Share

ރޭގެ މަންޒަރުތައް ތަންފުކެއް ކައިރިން…

ރޭގެ މަންޒަރުތައް ތަންފުކެއް ކައިރިން…
ބަދުރުއްދީން ޙަސަން

ހަވީރު ފެންވަރާ ނަލަހެދިލައިގެން ސައިކަލުގައި ނައްޓާލީ ރައްޓެއްސަކާއި އެކު ސައެއް، ނުވަތަ މިހާރުގެ ގޮތުން ނަމަ، ކޮފީއެއް ޖަހާލާނަމޭ ހިތާއެވެ. ނަމަވެސް ނުކުމެ މާގިނަ އިރުތަކެއް ނުވަނީސް ފަހަތުން އައި ކުޑަވަރެއްގެ ޕިކަޕަކުން ޖަހަމުންދިޔަ ލަވައިގެ އަޑާއެކު އެދިމާއަށް ސަމާލުކަން ހުއްޓުނެވެ. “ތިޔައީ ޒައީމޭ އަދު ލޮބުވެތި މިދިވެހި ގައުމު ފަހުރުވެރިވާ” މިލަވަ ޖަހަމުންދިޔައިރު، ދޭތެރެ ދޭތެރެން ގޮވަމުން ދިޔައީ ޑީއާރުޕީގެ ޒައީމް ފުލުސް އޮފީހަށް ގެންދަން އަލިވާގެ ދޮށަށް ޕޮލިސް އައިސްގެން އުޅޭ ވާހަކައެވެ. މިވާގޮތެއް ބަލާލާނަމޭ ހިތާ އަލިވާގެ އާއި ދިމާއަށް މިސްރާބު މުޅިން ބަދަލުކޮށްލީމެވެ.

އަލިވާގެ އާއި ދިމާއަށް އޯކިޑް މަގުން އަޅަން އޮންނަ ގޯޅި(ބެންތެޔޮ ގޯޅި)، ކުރިމައްޗަށް ޕޮލިހުންގެ ދެސައިކަލް ހުރަސްކޮށްލައިފައި ހުރިއިރު ހީވަނީ ހަމަ ފިލްމެއްގެ މަންޒަރެއް ހެންނެވެ. އެއްވެސް ދުއްވާ އެއްޗަކަށް އެސަރަހައްދަށް ވަނުން ވަނީ މަނާކުރެވިފައެވެ. ނަމަވެސް ދުއްވާއެއްޗެހި ދުރުގައި ޕާކުކޮށްފައި، އެމަގަށް ގިނަ އަދަދެއްގެ މީހުން ވަނީ ވަދެ ތޮއްޖެހިފައެވެ. އެތެރެއިން ޕޮލިހުންގެ ސްޓާ ފޯހުން ވަނީ އައްޑަނަތައް އަތުރާލާ، މީހުންނަށް އަލިވާގޭގެ ދޮރާއްޓާއި ހަމައަށް ނުދެވޭވަރަށް ބަންދުކޮށްލާފައެވެ.

ދެން ސައިކަލުގައި ތަންކޮޅެއް ދުރު ދުރުން، ތީމުގެ އާއި ހިސާބުން ވަށާލާފައި، އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓާއި ދިމާއަށް ދިޔައީ ތަންކޮޅެއް ކައިރިވެވޭނެ ކަމަށް ހީކޮށެވެ. ނަމަވެސް އެފަޅިވެސް ވަނީ މީހުންނާއިގެން ތޮއްޖެހިފައެވެ. އެސްޓީއޯ ކުރިމަތީގައި ސައިކަލު ބަހައްޓާފައި މީހުންގަނޑުގެ ތެރެއިން އަލިވާގެ ދޮރާށި ކިރިޔާ ފެންނަފަށާއި ހަމަޔަށް ވަދެވުނު އިރު އެތަންވެސް ވަނީ ޕޮލިހުން މުޅިން ބަންދުކޮށްލާފައެވެ. ނަމަވެސް ފުންނާބު ހިއްލާލީމާ މީހުންގެ ބޯމަތިން ކޮންމެވެސް ވަރަކަށް އެތެރެ ފެނެއެވެ.

އެއްވެ ތިބި މީހުންގެ ތެރެއިން އެއްބަޔަކީ މައުމޫނަށް ސަޕޯޓްކޮށް، މައުމޫނު ހައްޔަރު ކުރުމާއި ދެކޮޅަށް ޝުއޫރު ފާޅުކަމުން ދިޔަމީހުންނެވެ. އަނެއް ބަޔަކީ 30 އަހަރު ދުވަހު، ދިވެހި ގައުމަށް މައުމޫނު ވެފައިވާކަމަށް ތުހުމަތު ކުރެވޭ ޙިޔާނާތުގެ އަދަބު ލިބެން ޖެހޭނެ ކަމަށް ގޮވަމުން ދިޔަމީހުންނެވެ. ނަމަވެސް ގިނަ މީހުންނަކީ އަޅުގަނޑުހެން ހަމަ ކުޅިބަލަން އެއްވެ ތިބިމީހުންނޭ ބުނުމަކީ މުޅިއަކުން ދޮގަކަށް ނުވާނެއެވެ.

އެއްވެ ތިބި މީހުންގެ ތެރޭގައި އެކި އުމުރު ފުރައިގެ އަންހެނުންވެސް ތިބިކަން ފާހަގަކޮށްލަމެވެ. ޝުއޫރު ފާޅުކަމުން ދިޔަމީހުންގެ ޝުއޫރުތައް ހޫނުވަމުން ގޮސް ހަޑި ހުތުރު ބަހުން ޕޮލިހުންނަށް އެއްޗެހި ގޮވާ، ޕޮލިހުންގެ އައްޑަނަތަކަށް ހަމަލާ ދޭންވެސް ފެށިއެވެ. އަދި ބައެއްމީހުން ގާވެސް އުކާފައިވެއެވެ. މިހިސާބަށް މީހުންގެ އަމަލުތައް ދާންފެށުމާއިއެކު، އައްޑަނަތަށް ދެތިންފަހަރަކު ބިންމަތީގައި ޖަހާލާފައި، ޕޮލިހުން ގޮވާލީ އެއްވެ ތިބި މީހުން އެތަނުން ދުރަށް ދިއުމަށެވެ. އަދި އެއިންޒާރުތަކަށް އެއްވެ ތިބިމީހުން އިޖާބަ ނުދިނުމުން، ކަރުނަ ގޭސް ބޭނުން ކުރިއެވެ.

ފުލުހުންގެ ސަފުތަކާއި ތަންކޮޅެއް ދުރުގައި ހުރި ކަމުގައިވިޔަސް، ކަރުނަ ގޭހުގެ އަސަރުކޮށް ލޯ ކަރައިގަނެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެވަގުތު ލޯއުގުޅަމުން މީހުން ދުރަށް ދާން ފެށިއިރު އަދި އެހެން މަންޒަރެއްވެސް ފެނުނެވެ. ދެމީހަކު ވަރަށް ހާސްވެފައި “އެކޮޅު މަގު ދަނީ، އެކޮޅު މަގުދަނީ، ފެން ޖައްސަނީ، ރަނގަޅު ވަނީ” މިހެން ބުންޏެވެ. ބަލާލިއިރު ބަންގާޅީ ދެމީހުން މީހުންގަނޑުގެ ތެރެއިން ނުކުމެގެން އާދެއެވެ. ދެން ރަނގަޅަށް ބަލާލިއިރު އެތަނުގައި އެއްވެފައިވާ މީހުންގެ ތެރޭގައި ބިދޭސީންނެއްވެސް ވަކި މަދެއްނޫނެވެ.

މާގިނަ އިރުތަކެއް ނުވެ މައުމޫން އަލިވާގެއިން ނުކުމެ، ކާރަށް އަރާ ޕޮލިސް އޮފީހާއި ދިމާއަށް މިސްރާބު ޖެހިއެވެ. އަދި ފުލުހުންގެ ސަފުތައް ރޫޅާލާ މަގު ހުޅުވާލިއެވެ. އޭރުވެސް މުޅިހިސާބުގައި ކަރުނަ ގޭހުގެ އަސަރު ހުއްޓެވެ. ދެން މީހުންތައް ދިޔައީ ޖުމްހޫރީ މައިދާނާ ދިމާލަށެވެ. ނަމަވެސް އެސްޓީއޯ ޓްރޭޑް ސެންޓަރާއި ހިސާބުން މަގުއޮތީ ބަންދުކޮށްފައެވެ. ގެއަށްދާންވެގެން ދިޔަ މަގުމަތީގައި އެމަގަށް އެޅުމުން މީހުންތައް އެތަނަށް ތޮއްޖެހިފައި ވާތަން ފެނުނެވެ.

ނަމަވެސް މީހުންތައް ކުއްލިއަކަށް އަނބުރާލާފައި އަނެއް ކޮޅެއް މިސްރާބު ޖެހިއެވެ. ވީގޮތެއް ބެލިއިރު މީހުންގަނޑުގެ ތެރެއިން ދެއަންހެނަކު ނުކުމެ ޒުވާބު ފެށީއެވެ. އެއީ އެމްޑީޕީގެ ސަޕޯޓަރަކާއި ޑީއާރުޕީގެ ސަޕޯޓަރެކެވެ. ދެމީހުން ހަރުއަޑުން ޒުވާބު ކުރަމުން ހިނގައިގަތުމުން އެތަނަށް އެއްވި ހުރިހާ މީހުންހެން އެދެމީހުންގެ ފަހަތުން ދާންފެށިއެވެ. ކުޅިބަލާށެވެ. އިސާހިތަކު މުޅިއެހިސާބު އެއްކޮށް ހުސްވިއެވެ. މިފަހަރު އެއްވުން ރޫޅާލުމަށް ކަރުނަގޭހެއް ބޭނުމެއް ނުވިއެވެ. ދިވެހިންނަކީ އަޑެއް އިވެންޏާ އެދިމާއަކަށް ދާބަޔަކީ ތޯޗެކެވެ. އަޅުގަނޑަށްވެސް ހަވީރު ސައިބޯންވެގެން ނުކުމެފައި އެވީ އެހެން ކަންނޭނގެއެވެ.

‮ ‬24‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ފަހުޒަމާން‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    މައުމޫނެއްކަމަކު ދުވަހެއްވާކަމުގައި ވިސްނާވަޑައިގެން ގައުމު ބައިބައިކުރުމަށް މަސައްކަތް ނުކުރައްވާށެވެ. ނަސީދުއަށް ގޮވާލާނީ އިންސާފުވެރިވާށޭ ސިޔާސަ ނުވާށޭ. ރައްޔިތުންގެ ހައްގުތައް ރައްޔިތުންނަށް ހޯދައިދޭށޭ ބިރުގަންނަންވީ މާތްﷲ އަށެވެ.

  2. ބުން އަޑާއި ޒީލަ އަޑު‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    ދިވެހިންނަކީ އަޑެއް އިވެންޏާ އެދިމާލަކަށް ދާބެއް ކަން ކަލެޔަށް ޔަގީންވާތީތާ، ނަމަކަށް، ‘ބުންޒީލަ’ ޖަހައިގެން ތިޔަ ލިޔަނީ. އަލިވާގެ ދޮށުން ނީވޭނެ ސަހަލު އަޑެއް.

  3. ފާރިސް މައުމޫން ވިދާޅުވީ‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    މައުމޫން ބުނަމުން އެދަނީ އޭނަގެ ތާއީދު ދިވެހި ރައްޔިތުންގެ ތެރޭގައި ބޮޑުވަނީއޭ އެކަމަކު ދެބަފައިން ދެއިންތިހާބުގަވެސް ފެއިލްވީ
    މައުމޫންވެސް ގައްސާނުވެސް

  4. DOG‮ ‬ވިދާޅުވީ


    ތާރީޚް:21/07/2009

    ބުނެލަން ބޭނުންވަނީ ސިޔާސީ މީހުންނަކީ ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތުން ލައްވާ ގޯސް ހައްދުވާ ބައެއް، އެބަޔަކަށް ސަޕޯރޓް ކުރާބަޔަކަށް އެބަޔކު ހެޔޮވާނެ އެކަން ދާދި މިދާކަށް ދުވަހު ފެނިގެންދިޔަ އެމީހންގެ ސަޕޯރޓަރުން ގޯސްކަމެއް ކުރިއަސް ފުލުހުން އެމީހުންނަށް އަނިޔާއެއް ކުރިއަކަ ނުދޭނެ.ހަމަ އެބީދައިން ކުރިން މައުމޫން ސަރުކާރުގައިވެސް ކަންކޮށްފައިވަނީ. އެކަމަކު މައުމޫން ސަރުކާރުން ކުރީގެ އެއްވުންތައް ރޫޅަލުމަށް ބާރުގެ ބޭނުންކުރަނީ ދިފާއީބާރުގެ މީހަކަށް އަނިޔާވެގެން ދިއުމުން. އެކަމަކު ރޭގެ އެކަން ކޮށްފައިވަނީ ކެތްމަދުވެފައިވާ ބަޔަކު އެކަންކުރި ބީދައިން، މައުމޫންވެސް އެކަންކޮށްފައިވަނީ ބަޔަކު ލައްވާ ގޯސް ހެއްދުން، އަންނިގެ އެބައޮތް ދެބޭނުމެއް އެއީ އޭނާ އާއި އެކު އުޅޭ މީހުން އެކަމަށް އެދި ގޮވާތީ ހަސަދަ ފިލުވުން. ފުލުހުން އެކަންކޮށްފައިވަނީ އެންމެ ރަގަޅަކަށް ނޫން، އެހެން މިބުނީ ކުރިން ކިޔަމުންގެންދިޔަ 12،13ގައި މީހުން އެއްވި އިރު އެތަނުގައި އަޅުގަނޑު ހުރިން އެކަމަކު އެތައް އިރަކު ނަޞޭހަތްދީ ހެދި އިރުވެސް ބާރުގެ ބޭނުމެއް ނުކުރޭ ފުލުހެއްގެ ބަނޑަށް ވަޅީހަރަންދެން.އެކަމަކު މިހާރު ފުލުހުންގެ ގާނޫނެއް އޮތުމުން އެކަންކުރަންވެސް ފައްސޭހަވާނެ، އެކަމަކު ދާދި މިދާކަށް ދުވަހު މަޖިލިސް ކައިރިއަށް އެއްވި މީހުން ރޫޅަލުމަށް ބާރުގެ ބޭނުމެއް ނުކުރޭ، އެއީ އެތަނުގައި ސަރަގު އާދަމް މަނިކު ހުރީމަ، މިއީ ވެރިކަންކުރާ އުޞޫލެއް ނޫން.

  5. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ޑޯގުގެ ކޮމެންޓްގައި ކަނޑައެޅިގެން ހައްދަވާފައިވާ އިތުރުފުޅުތަކެއްގެ ޙަޤީޤަތް

    1.”މައުމޫން ސަރުކާރުން ކުރީގެ އެއްވުންތައް ރޫޅަލުމަށް ބާރުގެ ބޭނުންކުރަނީ ދިފާއީބާރުގެ މީހަކަށް އަނިޔާވެގެން ދިއުމުން” މިއީ ސީދާ އިތުރުފުޅެއް. ފުލުހުންގެ މީހަކަށް އަނިޔާވެގެންނެއް ނޫން ހަމައެކަނި. ނިޒާމީ ވޯޓާ ގުޅިގެން ބޭއްވި މުޒާހަރާ/ހިނގާލުން، ޕާޓީކެފޭއިން ފެށިގެން އައިޖީއެމްއެޗާ ހަމައަށް ދިޔަތަނާ ރޫޅާލުމަށް ބާރުގެ ބޭނުން ކުރިއިރު އެތަނުގައި އެއްވެސް ފުލުހަކަށް އަނިޔާއެއް ނުވޭ. އަދި ހުސައިން ސަލާޙު މަރާލައިގެން އެއްވި އެއްވުން ރޫޅާލަން ފުލުހުން ބާރުގެ ބޭނުން ކުރިއިރު ވެސް ފުލުހަކަށް އަނިޔާއެއް ނުވޭ. ހަމައެގޮތަށް، 12، 13 ހިނގި އަހަރު ނޫން އަނެއް އަހަރު، އަންނި ޖުމްހޫރީ މައިދާނުގައި އިންދާ ސްޓާރ ފޯސް އޭނާ ނަގައިގަނެގެން ގެންގޮސް ބާރުގެ ބޭނުން ކުރިއިރު ވެސް ފުލުހުންގެ މީހަކަށް އަނިޔާއެއް ނުވޭ. އެހެންވީމާ، ޑޯގު ކޮންމެހެން ތިޔަގޮތަށް މައުމޫންގެ ސަރުކާރު އޮތް ދުވަސްވަރު ފުލުހުން ބާރުގެ ބޭނުންކުރީ ފުލުހުންނަށް އަނިޔާވާން ފެށީމައޭ ވިދާޅުވެ ޖެނެރެލައިޒް ކުރެއްވުމަކީ ރަތްލާޖެހި އިތުރުފުޅެއް.

    2. ރައްޔިތުންގެ މަޖިލީސް ކައިރީގައި ފުލުހުން ބާރުގެ ބޭނުން ނުކުރީ ކޮންމެހެން ސަރަނގު އާދަމް މަނިކު ހުންނެވީމައެއް ނޫން. އެދުވަހު ބާރުގެ ބޭނުން ނުކޮށް އެކަން ކޮންޓްރޯލް ކުރެވޭނެތީ. އެކަމަކު އަލިވާގޭ ދޮށުގައި ބާރުގެ ބޭނުން ކުރަން ޖެހުނީ، ޑީއާރުޕީގެ އެކްޓިވިސްޓުން (އޭގައި ނިހާނާއި މަހުލޫފު ވެސް ހިމެނޭގޮތުން) އަލިވާގޭ ފާރުމައްޗަށް އަރައި، ތިރީގައި ތިބި އެހެން އެކްޓިވިސްޓުންނަށް ފުލުހުންނަށް ހަމަލާ ދިނުމަށް އޯޑަރު ދިނީމާ. އަދި އަލިވާގެއަށް ވަނުމަށް ހުއްދަ ދިން ފުލުސް މީހާއަށް އަނިޔާކޮށް ރޯނާ ގަންނުވާލީމާ. އަޅުގަނޑު ހުރީމޭ، އަލިވާގޭ ދޮރޯށި ދަށުގައި ކުޅިބަލަން އެހެންވީމާ، މިކަން އަޅުގަނޑަށް ފެނުނުހާ ރީތިކޮށް ޑޯގަކަށް ފެނިވަޑައިގެންފައެއް ނޯންނާނެ. ދެން ސަރަނގު އާދަމް މަނިކު މަޖިލީސް ދަށުގައި ހުންނެވުމަކީ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް އެމަނިކުފާނަށް މާލޭ މުނިސިޕަލްޓީގެ ރައީސްގެ ހައިސިއްޔަތުން. މާލޭގައި ކަމެއް ވަންޏާ އެކަމެއް އެމަނިކުފާނު ބައްލަވަން ޖެހިވަޑައިގަންނަވާނެ. ކުރީގައި އުމަރު ޒާހިރުމެން ބިރުފުޅުން އެހެން އެގޮތަށް ވަޑައިގަންނަވަން ކެރިވަޑައި ނުގަންނަވާތީ، އޭގެ މާނައެއް ނޫން އާދަމް މަނިކު ވެސް ވަޑައިގަންނަވަން ނުޖެހޭނެއޭ. އަދި ކޮބާތޯ؟ ފުލުހުން ވެސް، މާލޭ މުނިސިޕަލްޓީ ވެސް އޮންނަނީ ހޯމް މިނިސްޓްރީގެ ދަށުން. އެހެންވީމާ، ފުލުހުން ތިބޭ ތަނަކު މާލޭ މުނިސިޕަލްޓީގެ ރައީސް ހުންނެވުން ގޯހެއް ނޫން. އެއީ މިނިސްޓްރީގެ މެންޑޭޓްގައި އޮންނަކަމެއް

  6. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ޑޯގު ހައްދަވާފައިވާ އިތުރުފުޅަށް ރައްދުދޭން ހަދައިގެން ބުންޒީލަގެ ލިޔުމަށް އެއްވެސް އެއްޗެއް ނުދަންނަވާ ނިންމާލެވުނީ. އަޅުގަނޑު ހިތުން މިލިޔުން ވަރަށް ރަނގަޅު. އަދި ލިޔުއްވާފައި އެވަނީ ހަމަ ކަން ހިނގި ގޮތަށް، އަޅުގަނޑު ވެސް އެމަންޒަރުތައް ދުށިން. ދެން ލިޔުއްވުމުގައި އެބައޮތް ގާއުކި ވާހަކަ. އަޅުގަނޑެއް ނުދެކެން ގާއުކި މަންޒަރެއް. އެކަމަކު، އަލިވާގޭ ފާރުމަތިން މިނަރަލް ވޯޓާ ކުދި ފުޅި ވަރަށް ގިނަ އަދަދަކަށް އުކި މަންޒަރު ދުށިން. އެފުޅިތައް ޕައްޕަސް ލާފައި ފުލުހުންގެ ގަޔަށް އަމާޒުވަމުން ދިޔަ. އަދި އަލިވާގޭ ދެކުނަށް އޮންނަ ބްލޮކްގައި ހުންނަ މ. ކުރަހާގޭ މަތީބުރިން ވެސް ފެންފުޅި އުކި މަންޒަރު ދުށިން.

    ލިޔުން ވަރަށް، ވަރަށް ރަނގަޅު. އެކަމަކު މިލިޔުމުގައި އޮތް ދެތިން ކުށް ބަސް ރަނގަޅު ކޮށްލަދޭނަން. (1) ރައްޓެއްސަކާއި އެކު އެއް ނޫން ރައްޓެއްސަކާއެކު (2) ޙިޔާނާތެއް ނޫން ޚިޔާނާތް (3) ޖުމްހޫރީ މައިދާނާ ދިމާލަކަށް ނޫން ދިމާއަށް (4) ދެ އަންހެނަކު ނޫން ދެ އަންހެނުން.

  7. ބިލް " އޯ" ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    އަޅުގަނޑު ދެންނެވިން މައުމޫނުގެ ހުންނަ ޕްރައިޑް އެއްގެ ވާހަކަ.. މައުމޫން ފަހުން ދެއްކި ވާހަކައިގައި ބުނެފައިވޭ، “ނުގެންދެވޭނޭ، އެހެންނަމަވެސް ރައްޔިތަކަށް ގެއްލުމެއް ލިބިދާނެތީ މަސްލަހަތަށްޓަކައި އަމިއްލަ އިޚްތިޔާރުގައި ދިޔައީއޭ”

    މައުމޫނަކީ ޖީނިއަސްއެއް. އެކަމަކު އަޅުގަނޑަށް ވިސްނާ ވިސްނާވެސް މައުމޫނުގެ މިބަސް ކޮސްކަން ނޫން އެހެން އެއްވެސް ކަމެއް ނުވިސްނުނު.

    މައުމޫން ދެކެ ފުރާނަ އަށް ވުރެ ބޮޑަށް ލޯބިވާ މީހުން ކަރުނަގޭސް ޖެހީމަ ހަތައަކުން ކުޅަނދުރު ދުރަށް ދާހެން ދިޔައީ. އެހިސާބުން ދެން މައުމޫން ނުގެންދެވި ހުންނާނެބާ؟ އޭނަ އުޑަށް އުފުއްލަވަނީބާ..މައުމޫނެއް ހާޝިމެއް އަންނި އެއް ކިޔާނެ ކަމެއް ނެތް. މިކަހަލަ އެއްޗެހި ކިޔަންޏާ ފާޑު ކިޔޭނެ، ބިލް އޯ ރޭލީ ކަހަލަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގަބޫލު ކުރާމީހުން ކޮޕީ ކުރާ މީހުނަށް.

  8. ބިލް އޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ހާޝިމަށް! ބުންޒީލަގެ ލިއުމުން ހާޝިމް ދެއްކި 4 ވަނަ ޕޮއިންޓް ގަބޫލެއް ނުކުރެވޭ.

    މީހަކު، މީހަ، އަންހެނުން، އަންހެނަކު، ހާޝިމް، ހާޝިމަކު…މިއީ ވަރަށް ތަފާތު މާނަ ތަކެއް.. ހާޝިމެކޭ ބުނީމާ ވެދާނެ އެސްފީނަ ލިއުއްވާ ހާޝިމަށްވެސް، ނޫނީ އަލީ ހާޝިމަށްވެސް.. އެކަމަކު ހާޝިމް އޭ ބުނުމުން، އެއީ ކޮން ހާޝިމެއް ކަން ކުރިން ބަޔާންވެފައި އޮންނަންވާނެ.

    މިސާލަކަށް، “އަ މޭން”، “ދަ މޭން” މިއީ އެތަފާތަކީ. -އަޅުގަނޑުގެ ނަޒަރު-

  9. ކުޅުދުއްފުށީ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    މިލިޔުމަކީ މިސައިޓުގައި މީގެކުރިންޖެހި ލިޔުމާއި އެއްމައުލޫއަކަށް ލިޔެފައިއޮތް ލިޔުމެއް އެކަމަކު މިލިޔުން ކިޔާލަން ފަސޭހަވެފަ ބުނާއެއްޗެއް ދޭހަވާލެއް މާބޮޑަށްވަސް ކުރީގެ ލިޔުމަށް ވުރެ ރަނގަޅު.މިބުނާ ކުރީގެ ލިޔުން ލިޔެފައިވަނީ ކޮންމެވެސް ހާޝިމެއް.

  10. އަނގަހަޑި‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    މައުމޫން ފެންފޮދަކައި ލައިގެން ދިރުވާލާ އެބޭ ވެރިކަމުން ބޭލީމަވެސް އެބޭ ފަހަތުން ނެއްޓެން ނޭގިގެން މިއުޅެނީ ކީއްވެތަ! އަންނި ހުންނަނީ އެއްޗެއް ބޮވިފަތަ، ގޮޑިއަށް އެރުނީމަވެސް އޭގަ އިންނާކަންނޭގޭ!

  11. ބިންމާ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    މައުމޫން އެކަމިޝަނަކަށް ދާން މި ބިރުގަންނަނީ ކީއްވެބާ؟
    ތަކުރާރުކޮށް ވެސް ދެންނެވޭނީ ހަމަ އެންމެ ވާހަކައެއް. މަނިކުފާނު ލޯ ލާރިއެއްގައި ޖެހިވަޑައިނުގަންނަވާކަމަށް ވާނަމަ، ޖެހުނު މީހުން ވިދާޅުވެދެއްވާ. ބަޔަކު ޖެހިއްޖެ ކަން ޔަޤީން. ދިވެހި ޤައުމު ދެކެ ދިވެހި ރައްޔިތުން ދެކެ މަނިކުފާނު ލޯބިފުޅުވާކަމަށް ވާނަމަ މިކަން ކުރި ބަޔަކު ހާމަކުރައްވާ. މިހާރުން މިހާރަށް ވެސް. އަޅުގަނޑަކަށް ނޭނގޭ ލޯލާރި ނެގީ ކާކު ކަމެއް. ކޮން ބޭފުޅެއް ކަމެއް. އެކަން ބަލަން އަޅުގަނޑުވެސް ބޭނުން. ދިވެހި ރައްޔިތަކަށް ވިތީ އެ ޙައްޤު އަޅުގަނޑަށް ވެސް އެބައޮތް.

  12. އިސްދަރިވަރެއް‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    އަސްލުގައި މަޢުމޫން ފުލުސްއޮފީހަށް ގެންދިޔައީމަ އަހަރެއް ހާދަ އުފާވިއޭ، އެގޭތައެއީކީވެގެންކަން؟ ގާނޫންގެކުރިމަތީގައި ހުރިހާއެއްމެންވެސް ހަމަހަމަކަން އިހްސާސްކުރެވުނީމަ. މަޢުމޫނެއް، އަށްނުޔެއް މަރިޔަބުއަލީއާމިނަޔެއް ވަކިތަފާތުނުވާނެކަމުގެ އިހްސާސްކުރެވުނިތި. ތެންބުނެލަންއޮތީ
    ރޭގައި ޑީ އާރ ޕީގެ 4 ވަނަ އަހަރީޖަލްސާގެވާހަކަ. އެހާ މީސްކޮޅުމަދު، ހަތަރުޕާރޓީއެގެ މީހުންދިޔައީމަވެސް 200 ވަރަކަމީހުންވީ. އަދި މަޢުމޫން ރޭގައި އެބަސްވެފައިވޭ ރިޔާސީކޮމިސަނުން ފާހަގަކުރައްވާފައިވާ 9 މައްސަލައިގައި ކޮށްމެވެސްވަރެއްގެ ހަގީގައްތަކެއްވާކަމަށް. އެއީ އެތަނުން މައްސަލައެއްގެ 1 ޕަސެންޓު ތެދުކަމުގައި ވިއަސް ލޯލާރިއަކައްވުރެންބޮޑުވާނެތާ؟

  13. ހުސެން އަލީ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ބިރަކުން ނޫން ނުދަނީކީ؟؟ ގާނޫނު އަސާސީ ގައި ބުނަނީ ދައުލަތުން ކުރާ އަމުރަކަށް ބޯލަނބަން ޖެހޭނީ އެއަމުރަކީ ގާނޫނީ އަމުރަކަށްވާނަމައޭ…. ރައީސަށް ކޮމިޝަނެއް އަދި ހެނދުނު ކަމުގައިވިޔަސް ގާނޫނު އަސާސީގެ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައިވާ ކަންތައްތަކަށް ސަރުކާރުން ވިސްނަންޖެހޭނެ. ގާނުނެއް ތަނެއް ދޮރެއް ނޭގި ހުރެ ކޮމެންޓް ކުރުމަށްވުރެ ރަނގަޅުވާނެ މަތި މަތިންވެސް ގާނޫނު އަސާސީ ކިޔާލިއްޔާ. މަތިމަތިން ކިޔާލިޔަސް ސާފުވާނެ މިކަންތައްތައް އޮތް ގޮތް.

  14. އިސްދަރިވަރެއް‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    އޯކޭ. ހުސެން ތިބޭފުޅާއަގާނޫނުވާތިހަރީ ރަގަޅައްއޮޅުންފިލާފައި، ފުރަތަމަ ތިބޭފުޅާގެ ކޮމަންސެންސް ހަމަތޯ ސުވާލުއުފެދޭ؟ ތިބޭފުޅާވެސް ގަބޫލުއެބަކުރައްވާ ކޮމިސަން އުފެއްދޭނެކަން ނަމަވެސް ތިވިދާޅުވަނީ މައްސަލަތައްބެލުމުގެބާރެއްނޯންނާނެކަމަ. އެހެންވާނީކިހިނެއްތޯ ދެންތިހެންވިއްޔާ ކީއްކުރާކޮމިސަނެއްބާ؟ ކޮމިސަން އުފެއްދީ އެމައްސަލަތައްބެލުމައް ކޮމިސަންގެ މަސަކަތަކީ ހަމަދެއަތްއުރާލައިގެންތިބުންބާ؟ އަދިވެސދިވެސް ނުހޭލެވެނީތޯ؟

  15. ޝަރީއާ އެންޑ ލޯވ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    http://www.maldivesinfo.gov.mv/home/upload/downloads/constitution.pdf

  16. ހުސެން އަލީ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ރަނގަޅު ވާހަކައެއް. ކޮމިޝަން އުފެއްދިދާނެ. އެކަމަކު ދަންނަވަން މިއުޅޭ ވާހަކަ އަކީ މިސާލަކަށް އަންނި މާދަމާ އުފައްދަފާނެ ރިޔާސީ ކޮމިޝަނެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަބަލަން. އެފަދަ ކޮމިޝަނެއް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އުފައްދައިފިނަމަ، އެވާނެތޯ ހަމަޖެހޭ ކަމަކަށް. ގާނޫނު އަސާސީގައި ބުނަނީ ގައުމުގައި ހިނގާ ބޮޑެތި ކަންކަމާ ގުޅޭ ތަހުގީގުތައް ހިންގާ އެފަދަ މައްސަލަތަކާ ބެހޭ ގޮތުން ރައީސަށް ލަފާދޭން ކޮމިޝަނެއް ހެދިދާނެ ވާހަކަ. އޭގެ މާނައެއް ނޫން ޖުޑިޝަރީގެ މެންޑޭޓް އެކޮމިޝަނަށް ލިބޭނެކަމަކަށް.
    އިސްދަރިވަރު ގަބޫލު ކުރަންތަ އިސްދަރިވަރަށް އެހެންމީހެއްގެ ނަމުގައި އޮތް ގޯއްޗެއް ވިއްކާލެވިދާނެކަމަށް. އެއީ އިސްދަރިވަރަށް ލިބިގެން ނުވާ ބާރެއް އެހެން މީހަކަށް ދެވިދާނެކަމަށް.
    އެހެންވީމަ ރައީސަށް ކޮމިޝަނެއް ހެދިދާނެ މިސާލަކަށް ކަންކަމެއް ތަހހްގީގު ކުރަން. އެކަމަކު އެތަހުގީގު ތައް ހިންގޭނީ ގާނޫނު އަސާސީ އާ އެއްގޮތަށް. މިސާލަކަށް މިހާރު ހަދައިގެން މިއުޅޭ ކޮމިޝަނަށް ތަހުގީގެއް ކުރެވޭނީ މީހުން ހާޒިރު ކޮށްގެން ކަމަށްވާނަމަ އެކަންވެސް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ރުކުންތައް ފުރިހަމަ ކުރުމަށްފަހު ކުރެވިދާނެ. މިސާލަކަށް، ގާނޫނުން އެބާރުތައް ލިބިދީފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަން. އެކޮމިޝަނަށް ގާނޫނުން ބާރުތަކެއް ލިބިދީފަ ވަނީ.
    ނަޝީދަށް ކޮމިޝަން ހެދެއޭ ކިޔާފަ ޝަރީއަތްތަކެއް ކުރަން އަނެއްކާ ކޮމިޝަނެއް ހަދާފާނެ. އެކަމަކު އެކޮމިޝަންގެ ގާނޫނު ނެތިއްޔާ އެއީ ކުރެވޭނެ ކަމެއްނޫން. ގާނޫނުތަކެއް ހަދަން އެބަޖެހޭ. އެގާނޫނުތައް ނުހަދާ މިފަދަ ކަންކަން ކުރަން އުޅުނީމަ ވާނެގޮތް މިހާރު އެވަނީ.

  17. ވަކީލުގެ ވަކީލް‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ގާނޫނު އަސާސީގައި ވަރަށް ފުރިހަމަ އަށް ބުނެފައިވޭ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ.އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު މަސްދަރެވެ. އެހެންވީމާ އިސްލާމް ދީނުގައި އެބަވޭ ދައުލަތް ހިންގުމުގެ ފަރާތަށް ކޮމިޝަނެއްނޫން އެހެންކަންތައްވެސް ކުރެވިދާނެކަމަށް.އަދި ގާޒީންގެ މައްސަލަ ވެސް ބެލިދާނެ ކަމަށް .އަދި ގާޒީން އަދުލު ވެރިނުވާނަމަ ކަންތައް ކުރަންޖެހޭ ހުރިހާ ގޮތެއް އަންގަވާފައިވޭ. ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ ބައްލަވާލައްވާ http://www.presidencymaldives.gov.mv/quran/

  18. މަވެސް‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ރަނގަޅު ވާހަކައެއް ރައީސް އުފެއްދެވި ކޮމިޝަނަކީ ގާނޫނުން ބާރުލިބިގެން އުފެއްދެވި ކޮމިޝަނެއް.ރަނގަޅު ގޮތަކީ މައުމޫނުވެސް ކޮމިށަނުގެ އަމުރަށް ކިއަމަންވުން.

  19. ހުސެން އަލީ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ޤާޟީން އަދުލު ވެރިނުވާނަމަ ފިޔަވަޅު ނޭޅޭނެ ވާހަކަ ކާކުތަ ބުނީ. ޤުރުއާނުގެ ތަރުޖަމާ އާއި ގުރުއާނުގެ ހުކުމްތައް އެނގިގެން ސުންނަތާ ތާބިއީން ކަންކުރެއްވި ގޮތް އެނގިވަޑައިގަންނަވަމުތޯ؟ ޤާޟީން ވެސް ރަނގަޅު ނޫންނަމަ ފިޔަވަޅު އެޅޭނެ ގޮތް ޤާނޫނު އަސާސީގައި އެބައޮތް. އެހެނޭ ކިޔާފަ ޤާނޫނުގެ ހުދޫދުގެ ބޭރުން ރައީސާއި އެބޭފުޅާގެ “ގޭދޮށު” ކުދިން ވެގެން ޤާޟީންގެ މައްސަލަ ބަލަން އުޅުމަކީ، ހަމަޖެހޭ ކަމެއް ނޫން.
    ފުރަތަމަ ޤާނޫނު އަސާސީ އާއި ދިވެހިރާއްޖޭގައި އަމަލު ކުރެވެމުންދާ ޤާނޫނުތަކާއި، ޑިމޮކްރަސީގެ އަސާސްތައް ދަސްކޮށްބަލަ.

  20. ހުސެން އަލީ‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    އޭ އެއޮތް ހަބަރެއް ކިޔާލަބަލަ. ދިއްދޫ އަށް ބަދަލު ކުރަނީ ހުރިހާ ތަނެއް…..
    http://kulhudhuffushi.com/reloaded/~2496

  21. މުހައްމަދު އަހުމަދު‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ހުސެން އަލީ އަށް! އެކުދިން އެދައްކަނީ ރަނގަޅު ވާހަކައެއް.ހެޔޮއެއްޗެއްބުނެފިނަމަ ވާނެ ގަބޫލުކުރަން. ތިހުރިހާ ކަމެއްކުރުމަށް ގާނޫނު އަސާސީ ތަންދޭ.ގާނޫނު އަސާސީގައި ވަކިމިވެނި ގޮތަކަށޭ ހަދަންޖެހޭނީ އެހެނެއްނެތް.އެކަމަކު ކީރިތި ގުރުއާނުގައި އެއޮތީ މިހެނޭ ހަދަންޖެހޭނީ ލިއެވިގެން އައިސްފަ. މިކަމަކާ ދެން ދެކޮޅުހެދުމުގެ ބޭނުމެއްނެތް.

  22. ވަކީލުގެ ވަކީލް‮‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ހުސެންއަލީ އަށް! އާނ ތިކަހަލަ މީހުނަށް ގާނޫނު އަސާސީއެއްވެސް ނޫން އެނގޭނީ. ތިޔައުޅެނީ ލިއެފަ އޮތް އެއްޗެއްވެސް ރަނގަޅަށް ކިޔަންވެސްނޭގިގެން. އޭގަ އޮތީ މިހެން އަޕަރ ނޯތް ޔުޓިލިޓީޒް ކޮމްޕެނީ ހއ ދިއްދޫ އަށް ބަދަލުކުރިކަމަށް ދެކެވޭ ވާހަކަތައް އެކުންފުނިން ދޮގުކޮށްފި. މިއީ ތިޔަބޭފުޅާގެ މައުލޫމާތަށް ޓަކައި ދަންނަވާލީ. އަހަރެމެނަށް ހެޔޮ ކޮންމެ ތަނެއް ދިއްދުއަށް ގެންދިއަސް އަހަރެމެނަށް ކީއް.

  23. DOG‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    ހުސައިން އަކީ ތަންދޮރު ދަންނަ މީހެއް، ގާނޫނު ކިޔަވާފައި ހުރިކަން އެބަދޭހަވޭ، އެކަމަކު ވަކިކަމަކަށް ފެންބޮވައިގެންފައިވާ މީހުންނަށް އޮޅުން ފިލުވައިދޭން އުޅުނަސް އެބަޔަކަށް އެކަމެއް ފަހުމެއް ނުވާނެ، އެބަޔަކަށް ހީވާނީ އެމީހުން އެކަންކުރުމަށް އޮތް ގޮތަކީ ހަމަ އެންމެ ރަގަޅު ގޮތްކަމަށް، ގާނޫނޫ ނޭނގިތިބެ ގާނުނޭ ކިޔަންޏާ އެވާނީ ބޯކިބަލަކަށް، ދެން ހާޝިމް ބުނެފައިވާ ސަރަގު އާދަމް އަކީ މަލޭ މުނިސިޕްލޓީގެ ރައީސް ކަމަށްވާތީ މާލޭގައި ހިންގާ ކަންތައް ބަލަން އެތަނަށް ދާންޖެހޭނޭ ދެން ރާއްޖޭގެ ރައީސް އެތަނަށް ނުދިޔައީ ކީއްވެބޭ ހޯމް މިނިސްޓަރ ނުދިޔައީ ކީއްވެބާ އަވަށު ސަރުދާރު ނުދިޔައީ ކީއްވެބާ، ރަށްރަށުގައި ހިނގާ ކަންތައްތައް ބެލުމަށް ރަށުކައުންސިލާއި އަތޮޅުކައުންސިލާއި ކަތީބުން ނުދަނީ ކީއްވެބާ، ބުނަންތަ ޖިނާއީ ކުއްޓަތަކަށް އަރއިގަތުމަށް ބޭނުންވަންޏާ އެތަނަށް ދާނީ އެކަމަށް ހިއްތަވަރުދޭން އެކަންތައްތައް ހުއްޓުވުމަށް ތިބޭނީ ސަލާމަތީ ބާރުތައް، ރޭގެ ހާދިޝާގައި އެއްވެސް މީހެއް ފުލުހުންނަށް ހަމަލާދީފައެއް ނުވޭ އަކަމު އަމުރަށް ކިޔަމަނެއްވެސް ނުމެވޭ،. ހަމަލާދީފައިވަނީ މައުމޫން ގެއަށް ގަނައިފަހުން

  24. ވަކީލުގެ ވަކީލް‮‮‮ ‬ވިދާޅުވީ


    ތާރީޚް:22/07/2009

    DOG‮ ‬އަށް! ކަލޭ ތިޔަ އިންކާރު ކުރަނީ ކީރިތި ޤުރުއާނާ އަހަރެމެނަކާނޫން.ތިޔަހުރީ ޤާނޫނު އެނގި އިތުރުވެފައި.