ރާއްޖެއަކީ ފެށުނީއްސުރެވެސް ބޭރު ޤައުމުތަކާއި ފައިހަމަކުރުމަށް ހިތްވަރާއިއެކު މަސައްކަތްކުރަމުން އަންނަ ގައުމެކެވެ. އަދި ތަރައްޤީގެ ރޭހުގައި އެތަކެއް ކާމިޔާބީތަކެއް ހާސިލުކުރަމުން އަންނަ ގައުމެއްވެސްމެއެވެ. މިގޮތުން ފަހުގެ ތާރީޚުގައި ރާއްޖެއަށް އައި ތަރައްޤީގެ އެންމެ ބޮޑު އިންޤިލާބެއްކަމަށް އެންމެންހެން ގަބޫލުކުރާކަމަކީ ‘އަނެއް ދިވެހި ރާއްޖެއަށް’ ދިއުމަށްޓަކައި މި ދިވެހި ނައުގެ ޒަމާންވީ ކައްޕިތާނު ބަދަލުކޮށް މުޅިން އައު ފަހުލަވާނެއް އެމަގާމަށް އައްޔަނުކުރުމެވެ. މި އައު ސަރުކާރުން މުޅިން އައު ކަންތައްތަކެއްވެސް މިދަނީ ތަޢާރަފުކުރަމުންނެވެ. ކުރީގެ ވެރިންނަށް ގޮންޖަހަމުންނެވެ. އެގޮތުން ‘އަތް ފޯރާފަށުގައި’ ތަޢުލީމު ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ވާހަކައަކީ މިހާރު އެންމެ އަޑުހަރުކޮށް ދެކެވި، އަދި އަމަލީ މަސައްކަތަތައްވެސް ފެށި ފައިވާ މަދުކަންކަމުގެ ތެރެއިން އެއްކަމެވެ. އާދެ! ސްކޫލްތައް ޕްރައިވެޓައިޒް ނުވަތަ އިންޓަނޭޝަނަލްކުރުމުގެ ވާހަކައެވެ.
އިންޓަނޭޝަނަލްކުރުމޭ ބުނުމުން އެންމެ ފުރަތަމަވެސް ސިފަވެގެންދަނީ ތަހުޒީބާއި ތަރައްޤީއެވެ. ރާއްޖެއާއި ބައިނަލަޤްވާމީ މުޖުތަމަޢުގެ ބަދަހިކަމެވެ. އާދޭހެވެ! އިންޓަނޭޝަނަލް ސްކޫލްތަކެއް ޤާއިމުކުރުމުން ބޭރު ދުނިޔެއަށް ރާއްޖެ މިހާރަށް ވުރެ ބޮޑަށް ހުޅުވިގެންދާނެއެވެ. ފަތުރުވެރިކަން ތައާރަފުކުރުމުގެ ސަބަބުން ބޭރު ޤައުމުތަކަށް ރާއްޖެ ހުޅުވިގެންދިޔަ ގޮތަށެވެ. އޭގެކުރިން ރާއްޖެ ދަންނަ މީހަކު ނެތޭ ދެންނެވިއަސް ދޮގަކަށްނުވާނެއެވެ. އެހެންކަމުން މިފަދަ ސްކޫލްތަކެއްގެ ސަބަބުން ރާއްޖެ އިތުރަށް މަޝްހޫރުވެ، ބޭރުމީހުން ގިނައިން ޒިޔާރަތްކުރާ ޤައުމަކަށް މިޤައުމު ވެގެންދާނެއެވެ. ނަތީޖާއެއްގެގޮތުން ބޭރުގެ އިންވެސްޓަރުން ލިބުމުގެ މަގުފަހިވުމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅެންފަށާ ބޭރު ޢާއިލާތަކުން ‘ހެސްކިޔާފަ’ ލިބޭ ބޭރު ފައިސާގެ ސަބަބުން ތަރައްޤީގެ އައު އުސްމިންތަކަކަށް ވާސިލުވުމުގެ ފުރުސަތު ހަމަ ޔަގީނުންވެސް ބޮޑުވެގެން ދާނެއެވެ.
ހަމަ މިއާއިއެކު މިފަދަ ސްކޫލްތަކެއްގެ ސަބަބުން މިހާރުގެ ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑުމައްސަލަ، ބަޖެޓު ‘ކާޑަށް’ ޖެހިފައިވުމުގެ މައްސަލައަށްވެސް ލުޔެއް ލިބިގެން ދާނެއެވެ. މިފަދަ ސްކޫލްތަކަށް ސަރުކާރުގެ މާލިއްޔާއިން ޚަރަދުކުރަން ނުޖެހުމުގެ ސަބަބުން، މިފައިސާ ޤައުމުގެ އެހެނިހެން ކަންކަމަށް ބޭނުންކުރުމުގެ މަގު ތަނަވަސްވެގެން ދާނެއެވެ. އާދެ، މިރަށުގައި ނަމަ ކެމްޕަހުގައި ނުފެށިގެން އުޅޭ ކޯސްތަކަށް ޚަރަދުކުރުމަށާއި ރިޒޯޓުތަކަށް ކުދިން ތަމުރީނުކުރުމަށް ހޮޓެލް ސްކޫލް ޤާއިމުކުރުމަށާއި ކުރީގެ ސަރުކާރުން ‘ރަޑަ ހާވާފައި އޮތް’ ބަނދަރު މަރާމާތުކުރުމަށާއި ކުޅިވަރު އެކުވެންޏާއި ޒުވާނުންގެ މަރުކަޒާއި މަސްވެރިންގެ މަރުކަޒާއި ފްލެޓްތައް އެޅުމަށާއި މިހެންގޮސް ބަޖެޓުގެ ސަބަބުން މިހާރު ނުފެށިގެން އުޅޭ ހުރިހާ މުހިއްމު ކަންތައްތަކެއް ކުރުމަށް މަގުފަހި ވެގެންދާނެއެވެ.
މީގެ އިތުރުންވެސް ، ސްކޫލްތަކުން ދެވޭ ތަޢުލީމުގެ ފެންވަރުދަށްކަމުގައި މިހާރަކަށް އައިސް މިދެކެވޭ ވާހަކައަށް ނިމުމެއް އަންނާނެއެވެ. މިފަދަ އިންޓަނޭޝަނަލް ސްކޫލްތައް ހިންގާނީ ވިޔަފާރި ކުންފުނިތަކުންކަމަށްވާތީ އެމީހުންގެ ވިޔަފާރި ރަނގަޅުކުރުމަށް އެފަދަ ސްކޫލްތަކުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކުންފުނިތަކުން މަސައްކަތްކުރާނެއެވެ. މިކަމުގެ ސަބަބުން އެންމެ ފެންވަރު ރަނގަޅު ތަޢުލީމު އަހަރެމެން ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި ފެންވަރު ރަނގަޅު ތަޢުލީމު ހޯދައިދިނުމަށް ދަރިން މާލެއަށް، ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭޖެހުމަށް ލުޔެއްލިބިގެން ދާނެއެވެ.
މިހުރިހާ ފަސޭހައަކީ އާދައިގެ މީހަކަށް އަންދާޒާކުރުމަށް އުނދަގޫވާނެހާ ބޮޑެތި ލުއި ފަސޭހަތަކެކެވެ. މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތްކުރަމުން މިދާލުއިފަސޭހަކަމަކީ ހަމަ ކުރިންވެސް މަސައްކަތްކުރިނަމަ ކުރެވޭނެ ކަންތައްތަކެވެ. (އެސަރުކާރުން އެކަންނުކޮށް ލާރި ބޮނޑި ކެއީތޯޗެކެވެ. ކަންޖޫސް ބައެއް ދެއްތޯއެވެ!…)
މިހުރިހާ ފަސޭހަތަކާއި އެކު އަޅުގަނޑުގެ ހިތަށް ދެންވަދެގެން ދަނީ، އިންޓަނޭޝަނަލް ސްކޫލްތަކަށް ޓީޗަރުން ހޯދުމަށް، އެ ސްކޫލްތައް ހިންގާ ކުންފުނިތަކުން ޢަމަލުކުރާ އުސޫލެވެ. ކުރިން ދެންނެވިހެން، މިފަދަ ކުންފުނިތަކުން އަބަދުވެސް މަސައްކަތްކުރާނީ އެކުންފުނިތަކަށް ފައިދާލިބޭނެ ގޮތްތަކަށް ވިސްނައިގެންނެވެ. އާދެ، މިކުންފުނިތަކުން ބަލާނީ ވީހާވެސް ގިނަ ކަސްޓަމަރުން ހޯދުމައްޓަކައި، އެންމެ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭތޯއެވެ. އެހެންކަމުން ޓީޗަރުން ހޯދުމުގައިވެސް ބަލާނީ މުޅި ދުނިޔެއަށް ހުޅުވައިލައިގެން އެންމެ ފެންވަރު ރަނގަޅު ޓީޗަރުން ގެނެވޭތޯއެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު ވަރަށް ގިނަފަހަރަށް ފެންނަ މަންޒަރަކީ މިފަދަ ކުންފުނިތަކުން ވަޒީފާދިނުމުގައި އެމީހުންގެ އަމިއްލަ ޤައުމުގެ މީހުންނަށް އިސްކަންދޭތަނެވެ. ކަންތައް އޮތީ މިހެންކަމުގައިވާނަމަ ދިވެހި ޓީޗަރުންގެ ވަޒީފާ މިވަނީ ސުވާލުތަކެއްގެތެރޭގައެވެ. ގްރޭޑް 10 ނިންމާލުމަށްފަހު ކޯހެއްހަދައިލައިގެން މިއަދު ޕްރައިމަރީ ސްކޫލްތަކަށް ކިޔަވައިދޭން މިއުޅޭ ގިނަ ޓީޗަރުންނަށް މިފަދަ ސްކޫލްތަކުން ވަޒީފާލިބޭނެކަމާމެދު ސުވާލު އުފެދެއެވެ. މިރަށު އަފީފުއްދީން ސްކޫލް ޕްރައިވެޓައިޒް ކުރުމުން، މިހާރު އެސްކޫލުގައި ކިޔަވައިދޭ ޓީޗަރުންގެ ވަޒީފާ ގެއްލުނީހެއްޔެވެ؟ ދެން އެމީހުން ދިރިއުޅުމަށްޓަކައި ކުރާނީ ކީއްހެއްޔެވެ؟ މިހުރީ ހައްތަހާވެސް ސުވާލު އުފެދޭ ކަންތައްތަކެވެ.
އެކަމަކުވެސް ދަންނަވަންތޯއެވެ. ޕްރައިވެޓް ސްކޫލްތަކަކީ ވަރަށް ޚިދުމަތް ރަނގަޅު ސްކޫލުތަކެކެވެ. މިކަން މާލޭގައި ހުންނަ ބިލަބޮންގ ހައި ސްކޫލަށް އެކަނި ނަޒަރުހިންގާލިއަސް ހާމަވާނެއެވެ. އަޅުގަނޑަކީ ކޮންމެ ދުވަހަކުހެން އެ ސްކޫލުގެ ކައިރިން ހިނގަންޖެހޭ މިހަކަށްވާތީ އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ސްކޫލުގެ ކޮންމެ ކިލާހެއްވެސް ހުންނަނީ އޭސީ ހަރުކޮށް ފިނިކުރެވިފައެވެ. ކިޔަވައިދެނީ ‘ފެންވަރުގެ’ ޓީޗަރުންނެވެ. ދިވެހި ކުދިންވެސް ކިޔަވަނީ ގެސްޓު ދޮންކުދިންނާއި އެކުގައިކަމުން ގިނައިން ވާހަކަ ދައްކާތީ އިވެނީ އިނގިރޭސި ބަހުންނެވެ. ނުވަގަޑި ސަޔަށާއި މެންދުރު ކެއުމަށް ފިޒަސްއިން ކޭޓަރކޮށްގެން އެހެރަގެންނަ، މީރުކާތަކެތި ފެނިފަވެސް މާތްކަލާކޯއޭ ހިތަށް އަރާހާވެއެވެ.
މިކަންމިހެން ހުރިއިރު މިފަދަ ސްކޫލްތަކަށް ދައްކަންޖެހޭ ފީގެ އަގުވެސް ‘ފަލަ ‘ ވާނެކަމީ ހަމަޔަގީންކަމެކެވެ. އާދޭހެވެ. ކަންއޮތީ މިހެންނެވެ. ބިލަބޮންގ ހައި އަށްވެސް ދާތީފެންނަނީ ކާރުކޮޅުތައް ގެންގުޅެވޭ ފެންވަރުގެ ބޭފުޅުންގެ ދަރިންނެވެ. އާދައިގެ މީހުންގެ ދަރިން މުޅިންވެސް ދާތީފެންނަނީ ސަރުކާރުގެ ސްކޫލުތަކަށެވެ. ހަގީގަތަކީ މިއީކަމުގައިވާއިރު މިރަށުގެ ރައްޔިތުންނަށް ދަރިން ‘ޕްރައިވެޓް އަފީފުއްދީނަށް’ ގެންދެވޭނެބާވައެވެ؟ މިކަން ކުރެވޭވަރުގެ ފެންވަރެއް ހުރީ ކިތައްމީހުންގެތޯއެވެ؟
އަސްތާ ނޫނެކެވެ!! ވަކިވަރަކަށްވުރެ ދަށުން މަހު މުސާރަ ލިބޭ ޢާއިލާތަކަށް ސަރުކާރުގެ ދީލަތި ޢިނާޔަތް ލިބޭނެކަމުގައި މިހާރުވަނީ ހަމަޖެހިފައެވެ. އެކަމަކު މިކަމުގައި ސަރުކާރުން ހަމަޖައްސަވާފައިވާ އޮނިގަނޑުގައި ސުވާލުއުފެދޭކަމެއް އެބައޮތެވެ. ނިކަން މިސާލެއް ނަންގަވަމާ ބަހީއެވެ. ސަރުކާރުގެ ޢިނާޔަތް ލިބޭނީ މަހަކު 5000ރ އަށްވުރެ މަދުން ލިބޭ ޢާއިލާއަށްތަކަށް ކަމަށް ބަލަމާހިނގާށެވެ. އާދަންފުޅަށް މަހަކުލިބެނީ 4500ރ ކަމަށާއި، ހުންނަނީ އެންމެ ކުއްޖެއަކަމަށް ބަލާށެވެ. އާދަންފުޅަށް ސަރުކާރުގެ ޢިނާޔަތާއިއެކު ފަރުޖެއްސި ދާނެއެވެ. ދެން މޫސާފުޅަށް މަހަކު ލިބެނީ 6000ރ ކަމަށާއި، އޭނާގެ 8ކުދިން ތިބޭކަމަށް ބަލާށެވެ. އަދި މޫސާފުޅަކީ ގެއެއް އަޅަމުންދާ މީހެއްކަމަށް ބަލާށެވެ. ނުވަތަ ބޮޑު ލޯނެއް ނުދެއްކިގެން އުޅޭ މީހެއްކަމަށް ބަލާށެވެ. މޫސާފުޅަށް އެއްކަލަ ދީލަތި ޢިނާޔަތެއްނުލިބޭނެއެވެ. އެހެނޭކިޔާފަ މި 8ކުދިން، މިފަދަ އަގުބޮޑު ސްކޫލަކަށް ފޮނުވައިގެން މޫސާފުޅަށް ދިރިއުޅުން ނެގެހެއްޓޭނެހެއްޔެވެ؟؟؟ މިހުންނަނީ މިކަހަލަ ކަންތައްތަށް ހިތަށް އަރާފައި ބޯގޯސްވާކަހަލަ ކަންތައްތަކެވެ. ސަރުކާރުން ވިސްނަވަނީ ދެންމެ މިއިޝާރާތްކުރި ގޮތަށް މިކަންކުރަން ކަމުގައިވަނީނަމަ، މިރަށުގެ ގިނަ ޢާއިލާތަކެއް ގޮތްހުސްވާ ދަރަޖައަށް މިކަން ގޯސްވާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.
ދެންނިކަން ތިޔަބޭފުޅުން ވިސްނަވާލަށްވާށެވެ. އަޅުގަނޑަށް މިމަޒުމޫނު، ‘މިއީ ސްކޫލްތަށް ޕްރައިވެޓައިޒް ނުވަތަ އިންޓަނޭޝަނަލް ކުރުމުންލިބޭނެ ފައިދާތަކާއި ގެއްލުންތަކޭ’ ކިޔާފަ ނިންމާލެވިދާނެއެވެ. އެހެންނަމަވެސް ނިމުން މިދޫކޮށްލަނީ ތިބޭފުޅުން ވިސްނެވުމަށެވެ. މިފަދަ ސްކޫލްތަކުން ދިވެހި ޓީޗަރުންނަށް ވަޒީފާލިބޭނެ ހެއްޔެވެ؟ ނުވަތަ މިތަންތަނަށް ގެންނާނީ ދިވެހިންނަށްވުރެ ފެންވަރުގެ ގޮތުން މޮޅެތި ޓީޗަރުންހެއްޔެވެ؟ މިހެންވެއްޖެނަމަ، ވަޒީފާ ނުލިބޭ ޓީޗަރުންތައް ހަދާނީ ކިހެނެއްހެއްޔެވެ؟ އެމީހުންނާއި އެމީހުން ބަލަހައްޓަންޖެހޭ މީހުން ބަނޑުފުރާނަ މުއްތިކުރުމަށް ފައިސާނެރޭނީ ކޮންތާކުން ހެއްޔެވެ؟ އެފައިސާ ދޭނީ އަނެއްކާ ސަރުކާރުން ހެއްޔެވެ؟ ނޫންނަމަ ސަރުކާރުން މިސްކޫލްތައް ހިންގާ ކުންފުނިތަކަށް، ދިވެހިން ޓީޗަރުންގެ ގޮތުގައި ނެގުމަށް އަންގަނީ ހެއްޔެވެ؟ އޭރުން ދެވޭ ތައުލީމުގެ ފެންވަރު މިހާރަށްވުރެ ވަކި ރަނގަޅެއްނުވާނެއެވެ. އަދި މިގޮތަށް ހަދައިފިނަމަ ކުންފުނިތަކުން ސްކޫލްތައް ހިންގުމާ ހަވާލުވާނެހެއްޔެވެ؟ ސަރުކާރުން ޢިނާޔަތްދެއްވުމުގައި ގެންނުޅޭނީ މަތީގައި ވާފަދަ ދޯދިޔާ މިންގަޑެއްތޯއެވެ؟ މިފަދަ ސްކޫލްތަކެއްގެ ސަބަބުން ހަމަ ހަގީގަތުގައިވެސް މިރަށުގެ ރައްޔިތުންނަށް ވާނީ ފައިދާހެއްޔެވެ؟ ނޫނީ ގެއްލުން ހެއްޔެވެ؟



ނަލަކާސިމު ވިދާޅުވީ
ތާރީޚް:02/07/2009
އެއްވަނައިގެ ލިއުމެއް. މިފަދަ ސްކޫލްތަކެއްގެ ސަބަބުން ހަމަ ހަގީގަތުގައިވެސް މިރަށުގެ ރައްޔިތުންނަށް ވާނީ ފައިދާހެއްޔެވެ؟ ނޫނީ ގެއްލުން ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ވަރަށް ޔަގީންކަމާއިއެކު ބުނާނީ ވާނީ ފައދާއޭ.އެހެންނޫންނަމަ ރާއްޖޭން ބޭރަކު މިކަމެއް މިގޮތަކަށް ނުކުރާނެ. ނިކަން ވިސްނަވާ ތަންކޮޅެއް ކުރީގައި އީޕީއެސް،އަހުމަދިއްޔާ، އެމްއީއެސް، މިސުކޫލުތަކަށް ދަނީ ކިހާފެންވަރެއްގެ ކުދިންނެއްތޯ؟ އަދި މަޖީދިއްޔާ ،އަމީނިއްޔާ އަށް ދަނީ ކޮންފެންވަރެއްގެ ކުދިންނެއްތޯ؟ ފަގީރުންތޯ؟،މުއްސަދިންގެ ދަރިންތޯ؟ ހަމަގައިމުވެސް ސަރުކާރު ސުކޫލުތަކަށް ހިލޭ ކިއަވަނީ މުއްސަދިންގެ ދަރިން، އެކަމަކު ރުފިޔާ ދީގެން ކިއެވީ ފަގީރުންގެ ދަރިން. މިބުނަނީ ދިވެހިން ދަރާވިކިގެންވެސް މޮޅަށް ކިއަވައިދޭންބޭނުމޭ.ރަށުއިސްކޫލުން ކިއެވެން އޮތްނަމަވެސް މޮޅަށް ކިޔަވައިދޭން ބޭނުން ވާތީ މާލެއައިސް ސަރުކާރު އިސްކޫލަކުން ޖާގަ ނުލިބުމުން ޕުރައިވެޓް އިސްކޫލަކަށް ދަރިފުޅު ލައިގެން އެތަކެއް ރުފިޔާ އެއް ހޭދަ ކުރަނީ ހަމަ މިސަބަބަށް ޓަކައި. އެހެންވީމާ ބޭބެ ބުނާނީ މީ ވަރަށް ފައިދާހުރިކަމެކޭ. މިކަމުގެ މަގުސަދަކީ ހަމަ ކިޔަވައިދިނުމުގެ ފެންވަރުމަތިކުރުން.ދެން ހާއްސަ ސުކީމެއްގެ ދަށުން ފަގީރުންގެ ދަރިންނަށް އެހީވާނެ. ދެންކޮންމެގޮތެއްވިއަސް މުއްސަދިންނާއި ފަގީރުންގެ ތަފާތު ނުފެންނަވަރެއްނުކުރެވޭނެ. އަދި މިކަހަލަ އިސްކޫލުތަކުގެ ސަބަބުން މިހާރު މިހިންގާ ސަރުކާރު އިސްކޫލު ތަކުގެ ފެންވަރުވެސް މިހާރަށްވުރެ ރަނގަޅު ވާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް.
ކިޔަވާދައިތަ ވިދާޅުވީ
ތާރީޚް:02/07/2009
ދައިތަ ބުނަންއޮތީ އޮގަރު ވަހީދު ބުނި ވާހަކަ. އެއީވެސް ދިމާވެދާނެގޮތެއް. ޕްރައިވެޓް ސުކޫލްތަކަށް ގިނައިން ދާނީ މުއްސަދިންގެ ދަރިން. ފަގީރުންގެ ދަރިން ގިނައިންދާނީ ސަރުކާރުގެ ސުކޫލްތަކަށް. ދެންވެދާނެގޮތަކީ މުއްސަދިންގެ ދަރިންނަށް މޮޅަށްކިޔެވި މަތީ ބޮޑެތި މުސާރަތައްލިބޭ ވަޒީފާތަކަށް ނުކުންނާނީ. ފަގީރުންގެ ދަރިންނަށް (މަދުކުއްޖެއްފިޔަވާ) މައްޗަށް ކިޔެވުމުގެ ފުރުޞަތު ހަނިވެ ދަށްފަންތީގެ ކުޑަ މުސާރަލިބޭ ވަޒީފާތަކަށް ނުކުންނަތަން އަންނާނީ. ޔަގީނުންވެސް ސަރުކާރަކަށްވެސް ހުރިހާ ފަގިރުންގެ ދަރިންނަށް ޕްރައިވެޓް ސުކޫލަށް ފީދައްކައެއް ނުދެވޭނެ. އެކަމަކު ދައިތަވެސް ބަލާނީ ދަރާވިކިގެންވިޔަސް މޮޅު ސުކޫލަށް ކުދިންފޮނުވޭތޯ.
އެދުރުކަލޭފާނު ވިދާޅުވީ
ތާރީޚް:02/07/2009
ކިޔަވާދައިތާ! ބަލަ މިހާރަކުވެސް ތިޔަ މުއްސަދިންގެ ދަރިންނަކަށް ނެތޭ މާމޮޅަށް ކިޔެވިފައެއް.މިހާރުވެސް ފަގީރުންގެ ދަރިން ގިނަވާނީ މޮޅަށް ކިޔަވައިގެންތިބި.އޭގެނަތީޖާ އަކީ ނިކަމެތިންގެ ދަރިން ފަގީރުންގެ ދަރިންނަށްވުރެ ކިއެވުމަށްދޭ ސަމާލުކަން .އަދި އެކުއްޖާގެ ބެލެނިވރިޔާވެސް ދަރިއަށް ކިޔަވައިދޭން މުއްސަދިންނަށް ވުރެ ބުރަކޮށް މަސައްކަތް ކުރާކަން. އެހެންވީމާ ކިޔަވައިދައިތައާ މަށަކަށް އެއްބަހެއްނުވެވޭނެ. ގަދައަޅާ މަސައްކަތް ކުރާބަޔަކަށް ﷲ ކާމިޔާބު ދެއްވާނެ.އިލްމަކީ އެކަލާންގެ އިރާދަކުރެއްވި އަޅަކަށް ދެއްވާނޫރެއް.
ކިޔަވާދައިތަ ވިދާޅުވީ
ތާރީޚް:03/07/2009
އެދުރުކަލޭފާނުތިޔަ ވިދާޅުވީވެސް ދޮގެއްނޫން. އެކަމަކު ދައިތަ މިބުނީ ގިނަވަސީލަތްތައް ލިބުމުން މުއްސަދިންގެ ދަރިންނަށް ފުރުޞަތު ބޮޑުވާނެވާހަކަ. އެދުރުކަލޭފާނު ތިޔަވިދާޅުވާގޮތައްވެސް ވާނެ. އެކަމަކު އޭގެތެރެއިން ބުރަކޮށް މަސައްކަތްކުރާނީ ކިތައްކުދިންކަމެއް ނޭނގޭ. ކަލޭފާނުގެ ވިސްނުން ސަރުކާރުން ޤަބުލުކުރާނަމަ ކޮންމެހެން ސްކޫލްތައް ޕްރައިވެޓައިޒްކުރާނެ ކަމެއްނެތް، ހުރިހާ ކުދިން ގަދައަޅައި މަސައްކަތްކުރާނެ މާހައުލެއް ޤާއިމްކޮށްދެނިކޮށް ނިމުނީ.
ޕުރިންސިޕަލް ވިދާޅުވީ
ތާރީޚް:03/07/2009
ކިޔަވާދައިތާ އެދުރުކަލޭގެ ފާނު ވިދާޅުވާ ވާހަކަވެސް ދައތަ ތިޔަ ވިދާޅުވާ ވާހަވެސް ރަނގަޅު.އެދޔރުކަލޭފާނު އެބުނަނީ މިހާރުވެސް މޮޅަށް ކިޔެވިފައތިބީ ނިކަމެތިންގެ ދަރިންނަށޭ.އެއީ ތެދެއްހެން އަޅުގަނޑަށް ވެސް ހީވަނީ.ފެންވަރު ރަނގަޅު ސްކޫލް ތައް ރާއްޖެއަށް ތައާރަފު ކުރުމުން ހުރިހާ ކުދިން ގަދައަޅައި މަސައްކަތްކުރާނެ މާހައުލެއް ޤާއިމްކޮށް ދެވުނީ ކމަށް އަޅުގަނޑު ދެކެނީ.ފުރުސަތުގެ ބޭނުން ހިފަންވާނެ.
DOg ވިދާޅުވީ
ތާރީޚް:03/07/2009
ހުރިހާ ތަނެއްވެސް ޕްރަވެޓައިޒްކޮށް އެތަންތަން ފެންވަރުގައި ހެންގޭނެ ގޮތެއް ވުމަކީ އެންމެންނަށް އޭގެ ފައިދާ ލިބޭނެކަމެކެވެ. މިހެން މިބުނީ އެތަންތަން ހިންގޭ ފެންވަރުގެ ބަޔަކާއި ހަވާލުކޮށްގެން ނޫނީ ފެންވަރު ރަގަޅު ހިދުމަތެއް އެތަނަކުން ނުދެވޭނެއެވެ. އެކަން މިރަށު އިންޖީނު ގެއިން މިހާރު މިދަނީ ފެންނަމުންނެވެ. ތަންތައް ޕްރަވެޓައިޒްކޮށް އެތަންތަން ހިންގުމާއި މިހާރު ހަވާލުކުރަމުން އެދަނީ ފެންވަރު ނެތް އެކަމަކު އެމް.ޑީ.ޕީ ވެރިކަމަށް ގެނައުމަށް ކެޕްޕޭނުގައި އުޅުނު ނުކުޅެދޭ މީހުންނާއެވެ. އެއީ ކެމްޕޭނު ދުވަސް ވަރު އެމީހުންނަށް ފައިސާ ދޭނެކަމަށް ބުނެފައިވާތީ އެވައުދު ފުއްދުމަށާއި ދެން އަންނަ ކެމްޕޭނެއްގައި އެމީހުންގެ އެހީ ހޯދުމަށެވެ. އެއްވެސް ގޮތަކަށް ރައްޔިތުންނަށް ފައިދާއެއް ހޯދައިދިނުމުގެ ބޭނުމެއްގައެއް ނޫނެވެ. ދެން އަނެއްކަމަކީ މިގޮތަށް ޕްރަވެޓައިޒްކޮށް ސަރުކާރު ވަޒީފާ ތަކުން މީހުން ވަކިކޮށް އެފައިސާ އެހެން ގޮތަކަށް ހޭދަކުރުމަށެވެ. އެއީ މިހާރުގެ ސަރުކާރުން ބޮޑު މުސާރައިގާ ގެންގުޅޭ ސިޔާސީ 400 އަށް ވުރެ ގިނަ މަގާމް ތަކުގައި ތިބޭ މީހުންނަށް ހޭދަކުރުމަށެވެ. އެއްގޮތަކަށްވެސް އެފައިސާ ހޭދަކުރަން ނިންމާފައިވާ ރަށްރަށުގެ ތަރައްގީއަށް ކަންކަން ކުރުމަކަށް ނޫނެވެ.އެކަން އެނގެނީ ފައިސާގެ ދަތިކަން އިންތިހާއަށް ހުރިކަމަށް ބުނަމުންދާއިރު ކައުންސިލަރުންގެ ގޮތުގައި 121 މީހުންނާއި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 50 މީހުންނާއި މިނިސްޓަރުން ނާއި ނައިބުން އަދި އެފެންވަރުގެ މަގާމްތަކުގައި އެތައް ބަޔަކު ގެންގުޅެމުން ދިއުމުގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއް އެމީހުންގެ މުސާރަ އާއި އިނާޔަތަށް ޚަރަދުކުރަންޖެހެއެވެ. ނަމަވެސް އެމީހުންގެ ބޭނުން ހޭދަވާ ފައިސާ އާއި ގާތަށްވެސް ނުދެއެވެ. އަދި ކޮންމެ މަހެއްގައި MMA އިން ނަގަމުންދާ ފައިސާ އަކީ ރާއްޖޭގެ އިގްތިސާދު ދަށަށް ދިއުމުގެ އަސްލެވެ. ސަރުކާރު ހިންގުމުގެ ޚަރަދު ބޮޑުކަމުގެ މިސާލެކެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރަމުންގެންދާ ކަމެއްވެސް ނޫނެވެ. ރައްޔިތުން ބަދަކަށް އެދި މިހޮވުނު ބަޔަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނަމޫނާ މިސާލެކެވެ. އެގޮތުން ތަންތަން ޕްރަވެޓައިޒް ކުރުމުގެ ނަމުގައިވެސް ކުރަމުން މިގެންދަނީ މަކަރާއި ހީލަތުން އޮޅުވާލުމެކެވެ. ކަން މިހެން ހުރުމުން އަވަހަށް ދިވެހިން ހޭލަންވެއްޖެއެވެ. ޕްރަވެޓައިޒް ކުރުމަށް އަލުގަނޑުވެސް ތާއީދެވެ. އެކަމަކު އޭގެ ފައިދާ ލިބޭފަދަ ގޮތަކަށެވެ. ކުޅުދުއްފުށީ އިންޖީނުގެ ފަދައިން ނެތް ނޫނެވެ.
ދަންބީރު ވިދާޅުވީ
ތާރީޚް:03/07/2009
ޑޯގު ކަލޭ ތިޔަހުރީ ދޯޅުރޯނާވެފަތަ.އެހެންޏާފަހެ ޑޯގު ތިޔަބުނާގޮތުން މިރަށު އިންޖީނުގެ މިހާރު ހިގަނީ ވަރަށްފީކަޅާ ކޮށޭ ދޯ.ކުރީގަ ދެންހިގަނީ ކިހިނެއް. ދުނިޔޭގަ ނެއްވަރު މޮޅަށްދޯ.އަހަންނަށް އެގިފައިވާ ގޮތުން މިހާރު މިރަށުގެއާއި ހަވާލުވެފައިވާ ފަރާތުން ދަނީ 2011 ވަނަ އަހަރު އަންނަން ވާއިރަށް ކުރަންޖެހޭ ލަނޑުދަނޑި ތަކެއް އެކަށައަޅަމުން،މިކަހަލަ ޕުލޭނެއްނެތި ވޭތުވެ ދިޔަތާގައި މަސައްކަތް ކުރުމުގެ ނަތީޖާމިއަދު މިފެންނަނީ.ޑޯގު ބުނެ ބަލަ ތިޔަބުނާ ކަންކަމަށް ގާބިލު މީހުންތިބިއިރު ކީއްވެބާ އެތަން ތަރއްގީ ނުކޮށް އެއޮތީ.ދެންތިބުނާ ސަރުކާރުގެ ހަރަދޭ މިނިސްޓަރޭ ،ނައިބޭ،ތިކިޔަނީ މިހާރު އެމީހުނަށް ދާ ހަރަދު ދޯގަށް އެނގޭބާ! މިނިސްޓުރީ އޮފް ފިނޭންސުން މައުލޫމާތު ދޭގޮތުގައި މިހާރު މިހިގާ ސަރުކާރަށް މައުމޫނު ސަރުކާރުގެ ހަރަދުގެ ފަސްބައިކުޅަ އެއްބައިވެސް ނުދޭ.ދެން ދޯގު ތިކޔާ އެއްޗެއްގެ ދެކޮޅު ދިމާކުރާނެ ގޮތެއްބުނެބަލަ.ދެން ތިޔަބުނަނީ MMA އިން ރުފިޔާ ނަގާވާހަކަ ބަލަ ވޭތިވެދިޔަ ސަރުކާރުން ތިޔަބުނާ މަނިޓަރީން ނެގި ރުފިޔާގެ އަދަދު އެއޮތީ އެތަނުގެ ރިޕޯޓުން ފެންނަން. ރާއްޖޭގެ ރިޒާވް އެންމެބޮޑަށް އަޑިއަޅާލީ ކޮންއަހަރަކުބާ.އެއީ 1998ގައި އަދި 2003 ވަނަ އަހަރު .މައުމޫނު ސަރުކާރން ގެންގުޅުނު އިގްތިސާދީ ފީކަޅާ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ނެތް އެކަށީގެންވާވަރުގެ ގާތަކަށްވެސް ރުފިޔާއެއް ޖަމާކުރެވިފައެއް، ދުނިޔެއަށް އައި އެންމެ ތިޔާގި ދުވަސް ތަކުގައި މައުމޫނު ކުރިކަމަކީ ރާއްޖެ 50 އަހަރަށް ދަރުވާލުމަށް ފަހު ރުފިޔާތައް ކައިގެން ބެޗީ.އެހެން ނޫންނަމަ މިއަދު މާލިއްޔާގައި ރުފިޔާ ހުރީސްތާ.ހަމަ އަނގަ ތެޅިއަކަސް ނުވާނެ. އަހަރެމެނަށް އެގޭ ރާއްޖެއަށް މައުމޫނު ނުކޮށްދީ ހުރިކަންތައްތއް ކުރަން އުޅޭތި ޑޯގުމެންކަހަލަ ދެބޯގެރިން ރުޅިއަންނާނެކަން.ދޯގު ތިހެން ބުންނާސް ހުދުމުހުތާރު ނުތާހިރު ވެރކަން ވައްޓާލުމަށް ފަހު ހެޔޮވެރިކަމެއް ކުރުމަށް މަސައްކަތް ކުރުމަށް އުޅޭއިރު އެނގޭ ތިޔަކަހަލަ ވާނުވާ ނޭނގޭ ޑޯގުމެން ވައްވައް ޖަހާނެކަން. ރާއްޖެއަށް ހެޔޮގޮތެއްވާކަށް ތިޔަކަލަ މީހުނެއްނޭދޭނެ.ދެން ޑޯގު ތިޔަބޭނުންވާ ތެދުވެރި މައުމޫނެއްވެރިކަމަކަށް ނާންނާނެ. ޕުރައިވެޓައިޒް ވެސްކުރާނެ ދެން ރާއްޖޭގައި ހެޔޮވެރިކަމެއްކުރާނީ، ދޯގުމެން ކިތަންމެ ނުރުނަސް ހެޔޮވެރިކަމެއް ކުރުމަށް ޓަކައި ސަރުކާރަށް އެއްބާރުލުންދީ ކުރިއަށްދާން މިތިބީ ތޔަކަލަ ޑޯގުމެން ފިޔަވާ އެއންމެެން ތއްޔާރަށް.
DOg ވިދާޅުވީ
ތާރީޚް:04/07/2009
ހާޝިމް ނުބުންޏަސް ތިގޮތަށް ކޮމެންޓް ކުރާނީ ހާޝިމްކަން އެނގޭ، އަދިވެސް ހާޝިމް އެހެން ނަންނަމުގައި ކޮމެންޓް ކުރާކަންވެސް އެނގޭ ބޭނުމަކީ މިސަރުކާރުން ކުރާ ކަޑަ ދެކޮޅު ނުޖެހޭ ނުކުޅެދޭ ކަންތައްތައް އެއީ ރަގަޅު ކަންކަން ކަމަށް ދެކޭ ގިނަ ބަޔަކު އުޅޭކަން ދެއްކުން، އަނެއްކަމަކީ ކިތަމެ ދެރަވިއަސް ދެރަ ގަބޫލުކުރުން އެއީ ލަދުގަންނަކަމަކަށް ވުން، އެކަމަކު ބުނަންތަ ކިތަމެ ނަމެއްގައި ތިގޮތަށް ކޮމެންޓްކޮށް އޮޅުވާލަން އުޅުނަސް މިސަރުކާރުން ހާވާހަޑި ކޮންމެ ލޯއަލި މީހަކަށް މިއޮތީ ފެންނަން ދުވާލާއި ރޭގަޑުފަދައިން، އިހަށް ދުވަހުވެސް މައުމޫނަށް ވަގަށް ގޮވި މީހަކަށް ކޯޓުން އެވަނީ ހުކުމްކޮށްފައި އެހެންވީމާ މައުމޫނު ތިރީސް އަހަރު ވީއިރު ވައްކަން ކުރެވިފައި ނެތްކަން މިދަނީ އެނގެމުންދޯ، ހާޝިމްވެސް ތިގޮވީ އެގޮތަށް ވަގަށްދޯ މައުމޫން އަށް ގޮވާލަން ހާޝިމް ގޮވައިގެން ކޯޓަށް ދިއުމަށް، އެކަމަކު ބުނަންތަ މިރަށު އިންޖީންގެ މިހާރު ދަނީ ދުވަހުން ދުވަހަށް ގޯސް ވަމުން އެއްގޮތަކަށްވެސް ޔަގީނެއް ނޫން މާދަމާވެސް ކަރަންޓް ދެވިދާނެކަމަކަށް، ވީއިރު 2011 އަންނަންވާއިރު އިންޖީނުގެ އޮތްތާ އޮންނާނީ ފައްޅިއެއް ނޫންބާއޭވެސް ހިތަށް އަރާ. ދެން ބުނަންތަ މިސަރުކާރުގެ ޚަރަދު ބޮޑެއް ނޫނޭ ބުންޏަކަސް އެކަން އެނގޭ މީހުން އެދަނީ އެކަންކަން ހާމަކުރަމުން،MMA އިން ކޮންމެ މަހަކު ފައިސާ ނަގާކަން ލިޔެކިޔުމުން އެއޮތީ ފެންނަން. މިދިޔަ ސަރުކާރުގައި އެގޮތަށް އެކަން ނުކުރާކަން އެދަނީ އެންމެން ބުނަމުން، އެހެން ނޫނަސް ނަގާ ފައިސާއެއް އަހަރަދުވަހަށް ވާވަރަށް ނަގާނަމަވެސް އޮކޭ، އެއީކީ ބެންކެއް ނޫނިއްޔާ، އެގޮތަށް ހިސާބު ހަދާލަން އެނގޭ މީހަކުވެސް މިވެރިކަމުގައި ނެތީދޯ، ނުވެސް އެނގޭނެ ވެރިކަންކުރަން ހުރި މީހާއަށްވެސް ނޭނގޭ އޭނާ މާދަމާ ކުރާނީ ކީއްކަމެއް، ދެން ކިހިނެއް ހިސާބެއް ވިއްޔާހަދާނީދޯ، މާތްކަލާކޯއޭ ހިތަށް އަރާ، މިމަކުނު ފަސްއަހަރު ހޭދަކޮށްފިއްޔާ އަހަރެމެން އެންމެން ހަލާކުވާނެކަން ޔަގީން، ހާޝިމަށް ބުނެލަން އޮތީ ޑޯގަކީ ނުވަތަ އަހަރެންނަކީ ދުވަހަކުވެސް DRP އަށް ވަދެފައިވާ މީހެއް ނޫނޭ އަދި އެއްވެސް ޕާޓީއެއްގެ މީހެއް ނޫނޭ، އިންތިހާބުގައި އެއްވެސް މީހަކަށް ވޯޓް ނުލަމޭ، ވީއިރު ވަކި މީހަކަށް ވިކޭކަށް އެމީހެއް ދިފާއުކުރުމަށް އުޅޭކަން މަށަކަށް ނުޖެހޭނޭ، ވާހަކަދައްކަމުން މިދަނީ ދިވެހިރައްޔިތުންނަށް ފައިދާވާނެ ގޮތަށޭ، ހާޝިމް ފަދައިން ވިކި ހުސްވެފައިވާ މީހަކީމެއް ނޫނޭ، ދެންލަލަލލަ
ހޮޅުއަށި ވިދާޅުވީ
ތާރީޚް:04/07/2009
ހާޝިމް އަށް ބުނެލަން އޮތީ ކޮންމެ އެއްޗަކީވެސް ހުސްވާނެ އެއްޗެކޭ ނެތިދާނެ އެއްޗެކޭ އެއީ ހާޝިމް ކަމުގައިވިޔަސް ގައުމުގެ ހަޒާނާ ކަމުގައި ވިއަސް. އެއެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ނުހިފާނަމަ ނެތިދިއުން އަވަސް ވެދާނެ އެއްޗެކޭ، ހާޝިމް އަށް ހީވާގޮތުން ދައުލަތުގެ ހަޒާނާ އަކީ ކަނޑުގެ ލޮނުގަނޑުކަމަށްތަ؟ އެހެން ނަމަ އަންނި ކިތަމެ ވަރަކަށް ބޭނުންކުރިއަސް 05 އަހަރު ދުވަސް ތެރޭގައި ހުސްކުރެވޭނެ ހެނެއް ހިޔެއް ނުވޭ. ހާޝިމަށް ޕޮށް، ހާޝިމް ހީކުރަނީ މިރަށުގައި ތިބެނީ މޮޔައިން ކަމަށްތަ؟ އެހެން ކަމަށްދޯ ދަލުބޭރުން ޖެހިގެން ތިއުޅެނީ، ހާޝިމް އެކޭ ކަނޑިއްމާ އުޅާގަނޑެކޭ ތަފާތެއް ނެތް، ހާޝިމް އުފަން ރަށަށް ހާއްޝަ ސައިޓެއް ނުހުރޭތަ؟ ބުންޏަސް އަހުރެމެން ދަލުބޭރުން ނުޖެހޭނަން ތިހާ ވިސްނޭ މީހެއްނަމަ ރަށުގައި އެފަދަ ތަނެއް ހަދައިގެން އަމިއްލައަށް އާޓިކަލު ލިޔެގެން ކޮމެންޓް ކުރަން އިނދޭ، އެހެން މީހުންނަށް އުނދަގޫ ކުރަން ނޫޅޭ، އެހެން މީހުން މަގުފުރައްދަން ނޫޅޭ. ހާޝިމަށް ޕޮންޕޮކިކި ޕޮށް.
ދޮން އަހަންމަދު ވިދާޅުވީ
ތާރީޚް:04/07/2009
ނުލާހިކު ރަނގަޅު މަޢުލޫއަކަށް ރަނގަޅު ލިޔުމެއް ނޫރު ލިޔެފަ އޮއްވަ މިތަނުގަ ކަލެމެން ކޮން ޒުވާބެއްތަ ފަށައިގެން ތިއުޅެނީ. އަހަންނަށް ހީވަނީ ފަހު ޕެރެގްރާފްގަ އެހުރި ސުވާލުތަކަށް ޖަވާބު ދެވޭތޯހެން ބަލަން ވީ.
ހުސްނާ ރާޒީ ވިދާޅުވީ
ތާރީޚް:04/07/2009
އެންމެ ފަހު ޕެރެގްރާފުގައި ކޮށްފައިވަނީ ވަރަށް މުހިއްމު ސުވާލު ތަކެއް. އަޅުގަނޑު ދެކޭ ގޮތުގައި މިހާރު އަފީފުއްދީން ސްކޫލުގައި ތިބި މުދައްރިސުންގެ ތެރެއިން މިއަންނައަހަރު ކިޔަވައިދިނުމުގެ ލައިސަންސް ލިބޭ ޓީޗަރުން ބޭތިއްބުމަކުން މައްސަލައަކަށް ނުވާނެ. ލައިސަންސް ލިބޭނީ ވަކި ފެންވަރަކަށް ކިޔަވައިގެން އަދި ތަޖްރިބާ ލިބިފައިތިބި ޓީޗަރުންނަށް. ދެން ލައިސަންސް ލިބިނުލައްވާ ޓީޗަރުން ހައްދަވަން ޖެހިވަޑައިގަންނާނެ ގޮތަކީ، އިތުރަށް ކިޔަވާ ވިދާޅުވުން ނުވަތަ އެނޫން ގޮތަކުން އެހެން ވަޒީފާއެއް ހޯދުން. މިސާލަކަށް އެއަށްވުރެ ދަށު ގްރޭޑަކަށް އެހެން ސްކޫލެއްގައި ކިޔަވަދިނުންފަދަ……
ހާޝިމް ވިދާޅުވީ
ތާރީޚް:05/07/2009
އެޑްމިންއަށް.
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.
އަޅުގަނޑުގެ ނަމުގައި އެކިއެކި ފަރާތްތަކުން ކުރަމުންދާ ކަމުގައި އެތައް ފަހަރަކު ވާނީ އެޑްމިންގެ ސަމާލު ކަމަށް ގެނެސްފައެވެ. މިސައިޓްގެ ސެކިއުރިޓީއެއްގެ ގޮތުގައި އީމެއިލް އެޑްރެސް ޖަހަން އޮންނަ އިރު ވެސް، އެސެކިއުރިޓީ އެޑްމިންއަށް ނުބެލެހެއްޓޭކަން ހިތާމައާ އެކު ފާހަގަ ކުރަމެވެ. މިސައިޓަކީ، މީގެ ކުރިން އެކިއެކި ޚިޔާލުތަކުގެ ބޭފުޅުންނަށް ވެސް ވަރަށް ރަނގަޅަށް ޚިޔާލު ބަދަލުކުރެވޭ ސައިޓަކަށް ވެފައި އޮތް އޮތުން މިހާރު އެގޮތަށް ނެތްކަން ވެސް ހިތާމައާ އެކު ފާހަގަކުރަމެވެ.
ކަންމިހެން ހުރުމާއެކު، މިސައިޓާ މެދު ދޮންބޭބެ އަދި ބިލް އޯ ރެލީ ފަދަ ބޭބޭފުޅުން ވެސް ކަންތައް ކުރެއްވި ބީދައިން، މިސައިޓްގެ ސެކިއުރިޓީ އަޅުގަނޑުމެންގެ ނަންތައް ވަގަށް ނަންގަވައިގެން ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް ހަރުދަނާ ވަންދެން އަޅުގަނޑު މިސައިޓާ ދުރުގައި ހުންނަން ގަސްދުކޮށްފީމެވެ. އަދި އެޑްމިން މިއަށް ވުރެ ޒިންމާދާރުކަމާ އެކު މިސައިޓު ހިންގަވާ ދުވަހަކުން މިސައިޓަށް އަލުން ލިޔެ، ކޮމެންޓް ކުރުމަށް އަޅުގަނޑު އަންނާނެކަމުގެ ޔަޤީންކަން އަރުވަމުން މިސައިޓާ ވަކިވެލަމެވެ. މިސައިޓުގައި އަޅުގަނޑު ލިޔުނު ލިޔުންތަކާއި ކުރި ކޮމެންޓްތައް ކިޔުއްވި އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. މިމުއްދަތުގައި، އަޅުގަނޑާ މުވާސަލާތު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން hashim.kulhudhuffushi@gmail.com މިއީމެއިލް މެދުވެރިކޮށް އެކަން ކުރެވޭނެކަމުގައި ވެސް ދަންނަވަމެވެ.
އަދި ވެސް ދަންނަވަމެވެ. އަޅުގަނޑު މިސައިޓް ދޫކޮށް މިދަނީ، ސައިޓްގެ އެޑްމިން އިން އަޅުގަނޑު ތަކުރާރުކޮށް ކުރަމުން ދިޔަ ޝަކުވާއާއި އާދޭސް އަޑު ނުއެއްސެވީތީ އެކަމާ ވެސް ހިތާމަކުރަމުންނެވެ.
މިހިސާބުން މިސައިޓަށް އިހަށް އަލްވަދާޢު ކިޔަމެވެ.
ހާޝިމް
DOg ވިދާޅުވީ
ތާރީޚް:05/07/2009
ޑޯގުގެ ނަމުގައި ކޮމެންޓް ކޯށްފައިވަނީ އަޅުގަނޑެއް ނޫން، ހީވާގޮތުން ހާޝިމް، އެހެން ވާނީވެސް ހާޝިމް އަކީ އަޅުގަޑުމެން ފަދައިން ތެދު ބުނާ ބައެއް ނޫން ހަގީގަތް ހާމަކުރުމުން ލަދުގަތީ.
DOg ވިދާޅުވީ
ތާރީޚް:05/07/2009
ބުނަންތަ މިސައިޓެއް ހެކް ކޮށްފައެއް ނެތް، އެހެން ނަމަ އެކަން މިގޮތަށް ލިޔާކޮމެންޓަކުން ނޫން އެނގޭނީ މިކަން ކުރާ ސޮރުމެން މިއުޅެނީ އަހަރެމެން ގާތުގައި. މިބުނީ މިސައިޓް ހިންގާ ސޮރުމެން.