Share

ކުދިންނާއި ރައްޓެހި ސްކޫލަކީ …

ކުދިންނާއި ރައްޓެހި ސްކޫލަކީ …
ޢަބުދުއްރަޝީދު ސަޢީދު

މިފަހަކަށް އައިސް ވަރަށް ގިނައިން އިވޭއަޑެކެވެ. ކުދިންނާއި ރައްޓެހި ސްކޫލެއްގެވާހަކައެވެ. މިވާހަކަތައް ފުރަތަމަ އަޑުއިވުމުން އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވަލަކީ ވޭތިވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް މިކިޔަވާދެވުނީ ކުދިންނާއި ރައްޓެހި ސްކޫލެއްގައި ނޫންބާއެވެ. އަޅުގަނޑުމެންގެ ދަރިން މި ފޮނުވުނީ އެފަދަ ސްކޫލުތަކަށް ނޫންބާއެވެ. ދެން އެބުނާ ކުދިންނާއި ރައްޓެހި ސްކޫލަކީ ކޮބާ ބާއެވެ؟ މިފަދަ ސްކޫލުތަކުގައިވާ ސިފަތަކާމެދު އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ޙިއްސާކޮށްލެވޭތޯ ބަލާނަމެވެ.

ކުދިންނާއި ރައްޓެހި ސްކޫލެއްގެ މައިގަނޑު 5 އަސާސެއްވެއެވެ. އެ ފަސް އަސާސަކީ:
1- ފެންވަރު ރަނގަޅު ތައުލީމެއް ދިނުން
2- ބެލެނިވެރިންނާއި މުޖުތަމައުގެ ބައިވެރިވުން ލިބޭ ސްކޫލެއްކަމުގައިވުން
3- ދުޅަހެޔޮ ރައްކާތެރި މާހައުލަކަށްވުން
4- ޖިންސީ ހަމަހަމަކަން އޮންނަ ތަނަކަށް ސްކޫލުގެ މާހައުލުވުނ
5- ހުރިހާކުދިންނަށް ތައުލީމުދެވޭ ތަނަކަށް ވުން

މި މައިގަނޑު 5 އަސާސުގެ މައްޗަށެވެ.

“ކުދިންނާއި ރައްޓެހި” މިބަސް ނެގިފައިވާ ގޮތަށްބަލާއިއިރު މިއީ ” ޗައިލްޑް ފުރެންޑްލީ” ނުވަތަ ” ޗައިލްޑް ސެންޓަރޑް” ތަރުޖަމާ ކޮށްގެން ނެގިފައިވާ ނުވަތަ ދެވިފައިވާ ނަމެއްކަމަށް ބެލެވެއެވެ. މިގޮތުން ބޮޑަށް އެކަށީގެންވަނީ ޗައިލްޑް ސެންޓަރޑް މިބަހަށެވެ. ސަބަބަކީ ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ގޮތްތަކުގެ ތެރޭގައި ޓީޗަރ ސެންޓަރޑް ލާނިންގް އާއި ޗައިލްޑް ސެންޓާރޑް ލާނިންގް ހިމެނޭތީއެވެ. އަޅުގަނޑުމެން މިކިޔާ ކުދިންނާއި ރައްޓެހި ސްކޫލުތައް މިއަމާޒުކުރަނީ ޗައިލްޑް ސެންޓަރޑް އުސޫލަށް ކިޔަވައިދިނުން ބައްޓަންކުރުމަށެވެ. ޗައިލްޑް ސެންޓަރޑް ލާނިންގްއަކީ ކުދިން ބައިވެރިކޮށްގެން ކިޔަވައިދިނުމެވެ. ނުވަތަ އަމަލީގޮތުން ކުދިން ކަންކަން ކޮށްގެން ކިޔެވުމެވެ.

ކުދިން ބައިވެރިކޮށްގެން ކިޔަވައިދިނުމަށްޓަކައި މިފަދަ ސްކޫލުތަކުގެ، މިފަދަ ކުލާސްތަކުން ފެންނާނެ އެންމެ ބޮޑު ތަފާތަކީ ކުލާސްތެރެ އަތުރާލެވިފައިވާ ގޮތާއި ކުދިންގެ ހަރަކާތްތެރިވުމެވެ. އަދި މިފަދަ ކުލާހެއްގައި ދުވަހުގެ ހަރަކާތްތައްވެސް ރާވާލެވިފައިވާ ގޮތް ތަފާތުވާނެއެވެ. ގިނަ ސްކޫލްތަކުގައި މިފަދަ ކްލާސްތަކުގެ ކިޔެވުން ފަށަނީ ކީރިތި ޤުރުއާންގެ ބަރަކާތުން ނުވަތަ ދުޢާއަކުންނެވެ. އެއައްފަހު އޮންނާނީ ޚަބަރުގެ ވަގުތުކޮޅެވެ. މިވަގުތުގައި ދަރިވަރުންނާއި މުދައްރިސް ކޮންމެވެސް މަޢުލޫއަކަށް ގާތްގަނޑަކަށް ފަސްމިނިޓް ވާހަކަދައްކާލާ ޚިޔާލުބަދަލުކޮށްލާނެއެވެ. ބޭނުމަކީ ދުވަހުގެ ކިޔެވުމަށް ދަރިވަރުންގެ ސިކުނޑިތައް ހުޅުވާލުމެވެ. މިކަމުގެ ސަބަބުން ކުދިންގެ ކެރުންތެރިކަން އިތުރުވެ ކުދިންގެ ޝުޢޫރު ފާޅުކޮށްލުމަށް ފުރުޞަތެއް ލިބިދެއެވެ. މިކަމުގައިވެސް ހުރިހާކުދިން ހަމަހަމަވެ ހުރިހާކުދިންނަށްވެސް ފުރުޞަތު ލިބިގެންދާނެގޮތަކަށް ރާވާލުން މުހިންމެވެ. އެއަށްފަހު ދެންއޮންނާނީ ވާހަކަގަޑިއެވެ.ވާހަކަ ގަޑި ދެމިގެންދާނީ ގާތްގަނޑަކަށް ދިހަވަރަކަށް މިނިޓަށެވެ. މުދައްރިސް ކިޔައިދެއްވާ ވާހަކަ ދުވަހުގެ ގިނަފިލާވަޅާއި ގުޅުންހުރި ވާހަކައެއްކަމުގައި ހެދުން ވަރަށް މުހިންމެވެ. ބައެއްފަހަރު ދަރިވަރުންވެސް ވާހަކަހުށައަޅައިދޭނެއެވެ. ކިޔާދެވުނުވާހަކައާއި ގުޅުވައިގެން ދަރިވަރުގެ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް އުފެއްދުންތެރި ލިޔުމެއް ލިޔަން ދެވިދާނެއެވެ. މީގެ އެންމެ ބޮޑުބޭނުމަކީ ކުދިންގެ ވިސްނުން ތަރައްޤީކޮށް އެކުދިންގެ ތަނަވަސް ޚިޔާލުތައް ހުށައެޅުމުގެ ފުރުޞަތު ހޯދައިދިނުމެވެ. އެއައްފަހު ދުވަހުގެ ފުރަތަމަ މާއްދާއަކަށް ގިނަ ސްކޫލްތަކުގައި ކިޔަވައިދެނީ ކިޔަވާ ދެބަހުންކުރެ (އިނގިރޭސި ނުވަތަ ދިވެހި) ކޮންމެވެސް އެއްބަހެކެވެ. އިނގިރޭސިން ދުވަސް ފަށާކަމުގައިވާނަމަ ދެންޖެހިގެން އަންނަމާއްދާތަކަކީ އިނގިރޭސިބަހުން ކިޔަވާ ދެއްވާ މާއްދާތަކެއްކަމުގައި ހަދައިފިނަމަ ކިޔެވުމުގައި ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ލިބެއެވެ. މިސާލަކަށް އިނގިރޭސި ބަހާގުޅުވާލައިގެން ތިމާވެށީގެ ޢިލްމް، ހިސާބު ޓައިމްޓޭބަލްގައި ހިމެނިދާނެއެވެ.މިފަދަ ދުވަހެއްގައި އިންޓަވަލް ނިމިގެން ފަށާނީ ދިވެހި،މިމާއްދާއިންނެވެ.ދެން ގުޅިގެން އަންނާނީ ދިވެހިން ކިޔަވާ މާއްދާތަކެވެ.މިސާލަކަށް އިސްލާމް، އަމަލީ ފަންނު ފަދަ މާއްދާތަކެވެ. މިސާލަކަށް އާދީއްތަ ދުވަސް އިނގިރޭސިން ފަށާކަމުގައި ވާނަމަ ހޯމަ ދުވަސް ދިވެހިން ފެށިދާނެއެވެ. މިދަންނަވާލެވުނީ މިފަދަ ކުލާހެއްގައި ދުވަހެއް ކުރިއަށް ގެންދެވިދާނޭގޮތެކެވެ.

ވަކި މާއްދާއަކަށް ބަލާލާނަމަ ފުރަތަމަ ކުރިއަށްދާނީ ދުވަހުގެ ފިލާވަޅު އޮޅުން ފިލުވައިދިނުމެވެ. ފިލާވަޅު އޮޅުންފިލުވައިދެވޭނީ ކުދިންގެ ބައިވެރިވުމާއެކުގައެވެ.އަދި ކުދިން ކުލާހުގެ ކުރިއަށްގެނެސް ސުވާލުކުރުމާއި އެދުވަހެއްގެ ސުރުޙީއަކާއި ގުޅުވައިގެން ގެންދެވޭ ހަރަކާތްތަކާއިއެކުގައެވެ. ފިލާވަޅު އޮޅުންފިލުވައި ދިނުމަށްފަހު ވަކިވަކިކުދިންގެ މަސައްކަތައް ނުވަތަ ގުރޫޕްގައި ކުރެވޭ ކުދިންގެ މަސައްކަތަކަށް ކުދިން އެނބުރިގަންނާނެއެވެ. ވަކިވަކި ކުދިންގެ މަސައްކަތުގައި ދަރިވަރުން ޝާމިލުވެ އުޅޭ ވަގުތުގައި މުދައްރިސް ދާނީ އެހީތެރިކަން ބޭނުންވާކުދިންނަށް އެހީތެރިކަން ދެއްވަމުންނެވެ. އަވަހަށް މަސައްކަތް ނިންމާކުދިން ކޯނާރޒްތަކުގައި ބެހެއްޓިފައިވާ ތަފާތު މަސައްކަތް ކުރަމުންގެންދާނެއެވެ.މިފަދަ މަސައްކަތް ކުރެވޭވަރާއި ރެކޯޑްސް ބަލެހެއްޓުމަކީ ދަރިވަރުންގެ ޒިންމާއެއްކަމުގައި ހެދިދާނެއެވެ. އަދި ދަރިވަރުން އެކަންތައްތައް ކުރާނެ ގޮތުގެ ފުރިހަމަ ޤަވައިދު ދަރިވަރުންނަށް އެނގެންހުންނާނެއެވެ.

މިފަދަ ކުލާސްތަކުގައި ދަރިވަރުންގެ ފެންވަރުބެލުމުގައި ބޭނުންކުރެވޭނީ ހަމައެކަނި ކަރުދާހުގައި ދެވޭ ޓެސްޓެއްނޫނެވެ.ދަރިވަރުންގެ ކިޔުން، ލިޔުން، ވާހަކަދެއްކުން އަދި ކުރާ ތަފާތުމަސައްކަތްތަކުން ކުއްޖާގެ ފެންވަރުބެލޭނެގޮތް ނުވަތަ ކޮންޓިނިއުސް އެސެސްމެންޓް ބޭނުންކުރެވޭނެއެވެ. ކުލާސްތެރޭގައި ބެހެއްޓިފައިވާ ޑިސްޕްލޭތަކުން ގިނައިން ފެންނަން ހުންނާނީ ދަރިވަރުންގެ މަސައްކަތެވެ.

މިފަދަ ކުލާސްތައް، ސްކޫލުތަކުގައި ފަށައިގެން މިއަދާހަމައަށް ފާހަގަކުރެވުނު ކަންތައްތަކެއް އެބަހުއްޓެވެ.އޭގެތެރޭގައި ކުދިންގެ ކެރުންތެރިކަން އިތުރުވުމާއި ލިޔަންކިޔަން ނުދަންނަކުދިންގެ އަދަދު އަހަރުން އަހަރަށް މަދުވުމާއި އަދި ކުދިން ކަންކަމުގެ ޒިންމާނަގާމިންވަރު އިތުރުވުން ހިމެނެއެވެ. އަދި ބެލެނިވެރިންގެ ޚިޔާލުފުޅުގައި ގޭތެރޭގައި އުޅޭއުޅުމުގައިވެސް ކުދިންގެ ޒިންމާ އަމިއްލައަށް ނަގާ މިންވަރު އިތުރުކަން ފާހަގަކުރެވެއެވެ.

ކުދިންނާ ރައްޓެހި ސްކޫލު ޕްރޮޖެކްޓް ރާއްޖޭގައި ކުރިއަށްގެންދެވެނީ ޔުނިސެފްގެ ދީލަތި އެހީގެދަށުންނެވެ. މިގޮތުން ޔުނިސެފްގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 20 އަތޮޅުގައި 20 ޓީ.އާރު.ސީ (ޓީޗާރސް ރިސޯސް ސެންޓަރ) ޤާއިމްކުރެވި ޚިދުމަތުގައި ތިއްބަވާ މުދައްރިސުންނަށް ތަމްރީނުދިނުމުގެ މަޝްރޫޢު މިހާރުވަނީ ދާއިމީ މަޝްރޫޢުއަކަށް ހެދިފައެވެ. މިގޮތުން ޓީ.އާރު.ސީ ތަކުގައި ކުދިންނާއި ރައްޓެހި ކުލާސްތަކަށް ނުވަތަ ޗައިލްޑް ސެންޓަރޑް ޓީޗިންގްއަށް ގިނަ އަދަދެއްގެ މުދައްރިސުންނާއި ސުޕަވައިޒަރުން މިހާރުވާނީ ތަމްރީނުކުރެވިފައެވެ. މިއަހަރުގެ މިހާތަނަށްވެސް ޓީ.އާރު.ސީ ތަކުގައި 500 އަށްވުރެ ގިނަ މުދައްރިސުން ވާނީ ތަމްރީނުކުރެވިފައެވެ. އަދި ހަމައެއާއެކު ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް ޓީ.އާރު.ސީތަކުން ދަނީ ހިންގަމުންނެވެ. މިގޮތުން ހަމައެކަނި ހދ.ޓީ.އާރު.ސީއިންއެކަނިވެސް 650 އަށްވުރެ ގިނަ ބެލެނިވެރިންނަށް ވާނީ މައުލޫމާތުދެވިފައެވެ. އަދި މިފަދަ ބައްދަލުވުންތަކަކީ ބެލެނިވެރިންނަށްވެސް ފައިދާކުރަނިވި މައުލޫމާތު ލިބިދޭ ބައްދަލުވުންތަކެއްކަމަށް ބެލެނިވެރިންވެސް އިއްތިފާގުވެ ލައްވައެވެ.

‮ ‬11‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. މިއަދު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    އަބުސީގެ ގާބިލުކަމާއި ރޭވުންތެރިކަން ވަރަށް މޮޅު … އެކަމަކު.. ތިޔަ ހުރިހާ ކަމަކށްވަސް ބަސްކިޔާފައި އެންމެ ފަހުގެ ނިންމުން ނިންމާ ތަނަކީ ހޮޅުވަށި ކަމަށް ވީމާ ކުރާނެ ކަމެއް ނެތްދޯ! މިރަށުގައި ކަންކަން މިހާރު ކުރަން މިޖެހެނީ އެއްވެސް އަސާސެއް ނެތި، އަދި ފަލްސަފާއެއް ވަސް ނެތި މިއުޅޭ ގުންޑާއިން (އެމްޑީޕީ) ބޭނުންހާގޮތަކަށްދޯ! އިހައްދުވަހު އިންޖީނުގެޔަށް އަންހެނުންތައް ފޮނުވީވަސް އާދިލުދޯ! ރޭގަ މުސްތޮފާ ލުތުފީ ކައިރިގައި އަލިމަނިކާއި، ސައީދު އަހުމަދާއި، ފައިސަލް ބޭރުކުރަން ރޮއި އާދެސް ކުރި މީހުން އެކަން ކުރީވަސް އާދިލް ބުނެގެންނޯ.

  2. ކެޔޮވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    މިއީ ލިޔުންތެރިންނާއި ޒާތީ ގޮތުން ދިމާކޮށްލަން އޮތް ތަނެއް ނޫން. އަބުސީ ވިއްޔާ ލިޔުމެއް ލިޔެފިތާ އަދި ތިޔާ ބުނާ ގޮތަށް ޢަމަލަކުން ނުދެއްކިޔަސް. މަހިތަނީ ބެރަށް އެންމެ ދެރަ މިނުން އެވަރުވެސް ކުރެވުން ބާވައޭ؟

  3. ވަކަވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    މަ އަސްލު މީނީ ކޮމެންޓެއް ނުކުރަން ކަމަށް، ކޮމެންޓު ނުކުރަން މީނަ ކަމަކީ ބުނަން، ކޮމެންޓުކުރާ މީހުން އުޅޭތީ، އެއިން މީހަކު ކޮމެންޓެއް ކުރަންޏާ ފަށާނީ އާދަމްގެފާނު ދުނިޔެއަށް ފޮނުއްވުނު ހިސާބުން ދެން ގޮސް ނިންމާނީ މަހުދީގެފާނު ފާޅުވާ ހިސާބަށް، މޮޅު ކަމަކީ މި ދެމެދުގައި ވެސް ހިނގާ އެންމެ ފާހަގަކޮށްލެވޭ ކަމަކަށް މި މީހުންނަށް ފެންނަނީ މައުމޫނުގެ ތިރީސް އަހަރާ އަންނިގެ ސަތޭކަ ދުވަހާ، އަދި މިވަރަކުން ވެސް ނުފުއްދާނޭ، ފިލްމެއް ބެލިއްޔާ އެވާހަކައާ، ފާޚާނާ ކުރިއްޔާ އެވާހަކަ ވެސް ލިޔާނެ ކޮމެންޓުގަ، މަ ވެސް މި ހުންނަނީ ހަމަ އެ ގޮތް، އަބުސީ ގާތު ބުނެލަން ބޭނުންވަނީ މީހަކު ކިޔާ އެއްޗަކަށް ލިޔާ ކޮމެންޓަކަށް ބަލާނެ ކަމެއް ނެތޭ ފަތުއަޑުހިއްޕާލާފައި ކުރިއަށް ވަޑައިގަންނަވާށޭ، މިހެން ބުންޏަސް ބިނާކުރަނިވި ފާޑެއް ވެއްޖިއްޔާ ހެޔޮ ހިތުން ބައްލަވައިގަންނަވާށޭ، އަޅުގަނޑުމެންގެ ޢިލްމީ ޚަޒާނާއަށް ތިޔަ ކަހަލަ ރަނާއި ޖަވާހިރު ހަދިޔާކޮށްދެއްވަމުން ގެންދަވާށޭ،

  4. ޚަލްވަތުގައި އިންނެވި ކަލޭގެފާނު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ބެރާ ކޮއްކޯ ބޭބެ ދޭން ބޭނުންވަނީ ކޮއްކޮއަށް ނަސޭހަތެއް، “ޙަސަދައަކީ ހިލޭ ސާބަހަށް ތިމާގެ ހިތުގައި އުފުލަމުންދާ ބަރުވެގެންވާ ކުނިގަނޑެކެވެ. އެއިން ތިމާގެ ހިތަށް ބަރުވުން ނޫންކަމެއް ނުވާނެއެވެ. އެ ބޭރުވީވީހެން ތިމާގެ ޢަމަލުތަކުން ކުނިވަސްދޮވާނެއެވެ. އަދި އެ ރައްދުވާ ފަރާތަށް އެހެން މީހުން ކުރާ އިޙުތިރާމުގައި އަތަރުލެވެމުންދާނެއެވެ.”

  5. ޚަލްވަތުގައި އިންނެވި ކަލޭގެފާނު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ބޭބެ މި އިޝާރާތްކުރީ އަބުސީއާ ޒާތީ ގޮތުން ޖަހިގަނެވިފައި އެއޮތް ބެރުގެ ކޮމެންޓަށް، ފަހަރެއްގައި އެޑްމިން އިން އެ ކޮމެންޓު ނަގާވެސްފާނެ

  6. ބެރު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ޚަލްވަތުގައި އިންނެވި ކަލޭގެފާނު‮ ‬ވިދާޅުވި ވާހަކަފުޅު ހެޔޮހިތުން ގަބޫލުކުރަން.އެއްވެސް ހާލެއްގައި ހަސަދައެއް ނުވަތަ ޒާތީކަމެއް އަބުސީއާމެދަކު ނެތް.އަޅުގަނޑަށް މާފު ކުރެއްވުން އެދެން.އެހެން ބުނެވުނީ އަބުސީގެ އުޅުއްވުން ފުޅާ ލިއާއެއްޗެހި ދިމާނުވާތީވެ. ތީގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ނަށް މިބުނި އެއްޗެއް އެނގިލައްވާނެ. އެއްކަލަ މީހުންގެ އަބިން……… އެހެންވެ އަޅުގަނޑު ބޭނުން އެބޭފުޅާއަކީ ރަނގަޅު މީހުން އިހްތިރާމް ކުރާ ބޭފުޅަކަށް ވާން.އޭރުން ތިލިއުއްވާލިއުންތަށް ގިނަ މީހުން ބަލައިގަންނާނީ.

  7. ގައްސާނު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    އިންޖީނުގެއަށް އަންހެންވެރިން ދިޔައީ އަންހެނުން ކޮމެޓީގެ ފަރާތުން ހިންގާ ފަހާކޯސް ހިންގާގަޑީގައި އެތަނުން ކަރަންޓް ކަނޑައި ނުލައިވޭތޯ ބަލަން، އިތުރު މައުލޫމާތު ހޯދަން މުހައިމިނާގުޅާ

  8. ބިސްކެޓް ކަހާހޭ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ހަމަ ކޮމެންޓު ތައްކިޔާ ނިމުނީ އެގޮވީ ބަންގި. ދާންވީ ފާހާނަ އަކަށް ޖެހިލާފަ ނަމާދަށް. އެހާއިރު ވާއިރަށް މުދިންބެ ގަމަތް ނުދީ ހުންނާނެ ބާ!

  9. ސަފަރުކަތްދަ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    އަބުސީ ގަދަ ކަލޭ. އަދިވެސް ގިނަލިޔުންތައް ފެންނާނެކަމަށް އުންމީދުކުރަން. މުޙައްމަދު ޢުމަރު ގެ ލިޔުންތައް ނުފެންނަތަން އަބުސީގެ ލިޔުންތަކުން އެބަ ފޫބެދޭ.

  10. ހާލުފޮޅި‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    މިހާރުދެން މީހަކު ލިޔުމެއް ލިޔެފިއްޔާ އެވީ އެފަކީރު ނޮޅާލަންތަ. އަބުސީ ތިގޮތައް ކުރިއަށް ދާނެކަމަށް އުންމީދުކުރަން.

  11. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    އަބްދުއްރަޝީދުގެ ލިޔުއްވުމެއް އަނެއްކާ ވެސް އަޅުގަނޑުމެންނަށް ފެނުނީތީ ވަރަށް އުފާވެއްޖެ. އެކަމަށް ވަރަށް ތަހުނިޔާ ވެސް ދަންނަވަން. ތިއީ ވެސް ވަރަށް ރަނގަޅު ލިޔުއްވުމެއް. ވަރަށް ޓެކްނިކަލް ވެސް މެ. އެއިން އަޅުގަނޑުމެންނަށް އެބަ ދޭހަވޭ، އަބްދުއްރަޝީދަކީ މިދާއިރާއިން ވަރަށް ފުންނާބު އުސް ބޭފުޅެއްކަން. ދެން މިފަދަ ލިޔުންތަކުން، އަޅުގަނޑުމެންނަށް އެބަ ދަސްވޭ އިތުރު ޢިލްމުތަކުން އެތިއެތިކޮޅު. އެއީ ވަރަށް މުހިންމު އަދި ރަނގަޅު ކަމެއް.

    ދެން “މިއަދު” ވިދާޅުވި އެއްޗަކަށް އެއްޗެއް ދަންނަވާލާނަން. މިފަދަ ތަނަކު “ގުންޑާ” އިންނޭ ވިދާޅުވެ އެމްޑީޕީއަށް އެއްޗެހި ކިޔުމަކީ ރީތި ގޮތެއް ނޫން. އެމްޑީޕީގައި ވެސް ތިބީ ދިވެހި ރައްޔިތުން. އެހުރިހާ ރައްޔިތުންނަށް އެބަ ރައްދުވޭ “ގުންޑާ” އޭ ވިދާޅުވީމަ. އެހެން ހައްދަވައިގެން ނުވާނެ. ޖަދަލު ވެސް ޒުވާބު ވެސް ކުރާނީ ރީތިބަހުން. އެއީ ކީރިތި ޤުރުއާނުގައި ރަސޫލާގެ މައްޗަށް ވެސް މާތް ﷲ އެންގެވި ގޮތް. ކާފަރުންނާ ޖަދަލު ކުރައްވާއިރު ވެސް ރިވެތި ބަހުން އެކަން ކުރައްވާށޭ. އެހެންވީމާ، މުސްލިމުންތަކެއް ނިސްބަތްވާ ޕާޓީއަކަށް ހުތުރު ބަހުން އެއްޗެހި ނުކިޔުން އަދި މާ އައުލާކަން ބޮޑުތާ ދެއްތޯ؟ ދެން ޚަލްވަތުގައި އިންނެވި ކަލޭފާނާ އަޅުގަނޑު ވެސް އެއްބަސް. ޙަސަދަވެރިކަން އެއީ ވަރަށް ގޯސް ސިފައެއް. އެހެންވީމާ، އެހެންވީމާ ދެން މިކަމަށް ވިސްނަވާނެކަމަށް އުންމީދުކުރަން.