މި ލިޔުން ލިޔަމުންދާއިރު، ކުޅުދުއްފުށި އަނދިރީގައި އޮންނަތާ ތިންރެއާއި ތިންދުވާ، ވާން އުޅެނީއެވެ. ރަގަޅެވެ. އެއްވެސް އިރެއްގައި މުޅިރަށުން ކަރަންޓް ކަނޑައިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް، ކަރަންޓްގެ އަލިކަން ކެނޑޭނީ ކޮންއިރަކުންކަން ނޭނގޭފަދައިން ކަރަންޓްގެ އަލިކަން އަލުން ލިބޭނީ ކޮންއިރަކުން ކަމެއްވެސް މިހާރު އޮތް ޙާލަތުގައި ނޭނގެއެވެ. ކަރަންޓްގެ ހާލަތު މިރަށުގައި މިހާރު އޮތީ މިދަރަޖައިގައެވެ. މިއީ، މިދިޔަ އާންމު އިންތިޚާބުގެ ކުރިން ދުވަހަކުވެސް ކުޅުދުއްފުށި މިފަހުގެ ތާރީޚްގައި ކުރި ތަޖުރިބާއެއް ނޫނެވެ.
ހަނދާނަށް އައީ މިދިޔަ، އާންމު އިންތިޚާބެވެ. މިރަށަށް މާލޭ މުނިސިޕަލްޓީގެ ވެރިޔާ ވަޑައިގެންނެވިއެވެ. ތަޢުލީމާއި ބެހޭ ވަޒީރު ވަޑައިގެންނެވިއެވެ. ރައީސާއި، އެމަނިކުފާނުގެ އަރިހުގައި ޢިއްޒަތްތެރިންނާއި މިނިސްޓަރުން ވަޑައިގެންނެވިއެވެ. އެ ދުވަސްވަރު، މިރަށުގެ އިންޖީނު ހަލާކުވިއެވެ. އިންތިޚާބުގެ ދުވަސްވަރަކީ، ސިޔާސީ ދުވަސްވަރެއްކަމުން އެ ފަހަރު މިރަށުގެ ކަރަންޓްގެ އަލިކަންވެސް ވީ ސިޔާސީ ކަމަކަށެވެ. އިންޖީނުގެ މައްސަލަ ވީ މަޖިލިސްގެ އަޣުލަބިއްޔަތު ހޯދުމަށް ތިލަކޮށްލި އެއްޗަކަށެވެ.
އިންޖީނު، ބަޔަކު ހަމަ ގަސްތުގައި ސަރުކާރާއި ރައްޔިތުން ޖެއްސުމަށް، ހަލާކު ކޮށްލީކަމަށް ތުހުމަތުކޮށް، ފުލުހުން މިރަށަށް އައިސް ތަހުގީގުފެށިއެވެ. ޚުދު ރައީސް، މިރަށުގެ ކަރަންޓާއި ބެހޭގޮތުން ތަގުރީރުކުރެއްވެވިއެވެ. ކަރުން ނާރު އެނގޭވަރަށް އަޑުފުޅަށް ބާރުލައްވާފައި ކުޅުދުއްފުށީގެ ރައްޔިތުން ކަނުއަނދިރީގައި، ތިބެން ނުޖެހޭނެކަމަށް ތަގުރީރުގައި ވިދާޅުވިއެވެ. އިންޖީނު ހަމަ ހަލާކުކޮށްލީކަމަށް ތުހުމަތުގެ އިޝާރާތްކުރެއްވެވިއެވެ.
ރަށު އޮފީހުގެ ތާޅަފިލިން ކަރަންޓަށް ވަމުންދާ ގޮތާއި، އިންޖީނު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތުގެ މައުލޫމާތު މުޅިރަށަށް އިއުލާނު ކުރަމުން ގެންދެވިއެވެ. ރައީސްގެ އަތްޕުޅުގައި މާގިނަ، ޖަނަރޭޓަރުތަކެއް ހުންނަން ނުޖެހޭނެ ކަމަށް ވިދާޅުވި ރައީސްގެ ދީލަތި ކުއްލި އެހީފުޅުގެ ދަށުން އެމްއެންޑީއެފްގައި، ބޭނުންކުރި ދެޖަނަރޭޓަރު ކުޅުދުއްފުއްޓަށް ގެންނަން ސަރުކާރުން ނިންމެވިކަން، ރަށު އޮފިހުގެ ތާޅަފިލިން އިއުލާނުކުރިއެވެ.
ކުރިންވެސް ދެންނެވިހެން، އެފަހަރު، ކަރަންޓްގެ މައްސަލަ އެ ދިމާވީ މުހިންމު ސިޔާސީ ދުވަސް ވަރެއްގައިކަމުން، މުޅިސަރުކާރު ވަރަށް ބާރަށް ހެލިގަތެވެ. މިހާރު މިއީ އެހެން ދުވަސްވަރެކެވެ. އިންތިޚާބު ނިމިއްޖެއެވެ. ސަރުކާރަށް މިރަށުން އެއްވެސް ގޮނޑިއެއް އިންތިޚާބުގައި ކާމިޔާބެއް ނުކުރެވުނެވެ. އަނެއްކާވެސް މިއޮތީ ކަރަންޓްގެ މައްސަލަ އިންތިޚާބުގެ ދުވަސްވަރަށްވުރެވެސް ސީރިޔަސް މައްސަލައެއްގެ ގޮތުގައެވެ. ރަށް މިއޮތީ އަނދިރީގައެވެ. ކުރިން، އިންތިޚާބުގެ ދުވަސްވަރު އިރުއިރުކޮޅާއި ކަރަންޓާއިބެހޭ ގޮތުން ތާޅަފިލިން މައުލޫމާތު ދިންކަމަށްވިޔަސް މިހާރު ގޮވާލަނީ، ކަރަންޓް ބޭނުންކުރުމުގައި ޚަރަދުކުޑަކުރުމަށެވެ. ޚަރަދު ކުޑަކުރެވޭނީ ލިބޭއެއްޗަކުންނެވެ. ކަރަންޓެއް ނެތެވެ.
ކަރަންޓް ލިބޭނެ ދުވަހެއް ނޭނގެއެވެ. އިންޖީނުތައް މަރާމާތުކުރެވޭނެ ޒަމާނެއް ނޭނގެއެވެ. ސަރުކާރު ކެންޑިޑޭޓުންނަށް، އިންތިޚާބުގައި ވޯޓްހޯދުމަށް، ގުންފައިޖެއްސެވި ސްޓޭޓް މިނިސްޓަރުންނާއި އަތޮޅުކައުންސެލަރާއި އަދިވެސް ތިއްބެވިއްޔާއި ތިއްބެވި އެކްޓިވިސްޓުންގެ އަޑެއް މިފަހަރަކުނެތެވެ. ކުޅުދުއްފުށީ ރައްޔިތުން، ކަނުއަނދިރީގައި ތިބެން ނުޖެހޭނެކަމަށް ވިދާޅުވެ ތަގުރީރުކުރައްވާނެ، ހެޔޮވެރިކަމެއްގެ މޭސްތިރި ރައީސްވެސް ވަޑައިގެންނެތެވެ. ސަބަބަކީ، ވޯޓްގެ ބޭނުން މިދުވަސްވަރު ސަރުކާރަށް މުހިންމު ނުވާތީއެވެ.
މިރަށުގެ ކަރަންޓުގެ މައްސަލަ، ސަރުކާރަށް މުހިންމު މައްސަލަޔަކަށް ހެދޭނީ ޑިމޮކްރަސީގައި ކަންކުރާގޮތަށް މިރަށުގެ ރައްޔިތުން ކަން ކޮށްގެންނެވެ. މިއީ ފަސްލޭނު ބައްތިއާއި އަތްބައްތިއާއި ފުޅިބައްތީގެ ޒަމާނެއް ނޫނެވެ.



DOg ވިދާޅުވީ
ތާރީޚް:03/06/2009
ވަރަށް ފުރިހަމަ ލިޔުމެއް، ސިޔާސީ ލީޑަރުންނަށް ރައްޔިތުން ހަދުމަވަނީ ވޯޓްގެ ދުވަސްވަރު އެނޫން ދުވަސްތަކަކީ އެބޭފުޅުން އުދިވަޑައިގެން ކަރަކަރައަށް ދަތުރުފަތުރުކޮށް އުފާކުރުމަށް އޮތް ދުވަސްތަކެއް، މިފަދަ މީހުން ހެޔޮވެރިކަމެއް ކުރެވޭނީ ކިހިނެއް، މިރަށުގައި މިއިންޖީނުގެ އެޅިފަހުން މިފަދަ ދުވަސްތަކެއް ނުދެކެން، މިހެން މިވާންޖެހުނީ ވެރިކަންކުރަން ނޭނގޭ މީހެއް އަޅުގަނޑުމެންނަށް ހޮވިގެން ނޫންބާއޭ ހިތަށް އަރާ، މައުމޫން ކަމުނުގޮސްގެން ހޮވުނީ ހަނީމޫނެއް ނޫން ބަކަމޫނެއް.
ތަފާތު ބަލަންހުރި މީހަކު ވިދާޅުވީ
ތާރީޚް:03/06/2009
ކޮބާ ކުއްޓި. އޭނާ ބުނި ސަރުކާރު ޒިންމާކުރުވާނަމޭ. ތިތިބީ ވާނެދޮންވެފަ. ކުރިއަށް އޮތްތަނުގައި މިފަދަ ކިތަންމެ ކަމެއް ފެންނާނެހެން ހީވަނީ. މިރަށުގައި ރަސްމީކޮށް ފާހަގަކުރުމަށް ނިންމާފައިވާ މިނިވަންދުވަހުގެ ޙަރަކާތްތައް ދިއްދުއަށް ބަދަލުކުރި ވާހަކަވެސް އަޑުއެހިން. މިފެންނަނީ ކުއްޓިމެން ހޮވުމުގެ ހިތި. ދެން ލަލަލަލާ
ހާޝިމް ވިދާޅުވީ
ތާރީޚް:04/06/2009
ޙަޤީޤަތް ނުބައްލަވާ މިފަދަ ކަންކަން ސިޔާސީ ކުރުން އެއީ ވަރަށް ބޮޑު ގޯހެއް. ކުޅުދުއްފުށީ އިންޖީނު ހަލާކުވި ހިސާބުން ފެށިގެން، އޭގެ ސްޕެއަރ ޕާޓް ހޯދުމަށް އަޕަރ ނޯތު ޔުޓިލިޓީޒް ކުންފުނިން މަސައްކަތް ފެށިކަން އަޅުގަނޑަށް ވަނީ އެނގިފައި. މިހާރު މިކޮމެންޓް ލިޔަމުންދާ އިރު، ކުޅުދުއްފުށީގައި ހުރިހާ ގެއެއްގައި ވެސް ކަރަންޓް ހުންނާނެ. އެއީ އެމް.އެން.ޑީ.އެފް އިން ދެއްވި ޖަނަޓޭރަޓާއި، ކުރިން ހަލާކުވި ޖަނަރޭޓަރުގެ ސްޕެއަރ ތައް އެއްކޮށްގެން އަލުން 2 ޖަނަރޭޓަރު ހަދައިގެން. ހަލާކުވި ޖަނަރޭޓަރުގެ ސްޕެއަރ ހޯދުމަށް މާލޭގެ ހުރިހާ ހާޑުވެއަރ ވިއްކާ ތަންތަން ހަމަ ވަގުތުން ބަލަން ފަށާ، އެތަންތަނަށް ހިނގި އެކަކީ އަޅުގަނޑު. މާލެއިން އެ ސްޕެއަރ ގަންނަން ނުލިބިގެން، މެލޭޝިޔާއިން އެ ސްޕެއަރ އަށް އޯޑަރު ދިނީ އަޅުގަނޑުގެ ދެއަތުން ލިޔެގެން. މާދަމާ 4 ޖޫން 2009 ވަނަ ދުވަހު މާލޭ ގަޑިން ރޭގަނޑު 9 ޖަހާއިރު ޖައްސާ އެމްއެޗް ފްލައިޓުން މިސްޕެއަރ ތައް އަންނާނެ. އެސްޕެއަރތަކަށް އަގު ދެއްކުމަށް މެލޭޝިޔާ ކުންފުންޏަށް ފައިސާ ދެއްކީ އަޅުގަނޑު ބޭންކަށް ގޮސްގެން މިއަދު 3 ޖޫން 2009 ވަނަ ދުވަހުގެ އިރުއޮއްސި 7 ޖެހިއިރު.
އެއްވެސް ބޭފުޅަކު މިއީ މިސަރުކާރުން ކުޅުދުއްފުށީ ރައްޔިތުންނަށް ދަތިކުރަން ކުރާ ކަމެއްކަމަށް ނުބެއްލެވުން އެދެން. އަޅުގަނޑު މިވާހަކަ މިދަންނަވަނީ މިކަންކަން އެނގިހުރެ. އިރާދަކުރެއްވިއްޔާ، 5 ޖޫން 2009 ން ފެށިގެން މިމައްސަލަ މުޅިން ޙައްލުވާނެ. ހުރިހާ ވެސް މައްސަލައަކީ، ކުޅުދުއްފުށީގެ އިންޖީނުގޭގެ ދޯދިޔާކަން. އެތަނުގައި ސްޕެއަރ ސްޓޮކްކޮށްފައި ނެތްކަން. އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑުން މިހާރު އެގެންދަވަނީ މަތީ އުތުރު ޕްރޮވިންސްގައި ހުރި އެކުންފުނީގެ ހުރިހާ އިންޖީނުގެތައް އޯވަހޯލްކުރުމުގެ މަސައްކަތްކުރަމުން. އޭގެ ދިރާސާ ރިޕޯޓްލިޔެ، އެތަނުގެ ވިޔަފާރި ޕްލޭނާއި ޚިދުމަތް ރަނގަޅު ކުރުމުގެ ޕްލޭން މިލިޔަނީ އަޅުގަނޑުގެ އަތުން. އެޕްލޭންގައި ރައީސުލްޖުމްހޫރިއްޔާ ފާސްކުރެއްވުމުން، އެކުންފުނީގެ ހުއްދައާއިއެކު، މިސައިޓަށް ފޮނުވައިދެވޭތޯ މަސައްކަތްކުރުމަށް އަޅުގަނޑު މިއަދު ތިއެންމެ ބޭފުޅުންނަށް ވަޢުދުވަން.
ރައްޔިތުންނަށް އިޙްސާސްވެސް ނުކުރެވޭ ފަދަ ކަރަންޓް ބިލުގެ ލުއިކަމަކާއި ފަސޭހަ ކަމެއް މިޕްލޭނުގެ ދަށުން ގެނެސްދެވޭނެކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، މިކަންކަން އެނގިވަޑައިނުގަންނަވާ ބޭފުޅުން، ފާޑުފާޑުގެ ދޮގުވާހަކަތައް ފެތުރުން އިހަށް މަޑުޖައްސާލައި، ކުރިއަށް ރޭވިފައިވާ ޕްލޭނަށް އިންތިޒާރުކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން. ވަކިން ޚާއްޞަކޮށް ޑޯގަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަހެން ޒިންމާދާރު ކުޑަކޮށް ވާހަކަފުޅު ނުދައްކަވާށޭ. ކަންއޮތްގޮތް އޮޅުން ފިލުވުމަކީ ދަތިކަމެއް ނޫން މިޒަމާނަކު. ކީއްތޯވާނީ، އެންމެ ކުޑަމިނުން އެކުންފުންޏަށް ގުޅައި މަޢުލޫމާތު ހޯއްދަވައިގެން އެއްޗެއް ވިދާޅުވިނަމަ.
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:04/06/2009
ބޭބެ ހަދާނަށް އަންނަނީ ފަހަރިދައިތަ ހޯދަންވެގެން ނަލަ ހެދިލައިގެން ނުކުންނަ ޒަމާން، އެހެންވާނެތާ އޭރު ހުންނަލެއް ނަލަކަމުން މައިދައިތަ ކީ ނަމެކޭ ނަލަމޮހޮންމަދު މީ!
ޤަމާރު ވިދާޅުވީ
ތާރީޚް:04/06/2009
އަޅުގަނޑުވެސް ހައްޤު ޤަބޫލު ކުރާނަން ކޮއްމެ ބޭފުޅަކު ވިދާޅޫވިޔަސް! މިފަހަރު ހާޝިމުގެ ބަހަށް އަޅުގަނޑު ވެސް ތާއިދު ކުރަން އަދި ބައެއްކަން ކަމުގަ ހިޔާލު ތަފާތުވިޔަސް! އަޅުގަނޑުވެސް ލިޔުން ތެރިންނަށް ގޮވާލަން ކަމުގެ ތެދު މައުލޫމާތު ގެނެސްދިނުމަށް!
އަންނިިމޫން ވިދާޅުވީ
ތާރީޚް:04/06/2009
ކީކޭ ބުނާނީ.. މިހާރު މިކިޔަނީ އިންޖީނުގޭ ދޯދިޔާ ކަމޭ. އެވެސް މައުމޫން ވެރިކަމުގަ ހުރިނަމަ ކީހީ މައުމޫންގެ ދޯދިޔާ ކަމޭ.
އިލޮޅި ވިދާޅުވީ
ތާރީޚް:04/06/2009
ހާޝިމް ތިކުރާ މަސައްކަތަށް ޝުކުރު ދަންނަވަން. ހާޝިމް އެވިސްނާ ފަޅިން އެންމެންވެސް ވިސްނުން އެދެން!
ވަކަވަލޭ ވިދާޅުވީ
ތާރީޚް:04/06/2009
ހާޝިމް މި ރަށަށް ތިޔަ ކޮށްދޭ ކަންކަމަށް ޝުކުރުދަންނަވާލާފަ ދެން ފަހަރަކުން ކަތާކޮށްލަން ކަމަށް ވަކިވެލާނަން
އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:04/06/2009
މިލިޔުމުގައި ނެތް ދޮގެއް. އެޔޮތީ ކަންހިނގިގޮތް ލިޔުންތެރިޔާ ލިޔެފައި، އިންޖީނުގެ މައްސަލަ ސިޔާސީކުރީ ސަރުކާރުން. ސަރުކާރުގެ އެންމެ މަތީވެރިޔާވެސް ހިމެނޭގޮތުން. ކުރީފަހަރު އިންޖީނު ހަލާކުވުމުން ފުލުންގެނެސްގެން، އެކަންކުރީ ޑީއާރުޕީ އިންނޭ/ޕީއޭ އިންނޭ ދޭހަވާގޮތަށް ކަންތައްކުރީ ސަރުކާރުން. ކޮބާ، ތަހްގީގު ރިޕޯޓް؟
ތަފާތު ބަލަންހުރި މީހަކު އަށް:
މަޖިލިސްމެންބަރުން އެއީ ރަށުގައި ހިނގާ ހުރިހާކަމެއް، ވަޅުދިޔަ ހިއްކުމާއި، އޮޅުކޮނެދިނުން ފަދަ ކަންކަން ކުރަންތިބޭ ބައެއް ނޫން. މަޖިލީހުގައި އުސޫލްތަކަކާއި ސަގާފަތަކާއި، ގަވާއިދެއް އޮވޭ.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:04/06/2009
ވަރަށް މޮޅު ލިޔުމެއް. ނަން ނެތީމަ މައްސަލަޔަކީ..ސަރުކާރު ޖެހޭނީ އަބަދުވެސް ސްޓޭންޑްބައިގައި ހުންނަން. ލިޔުންތެރިޔާ އިޝާރަތް ކޮށްފައި އެއޮތީ، އިންތިހާބު ދުވަސްވަރާ މިކަހަލަ ދުވަސް ވަރެއްގައި ސަރުކާރުން ގެންގުޅޭ ތަފާތު. މިއީ ހެޔޮ ވެރިކަމެއްގެ ފެންނަން ވާނޭ ކަންތަކެއް ނޫން..
ހާޝިމްގެ ނޮހޮރޮއްޕާނާ ހެދި މީޙަކު ވިދާޅުވީ
ތާރީޚް:04/06/2009
ހާޝިމް އޮވެބަލަ ހާލީގަ މަޑުން.. ބައްޔެއްނު ދެން މީ… މީނަ ހިތުން މީނަ ވަރު މީހެއް ނެއްވިއްޔަ… ގެއަށް ދޭ…
ތަޅުތަނޑި ވިދާޅުވީ
ތާރީޚް:04/06/2009
ދެންތިބޭ އަނގައަރުވަން ކުޅުދޫފުށީ މީހުން މިނިވަން ކެނޑިޑޭޓުން ހޮވައިގެން ހާޝިމް ތީއެއްވަނަ
އީސްޓް އޯ ވެސްޓް ހާޝިމް އިސްދަ ބެސްޓް
އައި ނޯ ޔޫ
ހާޝިމްގެ ނޮހޮރޮއްޕާނާ ހެދި އުޅޭ އެހެން މީހަކު ވިދާޅުވީ
ތާރީޚް:04/06/2009
ދޮގެއްވާނޫން.. މީނަޔާ ނުބެހޭ ކަމެއް ނޭނގޭކަމެއްވެސް ނޯވެޔޭ.. އަންނި ކަހަލަ ބޮޑު މުސީބާތަކަށް ވެއްޖެ މިހާރު މި ހާޝިމެއް ކިޔާ ކަލޭގެވެސް….
ބޯސޮރު ވިދާޅުވީ
ތާރީޚް:04/06/2009
ކުޅުދުއްފުށީ އިންޖީނުގެ ދޯދިޔާ ކަމެއްނޫން. އަޅުގަނޑުވެސް އިންޖީނުގެއަށްދަން ވާނުވާ ބަލަން. އެމީހުން ދައްކާ ވާހަކަ ގަބޫލް ނުކުރަންވެގެން ހެކިވެސް ހޯދަން ލިޔެކިޔުން ހުރިތޯ އެމީހުން ކިޔާ އެއްޗެއްގެ ތެދު ދޮގު ސާބިތުކުރެވެން. އެހެން ވީމަ ފާހަގަ ކޮށްލަން ބޭނުންވަނީ އިންޖީނުގެއިން އެދިފަހުރި އެތައްކަމެއް ސްޓެލްކޯއިން ކޮށްދީފައި ނެތްކަން.
ކޮއިލާ ވިދާޅުވީ
ތާރީޚް:04/06/2009
ތެންކްސް ހާޝިމް. ވަރަށް ތާއީދުކުރެވޭ ކަހަލަ ކޮމެންޓެއް. ބައެއްފަހަރު ހިޔާލު ތަފާތުވިޔަސް މިފަހަރުތީ ބެސްޓް. ތަފާތުބަލާމީހާ ބުނިއެއްޗަކުން މަ ހިތަށް އެރީ ތިއީ ދެން ހާދަހާވާ ނާތަހުޒީބު ބޭކަލެކޭ. މަޖުލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ނަޝީދު ވަރަށް މަސައްކަތް ކުރި މިރަށުގެ ކަރަންޓު ހައްލުކޮއްދެވޭތޯ. އަދި ބުނަންތަ، މިހާރުވެސް ފެންނާނެ ކުރީގަ މިއަތޮޅުގަ ތިބި މެމްބަރުންނާ ނަޝީދުގެ ހުރި ތަފާތު. އެތަފާތު އަދިވެސް ފެންނާނެ ކަމުގެ ޔަގީންކަން ތިޔަ ބޭފުޅާއަށް އަރުވަން.
މަޖިލިސް ވިދާޅުވީ
ތާރީޚް:04/06/2009
މިއީ ވަރަށް ޒިންމާދާރުކަންކުޑަ ލިޔުމެއް، މިލިޔުން ޖެހިއިރު ކުޅުދުއްފުށީގެ ހުރިހާ ގެއެއްގައި ކަރަންޓް ހުންނާނެ. ރަށު އޮފީހުން ގޮވީ ރައިސްގެ ހާއްސް ބެއްލެވުމުގެދަށުން ދެ އިންޖީނު ފޮނުވާވާހަކަ، ދީލަތި އެހީފުޅެއްގެ ވާހަކައެއްނޫން، އިންޖީނުތައް ހަލާކުވަމުން މިދަނީ ބަރާބަރަށް މެއިންޓެއިން ނުކުރެވުމާއި ކުރިން ސްޓެލްކޯގައި އުޅުނު ފަހުން މަޖިލީހަށް ކުރިމަތިލީމީހެއް އޭނާގެ ބަސްއަހާ މިހާރުވެސް ސްޓެލްކޯގައި އުޅޭ ބަޔަކުލައްވާ ހަލާކުކުރާތީ
މަ ވިދާޅުވީ
ތާރީޚް:04/06/2009
ބަލަ ކޮބާ ކުއްޓި އާ ފިނޭ ގަފޫރާ
ގައުމުގެ ދޫ ވިދާޅުވީ
ތާރީޚް:04/06/2009
މިސައިޓްގެ ޒިންމާދާރުކަން ދުވަހެއް ދުވަހަކަށް ކުޑަވަމުން މިދަނީ
ގައްސާނު ވިދާޅުވީ
ތާރީޚް:04/06/2009
ކުޅުދުއްފުށީ 2 ގޮނޑިއަށް އެމް،ޑީ.ޕީ މީހުން ހޮވިނަމަ ތިހެންނެއް ނުވީސް، ގަފޫރު ފޯނެއްނުނަގާ، ކުއްޓި ބުނީ ކަލެމެން ކުރީގައިވެސްތިބީ އަނދިރީގައޭ ދެންވެސް ތިބޭށޭ
އުސްމާން ވިދާޅުވީ
ތާރީޚް:04/06/2009
މިލިޔުން ލިޔުނު ލިޔުންތެރިއާ ކަރަންޓްގެ މައްސަލަ ސިޔާސީ އެއް ނުކުރޭ. އެކަންތައް ސިޔާސީ ކުރީ ހަމަ ސަރުކާރުން. ފުރަތަމަ ކަރަންޓް ދިޔަ ދުވަސްވަރު އަންނި (ރައީސުލް ޖުމުހޫރިއްޔާ) ކަރުން ހަންދުއްވާލުމަށްފަހު ފެލިގަތީ (ވިދާޅުވީ) ދެން ކުޅުދުއްފުށީގެ ރައްޔިތުން އަނދިރީގައި ތިބެން ނުޖެހޭނެކަމަށް.
މިސައިޓުގެ ތިރީގަ އޭނި ނަންބަރަށް ގުޅީމަ ފޯނެއް ނުނަގާ. މަ އަދި ކަރަންޓު ގޮސްގެން ކަރަންޓް ލިބޭތޯ މީގަ ތިރީގަ އިން ނަންބަރަށް ގުޅީ
މިއަދު ވިދާޅުވީ
ތާރީޚް:04/06/2009
މި ހާސިމޫތަ އަޕަރ ނޯދަން ޔުޓިލިޓީ ކުންފުނި ހިންގަނީ . ކޮބައިތަ އެ ކުން ފުނީގެ ބޮޑެތި މީހުން ބޮޑު މުސާރަ ނަގައިގެން ތިބެނީދޯ. ހުރިހާ އިންޖީނުގެއެއް އޯވަތރު ހޯލް ކުރަންޏާ ކަރަންޓް ނުކެނޑިޔެއް ނުހުންނާނެ. ތެދެއް ބުންޏަސް މިސަރުކާރުގެ ދޯދިޔާކަން އެގެންޏާ އެކަމެއް ހަމަ ގަބޫލެއް ނުކުރޭ، ކޮންމެ ސަރުކާރެއް ވިޔަސް ކޮންމެ މީހެއް ކަމަށް ވިޔަސް ރަނގަޅު ކަމެއް ރަގަނޅު ކޮށްފައި ނުބައި ކަމެއް ހަމަ ނުބައި ކުރަން ވާނެ. އިއްޔެވަސް އަން ހެނުން ކޮމެޓީ އިސް ނަގައިގެން ފަސްދޮޅަހެއްހާ އަންހެނުން އިންޖީނުގެ އޮފީހައް އިހުތިޖާޖު ކުރަން ދިޔަ. މި މީހުން މިކަމެއް ކުރީ ރަށު އޮފީހުގެ ރުހުމާއި އެކު. ދެން ލަލަލާ.
ކުޑަބެ ވިދާޅުވީ
ތާރީޚް:04/06/2009
އަންނި ވެރިކަމުގަ ކުޅުދުއްފުށި މިދިޔައީ 30 އަހަރު ފަހަތަށް، މިއީ ކާރބަން ނިޔުޓްރަލް ގައުމަކަށް މިގައުމު ހެދުމުގެ ފެށުން
ކުޑަބެ ވިދާޅުވީ
ތާރީޚް:04/06/2009
ހާޝިމް ކަހަލަ މަރުމޯލުން ކިޔާ އެއްޗެހި ގަބޫލް ކުރާކަށް ނުވާނެ އެއްވެސް މީހަކު ، އަހަރެމެނަށް އެއްޗެހި ސާފު ކޮއްދޭން އެއީ ކާކު
ހާޝިމް ވިދާޅުވީ
ތާރީޚް:04/06/2009
ނޫން، އަޅުގަނޑަކީ އަޕަރ ނޯތު ޔުޓިލިޓީޒްގެ މީހެއް ނޫން. އެކަމަކު، އެކުންފުންޏާ ވަރަށް ގިނަ ގޮތްގޮތުން ގުޅުން ހުރި މީހެއް. ދެން މިތަނުގައި ބޭފުޅަކު ވިދާޅުވެފައި އެބައޮތް ސްޓެލްކޯއިން ނުހޯދައިދެނީއޭ ކުޅުދުއްފުށީ އިންޖީނުގެ އިން ބުނާ ތަކެތި. އެއީ ހަމަ ތެދު ވާހަކައެއް. ވާގޮތަކީ އެއްކުންފުނިން ނުވާ ވަރުން ކަންކަން ކުރަން އުޅޭތީ ވާ އުނދަގޫ އެއީ. އެހެންވީމާ، 7 ޕްރޮވިންސަށް 7 ޔުޓިލިޓީޒް ކުންފުނި ހަދާފައިވުމުން މާ އެފިޝެންޓް ވާނެ ނޫންތޯ. ދެން ކަރަންޓްގެ ކަންތައް ރައީސުލްޖުމްހޫރިއްޔާ ނުކުރައްވާ ސިޔާސީއެއް. އެމަނިކުފާނު ވިދާޅުވީ، ކުޅުދުއްފުށީ ކަރަންޓްގެ ކަންތައް ބައްލަވާނަމޭ ވަރަށް ގާތުން. އެއީ ވެސް ތެދެއް. އެމަނިކުފާނު އެބަ ބައްލަވާ. އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ މިރޭ (4 ޖޫން) ގައި ސްޕެއަރތައް އަންނާނެކަން މެލޭޝިޔާއިން. އަދި މިމައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަން. އިތުރު ސްޕެއަރގެ ސްޓޮކް ގެނައުމުގެ މަސައްކަތް ވެސް މިއަދު ކުރިއަށް އެބަދޭ، އޭރުން މިކަހަލަ ކަމެއް ދެން މެދުވެރިވިޔަސް، ވަގުތުން އެކަން ހައްލު ކުރެވޭނެ.
ދެން އަޅުގަނޑާ ހެދި ނޮހުރުއްޕާންވެގެން އުޅުއްވާ ބޭފުޅާއަށް ދަންނަވާލަން ބޭނުންވަނީ، ތިޔައީ ޑޯގް ނޫންތޯއޭ؟ ކުޅުދުއްފުށީގެ ކަރަންޓަށް ކޮންމެ ގޮތެއްވިޔަސް، އަޅުގަނޑަށް އެނގޭނެއޭ. އަދި އެކަން ހައްލުކުރުމުގައި އަޅުގަނޑުގެ ބައިވެރިވުން ވެސް އޮންނާނެއޭ މިހާރު ވެސް އަދި ފަހުން ވެސް. މިއީ ކޮންމެހެން ފޮނިކެނޑުމަށް ދައްކާ ވާހަކައެއް ނޫން އިނގޭތޯ. އެކަމަކު، މިއީ އަޅުގަނޑު ވެސް ހިމެނޭ ކަމެއް ވީމަ ހަމަ ދަންނަވާލީ. އަޅުގަނޑު އޮންނާނެ މިސައިޓަށް ފޮނުވާ ދީފައި އަޕަރ ނޯތު ޔުޓިލިޓީޒް ކުންފުނީގެ ދިދައާއި ނަންބޯޑުގެ ފޮޓޯތައް ވެސް އެހަރުކުރުމުގެ މާކުރިން އަޅުގަނޑު ލިޔުނު އާޓިކަލަކާއި އެކު.
ކޮއިލާ، ތަޅުދަނޑި، ވަކަވަލޭ، އިލޮޅި އަދިޤަމާރު އަށް ވަރަށް ޝުކުރިއްޔާ. ޑޯގަށް ބުނެލަން އޮތީ ނަން ބަދަލު ނުކޮށް، ހަމަ ޑޯގުގެ ނަމުގައި ކުރިއަށް ގެންދާށޭ. ބިލްއޯރެލީއަށް ދަންނަވާލަން އޮތީ، ސަރުކާރަށް ވިދާޅުވާނެ އެއްޗެހި ހުސްވީތޯއޭ މިހާރު؟
ސުލޭމާނު ވިދާޅުވީ
ތާރީޚް:04/06/2009
އާދިލު ބުނެފަޔޭނުން އޮތީ ކުޅުދުއްފުއްޓަށް އަނދިރި ފަސް އަހަރޭ މީ،
އެބުނާ އަނެއް ދިވެހިރާއްޖެ މިހެންނަނީ، މިހާރުގެ ކުދިންނަށް ނުފެނުނަސް، ބޭބެމެން ފަސްލޭނު ބައްތިއާއި އަތްބައްތިއާއި ފުޅިބައްތީގެ ޒަމާން މީގެ ކުރިންވަސް ވަނީ ދެކެފަ. އޭރަކު ދެން އުއްބައްތި އެއް ނުހުރޭ.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:04/06/2009
މީގައި މިއޮތީ ހަގީގަތެއް. ހާޝިމްގެ އެއްވެސް ކޮމެންޓަކުން މިއީ ދޮގު ވާހަކަ ތަކެއްކަން އެނގޭކަށް ނެތް. އެހެންވީމަ އަޅުގަނޑު މިދެންނެވީ، މިއީ ހެޔޮ ވެރިކަމަކުން ފެންނާނެ ކަމެއް ނޫނޭ. އަޅެ ދޮގެއްތޯ؟ ވޯޓަށް ޓަކައި އެއް ނޫނޭ ދެން ކަންތައް ކުރަނީ އެއް. އެބުނީތާ ކަރަންޓަށް ވާނުވާ އެއް ކުރިން ގޮވި ގޮތަކަށް ނުގޮވައޭ. އެހެންވީމަ އެއީ ހަމަ ވޯޓަށް ޓަކައި ކުރާ ކަންތަކޭ. މިކަހަލަ ކަންތުގެ ވާހަކަ ޖެހޭނެ ދައްކާލަން، އެއީ ނުދައްކަ ނުތިބެވޭނެތީ. 5 އަހަރު ވީމާ އެނގޭނެ، އެކެނޑި ފޮނީގައި ވާލިއްޔާ. އަޅުގަނޑުގެވެސް ހިތެއް ގަބޫލެއް ނޫން، ބައެއް ބޭފުޅުން ހާޝިމޭ ކިޔާފައި އެކުރާ ކޮމެންޓް ތަކެއް. ނަމަވެސް އަޅުގަނޑު ކިތަންމެ ވަރެއް ކުރިޔޭ ކިޔާފަ އެކަން ހުއްޓޭނެތަ؟ ހަމަ އެހެންވާނީ އަންނި އޭ ކިޔައިގެން ދައްކާ ވާހަކަތަކަށްވެސް. މީހަކު އެއްޗެކޭ ބުނީމަ އެމީހައަށް އަށް އޮޅުން ފިލުވައިދީ ހެއްކާ އެކީ އެކިޔެނީ ގޯސް އެއްޗެއް ކަން. މިހާރު އެއޮތީ އަޅުގަނޑު ކޮއްފައި އޮތް ސުވާލެއް. އޭގަ ފަހެ ދޮގެއް އެބަ އޮތް؟ “މީހުންގެ ދޫތަކުން ސަލާމަތްވުމަކީ ވާނޭ ކަމެއް ނޫނެވެ. ކަލެއަށް އޮތީ ރައްޔިތުންނަށް ފައިދާ ހުރި ކަންތައް ކުރުމެވެ” އަންނިގެ ހިތް ރައްޔިތުންނާއި ދޭތެރޭ، މުނިކާފަ އަކު އޭނަގެ މުނިކާފަ ދަރިއަކާއި ދޭތެރޭ އޮންނަ ފަދަ ބޮޑު ހިތެއް އޮތުމަކީ ވަރަށް އެދެވޭނެ ކަމެއް. މިފަދަ ހިތެއް އޮވެއްޖެންޏާ ރައްޔިތުން ކިޔާ ކޮންމެ އެއްޗަކަށް ލޮތްބާ ހިނިތުންވުމާއި އެކީ ޑީލް ކުރާނެ. އަޅުގަނޑު ހީކުރަނީ އެބޭފުޅާގެ މިފަދަ ހިތެއް އޮންނަ ކަމަށް. އެކަމަކު ހާޝިމް ގަބޫލެއް ނުކުރޭ މިގޮތަކަށް. ދެން ވެދާނެ ދެން ހާޝިމްގެ ހިތް ކުޑަ ކަމުން ވިސްނޭ ގޮތް ތަފާތު ވަނީ ކަމަށްވެސް. ހަރުފައެއް ބޮޑު ނަޖިހަކަށް ހަދާނީ ގައިމުން ހިތް ކުޑަ ވީމައޭނުން.
ހާޝިމްގެ ނޮހޮރޮއްޕާނާ ހެދި އުޅޭ އެހެން މީހަކު ވިދާޅުވީ
ތާރީޚް:04/06/2009
ހާޝިމް ކަލޭ ހޭބަލި ނުވޭ.. މި ޑޯގެއް ނޫން.. ކަލޭ ހީކުރީ ކަލެޔާ ހިޔާލް ތަފާތުވެ ކަލޭއާހުރެ ނޮހޮރުއްޕާން ވަނީ އެންމެ މީހަކަށް ކަމަށްތަ؟ ޑޯގް ހަމަ ތިގޮތުގައި ކުރިއަށް ދިޔުމަށް އެދެން…
ހާޝިމް ވިދާޅުވީ
ތާރީޚް:04/06/2009
އާދެ، މިހާރު ދެން އަޅުގަނޑަށް ޔަޤީން މިވީ. ޑޯގު އެކި ނަންނަމުގައި މިކޮމެންޓްކުރައްވަނީ. އަނެއްހެން މަނާކަމެއް ނޫން އެއީ، އެހެންނަމަވެސް، ވަރަށް ދަށުދަރަޖައިގެ ކަމެއް ވީމަ ފާހަގަކޮށްލީ، ފިނޑިކަން އެއިން އަޅުގަނޑަށް ދޭހަވަނީ.
ދެން ބިލް އޯ ރެލީއަށް، “ހަރުފައެއް ބޮޑު ނަޖިހަކަށް ހަދާނީ ގައިމުން ހިތްކުޑަވީމައޭނުން”؟ މީގެ މާނައެއް އުޅެއުޅެ އަޅުގަނޑަކަށް ނުވިސްނުން.
ގައްސާނު ވިދާޅުވީ
ތާރީޚް:04/06/2009
ދެންތިބޭ ކުއްޓިނަޝީދު ތަފާތު ދައްކައިދެނީ ތިޔޮއް، އޭނަގެ ކެމްޕެއިން ކުލަޔަކީ ކަޅުކުލަ(އަނދިރި)
DOg ވިދާޅުވީ
ތާރީޚް:04/06/2009
ހުރިހާ މީހުންގެ ސަމާލުކަމަށް! ހާޝިމް އެބުނީ މުޅިން ދޮގެއް، މިހާރު މިރަށަށް ކަރަންޓް ލިބިފައިމިވަނީ ކުރިން އޯވަރހޯލްކުރުމަށް ރޫޅާލައިފާ ހުރި ޖަނަރޭޓަރ ރޭވުމަށްފަހު އެއިން އެއްގޮތަކަށްވެސް އެއްއިންޖީނުން އަނެއް އިންޖީނަށް ސާމާނު ބަދަލުކޮށްގެނެއް ނޫން އެމް.އެން.ޑީއެފް ޖަނަރޭޓަރު ނުރޫޅުމަށް އަންގާފައިވާތީ އޭތި ހުރީ ބެހެއްޓިފަ، މުޅިން ދޮގު ހަދައިގެން މީހުން ހައްލުވަން ހާޝިމެއް ކަމަކު ނޫޅުނިއްޔާ ރަގަޅުވާނީ، އަޕް ނޯތް ޔޫޓިލިޓީގައި ނެތް ފައިސާއެއް ސްޕޭއަރ އޭ ބުންޏަސް އެމީހުންނަށް ހީވަނީ އެއީ ކާއެއްޗެއް ހެން ތަންދޮރު ނުދަންނަ ބަޖެޓެއްނެތް ކުންފުންޏަކާއި މިފަދަ ބޮޑުކަމެއް ހަވާލުކުރީ އެއްވެސް ވިސްނުމެއް ހިޔާލެއް ފިކުރެއް ނެތި. އަޅުގަނޑަކީ އެތަނުގައި މަސައްކަތްކުރާ މީހެއްކަމުން މިއީ ދޮގެއްކަން އެނގިހުރެ ހާމަ މިކުރީ.
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:04/06/2009
އާދެން ތިވާހަކަ ބަހައްޓާ، އެއީ މިކަހަލަ ތަންތަނުގައި ގުޅޭނެ ވަހަކެއެއް ނޫން، ނަމަވެސް ހާޝިމް ރަށުން ދިމާވެގެން ކޮފީ އެއްގައި ނަމަ ބުނެލެވިދާނެ. ކާފަ ބޮލުގައި ތިހިރީ ފޫ ޖަހާފައޭ، ކުޑަ ދަރިފުޅު ބުނީމާ، ދޮށްޓަށް ހުންނަ ސޮރު ނޫނީ އެކުއްޖަ މަންމަ ރުޅި އަތުވެދާނެ. ނަމަވެސް ކާފަ ނާންނާނެ ރުޅިއެއް. އެއީ އެދަރިފުޅާ ދޭތެރޭ ކާފަގެ އޮންނަނީ ބޮޑު ހިތެއް ކަމަށްވާތީ (ޖިސްމާނީ ގޮތަކުން ނޫން) އަންނިގެ ހިތްވެސް ހަމަ ބޮޑުވާނެ ރައްޔިތުންނާއި ދޭތެރޭ އޮންނަ. ހަމަ އެފަދައިން ދީނީ ޢިލްމުވެރިން ވެސް ހިތް ބޮޑު ނަމަ ވަރަށް ރަނގަޅު ވީސް. އެހެންނަމަވެސް، އަންނި އާއި ހަމަ ބެހިލާ އިރަށް ހާޝިމް އެބަ ރުޅި އާދޭ. ރުޅި ނައިސް މިވިސްނެނީ ނުބައި ކޮށްނަމަ، އެތަން ކޮޅު ރަނގަޅު ކޮށްލާނަމަ، މައްސަލައެއް ނެތޭ. އަންނިގެ ސިޔާސަތު އެހުންނަނީ އެއްކުރަން ގުނަ ކުރަން ކަނޑަން ނޭގޭ މީހުން ލައިގެން ސަރުކާރު ހިންގުން. މިކަމާވެސް ސައިޓްތަކުން އެބަ ބެހޭ. ނަމަވެސް އެއީ މިވަގުތު ކަން އޮތް ގޮތްކަން ހަމަ ގައިމުވެސް އަޅުގަނޑު ދެނެހުރިން. އެއީ މެނިފެސްޓޯއާއިގެން އުޅުމަށްވުރެ އެބޭފުޅާއަށް މިއަދު މުހިންމު އެވަނީ ހަމަ އަޅުގަނޑުމެނަށްވެސް މުހިންމުވާ ކަންތައް. އެއީ ވެރިކަން ދެމެހެއްޓުން. އެހެންވީމާ އެބިންގާ އެވަރުގަދަ ކުރަނީ. އެކަމަށްޓަކައި ރަނގަޅުވާނެ، ދުނިޔޭގެ އާޖު ފާޖު ނުދަންނަ އެކްޓިވިސްޓުން. މިއީ ސަވައިވަލް އަށްޓަކައި ކުރާ ކަމެއް. ސަރުކާރާ ދޭތެރޭ އަޅުގަނޑު އެނގި ހުރެގެން ހައްޤު ނޫން ބަހެއް ނުބުނާނަން. ހާޝިމް ވެސް ހައްގުން އެއްކިބާ ނުވެ، އަންނި އަކީ އާދަމުގެ ދަރިއެއް ކަން ދަނެގެން ހުރީމަ ރަނގަޅުވާނީ.
DOg ވިދާޅުވީ
ތާރީޚް:04/06/2009
އަޅުގަނޑު އެއްވެސް އިރެއްގައި ދެނަމެއްގައި ކޮމެއްޓެއް ނުކުރަން ކެރިހުރެ ކުރާކަމެއް މިއީ، ހާޝިމް މޮޔަ ނުވޭ. އަދި މީހުންނަށް އޮޅުވާލުމަށް ދޮގު ނުހައްދަވާ. ހާޝިމަށްވުރެ އިންޖީނުގޭ މަސައްކަތް އެންމެ ބޮޑަށް އެނގޭނީ އަޅުގަނޑަށް.
ނޯޓް: ވިދާޅުވީ
ތާރީޚް:04/06/2009
މަތީގައި އެވާ ކޮމެންޓަކީ ހާޝިމް ދެންނެވި އެއްޗަކާއި ދޭތެރޭ އަޅުގަނޑުގެ ޚިޔާލު. ދެން ޑޯގަށް ބުނެލަން އޮތީ އެހެން ދޯ އޭ —ބިލޯ ރޭލީ—-
ވަހީދު މާލަމުގަތިބޭ ކުދިން ވިދާޅުވީ
ތާރީޚް:04/06/2009
ހާޝިމް އަށް ބުނެލަން އޮތީ ތިކަހަލަ ދެ އުޅިޔެއްނުވާ ސޮހޮލުން ދައްކާ ވާހަކަ ގަބޫލް ކުރާ ވަރައް ވުރެ ކުޅުދުއްފުށީ ރައްޔިތުން މާ ބޯ ރަގަޅޭ
ކެރޭމީހާ ވިދާޅުވީ
ތާރީޚް:04/06/2009
ހާޝިމަކީ ކޮމެންޓްކުރުމަށް އެއްވަނަ. އެހެންވީމާ ހާޝިމުގެ ވަނަވަރު އެނގޭ ބޭފުޅަކު ހުރިނަމަ ބުނެލަދީބަލަ. (ފުރިހަމަނަން، އެޑްރެސް، ރަށް، ތަޢުލިމީ ފެންވަރު)
ކުޅުދުއްފުށިން މީހަކު ވިދާޅުވީ
ތާރީޚް:04/06/2009
ކުރިއަށް އަދިވެސް ވަރަށް މުހިންމުއިންތިހާބެއް އޮތްކަން ސަރުކާރުން ހަދުމަބަހައްޓަވާތި އަދިރިމީހުން ނަށް އަނދިރީގައި ނުބައިނަމއެއްގައި ފާހަގަޖެހިދާނެ ދެން ތަފާތުފެން ނާނެނެ ކެއްކޮށްލާ ކަރަންޓުވެސް ދޭންޖެހޭނީހަމަ މީ އުތުރުގެ ހިތް ބޭނުން ހާ އެއްޗެއްނުހެދޭނެ އަދިވެސް އެއްފަހަރު
ފަސްމަންޒަރު ވިދާޅުވީ
ތާރީޚް:04/06/2009
ބިލޯރޭލީއަށް!
ހިތް ބޮޑުވުމާއި ކުޑަވުމުގެ މައްސަލަ އެއް ނޫނޭ މީ، އަޅުގަނޑު ކުރިން ވެސް ދަންނަވާފައި އޮންނާނީ އަންނި ގެ ސަޕޯޓަރުންތެރޭގައި އެބަ އުޅެޔޭ، ރަސްކަލަކު ފޮނުވައިގެން ޚުޝާމަދުގެ ފޭރާން އަޅައިގެން އަންނިގެ އަގުވައްޓާލަން އުޅޭ ބަޔަކު، އެކަމަކު ތިޔަ ބުނާހެން އަންނި ގެ ހިތް ވަރަށް ބޮޑުވާނެ، އެމަނިކުފާނު އެއީ ހަމަ ބެސްޓް
ކިޔުންތެރިޔާ ވިދާޅުވީ
ތާރީޚް:04/06/2009
މިފެންނަނީ އަނެއްދިވެހިރާއްޖޭގެ މަލަމަތި. މަހިތައް އަރާ ހާޝިމް އެހަދަނީ ހަމަ ތެދުބާއޭ. އާން އެހެންޔާ ފަހެ އޭނާ އެހުރިހާ މަސައްކަތެއް ކުރަމުން އެހުރިހާ އެއްޗެއް އޭނަގެ ދެއަތުން ލިޔަމުން މިސައިޓްގައިވާ ކޮންމެ ލިޔުމަކަށް ދިގު ރޯދަމަހެއްވަރުވާ ކޮމެންޓް ލިޔާނެ ވަޤްތު ހޯދަނީ ކިހިނެއްބާއޭ. ހާޝިމްތިޔަ ބޭނުންކުރާ އުކުޅެއް އަޅެ ބުނެދެއްވަފާނަންތޯ އަޅުގަނޑަށް. ހާޝިމްތިޔަ ބުނަނީ ތެދަކަށް ވިއްޔާ ކިތަންމެހާވެސް ރަގަޅު. މިހާރު މިތިބެންޖެހެނީ ކަރަންޓް ނެތިއްޔާ އެއްކަމެއްވެސް ނުވެފަވިއްޔާ ދޯ
ގަޅިބެ ވިދާޅުވީ
ތާރީޚް:04/06/2009
މިސައިޓުގެ ޒިންމާދާރުކަން ކުޑަ ކަން ފެނިގެން ދާތީހިތާމަ ކުރަން.މިލިއުން ޖެހިއިރު މުޅިރަށުގައި ކަރަންޓުހުން ނާނެ.އަދި ދޮގު ހަބަރާ، މީސް މީހުންގެ އަބުރަށް އަރައިގަނެ ލިއެފައިވާ ކޮމެންޓުތަށް ނުނަގާ ބެހެއްޓުމަކީ މިސައިޓުގެ އިތުބާރު ގެއްލޭނެ ކަމެއް. މިކަހަލަ ލިއުމެއް މިސައިޓުގައި ޖެހީ މީހުނަށް ހަގީގަތް އޮޅުވާލުމަށް ކަމުގައި ބެލެވިދާނެ. ހާޝިމް އެވިދާޅުވީ ރަގަނޅަށް .އެއީ އަޅުގަނޑަށް ކުރިން އެމައުލޫމާތު ލިބިފައިވާތީ. އަޅުގަނޑު ދަންނަވާނީ މިފަހަރުކަރަންޓު ކެޑެން ދިމާވީ އިންޖީނުގޭގެ މެކޭނިކުންގެ ޒިންމާދާރު ކުޑަވީމައޭ.
ގަޅިބެ ވިދާޅުވީ
ތާރީޚް:04/06/2009
ވަގުތުލިބޭފަހަރަކުން ތަފްސީލް ގެނެސް ދޭނަން. މިކަންތަށް ހިނގާދިޔަގޮތް އަޅުގަނޑު ވަރަށް ރަނގަޅަށް ބެލިން.
ދުނބުރިހުއްތު ވިދާޅުވީ
ތާރީޚް:04/06/2009
ކިޔުންތެރިޔާއަށް!
ދުނބުރިހުއްތު މި އިންނަނީ ކަރަންޓާ ބެހޭ ލިޔުމަކަށް ވެފައި ކަން ވީ ގޮތާ މެދު ކުޑަ ކޮށިއެރުމެއް އުޅޭތީ ލިޔުމަށް ކޮމެންޓެއް ނުކުރާނަމޭ ހިތާ، އެކަމަކު “ކިޔުންތެރިޔާ”ގެ ކޮމެންޓުގައި ދުނބުރިހުއްތާއި އޭނާގެ ބައިވެރިންގެ ޝުޢޫރުތައް ސިކާރަވެގެން ބަންޑުން ވެދާފަދަ ޖުމުލައެއް އޮތުމުން ފާހަގަކޮށްލާހިތްވީ، “ދިގު ރޯދަ މަހެއް ވަރުވާ ކޮމެންޓު” މި ސިފަކުރުން ހާދަހާއޭ ރީތީ،
ފުޅިބައްތިއަށް ތެޔޮ އަޅަން އޮތް ބޭފުޅަކު ވިދާޅުވީ
ތާރީޚް:04/06/2009
ހާސިމު ވަރެއް ނެތޭނުން. ހާސިމު ނެތް ނަމަ އަހަރެމެން އަދިވަސް ތިބީހީ އަނދިރީގަ ތޯޗެ. ޔޫޓުލިޓީ ކުންފުނީގެ ޗެއާމަން ކަން ދޭންވީ އޭނައަށް. ސާބަހޭ ހާސިމޫ ތިހެން ތިބޭނީ ދިވެހި ދަރިން. !
ދުރަށް ވިސްނާ ކަންތައްނިންމާ މީހަ ވިދާޅުވީ
ތާރީޚް:04/06/2009
ކަލޭނޭ ވިސްނައިގެންތިބޭތި މީގެ 5 އަހަރުފަހުން މަޖިލިހަށް (ކުޅުދުއްފުށި ދާއިރާއަށް) ކުރިމަތިލާނެ ހާޝިމް ކިޔާ މީހެއަ.
އެއީ މި އުޅޭ މޮޅު ހާޝިމް، އޭނާ މިހާރު އެ އުޅެނީ ކެމްޕެއިން ފަށައިގެން.
ކެރޭމީހާ ވިދާޅުވީ
ތާރީޚް:04/06/2009
ވަރަށް ފުރިހަމަ ލިޔުމެއް، ނަމަވެސް ލިޔުން ސައިޓުގައި ޖަހާފައިމިވަނީ ތަންކޮޅެއްފަހުން. ވެދާނެ އެޑްމިންއަށް ވަގުތު ނުލިބިގެން ނުޖެހުނީކަމަށް. ހާޝިމް ތިކުރާހިތްވަރަށް ސާބަސް، އެކަމަކު ކީއްވެތޯ ތިކުރައްވާ މަސައްކަތް ރައްޔިތުންނާއި ހަމައށް ރަސްމީ ސިފައެއްގައި ހާމަނުކުރެވެނީ. ޔޫޓިލިޓީ ކުންފުނިން އެންމެ ކުޑަމިނުން ނޫސްބަޔާނެއްވެސް ނުނެރެވޭ. ރަށު އޮފީހުންވެސް މިފަހަރު ވޯޓުގެ ކުރިން މައުލޫމާތުދިންފަދައިން ރައްޔިތުންނަށް ކަންހިގަމުންދާގޮތް އަންގައެއް ނުދެވުން. އެހެންވީމާ މިލިޔުމުގައި މިބުނާގޮތް ގަބޫލުކުރެވޭނީ.
ސައިޓް ޒިންމާދާރުކަން ކުޑައޭ ބުނެވޭނެ ޖާގައެއްނެތް، މަށެއްނުދެކެން މިހާ މިނިވަންކަމާއިއެކު ޚިޔާލުފާލުކުރެވޭ ސައިޓެއް.
ގަޅިބެ ވިދާޅުވީ
ތާރީޚް:04/06/2009
މިސައިޓުގައި ހަގީގަތާހިލާފު ވަހަކަ ތަކެއްވާ ލިއުމެއްޖެހީތީ އަދިވެސް އެއްފަހަރު މިކަން ކުށްވެރިކުރަން.އަދި މިލިއުމުގައި ނެތް ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއްވެސް.މީ ނޫސްވެރކަމުގެ ވަރަށް ދަށުދަރަޖައިގެ އަމަލެއް.
ގަޅިބެ ވިދާޅުވީ
ތާރީޚް:04/06/2009
މީގެ ހަތަރު ދުވަސްކުރިން ކުޅުދުއްފުށީ އިންޖީނުގޭގައި ކަރަންޓުދިނުމަށް ބޭނުންކުރަމުން ގެންދާ 600ކިލޯވޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއިގުޅިގެން ޖަނަރޭޓަރ ނިއްވާލަން ޖެހުނީ ޖަނރޭޓަރ ގެ އަޑީތެލާއި ފެން އެކުވާތީ.މިމައްސަލަ ކުރިމަތި ވިއިރު 800 ކިލޯވޯޓުގެ ޖަނަރޭޓަރ އޯވަރހޯލް ކުރަމުން ދަނީ.މިހެން ވުމުން މުޅި ރަށަށް ކަރަންޓު އުފެއދޭވަރުގެ ޖަނަރޭޓަރެއް އެތަނުގައިނެތުމުން ދެން ޖެހުނީ ރަށުގެ އެކިހިސާބުން ކަރަންޓު ކަޑަން. އަދި 800 ކިލޯވޯޓު ޖަނަރޭޓަރ އަކީ ކުރިން އޭގެ ޑައިނަމޯ ހަލާކުވި ޖަނަރޭޓަރު. މިއިންޖީނު އޯވަރހޯލް އަށް ރޫޅާލީ މާފަހުން.މިޛަނަރޭޓަރގެ ޑައިނަމޯ މާލެ ފޮނުވާލި ހިސާބުން މިކަން ކުރިނަމަ 600 ކިލޯވޯޓުގެ ޖަނަރޭޓަރު ހަލާކުވިރު .އެ ޖަނަރޭޓަރ ހުންނާނީ ނިމި .ހިންގޭވަރުގައި. ނަމަވެސް މަސައްކަތް މާލަސް ވުމުގެ ސަބަބުން ރިހޭފައިމައްޗަށް ފޮއެވެއްޓުމޭ ބުނާކަހަލަ ގޮތެއްމިފަހަރު މިވީ. {މައލޫމާތު ދެއްވީ އިންޖީނުގޭގެ ސީނިއަރ މުއައްޒަފެއް}
އިސްފަންޑިޔާރު ވިދާޅުވީ
ތާރީޚް:04/06/2009
ގަޅިބެއަށް
މަތީގައި އޮތްލިޔުމުގައި އޮތް ހަގީގަތާއި ޚިލާފް ވާހަކަޔަކީ ކޮބައި؟ ގަޅިބެ ދައްކަބަލަ! އެލިޔުމަކީ އިންޖީނަށް ވީ ގޮތް ބުނެދޭން ލިޔެފައި އޮތް ލިޔުމެއްނޫން. އެއީ ޚަބަރެއްވެސް ނޫން. މިބާވަތުގެ ލިޔުމުގައި ނުޖެހޭ އިންޖީނުގެއިން އިންޓަވިޔު ނަގާކަށް!
ގަޅިބެ ކިޔުނީ ގަޅިކަމުންތާ…މަޖަލަކަށްވެސް ކިޔިގެން ތިޔަ އުޅެނީ ހަމަ ވަރަށް ގުޅޭ ނަމެއް!
ހާލުފޮޅި ވިދާޅުވީ
ތާރީޚް:04/06/2009
ކެރޭމީހާ ތިބުނީ ތެދެއް. މިއޮތް ދެފުއްފެންނަކަމަށް ދައުވާކުރާ ޒަމާނުގައި ކީއްތަވިހީ ނޫސްކޮންފަރެންސެއް ނަމަވެސް ބާއްވާލިނަމަ، އެކަންކުރަން ނުކެރެންޏާ ނޫސްބަޔާނެއް ނެރުނުނަމަވެސް ރަނގަޅޭނުން. މިކަން އަޅުގަނޑު ކަރުން ހަންދާވަރު ބާރަށް ނޫނާރު ނަގާފައި ކުއްވެރިކުރަން. ކީއްވެތޯ އެތަނުގެވެރިން ޒިންމާއަދާނުކުރެވެންޏާ ބައިތިއްބަނީ. ވަރުވަރުން ޑިރެކްޓަރުންއެބަތިބި. ކަރަންޓް ދިއުމުން ވީގޮތް ބަލާލަން ފޯނުކުރަން އެބަޖެހޭ ގަޑިއެއްހާއިރު ރީޑައިލް ކޮށްލަކޮށްލަހުންނަން. މިކަމުގައި 30 އަހަރު ގެ ފޭބި ސަރުކާރާ 6 މަސްދުވަހުގެ ހެޔޮވެރިކަންކުރައްވާ ބޭފުޅުންވެސް ކުއްވެރިކުރަން.
އިސްފަނޑިޔާރުގެ ތިޔަފާޅުކުރެއްވި ޚިޔާލު ވަރަށް ރަނގަޅު. ތިބޭފުޅާ ނޫނިއްޔާ ރަނގަޅަށް މިލިޔުން ކިޔުއްވިބޭފުޅެއް އުޅޭހެނެއް ހިޔެއްނުވޭ. އެހެން ބޭފުޅުންނަށް މިވާގޮތަކީ ދެލޯފަދަ ލޯބިވާ ސަރުކާރަށް ބަދުބަހެއް ބުނީހެން ހީވެގެން ހަޖަމުގޯސްވެގެން ސައިޓާ ލިޔުން ކުއްވެރިކުރަނީ. އެބޭފުޅުންނަކަށް ނުވިސްނޭ ރައީސް ނަޝިދު ވިދާޅުވާ ބަސްފުޅެއް އެމަނިއްޕުޅު ވިދާޅުވަނީ ތިމަން މަނިއްޕުޅުގެ ސަރުކާރަށް ކޮންމެ މީހަކަށްވެސް ފާޑުކިއިދާނޭ.
ޤަމާރު ވިދާޅުވީ
ތާރީޚް:04/06/2009
ގަޅީބެ އަދި ގަޅިޔަސް ޤަމާރު އަދި ޤަމާރަސް ތެދެއް ބުނެފާނެތާ ކޮއްމެ މީހަކުވެސް! މިފަހަރު އަޅުގަޑަށްވެސް ގަބޫލު ކުރެވެނީ ހަމަ ލިޔުން ލިޔެފަ އެޔޮތީ ހަގީގަތް ހޯދަން މަސައްކަތް ނުކޮއްހެން! ވަކި ކޮޅަކަށް ގޮސް ހުސްވެފަ ހުރެގެން އިންސާފުން އެއްކިބާވެ ހުރެ ލިޔެފަ އޮތް ލިޔުމެއް ކަމަށް އަޅުގަދުވެސް ގަބޫލު ކުރަން! އަދި ކިޔުން ތެރިން ވެސް ގަބޫލު ކުރާނީ އންސާފަށް ބުނާ ބުނުން ކަން ވެސް ދައްނަވާލަން!
މަނިކުފާނު ވިދާޅުވީ
ތާރީޚް:04/06/2009
ތިޔަބޭފުޅުން ތިގޮތުގައި ކޮމެންޓް ކުރަމުންގެންދޭ އިގޭތޯ!
އިންޖީނުގޭގަ ތިއުޅުއްވާ ބޭފުޅާ ދޮގުމައުލޫމާތު ފަތުރާތީ ދަންނަވަން އޮތީ ސައިޒް އޮޅިގެން ނޫޅޭށެވެ. އާދިލް ބުނިފަދައިން އަނދިރި 5 އަހަރު ކަމުގައި ކުޅުދޫފުއްޓަށާއި ތިޔަ ބޭފުޅާއަށް އަތުވެދާނެއެވެ.
ވަރަށް އަވަސް މުސްތަގްބަލެއްގައި ކުޅުދުއްފުށީ ދިވެހިރާއްޖޭގެ ޗާޓުން ފޮހެވޭނެ ކަމުގެ ޔަޤީންކަން ތިޔަފަރާތް ތަކުގެ މައުލޫމާތަށްޓަކައި ހާމަކޮއްލަން.
އިސްފަންޑިޔާރު ވިދާޅުވީ
ތާރީޚް:04/06/2009
މަތީގައި އޮތްލިޔުމުގައި އޮތް ހަގީގަތާއި ޚިލާފް ވާހަކަޔަކީ ކޮބައި؟ ދައްކަބަލަ! މީގައި އެބަ އޮތްތަ ދައްކަންޖެހޭ ދެކޮޅެއް؟
މަނިކުފާނު ވިދާޅުވީ
ތާރީޚް:04/06/2009
ކުޅުދުއްފުށީ މީހުން މަވަރެއްނެތި އުޅޭވަރެއް ނޫނޭ އިގޭތޯ!
އަހަރެން ވިދާޅުވީ
ތާރީޚް:04/06/2009
މި ކާކުތަ؟ މާ ފޮނި ބޮޑުވެގެން މިއުޅެނީ.
ކުޅުދޫއްފުށީ މީހުން ނަކީ އަހްމަދު އަބްދުﷲގެ ބޮލުގަ ސިގަރޭޓް ޖެއްސި މީހުންނެވެ
ގޯތިމީހަ ވިދާޅުވީ
ތާރީޚް:04/06/2009
ތެދުވާހަކަ ދައްކާ ކުދިންވެސް ފުދޭވަރަކަށް އެބައުޅޭ މިސައިޓަށް ވަދެވަދެފަ ނުކުމެނުކުމެފަ!
އެކަމަކު މިލިޔުން މިސައިޓްގައި ޖަހާފަމިއޮތީ ތަންކޮޅެއްލަހުން. އަސްލެ އެހެންއެވީ ކަރަންޓްދާތީ އެޑްމިންއަށް ނެޓަށް ނުވަދެވިގެންކަމަށްތޯޗެ އެވާނީ…
މިލިޔުމަށް ހާޝިމްގެ ނަމުގައި ފުރަތަމަ ކޮމެންޓްކޮށްފައި އެއޮތް ބޭފުޅަކީ މީގެކުރިން އެންމުގައި ކޮމެންޓްކުރާ ފަރާތްކަމާއިމެދު އަހަރެންނަށް ޝައްކު….
ދެންބުނެލަން މޭނުންވަނީ މިހާރުވެސް ކުއްޓިއެބަ ތަފާތު ދައްކައޭ. އެސޮރު މިހާރު މަޖިލީހަށް ވަރުހުރި 2 ބިލުހުށައަޅައިފި ވިއްޔާ…އަޅެ ދޮގެއްތަ މަމިބުނީ. އެސޮރަށްވެސް ދެންވާވަރަކުންތާ ވާނީވެސް…..
އަހަރެން ވިދާޅުވީ
ތާރީޚް:04/06/2009
އަމިއްލަރަށަށް 2 ގޮޑި ލިބުމުންވެސް ރަށުމީހަކަށް ދޭކަން ނޭގުނު ދޯ!
މިޒ ވިދާޅުވީ
ތާރީޚް:04/06/2009
އެރަށުގަ ތިބޭނީ ހުސް ގަމާރުންނެ. ދެން އެހެންވީމަ މަޖިލީހަށް ހޮވާނެ ޤާބިލް މީހަކުވެސް ނުލިބުނެވެ.
ބަލާބަލަ އައްޑޫ ހުސް ރަށުގެ ދަރިން މެންބަރު ކަމުގައި.
ހާޝިމް ވިދާޅުވީ
ތާރީޚް:05/06/2009
އަޅުގަނޑުގެ ނަމުގައި އަނެއްކާ ވެސް ދޮގު ހައްދަވައިގެން ބޭފުޅަކު ކޮމެންޓްކުރެއްވީތީ އެކަން 4 ވަނަ ފަހަރަށް ކުށްވެރިކުރަން. މިއީ ޖެހިޖެހިގެން މިގޮތަށް ކުރިމަތިވި 4 ވަނަ ފަހަރު. އަޅުގަނޑު ހިތަށް އަރާ މިސައިޓްގެ އެޑްމިން ކޮބާބާވައޭ. މިހެން މިކަން ވެގެން ނުވާނެ.
ދެން އިންޖީނުގެއާ ބެހޭ ގޮތުން ދަންނަވާނީ، މިހާރު ސްޕެއަރ ޕާޓްސް އަތުވެއްޖޭ މާލެއަށް. ލަސްތަކެއް ނުވެ ކުޅުދުއްފުށީ ރައްޔިތުންނަށް ދަތިކަމެއް ނެތި ކަރަންޓް ލިބޭނެއޭ. ސަރުކާރަކުން ކުޅުދުއްފުށި ބާކީއެއް ނުކުރައްވާނެއޭ.
ދެން އަޅުގަނޑާ އެއްކޮޅަށް އަދި ދެކޮޅަށް ކޮމެންޓްކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވަން. ހަމަ މިއާއެކު ބުނެލަން ބޭނުންވަނީ، އަޅުގަނޑެއް ނޫޅެމޭ ކުޅުދުއްފުށީ ގޮނޑި ބޭނުންވެގެންނެއް.
ކެރޭ މީހާ އަޅުގަނޑުގެ ވަނަވަރު ހޯއްދަވަން ބޭނުންފުޅު ވަންޏާ، އެކަން އެޑްމިން އަށް ލިޔެލައްވާ. އޭރުން އެމެސެޖެއް އެޑްމިން އިން އަޅުގަނޑަށް ދެއްވާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން.
ދަލޭކަ ދައިތަ ވިދާޅުވީ
ތާރީޚް:05/06/2009
ސާބަހޭ ކަލޯ މެނޭ! މިހާރު މިދައްކަނީ ފަހެ ކޮންވާހަކައެއް! އަހަންވާ އުޅެފިން އެއްޗެކޭ ނުބުނެވޭތޯ ވަސް! އެކަމަކު އަހަންނަށް ވަސް ހިމޭނުން ނީނދެވޭ ހިސާބަށް މިވާހަކަތަށް ގޮއްސި! ކަލޭނޭ މިތާ މިޔޮތީ ކަރަންޓުގެ ވާހަކަ ޔޭ! މިހާރު ދެން ކޮން ކުއްޓިޔެއް ކޮއްޓި އެއްތަ މިތަނަށް ފަހެ ތިލަނީ!
ހައްވަ ވިދާޅުވީ
ތާރީޚް:05/06/2009
ދަލޭކަ ދައިތާ! މިސޮރުމެން އަދިވަސް ބޮޑު ވާކަށެއް ނޫޅެޔޭ! އެހެންވީމަ އެކަހަލަ ކޮސް ގޮވާނެ! އަހަރެމެން ހިނގާ މިތަނުން ދާން!
ހާޝިމް ވިދާޅުވީ
ތާރީޚް:05/06/2009
ދަލޭކަ ދައިތައާ އަޅުގަނޑު ވެސް އެއްބަސް. ކުއްޓިގެ ވާހަކަ މިތަނަށް އަންނާކަށް ނުޖެހޭ. މިއަދު އަޅުގަނޑަށް ވަގުތު ނުވީ އެކަމާ ކޮމެންޓެއް ކޮށްލަން. އެހެންނޫންނަމަ، ދަލޭކަ ދައިތައަށް ތިޔަކަންތައް ކުރާކަށް ނުޖެއްސީމުސް. ދަލޭކަ ދައިތަ ހަމަޖެހިލާ، މާދަމާ ނުވަތަ އޭގެ އަނެއް ދުވަހުން ފެށިގެން ބަރާބަރަށް ތިޔަ ރަށަށް ކަރަންޓްލިބޭނެ އިނގޭތޯ. ހުރިހާ ކަމެއް ވެސް ސަރުކާރުން ދާދި އަވަހަށް ޙައްލުކޮށްދެއްވައިފި.
އެންމެ އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:05/06/2009
އިސްފަންޑިޔާރަށް! އިސްފަންޑިޔާރަށް ނޭގުނަސް ގަޅިބެ އެބުނީ ތެދެއް،ހައްގު ތެދެއް.މަތީގައިވާލިއުމުގައި ބުނަނީ ކުރިން ސަރުކާރުން ދެއްވިޖަނަރޭޓަރަކީ ސިޔާސީބޭނުމަކަށް ދެއްވި އެއްޗެކޭ.އިހައްދުވހު އިންޖީނު ހަލާކުވީމަ ސަރުކާރަކުން އަޅައެއްނުލިއޭ.އަޅާލާކަށް ބޭނުމެއްވެސް ނުވާނޭ. މިކަހަލަ ވާހަކަ ތަކެއްލިއުމުގައި ހުރީ.މީ ހަގީގަތެއްނޫނޭ ކޮމެންޓުކުރާކުދިން އެބުނަނީ. އެއީ ކަންކަން ހޯދާބަލާކުދިން އެކުދިންނަށް އެގޭނެ އެހެންވީމަ.ދެން އެބައޮތް ލިއުމުގއި ކަރަންޓުލިބޭނެ ދުވަހެއްވެސް ނޭގެއޭ.މީކޮންތާކުން ހޯދި މައުލޫމާތެއް ބާއޭ މަވެސް ހިތަށްއަރާ.ކޮންމެ ގޮތެއްވިއަސް އެންމެ ތެދު މައޫލޫމާތު،މިކަހަލަ ސައިޓެއްގައި ހިމަނަންވާނީ.