Share

ވާހަކަ – އެސްފީނާ (2)

ވާހަކަ – އެސްފީނާ (2)
ހާޝިމް

(1 ވަނަ އަދަދާއި ގުޅޭ)

ފާޚާނާއަށް ވަނުމާއެކު ޝިޔާނާ ދިޔައީ ސިއްސައިގެންނެވެ. ފާޚާނާ ތަށިމަތީގައި އިށީނދެލައިގެން އިން ހުޝާމް ފެނިފައެވެ.

“ހުޝާމް! ކިހިނެތް މިތަނަށްވަނީ؟ ކީއްވެގެން ތިއުޅެނީ؟” ރުޅިވެރި އަޑަކުން، އެހެންނަމަވެސް މަޑުމަޑުން ޝިޔާނާ ބުންޏެވެ.

“އަހަރެންނަށް އެނގޭ ޝިޔާނާ ހޭލާނެކަން 8 ޖަހާއިރަށް” ޝިޔާނާގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ހުޝާމް ބުންޏެވެ.

“ހަމަ ތެދެއް މިބުނަނީ މިތަނުން ހަމަ މިހާރު ހުޝާމް ނުގޮސްފިއްޔާ އަހަރެން ނަވީނަށް މިގޮވަނީ” ކުރިއަށް ވުރެ ވެސް ރުޅިވެރިކަމާއެކު ހުޝާމަށް ޝިޔާނާ އިންޒާރު ދިނެވެ.

“ޝިޔާނާ ހާދަ ރީއްޗޭ ތިނައިޓީގައި” ޝިޔާނާގެ އިންޒާރަށް ހުޝާމް އަޅާވެސް ނުލައެވެ.

ހުޝާމްގެ ޖަވާބާއެކު ޝިޔާނާ އަވަސްއަވަހަށް އޭނާގެ ނައިޓީގެ މޭމަތީ ވާފަށް ބާރުކޮށްލިއެވެ. އެތުނިތުނި ނައިޓީއިން އޭނާގެ ހަށިގަނޑު އެއްގޮތަކަށް ވެސް ފަރުދާ ނުވާކަން އޭނާއަށް ވެސް އެނގެއެވެ.

“ހުޝާމް! މިބުނީނު މިތަނުން ދާށޭ!” ދަތްކުޑިވިކާލާފައި ޝިޔާނާ ބުންޏެވެ.

“ނުދާނަން! ނުވެސް ދެވޭނެ!” ހުޝާމް ރުޅިއައެވެ. އަދި ކުއްލިއަކަށް ފާޚާނާ ތަށިމަތިން ތެދުވެ، ޝިޔާނާގެ އަތުގައި ހިފާ ލުތްކެއް ޖެހިއެވެ. އަދި އޭނާ ގެނެސް، ހުޝާމްގެ ގައިގައި ތަތްކޮށްލިއެވެ. އެއާއެކު ޝިޔާނާ ހަޅޭއްލަވައިގަތެވެ.

“ޝިޔާނާ! އަޑުއަހާ! ޝިޔާނާ އަހަރެންނަށް އެއްޗެއް ފޮރުވާކަށެއް ނުޖެހޭނެ! އަހަރެން ނުދެކޭ ހަށިގަނޑެއް ނޫނޭ ތިއީ” ހުޝާމް ވަރަށް ބާރަށް ބުންޏެވެ.

ނިދާފައި އޮތް ނަވީނަށް ހޭލެވޭތޯ ޝިޔާނާ އަނެއްކާ ވެސް ހަޅޭއްލަވައިގަތެވެ. އެއާއެކު، ހުޝާމް ޝިޔާނާގެ އަނގަމަތީގައި އަތްއެޅިއެވެ. އަދި އޭނާގެ އަނެއް އަތުން ޝިޔާނާގެ އުނަގަނޑުގައި ހިފާ ގެނެސް އޭނާގެ ގައިގައި ޖައްސާ ބާރުކޮށްލިއެވެ.

މިހާރު ހުޝާމްގެ ނޭވާގެ ހޫނުކަން ވެސް ޝިޔާނާއަށް އިޙުސާސް ކުރެވެއެވެ.

“ބުނަން ޝިޔާނާ ވާހަކައެއް! އަހަރެންނަށް މިވަގުތު ޝިޔާނާއަށް ބޭނުން ކަމެއް ވެސް ކުރެވިދާނެ! އަދި ޝިޔާނާ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް، ނަވީނެއް ނުހޭލާނެ! ޝިޔާނާގެ އަޑު ވެސް މިކޮޓަރިން ބޭރަކަށް ނުދާނެ! އެކަމަކު އަހަރެން މިއައީ ޝިޔާނާއަށް ކަމެއް ކުރާކަށް ނޫން. އަހަރެން ބޭނުންވަނީ ޝިޔާނާއާ ހަމަ އެންމެ ސުވާލެއް ކޮށްލަން. އޭގެ ޖަވާބު ދިނީމާ ނިމުނީ”. ޝިޔާނާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ހުޝާމް ބޮޑު ފަތިވަރެއް ދަމާލިއެވެ.

ޝިޔާނާއަށް މަޑުމަޑުން ރޮވެން ފަށައިފިއެވެ. އަދި މަޑުމަޑުން ދެލޮލުން ކަރުނަ ވެސް އަންނަން ފެށިއެވެ. އެހިނދު، ހުޝާމްގެ އަތް ޝިޔާނާގެ އަނގަމަތިން ނެގިއެވެ. ދެން ހަޅޭއްލަވައިގެން ވާނެކަމެއް ނޯންނާނެކަން ޝިޔާނާއަށް އެނގުނެވެ.

“ހުޝާމް. އަހަރެންގެ ގައިން ދޫކޮށްލާ. އަހަރެންނަށް އެބަ ތަދުވޭ. ހެޔޮނުވާނެ!” ހުޝާމް ބުނި އެއްވެސް އެއްޗެއް ޝިޔާނާއަކަށް ނުވިސްނެއެވެ. ވަމުންދާ ކަންތައްތަކުން އޭނާއަށްވަނީ ޝޮކެއް ޖެހިފައެވެ.

ހުޝާމް ޝިޔާނާގެ ގައިން ދޫކޮށްލިއެވެ. އަދި މަޑުމަޑުން ޝިޔާނާ ފާޚާނާ ތަށިމަތީގައި ބޭންދިއެވެ. އެއަށްފަހު، އޭނާގެ ބޮޑުވައި އިނގިލިން ޝިޔާނާގެ ކަރުނަތައް ވެސް ފޮހެދިނެވެ. އަދި އޭނާގެ އިސްތަށިގަނޑު ވެސް ރީތިކޮށްދިނެވެ.

“ހުޝާމް!” ނުރުހިގެން ދަތްކުނޑިވިކާލާފައި ޝިޔާނާ މަޑުމަޑުން ބުންޏެވެ. އަދި އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ.

ހުޝާމް އޭނާގެ އަތް ދުރަށް ލިއެވެ. އަދި މަޑުމަޑުން ތިރިވެ، އުޑަފައިން އިށީނެވެ. ދެން އޭނާގެ ދެއަތުން ޝިޔާނާގެ ކަކުލުގައި ހިފަހައްޓާ ބަލާލިއެވެ. އޭނާގެ ލޯ އަމާޒުވެފައިވަނީ ޝިޔާނާގެ މޭމައްޗަށެވެ.

ޝިޔާނާ އަވަސް އަވަހަށް އޭނާގެ ނައިޓީ ރަނގަޅުކޮށްލައި، ދެ ކަކޫ ކައިރިކޮށްލިއެވެ. އަދި އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ.

“ޝިޔާނާ! އަހަރެން މިއުޅެނީ ޝިޔާނާއަށް ކަމެއް ކުރާކަށެއް ނޫން. އަހަރެން ބޭނުންވަނީ ހަމައެންމެ ސުވާލެއްގެ ޖަވާބު.” ހުޝާމް ލަސްލަހުން މަޑުމަޑުން ބުންޏެވެ.

ޝިޔާނާ ހުޝާމްގެ މަޤުޞަދާމެދު ޝައްކުގެ ނަޒަރަކުން ބަލާލިއެވެ.

“އަހަރެންނަށް އޮޅުވާލައިގެން، އަހަރެން ގާތުން ޝިޔާނާ ގަދަކަމުން ވަރިވީ ކީއްވެ؟” ހުޝާމް ސުވާލުކުރިއެވެ.

(ނުނިމޭ)

, ,

‮ ‬8‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ނަވީން‮ ‬ވިދާޅުވީ


    ތާރީޚް:16/07/2009

    “ކީއްކުރަން މަގޭ އަންހެނުން ކައިރިއަށް ކަލޭ ވަދެގެން ތިއުޅެނީ. ބަލަ ހުޝާމް ރަނގަޅު ނުވެގެން، އެނދުމައްޗަށް ބަލިކަށި ކަމުންނޭ ހުޝާމް ކައިރިން ވަރިވެގެން މަގޭ ކައިރިއަށް އައީ. ދެން ކޮންމެހެން މަގޭ އަންހެނުންނަށް ބިރު ދައްކަން އުޅޭނެ ކަމެއްނެތް.”
    ދެން މިވާހަކަގައި ވާނީ ކިހިނެތްބާ؟ ނަވީނަށް ހޭލެވޭނެބާ؟ ނޫނީ އެމަންޖެގެ ދުވަސް ދުއްވާނުލާ އެސޮރު ހުންނާނެބާ؟ ހާދަވަރަކަށް މޭ މައްޗަށް ބަލާވާހަކަ ލިޔެފަ މިއޮތީ އަނެއްކާ އެމަންޖެގެ މޭމަތީ ބޮޑު އައިބެއް ނޫނީ ލަކުނެއް އިނީތަ؟

  2. އަމްޕީ‮ ‬ވިދާޅުވީ


    ތާރީޚް:16/07/2009

    ޝިޔާނާ ހަޅޭލެވީމަ ނަވީނަށް ހޭލެވިގެން، ހުޝާމްގައިގަ ތަޅާ ވެއްޔަށް ހަދާލާ ގޮތަށް ލިޔުންނަމަ ސަޅިވީސް.. ވާހަކަ ލިޔާ ކުދިންނަށް އެހީވާން އަމްޕީ މިހުރީ ހަމަ ތައްޔާރަށް..ދެން ފަހަރަކުން މިފަދަ ކަންތައްތަކަށް ސަމާލުކަން ދެއްޗޭ!

  3. sithu‮ ‬ވިދާޅުވީ


    ތާރީޚް:16/07/2009

    ވަރަށް ރީތި ވާހަކައެއް….. މީގެ އަނެއްބައި ނުކުންނާނީ ކޮންއިރަކުން………… ތަންކޮޅެއްއަވަސް ކޮންމިވާހަކައިގެ ނުނިމި އޮތް ބައި ނެރެދިނުމަށް ހާޝިމްއަށް އެދެން….

  4. މުނިޔާ‮ ‬ވިދާޅުވީ


    ތާރީޚް:16/07/2009

    އަމްޕީ! އެހާ އަވަހަށް ތަލާ ވެއްޔަށް ހަދާލީމަ މާ އަވަހަށް ވާހަކަ ގިއްކިޔާފަ ނިމިދާނެ. ރަނނގަޅު ކުންނަކާ އެއްޗެތި އައިއްސަ ، ނޭވާ ހިފަހައްތާލަންޖެހޭ ދަނޑިވަޅުތައްވެސް ، ހާދިސާތައްވެސް ގެނެސް އިނގޭ ހާޝިމް މިވާހަކަ ނިންމާނީ. މިތަންކޮޅެއް އަވަހަށް ނިންމާލަ މާދިއުޅި ދިގުނުކޮށް. މާކުރީވިއްޔަ ގެނެސްދޭއިރު ގެނެސްދޭ އެތިކޮޅުވެސް. ވާހަކަ ރީތިވާނެކަމަށް ފެންނަނީ. ބައި.. ޓޭކް ކެއަރ އިނގޭ ހުރިހާ ކުދިންނަށްވެސް.

  5. ސިކަންދަރުން މުދާބާލާ ކުދިން‮ ‬ވިދާޅުވީ


    ތާރީޚް:16/07/2009

    ހާދަ ދުވަހެއް ކޮށްލާފައޭ މިބަލާ ލެވުނީ މިގޮލާ. މިއޮތީ ހާޝިމްގެ އެސްފީނާދޯ މިއަދު ޖެހިފަ. ވަރަށް ފަހި އިންގޭ. ކުރީ ބައިވެސް ކިޔާލައިފިން ހޯދާލައިގެން. ދެން ތަންކޮޅެއް އަދި ދިގުކޮށްލާތި ދެން ފަހަރަކުން. މިހާރު އެންމެ ލިޓްލް ވަން މަސާޖެއް ވަރުގެ އެތިކޮޅެއް ތިލިޔަނީ. ދެން ވާނީ ކިހިނެތްބާ؟

    ހީވާގޮތް: ނަވީނެއް ނުހޭލާނެ. ހުޝާމު ދެން އެތާ ހުރެލާފަ ދާނީ ގެޔަށް. އިރުކޮޅަކުން ޝިޔާނާގެ ހިތަށް އަރަން ފަށާނެ ކުރިން ވީގޮތް. ދެން ނޭނގެ ދޯ. އަޅެ ތިބެމާ ބަލަން. ހާޝިމް އެކޮން ލަސްނުކޮށް އަނެއްބައި ގެންނާތި.

  6. DOg‮ ‬ވިދާޅުވީ


    ތާރީޚް:17/07/2009

    ބަލަގަ ކަލޯ ހާޝިމް ތި އައީ ކީއްކުރަންތަ؟ މިސައިޓް ހެކުކޮށްފައޭ ބުނެ، ދެން ނާންނާނެކަމަށް ބުނީމޭނުން، ތިއީ ހުސް އަނގަދޯ، މަ އޭރުވެސް ބުނީމޭނުން ކަލޯ އަކަށް ނުހުރެވޭނޭ. އޯކޭ ހާޝިމް މިވާހަކަ ވަރަށް ފުދޭ

  7. ކެޔޮވަލޭ‮ ‬ވިދާޅުވީ


    ތާރީޚް:18/07/2009

    މި ވާހަކަ ދިވެހިންނާއި އެކަށީގެންވާ ވަރަށް ވުރެ އެކްސްޕްލިސިޓްކަން ފާހަގަކޮށްލަން.

  8. މަރިޔަމް‮ ‬ވިދާޅުވީ


    ތާރީޚް:18/07/2009

    ކޮޓަރިއަކާ ގުޅިފައި ހުރި ފާހާނައަކަށް ބޮޑު ފިރިހެނަކު މިހާ ހެނދުނާ އެއްވެސް މިހަކަށް ނޭނގޭ ގޮތަށް ވަންނާނެ ގޮތެއް ނުވިސްނޭ. ދެން އަނެއްކާ އަންހެން ކުއްޖަކު ފާހާނައަށް ވަންނަންވެގެން ދޮރުހުޅުވާލާއިރު، ބޮޑު ފިރިހެނެއް ތަށި މަތީގައި އިންދާ ފެނިއްޖެއްޔާ ” އަމައްޔާއި ” އޭ ކިޔާފަ ހަޅެއްކަންނޭނގެ ލަވައިގަންނާނީ. މަރީ ނަމަ ހަމަ ގައިމުވެސް ކުރެތްޕެއް ފެނުނަސް ބާރަށް ހަޅެއްލަވައިގަނެވޭނީ. ހާޝިމު ތަންކޮޅެއް ހަމަޖެހޭ ގޮތަކަށް ވާހަކަ ކުރިޔަށް ގެންދޭ އިނގޭ!