13 ވަނަ އެޓޯލް އިންޓަރސްކޫލް އެތްލެޓިކްސް މީޓް ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި މިއަދު ފެށިއްޖެއެވެ. މި މުބާރާތުގެ ޝަރަފްވެރި މެހެމާނަކީ މަތިއުތުރު ޕްރޮވިންސްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަބްދުއްލަތީފް ޤާސިމް އެވެ. މިއަދު ހަވީރު 4:00 ގައި އޮތް ރަސްމިއްޔާތުގައި މުބާރާތް ފައްޓަވައިދެއްވުމުގެ ގޮތުން ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ ވާހަކަފުޅުދެއްކެވިއެވެ. އަދި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް މައިޒާން އަލިމަނިކުވެސް މިރަސްމިއްޔާތުގައި ވާހަކަފުޅުދެއްކެވިއެވެ. މިމުބާރާތުގެ މަގުސަދަކީ ކުޅިވަރުގެ ރޫހުއާލާކުރުމާ، ކުދިންގެމެދުގައި އެއްބާރުލުން އުފެއްދުމާއި، ނެޝަނަލް ފެންވަރުގަޔާއި އިންޓަނޭޝަނަލް ފެންވަރުގެ އެތްލީޓުން އުފެއްދުމާއި، ކުދިންގެ އަހްލާގްރަގަޅު ކުރުމަށްޓަކައި ރަގަޅު ބިންގަލެއް އެޅުމެވެ. މިރަސްމިއްޔާތު ނިމިގެންދިޔައީ މުބާރާތުގެ ހުރިހާ އެތްލީޓުން އެތްލީޓުންގެ ހުވާކުރުމަށް ފަހުގަ އެވެ.
މިމަހުގެ 9 ން 12 އަށް ކުރިއަށްދާ މި މުބާރާތުގައި 5 ރަށަކުން 7 ސްކޫލެއް ބައިވެރިވެފައިވެއެވެ. ޖުމްލަ 304 އެތްލީޓުން ވާދަކުރާ މި މުބާރާތުގައި ހިމެނެނީ 163 ފިރިހެން އެތްލީޓުންނާއި 141 އަންހެން އެތްލީޓުންނެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކާއި ބައިވެރިވެފައިވާ ކުދިންގެ އަދަދު ތިރީގައި އެވަނީއެވެ.
1- ދ. އަތޮޅު މަދަރުސާ / ދ. މީދޫ
ފިރިހެން އެތްލީޓުންގެ އަދަދު 17
އަންހެން އެތްލީޓުންގެ އަދަދު 5
2- ހއ. އަތޮޅު މަދަރުސާ / ހއ. ހޯރަފުށި
ފިރިހެން އެތްލީޓުންގެ އަދަދު 35
އަންހެން އެތްލީޓުންގެ އަދަދު 36
3- ޖަލާލުއްދީން ސްކޫލް / ހދ. ކުޅުދުއްފުށި
ފިރިހެން އެތްލީޓުންގެ އަދަދު 29
އަންހެން އެތްލީޓުންގެ އަދަދު 31
4- މަދަރުސަތުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް / ހއ. އުތީމް
ފިރިހެން އެތްލީޓުންގެ އަދަދު 16
އަންހެން އެތްލީޓުންގެ އަދަދު 13
5- އަފީފުއްދީން ސްކޫލް / ހދ. ކުޅުދުއްފުށި
ފިރިހެން އެތްލީޓުންގެ އަދަދު 18
އަންހެން އެތްލީޓުންގެ އަދަދު 18
6- ނޮޅިވަރަމް ސްކޫލް / ހދ. ނޮޅިވަރަމް
ފިރިހެން އެތްލީޓުންގެ އަދަދު 27
އަންހެން އެތްލީޓުންގެ އަދަދު 14
7- ހދ. އަތޮޅު ތައުލީމީ މަރުކަޒް / ހދ. ކުޅުދުއްފުށި
ފިރިހެން އެތްލީޓުންގެ އަދަދު 21
އަންހެން އެތްލީޓުންގެ އަދަދު 24
މި މުބާރާތުގައި މިއަދު ކުރިއަށް ދިޔަ އިވެންޓް ތަކުގެ ތެރެއިން 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޖެވެލިން އުކުމުން އެތްލީޓަކު ވަނީ ޤައުމީ ރެކޯޑް އާކޮއްފައެވެ. މި ރެކޯޑް އާކޮއްފައިވަނީ ދ. އަތޮޅުމަދަރުސާގެ ދަރިވަރު އަބްދުﷲ މާހިރެވެ. މީނާ މި ރެކޯޑް ގާއިމްކުރީ 47.53 މީޓަރަށް އެއްލައިގެންނެވެ. 16 އަހަރުން ދަށުގެ ޖެވެލިން އުކުމުގެ ކުރީގެ ރެކޯޑަކީ 45.46 އެވެ.

DOg ވިދާޅުވީ
ތާރީޚް:10/06/2009
މި ރަށުގައި ތިފަދަ ހަރަކާތެއް ބޭއްވުން އެއީ ވަރަށް އުފާވާ ކަމެއް، މިރަށު ކުދިންނާއި މިއަތޮޅު ކުދިން ކިބައިން އެދެނީ ގައުމީ ފެންވަރުގެ ކާމިޔާބެއް ހޯދުމަށް ހިތްވަރާ އެކު މަސައްކަތްކުރާށޭ. އަޅުގަނޑު މިހުރީ ތިކުދިންނާއި އެކު،
އިސްދަރިވަރެއް ވިދާޅުވީ
ތާރީޚް:10/06/2009
މިކަމަކީ ރަގަޅުކަމެއް ނަމަވެސް މިފަރު ބައިވެރިވެފައިވާ މިރަށުގެ ތިންސުކޫލުގެތެރެއިން ޖަލާލުއްދީންގެ ޕާރފޯމަންސް އެއްމެހިތްހަމަޖެހޭވަރެއްނުވޭ ސަބަބަކީ މިބާރާތައް ޕުރެކްޓިސްކުރުމުގައި ދަރިވަރުންގެ ސައުގުވެރިކަންކކުޑަވުން، އަހަރެން ޕުރެކްޓިސްކުރަމުންދިޔައިރު ވަރައްގާތުންބަލަމުދިއައި ގިނަދުވަހު އެއްމެ 14 ކުދިންނާއިއެކު ޕުރެކްޓިސްކުރިއަދިއައީ ނަމަވެސް އެއްމެފަހުން ބޭއްވި ވޯމްއަޕްގައި 3 ކުދިންފިޔަވާ ހުރިހާކުދިން ބައިވެރިވި، މިފަދަކުޅިވަރުތަކަކީ އެކަމުގެ އިންޓަރެސްޓު އެކުށްޖެއް މަމިލަޔަހުރެގެ ކުރެވޭކަންތައްތަ.
ނަމަވެސް އޭ،އީ،ސީ އާއި އަފީފުއްދީން ސުކޫލުގެ ޕުރެކްޓިހާއި މިހާރު އެދައްކަމުންގެންދާ ޕާރފޯމެންސް ވަރައްރަގަޅު. ކާމިޔާބީއަކީ ގަދައަޅާ ހިތްވަރާއިއެކު މަސަކަތްކުރާކުދިންގެ މިލްކެއް. މިއީ ޖަލާލުއްދީންކކުދިންނަ ރަގަޅުފިލާވަޅެއް. ތިކުދިންދެ ސުކޫލުގެ އިސްދަރިވަރުން ހޯދާފައިވާ ކާމިޔާބީއަކީ ބުރަ މަސަކަތާއި ހިތްވަރުއް ހޯދިކާމިޔާބީއެއް.
އުދަބާނި ވިދާޅުވީ
ތާރީޚް:10/06/2009
އިސްދަރިވަރު ތިބުނީ ރަނގަޅުވާހަކައެއް. އަހަރެމެންމީ އެންމެ ފުރަތަމަ ޖަލާލުއްދީން ތަމްސީލްކުރި ކުދިން. މުބާރާތް ފެށުމުގެ ކުރިން ޓީމް އެއްކޮށްފަ އެމުބާރާތަށް ގެނެސްފަހުރި ވާދައިގެ ތަށިތަކާ މެޑަލްތައް ސައީދު ޝާރ ކުދިންނަށް ދައްކާލި، އަދި ވިދާޅުވި މިހުރިހާ އެއްޗެތި މިސްކޫލްގަ ބަހައްޓަން ތިމަންނަ ބޭނުމޭ. އިރާދަކުރެއްވިއްޔާ އެމުބާރާތުގެ ފުރިހަމަ ކާމިޔާބީއެއްހޮދާ އޭގެ ތެރޭން ދެބައިކުޅަ އެއްބަޔަށްވުރެގިނަ ތައްޓާ މެޑަލް ޖަލާލުއްދީން ސްކޫލްގަ ބަހައްޓަދިނިން. އެއީ ހަމަ އެޓީމްގެ މަސައްކަތް. ހުރިހާ ކުދިންވެސް ވަރަށް ހިތްވަރާ ޖޯޝުގަ މަސައްކަތްކުރީ. އެއީ ސައީދު ޝަރ ވަރަށް އުފާ ކުރައްވާ ކުދިންނަށް ޝުކުރު އަދާކުރެއްވި ދުވަހެއް.
އިބުރާހީމް ވިދާޅުވީ
ތާރީޚް:10/06/2009
ޖަލާލުއްދީން ސުކޫލުގެ ދަރިވަރުން ޕްރެކްޓިސްއަށް ނުދަނީ އެކަން ކުރުވަން ހުންނަ ބޭފުޅާގެ ސަބަބުންކަމަށް ބައެއް ދަރިވަރުން ދަނީ ބުނަމުން. ފަހެއްރގައި ވެދާނެ ކުދިންގެ ފަރުވާކުޑަކަން ފޮރުވަން އެހެންމީހެއްގެ ބޮލުގައި ކަމެއް އަޅުވަނީ ކަމަށްވެސް!!!
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:10/06/2009
މިހާރު މި ކަހަލަ ކުޅިވަރު ހަރަކާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން މި ސައިޓުން ވަސް ހާދަ ރަނގަޅު ރޯލެއް އަދާކުރެވިދާނޭ އިނގޭ. މި ކަހަލަ މުބާރާތްތައް ބޭއްވީމަ އެކަމުގެ ތެރޭން ވަސް ފާޅުވާނޭ ރަށު ފެންވަރުގެ ބަތޮލުން. އެ ކުދިންނޭ ދެން ރާއްޖޭ ފެންވަރުގަ މިރަށް ތަމްސީލުކުރަން ތިބޭނީ. އަދި ކޮބައި، އެކުދިން ރާއްޖޭ ފެންވަރުގަ ބަތޮލުންނަށް ވެވިއްޖެންޏާ ބައިނަލްއަގުވާމީ ފެންވަރުގަ ރާއްޖެ ތަމްސީލުކުރާ ބަޔަކަށް ވަސް ވެދާނޭ ހަމަ. އެވާނީ މިރަށަށް ވަސް ލިބޭ ނަމަކަށްތާ!
ބޭބެ މި ބުނާ ވާހަކަޔަކީ، މިހާރު ތިޔާ މުބާރާތްތެރެއިން ފިޔަޖަހައިގަންނަ ތަރިންނާ ބެހޭ ވަނަވަރުތަކާ އެކުދިންނާ ބެހޭ މައުލޫމާތާ ފޮޓޯޔާ ރިޕޯޓާ އެއްޗެހި ޖަހައިގެން މި ސައިޓުގަ ވަސް ތިޔާ ކަންތައް ނިކަން ސާނު ހުރި ކަމަކަށް ހެދާލެވިދާނޭ. އަދި އެވާނީ އެކުދިންނަށް ވަސް ލިބޭނެ ހާދަ ބޮޑު ހިތްވަރަކަށޭ. ހަމަ މިހެން ހަބަރެއް ޖަހާލީމަ ވާނީ ޖަހާ ވައި ގުގުރިއަށޭ. ބޭބެމެން ކުޑައިރު ވަސް ކުޅިވަރު އޮވެޔޭ މަދަރުސާގަ. އޭރާ އެކަށީގެންވާ ވަރަށް އިނާމުވަސް ލިބެޔޭ. ފަހަރިދައިތަޔަށް ވަސް ލިބުނޭ ރައީސް އަތްޕުޅުން އިނާމު. މޮހޮންމަދު އަމީނު މި ބުނީ.
ނަލަ މޮހޮންމަދު ވިދާޅުވީ
ތާރީޚް:10/06/2009
ދެން ކޮންމެހެން ރަށު ކުދިންނެކޭ ނޫން މި ބުނީ. މުޅި މި މުބާރާތުގަ ބައިވެރިވެގެން މިރަށު ދަނޑުން މިފަހަރު ފާހަގަވާ ފަހުލަވާނުންގެ ވާހަކަ މި ބުނީ.
މި މޭރުމުން ވާހަކަދައްކަވަމުން ނަލަ މޮހޮންމަދު އިތުރަށް ވިދާޅުވީ
ތާރީޚް:10/06/2009
ބޭބެ ބުނާނީ މި ސައިޓަކީ މިހާރު ކުޅުދުއްފުށީ ހިތޭ. އެހެންވީމަ ކުޅުދުއްފުށީގަ ހިނގާ މިކަހަލަ ބޮޑެތި ރަސްމިއްޔާތެއް ވިއްޔާ ވާނެ ވީ އެންމެ މޮޅަކަށް މި ސައިޓުން ކަވަރުވޭތޯ ބަލަން. ދެން އަދި ސިއްރެއް ބުނަން؟ މި ސައިޓު މެދުވެރިކޮށްގެންނޭ މީގަ މި ލިޔާ ކުދިންނަށް ރަށުގަ އޮންނަ ޖަމިއްޔާ ތަކަށް ފާޑުކިޔާ ހެދެން އޮތީވަސް. އެހެންވީމަ ސައިޓުން ވަސް ވާނޭ ނުން ….؟ އެހެނެއް ނޫންތަ ވާނީ؟ އާނނނނ.. އެހެންވެ މި ބުނީ. މިހެން ދެން ކިޔާނިކަމެއް ނެތް މާ ބާރަކަށް.
ބެލެނިވެރިޔެއް ވިދާޅުވީ
ތާރީޚް:10/06/2009
މިރަށުގައި މިފަދަ މުބާރާތެއް ކޮންމެ އަހަރަކު ބާއްވާތީ ވަރަށް އުފާކުރަން އަދި މިށަށުގެ ޓީމުތައް ތައްޔާރުކުރުމުގައި އެބައެއްގެ ގިނަވަގުތު އަޅުގަނޑުމެންގެ ދަރިންނަށް ޓަކައި ހޭދަކުރާތީ މިރަށުގެ ޓީމުތައް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު މިރަށުގެ ތިންކުދިންނަށް ވަރަށް ބޮޑަ ސްކުރު ދަނަންނަވަން.ޖަލަލުއްދީން ޓީމް – މުހައްމަދު ހަސަން އުނިގަސްދޮށުގެ، ހދ.އޭއީސީ- ޢަލީ ޝަރީފް ސެހެރިޔާ، އަފީފުއްދީން – އިބުރާހިމް އައްބާސް މި ތިން ކުދިންގެ މަސައްކަތް ފާހަގަކުރަން. އަދި ފަހަކަށް އައިސް އޭއީސީ އަދި އަފީފުއްދީން އެތުލެޓިކސް ފަދަ މުބާރާތްތަކުގައި މާލޭގައި ވާދަކުރާތީ ވަރަށް އުފާކުރަން. ހަމަ ޔަގީނުންވެސް މިފަދަ މުބާރާތްތަކުގައި މީގެ ކުރިން ވާދަނުކުރޭ. ވީމާ މިހާރު މިދެސްކޫލުގައި ހުންނެވި ޕްރިންސިޕަލްގެ ނަންފާހަގަކުރަން ޖެހޭ. ވީމާ އަފީފުއްދީންގެ ޕްރިންސިޕަލް އިބްރާހިމް ވަހީދު އަދި އޭއީސީގެ ޕްރިންސިޕްލް އަހުމަދު އަލިމަނިކުގެ ނަން ފާހަގަކުރަން. އަޅުގަނޑު މި މުބާރާތް ބަލަން ގޮސްހުރި އިރު އަޅުގަނޑޫގެ ލޮލުގައި ވަރަށް އަޅައިގަތްކަމެއް ސްކޫލުކުދިންގެ މިމީޓުގެ ކުދިންގެ ޔުނީފޯރމް. ހާއްސަކޮށް ޖަލާލުއްދީންގެ ގިނަ އަންހެންކުދިންގެ ޖާރޒީ ހުރިގޮތް. ވަރަށް ހަޑި އެއްގޮތަކަށްވެސް ސްކޫލުކުދިންގެ ހެދުން ބަހައްޓަންވީގޮތެއްނޫން އެއީކީ. މިކަންތައް ސައީދު ބަލަންޖެޙޭ އަދި ރަގަޅުކުރުމަށް އަޅުގަނޑު ގޮވާލަން. ނަމަވެސް އަފީފުއްދީން އަދި ައޭއީސީގެ ޔުނީފޯރމް ކޯޑް ވަރަށް ސަޅި މިއީ އަޅުގަނޑު ފާހަގަކުރާ ވ. ހިތްހަމަ ޖެހޭ ކަމެއް.
ބެލެނިވެރިޔެއް ވިދާޅުވީ
ތާރީޚް:10/06/2009
މަރުހަބާ ހދ. އަތޮޅު ތަޢުލީމީ މަރުކަޒު މިމުބާރާތުގައި ތިހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ޓީޗަރުންނާއި ސްޕަވައިޒަރުން އަދި ސްކޫލުގެ ޕުރިންސިޕަލް އަހުމަދު އަލިމަނިކުގެ ނަން ފާހަގަކޮށް ސުކުރު ދަންނަވަން. އަދި މިޓީމުގެ ހުރިހާ އެތުލީޓުންނަށް ވަރަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. ކަމޯން އޭއިސީ
ބެލެނިވެރިޔެއް ވިދާޅުވީ
ތާރީޚް:10/06/2009
އަހަރެން ހަމަ ހައިރާންވެއްޖެ !!! ކޮބައިބާ އެސޮރު؟ މިދިޔައަހަރު މަކިޓާ މުބާރާތުގައި ހދ. އޭއީސީގެ 13 އަހަރުން ދަށުގެ ބެސްޓު އެތުލީޓު ( އަބްދުއްރަޝީދު ސޯސަންވިލާ) މިފަހަރު ކޮބާބާ އެސޮރު ހާދަމޮޅޭ އޭނާ މިދިޔަ އަހަރު. ހަމަ ޔަގީނުންވެސް އެސޮރަށް މިމީޓުގައި އުޅުނުނަމަ ކާމިޔާބުވީސް! ޕްރައިމަރީ ސްކޫލްތަކުން ފާހަގަކުރެވޭ މިފަދަ މޮޅޭތި އެތުލީޓުން ޖަލާލުއްދީނުން ފެންނަންޖެހޭ. އަދި މިދިޔަ އަހަރު މާލޭގައި ބޭއްވި އެތުލެޓިކް މުބާރާތުގައި މުޅި ރަށަށް ރީތި ނަން ހޯދައިދިން ހދ.އޭއީސީ ޓީމުގެ މިންނާ އަބޫބަކުރު ގުލާސް ވެސް މިމުބާރާތުގައި ނުފެނުނީމަ އަހަރެންހަމަ އަންތަރީސްވެއްޖެ!މިކުދިން މިމީތުގައި އުޅޭނަމަ މިއަށްވުރެ މާ ކާމިޔާބުލިބުނީސްކަން ޔަޤީން.
ބެލެނިވެރިޔެއް ވިދާޅުވީ
ތާރީޚް:10/06/2009
މިސައިތުގައި މިކަމާ ގުޅޭ އިތުރު ފޮޓޯ ޖަހާބަލަ. ޕްލީޒް
ބެލެނިވެރިޔެއް ވިދާޅުވީ
ތާރީޚް:10/06/2009
މަވެސް ތާއީދު ފޮޓޯ ޖަހަން އިތުރަށް
އިސްދަރިވަރެއް ވިދާޅުވީ
ތާރީޚް:10/06/2009
އަޅުގަޑަކީމީގެ 6 އަހަރުކުރިން އޭ،އީ،ސީގައާއި ޖަލާލުއްދީނުގެ އެތްލެޓިކްސް ޓީމުގައި ކުޅުދުއްފުށި ތަމްސީލުކުރި މީހަކީމް. އެދުވަސްވަރު ތަމްރީންލިބިފައި ތިބި މިރަށުގެ ކޯޗުންތަކެއްނެއް، އަހަރެމެންގެ ކޯޗަކީ ގައްލަހަސަނު، އެދުވަސްވަރު ހަސަންބެގެ މަސަކަތާއި އެއްވަރަށް ނުވަތަ އިތުރައް މަސައްކަތްކުރަން އޭގެ ނަތީޖާ އެސުކޫލުތަކުގެ އެހެރަ އަލަމާރިތަކުންފެއްނަނީ. ކޯޗާއިމެދު ހިތްހަމަނުޖެހޭނަމަ އެއްގޮތަކައްވެސް ބައިވެރިނުވާނީ، އޭގެމާނައަކީ ޕުރެކްޓިސްއަށް ފަރުވާކުޑަކުރާށެކޭނޫ. ހަމަ އަމިއްލަޔައްވެސް ޕުރެކްޓިސްކުރެވިދާނެ. އަހަރެމެންވެސް ބޮޑުބައި ކުރީމީހެއްގެ އެދުމަކަށްނޫ، އަމިއްލަޔައް ކުރާހިތުން، އަސްލުވާގޮތަކީ ކުދިންގެ ވިސްނުބަދަލުކުރައްވީ. އެއްވެސްކަމެއްގައި ތިމާއެކަމަކާނޫޅި ކާމިޔާބީނުވާނެކަންގަބޫލުކޮ ގަދައަޅާ މަސައްކަތް ކުރައްދަސްކޮށްދޭވީ، މިކުޅުދުއްފުށީގެ ރީތިނަން “ހީވާގި މުރާލި ބަޔަކު ދިރިއުޅޭރަށެއް” ދަމަހެއްޓުމަށް އެކުދިންނައް ވިސްނައިދޭންވީ ، ވަކިމީހަކާއިހުރެ ރިމާގެ ހުނަރުގެލުވާ ނުލާންވީ، އިސްނަގާ މުޖްތަމަޢުއެގާއިމް ކުރެވޭތޯބަލައްވީ.
ކިޔުންތެރިއެއް ވިދާޅުވީ
ތާރީޚް:10/06/2009
ސައިޓްގެ އެޑްމިންއަށް:
މި މުބާރާތުގައި ތަފާތު ވަނަނަތަކާއި މެޑެލިތައް ހޯދާ ކުދިންގެ ބަސްދީގަތުންތަކާއި ވަނަވަރުތައް، އަދި އިތުރު ފޮޓޯ ހިމަނައިދެއްވައިފިއްޔާ ހާދަ ރަގަޅުވާނެ ކަމަށް އަޅުގަނޑަށް ފެނެއެވެ. މިގޮތުން ޖެވެލިން އުކުމުން ގައުމީރެކޯޑް ހެދި ދ. އަތޮޅު މަދަރުސާގެ ދަރިވަރާއި ބެހޭ މައުލޫމާތާއި ފޮޓޯ މިހާރުވެސް ބަލައި، ކިޔާހިތްވެއްޖެއެވެ.
އަޅުގަނޑުހިތުން މިއީ، ނޫހެއްގެ ގޮތުގައި ސައިޓް ރަޖިސްޓަރީ ނުކޮށް އޮތްކަމުގައިވިޔަސް ހަމަ ދާދި ފަސޭހައިން، އެހާމެ ނުރަސްމީ ސިފައެއްގައި، ކުރެއްވިދާނެ ކަމެކެވެ. މިކަން ކުރުމަށް ބޭނުންވަނީ އެތުލީޓުންނާއި އޮފިޝަލުންނާއި ވާހަކަދައްކާލަން ދާނެ މުރާލި ދެފައެވެ. ސުވާލުކޮށްލާނެ ދުލެކެވެ.
ދަންމާނު ވިދާޅުވީ
ތާރީޚް:10/06/2009
ތި ސޮރަކާ ގުޅޭނެ ނަންބަރެއް ހޯދާލާފައި މިއުޅުއްވާ ހާޝިމްގެ އަތްޕުޅަށް އަރުވަނިކޮށް ތި ކަން ވެދާނެހެން ހީވަނީ
ހާޝިމް ވިދާޅުވީ
ތާރީޚް:10/06/2009
ނޫނޭ ތިޔަ ވިދާޅުވާ ސޮރެއް އަޅުގަނޑެއް ނުދަންނަން. ދެން މިއީ އަޅުގަނޑުގެ އެއްވެސް އިންޓްރެސްޓެއް، ކޮމެންޓެއް ނެތް ދާއިރާއެއް ވީމާ މިއިންނަނީ އަޅާނުލާ. އެކަމަކު ކޮމެންޓްތައް އަންނަ ވަރަކަށް އެބަކިޔަން. އެއްވެސް ބޭފުޅަކު ވިދާޅުވާ އެއްވެސް އެއްޗަކަށް އެއްޗެއް ދަންނަވާކަށް ބޭނުމެއް ނޫން އަޅުގަނޑު މިލިޔުމުގައި.
އައިޝް ވިދާޅުވީ
ތާރީޚް:10/06/2009
އަޙްމަދު އލިމަނިކަށް ސާބަސް ދެނީ ކީއްކުރަން.. އެންމެ ކުޑަމިނުން މުބާރާތް ފެށުމުގެ ކުރިން ދަރިވަރުންނާ ބައްދަލުވެސް ކޮށް ނުލާ. އަދި ކޮބާ! އުތީމު ސްކޫލުގެ ދަރިވަރުންނާ އޮފިޝަލުންނާ ބެލެނިވެރިން އޭއީސީ އަށް އައިސް ދާންޖެހޭ ގޭގެއަށް ކުޅުދުއްފުށީގެ ބެލެނިވެރިންނާ އެކު ގޭގެއަށް ދެވެންދެން މަޑުކޮށްގެން ތިބި ދޮޅުގަޑިއެއްހާއިރު ތިޔަ މަނިކު އިންނެވީ އޭނާގެ ފިނި ކޮޓަރި ކޮޅުގައި.. ބޭރަށް ބޯވެސް ދިއްކޮށް ނުލައްވާ.. އެސްކޫލުންވެސް އިސް ވެރިން ވަޑާއިގެން ތިއްބެވި. އެކަމަކު ސަޢީދު ސަރ ހުންނެވި ހޯރަފުށީ ކުދިން ބެލެނިވެރިންނާ ހަވާލުކުރުމުގެ ހުރިހާ ކަމެއް ނިމެންދެން އެންމެ ގާތުން ބައްލަވަން ޖަލާލުއްދީން ގައި..
DOg ވިދާޅުވީ
ތާރީޚް:10/06/2009
ހާޝިމް އަކީ މިފަދަކަންކަމުގެ އެއްވެސް ކަމެއް އެނގޭ މީހެއް ނޫންދޯ، ރަގަޅުވާނީވެސް ހާޝިމް މަޑުން އިނިއްޔާ،
މެލޭޝިޔާގަ ކިޔަވާ ދަރިވަރެއް ވިދާޅުވީ
ތާރީޚް:10/06/2009
މަންޒަރު ފޮށީގަ ކުޅުދުއްފުށީގެ ވީޑިއޯއެއް ނުލާތީ ވަރަށް ދެރަ. ރަށުންބޭރުގަ އުޅޭތާ މިހާރު 11 އަހަރު ވަނީ، މިސައިޓުން ރަށުގެ ހަބަރު ލިބޭތީ ވަރަށް އުފާވޭ، ރަށުގަ ހިގާ ކަންތައްތަކުގެ ވީޑިއޯ އާއި ފޮޓޯ ވަރަށް ބަލާހިތްވޭ. މިހާރު މިހިގާ މުބާރާތުގެ ފޮޓޯއާއި ވީޑިއޯ މިސައިޓަށް ލާނެނަމަދޯ../ރަށުގެ ބަދަރު މިހާރު ހަދާ ހަބަރުވެސް އަޑު އިވޭ އެތަންވެސް ވަރަށް ބަލާހިތުން މިއުޅެނީ..
ހަސަނުބެ ވިދާޅުވީ
ތާރީޚް:10/06/2009
މީގެ 11 ވަނަ މުބަރާތް ބޭއްވީވެސް ހަމަ މިރަށުގައި އެއީ 2007 ވަނަ އަހަރު. އެއަހަރު 16 އަހަރުންދަށުގެ އެއްވަނަ އަންހެން ސްކޫލަކަށް، 16 އަހަރުންދަށުގެ އެއްވަނަ ފިރިހެން ސްކޫލަކަށް، 19 އަހަރުންދަށުގެ އެއްވަނަ އަންހެން ސްކޫލަކަށް އަދި 19 އަހަރުންދަށުގެ އެއްވަނަ ފިރިހެން ސްކޫލަކަށް ހޮވުނީވެސް ހަމަ ތިޔަކިޔާ “ކަޓު” ޖަލާލުއްދީން ސްކޫލް. އަދި މީގެއިތުރުން 16 އަހަރުންދަށުގެ ބެސްޓް އަންހެން އެތުލީޓު، 19 އަހަރުންދަށުގެ ބެސްޓް އަންހެން އެތުލީޓު އަދި 19 އަހަރުންދަށުގެ ބެސްޓް ފިރިހެން އެތުލީޓުގެ މަގާމުވެސް ލިބުނީ ހަމަތިޔާ ހިތްހަމަނުޖެހޭ ކޯޗް ހުރެގެން. އަދި އޭގެއިތުރުން އިންޓަރ ސްކޫލް އެތަކެއް ރިކޯޑްވެސް ވަނީ ހަމަ އެފަހަރު ޖަލާލުއްދީން ސްކޫލްގެ ދަރިވަރުން އާކޮށްފަ.
މީއަދި ބަޔަކު ހަނދާންނެތޭހާ ދުވަސް ވީކަމެއް ނޫން.
ދޮންކަމަނަ ވިދާޅުވީ
ތާރީޚް:10/06/2009
އަމައްޔާއި! ޖަލާލުއަދީން ހުޅުވިގެން ކިޔަވައިދޭން ފެށީވެސް 2008 ވައަ އަހަރު. އެކަމް އޭގެކުރިން ޖަލާލުއްދީން ކުދިން މުބާރާތުގަ ބައިވެރިވެ ވަނަ ހޯދި ވާހަކަ އޮތީމަ މަ ކޮސް ވެއްޖެ. 2007 ވައަ އަހަރު މުބާރާތުގަ މަވެސް ބައިވެރިވިން، ބެސްޓް އެތްލީތުން ނަށް އެއަހަރު ހޮވުނީ އޭއީސީ ޓީމް ގެ ކުދިން، ނޭގޭ ވާހަކަ ނުދައްކާ
ހަސަނުބެ ވިދާޅުވީ
ތާރީޚް:10/06/2009
ދޮންކަމަނާ 2008 ކާއި 1998 ވަކިކުރަން އެނގޭތަ؟ ޖަލާލުއްދީން ސްކޫލް ހުޅުވުނީ 1998 ވަނަ އަހަރު ފެބްރުއަރީ 15 ވަނަ ދުވަހު. ދޮންކަމަނަ ފަހެ ތިޔަހުރީ ހަމަހޭގަތަ؟
ހަސަނުބެ ވިދާޅުވީ
ތާރީޚް:10/06/2009
ދޮންކަމަނާ އެހެންވިއްޔާ އަދި ޖަލާލުއްދީން ސްކޫލް ހުޅުވިފަހުން މިވީ އަދި އެއްއަހަރުތާދޯ؟ އެހެންވީރު އަދި ތިޔާބުނާ ޖަލާލުއްދީން ސްކޫލަށް ކާމިޔާބެއް ނުލިބިގެން އުޅޭކަށް ނުވޭދޯ؟ ސާބަހޭ ދޮންކަމަނާ ދޫންޏާ.
ހައިރާން ހީވޭ ވިދާޅުވީ
ތާރީޚް:11/06/2009
އަޅުގަނޑަކީ މިމުބާރާތް ވަރަގާތުން ބަލަމުންދާ މީހެއް. އިއްޔެގެ ހަވީރުގެ ނިޔަލަށް ގާލްސް އަންޑާރ16 އަދި 19، ބޯއީސް އަންޑާރ 16ގެ އެންމެ ކުރީގައި އޮތީހަމަ ތިބުނުއްވާ ކަޓު ޖަލާލުއްދީން. ޕުރެކްޓިސް ތަކަށް ގަވާއިދުން ނައިސް، ތިމާގެ ބުންވަރު ރަގަޅުކުރަން މަސައްކަތްނުކޮށް ކާމިޔާބުނުލިބުނީމަ މި ގޯސްވަނީ ކޯޗް ދޯ. ހަމަ އެކޯޗުގެ ކަޑަކަމުން ދޯ އޭނަގެ އިރުސާދުލިބިގެން2007 ގަ ކާމިޔާބުހޯދި އެ ކަޓު ޖަލާލުއްދީނުން ކިޔެވި ދަރިވަރަކު އިހައް ދުވަހު ރާއްޖޭން ބޭރުގަ ބޭއްވި މުބާރާތެއްގަ ރާއްޖޭގެ ފަރާތުން ބައިވެރި ވެފަ އެއައީ. ބަލަ ސުކުރު ކޮއްބަލަ މިރަށު ފަސްގަނޑަށް ނިސްބަތްވާބަޔަކަށް އެވަރުވެސް ވީތީ. ކޮންމުބާރާތެއްގަތަ އެއްބަޔަކަށް ހުރިހާ ވަނަ ތަކެއް ލިބުނީ.
ހާޝިމް ވިދާޅުވީ
ތާރީޚް:11/06/2009
އެއްޗެއް މިދަންނަވާލަން ޖެހެނީ މިލިޔުމަށް ނޫން ވީމާ، ވަރަށް ބޮޑަށް މައާފާއެކު ދަންނަވާލަން.
ޑޯގަށް. ފެތުމަކީ އަޅުގަނޑުގެ ދާއިރާ ނޫންވީމަ، އެއްޗެއް ނުދަންނަވާ މީނީ. ދެން ޑޯގު ވިދާޅުވިހެން އެއްޗެއް ނުދަންނަވާ އިނިއްޔާ ރަނގަޅުވާނީ ވެސް. އެކަމަކު އެއީ ޑޯގު އެހެން ވިދާޅުވުމުގެ މާކުރިން ވެސް އަޅުގަނޑު ނިންމައިގެން އިން ގޮތް. ތިމާއަށް ނޭނގޭ ކަންކަން ނޭނގޭކަން ޤަބޫލުކޮށް އެއްބަސްވުމަކީ އަޅުގަނޑު ލަދުގަންނަ ކަމެއް ނޫން. ކުރީ ދުވަހެއްގައި ވެސް އަޅުގަނޑު ދެންނެވިން ނޭނގޭ ކަމެއްގެ ތެރެއަށް ކޮމެންޓްކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކޭ. އެހެންވީމާ، އަޅުގަނޑެއް ނުދެކެން ފެތުމުގެ ދާއިރާ ނޭނގޭކަމަށް އެއްބަސްވެ އެއްޗެއް ނުބުނެ އިނުމަކީ ދެރަކަމެއް ކަމަކަށް. އަދި ހަޑި ކަމެއް ކަމަކަށް ވެސް.
ދެން މިތުރާއަށް. އަޅުގަނޑަކީ އެއް އިރެއްގައި ވެސް ސަރުކާރުގެ މުވައްޒަފެއް ނޫން. އަޅުގަނޑު ސަރުކާރުގައި އުޅުނީ 2003 ވަނަ އަހަރު އައިޖީއެމްއެޗްގައި. އެއީ ވެސް 45 ދުވަސް. އެނޫނިއްޔާ އަދި މިހާތަނަށް ވެސް ސަރުކާރުގެ ވަޒީފާއެއް އަދާ ކުރާ މީހެއް ނޫން އަޅުގަނޑަކީ. އޭގެ ބަދަލުގައި އަޅުގަނޑު މިބޭނުން ކުރާ އިންޓަނެޓަކީ ސަރުކާރުން ފައިސާ ދައްކަވާ އިންޓަނެޓެއް ވެސް ނޫން. މިއީ އަޅުގަނޑުގެ އަމިއްލަ އޮފީހުގައި، އަޅުގަނޑުގެ މަސައްކަތުން ލާފައިވާ އިންޓަނެޓާއި ކޮމްޕިއުޓަރުތައް. ދެން މަދަރުސާ ދައުރުގައި އަޅުގަނޑު ކުޅިވަރުތަކުގައި ބައިވެރިވިން. ވަނަ ވެސް ގެނައިން. އެކަމަކު ތިޔަ ބުނާ ސްޓޭޖް ޝޯގައި އަޅުގަނޑެއް ބައިވެރިއެއް ނުވަން. ދެން ތިޔަ ވިދާޅުވަނީ ކޮން ސްކޫލެއްގެ ސްޓޭޖް ޝޯގެ ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެކަމަކު އަޅުގަނޑު ކިޔެވީ މަޖީދިއްޔާއިން.
މަހާ ކަލަމިންޖާ ވިދާޅުވީ
ތާރީޚް:11/06/2009
މީގައި މިއޮންނަނީ އަބަދުވެސް ޒުވާބުގަނޑެއްދޯ. އަންނިއާއި މައުމޫން، ޖަލާލުއްދީން އާއި އެހެން ސްކޫލްތައް، ހާޝިމް އާއި ބިލް އޯ ރެލީ. ދީނީ ފިކުރާއި ލާދީނީ ފިކުރު. މިވަރު ފުކެއް ބޮޑުދޯ. މިވަރުންދަންޏާ މިރާއްޖޭގައި ރީދޫ ސަރުކާރަކާއި ނޫ ސަރުކާރެއް ޤާއިމްކުރެވި މިޤައުމު ދެބައިވެދާނެ. ހުރިހާކަމެއް ސިޔާސީވެގެންގޮސް ޤައުމު ހަލާކުވެގެން މިދަނީ.
ޤާނޫނު އަސާސީ އިސްލާޙުކުރިއިރުވެސް އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުންކުރަން ހަދައިގެން އެބަޔަކު ފޭހުނު އިލޮށިގަނޑު އެބަޔެއްގެ ލޮލައް ހެރި ރައީސް ވިދާޅުވި ހުތުރުގޮތައް (މަކާރިމުލް އަޚްލާޤުން ބޭރުނުވާންވެގެން ނުލިޔުނީ) –ފައި. މައުމޫނު ބެލީ ކޮންމެގޮތަކުންވެސް ވެރިކަމުގައި އުމުރުދުވަހަށް ހުރެވޭތޯ، އަންނި ބެލީ ކޮންމެތަނެއް ފުނޑާފައިވެސް ވެރިކަން ލިބޭތޯ. މިހާރު އެތިއްބެވީ ކޮޅުބަދަލުވެ އެކޮޅުކޮޅުން ހިނގަންޖެހިފައި.
ޤައުމީ ރޭޑިޔޯ އާއި ޓިވީ އަކީ އެއިރެއްގެ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިން. އެތަނުގެ ނިއުސް ކާސްޓްރުން ބަލަނީ އެއިރެއްގެ ސަރުކާރަކަށް ވައިޖަހައިގެން އެމީހުންވެސް ވަޒީފާ ހިމާޔަތްކުރެވޭތޯ. އެދުވަސްވަރު އެމްޑީޕީން ބެލީ މީޑިޔާ މިނިވަންކޮށް އަމިއްލަ މީޑިޔާތަކަށް ފުރުޞަތު އިތުރުކޮށް ދެވޭތޯ. މައުމޫނަށް މަޖުބޫރުވެގެން އެކަން ކުރީ. ނަމަވެސް މިހާރު ސަރުކާރުން މިބަލަނީ އަނެއްކާވެސް މީޑިޔާ އެމީހުންގެ ބާރުގެދަށަށް ގެނެވޭތޯ. ރޭގައިވެސް ދިޓީވީގެ ނިއުސް ބާ އިން މިފެންނަނީ އެމްޑިޕީން އެމީހުންނަށް ބިރުދެއްކިވާހަކަ. މިއޮތީވާ ޑިމޮކްރަސީގެ ނަމޫނާ ޤައުމެއް.
ހާޝިމް ވިދާޅުވީ
ތާރީޚް:11/06/2009
މަހާ ކަލަމިންޖާގެ ކޮމެންޓްގައި އަޅުގަނޑާ ބިލް އޯ ރެލީއާ ޒުވާބު ކުރާ ވާހަކަ ޖައްސަވާފައި އޮތީމާ ދަންނަވަން. ތިއީ ވަރަށް ތާކުން ނުޖެހޭ ވާހަކައެއް. އަޅުގަނޑާ ބިލް އޯ ރެލީއަކާ ޒުވާބެއް ނުކުރަން. ބަހުސް ކުރަނީ. ހެކި ދައްކައިގެން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ބިލް އޯ ރެލީއަކީ ވަރަށް މައުލޫމާތު މުއްސަނދި، ވަރަށް ރަނގަޅަށް ވާހަކަފުޅު ދައްކަވާ ބޭފުޅެއް. އެބޭފުޅާއަށް އަޅުގަނޑު ވަރަށް އިޙްތިރާމް ވެސް ކުރަން. އެހެންވީމާ، މަހާ ކަލަމިންޖާގެ މައުލޫމާތު މިކަމުގައި ކުށް ކަމުގައި އަޅުގަނޑު އަނެއްކާ ވެސް ދަންނަވަން.