Share

ވާހަކަ – އެސްފީނާ (1)

ވާހަކަ – އެސްފީނާ (1)
ހާޝިމް

އާދުވަހެކެވެ. އާދާނެކެވެ. އާކޮޓަރިއެކެވެ. އާފިރިއެކެވެ. އާކައިވެންޏެވެ.

ޝިޔާނާ ނިދިން ހޭލެވުމާއެކު އެންމެ ފުރަތަމައަށް ވެސް ސިކުނޑިއަށް އައީ އެލަފުޒުތަކެވެ. އެއާއެކު، އޭނާގެ ނަޒަރު، ފަންގިފިލާގައިވާ ފަންކާއިން އޭނާގެ މަގަތުގައި އޮތް ފިރިމީހާއަށް ހުއްޓުވާލިއެވެ.

އެއީ، ވަރަށް މައުސޫމު އިންސާނެކެވެ. ވަރަށް އޯގާތެރި މީހެކެވެ. އެހާމެ ވަފާތެރި ލޯބިވެރިއެއް ވެސް މެއެވެ. އެކަން ޝިޔާނާއަށް ވަނީ ވޭތުވެ ދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ޔަޤީން ކުރެވިފައެވެ. އޭނާގެ އިޚްލާޞްތެރިކަމާއި ތެދުވެރިކަން ވެސް ވަނީ ޝިޔާނާއަށް ކަށަވަރުވެފައެވެ. އޭނާގެ ހުށަހެޅުން ޝިޔާނާ ބަލައިގަތީ އެހެންވެއެވެ. އޭނާއަށް ވަޤުތާއި ފުރުޞަތު ދިނީ ވެސް އެހެންވެއެވެ.

ޝިޔާނާގެ ޚިޔާލަށް ދެން އައީ، އޭނާއާއި ނަވީންގެ ފުރަތަމަ ބައްދަލުވުމެވެ. އެއީ، މާލޭގެ އާސަހަރާއެވެ. މީގެ ދޮޅު އަހަރު ކުރިން އައި ހުކުރު ދުވަހެކެވެ. އެހެނަސް، އެދުވަހުގެ ހުރިހާ ކަމެއް ވެސް، މިއަދުވީ ކަމެއް ފަދައިން، ޝިޔާނާގެ ހިތުގައިވަނީ ބިންވަޅު ނެގިފައެވެ. އެދުވަހު ނަވީން ލައިގެން ހުރި ގަމީހާއި ޖިންސެވެ. އަޅައިގެން ހުރި އަވިއައިނާއި ނުތަނަވަސްވެފައިވާ މޫނެވެ. ނިތްކުރިން ހިއްލާފައިވާ ދަލެވެ. އެހުރިހާ ކަމެއް އިސާހިތަކު ޝިޔާނާގެ ހަނދާނަށް ވަރަށް ސާފުކޮށް އައެވެ.

ޝިޔާނާގެ ޚިޔާލީ ދުނިޔެ ކުއްލިއަކަށް އެކޮޅުކޮޅުން ޖަހާލީ، އެނދުގައި ނަވީން އޮތް ފަޅީގައިވާ ކުޑަމޭޒުމަތީގައި ހުރި ސޯނާ ގަޑީގެ އަޑުންނެވެ. އެއާއެކު، އޭނާގެ އަވަސް ޙަރަކާތަކުން އެގަޑީގެ ސޯނާ ހުއްޓުވާލިއެވެ. ނަވީންގެ ގައިމަތިން އަތް ގެންގޮހެވެ. އަދި މަޑުމަޑުން ނަވީންގެ ނިތްކުރިއަށާއި ކޮލަށް ޝިޔާނާ ބޮސް ދިނެވެ. އަދި ރަޖާގަނޑު ލޫދި، ނަވީންގެ ކަޝްފުވެފައިވާ ކަނާތު ކޮނޑުހުޅަށް ވެސް ބޮސް ދިނެވެ. އަދި މަޑުމަޑުން އެނދުން ފައިބައި ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ.

އެވަގުތު އޭނާގެ ހިތުގައި ހިނގައިގަތް ޝުޢޫރަކީ، އެކަމަކީ، އިޚްތިޔާރަކާ ނުލާ ނަމަވެސް، އޭނާގެ ނިމިދިޔަ 6 ކައިވެނީގެ އަލަތު ހެނދުނުގައި ވެސް އޭނާ ކަންތައް ކުރި އާދައެވެ.

=ނުނިމޭ=

, ,

‮ ‬17‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހަމް‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    މި ވާހަކަ ކިޔަނިކޮށް ވަރަށް މަޖާކަމެއް ވެއްޖެ. ރަނގަޅަށް ބަލައިނުލައި ކީމަ ވީ ގޮތެއް. މަށަށް މި ކިޔުނީ “އާ ދުވަހަކެވެ. އާދަނެކެވެ.” މިގޮތަށް. “އާދަނެކެވެ” ދެން މި ހިތަށް އެރީ ހާދަ މަޖާގޮތަކަށޭ ފިރިމީހާގެ ނަން ގެނެއްސަ މިއޮތީ. އެ ގޮތް ވަރަށް މޮޅޭ ހިތާ ކިޔަމުންގެންދަނިކޮށް، ނަވީނެއްގެ ވާހަކަ ފެށީމަ ދެން މިހީކުރީ އެވާނީ ކުރީގެ ލޯބިވެރިއެއްކަމަށޭ. އެކަމަކު ފަހުން އެނގިއްޖެ އޭނަ ކައިރީގައި އޮތީ ހަމަ ނަވީންކަން. ދެން ކީއްވެބާއޭ އާދަނެކޭ ކިޔައިގެން ފެށީ.. ފަހުން ރަނގަޅަށް ބަލައިލި އިރު މި އެނގުނީ އާ ދާނެއްގެ ވާހަކަކަން. ވާހަކަ ސަޅި އިނގޭ.. މާ ލަސްނުކޮށް އަނެއްބައި ގެނެސްދޭތި.

  2. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    އަޅުގަނޑަށް މިރޭ ޔަގީން ވެއްޖެ ހާޝިމަކީ އެއްޗަކަށް އެއްޗެއް ލިޔެލާ ބޭފުޅެއް ނޫންކަން. މިއީ ވަރަށް ފުރިހަމަ އަދި މަގުބޫލުވެގެންދާނެ ވާހަކައެއްގެ ފެށުމެއްކަމުގައި ދެކެން. ފުރަތަމަ އެޕިސޯޑު ނިމިގެން ދިޔަލެއް ކިތަންމެ ކުރު ކަމުގައި ވިޔަސް، ވާހަކައިގެ ދެވަނަ ބަޔަކަށް އިންތިޒާރު ކުރެވޭނެހެން މިއޮތީ ނިންމާލާފަ، ކިޔުންތެރިންގެ ހިތުގައި ސުވާލުތަކެއް އުފައްދާފަ. ޝިޔާނާއަކީ ކޮންކަހަލަ އަންހެނެއްބާއޭ ނުވަތަ 6 ކައިވެނީގެ ފަހަތުގައި ވަނީ ކޮންކަހަލަ ސިއްރެއްބާއޭ ހިތަށް އަރަން ފަށައިފި. މާބޮށަށް ލަސްނުކޮށް ދެވަނަ އެޕިސޯޑު ގެނެސްދޭނެކަމަށް އެއްމީދު ކުރަން.

  3. ނަލަ ކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ބޭބެ މިއިންނަނީ ވާހަކައެއް ކޔައިދޭނެ ކުއްޖަކު ނުވެފައޭ.ހާޝިމު ހާދަ ރަނގަޅޭ.ވާހަކައިގެ އަނެއްބައި ކިޔައިދޭނީ ކޮންދުވަހަކުންތަ؟ މަލަސްނުކޮށް ވާނެ ތިޔާކަމާ އުޅެން އިނގޭ.

  4. ގަޅިބެ‮ ‬ވިދާޅުވީ


    ތާރީޚް:20/06/2009

    ހާޝިމް! މިވާހަކައިގެ ފެށުން ވަރަށް ސަޅި އިނގޭ،ދެންބައެއްވެސް ރީތިވާނެ ކަމަށް ހީކުރަން.ސުވާލަކީ ތިޔަ ފެއްޓެވީ ދިގުވާހަކައެއްތޯ ނޫނީ ކުރުވާހަކައެއްތޯ.ކުރުވާހައެއްނަމަ ސިފަކުރުން ބަރާބަރު، އެކަމަކު ދިގުވާހަކަ އެއްނަމަ ސިފަކުރުން އެހާކަމަކުނުދޭ.މީ އަޅުގަނޑުގެ ހިޔާލު.

  5. ސިކަންދަރުން މުދާބާލާ ކުދިން‮ ‬ވިދާޅުވީ


    ތާރީޚް:21/06/2009

    ކުރު ވާހަކައިގެ ސިފަކުރުން ހުންނަން ޖެހޭ ގޮތާއި ދިގު ވާހަކައިގެ ސިފަ ކުރުން ހުންނަން ޖެހޭގޮތުގެ ތަފާތު އަޅެ އަހަރެމެންނަށް ބުނެލަދީބަލަ. ބޭނުމޭ ދަސްކުރަން. ވާހަކަ ފެށުން ވަރަށް ސަޅި އިނގޭ ހާޝިމް.

  6. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:21/06/2009

    ނަލަ ކާސިމަށް.
    އެޑްމިން އެބައޮތް މިރޭ އަޅުގަނޑަށް ފޮނުއްވާފަ ނަލަ ކާސިމްގެ އީމެއިލް. އެޑްމިން ވިދާޅުވީ، ކޮންމެ ވެސް ކަމަކު އަޅުގަނޑާ ބައްދަލުކޮށްލާށޭ ނަލަ ކާސިމު އުޅުއްވަނީ. އެންމެ ބޭފުޅުންގެ އިޒުނައާއެކު މިތަނުގައި، އަހާލަން ބޭނުންވަނީ އެކަމެއްގެ ޞުރުޚީ އަޅުއްވާލަ ދެއްވަފާނަންތޯ. އޭރުން ދެން އަޅުގަނޑު ގޮތެއް ނިންމާނަން އިނގޭތޯ. އެހެން ދަންނަވާލަން ވެގެން އަސްލު މިފުރުސަތު މިބޭނުންކުރީ. އެހެންނަމަވެސް ދެން، މިވާހަކައަށް ކޮމެންޓް ކުރެއްވި ބޭފުޅުންނަށް އެއްޗެއް ނުދަންނަވާ މިތަނުން ދިޔުމަކީ ވެސް ރީތި ކަމަކަށް ނުވާތީ ދަންނަވާލާނަން. މިވާހަކައަށް ކޮމެންޓް ކުރެއްވި އެންމެ ބޭފުޅުންނަށް، ހަމް، ގަޅިބެ، ސިކަންދަރުން މުދާ ބާލާ ކުދިން އަދި ނަލަ ކާސިމަށާއި ކަންނެތް ސޮރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ތިބޭފުޅުން ކުރެއްވި ޕޮޒިޓިވް ކޮމެންޓްތަކަށް ޓަކައި. މިއީ މެދުމިނުގެ ވާހަކައަކަށް ރާވާލައިގެން ލިޔެފައިވާ ވާހަކައެއް. އިނގިރޭސިބަހުން މިކިޔާ ނޮވެލާ.

  7. މަރިޔަމް‮ ‬ވިދާޅުވީ


    ތާރީޚް:21/06/2009

    ވަރަށް ފެންވަރު ދަށް، ކަމުނުދާ ވާހަކައެއް. މަށަކަށް މިވާހަކަ ލިޔުނު މީހާގެ ސްޓައިލެއް ކަމަކުނުދޭ. ސޮރީ!

  8. މަރިޔަމް‮ ‬ވިދާޅުވީ


    ތާރީޚް:21/06/2009

    ” އެވަގުތު އޭނާގެ ހިތުގައި ހިނގައިގަތް ޝުޢޫރަކީ، އެކަމަކީ، އިޚްތިޔާރަކާ ނުލާ ނަމަވެސް، އޭނާގެ ނިމިދިޔަ 6 ކައިވެނީގެ އަލަތު ހެނދުނުގައި ވެސް އޭނާ ކަންތައް ކުރި އާދައެވެ. ” މި އިބާރާތުގަ މި ބުނަނީ އަޅެފަހެ ކޯޗެކޭތަ؟ އިބާރާތް ހަމަޖެހޭބާ އެބަ؟

  9. އިބުރާހީމް‮ ‬ވިދާޅުވީ


    ތާރީޚް:21/06/2009

    ވާހަކައިގެ ފަހުބައި މިއަށްވުރެ ޝައުޤުވެރިވާނެކަމަށް އުންމީދުކުރަން. ދިވެހިކުއްޖެއްގެ ފޮޓޯޖަހާލިނަމަދޯ!

  10. ބެސްކެ‮ ‬ވިދާޅުވީ


    ތާރީޚް:21/06/2009

    ހާޝިމް އެހާދިގުކޮށް ކޮމެންޓް ނުކޮށް ކުރަން ރަގަޅުކަމެއްމީ ވާހަކަގަޑެއް ލިޔެލުން.. ހާޝިމްގެ ކޮމެންޓެއް އޮތަސް ނުވެސް ކިޔަން މިހާރު ދިގުކަމުން.. ދިގުކޮމެންޓްގެ ބަދަލުގައި ދިގު ވާހަކަ ލިޔުމަށް ހާޝިމަށް ގޮވާލަން.. ދެއްވި ފުރުޞަތަށް ޝުކުރިއްޔާ..!

  11. ނާޒިމް‮ ‬ވިދާޅުވީ


    ތާރީޚް:21/06/2009

    ސައިޓްގެ އެޑްމިންއަށް:
    މިގޮތަށް ސިލްސިލާކޮށް ލިޔާ ވާހަކައެއް ނަމަ، ހަފުތާގެ ކޮންމެވެސް އެއް ދުވަހަކު އަބަދުވެސް އަޕްޑޭޓްކުރާގޮތަށް ހަމަޖެއްސުން ވަރަށް ރަނގަޅުވާނެ ކަމަށް ފެނޭ. އޭރުން، އިންތިޒާރުކުރަން ފަސޭހަވެފައި، ލިޔުންތެރިޔާވެސް ހަމަ ސީދާ އަޕްޑޭޓްކުރާ ދުވަހަށް، އެ ހަފުތާއަކަށް ވާބައި، ނިންމުމަށް ސަމާލުކަންދޭނެހެން ހީވޭ.

  12. ދޮންބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:21/06/2009

    އައްސަލާމް ޢަލައިކުމް.
    ރަށަށް އާދެވިއްޖެ ހުރިހާ އެންމެން ވެސް ގަދަ ދޯ؟ ހާޝިމް ގެ ވާހަކަ ކިޔާލީ މި. ވަރަށް ރީތިވާނެހެން ހީވަނީ. މިހާރު ޝާއިޢުކޮށްފަ އޮތް ބައި ރީތި.

    މަރިޔަމްއަށް:
    ޢިބާރާތް ހަމަޖެހޭ. އެބުނާ ވާހަކައަކީ، މި އަންހެންކުއްޖާ ކުރިން ކުރި 6 ކައިވެނީގައި ވެސް، ފުރަތަމަ ދުވަހުގެ ހެނދުނު، (އަލަތު ހެނދުނު)ގައި އޭނާއަށް ހޭލެވުމުން ކަންތައް އެކުރި ގޮތަށް ކުރާ ވާހަކަ. ފިރިމީހާގެ ގައިމަތިން އަތް ގެންގޮސްފައި، ސޯނާގަޑި ނިއްވާލުމަށް ފަހު އެކުރިކަމެއް ކޮށްފައި ގޮސް ފާޚާނާއަށް ވަންނަ ވާހަކަ.

  13. ފޮޓޯ ނަގާތަނުގަ އުޅޭ ބިދޭސީ‮ ‬ވިދާޅުވީ


    ތާރީޚް:21/06/2009

    މަށަށް ފެންނަ ގޮތުން ޖަހާފަ އެއިން ފޮޓޯ (އެއީ ބޭރު ކުއްޖެއް ކަމުގައި ވިޔަސް) ވަރަށް ފުރިހަމައޭ. ކުލަތަކަށް ގެނެސްފަ ހުރި ބަދަލާއި ޓޯންވެސް.
    އިބްރާހިމަށް: ދިވެހި ކުއްޖެއްގެ ފޮޓޯއެއް ހުއްދަ ނެތި ޖަހައިފިއްޔާ އަނެއްދުވަހު ޖެހިދާނެ ކޯޓަށް ދާން. ދެން ހުއްދަ ހޯދައިގެން ޖަހާ އިރު ފޮޓޯއެއް ދޭނެ ކުއްޖަކު އޮންނަނީ ނުލިބިފަ. ފޮޓޯމެޖިކަށްވެސް ކުދިން ފޮޓޯ ނަގަން އާދޭ. އެކަމަކު އެއްވެސް ކުއްޖަކު ނުހުރޭ މޮޑެލް ކުރާ ޚިޔާލެއް. ޓޮޓީ އެކަނި އުޅެނީ އެވަރު ކަރޭޖެއް ހުންނަ ސޮރެއް. އެސޮރަށްވެސް މިރަށުމީހުން ކުރަނީ މަލާމާތް. މިކަހަލަ ކަންކަމަށް މީހުން އޯޕަންކޮށް ވިސްނަން އެބަޖެހޭ.

  14. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:21/06/2009

    ހާޝީމަށް! ބޭބޭ މިއުޅެނީ ކުޑަކޮށް ވާކަދައްކާ އަނގަތަޅާލަންކަމަށް،ދެން އަސްލުބޭނުން މިތަނުގައި ދެއްކުން އެހާ ރަނގަޅެއްނޫން.އެއީ ނޫޕާޓީ ކުދިންކޮޅު ރުޅިއައިސްފާނެ.ކޮންއިރަކުން ބައްދަލުވާނީ.

  15. މަރިޔަމް‮ ‬ވިދާޅުވީ


    ތާރީޚް:22/06/2009

    ” އެވަގުތު އޭނާގެ ހިތުގައި ހިނގައިގަތް ޝުޢޫރަކީ، އެކަމަކީ، އިޚްތިޔާރަކާ ނުލާ ނަމަވެސް، އޭނާގެ ނިމިދިޔަ 6 ކައިވެނީގެ އަލަތު ހެނދުނުގައި ވެސް އޭނާ ކަންތައް ކުރި އާދައެވެ.” މި އިބާރާތް ހަމަނުޖެހެއޭ ބުނަން ޖެހެނީ، ” އޭނާގެ ހިތުގައި ހިނގައިގަތް ޝުޢޫރަކީ، ….. އާދައެވެ. ” އޭނާގެ ހިތުގައި ހިނގައިގަތް ޝުޢޫރަކީ އާދައެވެ ބުނެވޭނެ ގޮތެއް މަރީ އަކަށް ނުވިސްނޭ. މަ އަޑު އަހައި އުޅެނީ، ” އޭނާގެ ހިތުގައި ހިނގައިގަތް ޝުޢޫރަކީ މިވެނި އެވެނި ޝުޢޫރެކޭ ކިޔައިގެން މީހުން ވާހަކަދައްކާ އަޑު.

  16. ފު‮ ‬ވިދާޅުވީ


    ތާރީޚް:22/06/2009

    އެޔޮތީ ނުން “ޝުޢޫރަކީ އެކަމަކީ..” ؟ އޭނަ ހިތުގަ އެ ހިނގާ ޝުޢޫރަކީ، އެކުރާ ކަންތައް އެއީ މިވެނި ގޮތަކަށް ހިނގާ ކަމެކޭ. ދެން އަދި ޖެހޭތަ “މަރީ ކޮމެންޓުކުރި ކޮމެންޓަކީ” އޭ ކިޔަން؟ އެޔަށް ވުރެން މާ ބޮލަށް ފަސޭހަޔޭ ނުން މަރީ ކުރި ކޮމެންޓަކީއޭ ލިޔުނިއްޔާ؟

  17. ހިޔަލަ‮ ‬ވިދާޅުވީ


    ތާރީޚް:23/06/2009

    އާދުވަހެކެވެ. އާދާނެކެވެ. އާކޮޓަރިއެކެވެ. އާފިރިއެކެވެ. އެކަމަކު އާކައިވެންޏަކަށް ނުވާނެ…ކުރިން 6މީހުންނާ އިނދެފަ ހުރީމަ…އެހެންނޫންތަ؟؟؟؟؟؟