Share

ރ.ކ.އ. ކޮމިޓީގެ ތަޢުލީމާއިބެހޭ ކޮމިޓީއަށް ސިޓީއެއް

ރ.ކ.އ. ކޮމިޓީގެ ތަޢުލީމާއިބެހޭ ކޮމިޓީއަށް ސިޓީއެއް
އަހަންމަދު

ޕްރީ ސްކޫލްގައި އުޅޭ ދަރިފުޅު ބަލައިދިޔުމުން އާންޓީ ދެއްވީ ކުޑަ ކަރުދާސްކޮޅެކެވެ. ނޫނެކެވެ. އެއީ ދައުވަތުކާޑެކެވެ. ދައުވަތަކީ ހުކުރު ދުވަހުގެ ރޭ އޮންނަ ޖަލްސާއަކަށް، ބެލެނިވެރިންނަށް ދިޔުމަށް އެދި ދީފައިވާ ދަޢުވަތެކެވެ. މިދެންނެވި، ޖަލްސާއަކީ، ޕްރި ސްކޫލް ޓީޗަރުން ތަމްރީންކުރާ ކޯހެއް އިފްތިތާޙްކުރާށާއި ސްޓާފް ޑިވެލޮޕްމެންޓް ޕްރޮގުރާމެއް އިފްތިތާހްކުރުމަށް ބާއްވާ ޖަލްސާއެކެވެ. ދައުވަތު ކާޑުގައި އޮތީ އެގޮތަށެވެ.

މިރަށުގައި މަތީ ތައުލީމުގެ ވާހަކައިން، ޑރ. މުސްޠަފާލުޠުފީއަށް، އަފީފުއްދީން ސްކޫލްގެ ހޯލުގައި އޮތް ބައްދަލުވުމެއްގައި ސުވާލު ދެންނެވުނު ހިނދު، ވިދާޅުވީ މި ދެންނެވި އެޑްވާންސް ސެޓްފިކެޓް ފެންވަރުގެ ޕްރިސްކޫލް ޓީޗިންގް ކޯހުގެ ވާހަކައެވެ! މިނިސްޓަރުގެ ވާހަކަފުޅުގައި އެޔޮތީ، އާދެ، ޕްރީ ސްކޫލް ޓީޗިންގް ކޯހަކީ މަތީ ތަޢުލީމެވެ. ހަމަ މިދެންނެވި ބައްދަލުވުމުގައި، ވަރަށް ޔަގީންކަން ކުޑަގޮތަކަށް، ވިދާޅުވީ ފަހަރެއްގައި… ފަހަރެއްގައި، އިތުރު ސެކަންޑަރީ ސްކޫލެއް މިރަށުގައި އެޅި ދާނެ ވާހަކަޔާއި ކޯސްތައް ޖަލާލުއްދީން ސްކޫލްގައި ހިންގި ދާނެވާހަކައެވެ. އަޅުގަނޑުގެ ގާތަށް ހިނިވެސް އައެވެ. ހިނި އައީ އުފަލުންގޮހެވެ. ސްކޫލެއްގައި ކޯހެއް ހިންގާ ވާހަކަ އެދުވަހު އެވިދާޅުވީ ލަފާކުރެވޭގޮތުން، ގދ. ތިނަދޫގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒުގައި ޑިޕްލޮމާ އާއި ޑިގްރީ ފެންވަރަށް ޓީޗަރުން ތަމްރީންކުރާނެ ވާހަކަ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަލްމުޙްތަރަމް މުހަންމަދު ނަޝީދު ވިދާޅުވުމުން ‘ތިލަފަތް’ ހަމަކޮށްލެއްވުމަށެވެ.

ރަށްކުރިއަރުވާ ކޮމިޓީގެ ތަޢުލީމާއިބެހޭ ކޮމިޓީން އަޅުގަނޑަށް ކޮށްދެއްވަންވީކަމަކީ، އިއްޒަތްތެރި އެޑިޔުކޭޝަން މިނިސްޓަރު ޑަކްޓަރު މުސްތަފާ ލުޠުފީއަށް ދެތިން ސުވާލެއް ދަންނަވާލުމެވެ. ކޮށްދެއްވާނަން ދެއްތޯއެވެ؟

ފުރަތަމަ ސްވާލަކީ މި އަތޮޅުގައި، ނުވަތަ މި ޕްރޮވިންސްގައި މަތީތަޢުލީމްގެ ފުރުސަތު ފުޅާކުރުމަށް ހަމަޖެހިފައިވޭތޯއެވެ؟ ވާނަމަ، އެކަން އޮތީ ކިހާ ހިސާބެއްގައިތޯއެވެ؟ ހދ. ނޮޅިވަރަމުގައި ވަރަށް އާދަޔާއި ޚިލާފް ސްކޫލެއް، އާދެ، ދަނޑުވެރިކަމުގެ ސްކޫލެއް އަޅުއްވައި ދެއްވާނެ ވާހަކަ ވަނީ، ރައީސް ވިދާޅުވެފައެވެ. މި ދެންނެވި ސްކޫލް، އާދަޔާއި ޚިލާފޭ މިދެންނެވީ، މިއީ އެބާވަތުގެ ފުރަތަމަ ދިވެހި ސްކޫލަށް ވާނެތީއެވެ. މި ސްކޫލްގެ ކަންތައް ގޮސްފައި އޮތި ކިހާ ހިސާބެއްގައި ބާވައެވެ؟ ނޮޅިވަރަމަކީ ހަމަ ކުޅުދުއްފުއްޓެވެ. ކުޅުދުއްފުށްޓަކީ ނޮޅިވަރަމެވެ. އެ ރަށުގެ ތަރައްޤީއަކީ ހަމަ ކުޅުދުއްފުށީގެ ތަރައްޤީއެވެ.

ދެވަނަ ސްވާލަކީ، މިރަށުގައި ހުރި ކޮލެޖްގެ ކެމްޕަހުގައި އިތުރު ކޯސްތައް ނުފަށަނީ ކީއްވެތޯއެވެ؟ ލެކްޗަރާއިން ނެތްނަމަ، ލެކްޗަރާއިން ތަމްރީނުކޮށްގެންވެސް އެކަން ފަށަން ޔަޤީނުންވެސް އަޅުގަނޑު ބޭނުމެވެ. ތިޔަ މަތިވެރި ތަޢުލީމާއިބެހޭ ކޮމިޓީވެސް ބޭނުން ވެލައްވާނެ ކަން ޔަގީނެވެ. އިއްޒަތްތެރި ކޮމިޓީ މެންބަރުންނެވެ. ރިސޯޓް ގިނައީވެސް މި ސަރަޙައްދުގައެވެ. އެކަމަކު، ޓޫރިޒަމުގެ ދާއިރާއިން އެއްވެސް ކޯހެއް މިރަށު ކެމްޕަހުގައި ނުހިންގައެވެ. އިއްޒަތްތެރި އެޑިޔުކޭޝަން މިނިސްޓަރު ނިސްބަތްވާ ސ. އަތޮޅުގައި ހުންނަ ކޮލެޖްގެ ކެމްޕަހުގައި ތަފާތު ބާރަވަރަކަށް ކޯސް ހިންގާ ކަމަށްވެއެވެ. މީގެ އިތުރަށް، ކުއްލިއްޔަތިލް ދިރާސާތިލް އިސްލާމިއްޔާއިން ހިންގާ ބައެއް ކޯސްތައްވެސް، ސ. އަތޮޅު ކެމްޕަހުގައި އެޔޮތީ ދެން ގާތްގަނޑަކަށް ފަށްޓަވާފައެވެ. ތަޢުލީމާއި ބެހޭ ކޮމިޓީއިން މިކަމުގައި އަޅުގަނޑުމެންނަށް، އޮތީ ކިހިނެއްތޯ ނިކަން ބައްލަވައިދެއްވާށެވެ.

އަޅުގަނޑަށްޓަކައި، ޢިޒަތްތެރި އެޑިޔުކޭޝަން މިނިސްޓަރު އަރިއަހުގައި ދަންނަވަންވީ ތިންވަނަ އަދި އެންމެ ފަހު ސްވާލަކީ، ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަލްމުޙްތަރަމް މުހަންމަދު ނަޝީދު، ކުޅުދުއްފުށީ ރައްޔިތުންނަށް ވަޢުދުވެ ވަޑައިގެންފައިވާ، މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒާއި ބޯޓްފަހަރު ދުއްވުމާއި ބެހޭ ކޯހުގެ ވާހަކައެވެ. ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަލްމުޙްތަރަމް މުހަންމަދު ނަޝީދު ވަނީ މިރަށުގައި މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒަކާއި އާގުބޯޓްފަހަރުގެ ތަފާތު ވަޒީފާތަކަށް މީހުން ތަމްރީނު ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ވާހަކަ ވިދާޅުވެފައެވެ. އަޅުގަނޑަށްޓަކައި އެކަން މިހާރު، ގޮސްފައި އޮތް ހިސާބެއް ސާފުކޮށްދެއްވާށެވެ. މީގެ އިތުރުން މި ރަށުގައި، ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަލްމުޙްތަރަމް މުހަންމަދު ނަޝީދު، ގދ. ތިނަދޫގައި އެވިދާޅުވިފަދަ، ޓީޗިންގް ޑިގްރީ ކޯހާއި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގެވުމަށް، ގަސްތުކުރައްވާފައިވޭތޯ ސާފުކޮށްދެއްވާނެ ކަމަށް ހީކުރަމެވެ.

އަޅުގަނޑަށް އެނގިފައިވާގޮތުން ރަށްކުރިއަރުވާ ކޮމިޓީގެ ތަޢުލީމާއި ބެހޭ ކޮމިޓީއަކީ، ސްކޫލްތަކަށް ޒިޔާރަތްވެސް ކުރެއްވި ކޮމިޓީއެކެވެ. މިފަހަރު އެޑިޔުކޭޝަން މިނިސްޓަރުގެ އަރިހަށް ޒިޔާރަތެއް ކުރައްވާ މިރަށުގައި މަތީ ތަޢުލީމުގެ ފުރްސަތު އިތުރުކޮށްދެއްވުމަށް އެދި ދެންނެވުން އެއީ އަޅުގަނޑު މިސިޓީ ލިޔުމުގެ ބޭނުމެވެ.

ތިން ސްވާލަށްވުރެ ގިނައިން ސިޓީގައި އޮވެދާނެތީ ކޮމެޓީ މެންބަރުންގެ ކިބައިން މަޢާފަށް އެދެމެވެ. މަތީ ތަޢުލީމުގެ ފުރުސަތެއް ނެތުމާއި މިނާ ނާޅީގެ ތަފާތު ބޮޑުކަމުން ވީ ގޮތެއް ކަމަށް ބައްލަވާށެވެ.

‮ ‬17‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    އަހަންމަދާ ހާދަ ދުވަހެއް ކޮށްލާފައޭ ދޯ ތިޔަ ދައްކާލީ. ސ އަތޮޅު މީހުނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބައެއް، އާންމު ގޮތެއްގައި. އެމީހުން ބޭނުންވާނެ، އެތަނަށް ވެރިކަން ފިރުކާލަންވެސް. ހަސަން ސައީދުވެސް ރިޔާސީ ކެމްޕެއިންގައި ބުނީ، އެތަނުގައި މަލެ އަށް ވުރެ ފެންވަރު ރަނގަޅު ސްކޫލްތަކާއި އޭތި މީތީގެ ވާހަކަ. ބޮޑު ތިލަދުންމަތީގައި ނެތީ އޭ، ތައުލީމީ ވަރުގަދަ މީހުން. އެއީ މައްސަލައަކީ، އެކަމަކު ވަރުގަދަ އުއްމީދަކާއި ހިތްވަރެއް އޮތިއްޔާ އަދި ރަނގަޅު ކޮށްލެވޭނެ. ހަމަ ޖެއްސުން ކުރަންވީ އެމީހުނަށް ހަބޭހަށް. ތިޔަ ބުނާ މިނިސްޓަރާ ސުވާލު ކުރުމުގެ ކުރިން މިއީ ބޮޑު ތިލަދުންމަތިކަން ހަދާން ކޮށްލަދޭތި، ވަރިހަމަ ކޮންމެ މީހަކު ކުރިއަސް.

  2. އެންމެ އިސްފަނޑިޔާރު‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    ލިއުންތެރިޔާ ކުރައްވައިފައިވާ ގިނަ ސުވާލު ތަކަކީ އަޅުގަނޑުގެ ހިތުގައިވެސް އުފެދި ފައިވާ ސުވާލުތަކެއް. މިސުވާލު ތަކުގެ ޖަވާބު ވަރަށް އަހަށް ލިބޭނެ ކަމަށް އުންމީދުކުރަން.އަދި މިކަހަލަ ގިނަ މަސްރޫއުތަށް ފެށުމުގެ ކޮޅުމަތި ދަނީފެންނަމުން. އަދި މިކަންތައްތައް ކުރެވޭނެ ކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

  3. އިސްފަނޑިޔާރު‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    އަދި ކުރެވިފައިވާ ތަޖުރިބާގެ އަލީގައި އަހަރެން އިއްވާނެ، ހުކުމަކީ، މިއަދުގެ ސަރުކާރުވެސް ހަމަ ތެޔޮގުޅާ ސާދާ ސަރުކާރެކޭ. މިރޭ އޮންނަ ޖަލްސާއަށް މުސްތޮފާ ލުޠުފީ އަންނާނެ. ސްވާލުކުރަންޏާ ކުރަން ތައްޔާރުވޭ.

  4. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    އެޑިއުކޭޝަން މިނިސްޓަރަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް. އަޅުގަނޑާ އެއް މޭޒެއްގައި ފަރިއްކުޅުއްވާ ބޭފުޅެއް. އަޅުގަނޑު އެބޭފުޅާ ވަރަށް ރަނގަޅަށް ދަންނަން. މިފަދަ “ތާކުން ތާކު” ނުޖެހޭ، ކަމުގެ ދެކޮޅު ނުބަލަ އެއްޗެހި ނުލިޔުމަށް އަޅުގަނޑު އަހަންމަދަށް ގޮވާލަން. އަދި މިލިޔުން ކުށްވެރިވެސް ކުރަން.

  5. ބަފައިބެ‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    މިލިޔުމައް އަހަރެން ދޭނަން އެއްވަނަ، މިލިޔުން މީހަޔައް އަހަރެން ދޭނަން ސައި، މީ ވަރައްފައްކާ ލިޔުމެއް، އަދި މިސަރު ކާރު މިހިގާ ގޮތުން ނުފެނޭ އެއްވެސް ކަމެއް ރައްޔިތުން ނަށް ކޮއްދޭ ތަނެއް، ވަނީ ހުސް ވައުދުތަކެއް

  6. އިސްފަނޑިޔާރު‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    ކަލޭ މިނިސްޓަރާއެކު ކެޔަސް، ބުޔަސް، ނިދިޔަސް ހެޔޮ! މި ލިޔުމުގައި މިއޮތީ ކުރަންޖެހޭ ސްވާލުތަކެއް. ކަލޭ ހުރޭ ހެދިފަ!ބިލޯ ރޭލީ‮ …ކޮންތާކުބާ މިލިޔުން ނުޖެހެނީ!

  7. އިލޮޅި‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    އެންމޭޒެއްގަ ތިބެގެން ކާލިޔަކަސް ވ. ރަނގަޅަކަށް ނޭނގޭނެ. ކޮސް ނުގޮވާ. މިލިޔުމުގަ މިހުރީ ހަމަ ކުރަން ޖެހޭ ސުވާލު. ދޮގެއް ނެތް. އޮތިއްޔާ ދައްކަބަލަ.

  8. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    ހެއްކެއް ދެއްކުމުގެ ކޮބައި ބޭނުމަކީ، މިއޭ މިހާރުގެ ކުދިން ކަން ކަން ދިފާއު ކުރަން ބޭނުން ކުރާ ހަތިޔާރަކީ. އެއްވެސް ދަލީލެއް ހެއްކެއް ގަރީނާ އަކާއި ނުލައި “ފަތުވާ” ތައް ނެރެލަނީ. ތިމަންނަ މިއީ އެވެނި މީހެއް، ތިމަންނަ މިއީ މިވެނި މީހެއް، ތިމަންނަ އަށް އޭނަ އެނގޭ. އަހަންމަދުގެ ލިޔުން ހަމަ ވަރަށް ބަރާބަރު. އަޅުގަނޑު ހަމަ ކޮންމެ އަކުރަކާއި ފިއްޔަކަށް ތާއީދު.

  9. ވިދަ ވިދާ‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    ކޮބައިތަ ހާސިމު! އެއްކަލަ ދަންނަ ބޭކަލު! އޭނަގެ ކޮމެންޓުން ތި ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެހެން ހީވަނީ! އެއީ މިސަރުކާރުގެ އިސް ތަރުޖަމާނު ވިއްޔަ!

  10. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    މިލިޔުމާއި މިސުވާލުތައް ކިޔާލުމުން އަޅުގަނޑަށް ދޭހަވީ ކަމަކީ މި، މައުމޫން ސަރުކާރުން 30 އަހަރު ދުވަސް ވަންދެން ކުޅުދުއްފުށި އެވަނީ މަތީ ތަޢުލީމުން މަޙުރޫމްކޮށްފައޭ މީހަކަށް 7 ދުވަސްވަންދެން ކާންނުދީ ބަހައްޓާ ބީދައިން. ދެން އެމީހެއްގެ ގާތުގައި ކާފުގައި އާބާފިލި ޖަހާއިރަށް ވެސް ފުންމައިގެން ތެދުވާނެދެއްތޯ. އެއީ މައްސަލައެއް ގޯސްކަމެއް ވެސް ނޫން. ހަމަޠަބީޢީ ކަމެއް އެއީ އެމީހާ އެހާވަރަށް ބަނޑުހައި ކުރުވާފައިވާތީ. ހަމައެގޮތަށް ދިގު 30 އަހަރު ނުވަތަ ޖީލެއްގެ ދިގުމިނުގެ ވެރިކަމެއް ނިންމާލިއިރު، ކުޅުދުއްފުށީގެ ރައްޔިތުން އެދިއެދި ވެސް މައުމޫން މަތީ ތައުލީމުގެ ކަންތައް ނުކޮށްދެއްވީ. ދެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ނޫނީ އެޑިއުކޭޝަން މިނިސްޓަރު ކޯހޭ، ސްކޫލޭ، މަތީ ތަޢުލީމޭ ވިދާޅުވާއިރަށް އެމީހުން ތެޅޭނެ ދެއްތޯ. އެއީ ހަމަ ޙައްޤު ތެޅުމެއް. އެޙައްޤު އޮންނާނެ ކުޅުދުއްފުށީ ރައްޔިތުންނަށް. އެހެންވީމާ ދެންނެވޭނީ ހާދަ ވަރެކޭ ދެއްތޯއޭ މައުމޫން އެކޮށްލީ. އެހެންވީމާ ކުޅުދުއްފުށީ މީހުންނަށް އަޅުގަނޑު އަރުވަން އޮތް ނަސޭހަތަކީ، މައުމޫނަށް ދެއްވި ގޮތަށް ނަޝީދަށް ފުރުޞަތު ނުދެއްވައްޗޭ. ނަޝީދު ވިދާޅުވާކަމެއް ވިދާޅުވާ ދުވަހަށް ނުކުރައްވައިފިއްޔާ، ތިޔަބޭފުޅުންގެ މެމްބަރުން ލައްވާ ރައްޔިތުންގެ މަޖިލީހުގައި އެކަން ނަންގަވައްޗޭ. ސުވާލު ކުރައްވައްޗޭ. މިސަރުކާރު ޖެހޭނެއޭ ޒިންމާދާރުކުރުވަން.

  11. މިއަދު‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    މިއަދު ނުވަތަ މިރޭ މުސްތޮފާ ލުތުފީ ހުންނާނީ މިރަށުގަ،،، އެހެންވީމާ ފުރުސޮތުގެ ބޭނުން ހިފަންވީ. އެމަނިކުފާނުގެ ދަތުރުފުޅުގެ މައިގަޑު ބޭނުން ފުޅަކީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބު ކޮއްދިނުމޯ. އަވަހަށް ފަށައިގަތީއްޔޯ.

  12. އައް ޝައިޙް‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    މިލިޔުމުގަ ނެތް ހަމަ ކިޔާނެ ކަމެއްވެސް.. ވަރަށް ފުރިހަމަ އަދި ހަމަ ެހާމެ މުހިއްމު ލިޔުމެއް މީ.. ދެން ބިލް އޯރެލީ ކޮށްފަ އެއޮތް ދެވަނަ ކޮމެންޓްގަ އެއޮތީ ކޮންމެވެސް އެހެން މީހަކަށް ހަޖޫ ޖަހާފަ ދޯ! ވަރަށް މޮޅު އިނގޭ.. ތިގޮތަށް ތިހުރިހާކުދިން ތިބިއްޔާ އަލް މުޚްރަތަމް އަލް ފަތުވާ ބިލް ކަރަމް ވަލް ޤަލަމް ރައީސް މުހައްމަދު ނަޝީދަށް އެހެން ބޭނުންހާ ގޮތަކަށް ނުލަފާކަން ދައްކާކަށް ނުހުރެވޭނެ….

  13. ހަށަނަރަ‮ ‬ވިދާޅުވީ


    ތާރީޚް:05/06/2009

    ކަލޯ އަހަންމަދާ، މިރޭއެބައޮތޭ ތިބުނާ ޕްރީސްކޫލް ޓީޗަރުން ތަމްރީނުކުރާ ކޯސް އިފްތިތާޙްކުރުމުގެ ޖަލްސާ. އެ ކޯސްވެސް ނިމެން ކައިރިވީމަ މިވަނީ އިފްތިތާހްކުރަން. އަހަންމަދަށް އެބައްދަލުވުމުގެ ޚަބަރެއް ލިބުނިއްޔާ ހިއްސާކޮށްލާތި

  14. ބިސްކެޓް ކަހާހޭ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ތިބުނާ އެއްޗެއް އިފްތިތާހު ކޮއް ނިންމާލި ތަނާ ކިރިޔާ ސައީދް ސާ މަރައިނުލީ. ކޮންމެ އަކަސް ސައީދު ބާލާށޯ އެމީހުން ދިޔައީ. ދެން ސޮރުމެން ތަކެއް ހަޅޭ ފަޅޭ ޖަހަން ހެދީމަ އަހަން އައީ. އަދި ރޭގަ އެތާ ކިޔޭ ފައިސަލް ބާލާ ވާހަކަވެސް. އަހަން ހިތަނީ ދެން ކާކު ބާއޭ ލަނީ އެތަންތަނަށް. އެކަމަކު އެ ފައިސަލް ވެއްޖެ ބާލަން. ތިހެން ވިޔާފަހެ އެކަހަލަ ކޮލެޖެއްގަ، އެކޮލެޖްގެ ބޮޑު މީހަ އަށް ހުރެވޭނެ؟ މިބުނީ ފައިސަލް އަށް އޮވޭ ކޮލެޖް ތެރޭގަ ކުޑަ އެޕާޓްމަންޓެއް. އެތާ އޭނަ އަނބިދަރިންވެސް އުޅެނީ. އޭނަ އަށް ހިލޭ އުޅޭނޭ ތަނެއް ދެންޏާ ޖެހޭނީ އެހެން ތަނަކުން ކުއްޔަށް ހިފައި ދޭށޭނުން ދޯ؟ އަނބި ދަރިން ގެންގުޅެވޭނެތަ ފަހެ ސަރުކާރު އިމާރާތެއްގަ؟

  15. ވޮޗަރު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ބިސްކެޓަށް
    އާން އެތަނުގައި ގެންގުޅެވިދާނެ. އެއީ އެތަން ހަދާފައިއެވަނީ އެތަންހިންގާމީހަކީ ރަށުންބޭރު މީހެއްނަމަ ހުރެވޭގޮތައް. އެތަން ހިންގާނެ މީހަކުވޭތޯ (ޑިރެކްޓަރެއްގެ މަގާމް) ފަސްހަފަހަރު އިޢުލާނުކޮށްގެންވެސް ކުރިމަތިލާނެ މީހަކު ނެތިގެނޭ، ފައިސަލް (އެސިސްޓެންޓް ލެކްޗަރަރ) އަށް 2 މަސްއޫލިއްޔަތު ހަވާލުވެފައި އެހުރީ. ދަނާލުގެ މުދީރަކަށްވެސް އެތައްފަހަރަކު ކޮލެޖުން އިއުލާންކޮށްފި އެކަމަކު ކުރިމަތިލާނެފަރާތެއްނުވި. ފައިސަލް ބޭރުކޮށްފައި އެތަން ހިންގާނެމީހަކަށް ކިރިޔާ ލިޔަންކިޔަން އެނގޭ ނޭނގޭ މީހަކު ލިޔަކަސް ކަމަކު ނުދާނޭ. މިއުޅޭ ބިލޯ ރެލީ، ދޮންބޭބެ، އިސްފަޑިޔާރު، މިއިންމީހަކުވެސް އެތަން ހިންގަން އެއްބަސްވަނިކޮށް އެމަގާމް ލިބިދާނެ. އޭރުން ފައިސަލް ހުންނާނީ އޭނަގެ މާގާމުގައި (އެސިސްޓެންޓް ލެކްޗަރަރ). ދެން ސައީދުވެސް ބޭރުކުރެވިދާނެ އެތަން ހިންގާނެ ރަށުމީހަކުވަނިކޮށް. ރަށުމީހަ ބޭރުކޮށްފައި ބޭރުން ބޮންދެއް ލާކަށް ކޮންމެހެން އޭނާ ބޭރުކުރަނެކަމެއްނެތް ވަކި މޮޅެއްވާނެކަމަކަށް.

  16. ވޮޗަރު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ރަށުގައި ކިޔަވައިގެންތިބި މަދު ކުދިންވެސް ތަނެއްގެ އިސްމަގާމަކަށް ދާކަށް ބޭނުމެއް ނުވެޔޭ. އެކޮންވާގޮތަކީވެސް ރަށުގައި ތިބި ތަންކޮޅެއް ބޯދާވިސްނުމުގެ މީހުންގެ ނޮހޮރުއްޕާން ޖެހޭނެކަން އެނގޭތީ ކުރިމަތި ނުލަނީ. ވަކި ލިބޭ މުސާރައެއް އެހަވާލުކުރެވޭ ނޮހޮރުއްޕާނާ އެއްވަރަށް ބޮޑެއްނުވަންޏާ. އެހެންޏާ މިއުޅޭ ބިލޯ ރެލީ، ދޮންބޭބެ، އިސްފަޑިޔާރު، މިމީސް މީހުންނަށް ކުރެވޭނެހެން ހީވަނީ. އެބޭފުޅުންގެ އަސްލުނަންވެސް އަޅުގަނޑަށް އެނގޭ އެކަމަކު އެބޭފުޅުން ހިތްޕުޅާ ނުވެދާނެތީ ބޭނުންނުކުރީ.

  17. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    މިހާރު މިފެންނަނީ މަދަނީ ބަސް ނޭހުން. ސައީދު އަހުމަދާ އަޅައިގަންނަން ޖެހެނީ ކީއްވެހޭ؟ ކޮންމެވެސް ރަށެއްގައި ބެލެނިވެރިން ވަނީ ކުދިން ލައްވާ ޓީޗަރުން ކްލާހަށް ވަނަ ނުދީ ހިފަހައްޓުވާފައި. މިއީ ވަރަށް ދެރަކަމެއް. މުސްލިމުންގެ 4ވަނަ ޚަލީފާ ވިދާޅުވެފައިވޭ ، ތިމަން ކަލޭގެފާނަށް ޢިލްމުން ކުޑަ މިންވަރެއް ދަސްކޮށްދެއްވި މީހެއްގެ އަޅަކަށްވެސް ވެގެން އުޅިފާނަމޭ، ދެން އަނެއްކާ ވިސްނާލާ ބެލެނިވެރިން އެކުދިންނަށް އެދަސްކޮށްދިނީ ބަސް ނާހަން. ބުނެބަލަ ދެން އެކުދިން ޓީޗަރުންނަށް ބޯ ލަނބާނެ ގޮތެއް؟ ހަމަ އެހެންމެ ސ. ގައި ހޮސްޕިޓަލުގެ ބަލިމީހުނާ ތަކެއްޗަށްވެސް ގެއްލުން ދިނުން އާންމު ވެއްޖެ. މިފެންވަރުގެ ނާތަހުޒީބު ކަމެއް، ނުކިޔަވަ ތިބި ބޮޑު ތިލަދުންމައްޗަކުން އަދި ނުފެނޭ. އެކަމަކު ސައީދާ ދިމާ ކޮށްލުން އެއީ ވަރަށް ހުތުރު ކަމެއް. ދުނިޔޭގެ އެއްވެސް ތާކު ޕްރިންސިޕަލަކާއި ދިމާ ނުކުރާނެ. އެއީ ވަރަށް މަތީ ބައެއް. މައްސަލައެއް އޮތިއްޔާ ރީތި ގޮތުގައި ސައީދާ ވާހަކަ ދައްކަންވީ.