13 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވައިފިއެވެ. މިއަދު ހަވީރު 4:00 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބޭއްވި މިރަސްމިއްޔާތު ޝަރަފްވެރިކޮއްދެއްވީ މި މުބާރާތުގެ ޝަރަފްވެރިމެހެމާން މަތިއުތުރު ޕްރޮވިންސްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަބްދުއްލަތީފް ޤާސިމްއެވެ.
މި ރަސްމިއްޔާތުގައި މި މުބާރާތުގެ އެކިއެކި ވަނަތައް ހޯދި އެތްލީޓުންނަށް ވަނީ ތައްޓާ މެޑެލް އަދި ސެޓްފިކެޓްދީފައިވެއެވެ. މިމުބާރާތުގައި އެކި އުމުރުފުރާތަކުން އެންމެ މޮޅު އެތްލީޓުގެ މަގާމް ހޯދި ދަރިވަރުންނަކީ:
• 11 އަހަރުންދަށުން އެންމެ މޮޅު އަންހެން އެތްލީޓް: ސިޔާ މުހައްމަދު – ހދ.އަތޮޅު ތައުލީމީ މަރުކަޒު
• 11 އަހަރުންދަށުން އެންމެ މޮޅު ފިރިހެން އެތްލީޓް: އަހުމަދު އަނޫފް – ހދ.އަތޮޅު ތައުލީމީ މަރުކަޒު
• 13 އަހަރުންދަށުން އެންމެ މޮޅު އަންހެން އެތްލީޓް: މަރިޔަމް ހަނާ އިބްރާހީމް ރަޝީދު – ހދ.އަތޮޅު ތައުލީމީ މަރުކަޒު
• 13 އަހަރުންދަށުން އެންމެ މޮޅު ފިރިހެން އެތްލީޓް:އިސްމާއީލް ނަޖީބް – ހއ.އަތޮޅު މަދަރުސާ
• 16 އަހަރުންދަށުން އެންމެ މޮޅު އަންހެން އެތްލީޓް: ފާތިމަތު ސާދާ – ހއ. އަތޮޅު މަދަރުސާ
• 16 އަހަރުންދަށުން އެންމެ މޮޅު ފިރިހެން އެތްލީޓް: އަބްދުﷲ މާހިރު – ދ.އަތޮޅު މަދަރުސާ
• 16 އަހަރުންދަށުން އެންމެ މޮޅު އަންހެން އެތްލީޓް: އާމިނަތު އަހުމަދު – ޖަލާލުއްދީން ސްކޫލް
• 16 އަހަރުންދަށުން އެންމެ މޮޅު ފިރިހެން އެތްލީޓް: އަހުމަދު ފައިސަލް – ހއ. އަތޮޅު މަދަރުސާ
އުމުރުފުރާތަކުން ވަނަވަނައަށް ދިޔަ ސްކޫލް ތަކަކީ:
• 11 އަހަރުން ދަށް (ފިރިހެން): ހދ. އަތޮޅު ތައުލީމީ މަރުކަޒު
• 11 އަހަރުން ދަށް (އަންހެން): ހދ. އަތޮޅު ތައުލީމީ މަރުކަޒު
• 13 އަހަރުން ދަށް (ފިރިހެން): ހއ. އަތޮޅު މަދަރުސާ
• 13 އަހަރުން ދަށް (އަންހެން): ހދ. އަތޮޅު ތައުލީމީ މަރުކަޒު
• 16 އަހަރުން ދަށް (ފިރިހެން): ޖަލާލުއްދީން ސްކޫލް
• 16 އަހަރުން ދަށް (އަންހެން): ޖަލާލުއްދީން ސްކޫލް
• 19 އަހަރުން ދަށް (އަންހެން): ޖަލާލުއްދީން ސްކޫލް
• 19 އަހަރުން ދަށް (ފިރިހެން): ހއ. އަތޮޅު މަދަރުސާ
މުބާރާތުގެ ޖޫނިއަރ ގްރޫޕުން އަންހެން ކުދިންގެ ބައިންނާއި ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. އަދިސީނިއަރ ގްރޫޕުން އަންހެން ކުދިންގެ ބައިންނާއި ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ޖަލާލުއްދީން ސްކޫލެވެ.
މުޅިމުބާރާތުން އަންހެން ކުދިންގެ ބައިން ތިންވަނަ ހޯދީ ހއ. އަތޮޅުމަދަރުސާއެވެ. ފިރިހެން ކުދިންގެ ބައިން ތިންވަނަހޯދީ ހދ. އަތޮޅުތައުލީމީ މަރުކަޒެވެ. މުބާރާތުގެ އަންހެން ކުދިންގެބައިން ދެވަނަ ހޯދީ ހދ. އަތޮޅުތައުލީމީ މަރުކަޒެވެ. ފިރިހެން ކުދިންގެ ބައިން ދެވަނަ ހޯދީ ޖަލާލުއްދީން ސްކޫލެވެ. މުޅި މުބާރާތުން އަންހެން ކުދިންގެ ބައިން އެއްވަނަ ސްކޫލަކީ ޖަލާލުއްދީން ސްކޫލެވެ. އަދި މުބާރާތުގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ހއ. އަތޮޅު މަދަރުސާއެވެ.
މި މުބާރާތުގެ އެންމެ މޮޅު އަންހެން އެތްލީޓަކަސް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލްގެ އާމިނަތު އަހުމަދެވެ. އަދި އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ހޮވިފައިވަނީ ދ. އަތޮޅު މަދަރުސާގެ އަބްދުﷲ އާމިރެވެ. އަބްދުﷲ އާމިރު ވަނީ މިމުބާރާތުގައި 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޖެވެލިން އުކުމުން ގައުމީ ރެކޯޑް އާކޮށްފައެވެ.

DOg ވިދާޅުވީ
ތާރީޚް:12/06/2009
މިސައިޓުގައި ލިޔެފައިވާ ކޮމެންޓް ތަކުތެރޭގައި ޖަލާލުއްދީން ސްކޫލްގެ މެނޭޖްމަންޓް ކަމުނުދާ ވާހަކަ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް އާލާކުރުމަށް އެސްކޫލް މެނޭޖްމަންޓުން މަސައްކަތް ނުކުރާކަމަށް ލިޔެފައިވަނިކޮށް ފެނިފައިވޭ، އެކަމަކު މިހާރު މި އެނގިގެންދިޔަ ނަތީއްޖާތަކުން އެއީ ތެދެއްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ހީވަނީ މެނޭޖްމަންޓާއި މެދު އޮތް ހަދަވެރިކަމެއްގެ ސަބަބުން މީހަކު ލިޔުން އެއްޗެއްހެން، ކަމުގެ ހަގީގަތް އޮޅޭގޮތަށް ކޮމެންޓް ނުކުރުމަށް އަޅުގަނޑު ގޮވާލަން، އަދި ކާމިޔާބު ހާޟިލްކުރި ދަރިވަރުންނަށާއި ސްކޫލްތަކުގެ މެނޭޖްމަންޓަށް މަރުހަބާ ކިޔަން. ވަކިވެލަނީ އިތުރު ކާމިޔާބީތައް ހޯދުމަށް ހުރިހާ ކުދިން މަސައްކަތްކުރުމަށް ގޮވާލަމުން،
ކެޔޮވަލޭ ވިދާޅުވީ
ތާރީޚް:13/06/2009
ކުޑަކަތީބު ބުނިހެން މިއޮތީ ދެނަން މާބޮޑަށް ވައްތަރުވީމަ ލިބޭނެ ބޮނޑި ލިބިފަ. މަށަށްވެސް މި ޚަބަރުގެ ހެޑިންއާއި ކުރީގެ ހެޑިން އާއި ވައްތަރުކަމުން ދޭތި އޮޅިއްޖެ. މާފަހުން މީތި މިފެނުނީވެސް. ދެން ފަހަރަކުން އެޑްމިން މިކަމާމެދު ވިސްނާނެކަމަށް އުއްމީދު ކުރަން. މި މުބާރާތުގައި ވަނަ ވަނަ ހޯދި ކުދިންނަށް ވަރަށް ހޫނު މަރުޙަބާއެއް!
ބެލެނިވެރިޔެއް ވިދާޅުވީ
ތާރީޚް:13/06/2009
ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޅި ޓީމަށް އަށްސަރިބަހާއި ސާބަސް! ހާދަމޮޅޭ އަބަދުވެސް ތިގޮތަށް ކުރިޔަށް ދޭ!! ޓީމު ތައްޔާރުކުރެވިފައިވަނީ ވަރަށް މޮޅަށް! ސާބަސް
އިސްދަރިވަރެއް ވިދާޅުވީ
ތާރީޚް:13/06/2009
ހުރިހާކުދިންނަށާއި ޓީމުތަކުގެ ކޯޗިން ސްޓާފުންނައި ސުކޫލުތަކުގެ މެނޭޖްމެންޓަށާ އައްސަރިބަހާއި ސާބަސް، ދެންފަހަރަކުން ޕުރެކްޓިސްއަށް އިތުރަށް ފަރުވާބެހެއްޓުމަށް ހުރިހާކުދިންނައް ގޮވާލަން. އަދި ގައުމީރެކޯޓަކާއި ހަމަޔައްދިއުމަށް ކުރައްޖެހޭ ހުރުރާކަމެއްގައި ބޭބެގެ އެހީތިކުދިންނަށްލިބޭނެ. ދެންފަހަރަކުން ކޮށްމެ އޭޖްހުރަޔަކުން މަދުވެހެން ރެކޯޑެއް އާކުރެވޭތޯބަލަމާ!
ސަރުކާރުގެ އޮފީސްތަކުގެ އެތްލެޓިސްމީޓެއް އިންތިޒާމް ކޮށްލާނެފަރާތެއް ވާނެބާ. ވަރަށްމަޖާވާނެދޯ!
ކުރީގެ ދަރިވަރެއް ވިދާޅުވީ
ތާރީޚް:13/06/2009
ކާމިޔާބު ހޯދިހުރިހާ ސްކޫލްތަކަށް ހޫނު މަރުޙަބާއެއް.
ޑޯގަށް:
ބައެއް ހަގީގަތް ބުނެދޭނަން:
ޕްރެކްޓިސް ހިނގަމުންދިޔައިރުއެއްވެސް ސްކޫލެއްގެ ޕްރިންސިޕަލުން ސްޓޭޑިއަމަށް ގޮސް ބަލާފައެއް ނުވޭ.މަށަކީ އިރާކޮޅު އާންމުކޮށް މަގޭ ކޮއްކޮގޮވައިގެން އެތަނަށް ދިޔަ މީހެއް، ބެލެނިވެރިއެއްގެ ހައިސިއްޔަތުން.
އެތުލެޓިކްސް މީޓް ނިމުމުން ސްކޫލްގެ ކާމިޔާބީގައި އެންމެ ފޯރީގައި ބައިވެރިވީޖަލާލުއްދީންގެ ވެރިންގެ ތެރެއިންދެބޭފުޅުނަށް ކުރީގެ ދަރިވަރެއްގެ ހައިސިއްޔަތުންނާއި ބެލެނިވެރިއެއްގެހައިސިއްޔަތުން ޝުކުރުވެރިވަން. އެ ދެ ބޭފުޅުންވަރަށް ރަނގަޅު.
އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލެއް، އަދިއެހެން ވެރިއެއްވިޔަސް ކުދިންގެ ގާތަށް ގޮސްވާހަކަ ދައްކާލާތަން ނުފެނުމުން ވަރަށް ހިތާމަކުރަން.
ޖަލާލުއްދީނަށްވުރެ، ނިކަމެތި ސްކޫލްތަކުން،މާރަނގަޅު ނަތިޖާ އޯލެވެލް އިމްތިހާނުގައި މިފަހަރުވެސް ހޯދި. މިގޮތުންކ.ދިއްފުށީ ސްކޫލާއި 300 އެއްހާކުދިންގެ، ށ.އަތޮޅު މަދަރުސާ ފާހަގަކޮށްލަން. ކަނޑިތީމުގައިހުންނަ ށ.އަތޮޅު މަދަރުސާ އެއީ މަތިއުތުރު ޕްރޮވިންސުންއެންމެރަނގަޅު ނަތީޖާ ނެރުނު ސްކޫލް! މަށަށް މިކަންއެނގުނީ ދެންމެ، ޓީވީޚަބަރުގައި ކީމައި!
އެހެން ކުރީގެ ދަރިވަރެއް ވިދާޅުވީ
ތާރީޚް:13/06/2009
މަރުޙަބާ!
އާން.ކަލޭނޭ…މަވެސް ޓީވީއެމްގެ ޚަބަރުން ތިޔަ ވާހަކަ އަޑުއިވި،ފެނި ކޮސްވެފައި މިއިނީ…އެމީހުން ހާދަ ކަމެއް ކުރިޔޭ! އެ ޚަބަރުގައި ކީ ގޮތުން ވިއްޔާ!
DOg ވިދާޅުވީ
ތާރީޚް:13/06/2009
ޝުކުރިއްޔާ! ކުރީގެ ދަރިވަރަށް ތީގެ މާނައަކީ ކުދިން ހޯދި ކާމިޔާބީގެ ސިއްރަކީ އެކުދިންގެ ގުދުރަތީ އަދި ދިރިއުޅުމުގެ ހުނަރުން ލިބިފައިވާ ކާމިޔާބީ އެކޭ، ސުކޫލުން ހިތްވަރުދީފައިވާނަމަ މިއަށްވުރެ ބޮޑެތި ކާމިޔާބު ލިބުނީސް އޭދޯ، ރަގަޅު ތިއީ އަޅުގަނޑު ގަބޫލު ކުރާކަމެއް، ދެން ކީއްކުރާނީދޯ، ތިގޮތަށް ތެދު ހާމަކޮށް ދިނުމަކީ ނިކަން މަ އެދޭކަމެއް އެއީ ތިކަހަލަ ކަންތައްތައް މިއެނގެނީ އެކަހަލަ ގޮތަކަށް ވިއްޔާ! ނަމަނަމަ ދޮގެއް ނުބުނާތި
ފްޓްބޯލަ ކުޅުންތެރިއެއް ވިދާޅުވީ
ތާރީޚް:13/06/2009
މިމުބާރާތުގައި މިރަށުގެ 2 ސްކޫލު ކަމަށްވާ ޖަލާޅުއްދީން އަދި ހދ. އަތޮޅުތައުލީމީ މަރުކަޒު ދައްކާފައިވަނީ ވަރަށް ރަގަޅު މޮޅު ޕާރފޯރމަންސް އެއް. ޖޫނިއަރ ގްރޫޕުން އަނަހެން އަދި ފިރިހެން ބައިން ހދ. އޭއީސީ ވަނީ ޗެމްޕިއަން ހޯދާފައި އަދި ސީނިއަރ ބައިން ޖަލާލުއްދީން ވީމާ މިދެޓީމް ތައްޔާރުކުރި ދެ ހީރޯއިންނަށް ވަރަށް ބޮޑަށް ސުކުރުވެރިވަން އަދި ފާހަގަކުރަން. ނަމަވެސް މިމުބާޜާތުގައި އަފީފުއްދީން ގެ ޕާރފޯރމަންސް އަކީ ގަބޫލުކުރެވޭނެ ނަތީޖާއެއް ނޫން. އިބްރާހިމް އައްބާސް ޓީމް ތައްޔާރު ނުކުރެވެނީކަމަށް އަޅުގަނޑޫދެކެން. މީ އަފީފުއްދީންގެ ބެލެނިވެރިން ވިސްނާލަންވީ ރަގަޅު ކަމެއް.
ސަފީރު ވިދާޅުވީ
ތާރީޚް:13/06/2009
ކުދި ކުދި ނިކަމެތި ސްކޫލްތައް ކާމިޔާބީ ހޯދާ ވާހަކަ ދެކެވޭތި އެއްޗެއް ބުނެލާނަމޭ ހިތާ މިއުޅެނީ. ޚާއްޞަކޮށް ތަޢުލީމީ ގޮތުން ހޯދާ ކާމިޔާބީގެ ވާހަކަޔަށް. ތަޢުލީމީ ގޮތުން ހޯދާ ކާމިޔާބަކީ ޖާދޫގެ ބޭސްގުލައެއް ކާލައިގެން ވާ ކަހަލަ ކަންކަމެއް ނޫން އެއްގޮތަކަށް ވެސް. އެއީ ވަރަށް ބުރަ މަސަކަތެއް. މިރަށު ސްކޫލްތަކުގެ މެނޭޖްމެންޓް ރަނގަޅެކޭ ނޫން މި ބުނީ. އެކަމަކު މެނޭޖްމެންޓް ބޮލުގައި ހުރިހާ ކަމެއް އެޅުވޭކަށް ނެތް ހަގީގަތުގަ. މިރަށު މާހައުލު ވަރަށް ބޮޑު ބައެއް އޭގަ ހިއްސާކުރޭ އެބަ. ދުނިޔޭގެ ބައެއް ތަންތާ މުޅި މުޖްތަމަޢު އެލާޓަށް އާދޭ ޓެސްޓުތައް ކައިރިވަމުން އަންނައިރު. އަހަންނަށް ދެވުނު ގައުމެއްގައި ހުކުރު ޚުތުބާގައި އެ ކުރާ ދުޢާގައި ބައެއް އިމާމުން ވެސް ކުދިންގެ އިމްތިޙާންތަކުގައި ކާމިޔާބީއަށް އެދި ދުޢާވެސް ކުރޭ. އެ ދަރަޖައަށް މުޖްތަމަޢު އެކަންތައް ބޮޑުކޮށްލާ ބައެއް ފަހަރު. ރާއްޖޭގަ ވެސް އެކި ރަށްރަށުގަ މިކަހަލަ ކަންކަން އޮންނަ ގޮތް ތަފާތު. އަހަރެން ކުޑައިރު މާލޭ ސްކޫލަކަށް ކިޔަވަން ގޮސްގެން އުޅުނު އިރު، ޓެސްޓު ކައިރިވެގެން އައި އިރު މި ފެންނަނީ ކޮންމެ ކުއްޖަކު ވެސް ފައިލުބޮނޑިއެއް އަތަށް ލައިގެން އުޅޭތީ. ޚަބަރު ބަލާލި އިރު އެއީ އެގްޒާމަށް ތައްޔާރުވާން ގެންގުޅޭ އެއްޗެހި. އަހަރެމެން ކުލާސް ކުއްޖަކު އެއްދުވަހު އައިސް ބުނީ، ކަލޭމެން ކިހިނެއްހޭ ތިއުޅެނީ، މިހާރު އެކަކު ވެސް ނުނިދައޭ ރޭގަނޑު. އެދުވަހު އަހަރެން ހަމަ ކޮސްވި. ބަޔަކު މީހުން ނުނިދާ ފިލާވަޅު ދަސްކުރަނީއޭ ބުނީމަ. ރަށުގައި އުޅުނު އިރު އަޑުވެސް އެހި ވާހަކައެއް ނޫން އެއީ. އެހެންވީމަ. ސްކޫލް މެނޭޖްމެންޓް ރަނގަޅަސް ގޯހަސް. މިރަށުގައި މި އޮންނަ މާޙައުލު އެހާ ވަރަކަށް ކުދިންގެ ކިޔެވުމަކަށް ތަރުޙީބެއް ނުދޭ. މުޖްތަމަޢު މިހާރު ކުރިޔަށް ވުރެން ހޭލުންތެރި ވެއްޖެމެ. އެކަމަކު ވެސް ތިޔަ ބުނާ ކަނޑިތީމު ކަހަލަ “ނިކަމެތި” ސްކޫލްތަކުގެ ވާހަކަ ދައްކާ އިރު މިއީ ވެސް ވިސްނާލުން ރަނގަޅު ނުކުތާއެއް.
ފްޓްބޯލަ ކުޅުންތެރިއެއް ވިދާޅުވީ
ތާރީޚް:13/06/2009
މިފަހަރު މިމުބާރާތުގައި ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު ހޯދި ކާމިޔާބީގެ އަސްލަކީ މި ޓީމު ތައްޔާރުކުރުމުގައި އިސްކޮށް މަސައްކަތްކުރި ޢަލީ ޝަރީފްގެ ހިތްވަރާއި ބުރަ މަސައްކަތް. ބެލެނިވެރިޔެއްގެ ހައިސިއްޔަތުން މިކާމިޔާބުގެ ހުރިހާވެސް ކުރެޑިޓެއް އަޅުގަނޑު ދޭހިތްވަނީ އަލީ ޝަރީފަށް.
ސެކަންޑަރީ ސްކޫލް ކުއްޖެއް ވިދާޅުވީ
ތާރީޚް:13/06/2009
އެންމެފުރަތަމަ އަޅުގަނޑު މި ސައިޓުގެ އިސްވެރިންނަށް ސުކުރުދަންނަވަން މިފަދަ ލިޔުމެއް ލިޔުނީތީ. އަދިވެސް މިމުބާރާތާއި ބެހޭގޮތުން ލިޔުން ޖަހައިފިނަމަ ކިޔުންތެރިން ބަލައިގަންނާނެ. ޙިޔާލެއް ދެންތް! މުބާރާތުގެ ޓިމުތަކުގެ އިވެންޓުތަކުގެ ފޮޓޯކޮޅެއް ޖަހަންވީނު މިސައިޓުގައި. ކޮންގުރާ ޖަލާލުއްދީން އެން ހދ. އޭއީސީ
ފާތުން ވިދާޅުވީ
ތާރީޚް:13/06/2009
މިސައިޓުގައި އުމުރު ފުރާތުކުގެ ބެސްޓު އެތުލީޓުންގެ ބަސްދީގަތުމެއް ޖަހަން ވަރަށް ފެނޭ. ޕްލީޒް އެޑްމީން މިކަން ކޮށްލާތި. ވަރަށް ކަމުދާކަމަކަށް ވާނެހެން ހީވަނީ.
ފާތުން ވިދާޅުވީ
ތާރީޚް:13/06/2009
މިފަދަ ބޮޑު މުބާރާތެއް ނިމިގެން ދިޔައިރު ސްޓޭޑިއަމް ގައި ތިބޭ ޢަލީ ނިޔާޒުއާއި ސަލާމު ކޮބައިތަ؟ ހިންގުމުގެ ބައި ވަރަށް ދަށް. މި މުބާރާތް ރަށުގައި ހިންގުމަށް އެންމެ އިސްކޮށް އުޅެންޖެހޭ އެއް އޮފީސް ސްޓޭޑިއަމް އޮފީހަކީ. އަޅެ މީ ދޮގެއްތަ؟