ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވާ އެސްޓީއޯގެ ގުދަނުގެ މަސައްކަތް ލަސްވަމުންދަނީ އެތަނުގެ ކުރެހުމަށް ކުޑަ ބަދަލެއް ގެންނަން ޖެހޭތީކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ. ދިވެހިރާއްޖޭގެ އަޑަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މީޑިޔާ ކޯޑިނޭޓަރ ހުޝާމް ވިދާޅުވީ ކުރީގެ ކުރެހުމުގައި ނެތް ބަޔެއް އިތުރުކުރަންޖެހުމުން ލަސްވަނީ ކަމަށާއި މާގިނަ ދުވަސްތަކެއް ނުވެ އާ ކުރެހުން ނިންމާފަ ކޮންޓްރެކްޓަރުން ހޯދަން އިއުލާން ކުރެވޭވަރުވާނެކަމަށެވެ. ކުރީގެ ކުރެހުމަށް އިތުރު ކުރެވުނު ބަޔަކީ ފިހާރައެއް ކަމަށްވެސް ހުޝާމް ވިދާޅުވިއެވެ.
އެސްޓީއޯގެ މިފިހާރަ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަސް ތެރޭގައި އެއްކޮށް ނިމި ރައްޔިތުންނަށް ހިދުމަތް ދެވޭވަރު ވާނެކަމަށާއި މި ފިހާރައިން ކާޑުގެ ބާވަތްތަކުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ސާމާނުވެސް ލިބެން ހުންނާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.



ހާޝިމް ވިދާޅުވީ
ތާރީޚް:02/07/2009
ހާޝިމްގެ ނަމާ ދޭތެރޭ އެޑްމިން ވިސްނަވާ ވަރު އެއޮތީ އެނގެން ދެއްތޯ. ހުޝާމް ޖައްސަވާފަ، ދެން އެއޮތީ ހާޝިމް ގެ ނަމަށް ބަދަލުވެފައި. ދެން ކުރީ ދުވަހު ދެންނެވިހެން އަނެއްކާ ވެސް ދަންނަވަން ވީތޯ؟ އެޑްމިން މިކުރައްވާ ކަމަކުން ވެސް …
މިލިޔުމާ މެދު ބުނާނެ އެއްޗެއް ނެތް. ތިޔަކަންތައް ނިމިގެން ޚިދުމަތް ދެވެން ފެށުން އެއީ އެންމެ ބޭފުޅުންގެ އުންމީދަކީ ވެސް. މިހާރު ރައްޔިތުންގެ އަތްޖެހޭ ފަށަށް އެފެށީ އެއްޗެހި އަންނަން. ދެން އަންނާނެ އަތް ފޯރާ ފަށަށް ވެސް.
ޕިންކީ ވިދާޅުވީ
ތާރީޚް:02/07/2009
ކޮންމެ މީހަކަށްވެސް ކުށެއްކުރެވިދާނެ….. ދޯ ހާޝިމް……
އެލެކުންޔާ ވިދާޅުވީ
ތާރީޚް:02/07/2009
ހާޝިމް އެޑްމިންދެކެ ރުޅި އަންނަ ކަމުގަ ވަނީ ނަމަ އެންމެ ބުއްދިވެރި ގޮތަކީ މިސައިޓަޢް ކޮމެންޓް ނުކުރުން،މިތަނައްދަލުބޭރުންވަދެ ކޮމެންޓް ކުރާށެކޭ ނުކިޔާ މީހަކު، އެޑްމިން ކައްތައްކުރާ ގޮތާމެދު އަހަރެން ވަރައް އުފާވޭ ތިގޮތުގައި ކުރިޔައް ދިޔުމަށް އެޑްމިންނަށް ގޮވާލަން
DOg ވިދާޅުވީ
ތާރީޚް:02/07/2009
އެސް.ޓީ.އޯ އިމާރާތެއް އެޅުމަށް ކުރީ ސަރުކާރުން ވަނީ ނިންމާފައި ނަރުދަމާ އެޅުމަށް ކުރީ ސަރުކާރުންވަނީ ނިންމާފައި އަދި މިސަރުކާރުން މިރަށަށް އާކަމެއް ކޮށްދޭކަށް ނުފަށާ އެކަމާއި މެދު ވިސްނާކަމަކަށްވެސް ނުވޭ އެހެންވާނީ އެމް.ޑީ.ޕީއަށް މިރަށުން ގޮނޑެއް ނުލިބުނު. ހާޝިމް ލިޔެފައިވަނީ ރިޕޯރޓް ލިޔުނު ފަރާތުން އެޑްމިން އަކުނން ނޫންދޯ
މަ ވިދާޅުވީ
ތާރީޚް:02/07/2009
މައުމޫނު ސަރުކާރުން އެސް.ޓީ.އޯ މިތަނަށް ގެންނަން އުޅުމުން ފިނޭ މުހައްމަދު ހުރަސްއެޅި، އަދި ރކ ކޮމެޓީން ބިމެއްނުދިން، އެކަމަކު އައްނި ސަރުކާރުގެ މައްޗަކަށް ފިނޭމުހައްމަދަކަށް ބާރެއްނުފޯރުވުނު، އެސް.ޓީ.އޯ ވެސް ގެންނަނީ. ޕޮއް
ބިމުދާއްބަ ވިދާޅުވީ
ތާރީޚް:02/07/2009
އެސްޓީއޯއަށް ރަށުއޮފީހުން މިފަހަރުވެސް ދޫކުރަންއުޅުނީ ވަރަށްކުޑަބިންކޮޅެއް. އެތަންކޮޅުކުޑަވެ އެންމެފަހުން އެމީހުން ބިންހޯދީ އެމް.ޕީ.އޭ ސަރަހައްދުން ކުއްޔަށް. އަދިވެސް ރަށުގައި އިސްކޮށްތިބި ވިޔަފާރިވެރިންގެ ނުފޫޒު މިކަމަށް ފޯރާފައިހުރިވަރުން އެމީހުންނަށް ބިންނުލިބެނީ. މީގަކޮންމެހެން އައްޔެއް އަހަންމަދެއް މޮހޮންމަދެއް ވަހީދެއް، ހަސަނެއް، ހުސޭނެއް ކިޔާނެކަމެއްނެތް. ދެންވެސް ވިޔަފާރިވެރިން ނޫނީ އެމީހުންގެ އަތްދަށުވަޑިން ތިޔަހޮވަންއުޅޭ ކައުންސިލަށް ނުހޮވާތި.