NayaBay:ShopOnline

ކުޅުދުއްފުށީގެ ވިޔަފާރި

ކުޅުދުއްފުށީގެ ވިޔަފާރި
އަތޫފް

މިއީ މާލެއިން އުތުރުގެ އެންމެ އާބާދީ ބޮޑު ތަރައްގީގެ ގޮތުން އުތުރުގެ އެހެން ރަށްތަކަށްވުރެ ކުރިއަރާފައިވާ ރަށެކެވެ. އަތޮޅުން އަދި ކައިރީގައިވާ އެހެން ދެއަތޮޅުގެ ގިނަ އަދަދެއްގެ މީހުން އައިސް ގޮސް އެމީހުންގެ ބޭނުންތައް ފުއްދުމުގައި ކޮންމެހެން އޮތުން މުހިންމު މަންޒިލަކަށްވެފައިވާ ރަށެކެވެ. ވިޔަފާރި އާއި ތައުލީމާއި ސިއްޙީ އަދިވެސް ބައެއް އެހެން ކަންކަމުގައި އުތުރުގެ ވަރަށް ގިނަ ރަށްރަށުގެ ބަޔަކު މިރަށަށް އައިސް އުޅެއެވެ. މިދައްކަނީ ކުޅުދުއްފުށީ ވާހަކައެވެ. އަޅުގަނޑު މިފާހަގަ ކޮށްލަނީ މިރަށަށް މީހުން އައިސް އުޅެނީ އެމީހުންގެ ބޭނުންތައް މާލެ ނުގޮސް ޚަރަދު ކުޑަކޮށް ފުއްދުމަށްޓަކައި މިރަށަށް އަންނަން ޖެހިފައިވާތީ އެވާހަކައެވެ. މިރަށަކީ ވިޔަފާރީގެ ގޮތުންވެސް ކުރިއަރަމުން ދާރަށެވެ. ހަފްތާ އަކު ދެ ބޯޓް ނުވަތަ ތިން ބޯޓް މާލެއިން މިރަށަށް އަންނަމުން ދެއެވެ. އެކަމަކު ދެރަކަމަކީ މިރަށުގައި ވިޔަފާރި ކުރަމުންގެންދާ ފަރާތްތަކަށް އެމީހުންގެ ވިޔަފާރި އެހެން ގޮތަކަށް ބައްޓަން ކުރަން ނޭނގޭތީ ނުވަތަ ބޭނުން ނުވާތީ އެކަމެވެ. އެކެއްގެ ކިތަންމެ ގިނަ ފިހާރައެއް ހުރި ނަމަވެސް ހުރިހާ ފިހާރައެއްގައިވެސް ހުންނަނީ އެއްވައްތަރެއްގެ ތަކެއްޗެވެ. އާއްމުކޮށް ރައްޔިތުން ކެއުމަށާއި އެހެނިހެން ކަންކަމުގައި ބޭނުން ކުރާތަކެއްޗެވެ. މިރަށުގައި ފްރެޝް ތަކެތި ލިބޭނެ ފިހާރައެއް ނެތެވެ. ކުޑަކުދިންގެ ތަކެތި ލިބޭނެ ފިހާރައެއް ނެތެވެ. މިބުނީ ނެސްޓަމާއި މިކަހަލަ އާއްމުކޮށް ބޭނުންކުރާ ތަކެތި ހުރިހާ ތަނަކުންވެސް ލިބެންހުންނަ ހުރުމެއް ނޫނެވެ. ކުޑަކުދިންގެ ތަކެތި ވިއްކުމަށް ޙާއްސަ މާކެޓެއް ނުހުރެއެވެ. މިރަށުގައި ހުރިހާ ވިޔަފާރި ވެރިން ވިސްނަމުންދަނީ ރައްޔިތުންނަށް ޚިދުމަތެއް ދިނުމަށްވުރެ އެމީހުންގެ ފައިދާ އަށް ކަމަށް ބެލެވެއެވެ. އެއީ ތަފާތު މުދާ ނުގެންނަނީ ނުވިކި ދާނެތީކަމަށް އެބައި މީހުން ބުނެއެވެ. އެކަމަކު މިރަށަކީވެސް ހޭލުންތެރި ބަޔަކު އުފެދެމުންދާ ރަށެކެވެ. ކުރިން ބިންބި އާއި ދޮނަޅަ ފަދަ ތަކެތި ކުޑަކުދިންނަށް ކާން ދެމުން ދިޔަ ނަމަވެސް މިހާރުގެ ޖީލު އެތަކެތީގެ އިތުރުން ދަރިންނަށް ފައިދާ ހުރި ތަކެތި ދިނުމަށް ނުހަނު ބޭނުމެވެ. އެގޮތުން ކުޑަކުދިންނަށް ހާއްސަ ފެނާއި ބިސްކޯދާއި ޔޯގަޓަކީ އާއްމުކޮށް މާލެއިން ގެނެސް ގެންނަމަވެސް މިރަށުގެ ގިނަ ޒުވާންކުދިން އެމީހުންގެ ދަރިންނަށް ދެމުން ގެންދާ ބާވަތްތަކެވެ. ދެން މިހާ އަވަހަށް މާލެ ދަތުރު ކުރަމުންގެންދާ ބޯޓް ފަހަރު ހުރުމުން ފްރެޝްތަކެތި ގެނައުމަކީވެސް ވެދާނެކަމެކެވެ. އަދި އެކަމުން ރަށުގެ ރައްޔިތުންނަށާއި އެހެން މީހުންނަށް އޭގެ ފައިދާ ކުރާނެ ކަންކަމެވެ. މިރަށުގެ ރައްޔިތުން ވިޔަފާރި ކުރާ ގޮތް ބަދަލުކުރަން ވެއްޖެކަމުގައި އަޅުގަނޑު ދެކެމުން މިފާހަގަ ކޮށްލީ މީގެ ތެރެއިން ބައެއް ކަންކަމެވެ. މިރަށުގައި ވިޔަފާރި ކުރާ މީހުންގެ ތެރެއިން “ނަފާ” މިނަމުގައި ހުޅުވިފައިވާ ފިހާރަތަކަކީ އަޅުގަނޑު ވަރަށް ފާހަގަކޮށްލާ ފިހާރަ ތަކެކެވެ. މިފިހާރަ ތަކުގެ ސަބަބުން ރަށުގެ ތަރައްގީ އެހެން މީހުންނަށް ދައްކުވައިދެއެވެ.

‮ ‬23‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކަޅުބެ‮ ‬ވިދާޅުވީ


    ތާރީޚް:27/06/2009

    ފުރެސްތަކެތި މިހާރުވެސް މިރަށުން ލިބޭ.ކޮމަންޑު ޖައފަރުވެސް އެބަހުރި މިހާރު ހަމަ ސީދާ ފުރެޝް އެއްޗެހި ވިއްކަން ފިހާރައެއް ހުޅުވާފައި.މި ޕެރެގުރާފް ލިއުނީ ހަމަ މިރަށު މީހެއްބާއޭ ބޭބެ ހިތައްއަރާ.ކުޑަކުދިން އެއްޗެހި ވެސް ލިބޭ.މިސާލަކަށް ފެޝަންލޭންޑް.ވިޝްޕާ ކަހަލަ ފިހާރަތަށް ބޮޑަށް އަމާޒު ކުރަނީ ކުޑަކުދިން ނަށް. ދެން ނޭނގެ ދޯ.ފރެޝް ތިކިއަނީ ތާޒާ އެއްޗެއްސަށޭނުންދޯ.

  2. ކަޅުބެ‮ ‬ވިދާޅުވީ


    ތާރީޚް:27/06/2009

    އަދި ވަރަށް ގިނަ ފިހާރަތަކުން މާލެ އަށްވުރެ ހެޔޮއަގު ގައިލިބޭ.

  3. ވިޔަފާރިވެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:27/06/2009

    އަހަރެމެން ގެންނަން ތަޒާ އެއްޗެހި، މިހާރުގެންނަނީ ހަލާކުނުވާވަރު ބަލައިގެން.އެކަމަކު ގިނަފަހަރަށް ޖެހެނީ އުކާލަން.އެންމެ ގިނައިން މިގެންނަ މޭބިސްކަދުރުކޮޅު ވެސް ޖެހެނީ ފީވެގެން އުކާލަން،އަހަރެމެން މިގެންނަނީ ހަމަ ސީދާބޭރުން،މާލެއަކުންވެސްނޫން.

  4. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:27/06/2009

    އަތޫފަކާ ބޭބެ އަކަށް މުޅިން އެއްބަސްވެވޭ ކަށް ނެތް.ބޭބެ ކުރީފަހަރު މާލެއިން މިގަތީ ކުޑަމަންޖެއަށް ހެދުމަކާ ދެން ކުޅެން ބެއާރ އަކާ.ރަށަށް އައިސް ބަލާލިއިރު ބޭބެ މާލެއިން ގަތް ވައްތަރު ހެދުން ހުރި 75 ރުފިޔާ ހެޔޮކޮށްއަދި ބެއާރ ވެސް ހުރި 50 ރުފިޔާހެޔޮކޮށް ބޭބެއަށް ލިބުނީ ލަނޑެއް. އެހެންވެހަމަ ސީދާ ކުޑަކުދިން އެއްޗެހި ވިއްކާފިހާރައެއް ނެތްކަމަކު ގިނައަދަދަކަށް ކުޑަކުދިންގެ އެއްޗެހި މިރަށުންލިބޭ، އަނެއްކާ ކޮލިޓީ އެއްޗެހި.މިސާލަކަށް ފެޝަންލޭނޑް ބޭބެވެސް ފާހަގަ ކުރަން. ދެން ތަރުކާރީ މޭވާ ނަންހުސްކޮށް ޖައފަރު އެބަވިއްކާ، ވިޔަފާރި ވެރިޔާ ބުނާހެން ޑިމާންޑު ލިބޭ ވަރަކަށް

  5. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:27/06/2009

    ދެން އެކަމަކު އަތޫފު އާބޭބެ އެއްބަސް ކުޑަކުދިން ނަށް ހާއްސަ ފިހާރައެއް ނެތުމުން ބއެއްކަހަލަ އުނދަގޫ ދިމާވޭ ،އެއްފިހައިރައިން އަނެއްފިހާރައިން ދުވަންޖެހޭ. ދެންތަރުކާރީއެއް މޭވާ އެއް ނަންހުސްކޮށް ގެނައެއްކަމަކު ގަންނަން ދައިރު ނުހުރޭ. ނަންހުސްކޮށޭ މިބުނީ ބޭބެ ކައިރީ ވިޔަފާރިވެރިއަކު ތަރުކާރީއާއިމޭވާ އެއްޗެހި ވިއްކާ ފިހާރައެއްހުޅުވުމަށް ފަހު ބުނީ ނަންހުސްކޮށް އތނުން ލިބެންހުންނާނޭ. އެކަމަކު ބޭބެ އަކަށް ނުބުނެވޭނެ އެތެދެކޭ.ގަންނަން ދާއިރު ހަމަނުލިބިފައި އޮންނަނީ.

  6. ދޮނަޅަ‮ ‬ވިދާޅުވީ


    ތާރީޚް:27/06/2009

    ބިންބިއާ ދޮނަޅަ ތިޔަބުނާ ބިސްކޯދާ ޔޯގަޓަށް ވުރެ ކުޑަކުދިންނަށް ފައިދާ ބޮޑު، އަހަރެމެން ގޯތި ސޮރަށް ދެނީ ޒުވާރިފުށް،އެލިބެން ހުންނާނެ އާޕޮއިންޓުން. ޔޯގަޓު އެބަހުރި ރާއަލީ ގޯތި ފިހާރައިގަ.މަ މީހަކަށް އިއްޔެ ގަނެދިނިން.

  7. އިޝްތިހާރު‮ ‬ވިދާޅުވީ


    ތާރީޚް:27/06/2009

    މިރަށު ވިޔަފާރި ވެރިންގެ މައްސަލައަކީ އިޝްތިހާރު ނުކުރާތީ މާލައިން ލިބެންހުންނަ ހުރިހާއެއްޗެއް މިރަށުގައި ވެސް ލިބެންހުރޭ.އެކަމަކު އިޝްތިހާރު ނުކުރާތީ ނޭނގެނީ.

  8. މަ‮ ‬ވިދާޅުވީ


    ތާރީޚް:27/06/2009

    ދެރައީ ކުޅުދުއްފުށީ ވިޔަފާރިވެރިންނަށް އިންޕޯޓްކުރަން ނުކެރޭތީ

  9. ނޫނޭ‮ ‬ވިދާޅުވީ


    ތާރީޚް:27/06/2009

    ކުޅުދުއްފުށީ ވިޔަފާރި ވެރންނަށް ކުރަން އނގޭ ކަމަކީ ބެންކޮކު މުދާ ވިއްކުން. އިންޕޯޓު ކުރަން އެނގޭ އެއްޗަކީވެސް ބެންކޮކު މުދާ.

  10. DOg‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    އަޅުގަނޑަށް ވެސް ފާހަގަ ކުރެވޭ ކަމެއް ތިއީ، މިރަށުގައި ގިނަ ފިހާރަތަކެއް ހިންގާ މަހުޖަނެއް ރަށުގެ އެކިތަންތަނުގައި ފިހާރަ ހުޅުވައިގެން ހަމަ އެކައްޗެއް ވިއްކަމުންދަނީ މިއީ އެހާ ބޮޑު ރަށެއް ނޫން ވެރައިޓީކޮށް އެއްޗެތި ވިއްކާއިރު ސްޕަމާރޓް ގޮތަށް ހުރުމުން އެންމެނަށް ވަރަށް ފައްސޭހަ ވާނެ، ދެން ކުދިންގެ ތަކެއްޗާއި ކުޅޭތަކެތީގެ ކޮލެޓީ ދައްކަން ފާހަގަކުރެވޭ މިރަށުގައިވެސް ކޮލިޓީ އެއްޗެތި ގަންނަން ބޭނުން މީހުން އެބަތިބި، އެކަމަކު އަގު ހެޔޮތަކެއްޗަށް ވިޔަފާރިވެރިން އިސްކަންދޭކަން ފާހަގަކުރެވޭ، ދެން ޖައުފަރު ފިހާރަ ތިތަން ވަރަށް ރަގަޅު އެކަމު އެހާ ފްރެސް އެއްޗެއް އެތަނުންވެސް ނުލިބޭ، ކޮލިޓީ ސެންޓްކޮޅެއްވެސް މިރަށުން ނުލިބޭ، ބޭސްފިހާރަތަކުގައި ރަގަޅު ބޭސް ނުހުރޭ އެތަނުގައި ހުންނަ ތަކެތި ޑޮކްޓަރުން ލިޔަނީ މާލެއިން ޑޮކްޓަރ ލިޔެދޭ ބޭސްތެރެއިން ވަރަށް މަދު އެއްޗެއް މިރަށުން ލިބެނީ. ވިޔަފާރި އެހާ ރަގަޅެއް ނޫނޭ ބުނެވޭނީ

  11. ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    ތާޒާ އެއްޗެތި ލިބޭ ހޮނިހިރުދުވަހު އަތިރިމަތިންވެސް.

  12. ކިޔުންތެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    ފަހަކަށް އައިސް މި ސައިޓްގެ ލިޔުންތަކުގެ ފެންވަރު މުޅިން ދަށްވެއްޖެ ކަމަށް ފެނޭ. ލިޔުމާއި ޢިބާރާތްކުރުމާއި، ޚިޔާލާއި ޅިޔާލުގެ އޮއްޓަރުވެސް ވަރަށް ބޮޑަށް ދަށްވެއްޖެ. ދެން، މި ނުވޭ މިސައިޓްގައި ޖަހާފެންވަރުގެ އެއްޗަކަށް. މިއީ ގުރޭޑް 5 ގެ ކުއްޖަކު ލިޔެފައި އޮތް ޕެރެގިރާފެއް.

    ލިޔުނު ކުއްޖާ އަށް ބުނެލަން އޮތީ، ދެން ފަހަރަކުން ލިޔާއިރު، ކޮންމެ އާ ޕޮއިންޓެއް އާ ޕެރެގިރާފެއްގައި ލިޔާށޭ. ކުރިއަށް އޮތްތާނގާއި ލިޔަމުން ގެންދާނެކަމަށް ހީކުރަން. ނުލިޔާކަމަށްވާނަމަ، ލިޔާކަށް ނުވެސް ކެރޭނެ، އެކަމެއް ދަހެއްވެސް ނުވާނެ.

    ސައިޓްގެ އެޑްމިންއަށް/ އެޑިޓަރަށް ދަންނަވާލަން އޮތީ، ފޮނުވާ ލިޔުންތައް އެޑިޓްކޮށް، އިމްލާކުށް ކަނޑައި، ޕެރިގިރާފް ވަކިކޮށްފައި ނެތްނަމަ، އެކަންވެސް ރަނގަޅުކޮށްފައި، ޖަހާށޭ. އެހެން ނޫނީ އެޑިޓަރުންގެ ބޭނުމަކީ ކޮބާ؟

    މިހާރު ސައިޓަށްވެފައި މިއޮތީ ކިހެނެއްތަ؟ ‘ފަންއަރި’ ކޮބައިތަ؟ އިބްރާހިންބެ ގޯތި ޔޫސުބު ކޮބައިތަ؟ ކުރިންވާ ގޮތަށް އަޕްޑޭޓް ނުވަނީ ކިއެއްވެތަ؟

  13. ލާމިއާއިސަ‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    ދައިތަ ބުނާނީ މީގެ 20 ނޫނީ 30 އަހަރުކުރިން މާލެގޮސް އަންނަން ނޭގިފަތިބި ބަޔަކަށް ކިހިނެއްބާއޭ އެނގޭނީ މިރަށުގެ ހާލަތެއް؟ ބަލަގަ މިރަށުގެ ގިނަ ފިހާރަތަކުން މާލެއަށްވުރެ ހެޔޮއަގުގަ ސާމާނު ގަންނަން ލިބެން ހުރިކަން ހަމަ ކޮއްކޮއަށް ނޭގެނީދޯ؟ ބަލަގަ ކޮއްކޯ ދައިތަވެސް ގަބޫލުކުރަން މިރަށުގެ ބައެއްވިޔަފާރިވެރިން އެބަޖެހޭކަން އެމީހުންގެ ވިޔަފާރި ކުރިއެރުވުމަށް އެވިޔަފާރިތަށް އިސްލާހުކުރަން. މިސާލަކަށް ހާޖި ހަސަން ފުޅު، ސޯނާ ހުސޭނު. އެކަމަކު ހުރިހާ ވިޔަފާރިވެރިންގެ ބޮލަށް އަރަން ނޫޅުއްވާ.

  14. ބެސްކެ‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    ވިޔަފާރިވެރިއެކޭ ބުނާވަރުގެ މީހެއް މިރަށަކުނެތް.. ފިހާރައެއް ހުރުމަކީ ވިޔަފާރިވެރިއަކަށް ވުމެއްނޫން.. ތިބުނާ ވިޔަފާރިވެރިންގެ އަތުން ކިރިޔާ ޑަބަލްބުލޫ 18 ޓީޝާޓު މިލިބެނީ މިއުޅޭ ކުޅިވަރުކުޅޭ ކުދިންނަށް.. މާލެ އަދި އައްޑޫގައި ވިޔަފާރިވެރިން ޓީމުތައް ހިންގަނީވެސް.. މިރަށުގައި އެކަކުވެސް ނޭދޭ އަނެކަކަށް ހެޔޮގޮތެއް ވާކަށް.. މިސާލަކަށް ޖައުފަރުވެސް، ޒުހައިރުވެސް އަދި އެހެންމީހަކުވެސް.. އަމިއްލަ ހައިބަތު ކެނޑިދާނެތީ ކަންނޭގެ ދޯ.. އެކަކު އަނެކަކަށް އުނދަގޫ ކުރަނީ.. އެހެންމީހެއްގެ ދޯންޏެއްގަ އެއްޗެއް ގެނައިކަން އެނގުނަސް ނިމުނީ.. މިއީ ކުދިވިޔަފާރިތަކަށް ލިބޭ ބޮޑުގެއްލުމެއް.. މިއީ މަގޭ ހިޔާލު.

  15. DOg‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    މިލިޔުމަށް ކޮމެންޓް ކޮށްފައިވާ ގިނަފަރާތް ތަކުން ރަށުގެ ކުރިއެރުމަށްވުރެ މަސްލަހަތަށާއި ދެރަވެދާނެކަމަށް ބަލަނީ ކަމަށް ބެލެވޭ، މީގައި ބުނެފައިވަނީ ޑޯގަށް ވިސްނޭ ގޮތުގައި ރަގަޅު މެސެޖެއް، ގިނައަދަދެއްގެ ވިޔަފާރި ކުރާ މީހުން ތިބި ރަށެއްގައި ވިޔަފާރިކުރުމުފެ ފެންވަރު މިހާރަށް ވުރެ ރަގަޅު ކުރަންވެއްޖެކަމަށް، އެކަން އަޅުގަނޑު ގަބޫލުކުރަން، މިރަށުގެ ގިނަ ފިހާރަތަކުގައި ހުންނަނީ އަގު ހެޔޮ އެއްޗެތި، ގިނަ ބަޔަކަށް އެގޮތް ކަމުގޮސް ދާނެ، އެކަމަކު އަގު ބޮޑަސް ކޮލިޓީ އެއްޗެއްހި ލިބޭނެ ގޮތަކަށް ވިޔަފާރިކުރުމަކީ ރަށުގެ ވިޔަފާރި ކުރިއަރާ މީހުން ތަޙްޒީބްކަން ދައްކުވައިދޭނެކަމެއް، އަބަދު ޑްބަލް ބުލް ޓިސާޓް އެއީ ކަމުދާ ގޮތަކަށް ނުވާނެ، މުޅިންވެސް މިވިސްނަނީ އިގްތިސާދު ކުރުމަށް، އިގްތިސާދު ކުރުމާއި އެކީ ތަހްޒީބް ވުމަކީވެސް ކުރިއެރުން.

  16. ކަސްޓަ މަރު‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    ދެން ވިޔަފާރިވެރިންނޭ ކިޔައިގެން މީހަކު އަދި އެއްޗެއް ލިޔުނަކަސް، މިވެނި މީހެކޭ އެވެނި މީހެކޭ ކިޔައިގެން ނަން ކިޔަން ކަލެމެން ތިޔާ ފަހެ ބޯކާ ހާޑުގަ ތިބޭ ކަހަލަ ރަނޑާލި އަންހެނުންތަ؟ ތިޔަށް ވުރެ މޯ ނޫން ގޮތަކަށް ކޮމެންޓުގަނޑެއްވަސް ކޮށްލަން ނޭނގެނީ ދޮއްތޮ؟

  17. ހަރު މީހެއް‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    ޑޯގަށް:
    ވިޔަފާރިވެރިން ވިއްކަންވީ ހުސް އަގުހެޔޮ މުދަލެއް ނޫން. ހަމަ ފެންވަރު ރަނގަޅު މުދާ ވެސް ހުންނަން ޖެހޭނެ. ތި ދައްކަނީ ހަމަ ރަނގަޅު ވާހަކަ. އެކަމަކު، ތަހުޒީބު ވުމަކީ އަގުބޮޑުއެއްޗެހި ގަތުމެއް ނޫން. އެއީ ފޭކުވުން. ތަހުޒީބު މީހުން އުޅޭނީވެސް ތިމާގެ ފެންވަރުން. އަބަދު ވެސް އިޤްތިޞާދު ވެސް ކުރަންވީ. މީގެ މާނައަކީ ދަހިވާށެކޭ ނޫން. އެކަމަކު މިރަށު މީހުން ވެސް މުޅި ރާއްޖެއަށް ވެސް ޖެހިފައިވާ އެންމެ ބޮޑު ބައްޔަކީ ތިމާމެންގެ ނެތްފެންވަރުން ކޮލިޓީ އެއްޗެހި ގަނެގަނެފަ އުޅުން. އަދި ބައެއް މީހުން ކޮލިޓީ މިނާ މިންގަނޑަކީ ވެސް އޭގެ އަގު. ފަރުނީޗަރެއް ގަންނައިރު ބޯކަރުދާހުން ހެދާފަ ހުއްޓަސް ވަރިހަމަ. ގޮތް ގޮތަށް ފޮމެކާ ޖަހާލާފަ ވަރުގަދަ އަގެއް ޖަހާލާފަ އިނީމަ އެހެރީ ކޮލިޓީ ވެފަ.
    މާލެ ކަހަލަ “ތަހްޒީބު” ސޮސައިޓީ ތަކުގެ ދިރިއުޅުމުގެ ސްޓައިލް މިރަށަކަށް ކަމަކު ވެސް ނުދޭ. އެއީ، އަގު ބޮޑު ސެންޓުޖަހައިގެން، މޮޅު އަވިއައިނު އަޅައިގެން އިރުއިރުކޮޅާ ކޮފީއަށް ގޮސް ފިޝް އެން ޗިޕްސް ކާލައިގެން މިހެން އުޅުން. މާލޭގަ ނުވެސް އޮންނަނީ ދާނެ އެހެން ތަނެއް.
    މަށަށް ވެސް އެނގޭ ޑޯގު ގެ މަޤްޞަދަކީ ނެތް ފެންވަރުން އެއްޗެހި ގަންނާށެކޭ ނޫންކަން. ފެންވަރު ރަނގަޅު މޮޅެތި އެއްޗެހި ގަނެގެން ސްޓައިލަށް އުޅޭ މީހުން އުޅޭ ރަށްރަށުގަ އެކަހަލަ އެއްޗެހި ވިޔަފާރިވެރިން ވެސް ވިއްކާނެ. މިރަށު މީހުންނަކީ އެހާ ވަރަށް ސްޓައިލްވާ ބައެއް ނޫން ހަގީގަތުގަ. އަހަރެން މިރަށު މީހުންނާ މެދު ފަޚްރުވެރިވާ އެއް ސިފަ އެއީ. އެގޮތަށް ފޭކުވެގެން ނޫޅޭކަން.

  18. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    ކިޔުންތެރިއެއް ނަމުގައި ކޮމެންޓުކުރެއްވި ބޭފުޅާއާއި ބޭބެ ވެސް އެއްބަސް.އަދި ހަރުމީހަ ފާޅުކޮށްފައިވާ ހިޔާލުވެސް ބަރާބަރު ބޭބެއަށް. މި ކަހަލަ ލިއުންތައް ފެންވަރު ރަނގަޅު ކުރަން މިސައިޓުގެ އެޑުމިން އިތުރު ސަމާލުކަމެއްދޭނެ ހެން ހީވަނީ.

  19. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    މިތަނުގައި “ކިޔުންތެރިއެއް” މިނަމުގައި ކޮމެންޓް ލިޔުއްވި ބޭފުޅާއަށް އަޅުގަނޑު ވަރަށް ތާއީދުކުރަން. މިއީ ހަމަ ގުރޭޑް 5 ލެވެލްގެ އެއްޗެއް. އެއްވެސް ފެންވަރެއް، އަދަބީ ހަމައެއް ނެތް ލިޔުއްވުމެއް. އެކަމަކު، ދައްކަވާފައިވާ ޕޮއިންޓްތައް ދެން ރަނގަޅު. މައްސަލައަކީ، ޕޮއިންޓްތައް އެހެރީ، ޓިނުގަނޑެއް މައްޗަށް މަސް ހިއްކަން އަވީލާން އުކާލާފައި ހުންނަހެން އުކާލާފައި. އެއްވެސް ރޭވުންތެރިކަމެއް ނެތް.

    ދެން މިތަނުގައި ކޮމެންޓް ކުރެއްވި ބޭބޭފުޅުންގެ ކޮމެންޓްތައް ކިޔާލާފައި، އަޅުގަނޑު ވަރަށް ބޮޑަށް ކުޅުދުއްފުށްޓަށް ދާހިތް ވެސް ވެއްޖެ. ނަސީބު ދެރަކަމުން އަޅުގަނޑު ދުވަހަކު ވެސް ކުޅުދުއްފުށްޓަކަށް ނުދަން. އެކަމަކު ހަނިމާދޫއަށް ދިޔައިން. އެކަމަކު، އުންމީދުކޮށްގެން މިއިންނަނީ، މިއަހަރު ކުޅުދުއްފުށްޓަށް ޖެހިލާނަމޭ މިއަހަރު.

  20. އިސްފަނޑިޔާރު‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    ހާޝިމް! މިތަނަށް—ކުޅުދުއްފުއްޓަށް—އަރަން މަރު، ހެޔޮނުވާނެ. މައުމޫނު މިޔޮތީ މި ތަން އެކަށް އަވަދިކޮށްލާފައި. ބިއްލާހި ހައްގު ތެދެއް މި ބުނީ. މި ސަރުކާރުން މިތަން، ތަންކޮޅެއް ހެޔޮކޮށްލީމާ އަންނަށް އިހަށް ހުރޭ، ތިޔާ ހުރިތާކު!

  21. އަތޫފް‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    އަޅުގަނޑުގެ ލިޔުން ރަގަޅު ކުރުމަށް އިރުޝާދު ދެއްވި އެންމެންނަށް ޝުކުރިއްޔާ! އަޅުގަނޑަކީ ލިޔުންތެރިއެއް ނޫން އެކަމަކު ލިޔުންތެރިއަކަށް ވާން ބޭނުން މީހެއް، މިލިޔުމުގެ މަގުސަދަކީ ކުޅުދުއްފުށީ ވިޔަފާރިވެރިންނަށް އެއްޗެތި ކިޔުމެއް ނޫން، މިރަށަކީ އެކިފެންވަރުގެ އެކި ރަށްރަށުގެ ތަފާތު މީހުން ދިރިއުޅެމުންގެންދާ އަދި އައިސް ގޮސް ވާ ރަށެއް މިރަށުގެ ވިޔަފާރި ކުރިއެރުމަކީ މިސަރަހައްދުގެ ހުރިހާ ރަށެއްގެ ރައްޔިތުން އެދޭނެކަމެއްކަމަށް ވީ ހިނދު އަގު ބޮޑެތި ރީތި އެއްޗެއްސަށް ލޯބިކުރާ މީހުންނާއި އަގު ހެޔޮ ތަކެއްޗަށް ލޯބިކުރާ މީހުން އުޅޭ، އަޅުގަނޑު މިލިޔުން މިލިޔެލީ އެކަމުގެ ސަބަބުން އަޅުގަނޑަށްވެސް ދަތިކުރިމަތިވެފައިވާތީ އެކަމުގެ ހަގީގަތް އެނގިގެން އަޅުގަނޑު ގަންނަ ބޭނުންވާ ތަކެތީގެ ތެރެއިން މަދު އެއްޗެއް ނޫނީ މިރަށުން ނުލިބޭ، މިއީ އަޅުގަނޑުވެސް ދިރިއުޅޭ ރަށް އެއްޗެއް ގަންނަން ބޭނުންވާ އިރަށް މާލެ އެއް ނުދެވޭނެ، އެމީހެއްގެ ދަރިފުޅު އުފަންދުވަސް ކުލަގަދަކޮށް ބޭއްވުމަކީ ގިނަ ބަޔަކު ބޭނުންވާނެކަމެއް އެމީހަކަށް ފޯރާވަރުން އެކަންކުރަން ބޭނުންވެގެން އެއްޗެއް ހޯދަން ދިޔަނަމަވެސް މިރަށުން އެފަދަ ކަމެއް ކުރާނެ އެއްޗެއް ހުރިތަނެއް ތިޔަކޮމަންޓް ކުރާ ފަރާތް ތަކުން ބުނެދީބަލަ، އަޅުގަނޑަކަށް ނުފެނުނު، މިހެން މިކަންތައްވާތީ މިލިޔުން އަޅުގަނޑު ލިޔުމުގެ ބޭނުމަކީ މިރަށުގެ ވިޔަފާރި މިބުނި އުޞޫލުން އިތުރަށް ހަރުދަނާވެ މާލެއިން ގަންނަން ލިބޭ ގިނަތަކެތި މިރަށުންވެސް ލިބެން ހުރުން، މިރަށުގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުން އަބަދު އެކައްޗެއް ވިއްކައިގެން ނަފާ ހޯދުމަށްވުރެ ތަފާތު ގޮތްގޮތަށް ވިޔަފާރިކުރުމަށް ދަސްކުރުން. ގިނަ ފިހާރަތަކަކީ ސްޕަރ މާރޓް ތަކެއް ގޮތުގައި އެއްޗެތި ވިއްކާ ތަންތަނަށް ވުން، ރާއްޖެތެރޭގެ ގިނަރަށްރަށުގެ ވިޔަފާރި ހުރީ މިފަދައިން އަލުގަނޑުގެ މަގުސަދަކީ މިރަށް މިކަމުގައި އިސްނައިގައިގެން ކުރިއަށް ދިއުން.

  22. އަތޫފް‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    ދެން އަނެއްކަމަކީ މިސާލަކަށް ކުއްޖެއް ރަގަޅު ރިޕޯރޓެއް ހޯދުމުން ޓީވީ ގޭމް ނުވަތަ އަތުކުރީ ގަޑި ނުވަތަ ކުޅޭއެއްޗެއް ގަތުމަށް އެދުމަކީ ވަރަށް އާއްމުކަމެއް، އެއްޗެއް ގަންނެފަ ދިނުމުގައި ރަގަޅު ގޮތަކީ އެއްޗަކަށް އެއްޗެއް ދިނުމެއް ނޫންދޯ ރަގަޅު އެއްޗެއް ހޯދާފައި ދިނުން ، މިކަންވެސް މިރަށުގެ މިހުރި ގިނަ ފިހާރަތަކަށް ގޮސްގެން މިވަނީ ނުވެފައި.

  23. ކިޔުންތެރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:28/06/2009

    އަތޫފަކީ ވަރަށް ހިއްވަރުގަދަ ކުއްޖެއް. ދެންފަހަރަކުން ލިޔާއިރު، ޕެރެގިރާފް ލިޔުމުގައި ބަހައްޓާތި. އަދި ސައިޓްގެ އެޑް މިންގެ ކިބައިން އެޑިޓްކޮށް ޕޮލިޝްކޮށްދިނުމަށް އެދޭތި.