ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުމުން އިސްނަގައިގެން ލޭ ބޭނުންވާ ފަރާތްތަކަށް ލޭހަދިޔާ ކުރުމަށް ގުރޫޕެއް ހަދަން ނިންމާފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ. މިގުރޫޕުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިހާރު ކޮންމެ ރައްޔިތަކަށްވެސް ހުޅުވައި ލެވިފައެވެ.
އެޖަމިއްޔާގެ ފަރާތުން މިސައިޓަށް މައުލޫމާތު ދެއްވަމުން، ޖަމިއްޔާގެ ސެކްރެޓަރީ އަހުމަދު އަބްދުއްރަޙީމް ހާމަކުރެއްވި ގޮތުގައި، މިއީ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެޖަމިއްޔާއިން ހިންގުމަށް ހަމަޖެހިފައިވާ އިޖުތިމާއީ ހަރަކާތެކެވެ. އަދި މިއީ، މީހަކަށް ލޭ ބޭނުން ވެއްޖެ ހިނދެއްގައި އެއްވެސް ލަހެއްނުވެ ވީހާވެސް އަވަހަކަށް، އެމީހަކަށް ލޭ ލިބޭނޭ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެކުލަވާލެވޭ ގުރޫޕެއް ކަމަށްވެސް އަހުމަދު މައުލޫމާތު ދެއްވިއެވެ.
“މިހާރު މިގުރޫޕުގައި ނަން ނޯޓު ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް މިވަނީ ހުޅުވިފައި. އެއީ ކޮންމެހެން މިޖަމިއްޔާގެ މެމްބަރެއް ނޫންކަމުގައި ވިޔަސް އެންމެ ރަނގަޅު. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކު މިކަމުގައި ބައިވެރިވެ ލޭ ދޭން ތައްޔާރަށް ތިބުން” އަހުމަދު ހާމަކުރެއްވިއެވެ.
އެޖަމިއްޔާއިން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ރަޖިސްޓަރ ކުރާ ފަރާތްތަކުގެ ނަމާއި މައުލޫމާތު ހިމެނޭގޮތަށް ޑޭޓާ ބޭސް އެއް ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެޖަމިއްޔާއިން މައުލޫމާތު ދެއްވިއެވެ. މިކަމާއި ބެހޭގޮތުން ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މަޝްވަރާކޮށް، ހަމަޖައްސަން ޖެހޭ ކަންތައްތައް ވީހާވެސް އަވަހަކަށް ހަމަޖެހިގެން ދާނެކަމަށް ގަބޫލުކުރަށްވާ ކަމުގައި އެޖަމިއްޔާގެ ސެކްރެޓަރީ އަހުމަދު މައުލޫމާތު ދެއްވިއެވެ.
ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުން އުފައްދާފައި ވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ނިމިގެން މިދިޔަ ޖޫން މަހު އެޖަމިއްޔާއިން ވަނީ، 2009 ވަނަ އަހަރަށް އިންތިޙާބު ކުރެވުނު ހިންގާ ކޮމިޓީ އިފްތިތާޙު ކޮށްފައެވެ. ޖަމިއްޔާގެ ރައީސަކަށް އިންތިހާބު ކޮށްފައިވަނީ އަހުމަދު އާތިފް (މާވިނަ) އެވެ. ނައިބު ރައީސަކީ އަބްދުއްރަޙީމް އަލީއެވެ. ސެކެރެޓަރީ އަކީ އަހުމަދު އަބްދުރަޙީމް (ބެނޭ) އެވެ. އިންތިޒާމް ސެކެރެޓަރީއަކަށް އަޝްރަފް މުޙައްމަދު ހޮވާފައިވާއިރު ޚަޒާންދާރަކަށް ހަމަޖައްސާފައި ވަނީ މުޙައްމަދު އާދަމް (ތުޅާގިރި) އެވެ. އަދި މިޖަމިއްޔާގެ އިތުރު 15 މެމްބަރުންވެސް ވަނީ ހިންގާ ކޮމިޓީގައި ހިމަނާފައެވެ.
ނޯޓް: ލޭހަދިޔާކުރާ ގުރޫޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޖަމިއްޔާގެ އީމެއިލް kdzd@hotmail.com އަށް އީމެއިލް ކުރައްވާށެވެ.



ކައިލް ވިދާޅުވީ
ތާރީޚް:01/07/2009
ދެމެހެއްޓެނިވި ގޮތެއްގައި ކުރަންކެރިއްޖެ ނަމަ ވަރަށް ރަނގަޅުކަމެއްތީ. އަނެއްކޮޅުންބަލާއިރު އިންސާނިއްޔަތައް ކޮއްދެވޭ ވަރަށްބޮޑު ޚިދުމަތެއްތީ..
ކުލަބް/ޖަމިއްޔާ އަކުން އިސްނަގައިގެން އަދި ފުރަތަމަ ފަހަރަށް ކަންނޭގެ މިރަށުގަ ތިކަހަލަ ކަމެއްކުރަން ތިއުޅެނީ.
ތެދައްބުނަންޏާ އަހަރެން އަދި މިއަޑުއެހީ މިރަށުގެ ކުލަބް/ޖަމިއްޔާ އެއްގެ ހިންގާކޮމިޓީ އިންތިހާބުކޮށް މަގާމުތަކަށް މީހުން ހޮވައިގެން އުޅޭވާހަކަ.
ކުދިންނޭ ފުރަތަމަ ކޮޅުގަ ވަރަށް ދަތިތަކާ ދިމާވާނެ. ހިތްވަރު އެލުވާނުލާތި. މިރަށުގަ ނެތްފަދަ ޖަމިއްޔާއަކަށް ދެކުނު އަވަށު ޒުވާނުންގެ ދިރުން ހެދޭތޯ ބަލާތި.
ތިކަމުގައި އިސްނަގައިގެން ތިއުޅޭ ކުދިންނަށް އައްސަރިބަހާ ސާބަސް.
ބެސްކެ ވިދާޅުވީ
ތާރީޚް:01/07/2009
ތިއީ ވަރަށް ރަނގަޅުކަމެއް.. ލޭހަދިޔާކުރުމަކީ އިންސާނީ ވަރަށްބޮޑު ހިދުމަތެއް.. ތިގުރޫޕުގައި ބައިވެރި ވާން ގަސްތުކުރަން.
އޮބާމާ ވިދާޅުވީ
ތާރީޚް:01/07/2009
އޭ މީއަދި ހަކީމު މެން ޔަހުޔާމެން ހަދައިގެން އުޅޭ އެއްޗެއް ނޫން ދޮއްތޮ؟ މީ ބަނދަރު އެއްޗެއް ދޯ ރަނގަޅުވާނެ ތިކުރަން އުޅޭ ކަންތައް ކުރިޔަށް ދަމާހިނގާ
މަ ވިދާޅުވީ
ތާރީޚް:01/07/2009
ލޭ ހަދިޔާކުރާ ގްރޫޕްގައި ބައިވެރިވުމަށް ގުޅާނީ 7917825
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:01/07/2009
މިއީ ވަރަށް ރަނގަޅު ނިންމުމެއް. މިއީ އިންސާނިއްޔަތަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމަކަށް ވާނެ. އަދި މުޖުތަމައަށް މީގެ ފައިދާ ކުރާނެ. އެއީ ތެލެސީމިއާ ކުދިންނާއި އެހެނިހެން ކަންކަމު ލޭ ބޭނުން ވެގެން މީހުން ކައިރިޔަށް ސަލާން ޖަހަން ނުގޮސް، މީހާވެސް އަވަހަކަށް މީހަކު ލިބޭނެގޮތް ވާނެތީ. މިރަށު މީހުންނަށް އަދި ކައިރި ރަށް ރަށުން އައިސް މިރަށުގެ ހޮސްޕިޓަލުން ފަރުވާ ހޯދާމީހުންނަށް ވަރަށް ލުއިވާނެ އޭރުން. ދެން ހޮސްޕިޓަލާއި ގުޅިގެން ރަނގަޅަށް ކުރިޔަށް ގެންދެވޭތޯ ބަލާ.
ހިންގާ ކޮމިޓީ އިންތިހާބުކޮށް ގަވައިދުގަ އޮންނަ ގޮތަށް ޖަމިއްޔާގެ މަސައްކަތް ފެށީތީ އުފާކޮށް މަރުހަބާ ކިޔަން. އެހެން ޖަމިއްޔާ ތަކުންވެސް ގަވައިދާއި އެއްގޮތަށް މަސައްކަތް ކުރުމަށް ގޮވާލަން.
ޑީސެންޓް ވިދާޅުވީ
ތާރީޚް:01/07/2009
ހާޝިމް ތީ ރައިސް އޮފީހުގައި މަސައްކަތްކުރަށްވާ ބޭފުޅެއްތޯ
ހަތީބު ތަކުރުފާނު ވިދާޅުވީ
ތާރީޚް:01/07/2009
ކޮބާތަ މިސައިޓު ހިންގަން އުޅޭ މުހައްމަދު އިސްމާއިލް. އެސޮރު ލިޔާ ކޮންމެ އެއްޗެއްގަ ލިޔާނެ ކުޅުދުއްފުށިގެ ޖަމްއިއްޔާ ތަކުން ކަމެއް ނުކުރާ ވާހަކަ. އެއީ މުޅިއަކުން ދޮގު ވާހަކަ އެއް ނޫން. އެކަމަކު މިފަހަރު މިއޮތީ ކަމެއް ކޮށްފާތާ. ދެން މިޖަމްއިއްޔާ އިން މިފެށި ކަންތައްތައް ފާހަގަ ކުރަންޖެހޭނެ އިސްމާލުގެ ލިޔުންތަކުގައިވެސް.
ލޭހަދިޔާ ކުރުމުގެ އިތުރުންވެސް ތިޔަކަހަލަ ކިތައްމެ ކަމެއް ކުރެވިދާނެ ރަށު އެންމެންނަށް ފައިދާވާ ކަހަލަ. ޒުވާނުންތަކެއް މިކަަމުަގައި އިސްވެ ހަރަކާތްތެރިވާން ފެށީމަ ވަރަށް އުފާވޭ
ކުޅުދުއްފުށީ ދެކުނުއަވަށު ޒުވާނުންގެދިރުން ވިދާޅުވީ
ތާރީޚް:01/07/2009
އަޅުގަނޑުމެން މިނޫންވެސް ތަފާތު ހަރަކާތްތަށް ހިންގުމަށް މިދަނީ ފަންޑް ހޯދުމަށް މަސައްކަތްކުރަމުން
ކުޅުދުއްފުށީ ދެކުނުއަވަށު ޒުވާނުންގެދިރުން ވިދާޅުވީ
ތާރީޚް:01/07/2009
އިގްތިސާދީގޮތުން އަޑިގަނޑެއްގައި އުޅޭވަގުތެއްގައި މީވަރަށް ބޮޑު ޗެލެންޖެއް
މަރިޔަމް ވިދާޅުވީ
ތާރީޚް:01/07/2009
ކީއްވެބާ މަރީގެ ކޮމެންޓު ނުޖެހީ މީގަ.ވަރަށް ހެއްވާ އިނގޭ!
ހާޝިމް ވިދާޅުވީ
ތާރީޚް:01/07/2009
އަޅުގަނޑުގެ ކޮމެންޓްތައް މިސައިޓްގައި ޖަހާވަރުގެ އެއްޗަކަށް ނުވަންޏާ އެކަން އަންގަލާދެއްވުން އެދެން. މިހެން މިދެންނެވީ، އަޅުގަނޑުގެ ހައެއްކަ ކޮމެންޓް ހަމަ ލިޔެލާތަނުން އެޑްމިން އެ ނަންގަވާތީވެ. އަޅުގަނޑު ގާތު ކޮމެންޓް ދެން ނުކުރިޔަސް ހެވޭ ވިދާޅުވީމާ، އެއްވެސް ކޮމެންޓެއް ނުކޮށް މިތަނުން ހިނގައިދާނަން. މިއިންނަނީ އެޑްމިން އިން ކަންތައް ކުރައްވާގޮތުން ވަރަށް ހިތްހަމަނުޖެހިފައި. މިސައިޓަށް ހީވަނީ ޑީއާރުޕީއިން މިހާރު ފަންޑް ލިބެންފެށީހެން. ނޫނީ ކުއްޓި ނަޝީދު ފަންޑް ދެއްވަން ފެށީހެން.
ނަލަކާސިމު ވިދާޅުވީ
ތާރީޚް:01/07/2009
ކުޅުދުއްފުށީ ދެކުނުއަވަށު ޒުވާނުންގެދިރުމަށް، ތިޔަހުރިހާ ކަމެއްގެ އަމަލީސިފަ ފެންނާނެކަމަށް ބޭބެ އުންމީދުކުރަން.އަދި ހުރިހާގޮތަކުން ސަރުކާރާއި އެއްބާރުލައިގެން ކުރިއަށް ދާނަމަ ތިޔަ ކަންތައްތައް ނުވާނެއެކޭ ބޭބެ ނުބުނާނަން. އެކަމަކު ތިޔަ ޖަމިއްޔާވެސް ސިޔާސީ އޮއެވަރެއްގައި ޖެހި ސަރުކާރާ ދެކޮޅުވެ މައުމޫނު ދަސްކޮށްދިން ހުދުމުހުތާރުކަން ނެރެފިނަމަ މިރަށުގައި އުފެދިފައިވާ މަގުލަސް ކުލަބު އަދި ޒުވާނުންގެ ޖަމިއްޔާ ފަދައިން ތިޔަ ޖަމިއްޔާވެސް ވާނީ މާބޮޑު ކަމެއްނުކުރެވޭ ޖަމިއްޔާ އަކަށް.ތިޔަ ޖަމިއްޔާ އަށް ކާމިޔާބަށް އެދެން.
ނަލަކާސިމު ވިދާޅުވީ
ތާރީޚް:01/07/2009
ހާޝިމް ބޭބެ އަށް ތިހެން ހީވާތާ ދުވަސްކޮޅެއްވެއްޖެ.އެކަމަކު ބޭބެ މިއިންނަނީ އަގައިން ނުބުނަން ކަމަށް.
ހުސްނާ ރާޒީ ވިދާޅުވީ
ތާރީޚް:01/07/2009
ހާޝިމަށް ކޮންމެހެން ޖެހޭތަ މިތާ ކޮމެންޓް ކުރަން. އެއީ މުޖުބޫރު ކަމެއްތަ؟ ކޮމެންޓް ކުރަން މިޖެނީ ލިޔުމެއް ކިޔުމަށް ފަހު އެލިޔުމަކާ ގުޅޭގޮތުން ހިޔާލެއް ފާޅުކުރަންޖެހޭނަމަ. މިތަނުގަ އެބަފެނޭ ލިޔުމާ ނުގުޅޭ ކޮމެންޓް ހުއްޓަ. އެކަމކު އެޑްމިނަކުން އެއެއް ނުނަގާ. ހާޝިމް ގެ ކޮމެންޓް ތައް އެންމެ ގިނައީވެސް ނިސްބަތުން ބަލާއިރު. އެހެންވެ ތިކަހަލަ ޕުރޮޕެގަންޑާ ފެތުރިޔަކަސް މިހާރުގެ ކުދިން ގަބޫލެއް ނުކުރާނެ. ދެން ޑީއާރުޕީ އާއި ކުއްޓި އޭ ކިޔައިގެން ތިދައްކަނީ ކޮންވާހަކައެއް. ކެމްޕޭން ދުވަސްވަރު މިސައިޓުގަ ކޮށިއަރައިގަނެގެން ލިޔުނީ ހުސް ކުއްޓި ނުހޮވާށޭ ކިޔައިގެން. އޭރު މަހީލުރީ ގަންޏާ އަށް ގޮސް ހުސްވެފަ އޮތް ސައިޓެއް ކަމަށް.
ބެނޭ ވިދާޅުވީ
ތާރީޚް:01/07/2009
ހުރިހައި ކޮމެންޓުތައްވެސް ވަރަށް ސަޅި…. ދެން އެކަމަކު މީގަ ދެރަކަމަކީ ކޮންމެކަމެއްވެސް މިހާރުދެން މާ ސިޔާސީ ވާތީވެ.
މިއީ ހުރިހައިއެންމެންގެ ވެސް ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވެފައިވާކަމެއް ކަމަށް މިޖަމިއްޔާގެ ފަރާތުން ދެކެނީ. ވީމާ މިކަމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރި ވެލެއްވުމަކީ މިޖަމިއްޔާގެ ވަރަށް ބޮޑު އެދުމެއް.. އެހެންނޫނީ މިކަމެއް ކާމިޔާބެއްނުވާނެ…
މި ނެޓްވޯކުގައި ހަމަ ހުރިހައި އަވަށެއްގެ ބޭފުޅުން ބައިވެރިވުމަށް އަދިވެސް އެއްފަހަރު ދަޢުވަތުދެން..
މިޖަމިއްޔާގެ ފޭސްބުކް ގުރޫބަށް ވަނުމަށް ތިރީގައިވާ ލިންކް ބޭނުން ކުރައްވާ!
http://www.facebook.com/home.php?#/group.php?gid=88201436007
ވަރަށްބޮޑަށް ޝުކުރިއްޔާ!
މައުމޫނުގެ ބޮލުފޮށާ ވިދާޅުވީ
ތާރީޚް:02/07/2009
ހުސްނާ! މިހާރު ތިޔަގޮވީކޮންކޮހެއް ހަމަ ހުރެހުރެފަ.އަދި ނަންވެސް ބަދަލުވެފައި ދޯ ތިއޮތީ.މިލިއުމަކާ އެއްގޮތަކަށްވެސް ނުގުޅެއޭ ކޮއްކޮގެ ލިއުމެއް.އަހައްނަށް ދެރައީ ކަލޭމެން ތިހާލޯބިވާ ފޮށާ ގަނޑު އެއްލާލީމަ.އަދިވެސް އެއޮޅައިގެން ތިބިނަމަދޯ.އެހެންނަމަ ތިޔަގަންޖާ އެކޭ ކިއާކަށް ނުޖެހުނީސްތާ. މިލިއުމުގައި މިވާ ޖަމިއްޔާ އަށް ރަނގަޅު ގޮތެއްވާނީ ކުރިން ގެންގުޅުނު ބާ ފޮށާގަނޑު އޮޅައިގެން ތޯއްޗެ.