Share

މައުމޫން މިހައްދަވާ ގޮތުން އަޅުގަނޑުވަނީ ހަމަ އާޝޯޚެވެ.

މައުމޫން މިހައްދަވާ ގޮތުން އަޅުގަނޑުވަނީ ހަމަ އާޝޯޚެވެ.
އަލީ ހާޝިމް

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް ދައުލަތުގެ 1.3 މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ދައުލަތުގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް އެކޮމިޝަނުން މިއަހަރުގެ ކުރީކޮޅު ބައްލަވަން ފެއްޓެވިއެވެ. އެމައްސަލައާ ބެހޭ ގޮތުން މައުމޫން ވަނީ މިއަހަރުގެ އޭޕްރީލް މަހު 7 ވަނަ ދުވަހު ނޫސްވެރިންނަށް ބަސްދީ ގަތުމެއް ދެއްވާފައެވެ. އެބަސްދީ ގަތުމުގައި ދައުލަތުގެ އެންމެ ލޯލާރިއެއްގެ މިންވަރުގެ ޚިޔާނާތެއް ވެސް ވެވަޑައިގެންފައެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ. އަދި އެކަން މިހާރުގެ ސަރުކާރުން ބައްލަވަން ބޭނުންފުޅުވާ ވަރަކަށް ބެއްލެވުމުގެ ފުރުސަތު ވެސް އެބައޮތްކަމަށް ވިދާޅުވިއެވެ.

މިބަސްދީގަތުމުގައި މައްސަލައާ ބެހޭގޮތުން އިތުރަށް އެމަނިކުފާނު ވިދާޅުވީ

“އަޅުގަނޑު ދަންނަވާނީ މަޖިލީހުން އެކަންޏެއް ނޫނޭއެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބައްލަވާށޭ. ހިއުމަން ރައިޓްސް ކޮމިޝަނުން ބައްލަވާށޭ، ސިވިލް ސަރވިސް ކޮމިޝަނުން ވެސް ބައްލަވާށޭ. އަދި އދ ގެ މަޖިލީހަށް ވެސް ހުށަހަޅުއްވާށޭ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ވެސް ހުށަހަޅުއްވާށޭ. އަދި އޮންނާނެ ދެވަނަ ބޮޑު ހަނގުރާމައިގައި އުފައްދާފައިވާ ތަނެއް، އިންޓަނޭޝަނަލް ވޯ ކްރައިމްސް ޓްރައިބިއުނަލް. އެތަނުން ވެސް ބައްލަވާށޭ. ޤާނޫނާ ޚިލާފްކަމެއް، ޤަވައިދާ ޚިލާފްކަމެއް ނޯންނާނޭ. ފެނިވަޑައެއް ނުގަންނަވާނޭ މައްސަލައެއް”

މިހެންނެވެ.

މިއީ ޝައްކެއްނެތް ގޮތުގައި އެމަނިކުފާނު ވަރަށް ކެރިހުންނަވައި ކޮންފިޑެންސާއެކު ވިދާޅުވި ވިދާޅުވުމެކެވެ. ސަބަބަކީ، އެމަނިކުފާނުގެ މައްސަލައެއް އދ އާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއާއި އިންޓަނޭޝަނަލް ވޯ ކްރައިމްސް ޓްރައިބިއުނަލް ފަދަ ތަންތަނަށް ހުށަހެޅިއަސް ނުފެންނާނެ ކަމަށް ވިދާޅުވާނީ، އެމަނިކުފާނު އެފަދަ ކޮރަޕްޝަންގެ ކަމެއް ގައިމު ނުކުރައްވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީތާއެވެ.

މިކަމަށްފަހު، އެމަނިކުފާނުގެ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތައް، ދައުލަތުގެ އޮޑިޓަރ ޖެނެރަލް އޮޑިޓް ކުރެއްވެވި މުއައްސަސާތަކުން ފެނިވަޑައިގެން، އެކަން ހާމަކުރައްވައި ނެރުއްވި ރިޕޯޓްތަކުގައި ހިމެނުއްވުމުން އެކަންކަން ތަޙުޤީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކޮމިޝަނެއް އުފައްދަވައި، އެތަނަށް މައުމޫން ވަޑައިގަތުމަށް އެންގެވުމުން މައުމޫން އެކަމާ ވަގުތުން ދެކޮޅު ހައްދަވަން ފެއްޓެވިއެވެ. އެކަމާ ބެހޭ ގޮތުން މައުމޫން ވިދާޅުވަމުން ގެންދަވަނީ އެކޮމިޝަނަކީ ޣައިރު ޤާނޫނީ ކޮމިޝަނެއް ކަމަށެވެ. އަދި އެކޮމިޝަނަށް މީހުން ޙާޟިރުވުމަށް އަމުރު ކުރެއްވުމުގެ ބާރެއް ނޯންނާނެކަމަށެވެ. އެއްކަލަ އދ އާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް މައްސަލަ ހުށަހެޅިޔަސް ކޮރަޕްޝަންގެ ކަމެއް ނުފެންނާނޭ ވިދާޅުވި މައުމޫނަށް ރިޔާސީ ކޮމިޝަނަށް ވަޑައިގަންނަވަން ކެރިވަޑައެއް ނުގަތެވެ. އަޅެ މޮޅެއް ނޫންތޯއެވެ؟ އެ ކޮމިޝަނުން މިއުޅުއްވަނީ މައުމޫން އުލުބައިންދަވާކަށް ނޫނިއްޔާއެވެ. އެއްކަލަ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލުތަކެއް ކުރައްވަން ވިއްޔާއެވެ. ޚިޔާނާތުގެ މައްސަލައެއް ނޯންނާނެކަމަށް ވިދާޅުވާއިރު، ކޮމިޝަނަށް ވަޑައިގަންނަވަން ފަސްޖެހިވަޑައިގަންނަވަން ޖެހޭތޯއެވެ؟ ވަޑައިގެން އެބޭފުޅުން ބޭނުންފުޅުވާ މައުލޫމާތު ދެއްވީމާ އެ ނިމުނީ ނޫންތޯއެވެ؟

އާދެ، ދެން ރިޔާސީ ކޮމިޝަނަށް މައުމޫން ޙާޟިރު ވެވަޑައިނުގަތުމުން އެހާ ހިސާބުން ކޮމިޝަނުން އެމައްސަލަ ފުލުސް އޮފީހަށް ހުށަހެޅުއްވިއެވެ. އެއާއެކު ފުލުހުންނަށް ފެނިވަޑައިގަތީ، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެމަނިކުފާނު އުފައްދަވާފައިވާ މިކޮމިޝަނުން ކުރައްވާ އަމުރުފުޅަކީ ޤާނޫނީ އަމުރުފުޅެއް ކަމަށެވެ. އަދި އެއަމުރާ މައުމޫން ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބެއްލެވުމަށް މައުމޫން ފުލުސް އޮފީހަށް ޙާޟިރު ކުރައްވަން ފުލުހުން ވެސް އަމުރެއް ނެރުއްވައި، މައުމޫން ދިރިއުޅުއްވާ މ. އަލިވާގެ އަށް ފުލުހުންގެ ޗިޓް ފޮނުއްވުމުން މައުމޫނަށް އެއާ ހަވާލުވެވަޑައިގަންނަވާކަށް ވެސް ކެރިވަޑައިގެންނެވި ކަމަކަށް ނުވިއެވެ. ފުލުހުން ގާތު ވެސް މައުމޫން ވިދާޅުވީ، އެއީ ޤާނޫނާ ޚިލާފު ކޮމިޝަނެއް ކަމަށާއި، އެކޮމިޝަނުން ކުރައްވަނީ ޤާނޫނާ ޚިލާފު އަމުރެއް ކަމަށާއި، އެފަދަ އަމުރެއް އެއްވެސް ފަރާތަކުން ކުރެއްވިއަސް، އެއަށް ރައްޔިތުން ތަބާވާން ނުޖެހޭނެ ކަމަށެވެ.

މިކަން މިހެން ވެފައި އޮއްވާ، ފުލުހުން ވަނީ ދެވަނަ ފަހަރަށް ވެސް މައުމޫނަށް ޗިޓު ފޮނުއްވާފައެވެ. މިފަހަރު، މައުމޫންގެ ވިސްނުންފުޅު ބަދަލުވެއްޖެއެވެ. އެއްކަލަ ޗިޓުގައި ހިއްޕަވައިފިއެވެ. މިވީގޮތެއް ނޭނގިގެން އާންމު ރައްޔިތުން އުޅެނިކޮށް އިވިގެން ދިޔައީ، މައުމޫންގެ ބަދަލުގައި މައުމޫންގެ ވަކީލު ފޮނުވާ ގޮތަށް ޗިޓާ ޙަވާލުވެވަޑައިގެންނެވީ ކަމަށެވެ. މިއީ އެއްކަލަ ޣައިރު ޤާނޫނީ އޭ ވިދާޅުވި ކޮމިޝަނަށް މައުމޫން ވަޑައިނުގަތް ސަބަބު ހޯއްދަވަން ޣައިރު ޤާނޫނީ އަމުރެއް ކުރެއްވި ފުލުސް އޮފީހުގެ އަމުރަށް ކިޔަމަންވާން ޖެހިވަޑައެއް ނުގަންނަވާނޭ ވިދާޅުވި ބޭފުޅާއެވެ. އަނެއްކާ ވެސް ދަންނަވަން ޖެހެނީ އަޅެ މައުމޫން މޮޅެއްނޫންތޯއެވެ؟

މިހާހިސާބުން ވެސް މިކަން ނިމުނީކީއެއް ނޫނެވެ. ފުލުހުންގެ ޗިޓުގައިވާ ގަޑިއަށް މައުމޫންގެ ވަކީލުން ފުލުސް އޮފީހަށް ވަޑައިގަތުމުން، ފުލުސް އޮފީހުން ޙާޟިރު ކުރައްވަން ބޭނުންފުޅުވަނީ ސީދާ މައުމޫނޭ ވިދާޅުވީމާ، އެކަމާ ވެސް މައުމޫން ދެކޮޅު ހައްދަވަން ފެއްޓެވީއެވެ. އަދި ނުވިތާކަށް މައުމޫން ހައްޔަރުކުރަނީއޭ ކިޔާ އީގަލްސް ޝަރީފް ލައްވާ މުޅި މާލޭގައި ލޮރީއެއްގައި އެފަކީރު ވެސް ދުއްވައިފިއެވެ. ދެން މީހުންތައް އަލިވާގޭ ދޮށަށް ޖަމާކޮށް، ގަލޮޅު ދެކުނު މެމްބަރު އަޙުމަދު މަޙްލޫފާއި، ވިލިމާފަންނު މެމްބަރު އަޙުމަދު ނިހާނާ އަދި ވެސް ދެތިން ސޮރަކު، ޓާޒަން ކާޓޫނުގައި އުޅޭ ޓާޒަންހެން ހައްދުވައި އެގޭ ފާރު މައްޗަށް އަރުއްވައިގެން، މައުމޫންގެ ސަޕޯޓަރުން ފުލުހުންނާ ކުރިމަތިލުމަށް އިއުލާން ކުރެއްވުމަށް އެ ދެމެމްބަރުންނަށް އަންގަވައިގެން، އެކަން ވެސް ކުރެއްވީއެވެ. އެންމެ ފަހުން ފުލުހުން ކަރުނަ ގޭހުގެ ބޭނުން ކުރެއްވީމާ އަދި މައުމޫން ސަޕޯޓަރުން އެތަނުން ހުސްވީމާ، މައުމޫން ފުލުސް އޮފީހަށް ވެސް ވަޑައިގަތީއެވެ.

މައުމޫން މިކުޅުއްވާ ދެއުޅިއެއްނުވާ، ތާކުންތާކު ނުޖެހޭ ކުޅިގަނޑު ބަލަން އަލިވާގޭ ދޮށުގައި އަޅުގަނޑު ވެސް ހުރީމެވެ. މިކަމާ ހަމަ މުޅިން އާޝޯޚްވެފައެވެ. އެހެންވާނެއެއް ނޫންތޯއެވެ؟ އެމަނިކުފާނު އެއްފަހަރު ވިދާޅުވާ ވާހަކަފުޅާ އަނެއް ފަހަރު ވިދާޅުވާ ވާހަކަފުޅާ ދިމައެއް ނުވެއެވެ. ވިދާޅުވާ އެއްޗަކާ ކުރައްވާ ކަމަކާ ވެސް ދިމައެއް ނުވެއެވެ. ނުވިތާކަށް އެއްފަހަރު ހައްދަވާ ގޮތާ އަނެއް ފަހަރު ހައްދަވާ ގޮތް ވެސް ދިމައެއް ނުވެއެވެ. ދެން މިއާޝޯޚްކަން މަތީ ހުރެ އަލިވާގޭ ދޮށުގައި ހިނގަމުންދިޔަ ޑްރާމާ ވީޑިޔޯކޮށްލައިގެން ގެއަށް އައިސް ފޯނުން ބަލާލިއިރު އަސްތާ ކަމަކު ދާކަށް ނެތެވެ. އެވީޑިޔޯގައި އަޑެއް ނެތެވެ. އެކަމާ ވެސް ވީ އާޝޯޚެވެ. ދެން އެކި ގޮތްގޮތަށް ފޯނު ހަލުވާ، ތަޅުވާ ހެދުމުން އެނގުނީ، ވީޑިޔޯ ކުރެވުނީ އޮޅިގެން މައިކް އޯފް ކޮށްގެން ކަމެވެ. އެކަމަކު އެއީ ވެސް ނަސީބެއް ކަމަށް ހީކޮށްލީމެވެ. ސަބަބަކީ، މައުމޫންގެ ސަޕޯޓަރުން އެތަނުގައި އެހެރަ ގޮވާލިހާ އަވަގުރާނައާއި ނުބައި އެއްޗެހިތައް އަޅުގަނޑުގެ ފޯނަށް ނޭޅުނީތީއެވެ. އަޅުގަނޑުގެ ފޯނަކީ ވެސް އަބުރުވެރި ފޯނަކަށްވީތީއެވެ.

ވީޑިއޯ ކްލިޕް ޑައުންލޯޑް ކުރައްވާ! (1.4 އެމްބީ)

ނޯޓް

  1. އަޅުގަނޑު ނެގި ވީޑިޔޯ ކްލިޕެއް މިލިޔުމާއެކު ހިމަނާލީމެވެ. އެހެންނަމަވެސް، އޭގައި އަޑު ނެތުމުގެ ސަބަބުން ތިޔަ ބޭފުޅުންގެ އަރިހުން މާފަށް އެދުމަށް ހިތަށް އަރާފައިވެސް، އަވަގުރާނަތަކެއް ގޮވާ އަޑުހުރުމަށް ވުރެ ނެތުން މާރަނގަޅުވާނެކަމަށް ވިސްނުނީއެވެ.ވީޑިޔޯގައި އަލިވާގޭ އަސްކަނި މަތީގައި ހުދުކުލައިގެ ޓީޝާޓެއްލައިގެން ހުއްޓާ އެފެންނަ ސޮރު، ގޮވާލަމުން ގެންދިޔައީ، މަގުގެ އަނެއް ފަރާތުގައި ތިބި ފުލުހުންނާ ކުރިމަތިލުމަށެވެ. އަދި، މައުމޫންގެ ސަޕޯޓަރުން ކައިރިއަށް ޖެހި، ކުރިއަށް ގޮސް ފުލުހުންނަށް ހަމަލާ ދިނުމަށެވެ. ވީޑިޔޯގައި ނުފެނުނަސް، އެފާރުގެ އަނެއް ފަރާތުގައި ތިއްބެވީ، ގަލޮޅު ދެކުނު މެމްބަރު އަޙުމަދު މަޙުލޫފާއި، ވިލިމާފަންނު މެމްބަރު އަޙުމަދު ނިހާނެވެ. ދެން ވެސް ދެތިން ސޮރެކެވެ.
  2. ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ބަޔާންކުރާ 115 މާއްދާގެ (ގ) : “އެކިއެކި ތަޙުޤީޤުތައް ކުރުމަށް ނުވަތަ ޤައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް އުފައްދާންޖެހޭ ވަގުތީ ކޮމިޝަންތައް އުފެއްދުން.”
  3. މައުމޫން ވިދާޅުވަނީ ރިޔާސީ ކޮމިޝަނަށް މީހުން ޙާޟިރު ކުރުމުގެ ބާރެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް ޤާނޫނުއަސާސީގައި އެއޮތް ލަފުޒު، “ތަޙުޤީޤު”، ކުރެވޭނެ އޮންނަނީ ދެ ގޮތެއް ކަމަށް ތަޖުރިބާކާރު ޤާނޫނީ ވަކީލު އަދި ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޒު ހުސްނުއް ސުޢޫދު އިއްޔެގެ ނޫސް ކޮންފަރެންސްގައި ވިދާޅުވިއެވެ. އެއީ (ހ) ކަމާ ގުޅޭ ގޮތުން އެކަމުގައި ޝާމިލްވާ ފަރާތްތަކާ ސުވާލުކުރުން. (ށ) އެކަމާ ގުޅޭ ލިޔެކިޔުންތައް ހޯދުން. އެހެންވީމާ، އެކޮމިޝަނަށް މީހުން ޙާޟިރު ނުކުރެވެންޏާ ތަޙުޤީޤެއް ހިންގާނެ ގޮތެއް ނޯންނާނެއެވެ. އަދި ޤާނޫނުއަސާސީގައި ތަޙުޤީޤު ކުރުމޭ އޮންނަހާ ހިނދަކު، އެފަދަ ކޮމިޝަނަށް މީހުން ވެސް ޙާޟިރު ކުރެވޭނެއެވެ. ވީމާ، މައުމޫން އެވިދާޅުވާ އެއްޗެއް އަޅުގަނޑަށް ސިފަކުރެވެނީ ހަމަ ސީދާ “ކޮސްގޮވުން” ގޮތުގައެވެ.

‮ ‬24‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތަކ‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    ކަލޯ ހާޝިމޫ.. އެއޮތީ ކޯޓު އަމުރު ނެރެފަ މައުމޫނު ނުގެންދެވޭވެ ކަމަށް.. ދެން ލަލަލާ.. ކޮސްގޮވާމީހުނާ މޮޔަ ކަންތައްކުރާ ސަރުކާރުންއަދި ކިރިޔާ މިފެންނަން ފެށީ އަދި ކިރިޔާ..

  2. ދެއުޅި‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    އަހާ ބޭފުޅާ! ފުންމައިގެން ތި ތެދުވީ މައުމޫނުގެ ކަމެއް ފެނުނީމަ ހަމަ ލަގޮނޑި އަށް ކެތް ނުވީދޯ؟ އެންޓި މައުމޫން ކެމްޕޭން ޖައްސަން އަމިއްލަ ނަމުގަ ވެބުސައިޓު ގަނޑެއް ހަދަން ވީނު. މިނޫން ސައިޓެއް ހަމަ ނެތީތަ ތި ގޮވާ ކޮސް ގޮވާކަށް؟ އެހެން ނޫނަސް މައުމޫން ވިދާޅުވި ތަންތާގެ ތެރެއަކު ތިބުނާ ސިއާސީ ( ސޮރީ..ރިއާސީ)ކޮމިޝަނެއް ނަސީބަކުން ނުވެސް ނެތް!!

  3. މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    ހާޝިމް ތިޔަ ކުރެއްވި ބޭކާރު މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..ދެންމެ މައުމޫނު ރިޔާސީ ކޮމިޝަނަށް ހާޒިރު ނުކުރެވޭނެ ކަމުގެ ކޯޓު އަމުރު ނެރެފި!

  4. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    މި އާޓިކަލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ޑީއާރުޕީގެ އެކްޓިވިސްޓުންނެއް ކަމަކު ހަމަ ހަޔާތް ކުޑަކަން މި އެނގެނީ. ނަމަވެސް އަޅުގަނޑު ހިތުން ޣައިރު ގާނޫނީ ގޮތަކަށް ކަމިޝަނަށް ހާޒިރު ކުރަން އުޅުނަކަސް ދާކަށް ނުޖެހޭނެ. އެއީ ކުށެއް ނެތަސް ހުއްޓަސް ވާނެ ގޮތެއް.
    މިސާލަކަށް ތާކުން ތާކު ނުޖެހޭ މީހަކު އައިސް ހާޝިމް ގެއިން ނުކުމެބަލާށޭ އެބަ ޖެހެއޭ ވައްކަމާ ގުޅޭ ގޮތުން ސުވާލު ތަކެއް ކުރަން. އަޅުގަނޑު ހިތުން ހާޝިމް ބުނާނީ “ކަލެއަށް ކީއްހޭ މަ ވައްކަން ކުރިއަސް ނުކުރިއަސް”.
    ދެން މައުމޫނުގެވެސް ހުންނާނެ، ޕްރައިޑެއް..އެއީ އެވާ ގޮތަކީ..މިއީ ދެން އަޅުގަނޑުގެ ހިޔާލު.

    ދެންމެ ކޯޓު އަމުރެއްވެސް ނެރެފި.. އެސަރުކާރެއްގެ ވެރިކަމުގައި އެސަރުކާރާއި ދެކޮޅު މީހަކާ އެއްކޮޅަށް ކޯޓު އަމުރެއް ނެރުން ފުރަތަމަ ފަހަރު މިއީ ދިވެހި ތާރީޚުގައި…

  5. އަހްމަދު މުހައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    ހަގީގަތަކީ، ރިޔާސީ ކޮމިޝަނެއް ރައީސުލް ޖުމުހޫރިއްޔާ އަށް އުފެއްދެވިދާނެކަން. އެހެންނަމަވެސް ސުވާލަކީ ގާނޫނު އަސާސީން ރައީސުލް ޖުމުހޫރިއްޔާ އަށް ލިބިނުދޭ ބާރެއް އެހެން ފަރާތަކަށް ރައީސުލް ޖުމުހޫރިއްޔާއަށް ދެވިދާނެކަމާމެދު އުފެދޭ ސުވާލެއް. މިއީ، ހަގޯގަތުގައިވެސް މިކަމުގައި ދިމާވެގެން އުޅޭ މައްސަލައަކީ. ހުދު ބަންޑާރަނައިބު ވެސް ގަބޫލުފުޅު ކުރައްވާ ކޮމިޝަން ތައް އެންމެ އެކަށޭނެ ގޮތަށް ހިންގޭނީ އެފަދަ ކޮމިޝަން ތަކާބެހޭ ގާނޫނެއް އޮވެގެން ކަން.
    ދެން މައުމޫނު ހުށައެޅި މައްސަލާގައި މަދަނީ ކޯޓުން ނެރުނީ ވަގުތީ އަމުރެއް. އެއީ، އެމައްސަލަ ބަލާ ވަކިގޮތަކަށް ފައިސަލާ ކުރެވެންދެން، މައުމޫނު ކޮމިޝަނަށް އަދި އެކަމާގުޅިގެން ޕޮލިހަށް ވެސް ހާޒިރުކުރަން އަމުރު ނުނެރެވޭނެ ކަމަށް. އޭގެ މާނައެއް ނޫން އަދި އެމައްސަލަ ނިމޭނީ އެއްގޮތަކަށްވެސް މައުމޫނު ހާޒިރު ވާން ނުޖެހޭގޮތަށް ކަމެއް.
    ދެން، ރޭގަ އަދި އެހެން ކަމެއްވެސް އެނގި ހާމަވެއްޖެ. އެއީ، ކޮންމެ ވެރިކަމެއްގައިވެސް ފުލުހުން އަންގާ އެންގުންތަކަށް ބޯނުލަނބައި، ހަމަނުޖެހުމަކަށް ދާނެކަމަށް އެމީހުންނަށް ގަބޫލު ކުރެވެންޏާ ބާރުގެ ބޭނުންވެސް ކުރާނެކަން އަދި ކަރުނަ ގޭސްވެސް ޖަހާނެކަން. ކުރިން އެމްޑީޕީ މީހުން ބުނަމުން އައީ އެއީ މައުމޫނު ރައްޔިތުންނަށް ބިރު ދައްކަން ގެންގުޅޭ އެއްޗެކޭ ކަރުނަ ގޭހަކީ، އެކަމަކު ރޭގަ އެގިއްޖެ އެމްޑީޕީ އެއް ނޫން ކޮންމެ ޑީޕީ އެއް ގާނޫނު ތަންފީޠު ކުރުމުގައި މުގުރުގެ ބޭނުން ހިފަން ޖެހިއްޖެއްޔާ އެބާރުގެ ބޭނުން ހިފާނެކަން. އެއީކީ ކޮންމެ މައުމޫނު އަންގައިގެން ފުލުހުން ބޭނުން ކުރި ބާރެއް ނޫންކަން އޭރުވެސް.

  6. ކޮމެންޓުކިއާމީހަ‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    މައުމޫނެއް ކާސިމެއް ހާޝިމެއް ކިއާނެކަމެއްނެތް ސަރުކާރުންނެރޭ ކޮންމެއަމުރަކަށް ކިއަމަންވާންޖެހޭނެ. ދެން ތިޔަބުނާ ކޯޓުއަމުރަކީ މައުމޫނު އެދުމުގެ މަތިން ދިން ވަގުތީ އަމުރެއް.ވީމާ އޭގެ މާނައަކީ ދެން ރިޔާސީ ކޮމިޝަނަށް ހާޒިރުނުކުރެވުމެއްނޫން.ރިޔާސީކޮމިޝަނަށް މައުމޫނުވެސް ޖެހޭނީ ހާޒިރުވާން.ވަރަށް އަވަހަށް ހީވާގޮތުން ކޯޓު އަމުރު އުވާލުމަށް ސްޕުރިމް ކޯޓަށް ވަންނާނެ.ހިޔާނާތް ތެރިން ނަށް ޖާގައެއްލިބިގެން ނުވާނެ

  7. އިދުރީސް‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    ވަރަށް ރަނގަޅު ލިޔުމެއް. ލޯލާރިއެއްގައިވެސް ނުޖެހޭނަމަ އެކަން ސާބިތުކޮށްދެއްވާ މާތްމަނިކުފާނު. ރާއްޖޭގެ ގިނަ ބަޔަކަށްޖެހިފައިމިވާ މައުމޫން ވަބާއިން ސަލާމަތްކޮށްދެއްވާދޭ! ހިތާމަޔަކީ މައުމޫނަކީ ކަލެއްކަމަށް ދެކޭބަޔަކުވެސް މިރާއްޖޭގައި އުޅޭކަން.

  8. އައިމިނަ‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    ބިލޯ ރޭލީ‮ ‬އަށް!ކަލޭ ތިޔަބުނަނީ ޣައިރުގާނޫނީ ކޮމިޝަނެކޭ ދޯ.އާ!އޯކޭ. ދެންބަލަންތިބެމާ ވާގޮތެއް.މަށަކަށް ގާނޫނުއަސާސީއަކުން ކޮމިޝަން ޣައިރުގާނޫނީ ތަނަކަށް ވާގޮތެއް.ދެންއނގިދާނެތާ، ވާގޮތެއް.

  9. ވަކީލު‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    މައުމޫން ވިދާޅުވަނީ ރިޔާސީ ކޮމިޝަނަށް މީހުން ޙާޟިރު ކުރުމުގެ ބާރެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް ޤާނޫނުއަސާސީގައި އެއޮތް ލަފުޒު، “ތަޙުޤީޤު”، ކުރެވޭނެ އޮންނަނީ ދެ ގޮތެއް ކަމަށް ތަޖުރިބާކާރު ޤާނޫނީ ވަކީލު އަދި ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޒު ހުސްނުއް ސުޢޫދު އިއްޔެގެ ނޫސް ކޮންފަރެންސްގައި ވިދާޅުވިއެވެ. އެއީ (ހ) ކަމާ ގުޅޭ ގޮތުން އެކަމުގައި ޝާމިލްވާ ފަރާތްތަކާ ސުވާލުކުރުން. (ށ) އެކަމާ ގުޅޭ ލިޔެކިޔުންތައް ހޯދުން. އެހެންވީމާ، އެކޮމިޝަނަށް މީހުން ޙާޟިރު ނުކުރެވެންޏާ ތަޙުޤީޤެއް ހިންގާނެ ގޮތެއް ނޯންނާނެއެވެ. އަދި ޤާނޫނުއަސާސީގައި ތަޙުޤީޤު ކުރުމޭ އޮންނަހާ ހިނދަކު، އެފަދަ ކޮމިޝަނަށް މީހުން ވެސް ޙާޟިރު ކުރެވޭނެއެވެ. ވީމާ، މައުމޫން އެވިދާޅުވާ އެއްޗެއް އަޅުގަނޑަށް ސިފަކުރެވެނީ ހަމަ ސީދާ “ކޮސްގޮވުން” ގޮތުގައެވެ.

  10. އަލި ދީދީ‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    ހާޝިމުގެ ލިޔުމުގެ މަފްހޫމް ރަނގަޅު. އެކަމަކު އަހްމަދު މުހައްމަދު ވިދާޅުވިހެން މިކަމުގައި ހަމަ ހަގީގަތުގައިވެސް ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި. ދެން އަނެއްކާ، ރިޔާސީ ކޮމިޝަން އެކުލަވާލެވިފައިވާ ގޮތް ރަނގަޅެއްނޫން. އެކޮމިޝަނުގައި ހިމެނެން ޖެހޭނީ، ސިޔާސީ ޕާޓީ ތަކުގައި ނުހިމެނޭ، ސިޔާސީ މައިދާނުގައި ހަރަކާތް ތެރި ނުވާ، ރައްޔިތުންގެ ކުރިމަތީގައި އެބައެއްގެ މައްޗަށް ގަދަރެއްވެސް އޮތް ބައެއް.
    ދެން މިފަދަ މައްސަލަތައް ބެލުމަށް ގާނޫނު އަސާސީން ބާރުދީފައިވަނީ އެންތިކޮރަޕްޝަން ކޮމިޝަން. ފަނޑިޔާރުން ސުލޫކީ މައްސަލަތަކާއި އެމީހުން އައްޔަން ކުރުމާއި ޕުރޮމޯޝަން ދިނުމަށްޓަކައި ޖުޑީޝަލް ސާރވިސް ކޮމިޝަން. މިފަދައިން ގާނޫނު އަސާސީން ވަކި ކަމެއް ކުރުމަށް އުފައްދާފަ ހުރި ކޮމިޝަން ތައް ހުއްޓާ، އެގްޒެކެޓިވް ޕަވާރ އިން ހުރިހާ ކަމެއްގެ ތެރެއަށް އަތްބާނާ ހަދާކަމުގަ ވަންޏާ ގާނޫނީ އެތަކެއް މައްސަލައެއް ނުކުންނާނެ. މިސާލަކަށް ރައީސް އުފައްދަފާނެ ފަނިޑާޔާރުންގެ ސުލޫކީ މައްސަލަބަލަން ރިޔާސީ ކޮމިޝަނެއް. އެއީ “ކޮމިޝަން” ހެދުމުގެ ބާރު ރައީސަށް ގާނޫނު އަސާސީ ލިބިދޭ ކަމަށް ބުނެ. ދެން އުފެދޭ ސުވާލަކީ، ހަމަ އެގާނޫނު އަސާސީން ވަކި ކަމެއް ކުރާން އުފައްދާފަ އޮތް ކޮމިޝަނުގެ ބޭނުމަކީ ކޮބައިބާވައެވެ.

  11. އަހަރެން‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    ކޮން މައުމޫނެއް އެހެންމޫނެއް ހިޔާނާތުގެ މައްސަލަތައް ބެލެންޖެހޭނެ ހާދަ އުނދަގުލުންނޭދޯ ކާރަށް އެރުނީ ގައިބާރު ދެރަވީ ދޯ ހާދަ ބަޔަކު އަތުލަފި ކޮއްގެނޭ ނެރެންޖެހުނީ. 

  12. ފްލެޓްދޮންބެފޯސްގެ މުގުރުވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    މައުމޫނެއް އަންނިއެއް ކިޔާނެކަމެއްނެތް. އަހަރެމެން އަމަލުކުރާނީ އެއިރަކު ރާއްޖޭގެ ވެރިއަކަށްހުންނަ މީހަކު އަމުރުކުރާގޮތައް. ކަރުނަގޭހާއި އަސޭމިރުސްވެސް ޖަހަން އަމުރުކޮށްފިނަމަ ޖަހާނަން. ޤާނޫނާއި ޤަވައިދުތަކުގެ މާނައޮންނާނީ އޮންނާނީ ވެރިކަންކުރާ ބައެއްގެ ފުންނާބުގެ ދަށުގައި. އަބަދުވެސް އަހަރެމެންނަށް އަނިޔާލިބޭނީ އިދިކޮޅު މީހުންގެ ފަރާތުން. އެއީ ދުނިޔޭގެ ޤާނޫނުގައިވާގޮތް.

  13. tear gas‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    އަލި ދީދީ‮ އަށް! އަޅުގަނޑަށް ރިޔާސީ ކޮމިޝަނުގައި ތިބެން އެންމެ އެކަށީގެންވާ ބޭފުޅުން. 1-މައުމޫން އަބުދުލްގައްޔޫމް. 2-އަބުދުﷲޔާމީން 3-އުމަރުނަސީރު 4-އިސްގާޒީ އަބުދުﷲ މުހައްމަދު. 5-އަބުދުﷲހަމީދު 6- ރެޑްވޭވްސަލީމް 7- މުހައްމަދު ނާޒިމް. މިއީ މިކަމަށް ވަރަށް ގާބިލް މީހުން ހެން ހީވަނީ. އަލިދީދީ އަށް ވެސް ކމުދާނެކަމަށް ހީކުރަން. ދެން އަޅުގަނޑު މިހާރުގެ ރައީސަށް ގޮވާލަން މިހާރުތިބިމީހުންގެ ބަދަލުގައި މިމީހުން ހަމަޖައްސަން. އޭރުން ތިޔަކޮމިޝަން ކޮމިޝަނަކަށް ވާނީ.

  14. ވަކަރު‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    ވަކަރު ނުލާ ރުކަކުން ވަކަރެއް ނުކީހޭނެއެވެ.އަދި ޅޮސް ގަހަކުން ލަކުޑިއެއްނުލިބޭނެއެވެ. މިރާއްޖޭގައި ވަކަރުލާ ރުކެއްވިއްޔާ ހުރީ ސިޔާސީ މައިދާނުގައެވެ،

  15. ގަމަރިއްޔަތު‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    އެއް ބަޔަކު މި ކިޔަނީ ގައިރު ގާނޫނީ ކަމެކޭ އަނެއް ބަޔަކު މި ކިޔަނީ ހިޔާނާތޭ. ދެން ގާނޫނު ދަންނަ މީހަކު އަޅެ މި ވާނުވާ ލިޔެލަ ބަލަ. ބިލްއޯރެލީ އެބުނި ތަންކޮޅުގަ އެބޮތް ޕޮއިންޓެއް. އެސްފީނަ ލިޔާ ހާޝިމާ އަލީ ހާޝިމާ މި އެކަކުތަ؟

  16. އަލި ދީދީ‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    tear gas އަށް.
    އަޅުގަނޑު ދެންނެވި އެއްޗެއްގެ މާނަ ތިބޭފުޅާއަށް އޮޅިވަޑައިގެންނެވީކަނަންނޭގެ. ތިބޭފުޅާ ރިޔާސީ ކޮމިޝަނަށް އައްޔަން ކުރަން ހުށައެޅި ނަންތަކަކީ އެކޮމިޝަނަށް ލާން ކަމުދާ ބައެއް ނޫން. އަޅުގަނޑު ދެންނެވިން އޭރުވެސް ސިޔާސީ ޕާޓީ ތަކުގެ އިސްސަފުގައި ނުވަތަ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުން ކަމަކު ނުދާނެ ވާހަކަ.
    މިހާރު ކޮމިޝަނުގައި ތިއްބެވި މެމްބަރުންނަށް ވުރެ އެކަމަށް ގާބިލު ބޭފުޅުން ރާއްޖޭގައި އެބަތިބި. އެކަން ރައީސް ނަޝީދަށްވެސް އެގިވަޑައިގަންނަވާނެ. އެކަމަކު ވަކި މަގްޞަދެއް ހާސިލު ކުރަން އުޅޭތީ އެފަދަ ބޭފުޅުން އައްޔަން ކުރައްވައިގެން އެއުޅުއްވަނީ.

  17. ކުޅުދުއްފުށީ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    އަހަންނަކީ މިސައިޓު ބިސްމިކިޔާފަ ފެށިދުވަހުންފެށިގެން މިއަދާހަމަޔަށް ކޮންމެދުވަހަކު މިސައިޓަށްވަންނަމީހެއް، ނަސީބުކަންދިމާ ކުރިގޮތްމިވީ އިއްތިފާގަކަށް، މިއަދު އެކަނި އަދި މިހާލަހުން މިސައިޓަށް މިވަދެވުނީ ވަދެވުން ދުވަހު މިއޮތީ އަދި މިހާތަނަށް މިސައިޓުގަ ޖެހި އެންމެ ކަމުނުދާލިޔުން. ހަމަ ތެދެއްމިބުނީ މިސައިޓު ހެދިފަހުން މިސައިޓަށް ވަންނަން މަސައްކަތް ނުކުރާދުވަހެއް އުޑުން ބިމުންނުދާނެ. އެހެން ބޭފުޅުންގެ މައުލޫމާތައްޓަކާ ދައްނަވާލަން ބޭނުން ވަނީ އަޅުގަނޑަކީ މައުމޫނަށް އަދި ނަޝީދުއަށްވެސް ސަޕޯޓްކުރާމީހެއްނޫނޭ. އަދި އަޅުގަނޑަކީ މިދިޔަ ރިޔާސީ އިންތިހާބުގައްޔާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ވޯޓްލީމީހެއްނޫނޭ.

  18. އ.މ.ކ‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    މިސައިޓްގެ ލިޔުންތައް ބޮޑަށް ސިޔާސީނުވެ، ތައުލީމީ، އިޖުތިމާއި މައުލޫތަކަށް ލިޔާލލިޔުންތައް އިތުރުކުރަން ފެނޭ، ހަގީގީ ފައިދާ ލިބޭނެފަދަ ތައުލީމީ، އަދި ބިނާކުރެނިވި ފާޑުކިޔުން ހުރި އިޖުތިމާއީ މައުލޫތަކުން ސައިޓްގެ އަސްލު މުއްސަދިކަން އިތުރުވެގެންދާނެ. މިއީ ނެތިމޮށުމާއި، ސިޔާސީ ހަތުރުންގެ ކޯޅުން ކޯޅޭތަނަކަށް ވެއްޖެނަމަ. ސައިޓްއުފެދުމުގެ އަސްލުމަގުސަދު ހާސިލުވާނެކަމާއިމެދު ޝައްކު. މީ އަޅުގަޑުގެ ހިޔާލު، ފަހަރެއްގައި ތިޔާބޭފުޅުން މި ހިޔާލަށް ތާއީދު ނުކުރެވިދާނެ. މައްސަލައެއްނޫން. އަޅުގަޑުއެދެން ސިޔާސީ ކޯޅުންތައް ކޯޅޭ މައިދާނަކަށް މިސައިޓް ނުހެދުން. ނަމަވެސް ސިޔާސީ ކަންކަމާގުޅޭ މައުލޫމާތު ތަންކޮޅެއް ތައުލީމީ ލިޔުންތަކުން ފެނުން ރަގަޅު

  19. ހުސެން އަލީ‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    އމކ އަދި ކުޅުދުއްފުށީ މޮހޮންމަދަށް ދަންނަވަން އޮތީ ރަނގަޅަށް މިސައިޓުގެ ސަފުހާތަކަށް ބަލާލަބަލާށޭ. އަޅުގަނޑަކީވެސް ގަވައިދުން މިސައިޓަށް ގަވައިދުން ވަންނަ މީހެއް. އަޅުގަނޑަށް މިސައިޓުން ސިޔާސީ ލިޔުން ފެންނަލެއް މަދުވީމަ އަޅުގަނޑު ހިތްހަމަ ނުޖެހޭ. އެހެންވީމަ ތިމާއަށް ވަކި ވައްތަރެއްގެ ލިޔުން ކަމުނުދިޔުމަކީ މައްސަލައެއް ނޫން. އަދި އޭގެ މާނައަކީ މަސައިޓު ވަކި އަތަކަށް ޖެހި ހުސްވުމެއްވެސް ނޫން. އަޅުގަނޑަށް ހީވަނީ މީގަ ގިނައީ ތިބުނާ ވައްތަރުގެ ލިޔުންހެން. ސިޔާސީ ލިޔުން މިހާރު ވަރަށްމަދު. ދެން ހަމަ މައުމޫނޭ ކިޔައިގެން އެއްޗެކޭ ހަމަ މީހަކު ލިޔާއިރަށް ހާދަވަރެކޭ ދޯ ތިވަނީ. ބަލަ ކަލެމެނެވެސް އެކުދިންނަށް ފޮނުވަބަލަ ހިތްއެދޭ ކަހަލަ ލިޔުންތައް. މަށަށް ހީވަނީ ހަމަ ޖަހައިދޭނެހެން.

  20. DOG‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    ޤާނޫނާއި ހިލާފް އެއްވެސް ކަމެއް އެއްވެސް މީހަކު ކުރާކަށް ނުޖެހޭނެ އަދި ނުކުރުމަށް އަޅުގަނޑު ގޮވާލަން އެއީ މައުމޫން ނަމަވެސް ނަޝީދު ނަމަވެސް ހެޔޮ، ޤާނޫނު އެންމެ ބޮޑަށް އެނގޭނީ ޤާނޫނީ ގޮތުން ކިޔަވައިގެން ތިބި މީހުންނަށް ރާއްޖޭގެ ވެރިކަމުގައި ހުރީ ޤާނޫނޫ ކިޔަވައިގެން ހުރި މީހެއްތޯއެވެ؟ ރާއްޖޭގެ ކޯޓްތަކުގައި ތިބީ ޤނޫނު ކިޔަވައިގެން ތިބި ބައެއްތޯއެވެ. މިދެބައި މިވަނީ ޖެހިފައެވެ. މިހެން މިކަން މިވަނީ ކޮންމެވެސް ބަޔަކު ޤާނޫނުން އެއްކިބާވާތީއެވެ. އެނގިފައިވާ ގޮތުން ޤާނޫނަށް މިހާތަނަށް ނުކިޔަމަންތެރިވެ އަދަބު ލިބިފައިވަނީ މިހާރުގެ ރައީސް އަށާއި ކުރީގެ ރައީސް އަށެވެ. މިހާރު ހުރި އެއްވެސް ފަނޑިޔާރެއް އެފަދަކަމެއް ކޮށްގެން އަދަބެއް ލިބިފައެއް ނެތެވެ. ވީމާ މިހާރު ސަރުކާރުން ދައްކަމުން އެދާ ފަނޑިޔާރުންގެ ވާހަކައަކީ ދޮގެއްކަމަށް އަޅުގަނޑު ގަބޫލުކޮށް މިތަނުން ގާނޫނާއި ގަވާއިދު ފުހެލުމަށް އެބޭފުޅާ މަސައްކަތް ނުކުރައްވާށެވެ. މައުމޫނު ކޮރަޕްޝަން މައްސަލަ ހުރިނަމަ ޤަވާއިދުން އެކަންކުރުން އެދެމެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން އެބޭފުޅާ އެފަދަކަމެއް ކުރިނަމަވެސް ވެރިކަމުންދާއިރު އެއިން ކަމެއް އެހެން މީހެއްގެ އަތުގައި ޖެހި އޭނާއަށް ބޮނޑިއެއް ލިބޭނެ ގޮތަކަށް ދުލެއްނުކުރާނެއެވެ. އެއީ ވިސްނުންތޫނު މީހެއްކަމުން ނޫނީ 30 އަހަރު ދުވަހު ދިވެހިން ހައްދައިގެން ނުގެންގުޅެވޭނެއެވެ. އެހެންވީމާ މައުމޫން އެތަކެތި ކައިފަ އޮތްނަމަވެސް ގާނޫނީ ހަމައަކުން ބެއްދިދާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ކައިފަ ހުންނާނެކަން އަޅުގަނޑުވެސް ގަބޫލުކުރަމެވެ، އެއީ އިންސާނީ ތޮބީއަތެވެ. އަތުގައި ޖެހޭމީހާ ދަތުގައި ޖެހޭނެއެވެ،. ވެރިކަމަށް އަންނަން އެންމެން އުޅެނީވެސް ކާންވެގެންނެވެ. މއި ރަސޫލު ޒަމާނެއް ނޫނެވެ. އެހެންނަމަ ދީނަށް ގޮވާލުމަށް ފައްސޭހައަށް ވެރިކަން ބޭނުންކޮށްފާނެއެވެ. މިހާރު މިވަނީ އެހެން ގޮތެކެވެ، ހަސަދަވެރިކަން އިންތިހާއަށް މިވަނީ ގޮސްފައެވެ. ރައްޔިތުން ތިބި ހާލު ހަނދުމަނައްތާލާ ރުޅިއަންނަ ބައެއްގެ ކިބައިން ބަދަލު ހިފުމަށްމިވަނީ ފޫގަޅާފައެވެ. ގައުމު ދަނީ ފަހަތަށެވެ. ލާރިހުސްވެ ރައްޔިތުންގެ ވަޒީފާ މިވަނީ ގެއްލެންފަށާފައެވެ. މައުމޫނު ސަރުކާރަށްވުރެ މިސަރުކާރު މިގޮތަށް ބަލާއިރު މާބޮޑަށްވެސް ގޯހެވެ.

  21. ދޮންއަލީ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ބަލަ ސިޔާސީ ލިޔުމެއް ޖެހީމައޭނުން މި ފޯރި އަރަނީ. މިހާރު ތިބުނާ ފާޑުގެ އެއްޗެއް ލިޔުނަކަސް ކިޔާހިތެއް ނުވެޔޭ. ހަމަ ސިޔާސީ ލިޔުން ގިނަކޮށްދިނުން އެދެން. މަތީގަ އޮތް ލިޔުން އެއްބަޔަކަށް ކަމު ނުދިޔައީ ކީއްވެ ކަމެއް އަހަން ނަކަށް ނޭނގުނު. ނުލާހިކު ފަހި ލިޔުމެއް މީ. ހަގީގަތާއެކު އޮއްޓަރު ހުރި ވާހަކަ މިއޮތީ. ދޮގު ވާހަކައެއް ނެތް.

    ދެން ތައުލީމީ ލިޔުން ބޭނުން ވާހަކަ. ތެދެއް. އެކަމަކު ބޮޑެތި ތިއަރީ ތައް ލިޔުނީމަ ކިޔާހިތެއް ނުވޭ. މަތީގަ މިއޮތް ލިޔުމުން ވެސް އެއްޗެހިތަކެއް ދަސްވެއްޖެ. އެއީ ގާނޫނު އަސާސީ ގެ ބައެއް މާއްދާތައް. މިކަހަލަ ކަމެއްގެ ތެރޭން ދަސްވާ އެއްޗެހި މާ ހަނދާންވެސް ހުންނާނެ ތޯޗެ.

  22. ސަންދާނު‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ބްރޭކިން ނިއުސް:

    ކުޅުދުއްފުށީގައި ހުންނަ އަޕާނޯތު ޔޫޓިލިޓީސް ލިމިޓެޑް ކުޅުދުއްފުށިން ދިއްދުއަށް ބަދަލު ކުރަން ނިންމައިފި ކަމަށް ހަބަރުތައް ލިބެމުން އެބަދޭ. މިއީ ކުޅުދުއްފުށީ ގޮނޑިޔަށް އެމްޑީޕީ މީހަކު ނުހޮވީމަ ހަދާ ގޮތެކޯ.

    ވާނެ އެތި ވަނީ ދެންމި. އަދިވެސް ތަންތަނުން މީހުން ހޮވާތި ކުޅުދުއްފުށީ ގޮޑިޔަށް. އެ އާދަން ވަހީދެއް ކިޔާސޮރު ހޮވިނަމަ މިހެނެއް ނުވީސް.

  23. tear gas‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    އަހަރެމެނަށް ހެޔޮ ކޮންމެތާކަށް އޮފީސް ބަދަލުކުރިއަސް .ތިޔަ އޮފީސްތައް މިތާހުރުމުން ވާނެ ކަމެއް އޮންނާނެތަ.އޮފީހެއްނޫން ބޭނުމީ ހިދުމަތް ބޭނުންވަނީ. އަޑުއިވިއްޖެތަ؟

  24. ޝަރީއާ އެންޑ ލޯވ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    DOG‮ ‬ އަށް! ކަލޯ ތިޔަކިއަނީ ފަހެ ކީކޭތަ.ރަސޫލުޒަމާނޭ މިހާރޭ ތިކިއަނީ އޭރުގައި ރަސޫލާ ގެންނެވި މާތް އިސްލާމް ދީނަކީ އޭރަގައި ވަކިގޮތެއް މިހާރުވެސް ވަކިގޮތެއްވާނެ ދީނެއްނޫން.މިތަނުގައި އިސްލާމީ ޝަރީއަތް ހިންގެންޖެހޭނެ.ދެންބުނެގެން ނުވާނެ އެއީރަސޫލު ޒަމާނުގައި މީހުންކަންތައްކުރިގޮތޭ.މިހާރަކު އެހެނެއްނުވާނޭ. މިހާރުވެސް ވާނެ.އިސްލާމީ ޝަރީއަތުގައި ގައުމުގެ ވެރިޔާއަށް ހުރިހާކަމަކާވެސް ބެހެވޭނެ.ގާޒީން ނުބައި މަގުން ދާނަމަ އެމީހުނަށް އަދަބުދީ ނޫނީ ނަސޭހަތްދީގެން ވިއަސް ހަމަގުން އެޅުވުން ޒިންމާ ބޮލުގައި އެޅިފައިވަނީ ގައުމުގެ އެންމެއިސްވެރިޔާގެ ބޮލުގައި.