މިއަދުގެ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިންވެސް ބުނަމުން އައީ ސަރުކާރުގެ ހަރަދު ކުޑަކުރާނެ ވާހަކައެވެ. އޭރު އޮތް ސަރުކާރުގެ ހިންގުމުގެ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ ވާހަކައެވެ. މިއަދު އެބީދައިން އަޑުއުފުލަމުން އައި ފަރާތްތައް ސަރުކާރު ހިންގުމާ ހަވާލުވިއިރު ހަމަ ހަޤީޤަތުގައިވެސް ސަރުކާރުގެ ހިންގުމުގެ ހަރަދު މިވަނީ ކުޑަކުރަންޖެހިފައެވެ.
ދާދި ފަހުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން ނެރުނު ރިޕޯޓާ ގުޅިގެން ހަރަދު ކުޑަ ކުރުމުގެ އަޑު މިވަނީ އިހުނަށްވުރެ ގަދަވެފައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައި އެމް އެފް)ގެ ރިޕޯޓުގައިވާ ގޮތުން މިއަދު ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ސަރުކާރު ހިންގުމުގައި ހަރަދު ކުޑަކޮށް ހިންގޭނެ ގޮތްތަކެއް ހޯދަންޖެހެއެވެ. މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ އިގްތިޞާދީ ބަލިމަޑުކަމަށް ދިއުމުގެ ކުރިން އެފަދަ ފަރާތްތަކަށް އެހީވާންޖެހެއެވެ.
އައި އެމް އެފް ގެ ރިޕޯޓާ ގުޅިގެން މިހާރު ސަރުކާރުންވަނީ ތަފާތު ކަންތައްތަކެއް ހިންގުމަށް ރާވާފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކުރެވެނީ ސަރުކާރުގެ އޮފީސްތަކުން “ބޭކާރު” މުވައްޒަފުން މަދުކޮށް މުސާރަ 20 އިންސައްތައަށް ވުރެ އިތުރު ނުވާނެހެން ދިނުމަށް ސަރުކާރުން އޮފީސްތަކަށް އެންގި އެންގުމެވެ. މިފަދަ އެންގުމެއް ސަރުކާރު އޮފީސްތަކަށް އެންގުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. ހާއްސަކޮށް އަތޮޅުތެރޭ މަސައްކަތް ކުރާ ސަރުކާރުގެ މުވައްޒަފުން ނަށް މިވަނީ ކިހިނެތްކަމެއް ނޭގޭހާލު މަސައްކަތް ކުރަން ވަނީ ޖެހިފައެވެ. ސަރުކާރު މުވައްޒަފުން މަދުކުރުމަށް އެންގިކަމުގައިވިޔަސް އެއީ ކިހިނެތް އަދި ކޮންއިރަކު ކުރާކަމެއްކަން އަދި ވަނީ ނޭގުމެއްގެ ތެރޭގައެވެ. ބައެއް އާއްމު ފަރާތްތަކުން ބުނަމުންދާ ގޮތުގައި މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން ވަޒީފާގައި ދެމިތިބުމުގެ ރައްކާތެރިކަން (ޖޮބް ސެކިއުރިޓީ) ވަނީ ގެއްލިފައެވެ. ރަށްރަށުގައި ހުންނަ އޮފީސްތަކަށް ތުންތުން މަތިން އަންނަ ހަބަރުތަކުގެ ސަބަބުން އެފަދަ ފަރާތްތަކަށް ވަޒީފާގައި ދެމިތިބެވޭނީ ކިހާ ދުވަހަކު ކަމެއް ނޭގެއެވެ.
ސަރުކާރުން ސަރުކާރު ހިންގުމުގެ ހަރަދު ކުޑަކުރުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔަމެވެ. އެހެނަސް އެކަންވެސް ކުރަންވާނީ ރައްޔިތުންނަށް އޮޅުންނާރާގޮތަކަށެވެ. އަމިއްލަ މީސްމީހުންގެ އިމާރަތްތަކުގައި ހިންގާ ސަރުކާރު އޮފީސްތައް ސަރުކާރުގެ އިމާރަތްތަކަށް ބަދަލު ކުރުމަކީ ހަރަދު ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށްވެސް ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތެކެވެ. މިކަމަށް ސަރުކާރުން ވަރަށް އިސްކަންދެއެވެ. އެގޮތުން މިހާރުވެސް ބައެއް އޮފީސްތައް ސަރުކާރުގެ އިމާރަތްތަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށްޓަކައި، ސަރުކާރުގައި އުޅެމުންދާ އުމުރުން 60 ނުވަތަ 55 އަހަރުގެ މުވައްޒަފުންގެ ތެރެއިން އެކަށީގެންވާ މިންވަރަށް ހިދުމަތް ކުރަމުން ނުދާ މީހުންނަށް ވަޒީފާއިން ރިޓަޔަރ ކުރުމަށް ނޯޓިސް ދިނުމަކީ ހަރަދުކުޑަ ކުރުމަށްޓަކައި ކުރެވިދާނެކަމެކެވެ. ބައެއް އޮފީސްތަކުގައި 55 އަހަރުވެފައި ތިބި އަދި އެބައިމީހުންގެ މަސައްކަތުން އެއޮފީހަށް މާބޮޑު ފައިދާ އެއް ނުވާ އެތަކެއް މުވައްޒަފުންނެއް އެބަތިއްބެވެ. ޕިޔޯނުން ފެށިގެން ޑިރެކްޓަރުންނާ ހަމައަށް އެފަދަ މީސްމީހުން އެބަތިއްބެވެ. ރިވެތި ގޮތުގައި ކަންއޮތްގޮތް އޮޅުންފިލުވައި ދިނުމަށްފަހު ހައްޤުވާ އިނާޔަތް ތަކާ އެކީ އެފަދަ މުވައްޒަފުން ވަޒީފާއިން މުސްކުޅި ކުރެވިދާނެއެވެ.
އައި އެމް އެފް ގެ ރިޕޯޓުގައި ސަރުކާރުގެ ހަރަދު ތައް ކުޑަ ކުރުމުގެ ގޮތުން ސިޔާސީ މަގާމުތައް މަދުކޮށް ސިޔާސީ ބައެއް މަގާމުތައް އުވާލުމަކީ މިވަގުތައް އެންމެ ރީތި ގޮތް ކަމުގައި ބުނެފައިވެއެވެ. އެހެނަސް ސަރުކާރުގެ ވިސްނުން ހުރީ ދިމާ އިދިކޮޅަށެވެ. ސިޔާސީ މަގާމުތައް ޖަޕާނު މަސް ވިހަމުންދާ އުޞޫލުން އިތުރުވަމުން ދާއިރު އަބަދުވެސް އަޑު އިވެނީ ސިވިލް ސާރވިސްގެ މުވައްޒަފުން ވަކިކުރަން ވިސްނަމުންދާ ހަބަރެވެ. ޤާނޫނު އަސާސީގައި ވާގޮތުން ޖުލައި މަސް އަންނަން ވާއިރަށް ރަށުކައުންސިލާއި އަތޮޅު ކައުންސިލުތައް އުފައްދަން ޖެހެއެވެ. އަދި ފެންނަމުންދާ މަންޒަރުތަކުން އެހާތަނަށް އެކަން ވެގެންދާނެ ކަމަކަށް ނުފެނެއެވެ. އެހެނީ ކައުންސިލުތަކުގެ ބިލުގެ ބަހުސް މަޖިލީހުގައި ކުރިއަކަށް ނުދެއެވެ. މިދަންނަވާ ކައުންސިލް ތައް އުފެއްދުމުގެ ކުރިން ރައީސުލް ޖުމުހޫރިއްޔާއަށް ލިބިދޭ އިހްތިޔާރެއްގެ ބޭނުން ހިފައިގެން ރަށްރަށަށް ކައުންސިލަރުން ހަމަޖައްސާ އެބޭފުޅުންނަށް ބޮޑު މުސާރައެއް ދިނުމަކީ ބޭކާރު ކަމެކެވެ. ކޮންމެ ރަށަކަށް ކައުންސިލަރެއް އަދި ކޮންމެ އަތޮޅަކަށް ކައުންސިލަރެއް ހަމަޖެއްސުން އެޤާނޫނު ވުޖޫދަށް އަންނަންދެން މަޑުޖައްސާލުމަށް ފަހު އެކުރާ ހަރަދުތައް ހުއްޓާލުމަކީ މިވަގުތައް އެންމެ “ރީތި” ގޮތެވެ.

ނައިބު ލޯންޗަށް އަރަމުން ވިދާޅުވީ
ތާރީޚް:21/06/2009
ރަނގަޅު ލިޔުމެއް. ޚަރަދުކުޑަކުރަންވިޔެއްކަމަކު ކީއްކުރާނީ، އެބަޖެހެންޏާ ދެނޭވާ ދޭތެރޭން މާލެ ޖައްސާލާ ހަދަން، އެންމެހާ ކަންތައްތައް ކުރަން. ނަސީބު އޮފީހުގައި ލޯންޗެއް އޮންނަކަންވެސް އެހެންނޫންނަމަ ހަނިމާދުއަށް ދާންޖެހުނީހީވެސް ލޯންޗެއް ކުއްޔަށް ހިފައިގެން. މީހުން އެއްޗެތި ކިޔެއްކަމަކު ނުގޮސްނުވާތީ ދަނީ.
ބަހާދަރު ފުރުވަން ގޮސް ހުރިމީހާ ވިދާޅުވީ
ތާރީޚް:21/06/2009
ކީއްވެބާ ނައިބު ބަހާދަރުން މާލެނުދަނީ އޭރުން މާ ޚަރަދުކުޑަކޮށް ދެވޭނޭ.
ހާޝިމް ވިދާޅުވީ
ތާރީޚް:21/06/2009
އަޅުގަނޑު ދެ ނުކުތާއެއް ފާހަގަކޮށްލަން ބޭނުން މިއާޓިކަލާއި ގުޅިގެން. އެއިން އެއްކަމަކީ، މިސަރުކާރުންވާ އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ މަޝްވަރާ ޤަބޫލުކުރައްވައިގެން ފިޔަވަޅު އަޅުއްވަން އެބަ ވިސްނަވާތާ ދެއްތޯ. މައުމޫން ސަރުކާރަށް، ފިނޭންސް މިނިސްޓަރަކަށް ޤާސިމް ހުންނެވިއިރު، އައިއެމްއެފް އިންނާއި ވޯލްޑް ބޭންކުން މަޝްވަރާ ދެއްވީމާ ކަންތައް ކުރެއްވީ ދިމާ އިދިކޮޅަށް. އޭރު އެބޭފުޅުން ވިދާލުވި އިންފްލޭޝަން ވެސް އެބަ މައްޗަށް ދެއޭ. އެހެންނަމަވެސް، އެކަމާ ވެސް ގޮން ޖައްސަވަމުން މައުމޫން ވަޑައިގަތީ. އޭގެ އުނދަގޫ އަޅުގަނޑުމެންނަށް ޖެހިގެން މިއުޅެނީ ހަޤީޤަތުގައި.
ދެވަނަ ނުކުތާއަކީ، ސަރުކާރުގެ ޚަރަދު މިހާރު ވެސް ވަނީ ކުޑަކުރައްވަން ފައްޓަވާފައި. އެހެންނަމަވެސް، އޮޑިޓަރ ޖެނެރަލާއި، އެންޓި ކޮރަޕްޝަނާއި، މީޑިޔާ ކައުންސިލާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ޕޮލިސް އިންޓަގްރެޓީ ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލާއި، އުއްތަމަ ފަނޑިޔާރާއި، ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕްރެޒިޑެންޓާއި، އިލެކްޝަންސް ކޮމިޝަން ފަދަ މުއައްސަސާތަކުން ސަރުކާރުގެ ބަޖެޓަށް ކުރާ ބާރު ވެސް ވަކި ކުޑައެއް ނޫނޭ އިނގޭތޯ. މިއީ ކުރީގައި ނެތް ތަންތަން. އަނެއް ކޮޅުން، މިހާރު ރައްޔިތުންގެ މަޖިލީހުގައި ވެސް އެބަ ތިއްބެވި 77 މެމްބަރުން. އެބޭފުޅުންނަށް 62500 ރ ގެ މަހު މުސާރައެއް ލިބިވަޑައިގަންނަވާއިރު އެއީ މަހަކު 4812500 ރ. ކުރީގައި ނަމަ 50 މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ މަހަކު 3125000. މިއިން ބާރު ކުރަނީ ވެސް ސަރުކާރުގެ ބަޖެޓަށް. މުޙައްމަދު އިސްމާޢީލް މިނުކުތާތައް ފާހަގަ ނުކުރެއްވީމާ، މިއީ އަދި މުޅިން ބެލެންސްޑްކޮށް ލިޔުއްވާފައިވާ ލިޔުއްވުމެކޭ ދަންނަވަން އަޅުގަނޑަށް ވަރަށް ދަތި އިނގޭތޯ. ސަރުކާރަކަށް ނެތޭ އިނގޭތޯ މިއިން އެއްވެސް ބަޔަކުން ޚަރަދު ކުޑަ ކުރެއްވުމުގެ ޤާނޫނީ ބާރެއް.
ވޮޗަރު ޑިޔުޓީގައި ހުރެފައި ވިދާޅުވީ
ތާރީޚް:22/06/2009
ހާޝިމު ކޮއްކޯ. ރޭގަނޑު 12 ޖެހިއިރުވެސް ކޮއްކޮ ނުނިދަ ތިޔަހުންނަނީ މިސައިޓަށް ކޮމެންޓް ކުރަންވިއްޔާ. ބޭބެ ޑިޔުޓީގައި ހުރެގެން މިބަލަނީ ކޮންބައެއްތޯ ކޮމެންޓްކުރަނީ ކޮމެންޓް ކިޔާހިތުން. ތިހެން ނުނިދާހުރެގެން ތާއްޔާ ޖެހޭއިރު ބައެއްފަހަރު ދެފަހަރަށްވެސް ޝުޢޫރުފޮނުވާ ބަޓަނަށް އޮބާލެވިދާނެ އެކަމާ އެކޮން ހާސްނުވެ، އަވަހަށް ދޭ ނިދަން. ފަތިސްނަމާދުކޮށްލައިގެން ކޮމެންޓް ކުރަންފެށީމައި ރަނގަޅުވާނީ. މުޙައްމަދު އިސްމާލަކަށްވެސް ލިޔުމުގައި ހުރިހާ ވާހަކައެއް ނުލިޔެވޭނޭނުން، ލިޔަން ހަދައިގެން ހާޝިމުމެން ލިޔާވަރުގެ ކޮމެންޓެއްހާ ދިގުވެސް ވެދާނޭ. އޭރުން އެންމެން ހާދަ ދިގު ލިޔުމެކޭ ކިޔައިގެން ކޮމެންޓްކުރަން ފަށައިދާނެ.
ޚަރަދު ކުޑަކުރަން އެޑްވައިޒަރުންނާއި ބައެއް ނައިބުން މަދުކޮށްލުން ރަނގަޅުވާނެކަމަށްފެނޭ. އަދި މިހާރު މިރަށު ދެކުނުދާއިރާގެ މެންބަރު އެފޮނުއްވި މުސާރަ ކުޑަކުރާ އިސްލާޙު ފާސްކުރުންވެސް ރަގަޅުވާނެ. އޭރުން އެއާއި ލާމެހިފައިހުރި އެހެނިހެން މުސްތަގިއްލު ތަންތަނުގެ އެންމެހާ މުސާރަތައްވެސް ކުޑަވާން ފަށާފާނެ. މިހާރަކު ނުޖެހޭ މައުމޫނު ވެރިކަންކުރީ އެހެންނޭ ނާސިރުވެރިކަންކުރީ މިހެންނޭ އަމީން ވެރިކަންކުރީ އެޔޮއްހެނޭ ކިޔާކަށް. މިހާރު ވިސްނަންޖެހޭނީ މިހާރު ވެރިކަން ހިނގަމުންދާ މަގަށް. މީހަކު ވައްކަންކޮށް ޒިނޭކޮން ރާބުޔަކަސް އަނެއްމިހާ ނުޖެހޭނެ އެކަންކުރާކަށް ނުވަތަ އެއަށްވުރެ ނުލަފާވާކަށްވެސް. ބަލަންވީ ވަޢުދުވިގޮތަށް ވަޠަން އެދޭގޮތަށް ހެޔޮވެރިކަން ކުރެވޭތޯ. މިދުނިޔެމަތީގައި އެމީހަކުކުރިކަމަކަށް އަދަބު ނުވަތަ އިނާމު އަނެއް ދިވެހިރާއްޖޭގައި ނުލިބުނެއްކަމަކު ހައްޤު ޖަޒާ އަނެއް ދުނިޔޭގައި ލިބޭނެ. މީހަކު ތިމާގެ ސައިކަލްގެ މަޑިކަފާލިޔަކަސް ތިމާގޮސް އަނެއްމީހާގެ މަޑިކަފާނުލައި މާފުކޮށްފިނަމަ، މަސްލަޙަތު ރަނގަޅުވެ އާޚިރަތްދުވަހު ލިބޭ ނަފާ ބޮޑުވާނެ.
އަމީތާބު ވިދާޅުވީ
ތާރީޚް:22/06/2009
ވޮޗަރު ތިޔަވިސްނާހެން އެންމެން ވިސްނާމަ އެއްވެސް މީހަކު ބޮޑެތި ޖަރީމާތަކެއް ނުހިންގާނެ. މިބުނީ އާޚިރަތްދުވަހުގެ މަތިން ހަދާންކުރާނަމަ. މިސައިޓުގައޮތް މާފުކުރުމާއި ބެހޭ ވަރަށްފައްކާ ލިޔުމެއް ބިލާލް ނޫނީ ނަބީލް ލިޔެފައި.
އަމީތާބު ވިދާޅުވީ
ތާރީޚް:22/06/2009
މަށަށް ފެންނަނީ ހާޝިމުއާއި މިސައިޓް ހިންގަން ހަވާލުކުރަން. އެހެން މިބުނީ އޭނަޔަކީ 24 ގަޑިއިރު މިސައިޓް ބަލަހައްޓާ ފަރާތެއް ވީމައި. އޭރުން މިހާ އަޕްޓޭޓް ވާ ސައިޓެއް ނޯންނާނެ. ކީކޭ މިކަމާ މުޙައްމަދު އިސްމާލު ބުނަނީ، އަނެއްކާ ހާޝިމު މިޒިންމާއާއި ހަވާލުވެދާނަންތަ. ސޮރީ ލިޔުމާއި ނުގުޅޭ ހުސްއަނގަ ތެޅޭތީ.
ތިޔަބުނާ މުސާރަކުޑަކުރާ މައްސަލާގެ ފުރަތަމަ ކިޔުން އިއްވިދުވަހުވެސް ހަމްޒާ ވާހަކަފުޅު ދެއްކެވީ ވަރަށް ޖެއްސުމުގެ ރާގަކަށް މުސާރަ ކުޑަކުރުމާއި އިދިކީލިކޮށް.
އިހުސާނު ވިދާޅުވީ
ތާރީޚް:22/06/2009
ހަޤީޤަތުގައި މިއީ ސަރުކާރާ ދެކޮޅު ލިޔުމެއްނޫން. އަދި ހަރަދު ކުޑަކުރުމާ ދެކޮޅު ލިޔުމެއްވެސް ނޫން. އަޅުގަނޑަށް މިލިޔުން ސިފަ ކުރެވެނީ ސަރުކާރުން ހަރަދު ކުޑަކުރަން ވަސްނަވާއިރު، ސަރުކާރު މުވައްޒަފުންނަށް ވާނުވާ އަންގާށޭ ކަންނޭނެގެ މީގަ މިއޮތީ.
މުހައްމަދު އިސްމާއިލުގެ މިލިޔުންވެސް ހަމަ ވަރަށް ފައްކާ. ދެން މީގަ އޮތް ގޮތުން މިރަށުގައި ހުރި އެކި އޮފީސްތަކުގެ މީހުންވެސް ތިބީ ސަރުކާރުން ހަދާނެ ގޮތެއް ނޭގޭތީ. އެއްބަޔަކު ބުނޭ މިރަށުން މިވެނި އޮފީހެއް ބަދަލުކުރަނީ އޭ. އަނެއް ބަޔަކު ބުނޭ މިވެނި ޕަސެންޓަކަށް މުސާރަ ކަނޑާލަނީއޭ. އަނެއްބަޔަކު އެބަބުނޭ މި ހުރިހާ އޮފީހެއް އެއްކޮށްލާފަ ޕުރޮވިންސް އޮފީހުގެ ތެރެއަށް ވައްދަނީއޭ. ދެން ނޭގެ. މިލިޔުމުގައި އެއޮތީ އެވާހަކަ.
ނަލަކާސިމު ވިދާޅުވީ
ތާރީޚް:22/06/2009
ބޭބެ ނޫޅެންވާނުވާ ނޭގިގެންނެއް ލިއުންތެރިޔާ މިލިއުން ލިއެފައި އޮތްގޮތުން ހީވަނީ ވާނުވާ ނޭގިގެން އުޅޭހެން.ބަލަ ކަންކަން ހޯދާ ބަލައިގެން މިއަންނަ ބަދަލުތައް ދެނެގަނެވޭނީ.ގޭގަ ތިބެގެން ޔޯލަޔޯލަ ވާހަކަ ދައްކާފައި ބުންޏޭބުންޏޭ ކިއަކަސް ނުވާނެތާ.ދެން ސަރުކާރުގެ އޮފީސް ތަކަށް އެހެރީ މިހާރު ސިވިލް ސާރވިސްއިން ޒިންމާދާރު އިސްވެރި އެއްލައްވަވާފަ، އެބޭފުޅުން ކައިރިން ހުރިހާކަމެއް އޮޅުންފިލާނެ.މީގަ މިދިމާވެގެން މިއުޅޭ މައްސަލަ އަކީ އަސްލު މިލިއުމުގައި ވެސް ބުނަން ބޭނުންވާވާހަކައަކީ ބޭބެ ހިތުން މިބުނާ ޒިންމާދާރު ވެރިން ކަމެއް އޮޅުންފިލުވަން އުޅުނަސް އޮޅުންފިލުވައިނުދޭވާހަކަ.ކުރީގެ ސަރުކާރަށް ތާއީދުކުރާ ވެރިއެއްނަމަ ޖެއްސުމުގެ ރާގެއްގައި ބުނާނެ މިހާރުމިވާނުވާއެއްނޭގެއޭ.މިބޭފުޅުން ނޫޅޭއެއްގޮތަކަށް ވެސް މިސަރުކާރަށް އެއްބާރުލުން ދޭކަށް.މީ ދަށުން މިތިބޭ މީހުނަށް ކަންކަން ނޭގިގެން މިއުޅޭ ކަމަކީ.
ނަލަކާސިމު ވިދާޅުވީ
ތާރީޚް:22/06/2009
ކުށެއްގެ އިސްލާހު! ޒިންމާދާރު ވެރިން އަރިހުން ކަމެއް އޮޅުންފިލުވަން އުޅުނަސް އޮޅުންފިލުވައިނުދޭވާހަކަ.
ދެންއެލެކުންޔާ ވިދާޅުވީ
ތާރީޚް:22/06/2009
ހާޝިމް ބުނެދީބަލަ މިސަރުކާރުގަ ކިތައް ސްޓޭޓްމިނިސްޓަރުން އެބަތިބިތަ؟ ކިތައް ސްޓޭޓްމިނިސްޓަރުންގެ ނައިބުން އެބަތިބިތަ؟ ކިތައް ރަށުކައުންސެލަރުން އެބަތިބިތަ؟ކިތައް އަތޮޅުކައުންސެލަރުން އެބަތިބިތަ؟މިމީހުންގެ މުސާރައަކީ ކިހާ ވަރެއްތަ؟
މިސުވާލު ތަކުގެ ޖަވާބު ދީބަލަ
ޝިހާމު ވިދާޅުވީ
ތާރީޚް:22/06/2009
މުހައްމަދުގެތިލިއުމައް މަރުހަބާކިޔަން
ތެޅޭވަރެއް ވިދާޅުވީ
ތާރީޚް:22/06/2009
ދެންއެލެކުންޔާ އަށް! ހާޝީމެއްނޫނެއްކަމަކު ބުނެބަލަ މައުމޫނުގެ ކުރީގެ ސަރުކާރުގެ ހިންގުމުގެ ހަރަދު ކިހާވަރެއް؟ސިޔާސީ ބޭފުޅުންގެ އަދަދު ކިހާވަރެއް؟ އެބޭފުޅުންގެ މުސާރައަށް ކިހާވަރެއްހަރަދުވޭތޯ؟އަދި އޭރުގެރައީސަށް ކިހާވަރެއްހަރަދުވޭތޯ.ރައީސްގެ އުޅުއްވާ ގެކޮޅުގެ ހަރަދު ކިހާވަރެއްތޯ.؟ރައީސްގެ އާއިލާއަށް ކިހާވަރެއްހަރަދުވޭތޯ؟މިނިސްޓަރުން
ތެޅޭވަރެއް ވިދާޅުވީ
ތާރީޚް:22/06/2009
ދެންއެލެކުންޔާ އަށް! ހާޝީމެއްނޫނެއްކަމަކު ބުނެބަލަ މައުމޫނުގެ ކުރީގެ ސަރުކާރުގެ ހިންގުމުގެ ހަރަދު ކިހާވަރެއް؟ސިޔާސީ ބޭފުޅުންގެ އަދަދު ކިހާވަރެއް؟ އެބޭފުޅުންގެ މުސާރައަށް ކިހާވަރެއްހަރަދުވޭތޯ؟އަދި އޭރުގެރައީސަށް ކިހާވަރެއްހަރަދުވޭތޯ.ރައީސްގެ އުޅުއްވާ ގެކޮޅުގެ ހަރަދު ކިހާވަރެއްތޯ.؟ރައީސްގެ އާއިލާއަށް ކިހާވަރެއްހަރަދުވޭތޯ؟މިނިސްޓަރުން ނަށް ރައީސްގެ ހާއްސަ ދީލަތި ކަމޭކިއައިގެން ސަރުކާރުގެ މާލިއްޔާއިން ދިން ބޮޑެތި ލޯނުގެ އަދަދު ކިހާވަރެއްތޯ؟އަދި އެއީކިހާފައިސާއެއްތޯ؟ ދެން މިލިއުންލިއުއްވި މުހައްމަދު އިސްމާއީލަށް! ސަރުކާރުގެ ވިސްނުންފުޅު ހުރީ މިވެނިގޮތަކަށޭ އެވެނި ގޮތަކަށޭ ތިޔަ ބުނަނީ ސަރުކާރުގެ ކޮން މުއައްސަސާ އަކުން ތިޔަބޭފުޅާ އަށް ދިން މައުލޫމާތެއްގެ އަލީގަތޯ؟ ކޮބައިތޯއޭ މަސްދަރަކީ؟ ސަރުކާރުގެ ވިސްނުން ފުޅަކީ ހަރަދުބޮޑުކުރުން ކަމުގައި މިލިއުމުން ދޭހަވެއެވެ. އަދި ބުނަމެވެ.ތިޔައުޅުއްވަނީ ހިޔާލު ފާޅުކުރުމުގެ އަދަބު ތަކުގެ ތެރެއިން ވަރުގަދައެއްއަސާސް މުގުރާލާށެވެ. އެމީހެއްގެ އމިއްލަ ހިޔާލެއް ފާޅުކުރަންވާނީ އެހެންމީހުންގެ ހައްގެއްނުގެއްލޭގޮތްބަލައިގެންނެވެ.އަދި މިލިއުމުގައި ރަށްރަށުގައި ހުންނަ އޮފީސްތަކަށް ތުންތުން މަތިން އަންނަ ހަބަރުތަކުގެ ސަބަބުން ވަޒީފާ ގެއްލުމުގެ ބިރު ހީވާކަމަށް ބުނެ ތިޔަ ވިދާޅުވާވާހަކައަކީ ކޮންވާހަކައެއްތޯއެވެ؟ ސަރުކާރުގެ އޮފީސް ތަކަށް އެންގުންތަކާއި ތަފާތު ހަބަރާ އިއުލާނު އަންނަނީ ތުންތުންމަތިން ތޯއެވެ؟ އަދި ތުންތުން މަތިން އަންނަ ވާހަކައަކީ މީހަކު ހާސްވާންވީ ކަމެއްތޯއެވެ. ސަރުކާރު މުއަސްޒަފުންގެ ވަޒީފާގެ ކަންތަކާއި އެބޭފުޅުންނާއި ބެހޭ ހުރިހާކަމެއްބަލަހައްޓަވަމުން ގެންދަވަނީ ކޮންތާކުންތޯއެވެ.؟ އެކަމަށް މުސްތަގިއްލު މުއައްސަސާއެއް ނުވޭތޯއެވެ.ތިޔަ ވިދާޅުވާ ޖޮބްގެރެންޓީ ދެއްވެވޭނީ ސިވިލްސާރވިސް ކޮމިޝަނަށްތޯ ނޫނީ ކައުންސެލަރަށް ތޯއެވެ؟. އަޅުގަނޑު މިލިއުމަށް އިހުތިރާމް ކުރުމާއެކު މިލިއުމުގައިހުރި އަޅުގަނޑަށް ދެކޮޅުނުޖެހޭ ބައެއްކަންކަމާއިމެދު ތިޔަބޭފުޅާ އަށް މިސުވާލު ތަށް ދަންނަވާލަމުން މިގެންނެވި ސުވާލު ތަކުގެ ޖަވާބު ދެއްވާނެ ކަމުގެ އުއްމީދުގައި ވަކިވެލަމެވެ.
ރަންކޮކާ ވިދާޅުވީ
ތާރީޚް:22/06/2009
މިހާރު ކޮމެންޓް ތައް ދިގު ކަމުން ކިޔާހިތްވެސް ނުވޭ.ކޮމެންޓްކުރާ ބޭފުޅުން ތަންކޮޅެއް ކުރުކޮށް ކުރާނަމަ…..
ހަސަން އަލީ ވިދާޅުވީ
ތާރީޚް:22/06/2009
މީދެން ކިހާވަރުގަދަ ކަމެއްތަ. މިސަރުކާރު ހަރަދު ބޮޑުކޮށް ހިންގަން އުޅޭވާހަކަ އަޅެ މީހަކު އެބަދައްކާތަ. މިލިޔުމުގެ އެބައޮތްތަ މައުމޫނު ބޭކާރު ހަރަދު ނުކުރާ ވާހަކަ. ތަންކޮޅެއް ބޮޑުވަރެއްތި. މީގަ މިއޮތީ “”ހަރަދު ކުޑަކުރަން ވިސްނަވާއިރު މުވައްޒަފުންނަށް އޮޅުން އަރާ ގޮތަށް ކަންތައްތައް ނުކުރާށޭ. އައިއެމްއެފުން ބުނީ ސިޔާސީ މަގާމު މަދުކުރާށޭ. އެއީއޭ ރީތި ގޮތަކީ”" މީ މިލިޔުމުގައި އެބުނާ އެއްޗެއްގެ ހުލާސާއަކީ. ވާނުވާ ނޭގިގެން ނޫޅެބަ. މައުމޫނު ބޭލީމަވެސް އަދިވެސް މައުމޫނުގެ ފަހަތުން ނެއްޓެން ނޭގިގެން ތިއުޅެނީ ކީއްވެތަ. މައުމޫނު ހަރަދު ކުރާވަރަކަށް އަންނި އެއް ހަރަދެއް ނުކުރާނެ. އިސްރާފެއް ނުކުރާނެ. ހަމަ ޔަގީން
DOg ވިދާޅުވީ
ތާރީޚް:22/06/2009
ހުރިހާ ކޮމެންޓެއްވެސް އޭގެ ޒާތުގައި ވަރަށް ފުރިހަމަ، ޚަރަދު ކުޑަކުރުމަށް އަނގައިން ކިޔެއްކަމަކު ކޮންމެ ގޮލަޔެއްވެސް ވެރިކަމަށް އަރަނީ އެތައްބަޔެއްގެ އެހީގައި އެހާމެ ބޮޑު ހޭދަކޮށްގެން ވީއިރު އޭގެ ބަދަލު ނުހޯދާ ވެރިކަމުން ފައިބާނެ މީހަކު މިދުނިޔޭގައި ހުންނާނެބާ؟ ޚަރަދު ކުޑަކުރަނީއޭ ކިޔައިގެން ކޮންމެ މީހަކުވެސް އަނގަތަޅާނެ ހުދު ތީމާގެ ގޭގެ ޚަރަދު ކުޑަކުރުމަށް އެއްވެސް ކަމެއް ކުރެއްވިފައިވޭތޯ؟ 75% މީހުންނަށް ބުނެވޭނީ ނޫނެކޭ، ތިބުނާ ސްޓޭޓް މިނިސްޓަރުންނާއި އެހެނިހެން މީހުން އެއްކައިރިކޮށްފިނަމަ އެމީހުން ވަކި ޕާޓީއެއް ހަދައިގެން ވެރިކަން ހޯދުމަށް ނިކުންނާނެ، ބުއްދިވެރި ގޮތަކީ އެމީހުންނަށް އެއްޗެއްދީގެން ކައިރީގައި ބޭތިއްބުންކަން ކޮންމެ މީހަކަށްވެސް ވިސްނޭ، ސަރުކާރު ވަޒީފާއިން މީހުންވެސް މަދުކުރެވިދާނެ މުސާރަވެސް ކުޑަކުޑަ ކުރެވިދާނެ އެކަމަކު އެކަން ހަމަހަމަ ގޮތަކަށް ނުގެންދެވޭނެ އެއީ ކުރިން ބުނިގޮތަށް ކަންތައްވެދާނެތީ، އެކަމަކު މިއީ ވިޔަފާރި ކުންފުންޏެއްވެސް ނޫންދޯ ބޭނުންވީމާ މީހުން މަދުކޮށް މުސާރަ ކުޑަކުރާކަށް، އަނެއްކާ މިއީ MDP ޕްރައިވެޓް ކޮމްޕެނީ ނޫންބާއޭ ހިތަށް އަރާ، ދެން މައުމޫން އޭނާ ބާލާފަ އެއްލާލައިފިދޯ ލާރިކައުމާއި މީހުންނަށް އަނިޔާކުރާތި ކަމުނުގޮސްގެން ދެން މިގޮތަށް އޭނާގެ ފަރުދާ އަޅައިގެން އެގޮތަށް އަންނިވެސް ވެރިކަންކުރަންޏާ އެހެން ހަދަން ނުކުމެދާނެ އިތުރު ބަޔަކުވެސް ތިބޭކަން ހަނދާންކުރާތި،
ނަލަކާސިމު ވިދާޅުވީ
ތާރީޚް:22/06/2009
ބޭބެ މިކުރާ ސުވާލަށް ޖަވާބު ދޭނީ ކޮންކުއްޖެއް؟ ”ހަރަދު ކުޑަކުރަން ވިސްނަވާއިރު މުވައްޒަފުންނަށް އޮޅުން އަރާ ގޮތަށް ކަންތައްތައް ނުކުރާށޭ.”ލިއުމުގައި ބުނެފައިވާކަމަށް މިތަނުގައި ކޮމެންޓުކުރައްވައި ފައިވާ ވާނުވާއެގިލައްވާ ހަސަންއަލީވެސް ވިދާޅުވެފައި ވުމާއެކު ސަރުކާރުން މުއަސްޒފުންނަށް އޮޅުން އަރާގޮތަށް ކަންތައްކުރޭތޯއޭ އަދި ކުރާނަމަ އެކުރި ކަމަކީ ކޮބައިތޯއޭ؟ މިސުވާލު ކުރަންމިޖެހުނީ ސަރުކާރުގެ މުއަސްޒަފުންގެ ކަންތައް ބަލަހައްޓަނީ ސިވިލްސާރވިސް އިންވީމަ.އަދި ތިޔަބުނާ އައިއެމްއެފުން ވެސް ލަފާދީފައިވަނީ ސަރުކާރުގެ ފުރޭމްވޯރކު ކަޑައަޅާފައިވާ ވަރަށްވުރެ އިތުރަށް ސިޔާސީ މަގާމުތަށް އިތުރުނުކޮށް ބެހެއްޓުމަށްކަމަށްވާތީ.އެއީ އައިއެމް އެފުންއެބުނާ މަގާމު މަދުކުރާވާހަކައަކީ.މިކަމަކާ ސަރުކާރު މުއައްޒަފުންނާ ގުޅުމެއްވާކަމެއް ނޭނގެ.
ހާޝިމް ވިދާޅުވީ
ތާރީޚް:23/06/2009
މިލިޔުމާ ގުޅިގެން އައިސްފައިވާ ކޮންމެ ކޮމެންޓެއް ވެސް ރަނގަޅު. ދެ ފަރާތުން ވެސް އެބަހުރި ވަރުގަދަ ހުއްޖަތްތަކާއި ޤަރީނާތައް. އެހެންވީމާ، މީތި ކޮޅެއްގައި ޖައްސައި ހުކުމެއް އިއްވަން ޖެހޭނީ. އެހެންނޫނީ ވިއްޔާ މިމައުޟޫ ނިމުމަކަށް ނާންނާނެ. ދެ ފަރާތުން ވެސް އެބަ ހުރި ގޯސްކޮށް ކަންތައް ކުރައްވާފައި. އަޅުގަނޑު ނުދަންނަވާނަން އަންނި ވެސް ވަކި ރަނގަޅޭ މިކަމުގައި. އެހެންނަމަވެސް، އަޅުގަނޑަށް އަންނި ދެކެ ވަރަށް ރުޅި އާދެވޭ އަދިވެސް މައުމޫންގެ ޚިޔާނާތްތައް ނުބައްލަވައި، ނަންގަވާފައިވާ ފައިސާތައް ސަރުކާރަށް ނުހޯއްދަވާތީ. މައުމޫނޭ މިދެންނެވީ މައުމޫނު ސަރުކާރާއި، އެސަރުކާރުގައި ބޮޑެތި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭ ގޮތުން. އަޅުގަނޑަށް އިވޭ އަޑެއް އެއީ، ޔާމީނާއި، ޤާސިމާއި، ތަސްމީނާއި، ކޮލި ޢަލިމަނިކާއި ކޮލި މޮހޮނދޭ ފަދަ ބޭފުޅުންނަކީ، ބިލިއަނަރުންނޭ މިހާރު. މީގެ ތެދެއް ނޭނގޭ. އެއީ އެބޭފުޅުން ޙައްޤު މަސައްކަތް ކުރައްވައިގެން ހޯއްދެވި މުއްސަނދިކަމެއް ނޫންކަން އަޅުގަނޑަށް ޔަޤީންވޭ. އެހެންވީމާ، އަންނި ޖެހިވަޑައިގަންނަވާނެ މިކަމާ ކޮންމެ ވެސް ފިޔަވަޅެއް އަޅުއްވަން. އެހެންނޫނީ އަޅުގަނޑު ހިތާ ދެކޮޅަށް ވެސް ދަންނަވަން ބޭނުންވަނީ މައުމޫނު ސަލާމަތުން އެ ބަހައްޓަވަނީ އަންނިއާ އެކު ޑީލެއް ހައްދަވާފައިވާތީއޭ. އަޅުގަނޑު އަންނި ކުށްވެރިކުރަން އެހެން މައުމޫނު ބަހައްޓަވާފައިވާތީ. އެބޭފުޅުންގެ އަތުން ދިވެހިރައްޔިތުންގެ ފައިސާތައް އަތުލައްވާފައި އަވަހަށް ދައުލަތުގެ ބައިތުލްމާލަށް ލައްވާ ދެއްވުމަށް އަންނިއަށް އިލްތިމާސްކުރަން.
ދެންއެލެކުންޔާ ވިދާޅުވީ
ތާރީޚް:23/06/2009
ތެޅޭވަރަށް
ކޮބާ މަ މިސަރުކާރުގެ ވާހަކަ ހަމަ ދައްކާލާ އިރަށް ތިޔަ ތެޅި ގަތީ ފެއްނެއްތާކު މަހެއް ތެޅޭހެން، މި ކުރީގެ ތިރީސް އަހަރެއްނޫން ރައްޔިތުން ނަށް ކޮންމެހެން އެގެން ޖެހޭ ސުވާލުތަކެއް އަހަރެން ކޮށްފަ އޮންނާނީ، އެސުވާލް ތަކުގެ ޖަވާބު ދޭންކެރޭ ވަރު މީހަކު ހުރިއްޔާ ދީބަލަ.އެސުވާލު ތައް ތިރީގާ މިވަނީ:
މިސަރުކާރުގަ ކިތައް ސްޓޭޓްމިނިސްޓަރުން އެބަތިބިތަ؟ ކިތައް ސްޓޭޓްމިނިސްޓަރުންގެ ނައިބުން އެބަތިބިތަ؟ ކިތައް ރަށުކައުންސެލަރުން އެބަތިބިތަ؟ކިތައް އަތޮޅުކައުންސެލަރުން އެބަތިބިތަ؟މިމީހުންގެ މުސާރައަކީ ކިހާ ވަރެއްތަ؟
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:23/06/2009
ދެންއެލަކުންޏާއަށް..
ތިޔާ ހަމަ މަ.. ކަލޭ ގަދަ އިނގޭ.. ތެޅޭވަރުމެނަށް ހަމަ ތެޅި ތެޅި ތިބެން ޖެހެނީ.. އެކަހަލަ ކިތައްމެ ބަޔަކަށް ތެޅެން ޖެހޭނީ ހަމަ މިކުރާ ވެރިކަމަކުން..
ބޮލުރޮދި ވިދާޅުވީ
ތާރީޚް:23/06/2009
މުޙައްމަދު އިސްމާއިލް ވެސް މިހާރު ގޮޅަޔަށް ގޮސް ހުސްވީ ދޯ………….މި ސައިޓް ހިންގަނީ DRP އިން ލާރި ދީގެންތަ..؟
ދެންއެލެކުންޔާ ވިދާޅުވީ
ތާރީޚް:23/06/2009
ބޮލުރޮއްޖަށް
ކަލޭ މެނާ ހެދި މީހަކު ފަހެ ހައިރާނެއް ނުވާނެތަ، މީހަކު މިސަރުކާރުން ކުރާ ކަމަކާ ބެހޭ ގޮތުން ވާހަކައެއް ހަމަ ދައްކާލާ އިރަށް އެމީހަކާ އެސައިޓެއް މިވަނީ DRP އަށް، މީގެ ކުރިން އަހރެމެން ދެކުނިން ދިވެހި އޮބްޒާވަރަކާއި މިނިވަން ނޫހަކާ ވެސް މިއަދުގެ ސަރުކާރުން ލާރިދީގެން މީހުންގެ އަބުރަށް އަރަމުން ދިޔަތަން، މީގަ އަދި މީހަކު އެހާ ހާސް ވަކަން ނުވޭދޯ.
މަރިޔަމް ވިދާޅުވީ
ތާރީޚް:23/06/2009
ހަރަދު ކުޑަކުރަން ވާހަކަދައްކާއިރު، ސިޔާސީ މީހުން ބޭނުމެއްނެތްގޮތުގައި، ބޮޑު މުސާރަދީގެން ވަޒީފާގައި ބައިތިއްބާފައި، ސިވިލްގެ މުވައްޒަފުން ވަކިކުރުމަކީ ވަރަށް ބޭ އިންސާފުކަމެއް. އަދި މަރީ ބުނެލަން ބޭނުން އެހެން ވާހަކައަކީ،މިރަށުގެ މެމްބަރެއްގެ ގޮތުން މަޖުލިހަށް ވަދެގެން އުޅޭ ކުއްޓި މެންބަރުންގެ މުސާރަކުޑަކުރަންށޭ ކިޔާފަ މިހާރު މަޖިލިހަށް ހުށަހަޅައިގެން އެހެރަ އުޅޭ ހުށަހެޅުމަކީ، އަހަރުމެންނަށް އޮޅުވާލައިގެން ، އެމީހުންނަށް މިހާރު ލިބެމުންދާ މުސާރަޔަށްވުރެވެސް ބޮޑު މުސާރަޔެއް ކައިލާންވެގެން ކޮށްގެން އުޅޭކަމެކޭ. ދެން މިމީހުންނަށް ރާއްޖެއިން ބޭރުން ބޭނުންތާކުން ބޭސްކުރަންށާ، އަމިއްލައަށް އޮފީހެއް ހަދައި އެތަނަށް ސެކެރެޓަރިންލައި، ބޮޑު ސަރުކާރެއް ހިންގަން ބޭނުންވާ ވަރަށް އަޅެފަހެ ލާރިދޭންވީތަ. މިރަށު މީހުންވެގެން އޭނަ ލައްވާ އެކަންތައް އަނބުރާ ގެންނަން އުޅެމާ. ބަދަލުގައި، މެންބަރުންގެ ހުރިހާ ކަމަކަށް، އެންމެ ބޮޑުވެގެން 30000 އަށްވުރެ މުސާރަ ބޮޑުނުވާގޮތަށް ހުށަހަޅުވާނީ.
ސަރުކާރު މުވަޒިފެ ވިދާޅުވީ
ތާރީޚް:23/06/2009
ކޮންއިރަކުންބާ ކޮންމެ ގެޔަކަށް ކައުންސަލަރެއްލާނީ،އަހަރެމެނަށް ވެސް ކުބުރުދޫ ކައުންސަލަރުމަސައްކަތްކުރާގޮތަށް މަސައްކަތްކުރަނއ އެގޭނެ،މިހާރު އޭނާވެސް ހަދާނެ ނުހުނާނެ ކަނޭގެ އެރަށުގަ ނިދާލި ރެއެއްވެސް، އެކަމަކު އެމީހާއަށް ވެސް 20000ރ ލިބޭ…..ކީކުރާނީ ދޯ މީވެސް ރާއްޖެ ޔެ..
މަނިކު ވިދާޅުވީ
ތާރީޚް:23/06/2009
އެހެންތަ ކޮންތާކު ދެން ޢޭނާ ނިދަނީ
މަރިޔަމް ވިދާޅުވީ
ތާރީޚް:23/06/2009
ހާޝިމުގެ ކޮމެންޓަށް ވަރަށް ބޮޑަށް ފާޑުކިޔަން. ސަރުކާރަށް ހަރަދު ކުޑަކުރެވެން ހުރި ބައިގެ ވާހަކަ ދައްކަބަލަ. ކޮންމެ ރަށެއްގައި ކަމެއްނުކުރާ، ބޭނުމެއްނެތް ކައުންސިލަރުން ލާފަ، ނުވިތާކަށް ކޮންމެ މިނިސްޓްރީއަކަށް 10 ވަރަކަށް ސްޓޭޓު މިނިސްޓަރުންލައިގެން އެމީހުންނަށް ބޮޑު މުސާރަދީފަ ތިބޭ ތިބުމުގައިވެސް ސަރުކާރަށް ކަމެއް ކުރެވެން ހަމަ ނެތީތަ؟ އަންނިވަރުނެތިގެން އުޅުނަސް މަރީ ބުނާނީ ބޮޑުވަރޭތީ!
ދެންއެލެކުންޔާ ވިދާޅުވީ
ތާރީޚް:23/06/2009
ސާބަހޭ މަރިޔަބާ ތިހެން ތިބޭނީ ކުޅުދުއްފުށީ ގެ ދަރިން
ކިޔަވައި ދައިތަ ވިދާޅުވީ
ތާރީޚް:23/06/2009
މުހައްމަދު އިސްމާލަކީ ތިޔަ ހީކުރާ ކަހަލަ ކުއްޖެއްނޫން. ކިޔަވާ ދައިތަމެން ގޯތި މޮހޮންމަދަކީ މިސައިޓު ހިންގަމުން މިސައިޓަށް ތަފާތު މައުޟޫތަކަށް ލިޔާ ހަމައެކަނި މީހާ. މިވީހާތަނަށް މިރަށުގެ މީހުންނަށް އެއްޗެއް ވިސްނޭތޯ އެސޮރު ހާދަ އެއްޗެއް ލިޔެފޮއޭ. ސިޔާސީ، އިޖްތިމާއީ، އިގްތިޞާދީ އަދި އެނޫންވެސް ދާއިރާތަކުން ހާދަ އެއްޗެއް ލިޔެފިއޭ. ތިހެން އެސޮރާ ދިމާއަށް ބުނީމަ މަދެރަވާނެ ވަރު ނޭގޭތަ.
އެސޮރު އެއީ ރީދުލަށް ގޮސް ހުސްވެފަ ހުންނަ ސޮރެއްކަމަށް މަހީކުރީ. އެކަމަކު އެކި ވައްތަރު އެއްޗެހި ލިޔާތީ އެސޮރުގެ ގޮތެއް ނޭގޭނެ.
ހާޝިމް ވިދާޅުވީ
ތާރީޚް:23/06/2009
ސްޓޭޓް މިނިސްޓަރުންނާއި ކައުންސިލަރުންގެ ވާހަކަ ހަމަ ނަންގަވައިގެން މިތަނުގައި ދައްކަވާތީ އަޅުގަނޑު މިހުންނަނީ އަޖައިބުވެފައި. އަންނި ސަރުކާރުގައި އެބޭފުޅުންގެ ދައުރު އެނގިވަޑައިނުގެން، ވާހަކަ ދައްކާ ގުރާތަކެއްހެން މިތަނުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އެވާހަކަ ދައްކަވާތީ އަޅުގަނޑުގެ ގާތަށް މިއިންނަނީ ނުބައި ޒާތެއްގެ ހިންޏެއް ވެސް އައިސްފައި.
ދަންނަވާފާނަން ވާހަކައެއް ކައުންސިލަރުން އައްޔަން ކުރީ ކަތީބުންގެ ބަދަލުގައި. ޤާނޫނުއަސާސީގައި އެހެން ބުނެފައިވާތީ. ދެން ވިދާޅުވެދާނެ އެކަމަށް ޤާނޫނެއް ނުހަދާ ކައުންސިލަރުން ލެވޭނެހޭ؟ އެއީ ޑީއާރުޕީގެ ޝަކުވާއަކީ. އަޅުގަނޑު ދަންނަވާނީ ލެވޭނެއޭ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު އަދާކޮށްފައިވާ މީހަކަށް އިނާޔަތް ދޭން ޖެހޭނެކަމަށް ޤާނޫނުއަސާސީގައި އޮންނަނީ، އެކަމަށް ހެދޭ ޤާނޫނެއްގެ ދަށުން. އެޤާނޫނު އަދިވެސް ނުހެދޭ. އެކަމަކު ސަރުކާރުން މައުމޫނަށް ވެސް އިނާޔަތް އެބަދެއްވާ މިހާރުވެސް ޤާނޫނު ނެތީސް. މިއުސޫލުން ކައުންސިލަރުން ލެވޭނެ.
ދެން ސްޓޭޓް މިނިސްޓަރުންނަކީ، މިނިސްޓްރީތައް މަދުކޮށްލިއިރު އޭގައި އެކުލެވިފައިވާ ބައިބަޔަށް ލެއްވި ބޭފުޅުން. މައުމޫން ދައުރުގައި ވެސް ތިއްބެވި ސްޓޭޓް މިނިސްޓަރުން. ދައުލަތުގެ މިނިސްޓަރުންނޭ ކިޔާ ބަޔަކު ވެސް ތިބި. ސިންގަޕޫރަށް ދިޔަގޮތަށް ދުވަހަކު ރާއްޖެ ނާންނަ ކޮލި ޢަލި މަނިކަކީ ވެސް މައުމޫނުގެ ދައުލަތުގެ މިނިސްޓަރެއް. ކުރީ ކީއްބާ އޭނާ؟ މިހާރު ތަފާތަކީ، މިސާލަކަށް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓް. މިއޮތީ ހައްދަވާފަ. އެތަނަށް މިހުންނެވީ 1 މިނިސްޓަރަކު ލައްވާފަ. އެކަމަކު އެއިން ކޮންމެ ބަޔަކީ ވެސް ވަރަށް ޓެކްނިކަލް، ބޮޑު ބައެއް. އެހެންވެ ހައުސިންގެ ޓެކްނިކަލް ބޭފުޅަކާ، ޓްރާންސްޕޯޓްގެ ޓެކްނިކަލް ބޭފުޅަކާ، އެންވަޔަރަމަންޓްގެ ޓެކްނިކަލް ބޭފުޅަކު، ޖުމްލަ 3 ބޭފުޅުން މިލެއްވީ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އެބައިބައި ހިންގަވަން. މިހެން ހެދީމަ މިވާ ގޮތަކީ ކުރީގައި 3 މިނިސްޓަރު ތިއްބެވި 3 މިނިސްޓްރީ މިބަދަލުވީ 1 މިނިސްޓްރީއަށް. ދެން ސްޓޭޓް މިނިސްޓަރުން މިހެން ލެއްވީމާ ވެސް ކުރިއަށް ވުރެ ޚަރަދު ކުޑަވޭ. މިގޮތަށް ކަންކަން މިހިނގަނީ. މިކަން ކަން އެނގިވަޑައިނުގެން މަރީމެން، ވާހަކަފުޅު ދެއްކީމާ، މަރީމެންގެ ނައީވްކަމާ، އެމެޗުއާ ކަމުން އަޅުގަނޑުގެ ގާތަށް ހަމަ އަންނަނީ ކުރިން ދެންނެވިހެން ނުބައި ޒާތެއްގެ ހިންޏެއް.
ތެޅޭވަރެއް ވިދާޅުވީ
ތާރީޚް:23/06/2009
ތެޅިގެންފައި ނަމަވެސް މަކުރި ސުވާލު ތަކަށް ޖަވާބުދީބަލަ ދެންއެލެކުންޔާ!ހެހެ .ހާޝިމް ތިޔަބޭފުޅާގެ ސުވާލަށް ޖަވާބު ދެއްވައިފި.ހާޝިމްއެއީ އެއްވަނަ.
ތެޅޭވަރެއް ވިދާޅުވީ
ތާރީޚް:23/06/2009
މަރިޔަމް ބޭނުންވިގޮތަށް ކުއްޓިގެ ބިލް އެއޮތީ މަޖުލީހުންބޭރުކޮށްފަ.
ދެން އެލެކުންޔާ ވިދާޅުވީ
ތާރީޚް:23/06/2009
ތެޅޭވަރަކަށް
ހާޝިމަކަށް މަގޭ އެންމެ ސުވާލަކަށް ވެސް ޖަވާބެއް ނުދެވުނު، އޭނަ ދެއްކީ މައުމޫނެއްގެ ވާހަކަ އެއީ އަހަރެމެންނަށް މުހިން ވާހަކަތަކެއްނޫން މިހާރަކު، މިހާރު މުހިންމީ މިސަރުކާރުގެ ވާހަކަ. ހާޝިމް އެބުނަނީ ކަތީބުންގެ ބަދަލުގަ ލީބައެކޭ ކައުންސެލަރުންނަކީ އެކަމަކު ކަތީބުން މިހާރުވެސްތިބޭ އޮފީހުގަ އަދި ކުރާ ހުރިހާ ކަމެއް ކުރަނީ އެމީހުން، އަހަރެން ބުނި މުސާރައިގެ ވާހަކަޔާ އެމީހުންގެ އަދަދުގެ ވާހަކަ އެވާހަކައެއް ބުނެދޭ ހާ ހިތްވަރެއް ނެތް ހާޝިމްގެ
ދެން އެލެކުންޔާ ވިދާޅުވީ
ތާރީޚް:23/06/2009
ތެޅޭވަރެއްމެން، ހާޝިމްމެން އުޅޭ ފާޑުންމަގޭ ހިތުގައި އުފެދެނީ ހަމްދަރުދީ، ކަލޭމެނަށް ތިތިބީ ފާޑެއްގެ ބައްޔެށް ޖެހިފައި، ތިބަލިޖެހުނީމަ ވާގޮތަކީ އަބަދުވެ މައުމޫނު ނުނީ ވޭތުވެދިޔަ ތިރީސް އަހަރު ކިޔާލަ ކިޔާލަ ތިބެވޭގޮތް ތިޔަވަނީ. ކަލޭމެން ގަބޫލް ކުރަންވީ ހަގީގަތަކީ ރާއްޖޭގައި އެބައުޅޭކަން އެއްވެސްޕާޓީޔަކާ ނުގުޅޭ މީހުން އަދި އެމީހުންގެ އާބާދީ ބޮޑުކަން ޕާޓީތަކަށް ސަޕޯޓް ކުރާމީހުނަށްވުރެ. ވީމާ އަހަރެމެންނަކަށް ކަމަކުނުދެޔޭ ކުރީގެ ވެރިކަމެށްވެސް އަދި މިހާރުގެ ވެރިކަމެށް ވެސް، ވީމާ ތިދެބެފުޅުންނަށް ނުހަނު އިހްތިރާމާއެކު މިގޮވާލަނީ މީހުން ސަރުކާރަށްކިޔާ ފާޑުވެސް ހަޖަމްކުރަން ދަސްކުރަށްވާށޭ
ހާޝިމް ޢަލީ ވިދާޅުވީ
ތާރީޚް:23/06/2009
ހާޝިމް އަށް.
ކޮންމެހެން މައުމޫނަކަށް އަދި އެހެން މީހަކަށް ވިޔަސް ގާނޫނުން ބޭރުގައި ގާނޫނާ ހިލާފު ކަމެއް ނުކުރެވޭނެ. ތެދެއް ޑީއާރުޕީ މީހުން ބުނަނީ މައުމޫނަށް އިނާޔަތް ލިބެންޖެހޭނޭ ގާނޫނެއް ނެތަސް. އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އަނެއްކާ ހާޝިމް ބުނެބަ ޤާނޫނު އަސާސީގެ ކޮން މާއްދާއެއްގަ ތޯ އޮތީ ކައުންސިލަރުންގެ ވާހަކަ. ހަމަ އެންމެ މާއްދާއެއްގަވެސް ނޯންނާނެ. ކަނޑައެޅިގެން ތިމާ ވިސްނާ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ހަދަން ދޮގު މައުލޫމާތު ހާމަ ކުރާނެކަމެއް ނެތް.
ޤާނޫނު އަސާސީގައި ބުނަނީ އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކުގެ ވާހަކަ. އިންތިގާލީ ބާބުގައި އޮންނާނީ މިދެންނެވި ކައުންސިލް ތަކުގެ އިންތިހާބު މިއަންނަ ޖުލައި 01 ގެ ކުރިން ބޭއްވުމަށް. އަދި ޤާނޫނު އަސާސީގެ ދަށުން ހެދޭ ޤާނޫނެއްގެ ދަށުންނޭ ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގަން ވާނީ. މިހާ ސާފު ކަމެއްމީ. ދެން އަނެއްކާ އަންނި ބުނަމުން އައީ އަންނިގެ ސަރުކާރުގައި މަސައްކަތް ކުރާނީ އެކަމުގެ ފަންނީ އިލްމީ މީހުންކަމަށް. ހާޝިމު ނިކަން ބުނެބަލަ ކިތައް ރަށުގެ ކައުންސިލަރުންތޯ ޖީސީއޯލެވެލް ފެންވަރު ހުރީ. މިހާރު ރާއްޖޭގައިވެސް ހެދޭ އައިލެންޑް އެޑްމިނިސްޓްރޭޝަން ކޯސްވެސް. ބަލަ އެކޯސް ހަދާފަ ހުރި މީހުން ތިއްބާ ކަންނެލި ބޯޓުތަކުގައި މަސައްކަތްކުރާ ހީވާގި މަސްވެރިން ނޫނީ ސިކަންދަރުން މުދާ ބާލަން އުޅޭ މުރާލި ކުދިން ކޮޅުގެނެސް ތިޔައީ މިހާރު ރަށު ކައުންސިލަރޭ ބުންޏަކަސް ގަބޫލެއް ނުކުރެވޭނެ.
DOg ވިދާޅުވީ
ތާރީޚް:23/06/2009
ދެންއެލަކުންޏާ އަދި ހާޝިމް އަލީ ގެ ވާހަކައަށް އަޅުގަނޑު ވަރަށް ވަރަށް ތާއީދު، ތިބުނީ މަވެސް ބުނަން ބޭނުން ވާހަކައެއް، ޝުކުރިއްޔާ، ހާޝިމް، އަށް ބުނެލަން އޮތީ ޑޯގްގެ ކުރީ ކޮމެންޓް ކިޔާލީމާ ޚަރަދާއި ބެހޭ ގޮތުން ވާނެ ގޮތަށް ރަގަޅަށް އެނގޭނޭ، ސަރުކާރު މުވައްޒަފުންނާއި ސިވިލްސާރވިސްގެ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ތަކެތި ކަނޑާލެވިދާނެ، މިއަދު ބާރު އޮތީ ތިޔަފަރާތުގައި އެކަމަކު ހަނދާންކުރަންޖެހޭ އެއްކަމަކީ ތިބައިމީހުންގެ މުސާރައިން އެއްޗެއް އުނިނުކޮށް އެމީހުންގެ މުސާރަ އާއި ކުޅެފިނަމަ ދިވެހިރައްޔިތުންނަށް އެމީހުން ބޭނުންވާ ޚިދުމަތް ފޯރުކޮށްދެވިދާނެ ބާއޭ. ކުރީ ސަރުކާރުގެ ޚަރަދު އިންތިހާ އަށް ބޮޑު ކަމުގައި އަޑުއޮވެމުންދިޔަ އެކަމަކު އެމީހުން ގައުމަށް މިފަދަ ގޮތެއް ހެދިކަމެއް ނޭނގޭ، ކޮންމެވެސް ގޮތަކުން ދެކޮޅު ޖައްސާކަން އެނގެނީ، ތިރީސް އަހަރު ވެގެން ދިޔައިރު ދުނިޔެއަށް އައި އެކިކަހަލަ ތަދުމަޑުކަން ރާއްޖެއަށްވެސް އަންނާނެކަން ޔަގީން އެކަމަކު މުސާރަ ކުޑައެއް ކުރިކަމެއް އެނގިފައެއް ނެތް، މިސަރުކާރަށް މިއުޅެނީ އަދި އަހަރު ނުފުރިގެން ކަމެއް ބަޔަކު ހަވާލުކުރިއަސް އެކަންކުރަން ނޭގެންޏާ ހަވާލުނުވުންވެސް ބުއްދިވެރި، މަށަށް ހީވަނީ ކެމްޕޭނަށް އެކިތަންތަނުން ނެގި ލާރިގަނޑު ދައްކަން ވެގެން ރައްޔިތުން ލޮލުގައި އަޅުވާ އަނދުނެއްހެން، ލާރިއެއް ނެތޭ އަނެއްކެއްޗެކޭ މިކިޔަނީ، މިބަގަ ވަރަށް މަކަރުވާނެ.
އަމީތާބު ވިދާޅުވީ
ތާރީޚް:23/06/2009
ނިކަން ދެކިބަލަ މިއަދު މަޖިލީހުގެ މެންބަރުންގެ މުސާރަކުޑަކުރަން ނަޝީދު ހުށަހެޅި މައްސަލަޔަށް ވެގެން ދިޔަގޮތް. އެމްޑީޕީއާއި ޑީއާރޕީންވެސް ތާއީދެއްނުކުރި (މަދުމެންބަރަކު ކުރިނަމަވެސް). މިރަށުގެ އުތުރުދާއިރާގެ މެންބަރު ޢަފުރުވެސް އެއަށް ތާއީދުނުކުރި، މިހާރު އޭނާހުންނަނީ އެމްޑީޕީއަށް ވިކިފައި. މަހުޖަނުންގެ ތެރެއިން ޤާސިމްއާއި ރީކޯ ތިބީ ވަކިކޮޅަކަށްނުޖެހި އެއީ ދެކޮޅުވޯޓުދޭން ނުކެރިގެން. ތާއީދުކުރިމެންބަރުންވެސް ތާއީދުކުރީ ޔަގީނުންވެސް އެބިލް ފާސްވާވަރަށް ވޯޓުނުދޭނެކަން ބަހުސްމަރުހަލާގައި ސާބިތުވެފައިވާތީ، ރައްޔިތުންނަށް ހެޔޮއެދޭކަން ދަށްކަންވެގެން. އެތަނުގައިނެތް ރައްޔިތުންނަށްޓަކާ ކަމެއްކޮށްދޭނެ އެކަކުވެސް. ނަޝީދުވެސް އެކަންއެކުރީ ވަޢުދުފުއްދަންވެގެން، އޭނަޔަށްވެސް އެނގޭނެ އެކަންފާސްނުކުރާނެކަން. އެސޮރު އެވަރުކުރީތީވެސް ޝުކުރިއްޔާ!. ކީއްތަވީހީ އެބިލް ބަލައިގެންފައި މުސާރަކުޑަކުރިނަމުގައި އެޅެން ބައިރުފިޔާވެސް ކަޑާލިނަމަ، އޭރުންވެސް ބުނެވުނީސްވިއްޔާ ތިމަންބޭކަލުންގެ މުސާރަ ހިންޏެއްވަރަށް ކުޑަކޮށްފީމޭ.
ހާޝިމް ވިދާޅުވީ
ތާރީޚް:24/06/2009
ލާހިލާހަ އިއްލަ ﷲ. މިއުޅެނީ ކާކުތަ އަނެއްކާ ކުޅޭ އޭ ކިޔައިގެން. މިސޮރު މިހިރީ ހަމަ ގަހުން ކަނޑާލިގޮތަށް. އަވަހަށް މިތަނުން މިސޮރު ބޭރުކުރުމަށް އެޑްމިން އަށް ގޮވާލަން، މިސޮރު އަދި ޖަންގަލީކަން ކެނޑި ތަހުޒީބު އިންސާނުންނާ އެކުލަވަން ނަގާނެ ވިއްސަކަށް ފަންސަވީހަކަށް އަހަރު. އޭގެ ފަހުން މިސައިޓަށް އައުމަށް އިލްތިމާސް ކުރަން.
ހާޝިމް ވިދާޅުވީ
ތާރީޚް:24/06/2009
ޑޯގު ދެއްކެވި ވާހަކައިގައި ތިޔަ ވިދާޅުވަނީ މައުމޫންގެ 30 އަހަރުގައި ދާނެއޭ ދަތި އަހަރު އަހަރު ވެސް. އެކަމަކު މުސާރައެއް ކަނޑައެއް ނުލައޭ. އަޅުގަނޑު ދަންނަވާނީ މައުމޫނުގެ 30 އަހަރުގައި ވެއްޖެއޭ އެތައް ބަޔަކު ގެއްލިފައި ވެސް. ޖަލުތަކުގައި ވީނުވީއެއް ނޭނގި. އަދި ހަމަ މައުމޫނުގެ 30 އަހަރުގައި ޑްރަގު ވެސް ގެނެސްދެއްވައިފި ދެއްތޯ ދަތިން ސަލާމަތްވޭތޯ ބައްލަވަން. ވަރަށް ގިނަ މީހުން މުއްސަނދިވެ ފުދުންތެރިވެއްޖެ އެވިއްކައިގެން ވެސް. އާދެ، ވަރަށް ވެސް ބޮޑު ތެދެއް. އެގޮތަށް ސަރުކާރެއް ހިންގަވާކަށް އެނގިވަޑައެއް ނުގަންނަވާނެ މުޙައްމަދު ނަޝީދަކަށް.
ތެޅޭވަރެއް ވިދާޅުވީ
ތާރީޚް:24/06/2009
ބަލަ ތިޔަބޭފުޅުންނަށް ނޭގެނީތޯ ވޭތުވެދިޔަ 30 އަހަރަކީ ދުނިޔެއަށް އައި އެންމެ ތިޔާގި 30 އަހަރުކަން.މިއީ މަ ބުނާވާހަކައެއްނޫން ދުނިޔޭގެ މާލީ އިދާރާއިން ބުނާވާހަކަ.އެހެން ވުމާއެކުވެސް މިދިވެހި ރާއްޖެ ވަނީ 50 އަހަރުންވެސް ސަލާމަތް ނުވެވޭވަރަށް ދަރާފަ.ނަމަވެސް ފިނޭސް މިނިސްޓަރާ ގުޅާލުމުން އެބުނަނީ މިހާރު މިނިމިގެންދާ ކޮންމެ ދުވަހަކީވެސް ދަރަނިންސަލާމަތް ވުމަށް މަސައްކަތް ކުރާދުވަހެކޭ.ތިޔަބުނާ ކައުންސެލަރުން ބައިތިއްބައިގެން މިކަންމިކުރަނީ ހަމަ ގައިމުވެސް މައުމޫނުގެ ދައުރަށް ވުރެ މިހާރު ތިޔަބުނާ ކައުންސެލަރުން ތިއްބަސް ދާހަރަދު ކުޑަ.ދެން ހެވޭނުން 1000 ކައުންސެލަރުންތިއްބަސް. މަށައް އެވީ މައުމޫނަށް ވުރެ ރަނގަޅަށް މިގައުމު ހިންގަނިކޮށް.އެއަށްވުރެ ރަނގަޅެއް އަދިބޭނުމެއްނޫން.އެކަމަކު މިދައުރު ނިމުމަށް ފަހު ދެންއަރާވެރިއެއް ވާނެ މިއަށްވުރެ ރަނގަޅުވާން.އިލްމަކީ ހުރިހާއެއްޗެއްނޫން ހިލްމުވެސް މުހިއްމު.އިލްމުގެ ބިނަ އަކި ހިލްމު.މިރައްޖެތެރެން ތިޔަބުނަ ޖިސިއެއްހަދާ މިހުންގެ ހާލުބޮޑު އެނަހަދާ މިހުނަށްވުރެ. މިހާރުވެސް މިގައުމުގެ ދަރަނިން ބައެއްސަލާމަތްކޮށްފި. މިސަރުކާރުގެ ވެސް އެބަހުރި ގޯސްސިފަތަށް ކޮންމެ މީހެއްގެ ކިބައިގަވެސް ގޯސްސިފައެއް ހުރެދާނެ.އެކަން ގަބޫލުކުރަން އެކަމަކު ތިޔަބޭފުޅުން ތިޔަބުނާ ކަންކަމަކީ މަށައްހަމަ އެއްވެސް ތާކުންތާކުޖެހޭ ކަމެއްނޫން.ހާޝިމް ބުނާހެން ނުބައިފާޑެއްގެ ހިންޏެއް އަންނަނީ ތިހެންކީމަ.ދެން ފަށަފަށައިން ސަރުކާރު މުއައްޒަފުންގެ ވަޒީފާއޭ ތިކިއަނީ އެއީ މުސްތަގިއްލު މުއައްސަސާއަކުން ބަލަހައްޓާބައެކޭ.އެމީހުނަށް ގޮތެއްހެދުމާނެހެދުން އޮތީ އެފަރާތުގެ އަތްމަތީގަ.އެކަމަކަށް ސިޔާސީ މީހުންނަކަށް ބާރެއްނޯންނާނެ.ބަލަ ކޮންމެ ގޮތެއްވިއަސް ހަރަދު ކުޑަކޮށްގެން ވެސް ފައިދާލިބޭނީ ހަމަ އަހަރެމެންނަށް.ވަޒީފާ ހޯދަން ޖެހޭނީ ހަމައެކަނި ސަރުކާރަކުންނެއްނޫން. މިހަކު ހިއްވަރު ހުރިއްޔާ ލާރިހޯދޭނެ ކިތަންމެ ގޮތެއްމަށަށްފެނޭ. ކޮއްކޮމެންނޭ އަދިކުރިއަށް އޮތީ ކުޅިވަރު ތިޔަކަހަލަ މީހުން އަދި ވާނުވާނޭގިގެން ލައްކަކޮސްގޮވާނެ. މައުމޫނު ކޮއްކޮމެން ތިޔަ ތިބީ މައުމޫނު ފާޑަކަށް ބުރާނތި ކޮއްލާފަ.އެހެންވެ މިހާރުވައފެން ދައުރުވާގޮތްނޭނގިގެން ތިޔައުޅެނީ.ކުރިއަށް އޮތްތަން ބަލަން ތިބޭ ހިންދިރުވާލަދިރުވާލަ.މައމޫނު މިގައުމުން ތަޅާބުރުއްސާލި ލާރިގަނޑު އިރާދަ ކުރެއްވިއްޔާ ހޯދާނެ. ދެން ކޮއްކޮމެން މިތަނުގައި އަވަގުރާނަ ނުގޮވާ ބޭބެ މެންވެސް ނުކިއަން ތިކަލަ އެއްޗެއްސެއް.ކޮންމެސްވަރެއްގެ އަދަބު އަހުލާގެއްވެސް ހުންނަންވާނެ މައުމޫނަށް ތާއީދު ކުރިއަސް. މިދައްކާވާހަކަ ހަޖަމު ނުކުރެވޭމީހުން ތިހެންއުޅޭނީ. މަދުނިޔޭގަ ހުރިހާދުވަހަކު ބަޔަކު ނުރުހުނަސް ކިއާނަން މައުމޫނުގެ އަނިޔާވެރިކަމުގެވާހަކަ،އަދި ދަރިންގެ ދަރިންނަށް ދާދެން ކޔައިދޭނަން.އެއީ ފިރުއަނު ފަދަ އަނިޔާވެރި މީހުން މިގައުމުގައި އުފެދުނު ނުދިނުމަށާއި އަދި އިބުރަތަކަށްޓަކައި.
ހާޝިމް ވިދާޅުވީ
ތާރީޚް:24/06/2009
ތެޅޭވަރެއް ތިޔަ ދެއްކެވި ވާހަކަފުޅުގެ ކޮންމެ ޖުމްލައެއް، ލަފްޒެއް، އަކުރަކަށް ދާންދެން އަޅުގަނޑު އެއްބަސް، މިގައުމު މިއޮތީ، އަޅުގަނޑު މީގެ 5 ވަރަކަށް އަހަރު ކުރިން ވެސް ދެންނެވިން، އަދި މިސައިޓްގައި ވެސް މީގެ ދޮޅު އަހަރެއްގެ ކުރިން ދެންނެވިން މައުމޫން ވަޑައިގަންނަވާނީ ދެން ވެރިކަމަށް އަންނަ ބަޔަކު ހިންދަމާނުލެވޭ ވަރު ކޮށްލައްވާފައޭ. އެތަން މިއޮތީ އައިސްފައި. މައުމޫނަކީ މާޒީ. އެއްގޮތަކަށް ވެސް އެއްވެސް
ހާޝިމް ވިދާޅުވީ
ތާރީޚް:24/06/2009
ތެޅޭވަރެއް ތިޔަ ދެއްކެވި ވާހަކަފުޅުގެ ކޮންމެ ޖުމްލައެއް، ލަފްޒެއް، އަކުރަކަށް ދާންދެން އަޅުގަނޑު އެއްބަސް، މިގައުމު މިއޮތީ، އަޅުގަނޑު މީގެ 5 ވަރަކަށް އަހަރު ކުރިން ވެސް ދެންނެވިން، އަދި މިސައިޓްގައި ވެސް މީގެ ދޮޅު އަހަރެއްގެ ކުރިން ދެންނެވިން މައުމޫން ވަޑައިގަންނަވާނީ ދެން ވެރިކަމަށް އަންނަ ބަޔަކު ހިންދަމާނުލެވޭ ވަރު ކޮށްލައްވާފައޭ. އެތަން މިއޮތީ އައިސްފައި. މައުމޫނަކީ މާޒީ. އެއްގޮތަކަށް ވެސް އެއްވެސް ބޭފުޅަކު ހީފުޅު ކުރައްވައިގެން ނުވާނެ މައުމޫނަށް އަލުން މިގައުމުގެ ވެރިކަން ލިބިވަޑައިގެންފާނެއޭ. ނުވާނެ އެކަމެއް. ދެން އަޅުގަނޑުމެން ދާނީ ކުރިއަށް. ފަހަތަށް ބެލުމެއް ނެތް. ކުރިން ވެރިކަން ޙަވާލުކުރީމާ، އެކަން ނުކުރެވި ފޭލިވެގެން ދިޔަ މީހުންނަކަށް ދެން ނެތް މިގައުމުގައި ފުރުސަތެއް. މިކަމާ ދެފައިކައިރި ނުވެގެން އުޅޭ ބަޔަކު ވިއްޔާ ޖެހޭނީ އެޚިޔާލު ދޫކޮށްލަން. އެނޫން އެއްވެސް ގޮތެއް ނޯންނާނެ. އަޅުގަނޑުމެންގެ ޙާލަތު ރަނގަޅު ކުރައްވާނެ މާތް ކަލާނގެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން. އަންނިއަށް ވެރިކަން ލިބިވަޑައިގަތީ، މާތް ރަސްކަލާނގެ އިރާދަފުޅުގައި އެހެން ލިޔުއްވާފައި އޮތީމާ. އެހެންވީމާ، އެކަލާނގެ ދައްކަވާނެ މަގު ވެސް. މައުމޫނަށް ވެސް ދެއްކެވި ރަނގަޅު މަގު. އެކަމަކު، އޭނާ އެކަމާ ދަހިވެތިވެވަޑައިގެން، މާތް ﷲ މަތިން ހަނދުމަ ނެތިކޮށްލީމާ، އެހެރީ މިދިވެހިރާއްޖޭގެ 3000 އަށް ވުރެ ގިނަ ދުވަސްވީ ތާރީޚުގައި ވެސް ދިވެއްސެއްގެ ނަން ހަޑިނުވާ ވަރަށް ނަން ހަޑިވެފައި، މިކަމަކީ ހަމަ ފެކްޓް. ހަޤީޤަތް، މިއާ އިދިކޮޅެއް ނުހެއްދެވޭނެ އެއްވެސް ބޭފުޅަކަށް.
މަރިޔަމް ވިދާޅުވީ
ތާރީޚް:24/06/2009
ހާޝިމު ތިޔަބޭފުޅާ ދައްކާފަހުރި ވާހަކައަކީ އަހަރެންގެ ވާހަކަޔަށް ރައްދުދެވިފައިވާ ވާހަކަތަކެއްނޫން. ބުނަންތަ! އެމްޑީޕީ ވެރިކަމަށް އައީ، އެކަހަލަ ސްޓޭޓު މިނިސްޓަރުން ބޭކާރުގޮތުގައި މައުމޫނު ބޭތިއްބި ބޭތިއްބުން ނިމުމަކަށް ގެނެސް އެކަމުގަ ސިއްކަޖަހަން. އެކަމަކު ކަންތައް ދަނީ އެހަނަކުންނެއްނޫން. އެތައް ޑަޒަން ބޭކާރު ސްޓޭޓު މިނިސްޓަރުންނެއްލާފަ ތިޔަ ބުނަނީ، އެއީ މައުމޫނުވެސް ހެދި ގޮތޭ. ބަލަ މައުމޫނު ހެދިގޮތް ކަމުނުގޮސްގެން ރަނގަޅުގޮތް ހަދަން ބައެއް ދިވެހިން މިހާރު މިއޮތް ސަރުކާރު ހޮވީ. އެހެންވީމަ މިހާރު ސަރުކާރު ހިނގަންވީކީ މައުމޫނު ހިނގިކަމަށް ކަލޭމެން ބުނަމުންދިޔަ ގޯސްމަގަކުންނެއްނޫން. އަދި ބުނަންތަ ! މިނިސްޓްރީތައް މަދުކުރީ، އެއީ ބޭނުންނެތް ތަންތަންކަމަށްބުނެފަ. ދެން އެހެންވެއްޖިއްޔާ އެއް މިނިސްޓަރަށް އެތަނެއް ހިންގެން ޖެހޭނެ. މިނިސްޓްރީގެ ނަމުގައި އޮންނަ ކޮންމެ ލަފުޒަކަށް، ސްޓޭޓު މިނިސްޓަރެއް ލާކަށެއްނުޖެހޭނެ. ދެން ތިޔަބުނަނީ ކައުންސިލަރުންލީ ޤާނޫނު އަސާސީގައި ކައުންސިލަރުން ބައިތިއްބަން އޮންނާތިއޭ. ބަލަ ކައުންސިލަރުން އޮތީ ރައީސަށް ފެންނަ މީހަކު ސިލެކްޓްކުރާ ގޮތަކަށްނޫނޭ. އޮތީ އިލެކްޓު ކުރަން. އަނެއްކާ ގާނޫނު އަސާސީގައި އޮތްގޮތުން މަށަށްވިސްނެނީ އެއީ ކަތީބުންގެ ބަދަލުގައި ހޮވާބަޔެއްކަމަށް. އެހެންވިއްޔާ ކަތީބުންތައް ވަކިކޮށްފަ ކައުންސިލަރުންލިނަމަވެސް ހަރަދު ކުޑަވީސް ކޮންމެވެސް ވަރަކަށް. ކަތީބުންވެސް ބައިތިއްބާފަ، ކައުންސިލަރުން ގޯންޏެއް ގެނައުމުގެ ބޭނުމެއްނެތް. ކަތީބުންނަށް ނުކުރެވޭ ، އެކަމަކު ތިޔަ ކައުންސިލަރުންތަކެއް ތިބެގެން ކުރެވޭ ކަމެއް ދައްކަބަލަ. އެހެންވީމަ އެއީ ރައްޔިތުންގެ ލާރި ބޭކާރުގޮތުގައި ހަފުސް އަރުވާލުންނޫންކަމެއްގެ ގޮތަކަށް މަ ނުދެކޭނަން. ދެން ހާޝިމު ބަލާބަލަ! މަޖިލިހުގެ އިންތިހާބުން ފޭލިވީމަ އެއްކަލަ ޖީސަސް އަފީފުވެސް ކުއްލިއަކަށް ރައީސް އަންނިގެ ސިޔާސީ އެޑްވައިޒަރަކަށް ބޮޑު މުސާރަދީފަ ލައިފި. ބަލަ މިކަހަލަ ވަޒީފާތައް މީ، ވަޒީފާއެއްނެތް އަންނިގެ ފުރެންޑެން ފެންނަ އިރަށް އުފަންވާ އެއްޗަކީތަ؟ ކަލޭމެން ކުރިން ކިޔަމުންދިޔައީ، ވަޒީފާއަށް މީހުންލަނީކީ އެއްނޫނޭ. މީހުންނަށް ވަޒީފާ ހަދަނީއޭ. ދެން މިހާރު މިވަނީ ކީއް؟ މަރީއަށް އެނގޭ މިހެން ބުނާއިރަށް ބުނާނެކަން މައުމޫނުވެސް ހެދީ އެހެނޭ. އެކަމަކު އޭގެ ޖަވާބު މަރީ ކުރިން ދީފިންދޯ!
its me. ވިދާޅުވީ
ތާރީޚް:24/06/2009
އެހެންތާ ވާނީ ވެސް ލިޔާ މީހަކަށް ވިއްޔާ ޖަހާނީ ހަޖޫ،ކިޔާނީ އެއްޗެހި،ކުރާނީ މަލާމާތް.ހަފެ ކޮބާތަ ތިބުނާ އޮލަނބު؟މަށަށް ނިކަން ދައްކަބަލަ؟
kadhee ވިދާޅުވީ
ތާރީޚް:24/06/2009
އާން ތީ ހަމަ ތެދެއް! ނޫޅޭ ވަކި ފަތިފުށް ރީތި މީހެއް،ބުނާތީ އެހިން މިސައިޓަށް ލިޔާކުދިން ކަޑަވަނީ ކުރާ ކޮމެންޓްގެ ސަބަބުންނޭ.އަބްސީގެ ލިޔުންތަކަށް ވެސް ކުރާ ކޮމެންޓް އެޑމިން އިން ނުނަގާނަމަ އެސޮރަށް ނޯއްނާނެ ބޯހިކޭނެ އެތްގޮތްވެސް އެކަމުކު އެލިޔުންތަކުގެ މަހްފޫމަށް ބަލާނަމަ ހާދަހާވާ ބަލާޣާތްތެރިއޭ
ދެނެއް ކުރާނެ ކަމެއްނެތް
އިސްދަރިވަރެއް ވިދާޅުވީ
ތާރީޚް:24/06/2009
ސަރުކާރުގެ ހަރަދުކުޑަކުރާ ވާހަކަ ދައްކަމުންދާއިރު، އަސްލުގައި މިދެއްކެނީ ރައްޔިތުންގެ ހަރަދުތައްކުޑަކުރާވާހަކައެވެ. މިވަގުތުގައި ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކުން ހަރަދައްބެލުމަކީ ސަރުކާރައްކޮށްދެވޭކަމެއްނޫނެވެ، އެއީ އަހަރެމެން (ރައްޔިތުންގެ) އަމިއްލަފައިދާއަށްކުރެވޭކަމެކެވެ. މިހާރުވެސް ރާއްޖޭގެ ގައުމީ ނެޓްބޯޅަޓީމް (25 ވަރަކަށްމީހުން)ވީ މެލޭޝިޔާގައެވެ. އެއީވެސް ބޮޑުބޭކާރުހަރަދެކެވެ. މިކަހަލަތާކުންތާކުނުޖެހޭ ކަންތައްތަ ހުޓާލައްވީއެވެ. އެއަވުރެން މުހިންމު އަސާސީ ކައްތައްތަ މިހިރީ ނުކުރެވިފައެވެ.
ދޮންސޮރު ވިދާޅުވީ
ތާރީޚް:24/06/2009
ކިއުންތެރިން ފާޅުކުރައްވާ ޚިޔާލުތަކުގެ ތެރެއިން އަދަބާ ޚިލާފު ހަޑިހުތުރު ބަހުން ފޮނުއްވާ ލިޔުންތައް ޕަބްލިޝްނުކުރުމަށް މިސައިޓަށް އިލްތިމާސްކުރަން!
ޝިހާމު ވިދާޅުވީ
ތާރީޚް:24/06/2009
ހަރަދު ކުޑަކުޑަކުރާވާހަކަ ތިދައްކަނީ ކިހެނެއްހަރަދު ކުޑަކުޑަކުރާނީ އަދިވެސްމިސަރެކާރެގެ މަތިފުފެނީ މިހާރުބަލާ މަޖިލީހައްކުރިމަތިލައިގެންފޭލިވިކޮންމެއެންޑީޕީ މީހަކައް ސިޔާސީމަގާމެއްހަދާފި މިތަނެއްނުފެނޭމިސައިޓައްކޮމެންޓުކުރާ ހާޝިމަކައް ކިހާރީތި
ތެޅޭވަރެއް ވިދާޅުވީ
ތާރީޚް:24/06/2009
އަޅުގަނޑު އަދި އެބައޮތްމިސަރުކާރާމެދު ހިތްހަމަ ނުޖެހޭކަމެއް .އެއީ މިތާކައިރީގައި މިބުނީ މިއަތޮޅުގައިވެސްއެބައޮތް 3 ރިސޯޓު ހަދަން ފަށާފަ.މިހާރު 3 އަހަރުވެގެން ދިއައިރުވެސް އެތަންތަން ހުޅުވި މިއަތޮޅުގެ މީހުނަށް އޭގެ ފައިދާއެއް ލިބޭނެ ދުވަހެއްވެސްނޭނގެ.މިރިސޯޓުތަށް ދީފައިވާބަޔަކީ މައުމޫނުގެ ތައްފާހުން އުޅެމުންއައިބައެއް މިބުނީ މައުމޫނު ބައިއަޅާ މީހުން
ތެޅޭވަރެއް ވިދާޅުވީ
ތާރީޚް:24/06/2009
އަޅުގަނޑު އަދި އެބައޮތްމިސަރުކާރާމެދު ހިތްހަމަ ނުޖެހޭކަމެއް .އެއީ މިތާކައިރީގައި މިބުނީ މިއަތޮޅުގައިވެސްއެބައޮތް 3 ރިސޯޓު ހަދަން ފަށާފަ.މިހާރު 3 އަހަރުވެގެން ދިއައިރުވެސް އެތަންތަން ނުހުޅުވޭ. އަދި ހުޅުވި މިއަތޮޅުގެ މީހުނަށް އޭގެ ފައިދާއެއް ލިބޭނެ ދުވަހެއްވެސްނޭނގެ.މިރިސޯޓުތަށް ދީފައިވާބަޔަކީ މައުމޫނުގެ ތައްފާހުން އުޅެމުންއައިބައެއް މިބުނީ މައުމޫނު ބައިއަޅާ މީހުނޭ. މަމިހިތަށް އަރަނީ އަންނިވެސް މިމީހުންގެ ދަލުގައި ނުޖެހިދާނެބާއޭ. އަޅުގަނޑު ގޮވާލަން މިމީހުންނަށް ދީފައިވާ ރަށްތަކުގައި ރިސޯޓު ނަހަދަންޏާ އެރަށްތަށް އަތުލުމަށް ފަހު އެހެންބަޔަކަށް ދިނުމަށް. މިއަތޮޅުގައި ރިސޯޓުތައް ހުޅުވި އޭގެފައިދާ މިއަތޮޅަށް ލިބެންފެށުމުން ފައިދާ އެވަނީ ހަމަ މިރާއްޖޭގެ އިގްތިސޯދަށް.މިހާރު ހަރަދު ކުޑަކުރާއިރު ދައްކާލަން ހަމައެންމެރަނގަޅުވާހަކަ އެއް ކަމުގައި ދެކޭތީވެ މިވާހަކަ މިތަނުގައި މިހިއްސާކޮށްލީ.
ސައިޓުގަ ދޭތެރެ ދޭތެރޭން ލިޔާ މީހެއް ވިދާޅުވީ
ތާރީޚް:24/06/2009
މި ސައިޓަށް އަހަން ނުލިޔަނީ ކޮމެންޓުކޮށްފާނެތިން ބިރަކުން ނޫން. އަހަންނަށް އަދި ނުވެގެން މިއުޅެނީ.