NayaBay:ShopOnline

ލެޔާއި ގުޅޭ ޝުޢޫރެއް

ލެޔާއި ގުޅޭ ޝުޢޫރެއް
އިބްރާހީމް ޔޫސުފް (ޔޫސުފް)

ދެކުނު އަވަށުގެ ޒުވާނުންގެ ދިރުމުގެ ފަރާތުން ލޭ ހަދިޔާކޮށްދިނުމަށް، އިސްނެންގެވީތީ ވަރަށް އުފާކޮށް މަރުޙަބާކިޔަމެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހި، ލެޔަށް ބޭނުންވާ ހިނދު، އެ އުފުލަންޖެހޭ ބުރަޔާއި، ހާސްކަން އިޙްސާސްކުރެވޭނީ، އެފަދަ ޙާލަތެއް ތަޖުރިބާކުރެވިފައިވާ މީހަކަށެވެ. ލެޔަށް އެދި އާދޭސްކުރަމުން ދުވަންޖެހުނީމާ އެވާ ވަރުބައްޔާއި،  ލެޔަށް އެދުމުން ބައެއް މީހުން މޫނު އަނބުރާލާފައި ދޭ ޖަވާބުން، ހިތަށްކުރާ އަސަރު އެނގޭނީ އެފަދަކަމަކާއި ލައިގަތީމައެވެ.

އަޅުގަނޑު ހިތުން، ލޭ ހޯދަންޖެހުމުން އެންމެ ހާލުގައި، އުޅެންޖެހެނީ، ކުޅުދުއްފުށީ ރައްޔިތުންނަށްވުރެ ބޮޑަށް، މި ރަށަށް އަރާ އަޅުގަނޑުމެންގެ ބީރައްޓެހި އަޚުންނާއި އުޚްތުންނެވެ. ނުވެސް ދަންނަ ބަޔަކު އުޅޭ ރަށަކަށް އައިސް ފުރާނަޔަށްޓަކައި ރޮއެ އާދޭސްކުރަން ޖެހުމުން އެ ކުރާ ހިތި އަސަރު… އާހް!

ލެޔަކީ އެއަށް ސަލާންޖަހަން ޖެހޭވަރުގެ އެއްޗަކަށް ވެގެން ނުވާނެކަމަށް ގަބޫލުކުރާ އެކަކީ އަޅުގަނޑެވެ. ލެޔަކީ ދިރުމެވެ. ލޭ ޖެހޭނީ ފަސޭހަކަމާއެކު ލިބޭށެވެ. ލޭ ލިބުމަށް ޢުޒުރެއް އޮވެގެން ނުވާނެއެވެ.  ހޮސްޕިޓަލުން ލޭގެ ޚިދުމަތް ލިބެންހުރުން އެއީ ލާޒިމުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ވީމާ، ލޭ ރައްކާކުރާ ބެންކެއް ހޮސްޕިޓަލުގައި ތައްޔާރުކުރުން އެއީ ސަރުކާރުން މިހާރުން މިހާރަށްވެސް ކޮށް ނިންމަންވެފައި އޮތްކަމެކެވެ. ރަށުގެ ރައްޔިތުންވެސް މި ފަދަ ޚިދުމަތެއް ހޮސްޕިޓަލުގައި، ގާއިމުކޮށްދެއްވުމަށް އެދި އަޑުއުފުލަންވެއްޖެއެވެ. ނިކަން ބައްލަވާށެވެ. ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ދޯދިޔާވީ ހިނދު، އެބޭފުޅުން އެވަނީ ޕެޓިޝަނެއްގެ ސިފައިގައި މައްސަލަ މަޖިލީހަށް ވައްދަވާފައެވެ. އަޅުގަނޑުމެންގެ ހޮސްޕިޓަލުގެ ކަންކަންހުރީ ވަކި ރަނގަޅު ހާލަތަކުނޫނެވެ.

ދެކުނު އަވަށުގެ ޒުވާނުންގެ ދިރުމާއި އަދި އެނޫންވެސް ފަރާތްތަކުން ލެޔާއި ގުޅިގެން ކުރަންޖެހޭ އެހެން ކަމެއްވެސް އެބަ އޮތެވެ. އަޅުގަނޑުހިތުން، ޒުވާނުންގެ ދިރުމުގެ ފަރާތުން ތިޔަފެއްޓެވި މަސައްކަތް ކާމިޔާބުކުރެވޭނީވެސް އެކަން ކޮށްގެންނެވެ. އެކަމަކީތޯއެވެ.

އެއީ، ލޭ ހަދިޔާކުރުމާބެހޭ ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ދިގުމުއްދަތަކަށް ހިންގުމެވެ. މިކަމުގައި، ފަންނީ އެހީ ދެއްވަންޖެހިލައްވާނީ، ހޮސްޕިޓަލަށެވެ. ހަމަ މިޔާއިއެކު ލޭގެ ރައްކާތެރިކަމާއި، ލޭގެ ޒަރީޢާއިން ޖެހޭ ތަފާތުބަލިބައްޔާއި ބެހޭގޮތުންވެސް، ހޭލުންތެރިކުރުވަން އެބަޖެހެއެވެ.

ލޭ ހަދިޔާކުރާފަރާތްތަކަށް، ހޮސްޕިޓަލުން ޚިދުމަތް ލިބިގަތުމުގައި، ޢިނާޔަތްތަކަކާއި ފަސޭހަތަކެއް ލިބޭނެގޮތް ހަމަޖެއްސެވުމަކީވެސް ވަރަށް މުހިންމުކަމެކެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ޑޮކްޓަރުންނާއި ނަރުހުންނެކޭ އެއްފަދައިން، ލޭ ހަދިޔާކުރާ މީހާވެސް އެ މަސައްކަތްކުރަނީ، އިންސާނެއްގެ ފުރާނަ މުއްތިކުރެވޭތޯއެވެ. ވީމާ، އޭނާ އަކީވެސް އެއީ ބަޠަލެކެވެ. ބަޠަލުންނަށް ޚާއްޞަކަމެއް މުޖުތަމަޢުގައި އޮންނަންޖެހޭނެއެވެ.

, ,

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހޮސްޕިޓަލުގެ މުއައްޒަފެއް‮ ‬ވިދާޅުވީ


    ތާރީޚް:02/07/2009

    މިލިޔުމާއި ގުޅިގެ އަޅުގަނޑު ދެތިންކަމެއް ފާހަގަކޮށްލަން ބޭނުންވޭ، އެއްކަމަކީ ރަށްރަށުން ގެނެވޭ ބަލިމީހުންނަށް ލޭއަޅަން ޖެހޭކަން އެނގޭއިރުވެސް އަންނައިރު ލޭދޭނެ މީހަކު އެކުގައި ނުގެނޭ. އަދި އެކީގައި ބަޔަކު އައިކަމުގައިވިޔަސް އެއިންމީހަކު އެންމެ ކުޑަމިނުން ކްރޮސްމެޗްހަދާލުމަށްޓަކައިވެސް ލޭގެ ގްރޫޕްބަލާލަންވެސް ނުކެރިފައި އެބަތިބޭ. މީގެ ދެތިން އަހަރުކުރިން ށ. މާކަނޑޫދޫއިން ގެނައި މާބަނޑު މީހެއް ވިހަންވެ ނުވިހިގެން ލޭފައިބާ ލޭހުސްވާން ކައިރިވެއްޖެކަމަށް ޑޮކްޓަރު ބުނުއްވީމާވެސް އޭނާ ގޮވައިގެން އައި ދޯނިން އައި 10 ވަރަކަށް މީހުންގެ ތެރެއިން އެކަކަށްވެސް އެންމެ ކުޑަމިނުން ލޭގެ ގްރޫޕް ބަލާލަންވެސް ނުކެރި ފަހަށްޖެހެމުންދިޔައީ އެއީ ރޭގަނޑުދަންވަރު. އެވަގުތު ރަށުތެރެއިން ވެސް މީހަކު އަތުނުޖެހިގެން މިދެންނެވި 10 ވަރަކަށް މީހުންނަށް ސީދާ އަޅުގަނޑު އާދޭސްކުރިން އެއްވެސް ކަމެއްނުވާނެޔޭ އަޅެހުރީ ކޮންގްރޫޕެއްތޯ ބަލާލަންވީނޫންހޭ. އޭގެތެރޭގައި މިދެންނެވި މާބަނޑުމީހާ ވިހަން އެއުޅޭ ދަރިފުޅުގެ ބައްޕަވެސް ހިމެނޭ އެކަމަކު ހަމަހިލާ ބިރުން ކަމަށްބުނެ އެކަކަށްވެސް ހުރީ ކޮންގްރޫޕެއްގެ ލެޔެއްތޯވެސް ބަލާލާކަށްނުކެރުނު. އެންމެފަހުން އަޅުގަނޑު އެކަމާ ދެރަވެ ކަންބޮޑުވެގެން އަޅުގަނޑު ލޭދިނީ. އޭރު އަޅުގަނޑު އިނީ އެރޭ އެގާރަގަޑި ބަިންފެށިގެން ހޮސްޕިޓަލް ޑިއުޓީގައި. ނަސީބު ރަނގަޅުކަމުން އަޅުގަނޑުގެ ލޭގެ ގްރޫޕާ އެމީހާގެ ގަޔަށް އަޅަންޖެހުނު ލޭ އެއީ އެއްގްރޫޕެއްކަމުން އެކަންވީ.
    ދެން އަޅުގަނޑު ފާހަގަކޮށްލާ އަނެއްކަމަކީ ލޭހަދިޔާކުރެޔޭ ކިޔާފަ އެމީހަކަށް ހޮސްޕީތަލުން ކޮންމެހެން ޢިނާޔަތްތަކެއް ނުވަތަ އިތރުގޮތްތަކެއް ހަދައިދޭންޖެހޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަން ސަބަބަކީ، ލޭހަދިޔާ ކުރާ ވަރަށްގިނަބަޔަކު ތިބޭއިރު އެމީހުން އޭގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރާތަން އަޅުގަނޑަށްވަނީ ފެނިފައި އެގޮތުން ރަށްރަށުން އަންނަ ބޮޑެތި ގްރޫޕްތައް ޑޮްޓަރަށްދެއްކުމަށް ލޭހަދިޔާކުރާމީހުން މެދުވެރިވެގެން ހޮސްޕީތަލުގައި އޮންނަ ޢާންމު ޤަވާޢިދުތައް ފަހަނައަޅައި މަސައްކަތްކޮށްފައިވޭ.
    ތިންވަނަ ކަމަކީ މިތިން އަތޮޅުގެ މީހުންނަށް ލޭދިނުމަށްޓަކައި ހަމައެކަނި މިރަށުގައި ތިބި ލޭދޭ މަދުމީހުން ކޮޅެއް ތިބޭއިރު ތެލަސީމިއަކުދިން ގޮވައިގެން އެކި ރަށްރަށުން ލޭއަޅަން ޤަވާއިދުން ކޮންމެ މަހަކު އަންނައިރު އެރަށަކުންވެސް ލޭދޭނެ މީހަކު ގޮވައިގެން އައުމަކީ ވަރަށް މުހިންމު ކަމެއްކަމުގައިދެކެން.

  2. އަހަރެން‮ ‬ވިދާޅުވީ


    ތާރީޚް:02/07/2009

    މިލިޔުމާއި ހޮސްޕިޓަލް މުއައްޒަފުގެ ވާހަކައިން އެގުނު އެއްޗަކީ މިއަދުގެ މުޖުތަމައުގައި “ލޭ ދިނުމާއި” ބެހޭ ގޮތުން ފުރިހަމަ މަޢުލޫމާތު ލިބެންވީ މިންވަރާއި ގާތަށްވެސް ލިބިފައި ނުވާ ކަމެކެވެ. މިއީ ވަރަށް ދެރަކަމެކެވެ.

    މިކަމުގައި އެންމެއިސް ރޯލެއް އަދާކުރެވޭނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކަމުގައި އަހުރެން ދެކެމެވެ. ދެން އޭގެފަހުން ޖަމިއްޔާތަކުގެ ބައިވެރިވުން ވަރަށް މުހިންމެވެ.

    ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރިމަށް މިކަމުގައި ބައިވެރިވިތީ ހިތުގެ އަޑިން ޝުކުރު ދަންނަވަމެވެ. މިގުރޫބުގައި ބައިވެރިވަމާ ހިންގަވާށެވެ.

  3. ހޮސްޕިޓަލް މުއައްޒަފު އިތުރަށް‮ ‬ވިދާޅުވީ


    ތާރީޚް:02/07/2009

    ލޭހަދިޔާ ކުރާތީއޭ ކިޔާފަ، ލޭހަދިޔާކުރާ ބަޔަކަށް ހޮސްޕިޓަލުން ޚިދުމަތްތަކެއް ނުވަތަ އިތުރު ޢިނާޠަތްތަކެއް ދޭންޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލު ނުކުރަނީ، ލެޔަކީ އިންސާނިއްޔަތަށްޓަކައި ހެޔޮހިތުން އަމިއްލަޔަށް އެދިގެން އެހެން މީހަކަށް ދެވޭ ހަދިޔާ އަކަށްވެފައި، އެކަންކުރަނީ ހޮސްޕިޓަލަށް ނުވަތަ ހޮސްޕިޓަލުގެ ބޭނުމަކަށް ކަމަށް ނުވާތީ. އަޅުގަނޑަކީވެސް މިހާރު އެތައްފަހަރަކު ލޭހަދިޔާކޮށްފައިވާމީހެއް . އެހެނޭ ކިޔާފަ އަޅުގަނޑު ކޮންމެހެން ހޮސްޕީޓަލުން ޢިނާޔަތްތަކެއް ބޭނުމެއްނުވޭ. ސަބަބަކީ ހޮސްޕިޓަލުން ދެވޭ ޚިދުމަތަކީ ވަކިބަޔަކަށް ނުވަތަ ވަކިމީހަކަށް ވަކިގޮތެއް ހަދައިގެން ވާނެ ޚިދުމަތެއްކަމަށް އަޅުގަނޑު ޤަބޫލުނުކުރާތީ. ލޭހަދިޔާކުރާމީހަކަސް ، ކިޔަވައިދޭ މީހަކަސް، އެދުރުދައިތައަކަސް، މިނިސްޓަރަކަސް، ކައުންސެލަރަކަސް، ރަށު ކަތީބަކަސް، ރަށުގެ މުދިންބެޔަކަސް ހޮސްޕީޓަލުން ޚިދުމަތްދޭންވާނީ ހަމަޖެހިފައި އޮންނަ ޤާވާޢިދާ އެއްގޮތަށް، އެންމެންނަށް ހަމަހަމަކޮށްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ލޭހަދިޔާކުރާތީ ހޮސްޕިޓަލުން އިތުރުޢިނާޔަތްތަކެއް ލިބުމަށްވުރެ މާރަނގަޅުވާނެ ދެވެން އޮތިއްޔާ ލޭ ލިބިގަންނަ ފަރާތަކުން ލޭ ހަދިޔާ ކުރި މީހަކަށް ޢިނާޔަތެއް ދިނުން. އެކަމަކު އެންމެ ކުޑަމިނުން މަގުމަތިން ފެނުނީމަ ހިނުތުންވެ ނުލާ ތަނުގައި ބަލައިވެސް ނުލާނެ. އެއީ އަގެއްދިނުމަށްވުރެ މާ ބޮޑަށްވެސް ހިތްހަމަޖެހޭނެކަމެއް. އެކަމަކު އެވަރުވެސް ކޮށްނުލާނެ. ބައެއް މީހުން ލޭ ހަދިޔާކުރާހިތްވެސް ނުވަނީވެސް ސަބަބުތަކެއް ހުެރެގެން ކަމަށްވެދާނެ. މިދެންނެވި ފަދަ ސަބަބެއްވެސް އޮތުމަކީ އެކަށީގެންވޭ. މިދެންނެވީ ލޭ ލިބިގަންނަމީހުންވެސް ހެޔޮހިތުން އެކަން ބަލައިނުގަންނާތީ.
    މިއީ އަޅުގަނޑު ދެކޭގޮތް، އެހެން ބޭފުޅުން މިގޮތާ އެއްބަސްވާކަށް ނުޖެހޭ. އެކަމަކު ޙަޤީޤަތަކީ މިދެންނެވީ. ޚިޔާލަކީ ތަފާތުއެއްޗެއް.

  4. އެދުރުކަލޭފާނު‮ ‬ވިދާޅުވީ


    ތާރީޚް:02/07/2009

    ހާޝިމް ކޮމެންޓު އެޑްމިން އިން ނެގީތީ އަޅުގަނޑު ހައިރާންވޭ. ފުރިހަމަ ހެއްކާއިއެކު ތޯ ކޮންމެ ކޮމެންޓެއްލިއަނީ. ޔާމީނޭ ރީކޯމޫސައޭ ކިޔައިގެން ލިއާކޮމެންޓުތައް ނުނަގަނީ ކީއްވެތޯ. އެޑްމިންބޭނުން ކަމަށް ވަންޏާ ޑީއާރުޕީގައި އުޅޭ ނިހާން{މިހާރު ރައްޔިތުންގެ މަޖުލީހުގެ މެންބަރެއް} ތެލެސީމިއާ ކުއްޖަކާ ދިމާލަށް “ޑުރެކިޔުލާއެކޭ” ބުނި ވީޑިއޯކުލިޕް އާއި އަދި އެހެނިހެން ހެކި ދައްކަން ތިބި މީހުންއެބަތިބި ވާހަކަ ދަންނަވަން. އެކިފަހަރު އެކިގޮތްހަދާތީ އެހެންމިބުނީ.ދެން ތިގޮތުގައި ކުރިއަށް އޮތްތަނުގައި ހިފަހައްޓައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅު. ދެން ލިއުމާމެދު ބުނާނީ ރަނގަޅު ލިއުމެކޭ. ދެން އަދި މިއުޅޭ ބިދޭސީންގެ ގައިން ވަރަށް ރަނގަޅަށް ޓެސްޓުކުރުމަށް ފަހުނޫނީ ލޭނުނަގާތި އެއީ އެއިޑުސް ބަލީގެ ޖަރާސީމުވެސް މީހާގެ ހަށިގަނޑަށް ވަންނަތާ ކުރީކޮޅު ޓެސްޓުތަކުންވެސް ނުދައްކާނެ..މިހާރު މާލޭގައި މިކަންތަށް ކުރިއަށް ދާތީ ދަންނަވާލީ.