Share

ސުރުޚީއަކާއި ނުލައި!

ސުރުޚީއަކާއި ނުލައި!
ޢައްބާސް

ޖަލްސާ އޮތީ ކުޅުދުއްފުށީގައި އެހުރި، ޖަލާލުއްދީން އިސްކޫލުގެ ހޯލުގައެވެ. ޖަލްސާއަކީ، އެމްޑީޕީ ކެންޑިޑޭޓް އަހްމަދު ޢާދިލްގެ ކެމްޕޭނު ޖަލްސާއެވެ.  އެރޭ އަހަރެން ޖަލްސާގައި އިނީމެވެ.

އާދިލް ޖަލްސާގައި ވާހަކަދައްކަވަމުން ބުނުއްވީ، އެމްޑީޕީގެ ކެންޑިޓޭޓުން މަޖިލީހަށް ނުހޮވައިފިނަމަ، ކުޅުދުއްފުއްޓަށް ލިބެން އޮތް ފުރުސަތުތަކެއް ގެއްލޭނެ ވާހަކައެވެ. އަޕަރ ނޯތު ޕްރޮވިންސްގެ މަރުކަޒީ ރަށަކަށް ކުޅުދުއްފުށި ނޫން އެހެން ރަށެއް ހަމަޖެހިދާނެ ވާހަކަޔާއި އެކަން އެގޮތަށް ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ވާހަކަ ޢާދިލް ބުނުއްވިއެވެ. ނަމަވެސް  އަޕަރ ނޯތު ޕްރޮވިންސްގެ މަރުކަޒީ ރަށަކަށް ކުޅުދުއްފުށި ނޫން އެހެން ރަށެއް ހެދުމަށް ފައިވިއްދާފައިވަނީ ކޮންބައެއް ކަމެއް، އަދި އާދިލް އިޝާރާތްކުރެއްވި މީހުން،  ޕްރޮވިންސްގެ މަރުކަޒީ ރަށަކަށް ހެދުމަށް ނިންމާފައިވަނީ، ކޮން ރަށެއް ކަމެއްވެސް އާދިލެއް ނުބުނުއްވިއެވެ.

ތެދަކީ މިއެވެ. އާދިލް އިޝާރަތްކުރެއްވި، މަރުކަޒީ ރަށުގެ މައްސަލަޔާއި ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ ބައެއް އޮފީސްތަކާއި އޮފީސްތަކުގެ ބައެއް ސެކްޝަންތައް، އެހެން ރަށްރަށަށް ބަދަލުކުރާނެ ވާހަކަ، އާދިލް ނޫނަކަސް އެހެން މީހުންވެސް ރަށުތެރޭގައި އިންތިޚާބުގެ ދުވަސްވަރު ދެއްކިއެވެ. އޭރު އަހަރެންވެސް ހީކުރީ އެއީ ކެމްޕޭނުތެރޭ ހިތްބިރުގަންނުވާލުމަށް ދެއްކިވާހަކައެއް ކަމަށެވެ.

އިންތިޚާބް ނިމިއްޖެއެވެ.  ކޮންމެއަކަސް އަހްމަދު ޢާދިލެއްވެސް، އާދަމް ވަހީދު އައްޔެއްވެސް މަޖިލީހަކަށް ނުހޮވުނެވެ.

އިންތިޚާބުގެ މާކުރިއްސުރެ، މި އަހަރުގެ މިނިވަން ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ހަމަޖެހިފައި އޮތީ ކުޅުދުއްފުށީގައެވެ. އިންތިޚާބް ހަމަ ނިމުމާއެކު، މިނިވަން ދުވަސް ފާހަގަކުރުން ހުވަރަފުއްޓަށް ބަދަލުކޮށްފިއެވެ. އަހަރެންގެ ނުކުތާއަކީ މިނިވަން ދުވަސް ގައުމީފެންވަރުގައި ފާހަގަކުރީމާ ލިބޭނެ މާއްދީ ފައިދާއަކަށް އިނގިލި ދިއްކޮށްލުމެއް ނޫނެވެ. ނަމަވެސް، މި ރަށުގައި މިނިވަން ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުން އެއީ، ސަރުކާރުން، (އެއީ ކޮންމެ ސަރުކާރެއް ކަމަށް ވިޔަސް) މި ރަށުގެ ރައްޔިތުންނަށް ވެފައި އޮތް ވައުދެކެވެ. އެ ވަޢުދު ސަރުކާރުން ވީ، ކުޅުދުއްފުށީގެ ރައްޔިތުން އެކަމަށް ނޭދެނީސް މަތިންބައިންނެވެ.

މިނިވަންދުވަސް ފާހަގަކުރުން އެހެން ރަށަކަށް ބަދަލުކުރަން ޖެހުނު ސަބަބު އެނގުން، އެއީ ކުޅުދުއްފުށީ ރައްޔިތުންގެ ހައްގެކެވެ. ޒިންމާދާރު، ހެޔޮވެރިކަން ކުރުމުގެ ގޮތަކީ ކުޅުދުއްފުށީ ރައްޔިތުންނަށް، މިނިވަން ދުވަސް ފާހަގަކުރުން ހުވަރަފުއްޓަށް ބަދަލުކުރި ސަބަބު ސާފުކޮށްދިނުމެވެ. ސަބަބު ސާފުކޮށް ނުދޭހާ ހިނދަކު ހިތުގައި އޮންނާނެ ސުވާލަކީ، އެއީ، އިންތީޚާބުގެ ނަތީޖާ ނުކުތް ގޮތުން ދެވުނު އަދަބެއްހެއްޔެވެ؟ މި ސުވާލެވެ.  ޖަވާބު ނުލިބި ރައްޔިތެއްގެ ހިތުގައި ބާއްވަން ނުރައްކާތެރި ސުވާލެކެވެ.

ދެން މިހާރު މި ދައްކަނީ، އަޕަރ ނޯތު ޔުޓިލިޓީޒް ކުންފުނި، –  އަހަރެންނަށް އެނގިފައިވާ ގޮތުން މި ކުންފުންޏަކީ، އަތޮޅު އޮފީހުގައި ހުންނަ އާދައިގެ މޭޒަކާއި ލެޓާހެޑަކަށް ކިޔާނަމެއް– ދިއްދުއަށް ބަދަލުކުރަން އުޅޭ ވާހަކައެވެ. ވިޔަފަރީގެ ކުލައެއް ނެތް، ފިސާރި ސިޔާސީ މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑްމީޓިންގްގައި، ދިއްދުއަށް ޔުޓިލިޓީޒް ކުންފުނީގެ އޮފީސް ބަދަލުކުރުމަށް ހުށަ ހަޅައިފިއެވެ. އެއީ، ކުޅުދުއްފުށީގައި ހުރިހާ ކަމެއް ނުބާއްވަން ވެގެން ކަމަށް ބުނެއެވެ. ލާމަރުކަޒީ ފުރިހަމައަށް ކުރަން ކަމަށްވެއެވެ.

ހަގީގަތުގައި ލާމަރުކަޒީކުރުމުގެ މަގުސަދަކީ ފަސޭހައިން، ޚަރަދުކުޑަކޮށް ޚިދުމަތް ލިބި ގަނެވޭނެ ގޮތެއް ރޭވުމެވެ. ސުވާލަކީ ކުޅުދުއްފުށީގައި ހުރި އޮފީސްތަކުގެ ބައެއް، އެހެން ރަށްރަށަށް ބަދަލުކުރުމުން، ފަސޭހައިން ޚަރަދުކުޑަކޮށް، ޚިދުމަތް ލިބި ގަނެވޭނެ ހެއްޔެވެ؟ އަހަރެން ހިތުން، އެގޮތަށް ހަދައިފިނަމަ، މުޅި ބޮޑުތިލަދުންމަތީގައި ޖެހޭނީ ލޯންޗްކުއްޔަށް ހިފައިގެން ބުރުޖަހާށެވެ. ކޮންމެ ރަށަކުންވެސް އެނބުރި އައިސް ދަތުރު ނިންމާނީ ކުޅުދުއްފުއްޓަށެވެ.

‮ ‬22‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ވަކަވަލޭ (ބޮޑު ދަތުރު ނިންމާފައި އާދެވުނީމަ)‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    ޢައްބާހާ ދޮން ކަލޯ ކޮންތާކު ތިއުޅެނީ، ތިހެން ތިކަހަލަ މީހުން ބޮނދައިގެން އުޅޭތީއޭ މި ކަން ކަން މިހެން މި ވަނީ އެހެންޏާ މަ ހީކުރީމޭ ޢައްބާސް ވެސް މި ފަހަރު ކުރިމަތިލާނެ ކަމަށް، އެކަމަކު އެހެންނެއް ނުވިތާ ދޯ، މި ވަރަށް ސަޅި ލިޔުމެއް، މީގަ މި ބުނާހެން އެބަޖެހޭ މި ކަން ކަން ބަލަން، އެއްކަލަ ހާޝިމް އުޅޭބާވަ މިހާރު، ހާޝިމް ފެނުނު ކުއްޖަކު އެ ސޮރަށް ސަލާން ބުނާތި

  2. ޒަކަރިއްޔާ ޒަޣްލޫލް‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    އާނ، ތިޔާ ކިޔަނި ހެޔޮކޮށް، އިންސާފުގައި ކަންތައް ދިޔަ ގޮތުން ފިލުވާލި ހަސަދައެއް

  3. ގަމާރު‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    ގަމާރުތަކާ ބުނަން ވާހަކައެއް މައުމޫނު ދަސްކޮށް ދިންގޮތަށް އަދި އެބޭފުޅާ ވިދާޅުވާހެން ވެރިކަން ހިންގާނެ ގޮތެއް ކުރާނެ ކަމެއް ކިއާނެ އެއްޗެއް އެނގޭނީ އެމީހުނަށް .އެކަމަކާ ކަލެމެނަކާ ކީއްކީއް.ހަމަ ހަޅޭލަވަ ލަވަ ތިބެންޖެހޭނީދެން.

  4. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    އެބައުޅެން. މީނި އިނގޭތޯ؟ ވަކަވަލޭ ކޮންތާކަށް ވަޑައިގެންފަ؟

  5. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    އެއް ނޭވައިން މި ކިޔާލީ!

  6. ހުސްނާ ރާޒީ‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    އައްބާސް ގެ ލިޔުން ވަރަށް ފުރިހަމަ. ހަގީގަތަކީ، ކުޅުދުއްފުށީގެ ރައްޔިތުން މާ ލޮނު މަޑުވުން. ބިތަށް ޖެހިފައި ނިދާފަ ތިބުން. ނުރޯ ދަރިއަކަށް ކިރު ދޭ މަންމަ ހަނދާން ނެތިދާނެ. ނޫނީ ކަންފަސޭހަކޮށްލާފަ ކިރު ނުދީ ހުރެދާނެ.
    ޑިމޮކްރަސީގެ ޅަފަތުގައި، ރައްޔިތުން އެބަޖެހޭ ޑިމޮކްރަސީ ދަސްކޮށް، ސިޔާސީ މައިދާނުގައި ކާމިޔާބު ހޯދާނެ ގޮތް ދަސްކުރަން. ބައެއް ކަންކަމުގަ ސަރުކާރަށް ޕުރެޝަރު ކުރަންޖެހޭނެ. ޕްރެޝަރ ނުކޮށް މިހެން މަޑުމަޑުން އަތް އުރާލައިގެން ތިބީމަ ހުރިހާ ފުރުޞަތުތަކެއް ގެއްލި ހިނގައިދާނެ. ކަންވާންޖެހޭނީ މިހެންނެއްނޫނޭ ބުނެ މަޑުން ތިއްބަކަސް އެކަމެއް ބަދަލެއް ނުވާނެ.

  7. އަނގަހަޑި‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    މިހުރިހާ ކަމެއްމިވީ ކަލޯމެން އެމްޑީޕީ ކެންޑިޓޭޓުން ނުހޮވީމައޭ! ދެން ތިބޭ 5 އަހަރު ފަހުން ދެން ފުރުސަތެއްލިބޭނީ! އޭރުން ޢާދިލްވެސް ފެންނާނެ ކުލަހުވަފެން ދައްކަން!

  8. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    ކުޅުދުއްފުށީ މީހުނާ ދިމާލަށް ބިތަށް ޖެހިފަ ހުއްޓެކޭ ކިއަކަސް، މައުމޫން ރިޔާސީ ކަމިޝަނަށް ހާޒިރު ކޮށްގެން އެކަމާ ބާލައިން ތުލުސްދޫ މީހުން ހެދިހެން، ރަށު ކައުންސިލަރު ރަށުން ބޭރަށް ލާކަށް ނުދާނެ، އަދި އަންނި އައިމަ، ފައިވާން ކިބަ ހިފައިން އޭނަ އާއި ދިމާލަކަށްވެސް ނުދާނެ، މައުމޫން އަޔަސް ވާނީ އެހެން..ސިޔާސީ ގޮތުން މީހަކު ހުންނާނެ ކޮޅެއްގައި ހުންނަންވީ،، ބޭނުން އެއްޗެއް ކިޔަންވީ، ރަށަކު މީހެއް ރަށު މީހެއް ތަފާތެއް ނެތް..އެކަމަކު މުޅި ރައްޔިތުންގެ ހައްޤަކާއި ބެހިގެން ނުވާނެ، މިސާލަކަށް ނަރުދަމާ އާއި އެހެނިހެން ކަންތައްތައް..މިއީ ކުޅުދުއްފުއްޓަކީ..މިހެން މިކަންވީ ރަށު މީހުނަކީ މާ ހޭލުންތެރި ބަޔަކަށް ވެގެންނެއްވެސް ނޫން. އެހެނަސް އާބާދީގެ ބޮޑު ކަމުންނާއި، އެކި ކުލަ ކުލައިގެ އެކި ވަރުގެ މީހުން ބައިބަޔަށް ގިނަވީމަ. ރިޔާސީ އިންތިހާބުން އެނގުން ކުޅުދުއްފުށީ ގިނަ މީހުން ބޭނުންވީ ބަދަލެއް ކަންވެސް، އަދި މިހާރު މިވާ ގޮތުން އެބަ އެނގޭ މިސަރުކާރާއިމެދު މުޅިއަކުން ހިތްހަމަ ނުޖެހޭކަންވެސް.. މިއީކީ އެއްވެސް މީހަކު މިރަށާއި ދޭތެރޭ ރުޅިއަރަން ވީ ކަމެއް ނޫން. މިއިން އެނގެނީ ކޮލޮމްބޯ އޯވަސީސް ސްކޫލުން ސިންގަޅަ ކިޔެވިއަސް ދިވެހިން ދަނެގެން ނޫޅެވޭނެ ކަން.

  9. ޖާދޫ‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    ލިޔުމަށް ތާއިދުކުރަން.. ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ކުޅުދުއްފުށީގެ ބައެއް ވެރިންނާއި އަތޮޅުއޮފީހުގެ އިސްފަރާތްތައްވެސް (ސިޔާސީ ބޭފުޅުން ނުހިމަނާ) ބޭނުންގޮތައް ކަންތައް މިވަނީ. އެމީހުން ބޭނުމެއް ނުވާނެ މިރަށުގަ އެއްވެސް ކަމެއް ބާއްވާކަށް. އެކަމުގައި އުޅެން ޖެހިދާނެތީ. އެކަމަކުން ބޯ ދަމައިގަނެވޭތޯ ބަލާނީ. ރަށު އޮފީހުގައިވެސް ތިބޭނީ ހުސްވެރިން ނުވަތަ ފަނޑިޔާރުން. ކައުންސިލަރަށް އެއްބާރުން ދޭނީ މަދުމީހެއް. ކޮންމެ މީހަކުވެސް މިހާރު ޤަބޫލުކުރަންވެއްޖެ މައުމޫން ނޫންކަން މިހާރު ވެރިޔަކީ.

  10. އިސްދަރިވަރެއް‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    ޖާދޫ ގެކޮމެންޓައް މަވާތާއީދު. ހަގީގަތުގައިވެސް މިއީހަމަ ގަމާރުފުށި. މިހާރު ޑީ އާރ ޕީއަކީ މާލެއިން އެއްމެ 200 މިހުންވެސްހަމަނުވާބައެއް. ވީމާއަދިވެސް މަޢުމޫނިޒަމް ގައި ހުއްޓުން އަރާފައުތިބެންވީތޯ. އަދިވެސް ހޭލަންނުވަނީތޯ؟ މަޢުމޫންގެ މަކަރުވެރިކަމާއި ނުބައިކަން ސާބިތުވާއިރުވެސް ހަމަތިހެން ތިއްބަވަނީތޯއެވެ؟

  11. އަލަށް ސައިޓަށް ވަންނަވަން ފެއްޓެވި ބޭފުޅެއް‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    މިލިޔުމު ތިރީގައި އެވާ، ‘އައްބާސް’ ޓެގަށް މަ ފިތާލީމާ، އައްބާހުގެ ކުރީގެ ލިޔުންތައްވެސް ފެނިއްޖެ. ވަރަށް ފައްކާ ލިޔުންތަކެއް. އަބަދުވެސް މިގޮތަށް ރަށުގެ މައްސަލަތަށް ހާމަކޮށްފައި ލިޔާނަމަ، ކިހާ އިންޓަރެސްޓިން ވީސްތަ؟

  12. ޚަބަރު‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    ސަރުކާރަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ރައްޔިތަކަށް މިނިވަންދުވަހެއްނޫން އެއްދުވަހެއްވެސް ފާހަގަކޮށްދޭނެކަމެއްނެތް

  13. އަލީ މުހައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    އިސްދަރިވަރަށް
    މިވެރިކަންވެސް ނިމޭނެކަން ގަބޫލް ކުރަންވާނެ މިފަސްއަހަރު މިގޮތަށް ތިބެފަ މީނަ(އަންނި) ބާލަން ވޯޓް މިރަށު ރައްޔިތުން ލީމަ މިހާރު މިރަށަށް މިހަދާ ގޮތުގެ ބަދަލް ލިބުނީ އެމްޑީޕީޔަށް އޯކޭދޯ

  14. DOG‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    ސަރުކާރުން ކިތަމެ ބޭނުމަސް ހަދާނެއެއްޗެއް ހަދަން ފުރުޞަތެއް ނުދޭނަން، ފަސް އަހަރުފަހުން ސަލާން ޖަހަން އަންނަންޖެހޭނެކަމަށް ވިސްނައިގެން ހަދާ އެއްޗެއް ހަދާތި، މިރަށުގައި ތިބި އެމް.ޑީޕީ މީހުންނަކީ ތަނެއް ދޮރެއް ދަންނަ ބައެއް ނޫން އެހެންވީމާ އެމީހުން ކެންޑިޑޭޓެއްގެ ގޮތުގައި ނަގާފަ ވޯޓް ލާށޭ ނޫނީ އެއްކަމެއްވެސް ނުކޮށްދޭނަމޭ ބުންޏަކަސް މިގަމާރުން ނުހެއްލޭނެ.

  15. އިއްޒަތްތެރި މެންބަރު‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    އައްބާސްގެ މިލިޔުމަކީ މިދުވަސްވަރާ ވަރަށް މުނާސަބު ލިޔުމެކެވެ. އަޅުގަނޑަށް މައްސަލައެއްނެތް ކޮންމެ އޮފިހެއް ކޮންމެތަނަކަށް ބަދަލުކުރިޔަސް، މައްސަލައަކަށްވާނީ އެތަނުގައި މިހާރު ވަޒީފާއަދާކުރާ ކުޅުދުއްފުށީގެ މުވައްޒަފުންނަށާއި ޚިދުމަތްހޯދާ ގިނަބަޔަކަށް. މުވައްޒަފުން މަދުކުރަންބޭނުމިއްޔާ މިއީ ވަރަށް މޮޅު ސިޔާސީ އުކުޅެކެވެ. އެއީ އޮފީސްތަކާއި ހޮސްޕިޓަލާއި ސްކޫލްތައް އެހެންތަންތަނަށް ބަދަލުކުރަން ނިންމައިފިނަމަ، މަޖުބޫރުންވެސް ގިނަ ބަޔަކު ވަޒީފާދޫކޮށްލާނެތީއެވެ. ކޮންމެމީހަކީވެސް ރަށުގައިހުރެގެން ވަޒީފާއަދާކުރާހިތްވާނެ މީހެކެވެ. ކުޅުދުއްފުއްޓަކީ އެއްވެސް ޕާޓީއަކަށް މެޖޯރިޓީއޮތް ރަށެކޭ ބުނުމަކީ ވަރަށް އުނދަގޫކަމެކެވެ. ސަބަބަކީ ރިޔާސީ އިންތިޚާބުގެ ފަހުބުރުގައި އަންނިއާއި މައުމޫނާ ދެމީހުންގެ ވޯޓުގެ ފަރަގަކީ އެންމެ 100 ވޯޓެވެ. އާންމު އިންތިޚާބު ކާމިޔާބުކުރީ މުޅިންވެސް މިނިވަނުންކަމުގައި ދައުވާކުރި މެންބަރުންނެވެ. މިހެންވިމާ ބުނަންޖެހޭނީ މިރަށަކީ ވަރަށް ސިޔާސީގޮތުން ދުޅަހެޔޮ ބަޔަކު އުޅޭރަށެއްކަމެވެ.

  16. DOG‮ ‬ވިދާޅުވީ


    ތާރީޚް:23/07/2009

    މިލިޔުމަކީ މައުމޫނާއި ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއް ނޫން، އެކަމަކު ހިތުތެރޭގައި އުތުރު އަރަމުންދާ އުދާސް ބޭރުކޮށްލެވުނީތީ އެކަންކުރި ފަރާތް ހުންނާނީ އުފަލުން. މައުމޫނަކީ ނުލަފާ މީހެއް ނަމަ ނަޝީދު ހަދާނެ އެއްޗެއް ހަދަން ރާއްޖެއިން ހިނގައްޖައީސް އެމަނިކުފާނަކީ ކިޔަވައިގެން ހުރި މުޅިދުނިޔެ ދަންނަ ބޭފުޅެއް، ނަޝީދު ފަދަ ތަނެއް ދޮރެއް ނުދަންނަ ގަމާރެއްނޫން، އެމަނިކުފާނަށް ކޮންމެ ތަނަކުންވެސް ހިމާޔަތްދޭނެ ވަޒީފާ ލިބޭނެ، އެކަމަކު ދިވެހިރައްޔިތުންނަށް ނަޝީދުގެ ސަރުކާރުން ދުއްތުރާކޮށް އަނިޔާވެރިވާނެތީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމަށް ގައުމުގައި އެހުރީ ނުހަނު ކެތްތެރިކަމާއިއެކު، ކުރީގައި ގެންދާގޮތަށް ގެންގޮސް ޖަލަށް ލެވުނަކަސް މިހާރަކު އެހެންނެތް ނުހެދޭނެ، މުޅިދުނިޔެއިން އެއަމަލުކުށްވެރިކުރާނެ ރާއްޖޭގެ ސަރުކާރަށް ޕްރެސަރކުރާނެ އެކަން އެގޮތަށް ނުވީ އެހެންވެ ނަޝީދުގެ ހެޔޮކަމަކުންނޫން، ގައުމުގެ ވެރިކަމުގައި 30 އަހަރު ހުރިއިރު ބޭނުންނަމަ ރަސްކަމަކަށް ބަދަލުކުރުމުގެ އިހްތިޔާރުވެސް އެމަނިކުފާނަށް ލިބުނު އެހެންނަމަ މިއަދު ނަޝީދުއަށް އެމަގާމްގައި ހުރެވުނީސްތޯ، ރާއްޖޭގެ ކަންކޮޅުތަކުގައި ހަދާފައިވާ ހޮސްޕިޓާތަކާއި ސުކޫލްތަކާއި ސިއްހީމަރުކަޒުތައް ނުފެންނަނީތޯ، އަމަނިކުފާނުގެ ޒައާމަތުގައި އުފެދިފައިވާ އިލްމީ ގާބިލް ބޭފުޅުން ނުފެންނަނީތޯ، ދުނިޔެއަށް މިގައުމަކީ އޮތްނަނެއްކަން އެނގުނީ ނަޝީދުގެ ވެރިކަމުގައިތޯ،30 އަހަރު ވީއިރު ޖަލަށް ލެވުނު މީހުންގެ އަދަދު ވީ ގިނަތޯ ނުވަތަ މިހާރުތޯ ގިނައީ؟ މަގުމަތީގައި ޖަލުހުކުމް ކުރާމީހުން އެނބުރެނީ މައުމޫންގެ ނުލަފާކަމުންތޯ، ރާއްޖޭގެ އިގްތިސާދު ދަށްވަމުން މިދަނީ މައުމޫން ނުކިޔަވާ ހުރުމުން ހަދާނެ ފަންޑިތައެއް ނޭނގިގެންތޯއެވެ؟ 30 އަހަރު ދުވަސްވެގެން ދިޔައި ކުރީގެ މާލެތޯ މިފެންނަނީ، ރާއްޖެތެރޭގެ ރަށްތަށް މީގެ 30 އަހަރުކުރިން ހުރީ މިހެންތޯއެވެ، ވޭތުވެދިޔަ 30 އަހަރުގެ ވެރިކަމަށްވުރެ ނިމުގެންމިދާ 08 މަސްދުވަހުގެ ވެރިކަމުގައި ރައްޔިތުންނަށް ކޮށްދެވުނީ ކޮންކަމެއްތޯއެވެ، ރާއްޖޭން ބޭރަށް ކިތައްފަހަރު ހަވަރުން ގޮވައިގެން ވޭތުވެދިޔަ މަދުދުވަސް ކޮޅުގޮސްފައިވޭތޯއެވެ، ކޮންމެ މީހަކީވެސް ހާއްސަކޮށް ވެރިކަމަށް އަންނަ މީހުންނަކީ މުދަލާއި ފައިސާގެ ދަހިވެތިކަމުގައި އަންނަ ބައެއް އެމީހުން އެއްޗެތި ކާންވެސްކާނެ އެކަމަކު އެއީ ސަލާންޖަހައިގެން ނަމަވެސް އެތަކެތި ހޯދައިގެން އެކަންވެސް ކުރެވޭނީ އެނގިގެން، އެހެން ނޫނީ މިހާރު މިއުޅޭހެން ވަޒީފާގައި ތިބި މީހުން ކަޑާލާފައި އެފައިސާ ގާތްރައްޓެހިންނަށްދޭނީ. އެކަން މިދަނީ މިހާރުވެސް ފެންނަމުން، މައުމޫންނަކީ އާދައިގެ ރައްޔިތަކާއި ތަފާތު މީހެއް އެއީ 30 އަހަރުވަސް މިގައުމުގެ ވެރިކަންކުރިމީހާ މިގައުމު ބިނާކުރި ބާނީ، ތިބުނާ ލޮރީބުރުތަކަކީވެސް އެކަމުގެ އެއްދަލީލު އެމަނިކުފާނަށް ތާއީދުކޮށް ލޯބިވާ މީހުން އެކަންކުރާނެ އެހެންކަމުން އެމަނިކުފާނަށް ނަޝީދުގެ ދުއްތުރާއިން ސަލާމަތްވެވެނީވެސް، އެފަދަ ލޮރީބުރު ޖަހައިގެން މާލޭގައި ހަމަނުޖެހުން އުފައްދާފައި ނުވާ މީހެއްކަމަށް ނަޝީދު ވާނެތޯ، ތިބުނާ ނާސިރު ދައުރެއް ނުދެކެން އެކަމަކު ފަހުގެ ތާރީހްގައި މިގައުމު ހަލާކުކޮށްފައިވަނީ އަންނި ނަޝީދު، ފުލުހުންނާއި ސިފައިންގެ އަގުވައްޓާލާ އެމީހުންނަށް އަނިޔާކުރަމުން އެދަނީ އަންނިގެ ސަބަބުން، އެއީ ވެރިކަމާއި މުދަލުގެ ދަހިވެތިކަމުގައި އންނިކުރިކަމެއް، ދެން ޖަލުގައި ބަޑިޖެހިވާހަކަ އެދުވަހު ޖަލުގައި ބަޑި ނުޖެހިނަމަ މިއަދު މިރާއްޖޭގެ ވެރިކަމުގައި ހުރީހީ އެތަނުން ޖަލެއްގައި އޮތް މީހެއް، އެމީހުންގެ ވިސްނުންހުރީ ބަޑިގުދަނުން ބަޑިހިފައިގެން ރިސޯޓްތަކަށް އަރާ ގެސްޓުން އަސީރުކޮށްގެން މާލެއަށް ހަމަލާދޭން، ދެން އެދުވަހު ބަޑިނުޖެހިނަމަ މިއަދު މިރާއްޖެ އޮންނާނެ ހާލު އަމިއްލައަށް ވިސްނާލަބަލަ. ކޮންމެ މީހަކަށްވެސް ގޯސްކަންތައް ކުރެވޭނެ އެހެންނޫންނަމަ އިންސާނުންނެކޭ ނުކިޔާނެ އެކަމަކު މައުމޫނާއި ނަޝީދު އާއި ދެމީހުންތެރޭން ހުރިހާ ގޮތަކުންވެސް ކަމުދަނީ މައުމޫން،

  17. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/07/2009

    ޑޯގަކީ ދުނިޔޭގެ އާޖުފާޖާއި ހަމަ ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ވަރަށް ސާފުކޮށް ޑޯގުގެ ކޮމެންޓް ކިޔާލުމުން އަޅުގަނޑަށް ޔަޤީންވެއްޖެ. އެތަނުން ބައެއް ކަންކަން މިތަނުގައި ފާހަގަކޮށްލާނަން. ކޮންމެހެން ޑޯގާ ޖައްސާލުމަކަށް ނޫން އެކަމަކު އޭގައި އަޅުގަނޑުގެ ހުރި އެކަޑެމިކް އިންޓްރެސްޓަކަށް ޓަކާ އިނގޭތޯ.

    1. ނަޝީދު ތަނެއް ދޮރެއް ނުދަންނައޭ ޑޯގް ވިދާޅުވިއިރު، އެމަނިކުފާނަކީ އިނގިރޭސިވިލާތުގެ ލިވަޕޫލް ޔުނިވަރސިޓީއިން 1989 ވަނަ އަހަރު މެރިޓައިމް ސްޓަޑީޒް އިން ޑިގްރީ ހައްދަވާފައިވާ ބޭފުޅެއް. ހަމަގައިމު ވެސް އެވަރުގެ ސެޓްފިކެޓެއް މައުމޫނުގެ އަތަކު ނޯވޭ. އޮންނަނީ އަޒުހަރު ޖަންގަލިން ގަނެފައިވާ ފާޑެއްގެ ނުޖޫމީ ޢިލްމާ އިސްލާމިކް ސްޓަޑީޒް ސަނަދެއް. އެނިމުނީ. ދެން އެދެބޭފުޅުން އަޅާކިޔާކަށް ނޫން މިދެންނެވީ މިވާހަކަ، އެކަމަކު ނަޝީދަކީ ތަނެއް ދޮރެއް ނުދަންނަ ބޭފުޅެކޭ ލިޔުއްވައި ޙަޤީޤަތް އޮޅުވާލެއްވީމާ. އަޅުގަނޑަށް އެނގެނީ އިނގިރޭސިވިލާތުގެ މިވަރުގެ ޔުނިވަރސިޓީއެއްގައި އުޅުނީމާ ތަނާ ދޮރާ ދަންނާނެކަން.

    2. މައުމޫނަށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ހިމާޔަތްދޭނޭ ލިޔުއްވާފައި އެތް އިރު އެއީ ވެސް ދޮގެއް. ހަމަގައިމު ވެސް ޔޫރަޕްގެ އެއްވެސް ޤައުމަކުން، އެމެރިކާ އޮސްޓްރޭލިޔާ ފަދަ ތަންތަނުންނެއް ނުދޭނެ މައުމޫނަށް ޙިމާޔަތެއް. އެއީ، އެމީހުން ދަނޭ މައުމޫނަކީ ޑިކްޓޭޓަރެއްކަން. އެހެނެއް ނޫން. މިސުރާއި ސަޢޫދީ ފަދަ އަރަބި ގައުމަކުން ދީފާނެ. އެއީ، އެތަންތަނުގައި ވެސް ތިބީ އެފަދަ ޑިކްޓޭޓަރުންކަމަށްވާތީ. ސައޫދީ އިން ޙިމާޔަތްދިނޭ އިނގޭތޯ އީޑީ އަމީނަށް ވެސް. އެހެންވީމާ ޑޯގު އެވިދާޅުވިހެން ދުނިޔޭގެ ކޮންމެތާކުން ނުދޭނެ މައުމޫނަކަށް ހިމާޔަތެއް.

    3. މައުމޫނަކަށް ނުދޭނެ ވަޒީފާއެއް ވެސް ދުނިޔޭގެ ތަންތަނުންނެއް. އެއީ ވެސް ޑޯގަށް ދުނިޔެ އެނގިވަޑައިނުގަންނަވާތީ ދައްކަވާ ވާހަކަފުޅު. މިހާރު އިތުރުފުޅު ހައްދަވައިގެން 76 އޭ ވިދާޅުވިއަސް ޢުމުރުފުޅުން 80 އިން މައްޗަށް ދިޔާމާ ކާކުތޯ ވަޒީފާ ދޭނީ. ކޮންކަމެއްތޯ މައުމޫނު ކުރާނީ. އިނގިރޭސިވެސް ރަނގަޅަށް އެނގިވަޑައެއް ނުގަންނަވާ. އަނެއްކާ މިހާރު މިއޮއް ދަތި އިރު އެދަނީ ވަޒީފާތަކުން މީހުން ކަނޑަމުން. އެހެންވީމާ، މައުމޫނަށް އަދާކުރެވޭނެ ވަޒީފާއެއް ނޯންނާނެ ދެނެއް މިދުނިޔޭގެ އެއްވެސް ގައުމެއްގައި.

    4. “ގައުމުގެ ވެރިކަމުގައި 30 އަހަރު ހުރިއިރު ބޭނުންނަމަ ރަސްކަމަކަށް ބަދަލުކުރުމުގެ އިހްތިޔާރުވެސް އެމަނިކުފާނަށް ލިބުނު އެހެންނަމަ މިއަދު ނަޝީދުއަށް އެމަގާމްގައި ހުރެވުނީސްތޯ” މިއީ ދެން ވަރަށް ދެއުޅިއެއް ނުވާ ޖުމްލައެއް. މައުމޫނަކަށް ވެސް އަދި އެނޫން މީހަކަށް ވެސް ރާއްޖެ ރަސްކަމަކަށް ބަދަލު ކުރާކަށް ފުރުސަތެއް ނުލިބޭ. އެކަމެއް ނުކުރެވޭނެ. އެގޮތަކަށް ނޫން އޭރުގެ ޤާނޫނު އަސާސީ ވެސް އޮތީކީ. އެކަމަކު ވެދާނެ މައުމޫނު ބޭނުންފުޅުވެފައި ހުންނެވިކަމަކަށް އެކަން، އެހެންނަމަވެސް އެކަން ކުރާކަށް އެއްވެސް ގޮތެއް ނެތް. ފުރުސަތެއް ވެސް ނުލިބޭ ކިތަންމެ ބޭނުންފުޅަސް. އަޅުގަނޑު ހައިރާންވޭ ޑޯގު މިދަރަޖައަށް އިތުރުފުޅު ހައްދަވާތީ އިނގޭތޯ. ދެން އޮތީ މައުމޫނު ރަސްކަމަކަށް ބަދަލުކުރެއްވި ނަމަވެސް ނޫން ނަމަވެސް، އަޅުގަނޑުމެންނަށް މިހާރު އެނގިއްޖެއޭ ނަޝީދަށް ވެރިކަން ލިބެން މާތް ﷲ ލިޔުއްވާފައިވާކަން އަޒަލުގައި މާކުރިން ވެސް. އެހެންވީމާ ނަޝީދަށް ވެރިކަން ނުލިބޭނެ ގޮތް އެއީ ނެތްގޮތް. އެކަލާނގެ އޭރުވެސް އެހެން ލިޔުއްވާފައިވާ ކަން މިހާރު އެބައެނގޭ ދެއްތޯ އަޅުގަނޑުމެންނަށް. ކިހިނެއްތޯ މާތް ﷲ އާ ދެކޮޅަށް މައުމޫން ކަމެއް ކުރައްވާނީ.

    5. ޖަލުގައި ބަޑި ނުޖެހިނަމަ ރާއްޖޭގެ ވެރިކަމުގައި މިއަދު ހުރީހީ އެތަނުން މީހެއް ކަމަށް ވިދާޅުވި ވިދާޅުވުމަކީ ހަމަ ރަތްލާޖެހި ބަރަހަނާ ކޮސް. އެއަކަށް ޖަވާބު ވެސް ދޭކަށް ބޭނުމެއް ނޫން.

    ނޫނޭ ނޫނޭ ޑޯގު ދެން ތިޔައީ ތަންކޮޅެއް ބޮޑުވަރެއް. ތިދަރަޖައަށް ޑޯގު ތަޢައްސުބު ވެދާނެކަމަކަށް ހީވެސް ނުކުރަން.

  18. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/07/2009

    ދޮން ފުތުއަށް.
    އަޅުގަނޑަށް އެނގޭ މައުމޫނުގެ އުމުރު. އެއީ 80 އިން މަތި. އެހެން މިދެންނެވީ، މައުމޫނުގެ ޙަޤީޤަތް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން ދެއްވި މައުލޫމާތުން. އޭގެ ތެރޭގައި ހ. ޝަފީޤުގޭ އަހުމަދު ޝަފީގާއި، އައްނަބީލާ އަނީސާ ނޫރައްދީނާއި، ދިއްދޫ އިބްރާހިމް ކަލޭފާނު (ޑީއައިކޭ) ހިމެނޭ. މިތިން ބޭފުޅުން ވެސް އެވާހަކަ ވިދާޅުވީ އަޅުގަނޑުގެ ގާތުގައި. އެތަނުން ކަލޭފާނު މިހާރުވަނީ އަވަހާރަވެފައި. މައުމޫނު މިސްރަށް ދިޔުމަށްޓަކައި ޢުމުރު ބޮޑުވީމާ، އަމީން އެހެރީ މައުމޫނުގެ އުމުރު 4 އަހަރު ހަގުކޮށްދެއްވާފައި ޕާސްޕޯޓް ހައްދަވާ ދެއްވާފަ. އެހެންވީމާ މައުމޫނު އަސްލު ކިޔާ އުމުރުގެ ތެރެއަށް އެ 4 އަހަރު އެއްކުރަން ޖެހޭނެ. އަނީސާ ނޫރައްދީނަށް ވުރެ ވެސް މައުމޫނު ދޮށި ވާނެ. އޭނާއަށް ވެސް މިހާރު 80 ވަނީ. ދެން ދޮންފުޅު މެންނަކަށް މިކަންކަމެއް އެނގިވަޑައެއް ނުގަންނަވާނެ. ދޮންފުތުމެންނަށް މައުމޫނު އިހަށް ދުވަހު ފެނިވަޑައިގަތަސް، އަޅުގަނޑު އޭނާގެ ޙަޤީޤަތް ހޯދާ ދިރާސާކުރާތާ މިހާރު 15 އަހަރު ވެއްޖެ. އެހެންވީމާ، މިހެން މިދެންނެވީ.

  19. ކާޅު‮ ‬ވިދާޅުވީ


    ތާރީޚް:24/07/2009

    ކުދިންނޭ މީގެފަހުން ނޮވެމްބަރ ތިނެއް (ނަސްރުގެ ދުވަސް) ވެސް ފާހަގައެއް ނުކުރާނެ. ދެން ނަސްރުގެ ދުވަހުގެ ގޮތުގާ ފާހަގަ ކުރާނީ އޮގަސްޓް ބާރަ ތޭރަ.

  20. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:24/07/2009

    ހާޝިމަށް….
    އަންނިއަށް ވެރިކަން ލިބޭނެ ކަމަށް މާތްﷲ އަޒަލުގައި ލިއުއްވާފައިވާތީ ލިބުނީއޭ ބުނުމަކީ ވަރަށް ބޮޑު ނުބައެއް. އެއްބަޔަކު ޑްރަގު ބޭނުން ކޮށް، ވައްކަންކޮށް އުޅެނީވެސް އަޒަލުގައި ލިއުއްވާފައިވާތީ ކަމަށް ބައެއް މީހުން ހީކުރޭ. އަޅުގަނޑު ކައިރީ ޕާޓޭއަކު ބުނި، “މާތް ﷲ ވަނީ ގަލަން ހައްދަވާ އެއަށް ލިއުމަށް އަންގަވާފައޭ..އެހެންވީމަ ލިއެފައި އޮތް ގޮތަކަށް ނޫނީ ކަންތައްތަކެއް ނުވާނޭ، އަހަރެމެން މިއުޅެނީ ލިއުއްވާފައިވާ ގޮތަށޭ” މިއީ ވަރަށް ނުބައި އައިޑިއޮލޮޖީއެއް.

    ސްޓީވަން ހޯކިންގ މިކަމަށް ޖޯކް ޖަހަމުން ބުނެފައިވޭ “ބައެއް މީހުން ބުނެއޭ ހުރިހާކަމެއް ވަނީ ކަނޑައަޅާ ނިންމަވާފައޭ، ކަލޭ އަޅެ ބަލާބަލާށޭ އެހެން ބުނާ މީހުން މަގު ހުރަސް ކުރާ މަންޒަރު.”
    އެއްވެސް ބައެއްގެ ހާލަތް އެބަޔަކު އަމިއްލަ އަށް ބަދަލު ކުރަން ނޫޅޭހާ ހިނދަކު ﷲ އެހާލަތް ބަދަލު ވުމަށް އިރާދަނުކުރައްވާކަމަށް ޤުރުއާނުން އެނގެން އޮވޭ.

    ދިވެހި ވެރިކަމަށް އަންނި ހޮވުނީ ދިވެހިން އެކަމަށް ބޭނުންވެގެން އެކަމަށް މަސައްކަތް ކައްގެން ﷲ އިރާދަކުރެއްވީމާ. ﷲ ކަމެއް އިރާދަކުރެއްވުމުގައި ސަބަބު ލައްވާފައިވޭ.

    އިރު އެރުމާއި އިރު އޮއްސުމާއި، އުފެދުމާއި ނެތިވެ ފަނާވުމާއި، ދަތިކަމަކަށް ފަހު ލުއި ފަސޭހަކަމެއް އައުމާއި އުފަންވުމާއި މަރުވުމާއި އަލުން ދިރުއްވުން ފަދަ ކަންތައްތަކަކީ ﷲގެ އިލާހީ ސުންނަތްތައް. މިއިން ކަމަކަށް ބަދަލެއް ނާންނާނެ. ނަމަވެސް ދިރިއުޅުމުގައި އިންސާނުންނަށް އޮވޭ އިޚްތިޔާރުތަކެއް.

    ރަނގަޅުވާހަކައެއް. ﷲވަނީ ހުރިހާކަމެއް އަޒަލުގައި ލިއްވާފައި. ފަހަރެއްގައިވެސް އަޅުގަނޑު މިކޮމެންޓް މިލިއުނީ އަޒަލުގައި އެގޮތަށް އޮތީމައެއް ނޫން. އަޒަލުގައި އެގޮތަށް އޮތީ އަޅުގަނޑު ލިއާނެތީވެ. މި ފަދަ ވާހަކަތަކާޢި ދޭތެރޭ މަޝްވަރާ ނުކުރުމަށް މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވޭ.

  21. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:24/07/2009

    ބިލްއޯރެލީ ފާހަގަކުރެއްވި ތަންކޮޅު ޤަބޫލުކޮށް އަނބުރާ ގެނެސްފިން.

  22. DOG‮ ‬ވިދާޅުވީ


    ތާރީޚް:24/07/2009

    ހާޝިމްގެ ހަސަދަވެރިކަން ގޮސްފައިވާ މީންވަރުން ކުފުވެސް ވެވެނީދޯ، އެހެންވާނީވެސް ދުނިޔޭގެ އިސްލާމިކް ގައުމުތަކުގައި ތިބީ ހާޝިމް ބައިގަންނަ ބަޔަކަށް ނުވާކަން އެނގިއްޖެ، ހުޅަނގުގެ ދުނިޔެއަކީ ހާޝިމްގެ އުންމީދު އެއީ މިހާރުގެ ސަރުކާރުގެވެސް އުންމީދު އެކަން މިރާއްޖެއަށް ގެންނަ ހާޝިމް މެން މަސައްކަތްކުރިއަކަށް އިރާދުކުރެއްވިޔާ ނުވާނެ، ދެން އަންނި އަތުގައި ތިބުނާ ފާސް އޮތްކަން މަށަށްވެސް އެނގޭ އެކަމަކު އެތަކެއްޗަކީ ގަނެވިވެސްދާނެ ތަކެތި، އަންނި އަތުގައި ތިއޮތް ފާހުން ގައުމުގެ ވެރިކަމަށް އައިސްގެން ކުރެވޭނެކަމެއް ބުނެބަލަ، ރައްޔިތުންނަށް މެރިޓައިމް ކިޔަވައިދޭނީތަ، މައުމޫނު އަތުގައި ދީނީއިލްމްގެ މަތީފާސްތައް އޮތްކަން މުސްރުގެ އުސްތާޒުންގެ ބައްދަވުމުން އެނގޭ، މައުމޫނަށް އިނގިރޭސިއާއި އަރަބިބަސް އެނގޭކަން އދ. ޖަލްސާތައް ބަލާނަމަ އެގިގެންދާނެ، މައުމޫނަށް ދިވެހިބަސް އެނގޭކަން ދިވެހިރާއްޖޭގައި ފާހަގަކުރާ މުހިންމު ދުވަސްތަކު ދެއްވާ ހިތާބްތަކުން އެނގިގެންދާނެ، އަންނި ތަނެއް ދޮރެއް ނުދަނެއޭ ނުކިޔަވައޭ މިބުނަނީ އެހެންވެ މިހާރު ބޭރުގައުމެއްގެ ޖަލްސާއަކަށް ފޮނުވަންޏާ ފުނުވަނީ ނައިބުރައީސް އަރަބިގައުމަކަށް ނަމަ ޑރ.މަޖީދު ރާއްޖޭގައި އަންނަ މުހިންމު ދުވަސްތަކުގައި ހިތާބެއް ދޭން މީހަކު ނުވެސް ހުރޭ، ދެން ޖަލު ހާދިޝާގައި އެއްޗެއް ބުނަން ހާޝިމަށް ނޭނގުނުކަން އެނގިއްޖެ، އެކަމުގެ ހަޤީޤަތް މިބުނީ ތެދަށް، ޖަލުގައި ތިބި މީހުންނާއި އެތަނުގައި ތިބި ސިފައިންނާއި ވާހަކަދެއްކުމަށްފަހު، ދެން ބުނަންތަ ރަސްކަމަކަށް ބަދަލުކުރެވުނީސް ކަމަށް ބުނެފައިވަނީ ކުރީގައި މުޅިރާއްޖެ އޮތީ މައުމޫނަށް ގޮސް ހުސްވެފައި މިހާރުހެން އެއްބަޔަކު އަންނި އަށް އަނެއްބަޔަކު މައުމޫނަށް މިގޮތަކަށް ނޫން، މަޖިލިސް މެޖޯރިޓީ އޮތީ މައުމޫނަށް ގާނޫނު އަސާސީ ބަދަލުކޮށްލުމަކީ އުދަގޫކަމެއް ނޫން، މަޖިލިސްގައި ހިންގަމުންދިޔައީ މައުމޫން ބުނަމުންދިޔަ ގޮތް، ސާފްވެއްޖެބާ، މިއީ ތެދުކަން ކޮންމެ މީހަކަށްވެސް އެނގޭނެ އެކަމަކު ވިސްނާ ފިކުރު ހިންގައިފިނަމަ.