ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓަކީ ޕުލާސްޓިކް ކޮތަޅު ބޭނުން ނުކުރާ ރަށަކަށް އިއްޔެއިން ފެށިގެން ހަމަޖައްސައިފިއެވެ. މިއީ ޑައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ކުޅުދުއްފުށި ޒުވާނުންގެ ޖަމްޢިއްޔާއާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީއާއި ލިންސް ސާރވިސްގެ އެހީގެ ދަށުން ހިނގޭ ޕްރޮގްރާމެއް ކަމަށް ޑައިވާސް އެސޯސިއޭޝަނުން ހާމަކުރެއެވެ.
ޑައިވާސް އެސޯސިއޭޝަނުން ހާމަކުރާގޮތުގައި މިގޮތަށް މިކަން ހަމަޖައްސަން ގަސްތުކުރީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެންކަމަށެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ކޮތަޅުގަންނަށް ކުރާ ޚަރަދުވެސް ކުޑަވެގެންދާނެ ކަމަށާ މިކަމުން ވިޔަފާރިވެރިންނަށް ފައިދާތަކެއް ވެގެންދާނެކަމަށް ޑައިވާސް އެސޯސިއޭޝަންގެ އިސްބޭފުޅެއް ކަމަށްވާ ހަސްރަތު ހާމަކުރެއްވިއެވެ. ކުޅުދުއްފުށްޓަކީ އެޖަމިއްޔާއިން މިކަހަލަ ޙަރަކާތެއް ހިންގާ ފުރަތަމަ ރަށްކަމަށްވެސް އެޖަމްޢިއްޔާއިން ހާމަކުރެއެވެ.

އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:08/06/2009
ކުޅުދުއްފުއްޓަކީ އެއްވެސް އިރެއްގައި، ޕްލާސްޓިކް ކޮތަޅު ބޭނުންކުރި ރަށެއް ނޫން. އެ ރަށުގައި ބޭނުންކުރަނީ ހުލިކޮތަޅު!
މިކަހަލަ ކޮސްގޮވީމާ އަންނަނީ އަމަށަކު ހިންޏެއް ނޫން. ޒައީމްގެ ޒަޢާމަތުގައި މިކަހަލަ ޕްރޮގުރާމެއް، މިލިޔަން ގަސް، (ފަހުން ދެމިލިޔަން ގަސް)ގެ ނަމުގައި ވެސް ހިންގި.
ސްވާލަކީ އެބުނާ ވައްތަރުގެ ކޮތަޅުގެ ބަދަލުގައި ފިހާރަތަކުން ދެން ލިބެން ހުންނާނީ ކޯޗެއް ބާވައޭ. އަނެއްކާ، މޯއްޓާއި، ވަށިބާ؟
މިއީ ހަމަ ބޮޑު ސިންގާ ޖޯކެއް
މަނިކު ވިދާޅުވީ
ތާރީޚް:08/06/2009
އިސްފަނޑިޔާރު ތިޔަ ވިދާޅުވީ ތެދު ފުޅެއް
ފު ވިދާޅުވީ
ތާރީޚް:08/06/2009
އާ މިރަށުގަ ގެންގުޅެނީ ހުލިހުލި ކޮތަޅާ ގޯސްކުރެހި ކަރުދާހާ. ދެން މަ ދުށިން އިންޑިޔާ ހަބަރަކުން، އެތާ އުޅޭ އަންހެން ވެރިން ގޯސްކުރެހި ކަރުދާހުގަ ބާޒާރު ކޮތަޅު ހަދައިގެން އާމްދަނީއެއް ހޯދާތި. މިރަށު މީހުން ވެސް ނިކަން އެކި ކަންކަން ކޮށްގެން އެބަ ވަރަށް އާމްދަނީ ހޯދާތާ. ފޯއް ކޮށައިގެންނާ ކިއްލި ތަޅައިގެންނާ ލުއިކާނާ ވިއްކައިގެން ދެން މިހެން ކިޔާނިކަމެއް ނެތް، ދެން އަނެއްކަ ބާޒާރު ކޮތަޅު ހަދައިގެން ރަނގަޅު އެއްޗެއް ލިބޭ ކަހަލަ އާމްދަނިގެ ދޮރެއް ހުޅުވުނިއްޔާ ރަނގަޅު ހަމަ.
ޒުހުރަތުއް ނިސާ ވިދާޅުވީ
ތާރީޚް:08/06/2009
ކުއްޖަމެނޭ އެކަހަލަ ކޮތަޅު ހެދީމަ ފިހާރަ ފިހާރައިން ގަންނަންޏާ އަހަރެމެނަށް އަންގާލާތި އިނގޭ؟
މަހާކަލަމިންޖާ ވިދާޅުވީ
ތާރީޚް:09/06/2009
ކަލޭނާބުނީކަން އަހަން ގޯތިމީހަ ބުނީ ދެން ދާން ޖެހޭނީ ފުށް ގަންނަން ވަސް ބާލިދިގަނޑެއް ނޫނިޔާ ޑަބިޔަލެއް ހިފައިގެންނޭ، އާދޯ ފޮތިކޮތަޅަށް އަޅައިގެނެއް އެމީހަ އަކަށް ކަމަކުނުދާނެ ވިއްޔާ. މަހިތަށް އަރަނީ ނަމުގަ ނޮޅިވަރަންފަރު މީހުން ސިގިރޭޓުނުބޯ ގޮތަށް ބާވައޭ މިކަންތައް ވާނީ ވަސް.އެރަށު މީހުން ވަސް ހަބޭހަށް ސިގިރޭޓު ދަމާ.
މިރަށު ތަންކޮޅެއް ހަރު މީހެއް ވިދާޅުވީ
ތާރީޚް:09/06/2009
މިއީ ރަށުގެ ތިމާވެއްޓަށްޓަކައި އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކޭ ދެންނެވޭނީ. އަދި މުޅި ރާއްޖެއަށް ވެސް މިކަމުން ފައިދާތަކެއް ލިބޭނެ އިރާދަކުރެއްވިއްޔާ. މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކީ ޚުޠުބާގައި ވެސް ތިމާވެއްޓަށް ރައްކާތެރިވުމަށް ގޮވާލި.
ލާޖު ދޮން އައިމިނަ ވިދާޅުވީ
ތާރީޚް:09/06/2009
ތިޔަހަރިއްޔޭ ދޯ ކަލެމެން ތިޔާ ދައްކާ ވާހަކަޔަކީ؟ މިހާރު މިހާ ރަނގަޅު ކަމެއް ފަށާ ވާހަކަ ލިޔުނީމަ ވަސް އެ ކިޔަނީ އަމޯ ގޮހޮރޭ ވިއްޔާ. މީހަކަށް ފަހެ އަނގައެއް ނެތިއްޔާ އަނގައެއް ތާކުން ހޯދައިގެން ވަސް ނުތަޅުވަ ހުރެވޭ ވަރެއް؟ ޕުލާސްޓިކު ކޮތަޅުން ތިމާވައްޓަށް ގެއްލުން ވާ ވާހަކަ ވިއްޔާ އަބަދު ޖާތަށް ރެޑިޔޯ ތަކުން އެ ގޮވަނީ.
އަލަށް މީހަކާ އިންނަން އުޅޭ ސޮރެއް ވިދާޅުވީ
ތާރީޚް:09/06/2009
އޭ ރަބަރުން ހަދާފަ ހުންނަ ކޮތަޅު ފާޑު.. ދެން އެކަހަލަ އެއްޗެހިން ތިމާވެއްޓަށް ގެއްލުން ވާނެ؟ އަހަން ވަސް ތިމާވެއްޓަށް ގެއްލުންވާ ކަމެއް ނުކުރާނަމޭ..
ކަމަނަ ވިދާޅުވީ
ތާރީޚް:09/06/2009
ކައްސެއްފަހެ މީހަކުނުފަޅާނެ ފަހެ. ދެން ފިހާރަތަކުގަ މިއޮތްހާކޮތަޅަށް ހަދާނީ ކިހިނެއްބާ؟ އެހެންޏާފަހެ ކޮންމެ ދުވަހަކު ރަށްރަށުން އެގެންނަހާ އެއްޗެހި ވިއްކަން އަންނަމީހުންވަސް އެއްޗެހިދެނީ ކޮތަޅަށް އަޅާފަވިއްޔާ.. ކަމެއްފަށާއިރު ވާވަރު ކަމެއްފެށިއްޔާ ވާނީ ކީއްތަ؟
އިބްރާހިމް ވިދާޅުވީ
ތާރީޚް:09/06/2009
ކޮންމެ ކަމެއްވެސް ފަށައިގަންނަ އިރު ދަތިތަކާއި ދިމާވާނެ. ނަމަވެސް އެކަމުން ލިބޭ އާހިރު ނަތީޖާ ފޮނިވާނެ. އަޅުގަނދުމެންގެ ތިމާވެށި ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއި އެކީ ރައްދު ކޮށްދިނުމަށް އަޅުގަނޑުމެން ކުޑަ ބުރައެއް ނަމަވެސް އުފުުލުމަކީ އުފަލަކށް ހަދަމާތޯ!ޒަމާނުއްސުރެން ކަށީގައި ހިފާފައި ހުނަނަ ކަންތައްތައް ފިލުވާލަން އުނދަގުވާނެ،އަސްލުގަ ފޮތި ކޮތަޅު ތެރެއަށް ފުށާއި ހަނޑު ހަކުރު ނޭޅޭނެ، އެކަމަކު ކަރުދާސް ކޮތަޅާށް އެޅޭނެ. އަދި ހަމަ އެހެންމެ ކާޑުގެ ބާވަތްތައް ވަކިން އެތިކޮޅު ކޮޅުން ގަތުމުގެ ބަދަލުގައި ދެ ހަފްތާ އަށް ވާވަރަށް ގަނެލުމުން މާ ހަށްޓަސްވެސް ލުއިވާނެ. ހަމަ އެންމން އާނ ޙުނތް ކިޔާފާ މިކން ކާމިޔާބު ކުރްން އުޅުނީމާ ފަސޭހަ ލުއިގޮތްވެސް މިކަމުގަ ހޯދޭނީ. ކުޅުދުއްފުށި މިކަމުގައި ނަމޫނާ ރަށަކަށް ވުމަކީ އަހަރެމެން އުފަލާ އެކީ މިކަން ބަލައިގަނެ މުޅި ރާއްޖެއަށް އަހރެމެންނަކީ ލާމަސީލު ބައެއްކަން ދެއްކެިދާނެ ކަމެއް.
ބަފައިބެ ވިދާޅުވީ
ތާރީޚް:09/06/2009
ޑުރަގު ނެތް ކުޅުދުއްފުށްޓަކަށް މިރަށް ހަދަމާ ބަހީ
ކުޅުދުއްފުށިން މީހަކު ވިދާޅުވީ
ތާރީޚް:09/06/2009
ތިޔާބުނާ ފޮތި ކޮތަޅެއް މަށަކުވާ އަދިޔަކުނުދެކެން އެކޮތަޅުފެނުނު ނީމަ އެއްޗެއް ބުނެލުމުގެ ނިއަތުގައި ވަކިވެލަން “ޝުކުރިއްޔާ”
ދޮންސޮރު ވިދާޅުވީ
ތާރީޚް:09/06/2009
މަންޖެމެނޭ! އިނެއްކާ އިނެއް ހަތަރުކަންތައް މިޖެހުނީ ރަބަރު ކޮތަޅު ބޭނުންކުރަނިކޮންވެސް އެބަގޯސްހެދޭ ބައެއް ފަހަރަށްދޯ! އެހެންކަމުން ކަރުދާސް ކޮތަޅަށް ކުރެވޭ އިތުބާރު މާބޮޑަށްވެސް ކުޑަވާނެތާދޯ! އާނ ފަހެ، ތެތްކަމެއްވާ އިރަށް މާފަސޭހައިން ވީދޭނެވިއްޔާ!
ބިލޯ ރޭލީ ވިދާޅުވީ
ތާރީޚް:09/06/2009
ތިމާވެށްޓާއި ބެހޭގޮތުން ޤުރުއާނުގައިވާ ބައެއް އާޔަތްތަކުގެ ތަރުޖަމާ (ރައީސުލްޖުމްހޫރިއްޔާ ވެބްސައިޓް އިން)
“މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ، ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ………” (30:41)
“ފުރާނައެއް ހުރެގެން ބިމުގައި އުޅޭ ކޮންމެ އެއްޗެއް ކަމުގައިވިޔަސް، އޭގެ ދެފިޔައިން އުދުހޭ ދޫންޏެއް ވިޔަސް، ތިޔަބައިމީހުންފަދަ އުންމަތްތަކެއް ކަމުގައި ނޫނީ ނުވެއެވެ…..” (6:38)
“…….ތިޔަބައިމީހުން ﷲ ދެއްވި ރިޒްޤުން ކައިބޮއެ އުޅޭށެވެ. އަދި ފަސާދައިން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާށެވެ” (2:60)
“އަދި ތިބާއަށް ﷲ ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރަމުން) އުޚްރަވީ ހަޔާތަށް އެދޭށެވެ. އަދި ދުނިޔެއިން ތިބާއަށް ލިބެންވީ ބައި ހަދާން ނައްތާ ނުލާށެވެ……”(28:77
ހަންޑިގަނޑާރަ ވިދާޅުވީ
ތާރީޚް:09/06/2009
ޕްލާސްޓިކް ކޮތަޅު އެއްގޮތަކަށްވެސް ބޭނުން ނުކޮށް އުޅެން އަދި އުނދަގޫ ވެދާނެ. އެކަމަކު، މިކެމްޕޭނަށް އެންމެންވެސް ތަރުހީބުދީ ޕްލާސްޓިކް ކޮތަޅު ބޭނުން މަދުކުރުން މީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން. އަދި ކޮންމެހެން ބޭނުން ނުކޮށް ނުވާ ހާލަތެއްގައި މެނުވީ ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރުން އެއީ، ތިމާވެށި ހިމާޔަތްކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަމެއް ކަމުގައި ދެކެން. މީގައި މުހިންމީ މިކަމުގެ ބޭނުންތެރިކަން ދަނެ، އެންމެންގެ އެއްބާރުލުން ދިނުން.
someone ވިދާޅުވީ
ތާރީޚް:09/06/2009
ހަންޑި ތިބުނީ ތެދެއް. އެއްގޮތަކަށް ބޭނުން ނުކޮށެއް ނުވާނެ. އެކަމަކު ވީވަރަކުން މަދުކުރުން ރަނގަޅު. ޑަސްޕިނަކަށް ކަރުދާސް ކޮތަޅުލައްވައިގެނެއް އެކަމެއް ނުވާނެ. އަނެއްކަ އަތިރިން މަސްކަނޑައިގެން ކަރުދާސް ނޫނީ ފޮތި ކޮތަޅަށް ލައިގެން ނުގެންދެވޭނެ. ތިކަމަކީ ރަނގަޅުކަމެއް. އެކަމަކު ކުރަން އުޅޭގޮތް ރަނގަޅުކޮށްލަންވީ. އޭރުން ރަނގަޅުވާނެ. ދެން ވާގޮތެއްބަލަމާ ދޯ.
މުނިޔާ ވިދާޅުވީ
ތާރީޚް:09/06/2009
އެކަމަކުވާ ދޯ!ކިޔެކޭތަ ކިޔާނީވެސް! މިއޮއްހުރިހާ ދުވަހު އެކީ ގެންގުޅިފަ ދެން ހުލިކޮތަޅާ ވަކިވެވޭނެތަ؟ މަށަކަށް ހިޔެއް ނުވޭ އެކަން ކުރެވިދާނެހެނެއް. މަބަލާނަން މާލޭން ގެނެސްގެން ނަމަވެސް ހުލިހުލި ކޮތަޅު ބޮނޑިއެއް ގޭގަ ބޭއްވޭތޯ. ތިމާވެށި ހިމާޔަތް ކުރަން އެންމެން އަތުގުޅާލަން މަވެސް ތާޢީދު. އެކަމަކު ލޮލުން ބޮލުން މައެދެން މިރަށުން ޑްރަގްގެ ވަބާ ފޮހެލައި ދިނުމަށް މިރަށުގައި ރަޖިސްޓްރީކޮށްފައިވާ އެތައް 8ކްލަބް ޖަމިއްޔާއާ 2 ކޮމިޓީއާ ރައްޔިތުންނާ އެއްބައިވެގެން މަސައްކަތް ކުރިއްޔާ. އެކަމަށް މަސައްކަތް ކޮށްގެންނޫނީ އަހަރެމެންގެ ދަރިންގެ މުސްތަޤުބަލާމެދު ޔަޤީން ކަމެއްނެތް.އަނެއްކޮޅުން ބުނަންތަ!ތެލިދޮންނަން ގޮއްސަ ވެލިގެންނަ ވާހަކައިގެ މަޢުލޫޢު އަށް ދޭތެރެއަކުން މަގޭ މަންމަމެން ރައްޓެހިންނާއެކު ދައްކާ ވާހަކައިން ހިހީ ހަލާކު ވާވަރު ޑައިލޮގްތައް ދާނެ.ކީއްކުރާނީ ދޯ! ދެން ފުށާ ހަޑުލާ އެއްޗެތި ގަންނަން ދާނީ ތެތްޔާ ޑަބިޔާ ހިފައިގެންނޭ.އަނެއްކޮޅުން މަށަށް ރަނގަޅު ވަށި، މޯށި ގެ މާރކެޓް ހިނގަން ފަށައިފިއްޔާ. އޭރަށް އުވިފައިވާ މަސައްކަތެއް އަލުން އާލާވެގެންދާނެ. އަނެއް ކޮޅުން އެމަސައްކަތް ދެމެހެއްޓެނިވި ފުޅާ ދާއިރާއެއްގަ ކުރިއަށް ގެންދިއުމަށް ރުއްގަސް އިންދާ އާލާ ކުރެވެން އޮތް ގޮތަކަށް އާލާ ކުރަން މަޖުބޫރުވާނެ.
އެކަމަކުވާ ވިދާޅުވީ
ތާރީޚް:09/06/2009
މިރަށުގައި އުޅެނީ ހުސް މޮޔައިންތަ؟ ތިމޮޔައިންނެއް ނުދެކެންތަ ކަޅިރަވަ ފިހާރައިން އެއްޗެހި ގަތީމަ ދޭ ފޮތި ވައްތަރުގެ ކޮތަޅެއް. ގައިމު އެއި ތިމާވެއްޓަށް ގެއްލުން ނުދޭ ކަހަލަ ކޮތަޅުތަކެއް. އެއްޗެއް ނޭނގޭ ގަމާރުން ދެން މިތާ ކޮމެންޓު ނުކުރަން ވެއްޖެއްނު. މިރަށު މިހުނަށް އެނގޭނީ ކޮންމެ ކަމަކަށްވެސް މަލާމާތްކުރަން. ބަލަ ޑުރަގް ކޮންޓްރޯލް ކުރާ ކަހަލަ އެސޯސިއޭޝަނަކުން ވެސް މަސައްކަތް މިރަށުގައި ޑުރަގް ކޮންޓްރޮލް ކުރުމުގެ މަސައްކަތް ނުފަށާނެކަމެއް ކިހިނެއް އެނގެނީ.ޑައިވާސް އެސޯސިއޭޝަނުން އެފެށީ އެއެސޯސިއޭޝަނާ ގުޅުން ހުރި މަސައްކަތް. ޑުރަގު ކޮންޓުރޮލް ކުރާކަހަލަ އެސޯސިއޭޝަނަކުންނޭ ޑުރަގް ކޮންޓްރޯލް ކުރަން ފަށާނީ
ހާޝިމް ވިދާޅުވީ
ތާރީޚް:09/06/2009
ހަމަ ކޮންމެ ލިޔުމަކަށް އެއްޗެއް ބުނުން އެއީ މަޖުބޫރު މާއްދާއެއް ކަމަށް އަޅުގަނޑެއް ނުދެކެން. އެހެންވެ، މިމައުޟޫގައި ދައްކާނެ ވާހަކައެއް އަޅުގަނޑުގެ ނެތީމާ މިއިންނަނީ މަޑުން. އެހެންނަމަވެސް، މިކޮމެންޓްތައް ކިޔާލުމުން ދޭހަވި އެއްޗެއް ދެންނެވީމާ ވެސް ބައެއް ބޭފުޅުން ކުޑައިކޮށް ނުރުހިދާނެ އިނގޭތޯ. އެހެންވެ، ތިޔަ ބޭފުޅުންގެ އިޒުނައާއެކު އަޅުގަނޑު ދަންނަވާނީ، ކުޅުދުއްފުށީގައި ޕްލާސްޓިކް ކޮތަޅު ގެންގުޅުން ހުއްޓާލަނީތޯ ނޫނީ މަދުކުރަނީތޯ އެއީ ނިންމަންޖެހޭ ކަމެކޭ. މިލިޔުމުގައި އޮތީ ހުއްޓާލާ ވާހަކަ. އެކަމަކު އެކަމުގެ ކުރިން ރައްޔިތުންނާ މަޝްވަރާކޮށްލަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. ދެން ކަމަކީ ވަރަށް ރަނގަޅު ކަމެއް. މިއީ މައުމޫނު ސަރުކާރުހެން ތިމާވެށި ތިމާވެށި ކިޔަކިޔާ ނުތިބެ، އެއަށް ޢަމަލީ ގޮތުން މަސައްކަތް ފެށުން. އެއީ އަޅުގަނޑު ވެސް ބޭނުންވާ ގޮތަކީ. ކޮންމެހެން މޮޅު ވާހަކަތަކެއް ނޫން. އެކަމަކު އަމަލު މުހިންމީ. ދެން ތިޔަ ބޭފުޅުން ވެސް ދެނެވަޑައިގަންނަވާ، މިކަން ކުޅުދުއްފުށި ކަހަލަ ބޮޑު އާބާދީއަކުން ފެށުމުން އެއީ ރާއްޖޭގެ ރައްޔިތުންނަށް ނަމޫނާއެއް. ތެދެއް، ކަމުގެ ކުރީކޮޅު ކުދިކުދި ދަތިތައް ވާނެ. އަދި ސަރުކާރުން މިކަން ކުރާތީ އެކަމާ ޖެއްސުން ކުރާ ފަރާތްތައް ވެސް އުޅޭނެ. އެކަމަކު މިއީ ސިޔާސީ ކަމެއް ނޫން. މިއީ ގައުމީ މައްސަލައެއް. އެހެންވީމާ، ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުން އެކަމާ އެއްބާރުލުން ދެއްވުން މުހިންމު. ނިކަން ބައްލަވާ މާލޭގައި ހިނގާފައި އުޅޭ ދުވަސް ފާހަގަ ކުރީމާ ހަމަ ގަސްދުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ނުކުތޭ ސައިކަލްތަކުގައާއި ކާރުތަކުގައި ޖެއްސުމަށް. އެހެން ހެއްދެވީމާ، އިދިކޮޅު ފަރާތްތަކުގެ ޒިންމާ ކުޑަކަމާ ތަސައްރަފު ނުފުދޭކަން ފެނި އަޅުގަނޑުގެ ގާތަށް އެދުވަހު ވެސް އައީ ނުބައި ޒާތެއްގެ ހިންޏެއް އިނގޭތޯ.
އިސްފަނޑިޔާރު ވިދާޅުވީ
ތާރީޚް:09/06/2009
މިހުރީ، އެމްޑީޕީގެ އެކްޓިވިސްޓުން ރަށު އޮފީހުގެ ކައުންސިލަރުންނަށް ލީމާ، ރޭވުންތެރިކަން ހުންނަވަރު. މިރަށުގައި ތިޔާ ބުނާ ވައްތަރުގެ ކޮތަޅު ބެހިކަމެއް، ބައެއް ފިހާރަތަކުން އެވައްތަރު ކޮތަޅަށް ޑިސްކައުންޓް ދޭ ކަމެއް ނޭގެޔޭ ގިނަ ވިޔަފާރިވެރިންނަކަށް. އެހެންވެ، އިއްޔެވެސް 1 ލައްކަ ރުފިޔާގެ ކޮތަޅު މިރަށަށް ވިޔަފާރިވެރިން އެތެރެކުރިޔޭ އެބަބުނޭ ވިޔަފާރިވެރިއެއް.
ފަންސާސްގެޔަށް އޭގެ ފަންސާސް ޢުމަރުއައްޔާރުގެ ސުންބުލި ހަދިޔާކުރިޔޯލަ!
DOg ވިދާޅުވީ
ތާރީޚް:09/06/2009
މިލިޔުމަކީ ސިޔާސީ ލިޔުމެއް ނޫން އެކަމަކު ހާޝިމް ކޮމެންޓުން މިލިޔުމުގައި ސިޔާސީ ކުލަޖައްސައިފި. އެހެންވާނީވެސް އޭނާ އަކީ އަންނި އެކަމަށް ބަހައްޓާފައި ހުރި މީހެއްވީމާ، ބުނެލަން އޮތީ މައުމޫނަކީ މިގައުމުގެ އަދި ދުނިޔޭގެ ތިމާވެށީގެ ބައްޕަ އޭ ކޮންމެމީހަކު ތިމާވެއްޓޭ ކިޔައިގެން ނިކުތްނަމަވެސް ދުނެޔެއަށް ފެންނާނީ އެއީ މައުމޫން އުފެއްދި ތިމާވެށީގެ ދަރިއެއްކަމުގައި ހުރިހާ ރީއްޗެއް މައުމޫނަށް. މިކަން ހާޝިމަށް ކަމުނުދިޔަސް ކަމުދިޔަސް މިއީ ދުނިޔެ ގަބޫލުކުރާނެ ގޮތް، މައުމޫނު ތިމާވެއްޓޭ ކިޔަކިޔާ ހުރީކީ ނޫން ކިތައްފަރާއި މަސްމަހާމެހި ހިމާޔަތްކޮށް ހެދިކަން ނޭނގޭ މީހަކަށް ބުންޏަސް ނޭނގޭނެ. އެހެންވާނީވެސް ތިމާމެންގާ ހުރީ އިދިކީލި ފަޅާފަ ގަބޫލުކުރެވޭނީ ރީދޫ ދޮން މީހުން ބުނާ އެއްޗެތި، އަހުރެމެން މީ ކަޅުމީހުން ހަޑިވާނެ ނޫ ކުލަ ނޫ ކަނޑުތަކުގެ ކަޅު މީހުން، ތިބުނާ ހުލިކޮތަޅު ނައްތާލުމަށް މައުމޫނު މަސައްކަތް ފެށި އަދި ކުރަމުންގެންދަނިކޮށް ވެރިކަމުން ދުރުވެފައިވަނީ އެހެންވީމާ ތިއީ ވެސް މައުމޫނު ފެށިކަމެއް، ދެން ތިމާވެށީގެ ދުވަހު އިދިކޮޅު މީހުން ދުއްވާ އެއްޗެތި ދުއްވިކަމަށް ތިބުނަނީ މިހާރުގެ ސަރުކާރުން ކުރީގައި އެފަދަކަމެއް ނުކުރައްވަނީތޯ، ސަރުކާރަށް އުނދަގޫކުރަން ފެށީ ރީދޫ މީހުން، އެވަބާގައި ނޫ މީހުންވެސް މިހާރު ޖެހިފައިވުމުން އެނގެނީ ދަސްކޮށްދިނީ ރީދޫ މީހުންނޭ ދެންޖެހޭނީ ކެތްތެރިކަމާއި އެކު އެކަން ބަލައިގަންނާށޭ. ދެން މިރަށުގައި ކިތަމެ ވަރަކަށް އުޅުނަސް ތިއީ ވާނެކަމެއް ނޫން، އަދި މިއަތޮޅަކީ ޓޫރިޒަމްވެސް އޮތްތަނަކަށް ނުވާތީ އެކަންކުރުން އެންމެ އިސްކަންދޭވީ މިރަށަށް ހޭ ނޫނީ އަބަދު ޓޫރިސްޓުން ޑައިވުކޮށް ހަދަމުންގެންދާ ތަނަކަށްހޭ، ދެން މިއީ ފަރުތަކާ ހާހާ ގިނަ އަތޮޅެއް ނޫން އެފަދަ ތަކެއްޗަށް ގެއްލުން ލިބިދާނެތީ އެކަންކުރަން ފެށުން އެންމެ އެކަށީގެންވެފައި ކުރެވެން އޮތީ ވ. އަތޮޅު ފަދަ ތަންތަނުގަ. އެކަމަކު ތިއީ ކުރުން ރަގަޅު ކަމެއް.
އައިޝް ވިދާޅުވީ
ތާރީޚް:09/06/2009
އިދިކޮޅުމީހުން އެކަންޏެއް ނޫން އެދުވަހު އެއްޗެތި ދުއްވީކީ.. އެގަޑީގައި ދުއްވާއެއްޗަކަށް އަރަން ނުކެރިގެން އެހެން ނަމަވެސް ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ހިގާފަ ދާން ޖެހުމުން އެއްދަރި އަތުގައި ހިފައިގެން އަނެއްދަރި ކިހިލީ ޖަހައގެން ދަނިކޮށް ފެނުނު އެންމެ ގަބޫލުކުރަން ދަތިވި މަންޒަރަކީ ސްޓޭޓް މިނިސްޓަރ ގެ ނާއިބަކު އެބޭފުޅާގެ ތުއްޕުޅު ބޭފުޅަކާއިއެކު ސައިކަލުގައި އަތޮޅު ގެއިން ނުކުންނަވައިގެން ވަޑައިގެންނެވިތަން..
ނަލަ ކާސިމު ވިދާޅުވީ
ތާރީޚް:09/06/2009
އަދިވެސް ކަލޯމެން ތަރައްގީ ވާކަށް ނުވޭތަ.އަބަދު ތިޔަ ނޫޕާޓީން އެއްކިބާވެ.ރީނދޫ ސޮރުމެން އުޅޭ ރީތި ތަހުޒީބު ގޮތްދަސް ކުރޭ.ބޭބެ މިއުޅެނީ އެހެން.ނޫޕާޓީގަ ތިބީހުސް މަރުމޯލުން.މިބުނީ އެގޮތް ގަބޫލުކުރާނީ މަރުމޯލުންނޭ.ތިމާވެށި ހިމާޔަތް ކުރާވާހަކަ ދައްކާތާ މިހާރު އެތަކެއް އަހަރެއް ވެއްޖެ.އެކަމަކު ވީކަމެއް ހަރާން.މިހާރު ދެން އަގަނުތަޅާ އަމަލުން ދައްކާނީ ދޯ.އެޔޭނުން ބޭނުމަކީ.ބޭރު ނޫހެއްގަވެސް ކުރީގަ ރައީސަކަށް ޖޯކު ޖަހާފަ އޮތޭ،މާގިނައިން އަނގަތަޅާފަ ކަމެއްނުކުރެވޭތި، ނޫހުގަ ޖަހާފަ އޮތީ މީހަޔަށްވުރެ ބޮޑު އަގައެއް.ނަމަކަށް ޖަހާފައޮތީ ބޮޑުއނގަ.އެމީހަޔަށް ހާދަ މަލާމާތެއް ކުރެއޭ،ބޭރުމީހުން.އެކަމަކު އޭރު މިރާއްޖޭގެ ޓީވީ ތަކާ ރެޑިއޯތަކުން،އެމިހަ ބުނާގޮތަށް ވިއްޔަ ހަބަރު ކިއަނީއޭރު.
ދޮން ކަނބުލޮ ވިދާޅުވީ
ތާރީޚް:09/06/2009
އެކަމަކު މިއަދުވެސް ގެންގުޅޭ ހަމަ ހުލިކޮތަޅު.
ހުލިކޮތަޅު ވިދާޅުވީ
ތާރީޚް:09/06/2009
ދެއާރު އިޒް ނޯ ލައިފް ވިތުއަޓުޓް ހުލި ކޮތަޅު
ހާޝިމް ވިދާޅުވީ
ތާރީޚް:09/06/2009
ވެރިކަމުން ނަގާ އެއްލާލާ، މިގައުމުގައި މައުމޫން ލައްވާފައިވާ އަނިޔާވެރިކަމާ ޚުދުމުޚުތާރުކަމުގެ ފޭރާން ނަގާ ގާދޫކޮލުން ބޭރުކޮށްލީމާ، ދެން ވާނެ ކޯފާ އެއީ އަޅުގަނޑަށް ވެސް އިޙްސާސް ކުރެވޭ ކޯފާއެއް. ތިމާ ވަރުގެ މީހަކު ނެތިގެން، ޝާނާ ޝައުކަތުން މީހުން ކަތިލައްވަމުން، މުޅި އާއިލާއާ ޚާންދާނުގެ މިލްކަކަށް ޤައުމު ހައްދަވައިގެން، ވަކި ބަޔަކަށް ބައި އަޅުއްވައިގެން ކުރެއްވި ވެރިކަން މިބަދަލުވީ މާތް ﷲ އެގޮތަށް ލިޔުއްވާފައިވާތީ. މައުމޫން ހީފުޅުކުރެއްވީ، ވެރިކަމެއް ނުވެއްޓޭނޭ. މިގައުމަކީ އޭނާގެ މިލްކެކޭ. ދެން ޑޯގު މެންނަށް އެއިން ފައިދާތަކެއް ކޮށްފައިވާތީ، އެވެރިކަން ވެއްޓުމުން ހިތާމަކުރާނެތާ ދެއްތޯ؟ ދެން ނަލަ ކާސިމް ތިޔަ ވިދާޅުވީ ހަމަ ހެޔޮކޮށް. ތިޔަ ބުނާ ނޫހުގައި އޮތީ “ސްމޯލް މޭން ވިތް ބިގް މައުތް” އޭ ޖަހާފަ. އަޅުގަނޑު ވެސް ދުށިން އެލިޔުން. ދެން މައުމޫނާ ބެހޭ ގޮތުން ދުނިޔެ ދެކޭ ގޮތޭ ވިދާޅުވެ ޑޯގު ތިޔަ ދެއްކެވީ ރަތްލާޖެހި ބޮޑު ބުހުތާން ދޮގެއް. އެއަކަށް ރައްދު ދޭކަށެއް ވެސް ބޭނުމެއް ނޫން އަޅުގަނޑެއް މިމެހެފިލަކު. ޑޯގް ހީފުޅުކުރައްވަނީ، ތިޔަ ގޮތަށް ދޮގު ހައްދަވައިގެން ފަރު ޖެއްސެވޭނެކަމަށް. އަޅުގަނޑުގެ އަތުގައި އިންޓަނެޓް ކަނެކްޝަނަކާ ސަލާމަތުން ހުރި ލޮލެއް އަޅުގަނޑުގެ ހަށިގަނޑުގައި ވާހާ ދުވަހަކު ހަމަ ލާހިކު ކުޅަދާނައެއް ނޫނޭ މިގޮތަށް ތާރީޚް އޮޅުވާލައްވާކަށެއް ޑޯގް ކީއްކުރައްވަންތޯ އަންނިއަކަށް ވެސް އިނގޭތޯ.
ހާޝިމް ވިދާޅުވީ
ތާރީޚް:09/06/2009
ކޮހެއް ގޮވުނު ނަމަކަ ތިހެންނެއް ޖަވާބެއް ނާންނާނެތާ؟ ކޮސް ގޮވާ މީހުންނަށް މީހުން ޖަވާބެއް ނުދޭނެ. އަޅާނުލާ ދާނީ. އަޅުގަނޑަށް ހަމަ ހަރުދަނާ، ރަނގަޅު، އޮއްޓަރުހުރި، މޮޅު، ސާބިތު އަދި ނުވިތާކަށް ފެންވަރުގެ ގަދަ ވާހަކައެއް ދެއްކުނީމާ ތިޔަގޮތަށް ތިޔައައީ ޖަވާބު. މިހާރު މިދެންނެވި އެއްޗެއް ވިސްނިއްޖެ ކަމަށް އުންމީދުކުރަން. ދެން، ކޮސް މީހުން ހެން އަޅުގަނޑުގެ ނަން ނަންގަވައިގެން ތިއުޅުއްވަނީ ވެސް. އެއީ ކޮސް ކަމަކީ. ތިޔަކަހަލަ މީހުންނަށް އަޅުގަނޑުމެން ކިޔަނީ ކުކުޅުމުޅިންނޭ. އެހުޅުވާލީމާ ދުވާ ވަސް އެނގިވަޑައިގަންނަވާނެ ތިބޭފުޅާއަށް ވެސް.
ޤަމާރު ވިދާޅުވީ
ތާރީޚް:09/06/2009
ވަރަށް ރަނގަޅު ކަމެއް ހަމަ ތީ ކުރަން! އެކަމަކު ތިޔައިން ކަމެއް ކުރަން ވާނީ ތީގެ ބަދަލުގަ ދެން ހިނގަން ވީ މަގެއްވެސް ދައްކާދީފަ! އެހެން ނޫނީ ވާނެ ގޮތަކީ ތިޔަކަމަށް އެއްބާރުލާނެ ބަޔަކު ނުވާނެ! ދެން މިކުދިން ބުނާހެން އެކީ އެކައްޗަކަށް ތިޔަ ކަހަލަ ކަމެއް ހުއްޓާލަން ވަރަށް އުނދަގޫވެސް ވާނެ! އެހެން ވީމަ ތިކަމުގެ ހައްލެއްވެސް ހޯދާދީ ނިކަން އަވަހަށް!
ކިލެގެފާނު ވިދާޅުވީ
ތާރީޚް:09/06/2009
އަޅުގަނޑު ހަމަ ހައިރާންވެއްޖެ މިހިރަކުރާ ކޮމެންޓްތަކުން. ލިޔުމަކާއި ގުޅުމެއް ނެތް އެތައްކޮހެއް. ކުކުޅު… ކޮންމެވެސް އެއްޗެކޭ … ވަހެކޭ. އެންމެ ބޯހަމަޖެހޭ ކަމަށް ޤަބޫލުކުރެވޭ މީހުންކުރާ ބައެއްކޮމެންޓްތައް މޮޔަޔަކު ކުރާ ކޮމެންޓަށްވުރެވެސް އަޚުލާޤީގޮތުންދަށް. ހުލިކޮތަޅުވިޔަސް ކަރުދާހު ކޮތަޅުވިޔަސް އެބަޖެހޭ ބޭނުންކުރުން މަދުކުރަން. އެއްކޮށް ހުއްޓައެއް ނުލެވޭނެ. ބޭސް ފިހާރަޔަކުން ބޭސް ކާޑެއްގަތަސް ކޮތަޅަކަށް. ފިހާރަޔަކުން އޯމޯކޮތަލެއްގަތަސް ކޮތަޅަކަށް. ބައެއް އޯމޯޕެކެޓްތަކަކީ އޭގައި ހިފޭގޮތަށް އަތްގަނޑުލާފައި ހުންނައެއްޗެތި. ބޭނުންނުވިޔަސް މިދިއްކޮށްލަނީ ކޮތަޅަކަށް ލާފައި. މިކަހަލަ ކަންތައްތައް މަދުކުރަނިކޮށްވެސް ވަރަށްބޮޑުތަން މަދުވާނެ. ފިހާރަޔަކުން ކޮތަޅަކަށް ލައިގެން އެއްޗެއްގެނެސްފައި ކޮތަޅު މިއެއްލާލަނީ. ކިއެއްތަވާނީ ދެވަނަފަހަރަށް އެކޮތަޅު ބޭނުންކުރުމަށް ބޭއްވިއްޔާ. ބޮޑު ކޮތަޅެއްނަމަ ކޮޓަރީގެ ޑަސްބިނަށް ކުނިއަޅަން ބެހެއްޓިދާނެ. ބައެއްމީހުން މިކުރާކަމަކީ އެކަމަށްވެސް ވަކިން ކޮތަޅު ބޮނޑިއެއް ގަނެފައި ބަހައްޓަނީ.