Qauntum

Share

ކުޅުދުއްފުށި ތަރައްޤީގެ ރޭހުގައި ފަހަތަށްޖަހަނީ!

ކުޅުދުއްފުށި ތަރައްޤީގެ ރޭހުގައި ފަހަތަށްޖަހަނީ!
ނޫރު

ކުޅުދުއްފުއްޓަކީ ރާއްޖެއިން އުތުރުގެ ރަށްތަކުގެ ‘މާލެ’ އެވެ. އުތުރުގެ މައި މަރުކަޒެވެ. ފެންވަރު ރަނގަޅު ތަޢުލީމުން ފެށިގެން ގޮސް، ބޭސް ފަރުވާ އާއި ގެދޮރު އިމާރާތްކުރުމުގެ ސާމާނާއި ކާބޯތަކެއްޗާއި އަދިވެސް ދިރިއުޅުން އެކަމަކަށް ބަރޯސާ ވެފައިވާ އެންމެހާ ކަންތައްތަކެއްގެ މައި ދުއްކާނެވެ. މިހާރުގެ ގޮތަށް ބުނާނަމަ އުތުރުގެ ‘ރަން ތާޖެވެ’. މިރަށް މިގޮތަށް ތަރައްޤީވެގެން ގޮސްފައި މިވަނީ ސަބަބުތަކެއް ނެތިއެއްނޫނެވެ. އެކަކަށްވެސް އޮޅިފާނުވާނޭ ފަދައިން މިރަށަކީ މަސައްކަތްތެރި، ހީވާގި ރައްޔިތެއް ދިރިއުޅެމުން ދިޔަ ރަށެކެވެ. ވަކިކަމެއް އިސްތިސްނާ ނުވާނޭގޮތުގެމަތިން ހުރިހާ މަސައްކަތްތަކެއްވެސް ކުރެވެމުންދިޔަ ރަށެކެވެ. މީގެ އިތުރުން، ކަންކަމުގައި ބަސްކިޔާ ނުފޫޒުފޯރުވާ، ކެރޭ ޖެހިލުންކުޑަ ބަޔަކު ދިރިއުޅުނު ރަށެކެވެ. މިރަށަކީ މިރަށުގެ ކާބަފައިން މިރަށަށްޓަކައި ކޮއްދެއްވެވި މިންނެތް މަސައްކަތުގެ ސަބަބުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހެން ރަށްތައް ބަލަބަލާތިއްބާ ތަރައްޤީވެ ކުރިއަރައިގެން ދިޔަރަށެކެވެ. އެހެންނަމަވެސް، ކުރިޔާ ޚިލާފަށް މިއަދު މިފެންނަނީ މިޔާއި މުޅިންހެން އިދިކޮޅު މަންޒަރުތަކެކެވެ.

އަހަރެމެންގެ ކާބަފައިންގެ ޒަމާނުގައި މިރަށުގެ މައިކަށިތަކުން ނުހަނު އަޒުމާއިއެކު ކަންކަންކުރުމަށް ހިތްވަރުނެރުނެވެ. ނުހަނު ޖޯޝާއި ފޯރީގައި އަދި ރަށުލޯބީގައި ރަށަށް ޚިދުމަތްކުރަމުން ދިޔައެވެ. ނިކަން ހަނދާނަށްގެންނަވާބައްލަވާށެވެ. ބޮޑުތަދުގެ ދުވަސްވަރު މިރަށް ކީއްކުރަން ހެއްޔެވެ؟، މުޅި އުތުރުގެ ރައްޔިތުންގެ ހައްޤުގައި ނުކުތް ނުކުތުމުގައި ނަގާކީ އަހަރެމެންގެ ޖެހިލުންކުޑަ ކާބަފައިންނެވެ. އޭރު މުޅި ހާ އަތޮޅުގެ ކަންތައްތައް ބަލަހައްޓަމުންގެންދިޔައީ ކުޅުދުއްފުށިންނޭ ބުނުމުން ދޮގަކަށްނުވާނެކަން ކަށަވަރެވެ. އަދި ހަމަ މިޔާއިއެކު ހދ އަތޮޅުގެ ވެރިކަން މިރަށަށް، ސަރުކާރުން ބަދަލު ކުރެއްވި ކުރެއްވުމަކީ، މިރަށް ތަރައްޤީވަމުން ދިޔަ ބާރު ދުވެލީގެ އަލިގަދަ ހެއްކެކެވެ. އަދިވެސް ހަނދާންކުރައްވާށެވެ. ބިރުވެރިކަމުން އެންމެހާ ދިވެހިންގެ ހިތްތައް ފުރުނު ނޮވެމްބަރު 3ގައި މިޤައުމު ދިފާޢުކުރުމަށް ޖާނާއި ފުރާނައިން ޤުރުބާންވުމަށް އެންމެ ކުރީސަފުގައި އެންމެ ފުރަތަމަ ނުކުމެ، އަމިއްލަ ނަފުސާއި އާއިލާއާއި އަދި ލޯބިވާ އެންމެންނާއިއެކުގައި ކުރެވޭނޭ ހުރިހާ އުފާތައް ޤުރުބާންކޮށް، ޝަހީދުވެގެން ދިޔައީވެސް ހަމަ މިރަށުގެ ހިތްވަރުގަދަ ފަހުލަވާނެކެވެ. މިއީ އޭރުގެ ކުޅުދުއްފުށީ ދަރިން މިރަށުގެ އަދި މިޤައުމުގެ ތަރައްޤީއާއި ކުރިއެރުމާއި ސަލާމަތައް އިސްކަންދިން މިންވަރެވެ. އެހެން ނަމަވެސްތޯއެވެ! މިހާރު މިހުރިހާކަމެއް މިވަނީ އެކީއެކަށް ބަދަލުވެފައެވެ.

މިހާރު ރަށުގައި ރަށުލޯބި ހުރި މީހަކު ނެތޭ ބުނާހާވެސް މަދެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރާތަން ފެންނަނީ އެމީހެއްގެ އަމިއްލަ ލާބައާއި މަންފާއަށެވެ. ކޮންމެ މީހަކުވެސް ފެންނަނީ ކޮންމެވެސް މާއްދީ މުދާގަނޑެއް ހޯދުމަށް ހޭބޮއެނާރާ އުޅޭތަނެވެ. ރަށުގެ މަސްލަޙަތާއި ތަރައްޤީއަށް ވިސްނާ މަސައްކަތްކުރާތަނެއް ހަމައެއްގޮތަކަށްވެސް ނުފެނެއެވެ. ރަށުގެ އެއްބައިވަންތަކަން މިވަނީގެއްލިފައެވެ. ފިތުނަވެރިކަމުގެ ހުޅުގަނޑު ފެތުރިގެން މިދަނީ، ‘ހައްވަ ގޯތި ބޮޑު އާދަނު މާވަހަރެއް ހޮވައިފިއޭ ރަށުތެރޭގައި ގޮވާލާހާ’ އަވަހަށެވެ. އަރާރުންތައް މިވަނީގިނަވެފައެވެ. ބަދު އަޚުލާގީ އަމަލުތަކެވެ. މާރާމާރީ އާއި މަސްތުވާތަކެތީގެ ވަބާއެވެ. މިހެން ގޮސް ދެން ކިޔާނެ ކަމެއްނެތެވެ. ނުބައި ކިޔައިފިއްޔާ ހުރިހާކަމެއް މިއަދު މިދަނީ މިރަށުން ފެންނަމުންނެވެ. މިހެން މިކަންވަނީނަމަ ތަރައްޤީގެ ރޭހުގައި މިރަށްދާނީ ދުވައެއް ދުވަހަކަށް ފަހަތަށެވެ.

މިތަން ކިޔާފައި ތިބޭފުޅުންގެ ހިތްޕުޅަށް އަރައިފާނެއެވެ. ‘މީނާ މިކިޔަނީ ކީކޭ ހެއްޔެވެ؟! ހަމަގައިމުންވެސް، ކުޅުދުއްފުށި ފެންނަނީ ތަރައްޤީވާތަނެވެ. ކުރިންނެތް ބަނދަރެއް މިހާރު އެބައޮތެވެ. ނާސަރީންފެށިގެން މަތީ ސާނަވީއާއި ހަމައަށް، ރަށުން ތަޢުލީމުލިބެން އެބަހުއްޓެވެ. ރަނގަޅު ސިއްޙީފަރުވާ ލިބެންއެބަހުއްޓެވެ. ދިރިއުޅުމަށް ބޭނުންވާނެ އެންމެހާ ސާމާނުހެން ލިބެންއެބަހުއްޓެވެ. ރޭނގަޑު ނިދާލާފައި ތެދުވާހާ ވަގުތުކޮޅެއްގައި ހަމަ ކޮންމެ މީހަކަށްވެސް މާލެދެވޭނޭ ފެރީތައް އެބަހުއްޓެވެ. ކަރަންޓާއި މުޢާސަލާތީ ޚިދުމަތްތައް ބަރާބަރަށް ލިބެއެވެ. ދެން މިރަށް ތަރައްޤީނުވެއޭ ބުނެވޭނީ ކިހިނަކުންހެއްޔެވެ؟؟’

ދަންނަވަންތޯއެވެ. ކުޑަކުއްޖަކަށްވެސް ކާންލިބޭނަމަ ބޮޑުވާނެއެވެ. އެހެންނަމަވެސް އެކުއްޖާއަށް ދުނިޔޭގައި އުޅޭނެގޮތާއި ތަޢުލީމާއި މަސައްކަތްތެރިކަން އުގަންނައިދެވިފައި ނުވާނަމަ، މުޖުތަމަޢުގެ ނަޒަރުގައި އެކުއްޖާ ‘މީހަކަށް’ ވާނެހެއްޔެވެ؟ ހަމަ މިބީދައިން ދުނިޔެ ކުރިޔަށް ހިނގާނަމަ މިރަށްވެސް ކުރިއަރައިދާނެއެވެ. އަދި މިހާ ހުޅުވިފައިވާ ދުނިޔެއެއްގައި، މިތަރައްޤީ މާ ހަލުވިކަމާއިއެކު ފެތުރިގެންދާނެއެވެ. އެހެންނަމަވެސް މުޖުތަމައެއް ތަރައްޤީވިކަމަށްބެލެވޭނީ މާއްދީގޮތުންނާއި މަޢުނަވީގޮތުން ތަރައްޤީވެގެންނެވެ. އެމެރިކާއަކީ އެންމެ މުއްސަނދި އަދި ތަރައްޤީގެގޮތުން އެންމެ ކުރީސަފުގައި އުޅޭ ޤައުމުކަމަށް އެންމެންވެސް ގަބޫލުކުރާ ގައުމެވެ. އެހެންނަމަވެސް ނިކަންބަލާށެވެ. އެމީހުންގެ އެތަރައްޤީ އަހަރެމެން ތަރައްޤީގެގޮތުގައި ބަލައިގަންނަން ހެއްޔެވެ؟ އެތަރައްޤީ ދުނިޔެ ބަލައިގަނޭހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. އެއީ ކީއްވެހެއްޔެވެ؟ އެއީ އެމީހުންގެ އެއްވެސް އަގަލެއްނެތީމައެވެ. އެމީހުން އެހެންމީހުންނަށް އިހުތިރާމް ނުކޮށް ހިތުހުރިހާ ގޮތެއް ހަދަމުންގެންދާތީއެވެ. ހަމަ މިގޮތަށް މިރަށްވެސް މާއްދީގޮތުން ހަލުވިކަމާއިއެކު ތަރައްޤީވަމުންއެބަދެއެވެ. އެހެންނަމަވެސް މަޢުނަވީ ތަރައްޤީ ހަމަ އެއްގޮތަކަށްވެސް އަންނަތަނެއް ނުފެނެއެވެ.

ނިކަން ވިސްނަވާށެވެ. ކުރިން މިރަށުގެ ރައްޔިތުންގައި އޮތް އެއްބައިވަންތަކަން ކޮބާހެއްޔެވެ؟ އެކަކު އަނެކަކަށް އެހީތެރިވެދީ އުޅުނު އުޅުން ކޮބާހެއްޔެވެ؟ ރަށުތެރޭގައި އޮތް އަމާންކަން ކޮބާ ހެއްޔެވެ؟ ދީނީ އެއްބައިވަންތަކަން ކޮބާހެއްޔެވެ؟ މައިންބަފައިންނަށް ކިޔަމަންތެރިވާ ދަރިން މިހާރު ނޫޅެނީހެއްޔެވެ؟ މުދައްރިސުންނަށްކުރަމުންއައި އިހްތިރާމް ކޮބާހެއްޔެވެ؟ އަވައްޓެރި ރަށްރަށުން އަންނަ މުސާފިރުންނަށް ދިން މެހެމާންދާރީ ކޮބާހެއްޔެވެ؟ އެމީހުން އަހަރެމެންނަށް ކިޔަމުންއައި ސަނާތަކާއި ކުރަމުންއައި ޤަދަރު ގެއްލުނީ ކީއްވެހެއްޔެވެ؟ މިއީ މައުނަވީގޮތުން އަހަރެމެންގައި ކުރިންހުރި، އެހެންނަމަވެސް މިހާރު ނެތެމުންދާ ކަންތައްތަކެވެ. ދުވަހެއް ދުވަހަކަށް އަހަރެމެން ނާތަހުޒީބުވެގެން ދިޔުމާއި ކައިރިވާކަން ދައްކައިދޭ ކަންކަމެވެ.

މިތަރައްޤީ އަހަރެމެންގެ ތެރެއަށް ނާންނަނަމަ ނިކުންނާނެ ނޭދެވޭ ކަންތައްތައް މިހާރު މިދަނީ މިރަށުން ފެންނަމުންނެވެ. ކުރިން ދެންނެވިހެން ނުބައި ކިޔައިފިއްޔާ ހުރިހާކަމެއް މިދަނީ ފެންނަމުންނެވެ. ނަތީޖާއަކަށް ވެގެންދާނީ އެހެންމީހުންގެ ކުރިމަތީގައި މިރަށުގެ އަގުވެއްޓިގެންދިއުމެވެ. އެހެންމީހުންގެ އިހުތިރާމާއި ޤަދަރު ނުލިބުމެވެ.  އެހެންމީހުންގެ ބަދު ދުޢާ ލިބެންފެށުމެވެ. ދިވެހި މުޖުތަމަޢުން މިރަށް ބާކީވެ އެކަހެރިވުމެވެ. ދިރިއުޅުމުގެ މުއާމަލާތްތައް އެހެންމީހުންނާއިއެކު ކުރުމުން މަހުރޫމުވުމެވެ. މިރަށު މީހުންނަށް ވަޒީފާ ދިނުމަށް އެހެންމީހުން ފަސްޖެހުމެވެ. އެހެންގޮތަކަށް ބުނަނީނަމަ، ހަގީގީ ތަރައްޤީ މިރަށަށް ނައުމެވެ. އެހެންކަމުން މިއީ މިރަށުގެ ހަމަ ކޮންމެ މީހަކުވެސް މިހާރު ވިސްނަންވެއްޖެ ކަމެކެވެ. ރަނގަޅުކުރަންވެއްޖެ ކަންތައްތަކެއް އެބަހުރިކަން ދަނެ، އެކަން ގަބޫލުކޮށް، އެކަންކަން ރަނގަޅުކުރުމަށް ފަރުދީ ހައިސިއްޔަތުންވެސް މަސައްކަތްކުރަންވެއްޖެ ކަމެކެވެ. އެހެންނޫންނަމަ، މިހާރެކޭ އެއްގޮތަށް ތަރައްޤީގެ ރޭހުގައި ދުވަހެއް ދުވަހަކަށް މިރަށްދާނީ ފަހަތަށެވެ.

,

‮ ‬53‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ނޫރަށް.
    ތިޔައީ ހަމައެކަނި ކުޅުދުއްފުށްޓަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫން. މުޅި ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ވެސް މިހާރު ތިޔަކަންތައް ފެންނަން ފަށައިފި. އަޅުގަނޑު ހިތުން ތިޔަ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް އެއީ އޭގެ ޒާތުގައި އަންނަ، އަދި ނުހުއްޓުވޭނެ ކަންކަން. ތިޔަ ވިދާޅުވީ ނޫންތޯ އެކުވެރިކަމާ، އެއްބައިވަންތަކަން ނެތްވާހަކަ. އަވަށްޓެރިންނާ ގުޅުން ނެތް ވާހަކަ އާ މިބާވަތުގެ އިޖްތިމާޢީ ކަންކަން. އެއީ ތަރައްޤީއާ އެކު އަންނަ ކަންތައްތައް. ދިރިއުޅުމުގެ ހަނގުރާމަ ހޫނު ގަދަވަގެންދާ ވަރަކަށް މީހުންގެ ގުޅުންތައް ކުޑަވެގެން ދާނެ. އަޅުގަނޑުމެން ކުޑައިރު އުޅެނީ އަވަށްޓެރި ގޭއަށް ވަދެ ކުޅެ ހަދަމުން، އެމީހުން ވެސް އަޅުގަނޑުމެންގެ ގޭގެއަށް ވަދެ މިކަހަލަ ގޮތަކަށް. މިހާރު އެހެން ނުވަނީ، ތިމާގެ ދިރިއުޅުމަށް ކުރަން ޖެހޭ މަސައްކަތާ ހެދި. އަދި ތިމާ ބޭނުމެއް ނުވޭ އަނެކުން ތިމާގެ ގެއަށް އައިސް ތިމާގެ ޕްރައިވެސީއަށް އަރައިގަންނާކަށް. މިބާވަތުގެ ކަންތައްތަކެއް މިއުޅެނީ. ނިކަން ބައްލަވާ މާލެ. އަޅުގަނޑުމެން ކުޑައިރު އުޅުނު މާލެއެއް ނޫނޭ މިހާރު މިއޮތީ. މިއީ ނުހުއްޓުވޭނެ ކަންކަން.

  2. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އެކަމަކު ލިއުންވަރަށް ފުރިހަމަ ނޫރު

  3. ހާޝިމާ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ކުޅުދުއްފުށީ މީހުން އެމްޑީޕީ މީހަކު ނުހޮވީމަ އަދަބުދެނީޔޯ، އަހަރެމެންގެ ރިޒްގު މިމީހުނަށް ބަންދުކުރެވޭނެބާ؟

  4. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އަހުލާގު ނެތަމަ ތާކު ޒަމާނާއި އެކުވެގެން
    ތަން ދާނެޔެ ބުއްދީގެ މަގުން އެއްކިބާވެގެން
    ކޮބާ.. މިޔޮތީ އެދުވަސް އާއްސަ.

  5. DOG‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ލިޔުން ވަރަށް ފުރިހަމަ، ބުނަން އޮތް ވާހަކައަކީ ކިތަމެ ދެރަވީ ނަމަވެސް ދުނިޔޭގައި އަންނަ ކޮންމެ ދުވަހަކީވެސް ނެތިދާނެ ދުވަހެކޭ އެދުވަސް އަލުން އިޔާދަވުމަށް އެދުނުނަމަވެސް އެކަމެއް ނުވާނެއޭ، ފާއިތުވެދިޔަ ދުވަސްތައް ކިތަމެ ބާއްޖެވެރިވިނަމަވެސް އެކަން އޮތީ އެގޮތަށްކަން އެންމެންނަށް އެގޭ އިރުވެސް އެކަމަށް އެދުމަކީ ބޭނުންތެރިކަމެއް އެކަމަކު އެކަމެއް ނުމެވާނެ، ދެން މިރަށުގެ ތިދެންނެވި ތަރައްޤީ ގެއްލިގެންދަނީ މިރަށުގެ ދަރިންގެ ސަބަބުން އެކަމަކު މިޒަމާނަކީ އެފަދަ ޒަމާނެއް ވެރިކަމުގައި ހުރީ ގުޅިގެން އެންމެންނަށް ވެރިކަނަކޮށްދޭން ބޭނުންވާ މީހެއްނޫން، އެބަޔަކު އުޅެނީ އެބަޔަކަށް ފައިދާ ވާގޮތަށް އެހެން މީހުންނަށް ރައްދުދެމުން، ދެން ނޮވެމްބަރ 03 ގައި ސަހީދުވި ޙުސައިން އާދަމް ދެކެ މިސަރުކާރުން ނުހަނު ނަފުރަތުކުރާނެ އެއީ ސަރުކާރަށް ނިސްބަތްވާ ބަޔަކު ހިންގި އުދުވާނެއް ނާކާމިޔާބުވެ ވެރިކަމަށް އައުމުގައި މިހާ ދުވަސް ނެގުމުގެ އަސްލަކީ ސަހީދު ޙުސައިން އާދަމްކަން އެމީހުންނަށް އެނގޭތީ، އެކަމުގެ ސަބަބުން މިރަށަށް ސަރުކާރުން ބަލާނީ ދޮންބަފަޔަކު އޭނާގެ ދޮންދަރިއަށް ބަލާ ފަދައިން، އަންހެނުންކުރިމަތީގައި (ރައްޔިތުން) ވައުދުވެ އެވައުދު ފުއްދުމަށް ދެކޮޅުހަދާ މިރަށް ގައުމުގެ ޗާޓުން ފުހެލެވެން އޮތްނަމަ އެކަންވެސް ކުރާނެ، އޭގެ ހެއްކެއް މިހާރު ފެންނަމުން އެބަދޭ މިނިވަންދުވަސް އެހެން ރަށަކަށް ބަދަލުކުރުން، ހަމައެކަނި މިރަށުގައި ހުރި ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުގަޑި ކަނޑާލުން، އިންޖީނުގެއަށް ގެނައުމަށް ހަމަޖެހުނު 02 އިންޖީނު ހުޅުމާލެއަށް ބަދަލުކުރުން. ހުދުތިމާ އިހަށް ދުވަހުގެ ޖަލުސާގައި ދޮގުހެދުމާއި ހިޔާނާތްތެރި ވާ މީހުންނަށް ރައްޔިތުން ގަދަލު ނުކުރާނެކަމަށް ބުނާއިރު މިއީ ދޮގުހެދުމާއި ހިޔާނާތެއް ނޫންބާ، މިނިވަންދުވަސް ފާހަގަކުރުމަށް އަފީފުއްދީން ސްކޫލްގައި ރައީސް ނަޝީދު ބުނެފައިވަނީ ކީއްކުރަންތޯ، މިހިރަ މިހިރަކަންތައްތަކަށް ވިސްނައިގެން މިރަށުގެ ރައްޔިތުން ތިބިއްޔާ މިރަށް ކުރިއެރުމުގައި ހުރަސްތައް ދެނެގަނެ އެކަންތައްތަކަށް ކުރިމަތިލާ ފައްސޭހަވެގެންދާނެ.

  6. DOG‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ހާޝިމަށް،
    ހާޝިމޫ ދޮންކަލޯ، ކުރިން އަޅުގަނޑު ބުނިންދޯ އަންނިއަކީ ތަނެއްދޮރެއް ނުދަން މީހެކޭ އެކަމުގެ ހެއްކެއް އެންމެފަހުން MDP އިން ބޭއްވި ގަލުސާއިން އެނގޭނެ، އަދި އެޖަލުސާ އާއި މެދު އިއްޔެގެ ހަވީރު ނޫހުގައި ލިޔެފައިވާ ލިޔުމަށް ކިޔުންތެރިކޮށްފައިވާ ކޮމެންޓުގެ ސަބަބުން ރައްޔިތުން ދެކޭ ގޮތްވެސް ފިސާރި ރަގަޅަށް އެނގިގެން ގޮސްފި، އެބޭފުޅާގެ ވާހަކަދެއްކުމުގެ ވައްޓަފާޅިއާއި އަހްލާގްވެސް އެނގިގެން ގޮސްފައިވޭ އަދި ބޭރުގެ ނުފޫޒް މިސަރުކާރަށް އޮތް މިންވަރާއި އެހެން މީހުންނަށް އިހްތިރާމް ކުރާ މިންވަރުވެސް އެނގިގެން ގޮސްފައިވޭ، ހާޝިމޫ އަންނި ކޮންމެ އެއްޗެއް ކިޔަމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އަންނި އާއި މައުމޫންގެ ތަފަތު ރައްޔިތުން ވަނީ ދައްކުވައިދީފައި، އަދި ކުރިއަށް އޮތްތަނުގައިވެސް އަންނިގެ އަމަލުތައް މިހުރި ގޮތުން ރައްޔިތުންގެ ތާއީދު މައުމޫނަށް ދާނީ އިތުރުވަމުން، ކިތަމެ ވަރަކަށް ސިފައިންނަށް ހެޔޮކޮން ހިތާ ބާރުވެރި ސަރުކާރެއް ހިންގާނެކަމަށް ބުނަމުން ދިޔަނމަވެސް ރައްޔިތުން ނެތި ސަރުކާރެއް ނުހިންގޭނެ އަދި MDP އަށް ނިސްބަތްވާ މަދު މީސްކޮޅު އެކަނި ބައިތިއްބައިގެންވެސް ވެރިކަން ނުކުރެވޭނެ. އެކަމަކު އެގޮތަށް ވިސްނުން ބަހައްޓާކަންވެސް އެނގޭ، ބޮޑު ލޭހޮރުވުމެން ހިންގުވުމަށް ރައީސް ނަޝީދު ދައުވަތު ދެމުންދާކަން އެންމެ ފަހުގެ ޖަލުސާއިން ސާބިތުކޮށްދީފި،

  7. DOG‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އެފަދަ ދުވަހެއް އަތުވެއްޖެނަމަ މިރަށުން ސަހީދު ޙުސައިން އާދަމް ކަހަލަ ކިތަމެ ދަރިންނެތް ފެނިގެންދާނެ.

  8. ފަހުޒަމާން‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އަހަރެން ބުނާނީ މިރަށުގައި ހިތްވަރުގަދަ ބަޔަކު އެބަތިއްބޭ . ކަމަކާއި ލާގަތީމަ ފެންނާނީ. ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. އެކޮށް ކޮސްނުގޮވާށެވެ. ގައުމަށް ދިމާވާ ދެރަކޮންމެ ދަނޑިވަޅެއްގައި އަދިވެސް ކުޅުދުއްފުށީ ސޮރަކު ހިތްވަރުކުރާތަން މާތްﷲ ރުއްސެވިއްޔާ ފެންނާނެއެވެ. އަޒުމް އެބަހުއްޓެވެ.

  9. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ޑޯގަށް.
    ޑޯގުގެ ކޮމެންޓުން އަޅުގަނޑަށް ފާހަގަ ކުރެވޭ އުނި 2 ތަންކޮޅެއް ތިރީގައި މިލިޔަނީ

    1. ހަވީރު ނޫހަކީ، ކާކު، ކޮން މަޤުޞަދެއްގައި ނެރޭ އެއްޗެއްކަން ޑޯގަށް ވެސް އޮޅިވަޑައިގެންފައި އޮންނާނެކަމަށް އަޅުގަނޑު ނުދެކެން. އަދި ހަވީރު ނޫހުން މިސަރުކާރާ މެދު ދެކޭ ދޯހަޅި ސިޔާސަތާއި، ހިރިގާ އަހުމަދު ޒާހިރާއި، ޑރ. ޢަލީ ރަފީޤު މިސަރުކާރާ މެދު ކުރާ ނަފްރަތާއި، އެނޫހުގެ މިނިވަންކަމުގެ ފޭރާން ދެރަވެގެން ދުވަހެއް ދުވަހަކަށް މިދާ ތަނާ މިކަންކަން ދިވެހިރައްޔިތުންނަކަށް ނޯޅޭނެ. އަޅުގަނޑު މަސައްކަތް ކުރިން ޑީއާރުޕީގެ ހަމަރޯލި ނޫހުގެ ސަބް އެޑިޓަރުގެ ގޮތުގައި ވެސް. އެއީ ރިޔާސީ ކެމްޕެއިން ދުވަސްވަރު. އަޅުގަނޑަށް ވަރަށް ރަނގަޅަށް ފެނިގެންދިޔަ ހަވީރު ނޫހާ، ޑރ. ޒާހިރު ހުސައިން ޑީއާރުޕީގެ އެޖެންޑާ ޕްރޮމޯޓް ކުރައްވަން އޭރުވެސް ރާއްވަވަމުން ގެންދިޔަ ކަންތައްތައް. ނިކަން އައްސަވާ ބައްލަވާ ހަވީރު ނޫހުގައި އުޅުއްވާ އަހުމަދު ހަމްދޫނު ކުރެން އަޅުގަނޑު ނުދަންނަންތޯ؟ އަޅުގަނޑު އަތުންނޭ ހަވީރުގެ ނޫސްވެރިންނަށް ޑީއާރުޕީއިން ދޭ މުސާރަ ދެނީ. ޑޯގަށް މިކަންކަން އެނގިވަޑައިނުގަތަކަސް އަޅުގަނޑަށް އެކަންކަން އެނގޭ.

    2. ދެން ހަވީރު ނޫހުގެ ކޮމެންޓްތައް އެއީ ދިވެހިރައްޔިތުންގެ މެޖޯރިޓީގެ ޚިޔާލުކަމުގައި ނިންމޭނެ ހަމައެއް ވެސް ނޯންނާނެ. ޑޯގު ތިޔަވިދާޅުވަނީ ހަވީރުގައި ކޮށްފައިވާ ކޮމެންޓްތަކަކީ ރައްޔިތުންގެ ޚިޔާލޭ. ނިކަން ވިސްނަވާ، އޭގައި ނުލިޔާނޭ އިނގޭތޯ ސަރުކާރާ އެއްކޮޅު ކޮމެންޓްތަކެއް. ކިތައް ދުވަހުތޯ އަޅުގަނޑު ވެސް ކޮމެންޓްތައް ލިޔަނީ. އެކަމަކު ޝާއިޢެއް ނުކުރާނޭ. އަނެއްކޮޅުން ހަވީރު ކިޔަނީ ރައްޔިތުންގެ ތެރެއިން ކިތައް ޕަސެންޓް މީހުންތޯ؟ އެހެންވީމާ، ހަވީރުގައި ކުރާ ކޮމެންޓްތައް އެއީ ރައްޔިތުންގެ ޚިޔާލާ ފިކުރުކަމުގައި ނިންމައިގެން އެއަށް ތަބާވާކަށް ނުޖެހޭނެ އިނގޭތޯ؟

    3. ދެން ތިޔަވިދާޅުވީ، ސަރ ޖޭމްސް އިންނެވީމާ ބޭރުގެ ނުފޫޒު ކުރަނީއޭ. ބަލަ ބޭރުގެ ތަޖުރިބާއަކީ އަޅުގަނޑުމެންނަށް މުހިންމު އެއްޗެކޭ. ނިކަން ބައްލަވާ މައުމޫނު މިސްރުން ކިޔަވާވިދާޅުވެގެން، ރަމަޟާން މަސް އިޙުޔާ ކުރަންވެސް މިސްރުން ގެނޭ އިނގޭތޯ ކޮތަރު ބައިގަނޑެއް ކޮންމެ ރޯދަމަހަކު. އެމީހުން އަޅާ ހެދުން ދިވެހިން އަޅައިގެން ހުކުރު ޚުތުބާ ކިޔަނީ ވެސް. މިއީ ބޭރުގެ ނުފޫޒު މައުމޫނު ގެނައިވަރު ދިވެހިރާއްޖެއަށް. އަޅުގަނޑުމެންގެ ކާބަފައިން ހުކުރު ކުރެއްވީ މިސުރު ޖުއްބާގައިތޯ؟ ހަމައެގޮތަށް ބޭރުން ޤާނޫނު ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގެން އެގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުތައް ވެސް މިހެދެނީ. މިއީ ނުފޫޒު ކަމަށް ވަންޏާ ދެން މިގައުމު ހިންގަން ޖެހޭނީ ދުނިޔޭގެ ގައުމުތަކާ ޚިލާފަށް. ސަރ ޖޭމްސް އާ މަންޑޭލާއާ މިބޭފުޅުންގެ އަރިހުން އަޅުގަނޑުމެން ޖެހޭނޭ ދަސްކުރަން ޑިމޮކްރަސީގައި ކަންކަން ހިނގާ ގޮތް. ދެން މިހެން ނުހައްދަވައި ކަންކަން ކުރަންޏާ ދިމާވާނީ އުމަރު ޒާހިރު މަޖީދީމަގުގައި ތަޅުން އެޅުއްވިހެން. މީހުން ދުނިޔޭގައި ކަންކަން ކުރާ ގޮތް ނުބަލާ، ރާއްޖޭގެ އެތަން މިތަނުން އަކިރިގެނެސް އެތައް މިލިޔަން ރުފިޔާއެއްގެ ސިމެންތިއާ އެއްކޮށް ހަމައެކަނި މާލޭގެ މަޖީދީމަގުގައި ތަޅުންއެޅީ. އެކަމަކު، އެ މަސްރޫއު ނިމި 5 އަހަރު ވެސް ނުވެ އެޖެހުނީ ތަޅާލާފައި ނަގަން. އެންމެ ފުރަތަމަ ވެސް ދުނިޔޭގެ އިންޖިނޭރުން ކުރެ އަހައިގެން ކުރިނަމަ މިފަދަ އިސްރާފެއް ނުވީސް ދެއްތޯ؟

  10. އިސްމާއީލް ގެ ދަރިއެއް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ކިތަންމެހާވެސް މިރަށް (ހދ.ކުޅުދުއްފުށި) ތަރަށްޤީ އަދި ލިބެންވާ ކޮންމެ ހިދުމަތެއްވެސް ލިބޭ، ނަމަވެސް މިރަށުގާ ތިބޭމީހުން ތަރަށްޤީ ނުވަންޏާ ކޮބައިތޯ، ތަރަށްޤީ ވުމަކީ…….އެންމެ ފުރަތަމަ ކުޅުދުއްފުށީ ރައްޔިތުން ތަރަށްޤީ ކުރަންވީ….

  11. ބިލް ނޮޓް ރެލީ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ސަރ ޖޭމްސް އަކީ ޑިމޮކްރަސީގެ މާހިރެއްތޯ ނޫނީ ގައުމުން ބޭކާރު ކޮށްލާފަ ހުރި ސިޔާސީ ގޮތުން ފެއިލް ވެފައި ހުރި މީހެއްތޯ؟ ހާޝިމް ހަމަ ކޮންމެ ކަމެއް މާ އެނގޭ ކަމަށް ހެދިގެން އުޅޭނެކަމެއްނެތް. ޑީއާރުޕީގެ ލާރި ހިފައިގެން ހަވީރަށް ދަނީވެސް ހާޝިމް. ހެހެހެ. މައުމޫނު ދެކެ ރުޅި އަޔަސް ތީ ފުކެއް ބޮޑުވަރު.
    ސަރ ޖޭމްސް އާއި އަންނި.
    ސާރ ޖޭމްސް އެގައުމުގައި ވެރިކަންކޮށް ދައުރު ހަމަވިއިިރު ރައްޔިތުންގެ ތާއީދެއް ނެތް. ރައްޔިތުން ބުނަމުންދަނީ ސަރ ޖޭމްސް އަކީ އިނގިރޭސިންގެ ޕަޕެޓެއް ކަމަށް. ދެން ސަރ ޖޭމްސް އެދުވަސްކޮޅު އިނގިރޭސި ކޮންޒަވޭޓިވް ޕާޓީ އާއި ގުޅުން ބޮޑު ކުރި. ކޮންޒަވޭޓިވުންނަކީ، ކްރިއަސްޓިއަން ދީން ނޫން ދީނެއް އިނގިރޭސިވިލާތުގައި އޮތުމަށް ދެކޮޅުހަދާ ބައެއް. އެކަމަކު އެކަން ނުވާނެކަން އެނގޭތީ އެމީހުން މަސައްކަތް ކުރަނީ އެހެން ގޮތަކުންވެސް އެމަސައްކަތް ކާމިޔާބު ކުރަން. އެގޮތުން އެހެން ގައުމުތަކުގެ ސިޔާސީ ލީޑަރުން ހާއްސަކޮށް ވެރިކަމަށް އަރާހިތްވާ ލީޑަރުންގެ ބޯ ކާލައިގެން އެމީހުންނާމެދު ހާއްސަ ގުޅުމެއް ބާއްވާނެ. ސީޝެލް ގެ ސަރ ޖޭމްސް އާއި ކޮންޒަވޭޓިވް އާއި ގުޅުނީ މިހިސާބުން.
    އަންނި އަކީ ރާއްޖޭގެ ވެރިކަން ބޭނުން ވެގެން މީގެ 10 ވަރަކަށް އަހަރު ކުރިން އިނގިރޭސިންގެ މަދަދު ލިބޭނެ ގޮތެއް ހޯދަން ވެގެން އުޅުނު މީހެއް. އެކަން އޭނައަށް ކާމިޔާބުވީ ކޮންޒަވޭޓިވް ޕާޓީގެ މީހުންނާ ގުޅުނު ހިސާބުން. މިދެންނެވި ގޮތަށް ކްރިސްޓިއަން ދީން ފަތުރާނެ އެޖެންޓުން ހޯދަން ކުރި މަސައްކަތުގައި ކޮންޒަވޭޓިވުންނަށް އަންނި ވީ ބޮޑު ރަންގަނޑަކަށް. ދެން، އަންނިގެ ބޮލަށް އެރިގެން މިކުރިކަމެއް ކުރީ.
    ހާޝިމު މިދޭތެރެއިން މިސައިޓަށް ކޮމެންޓް ނުކޮށް ހުރި ދުވަސް ވަރު މި ކޮމެންޓް ކުރާ ގޮޅިތައް ހާދަ ރަނގަޅޭ. އެއްވެސް މީހަކު ކަމާ ނުގުޅޭ ކޮމެންޓެއް ނުކުރޭ. އެކަމަކު އަންނިގެ ޕަޕެޓް މިސްޓަރ ހާޝިމް މިތަނަށް އައި ފަހުން ބޮޑު އުނދަގުލެއް އަނެއްކާވެސް

  12. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ބިލް ނޮޓް ރެލީ‮ ‬ވިދާޅުވި ހެން، މައުލޫއިން ބޭރު ވާހަކަ ދައްކާތީ އަހަރެންވެސް މިއިނީ ކޮންމެންޓް ކުރަން ނޭގިފަ، ހާޝިމް އާއި ޑޯގުގެ ބަހުސް ކިޔާ ނިމޭއިރު، މަތީގަ ލިޔެފަ އޮންނަ ރިޕޯޓްއަށް ކޮމެންޓް ކުރަންޔާ އަނެއްކާ ޖެހެނީ އަލުން ރިޕޯޓް ކިޔަން..

  13. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ރަށުގެ ގިނަޒުވާނުން ތަކެއް މަސްތުވެފަތިބުމަކީ ވަރަށް ދެރަކަމެއް. މިކަން ހައްލުކުރަން ބެލެނިވެރިންގެ އެހީތެރިކަންވެސް ވަރަށް ބޭނުން، އަދި ހަމަ އެއާއެކު ރަށު ޕޮލިސްގެދައުރުވެސް ވަރަށްބޮޑު. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ދިރިއުޅޭ މާހައުލަކީ ދުވަހަކުވެސް ތަރައްޤީވާނޭ ތަނެށްނޫން.
    ދެން ރަށުގެ ސްކޫލް ތަކުގެ ފެންވަރު ރަގަޅު ކުރަން އެބަޖެހޭ، ތައުލީމީ މުޖުތަމައެއް ނެތްތަނެއްވެސް ތަރައްޤީ ކުރަން އުދަޤޫވާނެ، އަދި ހަމަ އެކަނި ވިޔަފާރި ކުރެވުމަކީ ތަރައްޤީއޭ ނުބުނެވޭނެދޯ. ރަށުގެ ވިޔަފާރިވެސް ރަގަޅުކުރެވޭނީ ތައުލީމު ލިބިގެން ތިބި ޒުވާނުން ގިނަވެގެން. ދުނިޔޭގަ މީހުން ވިޔަފާރި ކުރާގޮތަށް އެކަން ކުރެވިގެން. މާލެ ފިޔަވާ އެންމެގިނަ މީހުން ވިޔަފާރި ކުރާ ރަށަކީ ކުޅުދުއްފުށި، ވީމާ މިރަށަކީ ހުރިހާ ގޮތަކުންވެސް ތަރައްޤީ ކުރަން ފަސޭހަވާނެ ރަށެއް..

  14. މުލިއާގޭ ފަރިއްކޮޅު ވަތްކުރާ ކަލޭގެ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    މުލީއާގޭ މުވައްޒަފުންނަށް މުސާރަ ބަހަން ފައިސާ ކޮތަޅު ހިފައިގެން ދާކަށް އަޅުގަނޑަކަށް ނުޖެހޭ. އެކަމަކު ރައީސަށް ފަރީއްކޮޅު އަރުވަން ސުފުރާމަތި ބަލަހައްޓަނީ އަޅުގަނޑު. އެތާ އެބޭފުޅުން ދައްކަވާ ވާހަކަ އަޅުގަނޑަށް އަޑުއިވެޔޭ. އެއީ ހަމަ އެންމެ އެތެރެކޮއިލު ނޫންތޯ؟ މައުމޫނުމެން މިސްރުން ކޮތަރު ބައިގަނޑު ގެންނަ ގޮތަށް ސިރީލަންކާއިން ސާޅި އަޅުވާފަ ތިބޭ ސާމަރާ ބައިގަނޑުގަނޑު ވެސް ގެންނެވިޔެއް ނޫންތޯ؟ ރާއްޖޭ ސުކޫލުތަކުގައި ކިޔަވައިދިނީ ސާމަރާ ބައިގަނޑު. އަދި މި ބައިގަނޑު ހެދުން އަޅާ ގޮތަށް ދިވެހި އަންހެނުން ހެދުން އެޅުވޭތޯ ވެސް ކުރީގެ ބައެއް ބޭފުޅުން އުޅުއްވާފަ ހުރިކަން ފޮޓޯތަކުން ފެނޭ. ދެން އަޅުގަނޑުމެންނަކީ ކުރީ ޒަމާނުގައި ފަޓުލޫނު ލައިފަ ޓައީ އެޅި ބައެއް ވެސް ނޫން. އެކަމަކު މިހާރު އެންމެން މި އުޅެނީ ފަޓުލޫނު ލައިގެން ޓައީ އަޅައިގެން ބޫޓުގައި. މިއީ ކޮން ބާވަތެއްގެ ދޫންޏެއްކަމެއް ބުނާކަށް ނޭނގޭ. ހާޝިމްގެ ފުރައްސާރައިގެ ބަސް މިސްރަށާ އަރަބި ހެދުމަށް ރައްދުވަނީ ކީއްވެބާއޭ ހީވޭ. ތިމާގެ ލަދުހަޔާތް ކުޑަކަމުން އެހެން ގައުމުތަކުގެ ސަގާފަތަށް އެއްޗެހި ކިޔާ ހަދާކަށް ތިމާމެންގެ ފެންވަރެއް ހުރީއެއް ނޫން. އަޒުހަރާ ދިމާލަށް ޖަންގައްޔޭ ބުނެ މިސާލުޖެހި އިރު، އެތަނަކުން ނުބުނޭ ކަލޭމެން އަންނާށެކޭ. އެކަމަކު ދިވެހިންގެ ބަޔަކު އެތަނަށް ވެސް ދާހިތުން އުޅޭތީ ދަނީތާ ދޯ؟ އެހެންވީމާ ޝުކުރިއްޔާއޭ ބުނުމުގެ ބަދަލުގައި މަލާމާތް ކުރާނީ ވަރަށް ލަދު ނުގަންނަ ތަނެއް ދޮރެއް ނުދަންނަ އިންސާނެއް.

  15. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އަޅުގަނޑު މިސްރު މީހުންގެ ހެދުމަކަށް ފުރައްސާރައެއް ނުކުރަން. އަޅުގަނޑު ދެންނެވީ ޑޯގު ވިދާޅުވިއޭ ބޭރުގެ ނުފޫޒޭ ސަރ ޖޭމްސް ގެނައުމުން އެދޭހަވަނީ. އެހެންވެ ދެންނެވީ މައުމޫނު ވެސް ބޭރުގެ ނުފޫޒު ގެނަސްފައޭ ވަނީ. އޭގެ މިސާލެކޭ މިސުރު ހެދުމުގައި ހުކުރު ކުރާގޮތަށް ހައްދަވާފައިވުން. އަޅުގަނޑެއް ނުދަންނަވަން ބޭރުގެ ނުފޫޒު ނުގެންނާށެކޭ ވެސް. އެއީ ގެންނަން ޖެހޭ އެއްޗެއް. ގެންނަން ވާނެ އެއްޗެއް ވެސް މެ. މައުމޫން ވެސް ކުރެއްވި އެކަން. އަންނި ވެސް އެބަކުރައްވާ އެކަން. ޑޯގަށް މިހީފުޅުވަނީ އެއީ އަންނި ކުރައްވާ ގޯސްކަމެކޭ. އެހެންވެ އޭގެ ރައްދު އަޅުގަނޑު ދިނީ.

    ދެން އަޅުގަނޑަށް ހީވަނީ މިތާ ބައެއް ބޭފުޅުންނަށް ނުފޫޒުގެ ތަރުޖަމާގެ މައްސަލައެއް ދިމާވަނީހެން. ބޭރުގެ ތަޖުރިބާއާއި، ތައުލީމާ ސަގާފަތު ވެސް ގެނައުން އެއީ މައްސަލައެއް ނޫން. ސަގާފަތޭ މިދެންނެވީ އެމީހުން ކަން ކުރަމުންދާ ގޮތަށް. އެގޮތަށް އަޅުގަނޑުމެންގެ ސިޔާސަތާއި ޤާނޫނާ އެހެން ކަންތައްތައް ވެސް ބައްޓަން ކުރުން ބުއްދިވެރި. އެއީ މިއީ ގުޅެމުން ލާމެހެމުން ބަވަނަވަމުން އަންނަ ދުނިޔެއަށް. އެކަންކަން އަޅުގަނޑުމެން ނުކޮށްފިނަމަ އަޅުގަނޑުމެން ބާކީ ވެދާނެ ދުނިޔޭގައި.

    މުލިއާގޭ ފަރިއްކޮޅު ވަތްކުރައްވާ ބޭފުޅާއަކަށް ވެސް އަދި އެހެން ބޭފުޅުންނަކަށް ވެސް ފެނިވަޑައެއް ނުގަތް ދެއްތޯ ހަވީރު ނޫހާ ބެހޭ ގޮތުން ޑޯގާ އަޅުގަނޑު ދެއްކި ވާހަކައެއް. އަޅުގަނޑަށް ހީވަނީ އެވާހަކަ ނުދައްކަވާ ކުދިކުދި ތަންތަންކޮޅުގައި ހިއްޕަވައިގެން ތިޔަ ދަންމަވަނީ، ހަމަ ވިދާޅުވެވޭނެ އެއްވެސް އެހެން ހަރުދަނާ އެއްޗެއް ނެތީމަހެން. އަޅުގަނޑު ހަމަ ހަޤީޤަތުގައި ވެސް ވަރަށް އަސަރުކުރޭ އަދިވެސް މިގައުމުގައި މައުމޫނުގެ އައުވާނުން، ޚާއިނުން ތިއްބެވީތީ އަދި އެކަމަށް ތާއީދުކުރައްވާ ބޭފުޅުން ތިއްބެވީތީ. ދެލޯ ސަލާމަތުން ހުރި ބުއްދި ފަސްނުވާ އަދި ހިއްސުތައް ހަމަ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެނެއް ނުވާނެ މައުމޫނާއި އެބޭފުޅާގެ ކަންތައްތައް.

  16. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އަޒުހަރު ޔުނިވަރސިޓީއިން އެބަދޭ މައުހަދަށް އަހަރަކު 15 ސްކޮލަޝިޕް މިވީހާތަނަށް ކޮންމެ އަހަރަކު ވެސް. އެވަރުން ވެސް ތިޔަ ވިދާޅުވަނީ އަޒުހަރުންނެއް ނުބުނޭ ކަލޭމެން އަންނާށެކޭ. މިޖެހެނީ ކޮންތާކު؟

  17. DOG‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ހާޝިމަށް، އަސްލު ޖަވާބު ދޭން ނުކެރުން އެއްޗެއް ފާހަގަކޮށްލާނަށް، ނޮވެމްބަރ 03 ގައި މިސަރުކާރަށް ނިސްބަތްވާ ބަޔަކު ހިންގި އުދުވާންނުން ދިވެހިން ސަލާމަތް ވުމުގެ އަސްލަކީ ކުޅުދުއްފުށިކަން، އެއީ ސަހީދު ޙުސައިން އާދަމް ކަން، މިސަރުކާރުން ވެރިކަމަށް ނައިސް ދިގުމުއްދަތެއް ނެގުމުގެ އަސްލަކީ ސަޙީދު ޙުސައިން އާދަމް އާއި ކުޅުދުއްފުށީގެ ލޭކަން، އެކަމަކީ ކުޅުދުއްފުށީ ރައްޔިތުން ދެކެ މިސަރުކާރުން ނަފުރަތު ކުރާނެކަމެއްކަން. މިސަރުކާރުން މިރަށާއި މެދު ދެކޭނީ ދޮންދަރިއަކާއި މެދު ދެކޭ ގޮތަށްކަން، ހަވީރު ނޫސް ވަކިއަތަކަށް ޖެހިފައިވާކަން ގަބޫލު ކުރާނަމަ މިރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކު ތިބީ އަދިވެސް ވެރިކަންކުރާ މީހުންނާއި އިދިކޮޅަށް ކަމުގައިވެސް ގަބޫލުކުރުން އެއީ ވަކި އަންނި ވީމަކާ ނޫން ކަންތައްތައް ކުރާ ގޮތުން، ދެން ކުރިން ބުނިހެން މިރަށުގަިއ ހުރި ހޮސްޕިޓަލް މުވައްޒަފުންގެ އިތުރުގަޑި ކަނޑާ އިރު އެހެން ހޮސްޕިޓަލް ތަކުން އެގޮތަށް އެކަން ނުކުރަކަން.މިރަށުގައި މިނިވަންދުވަސް ފާހަގަކުރުމަށް ބުނެފާ ހުވަރަފުއްޓަށް ބަދަލުކުރިކަން، މިރަށަށް ގެނައި އިންޖީން ހުޅުމާލެއަށް ގެންދިޔަކަން، މިއީ ހާޝިމްގެ ލޮލުގައި އަޅައިނުގަތް ކަމެއްދޯ، ބުނާނެ އެއްވެއް ނުވެސް އެނގޭނެ. ދެން ސަރ ޖޯންސް ފަދަ މީހުން މައުމޫނަށްވެސް ގެނެވޭނެ އެކަމަކު އެކަން ނުކުރަނީ މިގައުމަކީ މިނިވަން ގައުމެއްކަމުން އެމީހުންގެ ލަފާ ހޯދުމަށް ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް އެކަންނުވާތީ، ސަރ ޖޯސް އާއި މަންޑޭލާ އާއި އުޑާ ބިމާހާ ތަފާތު. އަދި ބުނަންތަ MDP ޖަލްސާގައި ރައީސް ނަޝީދުގެ ވާހަކަހުރީ ވެރިއެއްގެ ބަސްމޮށުން ހުންނަންވާ ގޮތަކަށް ނޫން.

  18. DOG‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ކުދިންނޭ ވަރަށް ބޮޑަށް ސޮރީ. އެކަމަކު ހާޝިމް ދޮގުހަދައިގެން ސަރުކާރު ޕްރޮމޯޓް ކުރަންޏާ އެކަންތައްތަކުގެ ހަގީގަތް ހާމަކުރުން އެއީ ވަރަށް މުހިންމު ކަމެއް، މި ހާޝިމް އަކީ ހާދަތަނެއްގައި އުޅޭ މީހެކޭ ދޯ ކުރިން ބުނާނެ މިއުޅެނީ އިންޖީން އެތެރެކުރާށޭ ތިލަފުށި ހަދާށޭ މިހާރު އެބުނަނީ ނޫސް ލިޔާ މީހުންނަށް މުސާރަދޭށޭ މިއީ ހަދަ މޮޅު މީހެކޭދޯ.

  19. ބިލް ނޮޓް ރެލީ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ތަރައްޤީގެ ފަހަތުގައި ކުޅުދުއްފުށީ އޮންނަ ކަމުގެ ހެއްކެއް މިއީ މިތަނަށް ވަދެގެން އުޅޭ ހާޝިމްގެ ފަހަތުން ނެއްޓެން ނޭގިގެން އުޅޭކަމީވެސް. ހާޝިމް އެހެން ކިޔާނެ އެއްޗެއް ކިޔަން ބަހައްޓާ. އޭނަ އުފާވާނެ އެންމެން އޭނަ އަށް ކޮމެންޓް ކުރަންޏާ. އަޅާނުލާ………….

  20. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އަޒްހަރު، މިނަން އައިސްފައިވަނީ، ރަސޫލާގެ ދަރިކަނބަލުން “ފާތިމާ އައް ޒަހްރާ” ނުވަތަ، “ފާތިމާ ދަ ބްރައިޓް”. ސަލާހުއްދީން ނުވަތަ ހުޅަނގުގައި މއްޝޫރު “ސަލާޑިން” ވަނީ މިތަނުގެ ސިލަބަސް ސުންނީ މަޛްހަބަށް ބަދަލު ކޮށްފައި.

    އަޅުގަނޑު ޤަބޫލުކުރަނީ ކުއީން މޭރީ އާއި ކިންގްސް ކޮލެޖެއް ނޫނަކަސް އަޒްހަރު ޔުނިވާސިޓީވެސް އެއީ ހަމަ މޮޅެތި ތަންތަން ކަމަށް.

  21. މުލިއާގޭ ފަރިއްކޮޅު ވަތްކުރާ ކަލޭގެ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އަޅުގަނޑު ވަންނާން ބޭނުން މައުޟޫއެއް ނޫން ހަވީރު ނޫހުގެ ވާހަކައަކީ. އަޅުގަނޑަށް ކަމު ނުދިޔައީ މިސްރު ޖުއްބާއޭ ކޮތަރު ބައިގަނޑޭ ބުނެ މިސްރަށް މަލާމާތް ރައްދުކުރުން. ނުފޫޒުގެ މާނަ އޮޅިގެންނެއް ނޫޅެން އަޅުގަނޑެއް. އަޒްހަރުން 15 ސްކޮލަރޝިޕް ދިނުމުގެ މާނައަކީ އެތަނަށް އަންނާށޭ ބުނެ ދިވެހިންގާތު ސަލާން ޖެހުމެއް ނޫން. އެއީ އަޒްހަރު ޔުނިވަސިޓީން ދިވެހިންނަށް ދިއްކޮށްލި ދީލަތި އަތެއް. އެތަނަކީ އިސްލާމީ ވަގުފު މުދަލުން ޚަރަދުކޮށްގެން ހިންގާ މުސްލިމުންގެ ތަނެއް. މިސްރުމީހުންގެ އެކަނި ތަނެއް ނޫން އެއީ. ދިވެހިންނަކީ މުސްލިމުން އެހެންކަމުން، އަޒްހަރު ޔުނިވަސިޓީގަ ކިޔެވުމުގެ ހައްގު ލިބިގެންވޭ ކޮންމެ ދިވެހި މުސްލިމަކަށް ވެސް. އަދި އެ ހައްގު އޮތަސް، ނެތަސް، އެތަނުން ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެން ވާކަމަށް ވާ ނަމަ އެކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރުމުގެ ބަދަލުގައި ކޮތަރު ބައިގަނޑޭ، އަޒްހަރު ޖަންގައްޔޭ ވިދާޅުވެ ސިފަކުރާ ސިފަކުރުން މިއީ މިސްރުގެ ނުވަތަ އަރަބި ގައުމުތަކުގެ ސަގާފަތަށް އެކަނި ކުރެވޭ ފުރައްސާރައެއް ނޫން މިވާނީ މުސްލިމުންނަށް ރައްދުވާ ފުރައްސާރައަކަށް. މުސްލިމުންގެ ކާބަފައިން ދޫކުރި ތަރިކައަކަށް ރައްދުވާ ފުރައްސާރައަކަށް. ތަނުގެ ތާރީޚީ މަޤާމަށް ވެސް އެއްވެސް ގޮތަކުން ރިޢާޔަތް ނުކުރާކަން އެއިން ދޭހަވަނީ. ވީމާ މިއީ ފުރައްސާރަކުރުން ނޫން އިތުރު އެހެން ކަމެއް ކަމަކަށް އަޅުގަނޑަކަށް ތަރުޖަމާއެއް ނުކުރެވޭ. ފުރައްސާރަ ތިބޭފުޅާ ތިޔަ ތަރުޖަމާކުރައްވަނީ ދިވެހި ބަހުން ކަމުގައި ވާނަމަ ތިޔަ ކުރެއްވެނީ ހަމަ ފުރައްސާރަ.

  22. ބިލޯ ރޭލީ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ކުށެއްގެ އިސްލާހް: “މަޝްހޫރު”

  23. ބުއްބޯ ރެލީ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    މިހާރު ދެން ކުޑަކުދިންނަށް ވެސް ދަސްކޮށްދޭން އެބަ ޖެހޭ އަދަބު ސަދަބު. ކުރީގެ ދިވެހިން ވެސް މިރަށު މީހުން ވެސް ވަރަށް ރިތި އަދަބުތަކެއް ގެންގުލޭ. ބޭރުގެ ފަރަންޖީން ވެސް އަދަބުތަކެއް ގެންގުލޭ. މިރަށްރަށުގަ މި ބޮޑެތިވާ ބައެއް ކުދިންގެ ނުހުރޭ ތަހުޒީބުގެ ކަންފުޅެއް ވެސް.

  24. ގަމަރުއްނިސާ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ކީކޭ ދެން ބުނާނީ. ހާޝިމު މިސްރޭ ކިޔައިގެން ވާހަކަ ނުދައްކައްޗޭ. އަހަރެން ހީކުރީ ހާޝިމަކީ ވަރަށް ތަންދޮރު ދަންނަމީހެއް ކަމަށް. އެކަމަކު މިސްރާ ތިބެހުނީ ތަންދޮރު ނޭގޭތީ. އަޒްހަރު ޔުނިވަރސިޓީގައި ޔޫރަޕު އެތައް ބަޔަކު ކިޔަވަމުންދޭ. ހަމައެކަނި ރާއްޖެ މީހުންނެއް ނޫން. ހާޝިމު ބުނޭ ޔޫރަޕް ޔުނިވަރސިޓީ ތަކުން ބޭރުކުރާ މީހުންނޭ އަޒްހަރަށް ދަނީ. ހެހެހެހެ. ހީހީ ހަލާކު މިއުޅޭ ބޯގޯސް ހާޝިމާ ހެދި. ހާޝިމް އިސްތިއުފާ

  25. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ޑޯގު އެއްގޮތަކަށް ވެސް ޙައިރާންވެ ވަޑައިގަންނަވާނެ ކަމެއް ނެތް އަޅުގަނޑު ކުރި ކަންތައްތަކާ އަދި ދަންނަ ތަންތަނާ މެދު. އަޅުގަނޑަށް އެނގޭ ކިތަންމެ ކަމެއް އަދި ވެސް އެބަހުރި. އެކަމަކު، މުނާސަބު ވަގުތުގައި ދެއްތޯ ދެންނެވޭނީ. އަދި މަޑުކުރައްވާ ވަގުތު ޖެހުނީމާ އެތަންތަން ވެސް ދަންނަވާނަން. އަޅުގަނޑެއް މިއޮއްހާ ދުވަހު ވެސް ނުދަންނަވަމެއް ނޫންތޯ ހަވީރު ނޫހޭ ކިޔައިގެން އެއްވެސް އެއްޗެއް. އެކަމަކު ޑޯގު ހަވީރު ނޫހަކީ ދިވެހި ރައްޔިތުންގެ އަޑުކަމުގައި ދައްކަވަން މަސައްކަތް ކުރެއްވީމާ އެހެން ދެންނެވީ. ޑޯގަށް ވެސް އެނގިވަޑައިގަންނަވާނެ މައުމޫނުގެ ވެރިކަން ދިވެހި ރައްޔިތުން ފުނޑުފުނޑު ކޮށްލީމާ ހަވީރު ނޫހަށް އައި ބަދަލު. އެނޫހުގެ ރާގާއި ބަސްމަގު ބަދަލުވެގެން ދިޔަ ގޮތް. މިނިވަން ނޫސް އެމްޑީޕީއިން ބޭނުން ގޮތަށް ހިންގި އިރު އޮތް ގޮތަށް މިހާރު ހަވީރު ނޫސް އެއޮތީ. ސަބަބަކީ ޑީއާރުޕީގެ ހަމަރޯޅި އާ ދިވެސް ނޫހުން އެބައި ނުކުޅެވޭތޯ. ޑޯގަށާއި އެނޫން ވެސް ބޭފުޅުންނަށް ދަންނަވާފާނަން އަދި ވެސް ވާހަކައެއް. ނިކަން ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަޙީދާއި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ކުރެން އައްސަވާ ބައްލަވާ އަޅުގަނޑެއް ނޫންތޯ ހަމަރޯޅި ހިންގާ ގޮތާ މެދު ހިތްހަމަނުޖެހިގެން އޭގެ ޕޮލިސީ ބަދަލުކޮށް ދިވެސް ނޫސް ވުޖޫދަށް ގެނައުމުގައި އެންމެ ބުރަކޮށް އުޅުނީ. އައްސަވާ ކާކުތޯ ދިވެސް ނޫހުގެ އެންމެ ފުރަތަމަ އެޑިޓޯރިއަލް ޕޮލިސީ ހެދީ. އެކަމާ އެމީހުންނާއި އަޅުގަނޑާ އެއްބަސް ނުވެވިގެން އަޅުގަނޑު އެތަނުން ނުކުތީ ވެސް. ދެން ހަވީރު ނޫހާއި ޒާހިރު ހުސައިން އަދި ޑީއާރުޕީގެ ލިންކު ނެތް ކަމަކަށް ކެރިވަޑައެއް ނުގަންނަވާނެ އެއިން އެންމެ ބޭފުޅަކަށް ވެސް ވިދާޅުވާކަށެއް. އަޅުގަނޑުގެ ޅޯ ކުރިމަތީގައޭ އެޑީލްތައް ނިމި ދިޔައީ. އެހެންވީމާ މިވާހަކަ ދެންނެވޭނެއެއް ނޫންތޯ. އަޅުގަނޑު އެކަމާ ވެސް ދެކޮޅު ހެދީމޭ. އެންމެ ފަހުން ކެތް ނުވެގެންނޭ ނުކުތީ. ދެން ޑޯގު ކޮންމެހެން ހަވީރު ނޫހުގެ ޚިޔާލާއި އޭގައި ހުންނަ ކޮމެންޓްތައް ބައްލަވައިގެން ދިވެހި ރައްޔިތުންގެ ޚިޔާލުކަމުގައި ތަރުޖަމާ ކުރެއްވީމާ ތިޔަ ހެއްދެވެނީ ގޯސް ހިސާބެއް. އެހިސާބު ދިމައެއް ނުވާނެ.

  26. DOG‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ހާޝިމޫ އަޅުގަނޑު ނުދަންނަވަން ހަވީރަކީ މިނިވަން ނޫހެކޭ އަދި އެނޫހަކީ DRP ނޫހެކޭވެސް، އަދި TVM އާއި ރޭޑީއޯ މޯލްޑިވްސް އަކީ މިނިވަން ހަބަރުފަތުރާ ތަންތަނެކޭ، TVM ގައި މަސައްކަތްކުރި ހަލީލް ފަދައިން ތިމާ އެދޭބަޔަކު ސަރުކާރުގައި ނެތުމުން ހާޝިމްވެސް ހަމަރޯލިން ވަކިނުވެޔެކޭވެސް އެކަމަކު އެނޫހުގައިވާ ލިޔުމަށް ކޮމެންޓްކޮށްފައިވާ ގޮތުންނާއި އެޖަލްސާ އަޑުއެހި މީހުންނަށް ނަޝީދުގެ ވާހަކަ ފަހުމުވީ ގޮތުން، އެމަނިކުފާނުގެ އަހްލާޤީ މިންގަޑު އެނގިގެންގޮސްފައިވާކަން ބުނެލަދިނީ. ހަވީރު ނޫހުގައި ސަރުކާރާއި އެއްކޮޅު ކޮމެންޓްވެސް ލިޔެފައިވަނިކޮށް ފެނިފައިވާ އެކަމަކު އަވަގުރާނަ ލިޔެފައި ހާޝިމް ފޮނުވުމަކުން ނުހިމަނާނެ އިނގޭ، ދެން މިސުރުގެ އަޒުހަރޭ ކިޔައިގެން ނުރުހިފައި ތިދެއްކޭ ވާހަކަވެސް ތިމާއަށް ނޭނގޭފަދަ އެއީ އެތަނަކުން މައުމޫން ކިޔަވާފައިވާތީ، މިހުންނަނީ ހަދަވެރިކަމުގެ ނަމޫނާ މިސާލުތައް، އެކަމަކު ހާޝިމް ބުނެދީބަލަ ނޮވެމްބަރ 03 ގައި މިގައުމު ސަލާމަތްކޮށްދިނުމުގައި ޝަހީދުވި ހުސައިން އާދަމް އާއި މިރަށް ދެކެ ހާޝިމް ލޯބިވާ މިންވަރެއް. އެއިބާރާތް ހާޝިމް އަށް އަޅުގަނޑުގެ ދެކޮމެންޓުންވެސް ނުފެނުމުން ހާޝިމް ވަކި އަތަކަށް ޖެހި ހުސްވެފައިވާ މިންވަރު އެނގޭ، އެހެންވާނީވެސް ހާޝިމް މެން ބޭނުންވެގެން މިހާރު މިހިނގާ ސަރުކާރުގައި މިހާރު ތިބިބައެއް މީހުންނާއި އެމީހުންގެ ބޮޑުބޭބެ މެން މިގައުމު ދުވަސް ދުއްވާލުމަށް ހިންގި އުދުވާން އެދުވަހު މިރަށުގެ ދަރިއެއްގެ މިންނެތް މަސައްކަތުން އެވަނީ ނާކާމިޔާބުވެފައި. އަދި އެތަކެއް ދުވަސް ފަހުން އެބައި މީހުންނަށް މިއަދު ވެރިކަން ލިބުމުން މިރަށާއި އެދުވަހު ސަހީދުވި ބޭކަލުން މަތިން ހަނދުމަކުރުމުގެ ބަދަލުގައި ކުރާނީ ނަފުރަތު، އެހެންވެ ޝަހީދު ޙުސައިން އާދަމްގެ ޒިކުރާ އާކުރަންޖެހިދާނެތީ މިރަށުގައި ބާއްވަން ހަމަޖެއްސި މިނިވަންދުވަސް މިވަނީ ހޯރަފުއްޓަށް ބަދަލުކޮށްފަ//، ހާޝިމޫ ހަވީރު ނޫހަގެ ކޮމެންޓަކުންނޫން އަންނި އާއި މައުމޫންނާއި މެދު ރައްޔިތުންގެ ބަސް އެނގެނީކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުންނާއި ރައްޔިތުންގެ މަޖިލިސް އިން އެކަން އެނގެން އެބައޮތް،

  27. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ތިދެން ކޮންކަމެއް މިތާޒުވާބުކުރަން.ކަލޭމެން ޒުވާބު ކުރަންދޭ އެހެންތަނަކަށް. ޑޯގެއް ކަމަކު އަހަރެމެންގޯތި ޝަހީދުވި ހުސޭނު ވާހަކަ ދައްކާނެ ކަމެއްނެތް މާފޮނިވެ ފޮނިވެފައެއް.އެކަހަލަ މީހުނެއްނެތް މިހާރަކު މިރަށަކުއެއް.ލިއުމުގައި ވާ ފަދައިން މިރަށް މިދަނީ ދަށަށް. އެހެން އެވަނީ ސަރުކާރަށް ތަބާ ނުވާތީ.

  28. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ޝަހީދު ހުސައިން އާދަމަކީ، ދިވެހިން ފަޚުރުވެރިވުން ޙައްޤު ބަޠަލެއް. ތެދެއް އޭނާގެ ހިތްވަރުން ނޮވެމްބަރު 3 ގައި ބާޣީންނަށް މިރާއްޖެ ނުހިފުނީ. މިއީ ޙަޤީޤަތް. އެވާހަކަ އަޅުގަނޑު މިހާތަނަށް ނުދައްކާ މިހުރީ ވެސް ސަބަބެއް އޮވެގެން. އެކަމަކު އަޅުގަނޑުގެ ދުލުގައި ހިފައި ދަމަން ފެށީމާ އެއްޗެއް ދަންނަވާނަން.

    ނޮވެމްބަރު 3 ގެ ބަޣާވާތުގެ އަސްލަކީ، އިބްރާހިމް ނާޞިރު ވެރިކަން ދޫކުރައްވައި ވަޑައިގަތީ، އިލިޔާސް އިބްރާހީމަށް 10 އަހަރު ފަހުން ވެރިކަން ދެއްވަން މައުމޫނު ލައްވާ ޝަރުތު ކުރުވާފައި، އިލިޔާސް އިބްރާހިމް ކައިވެނި ކުރައްވައިގެން އުޅުއްވަނީ ކޮލި އަލި މަނިކުގެ ދަރިކަނބަލަކާ. އޭނާއަކީ އިބްރާހިމް ނާސިރު ވެސް މައުމޫން ވެސް ޖެހިލުންވާ ޝަޚުޞިއްޔަތެއް. މިދެންނެވީ އަލި މަނިކުގެ ވާހަކަ، ކަންތައް ދެން ވީގޮތަކީ، މައުމޫން ވެރިކަން ދޫކުރައްވާ ޚިޔާލުފުޅެއް ނެތީމާ، އިލިޔާސް އިބްރާހިމް މިބަޣާވާތް ޙަޤީޤަތުގައި ރޭވީ. ތެދެއް އެކަމުގައި އުޅުއްވި ރައީސް ނަޝީދުގެ ތިމާގެ ބޭފުޅުން ވެސް. ހަމަ އެގޮތަށް، ޑީއާރުޕީގެ ނައިބު ޒަޢީމް ތަސްމީންގެ ބައްޕާފުޅު މިނާ ކުޑަ ތުއްތު ވެސް. އަދި ޑީއާރުޕީގެ ރަޖިސްޓްރަރ އަކަށް ހުންނެވި އިބްރާހިމް ޝާފިޢުގެ ބައްޕާފުޅު ކުވާ މުޙައްމަދު ޔޫސުފް ވެސް. އެބޭފުޅުން ކުރިން ވެސް މައުމޫނާ ދެކޮޅަށް ބަޣާވާތް ކުރެއްވި.

    އެހެންވީމާ، ތިމާގެ ޢާއިލާގެ މީހުން ކުރާ ކަމަކަށް ތިމާ ޒިންމާ ނަގަން ޖެހެންޏާ، މިބަޣާވާތްތަކުގައި ތަސްމީން ވެސް، އިބްރާހިމް ޝާފިޢު ވެސް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ. އެކަމަކު ޑޯގަށް އެނގިވަޑައި ނުގަތަސް، ޤުރުއާނުގައި ވެސް އޮވޭ އެއްވެސް މީހަކަށް އަނެއް މީހާ ކުރާ ކަމެއްގެ ޒިންމާ އުފުލާކަށް ނުޖެހޭނޭ. އެހެންވީމާ ޑޯގު ނޮވެމްބަރު 3 އާ ރައީސް ނަޝީދާ ގުޅުވަން ތިޔަ ކުރައްވާ މަސައްކަތަކީ، އަޅުގަނޑު ދެކޭ ގޮތުން ޤުރުއާނުގެ އަސްލެއް މުގުރާލަން އުޅުއްވުން.

    މިވާހަކަތައް އަޅުގަނޑަށް އެނގެނީ އަޅުގަނޑު ގޮސް ޢަބްދު ﷲ ލުތުފީއާ ބައްދަލުކުރުމުން. އަދި ވެސް މިކަން ދަންނަ އެތައް ބޭފުޅުންނެއް މިމަޢުލޫމާތު އަޅުގަނޑަށް މިގޮތަށް ދެއްވީމާ. މިހާރު ވެސް ލުތުފީ އިންނާނެ އިސްކަންދަރު ސްކޫލުގެ ފުރަގަސް މަގުގައި ހުންނަ ގެއެއްގެ 2 ވަނަ ބުރީ އެޕާޓްމެންޓެއްގައި. ބޭނުންފުޅިއްޔާ ކޮންމެ ބޭފުޅަކަށް ވެސް އޭނާއާ ވާހަކަ ދެއްކޭނެ.

    ޝަހީދު ހުސައިން އާދަމް ޝަހީދުވީ މިކަމުގެ ތެރޭގައި، އެހެންވީމާ، އޭގެ އަސްލު ސަބަބަކީ، އިލިޔާސް ވެރިކަމާ ދަހިވެތިވެވަޑައިގެން، މައުމޫން ވެރިކަން ދޫނުކުރައްވައިގެން ހިނގާ ދިޔަ ކަންތައްތަކެއް. މިކަން ފަހަރެއްގައި މައުމޫނު އިރުގެ ލިޔުއްވުންތަކުން މިހެން ނުފެނިދާނެ، އެކަމަކު އަޅުގަނޑަށް އެނގޭ މިކަން ތަޙުޤީޤުކޮށް، ދިރާސާ ކުރައްވައި މިހާރު ފޮތެއް ލިޔުއްވަމުން ގެންދަވާ ބޭފުލެއް. އެފޮތް ނުކުތީމާ، ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިކަންކަން މިއަށް ވުރެ ތަފްސީލްކޮށް، އަޅުގަނޑު މިވާހަކަ ނުދައްކަން މިހުންނަނީ މީގެ ކުރި މަރާ ނުލުމަށްޓަކައި. އަދި ޤުރުއާނުގެ އަސްލެއް މުގުރާ ނުލުމަށްޓަކައި، މިހާރު ޑޯގަށް އަޅުގަނޑުގެ ޖަވާބު ލިބިއްޖެކަމަށް އުންމީދު ކުރަން. ދެން ޑޯގު ވިދާޅުވެދާނެ މިއީ ވެސް ދޮގެކޭ. އަޅުގަނޑު ދަންނަވާނީ އެފޮތް ނުކުތީމާ، އެނގިވަޑައިގަންނަވާނޭ.

  29. ހައްވަ ގޯތި ބޮޑު އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އަހަރެމެން ތަރައްގީގައި ހަމަ މިދަނީ ފަހަތަށް. ޑޯގޫ އެ ނޮވެންބަރު 3 ގެ ވާހަޔާ ނޮޅިހުސޭނު(ޝަހީދު ހުސެން އާދަމް) ވާހަކަ މިއުޅޭ ހާޝިމުއަށް އެނުފެންނަނީ ކިޔެއްވެބާވައޭ މަވަސް މިހިތަނީ.

  30. ހައްވަ ގޯތި ބޮޑު އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ހާޝިމޫ ބަލަ އޭރު ހަމަ ތަހުގީގުގައި އެއްބަސްވެ ޖަލުހުކުމް ތަންފީޒުކޮށްފައިވާ “ބޭފުޅެއް” މިހާރުވެސް އިސްޓޭޓް މިނިސްޓަރަކަށް އެބައޫލޭ. އެބޭފުޅާގެ ތަހުގީގުގެ އޯޑިއޯ ރެކޯޑިން އަޅުގަނޑު އަތުގައި އަދިވަސް އެބޮތް.
    އެ މާތް ބޭފުޅާ އިސްޓޭޓް މިނިސްޓަރަކަށް ލައިގެންވަސް އެކުރަނީ ހަމަ ހެޔޮވެރިކަންބާ؟

  31. ހައްވަ ގޯތި ބޮޑު އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ދެންބޫނޭ މައުމޫނުވަސް އެބަހުއްޓޭ އެކަހަލަމީހުން ލައިގެން ވެރިކަންކޮށްފަ. މައުމޫނު ކަމުނިގޮސްގެން ގެނައި މޫނެކޭ މިހާރު ތިޔާހުރީ.

  32. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އަދި އެއްތަން ކޮޅު ހަނދާން ނެތުނީ، ކޮލި އަލިމަނިކުގެ ބައި. އޭނާއަކީ، މިގައުމުގެ އެންމެ ބާރު ގަދަ މީހާ މިހާރު ވެސް. ރާއްޖޭގެ އެންމެ މުއްސަނދި މީހާ. މިގައުމުގެ ރައީސުން ވެސް، ބޮޑުން ވެސް މިހާރު ވެސް އެންމެ ޖެހިލުންވާ މީހާ. އަލި މަނިކު ވަކި ހިސާބަކުން މައުމޫނާ މެދު ހިތް ހަމަ ޖެހިވަޑައެއް ނުގަތް. އެހެންވެ، އޭނާ ވެސް ބޭނުންފުޅުވީ އޭނާ ވިދާޅުވެގެން ނާސިރު މައުމޫން ލައްވާ އެއްބަސް ކުރުވި ކަންތައް ކުރައްވަން. އެކަމަކު މައުމޫނު ފަހުން ދުލެއް ނުކުރެއްވި ވެރިކަމެއް، ދެން އަލި މަނިކު މުގުލުގައި ހުންނަވައިގެން، އިލިޔާސް ލައްވާ މިކަންކަން ކުރުވީ. އެނގިވަޑައިގަންނަވާނެ 1988 އެއީ މައުމޫނުގެ ވެރިކަމަށް 10 އަހަރު ފުރުނު އަހަރު. ނާސިރަކީ ކޮންމެ ފަދަ ބޭފުޅަކަސް، އޭނާއަށް ވެސް ޤަބޫލު ކުރައްވާ ވެރިކަމުގައި ހުންނަވަން ވާނީ 2 ދައުރުގައި ކަން. އެކަމަކު، މައުމޫނަށް ވެރިކަން ލިބުނީމާ، މައުމޫން ހެއްދެވި ގޮތަކީ ނާސިރާ މެދު ދިވެހިންގެ ހިތުގައި ނަފްރަތު އުފެއްދީ، އެއީ، މައުމޫނަށް ނާސިރު ކުރެއްވިހާ ޚިދުމަތް ނުކުރެއްވުނަސް، މީހުން ނާސިރުގެ ވެރިކަމާ މައުމޫނުގެ ވެރިކަމާ އަޅާ ކިޔާނެ ފުރުސަތެއް ނުދެއްވުމަށް. އެޙަސަދަ. ޑޯގު ވިދާޅުވާނެ ހަސަދަ ވެރިވާކަށް ނުވާނޭ. މައުމޫނުގެ ވެރިކަމުގެ ފުރަތަމަ 5 އަހަރުގައި ކުރެއްވިހާ ވެސް ކަމަކީ މިހަސަދަ ފިލުވުން. މިކަންކަން އެނގޭނެ މާލޭގައި ތިބި މީހުންނަށް އޭރު. އަދި މިހާރު ވެސް. ފަހަރެއްގައި ޑޯގު ކުޅުދުއްފުށީ އިންޖީނުގޭގައި އިންނަވަން ހައްދަވައިގެން އަޅުގަނޑަށް މައުލޫމާތު މިލިބޭ ފަދައިން ލިބިވަޑައިނުގަތުން އެކަށީގެންވޭ. އެކަމަކު އެއްވެސް މައުލޫމާތެއް ބޭނުންފުޅު ވަންޏާ އަޅުގަނޑުގެ އީމެއިލް އޮންނާނެ ކުރިން ވެސް މިސައިޓަށް ދީފާ. އީމެއިލް ކޮށްލީމާ، އެމައުލޫމާތެއް ހޯދައިދޭނަން. އަޅުގަނޑުމެން ނުޖެހޭ އިވޭ ހުރިހާ އަޑެއް ޤަބޫލު ކުރާކަށް.

  33. މުސާރަވެރިޔާ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    މީޑިޔާގެ ވަޞިލަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ މިންވަރު ނިކަން ބައްލަވާ.
    http://www.haveeru.com.mv/?page=details&id=85876
    “ދިޓީވީގެ އެޑިޓޯރިއަލް ކޮންޓެންޓާ ބެހޭގޮތުން އިންފޮމޭޝަނަށް ހާޒިރުކޮށްފި” މިލިޔުން ކިޔާފައި އަހަރެން ހަމަކޮސްވި. ކުރިންކިޔަނީ މައުމޫނު މީޑިޔާ ކޮންޓްރޯލް ކުރަނިއްޔޭ. މިހާރު މިވީ ހަމަ ގުދޯގުދޯ ކިޔުމަށް.

    ހާޝިމް ހަދާން އެބަހުރިތަ މިސައިޓް ރިލޯޑް ނުކުރާއިރު މިސައިޓުގެ ފޯރަމްގައި ހާޝިމަށް ދެއްކުނުވާހަކަތައް. މުސްލިމުންނަކީ އިލްމީގޮތުން ހުޅަނގަށް ދަރާފައިވާ ބައެކޭވެސް ހާޝިމުގެ އާޓިކަލް އެއްގައި ބުނީމޭނުން. އެކަމަކު މިސައިޓުގެ ލިޔުންތެރިޔަކުވަނީ އެއަށް ވަރަށްފުރިހަމަ ރައްދެއް ދީފައި. އިސްލާމީ އިލްމުވެރިންނާއިބެހޭ ގޮތުން ލިޔެފައިވާ އާޓިކަލަކުން. އޭގައިވެސް މިސްރަކީ މިޒަމާނުގެ އިލްމުގެ ފެށުންކަން ފާހަގަކުރެވޭ. އެހެންވިމާ ހާޝިމް ރަނގަޅުވާނީ އަޒްހަރަށް މަލާމާތްނުކުރިއްޔާ. މިސައިޓަށް ލިޔާ ގިނަލިޔުންތެރިންނަކީ މިސްރުގައި ކިޔަވާ މިރަށުގެ ކުދިން. ސައިޓުގެ އެޑްމިންއިން ނުވަތަ އެލިޔުންލިޔުނު ކުއްޖާއަށް އަދި އެއްފަހަރު އެލިޔުން މިސައިޓަށް ގެނެސްދިނުމަށް ގޮވާލަން.

  34. ހައްވަ ގޯތި ބޮޑު އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    މުސާރަވެރިޔާ އެބުނާލިޔުން އަޅެޖަހަލަދީބަލަ.

  35. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ދެން އޭރުގައި ކުރެވުނު ތަޙުޤީޤުގެ ވާހަކަ. އެއީ ވެސް މައުމޫން ބޭނުންފުޅުވާ ގޮތަށް، މުޅިން މައުމޫން އޮކެސްޓްރޭޓް ކުރައްވަމުން ގެންދެވި ކަމެއް. އަނެއްކާ ޝާހިދުމެންނަށް ހާދަ ވަރެއްކޮށްގެންނޭ އެކަން ކުރީ ވެސް. ޝާހިދާއި ޢުމަރު ޖަމާލު މެންނަށް ސްޓޭޓް މިނިސްޓަރުކަން ދިނަސް ކޮބާތޯ މައްސަލައަކީ، އެބޭފުޅުން އެތިއްބެވީ، އިންސާފު ނެތް މެހެފިލަކުން ކުރި ޙުކުމެއްގެ އަދަބު ވެސް ލިބިގަނެ ނިމިފައި. އެހެންވީމާ، އަދަބު ފުރިހަމަ ކުރީމާ އެމީހާ ވާނެއޭ އިނގޭތޯ ކުށެއް ނެތް މީހަކަށް. އެގޮތަށް މައުމޫން ލެއްވި ދެއްތޯ ޤާސިމް އިބްރާހިމް ވެސް ފައިނޭންސް މިނިސްޓަރަށް. އެކަމަކު މައުމޫން ދެއްތޯ އޮގަސްޓް 12،13 ގައި ޓެރަރިސްޓުންނޭ ވިދާޅުވެ އޭނާގެ މައްޗަށް ދައުވާ އުފުއްލެވީ. ހަމަ އެގޮތަށް 1993 ގެ ނޮވެމްބަރު މަހު އިލިޔާސް އިބްރާހިމަށް ހުކުމް ވެސް ކުރެއްވި މައުމޫން 15 އަހަރާ 6 މަސް ދުވަހަށް ޖަލަށް. އެއީ ޤާނޫނާ ޚިލާފަށް ވެރިކަން ހޯދުމަށް އުޅުނޭ ވިދާޅުވެ. އެކަމަކު ބައްލަވާ އޭނާ ވަގުތުން ސިންގަޕޫރަށް ވަޑައިގަތީ. ދެން ކޮލި އަލި މަނިކާ ނަސްރީނާއާ މައުމޫނަށް ކުޑަކޮށް ނުރުހުންވީމާ، ހަމަ ޑަންލާފަ ގެނެސް ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރުކަން. އޭނާ އެހުކުމް ތަންފީޒެއް ވެސް ނުކުރޭ. އެންމެ ދުވަހަކު ވެސް ޖަލަކު ވެސް ނީންނަވާ. އެހެންވީމާ، ދެން މިތާ ނެތެއްނޫންތޯ އިތުރަށް ދެއްކޭނެ ވާހަކައެއް. ނަޝީދު ވިއްޔާ އެލެއްވީ ހުކުމް ތަންފީޒުކޮށް ނިމިފައި ތިބި ބޭފުޅުން. މައުމޫން ލެއްވީ ހުކުމުން އެންމެ ދުވަހަކު ވެސް ތަންފީޒު ނުކުރާ ބޭފުޅެއް. އަހަ އެހެން ނޫންތޯ ވާނީ. އެހެން ހެއްދެވިނަމަ، ނަސްރީނާ މައުމޫނު ހަށިކޮޅުގައި ރޯކޮށްލީހޭ. އެންމެ ފަހުން ވެރިކަމުން ވެއްޓުނީމާ ވެސް ވަޑައިގަންނަވަން މިޖެހުނީ އިލިޔާސް ގެ ގެއަކަށް.

  36. ހައްވަ ގޯތި ބޮޑު އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ބަލަ ހާޝިމޫ ހަމަ އެސާހިދު އެހުރިހާކަމަކަށް އޭނަގެ އަމިއްލަ އަނގައިން އެއްބަސްވެފައޭ އޮތީ. އޭނަ އެކަންޏެއްނޫން އަމީން ފައިސަލްވަސް އެވަސް މިހާރު މިނިސްޓަރެކޭ ބުނާޑުއިވޭ.

  37. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ސޮރީ އޮކްޓޯބަރު 1993 ގައި. އެއީ 1988 ގައި ވެރިކަން ހޯދަން އިލިޔާސް ނޮވެމްބަރު 3 ގައި މަސައްކަތް ކުރައްވާފައި އެކަން ޗޮކުން ދިޔާމާ ދެން އައި އިލެކްޝަނަށް ފަންޑިތަ ހަދައިގެން އުޅުއްވި ފަހަރު. އެފަހަރު ވެސް އެކަމެއް ނުވި، ފަންޑިތަތައް ފަޅާއެރީ. ދެން ހުކުމް ކުރެއްވީ 15 އަހަރަށް ޖަލަށް. ޤާނޫނާ ޚިލާފަށް ވެރިކަން ހޯއްދަވަން އުޅުއްވީމާ. 6 މަސް ދުވަސް އެއީ ވަޒީރުކަމުގެ ހުވަޔާ ޚިލާފް ވީމާ. ޑޯގުމެން ހައްވަ ގޯތި ބޮޑު އާދަނުމެން ނިކަން މިވާހަކަތައް އަހާބަލަ އަޅުގަނޑު ކުރެން. އެއްޗެއް ނޭނގިއެއް ނޫނޭ އަޅުގަނޑު މިއިންނަނީ މިސައިޓަށް ކޮމެންޓް ކުރާކަށް.

  38. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އާދަނާ ބަލަ އެއްބަސްވާނެއޭ ތަޅައި މަރައި އަނިޔާ ކުރީމާ. ނިކަން ވިދާޅުވެ ބައްލަވާ މަނަހުގައި އޮތް ޝާހިދުގެ އިންޓަވިއު. އާދަނުމެން މިއަދު މެންދުރުގެ ޅަކުދިންނަކަށް އެނގިވަޑައެއް ނުގަންނަވާނޭ މިރާއްޖޭގެ ކަންތައް މި ދިޔަ 30 އަހަރު ހިންގި ގޮތެއް މައުމޫން. އޭރު އޮންނަނީ މީހާ އެއްބަސްކުރުވުން. އެއްބަސް ނުވެއްޖެއްޔާ ނޯވޭ ޝަރީޢަތުން ޙުކުމެއް ކުރެވޭކަށް. އެހެންވީމާ، މައުމޫން ހައްދަވާ ގޮތަކީ އަނިޔާ ކުރައްވައިގެން އެއްބަސްކުރުވައިގެން ބަޔާން ނަންގުވަނީ. އެހެންވީމާއެއް ނޫންތޯ ޖަސްޓިސް މިނިސްޓަރަކަށް ޑރ ޖަމީލު ހުންނެވިއިރު އެކަން އުވާލެއްވީ. އަދި ހެއްކާ ބެހޭ ޤާނޫނެއް ހައްދަވަން މަސައްކަތް ކުރެއްވީ. މިރާއްޖޭގެ އަދުލުގެ ނިޒާމް އޮތީ މައުމޫނުގެ އަތްޕުޅުގައެއް ނޫންތޯ އޭރު. އަދި އާދަނުމެން މާ ޅަ އޭ މިހެން ސައިޓްތަކަށް ވަޑައިގެން ކޮމެންޓް ކުރައްވަން.

  39. ބޯޅަކިންކިރިމާ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އޭކުދިންނޭ ހާޝިމުގެ ކޮމެންޓާ އަޅާނުލާ ތިބޭ. އޭނާޔަކީ ނިކަންމޮޅު ދަންނަބޭކަލެކޭ. މިލިޔުމަށް ކޮމެންޓްކުރުން މާރަނގަޅުވާނެ ހާޝިމުގެ އެސްފީނާގައި ޖެހުމަށްވުރެ.

  40. ހައްވަ ގޯތި ބޮޑު އާދަނު‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    އާނ ހާޝިމަށް އެއްޗެހި ތިޔަހަރި އެނގޭވަރަކުން އަހަރެމެން މިތިބެނީ ދެފައިކައިރި ނުވެފަ. އެހެންވެދޯ މިނިވަންދުވަހަށް އަންނި ވަޑައިގަންނަވާތަނަށް މިރަށުންގެންދަން 20 މީހުންވެސް އަދި ހަމަނުވެގެން އެޢުޅެނީ މިއަދުވަސް ތިޔާކިޔާ އެމްޑީޕީ މީހުން ހިނގާ އެލިސްޓް ހިފައިގެން ހޮޅުވަށިގަވަސް އޭތިންތިބީ މީހުން ހަމަނުވެގެން ދެކަނަވައިން ހަނދުއޮއްސިފަ ދެން ޕޮއް.

  41. އިސްބެ‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    މި ކޮންމެންޓް ކުރުން މިހާރު އަރަތަކަތް ވެއްޖެ، އަހަރެމެންވެސް ދެން މިޖެހުނީ މިބަހުސްގަ ބައިވެރިވާން ކަންނޭގެ..

  42. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ހެހެހެ ތެދެއްދެއްތޯ؟ އަޅުގަނޑު ވެސް މިހާރު ފޫހިވެއްޖެ މިމައުޟޫގައި ދެން ކޮމެންޓް ލިޔެ ލިޔެ.

  43. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    މިތަނުގައި ކޮމެންޓް ކުރާ ކުދިންނަށް މި މައުޟޫ ބަދަލުކޮށްލަން، އަދި މާދަމާއަކީ މިނިވަން ދުވަސްކަމަށް ވީމާ ޅެން ބައިތެއް ލިޔެލަ ދޭނަން އަޅުގަނޑު. ހީކުރަން ކަމުދާނެކަމަށް.

    މިނިވަން ދުވަސް އަދު އަންނަނީ ހިނިތުން ކުރާށެ މުވާޠިނުން
    ފިނިކަން ހިތަށް ލިއްބައިދެނީ ދިނިގެން ނުވާތީ ޚާއިނުން

  44. DOG‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ހާޝިމް ތިހެއްދެވީ މުޅިން ދޮގުކަން ރޭގަނޑާއި ދުވާލުފަދައިން އެނގޭ، ސިއްކަ އާއިލާ އަކީ ވެރިކަމާއި ހެދި ފެންބޮވައިގެންފައިވާ މީހެއް، ނޮވެމްބަރ ތިނަކީ ސިއްކަ އާއިލާއިން ކުރިކަމެއް އެކަމާއި ނާސިރާ އެއްވެސް ގުޅުމެއް ނެތްކަމުގައި އެދުވަސް ވަރު ނާސިރުވެސް ވަނީ ބުނެފައި ނާސިރު ހުރީކީ މައުމޫންގެ ހިމާޔަތަކުވެސް ނޫން، މިގައުމުގެ ވެރިކަމާއި ކުޅޭ ހާއިނުން މިހާރު އެތިބީ ވެރިކަމުގައި، މައުމޫންވެސް ކުލީ ސިފައިން ގޮވައިގެން އައިސްއެއްނޫން ވެރިކަމަށް އިސްވީކީ އެތަކެއް ދިވެހިފުރާނަ ދުއްވާލާފައެއްނޫން. ދެން ތިބުނީ އަދަބު ލިބުނީމާ އެއީ ހުދު ކަފަކޮޅެކޭތޯ އެހެނެއްނުވާނެދޯ އެމީހުން އެދުވަހު ކިތައް ދިވެހިދަރިން މަރާފައިވޭތޯ އެމީހުން އަނބުރާ އައީތޯ، އަދަބު ލިބުނަކަސް ހުދުކަފަޔަށް ވަންޏާ އެހެން ނުވެ ނުދާނެ، ދެން ތިބުނަނީ އަނިޔާކޮށްގެންނޭ އެއްބަސްވީ އަނިޔާވެސް ކުރާނެ އެދުވަހު ދިވެހިންތިބީ އެމީހުން މަރާލަންވެސް ތައްޔާރަށް އެކަމަކު އެއީ މައުމޫން ބުނިގޮތަށް ކުރެވުނު ތަޙްޤީޤެއްނަމަ މިއަދު ފުލުހުންނާއި އެހެންނިހެން ކޮމެޓީތައް އެކުރާ ތްހްޤީޤް ތަކަކީވެސް އަންނި ބުނާގޮތަށް ކުރާތަހްޤީގް ތައް، މިނިވަން އެއްޗެއްނޫން. ހާޝިމު ދެން ވާހަކައެއް ހަދާލީމާ އަހުރެމެން ގަބޫލުކުރާނެކަމަށް ހިތީދޯ. އެކަމަކު އެވެސް ކޮންމެވެސް ވަރަކަށް ބިނާކުރަނިވި އެއްޗަކަށް ވީނަމަ އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވީސްދޯ، އަންނި މިރަށް ދެކެ ބިރުގަނެ ރުޅިވެސް އަންނާނެ އެއީ ނޮވެމްބަރ ތިނެއްގެ ސަބަބުން، އެހެންވެ މިނިވަންދުވަސް ވެސް ބަދަލުކޮށްފި،. އަންނި އެވަނީ ދިޓީވީ އަށް ބިރުދައްކާފައި އެދުވަހު ދިޓީވީ ނޫން އެހެން ޓީވީ އަކަށް އެކަން ލައިވްވެސް ނުކޮށްދެވުނު އެފަދަ މިނިވަންތަނެއް މިހާރު އެއުޅެނީ ބަންދުކުރަން. ދިޓީވީ އާއި ބައްދަލުކޮށް މިނިސްޓްރީ އެންގިއޯ ބަލާލައިގެން އުޅޭތިވޭ، މިއީ މިމީހުންގެ ފެންވަރު.

  45. DOG‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    TVM އާއި VOM މިވަނީ ފިއްތާލާފައި.

  46. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ރަނގަޅޭ ނާސިރަކާ ނެތޭ 3 ނޮވެމްބަރަކާ ގުޅުމެއް. އިލިޔާސާއޭ ގުޅުން އޮތީ. އަޅުގަނޑެއް އެއްފަހަރު ވެސް ނުދަންނަވަމޭ ނާސިރާ ގުޅުން އޮތް ވާހަކައެއް. ނާސިރު ހެއްދެވީ ޑީލެއް މައުމޫނާއެކީ. އޭގެފަހުން ނާސިރު އަޅައެއް ނުލައްވައޭނު. އިލިޔާސޭ 10 އަހަރު ވީމާ ތެޅި ގަތީ ވެރިކަން ހޯދަން. ދެން އަންނިގެ ޢާއިލާ އުޅުނު އެކަމުގައި. ހަމަ އެގޮތަށް ތަސްމީނާއި އިބްރާހިމް ޝާފިޢުގެ ބައްޕަ ވެސް އުޅުނު. ޝާހިދުމެން، އުމަރު ޖަމާލުމެން، ސަގަރޭ މެން އެއީ އެމީހުންގެ ބޯއީން. އަސްލު މިކަން ރޭވީ ވެސް އިލްޔާސް، ބާރު ދިނީ އަލި މަނިކު. ހުސައިން އާދަމުގެ ސަބަބުން ރޭރުވެގެން ދިޔައީ އިލިޔާސްގެ ރޭވުން. އެވާހަކަ ދައްކަންވީ. ކެރަފާ ސައްތާރާ، ސިއްކައާ، މިނާ ކުޑަތުއްތުއާ ކުވާ މޮހޮދޭމެން އެއީ އޭގެ ބައިވެރިން.

  47. DOG‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    ނޮވެމްބަރ 3 އެއީ އިލިޔާސް އާއި ގުޅުން އޮތްކަމެއް ނޫން. އެކަމަކު ފަހުން ހިނގި ހާދިސާ އާއި އިލާސް އާއި ގުޅުން އޮތް، ހާޝިމް ގާތުން އަހާލަން ބޭނުންކަމެއް އެބައޮތް ބުނެދިނިއްޔާ ވަރަށް ރަގަޅު.
    1، މިރަށު ހޮސްޕިޓަލު މުވައްޒަފުންގެ އިތުރު ގަޑި އުނިކުރީ ކީއްވެތޯ، އެހެން ހޮސްޕިޓަލުތަކުން އެކަން އެގޮތަށް ކޮށްފައެއް ނެތް، މިރަށުގެ އިގްތިޞާދު އެކަނިތޯ ދަށަށް ދިޔައީ،
    2، މިރަށު އިންޖީންގެއަށް ގެނައި 01 މެގަވޯޓްގެ 2 އިންޖީނު ހުޅުމާލެއަށް ގެންދިޔައީ ކީއްވެތޯ، މިރަށުގެ އިންޖީނުގެއަށް އެއިންޖީންތައް ބޭނުންނުވާނަމަ އެނަމުގައި ގެނައީ ކީއްވެތޯ.
    3. މިނިވަންދުވަސް މިރަށުގައި ފާހަގަކުރުމަށް ނިންމާފައި އެކަން ހޯރަފުއްޓަށް ބަދަލުކުރީ ކީއްވެތޯ، މިދިޔަ އަހަރުވެސް މިނިވަންދުވަސް ބޭއްވީ ހުވަރަފުށީގައި ނޫންތޯ.
    4. ދި ޓީވީން މައުމޫން ފުލުހުންގެ މަރުކަޒަށް ހާޒިރުކުރި ހަބަރު ދެއްކިއިރު ވަކި އަތަކަށް ޖެހުނުކަމަށް އެބުނަނީ ކީއްވެގެންތޯ، ހޯމްމިނިސްޓަރާއި އަންނި ވާހަކާގެ ރެކޯޑިން ދެއްކުމުން އެމީހުންގެ ބަހާއި އަމަލުދިމާނުވާތީތޯ، އެއީ އެމީހުން ދައްކާފައި ހުރި ވާހަކަތައްވީމާ އެފަދަ ވަގުތެއްގައި ނޫސްވެރިކަމުގެ ގޮތުން ބޭނުންކުރެވޭނެކަމަށް ފެނޭ،
    4. އަންނި ބުނެފައިވާ މިޑްޓާމް އިންތިހާބު އޮތީ ކިހާތަނެއްގައިތޯ.

  48. DOG‮ ‬ވިދާޅުވީ


    ތާރީޚް:25/07/2009

    6. އަންނި ސިފައިންނަށް މަގާމްގެ ކުރިއެރުން ގިނައަދަދަކަށް ދީފައިވޭ، އެކަމަކު ފުލުހުންނަށް ޝަރުތު ހަމަވެފައިވީނަމަވެސް މަގާމްގެ ކުރިއެރުން ދިނުމަށް އުޒުރުވެރިވޭ ބަޖެޓް ނެތްކަމަށްވެސް ބުނަމުންދޭ، އެއީ ކީއްވެތޯ،
    7. މިތަނުގައި މިލްޓްރީ ވެރިކަމެއް ގާއިމްކުރުމަށް އަންނިގެ ވިސްނުން ހުރިކަމަށް ގަބޫލުކުރަންތޯ،

  49. DOG‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    ކިހާބޮޑު ބަލާޔަށް ޝުކުރިއްޔާ، ޑޯގު މިބަލަނީ ހާޝިމް މިކުޅޭ ކުޅިގަނޑުން ކޮންމެވެސް އެއްޗެއް އެސޮރަށް ވިސްނައިދެވޭތޯ، ރުޅިވެރިކަމެއްގައެއް ނޫން، ޑޯގަކީ ވަރަށް ތެދުވެރިއެއްޗެއް ނޫންދޯ، އެހެންމެ ކަމުގެ ހަގީގަތް ހޯދުމަށްވެސް ޑޯގުގެ ބޭނުން ހިފާ މީހުން ވަރަށް ގިވާނެ. މިހާރު ހާޝިމް އެބުނަނީ ނުން ނޮވެމްބަރ 03 އާއި ބެހޭގޮތުން ތާރީހް އޮޅުވާލުމަށް އޭނާ ފޮތެއްވެސް ނެރޭ ވާހަކަ. އެއީ މުސްތަގްބަލުގައި އެދުވަސް ނުފެނި ތިބި ކުދިންނަށް ތާރީހް އޮޅުވާލާ އެދުވަހާއި އަންނިގެ އާއިލާ އާއި މިހާރުގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް އާއި ސްޓޭޓް މިނިސްޓަރ ސާހިދު އާއި ގުޅުމެއް ނެތޭ، އެއީ މައުމޫނާއި ނަސްރީނައާއި ނާސިރު އާއި އިލްޔާސް އާއި ޔާމީން އާއި ތަސްމީން މެންކުދިކަމެކޭ ބުނެ، ކުށެއް ނެތް ސަގަރޭ އަށާއި ލުތުފީއަށާއި އަންނި އާއިލާގެ މީހުންނަށް މައުމޫން އަނިޔާވެރިވެފައިވާކަން ބުނެދޭން. އެފަދަކަންކަން މިއެނގެނީ މިކަހަލަ ޑޯގުމެން ތެޅޭތީއޭ ހޭއަރައިތިބޭ ކުދިންނޭ،

  50. ހޮސްޕިޓަލް މުއައްޒަފެއް‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    ޑޯގް ބުނަންތަ ވާހަކައެއް. މަށަކީވެސް ހޮސްޕިޓަލް މުއައްޒަފެއް މަށަށް އިތުރުގަޑީގެ ފައިސާ ލިބުނު.އަދިއެއްނުލިބޭ އެންމެ ފައިސާއެއްވެސް ނެތް. ތިކިޔާއެއްޗެއް މަށަކަށް ހަމަނޭގުނު.

  51. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    އަޅުގަނޑު ބުނީ އަޅުގަނޑު ފޮތެއް ނެރޭ ވާހަކަ އެއް ނޫނޭ! އަޅުގަނޑު ދަންނަ ބޭފުޅަކު ނެރޭ ވާހަކަ. ދެން ކަންކަމުގެ ހަޤީޤަތް ހޯދަން ޑޯގު ބޭނުން ކުރުން އެއްކިބާގައި ބާއްވާފައި، އިސްލާމްދީނުގައި ޑޯގެއްގެ ގައިގައި އަތްލުން ވެސް ވަނީ މަނާ ކޮށްފައި، ދެން ޑޯގު ވިދާޅުވާނެ އެއީ ވެސް ދޮގެކޭ. ހަޤީޤަތް އޮޅުވާލަނީއޭ.

    ދެން ޑޯގު ކުރެއްވި އެއްވެސް ސުވާލަކަށް ޖަވާބު ދޭން ލާއިޤު މީހެއް ނޫން އަޅުގަނޑަކީ. އަޅުގަނޑު އެއަށް ދޭ ޖަވާބެއް އެނުވާނެ ދެއްތޯ ސަރުކާރުގެ ރަސްމީ ޖަވާބަކަށް. އެކަމަކު، އަޅުގަނޑު ދަންނަވާފާނަން ހައްދަވަން ރަނގަޅު ގޮތެއް. މަޖިލީހުގައި އިންނަވާނެ ތިޔަ ބޭފުޅުން ހޮއްވެވި 2 މެމްބަރުން. އެބޭފުޅުން އަރިހުގައި ނަންގަނޭ ތިޔަ ސުވާލުތައް މަޖިލީހުގައި ކުރައްވާށޭ. ވަޒީރުން ގެނެސްގެން ސުވާލު ކުރެވޭނެ މިހާރު، މައުމޫން ޒަމާނުގައިހެންނެއް ނޫން މިހާރު މިސަރުކާރުން ކަންތައް ކުރައްވަނީ. އޭރުން ހަމަ ގައިމު ވެސް ޖަވާބު ލިބޭނެ.

    އަޅުގަނޑު ދެންނެވީމެއް ނުންތޯ ކުރީގައި ވެސް އެރަށެއްގެ މީހެއް އެރަށަކަށް ހުންނަ ލޯތްބެއް ނުހުންނާނޭ އެހެން ރަށެއްގެ މީހަކު. ކުއްޓި ނަޝީދު ނުހޮއްވަވާ ރަށަށް ނިސްބަތްވާ ބޭފުޅަކު މަޖިލީހަށް ހޮއްވެވިނަމަ މިހާރު ތިޔަ ސުވާލުތަކުގެ ޖަވާބު ލިބިއްޖައީސްކަން ކަށަވަރު. އަހަ ކުއްޓިއަށް ކޮންކަމެއްތޯ ކުޅުދުއްފުށީގައި ކޮންމެ ކަމެއް ވިޔަސް. އޭނާގެ ގޭގައި މާލޭގައި ކަރަންޓް ހުންނާނެ. ފެންވެސް ހުންނާނެ.

  52. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    ދެން “ކިހާ ބޮޑު ބަލާއެއް” މި ބޭފުޅާއަށް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑާ ޑޯގާ މެދު ރުޅިވެރިކަމެއް ނެތޭ. މިހާރު މިފޯރަމްގައި އެންމެ ރަނގަޅު ވާހަކަ ދައްކަވާ އެއް ބޭފުޅަކީ ޑޯގޭ. އަޅުގަނޑު ވަރަށް ގަދަރު ކުރަމޭ ޑޯގަށް.

  53. ހާޝިމް ބޭރުކުރޭ‮ ‬ވިދާޅުވީ


    ތާރީޚް:26/07/2009

    ކުޅުދުއްފުށީގެ ތަރައްގީ އާއި އެތަރައްގީ ފަހަތަށް ޖެހޭ ވާހަކަ ދައްކަން ނުލާހިކު ރަނގަޅު އާޓިކަލް އެއް ނޫރު ލިޔެފަ އޮއްވަ މިތަނަށް ހާޝިމްގެ އެސްފީނާ ޖައްސައިފި. އަދި މިއުޅޭ ޑޯގު ހީވަނީ ވަށްވަށް ޖަހާވަރުން އެހެން ފަދަ ކަމެއް ހެން. އާ ހާޝިމް އަށް ކަމުދާނެ އޭނަޔާއެކީ ހުސްއަނގަ ތަޅާނެ މޮޔައެއް ލިބިއްޖެއްޔާ. މި ދެން ކިހާ ދެރަކަމެއް. ކަލޭމެން ދެމީހުން އެމްއެސްއެން އިން އެޑްކޮށްގެން ތިޒުވާބު ކުރަން ދާން އުޅޭދެން. މިތާ ކަލޭމެން މާފޮޅުވާނެ ކަމެއް ނެތް.