާއި އަތައްވެސް މެއަށްވެސް ފައްކާ. މިދެ ކަސްރަތުން. ދެން ޑަމްބެލް ވެސް އެބަހަރި. އެކަމަކު އެއަކާ އަޅައެއް ނުލަން. އެހެން ވީމަ ތިކަން ކުރާނަން ދެން.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:31/05/2009
އަދި ހިތްވަރު އެލެންޏާ، މަތީގައި އެހެރަ ފެންނަ ކަހަލަ ފޮޓޯ އަކަށް ބަލާލިއަސް ވަރަށް ފައްކާ…އޭރަށް ވަރަށް ހިތްވަރު ލިބޭ..
ހާޝިމް ވިދާޅުވީ
ތާރީޚް:01/06/2009
އަޅުގަނޑަށް ވަރަށް ފެންނަ ކަމެއް އެއީ، މިސައިޓަށް ފޮނުވާ ލިޔުންތައް ރީތި ލޭއައުޓެއްގައި ފޮތެއްގެ ގޮތުގައި ހަދާލުން. ދެން އެފޮތުގެ ޕީޑީއެފް ފައިލެއް މިސައިޓްގައި ހިމަނާލެވިދާނެ ބޭނުން ބޭފުޅަކަށް ޑައުންލޯޑްކުރަން. މަހަކު އެއްފަހަރު، ނޫނީ ދެމަހުން އެއްމަހު، މިކަހަލަ ފޮތެއް ހެދިދާނެ. މިހާރު ވާ ގޮތަކީ، މިސައިޓަށް އެކި ބޭފުޅުން ފޮނުއްވި އެތައް ރަނގަޅު މަޒުމޫނުތަކެއް ދެން މިޖެހެނީ މިސައިޓްގެ ސަފްޙާތައް ހާވައިގެން ހޯދަން. މިޚިޔާލު އެޑްމިން ޤަބޫލުފުޅު ކުރައްވާނެކަމަށް އުންމީދުކުރަން.
ދެން މިލިޔުމާއި ދޭތެރޭ ބުނަންޖެހެނީ، ޔޫސުފްގެ ވައުދެއް ޔޫސުފް ތިޔަ ފުއްދެވީއޭ. އަނެއްކާ އަޅުގަނޑު ހީކުރި ވަރަށް ވުރެ މާއަވަހަށް، މާރަނގަޅަށޭ ތިޔަ ވަޢުދު ފުއްދެވީ. ދެން އަޅުގަނޑު ހީކުރަން، ޔޫސުފްގެ ބައެއް ލިޔުންތަކަށް އަޅުގަނޑު ކުރާ ކޮމެންޓްތަކަށް އެއްވެސް ހިތް ބުރަ ކަމެއް ނުބާއްވާނެ ކަމަށް ވެސް. އަޅުގަނޑު މިތަނުގައި ކުރާ ކޮންމެ ކޮމެންޓަކީ ވެސް އެއްވެސް ބޭފުޅަކު ރުޅިއަރުވާލާކަށް ނޫނީ މިތަނުގައި މަޝްހޫރުކަމެއް ހޯދާކަށް ކުރާ ކޮމެންޓްތަކެއް ނޫން. އެއީ، ހަމަ އަޅުގަނޑުގެ ޚިޔާލުތައް. އަޅުގަނޑު ޤަބޫލުކުރާ ގޮތް. އެޚިޔާލުތަކާ ދެކޮޅު ބޭބޭފުޅުންނަށް ވެސް އަޅުގަނޑު އިޙްތިރާމް ކުރަން އަޅުގަނޑުގެ ނަން ވަގަށް ނަންގަވައިގެން ޖެއްސުން ކުރައްވާ ބޭފުޅާ ނޫނީ. ދެން ބައެއް ބޭފުޅުންނަށް އަޅުގަނޑާ ހެދި ބޮލަށް އުނދަގޫފުޅުވަންޏާ، އޭގައި އަޅުގަނޑު ކުރާނެ ކަމެއް ނެތް. އެހެންނަމަވެސް، ދެން އެފަދަ ގޮތެއް ނުވޭތޯ ވަރަށް މަސައްކަތްކުރާނަން. އަޅުގަނޑާއި އާންމުކޮށް ޚިޔާލު ތަފާތުވާ ބިލް އޯ ރެލީއާއި، ކެޔޮވަލޭ، ވަކަވަލޭ، އިބްރާހީމް، ޖ.ނ.ނ ފަދަ ކޮންމެ ބޭފުޅަކަށް ވެސް އަޅުގަނޑު ވަރަށް ޝުކުރުވެރިވަން. އަދި އަޅުގަނޑު އުންމީދުކުރަން އަޅުގަނޑާ މެދު ހިތްބަރު ކަމެއް ނުގެންގުޅުއްވާނެ ކަމަށް ވެސް. ޝުކުރިއްޔާ
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:01/06/2009
އާނ ތިޔޭ މި ދައްކާ ވާހަކަޔަކީ.. ކަސްރަތު ކޮށްގެނޭ ދުނިޔޭގަ އުޅެވޭނީ. އުޅެން ޖެހޭނީވަސް. މިހާރު ބޭބެ ބުނެފާނަން ތިޔާގަ ވާހަކައެއް. އަހަރެމެން މަދަރުސަޔަށް ދިޔަ އިރު.. އެ އަދި މާ ކުރިތާ! އޭރު ވަސް އޮވެޔޭ ކަސްރަތު. ޖިމުނާސްޓިކު ވަސް ހެދީމޭ.. މިހާރު ކަމެއް އޮވޭތަ! އޭރު އަހަރެމެން ކުޅޭ ކުޅިވަރުތައް އެ ހަމަ ހުސް ކަސްރަތު. ހަތްވަޅުން ގާ ނެގޭނެ ކަލެމެނަށް ފަހެ؟ ނުނެގޭނެ. ހަމަ ގައިމޭ ނުނެގޭނެކަން.
ޔޫސުބާ ވެއްޖޭ ބޭބެއަށް ކަމެއް ކޮށްލަދޭން.. ގުގުރި ދެމުމަކީ ފަހެ ބައްޔެއް؟ ފަހަރިދައިތަ އެބަ ކިޔައޭ އެ ބޮޑު ބައްޔެކޭ.. އަޅެ ތަންފުކެއް ވަސް މައިތިރިވާނެ ފަންޑިތައެއް އޮތްތޯ ބަލާލަދޭންވެއްޖޭ.. ބޭބެ ގުގުރި ދަމަމެކޭ ނޫން މި ބުނީ.
ޖ.ނ.ނ ވިދާޅުވީ
ތާރީޚް:01/06/2009
މިލިޔުން ވަރަށް ކަމުދޭ. ހާޝިމު ވިދާޅުވިހެން ޔޫސުފް ވެލެއްވި ވަޢުދު އެންމެ 24 ގަޑި އިރެއްހާ އިރުތެރޭގައި ތިޔަ ފުއްދަވައިދެއްވީ. ވަރަށްވެސް ބޭނުންތެރި މަޢުލޫމާތު ތަކެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ ޔޫސުބަށް.
ދެން ޔޫސުބު ނޫނަކަސް އަޅުގަނޑަށްވެސް އިނގިހުރި އެއްޗެއްގެ އަލީގައި ނަލަ މުޙަންމަދުބޭ އަށް ވެސް ބުނެދީފާނަން ގުގުރިދެމުމަކީ ކޮބައިކަން. އެއީ ނިދުމުގެތެރޭގައި ނެވާލާއިރު (ޢާމުކޮށް އެތެރެއަށް ނޭވާލުމުގެތެރޭގައި) ވައިހިނގާމަގުގައި ވަޔަށް ހުރަސްއެޅި، ކުޑަދުލާއި، ސޮޕްޓްޕްލަޓާއި، ކަރުގެ އެތެރެއިން ބިއްދަށުގައި ހުންނަ މަސްތަކާއި، ޓޮންސިލްތައް އެކަތި އަނެކެއްޗާ ޖެހިގެން އުފައްދާ ވައިބްރޭޓް ވުމުގެ އަޑެއް. މިކަމަކީ ތިމާގެ ދިރިއުޅުމުގެ ސްޓައިލް ނުވަތަ ވައްޓަފާޅިއާއި ގުޅުން ހުންނަ ކަމެއްކަމަށް ފާހަގަކުރެވޭ. އެގޮތުން މާބޮޑަށް ފަލަވުމާއި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ގުގުރިދެމުމަށް މަގުފަހިކޮށްދޭ ކަންކަން. އެހެންކަމުން ތިމާގެ ދިރިއުޅެގޮތަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން މިކަން ހަމައަކަށް އެޅިފައިވެސް އެބަހުރި.
ހާޝިމު އަށް ދަންނަވާލަން، އަޅުގަނޑު ހަމަގައިމުވެސް އެއްވެސްކަހަލަ ޒާތީ ކަމެއް ތިޔަބޭފުޅާއާއި ދޭތެރޭގައި ނެތޭ، ތިޔަބޭފުޅާގެ ކޮމެންޓްތަކުގައި ބުނުއްވާ އެއްޗަކާ ދޭތެރޭގައި އަޅުގަނޑުގެ ޚިޔާލުތަފާތުވުމެއް ހުރިއްޔާ އެކަމެއްގެ ވާހަކައޭ އަޅުގަނޑު ދަންނަވާފައިވާނީ. އަދި އަހާލަންބޭނުންވޭ، ކީއްވެގެންތޯއޭ މިހާރު ހާޝިމުގެ އާޓިކަލްއެއް އަޕްލޯޑް ކޮށްނުލެވެނީ. ހީކުރަން ޖަވާބު ދެއްވާނެކަމަށް.
އީިލޮޅިި ވިދާޅުވީ
ތާރީޚް:01/06/2009
ކިހާ ސާފުކޮން ހާޝިމް އެބުނެލީ! މިސައިޓްގެ އެދްމިންއަށް ބުނެލަން އޮތީ ކުރީގެ ލިޔުންތައް މިސައިޓްގައި އަލުން ޖަހާނީ ކޮންއިރަކުން ތޯއޭ؟ ބައެއް ބޭފުޅުން ކުރިން ލިޔެފަ އެބަހުރި ވ. ފައްކާ ލިޔުން. މުހައްމަދު އުމަރުގެ ވެސް ވ. އިލްމީ ލިޔުންތަށް ކުރީގެ ސައިޓްގަ ހުރި. ދެން އަދި އާދަމް ފަޔާޒްގެ ‘ކުޅުދުއްފުށި ރަގާއި ކުޅަވަށްފަލު ރަނިން’ މީއީވެސް މި ސައިޓުން ކޮންމެހެން ފެންނަން ޖެހޭނެ ލިޔުން. އެލިޔުންތައް އަލުން އަޕް ކޮށްލަންވީނުން.
ކެޔޮވަލޭ ވިދާޅުވީ
ތާރީޚް:01/06/2009
ހާޝިމް އެ ދިން ޚިޔާލު އެޑްމިން ބަލައިގަންނާނެ ކަމަށް އުއްމީދު ކުރަން. އެއީ ވަރަށް ރަނގަޅު ކަމެއް. ހަމައެހެންމެ މިސައިޓްގައި ކުރިން ހުރި ޢިލްމީ ލިޔުންތައް އަލުން ގެނެސް ދިނުންވެސް އެދެން. އެ ލިޔުންތެރިންނަށް ކުރި ބޭއިންސާފަކަށް ނޫނީ ނުވާނެ އެ ލިޔުންތައް ނަގާލައިފިނަމަ.
ދެން އަހަރެން ދެކޭގޮތުގައި މި ލިޔުމުގައި މިހިރަ މިހިރަ ކަސްރަތުތަކަކީ ވަކި ވަރަކަށް ހަށިގަނޑު ރީތިކޮށް ހުންނަ މީސްމީހުން އިތުރަށް ހަށިގަނޑު ރީތިކޮށްލަން ކުރެވިދާނެ ކަންކަން. ހިސާބަށް ވުރެ ފަލަ މީސްމީހުން މި ފަދަ ކަސްރަތު ތަކުން ފެށުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ހެނެއް އަހަރެންނަކަށް ހިޔެއް ނުވޭ. ޚާއްޞަކޮށް މީގައި ބުނެދީފައި އެވާ ޕުޝްއަޕްއަކީ ވަކި ވަރެއްގެ ދުޅަހެޔޮ ހަށިގަނޑެއްގެ ވެރިއަކަށް ނޫނީ އެއްގޮތަކަށްވެސް ހެދޭނެ ކަސްރަތެއް ނޫން. އަލަށް ފަށައިގަންނަ މީހުންނަށް ވަރަށް ބަރުވާނެ މިކަސްރަތު. އެފަދަ މީހުންނަށް ހުރޭ މިއަށް ވުރެ ލުއިކޮށް މި ޒާތަކަށް ހަދާ ކަސްރަތެއް. އެއީ ބިންމަތީގައި ދެކަކޫ ޖައްސާފައި ހަމަ މިކަސްރަތާއި ދާދި އެއްވައްތަރު ގޮތަކަށް ހަދާ ކަސްރަތެއް.
ބަރުދަން ހުންނަން ވާވަރަށް މަތީގައި ހުރުމާއެކު، ހެޔޮވަރެއްގެ ބަނޑެއް ލައިފައި ހުރި މީހަކު މިފަދަ ކަސްރަތުކޮށްގެން ހަށިގަނޑު ރީތި ކުރުމަކީ ވަރަށް އުނދަގޫވާނެ ކަމެއް. އެއަށް ވުރެ ރަނގަޅުވާނެކަމަށް އަހަރެންނަށް ފެންނަނީ ފުރަތަމަ ހަށިގަނޑު ލުއި ކުރަން މަސައްކަތް ކޮށްފިނަމަ. އަހަރެން އަޑުއެހިން ބަނޑެއް ލާފައި ހުންނަ މީހަކު ހަމަ އެކަނި ބަނޑުގެ ކަސްރަތު ހަދައިގެން ބަނޑު ހިންދާ ނުލެވޭނެއޭ ބުނާ އަޑު. ބަނޑު ހިންދަންޏާ ޖެހޭނީ ހަމަ ހަށިގަނޑު ލުއި ކުރާށޯ. މިއީ އަހަރެންނަށްވެސް ވަރަށް ޤަބޫލު ކުރެވޭ ވާހަކައެއް. ޤަބޫލު ކުރިއަސް ނުކުރިއަސް، ވޭތުވެ ދިޔަ 4 މަހެއް ހާ ދުވަހުގެ ތެރޭގައި އަހަރެންގައިގައި ހުރި 79.5 ކިލޯ މިއަދު މިވަނީ ﷲގެ ރަޙްމަތްފުޅުން 65.5 ކިލޯއަށް ތިރި ކުރެވިފައި. މާނައަކީ 14 ކިލޯ ލުއި ވީއޭ. އަހަރެންގެ ތަޖުރިބާއަށް ބަލާފައި ބުނެވޭނީ މަތީގައި އެވާ ކަސްރަތުތަކުން ހަށިގަނޑު ލުޔެއް ނުކުރެވޭނެއޭ. އޭގެ ބަދަލުގައި އެއިން ހަށިގަނޑުގައި ތަންކޮޅެއް ޑެންސް މަސްތަކެއް ޖަހާނެޔޭ. އޭގެ ސަބަބުން ހަށިގަނޑު ފުކެއް ބަރުވުމަކީވެސް އެކަށީގެންވާ ކަމެކޭ. އެހެންކަމުން މުހިއްމީ ހަށިގަނޑަށް ކެލެރީ އިތުރު ކުރާ މިންވަރު މަދުކޮށް، ފައިބަރު ގިނަ ކާނާ ބޭނުންކޮށް، ދުވުން، ފެތުން، ކުޅުން ފަދަ ހަރަކާތްތެރި ކަސްރަތެއް ޚިޔާރުކުރުން އަހަރެން ދެކޭގޮތުގައި.
ވަކަވަލޭ ވިދާޅުވީ
ތާރީޚް:01/06/2009
ޔޫސުބު އޭނާގެ ވަޢުދު ފުއްދިވާހަކަ ތިޔަދައްކަނީ ދޯ، އާނ އެހެން އެވަނީ ޔޫސުބު ދެކެޔޭ މިއީ އޭނާގެ މައްޗަށް އޮންނަ އިޖުތިމާޢީ ވާޖިބެއް ކަހަލައޭ، މަ އެހެންވެ ޔޫސުބަށް ވަރަށް ހިތްވަރުދެން، ލިޔުން ހަމަ އެއްވަނަ،
ދެން މަގޭ ގޮތަކީ މަގޭ ޚިޔާލާ ދެކޮޅު ޚިޔާލެއް އުޅެންޏާ އެޔާ ކަތާކޮށްލުން، ނިކަން ބަލާލަ، މިހާރު މި ވަކަވަލޭގެ ކަންތައް ހުންނަ ގޮތް، އެޔޮތީ މި ފަހަރުވެސް ކޮމެންޓަކަށް ވުރެ ދިގުކޮށް، ދެން ހާސަރުތަކެއް ދަމާފައި، އެހެންޏާ ދެން ކޮން ފޮންޏެއް ކަނޑާކަށްތަ،
ފަސްމަންޒަރު ވިދާޅުވީ
ތާރީޚް:01/06/2009
ވަކަވަލޭ އަކަށް ނުފެނުނު ދޯ ނަލަ މޮހޮންމަދު ޖަހާފަ އެޔޮއް ސަކަރާތެއް، ތިޔަހެންވީމަ މަށަށް ކަމު ނުދަނީ، ކޮންމެހެން ކަލޭގެ ޚިޔާޅާ ދެކޮޅުވީމާ އެކަންޏެއް ނޫނޭ، ކަލޭ ބޭނުންވަނީ ހަމަ މީހަކާ ބެހިލަން، މަ ނުދެކެން ކަލޭ ނޫނީ މި ސައިޓުން ތިހާ ޒާތީ ކޮމެންޓުކުރާ މީހެއް.
ދަންމާނު ވިދާޅުވީ
ތާރީޚް:01/06/2009
ލިޔުން ވަރަށް ކަމުދޭ، ދެން އެކަމަކު އަމިއްލަ ސުވާލެއް ކޮށްލާހިތްވޭ އެބަ އިބްރާހީމް ޔޫސުފް އާ، އެއީ ޔޫސުފް ހިތްހަމަޖޭހޭ ހޭ ޔޫސުބު ކީމަ، މިހެން މި އަހާލީ މަ ރައްޓެހި ބައެއް ޔޫސުފުތަކަކަށް ކަމަކު ނުދޭ އެހެން ކީމަ، ދެން އަނެއްކަ، މިހާރު އެބަ އޮވޭ ފުރިހަމަ ނަން ޖަހާފަވެސް. އެހެންވީމަ، ދެން އަނެއްހެން ކަމެއް ނުވޭ،
ޚަލްވަތުގައި އިންނެވި ކަލޭގެފާނު ވިދާޅުވީ
ތާރީޚް:01/06/2009
ބޭބެ މި ހިތަނީ މިހެން މިތާ އިންނަ އިރު ތިޔަ ކަހަލަ ދެ ދަނގަޑު ބުރި ދެ އަތަށް ލައިގެން ތަޅުވައިފިއްޔާ ފައިދާއެއް ވާނެބާއޭ، އެހެންކަމު ބޭބެ އަނެއްހެން ފަލަ އެއް ނޫން.
ދުނބުރިހުއްތު ވިދާޅުވީ
ތާރީޚް:01/06/2009
ތާކު އޮތް ބޯޅަދަނޑު
މާކުރިން ގޮސް މައަޅުގަނޑު
ނާ! ކުރިން ހިންދީމެ ބަނޑު
ޕާކުގައި ހުރެ ކޮށްގެންނެ ކަސްރަތު
ހާކުރާ ގޭ ބުނެގެންނެ ހަސްރަތު
އިބްރާހިމްޔޫސުފް (ޔޫސުފް) ވިދާޅުވީ
ތާރީޚް:01/06/2009
ހާޝިމަށް:
އަޅުގަނޑު ލިޔުންތެރިމާއި މެދު ދެކެނީ، ލިޔުން، ޝާއިއުވުމަށްފަހު، އެއީ އަޅުގަނޑުގެ އެކަނި އެއްޗެއް ނޫން ކަމަށް! ކިޔުންތެރިންނަށް ލިޔުމުގެ ކޮންޓެންޓަށް ބަދަލު ނުގެނެވުނަސް، ލިޔުން ޝާޢިއުވުމާއިއެކު އަޅުގަނޑުގެ ބާރުގެ ދަށުން ލިޔުން ބޭރުވީކަމަށް! ވީމާ އެއްވެސް ކިޔުންތެރިޔަކު، ލިޔާކޮމެންޓެއްގެ ސަބަބުން އަޅުގަނޑު ރުޅިއައިސް ހިތްބަރުކަމެއް ނޯންނާނެ! (ރުޅިއައިސްގެން އިނދެ އަޅުގަނޑަށް ކުރެވޭނެ ކަމެއްވެސް ނޯންނާނެ. އެކަން އެނގިހުރެ ލިޔަނީ)
ކެޔޮވަލޭ އަށް:
މާބޮޑަށް ފަލަ މީހުނަށް ލިޔެފައި އޮތް ލިޔުމެއް ނޫން މިއީ. ހިކުމުގައި އޮންނަ އާންމު އުސޫލަކީ، ކެލޮރީ އިތުރުވާވަރަށްވުރެ ބޮޑަށް ކެލޮރީ އެންދުން؛ ނުކުންނާނެ ނަތީޖާ: ހިކުން މިއީ. މާފަލަމީހުން ހިނގަން ދިޔުން ރަނގަޅުވާނެ. އަލަށް ފަށާމީހުން، ހޮސްޕިޓަލަށްގޮސް ޑަކްޓަރަށް ނޫނީ ފިޒިއޮތެރަޕިސްޓާއި ވާހަކަ ދައްކާލުން ރަނގަޅު ވާނެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި އިންނަ އިންޑިޔާ ފިޒިއޮތެރަޕިސްޓް ވަރަށް ވާހަކަ ދައްކާނެ!
ކެޔޮވަލޭ އާއި ވަކަވަލޭ އާއި ތިޔައީ ނިބޫކުދިންތަ؟ ހަމަ އަހާލީ!
ބޮޑުގުގޫ ވިދާޅުވީ
ތާރީޚް:01/06/2009
ކޮބާ މިފަހަރު ދުންފަތުގެ އިސްތިއުމާލު ނުކުރާދުވަހު އެއްވެސް ފާހަގަކުރުމެށް ކުޅުދޫފުށީގަ ނެތީތަ އެހެންޔާ ކުޅުދޫފުށީގައި ހޮސްޕިޓަލުން އެކި ގޮތްގޮތައް އެކިފެން ވަރުގަ އެދުވަސް ފާހަކަ ކުރަމުންދާތީ މިއަހާލީ އެގޭ ކުއްޖަކު ނޫޅޭތަ ދުވަހުން ދުވަހަށް ކަންކަން ދޯދިޔާ ވިޔަނުދެމާ
ގަންޖާ ބޯ ވިދާޅުވީ
ތާރީޚް:01/06/2009
ހުއްތު ޅަ ދުވަސް މަތިން ހަނދާންވީ ދޮއްތޯ،
ކޮންމެ އުމުރެއް ވިޔަސް ކުޑައިކޮށް ކަސްރަތުކޮށްލާ ހަދަންވާނެ.
ކަލޭގެފާނު، ތިޔަތާގަ އިންނަވައިގެން ކުރައްވަން ރަގަޅުކަމެއް ތިޔަ ވިދާލުވީ މާބޮޑަށް ހެލިފެލި ނުވެ، ހަމަ ޔަގީނުންވެސް ކޮންމެސް ފައިދާއެއް ކުރާނެ.
މޮހޮދު ވިދާޅުވީ
ތާރީޚް:01/06/2009
ޔޫސުބުމެންވާ ވަޢުދުތައް އެބަ ފުއްދާތާ، މިހިތަނީ މިއުޅޭ ހާޝިމުގެ އަންނިއަށް އޭނަވީ ވަޢުދުތައް ދެން ފުއްދޭނެބާއޭ؟؟ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލުނީމަ ވަރަށް ކޮސްގޮވަން ފަށައިފި މިހާރު!!
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:01/06/2009
ޔޫސުބު މި ލިޔުމުގައި ވަރަށް މުހިންމު ބައެއް ވައްޓައިލައިފި. އެއީ ވޯމް އަޕް. ވަރަށް މުހިންމު ކަމެއް މިއީ. މަކައިރީގައި ކަސްރަތުގެ ވަރަށް ފުންނާބު އުސް ރޫސީވިލާތު ސޮރެއް ބުނީ، ކަލޭ އަވަހަށް މަރުވާން ބޭނުމިއްޔާ ތިޔަހެން ވޯމް އަޕާ ނުލައި ކަސްރަތު ޖައްސާށޭ. މިއީ ދެން އެއްވެސް އަސްލެއްނެތި ދެއްކޭ ވަހަކައެއް. އެކަމަކު އަޅުގަނޑު ހިތުން އެއީ ވަރަށް މުހިންމު ކަމެއް.
އީިލޮޅިި ވިދާޅުވީ
ތާރީޚް:01/06/2009
ކަލެމެން އަޅެ ހަފްތާއަކު ތިންދުވަހު ނަމަވެސް ފަތާލަން ދޭބަލަ. ތިހުރިހާ ސަކަރައިތް ޖަހާކަށް ނުޖެހޭނެ. ކޮންމެހެން ތިހުރިހާ ސަކަރާތް ޖަހާނެވެސް ކަމެއްނެތޭ ވަށައިގެން މޫދު އޮންނަ ގައުމުތަކުގެ މީހުނެއް. ފަލިޖެހުންވެސް މިއީ ހާދަ ކަސްރަތުލިބޭ ކަމެކޭ ދޯ. އަހަރެން ކުޑަދައިތަ ގޯތި އަލީ ވެސް ކޮންމެ ދުހުކު ފަތިހު ބޮއްކުރާގަ މަހަށް ގޮސް ގޮސް ހީވަނީ ޖިމް ޖައްސާ ސޮރެންހެން. ފަލިޖަހަނީ އެސޮރޭބުނޭ!
ހާޝިމްގެ ކޮމެންޓްތައް ދިރާސާ ކުރާ މީހާ ވިދާޅުވީ
ތާރީޚް:01/06/2009
ހާޝިމް: އަޅުގަނޑު މިތަނުގައި ކުރާ ކޮންމެ ކޮމެންޓަކީ ވެސް އެއްވެސް ބޭފުޅަކު ރުޅިއަރުވާލާކަށް ނޫނީ މިތަނުގައި މަޝްހޫރުކަމެއް ހޯދާކަށް ކުރާ ކޮމެންޓްތަކެއް ނޫން. އެއީ، ހަމަ އަޅުގަނޑުގެ ޚިޔާލުތައް. އަޅުގަނޑު ޤަބޫލުކުރާ ގޮތް. (*އެޚިޔާލުތަކާ ދެކޮޅު ބޭބޭފުޅުންނަށް ވެސް އަޅުގަނޑު އިޙްތިރާމް ކުރަން*)
ހާޝިމް: އިލޮޅިއަށް ޝުކުރު ދަންނަވަން. ދެން ދަންނަވާލަން އޮތީ، *ޖާހިލުންނާ* ކިތަންމެ ވަރަކަށް ޒުވާބުކުރިއަސް އާލިމަކަށް ކުރިއެއް ނުލިބޭނެއޭ. އެނިމުނީ. [ލޯބިވެވޭ ވަރަށް ވުރެ ފަލަވުމުން]
ހާޝިމް: ޖ.ނ.ނ އަށް. އަޅުގަނޑު ހީކުރީ ތިޔައީ ވަރަށް ތަސައްރަފް ފުދިފައިވާ ބޭފުޅެއް ކަމަށް. އެކަމަކު އެހެންނެއް ނުވި. [ރައްޔިތުންގެ މަޖިލީހުގެ މުސާރަކުޑަކޮށްދެއްވުމަށް...]
ހާޝިމް: މިކަމުގައި ބިލޯ ރެލީ ފިޔަވައި ހަމައިގައި އިންނަވައިގެން ކޮމެންޓްކުރެއްވި އެއްވެސް ބޭފުޅަކު ނެތް.[ހިތާމަތަކާއި ކުރިމަތި ލާހިނދު]
ބޭފުޅުންނޭ ދަސްކުރައްވާ! މިއީއޭ އިނގޭތޯ އަނެކާގެ ޚިޔާލަށް އިޙްތިރާމް ކުރެއްވުމަކީ.
ބާލުޚާނާއެއްގައި އިންނެވި ކަމަނާފާނު ވިދާޅުވީ
ތާރީޚް:01/06/2009
ކަސްރަތު ކުރަންފަށާތާ ދެ މަސްވާއިރު ނަތީޖާއެއް ނުފެނުނީމަ ގިނަ މީހުން ހުއްޓާލަނީ. އަޅުގަނޑު ހިތަށް އެރީ ކަމެއް ނުކޮށް އިނުމަށް ވުރެން ރަނގަޅުވާނެތާއޭ ކުރިއްޔާ. ގަވައިދުން ކަސްރަތެއް ކުރާތާ އެއް އަހަރު ފަހުން ބަލާލި އިރު ކުރިން ހުރި ޒުވާންކަން އަނބުރާ ލިބިއްޖެ.
ހާޝިމް ވިދާޅުވީ
ތާރީޚް:01/06/2009
ޖ.ނ.ނ އަށް
މީދެން ޖ.ނ.ނ އަޅުގަނޑާ ކުރައްވާ ސުވާލަށް ޖަވާބު ދޭން އެންމެ އެކަށީގެންވާ ފޯރަމަކަށް ނުވެދާނެ. އެހެންނަމަވެސް، އެހެން ބޭފުޅުންގެ އިޒުނައާއެކު ދަންނަވާލާނަން. މިހަފްތާގައި އަޅުގަނޑުގެ ލިޔުމެއް އިރާދަކުރެއްވިއްޔާ ފޮނުވައިދޭނަމޭ. ދެން އަނެއްކާ ވެސް އަޅުގަނޑު ހުށަހެޅި ޚިޔާލު، އެޑްމިން އަށް ތަކުރާރުކޮށްލަން. އެއީ މިސައިޓަށް ފޮނުވާ އެންމެހައި ލިޔުންތައް ރީތިކޮށް ލޭއައުޓް ހައްދަވާފައި، ފޮތެއްގެ ގޮތުގައި ހެއްދެވުން. މަހަކުން މަހަކުން ނުވަތަ ދެމަހުން އެއްމަހު ގޮތަށް. އަޅުގަނޑު ވަރަށް ކަންބޮޑުވޭ އެލިޔުންތައް ގެއްލިދާނެތީ. އެހެންވެ، މިވާހަކަ އަނެއްކާ ވެސް މިދަންނަވާލަން ޖެހުނީ. ދެން އަޅުގަނޑު ވަރަށް އެދެން އެޑްމިން އާ އަޅުގަނޑުމެންނާ ދެމެދުގައި މުއާސަލާތު ބަންދުކުރާ މިދަގަނޑު ފާރު ނައްތާލެއްވުން. ޚާއްޞަ ދަންނަވާލުން ކިޔާ ޞަފްޙާއެއް އެބައޮތް މިސައިޓްގައި އެޑްމިންގެ އެނައުންސްމަންޓްތަކަށް.
ހާޝިމް ވިދާޅުވީ
ތާރީޚް:01/06/2009
ހާޝިމްގެ ކޮމެންޓްތައް ދިރާސާ ކުރާ މީހާއަށް
އަޅުގަނޑު ލިޔުންތަކުން ޖުމްލަތަކެއް އައުޓް އޮފް ކޮންޓެކްސްޓުން ނަންގަވައިގެން މިތާ ތިޔަ ލިޔުއްވީ އަޅުގަނޑު، މިތާ ކޮމެންޓްކުރާ ބޭފުޅުންނަށް އިޙްތިރާމް ކުރަމޭ ދެންނެވީމާ ކަމަށްވަންޏާ އަޅުގަނޑު ދަންނަވާލަން އޮތީ އެންމެ ވާހަކައެއް. އަޅުގަނޑު ބުނެފައިވާ ކޮންމެ އެއްޗަކީ އެބޭފުޅުންގެޕްރޮފެޝަނަލް ކެޕޭސިޓީއަށް ބުނެފައިވާ އެއްޗެކޭ، ޕަރސަނަލް ކެޕޭސިޓީއަކަށް ބުނި އެއްޗެއް ނޫނޭ. އެނިމުނީ. ދެން އަދި އަޅުގަނޑު އެންމެ ހައިރާންވަނީ، އެއިން ބޭފުޅަކު އެކަމާ އެއްޗެއް ވިދާޅުނުވަނީސް، ހާޝިމްގެ ކޮމެންޓްތައް ދިރާސާކުރާ މީހާ މަތިންބައިން ތިޔަ ބޭކާރު މަސައްކަތްކުރެއްވީމާ، އަޅުގަނޑުގެ ކޮމެންޓްތައް ހޭވުމަށް ވުރެ ދުނިޔޭގައި ކުރާނެ މާރަނގަޅު އެތައް ކަންތައްތަކެއް ހުންނާނެކަމަށް އަޅުގަނޑު ދެކެނީ ތިޔަ ބޭފުޅާއަށް.
ތެޔޮވަޅޭ ވިދާޅުވީ
ތާރީޚް:01/06/2009
އަޅުގަނޑު ދެކޭ ގޮތުގައި ކަސްރަތަކީ ތިމާއާއި ތިމާގެ ހަށިގަނޑާއި ދެމެދުގައި އޮންނަންޖެހޭ ކަމެއް، ދެން ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ތިމަންނާ ދެން ކަސްރަތުކުރާނަމޭ، މިއީ އިޝްތިހާރެއް ނޫންބާވައޭ އިނގޭތޯ!
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:01/06/2009
ނަލަ މޮހޮންމަދަށް..
މިހާރުގެ ކުދިންނަށް ވަރަށް ކަސްރަތުގައި ނޫޅެވޭނެ. ގޭމް ކުޅުމާއި ޗެޓް ކުރުމާއި، މައިސްޕޭސް އަށް ވަނުމާއި، ނިދުމާއި ކެއުމާއި މިހެން ގޮސް ކިތަންމެ ކަމެއް އެމީހުންގެ އޮންނާނީ. ދެން އެއިން މީހަކަށް ކަސްރަތު ކުރަން އެންގީމަ ހަދާ ގޮތަކީ.. ވަރަށް ލޯޑް ބޮޑުވާ ކަސްރަތު ތަކެއް ކޮށްލާނީ.. ދެ ދުވަހުން އެއްދުވަހުން ލުއި ކޮށް ކުރަން އެންގީމަ ބުނާނީ، ބަލަ އޭރުން ކޮން އަސަރެއްހޭ ކުރާނީ.. ދެން އެންމެ ފަހުން މުޅި ގައިގަ ރިއްސާތި އުޅޭނީ. ގައިމުން ކަމެއް ނުކޮށް ހުންނަ މީހަކު، ދެ ދުވަހުން އެއްދުވަހު ވޯމް އަޕެއް ހަދާލާފައި، ޔޫސުބު އެދިން ލުއި ކަސްރަތުތައް ކޮށްލިއަސް އަސަރު ހުންނާނެތާ.
ޚާއްޞަ ދަންނަވާލުމެއް ވިދާޅުވީ
ތާރީޚް:01/06/2009
ކުޅުދުއްފުއްޓަށް އެންމެފަހުން ގެނެވުނު ދެ ޖަނަރޭޓަރުގެ ތެރެއިން އެއްޖަނަރޭޓަރަށް ދިމާވި މައްސަލަޔަކާއި ގުޅިގެން މިހާރުވަނީ ކުޅުދުއްފުށީގެ އެކިހިސާބު ހިސާބުން ކަރަންޓް ކަނޑަންފަށާފައި. މިއީ އާންމު އިންތިޚާބުގެ ވޯޓުލުމުގެ 2 ދުވަހެއްކުރިން ހަލާކުވި ޖަނަރޭޓަރާއިގުޅިގެން ރައީސްގެ ޚާއްޞަ ބެއްލެވުމުގެ ދަށުން އެމް.އެން.ޑީ އެފުން ގެނައި 2 ޖަނަރޭޓަރުގެ ތެރެއިން އެކަތި. ވީމާ، މިކަން ސަމާލުކަމަށްޓަކައި ގެނައިން
ދަންމާނު ވިދާޅުވީ
ތާރީޚް:01/06/2009
ދެން ޖަނަރޭޓަރު ބަލަހައްޓައިދޭން ދާން ވެސް މިވީ އަހަރެމެން، ކޮމެންޓުކުރަނ ވެސް މިވީ އަހަރެމެން، ހުރިހާ ކަމެއް ދެން ނުވާނެތާ ދޯ
ތާޅަފިލި ވިދާޅުވީ
ތާރީޚް:01/06/2009
ކުޅުދުއްފުށީ އޮފީހުން ގޮވާތީ އިވުނީ މުޅިން އާ ދެޖަނަރޭޓަރޭ ރައީސްގެ ބެއްލެވުމުގެދަށުން ގެންނަވަނީ. އެކަމަކު ފަހުން އެނގުނީ އެއީ ބައު 2 ޖަނަރޭޓަރުކަން. މިހާރު މައްސަލަޖެހުމުން އެކަން ކަށަވަރުވެއްޖެ. ވޯޓް ހޯދުމަށްވެސް ދޮގުނުހަދަންވީ މިހެންވީމާ. އެއިރުގޮވި ޖަނަރޭޓަރު ހަލާކުވީ ބައެއްގެ އިހުމާލުންނޭ، އެހެންވެ އެކަން ބަލަމުންނޭ މިދަނީ. އެކަންވެސް ނިމުނުގޮތެއް ރައްޔިތުންނަކަށް ނާންގާ އަދިވެސް. މިހާރު ޤަބުލުކުރެވެނީ އެއީވެސް އެކަން ސިޔާސިކުރަން ދެއްކެވި ވާހަކަކަން. އަދި އެއީ އިއްތިފާޤަކުން އެދުވަސްވަރާ ދިމާކޮށް އިންޖީނު އޭގެ ޒާތުގައި ހަލާކުވިކަން. މިހާރަކު އޮފީހުން އެނައުންސްމެންޓް ދޭއިރަކު ނުބުނެވޭ ރައީސްގެ ޚާއްޞަ އެހީގެ ދަށުން އެކަން ހައްލުކުރާވާހަކައެއް. މިހާރު ބުނެވެނީ މާދަމާވެސް މިގޮތުގައި ހިނގައިދާނެކަމަށް. އަދި ހައްލުކުރުމުގެ މަސައްކަތްކުރާވާހަކަ. ވޯޓްބޭނުންވީމަދޯ ކަންކަން އަވަހަށް ކޮށްދޭން އުޅެންވީ. މިއީވެސް ހަމައެބުނާ ޑިމޮކްރަސީގެ ވައްތަރުތޯ.
ޒުހުރަތުއް ނިސާ ވިދާޅުވީ
ތާރީޚް:01/06/2009
ކުއްޖަމެނޭ ދެން އުޅެގަ އެބުނާ ހަބަރު ޖަހާލަން. އެހެން ނޫނިއްޔާ މި ކަހަލަ ޔޯލަ ވާހަކަ ގިނަވެދާނޭނުން؟
ކަތްދައިތަ ވިދާޅުވީ
ތާރީޚް:01/06/2009
އަހަންނަކަށްވާ ނޭނގެ!
ދަލޭކަ ދައިތަ ވިދާޅުވީ
ތާރީޚް:01/06/2009
މި މިހާރު ކޮން ވާހަކައެއް ބާވަ؟
ދަލޭކަ ދައިތަ ވިދާޅުވީ
ތާރީޚް:01/06/2009
ކަސްރަތުން ފެށި ވާހަކަ ޖަނަރޭޓަރަކުން މި ނިމުނީ! އަހަން ހަމަ ކޮސްވެއްޖެ މި ސޮރުމެނަކާ ހުރެ!
ކުއްލި އަކަށް ފާޅުވި މީހެއް ވިދާޅުވީ
ތާރީޚް:01/06/2009
އާނ.. ! ދަލޭކަ ދައތަ ތިޔަ ބުނީވަސް ދޮގެއް ނޫން! އެވަސް އަހަން ގޯތި ހާޝިމު ދެއްކި ވާހަކަ އެއް ނަމަ މިހާރު އެސޮރު ކާފީސް މިތާ ތިބޭ ކުދިން..
ކަނބުލޮ ވިދާޅުވީ
ތާރީޚް:01/06/2009
މިސޮރުމެން އެހެން އެކިޔަނީވެސް 2 އިރުކާބޭހެއްހެން ކަރަންޓް ލިބޭތީ ވާ އުނދަގުލަކުންނޭ. މަގޯތި ހަގުސޮރުގެ އުމުރުން މިހާރު 17 އަހަރު. އަދި އެސޮރު ވިހޭ ފަހުންވެސް މިޒާތައް ކަރަންޓް ދާތީ އުޅޭކަށް ނުޖެހޭ. ފަހަރެއްގަ ކެނޑުނަސް ކެނޑޭނީ ވިއްސަކަށް މިނެއްޓައް ނޫނީ ބައިގަޑިއިރެއް ހާއިރަށް ކޮންމެވެސް ޓެކްނިކަލްކަމެއް ކުރަންވެގެން. މިހާރު އެސޮރުންނަށް ނެޓަށް ވަންނަންވެސް އެހާދަތިވާތީ އެއުޅެނީ. ދަލޭކަމެނޭ އަޅައިނުލާ