Share

ވަރުގަދަ ސިކިއުރިޓީ އާއި އެކު ކެމްޕެއިން ކުރައްވައިފި

ވަރުގަދަ ސިކިއުރިޓީ އާއި އެކު ކެމްޕެއިން ކުރައްވައިފި

ވެހިރައްޔިތުންގެ ޕާޓީގެ ޒަޢީމު، އޭނާގެ ކެމްޕެއިން ޖަލްސާ ޖަލާލުއްދީން ސްކޫލްގެ ހޯލުގައި ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއިއެކު ބާއްވައިފިއެވެ.  މި ކެމްޕެއިން ޖަލްސާއަށް ހާޒިރުވެވެނީ ސިފައިންނާއި ފުލުހުން ވަރަށް ފުރިހަމަޔަށް ޗެކްކުރުމަށް ފަހު ސިކިއުރިޓީން “އޯކޭ” ދިނުމުންނެވެ. ޖަލްސާ ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ފެށިގެން ޖަލްސާ ނިމެންދެން ޖަލާލުއްދީން ސްކޫލް ވަށައިގެންހުރި ހުރިހާ މަގެއް ސިފައިންނާއި ފުލުހުން އޮތީ ބަންދު ކޮށްފައެވެ. ނަތީޖާއެއްގެ  ގޮތުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، ކޮންމެވެސް ވަރެއްގެ އުނދަގުލެއް އާންމުންނަށް ވަނީ ފޯރާފައެވެ. ސިކިއުރިޓީގެ އުނދަގުލާހެދި ބައެއް މީހުން ވަނީ ނުރުހުންވެފައެވެ.

ތިންސަތޭކައެއްހާ މީހުން ހާޒިރުވި މިޖަލްސާގައި ޒަޢީމް މައުމޫން ދެއްވާފައިވަނީ ވަރަށް ވަޅޯތާފަނާ ތަގުރީރެކެވެ. އެއްވެސް ވަޢުދެއް ކުރައްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި މަސައްކަތްކުރައްވާފައިވަނީ، އިސްލާޙްކުރެވުނު ގާނޫން އަސާސީގެ ދަށުން އޭނާއަށް ވެރިކަމަށް ވާދަކުރެއްވުމުގެ ފުރުސަތު އޮތްކަން ސާބިތުކޮށް ދެއްވޭތޯއެވެ. ގައުމަށް ދިމާވެފައިވާ، އެއްވެސް މައްސަލައެއްގެ ޙައްލެއް ޒައީމް ހުށަހަޅުއްވާފައި ނުވާކަންވެސް ފާހަގަކުރެވުނެވެ. ފިލްމީ ތަރިންނާއި އެކު ކުރިއަށް ދިޔަ މި ޖަލްސާގެ ހާޒިރީންނަށް ބަލާއިރު އަންހެނުން ގިނަކަން ފާހަގަކުރެވުނެވެ.

ދިވެހިރައްޔިތުންގެ ޕާޓީގެ ޖަލްސާ ހިނގަމުން ދިޔަ ވަގުތު ތިލަދެކުނު ސިނަމާގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދިޔައީ ކެމްޕެއިން ޖަލްސާ ބާއްވަމުންނެވެ. އެމްޑީޕީގެ ޖަލްސާ ހިނގަމުން ދިޔަ ވަގުތު، ތިލަދެކުނު ސިނަމާ އޮތީ ފުރިފައެވެ. ސިނަމާ ބޭރުގައި ބަހައްޓާފައިވާ އިސްކިރީނުގެ ދޮށުގައި ވެސް ބައެއް މީހުން އަންނިގެ ފަސް ވަޢުދު އަޑުއެހުމަށް އެއްވެ ތިބިކަން ފާހަގަކުރެވުނު އިރު، ފުލުހުންނާއި ސިފައިންގެ ސިކިއުރިޓީގެ އުނދަގުލެއް ފޯރާފައެއް ނެތެވެ.  އަންނިގެ ކެމްޕެއިންގައި އެއްވެސް ފިލްމީ ތަރިއެއް ފެނިފައިނުވާކަން ވެސް ފާހަގަކުރެވުނެވެ.



ޝުޢޫރު‮ ‬‮ ‬ފާޅުކުރެއްވުން‮ ‬ބަންދުވެފަ