(މިއީ 07-02-24 ވީދުވަހު މިސައިޓުގައި ޝާއިޢު ކުރެވުނު ލިޔުމެކެވެ.)
ކުޅުދުއްފުށި ” ހާރޓް އޮފް ނޯރތު ” ގެ ގޮތުގައި ސިފަކުރެވެނީ ސަބަބު ތަކެއް ނެތިއެއްނޫނެވެ. 2007 ޖެނުއަރީ މަހުގެ ނިޔަލަށް އާބާދީގައި 7927 މީހުން ހިމެނޭ ކުޅުދުއްފުށްޓަކީ ހދ އަތޮޅުގެ އަތޮޅުވެރިކަން ކުރާރަށެވެ. އަދި މީގެ އިތުރުން ރަށުގެ ރައްޔިތުންފިޔަވައި މިހާރު ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ތިން އަތޮޅުގެ އެހެންރަށްރަށުން ކުޅުދުއްފުށްޓަށް ހިޖުރަކޮށްފައެވެ. އެހެންކަމުން ކުޅުދުއްފުށީގައި ދިރިއުޅޭ މީހުންގެ ޢަދަދު ވަރަށްމަތިވާނެއެވެ.
ކުޅުދުއްފުށި މަޝްހޫރުވެފައިވަނީ، ޒަމާނުންސުރެ ހީވާގި، މުރާލި ، ކެރޭ ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެއްގެ ގޮތުގައެވެ. މިއީ ދިވެހިރާއްޖޭގެ ހުރިހާކަންކޮޅުތަކަކަށް މަޝްހޫރު ވެފައިވާ ، އެންމެން އެއްބަސްވާ ޙަޤީޤަތެކެވެ. ކުޅުދުއްފުށީ ރައްޔިތުން ދިވެހިރާއްޖޭގައި މީހުން ކޮށް އުޅޭ ހުރިހާ މަސައްކަތެއް ކޮށް އުޅެއެވެ. އެގޮތުން މަސްވެރިކަން، ބޮނބިތަޅާ ރޯނުވެށުން، ފަރުހިލުން، އޮޑިދޯނިފަހަރު ބަނުން، ވަޑާންކުރުން،ރޭނުމާ ޢިމާރާތްކުރުމުގެ މަސައްކަތްތައް، ފެހުން، ލިޔެލާޖެހުން، އިންޖީނު މަރާމާތު ކުރުމާ ލޭތުކުރުން، ކަނބުރު ތެޅުން ފަންގިވިނުން ފަދަ މަސައްކަތްތަކަކީ ކުޅުދުއްފުށީގައި ކުރަމުންއައި އަދި މިހާރުވެސް މީގެތެރެއިން ގިނަމަސައްކަތްތައް ކުރަމުން އަންނަ މަސައްކަތްތަކެވެ. އަދި މީގެއިތުރުން، ކުރީގައި ބިން އޮތްދުވަސްވަރު ދަނޑުވެރިކަންވެސް ވަރަށް އެކަށީގެންވާ ގޮތެއްގައި ކޮށްފައިވާކަން ދުވަސްވީމީހުންގެ ވާހަކަތަކުން އެގެއެވެ.
ކުޅުދުއްފުށީ ރައްޔިތުންކުރާ މަސައްކަތްތަކުގެ ތެރެއިން ބޮނބި ތެޅުމާ ރޯނުވެށުމަކީ ކުޅުދުއްފުށީ އަންހެނުން ވަރަށް ފޯރިއާއި އެކު ޒަމާނުންސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. އަންހެނުން ކުރާ މަސައްކަތްތަކުގެ ތެރެއިން ހާލު ފޮޅި ފިހުމަކީ ހަމައެކަނި ކުޅުދުއްފުށީ ރައްޔިތުން ކުރާ ކަމެކެވެ. މިއީ ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ކުރާ މަސައްކަތެއްނޫނެވެ.
މަސައްކަތްތެރި ކަމުގެ އިތުރުން ކުޅުދުއްފުށީ މީހުންނަކީ ޖެހިލުންކުޑަ، ކޮންމެ ކަމެއްވެސް ކުރަންކެރޭ ހިތްވަރު ގަދަ ބައެކެވެ. މިކަމުގެ ހެކިތައް ތާރީޚްގެ ތެރެއިން ވަރަށް ރަނގަޅަށް ފެންނަން އެބަހުރިވެސްމެއެވެ. މީގެތެރެއިންނޮވެމްބަރު ތިނެއްގައި ޝަޙީދުވެ ދިޔަ ޙުސައިން އާދަމަކީ މިފަހުގެ ޖީލުގައި ދިވެހިރާއްޖެ ނުދެކޭފަދަ ހިތްވަރުގަދަ ދަރި އެކެވެ. ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކުވެސް ޙުސައިން އާދަމްގެ ހިތްވަރުގަދަމަށް ޓަކައި ފަހުރުވެރިވުން ޙައްގެވެ. އަދި ހަމަ އެއާއެކު ތިލަދުންމަތީ ބޮޑުދަތުރަކީ މަޝްހޫރު ވާހަކައެކެވެ.
އެމީހުންގެ ކެރުމާ ހިތްވަރު ގަދަ ކަމުގެ ސަބަބުން މަސައްކަތްތަކަށް މީހުން ހޯދުމުގައި ވެސް ކުޅުދުއްފުށީ ރައްޔިތުންނަށް އިސްކަން ދޭ ކަމަށް ކުރީޒަމާނުގެ މީހުންގެ ވާހަކަތަކުން އެގެއެވެ. ނަމަވެސް މިކަންކަން މިއަދު މަނޑު މަޑުންނަމަވެސް ބަދަލު ވަމުންދާކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.
ކުޅުދުއްފުށީގެ ރައްޔިތުންނަކީ ސާފުތާހިރުކަމަށް ލޯބިކުރާ ބައެކެވެ. ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ހެނދުނު ކުރާ މަސައްކަތެއްގެ ގޮތުގައި ގެއާ ގޯތިތެރެއާ މަގުމަތި ކުނިކަހާ ސާފު ކުރުމަކީ އާދަ ކާދައިގެ ގޮތުން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަ ކުރެވެއެވެ. އަދި ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ކުޅުދުއްފުށީ ރައްޔިތުންނަކީ ހިތްހެޔޮ ، މީހުނަށް ކަމޭހިތާ ، މީހުންނާގުޅޭ އުފާވެރި މިޒާޖެއްގެ ބަޔެކެވެ.
މިއަދު ކުޅުދުއްފުށްޓަކީ މީގެ ކުރީ ކުޅުދުއްފުށްޓާ ވަރަށް ތަފާތު ކުޅުދުއްފުށްޓެކެވެ. ކުރިއާ އަޅާ ބަލާއިރު ކުޅުދުއްފުށީ މިއަދު ވަނީ ތަރައްޤީގެ އުސްމިންތަކެއް ޙާޞިލްކޮށްފައެވެ. ތަޢުލީމީ ރޮނގުންނާ ޞިއްޙީ ރޮނގުން އަދި އިޖުތިމާޢިގޮތުންނާ އިޤްތިޞާދީ ގޮތުންވެސް ކުޅުދުއްފުށީ މިއަދު ވަނީ ވަރަށް ބޮޑުތަން ކުރިއަރާފައި ކަމުގައި ދެންނެވުމަކީ ހަމަގައިމުވެސް ހަޤީޤަތާ ޚިލާފުވުން ކަމަކަށް ނުވާނެއެވެ.
ހަމައެކަނި ތަޢުލީމަށް ބެލިކަމުގައިވިޔަސް މިރަށަކީ ފާހަގަ ކޮށްލޭވޭނެ ރަށެކެވެ. މިރަށުގައި ހަތަރު ސްކޫލު ހުރި އިރު ބޭބީ ނާރސަރީން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ތަޢުލީމު ޙާޞިލް ކުރެވެން ހުރިކަން އެއީ އުފާކުރަން ޖެހޭ ކަމެކެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީ ކެމްޕަސް އަކީ ތަފާތުކޯސްތަކާ ތަމްރިނު ޕްރޮގްރާމްތައް ހިންގާތަނަކަށް ވުމުން ކުޅުދުއްފުށީގައި ތިބެގެން ތަފާތުކޯސްތައްފުރިހަމަކުރުމުގެ މަގުވަނީ ފަހިވެފައެވެ. މިއީވެސް ކުޅުދުއްފުށީގެ ރައްޔިތުންނަށާ މިސަރަހައްދުގެ ރައްޔިތުންނަށްވެސް ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށްވާނެއެވެ.
ޞިއްޙީރޮނގުން ބެލިކަމުގައިވިޔަސް ރާއްޖޭގެ އުތުރުން ލިބެންހުރި އެންމެ ފެންވަރު ރަނގަޅު ޞިއްޙީ ޙިދުމަތްތައް ލިބެންހުރީ ކުޅުދުއްފުށީގައެވެ. އިޤްތިޞާދީ ކަންކަމަށް ބަލާއިރު ކުޅުދުއްފުށީގައިވަނީ ތަފާތު ބާވަތްތަކުގެ ވިޔަފާރިތައް ގާއިމުކުރެވިފައިވެއެވެ. އަދި ޚާއްޞަކޮށް ރާއްޖޭގެ އުތުރުގައި ގާޢިމް ކޮށްފައިވާ ސަރައްދީ ބަނދަރު ހުރީ ކުޅުދުއްފުށީގައި ކަމުން މިއީ އިގްތިޞާދީ ގޮތުން ވަރަށް ބޮޑެތި ފައިދާތަކަކާ ފަސޭހަތަކެއް ކުޅުދުއްފުށީ ރައްޔިތުންނަށާ ، މިސަރަހައްދުގެ އެހެން ރައްޔިތުންނަށް ވެސް ލިބޭނެ ކަމެކެވެ.
ރާއްޖޭގެ އުތުރުގައި ހިންގާ ތަރައްޤީގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުން ގާއިމް ކުރައްވާފައިވާ ތަރައްޤީގެ މަސައްކަތްތައް ބަލަހައްޓާ އޮފީސްވެސްހުރީ ކުޅުދުއްފުށީގައެވެ. މިކަމުގެ ސަބަބުންވެސް ކުޅުދުއްފުށްޓާ މިސަރަހައްދުގެ އެހެން އަތޮޅުތަކުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އިތުރު އެހީ އަކަށްވާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބްރާންޗްގެ ޚިދުމަތްތަކަކީވެސް މިޒަމާނަށް ވަރަށް ބޭނުންތެރި ، އަދި މިއަދު އެފަދަ ޚިދުމަތްތަކާ ނުލައި ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރެވެންނެތް ޚިދުމަތްތަކެކެވެ. ބޭންކް އޮފް މޯލްޑިވްސްއިން ދެމުންގެންދާ ހުރިހާ ޚިދުމަތްތަކެއް މިއަދު ކުޅުދުއްފުށިން ލިބެންހުރިކަމީ ފައިސާ ރައްކާ ކުރުމާ ލޯނުނެގުމާ ޙިއްޞާ ގަތުންފަދަ ފައިސާގެ މުޢާމަލާތްތައް ހިންގާ ފަރާތްތަކަށް ލިބިފައިވާ ވަރަށްބޮޑު ފަސޭހައެކެވެ.
ކުޅުދުއްފުށީގައިހުންނަ ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރަކީ ދިރާގުން ދޭ ހުރިހާ ޚިދުމަތްތަކެއް ވަރަށް އެކަށީގެންވާ ގޮތެއްގައި މިސަރަހައްދުގެ ރައްއްޔިތުންނަށް ދެމުންގެންދާ ތަނެކެވެ. މިރަށަކީ އާބާދީގައި ގިނަ ޒުވާނުންތަކެއް ހިމެނޭ ރަށަކަށް ވާތީ ރަށުގައި ހުރި ޒޯން ސްޓޭޑިއަމުން ދަނީ ޒުވާނުންނަށް އަމާޒު ކުރައްވައިގެން ކުޅިވަރާ ގުޅުންހުރި ތަފާތު ޕްރޮގްރާމް ތަކެއް ހިންގަމުންނެވެ.
ތަޢުލީމާ ޞިއްޙަތާ ވިޔަފާރިއާ ، މިހުރިހާ ކަމެއް އެއްތަނެއްގައި ޖަމާވެފައި ހުރުމުން ، އުތުރުގެ ތިން އަތޮޅުގެ މީހުން އެންމެ ގިނަ ބޭނުންތަކުގައި އައިސް ގޮސްވާ ރަށަކީ އަދި މާލެފިޔަވައި އެންމެ ގިނަމީހުން އަރާފައިބާ ރަށަކީވެސް ކުޅުދުއްފުށްޓެވެ. އެހެންކަމުން ކުޅުދުއްފުށީގެ ރައްޔިތުންނަށާ އަދި ކުޅުދުއްފުއްޓަށް އަރާ ފައިބާ މީހުންނަށް އެންމެ ދަތިވާ ކަމަކީ ކުޅުދުއްފުށީގައި އެކަށީގެންވާ ބަނދަރެއް ލަފާ ފުރުމަށް ހަމަޖެހިފައި ނެތުމެވެ. އެކަންވެސް ދުރުނޫން މުސްތަގުބަލެއްގައި ހައްލުވެގެން ދާނެ ކަމުގެ އުންމީދުތައްދަނީ ކުރެވެމުންނެވެ.

DOg ވިދާޅުވީ
ތާރީޚް:03/06/2009
މިހާރު މިއީ ތިޔަ ބުނެވުނު ފަދަ ކުޅުދުއްފުށި ކަމާއިމެދު އަޅުގަނޑު ސުވާލު އުފެދެއެވެ. މިހާރު މިރަށަކީ މީހުންގެ ކެރުމާއި ހިތްވަރު ގަދަ ކަމުގެ މިސާލު ޖެހުމަށްވުރެ ނުކެރުމާއި ބޮލުންދެމުން ފަދަ ނުކިއްސަރު ކަންތައްތައް ފެންނަ ރަށެކެވެ. މަސްތުވާތަކެތީގެ އަވާގައި ޖެހެމުންދާ މީހުން ގިނަ މުޖުތަމައުގެ ސަފުން ބާކީވަމުންދާ ރައްޔިތުންތަކެއް އުފެދެމުންދާ ރަށެކެވެ. މިހެން މިބުނަނީވެސް ހަމަ ކުޅުދުއްފުށީ ދަރިއެކެވެ، އެކަމަކު ހިތާމައާއި އެކު ހަގީގަތް ހާމަކޮށްލީއެވެ.
ހާޝިމް ވިދާޅުވީ
ތާރީޚް:03/06/2009
މިލިޔުން ކިޔާލާފައި އަޅުގަނޑަކީ ވެސް ކުޅުދުއްފުށީ މީހަކަށްވީ ނަމައޭ ވަރަށް ހިތަށް އަރާ. ޒަމާނުއްސުރެ އަޅުގަނޑު ވެސް ވަރަށް ލޯބިވާ ރަށެއް ކުޅުދުއްފުށްޓަކީ. މިލިޔުމަށް އުތުރުގަޑުބަޑޭ ކިޔައި ޙަޤީޤަތް އޮޅުވާލެވިފައިވާ މަޝްހޫރު ހާދިސާގެ ބާނީ ކުޅުދުއްފުށީ ބޮޑު މުޙައްމަދުގެ ނަން ޝަހީދު ޙުސައިން އާދަމްގެ ނަމާއެކު ގެނައިނަމަ، ވަރަށް ފުރިހަމަވީސްކަން ގައިމު. އެހެނީ، މިރާއްޖޭގައި، އެހާ ބޮޑު ގްރާސްރޫޓް މޫވްމަންޓެއް އެންމެ ފުރަތަމައަށް ފައްކާ ކުރީ އޭނާގެ މޭސްތިރިކަމުގެ ދަށުގައި. ތާރީޚު ވަރަށް ބޮޑަށް އޮޅުވާލާ، ބައެއް ބޭފުޅުން މިކަން ސިފަކުރައްވަނީ އުތުރުގެ ހަމަނުޖެހުން، ނުވަތަ ސަރުކާރާ ދެކޮޅު ބަޣާވާތުގެ ގޮތުގައި. އަޅުގަނޑު އެޙާދިސާއާއި ބެހޭ ލިޔުންތައް އެއްކުރާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ. އަޅުގަނޑަށް މިހާތަނަށް އެނގުނު ގޮތުގައި، އެއީ މުޙައްމަދު އަމީންގެ ވެރިކަމުގެ ދޯދިޔާކަމުންނާއި ސަރުކާރުގެ އިސްރާފް ބޮޑުކަމުންނާއި، ދުނިޔޭގެ ގްރޭޑް ޑިޕްރެޝަން (ބޮޑު ތަދު) ގެ ކަންތަކާ ގުޅިގެން ދިމާވި ތަދުމަޑުކަން ތަޙައްމަދު ނުކުރެވިގެން އުތުރުގެ އަތޮޅުތަކުން ނުކުތް މަދަނީ ބަސްނޭހުމެއް. އެއީ ދިވެހި ތާރީޚުގައި ވެސް އެންމެ ފުރަތަމަ ޑިމޮކްރަސީއާއި ރައްޔިތުންގެ ބާރު ސަރުކާރެއްގެ ކުރިމަތީގައި ދައްކާލެވުނު ފަހަރަކީ. އެއަށްފަހު ދެން އެފަދަ ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ އޮގަސްޓް 12، 13. އަޅުގަނޑުގެ ހިތުގައި އެބައޮތް ވަރަށް ބޮޑަށް މިދެޙާދިސާގެ ތާރީޚު ލިޔާނަމޭ ކޮންމެ ވެސް ދުވަހަކުން. އޭރުން އަޅުގަނޑުމެންގެ ޅަދަރީންނަށް އެނގޭނެ ކުޅުދުއްފުށީ ބޮޑު މުޙައްމަދަކީ، މިގައުމުގެ ވަރުގަދަ ބަޠަލެއްކަން.
މޯޑް ވިދާޅުވީ
ތާރީޚް:03/06/2009
މި ސައިޓްގައި ބޭނުން ކުރެވޭ ގިނަ ފޮޓޯ ތަކަކީ އެއްވެސް މިންވަރަކަށް ކުރެޑިޓް ނުދެވި ބޭނުން ކުރެވޭ އެހެން ފަރާތްތަކެއްގެ ޙައްޤުތަަކެއް. ވީމާ މިކަން ސައިޓް މި ބަލަހައްޓާ ކުދިންގެ ސަމާލުކަމަށް ފާހަގަ ކޮށްލަން. އެހެނީ މިކަމަކީ މިފަދަ ސައިޓަކާ ވަރަށް ނުކިއްސަރުކަމެއް.
އީިލޮޅިި ވިދާޅުވީ
ތާރީޚް:03/06/2009
މިރަށުގައި ތިބި ކެރޭ ކުޅަދާނަ މީހުން މިހާރު ތިބީ މުސްކުޅިބަލީގަ، އަނެއްބައި މީހުން ދުނިޔެއިންވަކިވެގެން ހިނގައްޖެ.މިހާރު މިރަށުގައި ގިނައީ އެތި ފޮދު ފޮދު ބޯ ސޮރުމެން. މަނުބުނަން ހުރިހާ ދާއިރާ އަކުން ކުރި އަރާ ނުދެއެކޭ. އެކަމަކު މިރަށުގައި ހަމަ އެންމެ ގިނައީ އެތިފޮދު ފޮދު ބޯ ދާއިރާގެ ކުދިން. ސަރުކާރުން މި ސޮރުމެނަކަށް ފިޔަވަޅެއް ނާޅާ. މަށައް ފެންނަނީ މިހާރު ތިބި ކެރޭ ދެތިން މީހުން ނިކުމެގެން ފަތްބޯ ކެނޯތައް ދުއްވާލަން.
މީހަކު ވިދާޅުވީ
ތާރީޚް:03/06/2009
ކެމްޕަހޭ ނުލިޔޭ! އައްޑޫ ކެމްޕަހުގައި ތަފާތު 12ކޯހެއް ހިންގާ، ކުޅުދުއްފުށީގައި ހިންގަނީ އެންމެ 5 ކޯސް، މިއީ ފައިސަލްގެ ނުފޫޒް ފޯރާވަރު ފެންނަ ހެއްކެއް
ކުޅުދުއްފުށިން މީހަކު ވިދާޅުވީ
ތާރީޚް:03/06/2009
ކުޅުދުއްފުށި މަޝްހޫރުވެފައިވަނީ، ޒަމާނުންސުރެ ހީވާގި، މުރާލި ، ކެރޭ ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެއްގެ ގޮތުގައެވެ. މިއީ ދިވެހިރާއްޖޭގެ ހުރިހާކަންކޮޅުތަކަކަށް މަޝްހޫރު ވެފައިވާ ، އެންމެން އެއްބަސްވާ ޙަޤީޤަތެކެވެ. ކުޅުދުއްފުށީ ރައްޔިތުން ދިވެހިރާއްޖޭގައި މީހުން ކޮށް އުޅޭ ހުރިހާ މަސައްކަތެއް ކޮށް އުޅެއެވެ.(އާޑިކަލުން ނަގާފައި) އެކަމަކު މިހާރު ހުރިހާމީހުން (ވަޒީފާދޭމީހުން) މިގެންގުޅެނީ ބަން ގާޅިން މީދެން މިމުރާލި މީހުން އުޅޭ ރަށައްލިބޭ ވަރަށްބޮޑުހުތުރެއްދޯ!!!!!!!!!!
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:03/06/2009
އިލޮޅިއަށް…. ޕާޓޭންގެ ނޮހޮރޮއްޕާން މަދު ހަމަ މި ރަށުގައި، މަދެކޭ ގޮތުގައި. އިހަށް ދުވަހުވެސް ހަވަރަށް ދޫކޮށްލީ ތާ ދޯ، ނު ބޯ ސޮރުމެންގެ ބާރު ގަދަ ކަމަށް ފެންނަނީ. ދެންވެސް ހަދަން ވީ ގޮތަކީ، ޒުވާނުން ހެޔޮ މަގުން ގެންދަންވީ، މަސައްކަތާ، ކުޅިވަރާ، ދީނާ.. އުތުރު އަވަށް މިގޮތުން ވަރަށް ކުޅުދުއްފުށި ކަން ގަދަ ކަމަށް ފާހަގަ ކޮށްލަން އަދިވެސް.
ކުޅުދުއްފުށީ ހެޔޮވިސްނޭމިހާ ވިދާޅުވީ
ތާރީޚް:03/06/2009
* އެބަޔަކު ނުވަތަ އެމީހަކު ތިމަންނަންމެންނަކީ މިވެނި އެވެނި ބަޔަކޭ ކިޔުމަކީ އެހާރަގަޅުކަމެއް ކަމަކަށް ނުފެނޭ. އެއާ ޚިލާފަށް އަނެއްމީހާ ތިމާއަކީ އެވެނި މިވެނިމީހެކޭ ބުނުން މާއެދެވިގެންވޭ.
* ކުރިމަގުގައި ބިލް އޯ ރެލީ ކޮމެންޓްކުރާއިރު އަވަށު ކޯޅުން ނުވަތަ ވާދަ ނުހިނގާނެ ގޮތަށް ކޮމެންޓް ކުރާނެކަމަށް ހީކުރަން.
* ޑޯގްގެ ޚިޔާލަށް ތާއީދުކުރަން.
އީިލޮޅިި ވިދާޅުވީ
ތާރީޚް:03/06/2009
ބިލޯ ރެލީ އަށް. ތިބުނާ ޕާޓޭން ހަވަރަށް ދިންރޭ ފަތްނުބޯ މީހުން ނުކުތީ ވ. ހިތްވަރާ އެކީ. ޖެހިގެން އައިރޭ ޕާޓޭން ނުކުތީ ބަދަލު ހިފަން. އެރޭ ތިބުނާ ހިތްވަރުގަދަ މީހުން ފިލީ. މިކިޔަނީ ޕާޓޭންނަށް ވުރެ މާ އިސްކޮޅުން ބޮޑެތި ބިޔަ މީހުންގެ ވާހަކަ. ދެން ކޮބައި ތިބުނާ ހިތްވަރު ގަދަކަން. މިދޭތެރެއިން ދެތިން ގެއަކުން ވައްކަން ކޮށްފި މޫނު ނޭނގޭ ކަހަލަ އެއްޗެހި ލައިން ތިބި ބަޔަކު. އެމީހުނަށްވެސް ކުރެވުން ކަމެއް ހަރާން.. ދެން ބިލޯ ތިބުނާހެން އެހެން ރަށް ރަށާ ބަލާފަ ޕާޓެންގެ ނޮހޮރުއްޕާން މަދުވެދާނެ.
އީިލޮޅިި ވިދާޅުވީ
ތާރީޚް:03/06/2009
ކުލުދުއްފުށީގަ އެކަންޏެއް ނޫން ބަންގާލިން ގެންގުޅެނީ އެއް. ބަންގާޅުން ގެންނަނީ ވިޔަފާރި ކުރާ ފަރާތްތަކުން، އެމީހުންގެ ފައިދާ އަށްޓަކާ.. ނިކަންބަލާ މިތުރު މުހައްމަދު، ޢޭނަ އެ ގެންގުޅެނީ ހާދަ ބައިވަރު ދިވެހި މުއައްޒަފުންނެކޭ. އެކަމަކު މިހާރު އޭނަވެސް ބަންގާޅުން ގެނެސް ގެން އެއުޅެނީ ދިވެހިން ނުވާތީއެއް ނޫން. ކުޑަ މުސާރައެއް ދީގެން ވާނެތިން. އެކަން އެހެން އެވަނީ ރާއްޖޭގެ އިގްތިސޯދް އޮތް ގޮތުން.
ބެސްކެ ވިދާޅުވީ
ތާރީޚް:03/06/2009
ކުޅުދުއްފުށީގައި 12 އާހަމައަށް ކިޔެވުން އޮވޭ.. ދެން އެ ނިމުނީ.. އެޔާހިލާފަށް އައްޑޫ ތަންތާގައި ކިޔެވުން އެއީ އެންމެ މުހިއްމު ކަންތައް.. މިއޮއްބޮޑު ކުޅުދުއްފުށީގައި ޕީ.އެޗް.ޑީ ހަދާފައި ހުރިމީހެއް ދައްކާބަލަ.. މަތީތައުލީމް ހާސިލްކުރި މީހުންގެ އަދަދުވެސް އިނގިލިތަކުން ގުނާލެވޭނެ.. އޮފީހެއްގެ ވެރިއެއް ހުރިއްޔާ ހުންނާނީ ކޮންމެސް އެހެން ރަށެއްގެ މީހެއް. (މިސާލަކަށް ހޮސްޕިޓަލް، ކެމްޕަސް، އޭ.އީ.ސީ، އަފީފުއްދިން، އަތޮޅުއޮފީސް، ކަސްޓަމްސް، ޕޮލިސް، ސިފައިން، ދެންކިޔާނެކަމެއް ނެތް). އަޅުގަނޑުގަޑު ދަންނަވަން އޮތީ ތައުލީމާ ނުލައި އުތުރުގެ “ހިތަށް” ހާރޓްއެޓޭކެއް ޖެހިދާނޭ..
ބިސްކެޓް ވިދާޅުވީ
ތާރީޚް:03/06/2009
ބެސްކޯ! ތިޔާހަމަ އަހަން..
ބިސްކެޓް ވިދާޅުވީ
ތާރީޚް:03/06/2009
ބެސްކޯ! ތިޔާހަމަ އަހަން.. އެކަމަކު ތިހެން ބުނީމަ ދެރަވެސް ވެއްޖެ ލަދުވެސް ގަނެއްޖެ. އެކަމަކު ނުބުނާނެ ކަމެއް ނެތް.
ޕީއެޗްޑީ ވިދާޅުވީ
ތާރީޚް:03/06/2009
މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ ޕީއެޗްޑީ މިރަށު ދެކުދިން ހަދާނެ.ތިޔަބުނާހެން އިގިލިތަކުން ގުނާލެވޭހާ މަދު ޑިގުރީ ހޯލްޑަޑަރުން.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:03/06/2009
ދެން ހަމަ ދާނީ ރަނގަޅުވަމުން. ސަބަބަކީ ތައުލީމުގެ އަހަންމިޔަތު ނޭނގޭ ކުރީގެ މައިންނަކަށް. ނަމަވެސް އެމައިންގެ ޒަމާން ދާން ފެށީމަ، ދެން އުފެދޭ މައިންގެ ދަރިން ރަނގަޅުވާނެ. ނިކަން ވިސްނާލާ. ކެމިސްޓްރީ، ބައޮލޮޖީ، ފިޒިކްސް، ހިސާބު، މި މާއްދާތަކަށް ކިޔަވައިދޭނެ، ޓީޗަރުން އަހަރެމެން ޖެހޭތަ ބޭރުން ގެންނަން. ހަމަ ރަށުން އަންހެން ކުދިންނާއި ފިރިހެން ކުދިން ކިޔަވައިގެން މި ދާއިރާތަކަށް ވަދެބަލަ. ހަމަ ސުކޫލު ނިމޭ އިރަށް ގަނޑު ގަންނަން ވިއްޔާ އުޅެނީ. 12 ހަދަންވީ، މަންމަ ބައްޕަ އަށް ވިސްނައިދީ އަންހެން ކުދިންވެސް ހަމަ މައްޗަށް ކިޔަވަން ޖެހޭނެ ކަން. އަދި ރަށުގެ ވަޒީފާ ތަކުގައި އުޅެންވީ. ފިރިހެނުން އަދި ވަކިން ރަށުގެ ބޮޑެތި ކަންތަކާއި ހަވާލުވާން ވީ.
ފަހަރި ދައިތަ ވިދާޅުވީ
ތާރީޚް:03/06/2009
ހޫން މިފަހަރު ކަލޯ މެން ތިޔަ ކިޔަނީ ރަނގަޅު ވާހަކަ އެއް މަހިތުން! މިހާރު މި ރަށުގަ މިއުޅޭ ކުދިންނަށް ހާދަހާވާ ނުކެރެޔޭ އަދި އެހާ ކަންނެތް! ދެން ފަހަރި ދައިތަމެން މިވީ ކިޔަވަންވަސް!ފަހަރި ދައިތަމެން ކިޔަވަން އުޅުން ނަމަ ތިޔަބުނާ ޕީއެޗުޑީ އެއްވަސް ނަގައިފީމުސް!އެކަމަކު ދައިތަ މެނަކަށް ނުލިބުނުވިއްޔާ ކިޔަވާނެ ޗާންސުގަޑެއް!
އުދުޅި ވިދާޅުވީ
ތާރީޚް:03/06/2009
މިހާރު އެބަހުރި ތިޔަބުނާ ޕީއެޗްޑީއެއް ހަދައިގެން ހުރިކުއްޖެއް. އެއީ ޖަލާލުއްދީން ސުކޫލްގެ ޕްރިންސިޕަލް ސައީދު އަޙުމަދުގެ ބޭބެ ޑރ. މުޙައްމަދު އަޙުމަދުގެ ދަރިކަނބަލުން.
ސިކަންދަރުން މުދާބާލާ ކުދިން ވިދާޅުވީ
ތާރީޚް:03/06/2009
ލިޔުން ލިޔެފާ އެއޮތީ މީގެ ގާތްގަނޑަކަށް ދެއަހަރު ކުރިން. އެއީ 2007 ގަ. އޭގަ އެހުރީ އޭރު ތަރައްގީ ހުރި ހިސާބު. ހިނގާބަލަ އޭރާ މިހާރާ އަޅާ ކިޔާލަން. އަޅެ ދައްކަބަލަ އޭރު ނެތްތަނެއް މިހާރު ހުރި ތަނެއް.
1- ދެކުނު އަވަށު ޒުވާނުންގެ ޖަމިއްޔާ އެއް ރަޖިސްޓްރީ ކުރިން.
2- ޖެންޑާ މިނިސްޓްރީގެ ކޮންމެވެސް ތަނެއްވެސް މިހާރު ހުރޭ.
3- ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު.
4- ޕްރޮވިންސް އޮފީސް.
5- ޓީވީއެމްގެ ސްޓޫޑިއޯއެއް.
ދެން އެނގޭ ކުއްޖަކު އަޅެ ބުނެބަލަ.
ބިސްކެޓް ވިދާޅުވީ
ތާރީޚް:03/06/2009
ތަން ތަން އެޅީމަ އެވީ ދޯ. މިއަދުވެސް ކަރަންޓު ދާވަރުން ކަމެއް ކުރެވޭ ވަރެއް ނޫން.
ބޮލު ރޮދި ވިދާޅުވީ
ތާރީޚް:03/06/2009
މިހާރު ކެރޭ ބަޔަކު ނެތެކޭ ބުނެވޭކަށް ނެތް……..
2006 ގަ އަތޮޅުވެރިން ބޭލި
2007 ގަ ރަށު އޮފީސް 24 ގަޑި އިރަށް ރައްޔިތުން ނިކުމެ ހުޅުވައިގެން ހަފްތާއަކު ތިބި
2008 ގަ އިއްޒަތްތެރި މެމްބަރ ރަށުން ބޭލި
ކުޅުދުއްފުށީ މީހުން މިހާރުވެސް ބޭނުންވެއްޖެ ކަމެއް ކުރާނެހެން އަހަންނަށް ހީވަނީ…..
ބިސްކޯދު ވިދާޅުވީ
ތާރީޚް:03/06/2009
އެބުނާހެން މިރަށުގަ އެބަހުރި ވަރު ވަރުން ތަން ތަން ހަދާ އަޅާފަ! އެކަމަކު ދެރައީ އެތަން ތަނުން އެކަށޭނަ ހިދުމަތް ދޭނެ ހިދުމަތް ތެރި ދަރިން މިރަށުން ނުއުފެދޭކަން!މިވަރުން ދަންޏާ ދުވަސް ކޮޅަކުން ބަންގާޅުން ތޯއްޗެ ޑަކުޓަރުންވެސް ގެންނަން ޖެހޭނީ! އަޅެފަހެ ދޮގެއްތަ މީ؟
އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:03/06/2009
ޚިދުމަތްތެރި ދަރިން ނުއުފެދުމުގެ އަސްލަކީ ސެކަންޑަރީ ސްކޫލް، ޖަލާލުއްދީން ދޯދިޔާވުން. މި އަހަރުވެސް 11 އަށް ވަންނަނީ އެންމެ 48 ކުދިން! އެހެން ރަށްރަށުން އައި ކުދިންނާއިއެކު…ޔަގީންނުކުރަންޏާ އެތަނުގެ ނޯޓިސް ބޯޑް ބަލާ!
ޖަލާލުއްދީންގެ މެނޭޖްމެންޓް އެޔޮތީ އޯވަހޯލްކުރަންވެފައި!