Share

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުން

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުން
މުހައްމަދު އިސްމާއީލް

2005 ވަނަ އަހަރު އީޕީއެސް ސްކޫލުގައި ބޭއްވި އަތޮޅުތަކުގެ ދަރިވަރުންގެ މަހާސިންތާގައި ހދ އަތޮޅު އަތޮޅުވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ބައިވެރިވީމެވެ. އެއަހަރު ބޭއްވި މަހާސިންތާގައި މަޝްވަރާ ކުރެވުނީ މަސްތުވާތަކެއްޗާއި ޒުވާނުން މި މައުޟޫއަށެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ބޭއްވި މި މަހާސިންތާގައި ބައިވެރިން ހުށައެޅި ކަރުދާސްތަކުން އެދުވަސްވަރު ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ވަޒަންކުރެވުނެވެ.

2005 ވަނަ އަހަރު ހދ އަތޮޅު ހިމެނިގެންދިޔައީ ރާއްޖޭގެ އެހެން އަތޮޅުތަކާއި އަޅާކިޔާއިރު ނިސްބަތުން މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދު އަތޮޅު ތަކުގެ ތެރޭގައެވެ. ކުޅުދުއްފުށި ފަދަ ބައިބޯ ރަށެއްގައި މަސްތުވާތަކެތި ބޭނުން ކުރާމީހުން މަދުކަމަށް އެދުވަސްވަރުގެ ހިސާބުތަކުން ދައްކައެވެ. އަޅުގަނޑު އެމަހާސިންތާގައި ހދ އަތޮޅު ތަމްސީލު ކުރަމުންދިޔައީ ފަޚްރުވެރިވާ ހާލުގައެވެ.

2009 ވަނަ އަހަރުގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުންދާއިރު، ހިތާމަކުރަން މިވަނީ ޖެހިފައެވެ. އަމިއްލަ ރަށުގެ ހާލަތާއި މެދު އެއްއިރެއްގައި ފަޚްރުވެރި ވިޔަސް މިއަދު މިވަނީ މަންޒަރު ބަދަލުވެ ހާލަތު ބަދަލުވެފައެވެ. ކުޅުދުއްފުށްޓަކީ އެއްއިރެއްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދު ރަށެއް ނަމަވެސް މިއަދު ކުޅުދުއްފުއްޓަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށް އެތަކެތި ބޭނުންކުރާ މީހުން އިތުރުވަމުން އަންނަ ރަށެކެވެ.

2005 ވަނަ އަހަރު ބޭއްވުނު މަހާސިންތާއަށް ހުށައެޅި ކަރުދާސްތަކުގައި މަސްތުވާތަކެތީގެ ހާލަތު ހުރިނެތް ގޮތާއި އެވަބާއިން ހދ އަތޮޅުގެ ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، އެތަކެތީގެ ވިޔަފާރި ކުރާމީހުންގެ ކިބައިން ސަލާމަތް ވެވިދާނެ ގޮތްތައް ބަޔާންކޮށް ރިޕޯޓެއް ތައްޔާރު ކުރީމެވެ. އެރިޕޯޓުތައް ކަމާބެހޭ މުއައްސަސާ ތަކަށް ފޮނުވާނެ ވާހަކަ އޭރު އެސްކޫލުގެ ވެރިން ބުނަމުން އައެވެ.

2009 ވަނަ އަހަރުގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަ ކުރަމުންދާއިރު ކުޅުދުއްފުށީގެ މަސްތުވާތަކެތީގެ ހާލަތު އަލުން ދިރާސާކޮށް މިވަގުތު އަޅަން ހުރި ފިޔަވަޅުތައް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. މިކަމުގައި ފަރުދީ ޒިންމާއާއި މުޖްތަމައުގެ ޒިންމާ ފާހަގަކުރަމެވެ. ފަރުދީ ގޮތުން ކޮންމެ ރައްޔިތަކަށްމެ އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ވިސްނަންޖެހެއެވެ. ތިމާގެ ދަރިފުޅު ތިމާއަށް ދޮންފުތު ނުވެ އަމިއްލަ ދަރިފުޅުވިޔަސް ކުށެއް ކޮށްފިއްޔާ އެކަން ޤަބޫލުކޮށް އެކުދިންނަށް ނަސޭހަތްތެރިވެ އަދަބު ދިނުމަކީ ކުއްޖާ ބޮޑުވަމުން އަންނަ ދުވަސްވަރު ހެޔޮމަގަށް އެޅުވުމަށް ކުރެވިދާނެކަމެކެވެ. އިސްލާމީ ތަރުބިއްޔަތުން ދަރީން ތަރުބިއްޔަތުކޮށް، ދަރީންނަށް އެކުވެރިން ހޯދުމުގައި މައިންބަފައިންނަށް އަދާކުރެވިދާނެ ދައުރު ދެނެގަނެ އެގޮތުގެ މައްޗަށް ޢަމަލު ކުޅައުމަކީ ވަރަށް މުހިއްމު ކަމެކެވެ.

2009 ވަނަ އަހަރުގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާދުވަހު ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް އަމިއްލަ ޖަމްޢިއްޔާތަކުން ކުރައްވާ މަސައްކަތްތަކުގައި، ސަރުކާރުގެ ފަރާތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށެވެ. އެބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެތި ބޭނުން ކުރާ ކުއްޖަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން އަދި އެކަން މުޅިން ހައްލުނުވާނެ ކަމަށާއި އެކަންތައްތައް މުޅިން ހައްލުކުރުމުގައި އަމިއްލަ ޖަމްއިއްޔާތަކުގެ ދައުރު ވަރަށް ބޮޑުކަމުގައި ފާހަގަ ކުރެއްވިއެވެ.

2008 ވަނަ އަހަރުގެ ކުރީކޮޅު ޔޫއެންޑީޕީގެ ފަރާތުން އަޅުގަނޑަށް ގުޅާ ކުޅުދުއްފުށީގެ ޖަމްއިއްޔާތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ސާފުކުރިއެވެ. އެދުވަހު އަޅުގަނޑުގެ އަމިއްލަ ރަށުގެ ކުލަބް ޖަމްއިއްޔާ ތަކުގެ ވާހަކަ ދެއްކީ ދެރަވެހުރެއެވެ. އެއީ އެޖަމްއިއްޔާތަކުން “އެކަށީގެންވާ” މިންވަރަށް މަސައްކަތް ނުކުރާ ވާހަކަ ދައްކަން ޖެހުމުންނެވެ. މިއަދު އެވާހަކަ ތައް އެއްފަރާތްކޮށް ކުޅުދުއްދުފުށީގެ ޖަމްއިއްޔާތަކުން އާހިތްވަރަކާއި އެކު މަސައްކަތްތަކެއް މިވަނީ ފަށަން ޖެހިފައެވެ. ކުޅުދުއްފުށްޓަށް މަސްތުވާ ތަކެތި އެތެރެވާ ދޮރުތައް ބަންދު ކޮށް އެތަކެތީގެ ވިޔަފާރި ކުރާ މީހުން ހޯދާ، އެތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގައި ސަރުކާރާއެކު މަސައްކަތް ކުރުމަށް އަތުކުރި އޮޅާލަންޖެހެއެވެ. ކްލަބް ޖަމްއިއްޔާތަކުގެ ދައުރު ފުޅާނުކޮށް ސަރުކާރު އެކަނި މަސައްކަތް ކޮށްގެން މިވަބާއިން ސަލާމަތް ވުމަކީ ނާދިރު ކަމެކެވެ.

އަޅުގަނޑުމެންގެ ޅަދަރީން އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރުމުގެ ހެޔޮތައުފީޤު ދެއްވާ އަޅުގަނޑުމެން އެންމެންނަށް ހިދާޔަތް ދައްކަވާށި. އާމީން.

‮ ‬18‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހަސަން އަލީ‮ ‬ވިދާޅުވީ


    ތާރީޚް:29/06/2009

    މިރިޕޯޓު ކިޔާލަން ފަސޭހަވެފައި ފުރިހަމަ. ޔޫއެންޑީޕީން މުހައްމަދު އިސްމާލަށް ގުޅީމަ ތިޔަކިޔާދިނީ ހަމަ ހެޔޮކޮށް. މަސްތުވާތަކެތީގެ މައްސަލަތަށް މިރަށުގަވެސް މިހާރު ވަރަށްގިނަ. ހައްލު ނުކޮށްފިނަމަ އެންމެން މިވަބާގަ ހަލާކުވެދާނެ.

  2. ދެން އެލެކުންޔާ‮ ‬ވިދާޅުވީ


    ތާރީޚް:29/06/2009

    އާދަން މަނިކުގެ ދަރިކަލުން ސުރީލަންކާގަ މަސްތުވާތަކެތީގެ މައްސަލާގަ ހުކުމް ކޮށް ޖަލައްލާފައި ވަނިކޮށް މިވަނީ ސަރުކާރުން މަލެގެނެސް ދޫކޮށްލާފަ. މިކަމުން މަސްތުވާ ތަކެތިގެ މައްސަލާގައި އަހަރެމެންގެ ވިސްނުން ހުރިގޮތް އެބައެގޭ.

  3. އަޑުބާ‮ ‬ވިދާޅުވީ


    ތާރީޚް:29/06/2009

    އަބުދުއްރަހުމާންވެސް ކުރީދުވަހަކު ކުޑަ މިސްކިތަށް ނަމާދަށް ހުއްޓަވެސް ވެއްޓުނު، ދެން އިރުކޮޅަކު ފާޑަކަށް އެނބުރިއެބުރިފަ ތެދުވެއްޖެ ދެން މުދިންބެ ބުނީ ކޮއްކޯ ކިހިނިއްވީހޭ،އަބުދުއްރަހުމާން ބުނި ނުވެއްޓެޔޭ ކަމެއްނުވެޔޭ،ދެން މުދިންބެ ޕޮލިހަށް ގުޅީމަ އެމީހުން ނުވެސް އައި ދެމް މިވަރުން އެގޭނެ މަސްތުވާ ތަކެތީގެ ހާލަތު!

  4. މަހާސިންތާގައި ބައިވެރިވި ފަރާތެއް‮ ‬ވިދާޅުވީ


    ތާރީޚް:29/06/2009

    އަޅުގަނޑުވެސް 2005 ވަނަ އަހަރުގެ މަހާސިންތާގައި ބައިވެރިވީ ހދ އަތޮޅުގެ އަތޮޅުވެރިޔާ ގެ ހައިސިއްޔަތުން. ކޮންމެ އަތޮޅަކުންވެސް ދެބައިވެރިން މަހާސިންތާގައި ބައިވެރިވޭ.އެއަހަރު އެމަހާސިންތާގައި ހދ އަތޮޅު ތަމްސީލް ކުރީ ކުޅުދުއްފުށި ދެދަރިވަރުން.އަދި އަޅުގަނޑުމެން ތައްޔާރު ކުރި ރިޕޯރޓަށް ވަރަށް ފުރިހަމަ އެއްވަނައެއް ލިބިފައިވާކަން އުފަލާއެކު ފާހަގަކުރަން. އޭރު އެ ރިޕޯރޓް ތައްޔާރު ކުރުމަށްޓަކައި ސަރުކާރުގެ ވަރަށްގިނަ މުއައްސަސާތަކުން އަޅުގަނޑު މައުލޫމާތު ހޯދިން. އޭރުގެ ކުޅުދުއްފުށީގެ މަޢުލޫމާތަށް ބަލާއިރު އަޅުގަނޑު ވަރަށް ފަޚުރުވެރިވަން. އަޅުގަނޑުގެ އެކުވެރިންވެސް ބުނޭ މަސްތުވާތަކެތި ބޭނުން ކުރާމީހުން ހާދަ މަދޭ. އެކަމަކު މިހާރުގެ ހާލަތާއިމެދު ހިތާމަކުރަން. ވޭތުވެ ދިޔަ ހަތަރު އަހަރުތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ޒުވާނުން ދަނީ މަގުއޮޅެމުން. އެންމެހާ ދިވެހިން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރަށްވާށި! އާމިން

  5. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:29/06/2009

    ރިޕޯޓު ވަރަށް ފުރިހަމަ. ދެން ރަށްރަށުގެ ކުލަބު ޖަމުއްޔާތަކަށް މިކަމުގައި މިއަށްވުރެ ފުޅާކޮށް މަސައްކަތް ކުރެވޭނީ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް އެޖަމުއްޔާތަކަށް ދީގެން.ކުރިން މާ ބޮޑު އަޅާލުމެއް ޖަމުއްޔާތަކަކަށް ސަރުކާރަކުން ނުދޭ. މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ މީހަކަށް މިހާރު އަމިއްލަ ރައްކާތެރިކަމާ މެދު އޮންނަނީ ބިރުހީވެފައި. ދެން މިއަދުގެ ސަރުކާރުން މިކަމަށްދޭ ސަމާލުކަން ބޭބެ ފާހަގަ ކުރަން.މިއަދުގެ ސަރުކާރުގައި ސަރުކާރުގެ ވެރިއެއްގެ ދަރއެއްވިއަސް ކުށެއްކޮށްފިއްޔާ ކުށްވެރި ވާކަން އެއޮތީ ފެންނަން މަސާލަކަށް ސަރަނގު އާދަން މަނިކުގެ ދަރިކަލުން ސުރީލަންކާގަ މަސްތުވާތަކެތީގެ މައްސަލާގައި ހުކުމް ކޮށް ޖަލައްލާފައި ވަނިކޮށް މިވަނީ މާލެގެނެސް ދޫކޮށްލާފައެއްނުވޭ ޕޮލިހުން މިހާރު ދަނީ އެމައްސަލަ ބަލަމުން.އަދި ލަންކާގައި މަސްތުވާތަކެތި ބޭނުން ކުރިތޯބަލާ ދޭންޖެހޭ އަދަބެއްދޭނެ.ވަކި މީހަކަށް ތަފާތުކުރުމެއް އޮވެގެންނުވާނެހެން ބޭބެ އަށް ހީވަނީ. ނަމަވެސް މިތަނުގައި “ދެން އެލެކުންޔާ” ނަމުގައި ކޮމެންޓުކުރި ފަރާތް މިވާހަކައިގެ ހަގީގަތް އޮޅޭ ގޮތަށް މިވާހަކަ ދއްކާފަ.

  6. ފުލުހެއް‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    ނަލަކާސިމު ގާތު ބުނެވެން އޮތީ ކާސިމަށޭ މިފަހަރު އޮޅިފައި ތިވަނީ، އެމައްސަލާގައި ސަރަގު އާދަމް ދަރިއަށް ހުކުމްކޮށް ސިރީލަންކާގެ ޖަލަށްލައިފާ ވަނީ އެމައްސަލަ ތަހްޤީޤްކޮށް ސަރީއަތުން ހުކުމްކޮށްފައިވާތީ، ލަންކާގައި ސަރުއީ ނިޒާމް ހިންގަމުންދަނީ އިންޓަނޭޝަނަލް ލީގަލް ލޯ (ILL) ގެ މައްޗަށް، ކަންމިހެން ހުރިއިރު އެމައްސަލަ ރާއްޖޭގެ ފުލުހުން ބަލާކަށް ނުޖެހޭ އަދި ބަލަމުންނެތް ނުވެސްދޭ، ރާއްޖޭގެ ޖަލުގައި ތަންނެތްކަމަށް ބުނެ އޭނާ ގެއަށް ބަދަލުކުރީ، އޭނާގެ އަމަލުތައް ފުލުހުން ބެލުމަށް އަންގާފައިވޭ، އެއީ އެހެން މީހުންގެ ލޯމައްޗަށް އަނދުން އެޅުވުމަށް، ކުރީ ސަރުކާރެކޭ އެއްފަދައިން މިހާރުގެ ސަރުކާރަކީވެސް މަސްތުވާތަކެއްޗާއި ދެކޮޅަށް ނުހަނު ބުރަކޮށް މަސައްކަތްކުރާ ބަޔަކު އެކުލެވޭ ސަރުކާރެއް، އެކަމަކު އެއީ ދައްކާވާހަކައިން އަމަލު ހުރީ ދިމާ އިދިކޮޅަށް، މިހާރުގެ ރައީސް ވެރިކަމަށް އައުމުގެ ކުރިން 24 ގަޑިއިރު ހަމަގައި ތިބެންނުޖެހޭކަމަށް ބުނެ ވާހަކަދެއްކި އަޑު ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު ވާނީ އަހާފައި، މިއީވެސް މިސަރުކާރުން އެކަން ހުއްޓުވުމަށް މަސައްކަތްކުރާނެ މިންވަރު އެނގިގެންދާނެކަމެއް.

  7. DOg‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    މިރަށުގައި ތިކަން މިދަނީ އިންތިހާއަށް ފެތުރެމުން، އެކަމަކު އެކަންފެތުރެމުންދަނީ މަދު ބައެއްގެ ސަބަބުން އެބަޔަކަށް ހުކުމް ނުކުރެވި ގިނަދުވަސްވެގެން އެމީހުންގެ ސަބަބުން އިތުރު މީހުން މިދަނީ މިކަމުގެތެރެއަށް ވަންނަމުން، އަދި މިކަންތައް އިތުރުވުމުގެ އެއްސަބަބަކީ މިކަމަކީ ސިޔާސަތާއި ގުޅިފައިވާ ކަމެއްކަމުން، މިރަށުގައި ތިބި ފުލުހުންގެ ތެރެއިން ޑްރަގް އޮފަރޭޝަން ހިންގާ ގިނަބަޔަކު އަތުލުމާއި ގުޅިގެން އެފުލުހުން އެހެން ރަށަކަށް ބަދަލުކުރުމަށް ވަނީ އަންގާފަ، އެނގިފައިވާ ގޮތުން ފެށޭ މަސްތެރޭގައި އޭގެ ތެރެއިން އެކަކު ބ.އަތޮޅަށް ފޮނުވާލާނެ، އޭނާ މިހާރު ހުރީ ޗުއްޓީގައި. އެންމެފަހުން ބާދުސާހް ބޯޓު މިރަށަށް އައިއިރުވެސް މިރަށަށް މަސްތުވާތަކެތި ހިފައިގެން އައިކަމަށް ބެލެވޭ މީހެއް ހިފެހެއްޓުމަށް ފުލުހުން ދިޔަ ފުލުހުންގެ މީހާ އޭނާ އާއި ފޫޓަކަށް ކައިރިވެ ހުއްޓުމަށް ބުނުމާއިއެކު އެސޮރު ދުވެފައި ގޮސް އަތުގައި ހުރި އެއްޗެތި ކޮންމެވެސް ތަނަކަށް އުކާލައިފި ފުލުހުންނަށް އޭނާ އަތުވީ އެތަކެތި އުކާލިފަހުން، ފުލުސް އޮފީހަށް ގެންގޮސް އެސޮރު ދޫކޮށްލީ ގަޑިއެއްހާ އިރުތެރޭގައި އޭނާގެ ކުޑަކަމުދާތަކެތިވެސް ޕޮޒެޓިވް ވިކަމުގައި އެތަނުން މީހަކު ބުނެފައިވޭ، ވީއިރު އޭނާއަށް މިވަރުންވެސް ކުށެއް ކުރެވުނުކަމަށް ނުވަނީބާ، މިހެން މިކަންހުރުމާއިއެކު ޖަމިއްޔާތަކުންނާއި އާއިލާއިން ކިތަމެ މަސައްކަތެއްކުރިއަސް މިކަން އޮތީ ކުރިއަށް ދިއުން. މީގައި އޮތީ ރައްޔިތުން ގޮތެއް ނިންމުން އެއީ ތިމާގެ ދަރިނަމަވެސް ހެޔޮ، އޭރު އެހެން ދަރިންނާއި މުޖުތަމައު ސަލާމަތްވެދާނެ، އެކަމު ފަހަރެއްގަ.

  8. DOg‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    ފުލުހުންނަކީ ސަރުކާރު ދިފާއުކުރުމަށްތިބި ބައެއްގެ ގޮތުގައި މިހާރު ފެނިގެންދަނީ. އެމީހުންގެ ހުވާގައި ލިޔެފައިވާ ގޮތާއި ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ރައްޔިތުންނާއި މުދާ ސަލާމަތްކުރުމަކީ އެހާ މުހިއްމުކަމެއްގެ ގޮތުގައި މަސައްކަތްކުރާ ފުލުހެއް ފެންނަނީ ވަރަށް މަދުން، ފުލުހުންނާއި ސިފައިން މިވަނީ ސިޔާސީ ދަލެއްގައި ޖެހި، އެދަލުގެ މަޅިތަކަށް ބޯމެހި ނިމިފައި.

  9. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    ހަމަ ދެން ކޮންމެ ބޭފުޅަކު ސަރަނގު އާދަމް މަނިކުގެ ދަރިފުޅުގެ ވާހަކަ މިދައްކަވަނީ ދެބޯގެރި ދުއްވާ އުސޫލުން. މިގައުމަށް މަސްތުވާތަކެތި ގެނައީ މައުމޫން ސަރުކާރުން. އެކަން ކުރީ އާދަމް ޒާހިރާއި ޔާމީން. އަޅުގަނޑު ގާތުގައި މިވާހަކަ ހެއްކާއެކު ވިދާޅުވީ މައުމޫން 2008 ކެމްޕެއިންގެ ކޯޑިނޭޓަރަކަށް އުޅުއްވި ބޭކަނބަލެއް. ދެން އެލަކުންޏާ މެން، ޑޯގް މެންނަށް ހީފުޅުވަނީ، ސަރަނގު އާދަމް މަނިކުގެ ދަރިފުޅަށް ފޫޅުކެނޑީމާ ހުރިހާ ކަމެއް ނިމުނީ ކަމަށް. އެހެނެއް ނުވާނެ. ޗާނދަނީ ޝުޖާޢާއި އެޕޯލޯ އާއްޓޭ އެއީ ޑްރަގު ދާދާއިން. އަދި އުޅޭނެ ޗިކަ. ނަސީބަކުން އޭނާ އެހެރީ މިކަމުގައި ބޭނިފައި. މިވާހަކަތައް ނުދައްކަވަނީ ކީއްވެގެންބާ؟ މަސްތުވާތަކެތި މިރާއްޖެއަށް ގެނައީ މައުމޫން ވެރިކަމުން ވައްޓާލަފާނެތީ، ޒުވާން ޖީލު ހަލާކު ކުރަން. އެކަން ކުރީ މައުމޫނާ، ޔާމީނު ގުޅިގެން. ޔާސިރު ޢަރަފާތު ޕީއެލްއޯ ހައްދަވައިގެން އުޅުއްވި ދުވަސްވަރު މާލެ އަތޮޅު ބޮޑު ފިނޮޅު ދެއްވާފައި އޮތް. އަދި މޯލްޑިވްސް އެއަރ ކިޔާ އެއަރލައިނެއް އޮޕަރޭޓް ކުރެއްވި. އޭގައި ހަތިޔާރާ، މަސްތުވާތަކެތި ސްމަގްލު ކުރެއްވީ. މިއީ ތިޔައިން އެއްވެސް ބޭފުޅަކަށް އެނގިވަޑައިގަންނަވާނެ ވާހަކަތަކެއް ނޫން ކަން އަޅުގަނޑަށް ޔަޤީން. މިކަންކަން އަޅުގަނޑު ދަންނާތީ މިހެން މިވާހަކަ މިދަންނަވަނީ. އެއީ ރާއްޖެއަށް މަސްތުވާތަކެތި އަންނަން ފެށި ހިސާބު. މިތާރީޚު އަޅުގަނޑުގެ އަތުގައި އެބައޮތް. ބޭނުންފުޅު ބޭފުޅަކަށް ދީ ވެސް ފާނަން. ޔާސިރު އަރަފާތާއި، މައުމޫން ކުޅުއްވި މި ސްމަގުލް ކުޅިގަނޑު އެއީ ވަރަށް މަދު މީހަކަށް ނޫނީ ނޭނގޭ ކުޅިގަނޑެއް. ފަހުން މިކުޅި ފެއްޓެވީ ޔާމީން.

  10. އެލަކުންޔާ‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    މާލިކު މީ ވަލުބުޑު ނުކެޑޭ މީހެއްތާ، މިކަހަލަ ކޮމެންޓް ނެގުމަށް އަހަރެން އެޑްމިންނަށް ގޮވާލަން. ހާޝިމްއަށް މިވާ ގޮތަކީ މިސަރުކާރޭ ހަމަ ބުނެލާ އިރަށް ހަމައިންނަށްޓާލާ ގޮތް މިވަނީ،އަހަރެމެން ސަރަގޭ ދަރީގެ ބޮލުގަ އެކަނި އެކަން އަޅުވަނީކީ ނޫން އެކަމަކު ޑުރަގު ނަށްތާލުމުގެ ޒިއްމާވެސް މިހާރު އެޅޭނީ ހަމަ މިސަރުކާރުގެ ބޮލުގަ،މައުމޫނުގެ ބޮލަކުނޫން

  11. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    އެލެކުންޏާ ކަކުންޏަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ އަނެއްކާ ވެސް ފަތިވަރުތަކެއް ދަންމަވާލީމާ ނިމުނީ ކަމަށް ހީފުޅު ނުކުރައްވައްޗޭ. އަޅުގަނޑު ލިޔުނު އެންމެ ވާހަކައަކީ ވެސް ދޮގެކޭ ވިދާޅުވާނެހާ ހިތްވަރު ތިޔަ ކަކުނީގެ ކިބައިގައި ނުވާނަމަ، ދެން އަމުދަކުން މަސްތުވާތަކެއްޗޭ ވިދާޅުވެ، މިތާ ލިޔުއްވާނެ ކަމެއް ނެތް. އެކުން އަޅުގަނޑުމެން ކަހަލަ މީހުންގެ އަނގަ ގޮއްވީމާ، މިހެން ދުލުން ބޭރުކޮށްލާ ދެތިން ބަހަކުން ތިޔަ ކަކުނިމެން އާޝޯޚް ވެލައްވާނެ. އަޅުގަނޑު ދެންނެވި ފަރާތްތަކާ، ގޮތް ތަކުން މިގައުމުގައި މަސްތުވާތަކެތި ފެތުރުނުކަމަށް މާތް ކަލާނގެ ވެސް ހެކިވާނެ. އެލަކުންޏާއަށް ހީފުޅުވޭތަ މިހަދަނީ ދޮގޭ. އެހެންވީމާ، ދެން ވެސް މައުމޫނުގެ މުއްފަތުން ލިބިފައިވާ ބައިވަރުތައް ހިއްޕަވައިގެން މަޑުމަޑުން ހުންނަވާ. އެހެންނޫނީ، މުސްކުޅި ޒަޢީމު އިތުރަށް ބޭޒާރުވާނެ. ދެން މާލިކު ވެސް ތަންކޮޅެއް ތަހުޒީބު ވެލައްވަން ވާނެ. ތިކަހަލަ ހުތުރު އެއްޗެހި މިކަހަލަ ތަންތާނގައި ނުވިދާޅުވޭ.

  12. ޝިހާމު‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    ހާޝިމުތިހުރީ ޝޫލާޝަރާބުހިއްޕަވައިގެންތޯއަހާލަން ހާޝިމައްނޭގޭކަމެއް ނުދަންނަމީހެއް ބައިވެރިނުވާވައްކަމެއްނެއް މީހަކުދެކުރޮޅިތެޅުވިއަސްހާޝިމައްއެގޭ ހާޝިމުއަމިއްލަޔައް ރިޔާސީކޮމިސަނައްހާޒިރުވުމައްދަންނަވަން

  13. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    ނުވަރޭ ނުވާ ދުވާ ދެފެން ދޭތެރޭގައި ޝިހާމް ހުންނެވިހެން އަޅުގަނޑަށް ހީވަނީ ބޮޑަށް. އެހެން މިދެންނެވީ، ހަމަ ޓަސްލާފަ ހަންޑިކުޑައެއްހެން މިތަނަށް ފާޅުވެލައްވާފައިވާތީ. ދެން އެހެން އުޅުއްވާފަ ގެއްލޭނީ، ތިޔަ ގޮތަށް މައްލަވަ ކުރައްވާ ބޭފުޅުންނަށް އަޅުގަނޑު އާންމުކޮށް ރައްދުދީ ނޫޅެން. އެއީ، ތިޔައީ ސިމެންތި ފާރަކަށް ޖަހާލަން ލޯ މޮހޮރަކަށް ވެސް ކަމުނުދާ ބޭފުޅުންނަށް ވާތީ. ޝޫލާ ޝަރާބު ފެނިވަޑައިގަތިއްޔާ އެނގިވަޑައިގަންނަވާނެތޯ ޝިހާމަށް. ދެން ޝިހާމަށް ރިޔާސީ ކޮމިޝަނަށް މީހުން ގެންދަން ހުއްދަ ލިބިވަޑައިގަތް ގޮތެއް އަޅުގަނޑަށް އަންގަވާފައި، ޗިޓު ފޮނުވާލެއްވީމާ، އެތަނަށް ދާން ވެސް މިހިރީ ތައްޔާރަށް. ތިޔަ ކަހަލަ ސަޅި ކަނޑުއްވާ ބޭފުޅުންނަށް އަޅުގަނޑުމެން ކިޔަނީ ކުކުޅުމުޅި އިނގޭތޯ.

  14. އެލަކުންޔާ‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    ހާޝިމޫ ކަލެޔަށް ނޭގޭ މަމީ މިސަރުކާރުގައި މަސައްކަތް ކުރާ މީހެއްކަމެއް، މަމަސައްކަތް ކުރިން ކުރީގެ ސަރުކާރުގަވެސް އެކަމަކު މިސަރުކާރަކުންވެސް އަދި ކުރީގެ ސަރުކާރަކުންވެސް މަށަކަށް ނުދޭ މުސާރައިގެ އިތުރުން އެހެން އެއްވެސް އެއްޗެއް، މަމިމަސައްކަތް ކުރަނީ ވަރައް ޒިއްމާ ބޮޑު ދާއިރާއެއްގަ، މައުމޫނު މަށަށް ބައިވަރުތައް ދިން ވާހަކަ ބުނީމަ މަމިބުނީ

  15. އެލަކުންޔާ‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    ހާޝިމް މި ތަނުގަ ކޮމެންޓް ކުރާ މަގްސަދާ އަހަރެން މިކުރާ މަގްސަދު ވަރަށް ތަފާތު، އަހަރެން ހިޔާލު ފާޅު މިކުރަނީ ޒާތީ ކަމަކާނޫން، އެކަމަކު ހާޝިމް ތި ކޮމެންޓް ކުރަނީ ހިތުގަ ހުރި ހަސަދަވެރިކަމެއް ބޭރުކުރުމަށް، އަހަން ނުދެނަހުރިން ކަލޭ ދެއްކި އެއްވެސް ވާހަކަޔަސް މީގެ ކުރިޔަކުން، ދެން ކަލޭ ދައްކާ ބޭކާރުވާހަކަޔަށް ރައްދު ދޭން އަހަންނަކަށް ނުޖެހޭނެ

  16. ފު‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    ވާގޮތަކީ މައުމޫނެއް އެހެން މޫނެއް ނޯންނާނެ. ވެރިކަމުގަ ހުންނަންޏާ އެބަ ޖެހޭ މިރާއްޖޭގަ ނުފޫޒު ހުރި ބަޔަކު ރުއްސަން. ކޮންމެ ގޮތެއް ވިޔަސް މައުމޫނެއް ނޫން މިހާރު ވެރިކަމުގަ މިހިރިއްޔެއް. ވެރިކަމުގަ މިހިރީ ނަޝީދު. އޭނާ މިތަނުގެ ވެރިކަމަށް އައީ މައުމޫނު ތަޅާ ސުންނާފަތިކުރި ރާއްޖެ އަލުން އާރާސްތުކުރާށޭ ބުނާއަޑު އިވޭ. އަދި އިވޭ އެހެން ރާއްޖެއަކަށް ދާންވެގެންނޭ ކިޔާއަޑުވެސް. އެހެންވީމަ މިކަހަލަ މޮޅު ވާހަކަ ދައްކައިގެން ވެރިކަމަށް ސަވާރުވުމަށްފަހު، ދެން އެވެރިކަމުގެ ބޮޑުންގެ ދަރިން މަސްތުވާ އެއްޗެހީގެ މައްސަލަތަކުގަ ހިފުނީމާ ވެސް އެކި އެކި އުޒުރު ދައްކައިގެން އެމީހުން ސަލާމަތްކުރަން އުޅެންޏާ އެވާހަކަ ދައްކަންވީ. ސަރަނގު އާދަންމަނިކުގެ ދަރި އެހެރީ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ރާއްޖެ ގެނެއްސަ. އެއީ ކިޔެއްވެކަން އެކަކަށް ވެސް ނޯޅޭނެ. އެހެންވީމަ އޭނަގެ ވާހަކަ ބުނެލާއިރަށް ފުންމައިގަނެ މިވެނި އެވެނި މީހެއްގެ ވާހަކަ ނުބުނެގެން ޝަކުވާކުރާ މީހެއްގެ ހަގީގީ މަގުސަދާ މެދު ސުވާލު އުފެދޭ އެބަ. އޭނާ ހަމަ ހަގީގަތުގައި ވެސް ކަންބޮޑުވަނީ މަސްތުވާތަކެތީގެ މައްސަލައިގައިތޯ ނޫނީ އެހެން ކަމެއްތޯ ވެގެން މިއުޅެނީ މި ސުވާލު އުފެދޭ އެބަ. ސަރަނގޭގެ ދަރިޔަށް ވުރެ ފާޅުކަން ބޮޑު ގޮތެއްގައި ބަސްޓުވުމަށް ފަހު ޖަލުހުކުމެއް ކުރެވުމުން ސަރުކާރު އެދޭތެރެއަށް ހަމަ އެހާ ފާޅުގައި ވަދެގަތް ދެވަނަ އެހެން ހާދިސާއެއް މި ދެވެހި ތާރީހުގަ ވެސް ނެތް ހިނގާފައެއް. ދެންތިބި މީހުންގެ ކަންތައް އެއީވާ “ސިއްރިޔާތު” ގައި ހިނގާ ކަންތައްތާ. އަވަހަށް ފުންމައިގަނޭ.

  17. ޗެއަރ ޕަރސަން‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    އަޅުގަނޑެއް ގައިމުވެސް ހާޝިމު ދައްކާ ހުރިހާވާހަކައެއް ތެދުދޮގުނުބަލައި ޤަބޫލެއް ނުކުރާނަން. މިހެންމިބުނީ މައުމޫނަށް 80 އަހަރުވެއްޖޭ ބުނީވެސް ހާޝިމު ކުރީގެ ލިޔުމަކަށް ކޮމެންޓްކުރަމުން. ނަމަވެސް އޭގެ ތެދު މޫސަބެގެ ކޮމެންޓުން ސާބިތުވެއްޖެ.

  18. ނަލަކާސިމު‮ ‬ވިދާޅުވީ


    ތާރީޚް:30/06/2009

    ފުލުހެއްނަމުގައި ކޮމެންޓުކުރިފަރާތަށް!ތިޔަބޭފުޅާއަށް ތިއޮތީ ވަރަށްބޮޑަށް އޮޅިފައި ބަލަ ރާއްޖޭގައި ވެސް އެބަހުރި ގާނޫނު ތަކެއްހެދިފައި ރާއްޖޭގައި މީހަކު ބަންދުކުރަންވެސް އަދި އަދަބެއްދެވޭނީވެސް މި ގާނޫނުތަކުގެ ދަށުން ވީމާ ލަންކާގައި އަދި ހުކުމެއްކުރި ކަމަކު ރާއްޖޭގައި އެ މީހަކަށް ހުކުމެއްކުރެވޭނީ ރާއްޖޭގެ ގާނޫނުގެ ދަށުން.އެހެންވެ ތަހުގީގު ކުރިއަށް ދާވާހަކަބޭބެ ބުނީ.ދެންތިބުނަނީ މީދޮގެކޭ، އެހެން ވިއްޔާ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބަސްދޮގުކުރަން ތީކާކު؟ ބޭބެ މިބުނަނީ ރާއްޖޭގެ ފުލުހުން ދެއްވި ތެދު މައލޫމާތެއްގެ ވާހަކަ.އަދި މިވާހަކަ ޓީވީއެމުން ވެސް ކީ. ދެން މިވާގޮތަކީ ބައެއްމީހުނަށް މިވާހަކަ ހަޖަމުނުކުރެވޭތީ މިވަނީ ދޮގަކަށް.ހެހެހެ.