Share

ޕްރީ ސްކޫލް ޓީޗަރުން ތަމްރީންކުރުމުގެ ކޯހާއި، ސްޓާފް ޑިވެލޮޕްމެންޓް ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ޖަލްސާ ބާއްވައިފި

ޕްރީ ސްކޫލް ޓީޗަރުން ތަމްރީންކުރުމުގެ ކޯހާއި، ސްޓާފް ޑިވެލޮޕްމެންޓް ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ޖަލްސާ  ބާއްވައިފި

ޕްރީ ސްކޫލް ޓީޗަރުން ތަމްރީންކުރުމުގެ ކޯހާއި، ސްޓާފް ޑިވެލޮޕްމެންޓް ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ޖަލްސާ، ޖަލާލުއްދީން ސްކޫލް ހޯލްގައި ހުކުރުދުވަހުގެ ރޭ 8:30 ބާއްވައިފިއެވެ. ޕްރީ ސްކޫލް ޓީޗަރުން ތަމްރީންކުރުމުގެ ކޯހާއި، ސްޓާފް ޑިވެލޮޕްމެންޓް ޕްރޮގްރާމަކީ ލާމަރުކަޒި އުސޫލުން ތައުލީމީ ހާލަތު ރަނގަޅުކުރެއްވުމަށް ސެންޓަރ ފޯ ކޮންޓިނިއުއިން އެޑިޔުކޭޝަން (ސީ.ސީ.އީ) ގެ ފަރާތުން މަތިއުތުރު ޕްރޮވިންސްގައި ފެށި ޕްރޮގްރާމެކެވެ.

ޕްރީސްކޫލް ޓީޗިން ކޯހުގެ ގޮތުގައި ހިންގަނީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހަކާއި އެޑްވާންސްޑް ސެޓްފިކެޓް ފެންވަރުގެ ކޯހެކެވެ. މިދެކޯހުގައި ޖުމްލަ 71 ބައިވެރިން ކިޔަވާނެއެވެ. ސްޓާފް ޑިވެލޮޕްމެންޓް ޕްރޮގުރާމަކީ ޚިދުމަތުގައި ތިއްބެވި ޓީޗަރުންގެ އިނގިރޭސިފެންވަރު މަތިކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ސީސީއީގެ ޑިޕިއުޓީ ޑިރެކްޓަރ ޖެނަރަލް އާދަމް ޝަރީފް އުމަރު މި ޖަލްސާގައި ހާމަކުރެއްވިއެވެ. އޭނާގެ ވާހަކައިގައި އިތުރު އިންސާވިސް ޕްރޮގްރާމްތައް ހިންގަވަން ގަސްތުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. މި ޕްރޮގުރާމުގައި ކިޔަވައިދެއްވާނީ އިނގިރޭސިވިލާތުގެ ދެ ބޭފުޅުންނެވެ.

ޖަލްސާގެ ޝަރަފުވެރި މެހުމާން މުސްތޮފާ ލުޠުފީ ގެ ވާހަކަފުޅުގައި މިއީ ޕްރިސްކޫލް ޓީޗަރުން ތަމްރީން ކުރުމުގެ މިފަދަ ކޯހެއް ރާއްޖެތެރޭގައި ހިންގަވާ ފުރަތަމަ ފަހަރުކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ޓީޗަރުންގެ އިންސާވިސް ޕްރޮގްރާމް ވަރުގަދަ ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން ޓީޗަރ ރިސޯސް ސެންޓަރު (ޓީ.އާރު ސީ) ގައި މަސައްކަތް ކުރައްވާ ޓީމް ވަރުގަދަ ވެގެން ދާނެ ކަމަށާއި ޓީއާރުސީ ޕްރޮވިންޝަލް ޓިއާރުސީއަކަށް ބަދަލުވެ، ޕްރޮވިންސް އެކި ރަށްރަށުގައި އިންސާވިސް ވޯކްޝޮޕްތައް، ހިންގަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ކޮންމެ ޓީޗަރަކީ އަހަރަކު މަދުވެގެން 18 ގަޑިއިރުގެ އިންސާވިސް ފުރިހަމަ ކުރާ ޓީޗަރަކަށް ހެދުން ކަމަށް ވިދާޅުވިއެވެ.

ޕްރި ސްކޫލް ޓީޗިން ކޯހާއި ބެހޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ މި ސަރުކާރުގެ ދައުރު ނިމޭއިރު ރާއްޖޭގެ ޕްރީސްކޫލްތަކުގައި ތިއްބެވި ޓީޗަރުން އެއީ ޑިޕްލޮމާ ފެންވަރުގެ ބޭފުޅުންނަށް ހައްދަވަން ބޭނުންފުޅު ވާކަމަށާއި ޕްރީ ސްކޫލްގެ ކޮންމެ ޓީޗަރަކީ އެއް އަހަރު ދުވަހުގެ ތަމްރީން ކޯހެއް ފުރިހަމަ ކޮށްފައިވާ ބޭފުޅުންނަށް ހައްދަވާނެ ކަމަށެވެ.

ޕްރީ ސްކޫލް ޓީޗިން ކޯސް މިހާރު ސ. އަތޮޅުގައި ކުރިއަށް ދާވާހަކަޔާއި އަދި ވަރަށް އަވަހަށް ސ. އަތޮޅުގައި ދީނިއްޔާތު މުދައްރިސުން ތަމްރީނު ކުރާށާއި، މުދިމުން ތަމްރިނު ކުރުމުގެ ކޯސް ފެށޭނެ ވާހަކަ ވިދާޅުވިއެވެ. ނަމަވެސް މިއިން އެއްވެސް ކޯހެއް ކުޅުދުއްފުށީގައި ފެށޭނެ ކަމުގެ އިޝާރާތެއް މިނިސްޓަރު މިޖަލްސާގައި ކުރައްވާފައެއްނުވެއެވެ.
ކުޅުދުއްފުށީގައި މިހާރު ކިޔަވައިދެމުން ގެންދާ ޕްރި ސްކޫލް ކޯހުގެ ބައިވެރިންގެ އަތުން ނަގާ ފީ ކަނޑުއްވައިލެއްވި ކަން މި ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރު އިއުލާންކުރެއްވެވިއެވެ.

ޕްރައިވެޓައިޒޭޝަން ކުރުމުގެ ވާހަކަ

ތައުލީމީ ދާއިރާ ޕްރައިވެޓައިޒޭޝަނަސް ހުޅުވައިލައްވާ ވާހަކަ މިނިސްޓަރު ތަކުރާރު މިޖަލްސާގައިވެސް ކުރެއްވެވިއެވެ. މީގެ ކުރީން ގަސްތުކުރެވިފައި އޮތީ ޖަލާލުއްދީން ސްކޫލް ޕްރައިވެޓް ސްކޫލަކަށް ބަދަލުކުރަން ކަމަށް ވިޔަސް، މިހާރު ބޭރުގެ ފަރާތްތަކަށް ޕްރައިވެޓް ސްކޫލެއްގެ ގޮތުގައި ހިންގުމަށް ދިނުމަށް ގަސްތުކުރެވިފައިވަނީ އަފީފުއްދީން ސްކޫލް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ޕްރައިވެޓައިޒޭޝަންގެ ސަބަބުން ފެންވަރުގެ ގޮތުން މޮޅެތި ފުދުންތެރި ފަރާތްތަކަށް އެފަދަ ފަރާތްތަކުން ބޭނުންވާ ފެންވަރުގެ ތައުލީމީ ފުރުސަތުތައް ހޯދުމުގެ މަގު މާލެ ނުގޮސް، ފަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ފެންވަރުގެ ގޮތުން މޮޅެތިކުދީންނަށް ސަރުކާރުން، ޕްރައިވެޓް ސްކޫލުން ސްކޮލަޝިޕް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ނުރުހުން ފާޅުކުރުން:

އެޑިޔުކޭޝަން މިނިސްޓަރ ވާހަކަ ފުޅު ދައްކަވަން ފެއްޓެވުމުގެ ކުޑައިރު ކޮޅެއްކުރީން ޒުވާނުންގެ ބަޔަކު ޖަލްސާ ހިނގަމުން ދިޔަ ހޯލަށް ވަދެގެންދިޔައެވެ. މީގެ ތެރޭގައި ގިނައީ އެމްޑީޕީގެ އެކްޓިވިސްޓުންކަން ފާހަގަކުރެވުނެވެ. ޖަލްސާ ނިމުމުން މޯލްޑީވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަންގެ ކުޅުދުއްފުށީ ކެމްޕަސްގެ މެނޭޖަރާއި، ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދު މަގާމުން ދުރުކުރުމަށް މިނިސްޓަރުގެ އަރިހުން މިމީހުންވަނީ އެދިފައެވެ. ނުރުހުން ފާޅުކުރި ފަރާތްތަކުގެ އަޑުގަދަވެގެން ދިޔަ ވަގުތު، މިނިސްޓަރާދިމާލަށް، ” ކަލޭ އެމީހުން ބޭރު ނުކުރެވެންޏާއި ނާންނާށޭވެސް ގޮވާހެދި.” ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ނުރުހުން ފާޅުކޮށް އަޑުގަދަކުރި މީހުންނާއި އެޑިޔުކޭޝަން މިނިސްޓަރާއި، ޑިޕިއުޓީ އެޑިޔުކޭޝަން މިނިސްޓަރު ސްކޫލްގެ ހޯލުގައި ފަހުން ވަނީ ބައްދަލުކުރައްވާފައެވެ. ނަމަވެސް ބައްދަލުވުން ދިޔައީ ވަރަށް ހޫނު ބައްދަލުވުމަކަށް ވެގެންކަމަށް މި ސައިޓަށް ޚަބަރު ލިބިފައިވެއެވެ. ނުރުހުން ފާޅުކުރުމުގައި އިސްކޮށްހުރި މީހަކު ބުނީ، ކޮޅެއްގައި ޖައްސާފައި ( މަގާމުން ދުރުކުރަން ބޭނުންވާ މީހުން މަގާމުން ދުރުކޮށްފައި ނޫނީ) މިކަންތައް (ނުރުހުން ފާޅުކުރުން) ހުއްޓައި ނުލާނެ ކަމަށެވެ.

‮ ‬62‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އިބުރާހީމް‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ކޮންމެ ކަމަކަށް ބޭނުންވިޔަސް އަދަބއި އިޚްތިރާމާއި އެކު އެކަމެއް ކުރެވިދާނެދޯ! ކޮންމެ މީހަކަށްވެސް އިއްޒަތަކާއި އަބުރެއް ލިބިގެންވޭ! މިންޓަރުގެވެސް އަތްޕުގަހިފައިގެން ދަމާފަ! ކިހާދެރަ. ރަށުގެ ރައްޔިތުންގެ އަގު މިވެއްޓެނީ…

  2. އިބުރާހީމް‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ހދ. އޭއީސީ ގެ އަޙުމަދު ޢަލިމަނިކުވެސް ހަމަ ބޭރުކުރަންވީ……………….. އެތަން އެދަނީ ދުވަހުން ދުވަހުން ދުވަހަށް ހަލާކުވަމުން. ބައިބައިވަމުން… އަވަސް ހައްލެއްބޭނުން މިކަންކަމަށް.

  3. ބޮޑުބެ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ބޭބެ އިސްތިޔުފާޔަށް މިގޮވަން ޖެހުނީ 2003 އަހަރު ބޭބެ ފޯމްލީން ކެންޕަހުގަ ހިންގި ޕްރައިމަރީ ކޯހަށް، ފޯމްލައިގެން މިހުން ނަނީ މިހެން ހުއްޓާ ކޯސް ފަށާ ދުވަސް ޖެހުނު އިރުވެސް ބޭބެ ޔަކަށް ނާންގާ އެއްވެސް އެއްޗެއް، ދެން ހިގަތްޖައިން ކެންޕަހަށް،ފައިސަލް ކައިރިޔަށް ގޮސް އެހީމަ މީނަ ބުނި އެއްޗަކުން ބޭބެ ކިރިޔާ އިއްޗަށް ނުވެއްޓުނީ، އޭނަބުނީ އެފޯމެއްނުފޮނުވަމޯ، މިހިތި ތަޖްރިބާ ކުރެވިފަވާ ކިތައް ކުދިން އުޅޭނެބާވައޭ ބޭބެ ހިތައް އަރާ

  4. NaSy‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ކުޅުދުއްފުށީ މީހުންނަކީ މިހާރު މާ ބޮޑަށް ފެނިގެން އުޅޭބަޔަކަން ވާން ފަށައިފި. މާ ގިނަދުވަސް ތަކެއްނުވެ ފަނާވެ ނިމިދާނެ.

  5. އިސްފަނޑިޔާރު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    މަހިތަށް އަރަނީ މުސްތޮފާ ލުޠުފީ ލަދުފުޅު ނުގަތޭ. ސ. އަތޮޅުގައި މިވެނި އެވެނި ކޯސްތައް މި ޖޫންމަހު ފެސޭނެ ވާހަކަ ބުނެފައި މަތިއުތުރު ޕްރޮވިންސްގައި، މިއިން ކޯހެއް ފެށޭނެ ވާހަކަ ނުބުނެ އެ ޕޯޑިއަމް ދޮށުން ދުރަށް ދާން. މަ އިއްވާ ހުކުމަކީ މުސްޔޮފާ ބޮލަށް ދެން ފަހަރަކުން ތެތް ގޯންޏެއް އެއްލުން.

    ކެމްޕަހުން ފައިސަލް ބޭރުކުރަންވީތާ މިހާރު ކިތްނަމެ ދުވަހެއް. ކޯސްތައް ކުރިއަށް ދާގޮތާއި އިދާރީ ކަންކަން ވަނީ އެތަނުގައި ބޮއްސުން ލައިފައި. މަ އިއްވާ ޙުކުމަކީ ކެމްޕަސް މެނޭޖަރު ބޮއްކުރައެއްގައި ކަނޑިންމައިން ބޭރުކުރުން.

    ޖަލާލުއްދީން ސްކޫލް އޮތް ހާލަތު މަށަށް އެނގުނީ އެތަނުގެ ނޯޓިސް ބޯޑް ދޮށުގައި ހުއްޓިލުމުން. ގުރޭޑް 11 އަށް މިއަހަރު ޖޫންގައި ވަންނަ ފެންވަރަށް ފާސްވެފައި ނެތް 50 ކުދިންވެސް. ޔަގީން 200 އެއްހާ ކުދިން އޯލެވަލް ހެދިކަން. މިއަދު ޓީވީ ޚަބަރުގައި ކީ ކ. ދިއްފުށީ ސްކޫލްގެ 67 ޕަސެންޓް ކުދިން 5 މާއްދާއިން ފާސްވި ވާހަކަ! ޖަލާލުއްދީނަށް މައިއްވާ ހުކުމަކީ އެތަނުގެ މެނޭޖްމަންޓް ބަދަލުކުރުން.

  6. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    އެކުޅުދުއްފުށި ވެގެނެއް ނޫން، އެއީ އެމްޑީޕީ ވީމާ.

  7. މާކުންބެ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    “ޖަލާލުއްދީން މެނޭޖްމެންޓް ބަދަލުކުރާށެ، އިސްތިއުފާއޭ ، ފަޅޮލޭ…..” މިހެންކިޔައިގެން ހަލޭލަވަމުން ދުވަނީ އެމްޑީޕީގެ އެކްޓިވިސްޓުން. އެހެންވީއިރު ދެން ޖަލާލުއްދީން ހިންގަން ހަވާލުކުރަންވީ ތިޔާ އެމްޑީޕީ އެކްޓިވިސްޓުންނާ. އޭރުން ………..

  8. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    މިހިރަ ގޮވާ ކޮހެއް ބަލާބަލަ. ކިޔަވާ ކުދިން ހަމަ ކިޔަވައޭ. ދެން ނުކިޔެވިޔަސް އެކުދިންގައިގަ ބޮނޑިއެއް ނޭޅޭނެތާ. އެމީހުންވެސް ރަނގަޅު ގޮތުގައި ބޮޑެތި ކުރަން ޖެހޭނީ. މޫދަށް ދިޔުން ބަންދު ދުވަހަށް ހަދުވާ، ބެލެނިވެރިން ލައްވާ. ކުޅެން ފޮނުވާ ވަކި އުސޫލަކުން. ރޭގަނޑު 11 ޖެހީމަ ގެޔަށް ނާންނަންޏާ، ދޮރު ތަޅުލާނެ ކަމަށް ބުނޭ. ބިޓުން ނަގަންޏާ، ރައްޓެހިވެގެން އުޅޭ ފިރިހެން ސޮރަށް ގެޔަށް ވަނަ ދީފައި، ރޭގަނޑު 12 ޖެހީމަ، “ދަރިފުޅާ ނިދަމުން ދޮރު ތަޅުލާތި” މިހެން ކިޔާފައި ދޫކޮށް ނުލާ. ބެލެނިވެރިން ދަރިންގެ މައްޗަށް ބާރު ހިންގުވާ. އަމުރަށް ކިޔަމަން ނުވަންޏާ، ކަލޭދެން މިތާ އަހަރެމެން ބުނާ ގޮތަށް ހަދައިގެން ނޫޅެންޏާ، އުޅެން ކޮންމެވެސް އެހެންތަނެއް ހޯދާށޭ ކިޔާއިން ބިރު ދައްކާ. ފޮތް ނުކިޔަންޏާ، ޓީވީ ކޮންޕއުޓަރު ކައިރިއަށް ލެފުނަ ނުދީ. ސައިކަލުގައި ބޭރަށް ދަންޏާ، ސައިކަލު ތަޅު ދަނޑި ފޮރުވާ، ގެންގުޅޭ ފޯނު އަތުލައި. މިއީ ބެލެނިވެރިން ކުރަން ޖެހޭނެ ކަންތައް. މިހާރު ތިހެން ހެދީމާ. ރަށު ކުދިންތައް ތިބޭނެ ހުރިހާ ކަމެއް ސައީދު ބޮލަށް ޖަހާފައި ހެވިލާފައި. އާނ އެހެންޏާ، މި ކުދިން ކުރިމަތީގައި، މިކުދިންގެ ދިފާއުގައި އެފަދަ ކަންތައް ކުރަންޏާ ކިހިނެތްތަ މުޖުތަމައު އިސްލާހުވަނީ. ފަނޑިޔާރުވެސް ވިސްނާލާފައި ހުކުމް އިއްވަ ބަލަ. އެކަމުގެ ބޮޑަކަށް ދިޔައީ މެނޭޖަރަކާއި މެނޭޖްމެންޓްގެ ތަފާތު ނޭނގޭ އެމްޑީޕީ އެކްޓިވިސްޓުން.

  9. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    އަޅުގަނޑު އިބްރާހީމް ގެ ވާހަކަ އަށް ތާއީދުކުރަން.އަދި އިބްރާހިމްގެ ލިސްޓަށް ފަޒީލް އިތުރުކުރަން، އަލިމަނިކާ ފަޒީލް ބޭނުން ގޮތަކަށް އޭއީސީ ހިންގަނީ.މިދެމީހުން ބޭނުންގޮތެއް އެތަނުގައި ވާންޖެހެނީ،އެހެން މީހަކު ކިތަންމެ ރަނގަޅު ވާހަކައެއް ބުންޏަސް އެވާހަކައަށް ފަރުވާލެއް ނެތް. އަދި ފާޅުގައި މީހުންނަށް މަލާމާތް ކުރުމާއި ހަޖޫ ޖެހުމުގެ ބޮޑު މީހެއް.އަޅުގަނޑަށް ވެސް މި އަލިމަނިކާއި ވާހަކަ ދެއްކޭ ވަރަށް ގިނައިން .ވަރަށް ފޮނި ކިބުރުވެރި މީހެއް.

  10. ކޮންމެވަސްމީހަކު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ކުރާ ކަމެއް ނިކަން ކެރިގެން ކުރާތި. ހޮސްޕިޓލް ވަހިދު ކަމު ނުގޮސްގެން ބޭރުކުރީމާ ކިހެނެއްވީ؟ މިހާރު އެބޭފުޅާ އެހުންނެވީ އުތުރުގެ ތިން އަތޮޅުގެ ސިއްހީ ހިދުމަތް ދޭ ހުރިހާތަނެއް ބެލެހެއްޓުމާއި ހަވާލުވެ ހުންނަވާ މަިސަރަހައްދުގެ މަންދޫބުގެ ގޮތުގައި. އެހެންވީމާ ކޮންމެ މީހަކު ކަމަކާއި ހަވާލު ވިޔަސް ކުރެވޭ ވަރާއި ނުކުރެވޭ ވަރު ހުންނާނެ. ފަހެ ތިޔަ ޝަކުވާ ކުރަން ދިޔަ މީހުންގެ ތެރޭގައި ހުރިބާ އެތަނުން މަގާމެއް ފުރާ ލެވޭ ވަރުގެ ބޭކަލަކު. މިވިދާޅުވީ ކެންޕަސް ފައިސަލުގެ ބަދަލުގަ ނުވަތަ ސައީދު ނޫނީ އަލި މަނިކުގެ ބަދަލުގަ އެމަގާމުތައް ފުރާ ވާހަކަ. މަށަށް އެގޭ ހަސަނު އަލީމެން ޖަލާލުއްދީނުގަ ބަސް ކިޔަން ތިބެގެން ރަނގަޅެއް ނުވާނެކަން. ހުރިހާކަމެއް ދޯ ޖަމްޝީދަކަށް ނުވާނެއްޏާ. އެހެންނޫންނަމަ……

  11. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ތިދަށްކަނީ ނުބައި ވާހަކައެއް އަޅުގަނޑު އެމްޑީޕީއަށް ގުޅައިފިން .އެޕާޓީން ޔަގީން ކޮށްދިން އެޕާޓީގެ އެކްޓުވިސްޓެއް ރޭގަ ތަނެއްގައި ހަމަނުޖެހުމެއް ނޫނީ ހަޅޭލުމަށް ނުދާކަމަށް.އެކަހަލަ ކަމެއްރަފައި ނުވާކަމަށް ބުނޭ.ދެން ޑީއާރުޕީ ބަޔަކު ނޫނީ އެހެން ބަޔަކު ކުރާކަމެއް އެޕާޓީގެ ބޮލުގައި އަޅުވައިގެންނުވާނެ.އެމްޑީޕީއަށް ސޮއިކޮށްފަހުރި މީހެއްވެސް ހިގައިދާނެ،އެމްޑީޕީއަށް ނޭގިވެސް .އެނުވާނެ އެޕާޓީން ކުރާ ކަމަކަށް.

  12. އެހެން މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    އެއީ ހަމަ ސީދާ ދރ.މުސްތަފާ ލުތުފީ ރައިވާދިގެން، މުހައްމަދު އިބްރާހިމް މަނާގެ އިސްވެހުންނަވައިގެން ސައީދު ބާލަން އެމްޑީޕީން ކުޅުނު ކުޅިގަނޑެއް

  13. ހަސަން‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ބިލޯ ރޭލީ އަށް

    ކަލޭގެ ވިސްނުމުގެ ދާއިރާ ހަނިކަމައި މެދު މަ ވަރަށް ކޮސްވެއްޖެ. ކަލޭ ތިޔަ ބުނަނީ ކިޔަވާކުދިން ކިޔަވައޭ. ބަލަ! ފެންވަރު ދަށް ކުދިންނަށް އަޅާލުން އެއީ ވެސް ސްކޫލްގެ ޒިންމާއެއް. ބިލޯ ރޭލީ ނިކަން ބުނެބަލަ ޖަލާލުއްދީނުގައި އެކުދިންނަށް ކޮށްދޭކަމެއް؟ މަ މި ދައްކަނީ އަޚްލާޤް ގޯސް، ސިނގިރޭޓް ބޯ ކުދިންގެ ވާހަކައެއް ނޫން.
    ި
    ބިލޯ ރޭލީ ނިކަން ބުނެ ބަލަ ޖަލާލުއްދީންގެ ތިޔަ ބުނާ ކިޔަވާ މޮޅެތި ކުދިންނަށް އިތުރަށް ކޮށްދޭކަމެއް؟ މަ މިވާހަކަ މިހާ ޔަގީންކަމާއެކު މި ބުނަނީ މަ ރައްޓެހި ދިވެހި 2 ޓީޗަރަކާއި ދެތިން ބިދޭސީ ޓީޗަރުން ކުރެން އަހާ އޮޅުން ފިލުވާފައި.

    އިސްފަނޑިޔާރު ވިދާޅުވެފައި އެއޮތީ ތެދުފުޅެއް. މަ ވެސް ދުށިން 11 އަށް މި ޖޫންގައި ވަދެވޭ ކުދިންގެ ލިސްޓް. މުޅި ޖުމްލަ އޮތީ 48 ކުދިންގެ ނަން. މި ވަރު ތަންކޮޅެއް ދޯދިޔާ އެހެންނު!

    ބިލޯ ރޭލީ! ބުނަން ވާހަކައެއް. މަ ކޮއްކޮ މި އަހަރު 11 ގައި ކިޔަވަން އެ ސްކޫލަށް ވަދޭ. ވަދެވޭ އެންމެ ދަށް މިންގަނދަކީ 3 ސީ ފާސް! 48 ކުދިންނަށް 3 ސީ ފާސް ލިބުނީމަ އެވީ އުފާކޮށް ނަށާ ލަވަކިޔާކަށް ނޫން. މި ބުނި 48 ކުދިންގެ ތެރޭގައި އެބަތިބި އެހެން ސްކޫލްތަކުން އޯލެވެލް ހެދިކުދިންވެސް!

    ބިލޯ ރޭލީ! އެހެންވީމާ، ޖަލާލުއްދީން ސްކޫލުން 3 ސީ ފާހާއިއެކު އަސްލު، ފާސްވީ 48 ކުދިންނަށްވުރެވެސް މަދުން.

    ބިލޯ ރޭލީ!ކަލޭ ހުރޭ ކަލޭގެ ސައީދު ސޯ ނަގާ ބޮލުގައި ބައިންދައިގެން!

  14. އެހެން މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ކޮންމެވަސްމީހަކަށް ބުނެލަން އޮތީ ފައިސަލް ކެން ޕަހުން ބޭރު ކޮށްފަ އެކަންދީފިނަމަ އަހަރެން އެކަން މިޙަރަށް ވުރެ ރަގަޅަށް ކުރާނަމޭ،އަހަރެން އަތުގަ އެބައޮތޭ ފައިސަލް އަތުގަ އޮތް ފާހަށް ވުރެ މަތީފާސްވަސް، އަހަރެން މީ އެތާ ރޭގަ ހުރިމީހެއް

  15. މޫސާ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ކެމްޕަސްގެ މުވައްޒަފުންނަށް މަސް ނިމުމުން، މުސާރަވެސް ނުލިބޭ! ދެންވެސް ކެމްޕަސް މެނޭޖަރު ޖެހޭތަ އެތާ ބަހައްޓަން؟
    ރަސްގެއަށް ތާއީދު

  16. ބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    މާކުންބެޔަށް
    އަހަރެން ހުރިން ރޭގަ އެތާ މާކުން ބެ ތިބުނީ ތެދެއް

  17. ބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ނަސީޔަށް
    ތީ ކުޅުދުއްފުށީ މީހުނާ ޒާތީ ގޮތުން ހަސަދަވެރި ވާތި ބުނި އެއްޗެއް

  18. ކުޅުދުއްފުށިން މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ބޯހަލާކު ތިޔަބުނާފެންވަރުދައްކުދިންގެ ބެލެނިވެރިން ކަންތައްކުރާނީކިހިނެއްބާއޭމަހިތައްއަރާ؟؟؟؟؟ އެތަނައްރޭގަދިއަ ބެލެނިވެރިއަކު މިސާލަކަށްނަގަމާ އޭނަގެދަރިއަކު ޓެސްޓަކުން ފޭލްވެއްޖެނަމަ އެބެލެނިވެރިއަކުބުނާނެ ތިއައީ ސްކޫލްގެ މެނޭޖްމެންޓްކަމުނުދަނީއޭ މިދަނީމެނޭޖްމެންޓްބަދަލުކުރާށޭ ސްކޫލްގެ ޑެސްކުތަށް ހަލާކުކޮށްގެ ބެލެނިވެރިއަކު ކައިރީގަ ބުންޏަސްވާނީހަމަ މިވަރު ސްކޫލުން އެކަންޏަކުނޫނޭ ކުދިންތަރުބިއްޔަތުކުރާނީކީ ބެލެނިވެރިންގެ ހިއްސާ މިކަމުގައި ބާބޮޑު

  19. ދަލޭކަ ދައިތަ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ދައިތަ މެނަށް މިހާރު ހަބަރު ގަނޑެއް ނޫނީ ކޮމެންޓު ގަޑެއްވަސް ކިޔާލެވެން ނޯވޭ މީ ދިވެއްސަކައް ވީތީ! ކޮއްމެ މީހަކުވަސް ބުނާނެ ކޮއްމެސް އެކުޓިވިސްޓެއް ތޯ އެއްޗެއް! ދެން މިވަރުން ދައިތަ މެނަކަށް ނެތް އެއްޗެއް ކިޔާލެވޭކަށް ވަސް މިހާރު!ދަލޭކަ ދައިތަ ހިތަށް އަރާ މިއުޅޭ ކުދިންނަށް މި ފަރަންޖީ ބަހެއް ނުލާ ދިވެހި ބަހުން އެއްޗެއްވަސް ބުނަން ނޭގެނީ ބާވަ އޭ! އާނ ދެން ދައިތަ މެން ފެންވަރު މީހުނަށް އޮތް ސައިޓެއް ނޫން ތޯއްޗެ މީ!

  20. އަހުމަދު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    އެ ތެދެއް. މަވެސް ދުށިން ތިޔަ ބުނާ ލިސްޓް. އޭގައި އޮތީ 48 ކުދިންނަށް އޭލެވެލް އަށް ވަދެވޭ ކަމަށް. ހާދަ ދަށޭދޯ! ދެން މަ ކޮއްކޮ ބުނީ އެކްސްޓްރާ ކުލާސްތައް އަދިވެސް ރަނގަޅަށް ނުފަށާކަމަށް.

  21. އަހުމަދު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ބެލެނިވެރިންގެ ބޮލަށް ތިޔަ ކަނޑާލަނީ ސްކޫލް ސަލާމަތްކުރާނަމޭ ހިތާ. ބެލެނިވެރިންގެ ޒިންމާ ސްކޫލްގެ ޒިންމާއަށްވުރެ ބޮޑުނަމަ، ކިޔެއްކުރަން ކުރާހާ ޚަރަދެއްތަ މީ؟ ކަލޭމެން ތިޔަ ހީކުރަނީ މަ ޔޯލަ ކޮށްފައި ވާހަކަ ދައްކަނީ ކަމަށް!

    މަ ޓީޗަރެއް ކުރެން އަހާފައި، މި ބުނަނީ ސްކޫލް ކަޑައޭ!

  22. އިލޮޅި‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    “މަށައްވެސް ނުކިޔެވުނީ މި ސައީދުއާ ހަދައިން” މިހެން ބުނާ އަޑު މަ އެހީން ރޭގަ ސައީދުއާ ދިމާލަށް 18 ވަރަކަށް އަހަރުގެ ސޮރަކު. އެހެން ބުނި އިރަކު އެސޮރަކަށް ނުވިސްނޭ އެސޮރަކީ އޭ.އީ.ސީ ގަ އުލުން އިރުވެސް އެތައް ފަހަރަކު ސަކަރައިތް ޖަހައިގެން ގެއަށް ފޮނުވާލާ އަދި އެތައް އެއްޗެއްގަ ރިޕީޓްވެފަ ހުރި ސޮރެއް ކަމެއް. ދެން އަދި މިހެން މިބުނި ސޮރަކީ ނުކިޔަވާތާ ރަނގަޅު އާއިލާ އަކަށް ނިސްބައިތްވާ ސޮރެއްވެސް ނޫން. މިހެން ގޮސް ކިތަންމެ އެއްޗެއް ސައީދު އާ ދިމާލަށް އެމީހުން ކީ. ވ. އަދަބު ކުޑަކޮން ސައީދު ވަށުވާލއިގެން ތިބެގެން އެ ލެވި ހަޅެއެއް ލެވީވެސް. މަހިތަން އަރަނީ އެމީހުން ލަދެއްވެސް ނުގަނޭ ބާއޭ! ސައީދު ނުނީ ނޫލޭނެ މިރަށުގައި އެހާ މައްޗަށް ކިޔަވައިން ހުރި އެހާ ގިނަ ދުވަހު ރަށަން ހިދްމަތް ކޮށްދިން މީހެއް. ދެން މިމީހުން ނަކީ ކިރިޔަ ކިރިޔާ އަލިފެއްވެސް ވަކިކޮށްލަން އެނގޭ ބައެއް.

  23. މަންކީމޭން‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ޖަލާލުއްދީން ސްކޫލަކީ ކުދިންނާއި ރައްޓެހި ސްކޫލެއް!މިގޮތުން ފާހަގަކޮށްލެވޭ ސިފަތަކަކީ:
    1. ބޭނުންވަރަކަށް ޑެސްކް ހަލާކު ކުރެވޭ.
    2. ބޮލާއި ތުނބުޅި ބޭނުން ގޮތަކަށް ބެހެއްޓޭ.
    3. ބޭނުންނަމަ ނުކިޔަވަ، ސްކޫލުން ބޭރަށް ނުކުމެވޭ.
    4. ބޭނުން ސައެންޓިފިކް އެކްސްޕެރިމެންޓެއް ކޮށްލެވޭ. މިސާލަކަސް ޕްލާސްޓިކް ފުޅިއަށް ކެމިކަލް އަޅައިގެން، ގޮއްވައި ލެވިދާނެ. ބޭނުން ކޮންމެ އިރަކު!
    5. ބޭނުން އެއްޗެއް ބޮވޭ.
    6. ބޭނުން ގޮތަކަށް ހެއާ ސްޓައިލް ހަދާލެވޭ.

  24. ކެއްލަވަތީ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ރަސްގެފާނު އެއީ ކޮންޕާޓީއެއްގެ މީހެއްތަ؟ ހަމަ ގައިމުވެސް އެމްޑީޕީއެއްނޫން.

  25. ހާޝިމްގެ ބައްޕަ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ވާނުވާ އަދި ހަމަ ނޭގެނީ ގިނަމީހުންނަށް، ކުޅުދުއްފުށީ ކެންޕަސް ހިންގަން ފައިސަލްއާއި ހަވާލުކޮއްފަ އެހުރީ އެހެން ގޮތެއް ނެތިގެން. ފައިސަލް އަކީ އަސްލުގަ އެތަނުގެ ލެކްޗަރާއެއްގެ ވަޒީފާ އަދާކުރަން ހުންނަން ޖެހޭމީހެއް. ކުޅުދުއްފުށީ ކެންޕަސް ހިންގާނެ މީހަކު ހޯދަން ވަރަށް ގިނަ ފަހަރު އިއުލާން ކުރި.. ހަވީރު ނޫސް ނުކިޔަމުދޯ.. ނަމަވެސް މިކަން ކޮއްދޭނެ މީހަކުނުވީ../ އަހަރެން މިބުނަނީ ފައިސަލް ރަގަޅު ވާހަކައެއްނޫން، އެކަމަކު މާލޭގަ ކެންޕަސް ހެޑް އޮފީހަކު ނެތް ކުޅުދުއްފުށީ މީހަކު، ވީމާ ކުޅުދުއްފުށީގައި ހުރި ކެންޕަސް ހުންނަނީ އެކަހެރި ވެފަ.. ހުރިހާ ކަމެއްދަނީ ދެކުނަށް..

  26. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ސައީދު މަށަކަށް ގޯހެއްނޫން.ގޯހީ ޖަލާލުއްދީންގެ ކުދިންގެ ބެލެނި ވެރިން.ސައީދުމެން ލައްވާ ކަމެއްކުރުވާނެ ބަޔަކުނެތީ. މިރަށު ކަތީބުން މިކަމުގައި އިހުމާލުވޭ.ތައުލީމީ ދާއިރާ ރަނގަޅު ކުރެވޭނީ ތައުލީމީ މީހުން ރަށުއޮފީހަށާއި އަތޮޅު އޮފީހަށްލައިގެން. މިއުޅޭ ހުސޭނު އަލީ،ސައީދުކަތީބު،ދާދިފަހަކާޖެހެންދއން އުޅުނު،މޫސާއަލީ،އަބޫބަކުރުކަތީބު،ރުއްވަލު މުހައްމަދު،މިމީސް މހުންނަކީ ކަތީބުންގެ ގޮތުގައި ތިބެ މިރަށުގެ ތައުލީމު ކުރިނާރުވާ ތިބި މީހުން.އެމީހުނަށް އެގޭނެތަ މިޒަމާނުގެ ތައުލީމޭ ކިއާފަ އެއްޗެކޭ ބުނަން. [އަޅުގަނޑުގެ ނަމުގައި އެހެން މީހަކު ކުރިންކޮމެންޓު ކޮށްފައިވަޏނީ]

  27. ފުހޭރަބަރު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    މިހާރު ހަދަންވީގޮތަކީ މަނާގެ މުޙައްމަދު އިބްރާހިމް (ރަސްގެފާނު) އާ ޖަލާލުއްދީން ސްކޫލް ހަވާލުކުރަންވީ. އެއީ އެމްޑިޕީ މީހެއް. ދެން ކެމްޕަސް ހަވާލުކުރަންވީ ބަނަފްސާ އަލީ އާއި. އެހެންނޫނީ މިދެމީހުން އެޑްވައިޒަރުންގެ ގޮތުގައިވެސް ހަމަޖެއްސިދާނެ. އޭރަށް އެތަންތަން ހިގާނީ މިމީހުންގެ މަޝްވަރާގެ މަތިންނޭނުން.
    މިކަން ޑިމޮކްރެޓިކްކޮށް ކުރަންޏާ ހަދަންޖެހޭނެގޮތަކީ. ސްކޫލްގެ ބެލެނިވެރިންގެ މެދުގައި ފެންނަނުފެންނަ ވޯޓެއްނެގުން. ކެމްޕަސްގަވިއްޔާ އެތަނުގެ ކުދިންގެ މެދުގައި ވޯޓްނަގާނީ.
    މިކަމުގައި މިނިސްޓަރަކަށްކުރެވޭނެކަމެއް ނޯންނާނެ. އެއީ އެދެމީހުންނަކީ ސިވިލް ސާވެންޓުންނަށް ވާތީ.

  28. ދަރިވަރު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ފުހޭރަބަރަށް:
    އަމިއްލަޔަށް މާ މަޖާވެގެން މިހާ ސީރިޔަސް މައްސަލަތަކުގައި އަނގަ ތަޅާނެ ކަމެއް ނެތް. ކަލެޔަށް ނޭގުނަސް އަހަރެންނަށް ތިޔަ ޖަލާލުއްދީނުގެ ހާލަތު އެނގޭ. އެތަނުގެ ޕްރިންސިޕަލްގެ ހިންގުންތެރިކަމުގެ ދޯދިޔާކަން އެނގޭ.

    ގަޅިބެއަށް:
    ކަލޭތީ ގަޅިއެއް.ސްކޫލް ހިންގަނީ ކަތީބުންނާއި މުދިމުންނާއި ޖަމާޢަތްތެރިންތަ؟

    ކަލޭމެން ބުނެ ބަލަ، ޖަލާލުއްދީންގެ ޕީޓީއެއިން މިހާތަނަށް، މި އަހަރު ކުރިކަމެއް. ޕީޓީއޭގެ ރައީސަކީ ޕްރިންސިޕަލް!

  29. ނޫހް‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    މި ގަޅިބެ މިއީ ހާދަ އުޑެއް ބުޑެއް ނުދަންނަ މޮޔައެކޭ. ރަށު އޮފިހުގެ ދައުރެއް އޮވޭތަ ސަރުކަރު އިސްކޫލްތައް ހިންގުމުގައި.

  30. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ލައްބަ ކޮއެފުޅުމެންނޭ، ތިކުދިން ނަށް އެހާވަރު ނޭގުނީ ގައިމު ކަމެއްވީމަތާ،ބޭބެ ނުބުނާނަން ތިކުދިން އުޑާ ބުޑާ ނުދަނެއެކޭ. ކަތީބުންގެ ދައުރު އެގޭނެ،ބައްލަވާލައްވާ ގާނޫނު އަސާސީ.

  31. DOg‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ވަރަށް ގިނަ ކޮމެންޓް ކިޔައިފިން، މުޅިން ރަގަޅު ނޫނަސް ގިނަ މީހުންގެ ވާހަކަ ވަރަށް ރަގަޅު، ދެން ބުނަންތަ މިއީ އެހެން ރާއްޖެއެއް މިރާއްޖެ އަށް އަދި މިރަށާއި މިރަށުގެ ރައްޔިތުންވެސް އާވެދާނެ ފަހުން ރަގަޅު ވާނެ، ހުރިހާ ކުދިންވެސް މިރަށުގެ އޮފީސްތައް ހިންގުމާއިހަވާލުވުމަށް ގަދަ ހިތްވަރަކާއިއެކު މަސައްކަތްކޮށް ކިޔަވައިގެން އެކަމާއި ކުރިމަތިލާންވީ، އޭރުން މިގޮތަށް ހަޅޭލަވާ މީހުން ބޭރު ކުރުމުގެ ބަދަލުގައި ވާހަކަދައްކައިގެން ރީތި ގޮތުގައި ކަންކަން ހައްލުވާނެ،

  32. ނޫހް‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ޑޯގަށް:

    ބަލަ ޑޯގާ، ކިޔަވާނީ ކިހެނެއްހޭ ކެމްޕަހާއި ސްކޫލް އޮތް ގޮތަކީ އެޔޮތީއޭ. ފާހެއް ނުވެވެޔޭ. އަޅައެއް ނުލައޭ

  33. މުސްކުޅިދަރިވަރު‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    ޖަލާލުއްދީން ސުކޫލުން ބަދަލުކުރަންވީ ހަމައެކަނި ސައީދެއްނޫން. އެތަނުގެ އ.ޕްރިންސިޕަލުންނާއި ހެޑްމާސްޓަރުންވެސް ބަދަލުކުރަންވީ ބަދަލެއް ބޭނުމިއްޔާ. ސައީދުއަށްވެސް ކަންކަންކުރެވޭނީ އޭނަގެ އެސިސްޓެންޓުންވެސް އެއްބާރުލުން ދޭނަމަ. އޭނަ ކަމެއް ނުކުރަންޏާ އެސިސްޓެންޓުންނަށް އޭނައަށް ޕްރެޝަރވެސް ކުރެވެންވާނެ. ވެރިންނަށް ގޯސްހެދޭނީ ދަށުގައިތިބޭ ކުދިވެރިންވެސް އިހުމާލުވާތީ. އެހެންނޫނިއްޔާ ފީކަޅާ މީހެއްގެ ދަށުގައި މަސައްކަތްކުރަންވީކީއްވެ. އެމީހުން އޭއީސީއަށާއި އަފީފުއްދީނަށްވެސް ބަދަލުވެވިދާނޭނުން. އެތަނަށް ސައީދު ވަކިކޮށްފަ އެހެންމީހަކު ލިޔަސް ދެންތިބި މީހުންގޯސްވެއްޖިއްޔާ ވާނެގޮތަކީ އަހިވަކާޖެހި އަހިވަށްފާވުން. ރަނގަޅުކުއްޖަކުވެސް ގޯސްބައެއްގެ ތެރޭގައި އުޅެންފަށައިފިނަމަ ގޯސްވާނެ.

  34. ހާލުފޮޅި‮ ‬ވިދާޅުވީ


    ތާރީޚް:06/06/2009

    އޭ ހާޝިމު. ކެރޭނެތަ ޖަލާލުއްދީން ސުކޫލް ހިންގަން އަހަރެއްހާދުވަހަށް ނަމަވެސް އައިސްދޭން. އެތަން ކަމުނުދަންޏާ ކެމްޕަސް ވެސް ހަވާލުކުރެވިދާނޭ.

  35. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ޖަލާލުއްދީން ސްކޫލް ކަޑަ، އަހަރެންވެސް އެއްބަސް، ޓީޗަރުންވެސް ބުނާނެ ކަޑައޭ. ކެމިސްޓްރީ ލެބަށް ބޭނުންވާ ސާމާނު ނުލިބޭ މައްސަލައަކީ ޓީޗަރުން ޖައްސާ މައްސަލައެއް. އެކަމަކު އެއީ ސައީދު ކުރާނެ ކަމެއް ނޫން. ނޭގެންޏާ އެނގޭ މީހުން ކައިރިން އަހައިގެން އޮޅުން ފިލުވާނީ. ފެންވަރު ދަށް ކުދިންނާއި އަޅާލާވާހަކަ ދޯ. ކިޔަވާ ހިތުން އުޅޭ ކުއްޖަކަށް ވިއްޔާ އެފުރުސަތު ހަމަ ލިބޭނެ. ގްރޭޑް 10 ގެ ކުދިންގެ ލާސްޓް މިނެޓް ސްޑަޑީ ބައި އަދި ވަކިން ބޮޑު ވާނެ. ލައިބްރަރީ ވެސް އެއޮތީ. އަދި ހަމަ އެހެންމެ ބޭނުން ގަޑިއަކު ޓީޗަރުންނާއި ބައްދަލު ކުރެވޭނެ. 2007 ވަނަ އަހަރު ސައީދުގެ ވަހަކަ ފުޅެއް އަހަރެންގެ މިދެކަންފަތުން އެހިން. ކުދިންނަށް ސްކޫލުގައި ކަން ކަން އޮންނަނީ ވަރަށް ފަހިވެފައި. އެކްސްޓްރާ ތައްވެސް ހަމަ ގަދަޔަށް އޮވޭ. އެކަމަކު ކިޔަވައިދޭން ނޭނގޭ ޓީޗަރުން އުޅޭ.

  36. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ސައީދަކަށް އެހުރިހާ ކުދިން ލައްވާ އެކަމެއް ނުކުރެވޭނެ، ބެލެނިވެރިންގެ ޒިންމާ ވަރަށް ބޮޑު. ސައީދު އެއިން ސޮރެއްގެ ނޮހޮރޮއްޕާނާ ހުރެ، ކްލާހުން ބޭރަށް ލާ އިރަށް، އެރޭ އެސޮރު ދައިތަ ނޫނީ މަންމަ ނޫނީ ބައްޕަ އެއް އަންނާނެ، ދެން މިވަރުން ކިހިނެއް އާދަމުގެ ދަރިންނަށް ކަން ކަން މިކުދިން ލައްވާ ކުރެވޭނީ. ނަސޭހަތް ދިނަކަސް ގަބޫލެއް ކުރާނިއްޔެއް ނޫން،

  37. ކަމާލު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    މަގޭ ވާހަކައަކީ، ކީއްކުރާ ޕުރައިވަޓައިޒެއްހޭ. ދެން މިހާރު ތިޔަ އުޅޭ އެމްޑީޕީ ސަރުކާރަށް ރާއްޖޭގަ ސުކޫލުތައް ނުހިންގެނީއޭ ބުނިއްޔާ މާ ސަހަލެއްނު. ނޫނީ، މިއުޅެނީ، ސުކޫލުތައްވެސް ބޭރު ބަޔަކަށް ވިއްކާލައިގެން، މުސްތަފާމެން ލާރިގަނޑެއް ކާލާކަށްނޫންބާ؟ މިހާތަނަށް ހިންގަމުންދާ ސުކޫލުތައްވެސް އަދި ދަނީކީ ރަނގަލަކަށް ނޫން. މުސްތަފާ ފުރަތަމަ ކުޅުދުއްފުށީ ސްކޫލު ވަށާ ޖެއްސޭތޯ ބަލާ. އެއަށްފަހު އެހެން ވާހަކަތައް ދައްކާ.

  38. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    މި ހުރިހާ ކަމެއް ކުރީ ބެލެނިވެރިން، އެމީހުންގެ ދަރިންނަށް ދޮންފުތުވީލެއް ބޮޑުކަން މިއީ. މިކަންތައް ރަނގަޅު ކުރަންޏާ ޖެހޭނީ، ޕްރިންސިޕަލަކަށް ހުންނަ މީހެއް އުޅޭގެ ވަށައިގެން ޓާސްކް ފޯސް ބައިތިއްބާ، ބެލެނިވެރިންނާއި ކުދިންގެ ނުފޫޒު ނުފޯރާ ގޮތަށް އެމީހަކު ބައިންދަން، އޭރުން ކުދިންނަށް ހަދަންވީ ގޮތް ހަދާލެވޭނީ. އާނ ހަމަ ތެދެކޭ، ރޭގައި އެތަނަށް ދިޔަ ކަމަށް ބުނާ ކަހަލަ މީހުން، އެމީހުންގެ ދަރިންނަށް ބަސްނާހަން ދަސްކޮށްދިނުމުގެ ނަތީޖާ މިއީ.

  39. ހާލުފޮޅި‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ކޮބާތަ ހާޝިމު. އަނެއްކާ އިންޖީނުގެ ސްޕެއަރ މިކޮޅަށް ފޮނުވުމުގައި ބިޒީތަ. ނޫނީ އެހެން ނަންނަމުގައި ކޮމެންޓް ކުރަނީތަ.

  40. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ހާލުފޮޅިއަށް.
    އަޅުގަނޑު މިހުރިހާ ދުވަހުޤަބޫލުކޮށްގެން ހުރީ އެރަށެއް ތަރައްޤީކުރަން އެންމެ ރަނގަޅުވާނީ ހަމަ އެރަށެއްގެ ބައެކޭ. އެހެންނަމަވެސް، ކުޅުދުއްފުށީ ރައްޔިތުންޤަބޫލުކުރެއްވީ އެއާ އިދިކޮޅަށް މަޖިލިސް އިންތިޚާބުގައި. އެހެންވީމާ، އެބައެނގޭ އަޅުގަނޑަށް ކުޅުދުއްފުށީގެ ރައްޔިތުންގެޚިޔާލު. ދެން އަޅުގަނޑަށް ހަމަ ޔަޤީން، މިތަނުގައި ވެސް، އަދި ކުޅުދުއްފުށީގައި ވެސް ތިއްބަވާނެކަން ސްކޫލު ހިންގެވޭނެ ވަރުގެ ބޭބޭފުޅުން. އަޅުގަނޑަކީ، ކުޅުދުއްފުށީ މީހެއް ނޫން ވީމަ، އަދި ދުވަހަކު ވެސް ކުޅުދުއްފުއްޓަށް ނުދާތީ، އެންމެ ރަނގަޅަށް ކުޅުދުއްފުށި ފަހުމެއް ނުވާނެ. އެހެންނަމަވެސް، ސަރުކާރުން ވިދާޅުވެއްޖެއްޔާ، އަޅުގަނޑު މިހިރީ ތިޔަކަން ކުރަން ވެސް ތައްޔާރަށް. ސްކޫލެއް ހިންގުމުގެ ދާއިރާގައި، އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކު އެބަ ހުރި 17 އަހަރުގެ ތަޖްރިބާ ހުރި. އެއީ އެންމެ ފަހުން ވިލިމާލޭ ސްކޫލް ހިންގެވި ބޭފުޅާ. ދެން ކުރިން ވެސް އަޅުގަނޑު ދަންނަވަމުން އަންނަނީ އަޅުގަނޑު ވަރަށް ލޯބިވާ ރަށެކޭ ކުޅުދުއްފުއްޓަކީ. އެބަތިއްބެވި އަޅުގަނޑުގެ ނިކަން ގާތް އެކުވެރިން ވެސް ކުޅުދުއްފުށީގައި. ދެން މިވާހަކަތައް މިދަންނަވާލެވުނީ ހާލުފޮޅި އެއްސެވީމާ. އާންމުކޮށް އަޅުގަނޑު ބަލަނީ، އަޅުގަނޑުގެ އަމިއްލަ ވާހަކަ މިތާނގައި ނުދެއްކޭތޯ.

  41. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ކުޅުދުއްފުށީގައި މިވެގެން ދިޔަ ކަންތައްތަކާބެހޭ ގޮތުން މިތަނުގައި ފާޅުކުރައްވާ އެއްވެސް ޚިޔާލަކަށް އެއްވެސް އެއްޗެއް ދަންނަވާކަށް ނޭނގޭ އަޅުގަނޑަކަށް. އެއީ އަދި އެކަމުގެ މަޢުލޫމާތު ފުރިހަމައަށް އަޅުގަނޑަށް ލިބިފައި ނުވާތީ. އާންމުކޮށް އަޅުގަނޑު ކޮމެންޓްކުރަނީ، އަޅުގަނޑަށް އެނގޭ ނުވަތަ އަޅުގަނޑު ދަންނަ އަދި މައުލޫމާތު ހުރި ކަންކަމަށް. އެހެންނަމަވެސް، ޑެޕިއުޓީ އެޑިއުކޭޝަން މިނިސްޓަރު ޝިފާއާ އަޅުގަނޑާ ބައްދަލު ކުރެވޭ ގޮތް އޮންނަނީ ހަމަޖެހިފައި. އެއީ އަޅުގަނޑުގެ އެކުވެރިއެއްގެ މަންމަ. އެހެންވީމާ ޝިފާ ފަރާތްޕުޅުން އަޅުގަނޑު ހޯދާނަން އެކަންތައްގަނޑުގެ ސައްޙަ މައުލޫމާތު އިރާދަކުރެއްވިއްޔާ މާދަމާ. އޭރަށް ވާއިރަށް މިކޮމެންޓްކުރުން އެޑްމިން ބަންދު ނުކުރައްވާ އޮތިއްޔާ، އެމައުލޫމާތު ތިޔަ ބޭފުޅުންނާއެކު ޙިއްސާކޮށްލާނަން. މިއީ ޚަބަރެއް ދެއްތޯ، އެހެންވީމާ ޚަބަރަކަށް ކޮމެންޓް ކުރެވޭނީ އެކަމެއް ހިނގި ތާނގައި ހުރި މީހަކަށް ނޫނީ އެކަމެއްގެ މައުލޫމާތު ލިބިހުރެގެން. އެހެންވެ އަޅުގަނޑު މިހުރިހާ އިރަކު ވެސް މިތަނުގައި އެއްޗެއް ނުދަންނަވާ މިހުރީ.

  42. އިންސާފު ވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    އަޅުގަޑަށް އެނގި ހުރި މައުލޫމާތަށް ބަލާ އިރު ކަންތައް ވަމުން ހަމަ އެދަނީ ބިލޯ ރެލީ ވެސް އެބުނާ ފަދައިން!ކަމެއް ހަރުދަނާ އެއް ނުކުރެވޭނެ އެކަކު އެކަންޏެއް! ހާއްސަ ގޮތެއްގަ މިބާވަތުގެ ކަން ކަމަކީ ދެފަރާތުގެވެސް އެއްބާރުލުން ލިބިގެން މެނުވީ ނުވާނެ ކަންތައް!މައްސަލަ އަކީ ކޮއްމެ މީހަކުވެސް ބޭނުން މިވަނީ އަނެކާގެ ކުށް ހޯދަން ،ތިމާގެ ޒިއްމާ ތަކެއް ހުރިކަން ދަނެ އެ ޒިއްމާ ތިމާ އުފުލުމުގެ ބައި މަދުވާތީ މިކަހަލަ މައްސަލަ ތައް އިތުރު މިވަނީ! އެމީހެއްގެ ޒިއްމާ އެމީހަކު އުފުލާ ނަމަ މިހެން ނުވާނެ!

  43. ގްރޭޑް ބާރައިގެ ދަރިވަރެއް‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ސްކޫލްގެ ކުދިންގެ ފާސްވާ އިންސައްތަ ދައްވުމަކީ ހަމައެކަނި ސައީދުގެ ބޮލަށް ކަނޑާލެވޭނެ ކަމެއް ނޫން. ސައީދު ކިތަންމެ މަސައްކަތެއް ކުރިޔަސް ފަހަރުގައި އެކަން ރަނގަޅު ނުކުރެވިފައި ހުރެދާނެ. ކަމުގެ އަސްލަށް ނުބަލައި މިނިސްޓަރާއި ދިމާލަށް ވެސް ހިތު ހުރި އެއްޗެއް ގޮވައި ސައީދު ބޮލަށް އެރުމަކީ އަހަރެމެން ވަރަށް ލަދުގަތް ކަމެއް. އެއީ ވަރަށް ނާތަހުޒީބުކަމެއްވެސްމެ. އެކަން ހަމަ ކުއްވެރިކުރަން. އަހަރެންނަށްވެސް ކިޔެވުމުގައި މިހިސާބަށް އާދެވިފައި މިހިރީ ހަމަ ސައީދުގެ ވެސް އެއްބާރުލުން ލިބިގެން. އަހަރެމެންނަށް ފެންނަ ފަށުގައި އޭނާ ޕްރިންސިޕަލެއްގެ ގޮތުން އަދާކުރަންޖެހޭ ހުރިހާ ޒިންމާއެއްވެސް އަދާކުރެއޭ ބުނާ ހިތް އޮތީ. މި ގޮތުން ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް އެކްސްޓްރާ ފަދަ އެއްޗެއްސާއި ވޯކްޝޮޕްތައް ބާއްވާ ދޭކަން އުފަލާއެކު ފާހަގަކުރަން. ޓީޗަރެއްގެ މައްސަލައެއް އުޅުނަސް އެކަންވެސް ހަމަ ވަރަށް ރަނގަޅަށް ބަލައި ފިޔަވަޅު އަޅާ އަހަރެމެންގެ ކުރިމަތީގައި. މިހާތަނަށް ކިޔެވުމުގައި ކުރިމަތިވި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ވަގުތަށް ޓެކްސްޓް ފޮތްތައް ނުލިބުމާއި ޓީޗަރުން ނުލިބުމާއި ވޯކްޝީޓް ފަދަ ތަކެތި ޕްރިންޓް ކުރާނެ ބަޖެޓް ނެތުން. މިއީއަކީ މެނޭޖްމެންޓްގެ ދޯދިޔާ ކަމަކުން ވާކަމެއް ނޫން!

  44. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ބޭބެމެން މިތިބެނީ ތިޔާ ވާހަކަތަކާއި ހެދި ހަމަ ކޮސްވެފަ ބުނާނެ އެއްޗެއް ނޭނގިފަ. ނާއެހެންޏަ ބޭބެމެން އެދުރު ގެޔަށް ދިޔަ ދުވަސްވަރު ދަސްކޮށްދީފަ އޮންނަނީ އެމީހުން އަންގާހާ ކަމަކަށް ލޮލުން ބޮލުން ކިޔަމަންވާން ވިއްޔަ. އެ ދުވަސްވަރަކު ލާހިކެއް ނޫނޭ ތިޔާ ބުނާހެން ޗީޓަރަކާއި ދިމާލަށް ވަސް އެއްޗެކޭ ބުނާކަށް. އެކަމަކު މިހާރު އަހަރެމެން ޔޫސުބު ގޯތި ހަގު ސޮރުވެސް ފަހަކަށް ނުދެޔޭ ތިޔައިތިބަ ބޮޑެތި ބުރިންސިޕަލުންނާ ދިމާލަށްވެސް ހިތަށް އައިހައި އެއްޗެއް ބުނެލާކަށް.

  45. ޢަފީފުއްދީން ބެލެނިވެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    މަގާމުން ދުރުކުރާ ލިސްޓަށް ޢަފީފުއްދީން ސްކޫލްގެ ޝަމްސީރާވެސް އިތުރުކޮއްލެއްވުން އެދެން. އެއީ އެސްކޫލްގެ ހަލާކު. ކޮންމެ ވެރިއަކު އެތާހުއްޓަސް އޭނާގެ ނުފޫޒާހެދި ކަންކަން އޮންނަނީ ރަނގަޅު ނުކުރެވި. މިވީހާތަނަށް އެނާއާގުޅޭ ވެރިއެއް އެތަނަށް އައިސްފައިނުވޭ. އަބަދުވެސް ވެރިމީހާގެ ކަޑަވާހަކަ އެހެން ސްޓާފުންނާ ބެލެނިވެރިންނާއެކު ދައްކާ ވެރިޔާގެ އަގުވައްޓާލަން މަސައްކަތްކުރާ މީހެއްއެއީ. މީހާކު ބަދަލުކުރަންޏާ އޭނާ ބަދަލުކޮއްދީ. ޕްލީޒް

  46. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    މިހާރު ޖަލާލުއްދީންގައި އެވާ ގޮތަކީ، 2005 އަހަރު، އަހަރެނާ އެކީ ކިޔަވަން އުޅުން ސޮރެއް، ބުނީ “ސްކޫލު ވެސް މިއީ ގައުމެއް ކަމަށް ބަލާ މިތަނުގައިވެސް ވެއްޖޭ އެކި އެކި ބާރުތައް ހަދަން”. އަދި މިކަލޭގެ އަށް ހެނދުނު ނުހޭލެވޭތި މި ބުނާ އެއްޗަކީ، މި މެނޭޖްމެންޓް ބަދަލު ކުރަންވީ އޭ. އަހަރެން ކިޔައިފިން، ބަލަ، ކަލޭ އެކަނި ގަޑި ޖެހުނަކަސް މެނޭޖްމެންޓް ގޯހެއް ނުކުރެވޭނޭ. ބުނީ އެހެނެއް ނުވެވޭނޭ، މާދަމާ 60 އަކަށް ކުދިން ގަޑި ޖެހެން ވީއޭ. މިހާރުގެ ސޮރުމެން ބޮޑު މޮހޮއްމަދު ވެގެން، އަންނި ހެދިގެން، ހީރޯ ހެދިގެން މިމީހުން ކޮޕީ ކޮށްގެން ޖަހާ ސަކަރާތް މިއީ. މިމީހުނަށް މިކަންތައްވެސް ސިޔާސީ ކަމަކަށް ވީ. މިހާރު މިކަހަލަ ސޮރަކަށް ސައީދުގެ “އުނދަގުލެއް” ޖެހިގެން “ވެރިކަން” ވައްޓާލަން އެއުޅެނީ.

  47. ނަދާ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ހާދަ ފާޑުފާޑުގެ ވާހަކަ ތައް އެބަ ހުއްޓޭ ދޯ؟؟؟؟؟ ހަމަ ހައިރާން ވެފަ މި އިނީ.

  48. ލުއްލު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ހަމަ ތެދުތަ މީ ގަ މިވަނީ. ރަނގަޅަށް ބުނެދީބަލަ.

  49. ޢަބުދުﷲ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    އެކަކު އަނެކެއްގެ މަސްގަނޑު ނޮޅާ ކައި ހުސްކުރަނީދޯ!!! ހާދަހާ ބޮޑަކަށް ހައިވެފައޭ ތިޔާ ތިބީ

  50. އިލޮޅި‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ބަލަން ހުންނާތި މަބުންޓޭ ބުނަން. ދެން ތިތަނަށް ލާނީ ރަށުން ބޭރު މީހެއް. ހަމަ ލާއިރަށް ކިޔަންފަށާނަ ރަށުމީހެން ނޫނޭ މީނަ އަނެއްކަމެއް ވެއްޖޭ މުރަވަތްކޭ. ހެވެއްގޮތެން ނޯންނާނެ. ދެން މިސަރުކާރުގަ މީހުން ބޭލުން ނޫން ކަމެއް ނޯންނާނެ.

  51. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    އެކުރި ކަންތަކުން ކުޅުދުއްފުށީގައި ވަތަނީ ކާޑު ނުކުޅޭކަން ވަރަށް ސާފު ވެއްޖެ. އެކަމަކު އަލިފަކީ ދިގު އެއްޗެއްކަން ގުދު އެއްޗެއްކަން ނުދަން މީހަކު އިސްވެ ހުރެގެން އެތަނަށް ހަޅޭލަވަން އެދިޔައީ، ތިޔަބުނާ ޓޫލް ކިޓާ ކޭސް ސްޓަޑީ ސައީދަށް ނޭނގިގެންބާވަ؟ ޖަލާލުއްދީނުން 7ވަރަކަށް ކުދިން ޓޮޕް ޓެންގައި ހިމެނުން. އަހަރެން މި ދެލޮލުން ދުށިން، އެކުދިންގެ ފޮޓޯތަށް ނޯޓިސް ބޯޑުގައި ހުރި އިރު، ސައީދު ދެފައި އެއްތާކު ނުޖެހި، އެތަނުން ދުރު ނުވެވި ހުރި މަންޒަރު. ރަށަށް ހެޔޮ އެދޭނެ ރަށު ދަރިއެއް ވިއްޔާ، އަދި ރަށު ކުދިން މޮޅުވާންވެސް އެދޭނެމެ. މަދު އަދަދެއް އޭލެވެލް އަށް ވަދެގެން ފުންމައިގަންނަން ލަދެއް ހަޔާތެއް ނެތޭ މިމީހުންގެ. ކޮންމެ މީހަކު އެތަނަށް ލިޔަސް، ބެލެނިވެރިންގެ އެއްބާރުލުން ކުދިންނަށް ގަދަޔަށް ލިބި، އެމީހުންގެ ބަނޑުން އެމީހުންގެ ސާހިބު މީހާ ވިހެއުން ހުއްޓާ ނުލާހާ ހިނދަކު، މިބަލާވެރިކަމެއް ނުހުއްޓޭނެ.

  52. ރިޝް‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ކޮބާތަ ބަނޑުން އެމީހުންގެ ސާހިބު މީހާ ވިހެއުން މާނަ އަކީ؟

  53. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ބޭބެ ބުނެފާނަން ވާހަކައެއް. މަތީގަ ކޮމެންޓުކޮށްފަ އެޔޮތީ ނުން “ނަލަ މޮހޮންމަދު” ކިޔާ މީހެއް؟ އެޔެއް އަދި މަށެއް ނޫން އިނގޭ. މަށަކީ ދެން ކަލެމެންނަށް ވަސް އެނގޭނެ މިރަށު މީހެއްކަން ދޮއްތޮ؟ އާނނ އަހަރެމެން ނުކިޔަމޭނުން “ވިއްޔަ” އެކޭ.. ޔާގަ އަބަފިލި ޖަހައިގެންނެއް؟ އެހެންނުން؟ އާނނ އަހަރެމެން ކިޔަނީ އާބާފިލި ޖަހައިގެން ދަމާފަ. “ވިއްޔާ” ކިޔަނީ. އެހެންވީމަ. އެހެން ރަށަކު ނަލަ މޮހޮންމަދަކަށް އެވާނީ. އޭނަ ވަސް ރަނގަޅުވީހޭ ނުން، އެގަހު ކޭލެއް މިގަހު ކޭލެއް ވަކިވާ ގޮތަކަށް އެކަން ކުރިނަމަ. ގައިމުން މަށަށް ނޯޅުނަސް އޮޅޭނެތާ އެހެން މީހުންނަށް.

  54. ކުޑަބެ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ކޮންމެ މީހަކު ވެރިމީހަދެކެ ރުޅި އަންނަ އިރަށް ގޭންގް ގޮވައިގެން އަންނަން ވެއްޖިއްޔާ އެއްވެސް ތާކު ވެރިޔެއް ނުހުންނާނެ، ހުރިހާ މީހުނައް ކަމުދާ އެކަކުވެސް ނޫޅޭނެ ދުނިޔެ އަކު، ދެން އަންނި ކަމުނުދާ މީހުން ވަރައްގިނަ ދެންކިހިނެއްބާ ހަދާނީ/

  55. ކުޑަބެ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ރިޝްއަށް
    އެބުނަނީ ތިމާ ބަނޑު އަޅާ ވިހާ ދަރިފުޅު ގެ ދަށު ވެފަޔޭ މިހާރު ގިނަ ބެލެނިވެރިން މިތިބެނީ ،އެ ސޮރުމެން ބުނިކަމެއް އެބުނިގޮތަކަށް ކުރަން ގިނަ މަންމަ އިންނާއި ބައްޕަ އިންނަށް މަޖްބޫރް

  56. ނަލަ މޮހޮންމަދަށް ހެދިގެން އުޅުނު ސޮރު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ނޫނޭ ބޭބޭ މަމީ މިރަށު ސޮރެއް. ބޭބެ ނުފެންނާތި ހަމަ ނީނދެވިގެން އެކަހަލަ ކޮމެންޓެއް ލިޔެލެވުނީ، ވަރަށް ބޮޑަށް ސޮރީ.

  57. ހޭލާހުރެފަ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ބިލޯ ރޭލީއަށް
    ހަތް ކުދިންތަ ޓޮޕް ޓެން އަށް އަރަން ވީ… ބެލެނިވެނިން ކަންކުރީމަ ވީ ދޮއްތޮ.. ބަލަ މޭޖްމަންޓުންނޭ ކުލާސްތަކަށް ޓީޗަރުން ކުލާސްތަކަށް ބަހާ ހޯދާ ހަދަނީ… ކޭސް ސުޓަޑީ އެކޯޗެއްކަން ތިމީހަކަށް އެގޭބާ..އެކޯޗެއްކަން ނޭގޭތީ ކަމަށް އެވާނީ ހަމަ އެހެން ލިޔެފަ އޮތީ.. ކުރިން މީމު ލިޔުން ކޮމެންއާ މަންކީމޭންގެ ކޮމެންޓް އެހަމަތެދު….

  58. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    އާނ ދެން އެވަރު ކަމެއް ނޫން.. ބޭބެއަށް ހެވޭ ކަލެމެން ކުދިން ބޭބެ އަރާ ފައިވާންގަނޑަށް އެރިޔަސް. ބޭބެއަށް ވެގެން އުޅުނަސް. އަހަރެމެން ވަސް ތިޔާ ވަރު އިރު ނިކަން ވެޔޭ ބޭބެބެން ކުރާ ކަންތައް ކުރާހިތް. އެކޮން މި ކިޔާ އެއްޗަކީ މިޔޮޅެ އެހެން މީހުންނަށް އޮޅިދާނޭ އެހެން އުޅެނިކޮން. މިރަށު ކުއްޖެއް އެހެން ރަށަކު ކުއްޖެއް ބޭބެއަކަށް ނޯންނާނެ. ހައްތާ ވަސް ދަރިން. އެކަމަކު ބުނަން؟ ހާދަޔޭ ވައްތަރީ ބޭބެއަށް ތިޔާ އާޓު ނެގި ގޮތް. ހަމަ ގައިމޭ ފަހަރިދައިތަޔަށް ވަސް އޮޅިއްޖައިސްކަން.

  59. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ނަލަ މޮހޮންމަދު ތިޔަ ވިދާޅުވީ ތެދުފުޅެއް، އަލްމަރުޙޫމު ސައިކުރާ އިބްރާހީމް ނަޢީމް ގެ ޅެންބައިތެއްގައި ވެސް އޮވެޔޭ،
    “ދެ ގަހު ކެޔޮ އެއް ތަނަށް އެއްކޮށް ބަހައްޓާއިރު ނުވިސްނިއްޔާ
    އެ ގަހު ކޭލެއް މި ގަހު ކޭލެއް ދެނެއް ވަކި ވާ ގޮތެއް ނުވެޔޭ”

  60. ހައްވަ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    މިހާރު ކޮބައިބާ އެއުޅޭ ދޮންބޭބެ! އެމިހަޔަށް އެބުނާ ދަތުރެއް އަދިވަސް ހަމަ ނުނިމެނީބާވަ! ހޫނ ދެން ވެދާނެ އަނބިދަރިން ގޮވައިގެން ދާން ވީމަ ވާ ގޮތަކަށް ވަސް!

  61. ދަންމާނު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    އާނ އެމީހަ ވިއްސަން ތޯއްޗެ ތިޔަ ދިޔަ ތާޚަށް ތިޔަ ދާނީ މަ ހިތުން، އެ ވެސް ވަރެއްގެ މީހެއް،

  62. ހައްވަ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2009

    ހޯ! މަހިތުން ދަންމާނު ތިޔާ ބުނިހެން އެ ވީ ރަނގަޅަށް ވިއްޔާ!އެހެންވެތާ ދަމުން އެބުނީ މިދަނީ ބޮޑު ދަތުރު ވަރިޔެއްގަ ޔޭ!